ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/216 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-Az16
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 216/HC-A/2011
• އިސްތިއުނާފުކުރި ފަރާތް:
z ނަން: އަޙްމަދު ނަވާފަލް
އައިޑީ ކާޑު ނަންބަރ: A051220
މިހާރުގެ އެޑްރެސް:
ދާއިމީ
އެޑްރެސް: މ.
މަރިއާޒީ
މަރިއާޒީ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މަރްޔަމް މުޙައްމަދު
* އައިޑީ ކާޑު ނަންބަރ: A071333
އެޑްރެސް: ލ. ކަޑޫދޫ| ދެކުނުގެ
ހާރުގެ އެޑްރެސް: މ. ދޫރިޔާގެ
، ހުށަހެޅުނު ތާރީޚް: 05 ސެޕްޓެމްބަރު 2011
ނިމުނު ތާރީޚް: 29 މާރޗް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Fm-C/386
ނިންމެވިކޯޓު: ފެމެލީ ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޙަޟާނަތު
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
އެހާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/216
ދަޢުވާގެ ޚުލާޞާ
މިއީ، ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ކަމަށް ބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
މ. މަރިއާޒީ އަޙްމަދު ނަވާފަލް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފް ދަޢުވާ ރައްދުވަނީ ތ. ކަޑޫދޫ| ދެކުނުގެ މަރްޔަމް މުޙައްމަދު
މ. ދޫރިޔާގެ އަށެވެ.
CCC.
9ދ 4
3
2
4
ހެނ ހ2
ފާހަގަކުރެވުނު ނުކުތާތައް:
01 ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާ އަކީ،
މަރިއާޒީ އަޙްމަދު
ނަވާފަލް އާއި ކަޑޫދޫ ދެކުނުގެ މަރްޔަމް މުޙައްމަދު އާއި ކާވެނިކޮށް ލިބިފައިވާ ދަރިފުޅު ޖިބްރީލް އަޙްމަދު
ނަވާފަލް (އުފަންތާރީޚް 21.03.2006) ގެ ޙަޟާނަތު ލިބިގަތުމަށް އެދި މަރްޔަމް މުޙައްމަދު
ފެމެލީ ކޯޓުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގެ ޙުކުމަށް ބަލާއިރު، އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، ”ދެންފަހެ،
ދެކުނުގެ މަރްޔަމް މުޙައްމަދު (އައިޑީ ކާޑު ނަންބަރު A071333) އާއި، މާލެ
މަރިއާޒީ އަޙްމަދު
ނަވާފަލް (އައިޑީ ކާޑު ނަންބަރު A051220) އާ ކާވެނިކޮށް ލިބިފައިވާ ދަރިފުޅު ޖިބްރީލް އަޙްމަދު ނަވާފަލް
(އުފަންތާރީޚް 21.03.2006) ގެ ޙަޟާނަތު ލިބިގަތުމަށް އެދި މަރްޔަމް މުޙައްމަދު ހުށަހެޅި މި
ޤަޟިއްޔާގައި، ހުށަހެޅިފައިވާ ބަޔާންތަކަށާއި ދެއްކި ވާހަކަތަކަށް ބަލާއިރު، މިދަރިފުޅު މިހާރު ހުރީ މިދަރިފުޅުގެ
ބައްޕަ އަޙްމަދު ނަވާފަލްގެ ބެލުމުގެ ދަށުގައި ކަމަށްވިޔަސް، މިދަރިފުޅަކީ ޙަޟާނަތުގެ ޢުމުރުގެ ކުއްޖެއްކަމާއި،
އަދި މިދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދުގެ ކިބައިން ޙަޟާނަތުގެ ޙައްޤު ގެއްލިފައިނުވާތީ، ދަރިފުޅަށް
އެންމެ މަޞްލަޙަތު ބޮޑީ ދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދު ގާތުގައި ހުރުންކަމަށް ޝަރީޢަތަށް ފެންނާތީ
އާއި އަދި މިދަރިފުޅުގެ ޙަޟާނަތުގެ އެންމެ އިސް ޙައްޤުވެރިއަކީ މިދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދު
ކަމަށް ކަނޑައަޅައި، ދަރިފުޅު ޖިބްރީލް އަޙްމަދު ނަވްފަލް (މިދަރިފުޅު ޢާންމުކޮށް ގެންގުޅޭ ހުރިހާ ތަކެއްޗާއެކު
މިއަދު (25.08.2011) ން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި ދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދާ
ޙަވާލު ކުރުމަށް ދަރިފުޅުގެ ބައްޕަ އަޙްމަދު ނަވާފަލް އަށް އަންގައި، ދަރިފުޅާއި މައިން ބަފައިންގެ މެދުގައިވާ
އެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/216
44 4944
4 2 4a
مصر کا محور و مربی
ސިލަތުލްއަރުހާމުގެ ގުޅުން ބަދަހިވާނީ ދަރިފުޅުގެ ބައްޕައަށް ދަރިފުޅަށް ޒިޔާރަތްކުރެވި ދަރިފުޅާއިއެކު ވަގުތު
ކަމަށް ޝަރީޢަތަށް ފެންނާތީ، ދަރިފުޅުގެ ބައްޕަ އަޙްމަދު ނަވާފަލް އާއިއެކު
ވަގުތު ހޭދަކުރުމަށް އަޙްމަދު ނަވާފަލް ނުވަތަ (ދަރިފުޅުގެ ބައްޕަ ފަރާތުގެ މާމަ ނުވަތަ ކާފަ، މިދެމީހުންކުރެ
މީހަކު) ދަރިފުޅު އުޅޭތަނަށް ހިނގައްޖެނަމަ ދަރިފުޅު އަޙްމަދު ނަވްފަލް އާއި ބައްދަލުކޮށްދޭން ޖެހޭނެކަން
މަރްޔަމް މުޙައްމަދު އަށް އަންގައި، އަދި ފޯނު މެދުވެރިކޮށްވެސް ދަރިފުޅާއި ވާހަކަ ދެއްކުމުގެ އިންތިޒާމު
ހަމަޖައްސައިދޭން ޖެހޭނެކަން މަރްޔަމް މުޙައްމަދު އަށް އަންގައި، ދަރިފުޅު އެދެވޭ ރަނގަޅު ގޮތުގައި ތަޢުލީމާއި
ތަރުބިއްޔަތުދީ ބަލާ ބޮޑުކުރުމުގައި ދެފަރާތުން ޙިއްސާވެ، ދަރިފުޅު ތަރުބިއްޔަތު ކުރުމުގައި އިސްލާމްދީނަށް
ބޯލަނބައި ކިޔަމަންގަތުމަށް ބާރުއަޅައި، އިސްލާމްދީނަށް ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށާއި، ދަރިފުޅަށް
ދެރައެއް ލިބިދާނެ އެއްވެސް ކަމެއް ނުކުރުމަށް ދެފަރާތަށް ނަޞޭޙަތްދީ، މިގޮތުގެ މަތިން ޙުކުމްކޮށް
މިޤަޟިއްޔާ ނިންމީއެވެ.” މިފަދައިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
CCCX
02 އިސްވެ ބަޔާންކުރެވުނު ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާ
ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ އަޙްމަދު ނަވާފަލްގެ ފަރާތުން
އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދެ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ
ތާތަކާއިމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
CCC
ނުކުތުކަށާއި،
ccc
03- ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އަޙްމަދު ނަވްރަލްގެ ފަރާތުން ހުށަހަޅާފައިވާ
އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މަރްޔަމް މުޙައްމަދު އާއި، އަޙްމަދު ނަވްރަލް އަށް ލިބިފައިވާ ދަރިފުޅު ޖިބްރީލް އަޙްމަދު
ނަވާފަލް (އުފަންތާރީޚް 21.03.2006) ގެ ޙަޟާނަތު ލިބިގަތުމަށް އެދި މަރްޔަމް މުޙައްމަދު ހުށަހެޅި ފެމެލީ
ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާއިން އެދަރިފުޅުގެ ޙަޟާނަތުގެ އެންމެ އިސް ޙައްޤުވެރިއަކީ
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/216
އެދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދު ކަމަށް ކަނޑައަޅުއްވައި، އެދަރިފުޅު (ޖިބްރީލް އަޙްމަދު ނަވްފަލް)
25.08.2011 އިން ފެށިގެން 03 (ތިނެއް) ދުވަހުގެ ތެރޭގައި އެދަރިފުޅުގެ މަންމަ މަރްޔަމް މުޙައްމަދާ ޙަވާލު
ކުރުމަށް އެދަރިފުޅުގެ ބައްޕަ އަޙްމަދު ނަވާފަލް އަށް އަންގަވައި، 2011 އޯގަސްޓް 25 ވަނަ ދުވަހު
ފެމެލީކޯޓުން ޙުކުމް ކުރައްވާފައިވާކަން އެނގެން އޮވެއެވެ.
CCCX
(ކ) ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، ދަރިންގެ ޙަޟާނަތުގެ ޙައްޤަކީ އެދަރިންގެ
ޙައްޤަށްޓަކައި އެދަރިންގެ މަޞްލަޙަތަށް ރިޢާޔަތްކޮށް އެދަރިންގެ މަޞްލަޙަތަށް އެންމެ ބޮޑަށް ރައްކާތެރިވާ
ފަރާތަކާއި ޝަރުޢީ އަދި ޤާނޫނީ ގޮތުން ޙަވާލުކުރަންޖެހޭ ޙައްޤެއްކަމާއި، ކުއްޖެއްގެ ޙަޟާނަތުގެ ޙައްޤުގެ
އެންމެ އިސްފަރާތަކީ އެކުއްޖެއްގެ
އެގެ މަންމަކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާ އާބެހޭ ޤާނޫނު) ގެ 40
ވަނަ މާއްދާގެ (ހ) އިން އެނގެން އޮތްއިރު، ޙަޟާނަތުގެ ޙައްޤު ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ
އެދަރިންގެ މަޞްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލާ އެގޮތަކަށްކަން، ޢާއިލާ އާބެހޭ
ޤާނޫނުގެ 40 ވަނަ މާއްދާގެ (ބ) އިން ކަށަވަރުކޮށްދީފައިވާކަން އެނގެން އޮވެއެވެ.
CCCX
ގެ
ކަމަށްވާ
(ނ) ކުއްޖާގެ ޙަޟާނަތު ޙަވާލުކުރުމުގައި ޢަމަލު ކުރަންވާނީ، ކުއްޖާގެ މަޞްލަޙަތަށް އެންމެ
ރަނގަޅު ގޮތަކަށްކަން އެނގެން އޮތްއިރު، މިމައްސަލައިގާ ކުއްޖާގެ މަޞްލަޙަތު ބެއްލެވުމުގައި މައްސަލައިގާ
ފެމެލީކޯޓުން ބައްލަވާފައިވާ ކަންތައްތަކަށް ބަލާއިރު؛
މިމައްސަލައާ ގުޅިގެން 18 އޯގަސްޓް 2011 ގައި ކުއްޖާގެ މަންމަ މަރްޔަމް މުޙައްމަދު ދިރިއުޅޭ
ދޫރިޔާ (5ބީ) އަށް ފެމެލީކޯޓުގެ ލީގަލް އޮފިސަރ އަޙްމަދު އަކްރަމްއާއި
އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙަސަން ޝިމާޢު އާއި ކޯޓު އޮފިސަރ އަޙްމަދު ޝާހިދު ޒިޔާރަތްކޮށް
އެކުލަވައިލާފައިވާ ރިޕޯޓުގައި މަރިޔަމް މުޙައްމަދު ދިރިއުޅޭ ބައިގައިވަނީ އެއް ކޮޓަރިއާއި ފާޚާނާއަކާއި،
ބަދިގެއާއި ސިޓިންގރޫމް އެކުގައި އެއްކޮޓަރީގެ އެޕާޓްމެންޓެއް ކަމާއި، ނިދާ ކޮޓަރިއަކީ ފާޚާނާއާއެކު ހުރި ބާރަ
ފޫޓް ބާރަ ފޫޓްގެ ކޮޓަރިއެއް ކަމާއި، ސިޓިންގ ރޫމަކީ ފަނަރަ ފޫޓް ފަސް ފޫޓް ތަނެއްކަމާއި، އެބައިގައި
ދިރިއުޅެނީ މަރްޔަމް މުޙައްމަދު އާއި އޭނަގެ ކޮއްކޮ އާމިނަތު ނަދީމާ ކަމަށް މަރިޔަމް މުޙައްމަދު މަޢުލޫމާތު
އެހީ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
211/HC-A/21
ދީފައިވާ ކަމާއި، އެތަނަކީ ކުޑަކުއްޖަކު ދިރިއުޅުމަށް އެކަށީގެންވާ މާޙައުލެއް ކަމަށް އެރިޕޯޓުގައި ބުނެފައިވާކަން
އެނގެން އޮވެފައި؟
20 އޯގަސްޓް 2011 ގައި ކުއްޖާގެ ބައްޕަ އަޙްމަދު ނަވްފަލް ދިރިއުޅޭ ގެ ކަމަށްވާ މ. މަރިޔާޒީ
އަށް ފެމެލީކޯޓުގެ އ. ލީގަލް އޮފިސަރ އަޙްމަދު އަކްރަމް އާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ޙަސަން ޝިމާޢު
ޒިޔާރަތްކޮށް އެކުލަވައިލާފައިވާ ރިޕޯޓުގައި އަޙްމަދު ނަވާފަލް ދިރިއުޅޭ ދެ ފަންގިފިލާއަށް ހަދާފައިވާ ބައި
ވަކިކޮށްފައިވާ ކަމާއި، ތިރީ ބައިގާ ހުންނަނީ ސިޓިންގ ރޫމް ކަމާއި މަތީ ފަންގިފިލާގައި ވަނީ ނިދާބައި ކަމާއި،
އެބައިގާ އުޅެނީ އަޙްމަދު ނަވްފަލްގެ އިތުރުން އޭނަގެ ތިންކުދިންކަމުގައިވާ މުޙައްމަދު މީކާއީލް އާއި އިބްރާހީމް
އިސްރާފީލް އާއި ޖިބްރީލް އަޙްމަދު ނަވްރަލް ކަމަށް، އަޙްމަދު ނަވާފަލް މަޢުލޫމާތު ދީފައިވާކަމާއި، އެތަނަކީ
ކުޑަކުއްޖަކު ދިރިއުޅުމަށް އެކަށީގެންވާ މާޙައުލެއް ކަމަށް އެރިޕޯޓުގައި ބުނެފައިވާކަން އެނގެން އޮތުމުގެ
އިތުރުންގެ
ޖިބްރީލް އަޙްމަދު ނަވްފަލް އާއި ބައްދަލުކުރުމަށްޓަކައި އެދަރިފުޅު ދިރިއުޅެމުންދާ ގެ ކަމުގައިވާ
މ. މަރިޔާޒީއަށް މަރްޔަމް މުޙައްމަދު ދިއުމުން ކުއްޖާގެ ބައްޕަ އަޙްމަދު ނަވްފަލް ކުއްޖާއާއި ބައްދަލުވުމުގައި
ހުރަސްއެޅުމާއި، ކުއްޖާ ކުރިމަތީގައި ހަޑި ހުތުރު ބަހުން މުޢާމަލާތު ކުރުމާއި، ގިނަވަގުތު ކުއްޖާ އެކަނި ގޭގައި
ބަހައްޓާ ކުއްޖާގެ އަސާސީ ބޭނުންތައް އެންމެ ފުރިހަމައަށް ފޯރުކޮށް ނުދެވެމުންދާތީ، ކުއްޖާއަށް ނަފްސާނީ
ކުއްޖާގެ ތަޢުލީމަށް އަސަރުތަކެއް ކުރަމުންދާ ކަމަށް ބުނެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީގެ
ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްއަށް މަރްޔަމް މުޙައްމަދު ހާޒިރުވެ 2010
ނޮވެމްބަރ 02 ގައި ހުށަހަޅާފައިވާ މައްސަލައާއި ގުޅިގެން އެ ޑިޕާޓްމަންޓުން 20 ޖޫން 2011 ގައި
ހަދާފައިވާ "ކުއްޖާއާއި ގުޅޭ ރިޕޯޓު] ގެ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްއިން ކުރެވިފައިވާ
މަސައްކަތް ލިބިފައިވާ މަޢުލޫމާތު މި ސުރުޚީ (ރިޕޯޓްގެ 4 ވަނަ ޞަފްޙާ) ގައި މ. މަރިއާޒީގެ އަށް ޒިޔާރަތް
ކުރި ކުރުމުން އެ ޑިޕާޓްމަންޓްގެ ކޭސް ވާރކަރުންނަށް ކުއްޖާއަށް އެއްވެސް ނުރައްކަލެއް ނުވަތަ ކުއްޖާގެ
އެއްވެސް ކަމަކަށް ހުރަސްއެޅޭފަދަ ކަމެއް ފެންނަން ނެތުމާއި ކުއްޖާގެ ބައްޕަ އަޙްމަދު ނަވާފަލް އާއި ކުއްޖާގެ
މާމަ މަރީނާގެ ފަރާތުން ލިބުނު މަޢްލޫމާތަށް ބަލާއިރު ކުއްޖާ ދިރިއުޅެމުންދަނީ ރައްކާތެރި މާޙައުލެއްގައި
ކަމަށާއި، އަދި އެރިޕޯޓުގެ ފާހަގަކުރެވުނު ކަންތައްތައް މިސުރުޚީގައި ޖިބްރީލް ނަވްފަލު ދިރިއުޅެމުންދާ ތަނުގެ
ތ ތި ދޭ
43ނނއ ސ4
ހާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/216
ސާފުތާހިރުކަމާއި އެއްޗެހި ބަހައްޓާފައިވަނީ ތަރުތީބުންކަން އަދި ޖިބްރީލް ދިރިއުޅެމުންދާ ކޮޓަރިއަކީ ކުޑަކުއްޖަކު
އުޅެން އެކަށީގެންވާ ރަނގަޅު ފެންވަރަކަށް ހަދާފައިހުރި ކޮޓަރިއެއްކަން އެނގެން އޮތުމާއެކު، ކުއްޖާގެ މަންމަ
މަރްޔަމް މުޙައްމަދު އަދި ކުއްޖާގެ ބައްޕަ އަޙްމަދު ނަވްފަލް ދިރިއުޅެމުންދާ ތަނަކީ ވެސް ކުޑަކުއްޖަކު
ދިރިއުޅުމަށް އެކަށީގެންވާ މާޙައުލެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވެއެވެ.
: ¢ ¢ ¢
(ރ) ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާ ބެހޭ ޤާނޫނު) ގެ 41 ވަނަ މާއްދާއަށް ބަލާއިރު
އެމާއްދާގައި ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންވާނެ ސިފަތައް
ބަޔާންކޮށްފައިވާކަމާއި، އެއީ މުސްލިމަކު ކަމުގައިވުމާއި، ބުއްދި ހަމަޔަށް ހުރިމީހަކު ކަމުގައި ވުމާއި، ކުއްޖާ
ބަލައި ބޮޑުކުރުމަށް ބޭނުންވާ އޯގާތެރިކަމާއި ފަރުވާތެރިކަން ދެވޭ ފަދަ މީހަކު ކަމުގައިވުމާއި، އިސްލާމީ
ޝަރީޢަތުގައި މަނާކޮށްފައިވާ ފާޙިޝް ޢަމަލުކުރާ މީހަކު ކަމުގައިނުވުންކަން އެނގެން އޮތްއިރު، މިއިން
އެއްވެސް ސިފައެއް ކުއްޖާގެ މަންމަ މަރްޔަމް މުޙައްމަދުގެ ކިބައިން އުނިވެފައިވާކަން މިއިސްތިއުނާފުކުރެވޭ
ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާގެ ޙުކުމް ކުރެއްވުމާއި ހަމައަށް އެއްވެސް ކޯޓެއްގައި
ސާބިތުވެފައިނުވާކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަމަށް ބެލުމުން، ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް އޮތް ކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެ
އey
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، ޙަޟާނަތުގެ ޙައްޤު
ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭނީ އެދަރިންގެ މަޞްލަޙަތުގައި އޮތް އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ބަލާ
ތަކަށްކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާ ބެހޭ ޤާނޫނު)ގެ 40 ވަނަ މާއްދާގެ (ބ) ގައި ކަނޑައެޅި
ބަޔާންކުރެވިފައިވާއިރު، ކުއްޖާގެ މަންމަ މަރްޔަމް މުޙައްމަދު އަދި ކުއްޖާގެ ބައްޕަ އަޙްމަދު ނަވްފަލް
ދިރިއުޅެމުންދާ ތަނަކީ ވެސް ކުޑަކުއްޖަކު ދިރިއުޅުމަށް އެކަށީގެންވާ މާޙައުލެއްކަން މިމައްސަލައާއި ގުޅިގެން
ފެމެލީކޯޓުގެ ފަރާތުންނާއި މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމެލީގެ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމެލީ
އެހާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ދޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2011/HC-A/216
ޕްރޮޓެކްޝަން ސަރވިސްގެ ފަރާތުން އެކުލަވައިލާފައިވާ ރިޕޯޓުން އެނގެން އޮންނާތީ އާއި، ޢާއިލާއާ ބެހޭ
ޤާނޫނުގެ 41 ވަނަ މާއްދާއިން ކުއްޖާގެ ޙަޟާނަތު ޙަވާލުކުރެވޭ މީހެއްގެ ކިބައިގައި ހުރުން ލާޒިމްކޮށްފައިވާ
ސިފަތަކުން ކުރެ ސިފައެއް ކުއްޖާގެ މަންމަ މަރްޔަމް މުޙައްމަދުގެ ކިބައިން އުނިވެފައިވާކަން
މިއިސްތިއުނާފުކުރެވޭ ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާގައި ޙުކުމް ކުރެއްވުމާއި ހަމައަށް
އެއްވެސް ކޯޓެއްގައި ސާބިތުވެފައިވާކަން އެނގެން ނެތަތީ އާއި، ކުއްޖާގެ ބައްޕައަކީ ޙަޟާނަތުގެ ޙައްޤު
ޙަވާލުކުރެވޭ ތިންވަނަ ދަރަޖައިގައި ހިމެނޭ ފަރާތަށް ވާތީ އާއި، ކުއްޖެއްގެ ޙަޟާނަތުގެ ޙައްޤުގެ އެންމެ
އިސްފަރާތަކީ އެކުއްޖެއްގެ މަންމަކަން ޢާއިލާއާ ބެހޭ ޤާނޫނުގެ 40 ވަނަ މާއްދާގެ (ހ) ގެ ސާފު ޢިބާރާތުން
އެނގެން އޮންނާތީ، ފެމެލީ ކޯޓުގެ ނަންބަރު 2010/Fm-C/386 ޤަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ
ޝަރުޢީ ނުވަތަ ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
cu.
ހައިކޯ
*
**
ޙާޖީ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv