ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/13 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 13/HC
-
A/2017
އިސްތިއުނާފުކުރި ފަރާތް: ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޢަލީ ހަމްޒަތު
އައިޑީ ކާޑު ނަންބަރު: A345775
ދާއިމީ އެޑްރެސް: ސީސަންގެ/ ގދ. ވާދޫ
ވަރުކަނދުގެ
*
މިހާރުގެ އެޑްރެސް:
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޑިސެމްބަރ 2016
ނިމުނު ތާރީޚް: 01 މާރިޗް 2017
އިސްތިއުނާފުކުރެވުނު ކޯޓު އަމުރު ނަންބަރު: 2016
/
8309/J
/
MD-145
• އަމުރު ނެރުނު ކޯޓު ކުރިމިނަލް ކޯޓު
، މައްސަލައިގެ ބާވަތް: ބަންދު އަމުރު (ޓެރަރިޒަމް)
• އަމުރު ނެރުނު ތާރީޚް: 27 ނޮވެމްބަރ 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ހައިކަކީ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/13
ދަޢުވާގެ ޚުލާޞާ
މިއީ، ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން ކަމަށްބުނެ އެ އަމުރު އިސްތިއުނާފު ކޮށްދިނުމަށް އެދި
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގދ. ވާދޫ ސީސަންގެ ޢަލީ ހަމްޒަތު އެވެ.
CCCO
0
-01
44
ފާހަގަކުރެވުނު ނުކުތާތައް:
ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެ
ކޯޓުއަމުރަކީ، 2016 ޖުލައި މަހުގެ ތެރޭގައި ޢަލީ ހަމްޒަތުއާއި އިތުރު ބަޔަކު ޖިހާދުކުރުމަށް ކަމަށް ބުނެ
ސީރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ދިޔަކަމަށް
ތުހްމަތުކުރެވުނު މައްސަލައިގައި، އެބާވަތުގެ މައްސަލަތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މައްސަލަތަކަށް
ވެފައި، މިވަގުތު ޢަލީ ހަމްޒަތު ދޫކޮށްލާފައި ބަހައްޓައިފިނަމަ، ޢަލީ ހަމްޒަތުގެ ފުށުން މުޖްތަމައުގެ ސަލާމަތާއި
ރައްކާތެރިކަމަށް ނުރައްކާ ވެދާނެތީއާއި ހެކިބަސް ދީފައިތިބި މީހުންނާއި، ހެކިބަސް ދޭން ތިބި މީހުންނަށް ނުފޫޒު
ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެތީއާއި ޢަލީ ހަމްޒަތު ފިލައިގެން ފުރައިގެން ގޮސްފާނެކަމަށް
ފެންނާތީވެ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ހަމްޒަތު ބަންދުގައި ބަހައްޓަން
އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 152897/MF [ބަންދުގެ މުއްދަތު
އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، ޢަލީ ހަމްޒަތާމެދު ތުހްމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤް ނިމި،
އެމައްސަލައިގައި އަލީ ހަމްޒަތު ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުންނާތީ، މިމައްސަލައިގައި ޢަލީ
ހަމްޒަތު، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކަނޑައަޅައި 2016 ނޮވެމްބަރ 27 ވަނަ ދުވަހު
ކުރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮވެއެވެ.
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ބަهއ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13
02- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
އެއަމުރު އިސްތިއުނާފުކުރަމުން، އަންނަނިވި ނުކުތާ ފާހަގަކޮށް، އެނުކުތާއާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެގޮތުން،
. ފާހަގަކުރި ނުކުތާ: ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރަކީ
ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް، ނެރުއްވާފައިވާ އަމުރެއް ކަމަށް ބުނެ
ފާހަގަކުރި ނުކުތާއެވެ.
OCX
ގޮތެއް
03- ކުރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާއި، އެނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ
(ހ) ގައި ބަޔާންކޮށްފައިވާ 5 ސަބަބުންކުރާ ސަބަބެއް އޮތްތޯކަމާއި، އެއިން
އޮތްކަން ނުވަތަ
ނެތްކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ
(ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި؛
ޤާނޫނުއަސާސީގެ
.ގެ 49 ވަނަ މާއްދާއާއި ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު ގެ 7 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު،
01 0.
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13
އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒެއް
ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ ފިލާފާނެކަމަށް، ނުވަތަ
ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ފަނޑިޔާރަށް
ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް ލިބިގެންވާކަން އެނގެން
އޮންނަކަމާއި،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ
2 ހއ
އއޤީށ
މީހަކު ބަންދުކުރުމުގައި، ތުހުމަތުކުރެވޭ ކުށް
44
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
ޢަދަދަކީ ކޮބައިކަމާއި، ކުށުގެ ތަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލައި ރައްކާވުމުގެ ބިރުއޮތީ ކިހާވަރެއްކަމާއި، އަދި
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް ސުޕްރީމް
ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮވެއެވެ.
CCCX
(ނ) މިއިސްތިއުނާފުކުރެވޭ މައްސަލައިގައި ގދ. ވާދޫ ސީސަންގެ ޢަލީ ހަމްޒަތުގެ
މައްޗަށް
ތުހުމަތުކުރެވިފައިވަނީ، 2016 ޖުލައި މަހުގެ ތެރޭގައި ޢަލީ ހަމްޒަތުއާއި އިތުރު ބަޔަކު
ޖިހާދުކުރުމަށް ކަމަށް
ބުނެ ސީރިޔާގައި މިހާރު ހިނގަމުންދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން ފުރައިގެން ދިޔަކަމަށް
ތުހްމަތުކުރެވުނު މައްސަލަކަމާއި، އެބާވަތުގެ މައްސަލަތަކަކީ ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ މައްސަލަތަކަށް
ވެފައި، މިވަތު ޢަލީ ހަމްޒަތު ދޫކޮށްލާފައި ބަހައްޓައިފިނަމަ، ޢަލީ ހަމްޒަތުގެ ފުށުން މުޖްތަމައުގެ ސަލާމަތާއި
ރައްކާތެރިކަމަށް ނުރައްކާ ވެދާނެތީއާއި ހެކިބަސް ދީފައިތިބި މީހުންނާއި، ހެކިބަސް ދޭން ތިބި މީހުންނަށް
ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެތީއާއި ޢަލީ ހަމްޒަތު ފިލައިގެން ފުރައިގެން
R
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2017/HC-A/13
ގޮސްފާނެކަމަށް ފެންނާތީވެ، މިނިސްޓްރީ އޮފް ހޯމްއެފެއަރޒުން ކަނޑައަޅާ ތަނެއްގައި ޢަލީ ހަމްޒަތު ބަންދުގައި
ބަހައްޓަން އަމުރުކޮށް ދެއްވުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު: 152897/MF 7ބަންދުގެ
މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް” އިން ހުށަހެޅުމުން، ޢަލީ ހަމްޒަތާއި މެދު ތުހްމަތުކުރެވޭ މައްސަލައިގެ
ތަޙްޤީޤް ނިމި، އެމައްސަލައިގައި ޢަލީ ހަމްޒަތު ގިނަދުވަސްތަކެއް ވަންދެން ބަންދުގައި ހުންނާތީ، ޢަލީ ހަމްޒަތު
އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކަނޑައަޅައި 2016 ނޮވެމްބަރ 27 ވަނަ ދުވަހު ކުރިމިނަލް
ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމާއި، ޢަލީ ހަމްޒަތުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
އެމައްސަލައަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން މިހާރު ތަޙްޤީޤު ނިންމާ ޕްރޮސިކިއުޓަރ ޖެނަރަލްގެ
އޮފީހަށް ފޮނުވާފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
CCCX
(ނ) ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެއަމުރު
ނެރުއްވާފައިވަނީ ގދ. ވާދޫ/ ސީސަންގެ ޢަލީ ހަމްޒަތު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމާއި، ޢަލީ ހަމްޒަތު
ބަންދުން ދޫކުރުމަށް އަމުރުކުރެއްވި ސަބަބަކީ "ތަޙުޤީޤު ނިމިފައިވާތީއާއި، މިމައްސަލައިގައި ޢަލީ ހަމްޒަތު
ބަންދުގައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އިތުރަށް މިމައްސަލައިގައި ޢަލީ ހަމްޒަތު ބަންދުގައި
ބަހައްޓަން ޖެހޭވަރުގެ ސަބަބުތަކެއް ހުރިކަމަށް ނުފެންނާތީ” ކަމަށް އެ އަމުރުގައި ބަޔާންވެގެން އޮންނައިރު،
ޢަލީ ހަމްޒަތު ބަންދުން ދޫކޮށްލައިފައިވަނީ ޝަރުތުކޮށްފައިކަމާއި، އެގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް
އިން ބޭނުންވެއްޖެނަމަ ޢަލީ ހަމްޒަތުގެ ޕާސްޕޯޓު ހިފެހެއްޓުން ހުއްދަކޮށްފައިވާއިރު، އެއާ އެއްގޮތަށް ޢަލީ
ހަމްޒަތު ރާއްޖެއިން ބޭރަށްނުދެވޭގޮ
ވާގޮތަށް އޭނާ ފުރުން މަނާކޮށްފައިވާކަން، މައްސަލައާ ގުޅިގެން ދެފަރާތުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
ކަންތައްތަތް
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2017/HC-A/13
(ށ) ޢަލީ ހަމްޒަތުގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައިގައި ފެންނަން ހުރި ހެކިތަކާއި،
މައްސަލައިގައި މިހާތަނަށް ކަންހިނގާގޮސްފައިވާ ގޮތުގެ މައްޗަށާއި، މައްސަލައިގެ ވަށައިގެންހުރި އެންމެހައި
ކަންކަމުގެ މައްޗަށް ބެލުމުން، ޢަލީ ހަމްޒަތު ރާއްޖެއިން ފުރައިގެން ނުދެވޭގޮތަށް ޝަރުތުކޮށް ބަންދުން
ދޫކޮށްލާފައިވަނީ، ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ކަމުގައި ބެލެވެންނެތްކަން އެނގެން
On Oc Occc
CCCX
އޮވެއެވެ.
ދެންފަހެ، އިސްވެ ހިކުރެވުން
އެގޮތުގެ މަތިން ހުރުމުން، ކުރިމިނަލް ކޯޓުގެ
ނަންބަރު 2016
/
8309/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފުކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލް
އޮފީހުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބިނާކޮށް އެއަމުރަށް ބަދަލެއްގެންނަންޖެހޭ ސަބަބެއް ނެތްކަމަށް
ޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
cc
;
"ދިވެރިއެއް
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