ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އަދި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 142/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ
* ދާއިމީ އެޑްރެސް: ހ.މިއަލަނި ކ.މާލެ
ރަޖިސްޓްރީ ނަންބަރު: 107
/
2006-C
OOOX <
*
• އިސްތިއުނާފް ރައްދުވި ފަރާތް:
އިސްމާޢީލް މަސްޢޫދު
އައިޑީކާޑް ނަންބަރު: A062253
:
ތަން
ދާއިމީ އެޑްރެސް: ބ.ތުޅާގިރި| ކ.މާލެ
މިހާރުގެ އެޑްރެސް: ފ.އައިފާ ކ.މާލެ
L
ރަޖިސްޓްރީކުރެވުނު ތާރީޚް: 11 ޖުމާދަލްއާޚިރު 1434
އޭޕްރީލް 2013
ނިމުނު ތާރީޚް: 22 ރަބީޢުލްއައްވަލް 1435
ޖެނުއަރީ 2014
21
23
0
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2012/VTR/26
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ
މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޢަލީ ސަމީރު، ފަނޑިޔާރު: އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު: ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
44ހން .8
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
• ދަޢުވާގެ ޚުލާޞާ
oec
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މ.ތުޅާގިރި/ ކ.މާލެ އިސްމާޢީލް މަސްޢޫދެވެ.
3ތޑ 3
2 ބ
2 * *
ފާހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ، އިސްމާޢީލް މަސްޢޫދު 23 މެއި 2010 އިން ފެށިގެން
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގައި އިންފޮމޭޝަން
ޓެކްނޮލޮޖީ (އައި.ޓީ) މެނޭޖަރގެ މަޤާމު އަދާކުރަމުން އައިސްފައިވަނިކޮށް، 2012 ވަނަ އަހަރުގެ
ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއަށް
ނުކުތުން މަނާކޮށްފައިވާތީ، ކުންފުނިން އޭނައާ ދޭތެރޭ ކަންތައްތައް ކޮށްފައިވަނީ އޭނާއާއި
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން އާދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި
ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަމަށްބުނެ، އަދި އޭނާއަށް ނަފްސާނީ އަދި މާލީ ގެއްލުން ތަކެއް
ލިބިފައިވާތީ، އެކަމުގެ މާލީ ބަދަލުގެ ގޮތުގައި 50,000ރ. (ފަންސާސްހާސް) ރުފިޔާ
ދިނުމަށާއި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދި، 2012 ވަނަ
އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، އިސްމާޢީލް މަސްޢޫދު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމުން ބެލެވުނު މައްސަލައެއްކަން އެނގޭކަމާއި،
02c
20
އެމައްސަލަ ނިންމަވާފައިވަނީ، "ދެންފަހެ، މިމައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި
ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު، މައްސަލަ ހުށަހެޅި އިސްމާޢީލް
ދިވެހިރާއްޖޭގެ
eހ
މާލެ، ދިރާޖެ، ފޯން 3325029، ޕެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ޔުޒު ހިނގުން، ތީމުގޭ
އީމެއިލް: [email protected]
www-highcourt.gov.avent
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
OOOX <
މަސްޢޫދު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން ޕލކ ގެ ވަޒީފާއިން 28
ފެބްރުއަރީ 2012 ގައި ވަކިކޮށްފައިވަނީ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވި ފަރާތާ
ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފު ޢަމަލުތަކެއް ހިންގާފައިވުމުންނާއި އަދި
ހިންގަމުންގެންދާތީ، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 23 ވަނަ މާއްދާގެ
ދަށުން ކަމަށް މައްސަލަ ރައްދުވާފަރާތުން ބުނާއިރު، ޤާނޫނު ނަންބަރު: 02/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ގޮތުންނާއި
އިޖުރާޢީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާކަން ސާބިތުވާ މިންވަރަށް
މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް
މައްސަލަ ބެލި މަޖްލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް
އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކޮށްފައިވާތީ، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އިސްމާޢީލް މަސްޢޫދު
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އޭނާ އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ޙާލެއްގައި
ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 28
ވަނަ ދުވަހުން ފެށިގެން މައްސަލަ ނިމުނު ދުވަހާހަމައަށް އިސްމާޢީލް މަސްޢޫދު އަށް މުސާރައާއި
ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 07 ވަނަ ދުވަހުން
ފެށިގެން 10 ދުވަހުގެ ތެރޭގައި އިސްމާޢީލް މަސްޢޫދު އަށް ދާ ޚަލާސްކުރުމަށްފަހު އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށް ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަން ޕލކ އަށް
އަންގައި
މިފަދައިންނެވެ.
0c
0
2 4 2 22 22
"$2#/24
oxo
02- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26 މައްސަލަ ނިމިފަވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން އެދި
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކގެ ފަރާތުން 05 (ފަހެއް) ނުކުތާ
ހުށަހަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3ނަދީ،
އީމެއިލް [email protected]
މާލެ، ދިޔަހިރާއްޖެ، ފޯން:3325029، ޕެކްސް 3316471
އިޓް: www.highcourt.gov.mv
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
2 /
(ހ) ފުރަތަމަ ނުކުތާއަކީ، އިސްމާޢީލް މަސްޢޫދު އެޗް.ޑީ.އެފް.ސީ ގައި އަދާކުރަމުން ގެންދިޔަ
ވަޒީފާއިން ވަކިކުރުމުގައި އެޗް.ޑީ.އެފް.ސީގެ ފަރާތުން އަމަލުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާދޭ ފަރާތުގެ ޙައިޞިއްޔަތުން ލިއްބައިދީފައިވާ އިޚްތިޔާރާއި
ބާރުގެ އިމުގެ ތެރެއިން އަދި ދެފަރާތް ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ
ގޮތުގެ މަތިންކަން ސާބިތުކުރުމަށް އެޗް.ޑީ.އެފް.ސީގެ ފަރާތުން އެކަށީގެންވާ ޝަފަހީ ހެއްކާއި ކިތާބީ
އެކި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާއިރު، އެކަންތައްތަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ
ޓްރައިބިއުނަލުން ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2220
(ނ) ދެވަނަ ނުކުތާއަކީ، އިސްމާޢީލް މަސްޢޫދު ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް 09
ކަމެއް ކޮށްފައިވާކަން އެޗް.ޑީ.އެފްސީއަށް ސާބިތުވެފައިވާއިރު، އެކަންކަމުގެ ހެއްކާއި ޤަރީނާ ވަރަށް
ތަފްޞީލުކޮށް ހުށަހެޅިފައިވާއިރު އެތަކެއްޗަށް ރިޢާޔަތްކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
4 04k
کمرے کی
މައްޗަށް"
(ހ) ތިންވަނަ ނުކުތާއަކީ، އިސްމާޢީލް މަސްޢޫދު އިތުރަށް ވަޒީފާގައި ބެހެއްޓުމުން
އެޗް.ޑީ.އެފް.ސީ އަށް ގެއްލުންތަކެއް ލިބިދާނެކަމަށް ބެލިފައިވާއިރު އަދި އިސްމާޢީލް މަސްޢޫދުގެ
މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ނިންމި ނިންމުމަށް ވާސިލުވުމުގައި ތަޠުބީޤްކުރި ހަމައަކީ
"ބޮޑަށް ބުރަވެވޭ
(Balance of Probabilities) ކަމަށްވީއިރު،
ޓްރައިބިއުނަލުން މައްސަލަ ނިންމެވުމުގައި، ހުށަހެޅިފައިވާ ހެކިތަކާ ޤަރީނާއާއި އަދި ދެކެވިފައިވާ
ވާހަކަތަކަށް ވަޒަންކުރުމުގައި ގެންގުޅުއްވާފައިވާ މިންގަނޑަކީ ޖިނާއީ ކުށްތައް ސާބިތުކުރުމުގެ
މިންގަނޑުކަން މައްސަލަ ނިންމެވުމުގައި ފާހަގަކުރެއްވި ނުކުތާތަކުން ދޭހަވާކަމަށް ބުނެ ހުށަހެޅި
ނުކުތާ.
2 99
(Substantive
() )
(ރ) ހަތަރުވަނަ ނުކުތާއަކީ، އެޗް.ޑީ.އެފް.ސީ ގައި އިސްމާޢީލް މަސްޢޫދު އަދާކުރަމުން
ގެންދިޔަ ވަޒީފާއިން އޭނާ ވަކިކުރެވިފައިވަނީ މަޢުޟޫޢީ އަދުލުވެރިކަން
(Fairness އާއި އިޖްރާއީ އަދުލްވެރިކަން (Procedural Fairness) ޤާއިމްކުރުމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޒު ހިނގުން، ތީމުގޭ 3 ނަން/ރު
އީމެއިލް: [email protected]
ލޯވެރިޔެއްޖެ.xން: 3325129 ފެކްސް 3316471
ޢީޓްޓީ
www-highcourt.gov.my
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
ފަހުގައިކަން ސާބިތުކޮށްދެވިފައި ވީނަމަވެސް މިކަމަށް ޓްރައިބިއުނަލުން ރިޢާޔަތް
ކުރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
Fairness)
(ބ) ފަސްވަނަ ނުކުތާއަކީ، އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ
އަދުލުވެރިކަން
Substantive) ޤާއިމްނުކުރެވޭކަމަށް ޓްރައިބިއުނަލުން
ދެކެވަޑައިގަތްކަމުގައި ވީނަމަވެސް މައުޟޫޢީ އަދުލުވެރިކަން (Substantive Fairness)
ޤާއިމްކުރެވިފައި ވާކަމާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ
2 (ދޭއް) ޝަރުތު ފުރިހަމަކުރެވިފައި ވާއިރު، އިސްމާޢީލް މަސްޢޫދު އަށް ވަޒީފާ އަލުން ދިނުމަށް
އެޗް.ޑީ.އެފް.ސީ އަށް މަޖުބޫރު ނުކުރެވޭނެއިރު، ޓްރައިބިއުނަލްގެ ނިންމުމުގައި ވަޒީފާ އަލުން
ދިނުމަށް އެންގެވި އެންގެވުމަކީ އިންސާފުން އެއްކިބާވެފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ .
03- މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26
މައްސަލަ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ހައުސިންގ ޑިވެލޮޕްމަންޓް
ފައިނޭންސް ކޯރޕަރޭޝަން ޕލކގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި،
އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް
4 34
ހގަ ކުރެޅުވާ"
(ހ) ފުރަތަމަކަމަކީ، އިސްމާޢިލް މަސްޢޫދުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް
ފައިނޭންސް ކޯޕަރޭޝަން (އެޗް.ޑީ.އެފް.ސީ) ގެ މައްޗަށް ރައްދުވާ ގޮތަށް ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އިސްމާޢީލް މަސްޢޫދު އެޗް.ޑީ.އެފް.ސީގެ އައި.ޓީ
ސެކްޝަންގެ މެނޭޖަރެއްގެ މަޤާމު އަދާކުރަމުން ދަނިކޮށް 14 ފެބުރުއަރީ 2012 އިން ފެށިގެން
އޭނާ 14 ދުވަހުގެ މުއްދަތަށް ވަޒީފާއަށް ނުކުތުން މަނާކޮށްފައިވާތީ، އެޗް.ޑީ.އެފް.ސީން އިސްމާޢީލް
މަސްޢޫދާއި ދޭތެރޭގައި ކަންތައްތައްކޮށްފައިވަނީ އޭނާ އާއި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަން އާއި ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމާއި ޤާނޫނާއި ޤަވާޢިދާއި ޚިލާފަށްކަމަށް
0 0 2 02
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ސެންބަރު އޮންނަ ވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: litrola highcourt.gov.mv
ޓް: www.highcourtgckr.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
02 22
ބުނެ، އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ އަދި މާލީ ގެއްލުންތަކެއް ލިބިފައިވާކަމަށް ބުނެ
އެގެއްލުންތަކުގެ ބަދަލެއްގެ ގޮތުގައި -/50,000ރ. ( ފަންސާސްހާސް ރުފިޔާ) ލިބިގަތުމަށާއި،
އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިކަން މިމައްސަލައިގައި
އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ފޯމާއި، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ މައްސަލައިގެ ޚުލާސާއަށް ބެލުމުން އެނގެން
އޮތުމުން، އިސްމާޢީލް މަސްޢޫދު މިމައްސަލައިގައި ކޮށްފައިވާ ޝަކުވާއަކީ އިސްމާޢީލް މަސްޢޫދު 14
ދުވަހުގެ މުއްދަތަށް ސަސްޕެންޑް ކޮށްފައިވާތީ އެކަމުގެ މައްޗަށް ކޮށްފައިވާ ޝަކުވާއެއްކަން
އެނގޭކަމާއި، އަދި މިއީ އެއްވެސް ޙާލެއްގައި އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކުރި ވަކިކުރުން
ގޯސްވެގެން އެކަމުގެ މައްޗަށް ހުށަހެޅި މައްސަލައެއްކަން އެނގެން ނެތް ކަމާއި، އިސްމާޢީލް
މަސްޢޫދުގެ ފަރާތުން ހުށަހެޅި މި ޝަކުވާގެ ސީޣާ ބަދަލުކޮށްފައިވާ ކަން އޭނާގެ އެއްވެސް
ބަޔާނަކުން އެނގެން ނެތްއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލަ ބަލައި ގޮތެއް
ނިންމާފައިވަނީ އިސްމާޢީލް މަސްޢޫދުގެ ފަރާތުން މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހަޅާފައިވަނިކޮށް 28 ފެބުރުއަރީ 2012 މި ތާރީޚުގައި އިސްމާޢީލް މަސްޢޫދު ވަޒީފާއިން
ވަކިކޮށްފައިވާތީ، އެއީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އެޗް.ޑީ.އެފް.ސީން ނިންމާފައިވާ
ނިންމުމެއްކަމަށް ބައްލަވާ އެކަމުގެ މައްޗަށްކަން އެނގެން އޮންނަކަމާއި، އެހެންނަމަވެސް
މައްސަލައިގެ ސީޣާ ނުހިމެނޭ އަދި އިސްމާޢީލް މަސްޢޫދުގެ ފަރާތުން އެދިފައިނުވާކަމެއްގެ މައްޗަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ނިންމާފައިވާތީ އެކަމުގެ މައްޗަށް ބިނާކޮށް އެޗް.ޑީ.އެފް.ސީން
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެއްވެސް ޝަކުވާއެއްކޮށްފައިވާކަން އެނގެން ނެތަތީއާއި އެފަދަ
އެއްވެސް ނުކުތާއެއް އެފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް ފާހަގަކޮށްފައިނުވާތީއާއި އަދި
އުސޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަބަލައި ގޮތެއް ކަނޑައަޅާނީ
ހުށަހެޅުނު އިސްތިއުނާފް ނުކުތާތަކުގެ މައްޗަށްކަމުގައިވުމުން މައްސަލައިގެ ސީޕޯގައި
ނުހިމެނޭކަމެއްގެ މައްޗަށް އަދި މައްސަލަ ހުށަހަޅާ ފަރާތުން އެދިފައި ނުވާކަމެއްގެ
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ނިންމާފައި ނިންމުމުގެ މައްޗަށް މިމައްސަލަ ބެލުމުގައި
މިކޯޓުން ރިޢާޔަތްކުރެވިފައިނުވާނޭކަމެވެ.
2
<< O
014
ހހހހ
84ނ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 މަޓްބަވެހިޒާއްގެ ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
ނޯޓް:www.highcourt.gov.m
7
2013/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
3s
07
20
(ށ) ދެވަނަކަމަކީ، އިސްމާޢީލް މަސްޢޫދަކީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަން ޕލކ (އެޗް.ޑީ.އެފް.ސީ) ގެ އައި.ޓީސެކްޝަންގެ މެނޭޖަރެއްގެ ގޮތުގައި ވަޒީފާއަދާ
ކުރަމުން ގޮސްފައިވާ ފަރާތެއްކަމާއި، އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން 28 ފެބުރުއަރީ 2012 ގައި
ވަކިކޮށްފައިވާކަމާއި، އިސްމާޢީލް މަސްޢޫދު އަދާކުރަމުންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ،
އިސްމާޢީލް މަސްޢޫދުގެ ވަޒީފާއާބެހޭ އެއްބަސްވުމާއި ޚިލާފަށް ހިންގާފައިވާ ސާބިތުކުރެވޭ ޢަމަލުތަކަށް
ބުރަވެ އެޗް.ޑީ.އެފް.ސީގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް
ވެދާނެކަމެއްކަމަށް ޔަޤީންވާކަމަށްބުނެ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ)ގެ 1ގެ
ދަށުންކަމަށް އެޗް.ޑީ.އެފްސީން ބުނާކަމާއި، އިސްމާޢީލް މަސްޢޫދު އެޗް.ޑީ.އެފް.ސީ ގައި
އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސްއެއް ދިނުމަކާއި ނުލައިކަން އެނގޭކަމާއި،
ޤާނޫނު ނަންބަރު 02/2008 ( ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާއަށް ބަލާއިރު،
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ބަޔާންވެގެން
އޮންނަކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން، އެމުވައްޒަފަކު ހުށައަޅާ
ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން
ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި
ބަޔާންވެގެން ވާކަން އެނގެން އޮންނަކަމެވެ.
ހ / ޏ ސ ޑ 0
04
(ނ) ތިންވަނަކަމަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ޤާނޫނަށް
ބަލާއިރު، އެޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފަކު، ނޯޓިހެއް ދިނުމަކާ ނުލައި
ވަކިކުރެވޭނީ ހަމައެކަނި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތުގައި
އެމާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަން އެނގޭކަމާއި، މިގޮތުން ބަލާއިރު، ނޯޓިހެއް
ދިނުމަކާނުލައި، ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ
އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނެކަމެއް ކަމަށް ވަޒީފާދޭފަރާތަށް ނުފެންނަ ޙާލަތުގައި ކަމަށް އެމާއްދާގެ (ހ)ގައި
ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް
ދިނުމަކާނުލައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުޠެއް ފުރިހަމަވެގެންކަމާއި، އެއީ:
ދިވެހިރާއްޖޭގެ
ހައިކޯޓް
ރު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ދުޒު ހިނގުން، ތީމުގޭ
އީމެއިލް
މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
ވެބްސައިޓް: www.highcourt.gov.mv
hichowo my soms
ދިވެހި*
8
213/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
1. އެމުވައްޒަފެއްގެ މަސައްކަތެއްގެ އަޙްލާޤު އެކަށީގެން ނުވުން، އަދި
2. އެމުވައްޒަފަކު ވަޒީފާގައި އިތުރަށް
އެކަށީގެންވާ ހަމަތަކަށް
ބަލާއިރު، ކުރެވޭނޭކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުން، ކަން އެނގެން އޮންނަކަމާއި،
04 3ވ
هم مع جمله
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން، ނޯޓިހެއް ދިނުމަކާނުލައި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަވާންޖެހޭ، އިސްވެދެންނެވިފައިވާ ދެ ޝަރުޠު
ފުރިހަމަވޭތޯ ބެލުމުގައި، ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފެއްގެ މަސައްކަތުގެ
އަޚްލާޤު އެކަށީގެން ނުވާކަމަށް ކަނޑައެޅޭނީ، ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް
ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތަށް ފެންނަ ޙާލަތުގައި
ނުވަތަ އެމުވައްޒަފަކު ޚިޔާނާތްތެރި ވެފައިވާ ޙާލަތުގައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ (ށ) ގެ (1) އަދި (2) އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ
އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން ބަލާ، އެމުވައްޒަފެއްގެ
މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭ ފަރާތުން ނިންމުމުގައި، އެނިންމުމަށް
ވާސިލުވުމަށް ވަޒީފާދޭ ފަރާތުން ތަޠުބީޤުކުރި ހަމައަކީ އެކަށީގެންވާ ހަމައެއްކަމަށް
ވާންޖެހޭނެކަމަށާއި، ވަޒީފާދޭ ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށްއެކަނި މުވައްޒަފަކު
ވަޒީފާއިން ވަކިނުކުރެވޭނެކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 24/HC
-
A/2010
ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުރިހަމަވާންޖެހޭ
ޝަރުޠުކަމަށްވާ، "އެމުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ
ބަލާއިރު،
ވަޒީފާދޭ ފަރާތަށް ނުފެނުން" ވެސް ފުރިހަމަވާނީ އެމުވައްޒަފަހު
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނެކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެނުނު ހަމައަކީވެސް
އެކަށީގެންވާ ހަމައަކަށް ވެގެންކަން އެމާއްދާއަށް ބެލުމުން އެނގޭކަމާއި،
22
24 ه4ހ 2
0 ހ02
ކުރުވަންކެ9ކމަށް
ޖެދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
22
22 2ޑ
3==ފގ
02
މީގެއިތުރުން، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ޤާއިމުކޮށްފައިވާ އުސޫލަށާއި، މުޅި
ރޫޙަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން
ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަޠުބީޤުކޮށްފައިވާ ހަމައަކީ
އެކަށީގެންވާ ހަމައެއްކަން ސާބިތުކުރުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމަށް ބަލަންޖެހޭކަމާއި މީގެ
އިތުރުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން ވަކިކުރުމުގެ ކުރިން،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން ކަށަވަރުކުރުމަށްޓަކައި
ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް ހުންނަކަމަށާއި،
ޢާންމު އުސޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (Substantive Fairness) އާއި
އިޖްރާޢީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުކުރުމަށް ފަހުގައިކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 208/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނަކަމެވެ.
<< O
(ހ) ހަތަރުވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
208/HC-A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާއާބެހޭ ޤާނޫނުގެ
23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން
ވަކިކުރި ސަބަބުތައްކަމަށް ވަޒީފާދޭ ފަރާތުން ބަޔާންކުރާ ހުރިހާ ސަބަބަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23
ވަނަ މާއްދާގެދަށުން، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެކަމަށް އެމާއްދާގައި
ބަޔާންކޮށްފައިވާ ސަބަބުތަކަށް ވުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫންކަމާއި، މުވައްޒަފަކު ވަޒީފާއިން
ވަކިކުރާ ސަބަބުތައްކަމަ ވަޒީފާދޭ ފަރާތުން ބަޔާންކުރާ ސަބަބުތަކުގެ ތެރެއިން މަދުވެގެން އެއް
ސަބަބަކީ، އިސްވެދެންނެވިފައިވާ ޤާނޫނީ ހަމަތަކުގެމަތިން، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ
ދަށުން، ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނޭ ސަބަބެއްކަމަށް ވާނަމަ، ވަޒީފާއާބެހޭ
