ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-DM/04 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 04/HC-DM/2014
މ..7
0
ދަޢުވާކުވީ ފަރާތް:
* ފުރިހަމަ ނަން: އެކީޓާސް ކޮންސަލްޓަންޓްސް އެން.އެލް.ޕީ
ދާއިމީ އެޑްރެސް: ހުޅުގަލި މާލެ
މިހާރުގެ އެޑްރެސް: ފ. ހުޅުގަލި/ މާލެ
ރަޖިސްޓަރީ ނަންބަރު: 04
/
2005-P
:
ދަޢުވާލިބުނު ފަރާތް: ދިވެހި ދައުލަތް (އެޓާރނީ ޖެނެރަލްގެ އޮފީސް)
• ރަޖިސްޓަރީ ކުރެވުނު ތާރީޚް: 21 މެއި 2014
0
ނިމުނު ތާރީޚް: 21 ނޮވެންބަރު 2016
• ޤަޟިއްޔާގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، އިސްފަނޑިޔާރު ޢަބްދުﷲ ދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
އްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2014/HC-DM/04
ދަޢުވާގެ ޚުލާޞާ
މިއީ، ޤާނޫނު ނަންބަރު 20/2010 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް އާބެހޭ
ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނުގެ 8 ވަނަ
މާއްދާއަށް ގެނެވުނު އިޞްލާޙްގައި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްތަކާއި، ބިންތައް ޙަވާލުކުރެވޭނީ
މީލާދީ 50 އަހަރު ދުވަހަށް ކަމުގައި ބަޔާންކޮށް އެމާއްދާގެ (ނ) ގެ ދަށުން، މުއްދަތު އިތުރުކުރާ ކޮންމެ
އަހަރަކަށް ނަގާނީ USD100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) ކަމުގައި ކަނޑައަޅައި، އެމާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ ފީ ދައްކާނީ އިތުރުކުރެވޭ މުއްދަތަށް ބަހާލުމަށްފަހު އެއަހަރަކަށް ޖެހޭވަރު އެ އަހަރަކު
ދައްކައި ޚަލާޞްކުރާގޮތަށް ކަމުގައި އެމާއްދާގެ (ރ) ގައި ބަޔާންކޮށް، ޙަވާލާދެވުނު ޤާނޫނު 8 ސެޕްޓެމްބަރު
2010 ތާރީޚުގައި ގެޒެޓްކުރެވުމާއެކު އެއިޞްލާޙްގެ މައްޗަށް ބުރަވެ، މުއްދަތު އިތުރުކުރަން އެދުނު
ރިސޯޓުތަކަށް އެ ޤާނޫނުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށް އެއްބަސްވުންތައް އެކުލަވާލެވި ޢަމަލުކުރަން
ފަށާފައިވަނިކޮށް، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 9 ވަނަ
މާއްދާގެ (ބ) ގެ ގޮތުގައި އިތުރުކުރެވުނު މާއްދާއިން ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށްތަކާއި ބިންތަކުގެ
އިތުރުކުރެވޭ މުއްދަތަށް ދައްކަންޖެހޭ ފައިސާ 24 މަސްދުވަސްތެރޭގައި ދެއްކުމަށް ލާޒިމްކޮށް، އެގޮތުގެ މަތީން
ފައިސާ ނުދައްކައިފިނަމަ ކުރިން މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާޠިލްވާނެކަމުގައި އާއި، މުއްދަތު
އިތުރުކުރުމަށްޓަކައި އެއްބަސްވުންތަކުގައި ހިމެނިފައިވާ މާއްދާތައް ބާޠިލުވާނެކަމުގައި އެޤާނޫނުގެ 9 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ ”މާޟީއަށް ޤާނޫނު ތަޠުބީޤް ނުކުރުމުގެ“ މަޞްދައުއާ ޚިލާފަށްކަމަށްވާތީ
އާއި، މުއްދަތު އިތުރުކުރި ކުރުމާ ގުޅިގެން ރިސޯޓު ހިންގާ ފަރާތްތަކުން އެ މާއްދާތަކަށް ބަރޯސާ ކޮށްފައިވާ
ޚަރަދުތަކަކީ ކޮބައިތޯ ބަލައި، އެޚަރަދުތަކަށް ބަދަލު ދިނުމެއްނެތި، އެމުއްދަތު ނިގުޅައިގަނެވޭ ގޮތަށް ޤާނޫނު
ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ)
އާ ޚިލާފަށް ކަމަށްވާތީ އާއި، ދައުލަތާއެކު ވެފައިވާ
ބަދަލުގެނައުމަށްޓަކައި މި ޙާލަތު އުފެއްދީ
ދައުލަތާމެދު އޮންނަ ”އިންޞާފުވެރިކަމާއެކު ޢަމަލުކުރާނެ ކަމުގެ އުއްމީދު، (Legitimate Expectation)
ގެ އުޞޫލާ ޚިލާފަށް ކަމުގައިވާތީ އާއި، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
22
2
2
4
2 ހދ
مل مع هيما ع مراعي
R
ހައިކޯ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 40
ވަނަ މާއްދާގެ (ހ) އިން ލިބިދޭ މުދާ ހޯދުމުގެ ޙައްޤާއި، އެމާއްދާގެ (ށ) ގެ ދަށުން، ބަދަލުދިނުމެއް ނެތި
ނިގުޅައި ނުގަނެވޭނޭކަމަށް ދީފައިވާ ކަށަވަރުކަން ނެތިދާގޮތަށް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) އާ
ޚިލާފަށް ކަމުގައިވާތީ، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން 17 އޭޕްރީލް 2014
ތާރީޚުގައި ހަދާފައިވާ ޤަވާއިދު ނަންބަރު 31-R/2014 (ޤަވާއިދު ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓު
ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ޤަވާއިދު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ
ޤަވާއިދު) ”މާޟީއަށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ“ މަބްދަޢު އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އާއި، 75 ވަނަ މާއްދާއާއި، 268 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ އެޤަވާއިދު އަދި ޤާނޫނުތައް
ބާޠިލުކަމުގައި ކަނޑައަޅުއްވައިދެއްވުން އެދި އެކީޓާސް ކޮންސަލްޓަންޓް އެން.އެލް.ޕީގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
21 4ވ
01- ޤާނޫނު ނަންބަރު 20/2010 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމް އާބެހޭ
ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޓޫރިޒަމްގެ ޤާނޫނުގެ 8 ވަނަ
މާއްދާއަށް ގެނެވުނު އިޞްލާޙްގައި ޓޫރިސްޓް ރިސޯޓް ހެދުމަށް ދޫކުރާ ރަށްތަކާއި، ބިންތައް ޙަވާލުކުރެވޭނީ
މީލާދީ 50 އަހަރު ދުވަހަށް ކަމުގައި ބަޔާންކޮށް އެމާއްދާގެ (ނ) ގެ ދަށުން، މުއްދަތު އިތުރުކުރާ ކޮންމެ
އަހަރަކަށް ނަގާނީ USD100,000.00 (އެއްލައްކަ އެމެރިކާ ޑޮލަރު) ކަމުގައި ކަނޑައަޅައި، އެމާއްދާގެ (ނ)
ގައި ބަޔާންކޮށްފައިވާ ފީ ދައްކާނީ އިތުރުކުރެވޭ މުއްދަތަށް ބަހާލުމަށްފަހު އެއަހަރަކަށް ޖެހޭވަރު އެ އަހަރަކު
ދައްކައި ޚަލާޞްކުރާގޮތަށް ކަމުގައި އެމާއްދާ
.އްދާގެ (ރ) ގައި ބަޔާންކޮށް، ޙަވާލާދެވުނު ޤާނޫނު 8 ސެޕްޓެމްބަރު
2010 ތާރީޚުގައި ގެޒެޓްކުރެވުމާއެކު އެއިޞްލާޙްގެ މައްޗަށް ބުރަވެ، މުއްދަތު އިތުރުކުރަން އެދުނު
ރިސޯޓުތަކަށް އެ ޤާނޫނުގައިވާ ގޮތުގެ މަތީން މުއްދަތު އިތުރުކޮށް އެއްބަސް އެކުލަވާލެވި ޢަމަލުކުރަން
8
: 2
eފަނއ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12
4
4 4ހސާން
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
jp
ecco
cxc
ފަށާފައިވަނިކޮށް، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އިން ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނުގެ 9 ވަނަ
މާއްދާގެ (ބ) ގެ ގޮތުގައި އިތުރުކުރެވުނު މާއްދާއިން ޓޫރިސްޓް ރިސޯޓު ހެދުމަށް ދޫކުރާ ރަށްތަކާއި ބިންތަކުގެ
އިތުރުކުރެވޭ މުއްދަތަށް ދައްކަންޖެހޭ ފައިސާ 24 މަސްދުވަސްތެރޭގައި ދެއްކުމަށް ލާޒިމްކޮށް، އެގޮތުގެ މަތީން
ފައިސާ ނުދައްކައިފިނަމަ ކުރިން މުއްދަތު އިތުރުކޮށްދީފައި އޮތްއޮތުން ބާޠިލްވާނެކަމުގައި އާއި، މުއްދަތު
އިތުރުކުރުމަށްޓަކައި އެއްބަސްވުންތަކުގައި ހިމެނިފައިވާ މާއްދާތައް ބާޠިލުވާނެކަމުގައި އެޤާނޫނުގެ 9 ވަނަ
މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވަނީ ”މާޟީއަށް ޤާނޫނު ތަޠުބީޤް ނުކުރުމުގެ“ މަޞްދައުއާ ޚިލާފަށްކަމަށްވާތީ
އާއި، މުއްދަތު އިތުރުކުރި ކުރުމާ ގުޅިގެން ރިސޯޓު ހިންގާ ފަރާތްތަކުން އެ މާއްދާތަކަށް ބަރޯސާވެ ކޮށްފައިވާ
ޚަރަދުތަކަކީ ކޮބައިތޯ ބަލައި، އެޚަރަދުތަކަށް ބަދަލު ދިނުމެއްނެތި، އެމުއްދަތު ނިގުޅައިގަނެވޭ ގޮތަށް ޤާނޫނު
ފާސްކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ)
އާ ޚިލާފަށް ކަމަށްވާތީ އާއި، ދައުލަތާއެކު ވެފައިވާ ކޮންޓްރެކްޓްތަކަށް ބަދަލުގެނައުމަށްޓަކައި މި ޙާލަތު އުފެއްދީ
ދައުލަތާމެދު އޮންނަ ”އިންޞާފުވެރިކަމާއެކު އަމަލުކުރާނެ ކަމުގެ އުއްމީދު، (Legitimate Expectation)
ގެ އުޞޫލާ ޚިލާފަށް ކަމުގައިވާތީ އާއި، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 40
ވަނަ މާއްދާގެ (ހ) އިން ލިބިދޭ މުދާ ހޯދުމުގެ ޙައްޤާއި، އެމާއްދާގެ (ށ) ގެ ދަށުން، ބަދަލުދިނުމެއް ނެތި
ނިގުޅައި
ޚިލާފަށް ކަމުގައިވާތީ، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން 17 އޭޕްރީލް 2014
ތާރީޚުގައި ހަދާފައިވާ ޤަވާއިދު ނަންބަރު 31-R/2014 (ޤަވާއިދު ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓު
ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ޤަވާއިދު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ
ޤަވާއިދު) ”މާޟީއަށް ޤާނޫނު ތަޠުބީޤު ނުކުރުމުގެ“ މަބްދަޢު އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި އެމާއްދާގެ (ށ) އާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ
(ހ) އާއި، 75 ވަނަ މާއްދާއާއި، 268 ވަނަ މާއްދާއާ ޚިލާފަށްކަމަށްވާތީ އެޤަވާއިދު އަދި ޤާނޫނުތައް
ޓީހ4
މ އ 2
R
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ފަރާތުން
ބާޠިލުކަމުގައި ކަނޑައަޅުއްވައިދެއްވުން އެދި އެކީޓާސް ކޮންސަލްޓަންޓްސް އެލް.އެލް.ޕީގެ
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ccc
02- އެކީޓާސް ކޮންސަލްޓަންޓްސް އެލް.އެލް.ޕީގެ ފަރާތުން ހުށަހެޅި މިމައްސަލައިގެ ދަޢުވާ
ބިނާކުރާ ހަތަރު ސަބަބެއް ފާހަގަކޮށް އެސަބަބުތަކުގެ މައްޗަށް ޝަރީޢަތުގެ މަޖްލިހުގައި ވާހަކަދައްކާފައިވެއެވެ.
އޭގެ ތެރެއިން:-
• ފުރަތަމަ ސަބަބަކީ: ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ މާޟީގެ މައްޗަށް ތަޠްބީޤްކުރެވޭ
ގޮތަށް ފާސްކޮށްފައިވާ ޤާނޫނެއް ކަމަށް ބުނެ ފާހަގަ ކު
ކުރި
ސަބަބެވެ.
• ދެވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ތަންފީޒުކުރަނީ ޤާނޫނުއަސާސީގެ 40
ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.
ތިންވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 75
ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.
ހަތަރުވަނަ ސަބަބަކީ: ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި، ޤަވާއިދު ނަންބަރު 31-R/2014
(ޤަވާއިދު ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް
ޤަވާޢިދު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު) ހަދާފައިވަނީ ޢަދާލަތުގެ އުޞޫލުތަކާ
ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ސަބަބެވެ.
روم می
03- އެކީޓާސް ކޮންސަލްޓަންޓްސް އެލް.އެލް.ޕީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި
މިމައްސަލައިގައި އެފަރާތުން އެދޭގޮތަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނު ނަންބަރު 4/2014
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
(ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމާބެހޭ
ޤާނޫނާއި، އެޤާނޫނުގެ ދަށުން 17 އޭޕްރީލް 2014 ގައި ހަދާފައިވާ ޤަވާއިދު (ނަންބަރު 31-R/2014)
ބާޠިލްކަމުގައި ކަނޑައަޅައިދިނުންކަން އެނގެންއޮވެއެވެ.
އެވެ
04- މާޒީގެ މައްޗަށް ޤާނޫނު ތަތްބީޤު ނުކުރެވޭނެ އުޞޫލު ނުވަތަ (Ex post facto law)
”އެކްސް ޕޯސްޓް ފެކްޓޯ ލޯ] އަކީ މަދަނީ މައްސަލަތަކުގައި ރިޢާޔަތްކުރާ އުޞޫލެއްކަމުގައި ނުވާތީ، ޤާނޫނު
ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނާއި،
ޓޫރިސްޓް ރިޒޯޓް ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރު ކުރުމަށް ފީ ނެގުމާބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙު
ޤަވާއިދަކީ، މާޒީއަށް ޤާނޫނު ތަޠުބީޤް ނުކުރުމުގެ މަބްދަޢު އާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ހ) އާއި، (ށ) އާއި، 16 ވަނަ މާއްދާގެ (ހ) އާއި، 75 ވަނަ މާއްދާ
އާއި، 268 ވަނަ މާއްދާއާ ޚިލާފު ޤާނޫނެއް އަދި ޤަވާއިދެއް ކަމުގައި ނުވާތީ އާއި، އަދި އިންޞާފުވެރިކަމާއެކު
އުއްމީދު ނުވަތަ (Legitimate Expectation) ”ލެޖިޓިމޭޓް އެކްސްޕެކްޓޭޝަން“ގެ
އުޞޫލަކީ ޤާނޫނުތަކަށް ޢަމަލުކުރެވޭ އުޞޫލެއް ކަމުގައި ނުވާތީ، ބުނެވިދިޔަ ޤާނޫނާއި ޤަވާއިދަކީ ބާޠިލް
ޤާނޫނަކާއި ޤަވާއިދެއް ކަމުގައި ކަނޑައަޅާނެ ތަނެއް ނެތް ކަމުގައި ކަނޑައަޅައިދިނުމަށް މިމައްސަލައިގައި
ޖަވާބުދާރިވަމުން ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގެން އޮވެއެވެ.
.މަލުކުރުމު
¢ ¢ ¢3
05- މިމައްސަލައާ ގުޅިގެން ދަޢުވާކުރި ފަރާތުންނާއި ދަޢުވާލިބުނު ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަ ތަކަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
ލިޔެކިޔުންތަކަށާއި، މިމައްސަލައާ ގުޅުންހުރި ޝަރުޢީ ޤާނޫނީ އުޞޫލުތަކަށް ޝަރުޢީ ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތަ
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމާބެހޭ ޤާނޫނު) އަކީ 2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވީ
އަންގާރަ ދުވަހު ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 4 ވަނަ ޚާއްޞަ ޖަލްސާއިން ފާސްކުރުމުން
CO>
އެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގައިވާ ގޮތުގެ މަތީން 2014 ފެބުރުވަރީ 6 ބުރާސްފަތި ދުވަހު
ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުން ޤާނޫނަކަށްވެ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިފައިވާ
ޤާނޫނެއްކަން އެނގެން އޮންނަކަމާއިގެ
ޤަވާއިދު ނަންބަރު 31-R/2014 (ޤަވާއިދު ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓު ކުއްޔަށް
ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ޤަވާއިދު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު)
އަކީ ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4
ވަނަ އިސްލާހު ގެނައުމާބެހޭ ޤާނޫނު) އިން ބާރު ލިބިގެން 17 އޭޕްރީލް 2014 ގައި ހަދާފައިވާ ޤަވާއިދެއްކަން
އެނގެން އޮވެއެވެ.
ce O
(ހ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމާބެހޭ ޤާނޫނަށް ބަލާއިރު، އެޤާނޫނުގެ ދަށުން އިޞްލާޙްގެނެސްފައިވަނީ
ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ރ) އަށް ކަމާއި، އަދި
(ރ)ގެ ފަހަތަށް (ބ) އިތުރުކޮށްފައިވާކަމާއިގެ
އެގޮތުން 9 ވަނަ މާއްދާގެ (ރ) އަށް ގެނެވުނު އިޞްލާޙްގައި ބުނެފައިވަނީ: ”ޤާނޫނު ނަންބަރު
2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން
ފެށުމަށްފަހު، މިމާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި، ބިންބިމުގެ ތެރެއިން،
މިމާއްދާގެ (ނ) ގައި ބަޔާންކުރާ ފީ، އެއްފަހަރާ ދައްކައި ޚަލާޞްކޮށްފައިނުވާ ފަރާތްތަކުން، ޤާނޫނު ނަންބަރު
2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން
ފަށާތާ 24 (ސައުވީސް) މަސްދުވަހުގެ ތެރޭގައި، ކޮންމެ 3 (ތިނެއް) މަހުން އެއްމަހު، އެ 3 (ތިނެއް)
މަހަކަށް ޖެހޭ މިންވަރަށް އެ ފީ ދައްކައި ޚަލާޞްކޮށް ނިންމަން
އަދި 9 ވަނަ މާއްދާއަށް އިތުރުކުރެވުނު (ބ) ގައި ބުނެފައިވަނީ، ”ޤާނޫނު ނަންބަރު 2/99
(ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު،
މިމާއްދާގެ (ށ) ގެ ދަށުން މުއްދަތު އިތުރުކޮށްދީފައިވާ ރަށްރަށާއި، ބިންބިމުގެ ތެރެއިން، މިމާއްދާގެ (ނ) ގައި
ތ ދ 8
4
2
4
2
4
ދެން-ހއ.
R
، ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ބަޔާންކުރާ ފީ، މި މާއްދާގެ (ރ) ގައި ބަޔާންކުރާ ގޮތުގެމަތީން ދައްކައި ޚަލާޞްނުކޮށްފިނަމަ، މިމާއްދާގެ (ށ)
ގެ ދަށުން އެ ރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކޮށްދީފައި އޮތް އޮތުން ބާޠިލުވާނެއެވެ. އަދި
އެޙާލަތު މެދުވެރިވެއްޖެ ހިނދެއްގައި، އެރަށްރަށުގެ ނުވަތަ ބިންބިމުގެ މުއްދަތު އިތުރުކުރުމަށް އެފަރާތްތަކާއި
ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ކަމާގުޅޭ މާއްދާތައް މާއްދާއާ ފުށުއަރާ ނިސްބަތަށް
ބާޠިލުވާނެއެވެ.” މިފަދައިންކަން އެނގެން އޮވެއެވެ.
متر مربع مسرعا
* 2 ހދ.8
އނނށ2ށ
(ނ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ މާޟީގެ މައްޗަށް ތަޠްބީޤްކުރެވޭ ގޮތަށް
ފާސްކޮށްފައިވާ ޤާނޫނެއް ކަމަށް ބުނެ އެޤާނޫނު ބާޠިލުކޮށްދިނުމަށް އެކީޓާސް
އެން.އެލް.ޕީގެ
ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ސަބަބަށް ބަލާއިރު،
ޖިނާއީ ޤާނޫނުތައް ”ރަޖްޢީ،ކޮށް މާޝީއަށް ތަޠުބީޤުނުކުރުމުގެ މަބުދައަކީ ޖިނާއީ ޢަދުލުގެ
ނިޒާމުގައި އިސްތިޤުރާރުވެ ތަފާތު ދީމްޤުރާޠީ ދައުލަތްތަކުގެ ދުސްތޫރުތަކުގައި ކަނޑައެޅިފައިވާ މައްދައެއްކަން
އެނގެން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 23/SC-A/2011 ޤަޟިއްޔާގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 7 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރައްވާ
ބަޔާންކުރައްވާފައިވާކަމާއިގެ
ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު)
އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ ކުށްކުށާއި، ކުށަށް ޖިނާއީ އަދަބު ކަނޑަޅައި ބަޔާންކޮށްފައިވާ
ޤާނޫނެއް ނޫންކަން އެނގޭކަމާއި؛
”އަލަށް ފާސްވާ ޤާނޫނަކީ އަލަށް އެކުލަވާލެވުނު ޤާނޫނަކަށްވިޔަސް ނުވަތަ އިޞްލާޙުކުރެވުނު
ޤާނޫނުކަށްވިޔަސް އެޤާނޫނުގެ ޙުކުމެއް ނުވަތަ އުޞޫލެއްވިޔަސް ވޭތުވެދިޔަ ޒަމާނުގެ މައްޗަށް ނުވަތަ ވޭތުވެދިޔަ
ހާދިސާއެއްގެ މައްޗަކަށް ނުހިންގުމަކީ އެއާމެދު ޚިލާފެއްނެތް ޤާނޫނީ އުޞޫލެއްކަން އެނގޭކަމަށާއި، އިސްތިސްނާ
ގޮތެއްގައިވެސް ވޭތުވެ ދިޔަ ކަމަކަށް ނުވަތަ ވޭތުވެދިޔަ ޒަމާނުގެ ތެރެއަށް އަލަށް ހިންގަންފެށި ޤާނޫނެއްގެ
ޙުކުމް ނުވަތަ އުޞޫލެއްވިޔަސް ހިންގޭނީ އަލަށް ފާސްވި ޤާނޫނުގައި އެގޮތަށް ކަނޑައެޅިގެން
ބަޔާންކޮށްފައިވާނަމަ، ނުވަތަ އެހެން ޤާނޫނަކުންވިޔަސް އެފަދަ އިސްތިސްނާއަކަށް ތަންދޭނަމަކަން އެނގޭ
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ކަމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2008 ޤަޟިއްޔާގެ 08 ވަނަ ނަންބަރުގައި
ބަޔާންކުރައްވާފައިވާކަމާއި،
ވުމާއެކު، މަދަނީ ޤާނޫނެއްގައި އެޤާނޫނު ރަޖްޢީކޮށް މާޟީގެ މައްޗަށް ތަޠުބީޤުކޮށް
ހިންގިދާނެކަމަށް ކަނޑައެޅިގެން ސާފުކޮށް ބަޔާންކޮށްފައިވާނަމަ އެގޮތުގެ މަތީން އެޤާނޫނުގެ ޙުކުމް މާޝިއަށް
ހިންގިދާނެކަމާއި، އެކަމަކީ ޤާނޫނީ އުސޫލުން ބޭރުން ކުރެވޭ ކަމެއްކަމުގައި ނުބެލެވޭނެކަން އެނގޭކަމާއި،
ކަމުން، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ
ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އަކީ މާޟީގެ މައްޗަށް ތަޠްބީޤްކުރެވޭ
ގޮތަށް ފާސްކޮށްފައިވާ ޤާނޫނެއް ކަމަށް ބުނެ އެޤާނޫނު ބާޠިލުކޮށްދިނުމަށް އެކީޓާސް ކޮންސަލްޓަންޓްސް
އެން.އެލް.ޕީގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ސަބަބަކީ ރަގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ
ސަބެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
¢ 0
¢ ހ3 8
އހނސާ2
(ހ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2199 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ތަންފީޒުކުރަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ
(ށ) އާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ދެވަނަ ސަބަބަށް ބަލާ
ބަލާއިރު،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާ
.ގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ،
”މީސްމީހުންގެ މުދަލަކީ ނިގުޅައިގަނެގެންވާނޭ
ތަކެއްޗެއް ނޫނެވެ. ފަހެ، ޢާންމުވެގެންވާ މަންފާއަކަށްޓަކައި،
ޤާނޫނުގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތެއްގެ މަތީން، އަދި އެކަމަށްޓަކައި ކޯޓަކުން ކުރާ ޙުކުމަކުން މެނުވީ
އެއްވެސް މީހެއްގެ މުދަލެއް އެމީހެއްގެ ރުހުންނެތި ދައުލަތަށް ނަގައިގެނެއް ނުވާނެއެވެ. އަދި މީހެއްގެ މުދަލެއް
ދައުލަތަށް ނަގަންވާނީ ކޯޓުން ކަނޑައަޅާ ޢަދުލުވެރި ބަދަލެއް އެ މުދަލެއްގެ ވެރިފަރާތަށް ދިނުމަށްފަހުގައެވެ.“
މިފަދައިންކަމާއިގެ
ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) އަށް
4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ ބައްޞަށްބަލާއިރު، އެޤާނޫނުގެ ދަށުން އެއްވެސް ފަރާތެއްގެ
މުދަލެއް އަތުލާނެކަމަށް ނުވަތަ ނިގުޅައި ގަނެވޭނެކަމަށް ބުނެފައިނުވާކަމާއި، އެޤާނޫނަކީ ދައުލަތުގެ
8 ދީދީ
9
z
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
COCO OU
މިލްކިއްޔާތުގެ ގޮތުގައި ހުރި ރަށްރަށާއި ބިންބިމުގެ ތެރެއިން ޓޫރިޒަމްގެ ބޭނުމަށް ދައުލަތުގެ ފަރާތުން
ދަށުން ދޫކުރެވިފައިވާ ރަށްރަށާއި ބިންބިމާގުޅޭ ގޮތުން ނެގުމަށް ހަމަޖެހިފައިވާ ފީއާ ގުޅޭ
ޤާނޫނެއްކަން އެނގެން އޮންނަކަމާއި، އިސްވެ އިޝާރާތްކުރެވުނު ރަށްރަށާއި ބިންބިމަކީ އެ ރަށްރަށާއި ބިންބިން
އެއްބަސްވުމެއްގެ ދަށުން ދޫކުރެވިފައިވާ ފަރާތްތަކަށް މިލްކޮށްދީފައިވާ ރަށްރަށާއި ބިންބިމެއްނޫންކަމާއި،
އެހެންކަމުން ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ
ތަންފީޒުކުރަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އާ ޚިލާފަށްކަމަށް ބުނެ އެޤާނޫނު ބާޠިލުކޮށްދިނުމަށް
ހުށަހަޅާފައިވާ ދެ ސަބަބަކީވެސް ރަގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ސަބެއްކަމަށް ބެލެވެން
ނެތްކަން އެނގެއެވެ.
ccc
(ނ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ފާސްކޮށްފައިވަނީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ
ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ތިންވަނަ ސަބަބަށް ބަލާއިރު،
ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ”ރައްޔިތުންގެ މަޖިލީހުގެ މެންބަރުން
ޢަމަލުކުރާންވާނީ، ޤައުމީ މަޞްލަޙަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެންނެވެ. އަދި އެއްވެސް
މެންބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްޞަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަޞްލަޙަތެއް
ކުރިއެރުވުމަށް މަޤާމުގެ
ބޭނުންކޮށްގެނެއް ނުވާނެއެވެ. އަދި އެބައިމީހުން، އެބައިމީހުން އިންތިޚާބުވި ދާއިރާތައް
ތަމްސީލުކުރުމުގައި، މުޅި ޤައުމާއި ހުރިހައި ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރިޢާޔަތްކުރާންވާނެއެވެ.
މިފަދައިންކަމާއި، މިމާއްދާގައި ބަޔާންކުރެވިފައި އެވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެބައިމީހުންގެ
މަސައްކަތުގައި ރިޢާޔަތްކުރަންޖެހޭނެ ކަންކަންކަމާއިގެ
ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުއަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނުގެ
ފާސްކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤައުމީ ނުވަތަ ޖަމާޢީ މަޞްލަޙަތަށް އުނިކަން އަންނާނެ
ބީދައަކުން ކޮށްފައިވާކަމެއް ނުވަތަ އެބައިމީހުންގެ ފަރުދީ އަމިއްލަ މަޞްލަޙަތަށް އިސްކަންދީގެން އެފަދަ
މަޞްލަޙަތެއް ޙިމާޔަތްކުރަން ނުވަތަ ޙާޞިލުކުރުމަށް ކޮށްފައިވާކަމެއް ފެންނަން ނެތުމާއެކު، ދިވެހިރާއްޖޭގެ
ޒ 892
އެހިރާއްޖޭގެ
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
ޓޫރިޒަމާބެހޭ ޤާނޫނުއަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުގައި
ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
(ޅ) ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި، ޤަވާއިދު ނަންބަރު 31-R/2014 (ޤަވާއިދު
ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް
ނެގުމާބެހޭ
ޤަވާޢިދު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު) ހަދާފައިވަނީ ޢަދާލަތުގެ އުޞޫލުތަކާ ޚިލާފަށް ކަމަށާއި،
އެގޮތުން އެޤަވާއިދުގެ 8 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވަނީ، ޤާނޫނު ނަންބަރު
4/2014 ގައި ބަޔާންކޮށްފައިވާ ގޮތަށް ފީދައްކައިގެން މުއްދަތު އިތުރުކުރަން ބޭނުންނުވާ ފަރާތްތަކުން 05
މެއި 2014 ގެ ކުރިން ލިޔުމުން އަންގަންވާނެކަމަށާއި، އެފަދަ އެންގުމެއް އެމުއްދަތުގެ ކުރިން އަންގާފައި
ނުވާނަމަ، އެއީ ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މުއްދަތު އިތުރުކުރުމަށް އެއްބަސްވި ކަމުގައި
ބެލެވޭނެކަމަށާއި، އެޤަވާޢިދުގެ 8 ވަނަ މާއްދާގެ (ހ) ގެ ދަށުން މަދަނީ ޒިންމާއެއް އުފެދިގެންދަނީ
ހަނުހުރުމުގެ ސަބަބުން ކަމަށާއި އެއީ ފިޤްހީ ޤަވާއިދެއްކަމުގައިވާ ”ވާހަކަ ނުދައްކާ މީހަކަށް އެއްވެސް
ވާހަކައެއް
އެއް ނިސްބަތެއް ނުކުރެވޭނެއެވެ.“ މިޤާޢިދާއާ ޚިލާފު މާއްދާއެއް ކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބަށް
ބަލާއިރު،
”ވާހަކަ ނުދައްކާ މީހަކަށް ނުވަތަ ހަނުހުރި މީހަކަށް އެއްވެސް ވާހަކައެއް ނިސްބަތެއް
[2للޙ لل هل& ههل“ މިއީ ފިޤްހީ ޤާޢިދާއެއްގެ އެއްބައިކަމާއި، އޭގެ އަނެއްބަޔަކީ
”هللالللل هل ههلل |للހޯދީ هلل“ ”އެހެނެއްކަމަކު ޖަވާބުދާރީވެ ވާހަކަދައްކަންޖެހޭ ފަދަ މަޤާމެއްގައި
ހަނުހުރުމަކީ އެކަމަކަށް ޤަބޫލުވުމެވެ. ކަމާއި، މިދެބަޔަކީ އެކުއެކީގައި ބޭނުންކުރެވޭ ޤަޢިދާއެއްކަމާއި،
އެޤާޢިދާގައި ހިމެނޭ ވާހަކަ ނުދައްކާ މީހަކަށް އެއްވެސް ވާހަކައެއް ނިސްބަތެއް ނުކުރެ
ކުރެވޭނެއެ އޮންނަ
މިބަޔަކީ ވަކިން ޙުއްޖަތެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އުޞޫލެއްނޫންކަން އެނގެން އޮންނަކަމާއި؛
ޓޫރިސްޓް ރިސޯޓް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ޤަވާޢިދުގެ 8 ވަނަ
މާއްދާއަށް ގެނެވިފައިވާ އިޞްލާޙަށް ބަލާއިރު، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު)
ccc etc
37
6 ޅ 2
4
2
4
ނުކުރެވޭނެއެވެ.
ދު
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
3
O CUCC
އަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު)ގެ ދަށުން ކުލީގެ މުއްދަތު އިތުރުކޮށްދެވިފައިވާ ރަށްރަށާއި،
ބިންބިމުގެ ތެރެއިން، ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް 4 ވަނަ އިޞްލާޙް
ގެނައުމުގެ ޤާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތީން ފީދައްކައިގެން މުއްދަތު އިތުރުކުރަން ބޭނުންނުވާ
ފަރާތްތަކުން، 05 މެއި 2014 ގެ ކުރިން ޓޫރިޒަމާބެހޭ މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެކަމަށާއި، އެފަދަ
އެންގުމެއް އެމުއްދަތުގެ ކުރިން އަންގާފައި ނުވާނަމަ، އެއީ ޤާނޫނާއި ގަވާއިދުގައި ކަނޑައަޅައިފައިވާ ގޮތުގެ
މަތިން ފީ ދައްކައިގެން މުއްދަތު އިތުރުކުރުމަށް އެއްބަސްވި ކަމުގައި ބެލެވޭނެކަމަށް ބަޔާންކޮށްފައިވާ ކަމާއި،
އެއްފަރާތުން ހުށަހަޅައި ހުށަހެޅުމެއް އެހުށަހެޅުން ރައްދުވާ ފަރާތުން ޤަބޫލުކުރީ ކަމުގައި ބެލެވޭ
ތަފާތުގޮތްތަކެއް ހުންނަކަމާއި، އެގޮތުން، ސާފު ޢިބާރާތުން ހުށަހެޅުން ޤަބޫލުކުރިކަން ފާޅުކުރުމާއި، ކަމެއް
ކުރުމުން ނުވަތަ ނުކޮށްދޫކޮށްލުމުން ހުށަހެޅުން ޤަބޫލުކުރީ ކަމުގައި ބެލެވޭ ޙާލަތްތައް ހުންނަކަމާއި، މިއިން
އެއްވެސް ގޮތަކީ ޝަރުޢީ ޤާނޫނީ ގޮތުން އިލްތިޒާމެއް އުފެއްދުމަށް ހުއްދަ ނުކުރާ ގޮތެއް ނޫންކަމާއި، އެއީ
ދިވެހިރާއްޖޭގައި ޢުރުފެއްގެ ގޮތުގައި ބެލެވި، ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ ޤާނޫނުތަކާއި، ޤަވާއިދުތަކުގެ
އިތުރުން އިޢުލާންތަކުގައިވެސް ޢަމަލުކުރަމުންދާ ގޮތެއްކަން އެނގެން އޮންނަކަމާއި،
ކަމުން، ޓޫރިސްޓް ރިސޯޓް ކުއްޔަށްދޫކޮށްފައިވާ މުއްދަތު އިތުރުކުރުމަށް ފީ
ޤަވާޢިދަށް ގެނެވުނު ފުރަތަމަ އިޞްލާޙަކީ ޢަދާލަތުގެ ހަމަތަކާ ފުށުއަރާ ނުވަތަ ޝަރުޢީ ޤާނޫނީވިޔަސް
ޤާޢިދާއަކާ ޚިލާފު އިޞްލާޙެއް ކަމުގައި ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ
ޤާނޫނު) އަށް 4 ވަނަ އިސްލާހު ގެނައުމާބެހޭ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން 17 އޭޕްރީލް 2014 ގައި
ހަދާފައިވާ ޤަވާއިދު (ނަންބަރު 31-R/2014) ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކުރާނެ ސަބަބެއް އޮތްކަމަކަށް
މިޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
OCX
2
4
2 ހ3 8
ހހހ2+
ޑ 3
4 ޑ 4
ނ.03ބހ
0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތީން
ހުރުމާއެކު، ޤާނޫނު ނަންބަރު 4/2014 (ޤާނޫނު ނަންބަރު 2/99 (ދިވެހިރާއްޖޭގެ ޓޫރިޒަމްއާބެހޭ ޤާނޫނު) އަށް
RE
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2014/HC-DM/04
1
4 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) އާއި، އެޤާނޫނުގެ ދަށުން 17 އޭޕްރީލް 2014 ތާރީޚުގައި ހަދާފައިވާ
ޤަވާއިދު ނަންބަރު 31-R/2014 (ޤަވާއިދު ނަންބަރު 7-R/2010 (ޓޫރިސްޓް ރިސޯޓު ކުއްޔަށް ދޫކޮށްފަ
ދޫކޮށްފައިވާ
މުއްދަތު އިތުރުކުރުމަށް ފީ ނެގުމާބެހޭ ޤަވާއިދު) އަށް ވަނަ އިޞްލާޙް ގެނައުމުގެ ޤަވާއިދު)
ބާޠިލުކޮށްދިނުމަށް އެކްޓާސް ކޮންސަލްޓަންޓްސް އެލް.އެލް.ޕީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް
ރިޢާޔަތްކޮށް އެޤާނޫނާއި ގަވާއިދު ބާޠިލުކުރާނެ ޝަރުޢީ ޤާނޫނީ ހަމައެއް ނެތްކަމަށް މިޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
9:
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