ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/507 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/507
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 507/HC-A/2016
• އިސްތިއުނާފު ކުރިފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އައިޑީ ކާޑު ނަންބަރު.
ދާއިމީ އެޑްރެސް: ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް:
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަރުޝަދު ޚާލިދު
އައިޑީ ކާޑު ނަންބަރު: A298073
*
ދާއިމީ އެޑްރެސް: ގދ.ހޯނޑެއްދޫ އަލޯރާ
މިހާރުގެ އެޑްރެސް:
.
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 މުޙައްރަމް 1438
31 އޮކްޓޯބަރު 2016
ނިމުނު ތާރީޚް: 14 ޞަފަރު 1438
14 ނޮވެމްބަރު 2016
• އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2016
/
7310/J
/
MD-145
• އަމުރުގެ ބާވަތް: ކޯޓު އަމުރު
ނިންމެވި ކޯޓް: ކްރިމިނަލް ކޯޓު
ހުށަހެޅުނު ތާރީޚް: 24 އޮކްޓޯބަރު 2016 * ނިމުނު ތާރީޚް: 24 އޮކްޓޯބަރު 2016
O
ދިވެހިރާއް
0
މައިކްa
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، އިސްފަނޑިޔާރު:ޢަބްދުﷲ ދީދީ، ފަނޑިޔާރު: ޢަބްދުﷲ ޙަމީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 331471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
2
2016/HC-A/57
ނިމުނު ގޮތުގެ ޚުލާޞާ
ޖެ.އޯޔާ
ދަޢުވާގެ ޚުލާޞާ:
o >> OX OC
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 ކޯޓު އަމުރު އެކޯޓުން
ފެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން
ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، ގދ.ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދު
ފާހަގަކުރެވުނު ނުކުތާ
.އެ
1. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
ccc
2. ކްރިމިނަލް ކޯޓުގެ ނަންބަރު J
(
MD2016
/
7310-145 ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ، 24 އޮކްޓޯބަރު 2016 ވަނަ ދުވަހުގެ 16:58 އިން ފެށިގެން ގދ.ހޯނޑެއްދޫ
އަލޯރާ އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލުމަށް އަމުރުކޮށްކަމަށާއި، މިގޮތަށް އަރުޝަދު ޚާލިދު ބަންދުން
ދޫކޮށްލުމަށް އަމުރު ކުރެއްވި ސަބަބަކީ "މީނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ" ކަމަށް
މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
]
CCCX
ޤާނޫނީ ހަމަތަކާ
3. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 ކޯޓު އަމުރު ޝަރުޢީ އަދި
އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ
އޮފީހުގެ ފަރާތުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. ހުށަހަޅާފައިވާ؛
4 22 6
03ނީ
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: (75164
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
بشامي
ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/507
• ފުރަތަމަ ނުކުތާއަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 އަމުރަކީ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ
މާއްދާގެ (ހ) ގައި ކަނޑައަޅުއްވާފައިވާ އުސޫލާ ޚިލާފަށް ނެރުއްވާފައިވާ އަމުރަކަށްވުންކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
2010/SC-A/19
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 9 ވަނަ ނުކުތާގައި ބަޔާންކޮށްފައިވާ އުޞޫލުތަކަށް
ރިޢާޔަތްކުރެއްވުމަކާނުލައި ނެރުއްވާފައިވާ އަމުރަކަށްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
CCB
CUO
4. ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
|
(ހ) ފުރަތަމަކަމަކީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2016
/
7310/J
/
MD-145 ކޯޓު އަމުރަށް
ބަލާއިރު، އެކޯޓުއަމުރަކީ ގދ.ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ހުއްދަނެތި ގޯތި ގެދޮރަށް ވަނުން ވައްކަންކުރުން މުދަލަށް ގެއްލުން ދިނުމުގެ މައްސަލާގައި އަރުޝަދު
ޚާލިދުގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު
151280/MF "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" އިން ކްރިމިނަލް ކޯޓުގައި އެދުމުން
އަރުޝަދު ޚާލިދު އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ކަނޑައަޅައި 24 އޮކްޓޯބަރު 2016
ވަނަދުވަހުގެ 16:58 އިން ފެށިގެން އަރުޝަދު ޚާލިދު ބަންދުން ދޫކޮށްލުމަށް ނެރުއްވާފައިވާ އަމުރެއްކަން
އެނގެން އޮންނައިރު، އަރުޝަދު ޚާލިދުއާއި އިތުރު ބަޔަކު ބައިވެރިވެގެން 2016 އޮގަސްޓް 20 ވަނަ
ދުވަހުގެ ވަގުތެއްގައި ވިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ފަޅާލައި، އެއޮފީހުގައި
ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށް ގެއްލުންދީ، އޮފީހުގެ ތިޖޫރީއެއް ފަޅާލައި، އިތުރު ތިޖޫރީއަކަށް
ގެއްލުން ދިނުމަށްފަހު އެތިޖޫރީ ވަގަށް ގެންދަން މަސައްކަތްކުރިކަމުގެ ތުހުމަތު އޭނާގެ މައްޗަށް އޮޓޯކިންޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 316471*
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/507
ނިށް
މީނާއާއި އިތުރު ބަޔަކުވެގެން އެތަނަށްގޮސް އެތަނަށްވަދެ އެތަނުގެ ތިޖޫރި ފަޅާލައި، ތިޖޫރީ ހަލާކުކޮށްލަން
މަސައްކަތްކުރިކަމަށް ހެކިބަސްދޭ ފަރާތްތަކުން ބުނާކަމާ މީނާއާއި އިތުރު ބަޔަކު ކާރެއްގެ ތެރެއިން
ވައްކަންކުރަން ބޭނުންކުރިކަމަށް ބެލެވޭ ދަތްގަނޑަކާއި އަންގި ފެނިފައިވާކަމާ، ޙާދިސާ ހިނގި
ސަރަޙައްދުގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖްހުރިކަމަށް ފުލުހުން ބުނާއިރު، މިމައްސަލައިގެ ބާވަތަށާއި،
މައްސަލައިގައި ލިބިފައިވާ ހެކި ޤަރީނާގެ މައްޗަށް ބަލާއިރު، މިފަދަ ތުހުމަތެއްގައިވާ ފަރާތެއް ދޫވެފައި
ހުރުމަކީ ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު ތަކުރާރުކުރުމުގެ ފުރުޞަތު އޮންނާނެކަމެއްކަން އެނގޭކަމާއި
އަދި އެފަދަ މީހަކު މުޖުތަމަޢުގެ ތެރެއަށް ދޫވެދާފަދަ ތަނެއްގައި ބެހެއްޓުމަކީ އެކަމުގެ ސަބަބުން
މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް އޮތްކަމެއް ކަމުގައި ޤަބޫލުކުރެވޭކަމާއި، އެހެން ކަމުން މިމައްސަލަ
އްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުން ދެކެނީ ކްރިމިނަލް ކޯޓުގެ ނަންބަރު
10
2016
/
73/J
/
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަންޖެހޭކަމުގައެވެ.
ދިވެހިރާއޖޭގެ
(ށ) ދެވަނަކަމަކީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން މިއަމުރު ހައިކޯޓުގައި
އިސްތިއުނާފުކޮށް މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުގައި ފެށުމުގެ ކުރިން، އަރުޝަދު ޚާލިދުގެ މައްޗަށް
ތުހުމަތު ކުރެވުނު މައްސަލައިގައި ދަޢުވާކުރުމަށް އެއޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާކަން އެނގެން
އޮންނަކަމާއި، މިހެންކަމުން އަރުޝަދު ޚާލިދުގެ މައްޗަށް ތުހުމަތު ކުރެވުނު އެމައްސަލައަކީ ޝަރީޢަތުގެ
މަރުޙަލާގައިވާ މައްސަލައެއްކަން އެނގެން އޮންނައިރު، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 13 ވަނަ މާއްދާގެ
(ހ) އަށް ބަލާއިރު، ޝަރީޢަތުގެ މަރުޙަލާގައި ހައްޔަރު ނުވަތަ ބަންދާމެދު ގޮތެއް ނިންމާނީ މައްސަލައިގެ
ޝަރީއަތް ހިންގާ ފަނޑިޔާރު ކަމަށާއި، އެ ފަނޑިޔާރު ޢިއްގައި ކޯޓުގެ އިސްފަނޑިޔާރު ނުވަތަ
އިސްފަނޑިޔާރު ކަނޑައަޅާ އެހެން ފަނޑިޔާރެއްކަން އެމާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި މީގެ
އިތުރުން ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މައްސަލަ ޝަރީޢަތުގައިވާ މަރުޙަލާގައި ޝަރީޢަތުން
އެމައްސަލައާއި މެދު ގޮތެއް ކަނޑައަޅަންދެން އެމީހަކީ ބަންދުގައި ބަހައްޓަންޖެހޭ މީހެއްކަމަށް
ޕްރޮސިކިއުޓަރ ޖެނެރަލަށް ފެނިވަޑައިގަންނަވާނަމަ އެކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ހުށަހަޅަންޖެހެނީ އެމައްސަލައެއް އޮންނަ ކޯޓަކަށްކަން އެނގެން އޮންނަކަމެވެ.
ޑ ތ 4 މކ ތ ދ
ޖަބީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 916471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2016/HC-A/507
ޙުކުމް:
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ކްރިމިނަލް
ކޯޓުގެ ނަންބަރ 2016
/
7310/J
/
MD-145 ކޯޓު އަމުރު، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ބާޠިލުކޮށް، ގދ.ހޯނޑެއްދޫ އަލޯރާ އަރުޝަދު ޚާލިދުގެ މައްޗަށް
ތުހުމަތުކުރެވިފައިވާ މައްސަލައަކީ ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއްކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނާތީ، [ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 13 ވަނަ މާއްދާގެ (ހ) އަށް
ރިޢާޔަތްކޮށް މިޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅައިފައިވާ އުސޫލާއެއްގޮތްވާ ގޮތުގެ
ގިގެމަތީން،
އަރުޝަދު ޚާލިދުގެ ބަންދާމެދު ގޮތް ނިންމުމަށްޓަކައި އަރުޝަދު ޚާލިދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ
މައްސަލަ ހުށަހެޅިފައިވާ ކޯޓަށް ހުށަހެޅުމަށް އަންގައި މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv