ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 319/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އާދަމް ނަޞީރު
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 5103/ މާލެ
އައި.ޑީ.ކާޑު ނަންބަރު: A063674 * މިހާރުގެ އެޑްރެސް: ބެއިޖިން/ މާލެ
ބަދަލުގައި: އދ. ޙަސަން ފަލާޙް، މާދަޑު. ސިތާނާ ޏ. ފުވައްމުލައް
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދާއިމީ އެޑްރެސް:
ބިލްޑިންގް/ މާލެ
* އައި.ޑީ.ކާޑު ނަންބަރު:.
މިހާރުގެ އެޑްރެސް: ޓީ- ބިލްޑިންގް/ މާލެ
ޑިރެކްޓަރ ލީގަލް އެފެއާޒް އދ. ޢަބްދުﷲ ވާރިޘު،
ހުޅުދޫ ލައިނޫފަރުމާގެ
ސ. ލީގަލް އޮފިސަރ އދ. ޝަމީމް ފައިސަލް އަޙްމަދު، މާލެ ދަފްތަރު ނަންބަރު 354
.
1436
0
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޞަފަރު 1436 ނިމުނު ތާރީޚް: 04 ޖުމާދަލްއޫލާ
27 ނޮވެމްބަރ 2014
23 ފެބްރުއަރީ 2015
• އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/Cv
-
C/1973
• ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 05 އޮކްޓޯބަރ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް:
16 ޖޫން 2014
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢައްބާސް ޝަރީފް ފަނޑިޔާރު. ޢަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
2014/HC-A/319
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
މާލެ ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، މާލެ
ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1973 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެޤަޟިއްޔާއަކީ، ނ. ކަލައިދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ
އެންޑް މެރިން ރިސޯސަސް އާއި ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރާ ދެމެދު 16 މާރޗް 2008 ގައި
ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރަށް 16 މާރޗް 2009 އިން ފެށިގެން އެއްބަސްވުން
ބާޠިލްކުރި ތާރީޚުކަމަށްވާ 21 ޖޫން 2011 ގެ ނިޔަލަށް ލީސް ރެންޓުގެ ގޮތުގައާއި، އަދި އެއްބަސްވެފައިވާ
ގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އާދަމް ނަޞީރުގެ ފަރާތުން ދިވެހި
ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 8,143,257
/
28ރ. (އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
އެނގެންއޮވެއި.
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ދުއިސައްތަ ފަންސާސް ހަތްރުފިޔާ އަށާވީސް ލާރި) ހޯދުމަށް އެދި އާދަމް ނަޞީރުގެ މައްޗަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހެޅުމުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަން
ه
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، ކަލައިދޫ
ކުއްޔަށްދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި ދަފްތަރު.
ނަންބަރު 5103 (5130
Dhaftharu
.
No) އާދަމް ނަޞީރު (އައި.ޑީ ކާޑު ނަންބަރު: A063674) އާއި
ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރަށް 16 މާރޗް 2009 އިން ފެށިގެން އެއްބަސްވުން
ބާޠިލްކުރި ތާރީޚުކަމަށްވާ 21 ޖޫން 2011 ގެ ނިޔަލަށް ލީސް ރެންޓުގެ ގޮތުގައާއި، އަދި އެއްބަސްވެފައިވާ
ގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އާދަމް ނަޞީރުގެ ފަރާތުން ދިވެހި
ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 8,143,257
/
28ރ. (އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް
ދުއިސައްތަ ފަންސާސް ހަތްރުފިޔާ) އަށާވީސް ލާރި) ހޯދުމަށް އެދި އާދަމް ނަޞީރުގެ މައްޗަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލަ، މީގެ ކުރިން ނިމިފައިވާ ޤަޟިއްޔާތަކަށް
ރިޢާޔަތްކޮށް ބެލިބެލުމުގައި،
މި ދަޢުވާގައި ބުނާ ފައިސާ، ސަރުކާރަށް ލިބެންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދުމަށް
ދަޢުވާކުރުމުގެ ޙައްޤު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން އެނގެން އޮންނަކަމާއި،
އަދި 29 ނޮވެމްބަރ 2011 ގައި ކަލައިދޫއާ ގުޅޭގޮތުން ވަޒީރުންގެ މަޖްލީހުން ނިންމި ނިންމުން
ތަންފީޒުކުރުމަށްޓަކައި އެ ނިންމުމާ ގުޅޭ ވަޒީރުގެ ފަރާތުން ޤާނޫނީގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން
އެނގެން ނެތުމާއެކު އެނިންމުމުގެ މަންފާ އާދަމް ނަޞީރަށް ލިބިގެންވާކަމުގައި ބެލެވޭނެ ތަނެއް ނެތްކަން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 029
3325، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
އެނގެން އޮންނަހިނދު، ދަޢުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ދިވެހި ސަރުކާރަށް އާދަމް ނަޞީރުގެ
ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މި ފައިސާއަކީ
މަދަނީ ދަރަންޏެއްގެ ގޮތުގައި ދިވެހި ސަރުކާރަށް އާދަމް ނަޞީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް
ކަނޑައަޅައި،
މިފައިސާ ދިވެހި ސަރުކާރަށް އަދާކޮށްދިނުމުގެ ގޮތުން، މިއަދު (16 ޖޫން 2014) ން ފެށިގެން 06
ދޭހައެއް) މަސްދުވަހަށް އެއްވަރަށް މިފައިސާ ބަހާލައިގެން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ
މަދުނޫން މިންވަރެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކަމުންގޮސް، މުއްދަތުގެ ތެރޭގައި
މިފައިސާ އެއްކޮށް ދައްކައި ޚަލާޞްކުރުމަށް ދަފްތަރު. ނަންބަރު 5103 (5130
Dhaftharu
.
No) އާދަމް
ނަޞީރު (އައި.ޑީ ކާޑު ނަންބަރު: A063674) އަށް އަންގައި ޙުކުމްކޮށްފީމެވެ" މިފަދައިންނެވެ.
I ¢ ¢
4. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، މާލެ ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރުގެ ފަރާތުން 02
(ދޭއް) ނުކުތާއެއް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ce O
ނުކުތާއެއް ހުށަހަޅައި
ޑ 4
އެނުކުތާތަކާ ބެހޭގޮތުން
ފުރަތަމަ ނުކުތާއަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ، ޤާނޫނު ނަންބަރު 03/2010
ގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށްވީ ހިނދު، އަދި މިދެންނެވި ޤާނޫނުގެ ދަށުން
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ބާރު ލިބިދެނީ، ޓެކްސްއާއި، ޓެކްސްއާ ގުޅުންހުރި
ފައިސާތަކާ މެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމަށް ކަމަށްވީ ހިނދު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1973 ޤަޟިއްޔާގައި ހިމެނެނީ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެއްވެސް ގުޅުމެއް
ރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ނެތް ފައިސާއެއް ކަމަށްވާ "ލީސް ރެންޓް" އާ ގުޅޭ ފައިސާތަކެއް ކަމަށްވީއިރުވެސް، އަދި ދަށުކޯޓުގައި މިކަން
ބަޔާންކޮށްދެވިފައި ވީނަމަވެސް، މި ބާވަތުގެ އެއްބަސްވުންތަކުގެ ދަށުން "މިނިސްޓްރީ އޮފް ފިޝަރީސް އެންޑް
އެގްރިކަލްޗަރ" އަށް ދެއްކުމަށް އެއްބަސްވެފައިވާ "ލީސް ރެންޓް” ގެ ފައިސާއާ މެދު ދަޢުވާކުރުމުގެ ބާރު
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
01 302
ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާގެ ދަށުން
8,143,257
/
28 (އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ އަށާވީސް
ލާރި) ނަންގަވައިދެއްވުމަށް ޙުކުމް ކުރައްވާފައިވާއިރު، މި ޢަދަދު ހިސާބުކުރުމުގައި މައްސަލަ ބެއްލެވި ޤާޟީ،
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ
ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކުރައްވާފައިވަނީ ރަނގަޅަށް
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ނޫންކަމަށް
5. ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/1973 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނުވާކަމަށްބުނެ، މާލެ ދަފްތަރު ނަންބަރު 5103 އާދަމް ނަޞީރުގެ
ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށާއި، މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު،
މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1973 ޤަޟިއްޔާއަކީ، މިނިސްޓްރީ
އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި މާލެ ދަފްތަރު ނަންބަރު 5103 އާދަމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ނަސީރާ ދެމެދު 16 މާރޗް 2008 ގައި ނ. ކަލައިދޫ، އާދަމް ނަޞީރަށް ކުއްޔަށް ދިނުމަށް ވެފައިވާ
އެއްބަސްވުމުގެ ދަށުން 16 މާރޗް 2009 އިން ފެށިގެން އެއްބަސްވުން ބާޠިލްކުރި ތާރީޚުކަމަށްވާ 21 ޖޫން
2011 ގެ ނިޔަލަށް އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭ ލީސް ރެންޓާއި ޖޫރިމަނާގެ
ގޮތުގައި 8,143,257
/
28ރ. (އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ(
އަށާވީސް ލާރި) ހޯދުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން އާދަމް ނަޞީރުގެ މައްޗަށް
ހުށަހެޅި މައްސަލައެއްކަމާއި،
އެމައްސަލާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް
ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި،
އެފައިސާ ދިވެހި ސަރުކާރަށް އަދާކުރުމު
ރުމުގެ ގޮތުން،
16 ޖޫން 2014 ން ފެށިގެން 06 (ހައެއް) މަސްދުވަހުގެ
ތެރޭގައި އެފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދައްކައި ޚަލާޞްކުރުމަށް އަންގަވައި
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވާކަމެވެ.
1973/Cv-C/2011
(ށ) ދެވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު
ޤަޟިއްޔާ
އިސްތިއުނާފުކުރުމަށް އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް ދެ ނުކުތާގެ ތެރެއިން، މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު)ގެ ދަށުން
އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށްވީ ހިނދު، އަދި މިދެންނެވި ޤާނޫނުގެ ދަށުން މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ބާރު ލިބިދެނީ، ޓެކްސްއާއި، ޓެކްސްއާ ގުޅުންހުރި
ފައިސާތަކާމެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމަށް ކަމަށްވީ ހިނދު، ސިވިލް ކޯޓުގެ ނަންބަރު
2011/Cv-C/1973 ޤަޟިއްޔާގައި ހިމެނެނީ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެއްވެސް
ގުޅުމެއްނެތް
ފައިސާއެއް ކަމަށްވާ "ލީސް ރެންޓް" އާ ގުޅޭ ފައިސާތަކެއް ކަމަށްވީއިރުވެސް، އަދި ދަށުކޯޓުގައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
މިކަން ބަޔާންކޮށްދެވިފައި ވީނަމަވެސް، މި ބާވަތުގެ އެއްބަސްވުންތަކުގެ ދަށުން "މިނިސްޓްރީ އޮފް ފިޝަރީސް
އެންޑް އެގްރިކަލްޗަރ" އަށް ދެއްކުމަށް އެއްބަސްވެފައިވާ "ލީސް ރެންޓް" ގެ ފައިސާއާ މެދު ދަޢުވާކުރުމުގެ
ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ސިވިލް ކޯޓުން ނިންމަވާފައިވާކަމަށް ބުނެ
އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
މިނުކުތާއާއި މިނުކުތާއާ ގުޅިގެން އާދަމް ނަޞީރުގެ ފަރާތުން މައިގަނޑުގޮތެއްގައި ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަކީ ސިވިލް ކޯޓުގައިވެސް ދައްކާފައިވާ ވާހަކަތައްކަމާއި، މިވާހަކަތައް އާދަމް
ނަޞްރުގެ ފަރާތުން ސިވިލް ކޯޓުގައި ދައްކައި، މި ފައިސާ ދިވެހި ސަރުކާރަށް ހޯދުމަށް ދަޢުވާކުރުމުގެ ބާރު
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެން ނުވާކަމަށް ބުނެ، އާދަމް ނަޞީރުގެ ފަރާތުން ސިވިލް
ކޯޓަށް ހުށަހެޅި އިޢުތިރާޟުގެ މައްޗަށް އެކޯޓުން ބައްލަވައި، އެމައްސަލައަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ދަޢުވާކުރެވިދާނެ މައްސަލައެއްކަމުގައި ކަނޑައަޅުއްވައި އެކަން އެމައްސަލައިގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
އެމައްސަލައަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދަޢުވާކުރުމުގެ ބާރު ލިބިގެންވާ
މައްސަލައެއްކަމަށް ކަނޑައަޅުއްވައި، އެމައްސަލަ ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ
ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި، މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ
ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމުގައި ބަޔާންކޮށްފައިވާއިރު،
މިމައްސަލާގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހޯދުމަށް ސިވިލް ކޯޓުގައި ދަޢުވާކުރި ބާވަތުގެ
ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 6/HC-A/2013 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާކަމާއި، މިބާވަތުގެ
ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލް ނުކުރައްވާހާ
ހިނދަކު، މިމައްސަލާގައި ހިމެނޭ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ލިބިގެންވާކަމާމެދު ބަޙުޘްކުރުމުގެ ޖާގައެއްނެތްކަމަށް ބަޔާންކުރައްވައި، އެއަސާސުގެ މައްޗަށް
ބިނާކުރައްވައިގެންކަން އެނގޭއިރު، އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް މިނުކުތާގައި،
މިމައްސަލާގައި ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ސިވިލް
ކޯޓުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުން ބިނާކުރައްވާފައިވާ، އިސްވެ ބަޔާންކުރެވިދިޔަ އަސާސަކީ ޤާނޫނީ
ނުވަތަ ޝަރުޢީ އުޞޫލަކާވިޔަސް ޚިލާފު އަސާސެއްކަން ނުވަތަ ސަބަބެއްކަން ބަޔާންކުރައްވާފައި ނުވާކަމާއި
އިސްވެ ބަޔާންކުރެވިދިޔަ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 6/HC-A/2013 ޤަޟިއްޔާގެ
އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 150/HC-A/2012 އަދި ނަންބަރު 83/HC-A/2014
ޤަޟިއްޔާއަށް ބަލާއިރުވެސް، މިބާވަތުގެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ލިބިގެންވާކަން އެނގޭކަމާއި، އެއިން ޤަޟިއްޔާއެއްގެ ޙުކުމް މިހާތަނަށް ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުން ބަދަލުކުރައްވައި، އެފަދަ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީއަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން ނެތްކަމެވެ.
COCO
(ނ) ތިންވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv
-
C/1973 ޤަޟިއްޔާގައި
8,143,257
/
28ރ. (އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ
އަށާވީސް ލާރި) ނަންގަވައިދެއްވުމަށް ޙުކުމްކުރައްވާފައިވާއިރު، މި ޢަދަދު ހިސާބުކުރެއްވުމުގައި މައްސަލަ
ބެއްލެވި ޤާޟީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް
ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކުރައްވާފައިވަނީ
ރަނގަޅަށް ނޫންކަމަށް ބުނެ އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި ނުކުތާގެ މައްޗަށް ބެލިއިރު،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހޯދުމަށް ދަޢުވާކުރި 8,143,257
/
28ރ.
(އަށްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ އަށާވީސް ލާރި) ދެއްކުމަށް
އާދަމް ނަޞީރުގެ މައްޗަށް ސިވިލް ކޯޓުން ޙުކުމްކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް
އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ
މާއްދާއާއި 45 ވަނަ މާއްދާ ވަކިގޮތަކަށް މާނަކުރައްވައިގެންކަން އެނގެންނެތްކަމާއި،
އެމާއްދާތަކަކީ އެއްބަސްވުން ބާޠިލުކުރުމާގުޅޭ މާއްދާތަކެއްކަމާއި،
އެއްބަސްވުމުގެ
ސިވިލް ކޯޓުގައި އާދަމް ނަޞީރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު،
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދަޢުވާކުރި ފައިސާގެ މިޢަދަދާމެދު އާދަމް ނަޞީރުގެ ފަރާތުން
އިންކާރުކޮށްފައިވާކަން އެނގެން ނެތްއިރު، ފައިސާގެ އެޢަދަދަކީ އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް
ދައްކަންޖެހޭ ފައިސާއެއްކަމުގައި ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ލިއުންތަކުގެ މައްޗަށް
ތީ އއ އ
ބިނާކުރައްވައިގެންކަން އެނގޭކަމެވެ.
ނPP
(ހ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1973 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފް
ތާތަކަކީ ޤާނޫނީ ނުވަތަ ޝަރުޢީވިޔަސް ރަނގަޅު ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިފައިވާ
ނުކުތާތަކެއްނޫންކަމާއި، އެނުކުތާތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުގެ ނިންމެވުމަށް ބަދަލުގެންނާނެތަނެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2014/HC-A/319
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު
2011/Cv
-
C/1973 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އާދަމް ނަޞީރުގެ ފަރާތުން ހުށަހެޅި ނުކުތާތަކުގެ
ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނާނެތަނެއް ނެތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށް ފީމެވެ.
ދ28
442ށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv