ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/39 ޤަޟިއްޔާގެ ޙުކުމް
"ދިވެހިން&32 ހައިކޯ
2011}HC-A/39
ޤުޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
: :jގެ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓް
ޤަޟިއްޔާ ނަންބަރ: 39/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް
* ނަން: އިބްރާހީމް ޙަސަން
އައިޑީ
ކާޑު ނަންބަރ:A031438
ދާއިމީ އެޑްރެސް: ލިލީގެ / އދ. ދަނގެތި
* މިހާރުގެ އެޑްރެސް: ލިލީގެ / އދ. ދަނގެތި
• އިސްތިއުނާފު ރައްދުވި ފަރާތް
1- * ނަން: ޢަލީ ރަޝީދު
އައިޑީ ކާޑު ނަންބަރ: A068292
* ދާއިމީ އެޑްރެސް: ލ. ގޯނބިލިމާގެ
މިހާރުގެ އެޑްރެސް: މ. ރަތްއަސުރުމާގެ
2- * ނަން: ޙަސަން ޝަރީފް
އައިޑީ ކާޑު ނަންބަރ. A070422
ދާއިމީ އެޑްރެސް: ސޯސަންގެ | ލ. މާބައިދޫ
މިހާރުގެ އެޑްރެސް: މ.
. ހެޕީފިއުޗަރ
ނިމުނު ތާރީޚް: 04 މުޙައްރަމް 1432
ރަޖިސްޓްރީކުރެވުނު ތާރީޚް: 30 ޞަފަރު 1432
03 ފެބުރުއަރީ 2011
29 ނޮވެމްބަ
2011
ލްފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1102
ނިންމެވި ފަރާތް: ސިވިލްކޯޓު
ޙުކުމް ތަންފީޛުކުރުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 08 ސެޕްޓެމްބަރ 2010 * ނިމުނުތާރީޚް: 31 ޖެނުއަރީ 2011
0
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
އިސް ފަނޑިޔާރު އަޙުމަދު ޝަރީފު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2/11/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
249
މިއީ، ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1102 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ އިބްރާހީމް ޙަސަން އދ.ދަނގެތި ! ލިލީގެ
ފަރާތުން އިސްތިޢުނާފު ކުރުމަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެވެ.
މިޤަޟިއްޔާގައި އިސްތިޢުނާފް ރައްދުވާ ފަރާތަކީ ވ.ރަތްއަސުރުމާގެ އަލީ ރަޝީދު އާއި
ލ.މާބައިދޫ | ސޯސަންގެ ޙަސަން ޝަރީފްއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލްކޯޓުގެ ނަންބަރު 2010!Cv
-
C:102 ޤަޟިއްޔާ އެކޯޓުން ބައްލަވައި
ނިންމަވާފައިވާ ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު
ކުރުމަށް އެދި އދ. ދަނގެތި : ލިލީގެ އިބްރާހީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވެއެވެ.
· · 4
ކމަށް
2- ސިވިލްކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ
ވ.ރަތްއަސުރުމާގެ / މާލެ، ޢަލީ ރަޝީދު އާއި ލ.މާބައިދޫ : ސޯސަންގެ، ޙަސަން ޝަރީފްއާއި
އދ.ދަނގެތި ލިލީގޭ އިބްރާހީމް ޙަސަންއާއި ދެމެދު 23 ފެބްރުއަރީ 2007 ވަނަ ދުވަހުކޮށްފައިވާ
އެގްރިމެންޓުގައި ބުނެފައިވާ މުއްދަތުގައި ޢަލީ ރަޝީދުއާއި ޙަސަން ޝަރީފްއަށް ޙަވާލުކުރަންޖެހޭ
ސަފާރީ އުޅަނދު އިބްރާހީމް ޙަސަން ޙަވާލުކޮށްފައިނުވާތީ، އެގްރިމެންޓް އިބްރާހީމް ޙަސަން
ޚިލާފްވެފައިވާކަމަށްބުނެ، އިބްރާހީމް ޙަސަންގެ މައްޗަށް ޢަލީ ރަޝީދު އާއި ޙަސަން ޝަރީފް ދަޢުވާ
ކުރުމުން ބެލިފައިވާ މައްސަލައެއްކަމާއި އެޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ
"ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތްތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް
ރިޢާޔަތްކޮށް، އދ.ދަނގެތި | ލިލީގޭ، އިބްރާހީމް ޙަސަންގެ މައްޗަށް މ.ރަތްއަސުރުމާގެ / މާލެ، ޢަކީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ރަޝީދު އާއި، ލ.މާބައިދޫ ! ސޯސަންގެ، ޙަސަން ޝަރީފް ހުށަހަޅާފައިވާ މިމައްސަލައަށް ޝަރީޢަތުން
ބެލިއިރު،
ރަޖިސްޓްރީ ނަންބަރު (P7841A
-
02
(
06
-
I ޕްރިންސެސް އުޝްވާ (އީކްއޭޓާރ)
ނަމަކަށްކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފުމަށްޓަކައި 23 ފެބްރުއަރީ 2007 ވަނަ ދުވަހު އިބްރާހީމް
ޙަސަންއާއި އެކު ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފް އެއްބަސްވުމެއް ހަދާފައިވާ ކަމާއި،
މިއެއްބަސްވުމުގެ 04 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޙަސަން 01 ނޮވެމްބަރ 2007 ވަނަ ދުވަހު،
އެއުޅަނދުގައި ފުރިހަމަ ކުރަންހުރި ކަންކަން ފުރިހަމަކުރުމަށްފަހު ޢަލީ ރަޝީދުއަށާއި ޙަސަން
ޝަރީފްއަށް އެއުޅަނދު ޙަވާލުކުރަންޖެހޭ ކަމާއި، އަދި މިފަދައިން އެއުޅަނދު ޙަވާލުނުކުރެވިއްޖެ
ޙާލަތެއްގައި، އެމާއްދާގެ (ހ)ގެ ދަށުން އެއުޅަނދު ޙަވާލު ނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް
ޖޫރިމަނާގެ ގޮތުގައި 3,000
USD (ތިންހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އިބްރާހީމް ޙަސަން،
ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ދައްކަން ޖެހޭނެކަމުގައި އެމާއްދާގައި ބަޔާންކޮށްފައި
އޮތްހިނދު، 01 ނޮވެމްބަރ 2007 ވަނަ ދުވަހު އިބްރާހީމް ޙަސަން އެއްބަސްވެފައިވާ ގޮތުގެ މަތިން
ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް އެއުޅަނދު ޙަވާލުކޮށްފައިނުވާތީ، އެމައްސަލަ މަދަނީ ކޯޓަށް
ހުށަހެޅުމުން އެކޯޓުގެ ނަންބަރު 2007/MC/1984 ޤަޟިއްޔާއިން ޙުކުމްކޮށްފައިވަނީ، އެއްބަސްވުމުގެ
04 ވަނަ މާއްދާގެ (ހ) ގެ ދަށުން އެއުޅަނދު ޙަވާލުނުކުރެވި ފާއިތުވި 17 (ސަތާރަ) ދުވަހަށް،
ދުވާލަކަށް 3,000
USD (ތިންހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު)ގެމަގުން ހިސާބުކުރުމުން
އެކުޖުމްލަ ޖެހޭ 51,000
USD (ފަންސާސް އެއްހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އަކީ
އިބްރާހީމް ޙަސަން، ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ދޭންޖެހޭނެ ފައިސާއެއްކަމާއި، މިޖޫރިމަނާގެ
ފައިސާއަކީ އެއްބަސްވުމުގެ ދަށުން ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް އެއުޅަނދު ލިބުމުން،
އެއުޅަނދުގެ މަހު ކުލިން ކެނޑިގެންދާނެ ފައިސާއެއްކަމުގައި ފާހަގަކޮށް، އަދި އެއުޅަނދު 01 (އެކެއް)
މަސްދުވަހުގެ
ތެރޭގައި ޢަލީ ރަޝީދުއަށާއި، ޙަސަން
ޝަރީފްއަށް
ޙުކުމްކޮށްފައިވީނަމަވެސް، އެޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އިބްރާހީމް ޙަސަން ޢަމަލުކޮށްފައި
ސަބަބުން، އެޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމަށްޓަކައި މަދަނީ ކޯޓަށް ހުށަހެޅި، އެކޯޓުގެ
ދުށް
ހ 0
2 ހ 43
ހ 2
2
2
2 ހ 0
ހވލކރމނ
492
E
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2011}HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
429 4
9 ހ
އެއްބަސްވުމުގެ
2009/MC/3195 ޤަޟިއްޔާއިން ޝަރީޢަތް މެދުވެރިކޮށް 15 ޖޫން 2010 ވަނަ ދުވަހު އެއުޅަނދު
ޢަލީ ރަޝީދުއަށާއި، ޙަސަން ޝަރީފްއަށް ޙަވާލުކޮށްފައިވާތީ، ދެފަރާތުގެ މެދުގައި ވެފައިވާ
04 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 ނޮވެމްބަރ 2007 ވަނަ ދުވަހު
އެއްބަސްވެފައިވާގޮތުގެ މަތިން އެއުޅަނދު ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ޙަވާލުނުކުރެވިއްޖެ
ޙާލަތެއްގައި، ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް 3,000
USD (ތިންހާސް ޔުނައިޓެޑް
