ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/184 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
*
ހހ2 24
ސ. މަރަދޫފޭދޫ
• ޤަޟިއްޔާ ނަންބަރު: 184/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މުޙައްމަދު ލަޠީފް
، ދާއިމީ އެޑްރެސް: އަލަނާސިގެ
އައި.ޑީ ކާޑު ނަންބަރު: A024721 މިހާރުގެ އެޑްރެސް: ގ. ފިން/ މާލެ
! ބަދަލުގައި: މުޙައްމަދު އަނީސް، ދަފްތަރު. ނަންބަރު 4800
ވަކީލް: އދ. އިސްމާޢީލް މޫސާ، ހުޅުމާލެ. ދޮޅަސް މާލެ
*
0
*
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ބޭންކް އޮފް މޯލްޑިވްސް ޕލކ ދާއިމީ އެޑްރެސް: ބޭންކް އޮފް މޯލްޑިވްސް މާލެ
ރަޖިސްޓްރޭޝަން ނަންބަރު: 22
/
1982-C
ވަކީލް: އދ. މަޒްލާން ރަޝީދު، ގ. ރަތްވިލާގެ/ މާލެ
ޑީ
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ރަމަޝާން 1435 ނިމުނު ތާރީޚް: 01 ރަބީޢުލްއާޚިރު 1436
06 ޖުލައި 2014
22 ޖަނަވަރީ 2015
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cv-C/2226
• ނިންމެވި ކޯޓު ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ޑިމާންޑް ލޯނުގެ ފައިސާހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް:
18 ނޮވެމްބަރ 2013
• ޤަޟިއްޔާ ނިމުނު ތާރީޚް: 27 މާރޗް 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޔޫސުފް ޙުސައިން ފަނޑިޔާރު: ޢަލީ ސަމީރު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
06 ދ8
ހދb
b
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮ
ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
މަރަދޫފޭދޫ
އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ އެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
މަރަދޫފޭދޫ
އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
ހދ ޏ ސ ޑ ވދ
8ބޔާނފ3ނވާ
31
2007
2. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ސ. މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފުގެ އެދުމަކަށް ބޭންކް އޮފް
މޯލްޑިވްސް ޕލކ އިން ސެންކްޝަން ސިޓީ ނަންބަރު 180
/
2007
/
1770-BML
/
CREDIT
/
MAIN
ގައި
ޝަރުޠުތަކަށް
އެއްބަސްވެގެން އޮކްޓޯބަރ
ވަނަ ދުވަހު
US
$
5,000,000.00 (ފަސްމިލިއަން އެމެރިކާޑޮލަރު) ގެ ޑިމާންޑް ލޯނެއް ދޫކޮށްފައިވާހިނދު، އެފަރާތުން
އެއްބަސްވެފައިވާގޮތަށް ލޯނުގެ ފައިސާ އަދާކުރަމުން ގެންގޮސްފައިނުވާތީ، މިލޯނުގެ ފައިސާ އިންޓަރެސްޓާއި
ޖޫރިމަނާގެ ފައިސާއާއިއެކު އެއްފަހަރާ ދަޢުވާލިބޭ ފަރާތުގެ ކިބައިން ލިބިގަތުމަށާއި ފައިސާ އެއްފަހަރާ
ނުދެއްކޭނަމަ ލޯނާއި ގުޅިގެން ށ. އަތޮޅު "ދޮޅިޔަދޫ" އާގުޅޭ ގޮތުން ސ. މަރަދޫފޭދޫ / އަލަނާސިގެ މުޙައްމަދު
ލަޠީފްއަށް ކުއްޔަށް ހިފިފަރާތުގެ ޙައިޘިއްޔަތުން ލިބޭ އެންމެހައި ޙައްޤުތަކުގެ މައްޗަށް ކުރެވުނު ރަހުނު
ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް މޯލްޑިވްސް ޕލކ އަށް ދިނުމަށާއި މިރަހުނަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ
43
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
:Occ
އަށް ލިބެންޖެހޭ އެންމެހައި ފައިސާ ލިބިދެވޭނެކަމުގެ ޔަޤީންކަން ދިނުމުގެ ގޮތުން ކުރެވުނު ރަހުނެއްކަމަށްވީ
ހިނދު، މި ލޯނާއި ގުޅިގެން ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ލިބެންޖެހޭ އެންމެހައި ފައިސާ ދައްކައި ލޯނު
ޚަލާޞްކުރެވި ވޯނު އެކައުންޓް ބަންދުކުރެވެންދެން ރަހުނު އެގްރިމެންޓްގެ ދަށުން ބޭންކަށް ލިބިގެންވާ
ޙައްޤުތަކާއި ބާރުތައް ބާޠިލްނުވެ ދެމިގެންދާނެކަމަށް ކަނޑައަޅައި ދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސް
ޕީލކގެ ފަރާތުން ސ. މަރަދޫފޭދޫ / އަލަނާސިގެ މުޙައްމަދު ލަޠީފުގެ މައްޗަށް ދަޢުވާކުރުމުން ބައްލަވައި
ނިންމަވާފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
ހދp49މޤީ
މަރަދޫފޭދ1
BML/CREDIT/MAIN-180/2007/1770
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ،
އަލަނާސިގެ މުޙައްމަދު ލަޠީފް (އައި.ޑީ.ކާޑުނަންބަރު A024721) ގެ އެދުމަކަށް ބޭންކް އޮފް މޯލްޑިވްސް
ޕީލކ އިން 5,000,000.00$US (ފަސްމިލިއަން އެމެރިކާޑޮލަރު) ގެ ޑިމާންޑް ލޯނެއް ސެންކް ޝަން
ނަންބަރު
ބަޔާންވެގެންވާ ޝަރުތުތަކާއި
އެއްބަސްވެގެން 31 އޮކްޓޯބަރ 2007 ގައި މުޙައްމަދު ލަޠީފްއަށް ދޫކޮށްފައިވާ ކަމާއި ބަޔާންވެދިޔަ
ލޯނާގުޅިގެން ށ. އަތޮޅު ދޮޅިއަދޫ އާއި ބެހޭ ގޮތުން ދަޢުވާލިބޭ މުޙައްމަދު ލަޠީފުއަށް
ކުއްޔަށް ހިފިފަރާތުގެ
ޙައިޘިއްޔަތުން (ހެޑްލީސްއަށް) ލިބޭ އެންމެހާ ޙައްޤުތައް ނަންބަރ: 46
/
2007-BML
/
MAIN
/
AGR
ރަހުނު އެގްރީމެންޓްގައިވާ ގޮތުގެ މަތީން ބޭންކް އޮފް މޯލްޑިވްސް ޕލކގައި ރަހުނު ކުރެވިފައިވާ ކަމާއި،
ބަޔާންވެދިޔަ ލޯނާގުޅިގެން ދަޢުވާލިބޭ މުޙައްމަދު ލަޠީފް ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ދައްކަންޖެހޭ ފައިސާ
ޤަވާއިދުން ދައްކާފައި ނުވާތީ އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއި އެކު 26 މާރޗް 2014 މިދުވަހުގެ
ނިޔަލަށް ޖުމްލަ 5,953,399.26$US (ފަސްމިލިއަން ނުވަލައްކަ ފަންސާސްތިންހާސް ތިންސަތޭކަ
ނުވަދިހަނުވައެއް ޕޮއިންޓް ދޭއް ހައެއް އެމެރިކާޑޮލަރ) ދަޢުވާލިބޭ މުޙައްމަދު ލަޠީފް ބޭންކް އޮފް މޯލްޑިވްސް
ޕީލކއަށް ދައްކަންޖެހި ނުދެއްކި އޮތްކަން ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުންނާއި، ހުށަހެޅިފައިވާ ލިޔުންތަކުން
ވެހި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
bވ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
8 0 4
ޝަރީޢަތަށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިފައިސާ ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ލިބިދިނުމުގެ ގޮތުން
27 މާރޗް 2014 މިދުވަހުން ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ބޭންކް އޮފް މޯލްޑިވްސް
ޕީލކއަށް ފައިސާ ދައްކަމުންގޮސް އިންޓަރެސްޓާއި ޖޫރިމަނާގެ ފައިސާއާއިއެކު މީލާދީ 10 (ދިހަ މަސްދުވަހުގެ
ތެރޭގައި މިލޯނާއި ގުޅިގެން ދަޢުވާލިބޭ މުޙައްމަދު ލަޠީފް ބޭންކް އޮފް މޯލްޑިވްސް ޕކއަށް ދައްކަންޖެހޭ
އެންމެހައި ފައިސާ ދައްކާ ލޯނު ޚަލާޞް ކުރުމަށާއި، މިމުއްދަތުގެ ތެރޭގައި ދަޢުވާލިބޭ މުޙައްމަދު ލަޠީފް
މިލޯނާއި ގުޅިގެން ދަޢުވާކުރާ ބޭންކަށް ދައްކަންޖެހޭ އެންމެހާ ފައިސާ ދައްކާ ލޯނު ޚަލާޞް ނުކުރެވިއްޖެ ނަމަ
މިއަދުންފެށިގެން 10 (ދިހަ) މަސްދުވަސް ހަމަވާ ތާރީޚުން ފެށިގެން މިލޯނާއިގުޅިގެން މިދެފަރާތުގެ ދެމެދު
ސޮއިކުރެވިފައިވާ ނަންބަރ: 46
/
2007-BML
/
MAIN
/
AGR ރަހުނު އެގްރީމެންޓްގެދަށުން ބޭންކް އޮފް
މޯލްޑިވްސްގައި ރަހުނުކުރެވިފައިވާ އަތޮޅު ދޮޅިއަދޫގެ މައްޗަށް ކުއްޔަށް ހިފިފަރާތުގެ ޙައިޘިއްޔަތުން
ދަޢުވާލިބޭ މުޙައްމަދު ލަޠީފުއަށް، (ހެޑްލީސްއަށް) ލިބިގެންވާ އެންމެހާ ޙައްޤުތައް ވިއްކާލުމުގެ ހުއްދަ
އޮފް މޯލްޑިވްސް ޕލކއަށް ލިބިގެންވާ ކަމަށާއި، މުޙައްމަދު ލަޠީފް އަށްދޫކުރި ޑިމާންޑް ލޯނުގެ ފައިސާއާއި
ސާރވިސް ޗާޖާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓް ބަންދު ކުރެވެންދެން މިލޯނާއި
ގުޅިގެން މިދެފަރާތުގެ ދެމެދު ސޮއިކުރެވިފައިވާ ނަންބަރ: 46
/
2007-BML
/
MAIN
/
AGR ރަހުނު
އެގްރީމެންޓާއި އެއެގްރީމެ
ގްރީމެންޓްގެ ދަށުން ބޭންކް އޮފް މޯލްޑިވްސް ޕލކއަށް ލިބިގެންވާ އެންމެހާ ޙައްޤުތަކާއި
ބާރުތައް ބާޠިލްނުވެ ދެމިއޮންނާނެ ކަމަށާއި، އަދި މުޙައްމަދު ލަތީފަށް ދޫކުރި ޑިމާންޑް ލޯނުގެ ފައިސާއާއި
ސާރވިސް ޗާޖާއި ޖޫރިމަނާގެ ފައިސާ އެކުގައި އަދާކޮށް ލޯނު އެކައުންޓް ބަންދު ކުރެވެންދެން ސެންކް ޝަން
ސިޓީގައިވާ މާއްދާތައް ތަންފީޒް ކުރުމުގެ ގޮތުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އެޅުމާއި ގުޅިގެން ހިނގާ ހުރިހާ
ޚަރަދު ތަކާއި ދޭންޖެހޭ ފީއަކީ ދަޢުވާލިބޭ ފަރާތުން ބޭންކަށް ދައްކަންޖެހޭ ފައިސާއެއްކަން ދަޢުވާލިބޭ
މަރަދޫފޭދޫ
| އަލަނާސިގެ މުޙައްމަދު ލަޠީފް (އައިޑީކާޑު ނަންބަރު: A024721) އަށް އަންގައި ޙުކުމް
ކޮށްފީމެވެ" މިފަދައިންނެވެ.
ދިއެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
ޤާނޫނީ ހަމަތަކާ
6
8
2
29 އދ38
އެޕްޓެނީ ފަސްމިށްا
4. ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި
މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން
ހުށަހަޅާފައިވަނީ އެއްމެ ނުކުތާއެއްކަމާއި،
މިކަމާއި، އެނުކުތާއަކީ، ދަޢުވާކުރާ ފަރާތުން ހުށަހެޅި ދަޢުވާގައިވާ އަނބުރާ
ދައްކާގޮތަށްނެގި ފައިސާ ދައްކަންވާ މުއްދަތަށް ނުދެއްކުމުގެ ސަބަބުން އިންޓަރެސްޓާއި ޖޫރިމަނާގެ ގޮތުގައި
ދޫކުރި ފައިސާއަށްވުރެ އިތުރަށް ނަންގަވަން ހުށަހަޅާފައިވާ ފައިސާއަކީ އިސްލާމީ ޝަރުޢުގައި ކަނޑައެޅިގެން
ޙަރާމްކުރައްވާފައިވާ ރިބާގެ ގޮތުގައި ނެންގެވުމަށް ހުށަހަޅާފައިވާ ފައިސާއެއް ކަމަށްވާތީ މިމައްސަލަ
ޝަރީޢަތުން ނިންމެވުމުގައި ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ)، (ކ) އަށާއި، އަދި ޤާނޫނުއަސާސީގެ
268 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
5. ސިވިލް
ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އެންކުތައް
ޕީޗްގީތުން
ސ. މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހެޅި ނުކުތާއަށާއި،
މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
cc
ބޭންކް އޮފް
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާގައި ހުށަހެޅިފައިވާ
މައްސަލައަކީ، މަރަދޫފޭދޫ އަލަނާސިގެ މުޙައްމަދު ލަޠީފުގެ އެދުމުގެ މަތިން، އަދި
މޯލްޑިވްސް ޕލކ ގެ ނަންބަރު 180
/
2007
/
1770-BML
/
CREDIT
/
MAIN ސެންކްޝަން ސިޓީގައި
ބަޔާންކުރެވިފައިވާ ޝަރުޠުތަކަށް އެއްބަސްވެގެން 5,000,000.00$US (ފަސްމިލިއަން އެމެރިކާޑޮލަރު) ގެ
ޑިމާންޑް ލޯނެއް 31 އޮކްޓޯބަރ 2007 ވަނަ ދުވަހު މުޙައްމަދު ލަތީފަށް ބޭންކް އޮފް މޯލްޑިވްސް ޕލކ އިން
ދޫކޮށްފައިވާއިރު، ލޯނުގެ ފައިސާ އަދާކުރުމަށް މުޙައްމަދު ލަތީފު އެއްބަސްވެފައިވާގޮތަށް އެފައިސާ މުޙައްމަދު
މިޑިހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
ލަޠީފް ދައްކަމުން ނުދާތީ ބޭންކް އޮފް މޯލްޑިވްސް ޕލކ އިން ހުށަހެޅު
ށަހެޅުމުން ސިވިލް ކޯޓުން ބައްލަވައި
ނިންމަވާފައިވާ މައްސަލައެއްކަމާއި،
ސިވިލް ކޯޓުން އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ދަޢުވާލިބޭ ފަރާތުގެ އިޢުތިރާފުންނާއި،
ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވި ކަންކަމުގެ މައްޗަށް ބިނާކުރައްވައި ކުރައްވާފައިވާ
ޙުކުމެއްކަން އެނގޭކަމެވެ.
(ށ) ދެވަނަ ކަމަކީ، މުޙައްމަދު ލަޠީފުގެ ފަރާތުން 16 މާރޗް 2014 ވަނަ ދުވަހު ސިވިލް ކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި
މައްސަލާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި ފަދައިން
މުޙައްމަދު ލަޠީފު ނަގާފައިވާ ފައިސާކަމަށާއި، އަދި އެލޯނުގެ މައްޗަށް ކޮށްފައިވާ ރަހުނާމެދުވެސް މުޙައްމަދު
ލަޠީފުގެ ފަރާތުން އެއްބަސްވެފައިވާކަމާއި،
އަދި އެފައިސާ އެއްބަސްވެފައިވާގޮތުގެ މަތީން ނުދެއްކި ވަނީ ދަތިވެގެންކަމަށް ބުނެ އެދަރަނި
އަދާކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ފުރުޞަތަކަށް އެދިފައިވާކަން އެނގެން އޮތުމުން، އެފައިސާ ދެއްކުމާމެދު
މުޙައްމަދު ލަޠީފުގެ ފަރާތުން ސިވިލް ކޯޓުގައި އިޢުތިރާޝްކޮށްފައިނުވާކަން އެނގޭކަމެވެ.
ހދbމ
ސ. މަރަދޫދި
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއާގުޅޭ ލިއުންތަކެއް ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓާއެކު ހިމެނިފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 2013/Cv
-
C/2226 ޤަޟިއްޔާ ނިމިފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ
އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް
ސ. މަރަދޫފޭދޫ
އަލަނާސިގެ މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ މައްޗަށް ބަލާއިރު، އެއީ މުޙައްމަދު ލަޠީފުގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވާ
އެނ 0 =ތ ހރ ވެ*
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/184
ފަރާތުން ސިވިލް ކޯޓުގައި ނަގާފައިވާ ނުކުތާއެއްނޫންކަމާއި، އެވާހަކަތަކަކީ ސިވިލް ކޯޓުގައި ދެކެވި
މައްސަލާގައި ހިމެނޭ ދެފަރާތުން އެކަންކަމުގެ
މައްޗަށް
ވާހަކަދެއްކުމަށް
ފުރުޞަތު ލިބިފައިވާ
ވާހަކަތަކެއްނޫންކަމާއި،
މިމައްސަލާގައި ކަން ހިނގާފައިވާގޮތުގެ މައްޗަށް ބަލާއިރު، މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި
ބޭއްވިފައިވަނީ ޝަރީޢަތުގެ 2 (ދޭއް) މަޖިލިސްކަމާއި، އެއީ 16 މާރޗް 2014 ވަނަ ދުވަހު ބޭއްވުނު
ޝަރީޢަތުގެ މަޖިލީހާއި، މައްސަލަ ނިންމެވުމަށް 27 މާރޗް 2014 ވަނަ ދުވަހު ބޭއްވި ޝަރީޢަތުގެ
މަޖިލިސްކަމަށް ވާއިރު،
މިމައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހަޅާފައި ނުކުތާއާއި އެނުކުތާއާ
ގުޅުންހުރި ވާހަކަތައް 16 މާރޗް 2014 ވަނަ ދުވަހު ސިވިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި
މުޙައްމަދު ލަޠީފުގެ ފަރާތުން ދައްކާފައިނުވާކަމާއި، އިސްވެ ފާހަގަކުރެވުނު ފަދައިން އެދުވަހުގެ ޝަރީޢަތުގެ
މަޖިލީހުގައި މުޙައްމަދު ލަޠީފުގެ ފަރާތުން ވަނީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި
މައްސަލާގައި ބަޔާންކޮށްފައިވާ ފައިސާއަކީ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ ފަރާތުން ހުށަހެޅި މައްސަލާގައި
ބަޔާންކޮށްފައިވާ ފަދައިން މުޙައްމަދު ލަޠީފު ނަގާފައިވާ ފައިސާކަމަށާއި، އަދި އެލޯނުގެ މައްޗަށް ކޮށްފައިވާ
ރަހުނާމެދުވެސް
މުޙައްމަދު ލަޠީފުގެ ފަރާތުން އެއްބަސްވެ، ބޭންކުގެ ދަޢުވާއަށް އިޤްރާރުވެ
އެއްބަސްވެފައިކަމާއި،
ސިވިލް ކޯޓުން މިމައްސަލައިގެ ޝަރީޢަތުގެ މަޖިލިސް ދެވަނައަށް ބޭއްވި ދުވަހަކީ 27 މާރޗް
2014 ވަނަ ދުވަސްކަމާއި، އެދުވަހަކީ މައްސަލައިގެ ޙުކުމްކުރެއްވި ދުވަސްކަމާއި، މިމައްސަލަ
އިސްތިއުނާފުކުރުމަށް މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހަޅާފައި ނުކުތާއާއި އެނުކުތާއާ ގުޅުންހުރި ވާހަކަތައް
އެދުވަހުވެސް ޝަރީޢަތުގެ މަޖިލީހުގައި ދެކެވިފައިނުވާކަމާއި، އެފަދަ ފުރުޞަތެއް ކޯޓުން ދެއްވާފައިވެސް
ނުވާކަން މިމައްސަލާގައި ހިމެނޭ ދެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް
ދިވެހިރާއްa ,
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2014/HC-A/184
(ރ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2013/Cv-C/2226 ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް މުޙައްމަދު ލަޠީފުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާއަކީ މުޙައްމަދު ލަޠީފުގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހަޅައި ވާހަކަ ދެކެވިފައިވާ ނުކުތާއަކަށްނުވެފައި، ސިވިލް ކޯޓުން އެމައްސަލަ
ނިންމަވާފައިވަނީ މުޙައްމަދު ލަތީފުގެ ފަރާތުން ސިވިލް ކޯޓުގައި ވެފައިވާ އިޢުތިރާފުތަކާއި ހުށަހެޅިފައިވާ
ލިޔުންތަކުގެ މައްޗަށް ބިނާކުރައްވައިގެންކަން އެނގެންއޮތުމުން، ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް
ބަދަލުގެންނާނެތަނެއް ނެތްކަމުގައެވެ.
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2013/Cv-C/2226 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv