ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/181 ޤަޟިއްޔާގެ ޙުކުމް
1
2{18/HC-A/11
ޤަޟިއްޔާ ނިމުނު ގޮތު
کمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 181/HC
-
A/2018
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢަބްދުﷲ ސަޢީދު
އައި.ޑީ.ކާޑު ނަންބަރު:- A055190
މިހާރުގެ އެޑްރެސް:
19
ޝާޒީބްލޫ | ކ.މާލެ
އެޑްރެސް: އަލިވާގެ / ސ.މީދޫ
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް *މިހާރުގެ އެޑްރެސް:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައި.ޑީ.ކާޑު ނަންބަރު:-
*ދާއިމީ އެޑްރެސް:ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
•ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ރަމަޟާން 1439
މެއި
•ނިމުނު ތާރީޚް: 19 ރަމަޝާން 1439
ޖޫން 2018
23
2018
03
ދިވެހިން
މައިކް
އިދިށް
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2018/Cr
-
C/252ނިންމެވި ކޯޓު: ކުރިމިނަލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ރަސްމީ ހައިސިއްޔަތުންކުރަންޖެ ނުފޫޒް ފޯރުވުން
• ހުށަހެޅުނު ތާރީޚް: 15 މާރޗް 2018
ތާރީޚް: 18 މެއި 2018
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު އިސްފަނޑިޔާރު ޢަބްދުﷲދީދީ ފަނޑިޔާރު ޢަލީ ސަމީރު
ރިޔާސަތު)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2018/HC-A/181
ދަޢުވާގެ ޚުލާޞާގެ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/252 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަ
ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެމައްސަލަ އިސްތިއުނާފު ކޮށްދިނުން އެދި ސ މީދޫ،
އަލިވާގެ ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މި ޤާޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
4.1.2
-01
ފާހަގަކުރެވުނު
ކުރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް
ބެލިއިރު، އެ ޤަޟިއްޔާގައި މީދޫ، އަލިވާގެ ޢަބްދުﷲ ސަޢީދާއި، ރެހެންދި 1 ފްލެޓް ނަންބަރު
ބ-05 ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)
ގެ 511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރަސްމީ
ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒުފޯރުވުމުގެ ކުށުގެ ދަޢުވާކޮށްފައިވާކަމާއި، މި ދަޢުވާ ޢަބްދު
ސަޢީދުގެ މައްޗަށް ކޮށްފައިވަނީ، ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުރެ
2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހާއި ހަމައަށް
ދަށުކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތަކާ ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކިގޮތަކަށް ނިންމުމަށް
ޤާޟީންނަށް އަންގާ އެ ކޯޓުތަކުގެ ޤާޟީންނަށް ރަސްމީ ޙައިޞިއްޔަތުން ކުރަންޖެހޭކަންކަމަށް ނުފޫޒު
ފޯރުވާ މުއާސަލާތުކޮށްފައިވާތީ ކަމާއި،
ދިވެހިރާއް
އެމައްސަލާގައި ނިންމަވާފައިވަނީ "ދެންފަހެ، ދައުލަތުން މީދޫ، އަލިވާގެ
ރެހެންދި 1 ފުލެޓް ނަންބަރު ބ-05 ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް
"ހައި
ސަޢީދާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2018/HC-A/181
3 ޤަޟިއްޔާ ނިމުނު
کی مری
=32
ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން،
ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުރެ 2016 ވަނަ އަހަރުން ފެށިގެން
2018 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހާއި ހަމައަށް ދަށުކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތްތަކާ
ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކިގޮތަކަށް ނިންމުމަށް ޤާޟީންނަށް އަންގާ އެ ކޯޓުތަކުގެ
ޤާޟީންނަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވާ މުއާސަލާތުކޮށްފައިވާތީ އާއި،
ޢަލީ ޙަމީދު މުޙައްމަދު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި ހުރެ 2016 ވަނަ
އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ 05 ވަނަ ދުވަހާއި ހަމައަށް ދަށު ކޯޓުތަކުގައި
ހިންގަމުންދާ ޝަރީޢަތްތަކާއި ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކި ގޮތަކަށް ނިންމުމަށް ޤާޟީންނަށް
އަންގައި، އެ ކޯޓުތަކުގެ ޤާޟީންނަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވާ
މުއާސަލާތުކޮށްފައިވާތީކަމަށް ބުނެ ދައުލަތުން ޢަބްދުﷲ ސަޢީދުއާއި ޢަލީ ޙަމީދު މުޙައްމަދުގެ މައްޗަށް ކުޅަ
މި ދައުވާ، ދައުވާގައި ބުނާކަންކަން އެގޮތަށް ހިނގާފައި ނުވާކަމަށް ބުނެ ދަޢުވާލިބޭ ޢަބްދުﷲ ސަޢީދާއި،
ޢަލީ ޙަމީދު މުޙައްމަދު އިންކާރުކުރުމާއި ގުޅިގެން، ދައުލަތުގެ ދަޢުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ
ހެކިބަހުންނާއި، ޤާރީނާތަކުން މި ދަޢުވާ ޝަރީޢަތަށް ސާބިތުވާތީ، ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގެ ދަށުން ރަސްމީ
ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒުފޯރުވުމުގެ ކުށުން މީދޫ، އަލިވާގެ ޢަބްދުﷲ ސަޢީދާއި،
. ރެހެންދި 1 ފުލެޓް ނަންބަރު ބ-05 ޢަލީ ޙަމީދު މުޙައްމަދު ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި، މި
ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެ ޤާނޫނުގެ 511 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، އެ ޤާނޫނުގެ
1102 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާއި (ii) އާއި، 1002 ވަނަ މާއްދާގެ (ށ)
އަށް ރިޢާޔަތްކޮށް 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06
ދިހައެއް) ދުވަހުގެ މުއްދަތަށް ސ.މީދޫ، އަލިވާގެ ޢަބްދުﷲ ސަޢީދާއި
ނަންބަރު:A055190)، ގ. ރެހެންދި 1 ފުލެޓް ނަންބަރު ބ-05 ޢަލީ ޙަމީދު މުޙައްމަދު (
ސައިބޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
28/HC-A/181
ޤަޟިއްޔާ ނިމުނު "
همه ی مرگ
fl
ނަންބަރު: A069951)،
ޖަލަށްލުމަށް ޙުކުމްކޮށް"
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެ
ރ ގެނެވެއެވެ"
02-ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި . މީދޫ | އަލިވާގެ،
ޢަބްދުﷲ ސަޢީދުގެ ފަރާތުން 15 (ފަނަރަ) ނުކުތާއެއް ހުށަހަޅާ އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި
ފުރަތަމަ ނުކުތާއަކީ: ޤާނޫނުލްޢުޤޫބާތުގެ 511 ވަނަ މާއްދާގައި ބަޔާންކުރާ ކުށުގެ
ޢުންސުރުތައް ފުރިހަމަވެފައި ނުވާ ޙާލަތެއްގައި ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ
އިޖުރާއަތުގެ ޤާނޫނު) ގެ 80 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި، ޤާނޫނުލްޢުޤޫބާތުގެ 20 ވަނަ
މާއްދާއާއި،
ވަނަ މާއްދާއާއި، 22 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ހުށަހަޅާ ނުކުތާ.
ން
ހައިކޯޓް
• ދެވަނަ ނުކުތާއަކީ: މިދަޢުވާގެ ދަޢުވާ ފޯމުގައި ސޮއިކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް
ކަމަށްނުވާތީއާއި، ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތަކުން ފޯމުގައި ސޮއިކޮށްފައިވާއިރު،
އެފަރާތުން އެކަން ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އެކަން ކުރުމަށް ކަނޑައެޅިގެން ހުއްދަދީގެ
ބަޔާންވެފައި ނެތްހިނދު، މިދަޢުވާއަކީ ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު
ވަނަ މާއްދާއާ ޚިލާފަށް ކޮށްފައިވާ ދަޢުވާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
, w3
2{18/HC-A/181
ޤަޟިއްޔާ ނިމުނު "
کی مرکی
ތިންވަނަ ނުކުތާއަކީ: ދަޢުވާ ފޯމުގައި ދަޢުވާލިބޭ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ
ޢަމަލު އެފަރާތުން ހިންގާފައިވާ ތަނާއި ވަގުތު ބަޔާންކޮށްފައި ނުވާހިނދު، އަދި ފަނޑިޔާރުންނަށް ނުފޫޒު
ފޯރުވިކަމަށް ބުނާއިރު އެބައެއްގެ ތަފްޞީލު ހިމަނާފައި ނުވާހިނދު، މިދަޢުވާއަކީ ޤާނޫނު ނަންބަރު
12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 82 ވަނަ މާއްދާގެ (ބ) އާއި ޚިލާފަށް ކޮށްފައިވާ
ދަޢުވާއެއްކަމަށް ބުނެ ހުށަހެޅި ނުކުތާ
• ހަތަރުވަނަ ނުކުތާއަކީ: ސިއްރު ހެކި 01 އަދި 02 ގެ ގޮތުގައި ޝަރީޢަތަށް
ހާޟިރުކުރެވުނު ފަނޑިޔާރުންގެ ހެކިބަހުގެ މައްޗަށް އެކަނި ބައްލަވައި މައްސަލަ ޘާބިތުވެފައިވާކަމަށް
ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 187;HC
-
A;2012 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• ފަސްވަނަ ނުކުތާއަކީ: ހުށަހެޅިފައިވާ މައްސަލަ ޘާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ
ލިޔުންތަކުގެ ތެރޭގައި ހިމެނޭ ކޯޓު އަމުރުތައް ނެރުނު ކޯޓުގައި، އަދި އެ އަމުރުތަކުގެ ތެރެއިން 02
އަމުރެއް ނެރުއްވި ފަނޑިޔާރަކު މައްސަލަ ބަލާފައިވުމަކީ ޤާނޫނު ނަންބަރު 14/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) 09 ވަނަ މާއްދާއާއި އެޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ
ނަންބަރާއި، "ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަޙަތާ ތަޢާރުޟުވާ ކަންކަމުގައި
ގޮތުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާއާއި، އެ ޤަވާޢިދުގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފް
ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2{18/HC-A/11
ޤަޟިއްޔާ ނިމުނު "
کی عمری
• ހަވަނަ ނުކުތާއަކީ: ދެކިބަސްދީފައިވާ ފަރާތްތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 07/SC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން ހެކިބަސްދޭ ކަމެއްގެ މަޢުލޫމާތު
ރަނގަޅަށް އެނގޭ މީހެއްކަމުގައި ނުވާއިރު، އެކަމަށް ރިޢާޔަތް ނުކުރައްވައި މައްސަލަ ނިންމާފައިވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
• ހަތްވަނަ ނުކުތާއަކީ: ސިއްރު ހެކިވެރިޔާ 02 ގެ ހެކިބަހުގައި، ޕްރޮގްރެސިވް ޕާޓީ އޮފް ދަ
މޯލްޑިވްސްގެ މައްސަލައެއް ނިންމި ދުވަސްވަރުން ފެށިގެން އޭނާ ކުރާ ޙުކުމްތަކަށް ނުފޫޒު ފޯރުވުމަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު މަސައްކަތް ކޮށްފައިވާ ކަމަށާއި، އެ މައްސަލަ
އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވަނީ ހުށަހެޅި ނަމަވެސް، އެ މައްސަލަ ނުބެލޭނޭތީކަމަށް
ބުނެފައިވާއިރު، އެ ބަހަށް ބުރަދަން ދީފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު
10/HC
-
I
-
SH/2014 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
އަށްވަނަ ނުކުތާއަކީ: ސިއްރު ހެކިވެރިޔާ 01 ގެ ނިންމުން ބިނާކޮށްފައިވަނީ އޭނާގެ
މައްޗަށް ނުފޫޒު ފޯރުވައިގެން ނޫންކަމަށް ސިއްރު ހެކިވެރިޔާ ބުނެފައިވާއިރު، އެ ނިންމުން ނަފީކޮށް،
ޝަރީޢަތަށް ހުށަހަޅާފައިނުވާ ލިޔުމެއްގައި އޮތް ވާހަކައެއްގެ މައްޗަށް ރިޢާޔަތްކޮށް، މައްސަލަ
ނިންމާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 180/IIC
-
A/2013 ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު 34/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ
ބުނެ ހުށަހެޅި ނުކުތާ.
42 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޤަޟިއްޔާ ނިމުނު "
ނުވެ
ދެވެ
2018/HC-A/181
0
ނުވަވަނަ ނުކުތާއަކީ: ހެކިބަސްދިން ސިއްރު ހެކިވެރިންނަކީ އެ ފަރާތްތަކުން ކޮށްފައިވާ
ހުވައާ ޚިލާފްވެފައިވާ، އަދި ޖިނާއީ ކުށުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ ފަދަ ކުށެއް ކޮށްފައިވާ ބައެއްކަމަށް
ޝަރީޢަތުން ކަނޑައެޅުމަށްފަހު، ހަމަ އެ ހެކީންގެ ހެކިބަހުގެ މައްޗަށް މައްސަލަ ނިންމާފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 163/HC
-
A/2013 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ
އުސޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިހަވަނަ ނުކުތާއަކީ: ނުފޫޒު ފޯރުވުމަށްޓަކައި މުޢާމަލާތުކުރެވުނުކަމަށް ބުނާ މީހުންގެ
ހެކިބަހުގައި ބުނާ ކަންކަން އެގޮތަށް ހިނގާފައިވާކަން ކަށަވަރުކުރެވު
ރެވުމުގެ ފުރުޞަތު އޮތްއިރު، ފުލުހުންގެ
ތަޙުޤީޤުގައާއި ޝަރީޢަތުންވެސް އެކަންކަން ކަށަވަރުކޮށްފައިނުވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
05/HC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
• އެގާރަވަނަ ނުކުތާއަކީ: މައްސަލަ ސާބިތުކުރުމަށް ހުށަހަޅާފައިވާ ކިތާބީ ހެކިތައް
ހުށަހަޅާފައިވަނީ ސިއްރު ހެކިވެރިޔާ 01 އަދި ސިއްރު ހެކިވެރިޔާ 02 ގެ ބަހަށް ބާރުދިނުމުގެ ގޮތުންކަމަށް
ދައުލަތުން ހެކިން ހުށަހެޅި ސަބަބުތަކުގައި ބުނެފައި ވީނަމަވެސް، ނުފޫޒު ފޯރުވުމުގެ ޢަމަލު ހިންގިކަން
ކިތާބީ ހެކިތަކުން ޘާބިތުނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ،
އަޑު އަހވެ
• ބާރަވަނަ ނުކުތާއަކީ: ދިފާޢީ ހެކިން ހުށަހެޅުމަށް އެދިފައި ވީނަމަވެސް،
ޙާޟިރުކޮށް އެމީހުންގެ ހެކިބަސް
ނުލައި މައްސަލާގައި ޙުކުމް ކުރައްވާފައި
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު -SC/2011
ޤަޟިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 163/HC
-
A/2013
<< O
2
A/36
ޤަޟިއްޔާއާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
24 23 22
2018/HC-A/181
ޤަޟިއްޔާ ނިމުނު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ
ތޭރަވަނަ ނުކުތާއަކީ: ހެކި ސިއްރުކުރުމުގެ އަމުރެއް ހޯދުމެއް ނެތި، ދަޢުވާލިބޭ ފަރާތަށް
ލިޔުންތައް ދޫނުކޮށް ހިފަހައްޓާފައިވަނީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 131 ވަނަ މާއްދާއާ ޚިލާފަށްކަމަށް
ބުނެ ހުށަހެޅި ނުކުތާ.
• ސާދަވަނަ ނުކުތާއަކީ: ޤާނޫނީ ވަކީލުންގެ އެހީތެރިކަން ނުލިބޭގޮތަށް އަޑުއެހުން ކުރިއަށް
ގެންގޮސްފައިވަނީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ފަނަރަވަނަ ނުކުތާއަކީ: ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގައި
ބަޔާންކޮށްފައިވާ މުއްދަތު ދިނުމެއްނެތި ޝަރީޢަތް ފަށާފައިވަނީ އެ ޤާނޫނުގެ 118 ވަނަ މާއްދާއާ
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
03-ކްރިމިނަލް ކޯޓުގެ ނަންބަރު 2015/Cr
-
C/252 ޤަޟިއްޔާ ނިމިފައިވާގޮތް ޞަޔުއީ
ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ޢަބްދުﷲ ސަޢީދުގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ"ޑޭގެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
8, q3
2{18/HC-A/181
ޤަޟިއްޔާ ނިމުނު "
می هرکی
ދެވެ
(ހ) ފުރަތަމަ ކަމަކީ: ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ
80 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއްގެ ދަޢުވާއެއް މީހެއްގެ މައްޗަށް އުފުލަން ނިންމައި، އެފަދަ
މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އެ މީހެއްގެ މައްޗަށް އެ ދަޢުވާއެއް
އުފުލަންވާނީ، އެކުށާ ގުޅޭގޮތުން
ގުތުން ފުރިހަމަވާންޖެހޭކަމަށް ޤާނޫނުގައި ބަޔާންކުރާ އެންމެހައި ކަންކަން
ފުރިހަމަވެގެންކަމަށް އޮންނައިރު،
އެޤާނޫނުގެ 81 ވަނަ މާއްދާގައި، ޖިނާއީ މައްސަލައެއްގެ ދަޢުވާ އެފަދަ މައްސަލަތައް
ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހަޅަންވާނީ ބުނެވުނު ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ
އެއްގޮތްވާގޮތުގެ މަތިން ތައްޔާރުކުރާ ފޯމް މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްކަމަށާއި، އެ ފޯމުގައި
ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ އޭނާ ކަނޑައަޅާ ފަރާތެއްގެ ނަމާއި ސޮއި އޮންނަންވާނެކަމަށާއި، އަދި
ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތެއް އެ ފޯމުގައި ސޮއިކުރާނަމަ، އެމީހަކު އެކަން ކުރަނީ
ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން
ދިގެންކަން އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާއަށްބަލާއިރު، ދަޢުވާގެ
ދަޢުވާފޯމުގައި ޕްރޮސިކިއުޓަރ ޖެނެރަލް ފިޔަވައި އެހެން ފަރާތެއް ސޮއިކުރާނަމަ އެމީހަކު އެކަން
ކޮށްފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލް ހުއްދަދީގެންކަން ކޯޓަށް ކަށަވަރު ކުރެވުމުން އެޤާނޫނުގެ 81 ވަނަ
މާއްދާގެ މަޤްޞަދު ޙާޞިލުވީ ކަމަށް ޤަބޫލުކުރެވޭކަމާއި، އެގޮތުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ނަންބަރު 2017
/
3/PGB
/
CIR-196 (02 ޖުލައި 2017) ސަރކިއުލަރ އިން
ޖެނެރަލްގެ ފަރާތުން ހުށަހަޅާ ދަޢުވާ ފޯމުތަކުގައި ސޮއިކުރާނެ ފަރާތްތައް ކަނޑައަޅައި އެ ފަޗާސްތަކަށް
ދަޢުވާ ފޯމުތަކުގައި ސޮއިކުރުމުގެ ހުއްދަ އެކަން ކޯޓުތަކަށް ކުރިއާލައި އަންގާފައިވާކަން އެނގެން
އޮތުމުން، ޢަބްދުﷲ ސަޢީދުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ މި ދަޢުވާއަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{018/HC-A/181
کی عمری
10 ޤަޟިއްޔާ ނިމުނު "
ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 81 ވަނަ މާއްދާއާއި ޚިލާފަށް ކޮށްފައިވާ
ދަޢުވާއެއްކަމަށް ބަލާނެ އަސާސެއް ނެތްކަމެވެ.
(ނ) ދެވަނަކަމަކީ، ޕްރޮސެކިއުޓަރ ޖެނެރަލް ކުރާ ދަޢުވާއެއްގައި ކުށް ބަޔާންކުރުމުގެ
އިތުރުން، ކުށުގެ ތުހުމަތުގައިވާ މީހާ ހިންގިކަމަށް ބުނާ ޢަމަލާއި، އޭނާ އެ ކުންކުރިކަމަށް ބުނާ ވަގުތާއި
ތަން ބަޔާންކުރަންވާނެކަމަށް
އިސްވެ ބުނެވުނު ޤާނޫނުގެ
82
ވަނަ މާއްދާގެ (ބ) ގައި
ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ދައުލަތުން ސ.މީދޫ!އަލިވާގެ ޢަބްދުﷲ ސަޢީދުގެ
މައްޗަށް ކޮށްފައިވާ ދަޢުވާގެ ޓީޝާއަށް ބަލާއިރު، އެދަޢުވާއަކީ، ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ އުއްތަމަ
ފަނޑިޔާރުކަމުގެ މަޤާމުގައި ހުރެ 2016 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ 05
ވަނަ ދުވަހާއި ހަމައަށް ދަށު ކޯޓުތަކުގައި ހިންގަމުންދިޔަ ޝަރީޢަތްތަކާއި ގުޅިގެން ނެރޭ އަމުރުތަކާއި
ޙުކުމްތައް ވަކިގޮތަކަށް ނިންމުމަށް ޤާޟީންނަށް އަންގައި، އެ ކޯޓުތަކުގެ ޤާޟީން ރަސްމީ ހައިސިއްޔަތުން
ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގޮތުން މުއާސަލާތުކޮށްފައިވާކަމަށްބުނެ، ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާ ޙަވާލާ
އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގޮތުން
މުއާސަލާތު ކުރުމުގެ ކުށުގެ ތުހުމަތުގައި އުފުލާފައިވާ ދަޢުވާއެއްކަން އެނގެން އޮތުމުން، އެދައުލާއިގައި
ގުޅިގެން ޝަރީޢަތުން ބަލަންޖެހޭ ކަމަކީ، ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގައި
ހިންގާފައިވާކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބެނެޓްގެ
އެކަށީގެންވާ ޝައްކެތްނެތް މިންވަރަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ޝަރީޢަތަށް ސާބިތުވޭތޯ
ބަލައި އެއާމެދު ގޮތެއް ކަނޑައެޅުންކަމާއި، އެހެންކަމުން އެދަޢުވާ ބެލުމުގެ ތެރެއިން، ދަޢުވާގައި ބުނެފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{18/HC-A/181
11 ޤަޟިއްޔާ ނިމުނު "
کی عمری
ދެވެ
Puc
ރަސްމީ ޙައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެނުފޫޒުގައި
ޖެހިގެން ނުވަތަ އެނުފޫޒަށް ލެނބި، އެ މުއައްޒަފަކު ވަކިގޮތަކަށް ޢަމަލުކޮށްފައިވޭތޯ ބަލާ އެއާމެދު ގޮތެއް
ކަނޑައެޅުމަކީ އެދަ
އެދަޢުވާއާ ގުޅިގެން ޝަރީޢަތުން ކުރަންޖެހޭ ކަމެއް ނޫންކަމެވެ .
<< O
ނ) ތިންވަނަކަމަކީ: އަމިއްލަ ފަރުދަކުވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ޙަވާލުވެ ހުރި
މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެން ނުވާނޭކަމަށް ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 (ނ) އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 4 ވަނަ
މާއްދާގެ (ށ) ގައި ބަޔާންވެގެން އޮންނައިރު، ރަސްމީ ޙައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް
ނުފޫޒު ފޯރުވުމުގެ މަޤްސަދުގައި، ޤާނޫނުގައި މަނާކޮށްފައިވާ ގޮތެއްގެ މަތިން، ސީދާ ނުވަތަ ނުސީދާ
ގޮތެއްގައި ނަމަވެސް ދައުލަތުގެ މުވައްޒަފަކާ މުއާޞަލާތެއް ހިންގުމަކީ ކުށެއްކަމަށް ޤާނޫނުލް ޢުޤޫބާތުގެ
511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރުގައި ބަޔާންވެ
ބަޔާންވެގެން އޮންނަކަމާއި، ދައުލަތުގެ ފަރާތުން ސ.
މީދޫ، އަލިވާގެ ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ސީޕޯއަށް ބަލާއިރު، އެދަޢުވާއަކީ
ރަސްމީ ޙައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ ސަބަބުން އެނުފޫޒުގައި
ޖެހިގެން ދައުލަތުގެ މުއައްޒަފަކު ވަކިގޮތަކަށް ޢަމަލުކޮށްފައިވާތީ ހުށަހަޅާފައިވާ ދަޢުވާއެއްނޫންކަމާއި،
އެދަޢުވާއަކީ ޢަބްދުﷲ ސަޢީދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަކަށް ހުރެ 2016 ވަނަ އަހަރުން
ފެށިގެން 2018 ވަނަ އަހަރުގެ ފެބްރުއަރީ 05 ވަނަ ދުވަހާއި ހަމައަށް ދަށު ކޯޓުތަކުގައި
ޝަރީޢަތްތަކާއި ގުޅިގެން ނެރޭ އަމުރުތަކާއި ޙުކުމްތައް ވަކި ގޮތަކަށް ނިންމުމަށް ޤާޟީ
އެ ކޯޓުތަކުގެ ޤާޟީންނަށް ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ގޮތުން
މުއާސަލާތުކޮށްފައިވާކަމަށްބުނެ ހުށަހެޅި ދަޢުވާއެއްކަން އެނގެން އޮންނައިރު، މީހެއްގެ ނިޔަތަކީ ބޭރުފުށުން
ފެންނަން އޮންނަ އެއްޗަކަށް ނުވާތީއާއި ނިޔަތް ދެނެގަނެވޭނީ އެމީހާ ކުރިކަމަށް ތުހުމަތު ކުރެވިފައިވާ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
83
2{18/HC-A/181
12 ޤަޟިއްޔާ ނިމުނު ގޮތުގެ
0 0
<< O
2xތ
کر کہ کی
ޢަމަލާއި، ހަރަކާތްތަކާއި، ހާދިސާއާއި ގުޅުންހުރި ކަންކަމުގެ މައްޗަށް ބަލައިގެންކަން އެނގެންއޮތުމުން
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރުގެ ބޭނުމަށް ޤާނޫނުގައި މަނާކޮށްފައިވާ މަތިން ސީދާ ނުވަތަ ނުސީދާ ގޮތެއްގައި
ނަމަވެސް ދައުލަތުގެ މުވައްޒަފަކާއެކު މުއާސަލާތެއް ހިންގުމުގެ ގޮތުން ޢަމަލެއް ކޮށްފައިވާކަން
ސާބިތުވާނަމަ އެކުށުގެ ރުކުން ފުރިހަމަވީކަމަށް ބެލެވޭނެކަމާއި، އެގޮތުގެ މަތީން ޤާނޫނަކުން ނުވަތަ
ޤަވާޢިދަކުން ހުއްދަކުރާ އިމުން ބޭރުން ޤާނޫނުތަކާއި ޤަވާޢިދުތައް މަނާކޮށްފައިވާ ގޮތެއްގެ މަތީން ދައުލަތުގެ
މުވައްޒަފަކު ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސީދާގޮތުން ނުވަތަ
ނުސީދާގޮތުން ނަމަވެސް މުއާސަލާތުކުރިކަން ސާބިތުވާނަމަ އެކުށުގެ ޒިންމާ އެޢަމަލެއް ކުރި ފަރާތަކުން
22 ދ ތ 4
2c
2 ބ 2
އުފުލަންޖެހޭނެކަން އެނގެން އޮންނަކަމެވެ.
2 20
(ރ) ހަތަރުވަނަ ކަމަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގައި ކޮންމެ މީހަކަށްމެ އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ލިބިގެންވާކަމަށް އޮންނަކަމާއި އަދި
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްމެ ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެ
މީހަކު އިޚްތިޔާރުކުރާ ޤާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތްކުރުމުގެ ޙައްޤު
ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި (ރ) އަށް ބެލުމުން އެނގެންއޮންނަކަމާއި،
މީގެ އިތުރުން ދަޢުވާ ހުށަހަޅާ ފަރާތުން ޝަރީޢަތަށް ޙާޟިރުކުރާ ހެކިންނާއި ސުވާލުކުރުމާއި، އެgގައި
ބޭނުން ހެކީން ޝަރީޢަތަށް ޙާޟިރުކޮށްދިނުމަށް އެދުމާއި، އެހެކީންނާއި ޝަރީޢަތުގެ މަޖިވީ
ސުވާލުކުރުމުގެ ޙައްޤު ލިބިގެންވާކަން ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) ގައި ބަޔާންޅޭތޯ
އޮންނަކަމާއި، އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާއާ
ގުޅިގެން ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ޢަބްދުﷲ ސަޢީދުގެ ފަރާތުން ޤާނޫނީ ވަކީލެއްގެ
އެހީތެރިކަމާއެކު މައްސަލަ ކުރިޔަށް ގެއްދިއުމަށް އެދުމުން އެ ފުރުޞަތު ޝަރީޢަތުން ދީފައިވާކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
83
2018/HC-A/181
ދެ
ބޭއްވުން
ހ3 22
22
އަޑެއެހެމާއެ
کریر کا
13 ޤަޟިއްޔާ ނިމުނު 1
އަށްފަހު އަޑުއެހުންތައްވެސް ކުރިއަށް ގެންގޮސްފައިވަނީ ޢަބްދުﷲ ސަޢީދުގެ ފަރާތުން
އިޚްތިޔާރުކުރި ޤާނޫނީ ވަކީލުންގެ ޙާޟިރުގައިކަމާއި، ނަމަވެސް، އެމައްސަލައިގެ އަޑުއެހުންތައް ހިނގަމުން
ދަނިކޮށް އެ މައްސަލައާ ގުޅިގެން 23 އެޕްރީލް 2018 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި 03 މެއި
2018 މިދުވަހުގެ 15:00 ގައި މައްސަލާގެ އޮންނާނެކަމަށް ޝަރީޢަތުން އިޢުލާން
ކޮށްފައިވަނިކޮށް، 03 މެއި 2018 ގައި ބޭއްވުނު އަޑުއެހުމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން
ޢައްޔަންކޮށްފައިވާ ވަކީލުން މަޤްބޫލު ސަބަބެއް އެންގުމެއް
ފެގުމެއް ނެތި ޙާޟިރުވެފައިނުވާއިރު، އެދުވަހުގެ
އަޑުއެހުމަށް
ވަކީލުން ހާޒިރުކުރުމަށް ކޯޓުން ކުރި މަސައްކަތަށް ވަކީލުންގެ ފަރާތުން އެކަށީގެންވާގޮތުގަ
އިޖާބަ ދީފައިނުވާކަން މިމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އަދި ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާގެ ރިޕޯޓަށް ބަލާއިރު،
ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހާއި ގުޅިގެން އެހެކިބަސްތައް ތަޢުނުކުރުމުގެ ފުރުސަތު
ޢަބްދުﷲ ސަޢީދަށްދީ ހެކިންނާއި ސުވާލުކުރުމުގެ ފުރުސަތުދިނުމުގެ އިތުރަށް މިމައްސަލައިގައި ދިފާޢީ ހެކި
ހުށަހެޅުމުގެ ފުރުސަތުވެސް ޝަރީޢަތުގެ ފަރާތުން ޢަބްދުﷲ ސަޢީދަށް ފަހިކޮށްދީފައިވާކަން އެނގެން
އޮތުމުން މިމައްސަލަ ކްރިމިނަލްކޯޓުގައި ހިންގާ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) (ޅ) (ހ) ގައި ބަޔާންކުރާ ޙައްޤުތަކުން ޢަބްދުﷲ ސަޢީދު
މަޙްރޫމުކޮށްގެން ކަމުގައި ބެލެވެންނެތްކަމެވެ.
0
<< O
ދިވެހިރާއްޖޭގެ
ހުއިކޯޓް
(ބ) ފަސްވަނަކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252/
ހުށަހެޅިފައިވާ ދަޢުވާ ޘާބިތުކުރުމަށްޓަކައި ދައުލަތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ ކޯޓު
އަމުރުތަކުގެ ތެރޭގައި އެކޯޓުން ނެރެފައިވާ އަމުރުތަކެއް ހިމެނިފައިވުމާއި، އަދި އެ އަމުރުތަކުގެ ތެރެއިން
02 އަމުރެއް ނެރުއްވި ފަނޑިޔާރު މައްސަލަ ބަލާފައިވުމަކީ ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ
ފަނޑިޔާރުންގެ ޤާނޫނު) 09 ވަނަ މާއްދާއާއި އެޤާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 13 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
443
2018/HC-A/181
14 ޤަޟިއްޔާ ނިމުނު 1
ނަންބަރާއި، "ފަނޑިޔާރުންގެ މަސްއޫލިއްޔަތާއި އަމިއްލަ މަސްލަޙަތާ ތަޢާރުޟުވާ ކަންކަމުގައި ޢަމަލުކުރާނޭ
ގޮތުގެ ޤަވާޢިދު" ގެ 05 ވަނަ މާއްދާއާއި، އެ ޤަވާއިދުގެ 16 ވަނަ މާއްދާގެ (ހ) އާ ޚިލާފް ކަމެއްކަމަށް
ޢަބްދުﷲ ސަޢީދުގެ ފަރާތުން ބުނެފައިވާއިރު،
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ބަލާއިރު، ޢަބްދު
ސަޢީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބާވަތްތަކުގެ ކުށުގެ މައްސަލަތަކަކީ އެފަދަ މައްސަލަތައް ބެލުމުގެ
އިޚްތިސާސް ޤާނޫނީގޮތުން ކްރިމިނަލްކޯޓަށް ލިބިފައިވާ މައްސަލަތަކެއްކަން އެނގެން އޮންނައިރު،
އެމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި ކްރިމިނަލްކޯޓުން ނެރެފައިވާ
އަމުރުތަކެއް ހިމެނިފައި އޮތުމާއި، އަދި މައްސަލަ ބެލި ފަނޑިޔާރު ނެރެފައިވާ އަމުރުތަކެއް ހިމެނިފައި
އޮތުމަކީ އެމައްސަލަބެލުމަށް ކްރިމިނަލްކޯޓަށް ޤާނޫނުން ދީފައިވާ އިޚްތިސާސް ނަފީވާންޖެހޭ ސަބަބެއްކަމުގައި
ބެލެވެންނެތްކަމާއި، އަދި ފަނޑިޔާރުންނާއި ޙަވާލުކުރެވޭ މައްސަލައަކުން، ފަނޑިޔާރަކު ތަނާޒުލްވާންޖެހޭނީ
އެކަން ކުރަންޖެހޭ މަޤްބޫލު ސަބަބެއް އޮވެގެން މައްސަލަ ބަލާ ފަނޑިޔާރަކަށް ފެނިއްޖެނަމަ ނުވަތަ
ފަނޑިޔާރަކާއި ޙަވާލުކުރެވިފައިވާ މައްސަލައެއް ބެލުމަށް ޤާނޫނީ ގޮތުން ހުރަސްއަޅާފަދަ ކަމެއް އޮތްނަމަކަން
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2010/03 "ފަނޑިޔާރުންނާއި ޙަވާލުކުރެވޭ މައްސަލަތަކުން
އަށް ބެލުމުން އެނގެން އޮންނަކަމާއި، ކްރިމިނަލް ކޯޓުގެ ނަންބަރު
2018/Cr
-
C/252 ޤަޟިއްޔާ ގައި ބަލާފައިވާ މައްސަލައަކީ އެމައްސަލަބެލި ފަނޑިޔާރުގެ މަސްވަހަތެއް
ހިމެނޭ މައްސަލައެއްކަން އެނގެން ނެތިފައި، އެމައްސަލަ ނިންމާގޮތެއްގެ ސަބަބުން އެމް
ހިމެނޭ ޚަސްމަކަށް ނުވަތަ މައްސަލައާއި ގުޅުން ހުރިފަރާތަކަށް މައްސަލަބެއްލެވި ޤާޟީގެ ފަރާތުން
މަންފާއެއް ހޯދިދާނެކަމުގައި ބެލެވެންނެތްއިރު އެމައްސަލަ ބެލުމުން އެމައްސަލަބެއްލެވި ފަނޑިޔާރު
ލްވާންޖެހޭނެ ޤާނޫނީ އަދި އެނޫންވެސް ސަބަބެއް ތެކަމެވެ.
22 22 22 22
میسر محروم
އުސޫލު"
ﷲ / 2
0
2
0 2ޑ2
مرسر رو سرت می
ޑތ ތ ބޑތ ތޑ 2
ފަނނނނތކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ޗެލް
2018/HC-A/181
15 ޤަޟިއްޔާ ނިމުނު 1
(ޅ) ހަވަނަކަމަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/252 ޤަޟިއްޔާގައި
ދައުލަތުގެ ފަރާތުން ޢަބްދުﷲ ސަޢީދުގެ މައްޗަށް ހުށަހެޅި ދަޢުވާއަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން
އިންކާރުކުރާކަމުގައި ބަލައި އެމައްސަލަ ކުރިއަށް ގެންގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން ޢަބްދު
ސަޢީދުގެ މައްޗަށް ހުށަހެޅި ދަޢުވާއަކީ ދައުލަތުގެ މުވައްޒަފަކު ރަސްމީ ޙައިސިއްޔަތުން ކުރަންޖެހޭކަމަކަށް
ނުފޫޒު ފޯރުވުމުގެ މަޤްސަދުގައި ޤާނޫނުގައި މަނާކޮށްފައިވާ ގޮތެއްގައި މުއާސަލާތުކުރުންކަމުގައިވާތީ
މިދަޢުވާގައި ސާބިތުކުރަންޖެހޭ ކަންކަން ބިނާވެފައި އޮންނަނީ ޢަބްދުﷲ ސަޢީދު ދައުލަތުގެ މުވައްޒަފަކާއި
މެދު ޤާނޫނު ހުއްދަނުކުރާ ގޮތުން ނުފޫޒުފޯރުވުމުގެ މުއާސަލާތެއްކުރުމުގެ މައްޗަށްކަމަށްވާއިރު،
އެމުވާސަލާތު އެގޮތުގެމަ
ތިގެމަތިން ކުރެވުނުކަން ސާބިތުކުރެވޭނެ އެންމެ އަސާސީގޮތަކީ، އެމުއާސަލާތުކުރެވުނު
ފަރާތުގެ ބަހުންކަމަށްވާތީ، ދައުލަތުން ކުރި ދަޢުވާ ސާބިތުކުރުމަށްޓަކައި އިތުރު ބައެއްގެ ހެކިބަސް ނެތުން
އެއީ ޢަބްދުﷲ ސަޢީދުގެ ފަރާތުން އެފަދަ މުއާސަލާތެއްކޮށްފައި ނުވާކަން ކަނޑައެޅޭނެ ސަބަބެއްނޫންކަމާއި،
މިދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ކަންކަމަށް ބަލާއިރު ދަޢުވާ ސާބިތުކޮށްދިނުމުގެ
ގޮތުން 2 މީހެއްގެ ހެކިބަހާއި އެހެކިބަހަށް ބާރުލިއްބައިދޭ ލިޔުންތަކެއް ޤަރީނާގެ ގޮތުގައި ޝަރީޢަތަށް
ހުށަހަޅާފައިވާކަން އެނގެން އޮންނަކަމާއި، ޤާނޫނީ އިސްތިލާޙުގައި ދެކިދިނުމަކީ މީހަކު އޭނާގެ އަމިއްލަ
ލޮލުން ދުށް ނުވަތަ އަޑުއެހި، ނުވަތަ އޭނާގެ ފަސް ހިއްސާގެ ތެރެއިން ޙިއްސަކަށް އެނގިފައިވާ
ކަމަކާއިމެދު އިޤުރާރުވުންކަމާއި، އެމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ސިއްރު ހެކިވެރިޔާގެ 1 ގެ
ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގައި 01 ފެބުރުއަރީ 2018 ވަނަ ދުވަހު ޢަބްދު
ސަޢީދުގެ ފަރާތުން ސިއްރުހެކިވެރިޔާ 1 އަށް ފޯނުންގުޅާ ވާހަކަ ދެއްކިއިރު ޢަބްދު
ބިނާކޮށްފައިވަނީ ކޯޓުން ނެރެފައިވާ އަމުރުތަކެއްގެ މައްޗަށްކަން އެނގެން އޮންނަކަމާއި،
ފެބުރުއަރީ 2018 މިތާރީޚުގައިވެސް ޢަބްދުﷲ ސަޢީދުގެ ފޯނުން ސިއްރުހެކިވެރިޔާ 01 އަށް
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޙަސަން ސަޢީދުގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރެއް ބާތިލުކުރަން ޢަބްދު
ސަޢީދު އެންގިކަމަށް ހެކިބަސްދީފައިވާއިރު، ސިއްރުހެކިވެރިޔާގެ 02 ގެ ހެކިބަހުގައި ޢަބްދުﷲ ސަޢީދާއި
20
44
B8
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 35 23
2018/HC-A/181
16 ޤަޟިއްޔާ ނިމުނު
کی عمری
ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދުގެ ފަރާތުން އޭނާއަށް ގުޅައި އޭނާ ބައްލަވަމުން ގެންދަވާ
އެކިއެކި މައްސަލަތަކާއި ގުޅިގެން ޢަބްދުﷲ ސަޢީދާއި ޢަލީ ޙަމީދު ބޭނުންވާގޮތަށް އެމައްސަލަތައް
ނިންމުމަށް ބާރުއަޅާ ޢަމަލީގޮތުން މަސައްކަތް ކޮށްފައިވާކަމަށް ބުނެފައިވާކަން އެނގެން އޮތުމުން،
އެމައްސަލައިގައި ހެކިބަސްދީފައިވާ ސިއްރުހެކިން ހެކިބަސްދީފައި އެވަނީ އެފަރާތްތަކުން އަޑުއެހި އަދި
އެފަރާތްތަކަށް އެނގިފައިވާ ކަންކަމުގެ މައްޗަށް ކަން އެނގެން އޮންނަކަމެވެ.
(ކ) ހަތްވަނަކަމަކީ: ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދޭ ހެކިވެރިޔާގެ ކިބާގައި ޝަރުޢީ
ގޮތުންނާއި ޤާނޫނީ ގޮތުން ހުރުން ލާޒިމްވާ ޝަރުތުތަކާއި ސިފަތައް ފުރިހަމަވެގެން މެނުވީ އެ ހެކިވެރިޔާގެ
ހެކިބަހަކީ ޤާނޫނީ ގޮތުން ސައްޙަ ދަލީލެއްކަމުގައި ނުބެލެވޭނެކަމާއި، މިހެންވެ، ޝަރީޢަތަށް ހުށަހެޅޭ
މައްސަލަތަކުގައި ހެކިންގެ ހެކިބަހުގެ މައްޗަށް ބިނާކޮށް ޝަރީޢަތުން މައްސަލަ ނިންމުމުގައި، ހެކިބަސް
ދީފައިވާ މީހަކީ ހެކިބަސް ބަލައިގަނެވޭނެ ފަދަ މީހެއްތޯ ޝަރީޢަތުން ބަލަންޖެހޭނެކަމާއި، އިސްލާމީ
ޝަރީޢަތުގައި ހެކިވެރިޔާގައި ހުރުން ލާޒިމްވެގެންވާ އަސާސީ އެއް ޝަރުތަކީ ހެކިވެރިޔާގެ ކިބައިގައި
ޢަދްލު" ވެރިކަމުގެ ސިފަ ހުރުންކަން އިސްލާމީ ޝަރީޢަތުގެ ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި،
ހެކިބަސްދޭ ފަރާތަކީ އިސްލާމީ ޝަރީޢަތުގައި ހެކިބަސްދޭ މީހާގައި ހުންނަންޖެހޭ އަސާސީ އެއް
ޝަރުތެއްކަމަށްވާ ޢަދުލުވެރިކަމުގެ ސިފަ ގެއްލިފައިވާ ފަރާތެއްތޯ ކަނޑައެޅުމުގައި، އިސްލާމީ އެންމެހައި
މަޒްހަބުތަކުގެ ޢިލްމުވެރިންގެ މެދުގައި ޚިލާފެއްނުވާ މިންގަނޑަކީ ހެކިބަސްދޭފަރާތަކީ ބޮޑު
ކޮށްފައިވާ މީހެއްކަމުގައިވާނަމަ އެއީ ޢަދުލުވެރިކަމުގެ ސިފަ ފުރިހަމަނުވާ ފާސިޤުއްކަމުގައި
އެނގެން އޮންނައިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާ ފައި
ހެކިބަސްދީފައިވާ 2 ހެކިވެރިންނަކީ އެފަރާތްތަކުގެ ޢަދުލުވެރިކަން ގެއްލިފައިވާތީ އެފަރާތްތަކުގެ ހެކިބަސް
ޝަރުޢީ އަދި ޤާނޫނީ ގޮތުން ޤަބޫލު ނުކުރެވޭ ޙާލަތުގައި ތިބި ފަރާތްތަކެއްކަން އެނގެން ނެތްއިރު،
ސިއްރުހެކިވެރިންގެ ތެރެއިން އެއްވެސް ހެކިވެރިޔަކީ އެފަރާތްތަކުން ކޮށްފައިވާ ހުވަޔާއި ޚިލާފުވެފައިވާ އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
23
4
2018/HC-A/181
17 ޤަޟިއްޔާ ނިމުނު
کی مرگی
ދެ
ޖިނާއީ ކުށެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭފަދަ ކުށެއް ކޮށްފައިވާ ބައެއްކަމަށް އެޤަޟިއްޔާ ނިންމަވަމުން
އެޤަޟިއްޔާގެ ޙުކުމުގައި ކްރިމިނަލްކޯޓުން ކަނޑައަޅުއްވާފައިނެތްކަމާއި އަދި އެފަދައިން އެޤަޟިއްޔާގެ
ތެރޭގައި ކަނޑައެޅޭނެފަދަ އަސާސެއްވެސް ނުވާކަން އެނގެން އޮންނަކަމެވެ.
(.) އަށްވަނަކަމަކީ: ކޯޓަށް މައްސަލަހުށަހެޅޭތާ ގިނަވެގެން 05 ދުވަހުގެ ތެރޭގައި
މައްސަލައާއިއެކު ހުށަހެޅޭ އެންމެހައި ލިޔެކިޔުންތައް މައްސަލައިގެ ދަޢުވާލިބޭ ފަރާތަށްލިބޭނެ އިންތިޒާމް
ހަމަޖައްސަންޖެހޭނެކަމަށް
ކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 84 ވަނަ މާއްދާގައި އޮތްނަމަވެސް ބައެއް
ބާވަތްތަކުގެ ހެކި ހާމަނުކުރުމަށް ނުވަތަ ވަކި މިންވަރަކަށް އެކަނި ހާމަކުރުމަށް، ނުވަތަ ހެކި ހާމަކުރުން
ފަސްކުރުމަށް އެދި ކޯޓަށް ހުށަހެޅިދާނެކަމަށް ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 131 ވަނަ މާއްދާގައި
އޮންނަކަމާއި، އިސްތިއުނާފުމިކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/252 ޤަޟިއްޔާ
ކްރިމިނަލް ކޯޓަށް ހުށަހެޅުނު ދުވަހު އެމައްސަލައިގައި ހިމެނޭ ސިއްރުހެކިންގެ ބަޔާންތަކާއި، އެފަރާތްތަކަކީ
ންބައެއްކަން ހާމަވާނެ އެއްވެސް ލިޔުމެއް އެއްވެސް ފަރާތަކަށް ހާމަނުކޮށް އެފަދަ ލިޔުންތައް
ސިއްރުކޮށްދިނުމުގެ ވަގުތީ އަމުރެއް ނެރެ ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވާކަން އެނގެން
އޮންނަކަމާއި، ދައުލަތުގެ ފަރާތުން އެލިޔުންތަކެއް ސިއްރުކޮށްދިނުމަށް ހުށަހެޅި ލިޔުންތަކަކާމެދު ކޯޓުން
ގޮތެއް ކަނޑައެޅުމުގެ ކުރިން އެލިޔުންތައް ދަޢުވާލިބޭ ފަރާތާއި ޙަވާލުކުރެވިއްޖެނަމަ ދައުލަތުގެ ފަރާތުން
ހެކި ސިއްރުކުރުމަށްއެދި ހުށަހަޅާ ހުށަހެޅުމުގެ މަޤްސަދު ގެއްލި ހިނގާދާނެތީ
ސިއްރުކޮށްދިނުމާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން އެފަދަ ލިޔުމެއް ދޫނުކުރި
އިޖުރާއާތުގެ ޤާނޫނުގެ 84 ވަނަ މާއްދާއާއި ޚިލާފުވީކަމުގައި ބެލެވެންނެތްކަމެވެ.
ex ދ
(ވ) ނުވަވަނަކަމަކީ، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) 118
ވަނަ މާއްދާގެ (ހ) ގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ އެންމެހާ ހުށަހެޅުމެއް،
ޝަރީޢަތް ފެށުމުގެ
30 (ތިރީސް) ދުވަހުގެ ކުރިން ހުށަހަޅަންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، އެ ޤާނޫނުގެ 140 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2{18/HC-A/181
18 ޤަޟިއްޔާ ނިމުނު "
ދެވެ
އަޑުއެހުމެއް
ބާއްވައިގެން
22 (2
2 ހދ
.ޤަ,ނނފނ7
މާއްދާގެ (ނ) ގައި މައްސަލާގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން ނުވަތަ ދަޢުވާއާ ގުޅޭ
ލިޔެކިޔުން ދަޢުވާ ލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަސް ހަމަވުމުގެ ކުރިން، އެ
މައްސަލައެއްގެ ޝަރީޢަތުގެ
އެކަމަށް ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި، އިސްވެ މި ބުނެވުނު ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) ގެ 140
ވަނަ މާއްދާގެ (ނ) ޢިބާރާތްކޮށްފައިވާ ގޮތަށް ބަލާއިރު، އެ މާއްދާގައި ބުނާ މުއްދަތު ގުނުމުގައި ދެގޮތަކަށް
ޢަމަލުކުރެވިދާނޭކަން އެނގޭކަމާއި، އެ ގޮތުން، މައްސަލާގެ އިބްތިދާއީ އަޑުއެހުން ބާއްވާ ތާރީޚުން ފެށިގެން
ނުވަތަ ދަޢުވާއާ ގުޅޭ ލިޔެކިޔުން ދަޢުވާ ލިބޭ ފަރާތަށް ލިބޭ ތާރީޚުން ފެށިގެން މިދެގޮތުން ކުރެ ކޮންމެ
ގޮތަކަށްވެސް މުއްދަތު ގުނިދާނޭކަން އެނގެންއޮންނަކަމާއި މިމައްސަލައިގައި ކްރިމިނަލްކޯޓުގައި ޝަރީޢަތް
ހިންގާފައިވާ ގޮތުގެ މައްޗަށް ބަލާއިރު، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/252 ޤަޟިއްޔާއާ
ގުޅިގެން މައްސަލާގެ ލިޔެކިޔުންތައް 29 މާރޗް 2018 ގައި ޢަބްދުﷲ ސަޢީދުއާ ޙަވާލުކޮށްފައިވާކަމަށް އެ
ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެންއޮންނާތީއާއި، އެ މައްސަލާގެ ޝަރީޢަތުގެ މަޖިލިހެއް
އެންމެ ފުރަތަމަވެސް ބޭއްވިފައިވަނީ 05 މެއި 2018 ގައިކަން އެ މައްސަލާގައި ހުށަހެޅުނު ބަޔާންތަކުން
އެނގެންއޮންނާތީއާއި، މައްސަލާގެ ލިޔެކިޔުންތައް ދަޢުވާލިބޭ ފަރާތާ ޙަވާލުކުރެވުނު ދުވަހުން ފެށިގެން
މައްސަލާގެ ޝަރީޢަތުގެ މަޖިލިހެއް އެންމެ ފުރަތަމަ ބޭއްވުނު ދުވަހާ ހަމައަށް 30 (ތިރީސް) ދުވަސް
ފާއިތުވެފައިވާކަން އެނގެންއޮންނާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާގެ
ޝަރީޢަތުގެ
އަޑުއެހުންތައް އެ ކޯޓުން ފަށާފައިވަނީ ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ
ޤާނޫނު) ގެ ދަށުން ދައުވާލިބޭ ފަރާތަށް ދިނުމަށް ލާޒިމްކޮށްފައިވާ މުއްދަތު ދިނުމަށްފަހުގައިކަން އެނގެން
އޮންނަކަމެވެ.
(މ) ދިހަވަނަކަމަކީ، ޤާނޫނު ނަންބަރު 22/2016 (ޖިނާއީ އިޖުރާއަތުގެ ޤާޖޯޖު 1
160 ވަނަ މާއްދާއަށް ބަލާއިރު، ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި އަދަބު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
2018/HC-A/181
ޤަޟިއްޔާ "
ޟިއްޔާ ނިމުނު ގޮތުގެ
ދެވެ
484
ކަނޑައެޅުމަށް ވަކި ޚާއްޞަ ޝަރީޢަތުގެ މަޖިލިހެއް ބޭއްވުން މައްސަލަ ބަލާ ފަނޑިޔާރަށް އެ ޤާނޫނުން
ލާޒިމްނުކުރާކަމާއި، އެހެންނަމަވެސް ދަޢުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުވާ ޙާލަތުގައި ކަނޑައެޅޭނެ
އަދަބަކާއިމެދު ވާހަކަދެއްކުމުގެ ފުރުސަތު ދައުލަތަށް އަދި ދަޢުވާލިބޭ ފަރާތަށްވެސް ލިބެންޖެހޭކަން
އެޤާނޫނަށް ބެލުމުން އެނގެން އޮންނަކަމާއި، މިގޮތުން ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr-C/252
ޤަޟިއްޔާއިން ޢަބްދުﷲ ސަޢީދުގެ މައްޗަށް އުފުލުން ދަޢުވާއާ ގުޅިގެން އެ ދަޢުވާ ޢަބްދުﷲ ސަޢީދުގެ
މައްޗަށް ސާބިތުވާނަމަ އަންނާނެ އަދަބާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން ވާހަކަ ދައްކާފައިވާކަން 12
އޭޕްރީލް 2018 މިތާރީޚުގައި ދައުލަތުގެ ފަރާތުން ދަށުކޯޓަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތްއިރު
އެވާހަކަތަކުގެ ރައްދުގައި ބުނުމުގެ ފުރުސަތަކީ ދަޢުވާލިބޭ ޢަބްދުﷲ ސަޢީދަށް ދަޢުވާއަށް
ޖަވާބުދާރީވާ ވުމުގައި ލިބިއޮތް ފުރުސަތެއްކަމުގައި ބެލެވެން އޮތަތީ އެފުރުސަތު ކޯޓުން ދީފައިނުވަނީ
ކަމުގައި ބެލެވެންނެތްކަމާއި، އެހެންނަމަވެސް އަދަބާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ވާހަކަ ދެއްކުމުގެ
ފުރުޞަތު ލިބިދީފައިނުވާކަމަށް ޢަބްދުﷲ ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ފާހަގަކޮށްފައިވާތީ، އެ ފުރުޞަތު ޢަބްދުﷲ ސަޢީދުއަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ދީފައިވާނެކަމާއި، މިގޮތުން މިމައްސަލައިގައި ކްރިމިނަލްކޯޓުން ކަނޑައަޅުއްވާފައިވާ އަދަބާއި ގުޅޭގޮތުން
ދެފަރާތުންމެ ފާހަގަކޮ
ހަގަކޮށްފައިވާ ކަންކަމުގެ މައްޗަށްބަލާއިރު،
ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 511 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ ރަސްމީ ހައިސިއްޔަތުން ދައުލަތުގެ މުވައްޒަފަކު ކުރާކަމަކަށް ނުފޫޒު ފޯރުވުމުގެ
މަޤްޞަދުގައި ސީދާ ނުވަތަ ނުސީދާ ގޮތެއްގައި ނަމަވެސް، ދައުލަތުގެ މުވައްޒަފަކާއެކު މުއާ
މުއާޞަލާތެއް
ހިންގުމަކީ ޖިނާޔަތުގެ 5 ވަނަ ދަރަޖައިގެ ކުށެއްކަން އެނގޭކަމާއި،
މި
ކުށުގެ އަދަބަށް ބަލާއިރު އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން މި ކުށުގެ
9 (ނުވައެއް) މަހާއި 18 (އަށާރަ) ދުވަހުގެ މުއްދަތަށް ޖަލަށްލުންކަން ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރުރީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 69/1!ޖެހިއެވެ
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20 ޤަޟިއްޔާ ނިމުނު
83
=32
2018/HC-A/181
گمرکی
ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރެވިފައިވާ ތާވަލަށް ބެލުމުން އެނގެން
އޮންނަކަމާއި،
މިކުށުގެ ބާވަތަށް ބަލައި ދައުލަތުގެ ފަރާތުން އެދިފައިވަނީ ޤާނޫނު ނަންބަރު 9/2014
(ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގައި މިކުށަށް ކަނޑައަޅާފައިވާ އަސާސީ އަދަބުގެ ދަރަޖަ 3 ދަރަޖައަށް
މަތިކުރުމަށްކަމާއި، އަދި މިމައްސަލަ އިސްތިއުނާފުކުރާ ޢަބްދުﷲ ސަޢީދުގެ ފަރާތުން އެދިފައިވަނީ އަދަބުގެ
ދަރަޖަ ލުއިކުރުންކަމާއި، މިގޮތުން މިދެފަރާތުންމެ އަދަބާއި ގުޅޭ ގޮތުން ދެއްކި ވާހަކަތަކަށް
ރިޢާޔަތްކުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނީ ޢަބްދުﷲ ސަޢީދުގެ
މައްޗަށް ސާބިތުވެފައިވާ ކުށަށް ބަލާއިރު، މި ކުށަކީ ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް
1102 ވަނަ މާއްދާގެ (1) ވަނަ ނަންބަރުގެ (i) ގައި ބަޔާންކޮށްފައިވާ ޢާންމު
މުއައްސަސާއެއްގެ ނުވަތަ ޢާންމު ޚިދުމަތަކަށް އެކަށީގެން
ހުރަހެއް އެޅުން ނުވަތަ ގެއްލުމެއް
ދިނުމާއި، އަދި ހަމަ އެ ނަންބަރުގެ (ii) ގައި ބަޔާންކޮށްފައިވާ ފަދަ ޢާންމު މުއައްސަސާއަކާމެދު ނުވަތަ
ޢާންމު ޚިދުމަތަކާ މެދު ޢާންމުންގެ މެދުގައި އޮންނަ އިތުބާރު، އެކަށީގެންނުވާ މިންވަރަކަށް ގެއްލުވާލާފަދަ
ޢަމަލެއް ކުރުންކަމަށް ޤަބޫލުކުރެވޭތީ، މި ކުށުގެ އަދަބަށް ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ
ޤާނޫނުލް ޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގައި ކަނޑައެޅޭނެ އަދަބުގެ މިންވަރު
ތާވަލުގައި ބަޔާންކޮށްފައިވާ އަދަބުގެ އަސާސީ މިންގަނޑަށްވުރެ 2 ދަރަޖަ އަށް މަތިކުރަންޖެމޭންކަމާއި އަދި
ޢަބްދުﷲ ސަޢީދުގެ ފަރާތުން އަދަބަށް އެދިފައިވާ ލުއި ދެވޭނެ އަސާސެއް ނުވާކަމުގައެވެ.
75x
ބަޔާންކޮށްދީ
އެހެންކަމުން
<< O
މި މައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު
ވެވިފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާގައި ޢަބްދުﷲ ސަޢީދުގެ މައްޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
44 239
28/HC-A/181
21 ޤަޟިއްޔާ ނިމުނު
م ممي جری
ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް ތާއީދުކުރުމާއެކު، ޢަބްދުﷲ ސަޢީދުގެ މައްޗަށް
ކަނޑައަޅާފައިވާ އަދަބުގެ މިންވަރަށް ބަދަލު ގެންނަންޖެހޭނެކަމުގައެވެ.
ހުކުމް:
{
ގތކތ
މައްޗަށް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް
ކޯޓުގެ ނަންބަރު 2018/Cr
-
C/252 ޤަޟިއްޔާގައި މީދޫ | އަލިވާގެ، ޢަބްދުﷲ ސަޢީދުގެ
ޤާނޫނު ނަންބަރު 7/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 511 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ނަންބަރާއި ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް
ނުފޫޒުފޯރުވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމުގެ އެ ބަޔަށް ތާއީދުކޮށް،
ޢަބްދުﷲ ސަޢީދުގެ މައްޗަށް ކަނޑައަޅާފައިވާ އަދަބުގެ މިންވަރަށް ބަދަލު ގެންނަންޖެހޭކަމަށް މައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ކްރިމިނަލް ކޯޓުގެ
2018/Cr
-
C/252 ޤަޟިއްޔާގައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، އެ ޤާނޫނުގެ 511 ވަނާ
ގެ 2 ވަނަ ނަންބަރާއި، އެ ޤާނޫނުގެ 1102 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އާއި
(ii) އާއި، 1002 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 01
(އެކެއް) އަހަރާއި 07 (ހަތެއް) މަހާއި 06 (ހައެއް) ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަނޑައަޅުއްވާފައިވާ
ކަނޑައެޅުން ބާޠިލްކޮށް، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 1102 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ (i) އަދި (ii) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 9/2014
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
22 ޤަޟިއްޔާ ނިމުނު ގޮތުގެ
83
=32
2018/HC-A/181
(ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތު) ގެ 1002 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 (އެކެއް) އަހަރާއި 02
(ދޭއް) މަހާއި 12 (ބާރަ) ދުވަހުގެ މުއްދަތަށް މީދޫ | އަލިވާގެ ޢަބްދުﷲ ސަޢީދު ޖަލަށްލުމަށް
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިން
48
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv