ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/306 ޤަޟިއްޔާގެ ޙުކުމް
2{{{08/HC-1306
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
0
.
ޤަޟިއްޔާ ނަންބަރ: 306/HC
-
A/2008
ދަޢުވާކުރި ފަރާތް: ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
1- (ނަމާއި ޢާންމު ނަން) އެފް.އޭ.އެމް ދާއިމީ އެޑްރެސް: އެފް.އޭ.އެމް ހައުސް
އައިޑީ ކާޑު ނަންބަރ
މިހާރުގެ އެޑްރެސް: އެފް.އޭ.އެމް ހައުސް
ދަޢުވާލިބުނު ފަރާތް: މާލޭ ފުޓްބޯލް ކްލަބު
* މިހާރުގެ އެޑްރެސް
ދަޢުވާގައި މަޞްލަޙަތެއް އޮވެގެން ބައިވެރިވި ފަރާތް:
*
• ހުށަހެޅުނު ތާރީޚް: 02 ޛުލްޙިއްޖާ 1429
30 ނޮވެމްބަރ 2008
، ނިމުނު ތާރީޚް: 13 މުޙައްރަމް 1438
20 ޖެނުއަރީ 2009
6
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2008/MC/1905 * ނިންމެވިކޯޓް: މަދަނީކޯޓް
• ޤަލއްޔާގެ ބާވަތް: އަމުރެއް ނެރެދެއްވުމަށް
ހުށަހެޅުންތާރީޚް: 02 - 11 - 2008
، ނިމުނު ތާރީޚް: 17 - 11 - 2008
ހައިކޯޓު
2
ޘާޟިޢު ނިމުނު ގޮތުގެ ރިޕޯޓް
2008/HC-A/3046
ފިހުރިސްތު
ޞަފްޙާ ނަންބަރ 2
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް
03- ޙުކުމް:
03-08;
i
09:
މައްރު ބަޔާންތައް
04.1އިސްތިއުނާފުކުރި ފަރާތުގެ މަހުނަރު ބަޔާންތައް:
ފުޓްބޯލްއެސޯސިއޭޝަން އޮފް އަލްޑިވްސްގެފަރާތުންދެއްކިވާހަކަ:މަހު ޝަރުނަންބަރ: 05-HC
-
A
-
306
&
pg01-2008
2008-HC-A-306Mpg12-13
2008-HC-A-306Mpg14-19
04-2 އިސްތިއުނާފު ރައްދުވި ފަރާތުގެ މަޙުޝަރު ބަޔާންތައް:
މާލޭ ފުޓްބޯލް ކްލަބުގެ ފަރާތުން ދެއްކިވާހަކަ: މަޙުޝަރު ނަންބަރު
2008-HC-A-306Mpg06-11
2008-HC-A-306Mpg20-24
-1
04- މައްސަލައާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
1- މަދަނީކޯޓުގެ 2008/MC/1905 ޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯރޓުގައި ހިމެނިފައިވާ
މާލޭ ފުޓްބޯޅަ ކްލަބުން ދީފައިވާ ބަޔާނުގެ (4~) ގެ ކޮޕީ.
2- މަދަނީކޯޓުގެ 2008/MC/1905 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓްގައި ހިމެނިފައިވާ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ދީފައިވާ ބަޔާނުގެ (3 ޞ) ގެ ކޮޕީ.
3- ފުޓްބޯލް އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ (38ޞ) ގެކޮޕީ.
05- ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 83
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީކޯޓުގެ ނަންބަރު 2008/MC/1905 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި ނުވާކަމަށްބުނެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު މައްސަލަ އެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މާލޭ ފުޓްބޯލް
ކްލަބެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، ލާންލުއިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 6471] 33
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
ގައްޖޭގެ ހައިގޯތީ
3
ޝަޝިއޯޔާ ނިމުނު ގޮތުގެ ރިޕޯޓް
2018/HC-A/306
* ފާހަގަކުރެވުނު ނުކުތާތައް:
.1
މިއީ މަދަނީކޯޓުގެ ނަންބަރު 2008/MC/1905 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފްކޮށް ދިނުންއެދި ފުޓްބޯލް އެސޯސިއޭޝަން
އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މާލޭ ފުޓްބޯލް ކްލަބެވެ.
2. މަދަނީކޯޓުގެ ނަންބަރު 2008/MC/1905 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ
ހަމަތަކާއި އެއްގޮތް ނުވާކަމަށްބުނެ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ފަސް ސަބަބެއް
ހުށަހަޅާ އެކަންކަމާބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖްލިސްގައި ވާހަކަ ދައްކާފައިވެއެވެ.
(ހ.) ފުރަތަމަ ސަބަބަކީ: މާލޭ ފުޓްބޯލް ކްލަބް 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި (އެއީ 16
ނޮވެމްބަރ 2008 ގައި ބޭއްވުމަށް ކުރިން ހަމަޖައްސާފައިވާ މުބާރާތުގައި ބައިވެރިކުރަން ޖެހޭނެ އެއްވެސް
ނެތްހިނދު، އެކްލަބް ފުޓްބޯޅަ މުބާރާތުގައި ބައިވެރިކުރުމަށް އަންގަވާ ޙުކުމް ކުރެއްވުން
ބައިވެރިކުރަންޖެހޭ އެއްވެސް ސަބަބެއް
ޙުކުމްގައި ބަޔާންކުރައްވާފައި ނެތުމެވެ.
ސަބަބެއް
(ށ.) ދެވަނަ ސަބަބަކީ: މާލޭ ފުޓްބޯލް ކްލަބަކީ މިވަގުތު އެފް އޭ އެމްގެ ފުރިހަމަ މެންބަރަކަށް
ނުވުމާއި އަދި އެކަން ޝަރީޢަތަށް ސާބިތުކޮށް ދެވިފައިވުމެވެ.
(ނ.) ތިންވަނަ ސަބަބަކީ: މާލޭ ފުޓްބޯލް ކްލަބް 3 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި
ބައިވެރިކުރަން ޖެހޭކަމަށް މިޖަމިއްޔާގެ ހިންގާ ޤަވާއިދުގެ އެއްވެސް ތަނެއްގައި ބުނެފައި ނުވުމެވެ.
acet oL
(ހ.) ހަތަރުވަނަ ސަބަބަކީ މިޙުކުމްގެ ސަބަބުން އެތަކެއް ގިނަގުނަ ގެއްލުންތަކާއި ޚަރަދުތަކެއް
އެފްއޭއެމް އަށާއި މުބާރާތުގައި ބައިވެރިކުރަން ނިންމާފައިވާ ކްލަބްތަކަށާއި އޮފިޝަލުންނަށް މިހާރުން
މިހާރަށްވެސް ވަމުންދިއުމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.riy
ސިއޯޔާ ނިމުނު ގޮތުގެ ރިޕޯޓު
2008/
HA306
44 |
(ބ.) ފަސްވަނަ ސަބަބަކީ: ޙުކުމް ކުރައްވާފައިވަނީ ޤާނޫނު އަސާސީގެ މާއްދާއަކަށް ރިޢާޔަތް ކުރައްވާ
ކަމަށްވީހިނދު، އެއީ މަދަނީކޯޓުގައި ހިންގުނު ޤަޟިއްޔާ ނަންބަރު 2008/MC/1905 ޤަޟިއްޔާއާ އެއްވެސް
ގުޅުމެއްނެތް މާއްދާއެއް ކަމަށްވާކަމެވެ.
ﷲތ4 4ވ
3. މަދަނީކޯޓުގެ ނަންބަރު 2008/MC/1905 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯރޓަށް
ބެލިއިރު އެޤަޟިއްޔާއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް ދަޢުވާ ލިބޭގޮތަށް މާލޭ ފުޓްބޯޅަ
ކްލަބުން މަދަނީކޯޓަށް މައްސަލައެއް ހުށަހަޅާފައިވާތީ އެކަމުގެ އަދަބެއްގެގޮތުން އެފް.އޭ.އެމްއިން ރާވާ ހިންގާ
2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި އެފް.އެމްގެ މެންބަރެއްގެ ގޮތުގައި ހިމެނޭ
މާލޭ ފުޓްބޯޅަ ކްލަބަށް ބައިވެރި ނުވެވޭނޭކަމަށް އެއެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީއިން ނިންމަވާފައިވާ
ނިންމުމަކީ އެއެސޯސިއޭޝަންގެ ޤަވާޢިދުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ އެނިންމުން
ބާޠިލްކޮށް 2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް އެފް.އޭ.އެމްއަށް
އަމުރު ނެރެދެއްވުމަށް އެދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް މާލޭ ފުޓްބޯލް ކްލަބުން
ދަޢުވާ ކުރުމުން އެކޯޓުން ބައްލަވާ ނިންމަވާފައިވާ މައްސަލައެއްކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ހިޕޯރޓުން އެނގެން އޮވެއެވެ.
4. މާލޭ ފުޓްބޯޅަ ކްލަބްގެ ފަރާތުން ކޮށްފައިވާ ދަޢުވާއަށް ޖަވާބުދާރީ ވުމުގެގޮތުން އެފް.އޭ.އެމްގެ
ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު މާލޭ ފުޓްބޯޅަ
ކްލަބަކީ މިވަގުތު އެފް.އޭ.އެމްގެ ފުރިހަމަ މެންބަރަކަށް ނުވާތީއާއި ހިންގާ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (އ)
ގެ ދަށުން މުބާރާތްތައް ބާއްވާނެ ތަނަކާއި ތާރީޚަކާއި ބައިވެރިވާނެ ޓީމްތަކުގެ ޢަދަދު ކަނޑައަޅާނީ އެގްޒެކެޓިވް
ކޮމިޓީ ނުވަތަ ހިންގާ ކޮމިޓީއިންކަމަށް ހިންގާ ޤަވާޢިދުގައި ބަޔާންކޮށްފައިވާތީ މާލޭ ފުޓްބޯޅަ ކްލަބްގެ ފަރާތުން
ކޮށްފައިވާ ދަޢުވާއަކީ އެފް.އޭ.އެމްގެ މައްޗަން މާލޭ ފުޓްބޯޅަ ކްލަބަށް ކުރެވޭނެ
އެދަޢުވާއާމެދު އެފް.އޭ.އެމްއިން އިންކާރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.
ދީވަޗެއެތައް
އ ހ 3
4
ކަމަށްބުނޭ
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖްލިސްއަށް ހުށަހެޅިފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނޭ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޤަވާއިދަށް ބެލިއިރު، އެފް.އޭ.އެމް ނުވަތަ ފުޓްބޯލް
އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޖަމްޢިއްޔާއަކަށް ވިއަސް
އެޖަމްޢިއްޔާއަކީ ކުޅިވަރުގެ މައިދާނުގައި ބައިނަލް އަޤްވާމީގޮތުން ޙަރަކާތްތެރިވާ ފީފާއާއި އޭ.އެފް.ސީގެ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 325029 ، ފެކްސް3316471
އީމެއިލް [email protected] ވެބް ސައިޓް +www.highcourt.gov.ITI
އައިކޯޓް
މާލެ،
ރާއްޖެ
5
ގަސިޢްޔާ ނިމުނު ގޮތުގެ ރިޕޯޓް
2018/HC-A/34
44 4
މެންބަރަކަށް ވުމާއެކު އެފް.އޭ.އެމް ހިނގަމުންދާނީ އެޖަމްޢިއްޔާގެ ޤަވާއިދުގެ އިތުރުން ފީފާއާއި
ގުޅިގެން އެފަރާތުން ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިންކަން ފާހަގަ ކުރެވިފައިވެއެވެ.
j
. މިމައްސަލައާ ގުޅިގެން މަދަނީކޯޓުގެ ނަންބަރު2008/MC/1905 ޤަޟިއްޔާގައި ކުރައްވާފައިވާ
އުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ މިފަދައިންނެވެ. " ދެންފަހެ، މާލޭ ފުޓްބޯޅަ ކްލަބުން
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ މައްޗަށް ކުޅު މިދަޢުވާގައިވާ ފަދައިން 2008
ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި، އެފް.އޭ.އެމްގެ މެންބަރެއްގެ ގޮތުގައި ހިމެނޭ މާލޭ
ފުޓްބޯޅަ ކްލަބަށް ބައިވެރި ނުވެވޭނެކަމަށް އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ އަދަބުދީފައިވަނީ ކުރިން
ކުޅަ ޢަމަލަކަށް ފަހުން ހެދުނު ޤަވާޢިދަކުން ކަމަށްވެފައި، މިގޮތަށް ކުރިންކޮށްފައިވާ ޢަމަލަކަށް ފަހުންހެދޭ
ޤަވާޢިދަކުން އަދަބު ދިނުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ (59) ވަނަ މާއްދާގެ ރޫޙާއި
ޚިލާފް ކަމަކަށްވާތީ އެފް.އޭ.އެމްގެ މިނިންމުމަކީ ބާޠިލް ޢަމަލެއްކަމަށް ކަނޑައަޅައި، އެފް.އޭ.އެމްއިން ރާވާ
ހިންގާ 2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި އެފް.އޭ.އެމްގެ އެހެނިހެން
ކްލަބްތަކެކޭވެސް އެއްފަދައިން މާލޭ ފުޓްބޯޅަ ކްލަބަން ބައިވެރި ވުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި މާލޭ ފުޓްބޯޅަ
ކްލަބަށްވެސް 2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
އެހެންކްލަބް ތަކެކޭވެސް އެއްއުޞޫލުން ދިނުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭ.އެމް)
އަށް އަންގާ ޙުކުމްކޮށްފީމެވެ."
7. މިމައްސަލައާ ގުޅިގެން ދެފަރާތުން ޝަރީޢަތުގެ މަޖްލިސްގައި ދައްކާފައިވާ ވާހަކަތަކަށާއި
ޝަރީޢަތުގެ މަޖްލިސްއަށް ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށާއި އަދި މަދަނީކޯޓުގެ ނަންބަރު
2008/MC/1905 ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާ ކަމަށްބުނެ މާލޭ
ފުޓްބޯޅަ ކްލަބްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ވިސްނާ ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ.) ފުރަތަމަކަމަކީ އެފް.އޭ.އެމް ނުވަތަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސްއަކީ އޭޝިޔަން
ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ) ގެ އިތުރަށް ފެޑެރޭޝަންޑީ އިންޓަރނޭޝަނަލް ފުޓްބޯލް
އެސޯސިއޭޝަން (ޕީ) ފަދަ ފުޓްބޯޅަ ތަރައްޤީކުރުމާއި، މުބާރާތްތައް ބޭއްވުމާއި، މެންބަރު
އެސޯސިއޭޝަންތަކަށް އެކިއެކިރޮނގު ރޮނގުން އެހީތެރިވެދޭ ބައިނަލް އަޤްވާމީ ޖަމާޢަތްތަކާއި ގުޅިގެން އެފަދަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ހައިކޯޓް
ދިވެހިރާއްޖެ
6
ގަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/HCA346
oc
ޖަމާޢަތްތަކުން ކަނޑައަޅާފައިވާ އުޞޫލުތަކާއި އެގޮތްވާ ގޮތުގެމަތިން ހިނގަމުންދާ އެސޯސިއޭޝަނެއްކަން
އެފް.އޭ.އެމްގެ ޤަވާޢިދުގެ ފުރަތަމަ މާއްދާއިން އެނގެން އޮންނައިރު، ފީފާއާއި އޭ.އެފް.ސީއާއި އެފް.އޭ.އެމްގެ
ޤަވާޢިދުތަކަށާއި އުޞޫލުތަކަށާއި އަމުރުތަކަށް އިޙްތިރާމް ކުރުމާއެކު އެފަދަ ޤަވާއިދުތަކާއި އުޞޫލުތަކާއި
އަމުރުތަކާއި ޚިލާފަށް ކަންތައްކުރުން ހުއްޓުވުމާއި ކުޅިވަރުގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއިއެކު
އެފްއޭ.އެމްގެ މެންބަރުންވެސް އެޤަވާޢިދު ތަކަށާއި އުޞޫލުތަކަށާއި އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތާތޯ ބަލާ
ހެދުމަކީވެސް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި އެއެސޯސިއޭޝަންގައި ބައިވެރިވާ ފަރާތްތަކުގެ
މަސްއޫލިއްޔަތެއްކަން އެއެސޯސިއޭޝަންގެ ޤަވާޢިދުގެ 02 ވަނަ މާއްދާގެ އިން ރަނގަޅަން އެނގެން
ފާހަގަކުރެވިފައި އޮންނަ އޮތުމެވެ.
އެންނުކުތާ
(ސ.) ދެވަނަކަމަކީ އެފް.އޭ.އެމްގެ މެންބަރުންވެސް އަދި ކުޅުންތެރިންގެ އިތުރަށް އޮފިޝަލުންވެސް
އެމީހުންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ނުވަތަ އެފަދަ މައްސަލައެއްގެ ޙައްލެއް
ހޯދުމަށްއެދި ޝަރުޢީ ކޯޓަކަށް މައްސަލަ ހުށަހެޅުމަކީ މަނާކަމެއްކަމަށް އެފް.އޭ.އެމްގެ ޤަވާޢިދުގެ 58 ވަނަ
މާއްދާގައި ކަނޑައެޅިއިރު، އެފަދަ މައްސަލަތައް ޙައްލު ކުރާނޭގޮތް އެޤަވާޢިދުގެ 57 ވަނަ މާއްދާގައި
ކަނޑައެޅި ބަޔާންވެފައި އޮތުމުގެ އިތުރަށް އެފް.އޭ.އެމްގެ ޤަވާޢިދާއި ޙިލާފްވާ ފަރާތްތަކާއިމެދު އެޅުމަށް
ހަމަޖެހިފައިވާ ފިޔަވަޅުތަކާއި އެފް.އޭ.އެމްއާއި ފީފާގެ ގިއުގަނޑުގެ ތެރޭގައި އިންސާފު ލިބިދެވޭނެ ގޮތްތަކެއް
ފަހިކޮށް ދީފައިވާކަން އެޤަވާޢިދުގެ 52 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި 59 ވަނަ މާއްދާގެ 1
ވަނަ ނަންބަރާއި 2 ވަނަ ނަންބަރުން އެގެންއޮތުމުން، އެފް.އޭ.އެމްގެ ޤަވާޢިދަކީ ޢަދުލްއިންސާފަށް ހުރަސްއަޅާ
ޤަވާޢިދެއްކަމަށް ޤާނޫނީގޮތުން ބެލެވެންޖެހޭ ސަބަބެއްނެތް ކަމާއި އެފް.އޭ.އެމްއާއި މެންބަރުންނާ ދެމެދުގައިއޮތީ
އެއެސޯސިއޭޝަންގެ ޤަވާޢިދުގައި ކަނޑައެޅިފައިވާ
މެންބަރުން
ޤަބޫލު ކުރުމާއިއެކު
އެއެސޯސިއޭޝަންގެ ޙަރަކާތް ތަކުގައި ބައިވެރިވުމުގެ އެއްބަސް ވުމެއްކަމާއި އަދި އެއެއްބަސްވުމަށް އިޙްތިރާމް
ކުރަން މެންބަރުންނާއި ކްލަބްތަކުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމްވާނެކަން އެނގެން އޮންނަ އޮތުމެވެ.
محرومی وی
(ނ.) ތިންވަނަކަމަކީ އެފް.އޭ.އެމްގެ ދަށުގައިވާ ކްލަބް ޖަމްޢިއްޔާތަކާއި ކުޅިވަރާއިބެހޭ އިދާރާތަކާއި
އޮފިޝަލުން ފީފާއާއި އޭ.އެފް.ސީއާ އެފް.އޭ.އެމްގެ ޤަނޫނަށާއި ޤަވާއިދު ތަކަށާއި އެންގުން ތަކަށާއި ނިންމުން
ތަކަށާއި ސުލޫކީ މިންގަނޑަށް ޢަމަލު ކުރަންވާނެކަމަށް އެފް.އޭ.އެމްގެ ހިންގާ ޤަވާޢިދުގެ 7 ވަނަ މާއްދާގައި
ބުނެފައިވާއިރު މެންބަރަކަށް ވުމަށްއެދިފައިވާ ފަރާތް މެންބަރަކަށް ހެދުމުގެ ނުވަތަ މެންބަރަކު ވަގުތީގޮތުން
ވަކިކުރުމުގެ ނުވަތަ ދާއިމީ ގޮތުންވަކި ކުރުމުގެ ނިންމުން ނިންމާނީ ކޮންގްރެހުން ކަމަށް އެޤަވާޢިދުގެ 9 ވަނަ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނޗުން ރާވެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
28/A1306
މާއްދާގެ (1) ވަނަ ނަންބަރުގައި ބުނެފައިވާ ކަމާއި އަދި މެންބަރުކަން ދިނުމުގެ ކަންތައްތައް ގެންދާނެގޮތް
ކަނޑައަޅާނީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީއިން ކަމަށާއި އަދި މެންބަރަކަށް ވުމަށްއެދޭ ފަރާތް މެންބަރަކަށް
ހެދުމަށް ނުވަތަ މެންބަރަކަށް ނެހެދުމަށް ކޮންގްރެހަށް ލަފާދޭނީވެސް އެގްޒެކެޓިވް ކޮމިޓީއިން ކަމަށް
އެފް.އޭ.އެމްގެ ހިންގާޤަވާއިދުގެ 11 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރުގައި ސާފުބަހުން
ބުނެފައިވާކަން އެނގެން އޮންނާތީ އެގްޒެކެޓިވް ކޮމިޓީގެ ނިންމުންތަކަށް އެއެސޯސިއޭޝަނުގައި ބައިވެރިވާ
ހުރިހާ ފަރާތްތަކުންވެސް ބޯލަނބަން ޖެހޭކަމާއި އަދި އެފަދަ ނިންމުމަކާއިމެދު ހިތްހަމަ ނުޖެހޭފަދަ ޙާލަތެއް
މެދުވެރިވެއްޖެނަމަ އެކަމުގެ ޙައްލުހޯދަންވާނީ އެފް.އޭ.އެމްގެ ޤަވާޢިދުގައި އެކަމަށްޓަކައި ކަނޑައެޅިފައިވާ
މެކޭނިޒަމްގެ ތެރެއިންކަން އެނގެން އޮތުމެވެ.
(ރ.) ހަތަރުވަނަކަމަކީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީގެ ބާރުތައް ކަނޑައެޅި ބަޔާންވެފައިވާ
އެއެސޯސިއޭޝަންގެ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (ދ) ގައި ވަކިކުރަން ފެނިއްޖެ މީހަކު ނުވަތަ ފަރާތެއް
ވަކިކުރުން ނުވަތަ ދެންއޮންނަ ކޮންގްރެހާ ހަމައަށް ވަގުތީ ގޮތުން ވަކިކުރަންޖެހޭ މެންބަރުން ވަގުތީގޮތުން
ވަކިކުރުމަކީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީއަށް ލިބިގެންވާ ބާރެއްކަމަށް ސާފުބަހުން ބުނެފައި އޮތުމުން،
އެފް.އޭ.އެމްގެ ޤަވާޢިދަކާ ޚިލާފްވި ފަރާތަކާއިމެދު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަކީ އެއެސޯސިއޭޝަނަށް
ލިބިގެންވާ ޙައްޤެއް ކަމާއި އަދި އެއެސޯސިއޭޝަންގެ ގިއުގަނޑުގެ ތެރޭގައި ޙަރަކާތްތެރިވާ ކޮންމެ ކްލަބެއް
ނުވަތަ މެންބަރަކީވެސް އެޝަރުތުތަކާއި ހަމަތައް އިޚްތިޔާރާއި ރުޙުމުގައި ޤަބޫލު ކޮށްގެން ޙަރަކާތްތެރި ވަމުންދާ
ފަރާތްތަކެއްކަން އޮޅުމެއްނެތި އެނގެން އޮންނާތީ ދިމާވާ މައްސަލައަކާއި ގުޅިގެން މެންބަރަކާއިމެދު
އެފް.އޭ.އެމްއިން އަޅާ ފިޔަވަޅަކާއިމެދު ހިތްހަމަ ނުޖެހުނު ކަމުގައިވިއަސް އެހިތްހަމަ ނުޖެހުމާއިބެހޭ މައްސަލައެއް
ޤަވާޢިދުގައި ބުނެފައިވާ ގޮތުގެމަތިން އަދި އެޤަވާޢިދުގައި ބުނެފައިވާ ފަރާތަކަށްނޫނީ އެމައްސަލަ
ހުށަހެޅުމަކީ އެފް.އޭ.އެމްގެ މެންބަރޝިޕް ލިބުމުގައި ދެފަރާތް އެއްބަސް ވެފައިވާގޮތާއި ޚިލާފް ކަމެއްކަން
ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
844a4
އެފް.އޭ.އެމްގެ
(ބ.) ފަސްވަނަކަމަކީ އެފް.އޭ.އެމްގެ މުބާރާތްތައް ބާއްވާނެ ތަނަކާއި ތާރީޚާއި ބައިވެރިވާ ޓީމްތަކުގެ
ޢަދަދު ކަނޑައެޅުމަކީ އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީގެ މުޠުލަޤު އިޚްތިޔާރުގެ މައްޗަށް ބިނާވެފައިވާ
ކަމެއްކަން އެފް.އޭ.އެމްގެ ޤަވާޢިދުގެ 33 ވަނަ މާއްދާގެ (އ) އިން ކަނޑައެޅިގެން އެނގެން އޮތްއިރު މާލޭ
ފުޓްބޯޅަ ކްލަބަކީ 2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރި ކުރުމަށް
އެފް.އޭ.އެމްގެ އެގްޒެކެޓިވް ކޮމިޓީއިން ކަނޑަޅާފައިވާ 12 ކްލަބްގެ ތެރޭގައި ހިމެނޭ ކްލަބެއްނޫން ކަމާއި، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖޭ، ފޯން: 3325229، ފެކްސް: ]331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
ދަސިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2008/IC-A/306
އެގޮތަށް ކަނޑައެޅިއިރު މާލޭ ފުޓްބޯޅަ ކްލަބަކީ އެފް.އޭ.އެމްގެ ދާއިމީ މެންބަރެއްވެސް ނޫންކަން މިމައްސަލައާ
ގުޅިގެން މާލޭ ފުޓްބޯޅަ ކްލަބްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖްލިސްގައި ވެފައިވާ
އިޤްރާރުން އެނގެން އޮންނާތީ، އެފް.އޭ.އެމްގެ މުޠުލަޤު އިޚްތިޔާރުގެ މައްޗަށް ބިނާވެފައިވާ ކަމަކާއިގުޅިގެން
އެފަރާތުން ނިންމާ ނިންމުމަކާއިމެދު އިޢުތިރާޟް ކުރުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބިދެވެންޖެހޭ ޝަރުޢީ
އަދި ޤާނޫނީ ވިޔަސް
44 )464.
(ޅ.) ހަވަނަކަމަކީ އެފް.އޭ.އެމްގެ މެންބަރަކަށް ވެވެނީ އިޚްތިޔާރާއި ރުހުމުގައި އެފް.އޭ.އެމްއާއި ފީފާ
އޭ.އެފް.ސީގެ ޤަވާޢިދުތަކަށް އިޙްތިރާމްކޮށް އެޤަވާޢިދުތައް ޤަބޫލު ކުރުމާއި އެޤަވާޢިދު ތަކުގެ މައްޗަށް
ފުރިހަމައަށް ޢަމަލު ކުރުމުގެ ޝަރުޠުގެ މަތިން ކަމަށްވެފައި އެފް.އޭ.އެމްއާއި މެންބަރުންން ނުވަތަ މެންބަރުންގެ
މެދުގައިވިޔަސް ދިމާވާ އެއްވެސް މައްސަލައަކާބެހޭ ދަޢުވާއެއް ޝަރުޢީ ކޯޓްތަކަށް ހުށަނޭޅުމަށާއި އެފަދަ
ދެބަސްވުން ތަކާއިބެހޭ މައްސަލަތައް ޙައްލުކުރެވެން ޖެހޭނީ އެފް.އޭ.އެމްގެ ޤަވާޢިދުގައި އެކަމަށް
ކަނޑައެޅިފައިވާ އުޞޫލުގެ ދަށުންކަން ޤަބޫލުކޮށް އެފް.އޭ.އެމްގެ މެންބަރު ކްލަބް ތަކުން މެންބަރޝިޕް ޤަބޫލު
ކުރުމާއިއެކު އެގޮތަށް އެއްބަސް ވެވިފައިވާތީ އެފަދަ އެއްބަސްވުމަކާއި ޚިލާފްވާ ފަރާތަކާއިމެދު އެފް.އޭ.އެމްއާއި
ފީފާއާއި އޭ.އެފް.ސީގެ ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅުމާއި އަދި މެންބަރޝިޕް ކެންސަލްކުރުން ފަދަ ހަރުކަށި
ފިޔަވަޅެއް އެޅުމަށްވެސް ހުރަސްއަޅާ ސަބަބެއްނެތްކަން އެފް.އޭ.އެމްގެ ޤަވާޢިދުގެ 15 ވަނަ މާއްދާއާ 33 ވަނަ
މާއްދާގެ (ށ) އިން ރަނގަޅަށް އެނގެން އޮތުމެވެ.
ކ.) ހަތްވަނަކަމަކީ މުބާރަތް ތަކުގައި ކްލަބްތައް ބައިވެރި ކުރުމާއި ނުކުރުމަކީ އެފް.އޭ.އެމްގެ
ޤަވާޢިދުގައިވާ ގޮތުން އެއެސޯސިއޭޝަންގެ ފުރިހަމަ އިޚްތިޔާރުގެ މައްޗަށް އޮތްކަމެއްކަން އެއެސޯސިއޭޝަންގެ
ޤަވާޢިދުން ރަނގަޅަށް އެނގެން އޮތުމާއެކު އެފަދަ އިޚްތިޔާރެއް ބޭނުންކުރުމާމެދު ޤާނޫނީ ގޮތުން ހުރަހެއް
ނޯންނާނެތީ މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ ދަށުކޯޓުގެ
ނަންބަރު 2008/MC/1905 ޤަޟިއްޔާގެ ޙުކުމާއި ހަމަޔަށް ވާޞިލުވުމުގައި ރިޢާޔަތް ކުރައްވާފައިވާ ގޮތް
ރަނގަޅުނޫން ކަމަށާއި އަދި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭނެ ކަމަށެވެ.
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް މޫންލައިޓް ހިނގުން، ލާވެ. ދިވެހިރާއްޖެ، ފޯން 3325029، ފްކްސާ 3316471
އީމެއިލް [email protected] ވެބް ސައިޓް
www.highcourt.gov.my ex
ދިވެހިރުޑް
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
28/HC-A/306
އިސްވެ ބަޔާންވެދިޔަ ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު އެފް.އޭ.އެމްގެ މެންބަރުންނަށާ
ކްލަބްތަކަށާއި، އެކިއެކި ފަރާތްތަކަށް އެފް.އޭ.އެމްގެ މެންބަރޝިޕް ދެވޭނީ އެފް.އޭ.އެމްއާއި ފީފާއާއި
އޭ.އެފް.ސީގެ ޤަވާޢިދުތައް ޤަބޫލުކޮށް އެޤަވާޢިދުތަކާއި އެފް.އޭ.އެމްއިން ނިންމާ އެންމެހައި ނިންމުންތައް
ފުރިހަމައަށް ޤަބޫލުކުރުމުގެ ޝަރުޠުގެ މަތިންކަން އެފް.އޭ.އެމްގެ ހިންގާ ޤަވާޢިދުގެ 7 ވަނަ މާއްދާއާއި 10
ވަނަ މާއްދާގެ 3 ވަނަ ނަންބަރުގެ (ހ) އިން އެނގެން އޮވެފައި، އެކިއެކި މުބާރާތް ތަކުގައި ކްލަބްތައް
ބައިވެރި ކުރުމާއި ނުކުރުމަކީ އެފް.އޭ.އެމްއަށް އެއެސޯސިއޭޝަންގެ ޤަވާޢިދުގެ ދަށުން މުޠުލަޤު ގޮތެއްގައި
އިޚްތިޔާރު ލިބިގެންވާ ކަމަކަށްވާތީ، އެފް.އޭ.އެމްގެ ޤަވާޢިދުގެ ދަށުން އެއެސޯސިއޭޝަނަށް މުޠުލަޤު ގޮތެއްގައި
ލިބިފައިވާ އިޚްތިޔާރުގެ ބޭނުންކުރުމާއިމެދު ހުރަސްއެޅެންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ހަމައެއް
ނެތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤް
ވެވުނުހިނދު، 2008 ވަނަ އަހަރުގެ 03 ވަނަ ޑިވިޜަންގެ ފުޓްބޯޅަ މުބާރާތުގައި ކްލަބްތައް ބައިވެރި ކުރުމަށް
އެފް.އޭ.އެމްއިން ކަނޑައެޅި ކަނޑައެޅުމާއި އަދި ބައިވެރިވާނެ ކްލަބްތައް ކަނޑައެޅި ގޮތާއިމެދު އިޢުތިރާޟް
ކުރުމުގެ ޙައްޤު ޤާނޫނީ ގޮތުން މާލޭ ފުޓްބޯޅަ ކްލަބަށް ލިބިގެންނުވާކަމަށް ޙުކުމްކޮށްފީމެވެ.
ނޯޓް: މިޤަޟިއްޔާ މިގޮތަށް ނިމުމުން މަދަނީކޯޓުގެ ނަންބަރު 2008/MC/1905 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ބާޠިލްވީއެވެ.