ޤާނޫނުގެ ވަނަ މާއްދާގެ ދަށުން އެމުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ކުރެވުން
ޞައްޙަވާނޭކަން އެނގޭކަމާއި،
ހއ ހޗ0
.ށ2ނ
23
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނުންވާ ދުވަހަކެވެމާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]
އެޓެ: www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
ހ 22 ހ 0 ހ2
ބައެއްކުންކު19
އިސްމާޢީލް މަސްޢޫދު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގައި އަދާކުރަމުން ދިޔަ އައި.ޓީ
ސެކްޝަންގެ މެނޭޖަރެއްގެ މަޤާމުން ވަކިކޮށްފައިވަނީ އިސްމާޢީލް މަސްޢޫދާއި އެޗް.ޑީ.އެފް.ސީއާއި
ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާއި ޚިލާފަށް 9 ކަމެއް އިސްމާޢީލް މަސްޢޫދު ކޮށްފައިވާކަން
އެޗް.ޑީ.އެފް. ސީ އަށް ސާބިތުވާން އޮތުމުން އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށްގެންކަމަށާއި،
މިގޮތުން ކުންފުނީގެ މެނޭޖްމަންޓުގެ އިސްބޭފުޅުންނާއި ކަމާއި ގުޅިގެން ބައްދަލުކުރެވޭ އިރު
ދެކެވޭ ވާހަކަތައް އެފަރާތްތަކަށް ނޭނގި އަދި ހުއްދަ ނުހޯދާ ސިއްރުން ރެކޯޑުކުރުމާއި، ކުންފުނީގެ
އައިޓީގެ ކަންތައްބައްލަވަން ހުންނަވާ އިސްމީހެއްގެ ޙައިސިއްޔަތުން އިސްމާޢީލް މަސްޢޫދަށް
ދެވިފައިވާ އިތުބާރު ނާޖާއިޒު ބޭނުންހިފައިގެން ކުންފުނީގެ މެނޭޖްމަން
މަންޓުގެ ބައެއް އިސްފަރާތްތަކުގެ
އީ-މެއިލް އެކައުންޓު ތަކަށާއި ކޮމްޕިއުޓަރު ތަކަށް ވަދެ އޭގައި ހުންނަ ކުންފުނީގެ ސިއްރު
މަޢުލޫމާތާއި މުވައްޒަފުންގެ ޕާރސަނަލް އީ-މެއިލް ކިޔައި އެހެން ފަރާތްތަކަށް ހާމަކުރުމާއި،
ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ގުޅައި ރާއްޖޭން ޑީޕޯޓު ކޮށްލާނެ ކަމުގެ އިންޒާރު ދީ އަދި
ކުންފުނީގެ އައި.ޓީ ނެޓްވާރކްތަކަށް ވަދެ ކުންފުންޏަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމާއި،
ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ބައެއް ބޭފުޅުންނާއި ބައްދަލުކޮށް އަމިއްލަ މަސްލަޙަތަށް
ބަލައިގެން ބައެއް ފަރާތްތައް ކުންފުނީގެ ވަޒީފާއަށް ވެއްދުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް
ކޮށްފައިވުމާއި، ކުންފުންޏަށް އަލަށް ވެއްދުމަށްޓަކައި އިންޓަވިއު ކުރެވުނު ކުދިންނާއި އެކަށީގެން
ނުވާ ބީދައަކުން އިންޓަރވިޔު ސެޝަންތަކުގައި މުޢާމަލާތުކުރުމާއި، ކުންފުންޏާއި ގުޅޭ ގޮތުން
ސައްޙަ ނޫން މަޢުލޫމާތު ތަކެއް ސިޔާސީ ފަރާތްތަކާއި ޙިއްސާކުރުމާއި، އެފަރާތްތައް
މެދުވެރިކޮށް މީޑިޔާގައި ކުންފުނީގެ ނުރަނގަޅު ވާހަކަދައްކާ ކުންފުނީގެ ވިޔަފާރިއާއި އަބުރު
ގެއްލުވާލަން މަސައްކަތް ކޮށްފައިވުމާއި، ވަޒީފާއަށް ނުނިކުތުމަށް ނޯޓިސް ދިނުމުން ކުންފުނީގެ
ނެގެޓިވް ކެމްޕޭނެއް ފަށައި ތަޙްޤީޤީ އިދާރާތަކަށް ސައްޙަ ނޫން މަޢުލޫމާތު
ދީގެން އޮޅުވާލުމަށް
މަސައްކަތް ކުރުމާއި، ކުންފުނީގެ ކޮޕީރައިޓްސް މެޓީރިއަލްސް ހުއްދަ ނެތި ސިއްރުން ދެވަނަ
ފަރާތަކަށް ދީފައިވާކަމަށްބުނެ މިކަންކަމުގެ މައްޗަށް ބެލިގެންކަމަށް އެޗް.ޑީ.އެފް.ސީން ބުނެފައިވާކަން
އެނގެން އޮތްއިރު މިއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގައި ބަޔާންކޮށްފައިވާފަދަ، އިސްމާޢީލް
މ 04
ރާއްޖެ ފޯން: 3325329 ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަމްބަދު)
އީމެއިލް:
[email protected] one
www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
02
ބލިދީން
04 40
0
4 3 2 04 4
މަސްޢޫދު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާއަދާކުރާ ތަނަށް
ގެއްލުންތަކެއް ލިބިދާނެކަމަށް ބެލެވިއާ
ކަންތައްތަކެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭކަމާއި، އަދި
އެފަދަ ޢަމަލުތައް ހިންގާ މުވައްޒަފުން ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ
ކަމަށް ވަޒީފާދޭ
ފަރާތަށް ނުފެންނަކަމަށް އެފަރާތުން ނިންމުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވިދާނެ
ކަމެއްކަމަށްވެސް ޝަރީޢަތަށް ޤަބޫލުކުރެވެން އޮތްއިރު،މުވައްޒަފަކު ވަޒީފާގައި އިތުރަށް
ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ވަޒީފާދޭ ފަރާތުން
ބަލާ، އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ރަނގަޅު ނޫންކަމަށް ވަޒީފާދޭފަރާތުން ނިންމުމުގައި،
މުވައްޒަފުގެ ފަރާތުން ކުޅަ ޢަމަލުތައް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ޖިނާއީ މިންގަޑުން ސާބިތުވުމަކީ ލާޒިމުކަމެއް ނޫންކަމަށާއި،
މިޙާލަތުގައިވެސް ވަޒީފާދޭ ފަރާތުން ބަލަންޖެހޭނީ، އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ
ޢަމަލަކާއި ގުޅިގެން ވަޒީފާދޭ ފަރާތުން ކުރާ ތަޙްޤީޤަށް މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި
އެކަމެއް ސާބިތުކުރަން އޮންނަ މިންގަނޑުތަކުން އެކަމެއް ސާބިތުވޭތޯކަމާއި، އެމިންގަނޑަކީ
އެމައްސަލައަކާ ގުޅިގެން ހުށަހެޅިފައިވާ ހެކިތަކާއި ޤަރީނާތައް ވަޒަންކޮށް ބަލާއިރު ބޮޑަށް ބުރަވެވޭ
ގޮތެއްގެ މައްޗަށް ބިނާކުރުން (Balance of Probabilities) ކަމަށް އިސްވެދެންނެވިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ކަނޑައަޅައި
ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
0x
2 /
2010/HC-A/24
•) ފަސްވަނަކަމަކީ، މިމައްސަލައާއި ގުޅިގެން އިސްމާޢީލް މަސްޢޫދުގެ މައްޗަށް ތުހުމަތު
އުފައްދާ އެޗް.ޑީ.އެފް.ސީން ހުށަހެޅި ކަންކަމަށާއި އެކަންކަމާއި ގުޅިގެން އިސްމާޢީލް މަސްޢޫދުގެ
ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެއްކިވާހަކަތަކާއި މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އިސްމާޢީލް މަސްޢޫދުގެ މައްޗަށް
އެޗް.ޑީ.އެފް.ސީން ތުހުމަތު ކޮށްފައިވާ ކަންތަކާ ބެހޭ މަޢުލޫމާތު އިސްމާޢީލް މަސްޢޫދަށްދީ
އެކަމާއިބެހޭގޮތުން ފުރިހަމަ އަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި އިސްމާޢީލް
މަސްޢޫދަށް ދީފައިވާކަން މި މައްސަލައާއި އެކު ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެންނެތް ނަމަވެސް
އިސްމާޢީލް މަސްއޫދާއި މެދު ތުހުމަތުކުރެވޭ ކަންކަން އިތުރަށް ބެލުމަށްޓަކައި ވަގުތީ ގޮތުން
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ ނަންބަރާމާ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް j/[email protected] އިޓްwww.highcourt.gov.ifiv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
02
4 2220
20
ހކްއަށް
އިސްމާޢީލް މަސްޢޫދު އޮފީހަށް ހާޒިރުނުވުމަށް އަންގައި، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ
14 ވަނަ ދުވަހުން ފެށިގެން 14 (ސާދަ) ދުވަހުގެ މުއްދަތަށް އޭނާ ވަޒީފާއަށް ނުކުތުން
މަނާކުރުމުން އެކަމަށް ޗެލެންޖްކޮށް އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް
އަށް މައްސަލަ ހުށަހަޅާފައިވާކަން އެނގެން އޮތް އިރު އިސްމާޢީލް މަސްޢޫދު އަދާކުރަމުން ދިޔަ
ވަޒީފާއިން ވަކިކޮށްފައިވަނީ މިބުނެވި ދިޔަ 14 ދުވަހުގެ މުއްދަތު ފާއިތުވެ ދިއުމަށް ފަހުގައި ކަމުން
އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ތުޙުމަތު ކުރެވިފައިވާ ކަންތަކާ
ގުޅޭ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އެޗް.ޑީ.އެފް.ސީގެ ބެލުމަށްފަހު އިސްމާޢީލް މަސްޢޫދުގެ
ކަންތައްތަކެއް ތުހުމަތުކުރެވޭކަން އޭނާއަށް އެންގުމަށްފަހުގައިކަމަށް ޝަރީޢަތަށް
ޤަބޫލުކުރެވޭކަމާއި، މިމައްސަލަ އާއި ގުޅިގެން އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށް ދީފައިވާ ބަޔާންތަކަށް ބެލުމުން އިސްމާޢީލް މަސްޢޫދުގެ މައްޗަށް
އެޗް.ޑީ.އެފް.ސީގެ ފަރާތުން ތުހުމަތުކުރާ
ތުހުމަތުކުރާ ކުންފުނީގެ މެނޭޖްމަންޓުގެ އިސްބޭފުޅުންނާއި
ބައެއްކަންކަމާއި ގުޅިގެން ބައްދަލުކުރެވޭ އިރު ދެކެވޭ ވާހަކަތައް އެފަރާތްތަކަށް ނޭނގި އަދި ހުއްދަ
ނުހޯދާ ސިއްރުން ރެކޯޑުކުރުމާއި، ކުންފުނީގެ އައިޓީގެ ކަންތައް ބައްލަވަން ހުންނަވާ އިސްމީހެއްގެ
ޙައިސިއްޔަތުން އިސްމާޢީލް މަސްޢޫދަށް ދެވިފައިވާ އިތުބާރު ނާޖާއިޒު ބޭނުން ހިފައިގެން ކުންފުނީގެ
މެނޭޖްމަންޓުގެ ބައެއް އިސްފަރާތްތަކުގެ އީ-މެއިލް އެކައުންޓްތަކަށާއި ކޮމްޕިއުޓަރު ތަކަށް ވަދެ
އޭގައިހުރި ޕާރސަނަލް އީމެއިލް ކިޔާފައިވާކަމާއި، ކުންފުނީގެ ކޮޕީ ރައިޓްސް މެޓީރިއަލްސް ހުއްދަ
ނެތި ސިއްރުން ދެވަނަ ފަރާތަކަށް ދިންކަން އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮންނަކަމާއި މިގޮތުން 17 މެއި 2012
މިތާރީޚުގައި އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި
އެޗް.ޑީ.އެފް.ސީގެ އިސްވެރިން ދެއްކި ވާހަކަތަކެއް އެފަރާތަށް ނޭނގި ރެކޯޑްކުރިކަމަށް
އިޢުތިރާފުވެފައިވާކަމާއި، އަދި ހަމަ މިބަޔާނުގައި އެޗް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރގެ އީ.
މެއިލް އެކައުންޓެއް ބެލިކަމަށް އިސްމާޢީލް މަސްޢޫދުގެ ފަރާތުން އިޢުތިރާފުވެފައި އޮންނައިރު،
އިސްމާޢީލް މަސްޢޫދު މި އީމެއިލް އެކައުންޓު ބަލާފައިވަނީ އެޗް.ޑީ.އެފް.ސީގެ އީ-މެއިލް ޕޮލިސީގެ 9
ވަނަ މާއްދާގައި ބަޔާންކުރާ ގޮތުގެ މަތިން އެމާއްދާގައި ބުނާފަދަ ގޮތަށް
މެއިލް އެކައުންޓް
9
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުދު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް: [email protected]
ރާއްޖޭ، ފެން: 332502، ފެކްސް 3316471
ވެބް ސައިޓްwww.high court.anc
13
2013/HC-A/142
0x ހތކ
ހަމަ
27 26ތ * 4
#/"
ދިވެހިރާއްޖޭގެ ހައިކޯ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޗެކްކުރުމުގެ ބޭނުމުގައި އިސްމާޢީލް މަސްޢޫދުގެ ހެޔޮ ނިޔަތް އޮވެގެންކަމަށް ޤަބޫލު ނުކުރެވޭކަމާއި،
މީގެ އިތުރުން އެޗް.ޑީ.އެފް.ސީގެ އީ-މެއިލް ޕޮލިސީއަކީ އެޕޮލިސީގައި ކޮންފިޑެންޝަލް ޖަހާފައިވާ
ލިޔުންތަކެއް ކަން އެނގެން އޮތްއިރު މިލިޔުންތައް އިތުރު އެހެން ފަރާތްތަކާއި އެކު ޙިއްސާކުރިކަން
އިސްމާޢީލް މަސްޢޫދުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
އޮންނަކަމާއި، އިސްމާޢީލް މަސްޢޫދުގެ ފަރާތުން އިޢުތިރާފުވެފައިވާ އެކަންކަމަކީ އޭގެ ޒާތުގައި
އިސްމާޢީލް މަސްޢޫދު ވަޒީފާގައި އިތުރަށް ބެހެއްޓުމުން އެޗް.ޑީ.އެފް.ސީއަށް ގެއްލުންތަކެއް
ލިބިދާނެކަމަށް ބެލެވިދާނެ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވޭކަމާއި މިހެންކަމުން އިސްމާޢީލް މަސްޢޫދު
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ ކުރެވޭނޭކަމެއްކަމަށް އެޗް.ޑީ.އެފް.ސީއަށް ނުފެންނަކަމަށް އެފަރާތުން
ނިންމި ނިންމި ނިންމުމުގައި އެކަށީގެންވާ އޮތްކަމަށް (Substantive Fairness)
ޝަރީޢަތަށް ޤަބޫލުކުރެ
(ޅ) ހަވަނަކަމަކީ، އިސްވެ އިޝާރާތްކުރެވުނު ފަދައިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެ އިތުރަށް އެފަދަ ނިންމުމެއް
ނިންމުމުގައި އިޖްރާޢީ ޢަދުލުވެރިކަންވެސް ޤާއިމުވެފައިވާންޖެހޭނެކަމާއި މިގޮތުން އިޖްރާޢީ
ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ
ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާޢާތަކީ ޢަދުލުވެރި އިޖްރާޢާތަކަށް ވުންކަމަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު
ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި،
މިގޮތުންބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ ފަރާތަކުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން
ޤާއިމުކުރެވިފައިވާކަމަށް، ޢާންމު ޙާލަތުތަކުގައި ކަނޑައެޅޭނީ، ވަޒީފާދޭ ފަރާތުން، އެންމެ
ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ:
2 22 22
.
2011/HC-A/134
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަނަ
އީމެއިލް [email protected]
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
ވެބް ސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
07
؟
.4
1. އެމުވައްޒަފެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކަމަކާބެހޭ މަޢުލޫމާތު (އޭރަކު
ދެވެން ހުންނަ ހުރިހާ ތަފްސީލަކާއެކު) އެމުވައްޒަފަކަށް ވަޒީފާދޭ ފަރާތުން
ދިނުމަށްފަހު ގެ
2. އެ ތުހުމަތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު އެމުވައްޒަފަކަށް ދިނުމަށްފަހު؟
3. އެމައްސަލައެއް އިދާރީގޮތުން ތަޙްޤީޤުކުރުމަށްފަހު
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ
ޝަރުޠު ފުރިހަމަވާކަމަށް، އެކުރެވޭ ތަޙްޤީޤަކަށް ފެނިގެން، އެމުވައްޒަފަކު
ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި
ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން،
ކަން އެނގޭކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުގައި، އެމުވައްޒަފަކު
އެދިއްޖެނަމަ، އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމީހަކަށް
ދެވެންޖެހޭނެކަމާއި،
ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އިސްވެ ދެންނެވިފައިވާ
ގޮތުގެމަތިން އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި
ވަކިކުރުން ބަލެވޭނީ އަންފެއަރ ޑިސްމިސަލް (Unfair Dismissal) އެއްގެ ގޮތުގައިކަމާއި،
މިޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޠު
ފުރިހަމަވީކަމުގައި ވީނަމަވެސް، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލު
(Damages) ނަގައިދެވޭކަމާއި، ނަމަވެސް މިޙާލަތުގައިވެސް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ
މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެޝަރުޠު ފުރިހަމަވާނަމަ އެމުވައްޒަފަކަށް އެވަޒީފާ
އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް މަޖުބޫރުނުކުރެވޭނޭކަމާއި، ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން
ވަކިކުރެވޭ ޙާލަތުގައި، އިސްވެ ދެންނެވިފައިވާ ގޮތުގެމަތިން އިޖްރާޢީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުކުރެވިފައިނުވާނަމަ ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައަޅަނީ، މައްސަލައިގެ ބާވަތަށާއި، އެ
މުވައްޒަފަކު ވަކިކުރުމުގައި އިޖްރާޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް ބަލައިގެންކަން
އެނގޭކަމާއި، މިއުޞޫލުތަކަކީ ހުޅުވިގެންވާ ދީމިޤްރާޠީ ގިނަ މުޖްތަމަޢުތަކުންވެސް ބަލައިގަނެފައިވާ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ. މި 4. ން 3325020، ފެކްސް: 3316471
އީމެއިލް [email protected]
ވެބްސަ .www.highcourt.gov
15
213/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އުސޫލުތަކެއްކަން އެނގޭކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 208/HC
-
A/2010
ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
08
(ށ) ހަތްވަނަކަމަކީ، އިސްމާޢީލް މަސްޢޫދު އެޗް.ޑީ.އެފް.ސީ ގައި އަދާކުރަމުން ދިޔަ
ވަޒީފާއިން ވަކިކުރުމުގައި އިސްމާޢީލް މަސްޢޫދުގެ ޢަމަލުތައް ހުރިގޮތުން އޭނާ އިތުރަށް
އެޗް.ޑީ.އެފް.ސީގެ ވަޒީފާގައި ބެހެއްޓުމަކީ އެޗް.ޑީ.އެފްސީއަށް ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް
އެޗް.ޑީ.އެފް.ސީއަށް ފެނުނު ހަމަޔަކީ، އެކަށީގެންވާ ހަމައެއް (Substantive Fairness)
ކަމުގައި ބެލެވުނު ނަމަވެސް، އިސްމާޢީލް މަސްޢޫދު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ
އޭނާ އެޗް.ޑީ.އެފް.ސީގެ ވަޒީފާއިން ވަގުތީގޮތުން ސަސްޕެންޑްކުރިކަން އިސްމާޢީލް މަސްޢޫދަށް
އަންގައިފައިވަނިކޮށް އިސްމާޢީލް މަސްޢޫދުގެ ފަރާތުން އެމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެމައްސަލަ ހިނގާދަނިކޮށް ވަޒީފާއާބެހޭ
ޓްރައިބިއުނަލް އެކަންކަމާއި މެދު ގޮތެއް ނިންމުމުގެ ކުރިންކަމަށްވެފައި، އިސްމާޢީލް މަސްޢޫދުގެ
މައްޗަށް ތުހުމަތު ކުރެވުނު އަދި އެކަންކަން ސާބިތުވާކަމަށް އެޗް.ޑީ.އެފްސީން ބުނާ 9 ކަންތަކާއި
މެދު އިސްމާޢީލް މަސްޢޫދުގެ ފަރާތުން ބުނާ ބަހެއް އެޗް.ޑީ.އެފް.ސީން ކުރިން ހޯދުމަކާއި ނުލައި
އަދި އޭނާގެ ދިފާޢުގައި ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގެ މަތިން އިސްމާޢީލް
މަސްޢޫދަށް ދިނުމަކާއި ނުލައިކަން މިމައްސަލަގައި ދެއްކި ވާހަކަތަކުންނާއި ހުށަހެޅުނު
ލިޔުންތަކުން އެނގެން އޮތުމުން އިސްމާޢީލް މަސްޢޫދު ވަޒީފާއިން ވަކިކުރި ކުރުމުގައި
އެކަށީގެންވާ ގޮތެއްގެ މަތިން އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ޤަބޫލުކުރެވެން
އޮންނަކަމާއި،އެހެންނަމަވެސް މިމައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބަލާއިރު މިޙާލަތުގައި
އިސްމާޢީލް މަސްޢޫދަށް ވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް މަޖުބޫރުނުކުރެވޭނޭކަމާއި،
ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި، އެމައްސަލައިގެ މައުޟޫޢީ ޢަދުލުވެރިކަން
ޤާއިމުވެފައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭނީ ގެއްލުމުގެ
ބަދަލެއްކަމާއި، އިސްވެ ދެންނެވިފައިވާ ގޮތުގެމަތިން އިޖްރާޢީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުކުރެވިފައިނުވާނަމަ ނަގައިދެވޭ ބަދަލުވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބު ދުޒު ހިނގުން، ތީމުގޭ ނަންނުނުލޮކީ ދިވެހިއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: nfo
/
highcourt.gov.mvއް ވާނޑުޓް.www.highcourt.gov
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2013/HC-A/142
ވަކިކުރުމުގައި އިޖްރާޢީ އަދުލުވެރިކަން ޤާއިމުވެފައިވާ އޮތް މިންވަރެއްގެ މައްޗަށް ރިޢާޔަތް ކޮށް،
ޢަދުލުވެރި ބަދަލެއްކަމަށް ޓްރައިބިއުނަލްއަށް ފެންނަ މިންވަރެއްގެ
މައްޗަށް ބިނާކޮށްކަމާއި
ޓްރައިބިއުނަލުން ކަނޑައަޅާ ބަދަލަކަށްކަމާއި، އެހެންނަމަވެސް މިއީ ވަޒީފާދޭ ފަރާތަށް އަދަބެއް
ދިނުމުގެ ގޮތުން ނަގައިދެވޭ ބަދަލެއް ނޫންކަމާއި، އެއާ ޚިލާފަށް މިބަދަލު ނަގައިދިނުމުގެ ބޭނުމަކީ
ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެމުވައްޒަފަށް ލިބުނު ގެއްލުން ފޫބައްދައިދިނުންކަމާއި،
އަދި މިގޮތުން ނަގައިދެވޭ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފުގެ އުމުރަށާއި، ވަޒީފާއިން ވަކިކުރެވުނުއިރު އެމުވައްޒަފަކު ހުރި މަޤާމަށާއި، އެމަޤާމުގެ
ޒިންމާތަކަށާއި، އެމުވައްޒަފެއްގެ ތަޖުރިބާއަށާއި، އެމުވައްޒަފަކު ވަޒީފާގައި ހޭދަކޮށްފައިވާ ޖުމްލަ
މުއްދަތަށާއި، އެމުވައްޒަފެއްގެ މަސައްކަތުގެ އަޙްލާޤާބެހޭ ރެކޯޑަށާއި، މުވައްޒަފު ވަޒީފާއިން
ވަކިކުރުމުގައި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ މިންވަރަށް ޓްރައިބިއުނަލްއިން
ރިޢާޔަތްކުރަންޖެހޭނެކަމާއި، އަދި މިގޮތުގެމަތިން، އިސްވެދެންނެވިފައިވާ ކަންކަމުގެ މައްޗަށް
ރިޢާޔަތްކޮށް ގޮތެއް ނިންމުމުގައި މައްސަލާގައި ހިމެނޭ ދެފަރާތުން އެކަންކަމާމެދު ދެކޭގޮތެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ބަލަންޖެހޭނެކަން އެނގޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، މިމައްސަލާގައި އިސްތިއުނާފު ރައްދުވާ
އިސްމާޢީލް މަސްޢޫދު ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގައި އަދާކުރަމުން
ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ 1 އާއި
އެއްގޮތަށް ކަމުގައި ބެލެވުނު ނަމަވެސް، މިފަދަ ޙާލަތެއް މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ
މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން
ޤާއިމުނުކޮށްކަމަށްވުމާއި އެކު، މިމައްސަލައަކީ މިފަދަ މައްސަލަތަކުގައި ނަގައިދޭންޖެހޭ މާލީ
ބަދަލުގެ މިންވަރު ކަނޑައެޅުމަށާއި، އެބަދަލު ލިބިދިނުމުގެ ގޮތުން، އެޓްރައިބިއުނަލްއިން އަލުން
ބަލައި، ފައިސަލާކުރަނިވި ނިންމުމެއް ނިންމަން ޖެހޭ މައްސަލައެއްކަމުގައެވެ
.
o ec
<< o cc
02 30
ދިވެހިރާއްޖޭގެ ހައިކޯޓް، އަބުރުޒު ހިނގުން، ރީގޭ ނަން ފެށީ، މާ
އީމެއިލް aghcourt.gov.mv
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
www.highcourt.gov.my
17
2013/HC-A/142
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 20
20
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26 މައްސަލާގައި
އެޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/26 މައްސަލާގައި އެޓްރައިބިއުނަލްއިން ނިންމާފައިވާ
ނިންމުން ބާތިލުކޮށް، މ.ތުޅާގިރި| އިސްމާޢީލް މަސްޢޫދު، ހައުސިންގ ޑިވޮލަޕްމަންޓް ފައިނޭންސް
ކޯޕަރޭޝަންގައި އަދާކުރަމުން ދިޔަ ވަޒީފާއިން، 28 ފެބުރުއަރީ 2012 ގައި ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ
ފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި
ބަޔާންކުރާ
ކުރާ ޙާލަތު މެދުވެރިވެގެން ވަޒީފާއިން ވަކިކުރާ
މުވައްޒަފުން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ އިޖްރާއީ ޢަދުލުވެރިކަން ފުރިހަމައަށް
ޤާއިމުނުކޮށް
ހައުސިންގ ޑިވޮލަޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ކިބައިން
އިސްމާޢީލް މަސްޢޫދަށް ނަގައިދޭންޖެހޭ މާލީ ބަދަލުގެ މިންވަރު، މިފަދަ މައްސަލަތަކުގައި މާލީ
ބަދަލުގެ މިންވަރު ނަގައިދިނުމާއި ގުޅޭގޮތުން މިޤަޟިއްޔާގައި ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ
އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅުމުގެ ގޮތުން، މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އަލުން
ބަލައި ފައިސަލާކުރަނިވި ނިންމުމެއް ނިންމުމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ
މާއްދާގެ (ހ)ގެ ދަށުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ތަޙްލީލުކުރުމަށް މިމައްސަލަ ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ﷲ/420
22
ކެމިށްވާ49ކ،
OXO
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ފުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv