ދިވެހިރާއްޖޭގެ ސުޕްރީމްކޯޓްގް ނަންބަރު 2016/SC-A/05 ޤަޟިއްޔާ
ސަފްޙާ 2 ގެ 1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
އަތަ
މާވެ
---ބނ
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 05/SC-A/2016
• ދަޢުވާކުރާ ފަރާތް: އަޙްމަދު އިޙްސާން، ހަނދުވަރީގެ، ގދ. ފަރެސް
• ދަޢުވާ ލިބޭ ފަރާތް: ދައުލަތް ( މިނިސްޓްރީ އޮފް ހެލްތް)
މައްސަލައިގެ ބާވަތް: ގެއްލުމުގެ ބަދަލު ހޯދުން
1 2
• މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
• ހުށަހެޅުނު ތާރީޚް: 16 ޑިސެންބަރު 2015
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 01 މާރިޗު 2016
، ނިމުނު ތާރީޚް: 25 ޖުލައި 2019
• މައްސަލަ ނިންމި ގަޑި: 14:51
އަޙްމަދު ޢަބްދުﷲ ދީދީ،
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު
ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދު
އިލްތިމާސްކުރެވުނު ޤަޟިއްޔާ
• ނަންބަރު: 368/HC
-
A/2009
• ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
• ހުށަހެޅުނު ތާރީޚް: 29 ޑިސެންބަރު 2009
ނިމުނު ތާރީޚް: 10 ސެޕްޓެންބަރު 2015
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ދިވެހި
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކް. : :3008554Fax
960 + | ފޯން: :Tel
3009996
960 +
ސަފްޙާ 29 ގެ 2
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 368/HC-A/2009 ޤަޟިއްޔާ، އެ ކޯޓުން
ބަލައި ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެ ޤަޟިއްޔާގައި ކޮށްފައިވާ
ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ. މި ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ
ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ހެލްތް) އެވެ.
ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 368/HC-A/2009 ޤަޟިއްޔާއަކީ، މަދަނީ
ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ
ޚިލާފަށްކަމަށް ބުނެ، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެކެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު
368/HC-A/2009 ޤަޟިއްޔާގައިވެސް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް
ހެލްތް) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަރާއި،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 368/HC
-
A/2009 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި،
މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި، ދަޢުވާކުރާ ފަރާތުންނާއި،
ދަޢުވާލިބޭ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި އަދި މިބާވަތުގެ މައްސަލަތަކާ ގުޅޭ ޤާނޫނީ އާންމު
ހިރައްޖޭގެ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
2
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv |ކްސް: :3008554Fax
960 + | ފޯން: :Tel
3009990
960+
ސަފްޙާ 29 ގެ 3
މަޞްދައުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ނުކުތާތައް ފާހަގަކުރެވިފައި ވެއެވެ.
-1
8e
2 / 2 2 4 8
މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާއަށް ބަލާއިރު، އެ
ޤަޟިއްޔާއަކީ، މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ
ޑޮކްޓަރ ޕަވަލް، ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ 03 އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން
އިޙްސާން ބަލައި ފަރުވާ ދިނުމުގެ ގޮތުން ދިން ޖެންޓަމައިސިންއަކީ ކޮންބާވަތެއްގެ ބޭހެއްކަމާއި، އެ ބޭހުގެ
ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަވަލްއަށް އެނގިހުރެ ޢާއިޝަތު އިޔާން އިޙްސާންއަށް ދިނުމުގައި
އިހްމާލުވުމުގެ ސަބަބުން މި ތުއްތު ދަރިފުޅުގެ ކަންފަތުގެ އިމުން ދާއިމަށް ގެއްލިފައިވާތީވެ، ޑޮކްޓަރުގެ
އިހްމާލުން ވީގެއްލުމުގެ ބަދަލުގެ ގޮތުގައި -/7,119,100ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ
ރުފިޔާ) ހޯދުމަށް މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ
ފަރާތުން މަދަނީ ކޯޓުގައި ދަޢުވާކުރުމުން އެ ކޯޓުން ބަލައި ނިންމާފައިވާ ޤަޟިއްޔާއެއްކަން އެނގެން
އޮންނައިރު އެ ޤަޟިއްޔާގައި ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑރ. ޕަވަލް އެ ކުއްޖާއަށް ފަރުވާދިނުމުގައި އިހްމާލުވެ،
އެ ކުއްޖާއަށް ޖެންޓަމައިސިން އެންޓިބަޔޮޓިކް ދިނުމުގައި އިހްމާލުވުމު
ބުންކަމަށް ޝަރީޢަތުން
ކަނޑައެޅެން ނެތުމާއެކު، މި ދައުވާގައި ޢާއިޝަތު އިޔާން އިޙްސާންއަށް ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުން
މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން ހޯދުމަށް އަޙްމަދު އިޙްސާން އެދިފައިވާ
-7,119,1003 ރ. (ހަތްމިލިއަން
އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން އަޙްމަދު އިޙްސާންއަށް
ނަގައިދެވޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، ޙުކުމްކޮށް މައްސަލަ ނިންމީއެވެ." މިފަދައިން ކަނޑައަޅައި
ޙުކުމްކޮށްފައިވާކަން އިޝާރާތްކުރެވުނު މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގެ ޙުކުމަށް
co
OXO
ބެލުމުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supreme
?
!
urt.gov.mv|ފެކްސް: :30085545ax
960 + | ފޯން::Tel
3009990
960 +
ސަފްޙާ 29 ގެ 4
-2
OXOX OG
ہر مرد کمر
ނޫންކަމަށް
މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ
ޝަރްޢީ އަދި ޤާނޫނީ ހަމަތަކާ
ބުނެ، ގދ. ފަރެސް، ހަނދުވަރީގެ،
އަޙްމަދު އިޙްސާންގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބަލައި ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 368/HC
-
A/2009 ޤަޟިއްޔާގައި މަދަނީ ކޯޓުގެ ނަންބަރު
2008/MC/523 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރްޢީ އަދި ޤާނޫނީ ސަބަބެއް
ނެތްކަމަށް ކަނޑައަޅައި ޙުކުމް ކޮށްފައިވާކަން އެނގެން އޮވެއެވެ.
-3
ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 368/HC
-
A/2009 ޤަޟިއްޔާގެ ޙުކުމް
ބިނާވެގެންވަނީ ޝަރީޢަތް ނުވަތަ ޤާނޫނާ ޚިލާފުވާ ގޮތަށްކަމަށް ބުނެ އިލްތިމާސްކުރާ ފަރާތުން ހުށަހަޅާފައިވާ
މައިގަނޑު ސަބަބުތަކަކީ؛
- ޢާއިޝަތު އިޔާން އިޙްސާން 14 ޖުލައި 2007 ވަނަ ދުވަހު ގދ. ތިނަދޫ ރީޖަނަލް
ހޮސްޕިޓަލަށް ގެނެސް ބަލިމީހެއްގެ ގޮތުގައި ރަޖިސްޓްރީވުމުން އޭނާއަށް ފަރުވާތެރިވުމުގެ
ޒިންމާ އެ ހޮސްޕިޓަލުގެ މައްޗަށް އޮތްކަން އެނގޭކަމަށް ކަނޑައެޅުމަށްފަހު، އޭނާއަށް
ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ
އެއްގޮތަންކަމާއި އެ ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަން މި މައްސަލައިގައި
ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން
އެނގެން އޮތުމުން، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ
އޭނާއަށް ފަރުވާކުރި ޑޮކްޓަރުންގެ އިހްމާލުންކަމަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން
ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
368/HC
-
A/2009 ޤަޟިއްޔާ ބެލި ފަނޑިޔާރުން ނިންމާފައިވަނީ ބަދަލު ގެނެވިފައިވާ
ހޮސްޕިޓަލުގެ ރިކޯޑްތަކަށާއި ޙަޤީޤަތާ ޚިލާފަށް ޝަރީޢަތަށް ދީފައިވާ ހެކިބަހަށް ބިނާކޮށް
OX
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
960+
ދިވެހިރާއްޖެ
ސަފްޙާ 29 ގެ 5
ކަމުގައިވުމުން، އެއީ ޝަރީޢަތްކުރުމުގެ އުޞޫލާއި އިންޞާފުގެ ހަމަތަކާ ޚިލާފަށް
ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،
މި މައްސަލައިގައި ދަޢުވާ ބިނާވެފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި
ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގައި ބަލާފައިވާ ކަންކަމާއި ޢަމަލުކޮށްފައިވާ
ގޮތުގެ މައްޗަށް ކަމަށްވީއިރު، އިޚްމާލުވިކަމަށް ބެލެވޭ މީހުންގެ ބަހާއި އެ މީހުންގެ
ބެލުމުގެ ދަށުގައިވާ ލިޔެކިޔުންތަކަށް ބިނާކޮށް، އެ މީހުން ޢަމަލުކޮށްފައިވާ ގޮތަކީ
ޙަޤީޤަތްކަމަށް ޝަރީޢަތުން ބަލާފައިވަނީ ޝަރީޢަތްކުރުމުގެ އުޞޫލާއި އިންޞާފުގެ
ހަމަތަކާ ޚިލާފަށް ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،
ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން
ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުންކަމަށް
ޝަރީޢަތަށް ބުރަވެވޭކަމަށް ނިންމާފައިވަނީ ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ
އިތުން ގެއްލިފައިވުމާއި އޭނާއަށް ޖެންޓުމުއިސިން ދިންދިނުން ފިޔަވައި އިތުރު އެއްވެސް
ޓެސްޓެއް އަދި ނެތި ކަމުގައިވުން ކަމަށް ބުނެ ހުށަހެޅި ސަބަބާއި،
4 27 2
82 8 2
މި ސަބަބުތައްކަން އެނގެން އޮންނައިރު، މި ސަބަބުތަކާމެދު އިލްތިމާސްކުރާ ފަރާތުންނާއި
އިލްތިމާސް ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މި މައްސަލައިގައި ހިމެނޭ ވަޤާއިޢުތަކަށާއި، އެ ވަޤާއިޢުތަކުގެ މައްޗަށް ހައިކޯޓުގެ ނަންބަރު
368/HC
-
A/2009 ޤަޟިއްޔާގައި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: މި މައްސަލަ އިލްތިމާސްކުރާ ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު
އިޙްސާންގެ ފަރާތުން ދައުލަތު (މިނިސްޓްރީ އޮފް ހެލްތު) ގެ މައްޗަށް މަދަނީ ކޯޓުގެ ނަންބަރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ lއޯކިޑްމަގު | މާވެ. | ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
960+
,ވެހިރާއްޖެ
ސަފްޙާ 29 ގެ 6
4 22
2008/MC/523 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން ގެންދާ
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޕަވަލް، އަޙްމަދު އިޙްސާންގެ ދަރިފުޅު
ޢާއިޝަތު އިޔާން އިޙްސާން (ޙާދިޘާ ހިނގިއިރު 3 އަހަރު) ބަލައި ފަރުވާދިނުމުގެ ގޮތުން ދިން ޖެންޓުމައިސިން
(Gentamicin) އަކީ ކޮންބާވަތެއްގެ ބޭހެއްކަމާއި، އެ ބޭހުގެ ސައިޑް އިފެކްޓްތައް ޑޮކްޓަރ ޕަވަލްއަށް
އެނގިހުރެމެ އެ ބޭސް ޢާއިޝަތު އިޔާން އިޙްސާންއަށް ދިނުމުގައި އިހްމާލުވުމުގެ ސަބަބުން އެ ކުއްޖާގެ
ކަންފަތުގެ އިމުން ދާއިމަށް ގެއްލިފައިވާކަމަށް ބުނެ، ޑޮކްޓަރުގެ އިހްމާލުން މީގެއްލުމުގެ ބަދަލުގެ ގޮތުގައި
-/7,119,100ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ހޯދައި ދިނުމަށް އެދި ކޮށްފައިވާ
ދަޢުވާއެއްކަން އެނގެން އޮންނައިރު، މި ދައުވާއަށް މި މައްސަލައިގައި އިލްތިމާސް ރައްދުވާ ދައުލަތު
(މިނިސްޓްރީ އޮފް ހެލްތު) ގެ ފަރާތުން އިންކާރުކޮށްފައިވާ ކަމާއި، އެގޮތުން އަޙްމަދު އިޙްސާންގެ ދަރިފުޅު
ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާ ދިނުމުގައި ޑރ. ޕަވަލް އިހްމާލުވެފައި ނުވާކަމަށާއި، އަދި
ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ޑޮކްޓަރުގެ އިހްމާލުން ނޫންކަމަށާއި،
އެހެންކަމުން ބުނެވުނު ދަޢުވާގައި އަޙްމަދު އިޙްސާންގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ
މިނިސްޓްރީ އޮފް ހެލްތުން އަޙްމަދު އިޙްސާންއަށް ދޭންޖެހޭނެ ބަދަލެއް ނޫންކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ: އަޙްމަދު އިޙްސާންގެ ދަރިފުޅު، ޢާއިޝަތު އިޔާން އިޙްސާންގެ ދެ
ކަންފަތުގެ އެތެރެ މުޅިން ވިރި ދެ ކަންފަތް އެއްކޮށް ބީރުވެފައިވަނީ އެ ކުއްޖާ ބަލައި ފަރުވާދިން
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރ ޕަވަލްގެ އިހްމާލުންކަމަށް ބުނެ އަޙްމަދު އިޙްސާންގެ ފަރާތުން
މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ
ތެރޭގައި، ޢާއިޝަތު އިޔާން އިޙްސާންގެ އަތް އޮޕަރޭޝަން ކުރަން ނުޖެހޭކަމެއްގައި އޮޕަރޭޝަން ކުރުމާއި
އަދި އޮޕަރޭޝަންކުރީ ކުއްޖާގެ އަތުގެ ތެރޭގައި ދޮސްހުރިކަމަށް ޑޮކްޓަރަށް ހީވެގެންކަމަށްވެފައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: LIRE
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
960 +
ސަފްޙާ 29 ގެ 7
oco
29
8 ގ އ ހ8
ކަމަކަށް
އޮޕަރޭޝަންކުރުމުން ކުއްޖާގެ އަތުގައި ދޮސްނެތްކަން ޑޮކްޓަރަށް އެނގުނުކަމާއި، އޮޕަރޭޝަންކުރުމުގެ ކުރިން
އެ އަތުގައި ދޮސް ނުހުންނާނެކަން ޑޮކްޓަރަށް ނޭނގުނީ ބަލަންވާވަރަށް ނުބެލުމުންކަމާއި، ޖެންޓަމައިސިންއަކީ
މެނިންޖައިޓިސްފަދަ ބޮޑެތި ސީރިއަސް އިންފެކްޝަންތަކަށް ދޭން ހުއްދަކުރެވިފައިވާ އެންޓިބަޔޮޓިކުކަށްވާއިރު
އެފަދަ ސީރިއަސް ޖެންޓަމައިސިން އިންޖެކްޝަން ދިނުމާއި، 02 އަހަރުގެ ކުއްޖަކަށް ދޭންޖެހޭ
މިންވަރަށްވުރެ ޑޮކްޓަރު ދިން ޖެންޓަމައިސިންގެ އިންޖެކްޝަންގެ ޑޯޒްމަތިވުމާއި، ކުއްޖާގެ ބަރުދަން ނުބަލައި
ޖެންޖަމައިސިން އިންޖެކްޝަން ދިނުމާއި، އަދި ޖެންޓަމައިސިން އިންޖެކްޝަން ދިނުމަށްފަހު ސިރަމް
ކޮންސެންޓްރޭޝަން ލެވެލް ބަލާފައިނުވުމާއި، މި ވަޤާއިޢުތައް ޝާމިލުވެގެންވާކަން މަދަނީ ކޯޓަށް އަޙްމަދު
އިޙްސާންގެ ފަރާތުން ހުށަހެޅި ޙަވާލާދެވުނު ދަޢުވާގެ ދަޢުވާ ހުށަހަޅާ ފޯމަށް ބެލުމުން އެނގެން އޮންނަކަމެވެ.
uooo
cox
(ނ) ތިންވަނަ ކަމަކީ އަޙްމަދު އިޙްސާންގެ ދަރިފުޅު، ޢާއިޝަތު އިޔާން އިޙްސާން (އެއިރުގެ
3 އަހަރު) ހުންއަންނާތީ 05 ޖުލައި 2007 ވަނަ ދުވަހު މާތޮޑާ ޞިއްޙީ މަރުކަޒުގެ ޑޮކްޓަރަށް ދައްކައި،
ފަރުވާ ދެމުން ދަނިކޮށް އޭގެ 03 (ތިނެއް) ދުވަސް ފަހުން ޢާއިޝަތު އިޔާން އިޙްސާންގެ ވާއަތު އަތް
ދުޅަވާން ފެށުމުން ޑޮކްޓަރާ މަޝްވަރާކުރުމުން އެއީ އާދައިގެ ވައިރަލް ފީވަރއެއް (ހުމެއް ކަމަށް ބުނިކަމަށާއި
ނަމަވެސް އަތުގެ ދުޅަވުން ރަނގަޅު ނުވާތީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރު
އިރުޝާދުދިނުމުން، 24 ޖުލައި 2007 ވަނަ ދުވަހު ޢާއިޝަތު އިޔާން އިޙްސާން ތިނަދޫ ރީޖަނަލް
ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި، އެ ހޮސްޕިޓަލުން އެންމެ ފުރަތަމަ ބެލީ އޯ.ޕީ.ޑީ ގައި އިން ޑޮކްޓަރ
އޯޕަން ކަމަށާއި، ޑޮކްޓަރު ބެލުމަށްފަހު ވަގުތުން އެޑްމިޓްކުރިކަމަށާއި، އެއިރު ޢާއިޝަތު އިޔާން އިޙްސާނު
ގައި 38.8 (ތިރީސް އަށެއް ޕޮއިންޓް އަށެއް) ޑިގްރީ ސެލްސިއަސްއަށް ހުން ހުރިކަމަށާއި، އެއިރު އޭނާ
ހުން އަންނަތާ 10 ދުވަސް އަދި ވާއަތު އަތް ދުޅަވެ ތަދުވާތާ 06 ދުވަސްވެފައިވާކަމަށާއި، ކުއްޖާއަށް އިތުރު
ފަރުވާ ދިނުމުގެ ގޮތުން އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ޕަވަލް އަށާއި، ކޮންސަލްޓެންޓް
ސަރޖަން ޑރ. ޕްރަސާދު ރެޑީއަށް ދެއްކުމަށް ލިޔެވިފައިވާކަން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ
02
*
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
.
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960 +
ފެމިލޯ ހޯދަޑް!e
ސަފްޙާ 29 ގެ 8
2
XO
2 : 2 0 2 0
14 ޖުލައި 2007 ވަނަ ދުވަހު ޑޮކްޓަރ ޑޯޕަން ލިޔެ ސޮއިކޮށްފައިވާ ޕްރިސްކްރިޕްޝަންއަށް ބެލުމުން
އެނގޭ ކަމަށާއި، އޭގެ ފަހުން އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރ، ޑރ. ޕަވަލް ބޮބްކޯ،
ޢާއިޝަތު އިޔާން އިޙްސާން ބެލި ބެލުމުން، އެ ކުއްޖާގެ ވާއަތު އަތް ދުޅަވެ އަތުގެ އިނގިލިތައް ހިސާބަކަށް
ލެނބިފައި ހުރި ކަމަށާއި، އެތަން ހުރީ ރަތްވެފައިކަމަށާއި، އަދި ފިތާލީމާ ތަދު ހުރިކަމަށާއި،
އެހެންކަމުން
ޢާއިޝަތު އިޔާން އިޙްސާންގެ ލޭގެ ޓެސްޓް ހެދިއިރު، ވައިޓް ބްލަޑް ސެލްސް އާދަޔާ ޚިލާފަށް ގިނަވެފައި
ހުރި ކަމަށާއި، އޭގެ ތެރެއިންވެސް "ނިއުޓްރޮފިލް" އެވެކިޔާ ބާވަތުގެ ސެލް (ބެކްޓީރިއާއިން ޖެހޭ
އިންފެކްޝަންތަކާ ހަނގުރާމަކުރާ ބާވަތް) ގެ ޕަސަންޓޭޖް އާދައިގެ މިންވަރަށް ވުރެ މަތިކަމަށް ދެއްކިކަމަށާއި،
ލޭގެ ޓެސްޓް ނަތީޖާއިން ދައްކުވައިދެނީ (ލިއުކޮސައިޓޯސިސް ވިތް ނިއުޓްރޮފީލިއް) ބެކްޓީރިއާއިން ޖެހޭ
އިންފެކްޝަނެއް ހުރިކަމަށް ކަމަށާއި، އެ ހުރިހާ ކަންތައްތަކަށް ބަލައި ވާއަތުގެ ހަމުގެ އެތެރޭގެ ފަށަލަތަކުގައި
ދޮސް (އެބްސެސް) ހުރިކަމަށް ޑރ. ޕަވަލްއަށް ޝައްކު ކުރެވުނު ކަމަށާއި، އަދި
ޕްރަސާދު ރެޑީ
(ކޮންސަލްޓެންޓް ސަރޖަން) އަށް ޢާއިޝަތު އިޔާން އިޙްސާން ދެއްކުމަށް ލަފާދިން ކަމަށާއި،
ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދޭނެ ގޮތާއިމެދު ޑރ. ޕަވަލް އަދި ޕްރަސާދު މަޝްވަރާ ކުރި
ކަމަށާއި، މިގޮތުން އެ ކުއްޖާގެ ހުރިކަމަށް ބެލެވިދާނެ އެހެން އިންފެކްޝަންތަކަށް މިގޮތުން "ފްލެގްމޯނާ"
ފަހަމުގެ އަޑީގައިވާ ފަށަލަ ދުޅަވުން)، އަދި "އޮސްޓިއޮމައިލިޓިސް" (ކަށީގެ ނުވަތަ ބޯން މެރޯގެ
އިންފެކްޝަނެއް) އަށާއި، "ސެޕްޓިސީމިއާ" (ލޭގެ ތެރެއަށް ޖަރާސީމު ފެތުރިގެން ދިއުން) ގެ ނުރައްކަލަށްވެސް
ނަޒަރުކުރެވުނު ކަމަށާއި، އަދި މިގޮތުން "އޮސްޓިއޮމައިލިޓިސް" ނެތްތޯ ޔަޤީންކުރުމުގެ ގޮތުން ކުއްޖާގެ އަތުގެ
އެކްސްރޭ ނެގުނުކަމަށާއި، އެކްސްރޭ ނަގައި ބެލިއިރު އެއްވެސް މައްސަލައެއް ހުރިކަމަށް ނުދައްކާ ކަމަށާއި،
ނަމަވެސް ކުއްޖާގެ ހެދި ޓެސްޓުތަކުންނާއި ބެލިބެލުމުން ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް
ދެއްކުމުން، ގްރާމް ޕޮސިޓިވް އަދި ގްރާމް ނެގެޓިވް ބެކްޓީރިއާއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކް ދޭން
. ޕަވަލް ނިންމިކަމަށާއި، އޭގެ އިތުރުން، 24 ޖުލައި 2007 ވަނަ ދުވަހު އިރުއޮއްސުނުއިރު އެ ކުއްޖާ
ޑރ.
8
3 3
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :Tel
3009990
960 +
+
ސަފްޙާ 29 ގެ 9
2
3 ފ 8 ގ ހ
ހޭނައްތައިގެން އިންސިޝަން އެންޑް ޑްރައިނޭޖް "އައި އެންޑް ހެދުމަށްޓަކައި އޮޕަރޭޝަން
ކުރެވުނުކަމަށާއި، އޮޕަރޭޝަން ކުރީ ޑރ. ޕްރަސާދު ރެޑީކަމަށާއި، އޮޕަރޭޝަންގައި ކުއްޖާގެ އަތުން ލޭ
ކުލައިގެ ދިޔައެއް ނެގުނު ނަމަވެސް ދޮސް ހުރިކަމަށް ފާހަގަނުކުރެވޭ ކަމަށާއި، 17 ޖުލައި 2007 ވަނަ
ދުވަހު ހެނދުނު ވޯޑު ރައުންޑުގައި ކުއްޖާއަށް އަޑުއިވުމުގައި މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބެމުން
"އޮޓޮސްކޯޕް" ބޭނުން
ޕަވަލް ކުއްޖާގެ ކަންފަތް ބެލިއިރު، ކަންފަތުގައި މަޑުހުރިކަން
ފާހަގަކުރެވުމުން ކަންފަތަށް އަޅާ ބޭސް "ވެކްސޯލްވް"
ލެފް" ޕްރިސްކްރައިބް ކުރިކަމަށާއި، އޭރު ކުއްޖާ އަޑަށް
ރިއެކްޓްކުރާކަމަށާއި، "އޮބްވިއަސް ޑެފްނެސް” އެއް (ކަނޑައެޅިގެން އެނގެން ހުރި ބީރުކަމެއް) ނެތްކަމަށާއި،
ނަމަވެސް އަޑުއިވުމުގެ މައްސަލައެއް އުޅޭކަމުގެ ޝަކުވާ ލިބުމުން ވަގުތުން ޖެންޓަމައިސިން ދިނުން
و سر اس کی
ޑރ.
2
8 ރ 4
3
2 ހދރު
ހުއްޓާލެވުނުކަމަށާއި، އެފަރުވާތައް ދިނުމުންވެސް ކުއްޖާގެ ހުމާއި، ވާއަތުގެ ދުޅަ އާއި ތަދު ރަނގަޅު ނުވުމުން
އަތުގެ އަޑީގައި "ޑީޕް ސިޓަޑް" ދޮސްގަނެފައި ހުރިތޯ ބެލުމަށް 18 ޖުލައި 2007 ގައި "އިންސިޝަން
އެންޑް ޑްރައިނޭޖް" (އަތުގެ އޮޕްރޭޝަނެއް) ކުރެވުނު ކަމަށާއި، އެ އޮޕަރޭޝަނަށްފަހު ކުއްޖާގެ ފުން ތިރިވެ،
މާއަތުގެ ތަދު މަޑުވެ ދުޅަ ތިރިވެ ކުއްޖާގެ ހާލަތު ރަނގަޅުވާން ފެށިކަމަށާއި، ކުއްޖާ ހޮސްޕިޓަލުން ދޫކޮށްލެވުނީ
23 ޖުލައި 2007 ވަނަ ދުވަހު ކަމަށާއި، ކުއްޖާ ދޫކޮށްލުމުގެ ކުރިން ވާއަތުގެ ސެލިއުލައިޓިސް"
(ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއްގެ ސަބަބުން ހަމުގެ އަޑީގައިވާ ފަށަލަ، "ޓިޝޫ ދުޅަވުން) އެއީ
ކުއްޖާގެ ބަލިކަމަށް ބުނެދެވުނު ކަމަށާއި، އަދި އެބައްޔަށް އިތުރަށް ދޭންވާ ބޭހާއި ބޭސް ދޭނެ ގޮތް ލިޔެފައި
ދެވުނުކަމަށާއި، އަދި އެ ބޭސް ބޭނުންކުރުމަށާއި
ބެނުންކުރުމަށާއި، ވާއަތުގައި ފިނި ބޮނޑިތާން ކުރުމަށާއި އަތުގެ
އިނގިލިތަކުން ހަރަކާތްކުރުމަށް އިރުޝާދުދީ، އަދި އެ ކުއްޖާގެ އަޑުއިވުމުގެ މައްސަލަ ކަރުން މަތީގެ ޙާއްޞަ
ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދެވިފައިވާކަމަށް ބުނެ ދަށުކޯޓުގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިސްތަކުގައި ދައުލަތުގެ ފަރާތުން ވާހަކަދައްކާފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ މަޙްޝަރު
ބަޔާންތަކުން އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theerriuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް URL
:
WWW.Supremecourt.gov.mv|ޕެކްސް: :IFax/300855
960 + | ފޯން::Tel (300999
960 +
ސަފްޙާ 29 ގެ (}1
(ރ) ހަތަރުވަނަ ކަމަކީ: ހައިކޯޓުގެ ނަންބަރު 368/HC
-
A/2009 ޤަޟިއްޔާއިން
ތާއީދުކޮށްފައިވާ މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2008/MC/523 ޤަޟިއްޔާގެ ޙުކުމަށް
ވާޞިލުވުމުގައި ރިޢާޔަތްކޮށްފައިވާ މައިގަނޑު ކަންކަމަށް ބަލާއިރު، މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ
ދަށުން ހިނގަމުންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރ ޕަވަލް،
އަޙްމަދު އިޙްސާންގެ ތިން އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގެ ގޮތުން
"ޖެންޓަމައިސިން" ދިންކަމަށާއި، އެ ބޭސް ދިނުމުގައި ކުއްޖާގެ ބަރުދަން ރެކޯޑް ކޮށްފައިވާކަމަށް ކުއްޖާގެ
ރެކޯޑް ޝީޓުތަކުގައިވާ ލިޔުންތަކުން އެނގެން އޮތްކަމަށާއި، ހޮސްޕިޓަލުން ކުއްޖާއަށް ފަރުވާދެވުނު ގޮތުގެ
ލިޔުންތަކަށް ބަދަލުގެނެސްފައިވާކަމަށް ބެލެވޭކަމަށް އަޙްމަދު އިޙްސާންގެ ފަރާތުން ބުނާ ބުނުމަކީ އެކަން
އެގޮތަށް ހިނގާފައިވާކަން ޘާބިތުކޮށްދޭ ކާފީ ހެކި ނެތި ބުނާބުނުމެއްކަމަށް ޝަރީޢަތުން ދެކޭކަމަށާއި، ކުއްޖާއަށް
"ޖެންޓަމައިސިން" ދިންދިނުމަކީ ޑޮކްޓަރީގޮތުން މައްސަލައެއް ނޫންކަމަށް ކުއްޖާއަށް ފަރުވާދިން
ޑޮކްޓަރުންނާއި، ޝަރީޢަތަށް ހުށަހެޅުނު ޚަބަރުންގެ ރިޕޯޓުތަކާއި ބަޔާންތަކުން އެނގެން އޮތްކަމަށާއި، އެ
ފިޔަވަޅަކީ އެ ޙާލަތުގައި ޑޮކްޓަރުން އެޅުން އެކަށޭނެ ފިޔަވަޅެއްކަމަށް ޝަރީޢަތަށް ޤަބުލުކުރެވޭ ކަމަށާއި،
އަދި މިއީ ޢާންމުގޮތެއްގައި މިޙާލަތުގައި އެހެން ޑޮކްޓަރުންވެސް ޢަމަލުކުރާނެ ގޮތް ކަމަށާއި، މިކަމުގައި މި
ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުން އިހްމާލުވެފައިވާކަމަށް ބެލެވެން ނެތްކަމަށާއި، "ޖެންޓަމައިސިން" އަކީ
ސައިޑް އިފެކްޓުގެ ސަބަބުން ކަންފަތުގެ އިވުމަށް އަސަރުކުރާ ބޭހެއްކަމަށްވިޔަސް މައްސަލައިގެ
ޙާލަތަށް ބަލާއިރު، ބޭހުގެ ސައިޑް އިފެކްޓް ބުނެނުދިނުމަކީ ޑޮކްޓަރުންގެ އިހްމާލެއް އޮތްކަމެއްކަމަށް
ޝަރީޢަތުން ނުދެކޭކަމަށާއި ކުއްޖާއަށް ބޭސް ދީފައިވާ ޑޯޒް އާއި މުއްދަތަށް ބަލާއިރުވެސް ޑޮކްޓަރުގެ ޢިހްމާލެއް
އޮތްކަމަށް ބެލެވެން ނެތްކަމަށާއި ކޮންމެ ބޭހަކީވެސް ސައިޑް އިފެކްޓް އެކުލެވިގެންވާ ބޭހެއްކަމުން ބޭސްދޭން
ކަނޑައަޅާފައިވާ މިންވަރަށް ބޭސްދިންކަމުގައިވިޔަސް އެކި މީހުންނަށް ބޭހުގެ އަސަރުކުރާނީ އެކި
މިންވަރަށްކަމަށް ޑޮކްޓަރީގޮތުން ސާބިތުވާކަމަށާއި، "ޖެންޓަމައިސިން" ގެ ސަބަބުން ކަންފަތުގެ އަޑުއިވުމަށް
I 0
2 3444
އިބު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv] ފެކްސް: 3008554Fax
960+ | ފޯން::Tel
3009996
960 +
ސަފްޙާ 29 ގެ 11
7 ހއ ހ ށދީ
ބުށވެށ2-އ،
އަސަރުކުރާ މީހުންގެ %17 އާއި %50 އަކީ ވަކި ޚާއްޞަ ޖީނެއް އެ މީހުންގެ ހަށިގަނޑުގައި ހުރުމުން
އަސަރުކުރާ މީހުން ކަމުގައި ލިޔުންތަކުންނާއި ޚަބަރުންގެ ބަހުން އެނގޭކަމަށާއި ޢާއިޝަތު އިޔާން އިޙްސާންގެ
ކަންފަތުގެ އިވުން ގެއްލިފައިވަނީ އެ ބޭހުގެ ސަބަބުން ކަމަށްވާނަމަ، އެކަމަކީ ކުއްޖާގެ ހަށިގަނޑުގައިވާ
ޚާއްޞިއްޔަތެއްގެ ސަބަބުން ވެފައިވާ ކަމެއްކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށާއި، "ޖެންޓަމައިސިން ދިނުމުން
ކޮށްފާނެ އަސަރު ބެލެވޭ ޓެސްޓް ރާއްޖޭގައި ކުރެވެން ނެތްހިނދު އެއީ ކުއްޖާއަށް ފަރުވާދިން ޑޮކްޓަރުގެ
އިހްމާލެއް ކަމަށް ބެލެވެން ނެތްކަމަށާއި، ކުއްޖާގެ ޠަބީޢީ އަޑުއިވުން ގެއްލިފައިވާކަމަށް
ނަމަވެސް ޢާއިޝަތު އިޔާން އިޙްސާންއަށް ފުރުވާދިން ޑޮކްޓަރ ޕަވަލް އެ ކުއްޖާއަށް "ޖެންޓަމައިސިން"
ފަރުވާދީފައިވަނީ ކުއްޖާގެ ބަރުދަން ބަލާ އެކަށީގެންވާ މިންވަރު ޑޯޒެއް އެކަށޭނެ މުއްދަތަކަށް ކަމަށްވެފައި
އަދި މެޑިކަލް ނެގްލިޖަންސް ސާބިތުކުރުމަށް ބަލާ އެއް ޓެސްޓްކަމަށްވާ ބޯލަމް ޓެސްޓަށް ބަލާއިރުވެސް
ޢާއިޝަތު އިޔާން އިޙްސާންގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރާ
ޑޮކްޓަރ ޕުވަލް އެ ކުއްޖާއަށް ފަރުވާދިނުމުގައި އިހްމާލުވުމުންކަމަށް ޝަރީޢަތުން ކަނޑައެޅެން ނެތްކަމަށާއި،
މިކަން ރިޢާޔަތްކޮށް މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2008/MC/523 ޤަޟިއްޔާއިން ބެލުނު
ދަޢުވާގައި ޢާއިޝަތު އިޔާން އިޙްސާންއަށް ލިބުނު ގެއްލުމުގެ ބަދަލު މިނިސްޓްރީ އޮފް ހެލްތުގެ ކިބައިން
އަޙްމަދު އިޙްސާންއަށް
ޙުކުމްކޮށް މައްސަލަ ނިންމާފައިވާކަން އެނގެން
0 )
ކންކަމަށް ރަa
ހއ 42
2
&ދ 4
فهو يسر
ހދޑ
އއނއ.24
(ބ) ފަސްވަނަ ކަމަކީ، މި މައްސަލައާ ގުޅިގެން ޝިރިނިވާސަން ނިތިން އާއި
ޑރ. ޢާއިޝަތު ޢަލީގެ ފަރާތުން ޢާއިޝަތު އިޔާން އިޙްސާންގެ މެޑިކަލް ރެކޯޑްތަކަށް ބަލައި ތައްޔާރުކޮށްފައިވާ
އެކްސްޕާޓް ރިޕޯޓް ތައް މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅުނުކަމާއި، އެ އެކްސްޕާޓް ރިޕޯޓްތަކުގައި
ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގައި ދީފައިވާ އެންޓިބަޔޮޓިކެއްކަމުގައިވާ "ޖެންޓަމައިސިން" އާ
ގުޅިގެން ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަލާއިރު، ޖެންޓުމައިސިންއަކީ އެމައިނޯ ގްލައިކޮސައިޑް ގްރޫޕްގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
'
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960 +
ސަފްޙާ 29 ގެ 12
ހިމެނޭ އެންޓިބަޔޮޓިކެއްކަމަށާއި، ގިނައިން މިބުވަތް ބޭނުންކުރެވެނީ ގުޅިފައިވާ އިންފެކްޝަންތަކަށާއި ގްރާމް
ނެގެޓިވް ބެކްޓީރިއަލް އިންފެކްޝަނަށް ކަމަށާއި، މިބާވަތުގެ އެންޓިބަޔޮޓިކަށް ބަރޯސާވެވޭ ސަބަބަކީ،
މަންފާކުރަނިވި އެންޓިބަޔޮޓިކެއްގެ އިތުރުން ޚަރަދުގެ ގޮތުން އެކަށީގެންވުމާއި ފަސޭހައިން ލިބުމާއި އަދި
ބެކްޓީރިއާ ނެތިކޮށްލާ ޒާތުގެ އެންޓިބަޔޮޓިކަކަށް ވާތީކަމަށާއި، ޖެންޓަމައިސިންގެ އެތައް ބައިވަރު ރަނގަޅު
ސިފަތަކެއް އެކުލެވުމާއެކުވެސް،
ސް، ބޭނުންކުރަންވާނީ ވަރަށް ފަރުވާތެރިކަމާއި އިތުބާރު ބޮޑު ނިންމުމެއްގެ މައްޗަށް
ކަމަށާއި، ސަބަބަކީ، ޖެންޓަމައިސިންގެ ވިހައިގެ އަސަރު ނުހަނު ސީރިއަސް ވާނެތީއާއި އަދި ނަތީޖާއެއްގެ
ގޮތުން އެނބުރި ރުޖޫޢަވުމެއް ނެތް ގެއްލުމެއް ލިބިދާނެތީ ކަމަށާއި، ބަލި މީހާއަށް ދެވޭ ބޭހުގެ މިންވަރު
ކަނޑައެޅެނީ ބަލި މީހާގެ ބަރުދަނާ އެއްވަރަށް ކަމަށްވުމުން، ބަލި މީހާގެ ބަރުދަން ރަނގަޅަށް ބަލާ ރެކޯޑްކުރަން
ނެކަމަށާ ނަމަވެސް ލިބިފައިވާ ލިޔެކިޔުންތަކުގައި ހަށިގަނޑުގެ ބަރުދަނުގެ ވާހަކަ ހިމަނާފައިނުވާ ކަމަށާއި،
މިހެންކަމުން މަތީ މިންވަރުގެ ޑޯޒްތައް ދެވުން އެކަށީގެންވާ ކަމަށާއި، މިއީ ކުއްޖާ ބީރުވުމުގެ ސަބަބެއް
ކަމަށްވުން އެކަށީގެންވާ ކަމަށާއި، އެހެންކަމުން ދޭންޖެހޭ މިންވަރަށްވުރެ ގިނައިން ބޭސް ދެވިދާނެކަމުގައި
ވާނަމަ، އެ ބޭހުން ލިބޭނެ ފަރުވާއާއި ލިބިދާނެ ގެއްލުމަކާ ދޭތެރޭ އޮންނަ ޔަޤީންކަން ވަރަށް ކުޑަކަމަށާއި،
ސަބަބަށްޓަކައި ބަލި މީހާއަށް ލިބިދާނެ ގެއްލުމެއްގެ އަސަރުތައް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް
އަޅަންވާނެކަމަށް އިޝާރާތްކުރެވުނު ޝިރިނިވާސަން ނިތިންގެ ރިޕޯޓުގައި ބަޔާންކޮށްފައިވާކަމާއި، މީގެ
އިތުރުން، ޖެންޓަމައިސިންއަކީ އެމައިނޯ ގްލައިކޮސައިޑް ގްރޫޕްގައި ހިމެނޭ އެންޓިބަޔޮޓިކެއްކަމަށާއި، ގްރާމް
ނެގެޓިވް ބެކްޓީރިޔާ (ވަކި ޚާއްޞަ ވައްތަރެއްގެ ޖަރާސީމެއް) ގެ ސަބަބުންޖެހޭ އިންފެކްޝަންތަކަށް ދެވޭ
ބޭހެއް ކަމަށާއި، ޢާންމުކޮށް ސީރިއަސް އިންފެކްޝަންތަކަށް އެމޮކްސިސިލިން އާއިލާގެ އެންޓިބައޮޓިކްއާ
އެއްކޮށް ދެވޭކަމަށާއި، މިގޮތުން ނޭވާލާ ނިޒާމުގެ އިންފެކްޝަންތަކަށާއި ކުޑަކަމުދާ ނިޒާމަށް ދިމާވާ
އިންފެކްޝަންތަކަށާއި ގަދަ ހުމަށާއި (ބެކްޓެރީމިއާ އަށާއި) ފާރުކޮޅެއްގެ ސަބަބުން ވިހަވާ ވިހަވުންތަކަށް އަދި
މަސްގަނޑަށް ނުވަތަ ކަށީގެ އިންފެކްޝަންތަކަށްވެސް ބޭނުންކޮށް
ޢާންމު ގޮތެއްގައި
COLOC
ހި
42ހ ހރު
އ ހދނއ
ސުޕްރީމް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.g0v.mv ފެކްސް: :3008554Fax
960 + | ފޯން: :Tel
3009996
960 +
ސަފްޙާ 29 ގެ 13
ޖެންޓަމައިސިން ދެނީ ބަރުދަނަށް ބަލާފަ، ބަރުދަނުގެ ކޮންމެ ކިލޯއަކަށް 3 އާއި 5 މިލިގްރާމްއާ ދެމެދުގެ
މިންވަރަކަށް ދުވާލެއްގެ މައްޗަށް ޖެހޭވަރު ބަލައި، އެ މިންވަރު 3 ބަޔަށް ބަހާލައިގެން 8 ގަޑިން 8 ގަޑިން
ކަމަށާއި، ޢާންމު ގޮތެއްގައި 7 ދުވަހާއި 10 ދުވަހުގެ މުއްދަތަކަށް ދީ އުޅޭކަމަށާއި، ޖެންޓަވައިސިންގެ
ފާހަގަކޮށްލެވޭ ނޭދެވޭ އަސަރު (ސައިޑް އިފެކްޓް) ގެ ތެރޭގައި ކިޑްނީއަށް އަސަރުކުރުން، ކަންފަތުގެ އަޑުއިވުން
ދަށަށް ދިއުން، ބޯ އެނބުރުން، މަސްގަނޑުގެ ބާރު ދެރަވުން ހިމެނޭ ކަމަށާއި، ޖެންޓަމައިސިން ދޭއިރު
ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެއިން ލިބޭނެ ގެއްލުމަކަށްވުރެ ފައިދާ ބޮޑުވާނެތޯ، ކިޑްނީ މައްސަލައެއް
ނުވަތަ ކަންފަތުގެ މައްސަލައެއް އުޅޭތޯ އަދި ދެވޭ ޑޯޒްއާއި މުއްދަތު ހިމެނޭކަމަށާއި، ޖެންޓަމައިސިން ދިނުމުގެ
ސަބަބުން ކަންފަތަށް ކުރާ އަސަރުގެ ތެރޭގައި އަޑުއިވުން ދަށަށް ދިއުން އަދި ބެލެންސް ހިފަހައްޓަން
އުނދަގޫވެ ބޯ އެނބުރުން ހިމެނޭކަމަށާއި އެއީ، ކަންފަތުގެ އެންމެ އެތެރޭގެ ބައިގައި ހިމެނޭ އަޑުއިވުމުގެ
ސިގްނަލްތައް
ކަލްތައް ސިކުނޑިއަށް ގެންގޮސް ދިނުމުގައި އެހީތެރިވެދޭ ބަޔަށް އަސަރުކުރުމުގެ ސަބަބުން ކަމަށާއި،
އަޑުއިވުމުގެ މައްސަލަ ދިމާވަނީ ޖެންޓަމައިސިން ދެވޭ މީހުންގެ %5
10
% އާއި ދެމެދުގެ ޢަދަދަކަށް
ކަމަށާއި ޢާންމު ގޮތެއްގައި އަސަރުކުރަނީ ހައި ޕްރިކްއެންސީގެ އަޑުތަކަށް ކަމަށާއި، ދިގު މުއްދަތަކަށް
ބޭސްދެވޭ މީހުން ފިޔަވައި އެހެން މީހުންނަށް ޢާންމު ގޮތެއްގައި އަޑުއިވުމުގެ މައްސަލަ ދިމާނުވާ ކަމަށާއި،
ޢާންމުކޮށް ދެވޭ ޑޯޒަށް ނުވަތަ އެއް ހަފްތާއަށްވުރެ ކުރު މުއްދަތަކަށް ޖެންޓަމައިސިން ދީގެން ކަންފަތަށް
އަސަރުކުރުމަކީ ވަރަށް ނާދިރުކަމެއް ކަމަށާއި، އަދި ދުނިޔޭގެ އެކި ހިސާބުތަކުން ކުރެވިފައިވާ ދިރާސާތަކުން
ދައްކާ ގޮތުގައި ކުޑަކުދިންނަށް ޖެންޓަމައިސިން ދިނުމުގެ ސަބަބުން ކަންފަތުގެ އަޑުއިވުން ދަށަށް ދިއުމަކީ
ވަރަށް މަދުންނޫނީ ދިމާނުވާ ކަމެއް ކަމަށާއި، ކަމާބެހޭ ހޯދުންތަކުން ދައްކާ ގޮތުގައި، ޑެންޓަމައިސިންގެ
ސަބަބުން ކަންފަތުގެ އަޑުއިވުމަށް އަސަރުކުރާ މީހުންގެ %17 މީހުންނަކީ ވަކި ޚާއްޞަ ޖީންއެއް އެ
މީހުންގެ ހަށިގަނޑުގައި އެކުލެވޭ މީހުން ކަމަށާއި، މިއީ މަންމަގެ ފަރާތުން ދަރިފުޅަށް ވާރުތަވާ ޖީންއެއް
ކަމަށާއި، ބައެއް ލިޔުންތަކުން ދައްކާ ގޮތުގައި މި ޢަދަދު %50 އަށް އަރާ ކަމަށާއި، މިފަދަ މީހުންނަށް
8
OLO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge Orchid Magu | Male'ſ Republic of Maldives
ވެބްސައި
URL
:
WWW.Supremecourt.gov.mv|ކްސް: :3008554Fax
960+ ފޯން::Tel
3009990
960+
ސަފްޙާ 29 ގެ j4
މ 84
ah އއ
އެންމެ ޑޯޒްއަކުންވެސް އަދި ޖެންޓަމައިސިން ދޭންވާ ޑޯޒްގައި ދެވުނަސް ކަންފަތުގެ އަޑުއިވުމަށް ދާއިމީ
ބަދަލެއް އަންނަކަމަށާއި، ޖެންޓަމައިސިން ދޭއިރު، ލޭގައި ޖެންޓަޅައިސިންގެ އަސަރު ހުންނަވަރު
ޓެސްޓްކުރުމަކީ ކުރަންޖެހޭ ކަމެއްކަމަށް ވަރަށް ގިނަ ލިޔުންތަކުގައި ހުންނަކަމަށާއި، މި ޓެސްޓް ޢާންމު
ގޮތެއްގައި ކޮށް އުޅެނީ 3 ވަނަ ޑޯޒްގެ ފަހުން އަދި ކޮންމެ 4 ދުވަހަކުން އެއް ދުވަހު ކަމަށާއި، އެކަމަކު
ޙާލަތްތަކުގައި، މިގޮތަށް ޓެސްޓްކުރި ކަމުގައިވިޔަސް ބޭހުގެ މިންވަރު ލޭގައި ހުންނަންޖެހޭ
މިންވަރަށްވުރެ އިތުރު ނުވިޔަސް ކަންފަތަށް އަސަރުކުރާ ކަމަށާއި، ދޭ އެންމެ ގޯޒަކުންވެސް އަޑުއިވުމަށް
އަސަރުކޮށްފާނެކަމަށް ލިޔުންތަކުން ދައްކާ ކަމަށާއި، އަދި ބޭސްދީ ނިމުމަށްފަހު އެތަކެއް ދުވަހެއް ފަހުންވެސް
ކަންފަތުގެ އަޑުއިވުމަށް ބަދަލު އަންނަކަމަށް ފާހަގަކުރެވޭ ކަމަށާއި، އަޑުއިވުމުގެ ޙިއްޤު އެއްކޮށް
ގެއްލިއްޖެނަމަ، ރަނގަޅު ކުރެވޭނީ އެކަމަށް ޚާއްޞަ އޮޕަރޭޝަނެއްކަމަށްވާ ކޮކްލިއަރ އިމްޕްލޯންޓް ސާރޖަރީ
ހަދައިގެން ކަމަށް ޑރ. ޢާއިޝަތު ޢަލީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނައިރު، މި ދެ
ރިޕޯޓަށް އެއްކޮށް ބެލުމުން އިސްތިޚްލާޞްކުރެވޭ ކަންކަމުގެ ތެރޭގައި، ޖެންޓަމައިސިން އަކީ އެ ބޭހުން
ފަރުވާދިނުމުގައި ޑޮކްޓަރު ރިޢާޔަތްކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތަކާ ޚިލާފަށް ފަރުވާދިނުމުގެ ސަބަބުން
ކަންފަތް ބީރުވުންފަދަ ބަލިމީހާގެ ޞިއްޙަތަށް އިޢާދަނުކުރެވޭނޭ ގެއްލުމެއް މެދުވެރިވެދާނެ ސީރިއަސް ސައިޑް
އިފެކްޓްތަކެއް ހިމެނޭ އެންޓިބަޔޮޓިކަކަށް ވާތީ، އެ ބޭސް ދޭންޖެހޭ މިންވަރާއި މުއްދަތު ކަނޑައަޅަންވާނީ
އަބަދުވެސް ފަރުވާތެރިކަމާއި ޢިނާޔަތްތެރިކަމާއެކު ބަލިމީހާގެ ޢުމުރާއި ބަރުދަނަށް ރިޢާޔަތްކޮށްގެން، އެ ބޭހުން
ފަރުވާދިނުމުން ލިބިދާނެ ގެއްލުމަކަށްވުރެ ފައިދާ ބޮޑުވާނެތޯ ވަޒަންކުރުމަށްފަހު ކަމާއި، މީގެއިތުރުން،
ޖެންޓަމައިސިންގެ
ކިންގެ ސަބަބުން ކަންފަތުގެ އަޑުއިވުމަށް އަސަރުކުރާ މީހުންގެ %17 މީހުންނަކީ ވަކި ޚާއްޞަ
ޖީންއެއް އެ މީހުންގެ ހަށިގަނޑުގައި އެކުލެވޭ މީހުން ކަމާއި، މިފަދަ މީހުންނަށް އެންމެ ޑޯޒްއަކުންވެސް އަދި
ޖެންޓަމައިސިން ދޭންވާ ޑޯޒްގައި ދެވުނަސް ކަންފަތުގެ އަޑުއިވުމަށް ދާއިމީ ބަދަލެއް އަންނަކަމާއި، އަދި
2 /
8 26
Co2
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: RL
:
WWW.Supremecourt.gov.mv | ފެކްސް: :3008554Fax
960 + | ފޯން: :Tel
3009996
960 +
ސަފްޙާ 2 ގެ 15
ޖެންޓަމައިސިން ދޭއިރު، ލޭގައި ޖެންޓަމައިސިންގެ އަސަރު ހުންނަ މިންވަރު ޓެސްޓްކުރުމަކީ ކުރަންޖެހޭ
ކަމެއްކަމާއި، މިކަންތައްތައް ޝާމިލުވެގެންވާކަން އެނގެން އޮންނަކަމެވެ.
22
2 4ޑ
ކެއުސ
(ޅ) ހަވަނަ ކަމަކީ: ހޮސްޕިޓަލްތަކުގަޔާއި ބޭސްފަރުވާދޭ މަރުކަޒުތަކުގައި ފަރުވާދޭން ތިބޭ
ޑޮކްޓަރުންގެ މަސައްކަތްތަކަށް ޝަރްޢިއްޔަތުލިބޭ ޤާނޫނީ އަސާސަކީ އެ ޑޮކްޓަރުންނަކީ ތަޢުލީމީ
ކޮލިފިކޭޝަން ފުރިހަމަކޮށްފައި ތިބޭ ބަޔަކަށްވުމުގެ އިތުރުން ޑޮކްޓަރީ މަސައްކަތްކުރުމުގެ ހުއްދަ ދައުލަތުގެ
ކަމާބެހޭ އިދާރާއިން ލިބިގެން މަސައްކަތްކުރާ ބަޔަކަށްވުން ކަމާއި، މިގޮތުގެމަތިން މަސައްކަތްކުރާ ޑޮކްޓަރުން
ބަލިމީހުން ބަލައި ފަރުވާދިނުމުގައި މެޑިކަލް ޕްރޮފެޝަންގައި އިސްތިޤުރާރުވެ ޘާބިތުވެފައިވާ ޢިލްމީ
މަބްދިއުތަކާއި އުޞޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް ފަރުވާދިނުމަކީ އެ މީހުންގެ މައްޗަށް ލާޒިމުވެގެންވާ
ކަމެއްކަމާއި، އެއާޚިލާފަށް ޑޮކްޓަރަކު ފަރުވާދިނުމުގެ ސަބަބުން ބަލިމީހާއަށް ލިބޭ ގެއްލުމުގެ މަދަނީ
މަސްއޫލިއްޔަތު އެ ޑޮކްޓަރަކު ނުވަތަ އެ ޑޮކްޓަރު ތަބާވާ އިދާރާއަކުން، މަދަނީ މަސްއޫލިއްޔަތުގެ ޢާންމު
ޢުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންވާނެކަމާއި، މި މަސްއޫލިއްޔަތަކީ "ތަޤްކރީ މުސްއޫލިއްޔަތު"
(omissive liability) އެއްކަން ތަފާތު ޖުރިސްޑިކްޝަންތަކުގައި އިސްތިޤުރާރުވެފައިވާ މެޑިކަލް ޕްރޮފެޝަން
ޕްރެކްޓިސްކުރުމާބެހޭ އަޙްކާމްތަކަށް ބެލުމުން އެނގެން އޮންނައިރު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް
ކައުންސިލުން "ގުޑް މެޑިކަލް ޕްރެކްޓިސް އަ ކޯޑް އޮފް ކޮންޑަކްޓް ފޮރ ޑޮކްޓަރސް އިން މޯލްޑިވްސް" މި
ސުރުޚީގެ ދަށުގައި ޢާއްމުކޮށްފައިވާ ލިއުމުގައި ޑޮކްޓަރަކު އެންމެ މުހިއްމުކަމެއް ދޭންވާނީ ބަލިމީހާއަށް
ދޭންޖެހޭ ޞިއްޙީ ފަރުވާއެއް ފޯރުކޮށްދިނުމަށް ކަމަށާއި، އެގޮތުން ބަލިމީހާގެ ބައްޔާ ގުޅޭ އެންމެހައި މަޢުލޫމާތު
ދެނެގަތުމާއި ބަލި ދެނެގަތުމަށްޓަކައި ހަދަންޖެހޭ އެންމެހައި ތަޙްލީލުތައް ހަދައި އެކަށީގެންވާ ފަރުވާގެ
ޕްލޭންއެއް އެކުލަވާލުމާއި، ބަލިމީހާގެ ފައިދާއަށްޓަކައި، ބަލިމީހާގެ ފަރުވާއާ ގުޅުންހުރި ނިންމުންތައް
ނިންމުމުގައި އެހެން ޑޮކްޓަރެއްގެ ލަފާ ބޭނުންވާނަމަ އެފަދަ އެހީ ހޯދުން ނުވަތަ އެ ޑޮކްޓަރަކަށް ރިފަރކުރުން
އެއީ ޑޮކްޓަރުންކުރާ
ޑޮކްޓަރުންކުރަންޖެހޭ ކަންތައްތަކުގެ ހިމެނޭ ކަންކަން ކަމަށް ބަޔާންކޮށްފައިވާކަމާއި،
/2 2
متحرک ہی
l
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'l Republic of Maldives
ވެބްސައިޓް: CIRL
:
www.supremecourt.gov.rnv/ފެކްސް: :30085545ax
960+ | ފޯން::Tel
3009996
960 +
ސަފްޙާ 29 ގެ 16
4
0
0 3
0 0 2
4 22
8
/
OX
މީގެއިތުރުން، ބަލިމީހާގެ މަޢުލޫމާތު (ޕޭޝަންޓް ރެކޯޑްސް) އެންމެ ފުރިހަމަގޮތުގައި ބެލެހެއްޓުމާއި، ބަލިމީހާގެ
ފަރުވާއާ ގުޅުންހުރި ނިންމުންތައް ނިންމުމުގައި ބަލިމީހާއަށް އެންމެ ފައިދާހުރި ގޮތާއި، އެ ފަރުވާއިން
ލިބިދާނެ ގެއްލުން ވަޒަންކޮށް އެ ވަގުތަށް އެންމެ އެކަށީގެންވާ ފަރުވާދިނުން ހިމެނޭކަމަށް ފާހަގަކޮށްފައިވާކަމާ،
އަދި ހަމަ ބުނެވުނު ކައުންސިލުން ޢާއްމުކޮށްފައިވާ "ރެގިއުލޭޝަންސް، ގައިޑްލައިންސް
ޕްރޮސީޖަރ" ގައި ޑޮކްޓަރުންގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާއިރު، ބަލިމީހާއަށް ފަރުވާދިނުމުގައި
ޑޮކްޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރު އެންމެ އެކަށީގެންވާ ގޮތުގައި ބޭނުންކޮށް ބަލިމީހާއަށް ދޭންޖެހޭ
ފަރުވާއް ގުޅިގެން ނިންމާ ނިންމުންތައް ނިންމަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން ޤާނޫނު
ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ (ބ) ގައި ޚިދުމަތް
ލިބިގަންނަ ފަރާތަށްދޭ ޚިދުމަތަކީ ޤައުމީ އަދި ފަންނީ މިންގަނޑުތަކާއި، ސާބިތު ހެކިތަކުގެ މައްޗަށް ބިނާކޮށް
އެންމެ އެކަށީގެންވާ ޚިދުމަތެއްކަން ޚިދުމަތްދޭ ފަރާތުން ކަށަވަރުކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި
އެ ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ
އެ ދާއިރާގެ ސިޔާސަތުތަކާއި ސުލޫކީ މިންގަނޑުތަކަށް ތަބާވެ އިޙްތިރާމްކުރާ ބަޔަކަށް ވާންވާނެކަމަށް
ކުށްފައިވާކަމާއި، އަދި ޤާނޫނު ނަންބަރު 1312015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ
ޤާނޫނު) ގެ 27 ވަނަ މާއްދާގައި ޞިއްޙީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތުގެ
މާޙައުލުގައާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ޢަމަލުކުރަންވާނެކަމަށް ބަޔާންކޮށްފައިވާ
އުޞޫލުތަކުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު އެ
ޚިދުމަތެއް ފޯރުކޮށްދިނުމާއި، ޚިދުމަތް ފޯރުކޮށްދިނުމުގައި ޤަޞްދުގައި ނުވަތަ އެނގިހުރެ، ޚިދުމަތް ލިބިގަންނަ
ފަރާތަކަށް ގެއްލުމެއް ލިބިދާނެފަދަ ޢަމަލެއް ނުކުރުމަށް ނުވަތަ އެފަދަ ޢަމަލެއް މެދުވެރިވިޔަ ނުދިނުމަށްޓަކައި
އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހްމާލުނުވުން ފަދަ ކަންކަން ހިމެނޭކަމަށް ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި، އިޝާރާތްކުރެވުނު ޤާނޫނު ނަންބަރު 29/2015 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އާއި،
ހ 2
2 ދ
OXO
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Thecmuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960+
ސަފްޙާ 29 ގެ 17
ޤާނޫނު ނަންބަރު 13/2015 (ޞިއްޙީ ޚިދުމަތުގެ ފަންނީ މަސައްކަތްތެރިންގެ ޤާނޫނު) އާއި ދެ ޤާނޫނަކީ
މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2008/MC/523 ޤަޟިއްޔާ އެ ކޯޓުން ބެލިއިރު ދިވެހިރާއްޖޭގެ
ޤާނޫނީ އޮނިގަނޑުގައި ނުހިމެނޭ ދެ ޤާނޫނުކަމުގައި ވީނަމަވެސް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، މިޒަމާނުގެ ކުރިއަރާފައިވާ ދައުލަތްތަކުގައި
އިސްތިޤުރާރުވެފައިވާ މެޑިކަލް ޕްރޮފެޝަންއާބެހޭ ޢާންމު އުޞޫލުތަކާއި މިންގަޑުތަކަކީ މިބާވަތުގެ މައްސަލަތައް
ބަލައި ފައިޞަލާކުރުމުގައި ތަޠުބީޤުކުރަންވާނެ އުޞޫލުތަކާއި މިންގަނޑުތައްކަން އެނގެން އޮންނަކަމެވެ.
* »
(ކ) ހަތްވަނަ ކަމަކީ: ބަލިމީހުން ބަލައި ފަރުވާދިނުމުގައި މެޑިކަލް ޕްރޮފެޝަންގައި
އިސްތިޤުރާރުވެފައިވާ އުޞޫލުތަކާއި ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ތެދުވެރިކަމާއި،
އަމާނާތްތެރިކަމާއި، ފަރުވާތެރިކަމާއެކު ފަރުވާދިނުމަކީ ފަރުވާދޭ ޑޮކްޓަރުގެ މައްޗަށް ވާޖިބުވެގެންވާ
އިލްތިޒާމެއްކަން އެނގެން އޮންނައިރު، އެ އިލްތިޒާމާ ޚިލާފުވުމުގެ ސަބަބުން ބަލިމީހާއަށް ލިބޭ ގެއްލުމުގެ
މަދަނީ މަސްއޫލިއްޔަތު އެ ޑޮކްޓަރަކު ނުވަތަ އެ ޑޮކްޓަރު ތަބާވާ އިދާރާއަކުން، މަދަނީ މަސްއޫލިއްޔަތުގެ
ޢާންމު އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އުފުލަންވާނެކަން އެނގެން އޮންނައިރު، މިފަދަ މަސްއޫލިއްޔަތަކީ
ތިން ރުކުނެއް ނުވަތަ އުންސުރެއް ފުރިހަމަވުމުން އުފުލަންޖެހޭ މަސްއޫލިއްޔަތެއް ކަމާއި، ފުރަތަމަ ރުކުނަކީ
ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނުވަތަ ބަލިމީހާއަށް ފަރުވާދިނުމުގައި ކުރެވޭ ގޯސް ތަޞައްރުފު
(malpractice) ކަމާއި، ދެވަނަ ރުކުނަކީ ބަލިމީހާއަށް ގެއްލުން (damage) ލިބުން ކަމާއި، ތިންވަނަ
ރުކުނަކީ ބަލިމީހާއަށް ލިބުނު ގެއްލުމާއި ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ގޯސް ތަޞައްރުފާ
ދެމެދު ސަބަބާ ގުޅުމެއް (ޓިޕެޕަޑު هه/ causal relation އޮތުން، ނުވަތަ ބަލިމީހާއަށް ލިބުނު ގެއްލުމަކީ
ޑޮކްޓަރުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ކުރެވޭ ފަންނީ ކުނެއްގެ ނަތީޖާއެއްގެ ގޮތުން ލިބުނު
ގެއްލުމަކަށްވުންކަން އެނގެން އޮންނައިރު، މަދަނީ މަސްއޫލިއްޔަތުގެ މި ޢާންމު އުޞޫލުގެ އަލީގައި
ގދ. ފަރެސް، ހަނދުވަރީގެ، އަޙްމަދު އިޙްސާންގެ 03 އަހަރުގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާންގެ
COC
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ (އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :Fax
3008554
960+ | ލޯނޯ::Tel
3009996
960 +
ސަފްޙާ 29 ގެ 18
ކަންފަތުގެ އިމުން ދާއިމަށް ގެއްލިފައިވަނީ މިނިސްޓްރީ އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި މަސައްކަތްކުރި ޑޮކްޓަރ ޕަވަލް، ޢާއިޝަތު އިޔާން އިޙްސާން ބަލައި
ފަރުވާ ދިނުމުގެ ގޮތުން "ޖެންޓަމައިސިން" ދިނުމުގައި އިހްމާލުވުމުގެ ސަބަބުންތޯ، މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއާ ގުޅިގެން މިމައްސަލައިގައި ހުށަހެޅިފައިވާ ބަޔާންވެދިޔަ އެންމެހައި
ވަޤާއިޢުތަކާއި ލިޔުންތަކާއި ބަޔާންތަކަށް ރިޢާޔަތްކޮށް ބަލާއިރު،
523/MC/2008
14 ޖުލައި 2007 ވަނަ ދުވަހު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްޞަ
ޑޮކްޓަރ، ޑރ. ޕަވަލް، ޢާއިޝަތު އިޔާން އިޙްސާން ބެލި ބެލުމުން، އެ ކުއްޖާގެ ވާއަތު އަތް ދުޅަވެ އަތުގެ
އިނގިލިތައް ހިސާބަކަށް ލެނބިފައި ހުރިކަމާއި، އެތަން ހުރީ ރަތްވެފައިކަމާއި، އަދި ފިތާލީމާ ތަދު ހުރިކަމާއި،
މި ސަބަބުތަކަށްޓަކައި ޢާއިޝަތު އިޔާން އިޙްސާންގެ ލޭގެ ޓެސްޓް ހެދިއިރު، ލޭގެ ޓެސްޓް ނަތީޖާއިން
(ލިއުކޮސައިޓޯސިސް ވިތް ނިއުޓްރޮފީލިއާ) ބެކްޓީރިއާއިން ޖެހޭ އިންފެކްޝަނެއް ހުރިކަމަށް ދެއްކުމުން،
ގްރާމް ޕޮސިޓިވް އަދި ގްރާމް ނެގެޓިވް ބެކްޓީރިއްއަށް ފަރުވާކުރެވޭ އެންޓިބަޔޮޓިކެއްކަމަށްވާ
"ޖެންޓަމައިސިން" ދޭން ޑރ. ޕަވަލް ނިންމިކަން މި މައްސަލައިގައި ހުށަހެޅިފައިވާ ޕްރިސްކްރިޕްޝަންތަކަށް
ބެލުމުން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ލޭގެ ޓެސްޓް ނަތީޖާއަށް ބަލައި ވާއަތުގެ ހަމުގެ އެތެރޭގެ
ފަށަލަތަކުގައި ދޮސް (އެބްސެސް) ހުރިކަމަށް ޑރ. ޕަވަލްއަށް ޝައްކު ކުރެވުމުން ޑރ. ޕްރަސާދު
(ކޮންސަލްޓެންޓް ސަރޖަން) އަށް ޢާއިޝަތު އިޔާން އިޙްސާން ދެއްކުމަށް ލަފާދިންކަމާއި، އަދި
14 ޖުލައި 2007 ވަނަ ދުވަހު އިރުއޮއްސުނުއިރު އެ ކުއްޖާ ހޭނައްތައިގެން އިންސިޝަން އެންޑް ޑްރައިނޭޖް
"އައި އެންޑް ޑީ" ހެދުމަށްޓަކައި އޮޕަރޭޝަން ކުރެވުނުކަމާއި، އޮޕަރޭޝަން ކުރި
ކުރީ
ޕްރަސާދު ކަމާއި،
އޮޕަރޭޝަންގައި ކުއްޖާގެ އަތުން ލޭ ކުލައިގެ ދިޔައެއް ނެގުނު ނަމަވެސް ދޮސް ހުރިކަމަށް ފާހަގަނުކުރެވޭ
ކަމާއި، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމާ ގުޅޭގޮތުން ޑރ. ޕަވަލްއާއި ޑރ. ޕްރަސާދު ކުރި
މަޝްވަރާތަކުގައި އެ ކުއްޖާގައި "ފްލެގްމޯނާ"، އޮސްޓިއޯމައިލިޓިސް"، "ސެޕްޓިސީމިއާ ފަދަ އެހެން
1
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: RL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960 +
ސަފްޙާ 29 ގެ 19
XX
8
އިންފެކްޝަންތައް ހުރެދާނެކަމުގެ އިޙްތިމާލާމެދު ޝައްކުކުރެވުނުކަމުގައި
ކަމުގައި ވީނަމަވެސް އެކަން
ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ މައިކްރޯބަޔޮލޮޖިކަލް އިންވެސްޓިގޭޝަންތަކެއް ހަދާފައިވާކަން އެނގެން
ނެތްކަމާއި، އަދި އިޝާރާތްކުރެވުނު އޮޕަރޭޝަންގައި ކުއްޖާގެ އަތުން ނެގުނުކަމަށް ބުނާ ލޭ ކުލައިގެ
ދިޔައިންވެސް މައިކްރޯބަޔޮލޮޖިކަލް އިންވެސްޓިގޭޝަން ހަދާފައިވާކަން އެނގެން ނެތްކަމާއި، މިފަދަ
ޓެސްޓްތަކަކީ ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އެއިރު ހެދެން ނެތް ޓެސްޓްތަކެއްކަމަށް ވާނަމަ އެ ޓެސްޓްތައް
ހެދޭ ފެންވަރުގެ އެހެން ހޮސްޕިޓަލަކަށް އެ ޓެސްޓްތައް ހެދުމަށް ރިފަރިކޮށްފައިވާކަންވެސް އެނގެން
ނެތްކަމާއި، އެހެންކަމުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިން
ޑޮކްޓަރު އެ ކުއްޖާގެ ބަލި ޑައިގްބޮސްކުރުމުގައި ޕްރެކްޓިސްކުރެވޭ ޕްރޮފެޝަނަލް މިންގަނޑުތަކާ
ޢަމަލުކޮށްފައިނުވާކަން އެނގެން އޮތުމުގެ އިތުރުން، ޖެންޓުމައިސިން ފަދަ ސީރިއަސް ސައިޑް އިފެކްޓްތަކެއް
އެކުލެވޭ ބޭހަކުން ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމަށް ޑރ. ޕަވަލް ނިންމައި، އެ ބޭހުން އެ
ކުއްޖާއަށް ފަރުވާދޭން ފަށާފައިވަނީ، އެ ބޭހުން ފަރުވާދިނުމުގައި ކުއްޖާއަށް ލިބިދާނެ ގެއްލުމަށްވުރެ ލިބިދާނެ
ފައިދާ ގެ
ބޮޑުވާނެތޯ ބަލައި ވަޒަންކޮށް އަދި އެ ބޭހުން ލިބިދާނެ ގެއްލުމުގެ އަސަރުތައް ބަލައި ރައްކާތެރިކަމުގެ
ފިޔަވަޅު އަޅައިގެންކަން އެނގެން ނެތްކަމާއި،
x 0 c ހ4
مرمل و اسی کمر
23
OLOOC
0 0
کر کے ہر مرد
ބަލިމީހާ ޑައިގްނޫސްކުރުމަށްފަހު އޭނާ ގައިގައިވާ ބައްޔާބެހޭގޮތުން ދޭންޖެހޭ މުހިއްމު
މަޢުލޫމާތު އޭނާއަށް ފޯރުކޮށްދިނުމާއި އަދި އޭނާއަށް ދެވޭ ބޭހުގައި ސީރިއަސް ސައިޑް އިފެކްޓްތަކެއް ވާނަމަ
އެކަން އޭނާއަށް އެންގުމާއި، ބަލިމީހާއަށް ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި އެ ބޭސް
ތަފްޞީލު (ދޭންޖެހޭ މިންވަރާއި ގަޑިއާއި މުއްދަތު ފަދަ މަޢުލޫމާތު) ހިމެނުމަކީ ބަލިމީހާއަށް ފަރުވާދޭ
ޑޮކްޓަރުގެ އިލްތިޒާމުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމުގައި ވީނަމަވެސް، ޑޮކްޓަރ ޕަވަލް،
އަޙްމަދު އިޙްސާންގެ ދަރިފުޅު ޢާއިޝަތު އިޔާން އިޙްސާން ބަލައި ފަރުވާދިނުމުގެ ގޮތުން "ޖެންޓަމައިސިން"
ފަދަ ސީރިއަސް ސައިޑް އިފެކްޓްސް ހިމެނޭ އެންޓިބަޔޮޓިކެއް ދީފައިވާއިރު، އެއާގުޅޭ އެއްވެސް
ހ 024397
تم مرمي
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު (ތީމުގެ "އޯކިޑްމަގު ' މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives (Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv/ފެކްސް: :3008554Fax
60© + | ފޯން: :Tel
3009990
960 +
ދެވިތޯ ފިނާ
ސަފްޙާ 29 ގެ 20
ޢާއިޝަތު އިޔާން އިޙްސާންގެ ބެލެނިވެރިއަކަށް ދީފައިނުވާކަމާއި، އަދި އެ ބޭސް ލިޔެދީފައިވާ ބޭސް
ސިޓީތަކުގައި އެ ބޭސް ދޭންޖެހޭ ގޮތުގެ އެއްވެސް ތަފްޞީލެއް ހިމަނާފައިނުވާކަން ބުނެވުނު ބޭސް ސިޓީތަކަށް
ބެލުމުން އެނގެން އޮންނަކަމާއި،
އާއިޝަތު އިޔާން އިޙްސާންއަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިން ޑޮކްޓަރު
އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އެ
ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަން ޝަރީޢަތަށް ޙާޟިރުކުރެވުނު ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުން އެނގެން އޮތުމުން، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ
އޭނާއަށް ފަރުވާދިން ޑޮކްޓަރުންގެ އިހްމާލުންކަމަށް ޝަރްޢީ އަދި ޤާނޫނީ ހަމަތަކުން ޝަރީޢަތުން ކަނޑައަޅާނެ
ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 368/HC-A/2009 ޤަޟިއްޔާގައި ނިންމާފައި
އޮންނަ އޮތުމަށް ބަލާއިރު، ބުނެވުނު ޖެންޓަމައިސިން އިންޖެކްޝަން ޢާއިޝަތު އިޔާން އިޙްސާންއަށް
ދީފައިވަނީ އެ ކުއްޖާގެ ބަރުދަން ރެކޯޑްކުރުމަކާ ނުލައި އަދި އެ ޢުމުރުގެ ކުއްޖަކަށް ދިނުން ހުއްދަވެގެންވާ
މިންވަރަށް ވުރެ މަތީ ޑޯޒްތަކެއް ކަމަށް މި މައްސަލައިގައި ދަޢުވާކުރާ އަޙްމަދު އިޙްސާން މަދަނީ ކޯޓާއި
ހައިކޯޓާއި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، ދައުލަތުގެ ފަރާތުން ޝަރީޢަތަށް
ހުށަހަޅާފައިވާ ޢާއިޝަތު އިޔާން އިޙްސާންގެ ރެގިއުލަރ ޕްރިސްކްރިޕްޝަންގައިވެސް، އަދި އެހެނިހެން ބޭސް
ލިޔެފައިވާ ޕްރިސްކްރިޕްޝަންސްތަކުގައިވެސް ކުއްޖާގެ ޢުމުރު ރެކޯޑް ކޮށްފައިނުވާކަން އެނގެން
އޮންނަކަމާއި، އަދި މި މައްސަލައިގައި މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އެކްސްޕާޓް އޮޕީނިއަން
ދީފައިވާ ޑރ. ޝިރިނިވާސަން ނިޝިންގެ ރިޕޯޓުގައި އޭނާއަށް ލިބިފައިވާ ކަމާބެހޭ ލިޔެކިޔުންތަކުގައި ކުއްޖާގެ
ހަށިގަނޑުގެ ބަރުދަނުގެ ވާހަކު ހިމަނާފައި ނެތުމުން މަތީ މިންވަރުގެ ޑޯޒްތައް ދެވުން އެކަށީގެންވާ ކަމަށާއި،
މިއީ ކުއްޖާ ބީރުވުމުގެ ސަބަބެއް ކަމަށްވުން އެކަށީގެންވާކަމެއް ކަމަށް ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން
ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޑޮކްޓަރު އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Repubjc of Maldives
ދިވެހިރާއްޖެ
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009990
960+
ސަފްޙާ 29 ގެ 21
0 / 2 0 0
ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށާއި އެ ބޭސް ދިނުމުގައި އިހްމާލުވެފައި ނުވާކަމަށް ބުނެ، އެކަން
ޘާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަހުގައި ފާޅުކަން ބޮޑު ފުށުއެރުންތަކެއް ވާކަމާއި،
މިގޮތުން ބަލާއިރު، ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިން ޑރ. ފުވަލް ޝަރީޢަތަށް ދީފައިވާ ބަޔާނުގައި
ކުއްޖާގެ މަންމަ ކުއްޖާގެ ކަންފަތް އެދޭކަމަށް ބުނެފައިވަނީ 17 ޖުލައި 2007 ގައި ކަމަށާއި އަދި ހަމަ އެ
ދުވަހު ޖެންޓަމައިސިން ދިނުން ހުއްޓާލުމަށް ރ. ޕްރަސާދާ އިރުޝާދު ދިންކަމަށް ބުނެފައިވާއިރު،
ޑރ. ޕްރަސާދްގެ ބަޔާނުގައި ބުނެފައިވަނީ ކުއްޖާގެ މަންމަ ޝަކުވާ ކޮށްފައިވަނީ 20 ޖުލައި 2007 ގައި
ކަމަށާއި އެހިސާބުން ފެށިގެން ވަގުތުން ޖެންޓަމައިސިން ދިނުން ހުއްޓާލީކަމަށާއި، އަދި ޢާއިޝަތު އިޔާން
އިޙްސާންއަށް ފަރުވާދިން ނަރުހުންގެ ތެރޭގައި ހިމެނޭ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ވޯރޑް ސިސްޓަރ
ޒިމްނާ ރަޝީދު މަދަނީ ކޯޓުގެ ޝަރީޢަތަށް ދީފައިވާ ހެކިބަހުގައި ފުރަތަމަ ބުނެފައިވަނީ ހަނދާންވާ ގޮތުން
ކުއްޖާގެ އަޑު އިވުމުގެ މައްސަލަތަކެއްވާކަމުގެ ޝަކުވާތަކެއް ކުއްޖާގެ ޢާއިލާގެ ފަރާތުން ކޮށްފައިވަނީ
ކުއްޖާއަށް ފަރުވާދޭން ފެށިތާ 3 ދުވަސް ފަހުންކަމަށާއި، އެދުވަހު ހެނދުނު އަޅުގަނޑާއި ޑޮކްޓަރ ކުއްޖާ
ޗެކްކޮށްލާން ދިއުމުން، ކުއްޖާގެ ޢާއިލާގެ މީހުން ކުއްޖާގެ އެއް ކަންފަތަށް އަޑުނީވޭހެން ހީވާކަމުގައި
ބުނެފައިވާކަމަށާއި، މިގޮތަށް ބުނުމާއެކު ޑޮކްޓަރ ކުއްޖާގެ ކަންފަތް ވަގުތުން ޗެކްކުރިކަމަށާއި، އަދި
ޖެންޓަމައިސިން ދިނުން ހުއްޓާލުމަށް ޑޮކްޓަރު އެންގިކަމަށާއި، އަދި ހަމަ އެ ބަޔާނުގައި އަނެއް ދުވަހު
ޢާއިޝަތު އިޔާން އިޙްސާންގެ ބެލެނިވެރިން ކުއްޖާ ގޮވައިގެން މާލެއަށް ދާން ބޭނުންވުމުން ކުއްޖާ
ހޮސްޕިޓަލުން ޑިސްޗަރޖް ކުރީކަމަށް ބުނެފައިވާކަން އެނގެން އޮންނައިރު، ބަޔާންވެދިޔަ ފުހޫއެރުންތައް
އެކުލެވިގެންވާ ހެކިބަހުގެ މައްޗަށް ބިނާކޮށް، ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމުއިސިން އިންޖެކްޝަން
ދެވިފައިވަނީ 14 ޖުލައި 2007 އާއި 17 ޖުލައި 2007 އާ ދެމެދު ކަމަށް ދައުލަތުން ބުނާބުނުން
އަދި ޤާނޫނީ ހަމަތަކުން ޘާބިތުވާން ނެތްކަމާއި، މީގެ އިތުރުން، އާއިޝަތު އިޔާން އިޙްސާންއަށް ފަރުވާ
ހޯދުމަށްޓަކައި 14 ޖުލައި 2007 ގައި ގދ. ތިނަދޫ ހޮސްޕިޓަލަށް ގެންދިއުމުން ޑރ. ޕަވަލް ދަރިފުޅު
06 2
44
34
ޝަރްޢީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: LIRL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960+
ސަފްޙާ 29 ގެ 22
4 0 2 20
ބޭން
ބެލުމަށްފަހު ވަގުތުން އެޑްމިޓްކުރަން އަންގައި ދަރިފުޅަށް ބޭސް ލިޔެދިންކަމަށާއި، މިގޮތުން
ޑރ. ފުވަލް ލިޔެދީފައިވާ އެއް ބޭހުކީ ޖެންޓަމައިސިން ކިޔާ އެންޓިބަޔޮޓިކް ކަމަށާއި، ޕްރިސްކްރިޕްޝަންގައިވާ
ގޮތަށް އެވަގުތު ހޯދައިގެން ދިޔައީ 80 މިލިގްރާމްގެ 2 ވަޔަލްކުމަށާއި، ދަރިފުޅު އެޑްމިޓްކުރުމަށްފަހު
ހަމައެދުވަހުގެ އިރުއޮއްސޭހާއިރު ދެވަނަ ފަހަރަށް ޖެންޓަމުއިސިން ޕްރިސްކްރައިބް ކޮށްފައިވާކަމަށާއި،
އެފަހަރުވެސް 80 މިލިގްރާމްގެ 2 ވަޔަލް އަޙްމަދު އިޙްސާން ގަނެގެންގޮސް ނަރުހުންނާއި ޙަވާލުކުރިކަމަށާއި،
15 ޖުލައި 2007 ގައި 3 ވަނަ ފަހަރަށް ޖެންޓަމައިސިން ޕްރިސްކްރައިބް ކޮށްފައިވާކަމަށާއި، މިފަހަރު
80 މިލިގްރާމްގެ 1 ވަޔަލް މުޅިއެކު 400 މިލިގްރާމް އަޙްމަދު އިޙްސާން ގުނެގެންގޮސް ނަރުހުންނާ
ޙަވާލުކޮށްފައިވާކަމަށާއި، 17 ޖުލައި 2007 ގައި ޖެންޓަމައިސިން ދިނުން ހުއްޓާލިކަމަށާއި، އެހާތަނަށް
ދީފައިވަނީ 360 މިލިގްރާމްގެ {" ޑޯޒްކަމަށް ދަޢުވާލިބޭ ދަޢުލަތުގެ ފަރާތުން ބުނާއިރު، އެ 7 ޑޯޒް ދިނުމުން
ބާކީވާ 190 މިލިގްރާމްއަށް ވީގޮތް އެފަރާތުން ސާބިތުކޮށްދީފައިނުވާ ކަމަށާއި، ދަޢުވާލިބޭ ފަރާތުން ހުށަހެޅި
ހެއްކެއް ކަމުގައިވާ ޚަދީޖާ ޔޫސުފް (ގދ. ތިނަދޫ ހޮސްޕިޓަލްގެ ސްޓާފް ނަރސް ގްރޭޑް 1) ގެ ބަޔާނުގައިވާ
ގޮތުގައި އިތުރުވާ ބެލެނިވެރިންނާ ޙަވާލުކުރާ ކަމަށާއި، ނަމަވެސް ޖެންޓަމައިސިންގެ ބާކީވި އެއްވެސް
މިންވަރެއް އަޙްމަދު އިޙްސާންއާ ޙަވާލުކޮށްފައިނުވާ ކަމަށާއި، އަދި ޖެންޓަމައިސިންގެ ބާކީވި 190
މިލިގްރާމްއަށް ހޮސްޕިޓަލްގެ ފަރާތުން ހެދި ގޮތެއް ޝަރީޢަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށް އަޙްމަދު
އިޙްސާންގެ ފަރާތުން މަދަނީ ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން އެނގެން އޮންނައިރު، އެކަމަށް ދައުލަތުގެ
ފަރާތުންވެސް އިންކާރުކޮށްފައި ނުވާކަމާއި، މީގެ އިތުރުން، ޢާއިޝަތު އިޔާން އިޙްސާންއަށް
ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދިން ގޮތުގެ ރެކޯޑުތަކަށް
ބަދަލު ގެނެސްފައިވޭތޯ
ކަށަވަރުކުރުމަށްޓަކައި އެ ލިޔުންތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވުމުން އެ ސަރވިސްގެ
ފޮރެންސިކް ސަރވިސް ޑިރެކްޓަރޭޓްގެ ފިޒިކަލް އެވިޑެންސް ޔުނިޓުން ތަޙުލީލުކުރުމަށްފަހު ތައްޔާރުކޮށްފައިވާ
ރިޕޯޓަށާއި އެ ލިޔުންތައް ތަޙުލީލުކުރި ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ހެކިބަހުގެ މައްޗަށް
Co
0 8
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male' | Republic of Maldives
ވެބުސައިޓް: URL
:
WWW.Supremecourt.gov.mvފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960 +
ސަފްޙާ 29 ގެ 23
29
OX
ބަލާއިރު، އެ ލިޔުންތަކަށް ބަދަލު ގެނެވިފައިވާކަން ސާބިތުވާކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
368/HC
-
A/2009 ޤަޟިއްޔާ ބެލި ފަނޑިޔާރުން ފާހަގަކުރި ނުކުތާތަކުގެ ތެރެއިން 4 ވަނަ ނަންބަރުގެ
(ކ) ގައި ބަޔާންކޮށްފައިވާކަމާއި، ބުނެވުނު ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، އެ ރިޕޯޓުގެ
1 ގެ (ހ) ގައި ޢާއިޝަތު އިޔާން އިޙްސާން ނަންމަތީގައި ފުރާފައިވާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލްގެ
ރެގިއުލަރ ޕްރިސްކްރިޕްޝަންގެ ދެ ތަނެއްގައި ޓިޕެކްސް ޖަހާފައިވާ ކަމަށާއި، ޓިޕެކްސް ޖަހާފައިވަނީ
ތާރީޚެއް ލިޔެފައިވާ ތަނެއްގަޔާއި، އަދި އިނގިރޭސިން "ގިލަން" (Given) މިހެން ޖަހާފައި އޮތް ތަނެއްގައި
ކަމަށާއި، އަދި އެ ރިޕޯޓުގެ 1 ގެ (ނ)
ގައި އެނަރސަސް ނޯޓްސް"
ޢާއިޝަތު އިޔާން" މިހެން އިނގިރޭސިން ލިޔެފައިވަނީ އޭގެކުރިން "އައިމިނަތު ފުރިޔާލު" މިހެން
ޖަހާފައިވަނިކޮށް ޓިޕެކްސް ޖެހުމަށްފަހުގައި ކަމަށާއި އަދި ބެޑް ނަންބަރު މިހެން އޮންނަ ތަނުގައި "SW02"
މިހެން ޖަހާފައިވަނީ އޭގެ ކުރިން PVT218" މިހެން ލިޔެފައިވަނިކޮށް ޓިޕެކްސް ޖެހުމަށްފަހުގައި ކަމަށާއި،
އަދި އެ ރިޕޯޓުގެ 1 ގެ (ރ) ގައިވާ ޑިސްޗާޖް ކާޑުގެ ކޮޕީއެއްކަމަށް ބުނާ ލިޔުމާއި ޑިސްޗާޖް ކާޑުގެ
އޮރިޖިނަލްކަމަށް ބުނާ، މި ދެ ލިޔުން، މި ދޭތީގައި ޑޮކްޓަރު ފުރާފައިވާކަމަށް ބެލެވޭ ޑައިގްނޯސިސްއިން
ފެށިގެން ގޮސް އޭގެ ތިރީގައިވާ ލިޔުންތައް 6000
V.S.C ބޭނުންކޮށްގެން ސުޕަ އިމްޕޯސްކުރުމުން ހުރިހާ
އެއްޗެއް ބަރާބަރަށް ދިމާވާކަމަށާއި، އޭގެ މާނައަކީ އެ ދެ ލިޔުމުގެ ކޮޕީއަކީ އޭގެ އަޞްލުން ނެގިފައިވާ ކޮޕީ
ކަމަށާއި، އިންޕޭޝަންޓް ފޯލްޑަރގައި ފައިލް ނަންބަރު 584 ގައިވާ އަތުލިޔުމަކީ، ދެ މީހެއްގެ ލިޔުންކަމަށް
ފާހަގަކުރެވޭ ކަމާއި، އެއީ ދެ ޑޮކްޓަރެއްގެ ލިޔުމެއް އޭގައިވާތީ އެގޮތަށް އައިޑެންޓިފައި ކުރެވިފައިވާތީ ކަމާއި،
އިންޕޭޝަންޓް ރެކޯޑަކީ ކޮޕީއެއްކަމަށް ނުފެންނަކަމަށާއި، އެ ލިޔުމުގައި އަޞްލެއްކަމަށް ފާހަގަކުރެވޭ ވަރަށް
ގިނަ ފީޗާސްތަކެއް ފާހަގަކުރެވޭ ކަމާއި، އަދި އެ ރިޕޯޓުގެ 7 ގެ (1) ގެ (އ) ގައި އިންޕޭޝަންޓް ރެކޯޑްގައި
ކަޅުކުލައިގެ ޤަލަމަކުން އިނގިރޭސިން "stop" މިހެން ލިޔެފައިވާ އަތުލިޔުމާއި އަދި ނޫކުލައިގެ ޤަލަމަކުން
15 ޖުލައި 2007 މިހެން ތާރީޚް ޖަހައި ލިޔެފައިވާ އަތުލިޔުމަކީ އިންޕޭޝަންޓް ރެކޯޑުގައި ލިޔެފައިވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ޓީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv ފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960 +
ސަފްޙާ 29 ގެ 24
1 2 3
ox
އެންމެހާ ތަކެތީގެ ފަހުން ލިޔެފައިވާ ތަކެތިތޯ ނުވަތަ ނޫންތޯ މިހާރު ބޭނުންކުރެވޭ ވަޞީލަތްތަކުގެ އަލީގައި
ހޯދިފައިނުވާ ކަމަށާއި، އަދި އެ ރިޕޯޓުގެ 8 ގެ (1) ގެ (ށ) ގައި އިންޕޭޝަންޓް ރެކޯޑްސްގައި ލިޔެފައިވާ
އެންމެހައި ލިޔުންތަކުގެ ތެރެއިން ކުރިން ނުވަތަ ފަހުން ލިޔެފައިވަނީ ކޮން ލިޔުމެއްތޯ، މިހާރު އަތުގައި ހުރި
ވަސީލަތްތަކުގެ އެހީގައި ހޯދިފައިނުވާކަމަށް އިޝާރާތްކުރެވުނު ފޮރެންސިކް ރިޕޯޓުގައި ބުނެފައިވާކަން
އެނގެން އޮންނައިރު، ހޮސްޕިޓަލުގައި ހުރި ޢާއިޝަތު އިޔާން އިޙްސާންގެ ރެކޯޑު ޝީޓްތަކަށް ބަދަލު
ގެނެވިފައިވާކަން ފޮރެންސިކް ތަޙުލީލުތަކުން ސާބިތުވެފައިވާއިރު، އަދި އޭގެ މިޞްދާޤިއްޔަތު"
(credibility) ގެއްލި، އޭގެ ޞައްޙަކަމާމެދު
ޞައްޙަކަމާމެދު ޝައްކު އުފެދިފައިވާ ރެކޯޑު ޝީޓުތަކެއްގެ މައްޗަށް ބިނާކޮށް،
އަދި އެފަދަ ރެކޯޑް ޝީޓުތަކުގައި ބަޔާންވެގެންވާ މަޢުލޫމާތުގެ މައްޗަށް ބުރަވެ ތައްޔާރުކޮށްފައިވާ އެކްސްޕާޓް
އޮޕީނިއަންގެ މައްޗަށް ބިނާކޮށް، ޢާއިޝަތު އިޔާން އިޙްސާންއަށް ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި
ފަރުވާދިން ޑޮކްޓަރު އޭނާއަށް ޖެންޓަމައިސިން ދީފައިވަނީ އެ ބޭސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ
އެއްގޮތަށްކަމަށާއި އެ ބޭސް ދިނުމުގައި އެ ޑޮކްޓަރު އިހްމާލުވެފައި ނުވާކަން މަދަނީ ކޯޓުގެ ނަންބަރު
ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 368/HC
-
A/2009 ޤަޟިއްޔާގައި
ކަނޑައަޅާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމާއި،
ޑ20
523/MC/2008
ޢާއިޝަތު އިޔާން އިޙްސާންއަށް ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން
ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ ސަބަބުންކަމަށް ޝަރީޢަތަށް ބުރަވެވޭކަމަށް
މަދަނީ ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގައި ކަނޑައަޅާފައި އޮންނައޮތުމަށް ހައިކޯޓުގެ ނަންބަރު
368/SIC-A/2009 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ އެކަން ކަށަވަރުކުރުމަށްޓަކައި ހުށަހެޅުނު އެއްވެސް
ޓެސްޓެއް އަދި އެނޫންވެސް މައްޗަށް ބިނާކޮށްގެން ނޫންކަން އެނގެން އޮންނައިރު، އެކަން
ކަށަވަރުކުރުމަށް ކަމާބެހޭ ލެބޯޓްރީއަކުން ކޮށްފައިވާ ޓެސްޓެއްގެ ރިޕޯޓް ޑޮކިއުމެންޓަރީ އެވިޑެންސް އެއްގެ
މި ކޯޓުގައި 18 އޮގަސްޓް 2016 ގައި ބޭއްވުނު އަޑުއެހުމުގައި ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ
ދެއެއްގެ
کم کر دی
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު ތީމު ގެ އޯކިޑްމަގު | މާލެ ، ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960+ | ފޯން::Tel
3009990
960 +
ސަބަބުންކަން
ސަފްޙާ 29 ގެ 25
ބނީV
OXO
;
ކަމާއި، ބުނެވުނު ރިޕޯޓަކީ ޢާއިޝަތު އިޔާން އިޙްސާންގެ "ޖީން ޓެސްޓިން ފޯ ޖެންޓަމައިސިން
ސެންސިޓިވިޓީ" ރިޕޯޓް ކަމާއި، އެއީ ސްރީލަންކާގެ ކުރީޑެންސް ޖެނޯމިކްސް ކިޔާ ލެބޯޓްރީއަކުން ޓެސްޓްކޮށް،
ދީފައިވާ ޑޮކިއުމެންޓެއް ކަމާއި، މި ޑޮކިއުމަންޓްގެ 3 ވަނަ ޞަފްޙާގައި އަޙްމަދު އިޙްސާންއަށް އެޑްރެސްކޮށް
ންކޮށްފައިވަނީ، މިއީ އަޙްމަދު އިޙްސާންގެ ދަރިފުޅުގެ ޑީއެންއޭ ޓެސްޓްކޮށް ހަދާފައިވާ ސަމަރީއެއް
ކަމަށާއި، މި ޑޮކިއުމަ
ހިއުމަންޓާއެކު ޓެސްޓް ކުރުމަށް ބޭނުންކުރެވުނު ސައިންޓިފިކް ޕޭޕަރުތަކާއި އަދި ޓެސްޓްގެ
ނަތީޖާ އެއްއުރަކޮށްފައިވާނެ ކަމަށާއި، މި ނަތީޖާ ބިނާވެފައިވަނީ ވަކި ޚާއްޞަ ޖީންއެއްގެ ސަބަބުން
ޖެންޓަމައިސިން ބޭނުންކުރުމުން ކުރާ އަސަރުތަކުގެ މައްޗަށް މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ
މައްޗަށްކަމާއި، މި ރިޕޯޓުގައި އިސްތިޚްލާޞްކޮށްފައިވާ ނަތީޖާއަކީ މި ރިޕޯޓުގައި ޑީއެންއޭ ޓެސްޓްކުރެވުނު
ފަރާތުގެ ހަށިގަނޑުގައި ޖެންޓަމައިސިންގެ ނުވަތަ އެ ގްރޫޕުގެ | އެބާވަތުގެ ބޭސްތަކުން ކުރާ އަސަރެއްގެ
ސަބަބުން އިވުން ގެއްލިގެންދާ ފަދަ ޚާއްޞިއްޔަތެއް ނެތްކަމަށްކަން، ބުނެވުނު "ޖީން ޓެސްޓިން ފޯ
ޖެންޓަމައިސިން ސެންސިޓިވިޓީ" (Gene testing for Gemtamycin Sensitivity) ރިޕޯޓަށް
ބެލުމުން އެނގެން އޮންނައިރު، ބުނެވުނު ޓެސްޓްގެ ނަތީޖާއިން ޢާއިޝަތު އިޔާން އިޙްސާންއަށް
ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާގެ ހަށިގަނޑުގައި ހުރި ޚާއްޞިއްޔަތެއްގެ
ނަފީވެގެންދާކަމާއި
މާއި، އެހެންކަމުން، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް އެޑްމިޓްކުރެވުނުއިރު،
ކަންފަތުގެ އިވުމުގައި އެއްވެސް މިންވަރެއްގެ މައްސަލައެއް ހުރިކަން ރެކޯޑް ކުރެވިފައި ނުވާ ޢާއިޝަތު އިޔާން
އިޙްސާންއަށް އެ ހޮސްޕިޓަލުގައި ޖެންޓަމައިސިން ދިނުމަށްފަހުގައި އޭނާގެ އިވުން ގެއްލިފައިވަނީ އޭނާއަށް
ޖެންޓަމައިސިން ދިންދިނުން ފިޔަވައި އިތުރު އެއްވެސް ސަބަބެއް މެދުވެރިވެގެންކަން ދައުލަތަށް
ޘާބިތުކޮށްދެވިފައި ނުވާއިރު، މި މައްސަލައިގައި ހުށަހެޅިފައިވާ އެންމެހައި ހެކިތަކާއި ޤަރީނާތަކާއި
މައްސަލައިގައި ކަންހިނގާފައިވާ ގޮތުގެ އެންމެހައި ވަޤާއިޢުތަކަށް ޝަރްޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު،
ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives|Theemuge | Orchid Magu | Male'| Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv| ފެކްސް: :3008554Fax
960+ | ފޯން: :Tel
3009996
960 +
ސަފްޙާ 29 ގެ 26
22 ތ 8
0
2 ށސ
ދުއަށް ފަރުވާދިން ޑޮކްޓަރު އޭނާއަށް "ޖެންޓަމައިސިން" ދިނުމުގައި ތަބާވާންޖެހޭ ފަންނީ މިންގަނޑުތަކާއި
އުޞޫލުތަކާ ޚިލާފަށް އަދި ބަހައްޓަންޖެހޭ ފަރުވާތެރިކަމާއި ޢިނާޔަތްތެރިކަން
ބެހެއްޓުމަކާ ނުލައި، އޭނާގެ
މަޤާމުފަދަ މަޤާމެއްގައި ހުރެ ޚިދުމަތްދޭ އެހެން ޑޮކްޓަރަކު ޢަމަލުކޮށްފާނެ ކަމަށް ޤަބޫލުކުރެވޭ ޕްރޮފެޝަނަލް
މިންގަނޑުތަކާ ޚިލާފަށްކަން އެނގެން އޮންނާތީ، ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން
ގެއްލިފައިވަނީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާދިން ޑރ. ޕަވަލް، ޢާއިޝަތު އިޔާން
އިޙްސާންއަށް "ޖެންޓަމައިސިން" ދިނުމުގައި އިހްމާލުވުމުގެ ސަބަބުންކަން ޝަރީޢަތަށް ޘާބިތުވާން އޮންނަކަން
ޘާބިތުކުރުމުގެ މިންގަނޑުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނަކަމެވެ.
0 3 9
LOC
8 0 4
(އ) އަށްވަނަ ކަމަކީ ޢާއިޝަތު އިޔާން އިޙްސާން 14 ޖުލައި 2007 ދުވަހު މިނިސްޓްރީ
އޮފް ހެލްތުގެ ބެލުމުގެ ދަށުން ހިނގަމުންދާ، ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނެސް ބަލިމީހެއްގެ
ގޮތުގައި ރަޖިސްޓްރީވުމުން އޭނާއަށް ފަރުވާދިނުމުގެ ޤާނޫނީ ޒިންމާ އެ ހޮސްޕިޓަލުގެ މައްޗަށް އޮތްކަމީ
ޚިލާފެއް އޮތްކަމެއް ނޫންކަމުގައިވާއިރު، އެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރ ޕަވަލް
ޢާއިޝަތު އިޔާން އިޙްސާންއަށް ފަރުވާދިނުމުގެ ގޮތުން އޭނާއަށް ޖެންޓަމައިސިން ދިނުމުގައި
އިހްމާލުވެފައިވާކަން އިސްވެ ބަޔާންވެދިޔަ އަސާސްތަކުގެ މައްޗަށް ރިޢާޔަތްކޮށް ޝަރީޢަތަށް ޘާބިތުވާން
އޮންނާތީ، އެ އިހްމާލުގެ ސަބަބުން ޢާއިޝަތު އިޔާން އިޙްސާންގެ އަޑުއިވުމުގެ ޙިއްޤު އެއްކޮށް ގެއްލިފައިވާތީ
އެ ގެއްލުމުގެ ބަދަލަކީ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އެ އިދާރާއެއްގެ އޮތޯރިޓީގެ ދަށުން ހިނގާ
މިނިސްޓްރީ އޮފް ހެލްތުން ޢާއިޝަތު އިޔާން އިޙްސާނަށް ދައްކަންޖެހޭ ބަދަލެއްކަން މަދަނީ މަސްއޫލިއްޔަތުގެ
ޢާންމު މަބްދަޢުތަކާއި، ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮންނައިރު،
މިފަދަ ގެއްލުމުގެ ބަދަލުގެ މަޝްރޫޢިއްޔަތުކަން ދެމިގެން އަންނަނީ ޙަޤީޤަތުގައި މަދަނީ ޤާނޫނުގައި
އިސްތިޤުރާރުވެފައިވާ ތަޤްޞީރީ މަސްއޫލިއްޔަތާގުޅޭ އަޙްކާމުތަކުގެ އިތުރުން މާތް ރަސޫލާ
(هلل ه هللޑ ههلލ) ޙަދީޘްކުރައްވާފައިވާ "ޕް لل( y؟ هلاފ" މި ނައްޞުންކަ
ސުންކަމާއި، މިނައް ޞަކީ
OXO
4 2 2 0
398
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives Theemuge | Orchid Magu | Male' | Republic of Maldives
ވެބްސައިޓް: URL
:
www.supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން: :Tel
3009996
960 +
ދިވެހިދައެޏ
ސަފްޙާ 29 ގެ 27
3 ފ 8 ހ 3
2
8 ހ
م. کرم رومرمرم مري **
22 / 4 3 22 / 4
ޙަޤީޤަތުގައި، މުޠުލަޤުގޮތަކަށް ހުރިހާ ސިފައެއްގައި ގެއްލުން މަނާކުރުމަށް ބާރުއަޅާ، އިސްލާމީ ފިޤްހުގައި
އިސްތިޤްރާރުވެފައިވާ ޢާންމު ފިޤްހީ ޤާޢިދާއެއްކަމާއި، މި ޤާޢިދާއަށް ރިޢާޔަތްކޮށް ނަގައިދެވޭ ގެއްލުމުގެ
"ތަޢައްސުފު ކޮށް ނެގޭ، ލިބިފައިވާ ޙަޤީޤީ ގެއްލުމަކާ ނުވަތަ ފާއިތުވެދާނޭ މަޞްލަޙަތަކާ ނުވަތަ
ފާއިދާއަކާ ނުބައްދަލު އެކަށީގެ
ބަދަލަކަށްވެގެން ނުވާނެކަން އެނގެން އޮންނައިރު،
ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިމުން ދާއިމަށް ގެއްލިފައިވާތީވެ، ޑޮކްޓަރުގެ އިހްމާލުންވީ ގެއްލު
ގެއްލުމުގެ
ބަދަލުގެ ގޮތުގައި އަޙްމަދު އިޙްސާންގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ މައްޗަށް މަދަނީ ކޯޓުގެ
ނަންބަރު 2008/MC/523 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާގައި ހޯދުމަށް އެދިފައިވާ ބަދަލުގެ ޖުމްލަ
ޢަދަދަކީ -/
7,119,100ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) ކަމާއި، މި ޢަދަދަށް
ވާޞިލުވެފައިވަނީ، ދެ ކަންފަތް އޮޕަރޭޝަންކޮށް ކޮކްލިއަރ އިމްޕްލާންޓް ހަރުކުރުމާއި ހަރުކުރުމަށްފަހު
ރިހެބިލިޓޭޓްކުރުމު
ޑޭޓްކުރުމުގެ ޚަރަދުގެ ގޮތުގައި -/
719,600ރ. (ހަތްލައްކަ ނަވާރަހާސް ހަސަތޭކަ ރުފިޔާ) އާއި،
ކުއްޖާ ދުނިޔޭގައި ހުރިހައި ދުވަހަކު ކޮންމެ 6 މަހަކުން ކޮކްލިއަރ އިމްޕްލާންޓް ސަރވިސްކުރުމަށާއި،
ބެޓެރި ލެއްވުމަށާއި ސްޕެއަރ ޕާޓްސް ލެއްވުމަށް ކޮންމެ ފަހަރަކަށް -/USD1000 ގެ މަގުން 35 އަހަރު
ދުވަހަށް -/
899,500ރ. (އަށް ލައްކަ ނުވަދިހަ ނުވަހާސް ފަސްސަތޭކަ ރުފިޔާ) އާއި، މިހާތަނަށް މިކަމަށް
ހިނގާފައިވާ ޚަރަދަށް -/
300,000ރ. (ތިންލައްކަ ރުފިޔާ) އާއި، އޮޕަރޭޝަންކޮށް ދެ ކަންފަތުގައި ކޮކްލިއަރ
9 ޓީ
4 4 2 0 0
އިމްޕިލުންޏެ
2
29
9 ހ4
/ނނަށް
ރާއްޖެއިން ބޭރުގައި ތިބުމުގެ ޚަރަދުގެ ގޮތުގައި -/200,000ރ. (ދެލައްކަ ރުފިޔާ)
އާއި، ކުއްޖާ ޢުމުރު ދުވަހަށް ނުކުޅެދޭ މީހަކަށް ވުމުން އޭނާއަށް މުސްތަޤުބަލުގައި ދިރިއުޅުމަށްޓަކައި ކުރެވޭނެ
މަސައްކަތަކުން މަޙްރޫމް ވެފައިވާތީ ލިބޭނެ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/3,000,000ރ. (ތިން މިލިއަން
ރުފިޔާ) އާއި، ކުއްޖާއަށް ނަފްސާނީ ގޮތުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި -/
2,000,000ރ.
(ދެ މިލިއަން ރުފިޔާ) އާއި އެކު ޖުމްލަ -/
7,119,100ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ
ރުފިޔާ) އާއި، މިގޮތުގެމަތިން ހިސާބުކޮށްގެންކަމާއި، މި ހިސާބުތައް ޘާބިތުކޮށްދިނުމުގެ ގޮތުން މި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ "އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.Supremecourt.gov.mv|ފެކްސް: :3008554Fax
960 + | ފޯން::Tel
3009996
960 |
ސަފްޙާ 29 ގެ 28
މައްސަލައިގައި ދަޢުވާކުރާ އަޙްމަދު އިޙްސާންގެ ފަރާތުން ކަމާބެހޭ ފަރާތްތަކުން ދީފައިވާ އެސްޓިމޭޓްތަކާއި
ލިޔުންތައް ޝަރީޢަތަށް ހުށަހަޅާފައިވާކަން އެނގެން އޮންނައިރު، މި މައްސަލައިގައި ދަޢުވާކުރާ
އަޙްމަދު އިޙްސާންގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވާ ބަދަލަކީ
ޝަރީޢަތަށް ޤަބޫލުކުރެވޭ "މަޢުޤޫލު" (reasonable) ބަދަލެއްކަން އެނގެން އޮންނަކަމެވެ.
(ވ) ނުވަވަނަ ކަމަކީ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު،
މަދަނީ ކޯޓުގެ ޙަވާލާދެވުނު ނަންބަރު 2008/MC/523 ޤަޟިއްޔާގެ ޙުކުމާއި، ހައިކޯޓުގެ ޙަވާލާދެވުނު
ނަންބަރު 368/HC
-
A/2009 ޤަޟިއްޔާގެ ޙުކުމް ބިނާކޮށްފައިވަނީ ޞައްޙަ އަސާސްތަކެއްގެ މައްޗަށް
ނޫންކަން އެނގެން އޮންނާތީ އެ ދެ ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭކަން އެނގެން އޮންނަކަމެވެ.
*
ޙުކުމް:
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، މަދަނީ ކޯޓުގެ
ނަންބަރު 2008/MC/523 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި، ހައިކޯޓުގެ ނަންބަރު 368/HC
-
A/2009
ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ދެ ޙުކުމަކީ ބާޠިލު ޙުކުމެއްކަމަށް ކަނޑައެޅުމާއެކު،
މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިންގަމުން ގެންދާ ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ
ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރ ޕަވަލް، ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންގެ ދަރިފުޅު
ޢާއިޝަތު އިޔާން އިޙްސާން (ޙާދިޘާ ހިނގިއިރު 3 އަހަރު) ބަލައި ފަރުވާދިނުމުގެ ގޮތުން "ޖެންޓަމައިސިން"
ދިނުމުގައި، އިހްމާލުވެފައިވާކަމާއި، އެ އިހްމާލުގެ ސަބަބުން ޢާއިޝަތު އިޔާން އިޙްސާންގެ ކަންފަތުގެ އިވުން
އެއްކޮށް ގެއްލިފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތަކުން ޝަރީޢަތަށް
ޘާބިތުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މިނިސްޓްރީ އޮފް ހެލްތު (ދައުލަތު) ގެ ކިބައިން ނަގައިދިނުމަށް
ކޯޓުގެ ނަންބަރު 2008/MC/523 ޤަޟިއްޔާގައި ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންގެ
މަދަނީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ | ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge | Orchid Magu | Male'ſ Republic of Maldives
ވެބްސައިޓް: URL
:
WWW.S
:
upremecourt.gov.mv/ފެކްސް: :3008554Fax
960+ | ފޯން: :Tel
3009990
960 +
ސަފްޙާ 29 ގެ 29
ފަރާތުން އެދިފައިވާ -/
7,119,100ރ. (ހަތްމިލިއަން އެއްލައްކަ ނަވާރަހާސް އެއްސަތޭކަ ރުފިޔާ) އަކީ
ދައުލަތުގެ ފަރާތުން ގދ. ފަރެސް، ހަނދުވަރީގޭ އަޙްމަދު އިޙްސާންއަށް ދައްކަންޖެހޭ ފައިސާއެއްކަމަށް
ކަނޑައަޅައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު |ތީމުގެ އޯކިޑްމަގު | މާލެ ދިވެހިރާއްޖެ
Supreme Court of the Maldives | Theemuge Orchid Magu | Male' | Republic of Maldives
ވެބްސައިޓް: LIRL
:
WWW.Supremecourt.gov.mv ފެކްސް: :30085545ax
960 + | ފޯން::Tel
3009996
960 +