ސްޓޭޓްސް ޑޮލަރު) ގެމަގުން ޖޫރިމަނާކުރެވޭނެ ގޮތަށް އެމާއްދާގައި އޮތުމުގެ މަޤްޞަދަކީ،
އެއްބަސްވެފައިވާ ގޮތުގެ މަތިން އެއުޅަނދު ޙަވާލުކުރުމަށްއޮތް އެންމެ ފުރަތަމަ ތާރީޚުކަމުގައިވާ 01
ނޮވެމްބަރ 2007 ވަނަ ދުވަހަށް އެއުޅަނދުގައި ފުރިހަމަ ކުރަންހުރި މަސައްކަތްތައް ފުރިހަމަކޮށް
އެއްބަސްވުމުގެ ދަށުން ވީހާވެސް އަވަހަކަށް އެއުޅަނދު ޙަވާލުކުރުމަށް ބާރުއެޅުމަ
އުޅުމަށްޓަކައި ކަމުގައިވާތީ،
އެމާއްދާގައިވާ ގޮތުގެ މަތިން ޖޫރިމަނާ ކުރުމަށްފަހު 15 ޖޫން 2010 ވަނަ ދުވަހު ޝަރީޢަތް
މެދުވެރިކޮށް އެއުޅަނދާއި، ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފް ޙަވާލުވެފައިވާތީ، އެއްބަސްވުމުގެ 04
ވަނަ މާއްދާގެ (ހ) ގައިވާ މަޤްޞަދު ފުރިހަމަވެފައިވާކަމާއި، އަދި އެމާއްދާގައިވާ މަޤްޞަދު
ފުރިހަމަވުމަށްފަހު، އެނޫން ޙާލަތްތަކުގައިވެސް އެމާއްދާއަށް ރިޢާޔަތް ކުރެވިދާނެކަމަށް އެއްބަސްވުމުގައި
ބަޔާންކޮށްފައި ނެތުމުން، 15 ޖޫން 2010 ވަނަ ދުވަހުން ފެށިގެން އެމާއްދާއަށް ދެން ޢަމަލުކުރެވެން
ނެތްކަމާއި،
އަދި އެއްބަސްވުމުގެ 04 ވަނަ މާއްދާގެ ދަށުން އެއްބަސްވުމުގެ ޖުމްލަ މުއްދަތަކީ 50
(ފަންސާސް) މަސްދުވަސް ކަމުގައިވީހިނދު، އެމުއްދަތު ބަހާލެވިފައިވަނީ 01 ނޮވެމްބަރ 2007 އަކުން
ފެށިގެން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތައްކަމާއި، އެމުއްދަތުގެ ތެރޭގައި ހިމެނެނީ، ކޮންމެ
އަހަރަކު ޖޫން އަދި ޖުލައި މަސް ފިޔަވާ ދެން އެއަހަރުގައިބާކީ އޮތް 10 (ދިހައެއް) މަސްދުވަސް
ކަމުގައި އިސްވެ ޙަވާލާދެވުނު މާއްދާއިން އެނގެން އޮތުމުން،
ކޯޓުގެ ނަންބަރު
2009/MC/3195 ޤަޟިއްޔާގެ ދަށުން ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް އެއުޅަނދު 15
ޖޫން 2010 ވަނަ ދުވަހު ޙަވާލުކުރެވިފައިވާތީ އެތާރީޚަކީ އެއްބަސްވުމުގެ ދަށުން އެއުޅަނދު ކުއްޔަށް
ހިފުމަށް ކަނޑައެޅިފައިވާ މުއްދަތެއް ކަމުގައި ނުވާހިނދު، އެމުއްދަތުގައި އެއުޅަނދު ބެލެހެކާޖުމާއި
މަދަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުޔުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
5
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިބްރާހީމް ޙަސަންގެ ޒިންމާއެއް ކަމުގައި ފާހަގަކޮށް، 15 ޖޫން 2010 ވަނަ ދުވަހު މަދަނީކޯޓުގެ
ނަންބަރު 2007/AMC;1984 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ މަޤްޞަދުގައިކަމުގައިވާތީ،
އެފަދައިން ޢަމަލުކުރުމަކު އެއްބަސްވުމުގެ މާއްދާއަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަމާއި،
އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެއުޅަނދާއި ދެން ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް
ޙަވާލުވާންޖެހޭނީ އެއްބަސްވުމުގައިވާ މުއްދަތު ފެށުމުންކަމުގައާއި، އެގޮތުން އެމުއްދަތު ފެށޭނީ، އޯގަސްޓް
2010 ވަނަ މަހުގައި ކަމުގައި ވީހިނދު، ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް އެމަހުގައި
އެއުޅަނދު ޙަވާލުކުރުމުގެ ބަދަލުގައި އެއުޅަނދު އދ.ދަނގެތީގެ ބަނދަރަށް އިބްރާހީމް ޙަސަން
ގެންގޮސްފައިވާކަން އިބްރާހީމް ޙަސަންގެ ބަހުންނާއި، އެފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ 05
އޯގަސްޓް 2010 ވަނަ ދުވަހުގެ ސިޓީން އެނގެން އޮތްހިނދު، އަދި އެއްބަސްވުމުގެ 05 ވަނަ މާއްދާގެ
ދަށުން އެއުޅަނދުގެ ކުލި ދައްކަންޖެހޭނީ މަހުގެ 15 (ފަނަރަ) ވަނަ ދުވަހުގެ ކުރިން ކަމުގައި
ބަޔާންކޮށްފައިވާތީ، އޯގަސްޓް 2010 ވަނަ މަހުގައި އެއުޅަނދު ޢަލީ ރަޝީދުއަށާއި، ޙަސަން
ޝަރީފްއާއި ޙަވާލުނުކޮށް އިބްރާހީމް ޙަސަން އދ.ދަނގެތީގެ ބަނދަރަށް އެއުޅަނދު ގެންގޮސްފައިވާތީ،
އެމަހުގައި އެއުޅަނދު ބޭނުންކޮށް މަންފާ ހާޞިލްކުރުމުގެ ފުރުޞަތެއް ޢަލީ ރަޝީދުއަށާއި ޙަސަން
ޝަރީފްއަށް ލިބިފައިނުވާހިނދު، އެމަހަށް ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް ކުލީގެ ފައިސާ
ދައްކަންޖެހޭނެ އެއްވެސް ސަބަބެއްނެތްކަމާއި، އަދި އެއުޅަނދު ބޭނުންކުރަން ނުލިބުނު މަސްތަކުގެ
ތެރޭގައި ހިމެނޭ އޯގަސްޓް އަދި ސެޕްޓެމްބަރ 2010 ވަނަ މަސްތަކުގެ ކުލި އިބްރާހިމް ޙަސަންއަސް
ލިބިފައިނުވުމުގެ ސަބަބުންނާއި، އެއްބަސްވުމުގެ މުއްދަތު ނުހިމެނޭ އަދި އިބްރާހީމް ޙަސަންގެ ބެލުމުގެ
ދަށުގައި އެއުޅަނދު އޮންނަންޖެހޭ ޖޫން އަދި ޖުލައި މަހުގައި ޢަލީ ރަޝީދުއާއި، ޙަސަން ޝަރީފް
އެއުޅަނދު ރަނގަޅަށް ބަލަހައްޓާފައި ނުވާކަމަށްބުނެ، އެސަބަބުތަކުގެ މައްޗަށް ބިނާކޮށް އެއްބަސްވުން
ބާތިލްކޮށްފައިވާކަމަށް އިބްރާހީމް ޙަސަން ބުނާ ބުނުމަކީ އެއްބަސްވުން ބާތިލް ކުރެވެންއޮތް
ސަބަބުތަކެއް ނޫންކަމާއި، އަދި އިސްވެ ފާހަގަކުރެވުނު ސަބަބުތަކަށްޓަކައި މިއެއްބަސްވުމަކީ މިހާރުވެސް
ދެމިއޮތް އެއްބަސްވުމެއްކަމާއި،
މި
04
ދިވެހިރާޢްގެ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
04ހ 0
92 ·
އއބސ329
4 25c44
مم ومرمر
05e
ފައިސާއިން އެޑްވާންސްކޮށް ދީފައިވާ ފައިސާ، އެކު ޖުމްލަ 90,000
USD (ނުވަދިހަ ނަޖީޓްގެ ހައިކޯޓް
ސްވުމުގެ 08 ވަނަ މާއްދާގެ (ށ) ގައި "މިއެއްބަސްވުމުގައި ސޮއިކުރު
އުޅަނދު ކުއްޔަށް ދިނުމާއި ބެހޭގޮތުން އެހެން ފަރާތަކާއި އެކު އެހެން އެއްބަސްވުމެއްގައި ސޮއި
ނުކުރުމަށް އަދި އެހެން ފަރާތަކާއިއެކު އުޅަނދުކުއްޔަށް ދިނުމާއި
ކީއްވެސް މުޢާމަލާތެއް
ނުކުރުމަށް ކުއްޔަށް ދޭފަރާތުން އެއްބަސްވެއެވެ." މިފަދައިން އެއްބަސްވުމުގައި ބަޔާން ކޮށްފައިވަނިކޮށް،
އިބްރާހީމް ޙަސަން އެއްބަސްވުމުގެ މިމާއްދާއި ޚިލާފަށް ތިންވަނަ ފަރާތެއްކަމުގައިވާ އޮއޭސިސް ހޮލިޑޭ
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއިއެކު ޙަވާލާދެވިފައިވާ އުޅަނދު ކުއްޔަށް ދިނުމަށްޓަކައި، 10 އޮކްޓޯބަރ
2010 ވަނަ ދުވަހު އެއްބަސްވުމެއް ހަދާފައިވީނަމަވެސް، މިފަދަ އެއްބަސްވުމެއް ހެދުމުގެ ބާރު
އިބްރާހީމް ޙަސަންއަށް ލިބިގެންނުވާކަމަށްޓަކައި، މިއެއްބަސްވުމަކީ ބާތިލް އެއްބަސްވުމެއްކަމާއި، އަދި
މިއެއްބަސްވުމުގެ ދަށުން އޮސިސް ހޮލިޑޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް ގެއްލުމެއް
ލިބިފައިވާނަމަ، އެގެއްލުމުގެ ބަދަލު ހޯދުމަށްޓަކައި އިބްރާހީމް ޙަސަންގެ މައްޗަށް ދަޢުވާކުރުމުގެ
ފުރުޞަތު އޮއްސިސް ހޮލިޑޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާކަމާއި،
އެއްބަސްވުމުގެ 05 ވަނަ މާއްދާގައި، ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް އެޑްވާންސްކޮށް
އިބްރާހީމް ޙަސަންއަށް ދީފައިވާ 150,000
LSD (އެއްލައްކަ ފަންސާސްހާސް ޔުނައިޓެޑް ސްޓޭޓްސް
ޑޮލަރު) އަނބުރާ އެފަރާތްތަކަށް ދެއްކުމުގެ ގޮތުން ކޮންމެ މަހަކު، އެމީހެއްގެ ކުރިން 3,000
USD
(ތިންހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) ކެނޑުމަށް ބަޔާންކޮށްފައި އޮތްނަމަވެސް، އެއްބަސްވުމުގައިވާ
ގޮތުގެ މަތިން 01 ނޮވެމްބަރ 2007 އަކުން ފެށިގެން މިއަދާ ހަމައަށްވެސް އެއްބަސްވުމުގައިވާ ކުލި
ހިނގާ މުއްދަތުގައި (ޖޫން އަދި ޖުލައި މަސްފިޔަވައި) ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް
އުޅަނދު ޙަވާލުކޮށްފައިނުވާތީ، އެމުއްދަތުތަކަކީ ކުލި ދައްކަންޖެހޭ މުއްދަތުތަކެއްކަމުގައި ނުވާހިނދު،
އެމުއްދަތު ތަކުގައި އެޑްވާންސްކޮށް ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް ދީފައިވާ ފައިސާއިން އެއްވެސް
ޢަދަދެއް ކުލިން އުނިކުރެވިފައިނުވާތީ، 01 ނޮވެމްބަރ 2007 އަކުން ފެށިގެން ޖެނުއަރީ 2011 ވަނަ
މަހުގެ ނިޔަލަށް (ޖޫން އަދި ޖުލައި މަސް ފިޔަވައި) އެކު ޖުމްލަ 33 (ތިރީސްތިނެއް) މަސް
ފާއިތުވެފައިވާކަމާއި، އެމަސްތަކަކީ އެއްބަސްވެފައިވާގޮތަށް އިބްރާހީމް ޙަސަން ޢަމަލުކުރިނަމަ، ކުލީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
7
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އުނިވެގެންދާނެ މަސްތަކެއްކަމުގައި ވާހިނދު، މިފައިސާއަކީ ޢަލީ
ރަޝީދުއަށާއި ޙަސަން ޝަރީފްއަށް އިބްރާހީމް ޙަސަން ދޭންޖެހޭނެ ފައިސާއެއްކަމާއި، އަދި
އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 ނޮވެމްބަރ 2007 ވަނަ ދުވަހުން ފެށިގެން
އެއުޅަނދު ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަ 3,000
USD (ތިންހާސް ޔުނައިޓެޑް
ސްޓޭޓްސް ޑޮލަރުގެމަގުން އިބްރާހީމް ޙަސަން ޖޫރިމަނާކުރެވޭނެކަން އެއްބަސްވުމުގައި ބަޔާންކޮށްފައި
އޮތްހިނދު، މަދަނީ ކޯޓުގެ ނަންބަރު:2007/MC/1984 ޤަޟިއްޔާގައި އެމައްސަލަ ޝަރީޢަތުގައި
ހިނގި ދުވަސްތަކަށް ޖޫރިމަނާގެ ފައިސާ ނަގައިދީފައި ނުވާކަމާއި، އަދި އެޤަޟިއްޔާގެ ޙުކުމުގައި
އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން ދެން ޖޫރިމަނާ ކުރެވޭނީ، ޙުކުމްކުރި ދުވަހުން
ފެށިގެން އެއުޅަނދު ޙަވާލުކުރުމަށް ދީފައި އޮތް 01 (އެކެއް) މަސްދުވަހުގެ މުއްދަތު ފާއިތުވުމަށް
ފަހުގައިކަމަށް ފާހަގަކޮށް، ދެފަރާތުގެ މެދުގައިވެފައިވާ އެއްބަސްވުމެއްގައި ކަނޑައެޅިފައިއޮތް ޝަރުތު
ޖަޒާއަކީ، ޚިލާފެއްގެ މައްޗަށް ނަގައިދެވޭނެ އެއްޗެއް ނޫންކަމާއި، އެގޮތުގެ މަތިން މަދަނީކޯޓުގައި
އިސްވެ ޙަވާލާދެވުނު ޤަޟިއްޔާގައި މައްސަލަ ބެލުނު ދުވަސްތަކާއި، އެޤަޟިއްޔާގެ ޙުކުމުގެ ދަށުން
އެއްބަސްވުމުގައިވާ ޖޫރިމަނާއިން އިސްތިސްނާކޮށް، އެއުޅަނދު ޙަވާލުކުރުމަށްޓަކައި ދީފައިވާ 01
(އެކެއް) މަސްދުވަހުގެ މުއްދަތަށާއި، އެޤަޟިއްޔާގެ ޙުކުމް ހައިކޯޓުގައި އިސްތިއުނާފްކުރެވި އެކޯޓުގެ
ނަންބަރު: 129/HC
-
A/2008 ޤަޟިއްޔާގެ ދަށުން އެމައްސަލަ ބެލުނު ދުވަސްތަކަށާއި، އަދި މަދަނީ
ކޯޓުގެ ނަންބަރު: 2009/MC/3195 ޤަޟިއްޔާގައި އެއްބަސްވުމުގެ ދަށުން އެއުޅަނދުގައި
ހުންނަންޖެހޭ 02 (ދޭއް) ފެން ޕްލާންޓުގެ ތެރެއިން 01 (އެކެއް) ފެންޕްލާންޓް އިބްރާހީމް ޙަސަން
ނައްޓާލާފައިވީ ނަމަވެސް، އެކަންވެސް ފުރިހަމަކޮށް އެއްބަސްވެފައިވާ ގޮތުގެ މަތިން އެއުޅަނދު
ޙަވާލުކުރުމަށް އިބްރާހީމް ޙަސަން ތައްޔާރަށް ހުރިކަމަށް 11 ފެބުރުއަރީ 2010 ވަނަ ދުވަހު
އެޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިބްރާހީމް ޙަސަން ބަޔާން ދީފައިވާތީ، އެދުވަހަށްފަހު
އެއުޅަނދާއި ޙަވާލުނުވެ ހުރި ދުވަސްތަކަކީ، ޚިލާފް އުފެދިފައިވާ ދުވަސްތަކެއް ކަމުގައިވާތީ، އިސްވެ
ޙަވާލާ ދެވުނު ތާރީޚަށްވުރެ ފަހުގެ ދުވަސްތަކަށް ޖޫރިމަނާގެ ފައިސާ ނަގައިދެވެން ނެތްކަން
އެނގޭކަމާއި، 01 ނޮވެމްބަރ 2007 އަކުން ފެށިގެން ޚިލާފް އުފެދިފައިވާ ދުވަސްތައް ލިޔާވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
2011}HC-A/39
އއގއ
05
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ހުރި ދުވަސްތައް ގުނަކުރުމުން (މަދަނީ ކޯޓުގެ ނަންބަރު: 2007/MC/1984 ޤަޟި
ފާހަގަކޮށްފައިވާ 17 ދުވަހާއި އެޤަޟިއްޔާގެ ޙުކުމުގައި އޮތް 1 (އެކެއް) މަސްދުވަސް ފާއިތުވުމަށްފަހު
އެޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ހުށަހެޅުމާ ދެމެދު ފާއިތުވީ 03 (ތިނެއް) ދުވަހާއި
ހައިކޯޓުން އެޤަޟިއްޔާ ނިންމި ދުވަހަށްފަހު، 11 ފެބުރުއަރީ 2010 ވަނަ ދުވަހުގެ ނިޔަލަށް ފާއިތުވީ
125 (އެއްސަތޭކަ ފަންސަވީސް) އެކު ޖުމްލަ 145 (އެއްސަތޭކަ ސާޅީސް ފަހެއް) ދުވަސްވާކަމާއި
އަދި މިދުވަސްތަކަށް އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން އުޅަނދު ޙަވާލުނުކުރެވި
ފާއިތުވީ ކޮންމެ
ދުވަހަކަށް ދައްކަންޖެހޭ 3,000
USD (ތިންހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު)
ހިސާބުކުރުމުން (3,000
x
145) އެކު ޖުމްލަ 435,000
USD (ހަތަރު ލައްކަ ތިރީސް
ފަސްހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އަރާކަމާއި، އަދި މިފައިސާއަކީ އުޅަނދުގެ ކުލީގެ ފައިސާއިން
ކެނޑިގެންދާނެ ފައިސާއެއް ކަމުގައިވީހިނދު، ދެފަރާތުގެ މެދުގައި ވެފައިވާ އެއްބަސްވުމުގައި ދެން ބާކީ
އޮތް މުއްދަތަކީ 17 (ސަތާރަ) މަސްދުވަސްކަމުގައިވާތީ، އެމަސްތަކަށް (9,000
x
17) އުޅަނދުގެ
ކުލީގެ ގޮތުގައި އެކު ޖުމްލަ 153,000
USD (އެއްލައްކަ ފަންސާސް ތިންހާސް ޔުނައިޓެޑް
ސްޓޭޓްސް ޑޮލަރު) އަރާނެކަމުގައިވާތީ، ޖޫރިމަނާގެ ގޮތުގައި ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފަށް
ޖުމްލަ ގޮތުގައި ލިބެން ހުރި ފައިސާއިން އެއްބަސްވުމުގައި ބާކީ އޮތް މުއްދަތުގައި ކުލީގެ ފައިސާގެ
ގޮތުގައި ޖުމްލަކޮށް ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް، އިބްރާހީމް ޙަސަންއަށް ދިނުމަށް އޮތް ފައިސާ
އުނިކުރުމުން، (153,000
435,000) ބާކީވާ 282,000
USD (ދެލައްކަ އަށްޑިހަ ދެހާސް
ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އަކީ ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ލިބެންޖެހޭ
ފައިސާއެއްކަމާއި، އަދި މިގޮތަށް ޢަމަލުކުރުމުން އެއްބަސްވުމުގައި ބާކީ އޮތް މުއްދަތުގައި ޢަލީ
ރަޝީދުއާއި ޙަސަން ޝަރީފް އެއްބަސްވުމުގެ 5 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޙަސަންއަށް ކުލީގެ
ފައިސާއެއް ދޭންނުޖެހޭނެކަމާއި، މިފައިސާއާއި އެޑްވާންސްކޮށް ދީފައިވާ ފައިސާގެ ތެރެއިން މިހާރު
ލިބެންޖެހޭ 99,000
USD (ނުވަދިހަ ނުވަހާސް ޔުނައިޓެޑް ސްޓޭޓްސް ޑޮލަރު) އާއި
(99,000 + 282,000) އެކު ޖުމްލަ 381,000
USD (ތިންލައްކަ އަށްޑިހަ އެއްހާސް ޔުނައިޓެޑް
ސްޓޭޓްސް ޑޮލަރު) ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ލިބިދިނުމުގެ ގޮތުން މިއަދު 31 ޖެނުއި
7 25
440 4
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
9
2011}HC-A/39
05e04
އއކޮށް
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2011 ވަނަ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ކޮންމެ މަހަކު މަދުވެގެން
އެމަހަކަށް ޖެހޭވަރު އިބްރާހީމް ޙަސަން ސިވިލްކޯޓަށް ދައްކަމުންގޮސް މިފައިސާ އެމުއްދަތުގެ ތެރޭގައި
ދައްކައި ޚަލާސްކުރުމަށާއި،
އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ށ) ގެ ދަށުން ކުއްޔަށް ހިފާފައިވާ އުޅަނދު
ބޭނުންކުރަންވާނީ ޓޫރިޒަމް އުޅަނދެއްގެ ގޮތުގައިކަމާއި، އަދި އެއުޅަނދުގައި ކުރަން ބޭނުންވާ ވިޔަފާރި
ކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ނަގަންޖެހޭ ހުއްދަތަށް ނަގާނީ އުޅަނދު ކުއްޔަށް ހިފި
(ޢަލީ ރަޝީދުއާއި ޙަސަން ޝަރީފް) ފަރާތުންކަމުގައި އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގައި
ބަޔާންކޮށްފައިވާހިނދު، ދިވެހިރާއްޖޭގެ ޓޫރިސްޓް އުޅަނދު ހިންގުމާބެހޭ ޤަވާއިދުގެ ދަށުން އުޅަނދު
ހިންގުމަށްޓަކައި އެޤަވާޢިދުގެ 2 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އެޤަވާޢިދުގެ 3 ވަނަ މާއްދާގެ ދަށުން
އުޅަނދު ދުއްވުމުގެ ހުއްދައަށް އެދި އެޤަވާއިދުގެ ޖަދުވަލް 1 ގައި ހިމެނިފައިވާ "ޓޫރިސްޓް އުޅަނދު
ހިންގުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަ ކުރުމަށްފަހު، އެޤަވާޢިދުގެ 3 ވަނަ މާއްދާގެ (viii) ވަނަ
ނަންބަރުގައިވާ ގޮތުގެ މަތިން އުޅަނދު ހިންގުމުގެ ހުއްދައަށް އެދުމަށް ފަހު، އެމާއްދާގައިވާ ގޮތަށް
ޢަމަލުކުރުމުންވެސް ޓޫރިސްޓް އުޅަނދު ހިންގުމުގެ ހުއްދަ ނުލިބިއްޖެނަމަ، ދެފަރާތުގެ މެދުގައިވެފައިވާ
އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެކަމެއް ކުރުމަށްޓަކައި ނުވަތަ ހުއްދަ
ހޯދުމަށްޓަކައި ސޮއިކުރަންޖެހޭ ސިޓީތަކުގައި ސޮއި ކުރުމާއި އަދި ބޭނުންވާ މަޢުލޫމާތުތައް ދިނުމަކީ
ކުއްޔަށް ދިން ފަރާތުގެ (އިބްރާހީމް ޙަސަން) ޒިންމާއެއްކަމުގައި އެމާއްދާއިން އެނގެން އޮންނާތީ،
މިފަދައިން ޢަމަލުކުރަން ޖެހިއްޖެ ޙާލަތެއްގައި ދެފަރާތުންވެސް އެއްބަސްވެފައިވާ ގޮތުގެ މަތިން
ޢަމަލުކުރަންވާނެކަމާއި، އެއްބަސްވުމުގެ 23 ވަނަ މާއްދާގެ ދަށުން އެއްބަސްވުމާއެކު ހިމަނަންޖެހޭ
ލިޔުންތަކުގެ ތެރޭގައި އުޅަނދު އިންޝުއަރ ކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ ކޮޕީ ހިމެނުމަށް
ބަޔާންކޮށްފައިވާތީ، އުޅަނދު އިންޝުއަރ ކޮށްފައިވާ އިންޝުއަރެންސް ޕޮލިސީގެ ފަހުގެ ކޮޕީއެއް
ޢަލީ ރަޝީދުއަށާއި، ޙަސަން ޝަރީފްއަށް 03 (ތިނެއް) ދުވަހުގެ ތެރޭގައި އިބްރާހީމް ޙަސަން
0) 0
ޙަވާލާކުރުމަށާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
10
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އަދި ރަޖިސްޓްރީ ނަންބަރު (P7841A
-
02
(
06
-
I ޕްރިންސެސް އުޝްވާ (އީކްއޭޓާރ)
ނަމަކަށް ކިޔާ ސަފާރީ އުޅަނދަކީ 23 ފެބްރުއަރީ 2007 ވަނަ ދުވަހު އިބްރާހީމް ޙަސަން އާއެކު ޢަލީ
ރަޝީދުއާއި، ޙަސަން ޝަރީފް ވެފައިވާ އެއްބަސްވުމުގެ ދަށުން 01 ނޮވެމްބަރ 2007 ވަނަ ދުވަހުން
ފެށިގެން 50 (ފަންސާސް) މަސްދުވަހުގެ މުއްދަތަށް ޢަލީ ރަޝީދުއަށާއި ޙަސަން ޝަރީފްއަށް ކުއްޔަށް
ދީފައިވާ އުޅަނދެއް ކަމުގައިވާތީ، މިއުޅަނދު އެފަރާތްތަކާއި ޙަވާލު ކުރުމަށްޓަކައި، މިއަދި 31
ޖެނުއަރީ 2011 ވަނަ ދުވަހުން ފެށިގެން 02 (ދޭއް) ދުވަހުގެ ތެރޭގައި މިއުޅަނދު މާލެ ފަޅަށް
ގެނެސް ތަޅުދަނޑިއާއެކު ރަޖިސްޓްރީ ނަންބަރު (P7841A
-
02
(
06
-
I ޕްރިންސެސް އުޝްވާ
(އީކްއޭޓާރ ނަމަކަށް ކިޔާ ސަފާރީ އުޅަނދު ތ. ރަތްއަސުރުމާގެ ! މާލެ، ޢަލީ ރަޝީދުއާއި، ލ.
މާބައިދޫ | ސޯސަންގެ، ޙަސަން ޝަރީފްއަށް ޙަވާލުކުރުމަށް އދ. ދަނގެތި | ލިލީގެ، އިބްރާހިމް
ޙަސަންއަށް އަންގައި ޙުކުމްކޮށްފީމެވެ." މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
3 -އިސްވެ ބަޔާން ކުރެވުނު ގޮތުގެ މަތިން ސިވިލް ކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
ނިންމަވާފައިވަނީ ރަނގަޅަށްނޫންކަމަށް ބުނެ އިބްރާހީމް ޙަސަން ފަރާތުން
13 ނުކުތާއެއް ހުށަ
އެއާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ ސިވިލްކޯޓުން މިޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ސިވިލްކޯޓުގެ
ނަންބަރު 2009/MC/3195 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ނިންމުންތަކަށް ރަނގަޅަށް ރިޢާޔަތް
ނުކުރައްވާ މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާ،
(ނ) ދެވަނަ ނުކުތާއަކީ އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ޙުކުމުގައި 15 ޖޫން 2010 ވަނަ
ދުވަހުގައި ޢަލީ ރަޝީދު އުޅަނދާ ޙަވާލުވެފައިވާތީ، އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގައިވާ
މަޤްޞަދު ފުރިހަމަވެފައިވާ ކަމަށާއި، އިތުރަށް ފާއިތުވެދިޔަ ދުވަސްތަކަށް ޖޫރިމަނާ ފައިސާ
ނުނެގޭނެކަމަށް ކަނޑައަޅުއްވުމަށްފަހު ޙުކުމުގެ ފަހުކޮޅުގައި 15 ޖޫން 2010 ގައި ޢަލީ ރަޝީދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
2011}HC-A/39
OX
/ ހ¢ ¢0 ހ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އުޅަނދާއި ޙަވާލުވި ޙަވާލުވުމަކީ ރަސްމީގޮތުން އުޅަނދާއި ޙަވާލުވުންކަމަށް ބެލެވޭ ޖާގައެއްނެތްކަމަށް
ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގެ
ޙުކުމުގައި ސާފު ޢިބާރާތުން ދެފަރާތުގެ ދެމެދުގައިވެފައިވާ އެއްބަސްވުމުގެ 04ވަނަ މާއްދާގައި ޖޫން އަދި
ޖުލައި، މިދެމަހަކީ ކުއްޔަށްހިފާ ފަރާތުގެ ބެލުމުގެ ދަށުގައި އުޅަނދު އޮންނަ ދެމަސްދުވަސްކަމަށް
ނުވިނަމަވެސް 15 ޖޫން 2010 ގައި ދައުވާކުރާ ޢަލީ ރަޝީދު އަގުކޮމިޓީގެ ޙާޟިރުގައި އުޅަނދާއި
ޙަވާލުވެފައިވާކަމަށް ބުނެ ލިޔުމުގައި ސޮއިކޮށްފައިވާތީ 2007;MC;1984 ގެ ޤަޟިއްޔާގެ ޙުކުމުގެ
ދަށުން 15 ޖޫން 2010 އިން ފެށިގެން ރަޖިސްޓްރީ ނަންބަރު (P7841A
-
02
(
06
-
I "އީކުއޭޓަރ"
މިހާރުގެ ނަމުންނަމަ "ޕްރިންސެސް އުޝްވާ" ސަފާރީ އުޅަނދު ދައުވާކުރާ ޢަލީ ރަޝީދާއި
ޙަވާލުކުރެވިފައިވާކަމަށް ކަނޑައަޅައި މިގޮތަށް ބަޔާންކޮށް ޙުކުމްކުރައްވާފައިވާއިރު މިކަމަށް ޝަރީޢަތުން
ރިޢާޔަތްކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ރ) ހަތަރުވަނަ ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގައި
15 ޖޫން 2010 ވަނަދުވަހު ދަޢުވާ ލިބޭ ޢަލީ ރަޝީދު އުޅަނދު ހަވާލުވެފައިވަނީ ސިވިލްކޯޓުގެ
ޤަޟިއްޔާގެ ޙުކުމް ތަންފީޒް ކުރުމުގެ މަޤްޞަދުގައި ކަމަށް ބަޔާންކޮށްފައިވާއިރު، އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓާއެކު އެޓޭޗް ކުރެވިފައިވާ ހުރިހާ ބަޔާންތަކުގައި ޝަރީޢަތުގެ އެންމެ ފަހު
އަޑުއެހުމާ ހަމައަށް ޢަލީ ރަޝީދު 15 ޖޫން 2010 ގައި އުޅަނދާ ހަވާލުވެފައިވާ ވުމަށް އޭނާ ދެކޮޅު
ހަދާފައިވާކަން ދޭހަވާއިރު، އެކަމަށް ރިޢާޔަތް ކުރައްވާފައި ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ބ) ފަސްވަނަ ނުކުތާއަކީ ދަޢުވާ ލިބޭ ޢަލީ ރަޝީދު ދެކޮޅުހެދުންތަކާއެކުވެސް ސިވިލްކޯޓުގެ
ނަންބަރު 2009/MC/3195 ޤަޟިއްޔާގެ ޙުކުމްގައި 15 ޖޫން 2010 ވަނަ ދުވަހު އެއުޅަނދު
އެފަރާތާއި ޙަވާލު ކުރެވިފައިވާ ކަމަށް ނިންމި ނިންމުމުން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސް
ވުމުގައި ބަޔާންކޮށްފައިވާ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ހިމެނޭ ކުލި ނުހިނގާ ޖޫން އަދި
ޖުލައި މި ދެމަހުގައިވެސް އުޅަނދު ބެލެހެއްޓުމުގެ ޒިންމާ ދަޢުވާކުރާ ޢަލީ ރަޝީދުގެ ބޮލުގައި
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
12
2011}HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެޅިފައިވާ ކަމަށް ދޭހަވާ އިރު އެކަމަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި
ނުކުތާ،
(ޅ) ހަވަނަ ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއަކީ
އެހެނިހެން ޤަޟިއްޔާ ތަކެކޭ އެއްގޮތަށް ކޯޓުން ކޮށްފައިވާ ޙުކުމަކަށްވާއިރު، އެޙުކުމުގެ އިސްތިއުނާފު
މުއްދަތު ފަހަނައަޅާ ދިޔައިރުވެސް އިސްތިއުނާފު ނުކުރުމުން އެޙުކުމްގައި ކަނޑައަޅާފައިވާ ކަންކަމަކީ
އެއާމެދު އެއްވެސް ފަރާތަކުން ދެކޮޅުހެދޭނެ ކަމެއްކަމަށް ނުވާހިނދު އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާ
ނިންމެވުމުގައި އިސްވެ ދެންނެވުނު ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުން ވަކިގޮތަކަށް މާނަ ކުރައްވާ
ބަދަލުކުރައްވާފައިވުމާއި، ފަނޑިޔާރުންގެ ޤާނޫނުގެ ފަސްވަނަ މާއްދާގެ (ށ) ގައި ދެވަނަ ނަންބަރަށް
ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ކ) ހަތްވަނަ ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއިން
އުޅަނދު ޢަލީ ރަޝީދުއާއި ޙަވާލުވެފައިވާކަމަށް ޙުކުމް ކުރައްވާފައިވާއިރު އެފަރާތުން އުޅަނދާއި،
ޙަވާލުވުމަށްފަހު ކުރަންޖެހޭ އެއްވެސް ކަމެއްކޮށްފައި ނުވުމާއި، އޭގެ ފަހުން ގާތްގަނޑަކަށް ދޮޅު މަސް
ފާއިތުވެގެން ދިޔައިރުވެސް އުޅަނދު އޮތް ގޮތެއްވެސް ބަލާފައި ނުވާއިރު، އެކަމަށް ރިޢާޔަތް ކޮށްފައިނުވާ
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(އ) އަށްވަނަ ނުކުތާއަކީ ދެފަރާތުގެ ދެމެދުގައިވާ އެއްބަސްވުމުގެ 7 ވަނަ މާއްދާގެ (ބ)
(ޅ) އަދި (ށ) ގައި އުޅަނދު ކުއްޔަށް ހިފާފަރާތުގެ މަސްޢޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާ ކަންކަމަކީ
ކުލީގެ މުއްދަތު ނުހިނގާ ޖޫން، އަދި ޖުލައި މިދެމަހުގެ ތެރޭގައިވެސް އެފަރާތުން ކުރަންޖެހޭ
އިބްރާހީމް ޙަސަން ހުށަހަޅާ އަދި އެއްބަސްވުމުގެ އެހެން އެއްވެސް މާއް
މާއްދާއެއްގައި އެއީ
އިސްވެދެންނެވުނު މުއްދަތުގެ ތެރޭގައި އުޅަނދު ވެރިފަރާތުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި
ބަޔާންކޮށްފައިނުވާއިރު، އެކަންކަމަށް ރިޢާޔަތް ކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ވ) ނުވަވަނަ ނުކުތާއަކީ ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާއާއި
ގުޅިގެން ޢަލީ ރަޝީދު ބޯޓާއި ހަވާލު ވުމަށް ބޭނުންކަމަށްބުނެ ބޯޓުގެ ވެރިފަރާތުން ދެފަރާތުގެ
ދެމެދުގައި ވެފައިވާ އެއްބަސްވުމާ، ޙަވާލާދީ ފޮނުވި ސިޓީއަށް އެއްވެސް ޖަވާބެއް ނުދީ ހަދަވާފައިވާaގެ
ދ 12 ދ (0
ކމއކމނ
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13
2011}HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
03 ހވ
0 0
ކަމަށް ދަށުކޯޓުގައި ބަޔާންކޮށްފައިވާއިރު، އެސިޓީތަކުގެ ނަކަލު ކޯޓަށް ހުށަހަޅާފައިވާއިރު، އެއަށް
ރިޢާޔަތްކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތު.
(މ) ދިހަވަނަ ނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު 2009/MC/3195 އިން ޢަލީ ރަޝީދު
އުޅަނދާއި ޙަވާލުވުމަށްފަހު، އިސްތިއުނާފްކުރެވޭ ޤަޟިއްޔާގައި
ދީފައިވާ އުޅަނދު
އދ. ދަނގެތީ ބަނދަރުގައި އޮތުމުގެ ސަބަބުން އުޅަނދާއި ޙަވާލުނުވެވި އޭގެން ޢަލީ ރަޝީދަށް މަންފާ
ޙާޞިލްކުރުމުގެ ފުރުޞަތު ޢަލީ ރަޝީދުއަށް ނެތްކަމަށްވީ ހިނދު، އެމަހަށް (އޮގަސްޓް) މަހަށް ކުލީގެ
ފައިސާ ޢަލީ ރަޝީދު ދައްކަން ނުޖެހޭނެކަމަށް ކަނޑައަޅުއްވާފައިވާއިރު، ސިވިލް ކޯޓުގެ ނަންބަރު
2009/MC!3195 ޤަޟިއްޔާގައި 11 ފެބްރުއަރީ 2010 ދުވަހު ޢަލީ ރަޝީދު ޝަރީޢަތުގެ
މަޖްލީހުގައި އޭރު އުޅަނދު ދަނގެތީ ބަނދަރުގައި އޮއްވާ ޙަވާލުވާން ދިޔަކަމަށް އެއްބަސްވެފައިވުމުން
އެފަރާތަށް ދަނގެއްޗަށް ދިޔުމަކީ އުނދަގޫ ކަމެއްނޫންކަން އެނގެން އޮތް ހިނދު އާއި 05 އޮގަސްޓް
2010 ވަނަ ދުވަހު ބޯޓްގެ ވެރި ފަރާތުން ޢަލީ ރަޝީދަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާ
ޙަޤީޤަތްތަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ އެގާރަވަނަ ނުކުތާއަކީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޢަލީ ރަޝީދު
ޚިލާފްވުމުގެ ސަބަބުން އެއެއްބަސްވުން ބާޠިލްކޮށް އެފަރާތަށް އުޅަނދުގެ ވެރި ފަރާތުން ފޮނުވި ސިޓީއަށް
އަލީ ރަޝީދު ޝަރީޢަތުގެ މަޖްލީހުގައި އިންކާރުކޮށްފައި ނުވާއިރު، އެސިޓީއަށް ރިޢާޔަތްކޮށްފައިނުވާ
ކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ދ) ބާރަވަނަ ނުކުތާއަކީ އިސްތިއުނާފް ކުރެވޭ ޤަޟިއްޔާގައި އިބްރާހީމް ޙަސަން ޖޫރިމަނާގެ
ފައިސާއެއްގެ ގޮތުގައި ޢަލީ ރަޝީދު ދައްކަންޖެހޭ ފައިސާގެ ޢަދަދު ކަނޑައެޅުމުގައި ސިވިލް ކޯޓުގެ
ނަންބަރު 2009/MC!3195 ޤަޟިއްޔާގެ ކުރިން މިމުޢާމަލާތާއި ގުޅިގެން ހިނގާފައިވާ ހުރިހާ
ޤަޟިއްޔާތަކެއްގައި ކޯޓް މަރުޙަލާގައި ހޭދަވި މުއްދަތު ޖޫރިމަނާގެ މުއްދަތުގެ ތެރޭގައި ނުހިމެނުމަށް
ސިވިލްކޯޓުގެ ނަންބަރު 2009/MC/3195 ޤަޟިއްޔާގެ ކޯޓްގެ މަރުޙަލާގެ
ތާރީޚަކާއި ހަމައަށް ދުވަސްތައް ގުނާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
0 0
4
coc
ޖި2ވ ·
0
4
2 ހގ ހ
ނިންމެވުމަށްފަހ4
2c42 34
މެދުޗރގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
14
2011}HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
04
(ދ) ތޭރަވަނަ ނުކުތާއަކީ އިސްތިއުނާފް ކުރެވޭ ޤަޟިއްޔާގައި އިބްރާހީމް ޙަސަން އެދެނީ
ސިވިލްކޯޓުގެ ނިންމުން ބާޠިލްކޮށްދެއްވާ އިސްތިއުނާފް ކުރެވޭ ޤަޟިއްޔާއާއި ގުޅިގެން ސިވިލްކޯޓަށް
އިބްރާހީމް ޙަސަން ހުށަހަޅާފައިވާ ހެކިތަކަށާއި، މައްސަލާގެ ޙަޤީޤަތްތަކަށް ބައްލަވައި، ދެފަރާތުގެ
ދެމެދުގައިވާ އެއްބަސްވުން ބާޠިލްކޮށް ދެއްވުން އެދެމެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު
2007/MC/1984 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ 17 ދުވަހާއި، ޤަޟިއްޔާގެ ޙުކުމްގައި އޮތް 01
މަސްދުވަސް ފާއިތުވުމަށްފަހު، އެޙުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް ހުށަހެޅުމާއި ދެމެދު ފާއިތުވި
3 ދުވަހާއި ހައިކޯޓުން މިޤަޟިއްޔާ ނިންމި ދުވަހަށްފަހު ސިވިލް ކޯޓުގެ ނަންބަރު
2009/MC/3195 ޤަޟިއްޔާ އެކޯޓަށް ހުށަހެޅި ތާރީޚްކަމަށްވާ 27 ޑިސެމްބަރ 2010 ވަނަ
ދުވަހުގެ ނިޔަލަށް ފާއިތުވި 80 ދުވަހާއި، އެކު ޖުމްލަ 100 ދުވަހަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ޖޫރިމަނާ ފައިސާގެ ގޮތުގައި ދުވަހަކަށް
ދައްކަންޖެހޭ 3000 ޔޫއެސް ޑޮލަރު ހިސާބުކުރުމުން (100x3000) އެކު ޖުމްލަޖެހޭ 300,000
ޔޫއެސް ޑޮލަރާއި، އެއްބަސްވުމުގެ 06 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޙަސަނަށް ލިބިފައިވާ
150,000 އާއި އެކު ޖުމްލަ 450,000 ޔޫއެސް ޑޮލަރަކީ ޢަލީ ރަޝީދުއަށް އިބްރާހީމް ޙަސަން
ދައްކަންޖެހޭ ފައިސާގެ ޢަދަދުކަމަށް ކަނޑައަޅުއްވައިދެއްވައި، މިފައިސާ ދައްކަންޖެހޭ ގޮތުގެ ތަފްޞީލް
ކަނޑައަޅުއްވައި ދެއްވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.
U com
4. ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1102 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓާށާއި
އެޤަޟިއްޔާ އިސްތިޢުނާފުކުރުމަށް އިބްރާހީމް ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި
އެނުކުތާތަކާއި ގުޅިގެން ދަޢުވާލިބޭ ޢަލީ ރަޝީދުއާއި ޙަސަން ޝަރީފްގެ ފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ހ) މ.ގޯނބިލިމާގެ ޢަލީ ރަޝީދުއާއި ލ.މާބައިދޫސޯސަންގޭ ޙަސަން ޝަރީފްއާއި ދެމީހުން
އދ.ދަނގެތިލިލީގެ އިބްރާހީމް ޙަސަންގެ އަތުން "އީކްއޭޓާރ" ނަމަކަށް ކިޔާ ސަފާރީ އުޅަނދު،
މިހާރުގެ ނަމުންނަ "ޕްރިންސެސް އުޝްވާ" ކުއްޔަށް ހިފާ 23 ފެބްރުއަރީ 2007 ދުވަހު
އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، މިއެއްބަސްވުމުގެ ދަށުން ކުއްޔަށް ދެވިފައިވަނީ 50
މަސްދުވަހަށްކަމާއި ކޮންމެ އަހަރެއްގެ 10 މަސްދުވަސް ކުލީގެ މުއްދަތުގެ ތެރޭގައި ހިމަނާ ޖޫން މަހާއި
ޖުލައި މަސް އުޅަނދުގެ ވެރިފަރާތުގެ ބެލުމުގެދަށުގައި ބާއްވާ ގޮތަށް 5 އަހަރު ދުވަހަށް މުއްދަތު
ކަނޑައެޅިފައިވާކަމާއި، އުޅަނދުގެ މީލާދީ ކޮންމެ މަހެއްގެ ކުއްޔަކީ -/12,000 (ބާރަހާސް) އެމެރިކާ
ޑޮލަރުކަމާއި، ކުއްޔަށް
ހިފި ފަރާތުން އެޑްވާންސްގެ ގޮތުގައި -/150,000 (އެއްލައްކަ
ފަންސާސްހާސް) އެމެރިކާ ޑޮލަރު ދީފައިވާކަމާއި މިއެޑްވާންސްގެ ފައިސާ ކޮންމެ މަހެއްގެ ކުލިން
-/3,000(ތިންހާސް) އެމެރިކާ ޑޮލަރުގެ މަގުން ކެނޑެމުންދާނެކަމަށް މިއެއްބަސްވުމުގައި
ކަނޑައަޅާފައިވާކަމާއި،
އެއްބަސްވުމުގެ ދަށުން އުޅަނދު ޢަލީ ރަޝީދާއި ޙަސަން ޝަރީފް އާއި ޙަވާލުކުރަން ޖެހޭ
ތާރީޚަކީ 01 ނޮވެމްބަރ 2007 ކަމާއި މިމުއްދަތަށް މަސައްކަތް ނިންމާ އުޅަނދު ޙަވާލު ނުކުރެވިއްޖެ
ނަމަ ޙަވާލުނުކުރެވި ލަސްވާ ކޮންމެ ދުވަހަކަށް -/3,000 (ތިންހާސް) އެމެރިކާ ޑޮލަރު އުޅަނދުގެ
ވެރިފަރާތުން ކުއްޔަށް ހިފިފަރާތަށް ދޭންޖެހޭކަމަށް އެގްރިމެންޓްގެ 4 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، އެގްރީމެންޓްގެ 4 ވަނަ މާއްދާގެ (ހ) އާއި އެއްގޮތަށް އުޅަނދުގެ ވެރިފަރާތުން
އިބްރާހީމް ޙަސަން ޢަމަލު ނުކުރުމުގެ ސަބަބުން އެގްރިމެންޓް ތަންފީޒުވެގެން ނުދިއުމުން ޝަރީޢަތަށް
މައްސަލަތައް ހުށަހެޅި ޝަރީޢަތުގެ މަރުޙަލާތަކުން ޤަޟިއްޔާތައް ނިމިފައިވާކަމާއި، މިގޮތުން
މަދަނީކޯޓުގެ ނަންބަރު 2007/MC/1984 ޤަޟިއްޔާއާއި އެޤަޟިއްޔާ އިސްތިއުނާފުކުރުމުން ބެލުނު
ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 129/HC
-
A/2008 ޤަޟިއްޔާއާއި 2007/MC/1984
ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުމުން ބެލުނު މަދަނީކޯޓުގެ ނަންބަރު 2009/MC/3195
ޤަޟިއްޔާ ފާހަގަކުރެވޭކަން.
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
16
2{011/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
04
0 0¢
އިޤްޗ382އވެ
ދި
ހިފިފަރާތާއި
09 ހ 0
(ށ) ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓާއި ގުޅިގެން މައްސަލަ އުފެދިފައިވަނީ
ގޮތުގެ މަތިން 01 ނޮވެމްބަރ 2007 ގައި އުޅަނދު ކުއްޔަށް
ޙަވާލުނުކުރުމުންކަމާއި، އެކަމުގެ ސަބަބުން ކުއްޔަށް ފަރާތަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް
ހިފި ޢަލީ ރަޝީދާއި ޙަސަން ޝަރީފްގެ ފަރާތުން ދައުވާކުރުމުން
ނަންބަރު
2007/MC/1984 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ އުޅަނދު ޙަވާލުކުރަންޖެހޭ ތާރީޚް 01
ނޮވެމްބަރ 2007 ގައި މަސައްކަތް ނިންމާ އުޅަނދު ޙަވާލުނުކުރެވިއްޖެނަމަ ޙަވާލު ނުކުރެވި ލަސްވާ
ކޮންމެ ދުވަހަކަށް -/3,000 (ތިންހާސް) އެމެރިކާ ޑޮލަރު އުޅަނދުގެ ވެރިފަރާތުން ކުއްޔަށް ހަފި
ފަރާތަށް ދޭންޖެހޭނެކަމަށް އެގްރިމެންޓްގެ 04 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮތުމާއި އެކު
01 ނޮވެމްބަރ 2007 އިން ފެށިގެން އެމައްސަލަ ޝަރީޢަތަށް ހުށަހެޅުނު ދުވަހާއި ހަމައަށް ޖޫރިމަނާގެ
ގޮތުގައި 17 ދުވަހަށް -/51,000 (ފަންސާސްއެއް ހާސް) އެމެރިކާ ޑޮލަރު ޢަލީ ރަޝީދާއި ޙަސަން
ޝަރީފްއަށް އިބްރާހީމް ޙަސަން ދޭންޖެހޭ ކަމަށާއި ޢަލީ ރަޝީދާއި ޙަސަން ޝަރީފްއަށް އުޅަނދު ލިބި
ކުލި ހިނގަން ފެށުމުން މިފައިސާ މަދުކުލިން ކެނޑޭނެ ކަމަށާއި 25 މާރޗް 2008ން ފެށިގެން 01
މަސްދުވަހުގެ ތެރޭގައި ކުއްޔަށް ހިފިފަރާތާއި މިއުޅަނދު ޙަވާލުކުރުމަށާއި މިމުއްދަތުގައި އުޅަނދު ޙަވާލު
ނުކުރެވިއްޖެނަމަ ޙަވާލުނުކުރެވި ދާދުވަސްތަކަށް އެގްރިމެންޓުގައިވާ ފަދައިން ޖޫރިމަނާވަމުންދާނެކަމަށް
ކަނޑައަޅުއްވާ އެކަން އިބްރާހީމް ޙަސަންއަށް އަންގަވާކަން އެނގޭކަމާއި، އެޤަޟިއްޔާއަށް ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 129/HC
-
A;2008 ޤަޟިއްޔާއިން ތާއީދުކޮށްފައިވާކަމާއި، އެހެންކަމުން
މިދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެގްރީމެންޓްގެ ދަށުން އުފެދުނު އެންމެ އަސާސީ މައްސަލަ
ޝަރީޢަތުން ބެލި އޭގެ އުޞޫލުތައް ކަނޑައެޅިފައިވާކަމާއި، އެއަށްފަހު ޝަރީޢަތަށް ހުށަހެޅުނީ
އެޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ހުށަހެޅުނު ނަންބަރު 2009/MC/3195 ޤަޟިއްޔާކަމާއި،
ޙުކުމް ތަންފީޒު ކުރުމުގެ މިޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ 15 ޖޫން 2010ގައި ދައުވާކުރާ ޢަލީ
ރަޝީދު އަގުކޮމެޓިގެ ޙާޟިރުގައި އެއުޅަނދު ޙަވާލުވެފައިވާކަމަށް ބުނެ ލިޔުމެއްގައި ސޮއިކޮށްފައިވާތީ
އެތާރީޙުން ފެށިގެން އުޅަނދު ޙަވާލުވެފައިވާކަމަށާއި ޖޫރިމަނާގެ ފައިސާ އާއި މެދު ވަކިގޮތެއް
Ćo
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
17
2011}HC-A/39
*
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އެޤަޟިއްޔާގައި ކަނޑައެޅެން
ނެތްކަމަށް ޙުކުމްކުރައްވާ ކަމާއި، އެޤަޟިއްޔާ އިސްތިޢުނާފުގެ
މަރުޙަލާއަކުން ބެލިފައި ނުވާކަމާއި،
އިސްތިޢުނާފުކުރެވޭ 2010/Cv-C/1102 ޤަޟިއްޔާއަކީ ދަށު ކޯޓަށް މިމުޢާމަލާތާއި ގުޅިގެން
އުޅަނދު ކުއްޔަށް ހިފި ޢަލީ ރަޝީދާއި ޙަސަން ޝަރީފްގެ ފަރާތުން ހުށަހެޅި 03 ވަނަ
ޤަޟިއްޔާކަމާއި، މިއިން ކޮންމެ ޤަޟިއްޔާގެވެސް މައިގަނޑު މައުޟޫއަކީ އުޅަނދު މުއްދަތުގައި
ޙަވާލުނުކޮށްގެން ކުރެވޭ ޝަކުވާކަމާއި، އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގައި ފައިސާ ކުއްޔަށް
ހިފިފަރާތަށް ލިބުމަށާއި، އެގްރީމެންޓް ތަންފީޒުކުރުމަށް އެދި ކުރާ ޝަކުވާތައް ކަން އެނގެން
އޮންނަކަން.
(ނ) މަދަނީ ކޯޓުގެ ނަންބަރު 2007/MC/1984 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމާއި
އެއްގޮތަށް 25 މާރޗް 2008 ނުފެށިގެން 01 މަސްދުވަހުގެ ތެރޭގައި އިބްރާހީމް ޙަސަން އުޅަނދު
ޙަވާލުކޮށްފައި ނުވާކަމާއި، އެޤަޟިއްޔާގެ ޙުކުމާއި އެއްގޮތަށް އިބްރާހީމް ޙަސަން ޢަމަލުނުކޮށްގެން
ބެލުނު މަދަނީ ކޯޓުގެ 2009/MC/3195 ޤަޟިއްޔާގައި 15 ޖޫން 2010 ގައި ދައުވާކުރާ ޢަލީ
ރަޝީދު އަގުކޮމެޓީގެ ޙާޟިރުގައި އެއުޅަނދާއި ޙަވާލުވެފައިވާކަމަށް ބުނެ ލިޔުމުގައި ސޮއިކޮށްފައިވާތީ
މިތާރީޚުން ފެށިގެން ޙަވާލުވެފައިވާކަމަށް ނިންމެވި ނިންމެވުން ޙަޤީޤަތަކަށް ވެގެން ގޮސްފައިނުވާކަމާއި،
ޢަމަލީ ގޮތުން އެކަން ހިންގާފައިވާ ގޮތަށް ބަލާއިރު އުޅަނދު ދުއްވުމަށް ބޭނުންވާ އިންޝުއަރެންސާއި
އޮޕަރޭޝަނަލް ލައިސަންސް އާއި އުޅަނދުގެ ތަޅުދަނޑިތައް ޙަވާލުކޮށްފައި ނެތުމުން އުޅަނދުގެ ކުއްޔަށް
ހިފިފަރާތަށް ބޭނުންކުރެވޭގޮތަށް އަދި އެއިން މަންފާ ޙާސިލްކުރެވޭ ގޮތެއްގެ މަތިން ޙަވާލުކޮށްފައި
ނެތުމުން އެއީ ޤާނޫނީ ގޮތުން ކުއްޔަށް ހިފާ އެއްޗެއް ކުއްޔަށް ހިފާ ފަރާތަށް މަންފާލިބޭ ގޮތެއްގައި
ކުއްޔަށް
ބޭނުން ފުރިހަމަ ކުރެވޭގޮތަށް ތަމްރީނުކޮށްދިނުމަށް އޮންނަ އުޞޫލަށް ނުފެތޭކަމާއި،
އެހެންކަމުން އެއީ ޤާނޫނީ ގޮތުން އުޅަނދު ޙަވާލުކުރެވުނީ ކަމަށް ނުބެލެވޭނެކަމަށާއި އުޅަނދު
އޭރުވެސް އަދި މިހާރުވެސް އޮތީ އުޅަނދުގެ ވެރިފަރާތްކަމުގައިވާ އިބްރާހީމް ޙަސަންގެ ބާރުގެ ދަށުގައި
އިބްރާހީމް ޙަސަންގެ ބެލުމުގެ ދަށުގައިކަމާއި، ކުއްޔަށް ހިފިފަރާތަށް އުޅަނދުގެ މަންފާ ހާޞިލްކުރެވޭފަދަ
ފުރުޞަތު ލިބިދީފައި ނުވާކަން އެނގެން އޮންނަކަން
ކަން.
ހަފި
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
18
2f311/HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
(ރ) ޤަޟިއްޔާ ނަންބަރު 2009/MC/3195 ޤަޟިއްޔާގައި ނިންމަވާފައިވާ ނިންމެވުމަށް
ރިޢާޔަތް ނުކުރާކަމަށް އިބްރާހީމް ޙަސަންގެ ފަރާތުން ބުނެފައިވާ ބުނުމަށް ބެލިއިރު އެޤަޟިއްޔާގައި 15
ޖޫން 2010 ވަނަ ދުވަހު ޢަލީ ރަޝީދު އުޅަނދާއި ޙަވާލުވެފައިވާކަމަށް ލިއުމެއްގައި ސޮއިކުރުމަކީ
ރަސްމީކޮށް ޙަވާލުވީ ނޫންކަމަށް އިސްތިޢުނާފުކުރެވޭ 2010/Cv
-
C/1102 ޤަޟިއްޔާގައި ބުނެފައިވާ
ވާހަކައަކީ ޤާނޫނީ ގޮތުން އެކަން މާނަ ކުރެވޭނެ ގޮތްކަމާއި އުޅަނދު ބޭނުން ކުރެވޭނެ ގޮތަށް އުޅަނދު
ޙަވާލު ކުރެވިފައިނުވާކަމާއި، އެހެންކަމުން ޢަމަލީގޮތުން އެގްރީމެންޓްގެ މަޤްޞަދު ޙާސިލްވާގޮތަށް
ޙަވާލުކުރެވުނީކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަން.
(ބ) ޖޫން މަހާއި ޖުލައި މަހަކީ އުޅަނދުގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި އުޅަނދު އޮންނަ
ދުވަސްކޮޅުކަމަށްވެފައި، އޯގަސްޓް މަސް ފެށޭތަނުގައި އުޅަނދު ޙަވާލުކުރުމަށް
ޢަލީ ރަޝީދާއި ޙަސަން
ޝަރީފްގެ ފަރާތުން އެދުމުން އެކަން އިބްރާހީމް ޙަސަންގެ ފަރާތުން ކޮށްފައި ނުވާކަމާއި، އުޅަނދު
ޙަވާލުކުރުމަށް ކުއްޔަށް ހިފާ ފަރާތް އުޅޭތަނަކަށް އައިސް ފަސޭހައިން ޙަވާލުވެވޭގޮތަށް އެކަން
ކުރަންޖެހޭއިރު މާލެ ބަނދަރަށް ގެނެސް ޙަވާލުކުރުމުގެ ވިސްނުން އިބްރާހީމް ޙަސަން ގެންގުޅެފައި
ނުވާކަމާއި، އެގްރީމެންޓް ތަންފީޒުކުރުމަށް ދޭންޖެހޭ އެއްބާރުލުމާއި ރަނގަޅު ނިޔަތް އިބްރާހީމް
ޙަސަންގެ ކިބައިގައި ނެތްކަން ޝަރީޢަތަށް ފާހަގަކުރެވޭކަން.
(ޅ) މިހާތަނަށް އިބްރާހީމް ޙަސަންގެ ފަރާތުން އެއްބަސްވުމާއި އެއްގޮތަށް
ކޯޓުތަކުން ކުރައްވާ ޙުކުމުގައި އުޅަނދު ޙަވާލުކުރަން އަންގާފައިވާ އެންގުންތަކާއި ޖޫރިމަނާގެ ފައިސާ
ދެއްކުމަށާއި، އުޅަނދު ބޭނުން ކުރެވޭގޮތަށް ފުރިހަމަކުރަންޖެހޭ ލިޔުންތައް އިބްރާހީމް ޙަސަންގެ
ފަރާތުން ފުރިހަމަކޮށް ކުއްޔަށް ހިފާ ފަރާތަށް ޙަވާލު ކުރުމަށާއި، އަދި އުޅަނދުގެ އިންޝުއަރެންސްގެ
ކަންތައްވެސް ފުރިހަމަ ކުރުމަށް ކޯޓުން ޙުކުމް ކުރެއްވުމުން، އެކަމަށް އިޙްތިޔާރު ކުރުމެއް ނެތި
އެއްބަސްވުން ބާތިލްކުރުމަށް އިބްރާހީމް ޙަސަންގެ ފަރާތުން ހުށަހަޅާ ދައްކާފައިވާ ވާހަކައަކީ
ކޮންޓްރެކްޓްގެ އުޞޫލާއި އޭގެ މަޤްޞަދާއި ފުށުއަރާ ވާހަކައެއްކަ
ހަކައެއްކަމާއި އެއްބަސްވުމާއި ތަކުރާރުކޮށް
ޚިލާފުވެ އެކަމުގެ މަތީގައި ދެމިހުރެ ކޯޓުތަކުން ކުރާ ޙުކުމަށް އިބްރާހީމް ޙަސަންގެ ފަރާތުން ޢަމަލް
ނުކުރުމުގެ ސަބަބުން އެއްބަސްވުމުގެ ދަށުން ގެއްލުންވާ ފަރާތަކީ އުޅަނދު ކުއްޔަށް ޖަޒާތްޅު
0)
ހހ2 02
ޢިމާލާނުކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
19
2011}HC-A/39
04 ހ 0
04 ހ4
އއބސވމއ އއގެޗށް
coc
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އިބްރާހީމް ޙަސަން ޢަމަލްކުރަން ލާޒިމްވާކަމާއި އެގޮތަށް ޢަމަލު ނުކޮށްފިނަމަ
އޭގެ ޒިންމާ އުފުލަން ޖެހޭކަން.
(ކ) އިބްރާހީމް ޙަސަންގެ ފަރާތުން މަދަނީ ކޯޓުގެ ނަންބަރު 2007/MC/1984
ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ 17 ދުވަހުގެ ޖޫރިމަނާއާއި އެޤަޟިއްޔާގެ ޙުކުމުގައި އުޅަނދު
ޙަވާލުކުރުމަށް އޮތް 01 މަސްދުވަސް ފާއިތުވުމަށްފަހު ހައިކޯޓަށް އިސްތިޢުނާފު ކުރުމާއި ދެމެދު ހިނގި
03 ދުވަހާއި، ހައިކޯޓުން ނިންމި ދުވަހަށްފަހު ނަންބަރު 2009/MC/3195 ޤަޟިއްޔާ ކޯޓަށް
ހުށަހެޅި 27 ޑިސެމްބަރ 2010 ދުވަހުގެ ނިޔަލަށް ފާއިތުވި 80 ދުވަހާއިއެކު ޖުމްލަ 100 ދުވަހަށް
އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖޫރިމަނާ ދައްކަން ހުރިކަމަށްބުނެ އިބްރާޙީމް
ޙަސަން ދައްކާފައިވާ ވާހަކައަކީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް އެއްވެސް ޤާނޫނީ
އަސްލެއްގެ މައްޗަށް ބުނާވާހަކައެއް ނޫންކަން،
(އ) ސިވިލްކޯޓުގެ ޙުކުމުގައި އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ މަޤްސަދު
ބަޔާންކުރަމުން 15 ޖޫން 2010 ވަނަ ދުވަހު ޝަރީއަތް މެދުވެރިކޮށް އުޅަނދާއި ޢަލީ ރަޝީދާއި
ޙަސަން ޝަރީފް ޙަވާލުވެފައިވާތީ އެމާއްދާގެ މަޤްޞަދު ފުރިހަމަވެފައިވާކަމާއި، 15 ޖޫން 2010ން
ފެށިގެން އެމާއްދާއަށް ޢަމަލުކުރެވެން ނެތްކަމަށް ނިންމި ނިންމުމަށް ހައިކޯޓުން ބެލިއިރު،
15 ޖޫން 2010 ގައި އުޅަނދު ޢަލީ ރަޝީދާއި ޙަސަން ޝަރީފް ޙަވާލުވެފައިވާކަމަށް
ލިޔުމެއްގައި ސޮއިކުރި ނަމަވެސް ޤާނޫނީ ގޮތުން އެއުޅަނދު އެދެފަރާތުން ބޭނުންކުރެވޭގޮތަށް
ލިޔެކިއުންތަކާއިއެކު ޙަވާލުކުރެވިފައިނުވާކަމާއި އެމުއްދަތަކީ އުޅަނދުގެ ވެރިފަރާތުގެ ބެލުމުގެ ދަށުގައި
މުއްދަތެއްކަމާއި 2010ގެ އޮގަސްޓް މަސް ފެށޭތަނުން ކުލީގެ އެއަހަރުގެ ފަހުބައި
ހިނގަން ފަށާކަމާއި، އިބްރާހީމް ޙަސަން އުޅަނދު އެމުއްދަތަށް ޙަވާލުކުރުމުގެ ބަދަލުގައި އދ.ދަނގެތި
ބަނދަރަށް އުޅަނދު ގެންގޮސްފައިވާކަމާއި އެހެންކަމުން ކުލީގެ އެއްވެސް މުއްދަތެއްގައި އުޅަނދު
ކުއްޔަށް ހިފިފަރަފާތުގެ ބެލުމުގެ ދަށުގައި ނެތުމުން ކުލީގެ މުއްދަތުގައި އުޅަނދު ޙަވާލުކޮށްފައިވާކަމަށް
ޤާނޫނީ ގޮތުން ބެލެވެން ނެތްކަމާއި މިޙާލަތުގައި އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) އަށް
ޢަމަލުކޮށް ނިމުނީކަމަށް ބަލަންޖެހޭ ޤާނޫނީ އެއްވެސް ސަބަބެއްނެތްކަމާއި ޙަޤީޤަތުގައި އުޅަނދުލީގެ
*ތ ހ 0
c42
އެންނަންޖެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
20
2f311/HC-A/39
(0) 0)
cuc
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
މުއްދަތުގައި ހިފިފަރާތަށް ޙަވާލުކޮށްފައި ނުވާކަމާއި ނަންބަރު 2007/MC/1984
ޤަޟިއްޔާގައި 01 ނޮވެމްބަރ 2007 ދުވަހުން ފެށިގެން އެމައްސަލަ ޝަރީއަތަށް ހުށަހެޅުނު ދުވަހާއި
ހަމައަށް އެގްރީމެންޓްގެ 04 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން 17 ދުވަހަށް ޖޫރިމަނާ ހިމަނާ
އެޤަޟިއްޔާ ނިންމަވާލަމުން 01 މަސްދުވަހުގެ ތެރޭގައި އުޅަނދު ޙަވާލުކުރުމަށް އަންގަވާ އެމުއްދަތުގައި
ޙަވާލުނުކުރެވިއްޖެނަމަ، ޙަވާލުނުކުރެވިދާ ދުވަސްތަކަށް އެގްރީމަންޓްގައިވާ ގޮތުގެ މަތިން ޖޫރިމަނާ
ވަމުންދާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެޤަޟިއްޔާއަކީ ޖޫރިމަނާ ކުރެވޭނެ ދުވަހާއި ނުކުރެވޭ ދުވަސް
ކަނޑައަޅާ މިންގަނޑެއް ބަޔާންކުރާ ޤަޟިއްޔާއެއްނޫންކަމާއި، އެޤަޟިއްޔާ އިސްތިޢުނާފު ކުރުމުން
ބެލުނު ހައިކޯޓުގެ ނަންބަރު 129/HC
-
A/2008 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ބ) ގައި
ޞަރީޙަ ބަހުން އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ ދަށުން 01 ނޮވެމްބރ 2007 ގައި
އުޅަނދު ޙަވާލުނުކުރެވިއްޖެ ނަމަ ފާއިތުވާކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި -!3,000 (ތިންހާސް)
އެމެރިކާ ޑޮލަރު އިބްރާހީމް ޙަސަން ދައްކަން ޖެހޭކަމަށާއި އެކަމުގެ ޒިންމާ އެހެން ފަރާތަކުން އުފުލަން
ނުޖެހޭކަމަށް ބަޔާންކޮށް ޤާނޫނީ ހަމަތަކުގެ އަލީގައި އެކަން ސާފުކޮށްދީ މަދަނީ ކޯޓުގެ އެޤަޟިއްޔާއަށް
ތާއީދުކޮށްފައިވުމުން އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގެ މަޤްސަދު ހާސިލްވެއްޖެކަމަށް ސިވިލް
ކޯޓުން ކަނޑައެޅި ކަނޑައެޅުމަކީ ޤާނޫނީ ހަމަތަކާއި ކޮންޓްރެކްޓްގެ އުޞޫލާއި އެއްގޮތަށް ކަނޑައެޅި
ކަނޑައެޅުމެއްކަ
ޑައެޅުމެއްކަމަށް ބެލެން ނެތްކަން.
ޙުކުމް
P7841A-02(06-I)
ދެންފަހެ އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވި ދިޔަ ގޮތުގެ މަތިން ހުރުމުން ސިވިލް ކޯޓުގެ
ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގައި ރަޖިސްޓްރީ ނަންބަރު
ޕްރިންސެސް އުޝްވާ (އީކްއޭޓާރ) ނަމަކަށްކިޔާ ސަފާރީ އުޅަނދު ކުއްޔަށް ހިފުމަށްޓަކައި 23
ފެބްރުއަރީ 2007 ދުވަހު އިބްރާހީމް ޙަސަންއާއި އެކު ޢަލީ ރަޝީދާއި ޙަސަން ޝަރީފް އެއްބަސްވެ
ސޮއިކޮށްފައިވާ އެގްރީމެންޓްގެ 04 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޙަސަން 01 ނޮވެމްބަst
gt
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
21
2011}HC-A/39
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދުވަހު އެއުޅަނދު ޢަލީ ރަޝީދާއި ޙަސަން ޝަރީފާއި ޙަވާލުކުރަންޖެހޭ އިރު އަދި އެމުއްދަތުގައި
ޙަވާލުނުކުރެވިއްޖެނަމަ އެމާއްދާގެ (ހ)ގެ ދަށުން އެއުޅަނދު ޙަވާލުނުކުރެވި ފާއިތުވާ ކޮންމެ ދުވަހަކަށް
ޖޫރިމަނާގެ ގޮތުގައި -/3,000 (ތިންހާސް) އެމެރިކާ ޑޮލަރު އިބްރާހީމް ޙަސަން، ޢަލީ ރަޝީދާއި
ޙަސަން ޝަރީފަށް ދައްކަންޖެހޭކަމުގައި އެމާއްދާގައި ބުނެފައިވާއިރު އެތާރީޚު ފަހަނަޅާ ދިޔައިރުވެސް
އިބްރާހީމް ޙަސަންގެ ފަރާތުން އުޅަނދު ޙަވާލުކޮށްފައި ނުވާތީ މަދަނީ ކޯޓުގެ ނަންބަރު
2007/MC/1984 ޤަޟިއްޔާގެ ޙުކުމުގައި އެޤަޟިއްޔާ ޝަރީޢަތަށް ހުށަހެޅުނު ތާރީޙާއި ހަމައަށް
ހިނގާފައިވާ 10 ދުވަހަށް ޖޫރިމަނާގެ ގޮތުގައި - ;51,000 (ފަންސާސްއެއް ހާސް) އެމެރިކާ ޑޮލަރު
ކަނޑައަޅާ 01 މަސްދުވަހުގެ ތެރޭގައި އެއުޅަނދު ޙަވާލުކުރުމަށް އިބްރާހީމް ޙަސަންއަށް އަންގާ
އެމުއްދަތުގައި ޙަވާލުނުކޮށްފިނަމަ އެއްބަސްވުމުގައިވާ ގޮތުގެ މަތިން ޖޫރިމަނާ ވަމުންދާނެކަމަށް
ކަނޑައަޅާ ކުރެއްވި ޙުކުމަށް ދިވެހި ރާއްޖޭގެ ހައިކޯޓުގެ ނަންބަރު 129/HC
-
A/2008 ޤަޟިއްޔާއިން
ތާޢީދުކޮށްފައިވާއިރު ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1102 ޤަޟިއްޔާގެ ޙުކުމްގައި
އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) އަށް ޢަމަލުކޮށް ނިމުނީކަމަށްބަލައި ޖޫރިމަނާގެ ފައިސާ ވަކި
މުއްދަތަކަށް ހިމަނާ ވަކި މުއްދަތައް އިސްތިސްނާވާގޮތައް ހިސާބުކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާއި ކޮންޓްރެކްޓްގެ މަޤްޞަދާއި ޚިލާފަށްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް ޢިއްތިފާޤްވެވިފައިވާތީ އެޤަޟިއްޔާގެ ޙުކުމުގައި އެއްބަސްވުމުގެ 04 ވަނަ މާއްދާގެ
(ހ) މާނަކޮށްފައިވާ ގޮތާއި އޭގެދަށުން ޖޫރިމަނާކުރައްވާ ދުވަސްތައް ކަނޑައަޅާ ހިސާބުކޮށްފައިވާގޮތް
ބާތިލްކޮށް އެއްބަސްވުމުގެ 04 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުޅަނދު
ޙަވާލުނުކުރެވި ފައިތުވާ ކޮންމެ ދުވަހަކަށް ދުވާލަކަށް -/3,000 (ތިންހާސް) އެމެރިކާ ޑޮލަރުގެ މަގުން
ޖޫރިމަނާ ހިސާބުކޮށް އަލުން އެކަން ކަނޑައެޅުމަށް ސިވިލްކޯޓަށް އަންގާ އެޤަޟިއްޔާގެ ޙުކުމުގައި
އުޅަނދު ބޭނުންކުރުމަށް ބޭނުންވާ ލިޔުންތަކާއި އިންޝުއަރެންސްގެ ކަންތައް ފުރިހަމަކޮށް އުޅަނދު މާލެ
ފަޅަށްގެނެސް ތަޅުދަނޑި އާއިއެކު އުޅަނދު ޙަވާލުކުރުމަށް އަންގަވާ ޙުކުމުގައި ކަނޑައަޅުއްވާފައިވާ
އެބަޔަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ޢިއްތިފާޤުން ތާއީދުކޮށް އެގޮތުގެ
މަތިން ޙުކުމްކޮށްފީމެވެ.
coocOOX
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv