ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
ބިން
1
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
%
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ
ޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2013
އިންތިޙާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ޖުމްހޫރީ ޕާޓީ
އައިޑީ ކާޑު ނަންބަރ:-
ދާއިމީ އެޑްރެސް: ފ.ޗަނބޭލިގެ 1މާލެ
މިހާރުގެ އެޑްރެސް: ލ.ޗަނބޭލިގެ/މާލެ
• އިންތިޚާބީ ޝަކުވާ މައްސަލަ ރައްދުވާފަރާތް
ނަން: އިލެކްޝަންސް ކޮމިޝަން
6
* މިހާރުގެ އެޑްރެސް: ޕޯޓްސް ކޮމްޕްލެކްސް،މާލެ
• ތަދައްޚުލްވާ ފަރާތްތައް:
1- ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ
2- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
• ރަޖިސްޓްރީކުރެވުނު ތާރީޚް: 05 ޒުލްޤައިދާ 1434
11 ސެޕްޓެމްބަރު 2013
ނިމުނު ތާރީޚް: 11 ޛުލްޤައިދާ 1434
17 ސެޕްޓެމްބަރު 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޢަލީ ސަމީރު ފަނޑިޔާރުން އަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
4P
coce
• ދަޢުވާގެ ޚުލާޞާ:
މި މައްސަލައަކީ، 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ
ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓްގައި، ވޯޓުލުމުގެ ޙައްޤު ލިބިފައިނުވާ އެތައް
ސަތޭކަ ބަޔަކު ހިމެނިފައިވާތީޔާއި، އަދި އެ ލިސްޓްގައި ގިނަ ޢަދަދެއްގެ މީހުންގެ ނަންތައް
ތަކުރާރުވެފައިވާތީޔާއި، އަދި އެ ލިސްޓްގައިތިބި އެތައް ހާސް ބަޔަކު އެމީހުން ދިރިނޫޅޭ އަދި އެގޭގޭގެ ވެރިންގެ
ހުއްދައެއްނެތި، ހިމަނާފައިވާތީ، މިއީ ސީރިއަސް މައްސަލަތަކެއްކަމާއި، މިކަމުގެ ސަބަބުން އިންތިޚާބު
ހިންގާފައިވަނީ ޤާނޫނުއަސާސީއާއި، ޤާނޫނުތަކާއި އެއްގޮތަށްކަން ޔަޤީންކުރެވުމަކީ ކޮންމެ ކެންޑިޑޭޓެއްގެ
ޙައްޤެއްކަމަށްވުމާއެކު، އިންތިޚާބުގައި ވޯޓުލާފައިވާމީހުންގެ ލިސްޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަންގައި
އެދުމުން، އެލިސްޓް ދިނުމަށް އެކޮމިޝަނުން އިއުތިރާޝް ކޮށްފައިވާތީ، މިއިންތިޚާބު ހިނގާފައިވަނީ ޤާނޫނާ
މުގައި ކަށަވަރުކުރުމަކީ އިންތިޚާބުގައި ވާދަކުރާ ކޮންމެ ކެންޑިޑޭޓެއްގެ ޙައްޤެއްކަމާއި، މި ޙައްޤު
ކަށަވަރުކުރުމަށްޓަކައި، މި ޙައްޤު ކަށަވަރުކުރުމަށްޓަކައި އެ އިންތިޚާބެއްގައި ވޯޓުލީ މީހުންގެ ރެޖިސްޓަރީ
ނުވަތަ ލިސްޓް ލިބުމަކީ ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައިވާތީ، މި ލިސްޓް ލިބިގަތުމުގެ
އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދެއްވުން އެދި، ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ
31 01 0 s
Cocu
ހގީeށޅ
މައްސަލައެކެވެ.
މިމައްސަލާގެ ތެރެއަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި، ޕްރޮގްރެސިވް
ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ދެ ސިޔާސީ ޕާޓީގެ ފަރާތުން ތައްދައްޚުލް ވެފައިވާކަން
ފާހަގަކުރެވެއެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ޖުމްހޫރީ ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ހުށަހަޅާފައިވާ މިމައްސަލަ ބިނާކޮށް ޤާއިވާg
ސަބަބުތަކާއި އޭގެ ތަފްޞީލު ބަޔާންކުރަމުން ޖުމްހޫރީ ޕާޓީގެ ފަރާތުން ދައްކާފައިވާ ވާހަކައަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 170 ވަނަ މާއްދާގެ (ށ) ގައި،
އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓުތަކާއި، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ
ރަޖިސްޓްރީ ތައްޔާރުކުރުމާއި، އެ ރަޖިސްޓްރީއަށް ގެންނަންޖެހޭ އުނި އިތުރުގެނައުމާއި، ބެލެހެއްޓުމަކީ
އިލެކްޝަންސް ކޮމިޝަނުގެ މަސްއޫލިއްޔަތެއްކަމުގައި ބަޔާންކޮށްފައި، ހަމައެފަދައިން ޤާނޫނުއަސާސީގެ 26
ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 10/2008 (އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގައި،
އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާކަމަށް ބަޔާންކޮށްފައި ވީ
ހިނދު، އަދި
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 172 ވަނަ މާއްދާގައި ކޮންމެ
އިންތިޚާބަކާއި ނުވަތަ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ކޮންމެ ޢާންމު ވޯޓަކާ ގުޅޭގޮތުން، އިލެކްޝަންސް
ކޮމިޝަނުގެ ކޮންމެ ނިންމުމަކާމެދު، ނުވަތަ އިންތިޚާބެއްގެ ނަތީޖާއަކާ މެދު ނުވަތަ އިންތިޚާބާބެހޭ ކަމެއްގައި،
ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިނގާފައިވާ ކަމަށް އެފަރާތަކުން ޤަބޫލުކުރާ ކަމަކާމެދު ޝަކުވާއެއް އޮތްނަމަ އެ
ޝަކުވާއަކާ މެދު ގޮތެއް ނިންމަވައިދެއްވުން އެދި ހައިކޯޓަށް ހުށަހެޅިދާނޭ ކަމަށް ބަޔާންކޮށްފައިވީ ހިނދު، އަދި
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނު) ގެ 64 ވަނަ
މާއްދާގެ (ހ) ގައި، "މި ޤާނޫނާއި، ނުވަތަ މި ޤާނޫނުގެ ދަށުން ހަދާ ޤަވާޢިދާއި، ނުވަތަ އެއިންތިޚާބަކާބެހޭ
ޚާއްޞަ ޤާނޫނާއި ނުވަތަ އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ ޚިލާފަށް އެއްވެސް ކަމެއް އެއްވެސް ފަރާތަކުން
ކޮށްފިނަމަ، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިދާނޭ ކަމަށް ބަޔާންކޮށްފައިވީ ހިނދު، އަދި
| ޤާނޫނު ނަންބަރު 11/2008 (ރިޔާސީ އިންތިޚާބުގެ ޤާނޫނުގެ) ގެ ދަށުން ހަދާފައިވާ
ރިޔާސީ އިންތިޚާނުގެ ގަވާއިދު 2013 ގެ 17 ވަނަ މާއްދާގެ (ޅ) ގައި، ރިޔާސީ އިންތިޚާބުގައި ވޯޓުދިން
މީހުންގެ ރަޖިސްޓްރީ ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނޭ ކަމުގައި
ބަޔާންކޮށްފައިވީ ހިނދު، އަދި
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
- CO
ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 5 ވަނަ މާއްދާގެ
(ހ) ގައި، މި މާއްދާގެ (ށ) ގައި ބުނެފައިވާ މީހުން ފިޔަވައި ، އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި
ރައްޔިތަކަށް، މި ޤާނޫނު އެ އިންތިޚާބުތަކެއްގެ މައްޗަށް ހިންގޭ އެންމެހާ އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ
ލިބިގެންވާކަމަށް ބަޔާންކޮށްފައިވީ ހިނދު، 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު ބޭއްވުނު ރިޔާސީ
އިންތިޚާބުގައި ވޯޓުލުމުގެ ޝަރުޠު ހަމަވާ މީހުންގެ ލިސްޓްގައި މަރުވެފައިވާ މީހުންގެ ނަން ހިމެނިފައިވާކަން
ވަނީ ފާހަގަކުރެވިފަ ކަމަށާއި، މިގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި
ވޯޓުލުމުގެ ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓްގައި،
7 ސެޕްޓެމްބަރ 2013 ގެ ކުރިން މަރުވެފައިވާ 568 މީހެއްގެ ނަން ހިމަނާފައިވާކަންވަނީ މިހާރު
މިހާރަށްވެސް ފާހަގަކުރެވިފަ ކަމަށާއި، އަދި މިމީހުންނަކީ، ސަރުކާރުގެ ރަސްމީ، ވިހާ، މަރުވާ ރަޖިސްޓްރީގައި
މަރު ސާބިތުކޮށްފައިވާ މީހުންކަމަށާއި، މި މީހުންގެ ތެރޭގައި މީގެ 10 އަހަރު ނުވަތަ 12 އަހަރުކުރިން
މަރުވެފައިވާ މީހުންވެސް ތިބިކަން ފާހަގަކުރެވޭކަމަށާއި،
- ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 6 ވަނަ މާއްދާގައި،
އިންތިޚާބެއްގައި އެއް ފަހަރު ވޯޓް ދީފައިވާ މީހަކު ވޯޓް ދިނުމުގެ އެބުރުގައި އިތުރު ފަހަރަކު ވޯޓް
ދީގެންނުވާނޭކަމަށް ބަޔާން ކޮށްފައި ވީ ހިނދު، އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓްގައި ބައެއް
މީހުންގެ ނަންތައް ދެފަހަރަށް ހިމެނިފައިވާކަން ފާހަގަކުރެވިފައި ވާކަމަށާއި، މިގޮތުން، 172 މީހެއްގެ ނަން
ވޯޓާރސް ލިސްޓްގައި 2 ފަހަރަށް އޮތްކަން މިހާރުން މިހާރަށްވެސް ފާހަގަކުރެވިފައި ވާކަމަށާއި،
ހަމައެއާއެކު 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ
ޙައްޤު ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރި ލިސްޓްގައި، މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި
ތިބި މީހުން، މާލޭގެ ބައެއް ގޭގޭގައި، (އެމީހުން އުޅޭ ފިޔަވައި، އަދި އެ ގޭގެ ވެރިންގެ ހުއްދައެއްނެތި)
ހިމަނާފައިވާކަން ފާހަގަކުރެވިފައި ވާކަމަށާއި، މިގޮތުން 6000 އަށްވުރެ، ގިނަ މީހުން ބަދަލުކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
، ދިވެހިޒާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ތަ2
4
2
4
5
2013/HC-I-SH/0]
ދެރަ
81se
ދިވެހިރާއްޖޭގެ ހައިކޯ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
- މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެހެން ރުމާއެކު، މިކަންކަމަކީ އިންތިޚާބުގައި
ވޯޓުލުމުގެ ޙައްޤުލިބިފައިވާ މީހުން ފިޔަވައި އެހެން މީހުންނަށް ވޯޓުލުމުގެ ފުރުޞަތު ލިބިދާނޭ ކަމެއްކަމަށް
ފެންނާތީއްޔާއި، އަދި ވޯޓުލުމުގައި ޖާއިޒުނޫން ފައިދާ ނެގުމުގެ ފުރުޞަތު އެހެންބަޔަކަށް ލިބިގަނެވޭނޭ
ކަމަކަށްވާތިއްޔާއި، އަދި ވޯޓުގެ ނަތީޖާގެ ޞައްޙަކަމާމެދު ސުވާލުކުރުމުގެ ފުރުޞަތު އޮތަތީ މީޙާލަތުގައި
އިންތިޚާބު ކުރިޔަށް ގޮސް ނިމިފައިވަނީ އިންޞާފާއެކު، ޤާނޫނުއަސާސީ އާއި ޤާނޫނުގައި ބާޔާންކޮށްފައިވާ
ގޮތަށްކަން ޝައްކުކުރާނެ ޖާގައެބައޮތް ކަމަށާއި، މިކަން ބަލައި ދަނެގަނެވޭނީ ވޯޓުލީ މީހުންގެ ލިސްޓާއި،
ފޮށިތަކުގެ ނަތީޖާ ޝީޓްތައް ލިބިގެންކަމުގައިވުމާއެކު، މިކަންކަން ޔަޤީންކޮށް، އިންތިޚާބުގެ ނަތީޖާއަކީ
ޤާނޫނުގައި ކަނޑައެޅި
ނެރެފައިވާ ޞައްޙަ ނަތީޖާއެއް ކަމުގައި ޔަޤީންކުރުމަކީ ކޮންމެ
ކެންޑިޑޭޓެއްގެ ޙައްޤެއްކަމުގައި ދެކޭކަމަށާއި،
- އެހެންކަމުން މިމައްސަލައިގެ ޒާތަށް ބަލާއިރު، މިހާރު ފެނިފައިވާ މައްސަލަތަކަކީވެސް
ސީރިއަސް މައްސަލަތަކެއްކަމަށް ފާހަގަކުރެވޭތީ، 2013 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި
ވޯޓުލީ މީހުންގެ ލިސްޓް ހޯދުމަށް މި ޕާޓީގެ ފަރާތުން، އިލެކްޝަންސް ކޮމިޝަނުގައި އެދުމުން އެ ކޮމިޝަންގެ
ނަންބަރ 2013
/
101/ޖޭ.ޕީ/އީއޭ-38 (10 ސެޕްޓެމްބަރ 2013) ސިޓީން އެލިޔުން ދެއްވެން ނެތްކަމަށްވަނީ
ބަޔާންކުރައްވާ ޖަވާބުދެއްވާފައިވާކަމާށާއި،
އެހެންކަމުން މަތީގައި ބަޔާންކޮށްފައިވާ ސަބަބުތަށް އެފަދައިން ހުރުމުން ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 172 ވަނަ މާއްދާގައި އިންތިޚާބަކާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަންގެ
ނިންމުމަކާމެދު، ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއަކާ މެދު ގޮތެއް ނިންމައިދިނުމަށް އެމައްސަލައެއް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ކޮންމެ މީހަކަށްވެސްލިބިގެންވާކަމަށް ބުނެފައިވާއިރު، 2013
ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ
މީހުންގެ ލިސްޓް ނުދެއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން
ގޮތެއް ނިންމަވާދެއްވުމަށް އެޕާޓީގެ ފަރާތުން އެދޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެއެވެ.
cu o
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 ހުށަހެޅިފައިވާ މައްސަލައަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވަހަކައަށް ބަލާއިރު؟
ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލާގައި އެދިފައިވާ ވޯޓުލީ މީހުންގެ ލިސްޓް
ދޫކޮށްދިނުމަށް އެޕާޓީގެ ފަރާތުން އެކޮމިޝަނުގައި އެދުމުން އެލިސްޓް ދޫކުރެވިފައިނުވަނީ ރިޔާސީ އިންތިޚާބުގެ
ގަވައިދު 2013 ގެ 17 ވަނަ މާއްދާގެ (ޅ) ގައި، ރިޔާސީ އިންތިޚާބުގައި ވޯޓު ދިން މީހުންގެ ރަޖިސްޓަރީ
ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާތީ ކަމަށާއި،
ބަޔާންކުރެވުނު ގަވައިދުގައި އެފަދައިން ބަޔާންކޮށްފައިވާ ސަބަބަކީ، ވޯޓު ލީމީހުންގެ ލިސްޓް
ކޯޓު އަމުރެއް ނެތި އެދޭ ކޮންމެ ފަރާތަކަށް ދޫކުރާގޮތަށް އޮތުމުން، އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭ
ޙާލަތެއްގައި ވޯޓުލީމީހުންނާއި ނުލާމީހުން ފަހަގަކޮށް، ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތްކުރުމުގެ ފުރުޞަތު
ނުދިނުމަށާއި، އެލިސްޓް ގައި ހިމެނޭ ނަންތަކާއި އެހެނިހެން މަޢުލޫމާތުތަކުގައި ހައިލައިޓް ކޮށްފައިވާއިރު،
އޭގެއިން ފޮޓޯ ކޮޕީ ނެގުމުން ރަގަޅަށް ސާފުކޮށް އެންގެންނެތުން އެކަށީގެންވާއިރު، އެކަން ކަމުގެ ބޭނުން
ނާޖާއިޒު ގޮތުގައި ހިފައި ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް ޖާގަ ނުދިނުމަށާއި، ވޯޓުލީ
މިހުންގެ ޒާތީ މަޢުލޫމާތުގެ ސިއްރުކަން އަބަދުމެ ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މުހިންމު ކަމެއްކަމުގައިވާތީ
ކަމަށާއި، އެހެންކަމުން، ވޯޓުލީމިހުންގެ ލިސްޓް ކޯޓު އަމުރަކަށް މެނުވީ ހާމަނުކުރުމަށް ގަވައިދުގައި
ކަނޑައަޅާފައިވަނީ، ބަޔާންކުރެވުނު ޙައްޤުތައް ބެލެންސްކޮށް، ވޯޓުލީ މީހުންނާއި ކެނޑިޑޭޓުންގެ ޙައްޤުތައް
ކޯޓުން ވަޒަންކުރުމަށްފަހު، މަޞްލަޙަތުހުރި އެންމެ ރަގަޅު ގޮތަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމަށްފަހު ކޯޓުން
އެކަމުގައި ގޮތެއް ނިންމުމަށްކަމަށާއި،
ވޯޓުލީމީހުންގެ ލިސްޓް ހޯދުމަށް ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިވާ ތިން ސަބަބުގެ
މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ ތިން ޑޮކިއުމަންޓަށް ބަލާއިރު، އެއިން އެއްވެސް ޑޮކިއުމަންޓަކުން ހުށަހެޅި
މައްސަލަ ސާބިތުކުރުމަށް އެއްވެސް ހެއްކެއް ލިބިފައި ނެތްކަމަށާއި، އެލިސްޓް ހޯދުމަށް ޖުމްހޫތީސްޓެން
ބޭނުންވަނީ "ފިޝިންގ އެކްސްޕެޝަން" (ލިސްޓް ލިބިއްޖެނަމަ ފަހަރުގައި މައްސަލައެއް އުފައްދަން
2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ލިބިދާނެ ކަމަށް، ނުވަތަ މަހެއް ބޭނިދާނެކަމަށް) ކުރެވޭ އުންމީދެއްގެ މައްޗަށްކަމަށާއި، އެހެންކަމުން ޖުމްހޫރީ
ޕާޓީން ހުށަހެޅި މައްސަލައަކީ ހަމައެކަނީ ހިތުގައި އުފެދިފައިވާ ވަހުމުތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ
މައްސަލައެއް ކަމަށާއި، އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޤާނޫނަކާއި ޤަވާޢިދަކާއި ޚިލާފަށް އެއްވެސް
ކަމެއް ކޮށްފައިވާކަމަށް ބުނެފައި ނުވާކަމަށާއި، ނަމަވެސް އިންތިޚާބީ ޝަކުވާއަކީ ކުރެވޭ ހީއެއްގެ މައްޗަށް
ހުށަހަޅާންޖެހޭ ޝަކުވާއެއް ނޫންކަމަށާއި، އެފަދަ ޝަކުވާތައް ބިނާކުރެވެންޖެހޭނީ ހެއްކާއި ޤަރީނާގެ މައްޗަށް
ކަމަށްބުނެ، ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ އިސްބަޔާން ކުރެވުނު މައްސަލަ ބިނާކޮށްފައިވާ ތިން
ޑޮކިއުމަންޓުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ މައްޗަށް ވަކިވަކިން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ރައްދު ދީފައިވާކަން ފާހަގަކުރެވެއެވެ.
03- މިމައްސަލާގެ ތެރެއަށް ތަދައްޚުލް ވެފައިވާ ދިވެހިރައްޔިތުންގެ ޑޮމޮކްރެޓިކް ޕާޓީ
(އެމް.ޑީ.ޕީ) ގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ހައިކޯޓުން
ބަލައިގަނެފައިވަނީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނުގެ 64 ވަބަ މާއްދާގެ (ނ) ގައި އެފަދަ މައްސަލައެއް
ހުށަހެޅުމަށް ބުނެފައިވާ މުއްދަތުގެ ކުރިންކަމަށާއި، އޭގެ އިތުރުން އެމައްސަލަ ބަލައި ގަނެފައިވަނީ އެފަދަ
މައްސަލަތައް ބަލައި ގަތުމަށް ބޭނުންވާ މިންވަރަށް ހެއްކާއި ޤަރީނާ ހުށަހަޅާފައި ނުވަނީސް ކަމުގައި ކަމަށާއި،
އެހެންކަމުން އެމައްސަލައަކީ ހައިކޯޓުގައި ހިންގައި ކުރިއަށް ގެންދިވިދާނެ މައްސަލައެއް ނޫންކަމުގައި
ކަނޑައަޅުއްވައި ދެއްވުމަށާއި، ޤާނޫނު ލާޒިމް ކޮށްފައި ނުވާކަމެއް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ
މައްޗަށް އަމުރެއް ނެރޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް ދިވެހިރައްޔިތުންގެ ޑޮމޮކްރެޓިކް ޕާޓީ
(އެމް.ޑީ.ޕީ) ގެ ފަރާތުން އެދޭކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި މީގެ އިތުރުން މިމައްސަލާގެ ތަދައްޚުލް ވެފައިވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) ގެ ފަރާތުން ހައިކޯޓުގައި ދައްކާފައިވާ ވާހަކައަށް ބަލާއިރު، ޖުމްހޫރީ ޕާޓީގެ ފަރާތުން
ހުށަހަޅާފައިވާ މައްސަލައަށް އެޕާޓީގެ ފަރާތުން ތާއީދު ކުރާކަމަށާއި، ހަމައެފަދައިން ޖުމްހޫރީ ޕާޓީ ޤާސިމާނާއި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެދިފައިވާ ވޯޓުލީ މީހުންގެ ލިސްޓް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އަށް ދިނުމަށް އަމުރު
ކޮށްދިނުމަށް އެދޭކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
04- ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން މައްސަލަ ހުށަހެޅި ޖުމްހޫރީ ޕާޓީ ގެ
ފަރާތުންނާއި، މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނާއި، މައްސަލާގެ ތެރެއަށް ތަދައްޚުލް
ވެފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް
(ޕީ.ޕީ.އެމް) އިން ދައްކާފައިވާ ވާހަކައަށާއި، ޖުމްހޫރީ ޕާޓީ އާއި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ހުށަހަޅާފައިވާ ލިޔުންތަކަށާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އަށާއި މިމައްސަލައާއި ގުޅުންހުރި
ޤާނޫނުތަކާއި ގަވައިދުތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާބެލިއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
CU O
4.1- ފުރަތަމަ ކަމަކީ، ޤާނޫނު ނަންބަރު: 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ
64 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު އިންތިޚާބީ ޝަކުވާގެ މައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅޭނީ، އެ އިންތިޚާބެއްގެ ރަސްމީ ނަތީޖާ އިޢުލާނު ކުރާތާ ގިނަވެގެން 14 (ސާދަ) ދުވަހުގެ ތެރޭގައި
ކަމަށް ބަޔާންކޮށްފައިވާއިރު، ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިމިވާ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް
ބަލައިގަނެފައިވަނީ 2013 ސެޕްޓެމްބަރ 17 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނު
ކުރުމުގެ ކުރިންކަމުގައިވާތީ، މިމައްސަލަ ހައިކޯޓަށް ބަލައިގަނެފައިވަނީ ޤާނޫނާއި ޚިލާފަށް ޤާނޫނުގައި
ކަނޑައަޅާފައިވާ މުއްދަތުގެ ކުރިންކަމަށާއި، އަދި ހަމައެފަދައިން އެމައްސަލަ ބަލައިގަނެފައިވަނީ އެޤާނޫނުގެ
އެމާއްދާގައި ބުނެފައިވާ ފަދައިން ހެއްކާއި ޤަރީނާއާއެކުގައިކަމަށްވެސް ޤަބޫލު ނުކުރެވޭކަމަށްބުނެ މިމައްސަލާގެ
ތެރެއަށް ތަދައްޚުލް ވެފައިވާ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފަރާތުން އެކަން
ފާހަގަކޮށްފައިވާއިރު، އިންތިޚާބީ ޝަކުވާއެއް ހަމައެކަނި ހުށަހެޅެނީ އިންތިޚާބާބެހޭ ޢާންމު ޤާނޫނުގެ 64 ވަނަ
މާއްދާގައި ބުނެފައިވާ ޙާލަތުގައި އެކަނި ނޫންކަމާއި، އެކަން އެޤާނޫނުގެ 10 ވަނަ މާއްދާގެ (ރ) ގަރާއްޖޭކެމީވެ
މާއްދާގެ (ނ) ގެ ދަށުން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުމަކާމެދު ހިތްހަމަނުޖެހޭ ގޮތަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2013/HC-I-SH/0]
އޯޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮމިޝަނުން އެމައްސަލައަކާމެދު ނިންމިނިންމުން ޝަކުވާ ހުށަހެޅި ފަރާތަށް އަންގާތާ ގިނަވެގެން 5
(ސްދުވަހުގެ) ތެރޭގައި އެމައްސަލައެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު އެފަރާތަކަށް
ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވާ އޮންނަ އޮތުމުންނާއި، އެޤާނޫނުގެ 21 ވަނަ މާއްދާގެ (ޅ) ގައި،
"މި މާއްދާގެ (ބ) ގެ ދަށުން ސުޕްރީމް ކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހަޅާ މައްސަލައެއް، މި މާއްދާގެ (ހ)
ގައި ބުނެފައިވާ 48 ގަޑިއިރު (ސާޅީސް އަށް ގަޑިއިރު) ހަމަވާ ވަގުތުން ފެށިން ގިނަވެގެން 5 ދުވަހުގެ
(ފަސް ދުވަހުގެ ތެރޭގައި އިންތިޚާބަށް ކުރިމަތިލުމަށް އެދޭމީހާ އެ މައްސަލައެއް ކޯޓަށް ހުށަހަޅަން ވާނެއެވެ."
މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމުން ސާފުކޮށް އެނގެން އޮންނަކަމާއި، އަދި އިސްވެ ބަޔާންކުރެވުނު
ހުރިހާ މާއްދާއެއްގައިވެސް މައްސަލަ ހުށަހެޅުމުގެ މުއްދަތު ބަޔާންކޮށްފައިވަނީ ހުށަހަޅާ ނިންމަންޖެހޭ މުއްދަތު
ބަޔާކުރުމުގެ ގޮތުން
ތުންކަންވެސް ސާފުވާން އޮންނަކަމާއި، އެގޮތުން އެޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި،
ރަސްމީ ނަތީޖާ އިޢުލާނު ކުރާތާ ގިނަވެގެން 14 ދުވަހުގެ ތެރޭގައި ހުށަހެޅުމަށް
މަށް އޮންނަ އޮތުމަކީ، އެއްވެ.
ސަބަބަކާހުރެ ރަސްމީ ނަތީޖާ އިޢުލާނުކުރުން ފަސްވެގެން ހިގެއްޖެ ޙާލަތެއްގައިވެސް ޝަކުވާ ހުށަހެޅާ
ނިންމަންޖެހޭ މުއްދަތުވެސް އެފަދައިން ދެމިގެން ދިއުންކަމާއި،
އަދި ޖުމްހޫރީ ޕާޓީ ހުށަހެޅި މި މައްސަލަ ހައިކޯޓަށް ބަލާގަނެފައިވަނީ، ޤާނޫނުގައި ބުނެފައިވާ
މިންވަރުގެ ހެކާއި ޤަރީނާ ހުށަހެޅުމަކާ ނުލައިކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމް.ޑީޕީ) ގެ
ފަރާތުން ބުނެފައިވާއިރު، މިމައްސަލަ ހުށަހެޅި ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ އެންމެހައި
ޑޮކިއުމަންޓްތަކަކީ މިމައްސަލާގެ ބާވަތަށާއި ޒާތަށް ބަލާއިރު، މިމައްސަލަ ބަލައިގަތުމަށް އެކަށީގެންވާ ހެކިކަމަށް
ޤަބޫލުކުރެވޭކަމާއި، ހުށަހެޅިފައިވާ ހެކިވަޒަންކޮށް އޭގެ ބުރަދަން ދެނެގަތުމަކީ ޝަރީޢަތުގެ މަޖިލީހުގައި
މައްސަލާގެ ހިމެނޭ ފަރާތްތަކުން ދައްކާ ވާހަކައަށާއި އެފަރާތްތަކާ ކުރެވޭ ސުވާލުތަކަށް ދޭ ޖަވާބާ އަޅާކިޔާ
ވަޒަންކުރެވޭކަމެއްކަމުގައިވާއިރު، މިމައްސަލަ ބަލައިގަނެފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ބެލެވެނެ ހަމައެއް
84 ދ 6
ނެތްކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
COCOC
4.2- ދެވަނަ ކަމަކީ: ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ ބިނާކޮށްފައިވާ
ތިން ސަބަބާއި ގުޅޭ ތިން ޑޮކިއުމަންޓުގެ ތެރެއިން ފުރަތަމަ ޑޮކިއުމަންޓުގައި ހިމެނިފައިވާ 568 މީހުންގެ
މަޢުލޫމާތަކީ، ރިޔާސީ އިންތިޚާބު 2013 ގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގައި
ހިމެނިފައިވާ، މަރުވެފައިވާ މީހުންގެ މަޢުލޫމާތުކަމަށް އެޕާޓީގެ ފަރާތުން ބުނެފައިވާއިރު، އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ޢާންމުކޮށްފައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގައި ހިމެނިފައި ނުވާ
41 މީހެއްގެ ނަން، އެ ޑޮކިއުމަންޓު (1) ގައި ހިމަނާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަމާއި،
ހަމައެފަދައިން އެ ޑޮކިއުމަންޓުގައިވާ 568 މީހުނގެ ތެރެއިން 144 މީހަކު އެއް އަހަރެއްގެ
އެއްދުވަހެއް
އެއްވަގުތެއްގައި (1800 ވަނަ އަހަރުގެ ޖެނުއަރީމަހުގެ އެއްވަނަ ދުވަހުގެ
ސުންގަނޑި ސުންމިނެޓް) މަރުވެފައިވާކަމަށް ބަޔާންކޮށްފައިވާއިރު، 19 ވަނަ ޤަރުނަށް ފެށުނު ވަޤުތު އެފަދަ
ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުން އެއްވަޤުތެއްގައި މަރުވެފައިވާ ކަމުގެ އެއްވެސް ރެކޯޑެއް ދިވެހިތާރީޚުގައި
ރެކޯޑު ކުރެވިފައިވާކަން އެނގެން ނެތްކަމަށާއި،
ޖުމްހޫރީ ޕާޓީ ގެ ފަރާތުން މިމައްސަލަ ހައިކޯޓަށް ހުށައެޅުމާއި ގުޅިގެން ހައިކޯޓުން
އިލެކްޝަންސް ކޮމިޝަނަށް ފޯރުކޮށްދިނުމާއި މިމައްސަލާގެ އަޑުއެހުން ބޭއްވުމާ ދެމެދު
ލިބިފައިވާ ވަގުތުކޮޅުގެ ތެރޭގައި އެކޮމިޝަނުން ބެލިބެލުމުން އެ ޑޮކިއުމަންޓުގައި މަރުވެފައިވާކަމަށް
ބަޔާންކޮށްފައިވާ 568 މީހުންގެ ތެރެއިން 3 މީހަކު ރިޔާސީ އިންތިޚާބުގައި ވޯޓުލާފައިވާކަމަށް
ފާހަގަކުރެވިފައިވާތީ، އެ 7 މީހުންގެ މަޢުލޫމާތު ހޯދުމަށް ކުރެވުނު މަސައްކަތުން އޭގެ ތެރެއިން 4 މީހަކީ
ދިރިތިބި މީހުންކަމާއި، އެމީހުން ނިސްބަތްވަނީ އަތޮޅުތަކުގެ އެކިރަށްރަށަށްކަން މިހާތަނަށް އެނގިފައިވާކަމަށާއި،
ބާކީ ތިބި ތިންމީހުންގެ މަޢުލޫމާތު އަދި އެކޮމިޝަނަށް ހޯދިފައި ނުވާކަމަށް ބުނެ، ދިރިތިބި މީހުންގެ ގޮތުގައި
ހޯދިފައިވާ އެ 4 މީހުންނާ މަޢުލޫމާތު އެކޮމިޝަނުގެ ފަރާތުން ޝަރީޢަތާއި ޙިއްޞާ ކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
ޏ * 2
1
2
3
20
އެޑޮކިއުމަންޓް އެ
4 2
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
.1
4 3 223/
އަދި މީގެ އިތުރުން އެޑޮކިއުމަންޓުގައި ހިމެނިފައިވާ 568 މީހުންގެ ތެރެއިން 520 މީހުން
ރިޔާސީ އިންތިޚާބު 2013 ގައި ވޯޓު ލާފައި ނުވާކަން އެހާތަނަށް އެކޮމިޝަނަށް ޔަޤީން ކުރެވިފައިވާކަމަށް
ބުނެ، އެ ޑޮކިއުމަންޓާ ގުޅޭގޮތުން އަންނަނިވި ސުވާލުތައް އެކޮމިޝަނުން އުފައްދާފައިވާކަމާއިގެ
(ހ) ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް-1 ގައިވާ މަޢުލޫމާތުގެ
މަޞްދަރަކީ ކޮބައިތޯ؟
(ށ) އެލިސްޓަކީ ސަރުކާރުގެ ކޮން އިދާރާއަކުން ހޯދާފައިވާ ލިސްޓެއްތޯ؟
(ނ) އެލިސްޓް ތައްޔާރު ކޮށްފައިވަނީ ކޮން ފަރާތަކުން ދީފައިވާ މަޢުލޫމާތެއްގެ މައްޗަށް
ބިނާކޮށްގެންތޯ؟ މި ސުވާލުތައް ކަމާއި؛
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖުމްހޫރީ ޕާޓީ އާއި ކުރިމަތި ކުރި އެސުވާލުތަކުގެ
ޖަވާބުގައި އެޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ޑޮކިއުމަންޓް-1 ގައި ހިމެނިފައިވާ މަޢުލޫމާތަކީ އެޕާޓީގެ ފަރާތުން
ހުޅުވާލި ޕޯލް ތަކުގައި ޢާންމު ރައްޔިތުންގެ ފަރާތުން އެޕާޓީ އާއި ޙިއްޞާ ކޮށްފައިވާ މަޢުލޫމާތު
ކަމަށް އެޕާޓީ ގެ ފަރާތުން ބުނެފައިވާއިރު، އެއިން އެއްވެސް މަޢުލޫމާތެއްގެ ޞައްޙަކަން ޝަރީޢަތަށް ޔަޤީން
ކުށްދިނުމަށްޓަކައި އިތުރު އެއްވެސް ހެއްކެއް ނުވަތަ ޤަރީނާ އެއްވިޔަސް މިމައްސަލާގައި ޖުމްހޫރީ ޕާޓީގެ
ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިނުވާކަން
ވާކަން އެނގެން އޮންނަކަމެވެ.
22 22 3
4.3- ތިންވަނަ ކަމަކީ: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި 172 މީހުންގެ
މަޢުލޫމާތު ތަކުރާރު ވެފައިވާކަމަށްބުނެ ޖުމްހޫރީ ޕާޓީ ގެ ފަރާތުން ޑޮކިއުމަންޓު-2 ގެ ގޮތުގައި ހުށަހަޅާފައިވާ
ލިސްޓުގައި ހިމެނޭ މީހުންގެ މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ޗެކްކޮށް ބަލަ ހެދިއިރު، އެލިސްޓުގައި
ތަކުރާރު ވެފައިވާކަމަށް ބުނާ ކޮންމެ މީހަކީވެސް ތަފާތު އައިޑެންޓިޓީ ކާޑު ންބަރެއް އޮތް، އަދި އުފަން
ތާރީޚުވެސް ތަފާތު މީހެއްކަމަށާއި، އެހެންކަމުން އެލިސްޓުގައި ހިމެނިފައިވާ ކޮންމެ މީހަކީވެސް ޑިޕާރޓްމަންޓް
އޮފް ނެޝަނަލް ރަޖިސްޓްރޭޝަންގެ ރަސްމީ ލިޔުންތަކުން ދައްކާ ގޮތުގައި ތަފާތު
ނަން
ބޫލުކުރަންޖެހޭކަމަށާއި،
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
& sދ8
އަދި ވޯޓުލުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީގައި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި
ހިމެނޭ މީހުންގެ ތެރެއިން ގިނަ ބަޔަކު އެގެތަކުގެ ވެރިފަރާތަށް ނޭނގި ނިސްބަތްވާގޮތަށް މާލޭގެ
ވޯޓުލާ މީހުންގެ ރަޖިސްޓްރީގައި ހިމަނާފައިވާކަމަށްބުނެ ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހުށަހަޅާފައިވާ
ޑޮކިއުމަންޓު-3 އާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ޖަވާބު ދެމުން،
މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ހިމެނިފައިވާ މީހުންނަކީ، ތަފާތު އެޑްރެސް ތަކުގައި
ދިރިއުޅެމުން ދާ މީހުންކަމަށްވެފައި، މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަކީވެސް މާލެ ސަރަޙައްދު ކަމުގައި
ޤާނޫނީ ގޮތުން ބެލެވިފައިވާއިރު، އެއިން ކޮންމެ މީހަކަށްމެ ފަސޭހަކަމާއެކު ވޯޓުލުމުގެ ކަންތައް އިންތިޒާމް
ކުރުމުގެ ގޮތުން އެމީހުން މިހާރު ދިރިއުޅޭ އެޑްރެސް އެކޮމިޝަނުގެ ފަރާތުން ސާފުކުރުމަށްފަހު، އެމީހުން
މިހާރު ދިރިއުޅޭ އެޑްރެސްކަމަށް އެކޮމިޝަނަށް އަންގާފައިވާ އެޑްރެހާއި އެންމެ ކައިރީގައި ބެހެއްޓިފައިވާ
ފޮއްޓަކަށް ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކަމަށާއި، އެއީ އެކޮމިޝަނުން ހިންގާފައިވާ ޤާނޫނާ ޚިލާފު
ޢަމަލެއްގެ
ގޮތުގައި ސިފަކުރުމުގެ އެއްވެސް ފުރުޞަތެއް ނޯންނާނެކަމަށް އެކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ޚަ20
26
ވަނަ
44- ހަތަރުވަނަ ކަމަކީ: އާންމު އިންތިޚާބު ތަކުގައްޔާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ
ޢާންމު ވޯޓު ދިނުމުގެ ޙައްޤަކީ ޢުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ
ޙައްޤެއްކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާއިރު، ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުން އެޙައްޤުން މަޙްރޫމްނުވެ ޔަޤީންކަމާއެކު
އެޙައްޤުގެ ބޭނުން ހިފިގެންދާނެ ގޮތަކަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އަކީ ފުރިހަމަ
ރަޖިސްޓްރީއަކަށް ހެދުމަށްޓަކައި އެކޮމިޝަނުން ކުރެވެން ހުރި، ހުރިހާ މަސައްކަތެއްކޮށްފައިވާނެކަމަށް
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
2013/HC-I-SH/0]
2 924 2
630a9
ކަންބޮޑުވުންތަކެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުށަހެޅިފައިވާ މައްސަލައަކީ ވޯޓުލީ މީހުންގެ ލިސްޓް ހޯދުމުގެ މައްސަލައަކަށްވެފައި އެލިސްޓާ
ރިޔާސީ އިންތިޚާބު 2013 ގެ ޤަވާއިދުގެ 17 ވަނަ މާއްދާގައި (ޅ) ގައި، "ރިޔާސީ އިންތިޚާބުގައި
ވޯޓުދިން މީހުންގެ ރަޖިސްޓަރީ ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެއެވެ.
މިފަދައިން ބަޔާންކޮށްފައި އޮންނައިރު، އެލިސްޓު ހޯދުމަށް ބޭނުންވާ ސަބަބަކީ ޖުމްހޫރީ ޕާޓީ ގެ ފަރާތުން
ހުށަހަޅާފައިވާ މިމައްސަލާގައި ބަޔާންކޮށްފައިވާ ޝައްކުތަކުގެ ޙަޤީޤަތާއި ހަމައަށް ވާޞިލުވެވެން އޮތް
ހަމައެކަނި މަގަކީ އެލިސްޓް ލިބުން ކަމުގައިވާތީކަމަށް އެ ޕާޓީގެ ފަރާތުން ބުނެފައިވާއިރު، މިލިސްޓް ހޯދުމަށް
ޖުމުހޫރީ ޕާޓީން އެދި ހުށަހެޅި ސަބަބުތަކަށާއި، އެސަބަބުތައް އެފަދައިން ހުރިކަން ސާބިތުކުރުމަށްޓަކައި
ހުށަހެޅި ހެކިތަކަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ބަލާއިރު އެކަށީގެންވާ މިންވަރަށް ހެކި ލިބިފައި
ނުވާތީއާއި، އަދި އެލިސްޓް ދޫކުރުމާމެދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ފާޅުކޮށްފައިވާތީ، އެ އެންމެހައި ކަންތައްތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، އިންތިޚާބެއްގައި
ވާދަކުރި ކެންޑިޑޭޓަކަށް އެއިންތިޚާބުގެ ވަކިކަމެއް އިންތިޒާމު ކުރެވިފައިވާގޮތުގެ ސަބަބުން ޝައްކުތަކެއް
އުފެދިއްޖެ ޙާލަތުގައި އެފަދަ ޝައްކުތަކެއް ފިލުވާލުމަށް މަގުފަހި ކޮށްދިނުމަކީވެސް އޮތްކަމެއްކަމާއި، އެގޮތުން
އެޝައްކު އުފަންވާން މެދުވެރި ސަބަބަށް ބަލާއިރު، އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ ގެ
ކަންތައް އިންތިޒާމް ކުރެވިފައިވާ ގޮތުގެ ސަބަބުން އުފެދިފައިވާ ޝައްކުތަކެއް ކަމުގައި ވާތީއާއި، މުޅި
ރާއްޖޭގައިވެސް ވޯޓުލެވޭނީ އިލެކްޝަންސް ކޮމިޝަނުން ދޫކޮށްފައިވާ އެންމެ ފަހުގެ ލިސްޓަށްކަމާއި، އެ
ލިސްޓަކީ ކެންޑިޑޭޓުންގެ މަންދޫބުންނާ ޙަވާލު ކޮށްފައިވާ ލިސްޓުކަމާއި، އިތުރު އެއްވެސް އެހެން ވިސްޓެއްގެ
މައްޗަށް ޢަމަލުނުކުރާކަން ކަށަވަރުކުރުން ފަދަ ޤާނޫނީ އިޖުރާއާތުގެ ޒަރިއްޔާއިން އިންތިޚާބުގެ އިންޓެގްރިޓީ
ކަށަވަރުކޮށްދިނުމަކީ ޤާނޫނު އަސާސީގެ 170 ވަނަ މާއްދާގެ ދަށުން އިލެކްޝަންސް ކޮމިޝަނުން
އަދާކުރަންޖެހޭ އިޖާބީ (positive) މަސްއޫލިއްޔަތެއް" ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު:39/SC
-
C/2013 ޤަޟިއްޔާގައި ކަނޑައެޅުއްވާފައިވާތީއާއި،
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2013/HC-I-SH/0]
ދ 3
3
3 ދވ
ހ2ތކޮށް
ޚި3.384
ތަނެކެވެން
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވޯޓުލީމިހުންގެ ލިސްޓް، ކޯޓު
އަމުރަކަށް މެނުވީ
ގަވައިދުގައި
ކަނޑައަޅާފައިވަނީ، ރެވުނު ޙައްޤުތައް ބެލެންސްކޮށް، ވޯޓުލީ މީހުންނާއި ކެނޑިޑޭޓުންގެ ޙައްޤުތައް
ކޯޓުން ވަޒަންކުރުމަށްފަހު، މަޞްލަޙަތުހުރި އެންމެ ރަގަޅު ގޮތަކީ ކޮބައިކަން ކޯޓުން ކަނޑައެޅުމަށްފަހު ކޯޓުން
އެކަމުގައި ގޮތެއް ނިންމުމަށްކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާތީ،
އެއެންމެހައި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، އެފަދަ އަމުރެއް ނެރުމުގައި ކޯޓުން ބަލަންޖެހޭނީ
ވޯޓުލީ މީހުންނާއި ކެނޑިޑޭޓުންގެ ޙައްޤުތައް ބެލެންސް ކުރުމާއެކު އެ ދެފަރާތުގެ މަޞްލަޙަތު ޙިމާޔަތް
ކުރެވޭނެ ގޮތަކަށްކަމާއި، އެހެންކަމުން އެލިސްޓް ކެނޑިޑޭޓުންގެ އަތަށް ދޫކުރުމުގެ ބަދަލުގައި އެލިސްޓުގައިވާ
މަޢުލޫމާތު ބެލުމުގެ މަގުތަނަވަސް ވެއްޖެނަމަ ޖުމްހޫރީ ޕާޓީގެ ފަރާތުން އެލިސްޓް ހޯދައިގެން ޙާޞިލްކުރަން
ބޭނުންވި ނަތީޖާ ޙާޞިލްކުރެވިދާނެތޯ ޝަރީޢަތުން ކުރި ސުވާލުގެ ޖަވާބުގައި އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ކަނޑައަޅާ އުޞޫލެއްގެ މަތިން އެލިސްޓް ބެލުމުގެ ފުރުޞަތު ލިބޭނަމަ އެޕާޓީގެ ފަރާތުން ލިސްޓު
ހޯދައިގެން ޙާޞިލް ކުރަންބޭނުންވާ މަޤްޞަދު ޙާޞިލު ވެގެންދާނެކަމަށް ޖުމްހޫރީ ޕާޓީ ގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެއްބަސްވެ އެލިސްޓް
ބެލުމަށް އެދޭފަރާތްތަކަށް އެލިސްޓް ދެއްކުމަށް އިޢުތިރާޟް ނުކުރާކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެކޮމިޝަނުގެ ފަރާތުން ބުނެފައިވާކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓާއި
ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި ދެމެދު ޝައްކުތަކެއް އުފައްދައި އިންތިޚާބުގައި
ވާދަކުރި ކެންޑިޑޭޓެއްގެ ފަރާތުން އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިނަމަ އެ ޝައްކުތައް ފިލުވައި
ދިނުމުގެ ގޮތުން ވޯޓުލީ މީހުންގެ ލިސްޓް ބެލުމުގެ ފުރުސަތު ކެންޑިޑޭޓުންނަށް ނުވަތަ ކެންޑިޑޭޓުންގެ ފަރާތުން
ކަނޑައަޅާ ބުންނަށް ލިބިދިނުމަކީ، އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުއަސާސީންނާއި ޤާނޫނުތަކުން
: 434
މަންދޫބުން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2013/HC-I-SH/0]
މަތިކޮށްފައިވާ ޒިންމާ އަދާކޮށްފައިވަނީ ހަމަހަމަކަމާއި ހާމަކަމާއި އިންޞާފުވެރިކަމާއެކުގައިކަން ކަށަވަރު
ކޮށްދިނުމުގެ ގޮތުން އެކޮމިޝަނުން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ދެންފަހެ، 2013 ސެޕްޓެމްބަރ 07 ވަނަ ދުވަހު ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ
ބުރުގައި ވޯޓުލާފައިވާ މީހުންގެ ލިސްޓް ހޯދުމަށް އިލެކްޝަންސް ކޮމިޝަންގައި އެދުމުން، އެލިސްޓް ދޫކުރެވޭނީ
ކޯޓުގެ އަމުރަކަށް ކަމަށްބުނެ އެލިސްޓް ދިނުމަށް އެކޮމިޝަނުން އިއުތިރާޝް ކޮށްފައިވާކަމަށާއި، އެ އިންތިޚާބު
ހިނގާފައިވަނީ ޤާނޫނާ އެއްގޮތަށް ކަން ކަށަވަރުކުރުމަކީ އިންތިޚާބުގައި ވާދަކުރި ކޮންމެ ކެންޑިޑޭޓަކަށްވެސް
ލިބިގެންވާ ޙައްޤެއްކަމަށާއި، އެކަންކުރެވޭނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓް ލިބިގެންކަމަށްބުނެ، އެ
ލިސްޓް ލިބިގަތުމުގެ އަމުރެއް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ނެރެދެއްވުން އެދި، ޖުމްހޫރީ ޕާޓީން
ހުށަހަޅާފައިވާ މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކައަށްބަލާއިރު،
ރިޔާސީ އިންތިޚާބުގެ ޤަވާޢިދު 2013 ގެ 17 ވަނަ މާއްދާގެ (ޅ) ގައި ރިޔާސީ އިންތިޚާބުގައި ވޯޓުދިން
މީހުންގެ ރަޖިސްޓަރީ ކޯޓު އަމުރަކަށް ފިޔަވައި އެއްވެސް ފަރާތަކަށް ދޫކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ
ސަބަބަކީ، ވޯޓުލީ މީހުންގެ ލިސްޓް ކޯޓު އަމުރެއް ނެތި އެދޭ ކޮންމެ ފަރާތަކަށް ދޫކުރާގޮތަށް އޮތުމުން،
އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަންޖެހޭ ޙާލަތެއްގައި ވޯޓުލީ މީހުންނާއި ނުލާމީހުން ފަހަގަކޮށް، ވޯޓަށް ނުފޫޒު
ފޯރުވަން މަސައްކަތްކުރުމުގެ ފުރުޞަތު ނުދިނުމަށާއި، އެލިސްޓް ގައި ހިމެނޭ ނަންތަކާއި އެހެނިހެން
މަޢުލޫމާތުތަކުގައި ހައިލައިޓް ކޮށްފައިވާއިރު، އޭގެއިން ފޮޓޯ ކޮޕީ ނެގުމުން ރަގަޅަށް ސާފުކޮށް އެންގެންނެތުން
އެކަންކަމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފައި ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ
އުފެއްދުމަށް ޖާގަ ނުދިނުންކަމާއި، ވޯޓުލީ މީހުންގެ ޒާތީ މަޢުލޫމާތުގެ ސިއްރުކަން އަބަދުމެ ރައްކާ6
s
ޑ 438
36
ކަނޕޭންފޮ2ކ
އާއް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
02 22 22
ކަންeއeއ
ބެލެހެއްޓުމަކީ މުހިންމު ކަމެއްކަމުގައިވާތީ ކަމަށާއި، ބަޔާންކުރެވުނު ޙައްޤުތައް ބެލެންސްކޮށް، ވޯޓުލީ
މިހުންނާއި ކެންޑިޑޭޓުންގެ ޙައްޤުތައް ކޯޓުން ވަޒަންކުރުމަށްފަހު، މަޞްލަޙަތުހުރި އެންމެ ރަގަޅު ގޮތަކީ
ކޮބައިކަން ކޯޓުން ކަނޑައެޅުމަށްޓަކައި ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާތީއާއި، ވޯޓުލީ
މީހުންގެ ލިސްޓު ހޯދައިގެން ޙާޞިލުކުރުމަށް ބޭނުންވާ ކަންކަން އެލިސްޓް އޭގެ ޒާތުން ލިބުމުގެ ބަދަލުގައި،
އެލިސްޓު ބެލުމުގެ ފުރުޞަތު ލިބިއްޖެނަމަވެސް ޙާޞިލުވެގެންދާނެކަމަށް މައްސަލަ ހުށަހެޅި ޖުމްހޫރީ ޕާޓީގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާ ބުނުމާއި ގުޅިގެން އެލިސްޓް ބެލުމުގެ ފުރުޞަތު
ދިނުމަށް މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
އެއްބަސްވެފައިވާތީ، ވޯޓުލީ މީހުންގެ ލިސްޓް އޭގެ ޒާތުން ދޫކުރުމާމެދު އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށާއި، އެލިސްޓު ހޯދައިގެން ޙާޞިލުކުރަން ބޭނުންވާ އެލިސްޓު
ބެލުމުގެ ފުރުޞަތު ލިބުމުންވެސް ޙާޞިލްވެގެންދާނެކަމުގައި ޖުމްހޫރީ ޕާޓީ ގެ ފަރާތުން ބުނެފައިވާ ބުނުމުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ރިޢާޔަތްކޮށް ބަލާއިރު، އިންތިޚާބުގައި ވޯޓުލީ މީހުންގެ
ލިސްޓާއި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އާއި ދެމެދު ޝައްކުތަކެއް އުފައްދައި،
އިންތިޚާބުގެ އެންމެހައި ކަންކަން ހިނގާފައިވަނީ، އަދި ހިނގަމުންދަނީ ހަމަހަމަކަމާއި ހާމަކަމާއި
އިންސާފުވެރިކަމާއެކުގައިކަން ކަށަވަރުކުރުމަކީ އިންތިޚާބުގައި ވާދަކުރި، އަދި ވާދަކުރާ ކޮންމެ
ކެންޑިޑޭޓަކަށްވެސް ލިބިގެންވާ ޙައްޤެއްކަމުގައިވާއިރު، އިންތިޚާބުގެ އެންމެހައި ކަންކަން ހިނގައި ނިމިފައިވަނީ،
އަދި ހިނގަމުންދަނީ އެފަދައިންކަން ކަށްވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުއަސާސީންނާއި
ޤާނޫނުތަކުން މަތިކޮށްފައިވާ ޒިންމާއެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް
ޤަބޫލުކުރެވުނު ހިނދު، ޖުމްހޫރީ ޕާޓީގެ ފަރާތުން އެދިފައިވާ، 2013 ސެޕްޓެމްބަރު 7 ވަނަ ދުވަހު ބޭއްވުނު
ރިޔާސީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ލިސްޓް، އެޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަކުރި ކެންޑިޑޭޓަށް
ނުވަތަ އެކެންޑިޑޭޓު ކަނޑައަޅާ އެކަށީގެންވާ ޢަދަދެއްގެ މަންދޫބުންނަށް ބެލުމުގެ އިންތިޒާމު ހަމަޖައްސައިދީ،
އިންތިޚާބާ ގުޅިގެން ޖުމްހޫރީ ޕާޓީ އަށް އުފެދިފައިވާ ޝައްކުތައް ފިލައިގެންދާފަދަ ގޮތަކަށް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
2013/HC-I-SH/0]
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮމިޝަނުގެ ފަރާތުން އެކަމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް އަންގައި، މިމައްސަލަބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
" ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv