ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/190 ޤަޟިއްޔާގެ ޙުކުމް
1
2{11/HC-A/19{
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރު: 190/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
* ނަން: ޢާޞިމާ އަޙްމަދު
އައިޑީ ކާޑު ނަންބަރު: A105007
ދާއިމީ އެޑްރެސް: ލިލީމާގެ/މ. މުލައް
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: ޙުސައިން ޝަހާމަތު މާހިރު
ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ރަމަޟާން 1430
ނިމުނު ތާރީޚް: 28 ޒުލްޙިއްޖާ 1432
24 ނޮވެމްބަރު 2011
4 އޮގަސްޓް
ސޓް 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/K4C/05
ޤަޟިއްޔާގެ ބާވަތް: ޚިޔާނާތްތެރިވުން
ނިންމެވި ކޯޓް: މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް
* ހުށަހެޅުނު ތާރީޚް: 25 ޖެނުއަރީ 2010
*
ނިމުނު ތާރީޚް: 21 ޖޫން 2011
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ
ހައި
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2
2011/HC-A/19{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދެޢުވާގެ ޚުލާޞާ
2
0
02 42ހދ238
ہی ہے کرم سرما حسره سره
މިއީ، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/K4C/05 ޤަޟިއްޔާ
އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެނިންމުން
އިސްތިއުނާފު ކޮށްދިނުންއެދި ޢާޞިމާ އަޙްމަދު، މ. މުލައްލިލީގެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A105007) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
ou oo
1. ޢާޝިމާ އަޙްމަދު، ލިލީމާގެ1މ. މުލައް، ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް
ހުށަހަޅާފައިވާ "އިސްތިއުނާފުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމު" (ފޯމް ނަންބަރު 257/2011) ގައި
އިސްތިއުނާފުކުރެވޭ ދަށުކޯޓުގެ ޤަޟިއްޔާގެ
ނަންބަރެއްކަމަށް ބަޔާންކޮށްފައިވަނީ 2011/K4C/05
ކަމާއި، އެހެންނަމަވެސް، މިމައްސަލައާއެކުގައި ހުށަހެޅިފައިވާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެމައްސަލައަށް މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން
ދެއްވާފައިވާ ޤަޟިއްޔާ ނަންބަރަކީ 2010/K4C/05 ކަމާއި، އިސްތިއުނާފުކުރާ ފަރާތަށް އަދި
ދިވެހިރާއްޖޭގެ ހައިކޯޓަށް މިމައްސަލަ ބަލައިގަތުމުގައި މިއޮޅުން އަރާފައިވަނީ މުލަކަތޮޅު މުލަކު
މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ (ތައްގަނޑާއި ސްޓޭމްޕް ޖަހާފައިވާ) ބޭރުގަނޑުގައި
އެޤަޟިއްޔާގެ ނަންބަރަކީ 2011/K4C/05 ޖަހާފައިވުމުން ކަމާއި،
އެހެންކަމުން، ޢާޝިމާ އަޙްމަދު، ލިލީގާގެ!މ. މުލައް، ދިވެހިރާއްޖޭގެ ހައިކޯޓަށް
އިސްތިއުނާފަށް ހުށަހަޅާފައިވާ "އިސްތިއުނާފުކުރުމަށް ދަޢުވާ ހުށަހަޅާ ފޯމު" (ފޯމް ނަންބަރު
257/2011) ގައި އިސްތިއުނާފުކުރެވޭ ދަށުކޯޓުގެ ޤަޟިއްޔާގެ ނަންބަރެއްކަމަށް ބަޔާންކޮށްފައިވަނީ
ކަމަށް ވީނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ބެލުމުގައި
އިސްތިއުނާފުކުރެވޭ ޤަޟިއްޔާއެއްކަމަށް ބަލާފައިވާނީ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/K4C/05 ޤަޟިއްޔާކަމެވެ.
05/K4C2011
OLOO
ދިވެހިރާއް12
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{11/HC-A/19{
:0
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2. އިސްތިއުނާފުކުރެވިފައިމިވާ މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/K4C/05 ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، މުލަކު ލިލީމާގެ ޢާޞިމާ އަޙްމަދު
2007 މާޗް 20 ވަނަ ދުވަހުގެ ވަގުތެއްގައި މ. މުލަކު އޮފީހުގައި މީނާ މަސައްކަތްކުރާ މޭޒުގެ
ވަތްގަނޑުގައި ބަހައްޓާފައިހުރި މ. މުލަކު ރަށުއޮފީހުގެ ފައިސާތަކެއްގެ ތެރެއިން -/8,000 (އަށްހާސް)
ރުފިޔާ މަދުވެފައިވާތީއާއި، މިފައިސާ މަދުވެފައިވާ ގޮތެއް މީނާއަށް ސާބިތުކޮށްދެވިފައި ނުވާތިއާއި،
ސަރުކާރު އޮފީސްތަކުގެ ފައިސާ ގެންގުޅެންޖެހޭ އުސޫލާ ޚިލާފަށް ޢާޞިމާ އަޙްމަދު ރަށުއޮފީހުގެ ފައިސާ
ގެންގުޅެފައިވަނީ އޭނާ މަސައްކަތްކުރާ މޭޒުގެ ވަތްގަނޑުގައިކަމަށްވާތީ ޢާޞިމާ އަޙްމަދު މިފައިސާއަށް
ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި
143 ވަނަ މާއްދާގެ ދަށުން ޢާޞިމާ އަޙްމަދުގެ މައްޗަށް ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ
ކުށުގެ ދަޢުވާއާއި، މިފައިސާ އޭނާގެ އަތުން ސަރުކާރަށް ލިބިދިނުމަށް އެދި ޢާޞިމާ އަޙްމަދުގެ
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދަޢުވާކުރުމުން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ބައްލަވައި
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
24
00ލ0
މައްޗަށް
ޢާޞިމާ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ޢާޞިމާ އަޙްމަދުގެ މައްޗަށް ދިވެހި
ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް
އަޙްމަދުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ޢާޞިމާ އަޙްމަދުގެ ވަތްގަނޑުގައި ބަހައްޓާފައިހުރި
އެއޮފީހުގެ ފައިސާގެ ތެރެއިން މަދުވެފައިވާ -/8000 (އަށްހާސް ރުފިޔާ) މަދުވެފައިވާ ގޮތެއް ޢާޞިމާ
އަޙްމަދަށް ސާބިތުކުރެވިފައި ނުވާތީ، ޢާޞިމާ އަޙްމަދު ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާކަމަށް
ބެލެވޭތީ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާއާއި، 143 ވަނަ މާއްދާގެ ދަށުން ޢާޞިމާ އަޙްމަދު
ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާކަމުގެ ކުށުން ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ
އުޤޫބާތެއްގެ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢާޞިމާ އަޙްމަދުގެ
މައްޗަށް މިފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރުކަމަށްވާތީ 06 (ހައެއް) މަސްދުވަހަށް އަރުވާލުމަށާއި،
ޤާނޫނުލް އުޤޫބާތުގެ 143 ވަނަ މާއްދާގެ ދަށުން ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާތީ 2 (ދޭއް)
އަހަރުދުވަހަށް އަރުވާލުމަށާއި، އެކުޖުމްލަ ދެއަހަރާއި ހަމަސް ދުވަހަށް މ. މުލަކު ލިލީމާގެ ޢާޞިމާ
އަޙްމަދު އަރުވާލުމަށް ޙުކުމްކޮށް ޢާޞިމާ އަޙްމަދު ޚިޔާނާތްތެރިވެފައިވާ -/8000 (އަށްހާސް ރުފިޔާ)
އަދާކުރުމުގެ ގޮތުން މިއަދު 21 ޖޫން 2011 ދުވަހުން ފެށިގެން 16 (ސޯޅަ) މަސްދުވަހުގެ ތެރޭގައި
އެމަހަކަށްޖެހޭ މިންވަރު އެމަހަކު މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާސްކުރުމަށް މ. މުލަކު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 16471/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4
2{11/HC-A/19{
ޤަޟިއްޔާ ނިމުނު ގޮ
ލިލީމާގެ ޢާޞިމާ އަޙްމަދަން އަންގައި" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
* * **
3. މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/K4C/05 ޤަޟިއްޔާ
އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ ޢާޞިމާ އަޙްމަދުގެ
ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
OXO
• ފުރަތަމަ ނުކުތާއަކީ، ޢާޞިމާ އަޙްމަދުގެ މައްޗަށް ދަޢުވާ އުފުލިފައިވަނީ
ދިވެހިރާއްޖޭގެ
ޖޭގެ ޤާނޫނުލް އުޤޫބާތުގެ 131 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ ދަށުންކަމުގައި
ބަޔާންކޮށްފައިވާއިރު، މިދެމާއްދާއަކީވެސް ކުށް ކަނޑައަޅާ މާއްދާތަކެއް ނޫންކަމާއި، އަދި އެއާ ޚިލާފަށް
އަދަބު ކަނޑައަޅާ މައްދާތަކަކަށްވެފައި، މިދަޢުވާގައި ހިމެނޭ "ޚިޔާނާތްތެރިވުން" މިކުށް ކަނޑައަޅާފައިވަނީ
ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 149 ވަނަ މާއްދާ (ނ) އިން ކަމާއި، މިމާއްދާގައި ޚިޔާނާތުގެ
ތިންބާވަތެއްގެ ކުށް ހިމެނޭކަމާއި، މިގޮތުން ޢާޞިމާ އަޙްމަދު ކުރިކަމަށް ދަޢުވާ އުފުލިފައިވަނީ ކޮން
ކުށެއްކަން، ދަޢުވާގައިވެސް، ޝަރީޢަތުގެ މަޖިލީހުގައިވެސް އަދި ޙުކުމުގައިވެސް ސާފުކޮށްދެއްވާފައި
ނުވާކަމަށާއި، އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސިގެ 51 ވަނަ މާއްދާގެ (ހ) އިން
ޢާޞިމާ އަޙްމަދަށް ލިބިފައިވާ ޙައްޤުތައް ނިގުޅައިގަނެވިފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
22c ހއ
އަނއަށް
• ދެވަނަ ނުކުތާއަކީ، މައްސަލައިގައި ޢާޞިމާ އަޙްމަދުގެ މައްޗަށް ޖިނާއީ ކުށެއް
ސާބި
ސާބިތުވެއްޖެކަމަށް ކަނޑައެޅުއްވި ސަބަބުތަކުގެ ތެރޭގައި ދަޢުވާލިބޭ ޢާޞިމާ އަޙްމަދު މަސައްކަތްކުރާ
މޭޒުގެ ވަތްގަނޑުގައި ހުރި ފައިސާގެ ތެރެއިން މަދުވި -/8000 (އަށްހާސް) ރުފިޔާއަށް ވީގޮތެއް
ސާބިތުކޮށްދެވިފައި ނުވާކަން ހިމެނޭކަމަށް ކަނޑައަޅުއްވާފައިވާއިރު، ޤާނޫނުލް އުޤޫބާތުގެ 149
ވަނަ މާއްދާގެ (ނ) ގެ ދަށުން މިކުށް ސާބިތުކުރުމަށް އެމުދާ ބަލަހައްޓަންޖެހޭ ޤަވާޢިދާ ޚިލާފުވެފައިވާކަން
ކަނޑައަޅަންޖެހޭކަމާއި، މިޤަވާޢިދުތަކަކީ ކޮބައިކަން ދައުލަތުން ހާމަކޮށްދީފައި ނުވާކަމާއި، އަދި
ޝަރީޢަތުންވެސް ބައްލަވާފައިނުވާކަމާއި، އަދި ޤަވާޢިދުތަކާ ޚިލާފުވިގޮތެއް ކަނޑައަޅުއްވާފައި
ހުށަހަޅާފައިވާ
2 2 223
ނަޅަވމނނ ހޅ
ނަކީe
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{11/HC-A/19{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މ 04
047
ކުށެއް
ތިންވަނަ ނުކުތާއަކީ، މިމައްސަލައިގައި ޢާޞިމާ އަޙްމަދުގެ މައްޗަށް ޖިނާއީ
ސާބިތުވެއްޖެކަމަށް ކަނޑައެޅުއްވި ސަބަބުތަކުގެ ތެރޭގައި ދަޢުވާ ލިބޭ ޢާޞިމާ އަޙްމަދު އޭނާގެ
މައްޗަށް ދައުލަތުން ހުށަހަޅާފައިވާ ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް ބުނާކަމާއި، މިފައިސާ ގެއްލިފައިވަނީ
ޢާޞިމާ އަޙްމަދުގެ އިޙްމާލުންކަމަށް ޤަބޫލުނުކުރެވޭތީ ކޯޓުން ވަކިގޮތަކަށް ނުނިމެނީސް މިފައިސާ
ދެއްކުމަށް އޭނާ އިންހާ އަދި ފައިސާ ގެއްލިފައިވަނީ ޢާޞިމާ އަޙްމަދުގެ އިޙުމާލުންކަމަށް
ދަޢުވާލިބޭ ޢާޞިމާ އަޙްމަދު ބުނާކަމަށް ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކުއްވާފައިވާއިރު، މިއީ ކުށަށް
ވެފައިވާ އިޢުތިރާފެއް ނޫންކަމަށާއި، އަދި ހެކި ބޭނުންކުރުމުގެ ޤާނޫނީ އުސޫލުތަކަށް ބަލާއިރު، ޢާޞިމާ
އަޙްމަދުގެ އެއް ބުނުމުން އަނެއް ބުނުން ނަފީވެފައިވާ މިޙާލަތުގައި ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައިވާ މިންގަނޑުތަކަށް ކުށްސާބިތު
ހުށަހަޅާފައިވާ ނުކުތާއެވެ.
2 / 22
2 ބ 2
ނެކެޗކެރކެ9ނއި،
ވެފައިވާކަމާއި،
92
22 &4ހދ ( 2
ކެރެވޭނޭކަމަށްބުނޭ
4. މިމައްސަލައާ ގުޅިގެން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2010/K4C/05 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން
ޢާޞިމާ އަޙްމަދުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ2 0
2
2
0
2 ބ 2
0 ހދ
ބަޔާންވެގެންވާކަމެއްކަމާއި،
(ހ) ފުރަތަމަ ކަމަކީ، އެއްވެސް ޖަރީމާއެއް އަދި އެއްވެސް ޢުޤޫބާތެއް ޤާނޫނީ
ނައްސަކުން މެނުވީ ކަނޑަނޭޅޭނޭކަމުގެ މައްދައަކީ ދުނިޔޭގެ ތަހުޒީބުވެފައިވާ އެންމެހާ ދައުލަތްތަކުގެ
ޖިނާޢީ ޤާނޫނުތަކާއި، އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި އިސްތިޤްރާރު
ކުރެވިފައިވާ ޤާނޫނީ މަދައެއްކަމުގައިއާއި، އަދި މި މައްދައަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ) ގައި ޞަރީޙަ އިބާރާތުން
މިކަމަކީ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 34/SC
-
A/2011 ޤަޟިއްޔާގައި ކަނޑައެޅި ބަޔާންވެފައިވާ
ކަމެއްކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން، މ. މުލަކު ލިލީމާގެ ޢާޞިމާ އަޙްމަދުގެ މައްޗަށް
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓު ކޯޓުގައި ދަޢުވާކޮށްފައިވަނީ ޤާނޫނު ނަންބަރު 10/68 (ދިވެހިރާއްޖޭގެ
ޤާނޫނުލް އުޤޫބާތު) ގެ ޗެޕްޓަރ 4 ގެ 131 ވަނަ މާއްދާގެ (ހ) އާއި 143 ވަނަ މާއްދާގެ ދަށުން
ceco
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
6
2{11/HC-A/19{
4 22
ޤަޟިއްޔާ ނިމުނު ގޮތު
ސަރުކާރުގެ މުދަލަކުން ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާކަން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓު ކޯޓުގެ
ނަންބަރު 2010/K4C/05 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން
އޮންނައިރު، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ޗެޕްޓަރ 4 ގައި ޚިޔާނާތްތެ
ހިތްތެރިވުމަކީ ކުށެއްކަން
ސަރީޙަބަހުން ކަނޑައަޅާ މާއްދާއެއް ނެތްކަމާއި، އެޤާނޫނުގެ 131 ވަނަ މާއްދާގެ (ހ) އަކީ ވައްކަން،
ޓެކުން، ޚިޔާނާތްތެރިވުން، މަކަރާ ހީލަތް އަދި ފޭރުމަށް އަދަބުކަނޑައަޅާ މާއްދާއެއްކަން އެނގޭކަމާއި،
އެޤާނޫނުގެ 143 ވަނަ މާއްދާއަކީ، ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެ، ނުވަތަ ސަރުކާރުގެ
މުދަލަކުން ވައްކަންކޮށްފި ނުވަތަ ސަރުކާރުގެ މުދަލެއް ފޭރިއްޖެ ނުވަތަ ސަރުކާރުގެ މުދަލަކަށް މަކަރާ
ޙީލަތް ހަދައިފި މީހަކަށް ދެވޭނެ އަދަބު ކަނޑައަޅާ މާއްދާއެއްކަމާއި، އެޤާނޫނުގެ 149 ވަނަ މާއްދާއަކީ
ވައްކަން، ޓެކުން، ޚިޔާނާތްތެރިވުން، މަކަރާ ހީލަތް އަދި ފޭރުމުގެ މާނަ ބަޔާންކުރާ މައްދާކަމާއި،
އެމާއްދާގެ (ނ) ގައި ޚިޔާނާތުގެ މާނަ ބަޔާންކޮށްފައިވާކަމާއި،
ދިވެހިރާއްޖޭގެ ޤާނޫނުތަކުގެތެރެއިން ޖިނާއީ ކުށް ކަނޑައަޅާފައިވާ ޤާނޫނުތަކަށް
ބަލާއިރު، ބައެއް ޤާނޫނުތަކުގައި ޖިނާއީ ކުށާއި އެކުށަށް ދެވޭނޭ ޢުޤޫބާތު އެއް މާއްދާއެއްގައި
ކަނޑައަޅާފައި ހުންނަކަމާއި، އަދި ބައެއް ޤާނޫނުތަކުގައި ޖިނާއީ ކުށް އެއް މާއްދާއެއްގައި
ކަނޑައެޅުމަށްފަހު އެހެން މާއްދާއެއްގައި އެކުށަށް ދެވޭނޭ ޢުޤޫބާތު ކަނޑައަޅާފައި ހުންނަކަމާއި، އަދި
އަނެއްބައި ޤާނޫނުތަކުގައި ހަމައެކަނި ޖިނާއީ ކުށަށް ދެވޭނޭ ޢުޤޫބާތު ބަޔާންކޮށްފައި ހުންނަކަން
ފާހަގަކުރެވޭކަމާއި، ކުށަކަށް ދެވޭ އަދަބު ނުވަތަ ޢުޤޫބާތު ބަޔާންކޮށްފައިވުމަކީ، އެކަމަކީ، ކުށެއްކަމަށް
ނުވަތަ މަނާކޮށްފައިވާ ކަމެއްކަމަށް މާނަކުރެވޭނޭކަމެއްކަން އިސްލާމީ ފިޤްހީ އުސޫލުތަކަށް ބެލުމުން
އެނގެން އޮންނަކަމާއި، މިގޮތުން ބަލާއިރު، ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާގެ
(ހ) އާއި 143 ވަނަ މާއްދާގައި ޚިޔާނާތްތެރިވުމުން ދެވޭނޭ ޢުޤޫބާތު ބަޔާންކުރުމަށްފަހު، އެޤާނޫނުގެ
149 ވަނަ މާއްދާގައި ޚިޔާނާތް މާނަކޮށްދީފައި އޮތުމުން، ޚިޔާނާތްތެރިވުމަކީ ދިވެހިރާއްޖޭގެ
ޤާނޫނުލް
އުޤޫބާތުން ތަޖްރީމް (criminalise) ކޮށްފައިވާ ކަމެއްކަން ސާފުކޮށް އެނގޭކަމާއި،
ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައި، ވަކިކަމެއް ކުރުން ނުވަތަ ވަކިކަމެއް
ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތީސް
އެކަމެއް ކުރި މީހަކަށް ނުވަތަ އެކަމެއް ނުކޮށް ދޫކޮއްލި މީހަކަށް، އެ ކުރި ކަމަކާ ނުވަތަ ނުކޮށް
ދޫކޮއްލިކަމަކާ ގުޅުވައިގެން އަދަބުދީގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަމާއި އަދި، ކުށެއްކުރެވިފައިވާ
ކޮންމެ މީހަކަށްމެ އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައިކަން، އެމީހަކަށް ރަނގަޅަށް
ދޭހަވާނޭ ބަހަކުން، ލަސްނުކޮށް އަންގަންވާނެކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ
22c 0 2
x2
ކ
/
<< O
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{11/HC-A/19{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަނަ މާއްދާ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އެމީހެއްގެ މައްޗަށް ޝަރީޢަތަށް ދަޢުވާއެއް
ހުށަހެޅޭ ހިނދު، އެ މީހެއްގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ކޮބައިކަމާއި، އަދި އެމީހަކު
ކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވާ ކަމެއް ތަޖުރީމުކުރާ ޝަރުޢީ ނުވަތަ ޤާނޫނީ ނައްޞާކީ ކޮބައިކަން،
އެމީހަކަށް ރަނގަޅަށް ސާފުވާ ބަހަކުން ލަސްނުކޮށް އެމީހަކަށް ސާފުކޮށްދޭންޖެހޭންކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢާޞިމާ އަޙްމަދުގެ މައްޗަށް
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓު ކޯޓުގައި ކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ޗެޕްޓަރ 4
ގެ ދަށުން ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ދަޢުވާކަމަށްވެފައި، އެޤާނޫނުގެ 149 ވަނަ މާއްދާގެ
(ނ) ގައި ޚިޔާނާތް މާނަކޮށްފައިވަނީ، ތިމާގެ ބެލުމުގެ ދަށުގައި ނުވަތަ ތިމާގެ ޙަވާލުގައިވާ އެހެން
ފަރާތެއްގެ އެއްޗެއް، ނުބައި ނިޔަތެއްގައި އޭގެ ވެރިފަރާތުގެ އިޒްނަޔާ ނުލައި ބޭނުންކުރުން، ނުވަތަ
އެއެއްޗަކަށް ބަދަލު ގެނައުން، ނުވަތަ ނައްތާލުން، ނުވަތަ އެފަރާތުން ކަނޑައަޅާފައިވާ ގޮތާ ޚިލާފަށް
ގެންގުޅުން ކަމަށާއި، މީގެ އިތުރުން އެއަކުރުގައި، ޢާންމުތަނަކުން ހޮވާ އެއްޗެއް އެފަދަ ތަކެތި
ދައްކަންޖެހޭ ފަރާތަށް ނުދައްކާ ހުރުމާއި، މީޓަރަށް ނާރާ ގޮތަށް ކަރަންޓު ބޭނުންކުރުން ފަދަ ކަންކަމަކީ
ޚިޔާނާތެވެ. މީހަކާ ޙަވާލުކުރެވިފައިވާ މުދަލެއް ހަމައަށްހުރިތޯ ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް
ނެތިފައި، އެމުދާ ބަލަހައްޓަންޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން ސާބިތުވުމާއެކު، އެމުދާ
މަދުވާންޖެހުނު ގޮތެއް ސާބިތުކޮށް ނުދެވޭނަމަ ބެލެވޭނީ ޚިޔާނާތްތެރިވީ ކަމުގައެވެ. މިފަދައިން
ބަޔާންކޮށްފައިވާ ބަޔާންކުރުމަކީ އެއަކުރުގެ ފުރަތަމަ ޖުމްލައިގައިވާ ޚިޔާނާތްތެރިވުމުގެ މާނައިގެ
ތަފްސީލުދިނުމުގެ ގޮތުން ބަޔާންކޮށްފައިވާ ކަންކަންކަމާއި، އިސްވެދެންނެވުނު ގޮތުގެމަތިން 149 ވަނަ
މާއްދާގެ (ނ) ފަރުމާކުރެވިފައިވުމުން ޚިޔާނާތްތެރިވުމުގެ ކުށުގެ ތެރޭގައި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ
ޢަމަލުތައް ހިމެނޭކަމާއި، އެހެންކަމުން މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށުގެ ދަޢުވާ ކުރެވޭ ހިނދު،
އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ ކޮން ޢަމަލެއް ކުރުންކަން
އެމީހަކަށް ސާފުކޮށް ބަޔާންކޮށްދޭންވާނެކަމާއި،
މިމައްސަލައިގައި ކަންހިގާފައިވާ ގޮތަށް ބަލާއިރު، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓު
ކޯޓުގައި މިމައްސަލައިގެ ދަޢުވާ އިއްވަމުން މި "ދަޢުވާއަކީ ޢާޞިމާ އަޙްމަދު 29 މާޗް 2007 ދުވަހުގެ
ވަގުތެއްގައި މުލަކު އޮފީހުގައި މީނާ މަސައްކަތްކުރާ މޭޒު ވަތްގަނޑުގައި ބަހައްޓާފައި
މިރަށުއޮފީހުގައި ހުރި ފައިސާތަކެއްގެ ތެރެއިން -/8,000ރ. (އަށްހާސް ރުފިޔާ) މަދުވެފައިވާތީ،
ސަރުކާރުގެ އޮފީސްތަކުގެ ފައިސާ ގެންގުޅެންޖެހޭ އުސޫލާ ޚިލާފަށް ޢާޞިމާ އަޙްމަދު ރަށުއޮފީހުގެ ފައިސާ
ގެންގުޅެފައިވަނީ މީނާ މަސައްކަތްކުރާ މޭޒު ވަތްގަނޑުގައި ކަމަށްވާތީ ޢާޞިމާ އަޙްމަދު މިފައިސާއަށް
22
ހި 29
92
ވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471+
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8
2{11/HC-A/19{
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީ" ކުރެވިފައިވާ ދަޢުވާއެއްކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން
ބަޔާންކޮށްފައިވާކަމާއި، މިއީ މިފަދަ ދަޢުވާ ފަރުމާކުރުމަށް އެންމެ ފުރިހަމަގޮތް ނޫންކަމަށް
ޤަބޫލުކުރެވޭކަމާއި، މިފަދަ ދަޢުވާކުރުމުގައި، ދަޢުވާ ލިބޭފަރާތުން ޚިލާފުވެފައިވަނީ ކޮން ޤަވާޢިދެއްގެ ކޮން
މާއްދާއަކާކަމާއި، އަދި ދަޢުވާ ރައްދުވާ ފަރާތުން ކޮށްފައިވާކަމަށް ތުޙުމަތުކުރެވިފައިވާ ޢަމަލަކީ ޚިޔާނާތުގެ
މާނާއިގެ ތެރޭގައި ހިމެނޭ ކޮން ޢަމަލެއްކަން ސާފުކޮށް ބަޔާންކުރަންޖެހޭނެކަމާއި،
އެހެންނަމަވެސް، މިމައްސަލައިގައި ދައުލަތުން ދަޢުވާކޮށްފައިވާ ގޮތަކީ ހަމައެކަނި
އެކަމުގެ މައްޗަށް ބަލައި، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ހ) އިން ޢާޞިމާ އަޙްމަދަށް
ލިބިދީފައިވާ، އޭނާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށަކީ ކޮބައި
ކުބައިކަން، އޭނާއަށް ރަނގަޅަށް ދޭހަވާނޭ
ބަހަކުން، ލަސްނުކޮށް އެނގުމުގެ ޙައްޤުން ޢާޞިމާ އަޙްމަދު މަހްރޫ
މަހްރޫމުވެފައިވާކަމަށް ކަނޑައަޅައި އެދަޢުވާ
ނުވަތަ އެދަޢުވާއާ ގުޅިގެން ކޮށްފައިވާ ޙުކުމް ބާޠިލުކުރެވޭނެ ކަމެއްނޫންކަމާއި، އެހެނީ
އިސްވެބަޔާންކުރެވިފައިވާ، ޕްރޮސިޓަރ ޖެނެރަލްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ބަލާއިރު، އެދަޢުވާގައި
ޢާޞިމާ އަޙްމަދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާއި، އެކުށްގުޅިފައިވާ ޢަމަލާއި، ދަޢުވާކުރާ
މާއްދާތައްފަދަ ދަޢުވާއެއްގައި ހިމެނެންޖެހޭ އެންމެ މަދުމިންވަރަށް (minimum) މަޢުލޫ
ހިމެނިފައިވާއިރު، އެދަޢުވާ ސާފުނުވާނަމަ، ނުވަތަ އެ ދަޢުވާއާމެދު އިތުރު ކަންތައްތަކެއް ސާފުކުރަން
ބޭނުންވާނަމަ، އެކަން ހާމަކޮ އިތުރަށް ސާފުކޮށްދޭން އެދުމަކީ ޢާޞިމާ އަޙްމަދުގެ ޒިންމާއެއް
ކަމަށްވާކަން ކަމެވެ.
(ށ) ދެވަނަ ކަމަކީ، އިސްވެދެންނެވިފައިވާ ފަދައިން، ޚިޔާނާތުގެ ކުށަކީ، އެކުށުގެ
ތެރޭގައި އެއްބާވަތަށްވުރެ ގިނަ ބާވަތުގެ ޢަމަލުތައް ހިމެނޭ ކުށެއްކަމުން މީހެއްގެ މައްޗަށް ޚިޔާނާތުގެ
ކުށުގެ ދަޢުވާ ކުރެވޭ ހިނދު، އެމީހެއްގެ މައްޗަށް ތުހުމަތުކުރެވިފައިވަނީ ޚިޔާނާތުގެ މާނައިގެ ތެރޭގައި
ހިމެނޭ ކޮން ޢަމަލެއް ކުރުންކަން އެމީހަކަށް ސާފުކޮށް އެނގެންޖެހޭނޭކަމާއި، މިމައްސަލައިގައި ޢާޞިމާ
އަޙްމަދުގެ މައްޗަށް ކުރެވިފައިވާ ދަޢުވާއަށް ބަލާއިރު އެދަޢުވާއަކީ އޭނާގެ ބެލުމުގެ ދަށުގައި ހުރި
ސަރުކާރުގެ މުދަލެއް، އެމުދާ ބަލަހައްޓަންޖެހޭ އުސޫލުތަކާ އެއްގޮތަށް ބަލަހައްޓާފައި ނުވާތީއާއި
އެމުދަލުން ބައެއް ގެއްލިފައިވާތީ ކޮށްފައިވާ ދަޢުވާއަކަށްވާއިރު، ޢާޞިމާ އަޙްމަދުގެ މައްޗަށް މިގަ
މިދަޢުވާގައި
ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ 149 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާ ޚިޔާނާތުގެ މާނައިގެ ތެރޭގައި ހިމެނޭ، މީހަކާ ޙަވާލުކުރެވިފައިވާ މުދަލެއް ހަމައަށްހުރިތޯ
ބަލާއިރު، އެމުދާ ހުންނަންވީ ވަރަށް ނެތިފައި، އެމުދާ ބަލަހައްޓަންޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަން
0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471/*
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
9
2{11/HC-A/19{
02949އ#
#
، ؟ އައިކާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އެމުދާ މަދުވާންޖެހުނު ގޮތެއް ސާބިތުކޮށް ނުދެވުންކަން އެނގޭކަމާއި، މިމާނައިގެ ތެރޭގައި
މީހެއްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވާކަމަށް ކަނޑައެޅޭނީ، އެމީހަކާ މުދާ ޙަވާލުކުރެވިފައިވާކަމާއި،
އެމުދާ ހަމައަށް ހުރިތޯބަލާއިރު އެމުދާ ހުންނަވީވަރަށް ނެތްކަމާއި، އެމީހަކު އެމުދާ ބަލަހައްޓަން
ހަމަޖެހިފައިވާ ޤަވާޢިދާ ޚިލާފުވެފައިވާކަމާއި، މި ތިންކަންތައް ސާބިތުވުމުގެ އިތުރުން އެމުދާ
މަދުވާންޖެހުނު ސަބަބެއް އެމީހަކަށް ސާބިތުކޮށްނުދެވިއްޖެ ކަމުގައިކަން އެނގޭކަމާއި،
މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މ. މުލަކު ރަށުއޮފީހުގެ
ފައިސާއެއް ޢާޞިމާ އަޙްމަދުއާ ޙަވާލުވެފައިވާ ރަށުއޮފީހުގެ ފައިސާ ތިޖޫރީއަށް ލުމަށްޓަކައި،
އެކަންކުރުމުގެ ބާރު އޮންނަ ފަރާތްކަމަށްވާ އެވަގުތު ރަށު އޮފީސް ހިންގުމާ ޙަވާލުވެހުރި ރަށުގެ ކުޑަކަތީބާ
ފައިސާ ޙަވާލުކުރެވިފައި ނުވަނީ ޢާންމުކޮށް ފައިސާ ޙަވާލުކުރާ ގަޑީގައި އެދުވަސްކޮޅު ކުޑަކަތީބު
އޮފީހުގައި ނޫޅޭތީ ކަމަށާއި، ފައިސާ ތިޖޫރިއަށް ވެއްދުމަށްޓަކައި، 2011 މާޗް 17 ވަނަ ދުވަހުގެ ރޭ
އޮފީހަށް ގޮސް ކުޑަކަތީބަށް ގުޅިއިރު، ކުޑަކަތީބު އެވަގުތު ޖަލްސާއެއްގައި އިނުމުން އެދުވަހުވެސް ފައިސާ
ޙަވާލު ކުރެވިފައި ނުވަނީ ކަމަށާއި، އަދި ޖެހިގެން އައި ހުކުރު ދުވަހު އެފައިސާ ކުޑަކަތީބާ
ޙަވާލުކުރުމަށްޓަކައި އޮފީހަށް ގޮސް ބެލިއިރު އޭނާގެ މޭޒުގެ ވަތްގަނޑުގެ ތަޅު ހަލާކުކޮށްލައިގެން
އެފައިސާ ވަގަށް ނަގާފައިވާކަމަށާއި އަދި އެކަން ވަގުތުން ކުޑަކަތީބަށް އެންގިކަމަށާއި، އަދި އެމައްސަލަ
ފުލުހުން މެދުވެރިކޮށް ބަލައިދިނުމަށް ކުޑަކަތީބުގެ ކިބައިން ޢާޞިމާ އަޙްމަދު އެދުނުމްވެސް މައްސަލަ
ފުލުހުންނަށް ހުށަހަޅައިގެން ތަޙްޤީޤުކުރުމުގެ ބަދަލުގައި ޢާޞިމާ އަޙްމަދު އެފައިސާއަށް
ޚިޔާނާތްތެރިވެފައިވާކަމަށް ބަލައި އެމައްސަލަ ޝަރީއަތަށް ހުށަހެޅީކަމަށް ޢާޞިމާ އަޙްމަދު
ބުނެފައިވާކަމާއި، އަދި ޢާޞިމާ އަޙްމަދުގެ މޭޒުގެ ވަތްގަނޑުގެ ތަޅު ހަލާކުކޮށްލާފައިވާކަމާއި އަދި އެކަން
ކުޑަކަތީބަށް އެންގިކަމަށް، މިމައްސަލައާ ގުޅިގެން މުލަކަތޮޅު މުލަކު އޮފީހުން ތައްޔާރުކޮށްފައިވާ
"ރަށުއޮފީހުގެ ބަޔާން" އަށް ބެލުމުން އެނގެން އޮންނަކަމާއި، އަދި އެމައްސަލަ ފުލުހުން ތަޙްޤީޤުކުރުމުގެ
ކުރިން ޢާޞިމާ އަޙްމަދުގެ މޭޒުގެ ވަތްގަނޑުގެ ތަޅު ބަދަލުކޮށްފައިވާކަން މިމައްސަލައިގެ ލިޔުންތަކުން
އެނގެން އޮންނައިރު، ޢާޞިމާ އަޙްމަދުއާ ޙަވާލުކޮށްފައިވާ ފައިސާގެ ތެރެއިން ބައެއް މަދުވެފައިވާކަން
19 ޖޫން 2011 ގައި މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓަށް ޢާޞިމާ އަޙްމަދު ދީފައިވާ ބަޔާނުން
ސާބިތުވީނަމަވެސް، މިފައިސާ ޢާޞިމާ އަޙްމަދު ގެންގުޅެންޖެހޭ ޤަވާޢިދާ ޢާޞިމާ އަޙްމަދު
ޚިލާފުވެފައިވާކަން ސާބިތުކުރުމަށްޓަކައި، ޢާޞިމާ އަޙްމަދު ޚިލާފުވެފައިވަނީ ކޮން ޤަވާޢިދެއްގެ
ކޮންމާއްދާއަކާތޯ ކޯޓުން ބަލަންޖެހޭކަމާއި، މިގޮތުގެމަތިން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން
ޢަމަލުކޮށްފައިވޭތޯ ބަލާއިރު، ޢާޞިމާ އަޙްމަދުގެ މައްޗަށް ހުށަހެޅިފައިވާ ދަޢުވާގައި ޢާޞިމާ އަޙްމަދު
Auc
a
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިންގެ
x0ނށް2
4 y7 3
2{11/HC-A/19{
10 ޤަޟިއްޔާ ނިމުނު ގޮތު
ޚިލާފުވެފައިވަނީ ކޮން ޤަވާޢިދަކާކަމެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިނުވާކަމާއި، އަދި
ޢާޞިމާ އަޙްމަދުގެ މައްޗަށް ހުށަހެޅުނު ދަޢުވާގެ ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މިކަމާބެހޭގޮތުން
އެއްވެސް ވާހަކައެއް ދެކެވިފައިވާކަން ނުވަތަ އެއްވެސް ވަރަކަށް ބެލެވިފައިވާކަން މައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެނގެން ނެތްކަމާއި، އެހެންކަމުން ޢާޞިމާ ޢަހްމަދުގެ މައްޗަށް ހުށަހެޅިފައިވާ
ދަޢުވާގައި އޭނާ ޚިލާފުވެފައިވަނީ ކޮން ޤަވާޢިދެއްގެ ކޮން މާއްދާއަކާކަމެއް، ނުވަތަ ޢާޞިމާ އަޙްމަދު
ޤަވާޢިދާ ޚިލާފުވެފައިވަނީ
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް
ކޯޓުން
ކަނޑައަޅުއްވާފައިނުވާކަން އެނގޭކަމެވެ.
2c
މެނުވީ ކުށެއް
(ނ) ތިންވަނަ ކަމަކީ، އެމީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ
ޝައްކެއްނެތި، ޝަރީޢަތުގައި ސާބިތުނުކުރެވޭނަމަ އެމީހަކީ ކުށެއްނެތް މީހެއްކަމުގައި ބެލުމުގެ ޙައްޤު،
ކުށެއް ކުރިކަމުގެ ދަޢުވާ އުފުލިފައިވާ ކޮންމެ މީހަކަށްވެސް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 51 ވަނަ
މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާކަމާއި، ޖިނާއީ މައްސަލަތައް ނިންމުމުގައި ޤާނޫނީ ޤަރީނާ ފިޔަވައި،
ވަކިހެކިތަކަކަށް ނުވަތަ ދަލީލުތަކަކަށް ބުރަވުން ފަނޑިޔާރުންގެ މައްޗަށް ލާޒިމްވެގެން ނުވާކަމަށާއި،
ހުށަހެޅޭ ދަލީލުތަކުގެ ތެރެއިން ފަނޑިޔާރަށް ޤަބޫލުކުރެވޭ ދަލީލުތަކާއި އެދަލީލުތަކުން ކުރެވޭ
އިސްތިންތާޖުތަކުގެ މައްޗަށް ބުރަވެހުރެ، ޔަޤީނާ ގާތްކުރާ މިންވަރަކަށް އިޤުތިޞާޢު (convince) ވެގެން
ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި
ނުވާނެކަމީ
އިސްތިޤުރާރުވެފައިވާ ޖިނާއީ މައްދައެއްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
34/SC
-
A/2011 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމާއި، މިގޮތުން ބަލާއިރު، ކުށެއްގެ
ދަޢުވާ އުފުލިފައިވާ މީހަކު ވާ އިޢުތިރާފުކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
34/SC
-
A;2011 ޤަޞިއްޔާގައި ބަޔާންކޮށްފައިވާ އިސްވެދެންނެވުނު މަބްދަޢުގައި ބަޔާންކޮށްފައިވާފަދަ
ޤާނޫނީ ޤަރީނާއެއްކަމާއި، ނަމަވެސް ކުށެއްގެ ދަޢުވާ އުފުލިފައިވާ މީހަކު ވާ އިޢުތިރާފަކީ މިފަދަ ޤާނޫނީ
ޤަރީނާއެއްކަމަށް ބެލެވޭނީ އެ އިޢުތިރާފަކީ، ކުށުގެ ދަޢުވާ އުފުލިފައިވާ މީހާ ޝަރީއަތުގެ މަޖިލީހުގައި
ދީފައިވާ ޞައްޙަ އަދި ސަރީޙަ އިޢުތިރާފުކަށްވާނަމަ އެކަނިކަމާއި،
މިމައްސަލައިގައި، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުން ޢާޞިމާ އަޙްމަދުގެ
މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅުއްވާފައިވަނީ "ޢާޞިމާ އަޙްމަދުގެ މައްޗަށް
ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން ހުށަހެޅުއްވި ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް
ޢާޞިމާ އަޙްމަދު އިޢުތިރާފުން ޝަރީއަތަށް ސާބިތުވާތީ" ކަމަށްވާއިރު، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް؟ އައިނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{11/HC-A/19{
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4ދ 0ތ 0
ން އެމައްޗަށް
4
ou od
ކޯޓުން ބުރަވެފައިވާ، 19 ޖޫން 2011 ގައި ޢާޞިމާ އަޙްމަދު އެކޯޓަށް ދީފައިވާ ބަޔާނަށާއި
23 ޖެނުއަރީ 2008 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޢާޞިމާ އަޙްމަދު ދީފައިވާ ބަޔާނަށް
ބަލާއިރު،
މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ
ފާހަގަކުރެވުނު ނުކުތާތަކުގެ 3 ވަނަ ނަންބަރުގައި "ދަޢުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތްޕުޅުން
އަލުގަނޑުގެ މައްޗަށް ހުށަހެޅުއްވި ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވުމުގެ ދަޢުވާއާއި، އަޅުގަނޑު
މޭޒުގެ ވަތްގަނޑުގައި ހުރި ފައިސާއިން ގެއްލިފައިވާ -/8000 (އަށްހާސް ރުފިޔާ) އަޅުގަނޑުގެ އަތުން
ހޯދުމަށް އެދި ހުށަހެޅި ދަޢުވާއަކީ ތެދު ދަޢުވާއެއްކަމަށް" ދަޢުވާލިބޭ ޢާޞިމާ އަޙްމަދު ބުނެފައިވާކަމަށް
ބަޔާންކޮށްފައިވާއިރު، މިމައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައި ޢާޞިމާ އަޙްމަދު އެހެން
ބުނެފައިވާކަން މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ
ލިޔެކިޔުންތަކުން އެނގެން ނެތްކަމާއި، 19 ޖޫން 2011 ގައި މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓަށް
ޢާޞިމާ އަޙްމަދު ދީފައިވާ ބަޔާނަށްބަލާއިރު، "ގެއްލިފައިވާ -/8000 (އަށްހާސް ރުފިޔާ) އަކީ
އަޅުގަނޑަށް ކުޑަކަތީބާ ފައިސާ ޙަވާލުނުކުރެވިގެން އަޅުގަނޑުގެ އިހްމާލުން ގެއްލިފައިވާ ފައިސާއެއްކަމަށް
ޤަބޫލުކުރަމެވެ" މިފަދައިން ބަޔާންކޮށްފައިވާކަމާއި، އަދި ހަމައެބަޔާނުގައި، "މިމައްސަލައާ ގުޅިގެން މ.
މުލީ ޕޮލިސް ސްޓޭޝަނަށް އަޅުގަނޑު ދީފައިވާ ބަޔާނަކީ އެކަން ހިނގާފައިވާ ގޮތަށް ދީފައިވާ ތެދު
ބަޔާނެކެވެ" މިފަދައިން ބަޔާންކޮށްފައިވާއިރު، އެފައިސާ ގެއްލިފައިވަނީ ޢާޞިމާ އަޙްމަދުގެ އޮފީހުގެ
މޭޒުގެ ވަތްގަނޑަށް ލާފައިވަނިކޮށް، އެވަތްގަނޑުގެ ތަޅު ހަލާކުކޮށްލައިގެންކަމާއި، ޢާޞިމާ އަޙްމަދަކީ
އޮފީހުގެ ތިޖޫރީހުޅުވު ހުއްދަ އޮންނަ މީހަކަށްނުވެފައި، އެފައިސާ ތިޖޫރީއަށް ލުމުގެ ހުއްދަ އޮންނަ
ފަރާތުގައި ދަންނަވައިގެން އެފައިސާ ތިޖޫރީއަށް ލުމަށް ޢާޞިމާ އަޙްމަދު މަސައްކަތްކޮށްފައިވާ ކަމާއި،
އެފައިސާ ތިޖޫރީއަށް ލެވިފައިނުވަނީ ޢާޞިމާ އަޙްމަދުގެ އިޙްމާލުންކަމަށް ބެލެވެން
ނެތްކަމާއި، މިޙާލަތުގައި ޢާޞިމާ އަޙްމަދު ޢަމަލުކޮށްފައިވަނީ އެފަދަ ޙާލަތެއްގައި ޢާންމު އެހެން
މުވައްޒަފަކުވެސް ޢަމަލުކުރާނޭ ބީދައަކުންކަމަށްވެފައި، އެފައިސާ ގެއްލިފައިވަނީ މޭޒުގެ ވަތްގަނޑުގެ ތަޅު
އެވަތްގަނޑު ހުޅުވާފައިވުމުގެ ސަބަބުންކަމަ
ބެލެވޭކަމާއި،
އެވަތްގަނޑުގެ
ހަލާކޮށްލާފައިވާކަން ޢާޞިމާ އަޙްމަދަށް އެނގުނުދުވަހު އެއޮފީހަށް އެހެން މީހުން ވަދެ އުޅުނުކަން
މައްސަލައާ ގުޅިގެން ނެގިފައިވާ ބަޔާންތަކުން އެނގެން އޮންނާތީ، އެފައިސާ ގެއްލިފައި ނުވަތަ
މަދުވެފައިވަނީ ޢާޞިމާ އަޙްމަދު އެފައިސާއަށް ޚިޔާނާތްތެރިވުމުގެ ސަބަބުންކަމަށް،
އެކަށީގެންވާ ޝައްކެއް
ނެތް މިންވަރަށް، ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމާއި،
22 ކ ވ2ތ
އެހެންކަމުން،
2/
ހަލާކޮށްލައި
ތަޅު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [31647/
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2{11/HC-A/19{
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
9
02& 0 0
4 22
0 0
<< O
އިސްވެދެންނެވުނު،
މުލީ ޕޮލިސް ސްޓޭޝަނަށް ޢާޞިމާ އަޙްމަދު ދީފައިވާ
ބަޔާނުގައި، ފައިސާ ގެއްލިފައިވަނީ ޢާޞިމާ އަޙްމަދުގެ އިހްމާލުންކަމަށް ޤަބޫލުނުކުރާކަމަށާއި،
މިމައްސަލައިގައި ކޯޓުން ވަކިގޮތެއް ނުނިމެނީސް މިފައިސާ ދެއްކުމަށް ޢާޞިމާ އަޙްމަދު
އިންކާރުކުރާކަމަށް ބަޔާންކޮށްފައިވާކަމާއި، އިސްވެދެންނެވުނު ދެބަޔާނަކީވެސް އެމައްޗަށް މުލަކަތޮޅު މުލަކު
މެޖިސްޓްރޭޓް ކޯޓުން ބަރޯސާވެފައިވާ ދެބަޔާންކަމަށްވެފައި، އެދެބަޔާނުގައި މިފަދަ ބޮޑު ފުށުއެރުމެއްވާކަން
ހަގަކުރަންޖެހޭކަމާއި، މިމައްސަލައިގެ ދަށުކޯޓުގެ ޝަރީޢަތުގެ މަރުހަލާގައި،
އެޗަށް
ހުށަހެޅިފައިވާ ދަޢުވާ ޤަބޫލުކުރާކަމަށް ޢާޞިމާ އަޙްމަދު ބުނެފައި އެވަނީ އެފައިސާއަށް އޭނާ
ޚިޔާނާތްތެރިވެފައިވާކަން ޤަބޫލުކުރުމުގެ މާނައިގައިނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ޢާޞިމާ އަޙްމަދު ބުނެފައިވާކަމާއި،
އިސްވެދެންނެވިފައިވާ ފަދައިން، ޖިނާއީ ކުށެއް މީހެއްގެ މައްޗަށް ސާބިތުވާނީ އެމީހަކު
އެކުށެއްކޮށްފައިވާކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވުމުންކަމާއި، މިމައްސަލައިގައި
ޝަރީޢަތުން އެމައްޗަށް ބަރޯސާވެ މައްސަލަ ނިންމަވާފައިވާ ބަޔާންތަކުގައި ހުރި ފުށުއެރުންތަކެއް
ހުރުމުން، ހަމައެކަނި އެބަޔާންތަކުގެ މައްޗަށް ބަލައި، ޢާޞިމާ އަޙްމަދުގެ މައްޗަށް ހުށަހެޅިފައިވާ
ޚިޔާނާތުގެ ކުށް، ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ އެކަށީގެންވާ
ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ސާބިތުވާކަމަށް
މަށް ބެލެވެން ނެތްކަމެވެ.
/
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޢާޞިމާ އަޙްމަދުގެ
މައްޗަށް ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅުއްވި ދަޢުވާއަކީ ތެދު
ދަޢުވާއެއްކަމަށް ޢާޞިމާ އަޙްމަދުގެ އިޢުތިރާފުން ޝަރީޢަތަށް ސާބިތުވާތީ، ޢާޞިމާ އަޙްމަދުގެ
ވަތްގަނޑުގައި ބަހައްޓާފައިހުރި އެއޮފީހުގެ ފައިސާގެ ތެރެއިން މަދުވެފައިވާ -/8000 (އަށްހާސް ރުފިޔާ)
މަދުވެފައިވާ ގޮތެއް ޢާޞިމާ އަޙްމަދަށް ސާބިތުކުރެވިފައި ނުވާތީ، ޢާޞިމާ އަޙްމަދު ސަރުކާރުގެ
މުދަލަކަށް ޚިޔާނާތްތެރިވެފައިވާކަމަށް ބެލެވޭތީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 131 ވަނަ މާއްދާއާއި،
143 ވަނަ މާއްދާގެ ދަށުން ޢާޞިމާ އަޙްމަދު ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާކަމުގެ ކުށުން
ކުއްވެރިވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ 131
ވަނަ މާއްދާގެ (ހ) ގެ ދަށުން ޢާޞިމާ އަޙްމަދުގެ މައްޗަށް މިފަދަ ކުށެއް ސާބިތުވާ ފުރަތަމަ
ފަހަރުކަމަށްވާތީ 06 (ހައެއް) މަސްދުވަހަށް އަރުވާލުމަށާއި، ޤާނޫނުލް އުޤޫބާތުގެ 143 ވަނަ މާއްދާގެ
ދަށުން ސަރުކާރުގެ މުދަލަކަށް ޚިޔާނާތްތެރިވެފައިވާތީ 2 (ދޭއް) އަހަރުދުވަހަށް އަރުވާލުމަށާއި، އެކުޖުމުއިގެ ފައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 8316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ދިވެހިޔެއްގެ
2{11/HC-A/19{
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
94
ދެއަހަރާއި ހަމަސް ދުވަހަށް މ. މުލަކު/ ލިލީމާގެ ޢާޞިމާ އަޙްމަދު އަރުވާލުމަށް ޙުކުމްކޮށް ޢާޞިމާ
އަޙްމަދު ޚިޔާނާތްތެރިވެފައިވާ -/8000 (އަށްހާސް ރުފިޔާ) އަދާކުރުމުގެ ގޮތުން 21 ޖޫން 2011
ދުވަހުން ފެށިގެން 16 (ސޯޅަ) މަސްދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭ މިންވަރު އެމަހަކު މ. މުލަކު
މެޖިސްޓްރޭޓް ކޯޓަށް ދައްކާ ޚަލާސްކުރުމަށް މ. މުލަކު ލިލީމާގެ ޢާޞިމާ އަޙްމަދަށް އަންގައި، މުލަކަތޮޅު
މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/K4C/05 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ބަދަލު
ގެންނަންޖެހޭ ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ
މަޖިލީހަށް ޤަބޫލުކުރެވެއެވެ.
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/K4C/05
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށް ކުރައްވާފައިވާ
ޙުކުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާތީ، މުލަކަތޮޅު މުލަކު މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2010/K4C/05 ޤަޟިއްޔާގެ
ޙުކުމް ބާޠިލުކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
(ފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv