ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/143 ޤަޟިއްޔާގެ ޙުކުމް
ވާދީ، ދިވެހިރާd
1
2017/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
WAMA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު 143/HC
-
A/2017
0
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދ
މިހާރުގެ އެޑްރެސް
0
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ދެލްވަރު ހޮސައިން
ޕާސްޕޯޓް ނަންބަރު: X0881857
ދާއިމީ އެޑްރެސް: ބަންގްލަދޭޝް
މިހާރުގެ އެޑްރެސް:މއ. ރަންފައުނު ކ. މާލެ
ރަޖިސްޓްރީ ތާރީޚް: 14 ޖުމާދަލްއާޚިރާ 1438
މާރޗް 2017
ނިމުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1438
މާރޗް
"13
14
2017
0
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
1207/J
/
MD-145 ކޯޓު
އަމުރު
• ނިންމެވި ކޯޓު ކްރިމިނަލް ކޯޓު
، މައްސަލައިގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅި ތާރީޚް: 13.02.2017
ނިމުނު ތާރީޚް: 13.02.2017
0
ދިވެހިރާއްQ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދު
ފަނޑިޔާރު ޢަބްދުﷲ ޙަމީދު ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ޙުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯ: 3325029، ފެކްސް: 3316471
އީމެއިލް irif [email protected] ވެބްސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/143
ދަޢުވާގެ ޚުލާޞާ
މިއީ ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
1207/J
/
MD-145 ކޯޓު އަމުރު އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ އެ ކޯޓު އަމުރު އިސްތިއުނާފުކުރުމަށް
އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ދެލޯވަރު
ހޮސައިންއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1) ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
1207/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
އަމުރަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމުގައިވާ ދެލްވަރު ހުސައިންގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަސްތުވާތަކެތި
ގެންގުޅުން ޓްރެފިކްކުރުމުގެ މައްސަލާގައި، މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްއޮތްކަމަށް
ނުފެންނާތީ، ދެލްވަރު ހޮސައިން ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ނެރުއްވާފައިވާ އަމުރެކެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
1207/J
/
MD-145 ކޯޓު އަމުރު، އެ ކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ އެ އަމުރު އިސްތިއުނާފުކުރަމުން،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 2 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެ ނުކުތާތަކާމެދު ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2017
/
1207/J
/
MD-145 ކޯޓު
އަމުރަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި 46 ވަނަ މާއްދާއާއި
ޓްގެ ޚަޠީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
3
2017/HC-A/143
OCX
eyއ
ޕީ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ނިންމުމު
ޤަވާޢިދު" ގެ 7 ވަނަ މާއްދާގައި ކުށްކުށަށް ތުހުމަތުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމާމެދު ކަނޑައަޅުއްވާފައިވާ
އުޞޫލަށް ރިޢާޔަތްނުކުރައްވާ ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
0
47
4
2 ހ ޑއ ދ8
ތަބާވާންވާނެކަމަށް
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ
(ރ) ގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން
ކަމަށް ބަޔާންކޮށްފައިވާއިރު، މި ބާވަތުގެ މައްސަލަތަކުގައި ޢަމަލުކުރަންވީ އުޞޫލު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު 33/SC-A/2011 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވަނިކޮށް، ކްރިމިނަލް ކޯޓުން އަމުރު
ނެރުއްވިއިރު، އެ އުޞޫލަށް ރިޢާޔަތްނުކުރައްވާ އަމުރު ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅިނުކުވާ
e.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު
ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި
”.ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 7
ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، ޤާނޫނުއަސާސީގެ 49 ވަނަ
މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު” ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ
ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވާތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/143
· 5
4 3 24
ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ވަތަ ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް
ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި
ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
مو مره عيد
އިމައ
ޕީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ ޢަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީދާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރަކަށްކަމާއި،
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފު ކުރެވޭ މައްސަލާގައި ދެންވަރު ހޮސައިންގެ މައްޗަށް
ތުޙުމަތުކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި، ޓްރެފިކްކުރުމުގެ މައްސަލައެއްކަން އެނގެންއޮންނަކަމާއި،
އިސްތިއުނާފުކުރެވޭ އަމުރުގެ ދަށުން ދެލޯވަރު ހޮސައިން ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައިވާއިރު، އެ
ގޮތަށް އަމުރުކުރެއްވި ސަބަބުކަމަށް އެ އަމުރުގައި ބަޔާންކުރައްވާފައިވަނީ މީނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ
ސަބަބެއްއޮތްކަމަށް ނުފެންނާތީކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އިސްވެ ބުނެވުނު އަމުރުގައި ޙަވާލާދެއްވާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
156387/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ފަރާތުން ދެލްވަރު ހޮސައިން އިތުރަށް ބަންދުގައި ބަހައްޓަން ބޭނުންވާ ސަބަބަކީ މި މައްސަލައަކީ
މަސްތުވާތަކެތީގެ ވިޔަފާރީގެ މައްސަލައަކަށްވެފައި މީނާއަކީ ބިދޭސީއަކަށްވެފައި މީނާ ދޫކޮށްލައިފިނަމަ މިފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
އެ 4
0 =ން
5
2017/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
024އ
ހ3 4
5
2x
2 ، ދ ތ
ތަކުރާރުކޮށްފާނެކަމަށް
0 31 /
ފެންނާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން
އެނގެންއޮންނަކަމާއި،
މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ވިޔަފާރިއާއި އޭގެ ބޭނުންކުރުމުގެ
ކުށްތަކަކީ، އެކުށްތަކުގެ
މުޖުތަމަޢަށް ލިބެމުންދާ ބޮޑެތި ގެއްލުންތަކަށްޓަކައި މުޖުތަމަޢަށް ނުރައްކާތެރިކަން ބޮޑު ކުށުގެ
ޢަމަލުތަކެއްގެ ގޮތުގައި ފާހަގަކުރެވިފައިވާ ކުށްތަކެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
33/SC-A/2011 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކުރައްވައި އެ ޤަޟިއްޔާގައި
ތުހުމަތުކުރެވުނު ފަރާތް އެ މައްސަލައިގެ ޝަރީޢަތް ނިމެންދެން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ
ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަމުރު ނެރުއްވާފައިވާކަން އެނގެން
Oct
، 4
އަންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފުކުރެވޭ އަކުރުގައި ޙަވާލާދެއްވާފައިވާ މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ނަންބަރު 156387/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ގައި، މީނާއާއި އިތުރު
މީހަކު ތިބި ކޮޓަރި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ބަލާފާސްކުރިކުރުމުން އެ ކޮޓަރީގައި ހުރި ގުދަނުގެ ޓައިލްސް
މަތިން ފެނުނު ރަބަރު ކޮތަޅެއްގެ ތެރޭގައި މަސްތުވާތަކެތި ހުރި 74 ރަބަރު ކޮތަޅު ޓެޓްރާހައިޑްރޯކެނެބިނޯލް
ކެނެބިނޯލްއަށް ދައްކާ ބަރުދަނުގައި 240.4647 ގްރާމް ހުރި އާއި ޓައިލްސްމަތީގައި އޮތް އިތުރު ރަބަރު
ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 01 ކަރުދާސް ގަނޑު (ބޮނޑިކޮށްފައި) ޓެޓްރާހައިޑްރޯކެނެބިނޯލް
ކެނެބިނޯލްއަށް ދައްކާ ބަރުދަނުގައި 5.9314 ގްރާމް ހުރި އާއި ހަމަ އެ ރަބަރު ކޮތަޅުގެ ތެރެއިން 01 ކައްޓާ
އާއި ގުދަނުގެ ހުރި ޕްލާސްޓިކް ހަރެއްގެ މަތިން ނެގުނު ރަބަރު ޕެކެޓެއްގެ ތެރެއިން މަސްތުވާތަކެތި ހުރި 01
ރަބަރު ކޮތަޅު (ބޮޑު) ޓެޓްރާހައިޑްރޯކެނެބިނޯލް ކެނެބިނޯލްއަށް ދައްކާ ބަރުދަނުގައި 492.4000 ގްރާމް
ފެނިފައިވާކަމަށާއި، އަދި މި ކޮޓަރިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާކަމަށް ފާހަގަކޮށްފައިވާކަން
ދެލްވަރު ހޮސައިންގެ ތުޙުމަތުކުރެވިފައިމިވާ މަސްތުވާތަކެތި ގެންގުޅުމާއި،
coc
މައެޗަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް irif [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2017/HC-A/143
ޓްރެފިކްކުރުމުގެ މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތުހުމަތު އުފެދޭ މިންވަރުގެ ހެކި
ޤަރީނާ ދަށު ކޯޓަށް ހުށަހަޅާފައިވާކަން އެނގޭކަމާއި،
އެހެންކަމުން، މައްސަލާގެ ޒާތާއި ބާވަތުގެ ގޮތުން ދެލްވަރު ހޮސައިން މުޖުތަމަޢުއަށް ދޫވެފައި
ހުރުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއްކަމުގައި ބެލެވެންއޮންނާތީ، ދެލްވަރު
ހުސައިން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު
2017
/
1207/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެ ވުމަށް މި މައްސަލަ ބެލި ދިވެހިރާ
ހައިކޯޓުގެ ފަނޑިޔާރުންނަށް ފެނުނުކަމެވެ.
2
8 އ ސ ޑ 4ދ ހއ
نس
4 40ޑ
ހރައްޖޭގެ
ހު
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2017
/
1207/J
/
MD-145 ކޯޓު އަމުރު ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ
މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، 2017 މާރޗް 14 ވަނަ ދުވަހުގެ 13:41 އިން ފެށިގެން 15 (ފަނަރަ)
ދުވަހުގެ މުއްދަތަށް ދެލްވަރު ހޮސައިން | ބަންގްލަދޭޝް ( ޕާސްޕޯޓް ނަންބަރު: X0881857)، މިނިސްޓްރީ
އޮފް ހޯމް އެފެއާރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް އަމުރުކޮށް،
ޤަޟިއްޔާ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
4.
ދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް irif [email protected] ވެބްސައިޓް: www.highcourt.gov.mv