ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/59 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 59/HC-A/2010
• އިސްތިއުނާފު ކުރިފަރާތް:
ނަން: އަޙްމަދު ޒަރީރު
* އައި.ޑީ.ކާޑް ނަންބަރ: A091444
ދާއިމީ އެޑްރެސް: މުއްސަނދިގެ / ތ. ވިލުފުށި
މިހާރުގެ އެޑްރެސް: ހ. ގްރީންގޮސްޓް/ މާލެ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ރަޖިސްޓްރޭޝަން ނަންބަރ: 358
/
2000-C
ދާއިމީ އެޑްރެސް: އެސް.ޓީ.އޯ އައިފާން ބިލްޑިންގް، 5 ވަނަ ފަންގިފިލާ
* މިހާރުގެ އެޑްރެސް: އެސް.ޓީ.އޯ އައިފާން ބިލްޑިންގް، 5 ވަނަ ފަންގިފިލާ
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 16 މާރޗް 2010
* ނިމުނު ތާރީޚް: 15 އޭޕްރީލް 2014
އިސްތިއުނާފު ކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/VTR/155
ނިންމިކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ޤަޟިއްޔާގެ ބާވަތް: ވަޒީފާއާއިބެހޭ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖްލިސް:
ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
“ ދިވެހިރާއްޖެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2014/HC-A/59
0
ދަޢުވާގެ ޚުލާޞާ
މިއީ
155VTR2009
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ،
އެމައްސަލަ އިސްތިއުނާފު ކުރުމަށް ތ. ވިލުފުށީ، މުއްސަނދިގޭ އަޙްމަދު ޒަރީރުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
0 2
<< O
މިޤަޟިއްޔާގައި، ދަޢުވާރައްދުވާ ފަރާތަކީ ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއެވެ
• ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު VTR2009;155 މައްސަލަ އެޓްރައިބިއުނަލުން
ބައްލަވައި ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު
ކުރުމަށް ތ. ވިލުފުށީ، މުއްސަނދިގޭ އަޙްމަދު ޒަރީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށް ބެލިއިރު، އެމައްސަލައަކީ ތ. ވިލުފުށީ، މުއްސަނދިގޭ އަޙްމަދު ޒަރީރު (އައިޑީ ކާޑު ނަންބަރު
A091444) ފިއުލް ސަޕްލައިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ބޯޓެއްގެ ކެޕްޓަން ގްރޭޑް 2ގެ މަޤާމުގައި
ހުރެ، ކުންފުނިން ދޫކުރެވެން ނެތްކަމަށް ބުނެފައިވަނިކޮށް މަސައްކަތަށް ޙާޟިރުނުވެ ކޯހެއްގައި ބައިވެރިވުމާ
ގުޅިގެން އަޙްމަދު ޒަރީރު ހުރި މަޤާމުން ކްރޫ ގްރޭޑް 3 ގެ މަޤާމަށް ވަޒީފާ ދަށްކޮށްފައިވާތީ ކުރިން ހުރި
ކެޕްޓަން ގްރޭޑް 2 ގެ މަޤާމް އަލުން ހޯދުމަށާއި، މައްސަލަ ޓްރައިބިއުނަލުން ނިމުމާ ހަމައަށް އެކުންފުނިން
ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދުމަށްއެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ
މައްޗަށް އަޙްމަދު ޒަރީރު ހުށަހެޅުމުން ބެލެވުނު މައްސަލައެއް ކަމާއި،
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{10/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
އެ މައްސަލަ ނިންމަވާފައިވަނީ، އަޙްމަދު ޒަރީރު ކޯހެއް ހެދުމަށް ކުންފުނީގެ ވަޒީފާއިން
ދޫކޮށްދިނުމަށް އެދުމުން އެވަގުތު ދޫކޮށްދެވެން ނެތްކަމަށް އަންގާފައިވަނިކޮށް ޤަވާޢިދުން ހުއްދަ ނުހޯދާ 04
އޮކްޓޯބަރ 2009 އިން ފެށިގެން 19 އޮކްޓޯބަރ 2009 އަށް ވަޒީފާއަށް ނުނިކުމެ ހުރިކަން މައްސަލަ ބެލި
މަޖިލީހަށް ޘާބިތުވާތީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން
އަޙްމަދު ޒަރީރު ކުންފުނީގައި ހުރި މަޤާމަށްވުރެ ދަށް މަޤާމަކަށް ބަދަލުކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 19
ވަނަ މާއްދާގެ (ށ) އާއި 18 ޖުލައި 2009 ގައި އަޙްމަދު ޒަރީރު އާއި ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްއާ ދެމެދު އަޤުދު ކުރެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ ސެކްޝަން 4 ގެ 3.2 ވަނަ
މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް މައްސަލަ ބެލި މަޖިލީހުގެ އަޣްލަބިއްޔަތަށް ޤަބޫލުކުރެވޭތީ، އަޙްމަދު
ޒަރީރު އެދިފައިވާ ގޮތަށް އޭނާ ކުރިން ހުރި މަޤާމަށް ބަދަލުކޮށް، މިހާތަނަށް އުނިކުރެވިފައިވާ މުސާރައާއި
އެހެނިހެން ޢިނާޔަތްތައް ދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް އަންގާނެ ތަނެއް
ނެތްކަމަށް ކަނޑައަޅުއްވައިކަން އެނގެން އޮންނަކަމެވެ.
oxo
3. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލަ އެޓްރައިބިއުނަލުން
ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށްބުނެ އެމައްސަލަ އިސްތިއުނާފުކުރުމަށް
ވިލުފުށީ، މުއްސަނދިގޭ އަޙްމަދު ޒަރީރުގެ ފަރާތުން މައިގަނޑު 4 (ހަތަރެއް) ނުކުތާއެއް ހުށަހަޅައި
އެނުކުތާތަކާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން
ހުށަހެޅި:-
4 22
(ހ) ފުރަތަމަ ނުކުތާއަކީ އަޙްމަދު ޒަރީރު ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑްގެ ކެޕްޓަން ގްރޭޑް 02 ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އަޙްމަދު ޒަރީރުގެ މަޤާމު
ފަޅުވެރިއެއްގެ ގްރޭޑް 03 އަށް ބަދަލު ކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި
ޚިލާފަށް އަދި ޢަމަލު ކުރެވެމުންދާ އުޞޫލުތަކާއި ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަޑޯއްޖޭގެ ހައި%
ދަޢުވާލިބޭ ގޮތަށް އަޙްމަދު ޒަރީރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި ފާހަގަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2f310/HC-A/59
233 ހ22
سرما مرمر مل کر
2.1 އިން 2.27 އަށް ފާހަގަ ކުރައްވާފައިވާ ހުރިހާ ނުކުތާތަކަށް ބަލާއިރުވެސް ފިއުލް
ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އަޙްމަދު ޒަރީރާމެދު ކަން ކުރައްވާފައިވަނީ ހަމަޖެހިފައިވާ
އުޞޫލުތަކާއި ޤަވާޢިދުތަކާއި ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށްކަމަށްކަމަށްވާތީ،
އަޙްމަދު ޒަރީރު އެދިފައިވާ ގޮތުގެމަތިން އަޙްމަދު ޒަރީރު ކުރިންހުރި މަޤާމަށް ބަދަލުކޮށް އަޙްމަދު ޒަރީރު
އެދިފައިވާ ފަދައިން އުނިވެފައިވާ މުސާރައާއި އެލަވަންސް ދިނުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑަށް ޢަމުރުކުރަންޖެހޭކަމަށް ޤާނޫނީ ހަމަތަކުގެ މަތިން ޘާބިތުވާކަމަށް ބަޔާންކުރައްވާފައިވާއިރުވެސް މިފަދަ
ހަރުދަނާ އަސާސްތަކުގެ މައްޗަށް ބިނާކުރައްވައި ފާހަގަކުރައްވާފައިވާ ނުކުތާތަކަށް ރިޢާޔަތްނުކުރައްވާ މައްސަލަ
ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް
ދަޢުވާލިބޭ ގޮތަށް އަޙްމަދު ޒަރީރު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގެ ޖަވާބުދާރީވުމުގެގޮތުން
އެކުންފުނީގެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ފާއިތުވި ތަނުގައި
އަޙްމަދު ޒަރީރު އެކުންފުނީގައި ވަޒީފާ އަދާކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި އަދި ދުވަހަކުވެސް
ނަސޭހަތެއް ދީފައި ނުވާކަމަށާއި އަދި އަޙްމަދު ޒަމީރަކީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ މީހެއްކަމަށް
ބުނެފައިވުމާއި އަދި އަޙްމަދު ޒަރީރު ފުރިހަމަ ކުރި ކޯހަކީވެސް ކުންފުނީގެ މަސައްކަތަށް ފައިދާ ހުރި
ކޯހެއްކަމަށްވީނަމަވެސް މިކަންކަމަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
24 2 /
(ރ) ހަތަރުވަނަ ނުކުތާއަކީ: ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެއްލެވުމުގައި އަޙްމަދު
ޒަރީރު ކޯހަށް ގޮސްފައިވަނީ ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހުއްދަ ނުހޯދާކަމަށް
ބުނާއިރު، އަޙްމަދު ޒަރީރު ކޯހަށް ދިޔައީ ޑިޕާޓްމަންޓުގެ އިންޗާރޖް ކައިރީގައި ބުނެ އެފަރާތުން އަޙްމަދު
ޒަރީރުގެ ޒިންމާތައް އެހެން ފަރާތަކާ ޙަވާލުކޮށް އަޙްމަދު ޒަރީރަށް އެފުރުޞަތު ދީފައިވާތީކަމަށްބުނެ އެކަން
ޘާބިތުވާފަދަ ހެކި ދައްކާފައިވާއިރުވެސް މިކަންކަމަށް ބައްލަވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްa؟
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިވެއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
201{/HC-A/59
ކުރުމަށް
4 22
4. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލަ އިސްތިއުނާފު
ވިލުފުށީ، މުއްސަނދިގޭ އަޙްމަދު ޒަރީރުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާ ގުޅޭ
ގޮތުން އަޙްމަދު ޒަރީރުގެ ފަރާތުންނާއި މިއިސްތިއުނާފް ދަޢުވާ ރައްދުވާ، ފިއުލް ސަޕްލައިސް މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި،
މައްސަލައާގުޅޭ ގޮތުން ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، އަންނަނިވި ކަންތައްތައް ފާހަގަ
ކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ: ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގައި ތ. ވިލުފުށީ
މުއްސަނދިގޭ އަޙްމަދު ޒަރީރު، ވަޒީފާ އަދާކުރަމުން ގެންދިޔައީ އޭނާއާއި އެކުންފުންޏާ ދެމެދު 18 ޖުލައި
2009 ގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ދަށުން ކަމާއި، އަޙްމަދު ޒަރީރު، ފިއުލް ސަޕްލައި މޯލްޑިވްސް
ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާގައި ދެމިހުރިހާ ދުވަހަކު އޭނާގެ ވަޒީފާގެ ވާޖިބުތައް ފަރުވާތެރިކަމާއި
ތެދުވެރިކަމާއެކު އަދާކުރަމުން ގެންދިއުމަށާއި، މުވައްޒަފުންނާ ބެހޭ ޤަވާޢިދުގައިވާ ކަންތައްތަކާއި، މުވައްޒަފުން
ޢަމަލު ކުރަންޖެހޭ އެންމެހައި ޤަވާޢިދުތަކާއި ކަންތައްތައް ޤަބޫލުކޮށް، ޤަވާޢިދާ އެއްގޮތަށް ޢަމަލުކުރަމުން
ގެންދިއުމަށް އެއްބަސްވެފައިވާކަން ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަށް ބެލުމުން އެނގެން
އޮންނައިރު، އެއެއްބަސްވުމުގެ ސެކްޝަން 4 ގައި، ވަޒީފާ ލިބޭ ފަރާތުގެ އަޚްލާޤީ މިންގަނޑާއި، މަސައްކަތް
ބެލޭނެ އުޞޫލާއި، އަދި ވަޒީފާއިން ވަކިކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވާކަން އެނގޭކަމާއި، އެގޮތުން
އެސެކްޝަނުގެ 3 ވަނަ ނަންބަރުގެ 1 ގައި، ވަޒީފާ ލިބޭ ފަރާތުންގެ މަސައްކަތް ބޭނުންވާ މިންގަނޑަށް
ނުފެތޭނަމަ، އެކަމާމެދު ފިޔަވަޅު އެޅުމުގެ ޙައްޤު ވަޒީފާ ދޭ ފަރާތަށް ލިބިގެންވާ ކަމަށާއި، އެގޮތުން ވަޒީފާ ލިބޭ
ފަރާތުގެ މަސައްކަތް ރަނގަޅު ކުރުމުގެ ނަސޭހަތް ދީ، ކައުންސެލިންގ ދީ، ވަޒީފާގެ މަޤާމު ދަށް ކުރުމާއެކު
ލިޔުމުން އިންޒާރު ދެވިދާނެކަން އެނގޭކަމާއި، އަޙްމަދު ޒަރީރު އަދާކުރަމުން ދިޔަ ފިއުލް ސަޕްލައިސް
މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓް ކެޕްޓަން ގްރޭޑް 2ގެ މަޤާމުން ކްރޫ ގްރޭޑް 3 ގެ މަޤާމަށް ވަޒީފާ
ދައްކޮށްފައިވަނީ، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއިން 04 އޮކްޓޯބަރ 2009 ފެށިގެއްޖޭގެ
2ތ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{10/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
20x
އޮކްޓޯބަރ 2009 އަށް ހިންގި އީ.އެފް.އޭ، ޕީ.އެސް.ޓީ، އެސް.ޕީ.އެފް.އެފް އަދި އެސް.އެސް.އާރު ކޯހުގައި
އަޙްމަދު ޒަރީރު ބައިވެރިވެފައިވަނީ އެކުންފުނީގެ ފަރާތުން އެވަގުތު އަޙްމަދު ޒަރީރު ދޫކޮށްދެވެން ނެތްކަމަށް
އަންގާފައިވަނިކޮށްކަމާއި، އަދި އެމުއްދަތުގެ ތެރޭގައި އަޙްމަދު ޒަރީރު ކުންފުނީގެ މަސައްކަތަށް
ނުކުމެފައިނުވާތީކަން އެނގެން އޮންނަކަމެވެ.
(ނ) ދެވަނަ ކަމަކީ: މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއިން 04 އޮކްޓޯބަރ 2009
ފެށިގެން 19 އޮކްޓޯބަރ 2009 އަށް ހިންގި އީ.އެފް.އޭ، ޕީ.އެސް.ޓީ، އެސް.ޕީ.އެފް.އެފް އަދި އެސް.އެސް.އާރު
ކޯހުގައި އަޙްމަދު ޒަރީރު ވަޒީފާ އަދާކުރަމުން ގެންދިޔަ ފިއުލް ސަޕްލައި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
ހުއްދަނެތި، ބައިވެރިވެ، އަދި އެމުއްދަތުގެ ތެރޭގައި ވަޒީފާގެ މަސައްކަތަށް ނުކުމެފައިނުވާ މައްސަލަ
އެކުންފުނީގެ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމެޓީން ބެލުމަށްފަހު، ނިންމީ އަޙްމަދު ޒަރީރުގެ ފަރާތުން
މަސައްކަތުގެ އަޙްލާޤީ މައްސަލައެއް ކުރިމަތިވެފައިނުވާތީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
19 ވަނަ މާއްދާގެ (ހ) ގެ ދަށުން 20 އޮކްޓޯބަރ 2009 އިން ފެށިގެން އޭނާ ކުރިން ހުރި ކެޕްޓަން ގްރޭޑް
2 ގެ މަޤާމުން ކްރޫ ގްޑީ
3 ގެ މަޤާމަށް ބަދަލުކުރަން ނިންމި ނިންމުމުގެ މައްޗަށް ބިނާކޮށްކަން
އެނގޭކަމާއި، އަދި އެގޮތަށް އޭނާގެ ވަޒީފާ ބަދަލުކޮށްފައިވާކަން ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް
ލިމިޓެޑުގެ ނަންބަރު 2009
/
025/FSM
/
HR
-
IOM (26 އޮކްޓޯބަރ 2009) ވަޒީފާ ބަދަލު ކުރި ޗިޓް"
އިން އެނގެން އޮންނަކަމެވެ.
fr
(ނ) ތިންވަނަ ކަމަކީ: ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 19 ވަނަ
2 0 0
މާއަދީﷲ
(ހ) "މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ،
މިމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެ މުވައްޒަފަކާމެދު އަޅަން ފެންނަ އެކަށީގެންވާ އިސްލާޙީ
ފިޔަވަޅު އެޅުމުގެ ބާރު، ވަޒީފާދޭ ފަރާތަށް ލިބިގެންވެ
|
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
2{10/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
444 44
(ށ) "މިމާއްދާގެ ބޭނުމަށްޓަކައި "އިޞްލާޙީ ފިޔަވަޅު" ގެ މާނައިގައި އަންނަނިވި ކަންތައްތައް
ހިމެނޭނެއެވެ.
(1) ނަސޭހަތްދިނުން:
(2) ލިޔުމުން އިންޒާރު ދިނުން؛
(3) ވަޒީފާގެ މަސައްކަތަށް ނިކުތުން 14 ދުވަހަށްވުރެ ދިގުނޫން މުއްދަތކަށް ހުއްޓުވުން؛
(4) ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލު ކުރުން."
(ނ) "ވަޒީފާދޭ ފަރާތުން ވަކި މުވައްޒަފަކާމެދު އަޅާފައިވާ އަޚްލާޤީ ފިޔަވަޅަކީ އެކަށީގެންވާ
ފިޔަވަޅެއްތޯ ބެލުމަށްޓަކައި، މަސައްކަތުގެ އަޚްލާޤީ މިންގަނޑަށް އެމުވައްޒަފަކު ތަބާނުވި މިންވަރާއި،
އެމުވައްޒަފެއްގެ ވާޖިބުތަކާއި، ވަޒީފާދޭ ފަރާތުން އެޅި ފިޔަވަޅާއި، އެފިޔަވަޅު އެޅުމުގައި ޢަމަލުކުރި ގޮތާއި،
އެމުވައްޒަފަކު އަޚްލާޤީ މިންގަނޑާ ޚިލާފުވުމުން ލިބުނު ގެއްލުމާއި، އެމުވައްޒަފަކު މަސައްކަތުގެ އަޚްލާޤު
ކުރިން ބަހައްޓަމުން އައިސްފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރަންވާނެއެވެ." މިފަދައިންކަން އެނގޭކަމާއި،
އަޙްމަދު ޒަރީރަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓް ކެޕްޓަން ގްރޭޑް 2ގެ މަޤާމުގެ
ވަޒީފާއަދާކުރަމުން ދިޔަ މީހެއްކަމާއި، އަޙްމަދު ޒަރީރު ޚިލާފުވެފައިވާ ކަމަށާއި، ޚިލާފުވެފައިވާ ގޮތަށާއި،
އެޚިލާފުވުމުން ކުންފުންޏަށް ވާނެ ގެއްލުމަށް ބަލައި، އަޙްމަދު ޒަރީރު ހުރި މަގާމަށްވުރެ ދަށް މަގާމަކަށް ބަދަލު
ކުރުމަށް ނިންމާފައިވާކަމާއި، އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެކަށީގެންވާ
ފިޔަވަޅެއް އެޅުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަން އެނގެން އޮތުމުން އަޙްމަދު ޒަރީއާ މެދު،
އިސްލާހީ ފިޔަވަޅު އަޅާފައިވަނީ އެމާއްދާގައި ބަޔާންކޮށްފައިވާ ދާއިރާއިން ބޭރުންކަމަށް ބެލެވެންނެތްކަމެވެ.
202c
* 8 2
(ރ) ހަތަރުވަނަ ކަމަކީ: މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންއިން ހިންގާ ކުރު
މުއްދަތުގެ ކޯހެކަމަށްވާ އީ.އެފް.އޭ، ޕީ.އެސް.ޓީ، އެސް.ޕީ.އެފް.އެފް އަދި އެސް.އެސް.އާރު 4 އޮކްޓޯބަރ 2009
ގައި ފެށުމަށް ހަމަޖެހިފައިވާކަމާއި، އެހެންކަމުން މިކޯހުގައި ބައިވެރިވުމަށް 04 އޮކްޓޯބަރ 2009 އިން 19
އޮކްޓޯބަރ 2009 މިކޯހަށް ދޫކޮށްދެއްވުން އެދި ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ
މެނޭޖިންގ ޑިރެކްޓަރ އަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވާކަމާއި، އަދި ހަމަ އެދުވަހު އޭނާ އެކޯހަށް އެދި
މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަނަށް ފޯމް ލާފައިވާކަން އެނގެން އޮންނަކަމާއި، މިގޮތުން އަޙްމަދު
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2{10/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ޒަރީރު 18 ސެޕްޓެމްބަރ 2009 ން 28 ސެޕްޓެމްބަރ 2009 އާ ހަމައަށް 07 ދުވަހުގެ މުއްދަތަށް އަހަރީ
ޗުއްޓީއެއް ނަގާފައިވާކަން ޗުއްޓީ ޗިޓަށް ބެލުމުން އެނގެން އޮންނަކަމާއި، ނަމަވެސް 27 ސެޕްޓެމްބަރ 2009
ދުވަހު މީނާ ޗުއްޓީ ނިންމާފައި އޮޕްރޭޝަނަށް ރިޕޯޓްކުރުމުން އަދި ޗުއްޓީގައި ބާކީ ދުވަސް އޮތުމާއެކު،
ޗުއްޓީނިންމާފައި ނުކުތުމަށް އަހްމަދު ޒަރީރަށް ލަފާދެވުނުކަމާއި، ނަމަވެސް މިވަގުތު ޗުއްޓީގައި އިތުރަށް
ހުންނަން ބޭނުންނުވާކަމަށް ބުނުމުން އޭނާ ފިލޮޅު ބާޖާއި ޖޮއިންކުރުވީކަމާއި، ނަމަވެސް 29 ސެޕްޓެމްބަރ
2009 ދުވަހު ވަޒީފާއަށް ނުކުމެ އެހެން ބާޖަށްކަށް ބަދަލުކޮށްދޭން ބުނުމުން އެގޮތަކަށް އެކަން ކުރެވެން
ނެތްކަމަށް އަޙްމަދު ޒަރީރަށް އެންގުނުކަމާއި، އެހެން ބުނުމުން އޭނާ ކޯހަކަށް އެޕްލައިކުރިވާހަކަ ބުނިކަމާއި
އެކޯހަށް ފޮނުވައިދިނުމަށް އެދުމުން އެކަން އެގޮތަށް ކުރެވެން މިވަގުތު ނެތްކަމާއި، ފަހުންވެސް ތިކަހަލަ
ބައިވަރު ކޯސްތަށް އޮންނާނެކަމާއި އިހަށް މަޑުކުރުމަށް އަހްމަދު ޒަރީރަށް އެންގުމުން 03 އޮކްޓޯބަރ 2009
ދުވަހު ބޯޓަށް ނުދާނެކަމަށް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ސުޕްރިންޑެންޓް ފޮނުވާފައިވާ
ނަންބަރު 065
/
2009-PSM
/
OPS
-
B އިންޓަރ އޮފީސް މެމޯއަށް ބެލުމުން އެނގެން އޮންނަކަމާއި، އަޙްމަދު
ޒަރީރު ހުއްދަ ނުނަގާ ވަޒީފާއަށް ހާޟިރުނުވެ ހުރުމަށްފަހު ދެން މަސައްކަތަށް ނުކުތީ 20 އޮކްޓޯބަރ 2009
ގައި ކަން ދެފަރާތުން ދައްކާފައިވާ ވާހަކަ ތަކުން އެނގެން އޮތުމުން އަޙްމަދު ޒަރީރު ކޯހުގައި
ބައިވެރިވެފައިވަނީ އޭނާގެ އިންޗާޖުގެ ހުއްދަ ލިބިގެންކަމަށް ބެލެވޭނެ ހަމައެއް އޮތްކަމަށް ނުފެންނަކަމާއި،
އަޙްމަދު ޒަރީރު ވަޒީފާއަށް ނުނުކުންނަނަމަ، އޭނާގެ މަސްއޫލިއްޔަތު އެހެން ފަރާތަކީ ހަވާލުކުރުމަކީ
އެމަސައްކަތުގެ އިންޗާޖު ކުރަންޖެހޭނެ ކަމެއްކަމާއި، އެގޮތުން އަޙްމަދު ޒަރީރުގެ މަސައްކަތް
މުވައްޒަފަކާ ހަވާލުކުރުމަކީ އަޙްމަދު ޒަރީރު އެކޯހުގައި ބައިވެރިވުމަށް ހުއްދަ ދިނުން ކަމަށް ބެލެވޭނެ
ސަބަބެއްކަމަށް ޤަބޫލުނުކުރެވޭކަމެވެ.
OOO
އެހެން
4
2 ބ 2
އދ
ންކަމުން، އިސްވެ
ބަޔާންކުރެވުނު ސަބަބުތަކަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/155 މައްސަލަ ނިންމުމަށް ބަދަލެއްގެންނަން ޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް
ސަބަބެއް މި މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅި
ނުކުތާތަކުގެ މައްޗަށް
ބިނާކޮށް އޮތްކަމަކަށް މިޤަޟިއްޔާ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިރާއްޖޭގެ ހައިކޯ"
9
2{10/HC-A/59
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ޙުކުމް
22 / /
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއިއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން
އިސްތިއުނާފުކުރުމަށް
ވިލުފުށީ، މުއްސަދިގޭ އަޙްމަދު ޒަރީރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ
މައްޗަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިނަލުން އެމައްސަލަ ނިންމަވާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ
އުސޫލުތަކާއި ޚިލާފުނޫންކަމަށް މިޤާޟިއްޔާ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/155 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި އެގޮތުގެ މަތިން
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv