• ހޯމް
  • ޤާނޫނާއި ޤަވާއިދު
  • ލޯފާމްތައް
  • ލޯޔަރުން
  • ކޯޓުގެ ލިޔުންތައް
  • ލޮގްއިން

ކޯޓުގެ ލިޔެކިޔުންތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/69 ޤަޟިއްޔާގެ ޙުކުމް

ލިޔުމުގެ ނަންބަރު:
2016/HC-A/69
ޝާއިއުކުރި ތާރީޙު:
‫‫‫06 ސެޕްޓެމްބަރ 2020
ކޯޓުގެ ނަން:
ހައިކޯޓު
ލިޔުމުގެ ބާވަތް:
ޙުކުމް
މި ލިޔުމެއް ޑައުންލޯޑް ކުރޭ
ޕީޑީއެފް ވިއު ޓެކްސްޓް ވިއު

ޞަފްޙާ 1 ރިވިއު ނުކޮސް

l
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 69/HC-A/2016
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް * ދާއިމީ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މާލެ
* އައިޑީކާޑް ނަންބަރު.
* މިހާރުގެ އެޑްރެސް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ކ.މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ( އުނިކުރެވިފައި)
* އައިޑީކާޑު ނަންބަރު: (އުނިކުރެވިފައި)
* ދާއިމީ އެޑްރެސް: (އުނިކުރެވިފައި)
* މިހާރުގެ އެޑްރެސް: (އުނިކުރެވިފައި)
*
1441
• ރަޖިސްޓްރީކުރި ތާރީޚް: 02 ޖުމާދަލްއޫލާ 1437"
11 ފެބުރުވަރީ 2016
ނިމުނު ތާރީޚް: 02 ރަޖަބު
26 ފެބުރުވަރީ 2020
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2015/Jv
-
C/12
ނިންމެވި ކޯޓު ޖުވެނައިލް ކޯޓު
، މައްސަލައިގެ ބާވަތް: ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުން
ހުށަހެޅި ތާރީޚް: 30/04/2015
ނިމުނު ތާރީޚް: 02/11/2015
• މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
8

ޞަފްޙާ 2 ރިވިއު ނުކޮސް

2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
ޚުލާޞާ
މިއީ، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12 ޤަޟިއްޔާގައި (އިސްތިއުނާފް ރައްދުވާ
ފަރާތުގެ ނަމާއި އެޑްރެސް) ގެ ބައި އެކޯޓުން ނިންމާފައިވަނީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް
ބުނެ އެޤަޟިއްޔާގައި ހިމެނޭ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ ބައިގައި ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފުރައްދުވާ ފަރާތަކީ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަމާއި
އެޑްރެސް) އެވެ.
044;
ކ.
4 22
02c
01- އިސްތިއުނާފުކުރެވިފައިވާ ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަމާއި
އެޑްރެސް) އާއި (ކުއްޖާގެ ނަން) އިތުރު ދެމީހަކާއެކު 29 މާރިޗް 2015 ދުވަހުގެ 1:42 އެހައިކަށްހައިއިރު،
ދަފްތަރު ނަންބަރު 74 ނޫރު އާދަމް ޙަސަންފުޅު، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓް
ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލްތަކާ އަރާ ހަމަވި ވަގުތު މިދެމީހުން އިތުރު ދެމީހަކާއެކު ދެ
ސައިކަލެއްގައި
ގޮސް، މި މީހުންގެ ތެރެއިން (ކުއްޖާގެ ނަން)، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު
އަރިކައްޓަށް ތިލައިގައި 08 (އަށެއް އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީއާއި މި ޙަމަލާ ދިން
ވަގުތު (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ސައިކަލުގައި މަޑުކޮށްގެން އިނުމަށްފަހު، ހަމަލާ ދިނުމުން
މިއެންމެން އެކުގައި އެސަރަހައްދުން ގޮސްފައިވާތީއާއި މިހަމަލާގެ ސަބަބުން ނޫރު އާދަމް ޙަސަންފުޅަށް ލިބުނު
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖެ

ޞަފްޙާ 3 ރިވިއު ނުކޮސް

3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
އަނިޔާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށް 29 މާރިޗް 2015 ވަނަ
ދުވަހުގެ 13:20 އެހައިކަށްހައިއިރު، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވާތީ ޤާނޫނު ނަންބަރު 17/2010
(ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނު) ގެ 05 ވަނަ
މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން (ކުއްޖާގެ ނަން) ގެ މައްޗަށް ތޫނު އެއްޗެއް
ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި،
އެޤާނޫނުގެ 05 ވަނަ މާއްދާގެ (ބ) އާ
ޙަވާލާދީ އެމާއްދާގެ (ޅ) ގެ ދަށުން އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ތޫނު އެއްޗެއް
ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާކުރުމުން ބަލާފައިވާ
ޤަޟިއްޔާއެއްކަމާއި،
32
2
2x
2 ބ
ބޭނުންކޮށްގެން
އެޤަޟިއްޔާގެ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ ބައިގައި ޙުކުމް ކޮށްފައިވަނީ، އެ
މައްސަލައިގައި ދަޢުވާލިބޭ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ މައްޗަށް ދައުލަތުން ހުށަހެޅި ތޫނު އެއްޗެއް
ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއަށް (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) އިންކާރު ކޮށްފައިވާތީއާއި، ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކި ޤަރީނާތަކަށް ބެލިއިރު،
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)، ތޫނު އެއްޗަކުން މީހަކަށް ޙަމަލާ ދިނުމަށް އެއްވެސް މަސައްކަތެއް
ކޮށްފައިވާކަން ނުވަތަ އެކަމުގައި ބައިވެރިވުމުގެ ގޮތުން އެއްވެސް ޢަމަލެއް ކުރަނިކޮށް ނުވަތަ ޢަމަލެއް ހިންގުމަށް
މަގުފަހިކޮށްދިނުމަށް ވިޔަސް އެހީތެރިވެދީ ނުވަތަ މުވާސަލާތުކޮށް ކުށްކުރި ފަރާތް ފޮރުވުމަށް ނުވަތަ ކުށްކުރުމަށް
ފަސޭހަކޮށްދިނުމަށް ނުވަތަ އެނޫން ގޮތަކަށްވެސް މިޢަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާކަން
ހުށަހެޅިފައިވާ ޝަފަހީ ހެކީގެ ތެރެއިން އެއްވެސް ހެއްކެއްގެ ކިބައިން އެނގެން ނެތުމާއި ހުށަހެޅިފައިވާ
އެއްވެސް ޤާރީނާއަކުން އެކަމަށް ބާރުދޭ ކާފީ ޙުއްޖަތެއް ދައުލަތަށް ދެއްކިފައިނުވާކަމަށްޓަކައި، ދައުލަތުން،
ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ
ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން)ގެ މައްޗަށް ކޮށްފައިވާ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޤުއްޖޭގެ
2 22 22
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 4 ރިވިއު ނުކޮސް

4
2016/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައިވާ ކުށް ސާބިތުކުރުމުގެ މިންގަނޑުކަމަށްވާ، އެކަށީގެންވާ
ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް ކަނޑައަޅައިކަން އެނގެއެވެ.
02- ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12 ޤަޟިއްޔާގައި (އިސްތިއުނާފް ރައްދުވާ
ފަރާތުގެ ނަން)ގެ ބައިގައި ޙުކުމް ކޮށްފައިވަނީ ޝަރުއީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ
އެޤަޟިއްޔާގައި ހިމެނޭ އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ ބައި އިސްތިއުނާފުކުރުމަށް ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 3 (ތިނެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާ ގުޅޭ ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހެޅި:-
3
(ހ) ފުރަތަމަ ނުކުތާއަކީ: ޤާނޫނުނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި
ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އަށް ރިއާޔަތް ނުކޮށް މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ދެވަނަ ނުކުތާއަކީ: (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) މިޢަމަލު ހިންގުމުގައި
އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާކަން ހުށަހެޅިފައިވާ ޝަފަހީ ހެކީގެ ތެރެއިން އެއްވެސް ހެއްކެއްގެ
ހެކިބަހުން އެނގެން ނެތްކަމަށް ބަޔާންކޮށް މައްސަލަ ސާބިތުނުވާކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި
ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ: (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) މިޢަމަލުގައި ބައިވެރިވުމުގެ
ގޮތުން އެއްވެސް ޢަމަލެއް ކޮށްފައިނުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
03- ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެޤަޟިއްޔާގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ ބައިގައި ނިންމާފައިވާ ނިންމުގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 5 ރިވިއު ނުކޮސް

5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
22
22
2 ދ ތ
ކުރުމަށް
އިސްތިއުނާފުކުރު ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާގުޅޭ ގޮތުން
އިސްތިއުނާފު ކުރާފަރާތާއި، އިސްތިއުނާފުރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ވިސްނައި ބެލިއިރު، މިމައްސަލަ ނިންމަން ފެންނަ ގޮތާ މެދު މިޤަޟިއްޔާ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައި ދެ ރައުޔެއްގެ މައްޗަށް ވަނީ ޚިޔާލު ތަފާތު ވެފައެވެ. އެދެ ރައުޔާއި އަދި
އެދެރައުޔު ބިނާކޮށްފައިވާ ސަބަބުތައް ތިރީގައި ބަޔާންކޮށްފައި އެވަނީއެވެ.
0
އަޤެއްލިއްޔާ ރައުޔު: (ފަނޑިޔާރު ޢަލީ ސަމީރުގެ ރައުޔާއި އެރައުޔު ބިނާކޮށްފައިވާ ސަބަބުތައް)
ގެ 05
(ހ) ފުރަތަމަ ކަމަކީ: (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް) މައްޗަށް ދަޢުވާ
އުފުލާފައިވަނީ ޤާނޫނު ނަންބަރު 17/2010 ( ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން
މަނާކުރުމުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 41/2014)
ވަނަ މާއްދާގެ (ބ) އާއި ޙަވާލާދީ އެ މާއްދާގެ (ޅ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަސްދުގައި
މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާކަން އެނގެން އޮންނަކަމާއި، މިމައްސަލައިގައި ދައުލަތުގެ ފަރާތުން
ދަށުކޯޓަށް ހުށަހަޅާފައިވާ ދަޢުވާގެ ސީޕޯއަށް ބަލާއިރު، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ މައްޗަށް މި
ދަޢުވާ ދައުލަތުގެ ފަރާތުން އުފުލި ސަބަބަކީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން
ބުރުޒުމަގުގައި ޕާކްކޮށްފައިހުރި ސައިކަލުތަކާއި ދަފްތަރު ނަންބަރު 074/ މާލެ، ނޫރު އާދަމް ޙަސަންފުޅު، އަރާ
ހަމަވި ވަގުތު ދެ ސައިކަލެއްގައި ގޮސް އެމީހުންގެ ތެރެއިން (ކުއްޖާގެ ނަން) ނޫރު އާދަމް ޙަސަންފުޅުގެ
ވާތްފަރާތު އަރިކައްޓަށް ތިލައިގައި 08 (އަށެއް) އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީއާއި އެޙަމަލާ
ދިން ވަގުތު (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ސައިކަލުގައި މަޑުކޮށްގެން އިނުމަށްފަހު ހަމަލާދިނުމުން
މިއެންމެން އެކުގައި އެސަރަހައްދުން ގޮސްފައިވާތީ އަދި ބުނެވުނު މިހަމަލާގެ ސަބަބުން ނޫރު އާދަމް ޙަސަންފުޅަށް
ލިބުނު އަނިޔާއަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް 29 މާރިޗް 2015 ވަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 6 ރިވިއު ނުކޮސް

6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{16/HC-A/69
ދުވަހުގެ 13:20 އެހައިކަށްހައިއިރު، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވާތީ، ނޫރު އާދަމް ޙަސަންފުޅަށް މި
ޙަމަލާދީ މަރާލުމުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިވެފައިވާ ކަމަށް ބެލެވޭތީކަމަށް ބުނެކަން
އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ: ދައުލަތުގެ ފަރާތުން އުފުލާފައިވާ ދަޢުވާގައި ޙަވާލާދީފައިވާ ޤާނޫނު
ނަންބަރު 17/2010 ( ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)
އަށް 1 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު 41/2014) ގެ 05 ވަނަ މާއްދާގެ (ބ) އަށް
ބަލާއިރު އެމާއްދާގައި ބުނަނީ "އެމާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ
އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް ސިފައެއްގައި ބައިވެރި ވުމަކީ ކުށެކެވެ." މިފަދައިންނެވެ.
މިހެންކަމުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް އުފުލިފައިވާ ކުށުގެ ތުހުމަތުކަމުގައިވާ ނޫރު
އާދަމް ޙަސަންފުޅު މަރާލުމުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިވިކަން ޤާނޫނު އަސާސީގެ 51
ވަނަ މާއްދާގެ (އ) ގައި ބުނާ އެކަށީގެންވާ މިންގަނޑުން ދައުލަތުން ސާބިތުކޮށްދޭންޖެހޭކަން
އެނގޭކަމާއި، މީގެ އިތުރުން ޖިނާއީ ކުށް ސާބިތުކުރުމުގައި، ކުށުގެ މާއްދީ ރުކުން ސާބިތުކުރުމުގެ އިތުރަށް
ކުށުގެ މަޢުނަވީ ރުކުނާއި، ކުށުގެ ޢަމަލުން ފުރިހަމަ ނަތީޖާއާއި ތުހުމަތު ކުރެވޭ ފަރާތާއި އޮތް ގުޅުންވެސް
އެނގޭކަމެވެ.
ހއ 02
2
ޝައްކެއްނެތެ
2
7
2
0
2 ހ ބ
ومع مرور مه ما مس ورسره
(ނ) ތިންވަނަ ކަމަކީ: މިމައްސަލައިގައި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އަދި
ހުށަހެޅި ހެކި ތަކުން ދައުލަތުގެ ފަރާތުން ސާބިތުކޮށްދިނުމަށް ބޭނުންވީ އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)،
ނޫރު އާދަމް ޙަސަން ފުޅު މަރާލުމުގައި ބައިވެރިވެފައިވާކަމެވެ. މިގޮތުން މި ޙާދިސާ ހިނގި ގޮތް ކަމަށް
ދައުލަތުގެ ފަރާތުން ބުނާ ގޮތަކީ، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން
ބުރުޒުމަގުގައި ޕާކްކޮށްފައިހުރި ސައިކަލުތަކާއި ދަފްތަރު ނަންބަރު 074/ މާލެ، ނޫރު އާދަމް ޙަސަންފުޅު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 7 ރިވިއު ނުކޮސް

2{16/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހަމަވި ވަގުތު ދެ ސައިކަލެއްގައި ގޮސް އެމީހުންގެ ތެރެއިން (ކުއްޖާގެ ނަން) ، ނޫރު އާދަމް ޙަސަންފުޅުގެ ވާތް
ފަރާތު އަރިކައްޓަށް ތިލައިގައި 08 (އަށެއް) އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދިނުމެވެ. އަދި އެ
ޙަމަލާގައި ނޫރު އާދަމް ޙަސަން ފުޅު ނިޔާވުމެވެ. މި ޙަމަލާދިން އިރު އެތަނުން އެއް ސައިކަލުގެ ފަހަތުގައި
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ވެސް އިންކަމަށާއި އަދި މި ސައިކަލުތައް އައީ އެކުއެކީގައި ކަމަށްވާތީއާއި
ޙަމަލާދިނުމަށްފަހު ސައިކަލުތައް އެކުއެކީގައި ގޮސްފައިވާތީ މިއީ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) މި
ޙަމަލާ ދިނުމުގައި ބައިވެރިވެފައިވާކަން ދަލީލުކުރާކަމެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވާކަން އެނގޭކަމެވެ.
87
OLC
(ރ) ހަތަރުވަނަ ކަމަކީ: (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ މައްޗަށް ތުހުމަތު ކުރެވުނު
ކުށް އޭނާ ކުރިކަމަށް ދައުލަތުގެ ފަރާތުން ސާބިތުކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަސްތަކުގެ މައްޗަށް ބެލުމުން،
ނޫރު އާދަމް ޙަސަން ފުޅަށް ޙަމަލާދީފައިވަނީ ސައިކަލްތަކެއްގައި އަދި ގުރޫޕަކުންކަމާއި ޙާދިސާ ހިނގިތަނަށް
ދިޔައީ ޖީ.އެން ސައިކަލަކާއި އެއަރ ބްލޭކް ސައިކަލެއްކަމާއި، ނޫރު އާދަމް ޙަސަން ފުޅަށް ޙަމަލާދިނީ ޖީ.އެން.
ސައިކަލުގެ ފަހަތުގައި އިން (ކުއްޖާގެ ނަން) ކަމާއި، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އިނީ އެއަރ
ބްލޭޑް ސައިކަލުގެ ފަހަތުގައިކަން އެނގޭކަމާއި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބުނެވުނު އެއަރ ބްލޭޑް
ސައިކަލުގެ ފަހަތުގައި އިން އިނުން ފިޔަވައި އިތުރު އެހެންޢަމަލެއް ކުރިކަން ހެކިންގެ ހެކިބަހުން
އެނގެންނެތްއިރު ސައިކަލުގައި އިން އިނުމުގެ އިތުރަށް މި ޢަމަލު ހިންގުމުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) ބައިވެރިވާގޮތެއް އަދި ކުރިޢަމަލެއް ދައްކާ އެކަމުގެ މައްޗަށް އެކި ޤަރީނާ ދައުލަތުގެ ފަރާތުން
ހުށަހަޅައިގެން މެނުވީ ޤާނޫނު އަސާސީގައި އެބުނާ މިންގަނޑުން މި ދަޢުވާ (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) ގެ މައްޗަށް ސާބިތުވާން އޮތްކަމަށް ބެލެވެންނެތްކަމެވެ.
+
(ބ) ފަސްވަނަ ކަމަކީ: ކުށެއްގެ ޙާދިސާ ހިނގާތަނެއްގައި މީހަކު ހަމައެކަނި އިންނައިނުމަކީ
ޢާންމު އުސޫލެއްގެ ގޮތުން އެކުށުގެ ޒިންމާ އެމީހަކު އުފުލަން އެކަށީގެންވާ ސަބަބެއް ކަމުގައި ނުވިނަމަވެސް،
އެޙާދިސާ ހިނގާތަނުގައި އެމީހާ އިނުމަކީ އެކުށްކުރާ އަސްލު މީހާއަށް ހިތްވަރު ނުވަތަ އެހީތެރިވެދިނުމަށް އިންނަ
އިނުމެއް ކަމުގައިވާނަމަ، އަދި އެމީހާ އެތަނުގައި އިނީ ކުށްކުރާ މީހާއަށް އެހީތެރިވެދިނުމުގެ ނުވަތަ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 8 ރިވިއު ނުކޮސް

8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
ދިނުމުގެ ނިޔަތް އޮވެގެންކަމަށް ބެލެވޭނަމަ އެކުށުގެ ހާދިސާ ހިނގާތަނުގައި އިންނަ މީހަކީ އެކުށުގެ ބައިވެރިއެއް
ކަމުގައި ބެލެވޭނެކަމަށް މި މައްސަލައިގައި އަޣުލަބިއްޔަތު ރައުޔުގައި ފާހަގަކުރައްވާފައި އޮންނަ އޮތުމަށް ތާއީދު
ކުރެވޭކަމާއި، މިގޮތުން ކުށެއް ކުރަމުންދާއިރު މީހަކު އާދޭތޯ ބަލަން ފާރައަށް ހުރުން، ކުށުގެ ޢަމަލު ހިންގާނެ
ގޮތުގެ ޕްލޭން ހެދުމުގައި ބައިވެރިވުން، ޙަމަލާދޭން ބޭނުންވާ މީހާ ހިފެހެއްޓުން، މަގު ބެއްދުން ނުވަތަ
މިނޫންވެސް ކުށްކުރާ މީހާއަށް އެހީތެރިވެދޭފަދަ ނުވަތަ ހިތްވަރު ދޭފަދަ އެހެންކަމެއްގައިޢަމަލީ ގޮތުން
ބައިވެރިވެފައިވާނަމަ އެފަދަ މީހަކީ ކުށްކުރުމުގައި ބައިވެރިވި މީހެއްކަމަށް ބެލެވިދާނެކަމާއި އެހެންނަމަވެސް މި
ޙާދިސާގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އެ ސައިކަލެއްގެ ފަހަތުގައި
އިންސައިކަލަކާއި އެއްކޮށް ދުއްވަމުން ދިޔަ އެހެން ސައިކަލެއްގެ ފަހަތުގައި އިން މީހަކު ދިން ޙަމަލާއެއްގެ
ސަބަބުން ނޫރު އާދަމް ޙަސަން ފުޅު ނިޔާވުމަކީ ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދިނުމުގައި (އިސްތިއުނާފް
ރައްދުވާ ފަރާތުގެ ނަން) ބައިވެރިވީކަމުގައި ބެލެވޭފަދަ ހަރުދަނާ ޙުއްޖަތެއްކަމުގައި ބެލެވެން
4
44
0
02 އ
ބެލެވެންނެތްކަމަށް
މިހެންކަމުން މި މައްސަލައިގައި އަހުރެންގެ ރައުޔަކީ، ޤާނޫނު ނަންބަރު 17/2010
(ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ބ) އާ ޙަވާލާދީ، އެ މާއްދާގެ (ޅ) ގެ ދަށުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ކޮށްފައިވާ
މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ
(އ) ގައިވާ ކުށް ސާބިތުކުރުމުގެ މިންގަނޑުކަމަށްވާ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާކަމަށް
ކަނޑައަޅައި ދަށުކޯޓުން ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަ
ކަމަށެވެ.
0
• އަޣުލަބިއްޔަތު ރައުޔު: ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމާއި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔާއި
އެރައުޔު ބިނާކޮށްފައިވާ ސަބަބުތައް
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން ބޮޑު މީހެއްކަމުގައި ބަލާ އުމުރަކީ މީލާދީ
ގޮތުން 18 (އަށާރަ) އަހަރުވުން ކަމާއި، 18 (އަށާރަ) އަހަރު ނުވާ މީހުންނަކީ ކުޑަކުދިން ކަމުގައި ބެލެ
ހަޢީކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 9 ރިވިއު ނުކޮސް

9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
ކަމާއި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ގޮތުން އެކުލަވާލާފައިވާ، ކުޑަކުދިންގެ ޙައްޤުތައް
ރައްކާތެރިކުރުމާ ބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 9/91) ގެ 29 ވަނަ މާއްދާގައި، ޤާނޫނުގެ ދަށުން ކުޑަކުއްޖެއް
ކަމުގައި ބެލެވޭ ކުއްޖަކު، އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ކުށެއްކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި
ހިނދެއްގައި، އޭނާއަކީ މުކައްލަފަކަށްވާ ނަމަ، އެ ކަމެއްގެ ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު އުފުލުން
އޭނާގެ މައްޗަށް ލާޒިމްވާނެ ކަމާއި، ބުނެވިދިޔަ އުސޫލުގެ ދަށުން ޝަރުޢީ ނުވަތަ ޤާނޫނީ މަސްއޫލިއްޔަތު
އުފުލަންޖެހޭ ކުދިންގެ މައްސަލަތައް ބަލައި، ތަޙްޤީޤުކޮށް، އިންސާފުކޮށް، އަދަބު ދޭންޖެހޭ ކަންކަމުގައި އަދަބު
ދޭނީ، އެ ޤާނޫނުގެ 9 ވަނަ މާއްދާގެ ދަށުން ޤާއިމްކުރެވޭ ނިޒާމުގެ ތެރެއިންކަމަށް ބަޔާންކޮށްފައި ވާއިރު، ބޮޑެތި
މީހުންނާ ޚިލާފަށް ކުޑަކުދިންނަކީ އެކުދިން ކުރާ ޖިނާއީ ކުށްތަކުގައި ޖިނާއީ ޢަދުލުގެ ޚާއްޞަ ނިޒާމެއްގެ ދަށުން
އަދަބު ދެވޭ ބައެއް ކަމާއި، މި ގޮތުން ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގައި ޢަމަލުކުރާނެ ގޮތް ބަޔާންކޮށް
އެކުލަވާލާފައިވާ "ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އިންޞާފުކޮށް އަދަބު ދިނުމުގައި
ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 2 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންނަކީ މީލާދީ ގޮތުން 18 (އަށާރަ)
އަހަރު ފުރިފައި ނުވާ ކުދިންކަމަށް ބަޔާންކޮށް، އެކުދިން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރާއި ކުށްތަކާއި
އެކުށްތަކަށް އަދަބު ކަނޑައަޅާނެ ގޮތްތައް ބަޔާންކޮށްފައިވާ ކަމާއި އަދި އެ ޤަވާޢިދުގެ 5 ވަނަ މާއްދާގެ (ށ)
ގައި، ކުއްޖާގެ ޢުމުރުން 10 (ދިހައެއް) އަހަރު ފުރުނީއްސުރެ 15 (ފަނަރަ) އަހަރު ފުރިހަމަވުމާ ހަމައަށް،
ކުށުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ކުށްތަކެއް ބަޔާންކޮށްފައިވާ ކަމާއި، އެއީ ޤަޞްދުގައި މީހުން މެރުމާއި،
މަރާބެހޭ އެހެނިހެން މައްސަލަތަކާއި، މިފަދަ ކަމެއްގައި ބައިވެރިވުމުގެ ކުށްކަން އެނގޭއިރު،
މި މައްސަލައިގެ އިސްތިއުނާފުރައްދުވާ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އުފަންވެފައިވަނީ
04 އޭޕްރީލް 1997ގައި ކަމާއި، މި މައްސަލައިގެ ޙާދިސާ ހިނގީ 29 މާރިޗް 2015 ވަނަ ދުވަހުގައި ކަމާއި،
އެހެންކަމުން މި މައްސަލައިގެ ޙާދިސާ ހިނގިއިރު، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ އުމުރަކީ މީލާދީ
ގޮތުން 17 (އަށާރަ) އަހަރާއި 11 (އެގާރަ) މަހާއި 25 (ފަންސަވީސް) ދުވަސް ކަން އެނގެން އޮތުމުން
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އަކީ އޭނާކުރާ ޖިނާއީ ކުށުގެ މަސްއޫލިއްޔަތު ޝަރުޢީ އަދި ގާނޫނީ ފައި
ouc
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 10 ރިވިއު ނުކޮސް

10
2016/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3xތ
ގޮތުން އުފުލަންޖެހޭ އުމުރުގެ ކުއްޖެއްކަން އިސްވެ ބަޔާންކުރެވިދިޔަ ޤާނޫނާއި ޤަވާޢިދުގެ އަލީގައި ބެލުމުން
އެނގޭކަމާއި، އަދި މިއުމުރުގެ ކުޑަކުދިން ކުރާ ޖިނާއީ ކުށްތަކުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސްޕީރިއަރ
ކޯޓުގެ ދަރަޖައިގައި ޤާއިމްކުރެވިފައިވާ ޖުވެނައިލް ކޯޓަށް ލިބިގެންވާކަން އެނގެއެވެ.
/
OXO
(ނ) ދެވަނަ ކަމަކީ އިސްތިއުނާފު ކުރެވިފައި މިވާ ޖުވެނައިލް ކޯޓުގެ ޤަޟިއްޔާގައި ދައުލަތުގެ
ފަރާތުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ
އެމާއްދާގެ (ޅ) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ
ދަޢުވާކޮށްފައިވާ ކަމާއި، އެ ދަޢުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ، އޭނާ އިތުރު ބަޔަކާއެކު، 29 މާރިޗް 2015
ދުވަހުގެ 1:42 އެހައިކަންހައިއިރު، ދަފްތަރު ނަންބަރު 074/ މާލެ، ނޫރު އާދަމް ޙަސަންފުޅު، އިންދިރާގާންދީ
މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން ބުރުޒުމަގުގައި ޕާކްކޮށްފައިހުރި ސައިކަލުތަކާ އަރާ ހަމަވި
ވަގުތު ދެ ސައިކަލެއްގައި ގޮސް، އެމީހުންގެ ތެރެއިން (ކުއްޖާގެ ނަން)، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު
އަރިކައްޓަށް ތިލައިގައި 08 (އަށެއް) އިންޗި ހުންނަ ވަރުގެ ވަޅިއަކުން ހަމަލާދީފައިވާތީއާއި އެޙަމަލާ ދިން ވަގުތު
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ސައިކަލުގައި މަޑުކޮށްގެން އިނުމަށްފަހު، ހަމަލާދިނުމުން މިއެންމެން
އެކުގައި އެސަރަހައްދުން ގޮސްފައިވާތީއާއި މިހަމަލާގެ ސަބަބުން ނޫރު އާދަމް ޙަސަންފުޅަށް ލިބުނު އަނިޔާއަށް
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދަނިކޮށް 29 މާރިޗް 2015 ވަނަ ދުވަހުގެ 03:20
އެހައިކަށްހައިއިރު، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވާތީ، ނޫރު އާދަމް ޙަސަންފުޅަށް މި ޙަމަލާދީ މަރާލުމުގައި
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިވެފައިވާ ކަމަށް ބެލެވޭތީކަން އެދަޢުވާގެ ޞިޝާއަށް ބެލުމުން
އެނގެއެވެ.
(ނ) ތިންވަނަ ކަމަކީ: މި މައްސަލައިގައި ދައުލަތުގެ ފަރާތުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން)ގެ މައްޗަށް ހުށަހެޅި ދަޢުވާއަށް ޝަރީޢަތުގެ މަޖިލީހުގައި އިންކާރުކުރުމުން އެދަޢުވާ ސާބިތުކުރުމަށްޓެއްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 11 ރިވިއު ނުކޮސް

11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
ޑި
ދައުލަތުގެ ފަރާތުން ޝަފަހީ 08 (އަށެއް) ހެއްކާއި ކިތާބީ ހެކި ހުށަހަޅާފައިވާ ކަމާއި، އެހެކިންގެ ތެރެއިން
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރެވުނު ހެކިން ދީފައިވާ ހެކިބަހުގެ މައްޗަށް ބަލާއިރު،
ސިއްރުހެކި (ފޯލިއޯ ނަންބަރު 11) ގެ ބަޔާނުގައި، 29 މާރިޗް 2015 ދުވަހުގެ 1:40
އެހައިކަށްހައިއިރު އައި.ޖީ.އެމް ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި އޭނާ ހުއްޓާ އެތަނަށް އެއަރބްލޭޑް
ސައިކަލަކާއި ޖީއެން ސައިކަލަކާ ދެސައިކަލް އައި ކަމަށާއި އެތަނުން އެއަރ ބްލޭޑް ސައިކަލުގެ ފަހަތުގައި
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އިން ކަމަށާއި، އެތަނުން އެއަރބްލޭޑް ސައިކަލް ތަންކޮޅެއް ކުރިއަށް
ގޮސް މަޑުކޮށްގެން ތިއްބާ ފަހަތުން ޖީއެންސައިކަލް ގޮސް ނޫރު އާދަމް ޙަސަންފުޅާ އަރާހަމަކުރުމަށްފަހު،
އެސައިކަލްގެ ފަހަތުގައި (ކުއްޖާގެ ނަން) އިދެފައި ސައިކަލުން ފުންމާލަމުން އޭނާގެ ކަނާތުން ނޫރު އާދަމް
ޙަސަންފުޅުގެ ވާތްފަޅީގެ އަރިކައްޓަށް ވަޅި ޖެހިކަމަށާއި (ކުއްޖާގެ ނަން) ވަޅިޖެހުމަށްފަހު، ދުވެފައިގޮސް
ޖީއެންސައިކަލުގެ ފަހަތަށް އެރުމުން އެދެސައިކަލުވެސް އެކުއެކީގަ ކަހަލަ ގޮތަކަށް އެތަނުން ދިޔައީ ކަމަށާއި،
އެއަރބްލޭޑް ސައިކަލް ދުއްވަންއިނީ ވަނަމަކަށް (ވަނަން ކިޔާ ކުއްޖެއް ކަމަށް ބުނެފައިވާ ކަމާއި،
ސިއްރު ހެކި، ފޯލިއޯ ނަންބަރު (7} ވެސް އިސްވެ ބަޔާންވެދިޔަ ސިއްރުހެކި (ފޯލިއޯ ނަންބަރު
71) ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދީފައިވާފަދައިން، 29 މާރިޗް 2015 ދުވަހުގެ 1:40
އެހައިކަށްހައިއިރު އައި.ޖީ.އެމް ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ނޫރު އާދަމް ޙަސަންފުޅަށް
ވަޅިއަކުން ހަމަލާދީފައިވަނީ އެއަރބްލޭޑް ސައިކަލަކާއި ޖީއެންސައިކަލަކާ ދެސައިކަލް އައި މީހުންގެ ތެރެއިން
ޖީއެން ސައިކަލުގެ ފަހަތުގައި އިން (ކުއްޖާގެ ނަން) ކަމަށާއި، އެދެސައިކަލް އެކުއެކީގަ ކަހަލަ ގޮތަކަށް އެތަނަށް
ގޮސް (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)އިން އެއަރބްލޭޑް ސައިކަލް ތަންކޮޅެއް ކުރިއަށް ގޮސް މަޑުކޮށްގެން
ތިބިކަމަށާއި، އަދި (ކުއްޖާގެ ނަން) ވަޅިޖެހުމަށްފަހު، ދުވެފައިގޮސް ޖީއެންސައިކަލުގެ ފަހަތަށް (ކުއްޖާގެ ނަން)
އެރުމުން އެދެސައިކަލު ދުއްވާފައި ދިޔައީކަމަށް ބުނެ ހެކިބަސް ދީފައިވާ ކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 12 ރިވިއު ނުކޮސް

12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
ނޭނގޭކަމަށާއި، އޭނާއަށް ފެނިފައިވަނީ ޖީއެންސައިކަލަކާއި އެއަރމްޑް ސައިކަލެއް "ވިސްޓާ" ކަންމަރީނާގެ ޚައި
ސިއްރު ހެކި (ފޯލިއޯ ނަންބަރު 67) ގެ ބަޔާނުގައި، މިހާދިސާ ހިނގިތަން ރަނގަޅަށް
ފެނިފައިވާ ކަމަށާއި، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އަދި (ކުއްޖާގެ ނަން) ދަންނަކަމަށާއި، ނޫރު އާދަމް
ޙަސަންފުޅު އައި.ޖީ.އެމް.ހޮސްޕިޓަލުގެ އެމަޖެންސީ ގޭޓްކުރިމަތިން ބުރުޒުމަގުގެ ބަންޕަރު ކައިރީގައި
ހުއްޓިގެންހުއްޓާ ދެ ސައިކަލް އެކުއެކީގަ ކަހަލަގޮތަކަށް ގޮސް ފުރަތަމަ ސައިކަލް ކުރިއަށް ދަމުން ދެވަނަ
ސައިކަލުގައި އިން (ކުއްޖާގެ ނަން) ކަނާތުން ނޫރު އާދަމް ޙަސަންފުޅުގެ އަރިކައްޓަށް ވަޅިޖެހިތަން ދުށްކަމަށާއި
އަދި އެއަށްފަހު ދެސައިކަލް ވަކިހިސާބަކަށް ގޮސް ހުއްޓިގެން ބަލަންތިބެފައި ދިޔައީކަމަށް ބުނެފައިވާ ކަމާއި،
ސިއްރުހެކި (ފޯލިއޯ ނަންބަރު 69) ގެ ބަޔާނުގައި، 29 މާރިޗް 2015 ދުވަހުގެ 1:40
އެހައިކަށްހައިއިރު އޭނާ އައި.ޖީ.އެމް. ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ހިނގި ހާދިސާ އޭނާއަށް
ފެނިފައިވާ ކަމަށާއި، އޭނާ އެސް.ޓީ.އޯ. ބޭސް ފިހާރައިގެ ދޮރުން ނުކުތް ވަގުތު ދެސައިކަލެއްގައި 4 (ހަތަރެއް)
މީހުން އެތަނަށް ގޮސް، ޖީއެންސައިކަލުގެ ފަހަތުގައި އިން މީހާ ވަޅިން ނޫރަށް ހަމަލާދީފައިވާ ކަމަށާއި، ނޫރުގެ
ގަޔަށް ވަޅި ޖަހާފައިހުރީ އޭނާގެ ވައަތްފަރާތު އަރިކައްޓަށް ކަމަށާއި، ނޫރުގެ އަތުން ކޮންމެވެސް ގޮތަކަށް ވަޅުޖެހި
މީހާ ބުރުވާލާފައި އެމަޖެންސީ ރޫމް ދޮރުން އެތެރެއަށް ވަދެ ސެކިއުރިޓީ ޕޮލިހުން ތިބޭ ތަނުގެ ދޮރުމައްޗަށް ނޫރު
ވެއްޓިގޮސް ޖެހުނީކަމަށާއި، މިމައްސަލައިގައި ހިމެނޭ ދެކުދިންގެ ތެރެއިން ކުއްޖެއްގެ މޫނު ފާހަގަކުރެވޭ ވަރަށް
ފެނިފައިނުވާ ކަމަށާއި، ނޫރު ގަޔަށް ވަޅި ޖެހުމަށްފަހު އެދެސައިކަލުގައި އައިމީހުން އެކުއެކީގަ ދިޔައީ ކަމަށް
ބުނެފައިވާ ކަމާއި،
ސިއްރުހެކި (ފޯލިއޯ ނަންބަރު 65 ގެ ބަޔާނުގައި، 29 މާރިޗް 2015 ދުވަހުގެ 1:42
އެހައިކަށްހައިއިރު، އައި.ޖީ.އެމް. ހޮސްޕިޓަލުގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ހިނގާ ޙާދިސާ އޭނާއަށް
ފެނިފައިވާ ކަމަށާއި، އައި.ޖީ.އެމް.ހޮސްޕިޓަލް ކައިރިން ދެސައިކަލެއް ހަރަކާތްތެރިވިތަނާއި އަދި އެމީހުން
މަޑުކޮށްލައިގެން ތިބިތަން ދުށް ކަމަށާއި، އެމީހުން މަޑުކުރުމަށްފަހު، ހިނގި ކަންތައްތައް ފެނިފައިނުވާ ކަމަށާއި،
މިމައްސަލައިގެ ޝަރީޢަތުގެ މަޖިލީހުގައި ތިބި ދެކުދިންގެ ތެރެއިން ކުއްޖަކު ސައިކަލެއްގައި އިންކަމެއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 13 ރިވިއު ނުކޮސް

13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
ޖ0
x9
04
މޮޑީ ތނގ
ތިބިތަންކަމަށާއި، އައި.ޖީ.އެމް.ހޮސްޕިޓަލް ކައިރިން ހިނގި މަރަކީ އެސައިކަލްތަކުގައި އައި ބަޔަކު
ހިންގި ހާދިސާއެއްކަމުގެ މަޢުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށް ބުނެފައިވާ ކަމާއި،
ސިއްރުހެކި ފޯލިއޯ ނަންބަރު 64) ގެ ބަޔާނުގައި، މިމައްސަލައިގެ ޝަރީޢަތުގެ މަޖްލީހުގައި
ތިބި ދެކުދިން ދަންނަކަމަށާއި 29 މާރިޗް 2015 ދުވަހުގެ 1:42 އެހައިކަށްހައިއިރު، އޭނާ އައި.ޖީ.އެމް.
ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ޙާދިސާއެއް ހިނގިތަން އޭނާއަށް ފެނިފައިނުވާ ކަމަށާއި، އެރޭ
ތަންކޮޅެއް ކުރިން ދެފަހަރެއްގެ މަތިން ބުރުޒުމަގުން އެއަރބްލޭކް ސައިކަލަކާއި ޖީއެން ސައިކަލެއްގައި މިދެމީހުން
(ޝަރީޢަތުގެ މަޖްލީހުގައި ތިބި) ފެނިފައިވާ ކަމަށާއި، އޭގެ ތެރެއިން ޖީއެންސައިކަލުގެ ފަހަތުގައި އިނީ
މިދެކުދިންގެ ތެރެއިން ކާކުކަން ފާހަގަ ކުރެވިފައިނުވާ ކަމަށާއި، މިދެސައިކަލް ފުރަތަމަ ފެނުނީ އެރޭގެ 11:45
އެހައިކަންހާއިރު، މާފަންނު ޗެރީބެލްއާގެ ކައިރިން ކަމަށާއި، އެއިރު އެތަނުގައި ހައެއްކަ މީހުން މަޑުކޮށްގެން ތިބި
ކަމަށާއި، ދެވަނަ ފަހަރަށް އެމީހުން ފެނިފައިވަނީ 1:25 އެހައިކަށްހައިއިރު، ބުރުޒުމަގު "ވިސްޓާ" ކަންމަތިން
ކަމަށާއި، ވަކީލުގެ ވާތްފަރާތުގައި އިން ކުއްޖާ އެތަނުން އެއްސައިކަލުގައި އިން ކަމަށާއި، އޭގެ ފަހުން ނޫރު
އާދަމް ޙަސަންފުޅަށް ވަޅިން ހަމަލާދީ މަރާލާފައިވަނީ ޖީއެންސައިކަލުގައާއި އެއަރބްލަޑް ސައިކަލުގައި ދިޔަ
ބައެއްކަން އެނގިފައިވާ ކަމަށާއި، ވަކީލުގެ ވާތްފަރާތުގައި އިން ކުއްޖާގެ މޫނު ފެނިފައިވާ ކަމަށާއި، އެދެސައިކަލު
ޗެރީބެލްއާގެއާއި ވިސްޓާ ކައިރިން ފެނުނުއިރު، އެސައިކަލްގައި ތިބި މީހުން ފެނިފައިވާކަމަށް ބުނެފައިވާ ކަމާއި،
ސިއްރުހެކި ފޯލިއޯ ނަންބަރު 61 ގެ ބަޔާނުގައި، 29 މާރިޗް 2015 ދުވަހުގެ 1:42
އެހައިކަށްހައިއިރު އައި.ޖީ.އެމް.ހޮސްޕިޓަލުގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ޙާދިސާއެއް ހިނގިކަން
އެނގޭކަމަށާއި، އެހާދިސާ ހިނގިއިރު، އޭނާ ހުރީ އައި.ޖީ.އެމް.އެޗްގެ އެމަޖެންސީ ގޭޓް ކުރިމަތީގައި އޮންނަ
އައިމަގުގައި ކަމަށާއި، މީހަކު ހަޅޭއްލަވައިގަތް އަޑުއިވުމުން އައިމަގުން މައްޗަށް އަރައި އެތާގައިހުންނަ ޕޮލިސް
ޕޯސްޓް ކުރިމައްޗަށް ދިޔައިރު، ވަޅިހަރާފައި އޮތް މީހަކު ފެނުނު ކަމަށާއި ދެން އެމީހާ އެމަޖެންސީ ރޫމަށް
ވެއްދުމަށްޓަކައި އެހީތެރިވި ކަމަށާއި، އެމީހާގެ ގަޔަށް ވަޅި ހެރީ ކޮން ބައެއްކަން ނޭނގޭކަމަށާއި، ނަމަވެސް،
އައިމަގުން މައްޗަށް އެރުމަށް ސިޑިދަށުގައި ހުއްޓުނު ވަގުތު ދެ ސައިކަލެއްގައި ހަތަރު މީހުން ނައްޓާލަނިކޮށް، ހި
ބައެ+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 14 ރިވިއު ނުކޮސް

14
2016HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 042
49
ދުއްކަމަށާއި އެއީ ކޮން ބައެއްކަން ނޭނގުނު ނަމަވެސް އެތަނުން އެކަކު ދުވެފައިގޮސް ޖީއެންސައިކަލުގެ ފަހަތަށް
އެރިކަމަށާއި ދެން އިން ސައިކަލު ފާހަގަ ކުރަން ނޭނގޭކަމަށާއި، އޭނާ ދޮރާއި އަރާ ހަމަވިއިރު، ވަޅި ހެރުނު
މީހާ ހޭނެތިގެން މަޑުމަޑުން ތިރިއަށް ވެއްޓެމުން ދިޔަކަމަށާއި އެމީހާ އެމަޖެންސީ ރޫމަށް ވެއްދީ ވީލް ޗެއަރ
އަކަށްލައިގެންކަމަށާއި، އަނިޔާ ލިބުނު މީހާގެ ގަޔަށް އަރާފައިހުރި ވަޅި އެމީހާ ވީލްޗެއަރއަށް ލާން އުޅުމުގެ
ތެރޭގައި އަމިއްލައަށް ވެއްޓުނީކަމަށް ބުނެފައިވާ ކަމާއި،
ސިއްރުހެކި (ފޯލިއޯ ނަންބަރު 62) ގެ ބަޔާނުގައި، 29 މާރިޗް 2015 ދުވަހުގެ 1:42
އެހައިކަށްހައިއިރު އައި.ޖީ.އެމް.ހޮސްޕިޓަލްގެ އެމަޖެންސީ ގޭޓުގެ ކުރިމަތީގައި ޙާދިސާއެއް ހިނގިކަން
އެނގޭކަމަށާއި، އެހާދިސާ ހިނގިއިރު، އޭނާ ހުރީ އައި.ޖީ.އެމް. ހޮސްޕިޓަލުގެ އެމަޖެންސީ ގޭޓް ކުރިމަތީގައި
އޮންނަ އައިމަގުގައި ސިގިރޭޓެއް ބޯން ކަމަށާއި، އެވަގުތު ބޭރުމަގުގައި އަޑު ގަދަވުމުން އެމަގުން މައްޗަށް
އެރިވަގުތު ދެސައިކަލެއްގައި ހަތަރު މީހުން ދިޔަތަން ފެނުނު ކަމަށާއި އެތާނގައި ހިނގައި އުޅެނީ ކޮންކަމެއް ކަން
ނޭނގެނީ އެސަރަހައްދުން ދިޔަމީހުންނަށް ސަމާލުކަމެއް ދެވިފައިނުވާތީ ކަމަށާއި، އެވަގުތު އެމަޖެންސީ ގޭޓް
ކުރިމަތީގައި މީހުން އެއްވެފައި އޮތުމުން އެތަނަށް ދިޔައިރު، މީހެއްގެ ގަޔަށް ވަޅި ހަރާފައި އޮތްކަމަށާއި، އެމީހާ
ވެއްޓިފައި އޮތްއިރު، ވަޅި ޖަހާފައިހުރީ އެމީހާގެ ވާތްފަރާތު އަރިމަތީގައި ކަމަށާއި އެމީހާ ވީލްޗެއަރގައި
އެމަޖެންސީ ރޫމަށް ވެއްދުމަށް އޭނާ އެހީތެރިވިކަމަށާއި، އެމީހާ ވީލްޗެއަރއަށް ލީ ވަގުތު ވަޅި ވެއްޓުނު ކަމަށާއި،
ސައިކަލުގައި ދިޔަ މީހުންނަށް މާބޮޑު ސަމާލުކަމެއް ދެވިފައިނުވިނަމަވެސް ފަހަތުން ދިޔައީ ޖީއެންސައިކަލެއް
ކަމަށާއި އަދި އެސައިކަލުގެ ފަހަތަށް ދުވެފައިގޮސް އެރީ އަތްދިގު އަލިކުލައިގެ އެއްޗެއް ލާފައިހުރި މީހެއްކަމަށް
ބުނެފައިވާކަން އެނގެން އޮންނަ
ނެނަކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ: ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި
ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) ގައި ވަނީ، އެ މާއްދާގެ (ހ) އާއި
(ށ) ގައި ބަޔާންކޮށްފައިވާ ކުށް ކުރަން އުޅުމަކީ، ނުވަތަ އެ ކުށް ކުރުމުގައި އެހީތެރިވެދިނުމަކީ ނުވަތަ އެއްވެސް
ސިފައެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ. އަދި އެ މާއްދާގެ (ޅ) ގައި، އެކުށުގެ އަދަބަކީ، 15
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 15 ރިވިއު ނުކޮސް

15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
Oxo
އަހަރާއި 25 (ފަންސަވީސް) އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ކަމަށް ބަޔާންކޮށްފައިވެއެވެ. އިސްވެ
ބުނެވުނު 5 ވަނަމާއްދާގެ (ހ) ގައި، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޙައްޤަކާ
ނުލައި މީހަކު މަރައިފިނަމަ ޤަޞްދުގައި މީހަކު ކުރުމުގެ ކުށުން އެމީހަކު ކުށްވެރިވާނެ ކަމަށް ބަޔާންކޮށްފައިވާ
ކަމާއި، އަދި އެމާއްދާގެ (ނ) ގައި، އެމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން ޙައްޤަކާ ނުލައި މީހަކު މަރާލުމުގައި
އެކަކަށްވުރެ ގިނަ މީހުން ޢަމަލީ ގޮތުން ބައިވެރިވެއްޖެނަމަ އެހުރިހާ އެންމެން ޙައްޤަކާ ނުލައި ޤަޞްދުގައި
މީހަކު މެރުމުގެ ކުށުން ކުށްވެރިވާނެ ކަމަށް ބަޔާންކޮށްފައިވާކަން އެނގޭކަމާއި،
މި މައްސަލައިގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ދަޢުވާކޮށްފައިވާ،
ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ
ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އަކީ "ކުށް" ބަޔާންކުރާ އަކުރު ކަމާއި، އަދި އެ މާއްދާގެ (ޅ) އަކީ އެ
ކުށަށް ކަނޑައެޅޭނެ އަދަބު ބަޔާންކުރާ އަކުރުކަން އެނގޭކަމާއި، މި މައްސަލައިގައި ނޫރު އާދަމް ޙަސަން ފުޅަށް
ހަމަލާދީ މަރާލާފައިވަނީ ގިނަބަޔަކު ބައިވެރިވެގެން ތޫނު އެއްޗެއް ބޭނުންކޮށްގެންކަން ދައުލަތުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބެލުމުން އެނގޭއިރު،
މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އަކީ ނޫރު އާދަމް ޙަސަންފުޅަށް ސީދާ
ޙަމަލާދިން މީހާ (އަޞްލު ފާޢިލު) ނޫންކަމާއި އޭނާއަކީ އެޙަމަލާދިން މީހާއާ ބައިވެރިވި ފަރާތެއްކަމަށް ދައުލަތުގެ
ފަރާތުން ބުނާކަމާއި، ޖިނާއީ ކުށުގެ އަޞްލު ޢަމަލު ހިންގި މީހާ މީހުންގެ އިތުރުން އެކުށުގެ ޢަމަލުގައި ބައިވެރިވި
މީހުން ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ ޙާލަތްތަކެއްވާ ކަމާއި، ކުށެއް ކުރުމަށް ރޭވުމާއި، (ސީދާ ގޮތުން
ނުވަތަ ނުސީދާ ގޮތުން ކުށެއް ކުރުމަށް ހިތްވަރު ދިނުމާއި، އެހީތެރިވެދިނުމާއި، ދެމީހަކު ނުވަތަ އެއަށްވުރެގިނަ
ބައެއްގެ މެދުގައި އެއްބަސްވުމެއް ނުވަތަ އެއް މަޤްޞަދެއް އޮތްކަން ދޭހަވުމަކީ، ކުށެއްގައި ބައިވެރިވުންކަމަށް
ބެލެވޭނެ ޙާލަތްތަކެއް ކަމާއި، އެކަކަށްވުރެ ގިނަ މީހުން/ބަޔަކު ބައިވެރިވެގެން ކުރާކުށްތަކުގައި، އެކުށުގެ ޢަމަލު
ކުރުމުގައި އެކި މީހުން އެކިގޮތަށް، އެކި މިންވަރަށް އަދި އެކި ޢަމަލު ކުރާގޮތަށް (އެއްބަސްވުމެއް ނުވަތަ ރޭވުން)
އޮވެދާނެ ކަމާއި، ކުށެއްގެ ޙާދިސާ ހިނގާތަނެއްގައި މީހަކު ހަމައެކަނި އިންނައިނުމަކީ ޢާންމު އުސޫލެއްގެ ގޮތު ޚަނީ
،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv
.

ޞަފްޙާ 16 ރިވިއު ނުކޮސް

16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
2c22
u OX
43
އެކުށުގެ ޒިންމާ އެމީހަކު އުފުލަން އެކަށީގެންވާ ސަބަބެއް ކަމުގައި ނުވިނަމަވެސް، ޙާދިސާއާގުޅޭ މައުލޫމާތު
އެނގިހުރެ އެހާދިސާ ހިނގާތަނުގައި އަސްލުކުށުގެ ޢަމަލު ހިންގާ މީހާއަށް ހިތްވަރު ނުވަތަ އެހީތެރިވެދިނުމަށް
ޤަޞްދު އޮވެގެން އެކުށުގެ
އެކުށުގެ ހާދިސާ ހިނގާތަނުގައި އިންނަ މީހަކީ އެކުށުގެ ޒިންމާ އުފުލަންޖެހޭނެ މީހެއް ކަމުގައި
ބެލެވޭނެ ކަމާއި، އެހާލަތުގައި އެމީހާ އެތަނުގައި އިންނައިނުމަކީ ކުށެއްގެ ހާދިސާ ހިނގާތަނެއްގައި އެޢަމަލު ހިންގި
މީހާއަށް އެހީތެރިކަމެއް ފޯރުކޮށްދޭންޖެހިއްޖެ ޙާލަތެއްގައި އެފަދަ އެހީތެރިކަމެއް ފޯރުކޮށް ދިނުމުގެ ގޮތުން ނުވަތަ
އަސްލު ޢަމަލު ހިންގާ ފަރާތަށް ދިމާވެދާނެ ނުރައްކަލަކުން އެފަރާތް ސަލާމަތްކޮށްދިނުމަށް ނުވަތަ ފިލުމަށް
އެހީތެރިވުމުގެ ގޮތުން އިންނައިނުމެއް ކަމުގައި ބެލެވޭނެކަމާއި، މިހާލަތުގައި އޭނާގެ ޢަމަލަކީ އެކުށުގެ ބައިވެރިން
ރާވާފައިވާ ގޮތުގެމަތިން އެޙާދިސާ ހިނގާތަނަށް ގޮސް އިންނައިނުން ކަމާއި، އަޞްލު ޢަމަލު ހިންގާފަރާތަށް
އެޢަމަލު ހިންގުމަށް ހުރަހެއް، ނުވަތަ އެފަރާތަށް ނުރައްކަލެއް، ދިމާ ނުވާނަމަ އެޙާދިސާ ހިނގާ ތަނުގައި އިންނަ
މީހާގެ ސީދާ ޢަމަލެއް ފާޅުނުވުމަކީ އެކަށީގެންވާ ކަމެއްކަމަށް ޤަބޫލުކުރެވޭއިރު،
ދައުލަތުގެ ފަރާތުން ހުށަހެޅި އިސްވެ ބަޔާންކޮށްފައިވާ ސިއްރު ހެކިން މިމައްސަލައިގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ހެކިބަހުގެ މައްޗަށް ބަލައި ރިޢާޔަތްކުރާއިރު، 29 މާރިޗް 2015 ދުވަހުގެ
1:42 އެހައިކަންހައިއިރު، ނޫރު އާދަމް ޙަސަންފުޅު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު
ކުރިމަތިން ބުރުޒު މަގުގައި ޕާކްކޮށްފައިވާ ސައިކަލުތަކާ އަރާ ހަމަވި ވަގުތު، ޖީއެން ސައިކަލަކާއި އެއަރ ބްލޭޑް
ސައިކަލެއް އެކުއެކީގަ ކަހަލަ ގޮތަކަށް އެމަގުން ދަމުން، އެއިގެ ތެރެއިން ޖީއެން ސައިކަލުގެ ފަހަތުގައި އިން
މީހާ ((ކުއްޖާގެ ނަން)، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު އަރިކައްޓަށް ވަޅިއަކުން ހަމަލާދިން ކަމާއި
އެޙަމާލާދިން މީހާ އެތަނަށް ދިޔަ ޖީއެންސައިކަލާ އެކުއެކީގަ ކަހަލަ ގޮތަކަށް އެތަނަށް ދިޔަ އެއަރބްލޭޑް
ސައިކަލުގެ ފަހަތުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އިން ކަމާއި، އެއަރބްލޭޑް ސައިކަލު މަޑު
އިން ޖީއެން ސައިކަލަށްވުރެ ކުރީގައި ކަމާއި، ޖީއެން ސައިކަލުގެ ފަހަތުގައި އިން މީހާ ނޫރު އާދަމް
ޙަސަން ފުޅަށް ހަމަލާދިނުމަށްފަހު އެދެ ސައިކަލު އެކުއެކީގައި ދުއްވާފައި އެސަރަހައްދުން ދިޔަ ކަމާއި، އަދި އެދެ
ސައިކަލާއި އެސައިކަލުގައި އެވަގުތު ތިބި މީހުން އެޙާދިސާ ހިނގުމުގެ ކުރިން އެރޭ މ.ޗެރީބެލްއާގެ އާއި މިޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 17 ރިވިއު ނުކޮސް

17
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
ކަންމަތިން ފެނިފައިވާކަން އެނގެން އޮތަތީ، ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާ ދީފައިވަނީ، އެދެސައިކަލުގައި
އައިމީހުން ކުރިން ރާވާފައިވާ ގޮތުގެމަތިން ހިންގާފައިވާ ޢަމަލެއްކަމުގައި ބެލެވޭތީ، އެތަނުގައި (އިސްތިއުނާފް
ރައްދުވާ ފަރާތުގެ ނަން އިންއިނުމަކީ ރާވައިގެން އެކުށުގެ ޢަމަލު ހިންގިމީހާއަށް އެހީތެރިކަމެއް ބޭނުންވެއްޖެ
ހިނދެއްގައި އެހީތެރިވެދިނުމުގެ ގޮތުން ނުވަތަ އެޢަމަލު ހިންގުމުގެ ތެރޭގައި އޭނާ (ހަމަލާދިން މީހާ) އަށް
ނުރައްކަލެއް ކުރިމަތިވެއްޖެ ޙާލަތެއްގައި އެކަމުން އޭނާ ސަލާމަތްކޮށްދިނުމަށް ނުވަތަ ފިލުމަށް އެހީތެރިވުމުގެ
ގޮތުން އިންއިނުމެއް ކަމުގައި ނޫނީ ބެލެވެން ނެތުމުން މި މައްސަލައިގައި ނޫރު އާދަމް ޙަސަން ފުޅަށް ޙަމަލާ
ދިނުމުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިވުން އޮތްކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތިން ބަލަންޖެހޭ ކަމާއި،
އެހެންކަމުން މިމައްސަލަ ދަށު ކޯޓުން ނިންމިއިރު، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)
ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުމަށް އެއްވެސް މަސައްކަތެއް ކޮށްފައިވާކަން ނުވަތަ އެކަމުގައި ބައިވެރިވުމުގެ
ގޮތުން އެއްވެސް ޢަމަލެއް ކުރަނިކޮށް ނުވަތަ ޢަމަލެއް ހިންގުމަށް މަގު ފަހިކޮށްދިނުމަށް އެހީތެރިވެދީ ނުވަތަ
މުއާޞަލާތުކޮށް ކުށްކުރި ފަރާތް ފޮރުވުމަށް ނުވަތަ ކުށްކުރުމަށް ފަސޭހަކޮށްދިނުމަށް ނުވަތަ އެނޫން ގޮތަކަށްވެސް
މިޢަމަލުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާކަން ހުށަހެޅިފައިވާ ޝަފަހީ ހެކީގެ ތެރެއިން އެއްވެސް
ހެކިބަހުން އެނގެން ނެތްކަމާއި އަދި ހުށަހެޅިފައިވާ އެއްވެސް ޤަރީނާއަކުން އެކަމަށް ބާރުދޭ ކާފީ
ހުއްޖަތެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ދަށު ކޯޓުގެ ޤަޟިއްޔާ ނިމުނު ރިޕޯޓުގައި ބަޔާންކޮށް އެކުށުގެ
ޢަމަލުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިވެފައިނުވާކަމަށް ނިންމާފައިވަނީ އިސްވެ ބަޔާންވެދިޔަ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ގިނަބަޔަކު ބައިވެރިވެގެން ރާވައިގެން ހިންގާ މިފަދަ ޖިނާއީ ކުށުގެ
ޢަމަލުގެ ބައިވެރިން ކަނޑައެޅުމުގައި އިސްތިޤްރާރުވެ ޢަމަލުކުރަމުން ގެންދާ އުސޫލާ އެއްގޮތަށްނޫންކަން
2 02 04
އެނގޭކަމެވެ.
ޑިހިރާއްޖޭގެ ކި
ޢަޢީޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 18 ރިވިއު ނުކޮސް

18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
(ބ) ފަސްވަނަ ކަމަކީ، މި މައްސަލައިގައި ނޫރު އާދަމް ޙަސަންފުޅަށް ހަމަލާދީފައިވަނީ "ތޫނު
އެއްޗެއް ބޭނުންކޮށްގެން" ކަމަށް (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި
ދަޢުވާގައި ބަޔާންކޮށްފައިވާއިރު، މިމައްސަލައިގައި ބޭނުންކޮށްފައިވާ ތޫނު އެއްޗަކީ، ތިލައިގައި 08 (އަށެއް)
އިންޗި ހުންނަ ވަރުގެ ވަޅިއެއްކަމާއި އެވަޅި ޖަހާފައިހުރީ ނޫރު އާދަމް ޙަސަންފުޅުގެ ވައަތު އަރިކަށި މައްޗަށްކަން
އެޙާދިސާ ހިނގިތަން ދުށް ހެކިންގެ ހެކި ބަހުންނާއި އަދި ނޫރު އާދަމް ޙަސަންފުޅަށް ދީފައިވާ ޙަމަލާގައި އޭނާ
ޒަޚަމްވެފައިވަނިކޮށް އައި.ޖީ.އެމް.އެޗް.ގެ އެމަޖެންސީ ރޫމަށް އޭނާ ވެއްދުމުގައި އެހީތެރިވެދިން ހެކިންގެ
ހެކިބަހުންނާއި ސީން އޮފް ކްރައިމް އިންވެސޯޓިގޭޝަން ރިޕޯޓުންނާއި އަދި އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮތުމުގެ އިތުރުން ނޫރު އާދަމް ޙަސަންފުޅަށް
ލިބުނު އަނިޔާއަށް ފަރުވާކުރި އައި.ޖީ.އެމް.އެޗް.ގެ ޑޮކްޓަރުންގެ ބަހުންނާއި އަދި ނޫރު އާދަމް ޙަސަންފުޅުގެ މެޑިކޯ
ލީގަލް ރިޕޯޓުންނާއި، މަރު ސާބިތުކުރި ލިޔުމަށް ބަލާއިރު، ނޫރު އާދަމް ޙަސަންފުޅުގެ ވާތްފަރާތު އަރިކަށީގައިވާ
ޒަޚަމަކީ ތޫނު އެއްޗަކުން ލިބިފައިވާ ޒަޚަމެއް ކަމަށް ބަޔާންކޮށްފައިވާއިރު، ތޫނު އެއްޗެހީގެ މާނައިގެ ތެރޭގައި
"އެއްވެސް ބާވަތެއްގެ ވަޅިއެއް ހިމެނޭކަން ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 29 ވަނަ މާއްދާ (އެޤާނޫނަށް އިސްލާޙު
ގެނެވުމުގެ ކުރިން 10 ވަނަ މާއްދާ) ގެ (ރ) ގެ 1 ވަނަ ނަންބަރަށް ބެލުމުން އެނގެން އޮތުމުން
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) މައްޗަށް ދައުލަތުގެ ފަރާތުންކޮށްފައިވާ ދަޢުވާގައި
ބަޔާންކޮށްފައިވާފަދައިން، ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދިނުމުގައި "ތޫނު އެއްޗެއް!ވަޅިއެއް"
ބޭނުންކޮށްފައިވާކަން ސާބިތުވާ ކަމާއި،
Il
ގެ
ޢާންމު އުޞޫލުން ޖިނާއީ ކުށުގެ ޒިންމާ މީހަކު އުފުލަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅޭނީ
އެކުށުގައި ފުރިހަމަވާންޖެހޭ ދެރުކުން ކަމުގައިވާ މާއްދީރުކުނާއި މަޢުނަވީރުކުން ފުރިހަމަވެގެން ކަމާއި،
މިރުކުންތަކުގެ ތެރެއިން މަޢުނަވީ ރުކުނަކީ ޤާޠިލުގެ ނިޔަތްގަސްތުއޮތުން ކަމާއި، ޤާޠިލް ކުޅަ ޢަމަލަކީ އެމީހާ
މަރާލުމުގެ ނިޔަތުގައި ކުރި ޢަމަލެއްކަން ދެނެގަތުމަށް އިސްލާމީ ޝަރީޢަތުގައާއި އަދި ޖިނާއީ ޤާނޫނުތަޤުޤީގެ ގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 19 ރިވިއު ނުކޮސް

19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
ވެސް ކަނޑައަޅައި އިސްތިޤްރާރުވެފައިވާ ގޮތަކީ، އެ މީހާ މަރާލުމަށް ބޭނުންކުރި ވަސީލަތާއި އެޢަމަލު ހިންގުމަށް
ރޭވިރޭވުމާއި، ޙަމަލާ އަމާޒުކޮށްފައިވާ ތަނާއި އަދި ޙަމަލާދީފައިވާ ގޮތަށް ބެލުން ކަމާއި، ގަސްތު ނުވަތަ ނިޔަތަކީ
ފޮރުވިފައިވާ އެއްޗަކަށްވެފައި، ނިޔަތް ދެނެގަނެވޭނީ ބޭރުފުށުން ފެންނަންހުރި ޙަޤީޤަތްތަކުން ކަމަށްވާއިރު، ނޫރު
އާދަމް ޙަސަންފުޅަށް ޙަމަލާދީފައިވަނީ އޭނާގެ އަރިކަށިން ހިތާއި ދިމާލަށް ކަމާއި، އެ ޙަމަލާގެ ސަބަބުން ހިތުން
ހަށިގަނޑަށް ލޭ ފޮނުވައިދޭ މުހިންމު ނާރަކަށް ގެއްލުން ލިބިފައިވާ ކަމާއި، އަދި އެޙަމަލާދީފައިވަނީ މީހަކު
މަރާލެވިދާފަދަ ތޫނު ހަތިޔާރަކުން ކަމާއި، އެހަތިޔާރަކީ ކުށްކުރި މީހާގެ ނިޔަތުގެ ބޭރުފުށުގެ ސިފަކަމަށްވުމާއެކު،
އެހާލަތުގައި އެހެންގޮތަކަށް ސާބިތުނުވާހައި ހިނދަކު، އެޙަމަލާދީފައިވަނީ މަރާލުމުގެ ގަސްތު އޮވެގެންކަމަށް
ބަލަންޖެހޭކަމުން މި މައްސަލައިގައި 29 މާރިޗް 2015 ދުވަހުގެ 1:42 އެހައިކަންހައިއިރު، ދަފްތަރު ނަންބަރު
074/މާލެ، ނޫރު އާދަމް ޙަސަންފުޅު، އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ އިމަޖެންސީ ގޭޓު ކުރިމަތިން
ބުރުޒުމަގުގައި ޕާކްކޮށްފައިހުރި ސައިކަލުތަކާ އަރާ ހަމަވި ވަގުތު ދެ ސައިކަލެއްގައި ގޮސް، އެތަނުން އެކަކު
ތިލައިގައި 08 (އަށެއް) އިންޗި ހުންނަވަރުގެ ވަޅިއަކުން ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދިނުމުގައި
ބޭނުންކޮށްފައިވާ ވަޞީލަތަށާއި، އޭނާގެ ހަށިގަނޑަށް ޙަމަލާދީފައިވާ ތަނަށާއި އަދި އެޙަމަލާދިނުމުގައި
ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރާއިރު، ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދީފައިވަނީ އޭނާ މަރާލުމުގެ ގަސްތު
އޮވެގެން ކަމަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލަންޖެހޭ ކަމާއި، އެކަމުގައި ބައިވެރިވާ މީހާގެ
ނިޔަތަކީ އެކުށްކުރާ އަސްލު މީހާއާ ބައިވެރިވުމުގެ ނިޔަތް!ގަސްދު އޮތުން ކަމާއި، އޭނާ އަސްލު ފާޢިލްއާ
ބައިވެރިވުމުގެ ނިޔަތް އޮތްކަން މައްސަލައިގެ ވަޤާއިޢުތަކާއި ދަލީލުތަކުން ޝަރީޢަތަށް ސާބިތުކޮށްދޭންޖެހޭނެ
ކަމާއި، އެގޮތުން މިމައްސަލައިގެ ހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު، ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދިން
މީހާ އިން ސައިކަލަށްވުރެ ކުރީގައި ނުވަތަ އެކުއެކީގަ ކަހަލަ ގޮތަކަށް އެމަގުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) އިން ސައިކަލް ދިޔަ ކަމާއި، އަދި އެމަގުގެ ކުޑަތަންކޮޅެއް ކުރީގައި އެސައިކަލް މަޑުކުރި ކަމާއި ނޫރު
އާދަމް ޙަސަން ފުޅަށް ހަމަލާދިން މީހާ ޖީއެންސައިކަލަށް އެރުމުން އެސައިކަލް ދުއްވާލުމުން (އިސްތިއުނާފް
ރައްދުވާ ފަރާތުގެ ނަން) އިން ސައިކަލްވެސް އެސައިކަލާއެކުއެކީގަ ދުއްވާފައި އެތަނުން ދިޔަކަން އެނގޭއިރު
ޚަޠީވޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 20 ރިވިއު ނުކޮސް

20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
އެފަދަ ނުރައްކާތެރި ހަމަލާއެއް ހިންގާފައިދާ މީހަކާއެކު އެކީގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ވެސް
ދިއުމަކީ، އެޢަމަލު ހިންގި މީހާއާ ބައިވެރިވުން ނެތްނަމަ، ނުވަތަ އެކަމުގެ މަޢުލޫމާތު
އޭނާއާ
ޙިއްސާކުރެވިފައިނުވާނަމަ ޢަމަލުކުރާނެ ގޮތެއް ނޫންކަމަށް ބުއްދީގެ ހަމަތަކުގެމަތިން ޤަބޫލުކުރެވޭ ކަމާއި އަދި
އެދެސައިކަލް އެޙާދިސާ ހިނގުމުގެ ކުރިން އެރޭ ދެތަނަކުން ފެނިފައިވުމާއެކު،މުޅި މައްސަލައިގެ ވަށައިގެންވާ
ކަންތައްތަކުގެ މައްޗަށް ބަލާއިރު، އެޙާދިސާ ހިނގިތަނުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)
ހާޒިރުވެއިނީ ނޫރު އާދަމް ޙަސަންފުޅަށް ވަޅިން ހަމަލާދިން މީހާއާ ބައިވެރިވުމުގެ ގޮތުން ނޫން
އެހެންގޮތަކުންކަމަށް ޤަބޫލުނުކުރެވޭކަމެވެ.
(ޅ) ހަވަނަ ކަމަކީ، މީހަކު ކުރި ޢަމަލަކީ، އެޢަމަލުގެ ސަބަބުން ނިކުންނަ ނަތީޖާއެއްގެ މައްޗަށް
ބިނާވާ ކުށެއްނަމަ، ކުށްކުރި މީހާގެ ޢަމަލާއި އެ ޢަމަލުން ނުކުތް ނަތީޖާއާ ގުޅުން ހުންނަންޖެހޭނެ ކަމާއި، މަރުގެ
ކުށަކީ ޢަމަލުގެ ނަތީޖާއެއްގެ މައްޗަށް ބިނާވާ ކުށެއްކަމާއި، މީހަކު ކުރި ޢަމަލެއްގެ ނަތީޖާއެއްގެ ގޮތުން މީހަކު
މަރު ނުވާނަމަ، އެޢަމަލު ހިންގި ނުވަތަ ހިންގުމުގައި ބައިވެރިވި މީހުންގެ މައްޗަށް މަރުގެ ކުށުގެ ދަޢުވާ
ނުކުރެވޭނެކަން އެނގޭއިރު، މި މައްސަލައިގައި ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވަނީ މިމައްސަލައިގެ
ޙާދިސާގައި އޭނާއަށް ވަޅިންދިން ޙަމަލާގެ ސަބަބުންތޯ ނުވަތަ އޭނާއަށް ދިން ޙަމަލާއާއި އޭނާގެ މަރާ ގުޅުންހުރިތޯ
ޝަރީޢަތުން ބަލާއިރު، ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދީފައިވަނީ، ތިލައިގައި 8 އިންޗި ހުންނަވަރުގެ
ވަޅިއަކުންކަން މިމައްސަލައިގައި ހުށަހެޅިފައިވާ ހެކިތަކުން ޝަރީޢަތަށް ސާބިތުވާ ކަމާއި، އަދި ނޫރު އާދަމް
ޙަސަންފުޅަށް ދިން ޙަމަލާގައި އޭނާގެ ހަށިގަނޑަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމަށްޓަކައި އައި.ޖީ.އެމް.
ހޮސްޕިޓަލަށް ގެންދިއުމުން އޭނާ ބެލި ޑޮކްޓަރުންގެ ބަހަށް ބަލާއިރު، ނޫރު އާދަމް ޙަސަންފުޅަށް އަނިޔާ
ލިބިފައިވަނީ އޭނާގެ ވައަތު އަރިކަށީގެ ހަތަރުވަނަ އަރިކައްޓާއި ފަސްވަނަ އަރިކައްޓާ ދޭތެރޭގައި ތިން އިންތިއާއި
4 އިންޗީގެ ފުންމިނުގައި ތޫނު އެއްޗަކުން ކަމާއި، އެޒަޚަމް ލިބިފައިވަނީ "އަރިމަތިން ފެށިގެން މޭމަތީގެ މެދަށް
އިންނަ ކަށިގަނޑުގެ މެދާހަމައަށް ކަމާއި އޭނާގެ ގަޔަށް ވަޅި ހަރާފައިހުރި ކަމާއި، ނޫރު އާދަމް ޙަސަންފުޅު
އެކްސްރޭއިން ދައްކާ ގޮތުގައި، މޭ ކަށިގަނޑު އެތެރޭގައި އިންނަ "މިޑީލް މީޑިއާ ސްޓަރނަމް"
02 30
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 21 ރިވިއު ނުކޮސް

21
2{16/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
/ ތތ
ހަމައަށް ޒަޚަމްވެފައިވާކަން ޔަޤީންވުމުން، ފުއްޕާމޭ ފޫއަޅާ ހިތުގެ ކޮންމެވެސް މައިނާރަކަށް ޒަޚަމްވެފައިވާނޭކަމަށް
ލަފާކުރެވޭކަމަށް ބަޔާންކޮށްފައި އޮތުމުން އޭނާއަށް ލިބިފައިވާ ޒަޚަމްތަކަކީ ތޫނު އެއްޗަކުން ދިންޙަމަލާއެއްގެ
ސަބަބުން ލިބިފައިވާ ޒަޚަމްތަކެއް ކަމާއި، އޭނާގެ ގަޔަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ގޮތުން އޭނާގެ ފުއްޕާމޭ
ފޫއަޅާފައި ހިތުގެ މައިނާރަށް ޒަޚަމްވެފައިވާ ކަމާއި އޭނާގެ ގައިން ވަރަށް ގިނައަދަދެއްގެ ލޭ މަދުވެފައިވާތީ އޭނާގެ
ގަޔަށް ލޭ އަޅަންޖެހުނު ކަމާއި، ނޫރުގެ ހާލަތު ރަނގަޅުކުރުމަށް ޑރ. ކުރިމަސައްކަތުން އޭނާ ހޭނޭރުމުން،
މަރުވި ކަމަށް ނިންމީ އެރޭ (29 މާރިޗް 2015) ގެ 3:20 ގައި ކަމާއި، އޭނާ މަރުވި ސަބަބަކީ،
ލިބިފައިވާ ޒަޚަމެއްގެ ސަބަބުން ގިނައަދަދެއްގެ ލޭ ފުއްޕާމެއިން ބޭރަށް އެޅި ގައިން ލޭމަދުވުމުގެ ސަބަބުން
ބޮކަކަށް ގޮސްގެން ކަމާއި، ނޫރު އާދަމް ޙަސަންފުޅުގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އައި.ޖީ.އެމް.އެޗުގައި
އެވަގުތު ދެވެންހުރި އެންމެރަނގަޅު ފަރުވާދިން ކަމަށް އޭނާއަށް ފަރުވާކުރި ޑޮކްޓަރުން ބުނެފައިވާކަމާއި، ނޫރު
އާދަމް ޙަސަން ފުޅުގެ މެޑިކޯ ލީގަލް ރިޕޯޓަށް ބަލާއިރު، ނޫރު އާދަމް ޙަސަންފުޅަށް އަނިޔާ ލިބިފައިވަނީ އޭނާގެ
ބުރަކަށީގެ އަރިމަތިން މޭކަށިތަކުގެ ތިންވަނައިން ފެށިގެން މޭކަށިގަނޑުގެ ކުރިމަތިފަރާތުގެ ހަމައަށް ހަތަރުވަނަ
އަދި ފަސްވަނަ (އިންޓަރ ކޮސްޓަކަލްސްޕޭސް) ދޭތެރެއަށް ކަމާއި، ލަފާކުރެވޭ ގޮތުގައި މެއިގެތެރެއިން ފެށިގެން
ހިތުގެ ވައަތްފަރާތު ވެންޓިކަލް ތެރެއާ ހަމައަށް ޒަޚަމްވެފައިވާ ކަމާއި، އޭނާގެ ބަލީގެ ގޮތުގައި ލިޔެފައިވަނީ،
މެއަށް އެއްޗެއް ހެރުމުގެ ސަބަބުން ވައަތްފަޅީގެ ފުއްޕާމެއަށް ލޭއަރާފައި ގިނައަދަދަކަށް ލޭ ބޭރުވުމުން ޝޮކެއްޖެހި
ހިތްހުއްޓިފައިވާ ކަމާއި، އޭނާގެ މަރު ސާބިތުކުރި ލިޔުމަށް ބަލާއިރު، އޭނާ މަރުވި ސަބަބަކީ ހިތާއި ނޭވާލާނިޒާމް
ހުއްޓިގެން ހަށިގަނޑުން ގިނައަދަދެއްގެ ބޭރުވުމުގެ ސަބަބުން މެއަށް އެއްޗެއް ހެރުމުން ލިބިފައިވާ އަނިޔާގެ
ސަބަބުންކަމާއި، އޭނާ މަރުވެފައިވަނީ އެރޭގެ 3:20 ގައިކަން އެނގެން އޮތުމުން މި މައްސަލައިގައި ނޫރު އާދަމް
ޙަސަން ފުޅަށް ތޫނު އެއްޗަކުން (ވަޅިން) ދިން ޙަމަލާއާއި އޭނާ މަރުވި ސަބަބާ ގުޅިފައިވާކަން ސާފުކޮށް
4 22
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 22 ރިވިއު ނުކޮސް

22
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
2& 4.
(ކ) ހަތްވަނަ ކަމަކީ ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ޝަރީޢަތުން ސާބިތުވާކަމަށް
ކަނޑައެޅޭނީ އެމީހަކު ކުށެއް ކޮށްފައިވާކަން އެކަށީގެންވާ މިންވަރުގެ ޝައްކެއް ނެތް މިންވަރަށް ޝަރީޢަތަށް
ސާބިތުވެގެންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) އަށް ބެލުމުން
އެނގޭކަމާއި، އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގައި، ޖިނާއީ
މައްސަލަތަކުގެ ތެރެއިން ހައްދާއި ޤިޞާޞް ކަނޑައެޅިފައިވާ މައްސަލަތައް އެއްވެސް ޝައްކެއްނެތް މިންވަރަށް
ޝަރީޢަތަށް ސާބިތުވެގެން ނޫނީ މީހެއްގެ މައްޗަށް ކުށް ސާބިތުވާކަމަށް ޝަރީޢަތުން ކަނޑަނޭޅޭނެ ކަމާއި،
ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް މައްސަލަ ބަލާ ފަނޑިޔާރު ތަޤްރީމް
(evaluation) ކޮށް ވަޒަންކުރުމަށް ފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި ދަލީލުތަކާއި، އެހެކިތަކާއި
ދަލީލުތަކުން ނުކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ވެގެންނޫނީ
ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމް ކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ ކަމާއި،
ޤާނޫނުއަސާސީގެ 51 ވަނަމާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ، އެކަށީގެންވާ މިންވަރުގެ
ޝައްކެއް ނެތި މީހެއްގެ މައްޗަށް ސާބިތުކުރުމުގެ މިންގަނޑު ބަޔާންކޮށް ދެމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ނިންމާފައިވާ އެކޯޓުގެ ނަންބަރު 51/SC
-
A/2018 ޤަޟިއްޔާގައި ވަނީ، މީހެއްގެ މައްޗަށް ޖިނާއީ ކުށެއް
ސާބިތުވާކަމަށް ކަނޑައަޅަންވާނީ، އެމީހަކު އެކުށެއް ކުރިކަމާމެދު ނުވަތަ އެހެން މީހަކު ކުރި ކުށެއްގެ
މަސްއޫލިއްޔަތު ޤާނޫނީ ގޮތުން އަނެކާ އުފުލަންޖެހޭ ފަދަ ޙާލަތެއް ޤާއިމްވެފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް
މިންވަރަށް ސާބިތުވެ، ކުށެއް ކޮށްފިކަން، ޔަޤީނާ ޤާތްކުރާ މިންވަރަށް އިޤްތިމާޢުވުމުން ކަމަށް ކަމާއި، އަދި
އެކޯޓުގެ ނަންބަރު 41/SC
-
A/2019 ޤަޟިއްޔާގައި، ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ
ހެކިތަކާއި ދަލީލުތައް ތަޤްއީމްކޮށް ވަޒަންކުރުމަށްފަހު މައްސަލަ ބަލާ ފަނޑިޔާރަށް ޤަބޫލުކުރެވޭ ހެކިތަކާއި
ދަލީލުތަކާއި، އެހެކިތަކާއި ދަލީލުތަކުން އިސްތިޚްލާސް ކުރެވޭ ނަތީޖާތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތަށް
އިޤްތިޞާޢު (convince) ވެގެން މެނުވީ ޖިނާއީ މައްސަލައެއްގައި ކުށެއް ސާބިތުވެއްޖެ ކަމަށް ޙުކުމް ކޮށްގެން
ނުވާނެ ކަމީ ޖިނާއީ ޤާނޫނުގެ ޢާންމު މައްދައެއްކަމުގައިވާ "ޤަރީނަތުލް
ބަރ
2 ppiesumption of
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 23 ރިވިއު ނުކޮސް

23
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
ހެކިބަހުން،
(innocence ގެ އެންމެ މުހިއްމު އެއް ޚާއްޞިއްޔަތުކަން އެނގެން އޮންނަކަމަށް ބަޔާންކޮށްފައިވާ ކަމާއި،
އެހެންކަމުން އިސްވެ ބުނެވުނު ސްޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ބަޔާންކޮށްފައިވާ ފަދައިން އެކަށީގެންވާ
މިންވަރުގެ ޝައްކެއްނެތި މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުކުރުމުގެ މިންގަނޑަކީ، މައްސަލައިގައި
ހުށަހެޅިފައިވާ ހެއްކާއި ދަލީލުތަކުގެ މައްޗަށް ޝަރުއީ ހަމަތަކުގެ މަތިން ބެލުމުން އެމީހަކު ކުށް ކުރިކަމަށް
ޔަޤީނާ ގާތްކުރާ މިންވަރަށް ފަނޑިޔާރަށް ޤަބޫލުކުރެވުމުންކަން އެނގޭއިރު،
މިމައްސަލައިގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ހުށަހެޅުނު ދަޢުވާއަށް
ޝަރީޢަތުގެ މަޖްލީހުގައި އިންކާރު ކުރުމުން އެދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ
ނޫރު އާދަމް ޙަސަންފުޅަށް 29 މާރިޗް 2015 ދުވަހުގެ 1:42 އެހައިކަށްހައިއިރު،
އައި.ޖީއެމް.އެޗް.ގެ އެމަޖެންސީ ގޭޓުގެ ކުރިމަތިން ބުރުޒުމަގުން އެއަރބްލޭޑް ސައިކަލަކާއި ޖީއެންސައިކަލެއްގައި
ދިޔަ 4 (ހަތަރެއް) މީހުންގެ ތެރެއިން ޖީއެން ސައިކަލުގެ ފަހަތުގައި އިން (ކުއްޖާގެ ނަން) ނޫރު އާދަމް
ޙަސަން ފުޅަށް ހަމަލާދިންއިރު، އެއަރބްލޭޑް ސައިކަލުގެ ފަހަތުގައި އެތަން ބަލަހައްޓައިގެން (އިސްތިއުނާފް
ރައްދުވާ ފަރާތުގެ ނަން) އިންކަމާއި، އެދެ ސައިކަލް އެތަނަށް އެކުއެކީގައި ދިއުމާއި އަދި ޙަމަލާދިނުމަށްފަހު،
އެކުއެކީގައި އެތަނުން ދިއުމާއި، އެހާދިސާ ހިނގުމުގެ ކުރިން އެރޭގެ ވަގުތެއްގައި އެދެ ސައިކަލް
މ.ޗެރީބެލްއާގެ އާއި ވިސްޓާ ކައިރިން ފެނިފައިވާ ކަމާއި، އެތަނުން އެދެސައިކަލް ފެނުނުއިރު، އެދެސައިކަލް
ކައިރީގައި ބަޔަކު ތިބިކަން އެނގެން އޮތުމުން ނޫރު އާދަމް ޙަސަންފުޅަށް ޙަމަލާދީފައިވަނީ ދުރާލައި
އިގެންކަމަށް ބެލެވޭ ކަމާއި، މިމައްސަލައިގެ ޙާދިސާގައި ނޫރު އާދަމް ޙަސަންފުޅަށް ލިބުނު އަނިޔާއަށް
ފަރުވާކުރަމުން ދަނިކޮށް އެރޭގެ 3:20 ގައި އޭނާ ނިޔާވެފައިވާކަމާއި، ނޫރު އާދަމް ޙަސަންފުޅު ނިޔާވެފައިވަނީ
މިމައްސަލައިގެ ޙާދިސާގައި ލިބުނު އަނިޔާގެ ސަބަބުންކަން އެނގޭތީ، މިމައްސަލައިގެ ހާދިސާގައި
ލިބުނު އަނިޔާއާއި އޭނާގެ މަރާ ގުޅިފައިވާކަން އެނގޭކަމާއި، މިމައްސަލައިގައި ހާދިސާ ހިނގާފައިވާ ގޮތާއި މުޅި
މައްސަލައިގެ ވަށައިގެންވާ ކަންތައްތަކުގެ މައްޗަށް އެކުއެކީގައި ބެލުމުން ނޫރު އާދަމް ޙަސަންފުޅަށް ހަމަލާދިން
މީހާ ހަމަލާދީފައިވަނީ، އެތަނަށް ދެ ސައިކަލު ދިޔަމީހުން ބައިވެރިވެގެން ކަމަށް ޤަބޫލުކުރެވޭތީ، މިކުށުގެ ވަޤު
2c ހއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 24 ރިވިއު ނުކޮސް

24
2{16/HC-A/69
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހިންގުމުގެ ބައިވެރިއެއްގެ ގޮތުގައި އެކުށުގެ ޖިނާއީ މަސްޢޫލިއްޔަތު މިމައްސަލައިގެ އިސްތިއުނާފުރައްދުވާ
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އުފުލަންޖެހޭކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާއިން
އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާ ކަމަށް އަހުރެމެންނަށް ޤަބޫލުކުރެވޭ ކަމެވެ.
އެހެންކަމުން، ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12
ޤަޟިއްޔާގައި، ދައުލަތުގެ
ފަރާތުން އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ބ) އާ ޙަވާލާދީ
އެމާއްދާގެ (ޅ) ގެ ދަށުން ހުށަހެޅި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ
ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ އިސްވެ ބަޔާންވެދިޔަ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
ނޫންކަމަށް އަހުގެ ޤަބޫލުކުރެވޭތީ އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގެ އެބަޔަށް ބަދަލު
2ތ ދ
ہر وی گوتر
20
2
2
0
ހހ/3ނށް
ގެންނަންޖެހޭ ކަމަށް ފެންނަކަމެވެ.
(އ) އަށްވަނަ ކަމަކީ: އިސްވެ ބަޔާންކޮށްފައިވާ ގޮތުގެމަތިން އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) ގެ މައްޗަށް ދައުލަތުގެ ފަރާތުން ކުރި ދަޢުވާ ސާބިތުވާކަމަށް ކަނޑައެޅުމާއެކު، އޭނާގެ މައްޗަށް
ކަނޑައަޅާނެ އަދަބާގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ޝަރީޢަތުގެ ފަރާތުން ދައުލަތަށް ފުރުޞަތު ދިނުމުން ޤާނޫނު
ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)
ގެ 5 ވަނަމާއްދާގެ (ބ) ގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ
ކުށް ސާބިތުވާ މީހެއްގެ މައްޗަށް އެމާއްދާގެ (ޅ) ގެ ދަށުން ކަނޑައެޅޭނެ އެންމެ ކުޑަ ޢުޤޫބާތަކީ 15 (ފަނަރަ)
އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުން ކަމަށާއި، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)އަކީ ކުށްކުރިއިރު،
ކުޑަކުއްޖެއް ކަމުގައިވާތީ މިމައްސަލައިގެ ހާދިސާ ހިނގިއިރު، އަދި ދަށު ކޯޓުން މިމައްސަލަ ނިންމި އިރު،
ކުޑަކުއްޖެއްގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ގޮތް ބަޔާންކޮށްފައިވާ "ކުޑަކުދިން ކުރާ ކުށުގެ
މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލު ކުރާނެ ގޮތުގެ ޤަވާޢިދު" ގެ 17
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 25 ރިވިއު ނުކޮސް

ދެއެއްގެ
25
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
OXO
މާއްދާގެ (ބ) ގެ 1 އާއި އަދި ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދުގެ 31 ވަނަމާއްދާގެ (ރ) ގެ 1 ވަނަ ނަންބަރަށް
ބަލާއިރު، ކުޑަކުއްޖަކު ކުރާ ކުށަކާއި ގުޅިގެން އެކުއްޖެއްގެ މައްޗަށް ކަނޑައަޅާނީ އެކުށަކަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އެންމެ ކުޑަ
އަދަބެއް ޢުޤޫބާތެއްގެ 2/3 (ތިންބައިކުޅަ ދެބައި) ގެ އަދަބެއްކަމަށް
ބަޔާންކޮށްފައިވާތީ، އެކަންކަމަށް ރިޢާޔަތްކޮށް މި މައްސަލައިގައި އ (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ
މައްޗަށް ކަނޑައަޅަންޖެހޭނީ 10 (ދިހައެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކަމަށް ދައުލަތުގެ ފަރާތުން
ބުނެފައިވާ ކަމާއި، އޭގެ އިތުރުން ކުޑަކުދިންގެ މައްޗަށް އަދަބު ކަނޑައެޅުމުގައި ޢަމަލަކުރާ ޤާނޫނާއި ޤަވާއިދުގެ
ދަށުން ލިބިދޭ ލުއި މިމައްސަލައިގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އަށް ދިނުމަށް ދައުލަތުގެ
ފަރާތުންވެސް އެދިފައިވާކަން އެނގޭކަމާއި،
މި މައްސަލައިގެ އަދަބާގުޅޭ ގޮތުން (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ ފަރާތުން ވާހަކަ
ދައްކަމުން ޤާނޫނާއި ޤަވާއިދުގެ ދަށުން ލިބިދޭ އެންމެ ލުއި އަދަބެއް (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)
އަށް ދިނުމަށް އެދޭ ކަމާއި، މިމައްސަލައިގައި ކުށް ކުރިއިރު، (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)އަކީ
ކުޑަކުއްޖެއް ކަމާއި، އަދި އޭނާ މީގެކުރިން ތަންފީޒުކުރަމުން ދިޔަ އަދަބުން މިނިވަންވެފައިވާ ކަމަށާއި އޭނާ
ކައިރީގައި ވަޒީފާ އަދާކުރާކަމަށާއި އޭނާ ޖަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންދާކަމަށް ބުނެ
މިމައްސަލައިގައި ދެވެން އޮތް އެންމެ ލުއި ގޮތެއް ހަދައިދިނުމަށް އެދިފައިވާކަން އެނގޭކަމެވެ.
(ވ) ނުވަވަނަ ކަމަކީ: މިމައްސަލައިގައި ކުށް ކުރިއިރު (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން)އަކީ ކުޑަކުއްޖެއްކަމުގައިވީނަމަވެސް، ދަށު ކޯޓުން ޙުކުމް ކުރިއިރު، އަދި މިކޯޓުން ޙުކުމްކުރިއިރު،
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)އަކީ، ޤާނޫނީ ގޮތުން ކުޑަކުއްޖެއްކަމުގައި ބަލާ 18 (އަށާރަ) އަހަރު
ފުރިފައިވާ މީހެއް ކަމުގައިވާއިރު، ދަޢުވާލިބޭ ކުއްޖަކީ މީލާދީ ގޮތުން 18 (އަށާރަ) އަހަރު ފުރިފައިވާ ކުއްޖެއް
ކަމުގައިވީނަމަވެސް، ކުއްޖާ އިސްލާޙީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިދީފައިވާކައްޖާގެ އިe
ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދުގެ 32 ވަނަމާއްދާއަށް ބެލުމުން އެނގެން އޮތުމުން ކުށް ކުރާކުޑަކުއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 26 ރިވިއު ނުކޮސް

26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2016/HC-A/69
އިސްލާޙުކޮށް އަނބުރާ މުޖްތަމަޢުއަށް ގެނައުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) އަށް ދިނުމަށް އަހުރެމެންނަށް ފެނެއެވެ.
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާން ކުރެވުނު ކަންކަން ބަޔާން ކުރެވުނު
ޖުވެނައިލް ކޯޓުގެ ނަންބަރު 2015/Jv
-
C/12 ޤަޟިއްޔާގައި ދަޢުވާލިބޭ
ދަފްތަރު
00x
- 22 22 2
کو مری
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަމާއި އެޑްރެސް)ގެ މައްޗަށް ޤާނޫނުނަންބަރު 17/2010 (ބިރުދެއްކުމާއި
ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަމާއްދާގެ (ބ) އަށް
އެމާއްދާގެ (ށ) ދަށުން ކުރި، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި
ބައިވެރިވުމުގެ ކުށުގެ ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާ ޚިލާފަށްކަމަށްވާތީ އެޤަޟިއްޔާގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ މައްޗަށް
ކަނޑައަޅާފައިވާ ޙުކުމް ބާޠިލްކޮށް، މިމައްސަލައިގައި ދައުލަތުގެ ފަރާތުން ހުށަހެޅި ހެއްކާއި ޤަރީނާތަކުން ނޫރު
އާދަމް ޙަސަން ފުޅަށް ތޫނު އެއްޗަކުން ޤަޞްދުގައި ހަމަލާދީ މަރާލުމުގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) ބައިވެރިވެފައިވާކަން އެކަށީގެންވާ މިންވަރުގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި،
"ކުޑަކުދިން ކުރާ ކުށުގެ މައްސަލަތައް ބަލައި ތަޙްޤީޤުކޮށް، އިންޞާފުކޮށް އަދަބު ދިނުމުގައި ޢަމަލު ކުރާނެ
ގޮތުގެ ޤަވާޢިދު" ގެ 17 ވަނަ މާއްދާގެ (ބ) ގެ 1 އާއި، ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދުގެ 31 ވަނަމާއްދާގެ
(ރ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޤާނޫނުނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި
ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) 5 ވަނަމާއްދާގެ (ބ) ގެ ދަށުން
(އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ގެ މައްޗަށް ސާބިތުވެފައިވާ، ތޫނު އެއްޗެއް
ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ޢުޤޫބާތެއްގެ ގޮތުން އެމާއްދާގެ (ށ) ދަށުން 10
(ދިހައެއް)
އަހަރުގެ މުއްދަތަށް (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ޖަލަށްލުމަށް
)
2 2 2x 22 2
eނންކޮށްގެން
ހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ޞަފްޙާ 27 ރިވިއު ނުކޮސް

ދިވެހިރާއްޖުގެ މައި"
27
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{016/HC-A/69
0
/014ތކެށި،
މިކުންކުރިއިރު (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)އަކީ ކުޑަކުއްޖެއް ކަމުގައިވާތީ، ކުޑަކުދިންގެ ޢަދުލުގެ
ޤަވާޢިދުގެ 32 ވަނަ މާއްދާއަށް ރިއާޔަތް 33 ވަނަމާއްދާގެ ދަށުން ކުޑަކުދިން އިސްލާޙުކޮށް އަނބުރާ
މުޖްތަމަޢަށް ގެނައުމަށް މަސައްކަތް ކުރުމުގެ ގޮތުން ހިންގާ ޕްރޮގްރާމްގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ
ނަން) ބައިވެރިކުރުމަށް (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ ފަރާތުން ނުވަތަ ކުޑަކުދިންނާގުޅޭ ގޮތުން
އެފަދަ ޕްރޮގްރާމް ހިންގާ ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ޖުވެނައިލް ކޯޓަށް ހުށަހަޅައިފިނަމަ، އެފަދަ
ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ ޤަވާޢިދާއި އުސޫލުތަކުގެ ދަށުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު،
އެފަދަ ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމް
ރާމްތަކެއްގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިކުރުމަށާއި
އަދި އެފަދަ ޕްރޮގްރާމެއްގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން) ބައިވެރިކުރުމުގެ ސަބަބުން މި
ޤަޟިއްޔާގައި (އިސްތިއުނާފް ރައްދުވާ ފަރާތުގެ ނަން)ގެ މައްޗަށް ކަނޑައަޅާފައިވާ އަދަބަށް ލިބިދޭންޖެހޭ
ލުއިތައް ދިނުމަށް މި ޙުކުމުގެ ސަބަބުން ހުރަހެއް ނެތްކަމަށް ކަނޑައަޅައި،
ޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ޙުކުމް ކޮށްފީމެވެ.
ހި 0
4c
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް info@highcourt.gov.mv ވެބްސައިޓް: www.highcourt.gov.mv

ގުޅުއްވާ
  • info@archive.mv
  • 9690600

އިތުރު މަޢުލޫމާތު
އަހަރަމެންނަކީ

ލީގަލް އާރކައިވް ޕްރޮޖެކޮޓްއަކީ ހުރިހާ ޤާނޫނާއި ގަވައިދުތަކަކާއި ޤާނޫނީލިޔެކިޔުންތަކާއި ކޯޓު ތަކުގެ ހުރިާ ޝާއިރުކުރުންތަކެއް އެއްތާކުން ފަސޭހަކަމާއިއެކު ލިބޭނެ ގޮތް ހަދާދިނުމައް ތައްޔާާރުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓްގެ ތެރެއިން ކުރީގެ އަދި މިހާރުގެ ލިޔެކިޔުންތައް ޑިޖިޓައިޒް ކުރެވި ތާނައިން ހުރިހާ ލިޔެކިޔުމެއް ހޯދޭނެމަގުފަހިކޮށްދެވޭނެއެވެ.


© ArchiveMV 2025 | All rights reserved

މާފް ކުރައްވާ!
މި ޚިދުމަތް ކުރު މުއްދަތެއްގެ ތެރޭގައި އަންނާނެ