ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/255 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ہم تمام سیم
40 )
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
13
ޤަޟިއްޔާ ނަންބަރ: 255/HC-A/2011
އިސްތިއުނާފް ކުރިފަރާތް:
* ނަން: ޙަސަން މުޙައްމަދު
އައިޑީކާޑު ނަންބަރު، 150263-A
ދާއިމީ އެޑްރެސް:
ރާޅުވެލި | މާލެ * މިހާރުގެ އެޑްރެސް: ލ. ރާޅުވެ | މާލެ
ބަދަލުގައި: ޢަބްދުﷲ ސަޢީދު، (A094722) ތްރީލައިންސް / ސ. ހުޅުދޫ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ނެތް
ދާއިމީ އެޑްރެސް:
*
* ހުށަހެޅުނު ތާރީޚް: 25 އޮކްޓޯބަރ 2011
ނިމުނު ތާރީޚް: 29 މެއި 2012
0
• އިސްތިއުނާފުކުރެވުނު ކޯޓު ނިންމުން:
ނަންބަރު: 2011
/
132/L
/
MIS-145
* ކޯޓު: ކްރިމިނަލް ކޯޓު
* ނިންމެވި ތާރީޚް: 20 އޮކްޓޯބަރ 2011
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
2
2{11/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/L
/
MIS-145 (20 އޮކްޓޯބަރ 2011)ގެ
ސިޓީގައި ނިންމާފައިވާ ނިންމެވުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ
ނިންމެވުމެއްކަމަށްބުނެ، އެނިންމުން އިސްތިއުނާފުކުރުމަށް މ. ރާޅުވެލި، އަސަން މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް
401 ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/LIMIS-145 (20 އޮކްޓޯބަރ 2011)
ސިޓީގައި ނިންމަވާފައިވާ ނިންމެވުމަކީ، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ނިންމާފައިވާ
ނިންމެވުމެއްކަމަށްބުނެ، އެނިންމެވުން އިސްތިއުނާފުކުރުމަށް ރާޅުވެލި، ޙަސަން މުޙައްމަދުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
9
*2
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/LIMIS-145( 20 އޮކްޓޯބަރ 2011)ގެ
ސިޓީގައި ނިންމަވާފައިވާ ނިންމެވުމަށް ބެލިއިރު، އެސިޓީގައިވަނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ
ފަރާތުން މ. ރާޅުވެލި ޙަސަން މުޙައްމަދުގެ ދަރިފުޅު ރާޅުވެލި ހިސާން ޙަސަން (އައިޑެންޓިޓީ ކާޑު
ނަންބަރު A071236} ޤާނޫނުއަސާސީއާ ޚިލާފަށް ބަންދުކޮށްފައިވާކަމަށާއި، މީނާ ބަންދުކޮށްފައިވަނީ، ޤާނޫނާއި
ޤަވާއިދާ އެއްގޮތައްކަން ނުވަތަ ނޫންކަ
ންކަން ކަނޑައެޅުމަށްޓަކައި މީނާ ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް
ވަގުތުން ވަގުތަށް ޙާޟިރުކޮށްދެއްވުމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަމުރުކޮށް
ދެއްވުންއެދި އިސާން ޙަސަންގެ ބައްޕަގެ ޙަސަން މުޙައްމަދުގެ ޕަވަރ އޮފް އެޓާރނީގެ ދަށުން ތިޔަފަރާތުން
(ރާއްޖެ ޗެމްބާރސް ކޯޕަރޭޓް އެންޑް ބިޒްނަސް ލޯފާރމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އިޖުރާއީ ގޮތުން
ކުރިއަށް ގެންދެވިދާނެތޯ، ބެލިބެލުމުން އެމައްސަލައަކީ އިޖުރާއީ ގޮތުން ކުރިއަށް ނުގެންދެވޭނެ
މައްސަލައެއްކަމަށް އެކޯޓުގެ ޤާޟީންގެ އިއްތިފާޤުން ކަނޑައަޅުއްވާފައިވާތީ، އެމައްސަލަ މިވަގުތު ބަލައިދެވެން
ނެތް ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." މިފަދައިންނެވެ.
2 22 22
ދިވެހިރާއްޖޭގެ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
3
2{11/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/L
/
MIS-145 (20 އޮކްޓޯބަރ
އޮކްޓޯބަރ 2011)
ގެ ސިޓީގައި ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނިންމަވައިފައިވާ
ނިންމެވުމެއް ކަމަށްބުނެ އެނިންމުން އިސްތިއުނާފުކުރުމަށް ރާޅުވެލި، ޙަސަން މުޙައްމަދުގެ ފަރާތުން
މައިގަނޑު 04 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި، އެނުކުތާތަކާބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހެޅި:-
8
(ހ) ފުރަތަމަ ނުކުތާއަކީ: މައްސަލައިގެ ބާވަތަށް ބަލާއިރު މިއީ ޤާނޫނުއަސާސީއާ ޚިލާފަށް
ބަންދުކުރުމުގެ މައްސަލައެއްކަން އެނގޭނެކަމާއި މިބާވަތު (Habeas corpus) ގެ މައްސަލަތަކަކީ އިޖުރާއީ
ނުކުތާއެއްގެ ސަބަބުންކަމަށް ބުނެ ކޯޓުން ބޭރުކުރެވޭ ބާވަތުގެ މައްސަލައަކަށް ނުވާހިނދު، އަދި މިބާވަތުގެ
މައްސަލައެއް މީގެ ކުރިން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެކޯޓުން މައްސަލަ ބައްލަވާފައިވާކަން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 149/HC
-
A/2010 ޤަޟިއްޔާގެ ރިޕޯޓުން އެނގެންއޮތްހިނދު، މިމައްސަލަ އިޖުރާއީ
ގޮތުން ބެއްލެވެންނެތްކަމަށް ކަނޑައަޅުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
22
22
2 2ވ ·
ވަންނަޗކުކޮށް
ފެތްކަމަށް
22
(ނ) ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުން މައްސަލަ
އިވުމުގެ ސަބަބުން ޙިސާން ޙަސަނަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤުތަކުން
މަޙްރޫމުވެފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތ 43
92
2
ކަނޑައެޅުއްވުމުގެ
ހއްޤުތން އެ
ހއ 232 4ވ
(ނ) ތިންވަނަ ނުކުތާއަކީ، މައްސަލައިގެ ބާވަތަށް ބަލާއިރު މިއީ އެކަށީގެންވާ އަވަސް
ފުރުޞަތެއްގެ ތެރޭގައި ކޯޓުން ފަރުވާ ނުލިބިއްޖެނަމަ އިޢާދަ ނުކުރެވޭވަ
ރެވޭވަރުގެ ބޮޑެތި ގެއްލުން ފަރުދުންނާއި،
މުޖްތަމަޢަށް ކުރާނެ މައްސަލައަކަށްވީހިނދު މިބާވަތުގެ މައްސަލައެއް ހުށަހެޅިއްޖެނަމަ އެކޯޓަކުން ވަގުތުން
ފިޔަވަޅު އަޅުއްވައި، އަވަސް ފުރުޞަތެއްގެ ތެރޭގައި މައްސަލަ ނިންމަވަންޖެހޭކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ: ހިފާ ހައްޔަރުކުރުމުގެ
ލިބިފައިވާ ފަރާތަށްވެސް
ޤާނޫނުއަސާސީގެ 46 ވަނަ މާއްދާއަށް ބަލާއިރު، މީހަކު ހައްޔަރު ކުރެވޭނީ ދެ ޙާލަތެއްގައި
ތެއްގައިކަމާއި، އެއީ
ކުށެއްކުރަނިކޮށް ފެންނަ ހިނދެއްގައި ނުވަތަ މީހަކު ކުށެއް ކޮށްފިކަމަށް ނުވަތަ އެވަގުތަކު ކުށެއް ކުރާން ކަމަށް
ބުއްދިއަށް ޤަބޫލުކުރެވޭފަދަ އެކަށީގެންވާ ސަބަބުތަކެއް ނުވަތަ ހެކިތަކެއް ހުރެގެންކަމަށްވީހިނދު، ލީޑުން
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
4
2011/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚިލާފަށް އިސާން ޙަސަން ބަންދުކޮށްފައިވާ މައްސަލައަށް ކްރިމިނަލް ކޯޓުން ފަރުވާދީފައިނުވާކަމަށް ބުނެ،
ހުށަހެޅި ނުކުތާ.
04- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/L
/
MIS-145 (20 އޮކްޓޯބަރ 2011)
ސިޓީގައި ނިންމަވާފައިވާ، ނިންމުން އިސްތިއުނާފުކުރުމަށް މ. ރާޅުވެހި ޙަސަން މުޙައްމަދުގެ ފަރާތުން ހުށަހެޅި
ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭ ގޮތުން ޙަސަން މުޙައްމަދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/LIMIS-145
(20 އޮކްޓޯބަރ 2011) ސިޓީގައި ނިންމަވާފައިވާ ނިންމުމަށާއި، މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ
ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
مد نہ کر
(ހ) ފުރަތަމަ ކަމަކީ: ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 149/HC
-
A/2010
ޤަޟިއްޔާއަކީ، ކުރީގެ ޖިނާއީ ކޯޓުގެ ނަންބަރު 2010
/
4262/(J
(
MD-145 (30 ޖޫން 2010) ގެ ކޯޓު
ހިތްހަމަނުޖެހިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެޅުމުން، ބެލެވުނު
ޤަޟިއްޔާއެއްކަމާއި، އެޤަޟިއްޔާގައި ބެލެވުނު މައްސަލައިގައި ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް،
ންދުކޮށްފައިވަނީ ދިވެހިރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ކުށުގެ
ތުހުމަތުގައި ކަމާއި، އޭނާ ބަންދުކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިންކަން އެނގެން އޮންނައިރު،
މިމައްސަލައިގައި އިސާން ޙަސަން ބަންދުކޮށްފައިވަނީ، އެމް.އެން.ޑީ.އެފުން ކަމާއި، އެމް.އެން.ޑީ.އެފަކީ،
ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމުގެ ބާރު ލިބިފައިވާ މުއައްސަސާއެއްނޫންކަމާއި،
ޙިސާން ޙަސަން
ބަންދުކޮށްފައިވަނީ އެމް.އެން.ޑީ.އެފްގެ މަސައްކަތަށް ފިލައިގެން އުޅޭކަމުގެ ތުހުމަތުގައިކަން މައްސަލަ
ހުށަހެޅި ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮތުމުން، މިދެ މައްސަލައިގައި ހާދިސާ ހިގާފައިވާ ގޮތާއި، ކަންތައްތައް ތަފާތުކަމާއި، އަދި އެމައްސަލައަކީ
ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް ޢަމަލު ކުރަން ފެށުމުގެ ކުރިން އަދި
އެޤާނޫނުގެ ދަށުން ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް ކަނޑައެޅުމުގެ ކުރިން ނިންމާފައިވާ މައްސަލައެއްކަން
އެނގެން އޮންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
ޅ،
2{011/HC-A/255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 0 0
(ށ) ދެވަނަ ކަމަކީ: ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރި މައްޗަށް
ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިޚްތިޞާޞް
ލިބިގެންވަނީ، މެޖިސްޓްރޭޓް ކޯޓުތަކަށާއި، ސުޕީރިއަރ ކޯޓުތަކުގެ ތެރެއިން ޖުވެނައިލް ކޯޓާއި ކްރިމިނަލް
ކޯޓަށްކަން ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގައި ކޯޓުތަކުގެ އިޚްތިޞާޞް
ކަނޑައަޅާފައިވާ ގޮތަށް ބެލުމުން އެނގެން އޮންނައިރު، ޙިސާން ޙަސަން އެމް.އެން.ޑީ.އެފުން
ބަންދުކޮށްފައިވަނީ، ކުށެއްގެ ތުހުމަތުގައިނޫންކަމާއި، އޭނާ ބަންދުކޮށްފައިވަނީ އޭނާ އަދާކުރަމުން ގެންދިޔަ
ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކޮށް ފިލައިގެން އުޅުމުގެ ކުށުގެ ތުހުމަތުގައިކަން މައްސަލަ ހުށަހެޅި ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަމާއި، ސިފައިންގެ
މަސައްކަތަށް ފިލައިގެން އުޅޭމީހުން ބަންދުކުރުމުގެ ބާރު ސިފައިންގެ ޤާނޫނުން ސިފައިންނަށް
ލިބިދީފައިވާކަމާއި، މިގޮތުން ބަންދުކުރެވޭ މީހަކު ބަންދުކުރެވިފައިވަނީ ޤާނޫނުއަސާސީއާއި، ޤާނޫނާއި ޚިލާފަށް
ކަމަށް ފެނިއްޖެނަމަ، އެމައްސަލަ އޭނާގެ ފަރާތުން ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަން
އެނގޭކަމާއި، މިގޮތުން ހުށަހެޅޭ މައްސަލައެއް ކޯޓުން ބަލައިދެވޭނީ އެމައްސަލައެއް ބެލުމުގެ އިޚްތިޞާޞް
އެކޯޓަކަށް ލިބިގެންވާނަމަ ކަމާއި، މިގޮތުން، ޤާނޫނުނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)
ގައި، ކްރިމިނަލް ކޯޓުގެ އިޚްތިޞާޞް ކަނޑައެޅިފައިވާ ގޮތަށް ބަލާއިރު، އެޤާނޫނުގެ ޖަދުވަލު 2 ގައި،
ޤާނޫނުގައި ކުޑަކުދިންކަމަށް ބުނާ ކުދީންކުރާ ކުށްކުށުގެ މައްސަލަތައް ފިޔަވައި، މީހުން ކުރާ ޖިނާއީ ކުށްކުށުގެ
މައްސަލަތަކުގެ ތެރެއިން އެހެން ޤާނޫނަކުން އިސްތިސްނާކޮށްފައިނުވާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް
ކްރިމިނަލް ކޯޓަށް ލިބިގެންވާކަމަށް ބަޔާންކުރުމަށްފަހު، އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލަތައް
ތަރުތީބުކުރެވިފައިވާ ލިސްޓުގެ 19 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، ޤާނޫނީ ބާރެއްނެތި ނުވަތަ ޤާނޫނާ
ޚިލާފަށް ބަންދުކޮށްފައިވާކަމަށްބުނެ އެބަންދުން ދޫކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށްއެދި ހުށަހަޅާ މައްސަލަތައް،
މިފަދައިން ކަމަށްވުމުން، މީހަކު ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދެކިގެން އޭނާ ބަންދުން ދޫކޮށްލުމުގެ
އަމުރެއް ނެރެދިނުމަށް ހުށަހެޅޭ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ކްރިމިނަލް ކޯޓަށް ލިބިގެންވާކަމާއި،
މިގޮތަށް ހުށަހެޅޭ މައްސަލަތަކުގައި ކުރެވިފައިވާ ބަންދަކީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ކުރެވިފައިވާ ބަންދެއްތޯ
ނުވަތަ އިދާރީކުށެއްގައި ކުރެވިފައިވާ ބަންދެއްތޯ ބަލައި، ތަފާތުކޮށްފައި ނުވާކަން އެނަންބަރަށް ބެލުމު
އެނގެން އޮތުމުން،
އެމް.އެން.ޑީ.އެފުން ހިސާން ޙަސަން ބަންދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް
14 2
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްeގެ އިޑު
6
2011/HC-A}255
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
04 02
ބަންދުން ދޫކޮށްލުމަށް ން.ޑީ.އެފްގެ މައްޗަށް އަމުރުކޮށް ދިނުމަށްއެދި އިސާން ޙަސަންގެ ފަރާތުން
ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް އެކޯޓަށް ލިބިގެންވާކަމަށް ޤަބޫލުކުރެވޭ ކަމެވެ.
22
0 ދ ތ
އެހެންކަމު
ހެންކަމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން ޙިސާން ޙަސަން ބަންދުކޮށްފައިވަނީ،
ޤާނޫނުއަސާސީއާއި ޤާނޫނާ ޚިލާފަށް ކަމަށްބުނެ އޭނާ ބަންދުން ދޫކޮށްލުމަށް އަމުރުކޮށް ދިނުމަށްއެދި ޙިސާން
ޙަސަންގެ ބައްޕަ މ. ރާޅުވެލި ޙަސަން މުޙައްމަދުގެ ފަރާތުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެމައްސަލަ
ބެއްލެވެން ނެތްކަމަށް އިޖްރާޢީ ގޮތުން ކަނޑައަޅުއްވައި، ނިންމަވާފައިވާ ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޤަބޫލުކު
ބުލުކުރެވޭކަމެވެ.
<< O
ޙުކުމް
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަ ގޮތުގެ މަތިން ހުރުމުން
ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/LIMIS-145 (20 އޮކްޓޯބަރ 2011) ސިޓީން ނިންމަވާފައިވާ
ނިންމެވުމަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި،
ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
132/L
/
MIS-145 (20 އޮކްޓޯބަރ 2011) ސިޓީން ނިންމަވާފައިވާ
ނިންމެވުން ބާތިލްކަމަށް ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އާބުރުޒު ހިނގުން، މާލެ ދިވެހިރާއްޖެ ފޯން: 3325329 ފެކްސް:3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv