ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/112 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 112/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: އިބްރާހީމް ސާމިނު
* ދާއިމީ އެޑްރެސް: އާބާދުގެ ގެމަނަފުށި
* އައި.ޑީ.ކާޑު ނަންބަރު: A123964
* މިހާރުގެ އެޑްރެސް: އާބާދުގެ/ ގއ. ގެމަނަފުށި
ބަދަލުގައި: އދ. ޢަބްދުﷲ ސަޢީދު ތްރީލައިންސް، ސ. ހުޅުދޫ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ސިވިލް ސަރވިސް ކޮމިޝަން
ދާއިމީ އެޑްރެސް:
* އައި.ޑީ.ކާޑު ނަންބަރު: -
މިހާރުގެ އެޑްރެސް: ވެލާނާގެ/ މާލެ
ކޮމިޝަނުގެ ފަރާތުން: ލީގަލް އޮފިސަރ އދ. އައިމިނަތު ޒުޚައިރު
ޑީ
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 19 ޖުމާދަލްއޫލާ 1434
31 މާރޗް 2013
ނިމުނު ތާރީޚް: 10 މުޙައްރަމް 1435
14 ނޮވެމްބަރ 2013
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2017/VTR/169
• ނިންމެވި ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 16 ސެޕްޓެމްބަރ 2012
ނިމުނު ތާރީޚް: 17 ޖެނުއަރީ 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު: ޔޫސުފް ޙުސައިން
ދިވެހިރާއްޖޭ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
ދަޢުވާގެ ޚުލާޞާ
ޑ 0ޑ0 2 / ހދ8
އެއްގޮތްނުފަކަމަށްބުނެ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/169 މައްސަލަ ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި
ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަންއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/169 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެމައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ގެމަނަފުށި
އާބާދުގެ އިބްރާހީމް ސާމިނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
އ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/169 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް
ބެލިއިރު، އެމައްސަލައަކީ، ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނު ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ
ކައުންސިލްގެ އިދާރާގައި 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 06 ވަނަ ދުވަހުން ފެށިގެން އަދާކުރަމުން
އައިސްފައިވާ ވަޒީފާއިން 2012 ވަނަ އަހަރުގެ ޖޫން މަހުގެ 27 ވަނަ ދުވަހު އިބްރާހީމް ސާމިނު
ވަކިކޮށްފައިވާތީ، އެމައްސަލަ ބަލައިދިނުމަށްއެދި އިބްރާހީމް ސާމިނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
3ދޑ
ހނހޅ2
ބެލެވިފައިވާ މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/112
ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެމައްސަލަ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި،
މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި އެންމެހައި ލިޔެކިޔުންތަކަށާއި، ފާހަގަކުރި ކަންކަމުގެ މައްޗަށް
ނަޒަރުކުރާއިރު، 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހުވަދުއަތޮޅު އުތުރުބުރީ
ގެމަނަފުށީ ކައުންސިލްގެ އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން އައިސްފައިވާ ވަޒީފާއިން އޭނާ
ވަކިކޮށްފައިވަނީ، ޚިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލައެއްގެ ތަޙްޤީޤަށް 2011 ވަނަ އަހަރުގެ
ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުން ފެށިގެން އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން
ނިމުމަކަށް ގެނެސްފައިވުމުން 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ސިވިލް ސަރވިސް
ކޮމިޝަނަށް އިބްރާހީމް ސާމިނު ހާޒިރުކޮށް އޮފީހަށް ހާޒިރުވުމަށް އެންގި އެންގުމަށް އޭނާ ޢަމަލުކޮށްފައި
ނުވާތީއާއި ޤާނޫނާއި ޤަވާޢިދުގައިވާ ގޮތުގެ މަތީން ކުރިއަށް ޗުއްޓީ ހޯދުމާ ނުލައި އޮފީހަށް ހާޒިރުވެފައި
ނުވުމުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާ ހިނދު، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި
އޮތް އޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ހާޒިރުވުމަށް އޭނާއަށް އެންގުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ
ކައުންސިލްގެ އިދާރާއަށް އަންގާފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު: 413
/
2012
/
5/L-188
(24 އެޕްރީލް 2012) ސިޓީން އެނގެން އޮތުމާއި، އިބްރާހީމް ސާމިނު ރަށުގައި ނެތުމުން ސިވިލް ސަރވިސް
ކޮމިޝަނަށް އޭނާ ހާޒިރުކޮށް އޮފީހަށް ހާޒިރުވުމަށް އަންގައި ދިނުމަށް ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ
ކައުންސިލްގެ އިދާރާއިން ސިވިލް ސަރވިސް ކޮމިޝަނުގައި އެދިފައިވާކަން އެ އިދާރާގެ ނަންބަރު:
2012
/
69/A
-
MN-413 (25 އެޕްރީލް 2012) ފެކްސް މެސެޖުން އެނގެން އޮވެމެ 29 އެޕްރީލް 2012
ގައި އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް ހާޒިރުކޮށް ވަޒީފާއަށް ނުކުތުމަށް އޭނާއަށް
އަންގާފައިވާކަން ހެކިންގެ ހެކިބަހުން ސާބިތުވާތީއާއި، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް
އޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ނުކުތުމަށް އަންގާ ލިޔުން އޭނާއާ ހަވާލުކުރުމަށް ސިވިލް ސަރވިސް
ކޮމިޝަނުން އެކިފަހަރު މަތިން މަސައްކަތްކޮށްފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުންނާއި ހެކިންގެ ހެކިބަހުން
ސާބިތުވާތީއާއި، އިބްރާހީމް ސާމިނު ދިރިއުޅޭ އެޑްރެސްކަމަށް ބުނެ އޭނާ ވަޒީފާ އަދާކުރާ ތަނަށް ދީފައިވާ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
44
އެޑްރެހަކީ އާބާދުގެ ގއ. ގެމަނަފުށިކަމަށް ވެފައި އެ އެޑްރެހަކީ މީހުން ދިރިނޫޅޭ ގެއެއްކަން އިބްރާހީމް
ސާމިނުގެ ބަހުން އެނގެން އޮވެމެ އޭނާއަށް ތަކެތި ހަވާލުކުރާނެ އެހެން އެޑްރެހެއް އޭނާ ވަޒީފާ އަދާކުރާ
ތަނަށް ލިޔުމުން ދީފައި ނުވާކަން އޭނާގެ ބަހުން އެނގެން އޮތުމުން އިބްރާހީމް ސާމިނުއަށް އެ ލިޔުން
ހަވާލުކުރެވިފައި ނުވަނީ އޭނާގެ އިހުމާލުތަކެއް އޮތުމުންކަމަށް ބުރަވެވޭތީއާއި، އިބްރާހީމް ސާމިނު މަސައްކަތަށް
ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން ސިވިލް ސަރވިސް ކޮމިޝަނުން އަނގަބަހުން
އޭނާއަށް އަންގާފައިވުމުން އެ ލިޔުން އޭނާއަށް ހަވާލުނުކުރެވި އޮތް އޮތުމަކީ ވަޒީފާއަށް ނުކުތުމަށް އޭނާއަށް
އަންގާފައި އޮތް އޮތުން ނަފީކުރާފަދަ ކަމެއްކަމަށް ބުރަވެވެން ނެތަތީއާއި، އިބްރާހީމް ސާމިނު މަސައްކަތަށް
ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަން 29 އެޕްރީލް 2012 ގައި ސިވިލް ސަރވިސް
ކޮމިޝަނުން އޭނާއަށް އަންގާފައިވާ ތާރީޚުން ފެށިގެން 01 މަހާއި 07 ދުވަސް ފާއިތުވިފަހުން އޭނާ ވަޒީފާއަށް
ހާޒިރުވިކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެން އޮތުމުން، އިބްރާހީމް ސާމިނު އޮފީހަށް ހާޒިރުވުމަށް
އަންގާފައިވާ އެއްގޮތަށް ޢަމަލުކޮށްފައި ނުވުމުން ވަޒީފާއިން ވަކިކޮށްފައިވާކަމަށް މައްސަލަ
ރައްދުވި ފަރާތުން ބުނެ ހުށަހަޅާފައިވާ ކަންކަން ސާބިތުވާތީ އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުއާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތުމުން އިބްރާހީމް ސާމިނު ހޯދުމަށް އެދުނު
ރަމަޝާން މަހުގެ އިނާޔަތާއި މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދިނުމަށް އަދި އިބްރާހީމް ސާމިނު
އެދުނު ފަދައިން އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނަށް
އަމުރު ކުރާނެ ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި، މި
މައްސަލަ ނިންމައިފީމެވެ" މިފަދައިންނެވެ.
23
2 23:
އޭނާ
20 8
3. ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 2012/VTR/169 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނުގެ ފަރާތުން 02
ދިވެހިރާއްa
J
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
224-
ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: ސިވިލް ސަރވިސްގެ ވަޒީފާގައި އިބްރާހީމް ސާމިނު ހުއްޓައި ވަޒީފާއިން
ސަސްޕެންޑްކޮށްފައިވަނީ ލިޔުމަކުން އެންގިއެންގުމަކުން ކަމަށްވީހިނދު، ސަސްޕެންޝަން ނިމުމަކަށް ގެނެސް
ވަޒީފާއަށް
އަނބުރާއައުމަށް
ލިޔުމުން އެންގި ހިސާބުން ފެށިގެން ވަޒީފާއަށް ނިކުމެފައިވާކަން
އެނގެންއޮތްހިނދު، އަދި ޤާނޫނީގޮތުން އެކޮމިޝަނުން ލިޔުމަކުން އަންގާފައިވާ ބާޠިލުކުރެވޭނީވެސް
ލިޔުމަކުންކަން އެނގެން އޮތްނަމަވެސް ޓްރައިބިއުނަލުން މައްސަލަ ނިންމެވިއިރު ސިވިލް ސަރވިސް
ކޮމިޝަނުން ލިޔުމަކުން އަންގާފައިވާ އެންގުމެއް
ންގުމެއް އެކޮމިޝަނުގެ މުވައްޒަފަކަށް އަނގަބަހުން ބަދަލުކުރެވޭކަމަށް
ބަލައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
s 58 sތ
އެންގުމެއް
ދެވަނަ ނުކުތާއަކީ: ސިވިލް ސަރވިސްގެ ވަޒީފާއިން ލިޔުމަކުން އަންގައި ސަސްޕެންޑްކުރުމަށްފަ
ސަސްޕެންޝަން ފިލުވުމާއި، އަދި އެކަން އަންގައި އެކޮމިޝަނުން ފޮނުވަންޖެހޭ ލިޔުން ފޮނުވުމުގައި
އެކޮމިޝަނުން ފަރުވާތެރިކަމާއެކު ޢަމަލުކޮށްފައިނުވާކަން އެނގޭހިނދު، ދަޢުވާކުރާ ފަރާތް ވަޒީފާއިން
ވަކިކުރަންޖެހޭފަދަ އެކަށީގެންވާ ސަބަބުތަކެއްނެތްކަން އެނގޭހިނދު، ޓްރައިބިއުނަލުން އެކަމަށް
ރިޢާޔަތްކުރައްވާފަ
ރައްވާފައިނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/169 މައްސަލަ
އިސްތިއުނާފުކުރުމަށް ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި،
ގުޅޭގޮތުން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި
ލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
439 ކތ
އެންކްތަކީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
މޯފީ
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
އ
(ހ) ފުރަތަމަ ކަމަކީ: ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނަކީ ގެމަނަފުށީ
ކައުންސިލްގެ އިދާރާ (ކުރީގެ ގެމަނަފުށީ އޮފީސް) ގައި 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން
ފެށިގެން ވަޒީފާ އަދާކުރަމުން ދިޔަ މީހަކުކަމާއި، 2006 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ވަނަ ދުވަހުން
ފެށިގެން 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އިބްރާހީމް ސާމިނު ހުރީ އެއިދާރާގެ
(ކުރީގެ ގެމަނަފުށީ އޮފީހުގެ) ކުޑަކަތީބުކަމުގެ މަޤާމުގައިކަމާއި، 2011 ވަނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ
ދުވަހުން ފެށިގެން 2012 ވަނަ އަހަރުގެ ޖޫން މަހުގެ 27 ގައި އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރެއްވުމާ
ހަމައަށް އިބްރާހީމް ސާމިނު ހުރީ އެއިދާރާގެ ސީނިއަރ ޕްރޮޖެކްޓް އޮފިސަރގެ މަޤާމުގައިކަމާއި،
އަދި ގއ. ގެމަނަފުށީ ކައުންސިލް އިދާރާ (ކުރީގެ ގެމަނަފުށީ އޮފީސް) ގެ ކުޑަކަތީބުކަމުގެ މަޤާމަށް
2006 ވަނަ އަހަރުގެ ޖުލައި މަހުގެ 6 ގައި ބަދަލުވުމާ ހަމައަށް، 1 އޭޕްރީލް 2004 ން ފެށިގެން،
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ޕްރައިވެޓްގެ މަޤާމުގައިވެސް އިބްރާހީމް ސާމިނު
އުޅެފައިވާކަމާއި،
ޚިޔާނާތާއި ކޮރަޕްޝަނުގެ ތުހުމަތެއްގައި، 10 ޖަނަވަރީ 2011 ވަނަ ދުވަހުން ފެށިގެން
ވަގުތީގޮތުން އޮފީހަށް ނުކުތުން އެކަން ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު
2011
/
1/ONM
/
L (24 ޖެނުއަރީ 2011) ގެ ލިއުމުން އިބްރާހީމް ސާމިނަށް އެންގިފައިވާކަ
މަނާކޮށް
ކމެވެ
(ށ) ދެވަނަ ކަމަކީ: ގެމަނަފުށި އާބާދުގެ އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ސީނިއަރ
ޕްރޮޖެކްޓް އޮފިސަރގެ މަޤާމުން 27 ޖޫން 2012 ގައި ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 5/2007 (ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ގެ ދަށުން ކަމާއި، އިބްރާހީމް ސާމިނު
ވަޒީފާއިން ވަކިކޮށްފައިވަނީ ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު 188
/
2012
/
115/އޭ-413
(26 ޖޫން 2012) ގެ ސިޓީއާއި، ނަންބަރު 2012/01 (26 ޖޫން 2012) ގެ ޗިޓާ ޙަވާލާދީކަން އިބްރާހީމް
ސާމިނު ވަޒީފާއިން ވަކިކުރެއްވި ޗިޓް (ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 2012
/
772/CSC(2)
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
(27 ޖޫން 2012)) އަށް ބެލުމުން އެނގޭކަމާއި، ގެމަނަފުށީ ކައުންސިލްގެ އިދާރާގެ ނަންބަރު
2012/01 (26 ޖޫން 2012 "ވަޒީފާއިން ވަކިކޮށް ދެއްވުމަށް އެދި ދަންނަވާ ޗިޓް" ގައި، އިބްރާހީމް
ސާމިނު ވަޒީފާއިން ވަކިކުރުމަށް ބޭނުންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ، "ޚިޔާނާތާއި ކޮރަޕްޝަނުގެ
ތުހުމަތުގައި 11 ޖެނުއަރީ 2011 އިން ފެށިގެން ތަހުޤީޤުނިމެންދެން އޮފީހަށް ނުކުތުންމަނާކޮށްފައި އޮތް
އޮތުން ނިމުމަކަށް ގެނެސް ފައިވާތީ، 29 އޭޕްރީލް 2012 ވަނަދުވަހު ސިވިލްސަރވިސްކޮމިޝަނަށް ހާޟިރުކޮށް
އޮފީހަށް ހާޟިރުވުމަށް އެންގި އެންގުމަށް އަމަލުކޮށްފައިނުވުމާއި، ދިވެހިސިވިލްސަރވިސްގެ ޤާނޫނާއި
ޤަވާއިދުގައިވާގޮތުގެމަތީން
ޗުއްޓީއެއްހަމަޖެހުމަކާނުލައި، އޮފީހަށްހާޟިރުވެފައިނުވާތީ،
އިސްވެދެންނެވުނުތާރީޚުންފެށިގެން ވަޒީފާއިންވަކިކުރުމަށް ސިވިލްސަރވިސްކޮމިޝަނުންނިންމާފައިވާތީ، އަދި
ދިވެހި ސިވިލްސާރވިސްގެ ގަވާއިދުގެ 216 ވަނަ މާއްދާގައިވާގޮތުގެމަތީން ކޮމިޝަނުގެ ނިންމުމާމެދު
ޖަވާބުދާރީވުމަށް 05 ޖޫން 2012 އިންފެށިގެން ދެވުނު 07 ދުވަހުގެ މުއްދަތުގައި ކޮމިޝަނަށް ފޮނުވާފައިވާ
ޖަވާބުގައި ވަޒީފާއިން ވަކިކުރަން ކޮމިޝަނުން ނިންމި ނިންމުން ބަދަލުކުރާފަދަ ސަބަބެއް ބަޔާންކޮށްފައި
ނުވާތީ،ސިވިލްސަރވިސް ކޮމިޝަނުގެ ނަންބަރު 413
/
2012
/
12/L-188 (21 ޖޫން 2012) ސިޓީއިން
ވަޒީފާއިން ވަކިކުރުމަށް ހުށަހެޅުމަށް ދަންނަވާފައިވާތީ" ކަން އެނގޭކަމާއި، އަދި ، ގެމަނަފުށީ ކައުންސިލްގެ
އިދާރާގެ ނަންބަރު 5
/
188
/
2012
/
115-413 (26 ޖޫން 2012) ގެ ސިޓީގައި ވަނީ، "ތިޔަ ކޮމިޝަނުގެ
ނަންބަރު 413
/
2012
/
12/L-188 (21 ޖޫން 2012) ސިޓީ އިން އެދިވަޑައިގެންފައިވާ ގޮތުގެމަތީން އޭނާ
ވަޒީފާއިން ވަކިކުރުމަށް އެދި ދަންނަވާ ޗިޓު މިސިޓީއާއި އެކު ފޮނުވީމެވެ. އިބްރާހީމް ސާމިން އޮފީހަށް
ހާޟިރުވެފައިވަނީ 10 ޖޫން 2012 އިން ފެށިގެންނެވެ." މިފަދައިންކަމާއި، އެހެންކަމުގެ
ހެންކަމުން، މިކަންކަމުގެ
ހއދވ
މިއިނ
ބަލާއިރު،
ގެމަނަފުށީ ކައުންސިލްގެ އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ސީނިއަރ
ޕްރޮޖެކްޓް އޮފިސަރގެ މަޤާމުން އިބްރާހީމް ސާމިނު ވަކިކޮށްފައިވަނީ، ޚިޔާނާތާއި ކޮރަޕްޝަނުގެ ތުހުމަތުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/112
11 ޖެނުއަރީ 2011 އިން ފެށިގެން ތަޙުޤީޤު ނިމެންދެން އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން
ނިމުމަކަށް ގެނެސްފައިވާތީ، 29 އޭޕްރީލް 2012 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް ހާޟިރުކޮށް
އޮފީހަށް ހާޟިރުވުމަށް އެންގި އެންގުމަށް ޢަމަލުކޮށްފައިނުވުމާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި
ޤަވާއިދުގައި ވާގޮތުގެ މަތީން ކުރިއަށް ޗުއްޓީއެއް ހަމަޖެހުމަކާނުލައި، އޮފީހަށް ހާޟިރުވެފައިނުވާތީ، ދިވެހި
ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުންކަން އެނގެން
އޮންނަކަމެވެ.
cuoc
99
2
4
2 ހދ8
ހނހ2ނ
(ނ) ތިންވަނަ ކަމަކީ: މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގައި ބަޔާންކުރެވިފައިވާއިރު، ވަޒީފާދޭ
ފަރާތަށް ހަމަ ފެންނަ ފެނުމެއްގެ މައްޗަށް އެކަނި މުވައްޒަފަކު ވަޒީފާއިން ވަކިނުކުރެވޭނެ ދިވެހިރާއްޖޭގެ
ހައިކޯޓުގެ ނަންބަރު 24/HC
-
A/2010 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަން އެނގެން
އޮންނަކަމާއި، އެޤަޟިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ
ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ފުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުޞޫލުތަކަށް ބަލާއިރު، ޢާންމު އުޞޫލެއްގެ ގޮތުން މުވައްޒަފަކު
ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް
ށފަހ8/
2
ދިވެހިރާއްޖޭގެ
ހައިކޯޓް
6
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް ކަނޑައެޅި ބަޔާންވެގެންވާ އުޞޫލެއްކަމާއި،
މަޢުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ
އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް
ވުންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 134/HC-A/2011 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން
އެނގެން އޮންނައިރު،
އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބެއްތޯ
ނުވަތަ ނޫންތޯ ބަލާއިރު، އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ، ޚިޔާނާތާއި ކޮރަޕްޝަނުގެ
ތުހުމަތުގައި 11 ޖެނުއަރީ 2011 އިން ފެށިގެން ތަޙުޤީޤު ނިމެންދެން އޮފީހަށް ނުކުތުން މަނާކޮށްފައި އޮތް
އޮތުން ނިމުމަކަށް ގެނެސްފައިވާތީ، 29 އޭޕްރީލް 2012 ވަނަ ދުވަހު ސިވިލް ސަރވިސް ކޮމިޝަނަށް
ހާޟިރުކޮށް އޮފީހަށް ހާޟިރުވުމަށް އެންގި އެންގުމަށް ޢަމަލުކޮށްފައިނުވުމާއި، ދިވެހި ސިވިލް ސަރވިސްގެ
ޤާނޫނާއި ޤަވާއިދުގައި ވާގޮތުގެ މަތީން ކުރިއަށް ޗުއްޓީއެއް ހަމަޖެހުމަކާނުލައި، އޮފީހަށް
ހާޟިރުވެފައިނުވާތީކަން، އިސްވެދިޔަ ނުކުތާތަކުގައި ބަޔާންކުރެވިދިޔަ ފަދައިން އެނގޭއިރު، އޮފީހަށް ނުކުތުމަށް
އެތާރީޚުގައި އިބްރާހީމް ސާމިނަށް އެންގިކަން އެނގޭނެ ލިއުމެއް ނެތްކަމާއި، އޮފީހަށް ނުކުތުމަށް އެތާރީޚުގައި
އިބްރާހީމް ސާމިނަށް އެންގިކަމަށް އިބްރާހީމް ސާމިނު އިންކާރުކުރާއިރު، އޮފީހަށް ނުކުތުމަށް އެތާރީޚުގައި
އިބްރާހީމް ސާމިނަށް އެންގިކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނާ ބުނުމުގެ މައްޗަށް އޮތީ ހަމައެކަނި
ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފެއްކަމުގައިވާ، އެކޮމިޝަނުގެ ލީގަލް އޮފިސަރ އާޔަތުﷲ ޙުސައިން
ބުނާ ބުނުމެއްކަމަށްވާއިރު، އިބްރާހީމް ސާމިނަކީ ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ
މުވައްޒަފަކުކަމާއި، މިފަދަ މުވައްޒަފަކު އޮފީހަށް ނުކުތުން މަނާކޮށްފައި ނިމުމަކަށް ގެނެސް،
އެމުވައްޒަފު އޮފީހަށް ނުކުތުމަށް އަންގަންވާނީ ލިއުމުންކަމުގައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2010
2 92 22
އިތއަތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
j
ދިވެހިންގެ
، ދިވެހިން
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
ގެ ޗެޕްޓަރ 26 ގެ 226 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން މިމައްސަލަ ނިންމެވިގޮތުގެ ރިޕޯޓުގެ 4.1 ގެ 5 ވަނަ ނަންބަރުގައިވެސް މިކަން މިގޮތަށް
ފާހަގަކުރައްވާފައިވާކަން އެނގޭކަމާއި،
29 އޭޕްރީލް 2012 ވަނަ ދުވަހު އިބްރާހީމް ސާމިނު ސިވިލް ސަރވިސް ކޮމިޝަނަށް
ހާޟިރުކުރެވުނުކަން އެނގޭއިރު، އެދުވަހު ޤަވާއިދާ އެއްގޮތަށް ލިއުމުން އެކަން އެނގުމުގެ ފުރުޞަތު ސިވިލް
ސަރވިސް ކޮމިޝަނަށް އޮތްއިރު، އެކަން އެގޮތަށް އަންގާފައިނުވާކަން އެނގޭކަމުން، ވަޒީފާއަށް ނުކުތުމަށް
އިބްރާހީމް ސާމިނަށް އަންގަންޖެހޭ ގޮތަށް، އަދި ޤަވާއިދު ތަންދޭގޮތަށް 29 އޭޕްރީލް 2012 ގައި އިބްރާހީމް
ސާމިނަށް އެންގިފައިނުވާކަން ސާފުކޮށް އެނގޭކަމާއި،
އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިބްރާހީމް
ސާމިނު އޮފީހަށް ނުކުތުމަށް ސިވިލް ސަރވިސް ކޮމިޝަނުން އިބްރާހީމް ސާމިނަށް އެންގިކަން އެނގޭ ލިއުމެއް
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާކަމާއި، އެލިއުމަކީ ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު
2012
/
241/L
/
MIS-188 (02 މެއި 2012) ސިޓީކަމާއި، އެސިޓީގައިވަނީ "އިބްރާހީމް ސާމިން އޮފީހަށް
ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާތީ، މިއަދު (2012 މެއި 02) ން ފެށިގެން
ރަސްމީ 5 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުމެ އެކަން މިކޮމިޝަނަށް އަންގަވައި ދެއްވުން އެދި ދެންނެވީމެވެ"
މިފަދައިންކަމާއި، މިސިޓީ އިބްރާހީމް ސާމިނަށް ރައްދުކުރެވިފައިވަނީ 29 މެއި 2012 ގައިކަން އެނގޭއިރު،
އެއެންގުން އިބްރާހީމް ސާމިނަށް ރައްދުވިތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އިބްރާހީމް ސާމިނު ވަޒީފާއަށް
ނުކުމެފައިވާކަމުގައި ބަލަން ޖެހޭކަމާއި، އެހެނީ އިބްރާހީމް ސާމިނު 10 ޖޫން 2012 ގައި އޮފީހަށް
ނުކުމެފައިވީނަމަވެސް، އެމަހުގެ 6 އަދި 7، މިދެދުވަސް ޢާއިލީ ޒިންމާގެ ޗުއްޓީގެ ގޮތުގައި ގެމަނަފުށީ
ކައުންސިލްގެ އިދާރާގެ ފަރާތުން ހަމަޖައްސާފައިވާތީ، އެދެދުވަހަކީ އިބްރާހީމް ސާމިނު ޤަވާއިދުން ނުނިކުންނަ
ދެދުވަސްކަމުގައި ބެލެވެން ނޯންނާނެ ކަމެވެ.
24c
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/112
(ހ) ހަތަރުވަނަ ކަމަކީ: އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކޮށްފައިވަނީ، އިބްރާހީމް ސާމިނު
ވަޒީފާއަށް ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް، އިބްރާހީމް ސާމިނު އޮފީހަށް ނުކުތުމަށް
ސިވިލް ސަރވިސް ކޮމިޝަނުން އިބްރާހީމް ސާމިނަށް 29 އޭޕްރީލް 2012 ގައި އެންގި އެންގުމަށް އިބްރާހީމް
ސާމިނު ޢަމަލުނުކޮށް، އެއެންގި އެންގުމާ އެއްގޮތަށް އޮފީހަށް ނުކުމެފައިނުވާތީކަން އެނގޭއިރު، އެތާރީޚުގައި
އެކަން އެގޮތަށް އިބްރާހީމް ސާމިނަށް އެންގިކަން ސާބިތުވަނީ ހެކިންގެ ހެކިބަހުންކަމުގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނިންމެވުމުގައި ފާހަގަކުރައްވާފައިވާއިރު،
ސިވިލް ސަރވިސް ކޮމިޝަނުން، އިބްރާހީމް ސާމިނަށް ވަޒީފާއަށް ނުކުތުމަށް މިތްރީޚުގައި
އެންގިކަމަށް ބުނެފައިވާ ބުނުމާއި، މިކަމާ ގުޅޭގޮތުން އެކޮމިޝަނުގެ މުވައްޒަފުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ދީފައިވާ ހެކިބަހުގައިވެސް ފުށުއެރުން ހުރިކަން ދިވެހިރާއްޖޭގެ ހައިކޯޓަށް ފާހަގަކުރެވިފައިވާކަމާއި،
އެގޮތުން، އިބްރާހީމް ސާމިނަށް އެންގިފައިވަނީ 29 އޭޕްރީލް 2012 އިން ފެށިގެން ރަސްމީ 7
ވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށްކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވާއިރު، އަދި އެކަން
މިމައްސަލައިގެ ޖަވާބުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހެޅި ފޯމުގައިވެސް
ކޮށްފައިވާއިރު، ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުތުމަށް
އެންގިކަމަށް ބުނާ ސިވިލް ސަރވިސް ކޮމިޝަނުގެ ލީގަލް އޮފިސަރ އާޔަތުﷲ ޙުސައިން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް 12 ޑިސެމްބަރު 2012 ގައި ދީފައިވާ ހެކިބަހަށް ބަލާއިރު، އާޔަތުﷲ ޙުސައިން، އިބްރާހީމް
ސާމިނަށް އަންގާފައިވަނީ، އިބްރާހީމް ސާމިނު ވަޒީފާއަށް ނުކުންނަން ސިވިލް ސަރވިސް ކޮމިޝަނުން
ނިންމާފައިވާކަންކަމާއި، އަދި ނުކުންނަންޖެހޭ ވަކިތާރީޚެއް، ނުވަތަ ވަކި ތާރީޚެއްގެ ކުރިން ނުކުތުމަށް
އަންގާފައިވާކަން ކަނޑައެޅިގެން އެނގެން ނެތްކަމާއި، އާޔަތުﷲ ޙުސައިން ބުނެފައިވަނީ "ހަނދާންވަނީ 7
ދުވަސް ތެރޭގައި ނިކުންނަން އެންގިކަމަށް" ކަމާއި، އެހެންކަމުން، އާޔަތުﷲ ޙުސައިނުގެ ހެކިބަހަށް
ބަލާއިރުވެސް އިބްރާހީމް ސާމިނަށް 29 އޭޕްރީލް 2012 އިން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި އޮފީހަށް
ނުކުތުމަށް އަނގަބަހުންވިޔަސް ސާފުކޮށް އެންގިފައިވާކަމާމެދު ސުވާލުއުފެދޭއިރު، ސިވިލް ސަރވިސް
ދިވެހ
ބަޔާންކޮށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
ކޮމިޝަނުގެ ލީގަލް ސެކްޝަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޝަފީޤާ ނަޢީމް (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A092411)، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް 12 ޑިސެންބަރު 2012 ގައި ދީފައިވާ
ހެކިބަހުގައި ބުނެފައިވަނީ، 5 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް އިބްރާހީމް ސާމިނަށް އެންގިކަމަށް
އާޔަތުﷲ ޙުސައިން، ޝަފީޤް ނަޢީމް ކައިރީގައި ބުނެފައިވާކަމަށާއި،
އެހެންކަމުން، ރަސްމީ 7 ދުވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށް 29 އޭޕްރީލް 2012 ގައި
އިބްރާހީމް ސާމިނަށް ސިވިލް ސަރވިސް ކޮމިޝަނުން އެންގިފައިވާކަން، ހެކިންގެ ހެކިބަހުންވެސް
ސާބިތުނުވާކަމާއި،
އަދި ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ މުވައްޒަފަކު، ވަޒީފާއަށް ނުކުތުން
މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ނުކުތުމަށް އަންގަންޖެހެނީ ލިއުމުންކަން ދިވެހި ސިވިލް
ސަރވިސްގެ ގަވާއިދު 2010 ގެ ޗެޕްޓަރ 26 ގެ 226 ވަނަ މާއްދާގެ (ނ) ން އެނގޭއިރު، އަދި އެކަން
ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ޤަބޫލުކޮށް އެޓްރައިބިއުނަލްގެ ނިންމެވުމުގައި އެކަން
ފާހަގަކުރައްވާފައިވާއިރު، ރަސްމީ 7 ދުވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށް 29 އޭޕްރީލް 2012 ގައި
އިބްރާހީމް ސާމިނަށް ސިވިލް ސަރވިސް ކޮމިޝަނުން، ޤަވާއިދާ އެއްގޮތަށް، އަދި އަންގަންޖެހޭގޮތަށް
އެންގިފައިނުވާކަން އޮޅުމެއްނެތި އެނގެން އޮތްކަމެވެ.
އެޤީށް
(ބ) ފަސްވަނަ ކަމަކީ: ވަގުތީގޮތުން ވަޒީފާއަށް ނުކުތުން މަނާކުރެވިފައިވާ މުވައްޒަފަކު ވަޒީފާއަށް
ނުކުތުން މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ވަޒީފާއަށް ނުކުތުމަށް އަންގަންޖެހެނީ ލިއުމުންކަން
އެނގޭއިރު، 02 މެއި 2012 އިން ފެށިގެން ރަސްމީ 5 ދުވަހުގެ ތެރޭގައި އޮފީހަށް ނުކުތުމަށް އިބްރާހީމް
ސާމިނަށް އެންގުމަށް ލިޔެވިފައިވާ، ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު 2012
/
241/L
/
MIS-188
(02 މެއި 2012) ސިޓީ މިމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާކަމާއި، އެ ސިޓީ
އިބްރާހީމް ސާމިނަށް ރައްދުކުރެވިފައިވަނީ 29 މެއި 2012 ގައިކަން ސާފުކޮށް އެނގެން އޮތްއިރު، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/112
އިސްވެދިޔަ ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ފަދައިން، ރަސްމީ 7 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް
29 އޭޕްރީލް 2012 ގައި އިބްރާހީމް ސާމިނަށް އެންގިފައިވާކަމުގައި ބެލެވޭނެގޮތެއް ނެތްއިރު، ރަސްމީ 7
ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް 29 އޭޕްރީލް 2012 ގައި އިބްރާހީމް ސާމިނަށް ސިވިލް ސަރވިސް
ކޮމިޝަނުން އެންގިފައިވާކަމަށް ބަލައި، އޭގެ މައްޗަށް ބިނާކޮށް އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރުމަކީ،
ޤަވާއިދުގައި ބުނެފައިވާގޮތާ ޚިލާފަށް، މުވައްޒަފުގެ ޙައްޤަށް އުނިކަން ލިބޭގޮތަށް ހިނގާފައިފައިވާ ކަމެއްކަމާއި،
އިބްރާހީމް ސާމިނު ވަޒީފާއިން ވަކިކުރެވިފައިވާގޮތަށް ވަޒީފާއިން ވަކިކުރުމަކީ މުވައްޒަފުގެ ޙައްޤުގައި ރަނގަޅަށް
ކުރެވިފައިވާ ކަމެއްކަމުގައި ބެލެވެން ނެތްކަމާއި، އަދި މިމައްސަލައިގެ ހަގީގަތްތައް ބަޔާންކުރެވިދިޔަފަދައިން
ހުރިއިރު، ރަސްމީ 7 ދުވަހުގެ ތެރޭގައި ވަޒީފާއަށް ނުކުތުމަށް އިބްރާހީމް ސާމިނަށް އެންގިފައިވާކަމަށާއި،
އެއެންގުމާ އެއްގޮތަށް އިބްރާހީމް ސާމިނު ވަޒީފާއަށް ނިކުމެފައި ނުވާކަމުގައި ބަލައި، އިބްރާހީމް ސާމިނު
ވަޒީފާއިން ވަކިކުރި ކުރުން ރަނގަޅުކަމަށް ބެލުމަކީ، ކަނޑައެޅިފައިވާ ޤަވާޢިދުތަކުގެ އިންތަކުގެ ބޭރުން
މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ހުޅުވޭ ދޮރަކަށް ވެގެންދާނެކަމެވެ .
(ލ) ހަވަނަ ކަމަކީ: ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިބްރާހީމް ސާމިނު
ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތުމުން އިބްރާހީމް
ސާމިނު ހޯދުމަށް އެދުނު ރަމަޟާން މަހުގެ އިނާޔަތާއި މުސާރައާއި އެހެނިހެން އިނާޔަތްތައް އޭނާއަށް ދިނުމަށް
އަދި އިބްރާހީމް ސާމިނު އެދުނު ފަދައިން އޭނާ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް، މައްސަލަ ރައްދުވި ސިވިލް
ސަރވިސް ކޮމިޝަނަށް އަމުރު ކުރާނެ ތަނެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ބަދަލުގެންނަން ޖެހޭކަމަށް މިމައްސަލަ މިކޯޓުގައި ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2013/HC-A/112
ޙުކުމް.
0
ޓ ޓ ޓޓ 3 ه
33034
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ
ނަންބަރު 2012/VTR/169 މައްސަލާގައި ނިންމަވާފައިވާ ނިންމެވުން ބާޠިލުކޮށް، ހުވަދުއަތޮޅު އުތުރުބުރީ
ގެމަނަފުށީ ކައުންސިލްގެ އިދާރާގައި އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ވަޒީފާއިން 27 ޖޫން 2012 ގައި
އިބްރާހީމް ސާމިނު ވަކިކޮށްފައިވަނީ ޤާނޫނާ
މަތިންކަމަށް ބެލެވެން ނެތްކަމަށްޓަކައި،
އެވަޒީފާއިން އިބްރާހީމް ސާމިނު ވަކިވެފައިވާކަމަށް ނުބެލުމަށާއި، މިއަދު، 14 ނޮވެމްބަރ 2013 ދުވަހުން
ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި، ހުވަދުއަތޮޅު އުތުރުބުރީ ގެމަނަފުށީ ކައުންސިލްގެ އިދާރާގައި
އިބްރާހީމް ސާމިނު އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެވަޒީފާއާ އެއްވަރުގެ އެހެން ވަޒީފާއެއް އިބްރާހީމް
ސާމިނަށް ދިނުމަށާއި، އަދި އިބްރާހީމް ސާމިނަށް ވަޒީފާ އަނބުރާ ދިނުމާހަމައަށް ލިބެންޖެހޭ މުސާރައާއި
ޢިނާޔަތްތައް، މިއަދު 14 ނޮވެމްބަރ 2013 ދުވަހުން ފެށިގެން 01 (އެކެއް) މަސް ދުވަހުގެ ތެރޭގައި
އިބްރާހީމް ސާމިނަށް ދިނުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގައި، މިމައްސަލަ ކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv