ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-DM/02 ޤަޟިއްޔާގެ ޙުކުމް
1
2015/HC-DM/2
ޤަޟިއްޔާ ނިމުނު ގޮތު
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
L
- ed e;
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
#
• ޤަޟިއްޔާ ނަންބަރު: 02/HC
-
DM/2015
• މައްސަލަ ހުށަހެޅި ފަރާތް:
މިނަން: ޙުސައިން ޙަބީބް
* އައިޑީ ކާޑު ނަންބަރު:A161317
• މައްސަލަ ރައްދުވި ފަރާތްތައް:
*ނަން: އެޓަރނީ ޖެނެރަލްގެ އޮފީސް
ދާއިމީ އެޑްރެސް: މެރިންގޯލްޑް/ ސ.ހިތަދޫ
* މިހާރުގެ އެޑްރެސް:މެރިންގޯލްޑްއާގެ ސ.ހިތަދޫ
އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
މިހާރުގެ އެޑްރެސް: އެޓަރނީ ޖެނެރަލްގެ އޮފީސް
*
އައިޑީ ކާޑު ނަންބަރު:
• ރަޖިސްޓްރީކުރެވުނު ތާރީޚް: 04 ޛުލްޤައިދާ 1436 • ނިމުނު ތާރީޚް: 05 ޞަފަރު 1437
20 އޯގަސްޓް 2015
17 ނޮވެމްބަރ 2015
• ޤަޟިއްޔާގެ ބާވަތް: ދުސްތޫރީ މައްސަލަ
• މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސްގެ
ފަނޑިޔާރު: ޢަލީ ސަމީރު
ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު: ޢަބްދުއްރައޫފު އިބްރާހީމް
ފަނޑިޔާރު: ޢަބްދުﷲ ދީދީ
ފަނޑިޔާރު: ޝުޖާޢު ޢުޘްމާން
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސްliy ދިވެހިންd
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތު
2015/HC-DM/2
و مرد مي ب
ދަޢުވާގެ ޚުލާޞާ
ޤަވާއިދު ނަންބަރު 311-R/2014 (ދިވެހި ސިވިލް ސާރވިސްގެ ޤަވާއިދު 2014) ގެ
160 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޖުމްލައަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ
42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް އަދި އެ ޤާނޫނުގެ 54 ވަނަ
މާއްދާގެ (ށ) އާ 2 ވަނަ މާއްދާގެ (ނ) އާ ޚިލާފު އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ 63 ވަނަ
މާއްދާއާ ޚިލާފަށް ބާޠިލު ޖުމްލައެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސ.ހިތަދޫ މެރިންގޯލްޑް ޙުސައިން
ޙަބީބްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ލިޤާޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ އެޓަރނީ ޖެނެރަލްގެ އޮފީހެވެ.
• ފާހަގަކުރެވުނު
-01
22 / 2
މިއީ، ޤަވާއިދު ނަންބަރު 311-R/2014 (ދިވެހި ސިވިލް ސާރވިސްގެ ޤަވާއިދު
2014) ގެ 160 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޖުމްލައަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ
ޤާނޫނު) ގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ ޙައްޤުތަކަށް އުނިކަން އަންނަގޮތަށް އަދި އެ ޤާނޫނުގެ
54 ވަނަ މާއްދާގެ (ށ) އާ 2 ވަނަ މާއްދާގެ (ނ) އާ ޚިލާފު އަދި ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ
63 ވަނަ މާއްދާއާ ޚިލާފަށް ބާޠިލު ޖުމްލައެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ސ.ހިތަދޫ މެރިންގޯލްޑް
ޙުސައިން ޙަބީބްގެ ދަޢުވާކުރުމުން ބެލުނު މައްސަލައެއްކަން އެނގޭކަމާއި،
202c
20
02- ސ.ހިތަދޫ މެރިންގޯލްޑް ޙުސައިން ޙަބީބްގެ ފަރާތުން 07 (ހަތެއް) ނުކުތާއެއް
ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
ހައިކޯa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 93371 ދިވެހިން
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
3 ޤަޟިއްޔާ ނިމުނު "
2015/HC-DM/2
گمرکی
=32
(ހ) ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 42 ވަނަ
މާއްދާގެ (ހ) އިން މުވައްޒަފުންނަށް މަސައްކަތްކުރާ ކޮންމެ އަހަރަކު ސަލާމުގެ ޗުއްޓީގެ ގޮތުގައި މުސާރަ
ގޮތަށް 30 ދުވަހުގެ ޗުއްޓީ ޙައްޤު ލިބިދީފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.
4
(ށ) ދެވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 90 ވަނަ މާއްދާގައި "އުޖޫރަ" މާނަކޮށްފައިވާއިރު
ކޯސްތައްވެސް އުޖޫރައިގެ މާނައިގައިހިމެނޭ ކަމަށްބުނެ ހުށަހެޅި ނުކުތާ.
(ނ) ތިންވަނަ ނުކުތާއަކީ، މުވައްޒަފެއްގެ އުޖޫރައިން އުނިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ
ޤާނޫނުގެ 54 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާއިރު ބަލިވެގެން ސަލާމްބުނާ ދުވަސްތަކަށް
އުޖޫރައިން އެއްވެސް މިންވަރެއް އުނިކުރުން އެމާއްދާއިން ހުއްދަނުކުރާކަމަށްބުނެ ހުށަހެޅި ނުކުތާ.
2& 4
(ށ) ހަތަރުވަނަ ނުކުތާއަކީ، ބަލިވެގެން ސަލާމް ބުނުމަކީ ވަޒީފާއާބެހޭ ޤާނޫނުން
ކަށަވަރުކޮށްދީފައިވާ ޙައްޤަކަށް ވާއިރު އެޙައްޤުގެ ބޭނުންކުރުމުން މުވައްޒަފުންގެ އުޖޫރައިން އެއްވެސް
މިންވަރެއް އުނިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ ރޫޙާވެސް ޚިލާފުކަމެކެވެ. އަދި ވަޒީފާއާބެހޭ ޤާނޫނުގެ 2
ވަނަ މާއްދާގެ (ނ) ގައި "ވަޒީފާ އަދާކުރާ ފަރާތަށް މިޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް
ނުލިބޭގޮތަށް ނުވަތަ އެފަދަ ކަމަކަށް އުނިކަމެއް ލިބޭގޮތަށް ޤަވާއިދެއްގައި ނުވަތަ ވަޒީފާގެ
އެއްބަސްވުމުގައި، އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއްވާނީ، ބާޠިލު މާއްދާއެއް ކަމަށްބުނެ
ހުށަހެޅި ނުކުތާ.
ބ) ފަސްވަނަ ނުކުތާއަކީ، ބަލިވެގެން ސަލާމް ބުނުމަކީ ވަޒީފާއާބެހޭ ޤާނޫނުން ލިބިދީފައިވާ
ޙައްޤަކަށް ވާއިރު އަދި މުވައްޒަފުންގެ އުޖޫރައިން އުނިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 54 ވަނަ
މާއްދާގެ (ށ) ގައި ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާއިރު އެ އުސޫލާ ޚިލާފަށް ސަލާމް ބުނާ
ދުވަސްތަކަށް އުޖޫރައިގެ ތެރޭގައި ހިމެނޭ ސާރވިސް އެލަވަންސް އިން އުނިކުރުން ލާޒިމްކޮށް ސިވިލް
ސަރވިސް ޤަވާއިދު 2014 ގެ 160 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޖުމްލައިގައި ހިމަނާފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
02 3
24 2
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 32671
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2015/HC-DM/2
کی مری مال مب*
ޤަޟިއްޔާ ނިމުނު ގޮތު
(ށ) ހަވަނަ ނުކުތާއަކީ، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއިން ޤާނޫނުގެ
ރައްކާތެރިކަން ލިބުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާއިރު ވަޒީފާއާބެހޭ ޤާނޫނުން ލިބިދޭ
ޙައްޤަކަށް އުނިކަން އަންނަގޮތަށް އަދި ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) އާ ކަނޑައެޅިގެން
ތަޢާރަޟުވާ ބާޠިލު މާއްދާއެއް ސިވިލް ސާރވެންޓުންގެ މައްޗަށް ތަންފީޛުކުރުމަކީ ޤާނޫނުއަސާސީގެ 20
ވަނަ މާއްދާއާ ފުށުއަރާކަމެކެވެ. އެހެންކަމުން ސިވިލް ސަރވިސް ޤަވާއިދު 2014 ގެ 160 ވަނަ މާއްދާގެ
(ހ) ގެ ދެވަނަ ޖުމްލައިގައި ހިމަނާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގެ ދެވަނަ
ޖުމްލައަކީ ޤާނޫނުއަސާސީގެ 20 ވަނަ މާއްދާއާ ކަނޑައެޅިގެން ޚިލާފު ބާޠިލު މާއްދާއެއްކަމަށް ބުނެ
ހުށަހެޅި ނުކުތާ.
03- މިމައްސަލައާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި މިމައްސަލައާ ގުޅޭގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ، މިމައްސަލައާ ގުޅޭ
ލިޔެކިޔުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަކަމަކީ، ދިވެހިރާއްޖޭގެ ޖުމުހޫރިއްޔާގެ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގެ (ހ)
ގައި، ކޮންމެ ރައްޔިތަކަށްމެ އެމީހަކު އިޚުތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއްކުރުމުގެ
ޙައްޤު ލިބިގެންވާކަމަށް ބަޔާންކުރުމަ
ބަޔާންކުރުމަށްފަހު، އެމާއްދާގެ (ރ) ގައި، ކޮންމެ މީހަކަށްމެ އުޖޫރައާއެކު
ޗުއްޓީ ކަނޑައެޅިފައި އޮންނަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
44
ޤާނޫނުއަސާސީގެ މިމާއްދާގައި ބަޔާންކުރާ ފަދައިން ވަޒީފާއަދާކުރާ މުވައްޒަފުންނަށް ޙައްޤުވާ
ޗުއްޓީތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންވެގެން އޮންނައިރު، އެޤާނޫނުގެ 39 ވަނަ
މާއްދާގައިވާ އަހަރީ ޗުއްޓީއާއި، 42 ވަނަ މާއްދާގައިވާ ބަލިވެގެން ސަލާމް ބުނުމުގެ ޗުއްޓީއާއި، 43 ވަނަ
މާއްދާގައިވާ ވިހެއުމާ ގުޅިގެންދޭ ޗުއްޓީއާއި، 46 ވަނަ މާއްދާގައިވާ މަޔަކަށް ނުވަތަ ބަފަޔަކަށްވުމުން ލިބޭ
ޗުއްޓީއާއި، 47 ވަނަ މާއްދާގައިވާ އާއިލީ ޒިންމާގެ ޗުއްޓީއާއި، 48 ވަނަ މާއްދާގައިވާ އަނބިމީހާ
ވިހެއުމުންދެވޭ ޗުއްޓީއާއި، 49 ވަނަ މާއްދާގައިވާ ޚިތާނުކުރުމާ ގުޅިގެންދޭ ޗުއްޓީ އަކީ މުވައްޒަފުންނަށް
ޙައްޤުވާ ޗުއްޓީކަން އެނގޭކަމާއި، މިގޮތުން މުވައްޒަފަކު ބަލިވެގެން މުވައްޒަފަކު ޚިދުމަތްކުރާ ކޮންމެ
އަހަރަކު، ސަލާމް ޗުއްޓީގެ ގޮތުގައި މުސާރަލިބޭގޮތަށް، ގިނަވެގެން 30 ދުވަހުގެ ޗުއްޓީއެއް ލިބުމުގެ ލަޝްޤު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: !36b47
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2015/HC-DM/2
5 ޤަޟިއްޔާ ނިމުނު 1
کی عمری
=32
މުވައްޒަފަށް ލިބުމަކީ އެޤާނޫނުން ލިބިގެންވާ ޙައްޤެއްކަން ސަރީޙަ ޢިބާރާތުން
ހ 2
0
44
0
ބަދަންވެގެނޭ
އޮންނަ
24 2x
284
(ނ) ދެވަނަކަމަކީ، ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަކީ، ދިވެހިރާއްޖޭގައި،
ވަޒީފާއާބެހޭ އަސާސީ އުޞޫލުތައް ކަނޑައަޅައި، ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ
ޙައްޤުތަކާއި ޒިންމާތައް ކަނޑައަޅައި އެ ޙައްޤުތައް ޙިމާޔަތްކޮށްދިނުމަށް، ވުޖޫދުވެފައިވާ ޤާނޫނެއްކަމާއި،
އެހެން ޤާނޫނެއްގެ ދަށުން އިސްތިސްނާ ކުރެވިފައިވާ ދާއިރާތަކާއި ފަރާތްތައް ފިޔަވައި ދައުލަތުގެ ނުވަތަ
އަމިއްލަ ފަރާތްތަކުގެ ދާއިރާގައި ވަޒީފާދޭ ފަރާތްތަކަށާއި ވަޒީފާއަދާކުރާ މުވައްޒަފުންގެ މައްޗަށް މިޤާނޫނު
ހިންގޭނެކަމަށާއި، ވަޒީފާ އަދާކުރާފަރާތަށް ޤާނޫނުގެ ދަށުން ލިބިދޭ ޙައްޤެއް ނުވަތަ މަންފާއެއް
ނުލިބޭގޮތަށް ނުވަތަ އެފަދަކަމަކަށް އުނިކަމެއް ލިބޭގޮތަށް ޤަވާޢިދެއްގައި ނުވަތަ ވަޒީފާގެ އެއްބަސްވުމުގައި،
އެއްވެސް މާއްދާއެއް ހިމެނިގެންވާނަމަ، އެމާއްދާއެއް ވާނީ، ބާޠިލު މާއްދާއަކަށްކަމަށް އެޤާނޫނުގެ 1 ވަނަ
ނަންބަރުގެ (ހ) އާއި، 2 ވަނަ ނަންބަރުގެ (ހ) އަދި (ބ) އަށް ބެލުމުން އެނގެން އޮތުމެވެ.
249
ކަމަށް
02
xތ 2
2x
2
رہ گرم کر یکی
(ނ) ތިންވަނަކަމަކީ، ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ މުވައްޒަފުންނަށްދޭ މުސާރައާއި
އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނޭ ޙާލަތްތަކަކީ ކޮބައިކަން ވަޒީފާއާބެހޭ ޤާނޫނުގެ 54 ވަނަ
މާއްދާގެ (ށ) ގައި ބަޔާންވެގެން އޮންނަކަމާއި، މިގޮތުން ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ
މުވައްޒަފުންނަށްދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނީ އަންނަނިވި ޙާލަތްތަކުގައި
ބަޔާންކޮށް އެމާއްދާގެ (1) ގައި، އެއީ ޤާނޫނުގައިވާ ގޮތުގެ މަތިން ނުވަތަ ކޯޓުގެ އަމުރަކާ
މަތިން އުނިކުރަންޖެހޭ އެއްޗެއް އުނިކުރުމާއި، އެމާއްދާގެ (2) ގައި، އެއީ ވަޒީފާދޭ
ފަރާތުން މުވައްޒަފަކަށް ހޯދައިދީފައިވާ ގެއެއް ނުވަތަ ދިރިއުޅޭނެ ތަނެއް ހޯދުމަށް، ނުވަތަ ކުއްޔަށް ހިފުމަށް
ދީފައިވާ، ނުވަތަ އޭނާ މުވައްޒަފަކަށް ވިއްކާ މުދަލަކަށް ލިބެންވާ ފައިސާއާ ގުޅޭގޮތުން ނުވަތަ އޭނާ
އެމުވައްޒަފަކަށް ދޫކުރާ ލޯނަކާ ނުވަތަ އޭނާ ގެރެންޓީކޮށްގެން ހޯދައިދޭ ލޯނަކާ ނުވަތަ މުސާރައިގެ
އެޑްވާންސްގެ ގޮތުގައި ދީފައިވާ ޢަދަދަކާ ގުޅޭގޮތުން މުވައްޒަފެއްގެ ހުއްދަ ލިޔުމަކުން ލިބިގެން، އެ
ހުއްދަދޭ ޢަދަދަކަށް، ނުވަތަ މުވައްޒަފަކަށް ލިބޭ އުޖޫރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ ނުވާނޭހެން
އުނިކުރާ އުނިކުރުންކަމާއި، އެމާއްދާގެ (3) ގައި، އެއީ އެ މުވައްޒަފެއްގެ ޗުއްޓީއާގުޅޭ ނުވަތަ
ބޭސްފަރުވާއާގުޅޭ ނުވަތަ އިންޝުއަރަންސާގުޅޭ ފަންޑަކަށް، ނުވަތަ ޕްރޮވިޑެންޓް ފަންޑަކަށް ދެއްކުމަށް
ލިބެންޖެހޭ ފައިސާއާ ގުޅޭގޮތުން އުނިކުރާ އުނިކުރުންކަން އެނގެން އޮންނައިރު، ވަޒީފާއާބެހޭ ޤާނޫނުޓެންފްގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު
2015/HC-DM/2
قسم کی مری
ވަނަ މާއްދާގައި "އުޖޫރަ" މާނަކޮށްފައިވާ ގޮތަށް ބެލުމުން، " އުޖޫރައިގެ މާނައިގެ ތެރޭގައި ހިމެނެނީ،
މުވައްޒަފުގެ ވަޒީފާއާ ގުޅޭގޮތުން، ފައިސާއިން ނުވަތަ އަގުހުރި އެހެން އެއްޗަކުން، ވަޒީފާދޭ ފަރާތުން
މުވައްޒަފަކަށް ދޭ މުސާރައާއި، އިތުރު މަންފާތަކާއި، އެލަވަންސްތަކާއި ވަޒީފާއާ ގުޅިގެން އެ މުވައްޒަފަކަށް
ދޭ އެހެނިހެން މާލީ ފައިދާތައް ކަމުގައި ކަން އެނގެން އޮންނަކަމެވެ.
(ހ) ހަތަރުވަނަކަމަކީ، މުވައްޒަފަކު ބަލިވެގެން، ސަލާމުގައި ހުންނަ ދުވަސްތަކަކީ، ވަޒީފާއާބެހޭ
ޤާނޫނަށްބަލާއިރު، އުޖޫރައާއި އެކު ދެވޭ ޗުއްޓީއެއްކަން އެނގެން އޮތްއިރު، އުޖޫރައާއި އެކު ދޭންޖެހޭކަމަށް
ޤާނޫނުގައި ބަޔާންކުރާ ޗުއްޓީއެއް، އުޖޫރައެއްނެތި ދެވޭ ގޮތަށް އޮތުމަކީ، ވަޒީފާއާބެހޭ ޤާނޫނުން ލިބި އޮތް
މަންފާއަކުން މަޙްރޫމްކުރުންކަމު
ކުރުންކަމުގައި ނޫނީ ނުބެލެވޭނެކަމާއި، އަދި ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި،
އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި ހުޅުވިގެންވާ ދީމްޤްރާތީ
ޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކުރަންވާނެކަމަށް ބުނާއިރު، މުވައްޒަފު ބަލިވެގެން
ސަލާމްބުނާ ދުވަސްތަކަށް ވަޒީފާއަށް ނުކުންނަ ދުވަހެކޭ އެއްފަދައިން އުޖޫރަދެމުންގެންދާކަން ހުޅުވިގެންވާ
އެފަދަ ދީމް ޤްރާތީ މުޖުތަމަޢުތަކުންވެސް ބަލައިގަންނަކަން އެނގޭކަމާއި،
މިމައްސަލައާއި ގުޅިގެން މައްސަލަ ހުށަހެޅި ޙުސައިން ޙަބީބުގެ ފަރާތުން އެޖުމްލައެއް ބާޠިލުކުރަން
ހުށަހެޅި ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2014 ގެ 100 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ
ޖުމްލައިގައިވަނީ، މުވައްޒަފު ސަލާމުގެ ޗުއްޓީއެއްގައި ހުންނަ ދުވަހަކަށް މުވައްޒަފަށް ލިބިދިނުމަށް
ކަނޑައެޅިފައިވާ ސަރވިސް އެލަވަންސުން އުނިކުރެވޭނެކަމަށް ބަޔާންކޮށް އެފަދައިންކަމާއި، މިއެލަވަންސަކީ
ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ޙައްޤުވާ އެހެނިހެން ޗުއްޓީތަކުގައި ހުންނަ މުއްދަތުތަކުގައާއި، ސަރުކާރު
ބަންދު ދުވަސްތަކަށްވެސް އުނިކުރެވޭ ގޮތަށްއޮތް އެލަވަންސެއްނޫންކަން ދައުލަތުގެ ފަރާތުންނާއި މައްސަލަ
ހުށަހެޅި ފަރާތުން ދެއްކި ވާހަކަތަކުން އެނގެން އޮތްއިރު، ބަލިވެގެން ސަލާމުގައި ހުރުމަކީވެސް ވަޒީފާއާބެހޭ
ޤާނޫނުގެ ދަށުން އުޖޫރައާއިއެކު ޙައްޤުވާ ޗުއްޓީއެއްކަން އެނގެން އޮތުމުން، ބަލިވެގެން ސަލާމުގެ
ޗުއްޓީގައި ހުންނަ ހުރުމުގައި، މުވައްޒަފަށް ލިބެންޖެހޭ އުޖޫރައަކުން އުނިވުމަކީ، ޤާނޫނުނަންބަރު 2/2008
(ވަޒީފާއާބެހޭ ޤާނޫނު) ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) ގައި ވަޒީފާދޭ އެއްވެސް ފަރާތަކުން އޭނާގެ
މުވައްޒަފުންނަށްދޭ މުސާރައާއި އުޖޫރައިން އެއްވެސް އެއްޗެއް އުނިކުރެވޭނޭކަމަށް ބަޔާންކުރާ ޙާލަތްތަކުގެ
ތެރޭގައި ހިމެނޭކަމަކަށްނުވާ، ވަޒީފާއާބެހޭ ޤާނޫނުގެ 42 ވަނަ މާއްދާއިން މުވައްޒަފަށް ލިބިދޭ ޙައްޤަށް
އުނިކަންލިބޭ ފަދަ ގޮތަށް އޮތް ޖުމްލައެއްކަން އެނގޭކަމާއި، މިހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ ޓެސްނޫނަ އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33252029، ފެކްސް: 331471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
# 4 3 :
2015/HC-DM/2
کی عمری
ޤަޟިއްޔާ ނިމުނު "
މާއްދާގެ 2 ވަނަ ނަންބަރުގެ (ނ) އަށް ރިޢާޔަތްކުރުމުން، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014
ގެ 160 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ޖުމްލައަކީ، ބާޠިލުކުރަންޖެހޭ ޖުމްލައެއްކަން އެނގޭކަމެވެ.
ޙުކުމް:
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ދިވެހި ސިވިލް ސަރވިސް ޤަވާއިދު
2014 ގެ 160 ވަނަ މާއްދާގެ (ހ) ދެވަނަ ޖުމްލައިގައި، މުވައްޒަފު ސަލާމުގެ ޗުއްޓީގައި ހުންނަ
ދުވަހަކަށް ސަރވިސް އެލަވަންސުން ދުވަހަކަށްޖެހޭ ޢަދަދު ކެނޑޭނެކަމަށް ބަޔާންކޮށްފައި އޮތް އޮތުމަކީ،
ޤާނޫނުނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ޤާނޫނުގެ 54 ވަނަ މާއްދާގެ (ށ) އާއި ޚިލާފު،
އެޤާނޫނުގެ 42 ވަނަ މާއްދާއިން މުވައްޒަފަކަށް ލިބިދޭ ޙައްޤަށް އުނިކަން އަންނަ ފަދަ ގޮތަކަށް އޮތް
ޖުމްލައަކަށްވާތީ، މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 1 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގެ (ނ) އަށް
ރިޢާޔަތްކުރާއިރު ބާޠިލު ޖުމްލައެއްކަމުގައި، މިމައްސަލަބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން ޙުކުމްކޮށްފީމެވެ.
02 ހ އއ0
)
ވިހިރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv