ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
އަލީ
1
2012/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2012
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: ޢަބްދުﷲ ޝާއިރު
ކާޑު ނަންބަރ: A040770
، ދާއިމީ އެޑްރެސް: ބ.ފުރަހަނިއާގެ
* މިހާރުގެ އެޑްރެސް: ހ.ރެޒީނާ
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
އައިޑީ ކާޑުނަންބަރު
ންބަރު:
ދާއިމީ އެޑްރެސް: ޕޯޓްސް ބިލްޑިންގ
މިހާރުގެ އެޑްރެސް: ޕޯޓްސް ބިލްޑިންގ
*
ރަޖިސްޓްރީކުރެވުނު ތާރީޚް:
15 މާރޗް 2012
* ނިމުނު ތާރީޚް: 18 މާރޗް 2012
• މައްސަލަ ބެއްލެވި ފަނޑިޔާރތުންގެ މަޖިލިސް:
ފަނޑިޔާރު:ޢަބްދުލްޣަނީ މުޙައްމަދު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ޒީހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ދަޢުވާގެ ޚުލާޞާ
މިއީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަން 2012 ގައި
ވާދަކުރުމަށްޓަކައި ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި ޤާނުނު
ނަންބަރު2/
2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ
ޤަވާޢިދުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތުތައް މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރު (ދ.ރ.ކާޑް
ނަންބަރުA040770) ގެ ފަރާތުން 11 މާރޗް 2012 ވަނަ ދުވަހުގެ 14:55 ގައި އިލެކްޝަންސް
ކޮމިޝަނަށް ހުށަހެޅުމުން އެތަކެތި ބަލައިގަނެ، އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކަށް ކުރިމަތިލާ
ކެންޑިޑޭޓުން ދައްކަންޖެހޭ ފައިސާ އެކޮމިޝަނަށް ދެއްކުމުން އެފައިސާވެސް ބަލައިގަތުމަށްފަހު، ރައްޔިތުންގެ
މަޖިލީހަށް ކުރިމަތިލުމަށްއެދި އެކޮމިޝަނަށް ޢަބްދުﷲ ޝާޢިރު ހުށަހެޅި ތަކެތީގެ ތެރޭގައި "ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު
ކުރިމަތި ލުމަށްއެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ، ޢުމަރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން
50 މީހުން އެމީހަކަށް ތާއީދު ކުރާކަން އަންގައި ދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ
އިންތިޚާބަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވިއިރު ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން
ނިންމައި، ޢަބްދުﷲ ޝާޢިރު ގެ ކެންޑިޑެންސީ ޤަބޫލު ކުރެވެން ނެތްކަމަށް އަންގާފައިވާތީ، އިލެކްޝަންސް
ކޮމިޝަނުގެ އެނިންމުން ބާޠިލް ކަމަށް ހައިކޯޓުން ކަނޑައަޅައި ދިނުން އެދިގެންނާއި، ޢަބްދުﷲ ޝާޢިރުގެ
ކެނޑިޑެންސީ ޤަބޫލު ކުރަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނަށް ހައިކޯޓުން އަންގަވައި ދެއްވުން އެދި
އެކޮމިޝަނުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.
:13/ވ
ވެތުގެ
ހަގަކުރެ
01 - މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހަޅާފައިވާ މިމައްސަލަ ބިނާކޮށްފައިވާ ސަބަބުތަކަށް ބަލާއިރު،
ޑިހިރާއްޖޭގެ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
COC
- ޢަބްދުﷲ ޝާޢިރު ފަރާތުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ
ބައިއިލެކްޝަންގައި ވާދަކުރުމަށްޓަކައި އިންތިޚާބާބެހޭ ޢާއްމު ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ
ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤަވާޢިދުގައި ބަޔާންކުރާތަކެތި 11 މާރޗް 2012
ވަނަދުވަހުގެ 14:55 ގައި ހުށަހަޅާފައި ކަމަށާއި، އަދި އެތަކެތި އިލްކްޝަންސް ކޮމިޝަންއިން ވަނީ
ބަލައިގެންފައިކަމަށާއި،
އިލެކްޝަންސް ކޮމިޝަނަށް އެތަކެތި ހުށަހަޅައި، ބަލައިގަތް ވަގުތު އިލެކްޝަންސް
ކޮމިޝަންގެ އޮފީސް ހިންގަމުންދާ ޢިމާރާތުގައި ކަރަންޓް ނެތުމުގެ ސަބަބުން ތަކެތި ބަލައިގަތް ކަމުގެ ލިޔުން
އެގަޑީގައި ދޫކުރެވެން ނެތްކަމަށް އެ ކޮމިޝަނުން އަންގާފައިވާ ކަމަށާއި،
- އޭގެ ފަހުން،
12 މާރޗް 2012 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން އަންގަވާފައިވަނީ
ޢަބްދުﷲ ޝާޢިރު ހުށަހެޅި ތަކެތީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ
ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ
ދާއިރާއެއްގެ، އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް
ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ ހުށަހަޅާފައިވަނީ ހުށަހަޅަންޖެހޭ
ގަޑިއަށްވުރެ ފަހުންކަމުގައިވާތީ، ކެންޑިޑެންސީ ޤަބޫލުކުރެވެން ނެތްކަމުގައި ކަމަށާއި،
- ޢަބްދުﷲ ޝާޢިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަންއަށް ހުށަހަޅަންޖެހޭ އެންމެހައި ތަކެތި
ހުށަހަޅާފައިވަނީ ސުންގަޑި ހަމަވުމުގެ ކުރިން 11 މާރޗް 2012 ވަނަދުވަހުގެ 14:55 ގައި ކަން ތަކެތި
ބަލައިގަތުމަށްފަހު އޭގެ އެއްދުވަސް ފަހުން، ދޫކޮށްފައިވާ ޗެކްލިސްޓް އިން އެނގެންއޮންނަ ކަމަށާއި،
- 11 މާރޗް 2012 ވަނަ ދުވަހު ޢަބްދުﷲ ޝާޢިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅި އެންމެހައި ތަކެތި ބަލައި ޗެކް ކުރުމަށްފަހު، ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތީން އެފަރާތުން
ހުށަހަޅަންޖެހޭ އެންމެހައި ތަކެތި ސުންގަޑި ހަމަވިއިރު ހުށަހަޅާފައިވާތީ، ކެންޑިޑޭޓުން ދައްކަންޖެހޭ ޑިޕޮސިޓް
ފައިސާ ދެއްކުމަށް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތަށް އެންގި ކަމަށާއި، އަދި ހަމަ އެދުވަހު މައްސަލަ
ހުށަހެޅި ފަރާތުން ވަނީ އެފައިސާ އިލެކްޝަންސް ކޮމިޝަނަށް ދައްކާނިންމާފައި ކަމަށާއި،
- އަދި މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން
ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ
ކުރިން މިބުނެވިދިޔަ ސޮފްޓް ކޮޕީއަކީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނާއި، ރައްޔިތުންގެމަޖިލީހުގެ
އިންތިޚާބާބެހޭ ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤަވާއިދުގެ ދަށުން ހުށަހެޅުމަށް ޝަރުތުރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2012HC-I-SH/01
8
9 ޙަ 2
3
ޢާއްމުޤުނޫން
ހުށަހަޅަންވާނެ
އެޙިއްއްޖޭގެ ހައިކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުރެވޭނެ ލިޔުމެއްވެސް ނޫންކަމަށާއި، ސަބަބަކީ ސޮފްޓް ކޮޕީއެއްގެ ވާހަކަ ކުރިން މިބުނެވިދިޔަ އެއްވެސް
ޤާނޫނެއްގައި އަދި އެއްވެސް ޤަވާއިދެއްގައި ބަޔާންކޮށްފައި ނެތުންކަމަށާއި،
- އިންތިޚާބުތަކާބެހޭ ޤާނޫނުގެ 16 ވަނަމާއްދާގެ (ށ) ގެ 10 ވަނަ ނަންބަރުގެ ދަށުން
އިންތިޚާބު ބާއްވާކަން އަންގައި ޢާންމުކޮށް ކުރާ އިޢުލާނުގައި ހިމެނޭނީ އެ އިންތިޚާބަކާ ބެހޭ ޚާއްސަ ޤާނޫނާއި
ޤަވާއިދުގައި ބަޔާންކޮށްފައިވާ ތަކެތި އެކަނިކަމަށް ބުނެފައިވާ ކަމަށާއި،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 9
ވަނަމާއްދާއާއި،
10 ވަނަ މާއްދާގައި
ކެންޑިޑޭޓުން ހުށަހަޅަންޖެހޭ މަޢުލޫމާތުތަކަކީ ކޮބައިކަން ބަޔާންކޮށްފައި ވާކަމަށާއި، އެ ޤާނޫނުގެ 9
ވަނަމާއްދާގެ (ހ) ގައި، އެ ޤާނޫނުގެ 5 ވަނަމާއްދާގެ (ހ) ނުވަތަ (ށ) ގައި ބަޔާންކޮށްފައިވާ އިޢުލާން
އިލެކްޝަންސް ކޮމިޝަނުން ކުރުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށްއެދޭ މީހުން
ރައްޔިތުންގެމަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް
ކަމަށް ބުނެފައިވާކަމަށާއި، އެމާއްދާގެ (ށ) ގައި، ރައްޔިތުންގެމަޖިލީހުގެ އިންތިޚާބަށް
ކުރިމަތިލުމަށް އެދޭ މީހާ އެކަމަށް އެދި ހުށަހަޅާއިރު، ޤާނޫނު ނަންބަރު 11/2008 ގެ 16 ވަނަމާއްދާދެ (ށ)
ގައި ބުނެފައިވާ މަޢުލޫމާތު ހިމަނަންވާނެކަމަށް ބުނެފައިވާކަމަށާއި، މި ޙަވާލާދެވުނު ޤާނޫނު ނަންބަރު
11/2008 ގެ 16 ވަނަ މާއްދާގެ (ށ) ގައި އިލެކްޝަންސް ކޮމިޝަނުން ޙަވާލާ ދީފައި އެވާ "ސޮފްޓް
ކޮޕީ" ގެވާހަކަ ބުނެފައި ނުވާކަމަ
ނުވާކަމަށާއި،
ރައްޔިތުންގެމަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގެ 10
ވަނަމާއްދާގެ (ހ) ގައި، އެޤާނޫނުގެ 9
މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ
ހުށަހަޅާ މަޢުލޫމާތު ތަކާއެކު، ޤާނޫނު ނަންބަރު 11/2008 ގެ 17 ވަނަ މާއްދާގައި ބުނެފައިވާ ތަކެތި
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެ ކަމަށް ބުނެފައިވާކަމަށާއި، މި ތަނުގައިވެސް އިލެކްޝަންސް
ކޮމިޝަނުން ޙަމަލާ ދީފައިއެވާ ސޮފްޓް ކޮޕީ" ގެ ވާހަކައެއް ބުނެފައި ނުވާކަމަށާއި، އެ މާއްދާގެ (ނ) ގައި،
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ
މީހެއްނަމަ، މިމާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ތަކެތީގެއިތުރުން
އެމީހަކު
ކުރިމަތިލުމަށް ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50
މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން
އަންގާދޭ ކާޑު ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި ހިމެނޭ ލިޔުމެއް އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅަންވާނެ ކަމަށް ބުނެފައިވާކަމާއި، ނަމަވެސް އެލިޔުމުގެ ސޮފްޓް ކޮޕީ ހުށަހެޅުމަށް ބުނެފައި ނުވާކަމަށާއި
6 ށ 22
.2
އެނއެ&އެވެ
COC
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ވީމާ، ޤާނޫނާއި ޤަވާޢިދުގައި ބުނެފައިވާ މިންވަރަށްވުރެ ފުޅާކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ
ޤާނޫނާއި ޤަވާޢިދުން ބޭރުން ހުށަހެޅުމަށް ބުނެފައިވާ އެއްޗަކީ ކެންޑިޑޭޓުންނަށް ހުށަހެޅުމަށް ލާޒިމްކުރެވޭނޭ
ނޫންކަމުގައި ޢަބްދުﷲ ޝާއިރުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އެއްޗެއް
2 224 2
ދ0 49 ފތު
އއދވޤeށް
مر مرس
15:00
02- މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް
ހުށަހަޅާފައިވާ މިމައްސަލައާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވަހަކައަށް ބަލާއިރު، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
އެދަޢުވާއަށް އިންކާރު ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
މިގޮތުން އެކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ތިމަރަފުށީ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްޓަކައި ޢަބްދުﷲ ޝާއިރު ހުށައަޅަންޖެހޭ
ލިޔުންތައް ހުށައެޅުމަށްޓަކައި އޭނާގެ ފަރާތުން 2012 މާރޗް 11 ވީ އާދިއްތަ ދުވަހު 14:55 ގައި
އިލެކްޝަން ކޮމިޝަނަށް މީހަކު އައިސް އެތަކެތި ހުށައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވާކަމަށާއި،
އެހެންނަމަވެސް އެތަކެއްޗާއިއެކު ހުށައަޅަންޖެހޭ ކަމަށް ކޮމިޝަނުގެ ނަންބަރު 2012
/
34-A
)
CA)
އިޢުލާންގެ 2 ވަނަ ނަންބަރު (ދ) ގައި ބަޔާންކޮށްފައިވާ ސޮފްޓްކޮޕީ ގެނެސްފައި ނުވާކަމަށާއި، އެ ސޮފްޓް
ކޮޕީ ކޮމިޝަނަށް ގެނެސްފައިވަނީ ކޮމިޝަނަށް އެ ތަކެތި ހުށައަޅަންޖެހޭ ސުންގަޑިކަމުގައިވާ އެދުވަހުގެ
ފަހުން ޢަބްދުﷲ ޝާއިރު ކަމަށާއި،
އަދި ޢަބްދުﷲ ޝާއިރު އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށައެޅި ފޯމާއި ތަކެތި ބަލައިގަނެ،
އެތަކެތި ބަލައިގަތްކަމުގެ ލިޔުން އެވަގުތު ދޫކޮށްފައި ނުވަނީ އެވަގުތުގައި ކޮމިޝަނުގައި
އެ ލިޔުމުގެ ފޮޓޯކޮޕީއެއް ނެގެންނެތުމުން ކަމަށާއި، އެކަން އޭނާ ގާތު ކޮމިޝަނުގެ ފަރާތުން ވާނީ ބުނެފައި
ވާކަމަށާއި، އެހެންނަމަވެސް އެލިއުން ޖެހިގެން އައިދުވަހު ވަނީ ޢަބްދުﷲ ޝާއިރުއާއި ޙަވާލުކޮށްފައި ކަމަށާއި،
އަދި އެލިއުމުގައި 50 މީހުންގެ މަޢުލޫމާތު ސޮފްޓް 3:00 ގެ ކުރިން ހުށައަޅާފައި ނުވާކަން ބަޔާންކޮށްފައި
ވާނެކަމަށާއި،
ބައިއިލެކްޝަނަށް ކުރިމަތިލުމަށް ހުޅުވާލައި އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިޢުލާނަކީ
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ)އާއި، 17 ވަނަ
މާއްދާގެ 7 ވަނަ ނަންބަރުން ބާރުލިބިގެން ކޮމިޝަނުން ކޮށްފައިވާ އިޢުލާނަކަށް ވީހިނދު، އެ އިޢުލާނަކީ
އިންތިޚާބަށް ކުރިމަތިލާ މީހާ ހުށައަޅަންޖެހޭ ތަކެތި ތަފްޞީލްކޮށް ދޭންޖެހޭ އަދި އެތަކެތި ހުށައަޅަންޖެހޭ ގޮތް
ބަޔާން ކުރަންޖެހޭ އިޢުލާނެއްކަން އިސްވެ ދެންނެވި މާއްދާތަކުން އެނގޭކަމަށާއި، ޤާނޫނު ނަންބަރު 11/2008
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 16 ވަނަ މާއްދާގެ (ހ) ގައި، އެޤާނޫނުގެ 13 ވަނަ މާއްލާގާއި
ކަރަންޓް ނެތުމާއިއެކު
ހއ 8 * ހ
ucu
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
COXO
ބުނެފައިވާގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރުމުން،
އެއިޢުލާނުގައިވާ ގޮތުގެ މަތިން، އެ އިންތިޚާބަކަށް ކުރިމަތިލުމަށް އެދޭމީހުން އެކަމަށްއެދި، އިލެކްޝަންސް
ކޮމިޝަނަށް ހުށައަޅަން ވާނެކަމަށާއި، އަދި ހަމަ އެ ޤާނޫނުގެ 17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި
ބުނެފައިވަނީ، އެ އިންތިޚާބަކާ ބެހޭ ޚާއްސަ ޤާނޫނާއި، ގަވާއިދުގައި ބުނެފައިވާ އިތުރުތަކެތި، މިތަކެއްޗަކީ
ކޮބައިކަން އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ)ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައި
ތަފްޞީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެކަމަށާއި، އެތަކެއްޗަކީ ކޮބައިކަން ތަފްޞީލްކޮށް ބަޔާންކޮށްފައި
އޮންނަން ޖެހޭނެކަމަށް ބުނާއިރު ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ)ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ
އިޢުލާނުގައި ޤާނޫނުގައި ބުނެފައިވާ ތަކެއްޗަކީ ކޮބައިކަން ތަފްޞީލްކޮށްދޭ އެއްޗަކީ އިޢުލާންކަން އެގެން
އެބައޮތްކަމަށާއި، އަދި އެ ހުށައަޅަންޖެހޭ ގޮތަކީ ކޮބައިކަން 17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުން އެބަ
އެނގޭކަމަށާއި، އެއީ މެޓީރިއަލް ވައިސްކޮށް ކަމަށްވިޔަސް އަދި އޭގައި ހުންނަންޖެހޭ ގޮޅިތައްކަމަށް ވިޔަސް
އަދި އޭގައި ހުންނަންޖެހޭ ސޮއިތައްކަމަށްވިޔަސް، އެ ހުރިހާ އެއްޗެއް ތަފްޞީލްކޮށްދެނީ އިޢުލާނުންކަން
އެޤާނޫނުގެ އެ 2 މާއްދާއިން ވަރަށް ތަފްޞީލްކޮށް އެގޭކަމަށާއި، އެހެންކަމުން ޤާނޫނު ނަންބަރު 11/2008 ގެ
21 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާގޮތުގެ މަތިން އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށައަޅާފައިވާ ލިއުން
އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި އެހުށައެޅުން ބަލައި ޗެކުކޮށް، ޢަބްދުﷲ ޝާޢިރު
އިންތިޚާބަށް ކުރިމަތިލުމަށްޓަކައި ހުށައަޅަންޖެހޭ ތަކެތީގެ ތެރެއިން ކޮމިޝަނުން ކޮށްފައިވާ އިޢުލާންގެ 2 ވަނަ
ނަންބަރުގެ (ށ)ގައި ބުނެފައިވާ 50 މީހުންގެ މަޢުލޫމާތު ހިމެނޭ ސޮފްޓް ކޮޕީ އިންތިޚާބަށް ކުރިމަތިލުމަށް
ދީފައިވާ ސުންގަޑި ހަމަވިއިރު ހުށައަޅާފައި ނުވާތީ ޢަބްދުﷲ ޝާއިރުގެ ކެންޑިޑެންސީ ޤަބޫލުކުރެވެން ނެތްކަމަށް
ޢަބްދުﷲ ޝާއިރަށްވަނީ އެ ޤާނޫނުގައިވާ ގޮތުގެ މަތިން ލިއުމުން ޖަވާބުދީފައި ކަމަށާއި،
އަދި މީގެ އިތުރުން އިންތިޚާބަށް ކުރިމަތިލުމަށް ހުށައަޅާ މީހާ އެމީހަކު އިންތިޚާބަށް
ކުރިމަތިލުމަށް ހުށައަޅާ ތަކެއްޗާއިއެކު އެ އިންތިޚާބެއްގައި ބައިވެރިވުމަށް ދައްކަންޖެހޭ ޑިޕޮޒިޓް ފައިސާ
ހުށައަޅަން ޖެހޭކަމަށް ޤާނޫނު ނަންބަރު 11/2008 ގެ 17 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2/2009 ގެ
10 ވަނަ މާއްދާއިން އެނގޭނެ ކަމަށާއި، އަދި އެ ޑިޕޮޒިޓް ފައިސާ ބަލައިގަންނަންޖެހެނީ އެމީހެއްގެ
ކެންޑިޑެސީ ޤަބޫލުކުރުމަށް ފަހުކަމެއް ނުވަތަ ހުށައަޅަންޖެހޭ ހުރިހާ ތަކެތި ހަމަވިކަން ޔަޤީން ކުރުމަށް
ފަހުކަމެއް އެނގޭކަށް ނެތްކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރަމުންގެންދާ އާންމު
އުޞޫލަކީ އިންތިޚާބަށް ކުރިމަތިލުމަށް ހުށައަޅާ ހުރިހާ ތަކެއްޗެއް، ކޮމިޝަނުން ބަލައިގަންނަ އުޞޫލު ބަލައި
ގަތުން ކަމަށާއި، އިންތިޚާބާއި ބެހޭ ޢާންމު ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނާއި
ޤަވާޢިދުގައިވެސް އިންތިޚާބަށް ކުރިމަތިލާ މީހާ ހުށައަޅަންޖެހޭ ތަކެތީގެ ތެރޭގައި 50 މީހުންގެ މަޢުލޫމާތުރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ހިމެނޭ ސޮފްޓްކޮޕީ ހުށައަޅަންޖެހޭކަން ބަޔާންކޮށްފައި ނުވިނަމަވެސް އިންތިޚާބަށް ކުރިމަތިލުމަށް ކުރާ އިޢުލާނަކީ
އިންތިޚާބުތަކާއިބެހޭ ޢާންމު ޤާނޫނާއި އެ އިންތިޚާބަކަށް ޚާއްސަ ކުރެވޭ ޤާނޫނާއި، ޤަވާޢިދުން ބާރުލިބޭ
އިޢުލާނަކަށް ވީހިނދު އިންތިޚާބުގައި ބައިވެރިވާ ކޮންމެ މީހަކު އެއިޢުލާނުގައިވާ ގޮތުގެ މަތިން ޢަމަލު
ކުރަންޖެހޭނެކަ
ނެކަމަށް އިލެކްޝަންސް ކޮމިޝަނުން ދެކޭކަމަށާއި،
އަދި މީގެ އިތުރުންވެސް އިލެކްޝަންސް ކޮމިޝަނުން ޢަމަލު ކުރަމުން ގެންދާ ގޮތަށް ބަލާއިރު
އެއްވެސް މީހަކު އިންތިޚާބަށް ކުރިމަތިލުމަށް ހުށަހަޅާ ހުށަހެޅުން ފުރަހަމަވީކަމުގައިވިޔަސް އަދި
ނުވިކަމުގައިވިޔަސް އެހުށަހެޅުން ބަލައިގަންނާނެ ކަމަށާއި، ހަމަ އެހެންމެ އެހުށަހެޅުމާއިއެކު ޑިޕޮޒިޓް
ފައިސާވެސް ބަލައިގަންނަނާނެކަމަށާއި، އެފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެމީހެއްގެ ހުށަހެޅުން
ފުރިހަމަވުމުން ނޫންކަން ޤާނޫނު ނަންބަރު 11/2008 ގެ 17 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2/2009
ގެ 10 ވަނަ މާއްދާއިން އެނގޭ ކަމަށާއި، އަދި އެބަލައިގަތުމަށްފަހު އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 21
ވަނަ މާއްދާގެ (ހ) އިން ކޮމިޝަނުން ހުށަހަޅާ ފަރާތަށް ޖަވާބު ދިނުމަށް ދީފައިވާ މުއްދަތުގައި އެހުށަހެޅުން
ޗެކްކޮށް އެމީހަކަށް ޖަވާބުދޭނީ ކަމަށާއި، އިލެކްޝަން ކޮމިޝަނުގެ އިޝާރާތް ކުރެވުނު އިޢުލާނަކީ ޤާނޫނު
ނަންބަރު 11/2008 (އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ) އާއި 17 ވަނަ
މާއްދާގެ 7 ވަނަ ނަންބަރުން ބާރު ލިބިގެން އިންތިޚާބުގައި ބައިވެރިވާ މީހާ ހުށަހަޅަންޖެހޭ ތަކެތި
ހުށަހަޅަންގޮތާއި އިތުރު ތަފްޞީލް ހިމެނޭ ގޮތަށް ކުރާ އިޢުލާނަކަށް ވީހިނދު އެއިޢުލާނުގައި ބުނެފައިވާ
ތަކެއްޗަކީ އެއީ އެއިޢުލާނުގައި ބުނެފައިވާ ސުންގަޑި ހަމަވުމުގެ ކުރިން އެއިޢުލާނުގައި ބުނާ ތަނަކަށް
ހުށަހަޅަންޖެހޭ ތަކެތި ކަމަށްވާތީ، އެއިޢުލާނުގައި ބުނެފައިވާ ގޮތުގެމަތީން އިޢުލާނުގެ ސުންގަޑި ހަމަވުމުގެ
ކުރިން ހުށަހަޅާފައި ނުވާނަމަ، އެމީހެއްގެ ކެންޑިޑެސީ ޤަބޫލު ކުރެވޭނެ ޖާގައެއް އޮތްކަމަކަށް އިލެކްޝަންސް
ކޮމިޝަނަކުން ނުދެކޭކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
03- މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރު ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަށާއި،
މިމައްސަލައާއި ގުޅިގެން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅިގެން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލާއިރު މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ޢަބްދުﷲ ޝާޢިރުގެ ފަރާތުން ހުށަހަޅާފައިވާ އިސްވެ ބަޔާން ކުރެވުނު މައްސަލައަށް
ބަލާއިރު، އެމައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަން 2012 ގައި،
ދަކުރުމަށްޓަކައި އެކަމާގުޅޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގެ ދަށުން ހުށަހަޅަންޖެހޭ އެންމެހައި މަޢުލޫމާތުތައްރާއްޖޭގެ ހައިg
¢ ¢ ¢ ¢9.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
މ.ފުރަހަނިއާގެ (ޢަބްދުﷲ ޝާޢިރު (ދ.ރ.ކާޑް ނަންބަރުA040770) ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް
ހުށަހެޅުމުން އެތަކެތި ބަލައިގަނެ، އަދި އިންތިޚާބު ތަކަށް ކުރިމަތިލާ ކެންޑިޑޭޓުން ދައްކަންޖެހޭ ފައިސާ
އެކޮމިޝަށް ދެއްކުމުން އެފައިސާވެސް ބަލައިގަތުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-
އިލެކްޝަނަށް ކުރިމަތިލުމަށްއެދި އެކޮމިޝަނަށް ޢަބްދުﷲ ޝާޢިރު ހުށަހެޅި ތަކެތީގެ ތެރޭގައި "ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަ ގޮތުން ކުރިމަތިލާ މީހެއްނަމަ އެމީހަކު
ކުރިމަތި ލުމަށްއެދި ހުށަހަޅާ އިންތިޚާބީ ދާއިރާއެއްގެ، ޢުމަރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން
50 މީހުން، އެމީހަކަށް ތާއީދު ކުރާކަން އަންގައި ދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހި
ރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ"
އިންތިޚާބަށް ކުރިމަތި ލުމުގެ ސުންގަޑި ހަމަވިއިރު ހުށަހަޅާފައި ނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން
ނިންމައި، ޢަބްދުﷲ ޝާޢިރު ގެ ކެންޑިޑެންސީ ޤަބޫލު ކުރެވެން ނެތްކަމަށް އަންގާފައިވާތީ، އިލެކްޝަންސް
ކޮމިޝަނުގެ އެނިންމުން ބާޠިލްކަމަށް ކަނޑައަޅައި ދިނުން އެދިގެންނާއި، ޢަބްދުﷲ ޝާޢިރުގެ ކެންޑިޑެންސީ
ޤަބޫލު ކުރަންޖެހޭނެކަމަށް އިލެކްޝަންސް ކޮމިޝަނަށް އަންގަވައި ދެއްވުން އެދި އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކުރެވެއެވެ.
(ނ) މިމައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި، ދެފަރާތުން ޢަމަލުކޮށްފައިވާ
ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވާކަން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ކޮށްފައިވާ އިޢުލާނަކީ އެކޮމިޝަނުގެ
ނަންބަރު2012
/
34-
A
)
CA} (23 ފެބްރުއަރީ 2012) ގެ އިޢުލާނުކަމާއި، އެ އިޢުލާނުގައި ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބުގެ ޤާނުނުގެ 8 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތަށް، ރައްޔިތުންގެ މަޖިލީހުގެ
ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ މީހެއްގައި ހުންނަވީ ޝަރުޠުތައް ބަޔާންކޮށް،
ބަޔާންކޮށް، ވަކި
ޙާލަތްތަކެއްގައިވާ ބަޔަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތި
ކަމަށް ބުނެ އެޙާލަތްތައްވެސް
އެ އިޢުލާނުގައި ބަޔާން ކޮށްފައިވާކަމާއި،
އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހާ، އިންތިޚާބަށް
ކުރިމަތިލުމަށް އެދޭއިރު، ހުށަހަޅަންޖެހޭ ލިޔުންތަކާއި ތަކެތި ލިސްޓްކޮށް އެލިޔުންތަކާއި ތަކެތި ހުށަހަޅާއިރު
ހުންނަވީގޮތް ތަފްޞީލުކޮށް ބަޔާންކޮށްފައިވާކަމާއި، މިގޮތުން ހުށަހަޅަންޖެހޭ ލިޔުންތަކާއި ތަކެއްޗަކީ ކޮބައިކަން
aއ
އަންގާ
ދ ޏ އ ސ ހދ8
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
އަދި އެލިޔުންތަކާ ތަކެތި ހުންނަވީގޮތް ތަފްޞީލުކޮށް ބަޔާންކުރަމުން އެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ބ)
ގައި، "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ
މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ
މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ
ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން އަދި އޭގެ
ސޮފްޓް ކޮޕީ (އެލިޔުމުގައި ސޮއިކޮށްފައިވާ މީސްމީހުންނަކީ އެއިންތިޚާބީ ދާއިރާއަކަށް ކުރިމަތިލާ އެހެން
ކެންޑިޑޭޓަކަށް ސޮއިކޮށްފައިވާ ބަޔަކުކަމުގައި ވެގެން ނުވާނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަމާއި،
އަދި ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ތިމަރަފުށީ ދާއިރާގެ ގޮނޑިއަށް މެންބަރަކު
އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް އެދޭ ފަރާތްތަކަށް އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް
ހަމަޖެހިފައިވަނީ 2012 ފެބްރުއަރީ 27 ވާ ހޯމަ ދުވަހުން ފެށިގެން 2012 މާރޗް 11 ވާ އާދީއްތަ ދުވަހުގެ
ހަވީރު 3:00 އާއި ހަމައަށް، އިލެކްޝަންސް ކޮމިޝަންގެ 5 ވަނަ ފަންގިފިލާއިން ކަމުގައި އެއިޢުލާނުގައި
ބަޔާން ކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ މިބަޔާން ކުރެވުނު ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އިޢުލާނު
ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދި
މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރު ގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ނަންބަރުN02
/
2012
/
04 ފޯމް،
އެފޯމް ހުށަހެޅުމަށް އެކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑި (11 މާރޗް 2012 ވަނަ ދުވަހުގެ 15:00)
ހަމަވުމުގެ ކުރިން ހުށަހަޅާފައި ވާކަމާއި، އެފޯމާއި އެފޯމާއެކު ހުށަހެޅި ތަކެތި 11 މާރޗް 2012 ވަނަ
ދުވަހުގެ 14:55 ގައި އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާކަމަށް އެކޮމިޝަނުގެ ފަރާތުން އަޙްމަދު
އަބޫބަކުރު އާއި، ކެންޑިޑޭޓުގެ ފަރާތުން ޢަބްދުﷲ އިބްރާހީމް ސޮއިކޮށްފައިވާކަމާއި މިކަމާއި އެއްވެސް
ފަރާތަކުން ޚިޔާލު ތަފާތުވެފައި ނުވާކަން ފާހަގަކުރެވެއެވެ.
(ނ) ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގައި މައްސަލަ ހުށަހެޅި ފަރާތް ކަމުގައިވާ ޢަބްދު
ޝާޢިރުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ބިނާކޮށްފައިވަނީ މައިގަޑު ދެ ނުކުތާއެއްގެ މައްޗަށްކަމާއި،
އޭގެ ތެރެއިން ފުރަތަމަ ނުކުތާއަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ
ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
އެނގުމާއެކު
11 މާރޗް 2012 ވަނަ ދުވަހުގެ 14:55 ގައި ހުށަހެޅުމުން، އެތަކެތި އެކޮމިޝަނުން ބަލައިގަނެ، އެތަކެތި
ހަމައަށްހުރިކަމަށް އެކޮމިޝަނުން ޤަބޫލުކޮށް، ކެންޑިޑޭޓްކަމަށް ކުރިމަތިލާމީހުން ދައްކަންޖެހޭ ފައިސާ ދެއްކުމަށް
އެފައިސާ އެކޮމިޝަނަށް ދެއްކުމުން އެފައިސާވެސް ބަލައިގަނެ، އޭގެ އެއްދުވަސްފަހުން،
"ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ
މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ
މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ
ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ ސޮފްޓް
ކޮޕީ އިލެކްޝަނަށް ކުރިމަތިލުމުގެ ސުންގަނޑި ހަމަވުމުގެ ކުރިން ހުށަހަޅާފައި ނުވާކަމަށްބުނެ، ޢަބްދު
ޝާޢިރުގެ ކެންޑިޑެންސީ ޤަބޫލު ނުކުރުމަށް އެކޮމިޝަނުން ނިންމަވާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ
ނުކުތާކަމާއި،
ދެވަނަ ނުކުތާއަކީ، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް
ކުރިމަތިލުމުގެ ފުރުޞަތު ހުޅުވިފައިވާކަން އެންގުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ
ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ނ) ގައި،
ކެންޑިޑޭޓް ކަމަށް ކުރިމަތިލާ ފަރާތުން ހުށަހެޅުމަށް ބުނެފައިވާ 500 މީހުންގެ ތާއީދު އޮތްކަން އަންގައިދާ
ލިސްޓްގެ ސޮފްޓް ކޮޕީ" އަކީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ
ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާބެހޭ ޤަވާޢިދު ގެ ދަށުން ކެންޑިޑޭޓުން ހުށަހަޅަންޖެހޭ އެއްޗެއް
ނޫންކަމަށާއި، އެއީ ހަވާލާ ދެވުނު ދެ ޤާނޫނާއި ޤަވާޢިދުގެ ބޭރުން އިލެކްޝަންސް ކޮމިޝަނުގެ އިޢުލާނުން
ލާޒިމްކޮށްފައިވާ އެއްޗެއް ކަމަށާއި، ޤާނޫނާއި ޤަވާއިދުގެ ބޭރުން އެކޮމިޝަނުން އަމިއްލައަށް އިޢުލާނެއްގެ
ތެރެއިން ލާޒިމްކުރާ ކަމެއް ކެންޑިޑޭޓަކު ފުރިހަމަ ނުކުރުމުގެ ސަބަބުން އެމީހެއްގެ ކެންޑިޑެންސީ ޤަބޫލު
ނުކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ލިބިގެން ނުވާކަމަށް ބުނެ ފާހަގަކޮށްފައިވާ ނުކުތާކަމާއި،
މީގެތެރެއިން ފުރަތަމަ ނުކުތާގައި ޢަބްދުﷲ ޝާޢިރުގެ ފަރާތުން ބުނެފައިވާ ބުނުމަށް ޖަވާބު
ދެމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވަހަކައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ
ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެކޮމިޝަނަށް ހުށަހަޅަންޖެހޭ
މަޢުލޫމާތާއި ތަކެތި ހުށަހަޅަންޖެހެނީ އެކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012ގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންމެވެ
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
އެއްގޮތްވާ ގޮތުގެ މަތީންކަމަށާއި، އެގޮތުން އެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދި ޢަބްދު
ޝާޢިރުގެ ފަރާތުން ފޯމާއި ތަކެތި ހުށަހަޅާފައިވަނީ 11 މާރޗް 2012 ވަނަ ދުވަހުގެ 14:55 ގައި ކަމަށާއި،
މިގޮތަށް ހުށަހަޅާތަކެތި ބަލައިގަނެ އެތަކެތި ރަގަޅަށް ޗެކްކޮށް ޔަޤީންކުރުމަށްފަހު ހުށަހަޅާ ފަރާތުގެ ހުށަހެޅުން
ޤަބޫލުކުރިކަން ނުވަތަ ނުކުރާކަން އެކޮމިޝަނުން އެމީހަކަށް އަންގަންޖެހެނީ ޤާނޫނު ނަންބަރު11
/
200
(އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގައި ވާގޮތުގެ މަތީން އެމީހެއްގެ އެހުށަހެޅުން
އެކޮމިޝަނަށް ލިބޭތާ 48 ގަޑިއިރުގެ ތެރޭގައި ކަމަށާއި، އެގޮތުގެ މަތިން ޢަބްދުﷲ ޝާޢިރުގެ ފަރާތުން އޭނާގެ
އިންތިޚާބީ އެޖެންޓް ހުށަހެޅި ތަކެތި ބަލައިގަނެ، އެހުށަހެޅުމާއެކު ގެނައި ތަކެތި ޗެކްލިސްޓެއްގައި ފާހަގަކޮށް
ހަދާފައި ވާނެކަމަށާއި، އެގޮތުން އެކޮމިޝަނުގެ ފަރާތުން އެމަސައްކަތް ކުރަމުން ދަނިކޮށް، އެކޮމިޝަނުގެ
ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) ގެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ށ) ގައި
ބުނެފައިވާ "50 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިސްޓްގެ ސޮފްޓް ކޮޕީ" ހުށަހެޅިފައިވާ ނުވާކަން
ޢަބްދުﷲ ޝާޢިރަށް އަމިއްލައަށް އެނގި، އެސޮފްޓް ކޮޕީ ހިމެނޭ ސިޑީ ހިފައިގެން ސިދާ ޢަބްދުﷲ ޝާޢިރު
އެކޮމިޝަނަށް ޙާޟިރުވެފައިވާކަމަށާއި، ނަމަވެސް އޭރުވަނީ އެތަކެތި ހުށަހަޅަންޖެހޭ ސުންގަނޑި ފާއިތުވެ
އިތުރު ފަސް މިނެޓް ހިނގާފައި ކަމަށާއި، ސުންގަޑީގެ ކުރިން ޢަބްދުﷲ ޝާޢިރުގެ ފަރާތުން އޭނާގެ އިންތިޚާބީ
އެޖެންޓް ހުށަހެޅި ތަކެތީގެ ތެރޭގައި ސިޑީއެއް ހިމެނިފައި އޮތްކަމުގައިވިޔަސް، އެސީޑީގައި "50 މީހުންގެ
ތާއީދު އޮތްކަން އަންގައިދޭ ލިސްޓްގެ ސޮފްޓް ކޮޕީ" ހިމެނިފައި ނުވާކަމަށާއި، ކަންދިމާވީ ގޮތުން ޢަބްދު
ޝާޢިރުގެ ފަރާތުން އެތަކެތި ހުށަހެޅިއިރު އިލެކްޝަންސް ކޮމިޝަނުގައި ކަރަންޓް ނެތުމުގެ ސަބަބުން އެވަގުތު
އެސިޑީ ޗެކް ނުކުރެވުނުކަމަށާއި، އެސަބަބަށްޓަކައި، އެތަކެތި ގެނައުމުން ޗެކްލިސްޓްގައި ފާހަގަ ޖަހަމުން
ދިޔައިރު، ސިޑީއެއް ހުށަހަޅާފައިވާތީ، ޗެކްލިސްޓްގެ 10ވަނަ ނަންބަރުގައި (ސިޑީއެއް ހުށަހަޅާފައިވާކަމަށް)
ރަގަޅުފާހަގަ ޖަހާފައިވަނީ ކަމަށާއި، ނަމަވެސް ފަހުން ކަރަންޓް ލިބުމާގުޅިގެން އެސިޑީ ޗެކްކުރިއިރު އެސީޑީގައި
އެ %50 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިސްޓްގެ ސޮފްޓް ކޮޕީ" ހިމެނިފައި ނުވާކަމަށާއި، އެސޮފްޓް
ކޮޕީ ހިމެނިފައިވަނީ ސުންގަޑީގެ ފަހުން 15:05 ގައި ޢަބްދުﷲ ޝާޢިރު އަމިއްލައަށް ގެނައި ސީޑީގައި
ކަމަށާއި،
އަދި ޢަބްދުﷲ ޝާޢިރުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ދައްކާފައިވާ
-/5000ރ.(ފަސްހާސް ރުފިޔާ) ދައްކާފައިވަނީ އެފައިސާ ދެއްކުމަށް އޭނާއަށް ވަކިން އެކޮމިޝަނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
އަންގައިގެންކަމަށް ބުނެފައިވާ ބުނުމަކީ ޙަޤީޤަތާއި ޚިލާފަށް ބުނެފައިވާ ބުނުމެއްކަމަށާއި، އިންތިޚާބަށް ކުރިމަތިލާ
ކެނޑިޑޭޓުންގެ ފަރާތުން އެކޮމިޝަނަށް ދައްކަންޖެހޭ -/
5000ރ. ގެ ޑިޕޮޒިޓް ފައިސާއަކީ، އިންތިޚާބަށް
ކުރިމަތި ލުމަށްއެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއްކަން އެކޮމިޝަނުގެ
ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) އިޢުލާނު ގެ 2 ވަނަ ނަންބަރުގެ (ހ) އިން ރަގަޅަށް
އެނގޭނެ ކަމަށާއި، ޢަބްދުﷲ ޝާޢިރުގެ ފަރާތުން އެ -/5000ރ. ވެސް ހުށަހަޅާފައިވަނީ އެފޯމާއެކު ހުށަހެޅި
ތެކެތީގެތެރޭގައި ކަމަށާއި، އެކޮމިޝަނުން އެކަމުގައި ޢަމަލު ކުރާގޮތަކީވެސް އެއީ ކަމަށާއި، އިންތިޚާބަށް
ކުރިމަތިލާ ފަރާތުން އެކަމަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހައި ތަކެތީގެ ތެރެއިން އެ ފަރާތަކުން
ހުށަހެޅިތަކެތި އެކޮމިޝަނުގެ ފަރާތުން ބަލައިގަތުމަކީ، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަމަށް ނިންމާ ނިންމުމެއް
ނޫންކަމަށާއި، އެނިންމުން ނިންމަންޖެހެނީ ޤާނޫނޫގައި ބުނެފައިވާގޮތުގެ މަތިން ބަލަންޖެހޭ ބެލުންތައް ރަގަޅަށް
ބަލާ ޔަޤީންކުރުމަށްފަހުގައި ކަމަށާއި، އެގޮތުގެ މަތިން އެކޮމިޝަނުން ބެލިބެލުމުގައި ރައްޔިތުންގެ މަޖިލީހުގެ
ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތި ލުމަށްއެދި ޢަބްދުﷲ ޝާޢިރުގެ ފަރާތުން ހުށަހަޅާފައިވާ
ހުށަހެޅުން ހުށަހަޅާފައިވަނީ އެކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) ގެ
އިޢުލާނާއި އެއްގޮތް
ވާގޮތުގެ މަތިން ކަމަށްނުވާތީ،
ހުށަހެޅުން ޤަބޫލުކުރެވެން
ނިންމާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަބްދުﷲ ޝާޢިރަށް އަންގާފައިވަނީކަމުގައި
އެކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
އަދި ޢަބްދުﷲ ޝާޢިރުގެ ފަރާތުން ހުށަހެޅި މިމައްސަލާގައި ފާހަގަކޮށްފައިވާ ދެވަނަ ނުކުތާއާއި
ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ
ބައި-އިލެކްޝަނަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަން އެންގުމުގެ ގޮތުން އެކޮމިޝަނުގެ ފަރާތުން
ކޮށްފައިވާ ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) ގެ އިޢުލާނަކީ، ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ހ)އާއި، 17 ވަނަ މާއްދާގެ 7 ވަނަ
ނަންބަރުން ބާރުލިބިގެން އެކޮމިޝަނުން ކޮށްފައިވާ އިޢުލާނެއްކަމަށާއި، އެ އިޢުލާނަކީ އިންތިޚާބަށް
ކުރިމަތިލާމީހާ ހުށައަޅަންޖެހޭ ތަކެތި ތަފްޞީލްކޮށްދޭންޖެހޭ އަދި އެތަކެތި ހުށައަޅަންޖެހޭގޮތް ބަޔާންކުރާ
ދެކުރަންޖެހޭ
އިޢުލާނެއްކަމަށާއި، ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު)ގެ 16 ވަނަ މާއްދާގެ
(ހ) ގައި، އެޤާނޫނުގެ 13 ވަނަ މާއްދާގައި ބުނެފައިވާގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންޝްގެ
އޭނާގެ
4
2 ހދ8
ނޫންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
COXO
ހހދ8
އިބއލކށ
6 24
ކޮމިޝަނުން އިޢުލާން ކުރުމުން، އެއިޢުލާނުގައިވާ ގޮތުގެމަތިން، އެ އިންތިޚާބަކަށް ކުރިމަތިލުމަށް އެދޭމީހުން
އެކަމަށްއެދި، އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަން ވާނެކަމަށް ބުނެފައިވާކަމަށާއި، އަދި ހަމަ އެ ޤާނޫނުގެ
17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުގައި، އެ އިންތިޚާބަކާ ބެހޭ ޚާއްސަ ޤާނޫނާއި ގަވާއިދުގައި ބުނެފައިވާ
އިތުރުތަކެތި، މިތަކެއްޗަކީ ކޮބައިކަން އެ ޤާނޫނުގެ 13 ވަނަ މާއްދާގެ (ށ)ގެ ދަށުން އިލެކްޝަންސް
ކޮމިޝަނުން ކުރާ އިޢުލާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެކަމަށް ބުނެފައިވާކަމަށާއި، އަދި އެ
ހުށައަޅަންޖެހޭ ގޮތަކީ ކޮބައިކަން 17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުން އެގޭކަމަށާއި، އެއީ މެޓީރިއަލް
ވައިސްކޮށްކަމަށް ވިޔަސް އަދި އޭގައި ހުންނަންޖެހޭ ގޮޅިތައްކަމަށް ވިޔަސް އަދި އޭގައި ހުންނަންޖެހޭ ސޮއިތައް
ކަމަށް ވިޔަސް، އެ ހުރިހާ އެއްޗެއް ތަފްޞީލްކޮށްދެނީ އިޢުލާނުންކަން ވަރަށް ރަގަޅަށްއެގެން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު،
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދި ޢަބްދު
ޝާޢިރުގެ ފަރާތުން ހުށަހެޅި ހުށަހެޅުން އެކޮމިޝަނުގެ އެ އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅުމަށް
އޭނާގެ ފަރާތުން މަސައްކަތް ކޮށްފައިވާކަން އެނގޭ ކަމަށާއި، އެގޮތުން އެ އިޢުލާނުގައި 50 މީހުންގެ ތާއީދު
އޮތްކަން އަންގައިދޭ ލިސްޓްގެ ސޮފްޓް ކޮޕީ" ހުށަހެޅުމަށް އޮތުމުން، އޭނާގެ ފަރާތުން ހުށަހެޅި ފޯމާތަކެތީގެ
ތެރޭގައި އެސޮފްޓް ކޮޕީ ހިމެނިފައިވާކަމަށް ހީކޮށް ޗެކްލިސްގެ 10 ވަނަ ނަންބަރުގައި ފާހަގަކޮށްފައިވާ ސިޑީ،
ޢަބްދުﷲ ޝާޢިރުގެ ފޯމާއި އެކު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާކަމާއި، އަދި އެސީޑީ
ހުށަހަޅާފައިވަނީ އެއިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށަހަޅަންޖެހޭ ހުށަހެޅުން، ހުށަހެޅުމަށް ކަނޑައެޅިފައިވާ
ސުންގަނޑީގެ ކުރިންކަމަށާއި، ނަމަވެސް އެސިޑީގައި އެސޮފްޓް ކޮޕީ ހިމެނިފައި ނުވާކަން އިލެކްޝަންސް
ކޮމިޝަނަށް ފާހަގަވުމުގެ ކުރިން ޢަބްދުﷲ ޝާޢިރަށް އަމިއްލައަށް އެކަން ފާހަގަކުރެވި، އެސޮފްޓް ކޮޕީ ހިމެނޭ
އެހެން ސިޑީއެއް ހިފައިގެން އިލެކްޝަންސް ކޮމިޝަނަށް ޢަބްދު ޝާޢިރު އަމިއްލައަށް
ޙާޟިރުވެފައިވާކަމަށާއި، ނަމަވެސް އޭރު އެތަކެތި ހުށަހެޅުމުގެ ސުންގަނޑި ހަމަވެ އިތުރު ފަސް މިނެޓް
ހިނގާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފަހަގަކުރެވެއެވެ.
އަދި، އިންތިޚާބަށް ކުރިމަތި ލުމަށް އެދި ޢަބްދުﷲ ޝާޢިރުގެ ފަރާތުން ހުށަހެޅި ފޯމާ
ތަކެއްޗާއެކު ގެންދިޔަ ސީޑީގެ އިތުރުން، އޭގެ ފަހުން އެހެން ސީޑީއެއް ޢަބްދުﷲ ޝާއިރު އަމިއްލައަށް
އެކޮމިޝަނަށް ގެންދިޔަ ކަމަށް އޭނާވެސް ޤާބޫލު ކުރާކަމާއި، ފަހުން މި ގެންދިޔަ ދެވަނަ ސިޑީ އިލެކްޝަންސް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2012/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮމިޝަނަށް ގެންދިޔަ ގަޑި އަކީ 11 މާރޗް 2012 ވަނަ ދުވަހުގެ 15:00 ގެ ކުރިންކަން އޭނާއަށް
ޔަގީންވާކަމަށް ޢަބްދުﷲ ޝާޢިރު ބުނިނަމަވެސް، އެކަން ޔަޤީންވާގޮތެއް ޢަބްދުﷲ ޝާޢިރުގެ ފަރާތުން
ބުނެދެވިފައި ނުވާކަމާއި، އެވަގުތު ގަޑި ބަލާފައި ނުވާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޢަބްދު
ޝާޢިރު ބުނެފައިވާކަމާއި، އެއްމިނެޓް ދެމިނިޓް ލަސްވުމަކުން އިންތިޚާބަށް ކުރިމަތިލުން ފަދަ އަސާސީ
ޙައްޤަކުން އެއްވެސް މީހަކު މަޙްރޫމް ވެގެން ނުވާނެކަމަށް ޢަބްދުﷲ ޝާޢިރުގެ ފަރާތުން އޭނާގެ ވަކީލު
ބުނެފައިވާކަމާއި މިކަންކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ރ) ޤާނުނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާ
އަށް ބަލާއިރު، އެ މާއްދާގެ (ހ) ގައި، އެޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތީން އިންތިޚާބަށް
ކުރިމަތިލުމަށް އެދޭމީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48
ގަޑިއިރުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ޤަބޫލުނުކުރާކަން، އެކޮމިޝަނުގެ ފަރާތުން
އެމީހަކަށް ލިޔުމުން އަންގަންވާނެކަމަށް ބަޔާން ކުރުމަށްފަހު، އެކޮމިޝަނުގެ ފަރާތުން އެކަން ކުރުމުގައި ޢަމަލު
ކުރާނެ މިންގަޑު އޭގެ ފަހަތުން އައިސްފައިވާ އަކުރުތަކުގައި ބަޔާން ކޮށްފައިވާކަމާއި،
އެގޮތުން އެމީހެއްގެ ހުށަހެޅުން ޤަބޫލުކުރިކަން ނުވަތަ ނުކުރާކަން ކަނޑައަޅައި އެކަން
އެންގުމުގެ ކުރިން އެޤާނޫނުގެ 16 އަދި 17 މިދެމާއްދާގެ ދަށުން އެކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި
ތަކެތި ހަމައަށް ހުރިތޯ އެކޮމިޝަނުން ޔަޤީން ކުރަންޖެހޭނެ ކަމަށް އެމާއްދާގެ (ށ) ގައި ބަޔާން
ކޮށްފައިވާކަމާއި، އޭގެ ފަހުން އެމާއްދާގެ (ނ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން
ޤަބޫލުނުކުރާކަމަށް އެކޮމިޝަނުގެ ފަރާތުން ކަނޑައަޅަންވާނީ، އެ އިންތިޚާބަކަށް ކުރިމަތިލުމަށް ފުރިހަމަވާންޖެހޭ
ޝަރުތެއް ފުރިހަމަ ނުވާނަމަ، ނުވަތަ އެޤާނޫނުގެ 16 އަދި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް
ކޮމިޝަނަށް ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ފުރިހަމައަށް ނެތްނަމަ، ނުވަތަ އެތަކެތީގެ ތެރެއިން އެއްޗެއް
އެކޮމިޝަނަށް ޤަބޫލުކުރެވޭ ޙާލަތެއްގައި ކަމަށް ބަޔާން ކޮށްފައިވާކަން އެނގޭކަމާއި،
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޢަބްދުﷲ ޝާޢިރުގެ ކެންޑިޑެންސީ ޤަބޫލުނުކުރި
ސަބަބެއްކަމަށް އިސްވެ ހަވާލާ ދެވުނު ލިޔުމުގައި ބުނެފައިވަނީ، "އެކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA)
(23 ފެބްރުއަރީ 2012) އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ށ) ގައި ބަޔާން ކޮށްފައިވާ، ރައްޔިތުންގެ
މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކުޖޭގެ ކަg
cec
ޞައްޙަ ނޫންކަމަ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ކުރިމަތިލުމަށްއެދި ހުށަހަޅާ ދާއިރާއެއްގެ އުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50
(ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ"4
ސުންގަޑި ހަމަވުމުގެ ކުރިން ހުށަހަޅާފައި ނުވުންކަމާއި،
އެކޮމިޝަނުގެ އެނިންމުން ޢަބްދުﷲ ޝާޢިރު ޤަބޫލު ނުކުރާ ސަބަބަކީ، ބަޔާން ކުރެވުނު
އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ނ) ގައި ބަޔާން ކޮށްފައިވާ ސޮފްޓް ކޮޕީއަކީ، އެޢިލާނުގައި ހުށަހެޅުމަށް
އަންގާފައިވާ އެއްޗެއް ކަމުގައިވިޔަސް، ޤާނޫނަކުން އަދި ޤަވާޢިދަކުން ބާރުލިބިގެން އެއިޢުލާނުގައި ހުށަހެޅުމަށް
އަންގާފައިވާ އެއްޗެއްކަމަށް އޭނާއަށް ޤަބޫލު ނުކުރެވޭތީއާއި، އިދާރީ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަސޭހަ
އަކަށްޓަކައި އެ އިޢުލާނުން އަންގާފައިވާ އެންގުމަކާއި ޚިލާފުވުމުގެ ސަބަބުން ކެންޑިޑެންސީ ޤަބޫލު ނުކުރުމަށް
އެކޮމިޝަނުން ކަނޑައެޅުމުގެ ޙައްޤު ލިބިގެންވާކަމަށް ޢަބްދުﷲ ޝާޢިރަށް ޤަބޫލު ނުކުރެވޭތީކަމާއި،
ނަމަވެސް ޢަބްދުﷲ ޝާޢިރުގެ އެވާހަކައަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
އިންކާރުކޮށްފައިވާކަމާއި، އެކޮމިޝަނުން ޤަބޫލު ކުރާގޮތުގައި އެކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA)
(23 ފެބްރުއަރީ 2012) އިޢުލާނަކީ ޤާނުނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 16
ވަނަ މާއްދާގެ (ހ) އާއި، 17 ވަނަ މާއްދާގެ 7 ވަނަ ނަންބަރުން ބާރުލިބިގެން ކޮމިޝަނުން ކޮށްފައިވާ
އިޢުލާނެއްކަމާއި، އެޢިލާނަކީ އިންތިޚާބަށް ކުރިމަތިލާ މީހާ ހުށަހަޅަންޖެހޭ ތަކެތި ތަފްޞީލު ކޮށްދެންޖެހޭ އަދި
އެތަކެތި ހުށަހަޅަންޖެހޭގޮތް ބަޔާންކުރަންޖެހޭ އިޢުލާނެއްކަމާއި، އެހެންކަމުން އެޢިލާނާ އެއްގޮތަށް އިންތިޚާބަށް
ކުރިމަތިލާ ފަރާތުން ޢަމަލުކޮށްފައި ނުވާނަމަ، އެމީހެއްގެ ކެންޑިޑެންސީ ޤަބޫލު ނުކުރުމަކީ އެކޮމިޝަނަށް
ލިބިގެންވާ ބާރެއްކަމަށްބުނެ، އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން އެކޮމިޝަނުގެ ފަރާތުން ދިފާޢު
ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގައި، "އިންތިޚާބު
އިޢުލާނުކުރުން" މިސުރުޚީގެ ދަށުން އެޤާނުގެ 13 ވަނަ މާއްދާގެ (ހ) ގައި، "އިންތިޚާބެއް ބާއްވާކަން އެ
އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އަންގައި
އިޢުލާން ކުރަންވާނެއެވެ." މިފަދައިން ބަޔާން ކޮށްފައި އޮތުމުން، މިމައްސަލާގައި ވާހަކަ މިދެކެވޭ ރައްޔިތުންގެ
މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކޮށްފަތޯގެ ޚައިޖީ
uc Oc Ox
Oxuco
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
އިޢުލާން ބިނާވެފައި އޮންނަންވާނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނުނުގެ އިތުރުން، ޤާނޫނު ނަންބަރު2/
2009
(ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އާއި އެޤާނޫނުގެ ދަށުން ހެދިފައިވާ "ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބުގެ ޤަވާޢިދާއި އެއްގޮތްވާ ގޮތުގެ މަތީންކަން އެނގެން އޮންނާތީ، އެނުކުތާއަށް ބެލުމުގެ ގޮތުން
ހައިކޯޓުން ބެލިބެލުމުން، ޤާނޫނު ނަންބަރު2/
2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 5 ވަނަ
މާއްދާގެ (ހ) އަދި (ބ) އަށް ބެލުމުން، ރައްޔިތުން މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން
އެ ގޮނޑިއަށް މީހަކު އިންތިޚާބު ކުރަންޖެހޭ ޙާލަތުގައި، އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް
ބާއްވާ ބައި-އިލެކްޝަން ބޭއްވުމަށްޓަކައި ކުރާ އިޢުލާނުގައި، ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު ހިމަނަން ޖެހޭނެ ކަމަށް ބަޔާން
ކޮށްފައި އޮންނަކަމާއި، އެޤާނޫނުގެ 13 ވަނަ މާއްދާގެ (ށ) ގައި، އެމާއްދާގެ (ހ) ގެ ދަށުން އިލެކްޝަންސް
ކޮމިޝަނުން ކުރާ އިޢުލާނުގައި ހިމަންޖެހޭ މަޢުލޫމާތު ބަޔާންކުރަމުން 8 ވަނަ ނަންބަރުގައި، "އިންތިޚާބަށް
ކުރިމަތިވާ މީހުން ހުށަހަޅަންޖެހޭ މަޢުލޫމާތުތަކާއި ތަކެތީގެ ތަފުޞީލު" ބަޔާން ކުރަންޖެހޭނެ ކަމަށް
ބުނެފައިވާކަން އެނގޭކަމާއި،
މީގެ އިތުރުން ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) 16 ވަނަ
މާއްދާގެ (ހ) ގައި، އެޤާނޫނުގެ 13 ވަނަ މާއްދާގެ ބުނެފައިވާ ގޮތުގެމަތިން އިންތިޚާބަށް ކުރިމަތިލުމަށް
އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރުމުން، އެ އިޢުލާނުގައިވާ ގޮތުގެމަތިން، އެއިންތިޚާބަށް ކުރިމަތިލުމަށް
އެދޭމީހުން އެކަމަށްއެދި، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށް ބަޔާންކުރުމަށްފަހު، އެ މާއްދާގެ
(ށ) ގައި، އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، ފުރިހަމަ ކުރަންޖެހޭ
މަޢުލޫމާތަކީ ކޮބައިކަން ބަޔާންކުރަމުން އެއަކުރުގެ 10 ވަނަ ނަންބަރުގައި، "އެއިންތިޚާބަކާބެހޭ ޚާއްޞަ
ޤާނޫނާއި ގަވައިދުގައި ބުނެފައިވާ އިތުރު މަޢުލޫމާތު. މިމަޢުލޫމާތަކީ ކޮބައިކަން މިޤާނޫނުގެ 13 ވަނަ މައްދާގެ
(ނ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި
މިފަދައިން ބުނެފައިވާކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު2/
2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) ގެ 9 ވަނަ
މާއްދާގެ (ހ) ގައި، އެޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ނުވަތަ (ނ) ގައި ބަޔާން ކޮށްފައިވާ އިޢުލާން
އިލެކްޝަންސް ކޮމިޝަނުން ކުރުމުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ
*** 2 3
ހައިކޯ2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
2012/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމާބެހޭ މަޢުލޫމާތާއި ތަކެތި އިލެކްޝަންސް ކޮމިޝަނަށް
ހުށަހަޅަން ވާނެކަމަށް ބަޔާން ކޮށްފައިވާއިރު، އެޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައި، އެޤާނުނުގެ 9 ވަނަ
މެއްދާގައިވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ މަޢުލޫމާތާއެކު
ޤާނުނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 17 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ
ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ވާނެކަމަށް ބަޔާން ކޮށްފައިވާކަމާއި، އިޝާރާތް ކުރެވުނު 17
ވަނަ މާއްދާގައި، އެތަކެއްޗަކީ ކޮބައިކަން ބަޔާންކުރަމުން، 7 ވަނަ ނަންބަރުގައި "އެއިންތިޚާބަކާބެހޭ ޚާއްޞަ
ޤާނޫނާއި ގަވައިދުގައި ބުނެފައިވާ އީތުރުތަކެތި. މިމަޢުލޫމާތަކީ ކޮބައިކަން މިޤާނޫނުގެ 13 ވަނަ މައްދާގެ (ށ)
ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ކުރާ އިޢުލާނުގައި ތަފްޞީލުކޮށް ބަޔާންކޮށްފައި އޮންނަންވާނެއެވެ.1
މިފަދައިން ބަޔާން ކޮށްފައިވާކަން ފާހަގަކުރެވެއެވެ.
(ޅ) އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA} (23 ފެބްރުއަރީ 2012)
ގެ އިޢުލާނުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލާ ފަރާތްތަކުން
ހުށަހެޅުމަށް އެ އިޢުލާނުގެ 2 ވަނަ ނަންބަރުގެ (ބ) ގައި ލާޒިމް ކޮށްފައިވާ "ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު
ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50
(ފަންސާސް މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި،
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުން އަދި އޭގެ ސޮފްޓް
ކޮޕީ" އަކީ، ޤާނޫނު ނަންބަރު11
/
2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި، ޤާނޫނު ނަންބަރު2/
2009
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނު) އާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤަވާއިދުގެ ދަށުން،
އެ ބައި-އިލެކްޝަނަށް ކުރިމަތިލާ ފަރާތްތަކުން ހުށަހެޅުމަށް ލާޒިމްކުރާ އެއްޗަކަށް ނުވާއިރު، އެކޮމިޝަނުގެ
އެއިޢުލާނުން އެކަން ކެންޑިޑޭޓުންގެ މައްޗަށް ލާޒިމް ނުކުރެވޭނެކަމަށް ޢަބްދުﷲ ޝާޢިރުގެ ފަރާތުން
ފާހަގަކޮށްފައިވާ ނުކުތާއަކީ، ޢަބްދުﷲ ޝާއިރުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވާ މިމައްސަލައަށްވުރެ
ދުސްތޫރީ މައްސަލައަކާ ގުޅުންހުރި ނުކުތާއެއްކަމާއި، އަދި އެ އިޢުލާނަކީ ޤާނޫނަކާއި ނުވަތަ ޤަވާޢިދަކާއި
ތަޢާރުޟުވާ އިޢުލާނެއްކަމަށް ދެކޭނަމަ، އެނުކުތާ ޗެލެންޖް ކުރުމަށް އެންމެ މުނާސަބު ވަގުތަކަށްވާނީ،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ވަގުތު އޮއްވާކަ
އެއިޢުލާނު ޢާންމު ކުރީންސުރެ، އެ އިޢުލާނުން ކަނޑައަޅާފައިވާ ސުންގަނޑި ހަމަވުމުގެ ކުރިން އެކަށީގެންވާ
އެވާކަމާއި،
ނަމަވެސް ކަންހިނގާފައިވާ ގޮތަށްބަލާއިރު، އިލެކްޝަންސް ކޮމިޝަނުގެ
ނަންބަރު2012
/
34-
A
)
CA) ގެ އިޢުލާނަކީ 23 ފެބްރުއަރީ 2012 ގައި ކޮށްފައިވާ އިޢުލާނެއް ކަމާއި، އެ
އިޢުލާނުގެ ސުންގަނޑިއަކީ 11 މާރޗް 2012 ވަނަ ދުވަހުގެ 15:00 ކަމާއި، އެ އިޢުލާނުގައިވާ
ސުންގަނޑީގެ ކުރީން ތަނަވަސް ވެގެންވާ ވަގުތު ހުރިހާ ފަރާތްތަކަށްވެސް ލިބިފައިވާއިރު، އެ އިޢުލާނަކީ
ޤާނޫނަކާއި ނުވަތަ ޤަވާޢިދަކާއި ފުށުއަރާ އިޢުލާނެއްކަމަށްބުނެ އެކަން ކަމާބެހޭ އިދާރާއަކަށް އެއްވެސް ފަރާތަކުން
ހުށަހަޅާފައިވާކަން އެނގެން ނެތްކަމާއި،
އެއާއި ޚިލާފަށް ޚުދު ޢަބްދުﷲ ޝާޢިރުގެ ފަރާތުންވެސް މަސައްކަތް ކޮށްފައިވަނީ އެ އިޢުލާނާ
އެއްގޮތަށް ޢަމަލު ކުރުމަށްކަން އިސްވެ ބަޔާންކުރެވުނު
ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންތައްތަކުން ސާފުކޮށް
އެނގޭކަމާއި،
އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނާއި ގުޅިގެން އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ކޮށްފައިވާ އިޢުލާނަކީ، ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވުމަށް 2009 ވަނަ އަހަރު
ބޭއްވި އިންތިޚާބަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވިފައިވާކަން އަންގާ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ
ނަންބަރު2009
/
17-
ADF (4 މާރޗް 2009) ގެ އިޢުލާނާއި އެއްގޮތް އިޢުލާނެއް ކަމާއި، އެ
އިޢުލާނުގައިވެސް "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި، އަމިއްލަގޮތުން
ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން 18 އަހަރު ފުރިފައިވާ
މީހުންކުރެ މަދުވެގެން 50 (ފަންސާސް މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން އެމީހުންގެ
ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ
ސޮފްޓް ކޮޕީ" ހުށަހެޅުމަށް އަނގާފައިވާކަމާއި، އެއިޢުލާނާއި ގުޅިގެންވެސް މިހާރު މިމައްސަލަ ހުށަހަޅާފައިވާ
ޢަބްދުﷲ ޝާޢިރު ގެ ފަރާތުން އެ އިންތިޚާބަށް ކުރިމަތިލުމުގެ ގޮތުން ހުށަހަޅަންޖެހޭ ފޯމާއި މަޢުލޫމާތާއި ތަކެތި
ހުށަހަޅާފައިވާކަމާއި، އޭގެ ތެރޭގައި، މި އިޝާރާތް ކުރެވޭ "50 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ
ލިސްޓްގެ ސޮފްޓް ކޮޕީ" ވެސް އޭރު ހުށަހަޅާފައިވާކަން ޝަރީޢަތަށް ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
"18
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ރައްޔިތުންގެ
މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދި މ.ފުރަހަނިއްގެ ޢަބްދުﷲ ޝާޢިރު
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ނަންބަރުN02
/
2012
/
04 ފޯމާއި، އެފޯމާއެކު ހުށަހެޅި ތަކެތި
ހުށަހަޅާފައިވަނީ 11 މާރޗް 2012 ވަނަ ދުވަހުގެ 14:55 ގައި ކަން ޢަބްދުﷲ ޝާޢިރުގެ އިންތިޚާބީ
އެޖެންޓް ސޮއިކޮށްފައިވާ ލިޔުމުން އެނގެން އޮތްކަމުގައި ވިޔަސް، އެފޯމާއެކު އެގަޑީގައި ހުށަހެޅި ތަކެތީގެ
ތެރޭގައި އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު2012
/
34-
ACA) (23 ފެބްރުއަރީ 2012) އިޢުލާނުގެ 2
ވަނަ ނަންބަރުގެ (ނ) ގައި ބުނެފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން
ފިޔަވައި، އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން
އަހަރު ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް) މީހުން އެމީހަކަށް ތާއީދުކުރާކަން
އަންގައިދިނުމުގެ ގޮތުން އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ
އެޑްރެހާއި، ސޮއި، ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ" ހިމެނިފައިވާ ނުވާކަން ޢަބްދުﷲ ޝާޢިރުގެ ބަހުންނާއި އޭނާ
ޢަމަލުކޮށްފައިވާގޮތުން ސާފުކޮށް އެނގެންއޮވެފައި، އެސޮފްޓް ކޮޕީ ހިމެނޭ އެހެން ސީޑީއެއް އެދުވަހުގެ 15:00
ގެ ކުރިން ހުށަހެޅިކަމަށް ޢަބްދުﷲ ޝާޢިރު ބުނިނަމަވެސް، އެކަމާ އިލެކްޝަންސް ކޮމިޝަނުން އިންކާރު
ކުރުމާއެކު ފަހުން ގެންދިޔަ ދެވަނަ ސީޑީ އެކޮމިޝަނަށް ގެންދިޔަ ގައި އެވަގުތު އޭނާއަށް
ޢަބްދުﷲ ޝާޢިރު ބުނެފައިވާތީއާއި، އެއްމިނެޓް މިނިޓް ލަސްވުމަކުން އިންތިޚާބަށް ކުރިމަތިލުންފަދަ އަސާސީ
ޙައްޤަކުން އެއްވެސް މީހަކު މަޙްރޫމް ވެގެން ނުވާނެކަމަށް ޢަބްދުﷲ ޝާޢިރުގެ ފަރާތުން އޭނާގެ
ބުނެފައިވާ ބުނެފައިވާ ބުނުމުން، މިމައްސަލާގައި އިޝާރާތް މިކުރެވޭ "50 މީހުންގެ ތާއީދު އޮތްކަން
އަންގައިދޭ ލިސްޓްގެ ސޮފްޓް ކޮޕީ" ހިމެނޭ ސީޑީ ޢަބްދުﷲ ޝާޢިރު ހުށަހަޅާފައިވަނީ އިލެކްޝަންސް
ކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) ގެ އިޢުލާނުގައި ކަނޑައަޅާފައިވާ
ސުންގަޑި ހަމަވުމުގެ ފަހުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާ ބުނުމަށް އިތުރު ބާރު
ލިބިގެންދާތީ، އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) ގެ އިޢުލާނާ ގުޅިގެން ރައްޔިތުންގެ
މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދި މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރު
(ދ.ރ.ކާޑް ނަންބަރުA040770} ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އޭނާގެ ކެންޑިޑޭންސީ
ބެލިފައި ނުވާކަމަށް
ވަކީލު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
20
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
ޤަބޫލުކުރެވެން ނެތްކަމަށް އެކޮމިޝަނުގެ ފަރާތުން ޢަބްދުﷲ ޝާޢިރަށް އަންގާފައިވާ އެންގުން ބާޠިލް ކުރެވޭނޭ
އެއްވެސް އަސާސެއް އޮތްކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަކަށް ނުފެނުނެވެ.
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކަށް ރިޢާޔަތްކޮށް ބަލާއިރު، ރައްޔިތުންގެ
މަޖިލީހުގެ ތިމަރަފުށި ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދި މ.ފުރަހަނިއާގެ ޢަބްދުﷲ ޝާޢިރު
އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ނަންބަރުN02
/
2012
/
04 ފޯމާއި، އެފޯމާއެކު ހުށަހެޅި ތަކެތި
ހުށަހަޅާފައިވަނީ އެ އިޢުލާނުގައި ބުނެފައިވާ ސުންގަނޑީގެ ކުރީންކަން ޢަބްދުﷲ ޝާޢިރުގެ އިންތިޚާބީ އެޖެންޓް
ސޮއިކޮށްފައިވާ ލިޔުމުން ސާބިތުވި ކަމުގައިވިޔަސް، އެފޯމާއެކު އެގަޑީގައި ހުށަހެޅި ތަކެތީގެ ތެރޭގައި
އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) (23 ފެބްރުއަރީ 2012) އިޢުލާނުގެ 2 ވަނަ
ނަންބަރުގެ (ށ) ގައި ބުނެފައިވާ "ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ސިޔާސީ ޕާޓީއެއްގެ ފަރާތުން ފިޔަވައި،
އަމިއްލަގޮތުން ކުރިމަތިލާ މީހެއްނަމަ، އެމީހަކު ކުރިމަތިލުމަށް އެދި ހުށަހަޅާ ދާއިރާއެއްގެ ޢުމުރުން 18 އަހަރު
ފުރިފައިވާ މީހުންކުރެ މަދުވެގެން 50 (ފަންސާސް މީހުން އެމީހަކަށް ތާއީދުކުރާކަން އަންގައިދިނުމުގެ ގޮތުން
އެމީހުންގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރާއި، ދާއިމީ އެޑްރެހާއި، ސޮއި،
ހިމެނޭ ލިޔުމުގެ ސޮފްޓް ކޮޕީ" ހިމެނިފައިވާ ނުވާކަން ޢަބްދުﷲ ޝާޢިރުގެ ބަހުންނާއި އޭނާ
ޢަމަލުކޮށްފައިވާގޮތުން ސާބިތުވާތީއާއި، އެސޮފްޓް ކޮޕީ ހިމެނޭ އެހެން ސީޑީއެއް އެދުވަހުގެ 15:00 ގެ ކުރިން
ހުށަހެޅިކަމަށް ޢަބްދުﷲ ޝާޢިރު ބުނިނަމަވެސް، އެކަމާ އިލެކްޝަންސް ކޮމިޝަނުން އިންކާރުކޮށްފައިވާއިރު،
ފަހުން ގެންދިޔަ ދެވަނަ ސީޑީ އެކޮމިޝަނަށް ހުށަހަޅާފައިވަނީ އެދުވަހުގެ 15:00 ކުރިންކަމަށް ޢަބްދު
ޝާޢިރަށް ޝަރުޢީ ހަމަތަކުގެ މަތީން ސާބިތުކޮށްދެއްވިފައި ނުވާކަމަށް ކަނޑައަޅައި، އިލެކްޝަންސް
ކޮމިޝަނުގެ ނަންބަރު2012
/
34-
A
)
CA) ގެ އިޢުލާނާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ
ބައި-އިލެކްޝަނަށް ކުރިމަތިލުމަށްއެދި މ.ރަހަނިއާގެ ޢަބްދުﷲ ޝާޢިރު (ދ.ރ.ކާޑް ނަންބަރުA040770) ގެ
ފަރާތުން ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އޭނާގެ ކެންޑިޑޭންސީ ޤަބޫލުކުރެވެން ނެތްކަމަށް އެކޮމިޝަނުގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
21
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2012/HC-I-SH/01
446
ފަރާތުން ޢަބްދުﷲ ޝާޢިރަށް އަންގާފައިވާ އެންގުން ބާޠިލް ކުރެވޭނޭ އެއްވެސް އަސާސެއް ނެތްކަމަށް
މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތިން ޙުކުމް
ކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ގެ ޙައިގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv