ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/116 ޤަޟިއްޔާގެ ޙުކުމް
1 އިޖްރާއީ ނިންމުން
2013/HC-A/116
m
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
އިޖްރާއީ ނިންމުން
• ޤަޟިއްޔާ ނަންބަރު: 116/HC
-
A/2013
• މައްސަލަ ހުށަހެޅި ފަރާތް: މުޙައްމަދު ނަޝީދު
coc
2 އައި.ޑީ. ކާޑު ނަންބަރު: A059149
ދާއިމީ އެޑްރެސް: ގ. ކެނެރީގެ މާލެ
*
ދާއިމީ އެޑްރެސް
• މައްސަލަ ރައްދުވާ ފަރާތް: ޖުޑީޝަލް ސަރވިސް ކޮމިޝަން
ރަޖިސްޓްރޭޝަން ނަންބަރު:.
• އިޖްރާއީ މައްސަލަ ހުށަހެޅި ފަރާތް: ޖުޑީޝަލް ސަރވިސް ކޮމިޝަން
• އިޖްރާއީ ނިންމުން ނިންމި ތާރީޚް: 17 ރަބީޢުލްއާޚިރު 1436
9 ފެބްރުއަރީ 2015
ފާހަގަކުރެވުނު ނުކުތާތައް:
<< O
1. މުޙައްމަދު ނަޝީދު (ގ. ކެނެރީގެ މާލެ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
ނަންބަރު A059149) ގެ ފަރާތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މައްޗަށް ރައްދުވާގޮތަށް، 31
މާޗް 2013 ގެ ތާރީޚުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ (1 އެޕްރީލް 2013 ގެ ތާރީޚުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
116/HC
-
A/2013 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު، އެމައްސަލައަކީ ޕްރޮސިކިއުޓަރ
ޖެނެރަލްގެ ފަރާތުން މުޙައްމަދު ނަޝީދުގެ މައްޗަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ،
އެކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާގައި ހިމެނޭ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރޯ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/116
404 40
2 އިޖްރާއީ ނިންމުން
ފަނޑިޔާރުންގެ މަޖިލިސް އެކުލަވާލާފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
ކަނޑައަޅައިދިނުން އެދި މުޙައްމަދު ނަޝީދުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެއްކަމާއި، މުޙައްމަދު
ނަޝީދުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވަނީ، އެމައްސަލައަކީ ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުގެ ނަންބަރު SC/2010
/
01 (21 މާޗް 2010) ސަރކިއުލަރ އާއެކު އެކޯޓުން
ނެރުއްވާފައިވާ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ
މިކޯޓުގައި ހިންގޭނެ މައްސަލައެއްކަމަށް ބުނެކަން އެނގެން އޮންނަކަމެވެ.
2. "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ދަށުންކަމަށް ބުނެ، ޖުޑީޝަލް ސަރވިސް
ކޮމިޝަނުގެ މައްޗަށް
ރައްދުވާގޮތަށް، މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 116/HC
-
A/2013 ޤަޟިއްޔާގައި ހިމެނޭ،
އިސްވެދެންނެވިފައިވާ މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓަށް ބަލައިގަނެ ހިންގޭނޭ މައްސަލައެއް
ނޫންކަމަށް ބުނެ، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން އިޖްރާއީ ނުކުތާތަކެއް ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާކަމާއި،
މިގޮތުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާ އިޖްރާއީ ނުކުތާތަކަށް ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންކަން ފާހަގަކުރެވިފައިވާކަމާއި، އެއީ؛
(ހ) ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް، 31 މާޗް 2013 ގެ ތާރީޚުގައި،
ކެނެރީގެ މާލެ، މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
(1 އެޕްރީލް 2013 ގެ ތާރީޚުގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ)
މިކޯޓުގެ ނަންބަރު 116/HC
-
A/2013 ޤަޟިއްޔާގައި ހިމެނޭ މައްސަލަ، މުޙައްމަދު ނަޝީދުގެ
ފަރާތުން މިކޯޓަށް ހުށަހަޅާފައިވާ، 31 މާޗް 2013 ގެ ތާރީޚު ޖަހާ، މުޙައްމަދު ނަޝީދު
ސޮއިކޮށްފައިވާ ސިޓީއަށާއި (އެސިޓީގެ ހަރަތުވަނަ ޕެރެގްރާފް (2 ވަނަ ޞަފްޙާ)، މިމައްސަލައާ
ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވިފައިވާ ޝަރީޢަތުގެ މަޖިލީސްތަކުގައި މުޙައްމަދު
ނަޝީދުގެ ފަރާތުން ދީފައިވާ ބަޔާންތަކަށް ބަލާއިރު، އެސިޓީގެ ޒަރިއްޔާއިން މުޙައްމަދު
ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ، "ހުޅުމާލޭ ކޯޓުގެ
ގ..
02c
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/116
3 އިޖްރާއީ ނިންމުން
ނަންބަރު 2012/HMC/397 ޤަޟިއްޔާ ބަލައި ޙުކުމް ކުރުމަށް ޖުޑީޝަލް ސަރވިސަސް
ކޮމިޝަންއިން ޤާނޫނާ ޚިލާފަށް ބެންޗެއް އެކުލަވާލާފައިވާ މައްސަލަ" ކަން ސާފުކޮށް އެނގެން
އޮންނަކަން.
(ނ) މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ، އިސްވެދެންނެވިފައިވާ
މައްސަލަ ހުށަހަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2010
/
01 (21
މާޗް 2010) ސަރކިއުލަރ އާއެކު އެކޯޓުން ނެރުއްވާފައިވާ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ
ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ
ޤަވާޢިދު" ގެ ދަށުންކަމަށް ބުނެކަން، އިސްވެދެންނެވިފައިވާ މުޙައްމަދު ނަޝީދުގެ ސިޓީގެ
ސުރުޚީއަށާއި، އެސިޓީގެ ތިންވަނަ ޕެރެގްރާފް (2 ވަނަ ޞަފްޙާ) އަށާއި، މިމައްސަލައާ ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވިފައިވާ ޝަރީޢަތުގެ މަޖިލީސްތަކުގައި މުޙައްމަދު ނަޝީދުގެ
ފަރާތުން ދީފައިވާ
ބަޔާންތަކަށް ބެލުމުން ސާފުކޮށް އެނގެން އޮންނަކަން.
(ނ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2010
/
01 ސަރކިއުލަރ އާއެކު އެކޯޓުން
ނެއްރުއްވާފައިވާ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އަށް ބަލާއިރު އެޤަވާޢިދަކީ، ހިނގަހިނގާ
ހުންނަ ޝަރީޢަތްތަކާ ގުޅިގެން އުފެދޭ ޝަކުވާތަކަށް އަވަސް ޙައްލެއް ހޯދައިދިނުމަށްޓަކައި،
ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ދިވެހިރާއްޖޭގައި ޢަދުލް އިންޞާފު ޤާއިމުކުރުން
ށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މަތީ މަރުޙަލާގެ ކޯޓުތަކަށް
ލިބިދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލައްވާފައިވާ ޤަވާޢިދެއްކަން،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ސަރކިއުލަރއަށް ބެލުމުން އެނގެން އޮންނައިރު، އެޤަވާޢިދަކީ
"ދަށު މަރުޙަލާގެ ކޯޓެއްގައި ހިނގާ އިޖްރާއެއް ހިނގާފައިވަނީ ރަނގަޅައްކަން ނުވަތަ ނޫންކަން،
މަތީ މަރުޙަލާގެ ކޯޓެއްގެ އަމިއްލަ އިސްނެގުމުގެ މަތިން ނުވަތަ ދަށު މަރުޙަލާގެ ކޯޓެއްގައި ހިނގާ
ޝަރީޢަތެއްގެ
.ގެ ނުވަތަ އެހެންވެސް އިޖްރާއެއްގައި ސީދާ ބައިވެރިވާ ފަރާތަކުން ބެލެނިވެރިކަމުގެ
އިޚްތިޞާޞަށް އެދި ހުށަހެޅުމުން، ދަށު މަރުޙަލާގެ ކޯޓުގައި އެއިޖްރާއެއް ހިނގަމުންދަނީ
ރަނގަޅައް
ވައްކަން ނުވަތަ ނޫންކަން މަތީ މަރުޙަލާގެ ކޯޓުން ބެލުމުގައި ޢަމަލުކުރަންވީ ގޮތުގެ
އުޞޫލުތައް ކަނޑައަޅާ" ޤަވާޢިދެއްކަމަށް އެ ޤަވާޢިދުގެ ތަޢާރުފްގައި ބަޔާންކޮށްފައިވާކަމާއި، އަދި
.ކޯޓުތަކުގައި ހިނގަމުންދާ ޝަރީޢަތެއް ހިނގަމުންދަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
0 0
<< O
10 837
ޑީޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/116
0 0
<< O
4 އިޖްރާއީ ނިންމުން
ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން
ވަކިފަރާތަކަށް ބުރަވުމެއްނެތި ތަޢައްޞުބުން އެއްކިބާވެ އިންޞާފުވެރި ކަމާއެކުކަން
ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު މަތީ މަރުޙަލާގެ ކޯޓުތަކަށް
ލިބިގެންވާކަމަށް އެޤަވާޢިދުގެ 1 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން.
(ރ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2010
/
01 ސަރކިއުލަރ އާއެކު އެކޯޓުން
ނެރުއްވާފައިވާ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ
ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގައި ބަޔާންކޮށްފައިވާ
އިސްވެމިދެންނެވުނު ކަންކަމުގެ މައްޗަށް ޖުމްލަ ގޮތެއްގައި ބަލާއިރު، "ބެލެނިވެރިކަމުގެ
އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކަށް ބެލެނިވެރިކަމުގެ
އިޚްތިޞާޞް ނުވަތަ ސުޕަވައިޒަރީ ޖޫރިސްޑިކްޝަން ލިބިދެނީ އެކޯޓަކަށްވުރެ ދަށު މަރުޙަލާގެ
ކޯޓުތަކަށް އެކަނިކަމާއި، އެހެންކަމުން އެ ޤަވާޢިދުގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ބެލުމުގެ
އިޚްތިޞާޞް ލިބިދެނީ އެކޯޓަށްވުރެ ދަށު މަރުޙަލާގެ ކޯޓެއްގައި ހިނގަމުންދާ ޝަރީޢަތަކާ
ގުޅިގެން އެކޯޓެއްގައި ހިނގާ އިޖްރާއަތެއް ނުވަތަ އެކޯޓެއްގައި ހިނގާ އެހެންވެސް އިޖްރާއަތަކާއި
ގުޅޭ މައްސަލަތައް އެކަނިކަމާއި، އަދި ކޯޓުތައް ފިޔަވައި ދައުލަތުގެ އެހެން މުއައްސަސާތަކުގެ
މައްޗަށް، ބެލެނިވެރިކަމުގެ އިޚްތިޞާޞް ނުވަތަ ސުޕަވައިޒަރީ ޖޫރިސްޑިކްޝަން މަތީ މަރުޙަލާގެ
ކޯޓުތަކަށް އެޤަވާޢިދުގެ ދަށުން ލިބިނުދޭކަން.
(ބ) އިސްވެދެންނެވިފައިވާ ފަދައިން، މުޙައްމަދު ނަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުން، މިކޯޓުގެ ނަންބަރު 116/HC
-
A/2013 ޤަޟިއްޔާއިން ބެލެވެން ފަށާފައިވާ
މިމައްސަލައަކީ، "ހުޅުމާލޭ ކޯޓުގެ ނަންބަރު 2012/HMC/397 ޤަޟިއްޔާ ބަލައި ޙުކުމް
ކުރުމަށް ޖުޑީޝަލް ސަރވިސަސް ކޮމިޝަންއިން ޤާނޫނާ ޚިލާފަށް ބެންޗެއް އެކުލަވާލާފައިވާ
މައްސަލަ"
"ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ
ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" އާއި އެޤަވާޢިދުގެ
ދަށުން ދިވެހިރާއްޖޭގެ ހައިކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިވާ މައްސަލަތަކާ ބެހޭގޮތުން،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވާ ފަނޑިޔާރުންނަށް
ފާހަގަކުރެވިފައިވާ، އިސްވެދެންނެވިފައިވާ، ޤާނޫނީ ކަންކަން މިމައްސަލާގެ މައްޗަށް
24 23 222 22
44ކމަށްވުމާއެކު،
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ވ، ދިވެހިރާއް
2013/HC-A/116
5 އިޖްރާއީ ނިންމުން
ތަޠުބީޤުކުރުމުން، މިމައްސަލައަކީ "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ
ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ދަށުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގެ އިޚްތިޞާޞް މިކޯޓަށް ލިބިގެންވާ މައްސަލައެއް ނޫންކަމަށް،
ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލުމުގައި ބައިވެރިވާ ފަނޑިޔާރުންނަށް
އިއްތިފާޤުވެވިފައިވާކަމެވެ.
ނިންމުން.
22 22 22 22
ދެންފަހެ، އިސްވެދެންނެވިފައިވާ ކަންކަން އެހެންކުރުމާއެކު، މުޙައްމަދު ނަޝީދު (ގ.
ކެނެރީގެ މާލެ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A059149) ގެ ފަރާތުން،
"ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި
ޢަމަލުކުރަންވީ ގޮތުގެ ޤަވާޢިދު" ގެ ދަށުން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް، 31 މާޗް
2013 ގެ ތާރީޚުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ (1 އެޕްރީލް 2013 ގެ ތާރީޚުގައި
ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓްރީ ކުރެވިފައިވާ)، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
116/HC
-
A/2013 ޤަޟިއްޔާގައި ހިމެނޭ މައްސަލަ މިކޯޓުގައި އިތުރަށް ކުރިއަށް ގެންދާނެތަނެއް
ނެތްކަމަށް، މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv