ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/127 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
* ނަން: ޙަސަން ޒަރީރު
744
• ޤަޟިއްޔާ ނަންބަރު: 127/HC
-
A/2012
އިސްތިއުނާފު ކުރި ފަރާތް:
ދާއިމީ އެޑްރެސް: ލޭކޮކާ| ރ.
މަޑުއްވަރީ
އައި.ޑީ.ކާޑު ނަންބަރު: A151045
މިހާރުގެ އެޑްރެސް:
* ވަކީލް: އދ. މޫސާ ޤާސިމް
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލު: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. ޢަބްދުﷲ ރާބިޢު
ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާދަމް އާރިފް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 09 ޖުމާދަލްއާޚިރާ 1433
30 އޭޕްރިލް 2012
ނިމުނު ތާރީޚް: 15 ޝައްވާލު 1434
22 އޯގަސްޓް 2013
0
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/E12MC/08
ނިންމި ކޯޓު: މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓު
ޤަޟިއްޔާގެ ބާވަތް: ބިރުދެއްކުމާއި، މުދަލަށް ގެއްލުންދިނުން
ހުށަހެޅުނު ތާރީޚް: 02 ފެބްރުއަރީ 2011
* ނިމުނު ތާރީޚް: 17 ޖެނުއަރީ 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރުން ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ގެންކަމަށްބުނެ
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
ދަޢުވާގެ ޚުލާޞާ
މިއީ
މާޅޮސްމަޑުލުއުތުރު
ލުއުތުރުބުރީ
މަޑުއްވަރީ
މެޖިސްޓްރޭޓް
ނަންބަރު
2011/E12MC/08 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި ދަޢުވާލިބުނު ރ. މަޑުއްވަރީ، ލޭކޮކާ ޙަސަން
ޒަރީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ދިވެހި
ދައުލަތް) އެވެ.
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް:
1. މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، އެޤަޟިއްޔާގައި ދަޢުވާލިބުނު ރ. މަޑުއްވަރީ، ލޭކޮކާ ޙަސަން ޒަރީރުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާގައި ހުށަހެޅިފައިވާ މައްސަލައަކީ،
މަޑުއްވަރީ، ލޭކޮކާ ޙަސަން ޒަރީރު 02 އޮކްޓޯބަރ 2010 ދުވަހުގެ 16:30 އެހާކަށްހާއިރު،
މަޑުއްވަރީ އިރުމަތި އަވަށުގެ ސްޓޭޖް މައްޗަށް އަރައި، އެސްޓޭޖުގެ ޗޭންޖިންގް ރޫމުގެ
ދޮރުފަތުގައި ފައިންޖަހައި ދޮރުހުޅުވުމަށްފަހު އެކޮޓަރި ތެރޭގައި ބަހައްޓާފައިހުރި ބާރުތަކުގެ މަތީގައި އޮތް
ލަވަފައިލު ސްޓޭޖު މަތީގައި އޮތް ފެންގަނޑަށް އެއްލާލައި، ސްޓޭޖު މަތީގައިހުރި ޖޯއްޔެއް މޫދާ ދިމާއަށް
އިތުރުބަޔަކާއެކު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
2012/HC-A/127
444
އެއްލާފައި، ކުޑަވަޅިއަކުން ޗެންޖިންގް ރޫމްގެ ސްޓޭންޑްގައި ބަހައްޓާފައިހުރި 3 ބެރުގެ ދެކޮޅުގައި އަޅާފައިހުރި
ހަން ކަފާލިކަމަށް ރ. މަޑުއްވަރީ އަހްރާމް އިބްރާހީމް ޖަޛުންއާއި، ސައިމާގެ މުޙައްމަދު ފާއިޤުއާއި، ޒޭވަރު
ރުޝްދުﷲ ރުޝްދީ ބުނާތީއާއި، ޙަސަން ޒަރީރު އެތަނުގައި ހުރެފައި، ގްރޫޕް މީހުން ކައިރީގައި ބުނާށޭ
އަހަރެންނާ ނުބެހޭށޭ، އެހެންޏާ ކޮންމެފަދަ ކަމެއްވެސް ކޮށްފާނަމޭ ބުނެ އިންޒާރުދިންކަމަށް މަޑުއްވަރީ
ޑްރީމް އަޙްމަދު އިޙްސާންއާއި، އެރަށު ރުއްކުރި ޢަބްދުﷲ ސަޢީދު ބުނާތީ، ޤާނޫނު ނަންބަރު 17/2010
(ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ
(ނ) އާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ޙަސަން ޒަރީރުގެ މައްޗަށް އިންޒާރުދީ މުދަލަށް
ގެއްލުންދިނުމުގެ ކުށުގެ ދަޢުވާ ދައުލަތުން ކުރުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
CCCXOC
3. މިޤަޟިއްޔާއާ ގުޅިގެން މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2011/E12MC/08 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ
މިފަދައިންނެވެ. "ދެންފަހެ ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު ރ.މަޑުއްވަރީ ލޭކޮކާ
ޙަސަން ޒަރީރުގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާ ބިރުދެއްކުމާއި، މުދަލަށް
ގެއްލުންދިނުމުގެ ކުށުގެ ދަޢުވާގައި ޙަސަން ޒަރީރު އެއްވެސް ފަރާތަކަށް ބިރުދައްކައި އިންޒާރުދީހަދާފައިވާ
ކަމުގެ ކާފީ ހެކި ލިބިފައިނުވާތީ ރ.މަޑުއްވަރީ ލޭކޮކާ ޙަސަން ޒަރީރު އެއްވެސް ފަރާތަކަށް ބިރުދައްކާފައިވާކަން
ޝަރީޢަތަށް ޘާބިތުނުވާކަމަށް ކަނޑައަޅައި ޙަސަން ޒަރީރު 02 އޮކްޓޯބަރ 2010 ދުވަހުގެ 16:30 ހާއިރު
ރ.މަޑުއްވަރީ އިރުމަތީ އަވަށުގެ ސްޓޭޖުގެ ޗޭންޖިންގް ރޫމްގެ ދޮރުފަތުގައި ފައިން ޖަހާފައިވާ ކަމާއި އެތަނުގެ
ސްޓޭންޑެއްގެ މަތީގައި ހުރި ބެރުތަކުގެ މަތީގައި އޮތް ލަވަ ފައިލެއް ސްޓޭޖްމަތީގައި ހެދިފައިވާ ފެންގަނޑަށް
އެއްލާލާފައިވާ ކަމާއި، ސްޓޭޖްމަތީގައި ހުރި ޖޯލިފައްޗެއް މޫދާ ދިމާއަށް އެއްލާލާފައިވާކަމާއި، އަދި ޗެންޖިންގް
ރޫމްގައި ހުރި ބެރުތަކުގައި އަޅާފައިވާ ހަންތައް ވަޅިއަކުން ފަޅާލާފައިވާކަން މަޑުއްވަރީ ސައިމާގެ މުޙައްމަދު
ފާއިޤްއާއި، ޒޭވަރު ރުޝްދުﷲ ރުޝްދީގެ ބަހުން ޙަސަން ޒަރީރުގެ މައްޗަށް ޤާނޫނު ނަންބަރު 17/2010"
[
ދިވެހިރާއްޖޭގެ
ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
COC>
(ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ
މާއްދާގެ (ނ) ގެ ދަށުން މީހެއްގެ މުދަލާއި، ތަކެއްޗަށް ގެއްލުންދީފައިވާކަން ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް
ކަނޑައަޅައި މިކުށުގެ ޢުޤޫބާތެއްގެ ގޮތުން ޙަވާލާ ދެވުނު ޤާނޫނުގެ 2 ވަނަ މާއްދާގެ (ބ) ދަށުން
މަޑުއްވަރީ ލޭކޮކާ ޙަސަން ޒަރީރު 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފީމެވެ"
މިހެންނެވެ.
4. މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، ރ. މަޑުއްވަރީ، ލޭކޮކާ
ޙަސަން ޒަރީރުގެ ފަރާތުން 03 (ތިނެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
./
ފުރަތަމަ ނުކުތާއަކީ: މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08
ޤަޟިއްޔާ ޝަރީޢަތުން ބެއްލެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)
އިން ދަޢުވާލިބޭ ފަރާތަށް ލިބިދޭ ހެކިންނާއި ސުވާލުކުރުމުގެ އަސާސީޙައްޤުން ޙަސަން ޒަރީރު މަޙުރޫމްކޮށް
ހެކިން ތަޙުޤީޤަށް ދީފައިވާ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކޮށް އަދަބު ކަނޑައަޅުއްވާފައިވާކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
UCO
ދެވަނަ ނުކުތާއަކީ: ޙަސަން ޒަރީރުއަކީ އުފަންވީއްސުރެ ނަފްސާނީ ބަލިމީހަކަށްވެފައި، އަދި
ދާއިމީކޮށް ޑޮކްޓަރީބޭސް ކާންޖެހޭ މީހެއްކަމަށްވުމާއި، 26 އޯގަސްޓް 2002 ގައި ނަފްސާނީ ބަލިމީހުންގެ
ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އިން
ޙައްޤުވާ ރައްކާތެރިކަން ޝަރީޢަތުގެ ފަރާތުން ލިބިދީފައިނުވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: 2002 ވަނަ އަހަރުން ފެށިގެން ޙަސަން ޒަރީރަކީ ސިކުނޑީގެ ބަލީގައި
ބޭސްފަރުވާކުރަމުން އަންނަ ނަފްސާނީ ބަލީގެ މީހަކަށްވާއިރު، ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު)ގެ 24 ވަނަ މާއްދާއަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
.
5. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، އަދި މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08
ޤަޟިއްޔާ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށްބުން މަޑުއްވަރީ، ލޭކޮކާ
ޙަސަން ޒަރީރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި
ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް
ފާހަގަކުރެވިފައިވެއެވެ.
.
(08E12MC/2011
(ހ) ފުރަތަމަ ކަމަކީ، މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
ޤަޟިއްޔާ ޝަރީޢަތުން ބެއްލެވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ)
އިން ދަޢުވާލިބޭ ފަރާތަށް ލިބިދޭ ހެކިންނާއި ސުވާލުކުރުމުގެ އަސާސީ ޙައްޤުން ޙަސަން ޒަރީރު
ހެކިން ތަޙުޤީޤަށް ދީފައިވާ ހެކިބަހުގެ މައްޗަށް ދަޢުވާ ސާބިތުކޮށް އަދަބު ކަނޑައަޅުއްވާފައިވާކަމަށް ބުނެ
ޙަސަން ޒަރީރުގެ ފަރާތުން ހުށަހެޅި ނުކުތާއަށް ބެލިއިރު،
2.2
2x
2
/
40ކށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/127
. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08 ޤަޟިއްޔާގައި ޙަސަން
ޒަރީރުގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކީ، އިންޒާރުދީ މުދަލަށް ގެއްލުންދިނުމުގެ ކުށް ޙަސަން ޒަރީރު
ކޮށްފައިވާކަމަށް ބުނެ، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި
ގެންގުޅުން މަނާކުރުމުގެ ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ނ) އާއި ޙަވާލާދީ އެމާއްދާގެ (ބ) ގެ ދަށުން ޙަސަން
ޒަރީރުގެ މައްޗަށް ހުށަހެޅުނު ދަޢުވާއެއްކަމަށްވާއިރު، ޙަސަން ޒަރީރު އެއްވެސް ފަރާތަކަށް ބިރުދެއްކިކަމުގެ ކާފީ
ހެކި ލިބިފައިނެތްކަން މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ފާހަގަ ކުރައްވާފައިވާކަމާއި،
މުދަލަށް ގެއްލުން ދިނުމުގެ ކުށް ޙަސަން ޒަރީރުގެ މައްޗަށް ސާބިތުވާކަމަށް ރ. މަޑުއްވަރީ
މެޖިސްޓްރޭޓް ކޯޓުން ކަނޑައަޅުއްވާފައި ވަނީ، ޙަސަން ޒަރީރުގެ މައްޗަށް ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް
ހުށަހެޅުނު މައްސަލާގައި ބަޔާންކޮށްފައިވާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިންކުރެ ރ. މަޑުއްވަރީ
ސައިމާގެ މުޙައްމަދު ފާއިޤްއާއި، އެރަށު ޒޭވަރު ރުޝްދުﷲ ރުޝްދީގެ ހެކިބަހުގެ މައްޗަށް ބިނާކޮށްގެން ކަމާއި،
މިދެމީހުން ހެކިބަސް ދިނުމުގެ ގޮތުން ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ބަޔާންދީފައިވަނީ، 17 މެއި 2011
ގައި، ޙަސަން ޒަރީރުއާ އެއް ޙާޟިރެއްގައިކަމާއި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހުގައި ޙަސަން ޒަރީރުވެސް
ބަޔާންދީފައިވާކަމާއި، އަދި ދައްކާނެ އިތުރު ވާހަކައެއްނެތްކަމަށްވެސް ޙަސަން ޒަރީރު ބުނެފައިވާކަމާއި، އަދި
16 ޖެނުއަރީ 2012 ގައިވެސް ޙަސަން ޒަރީރު ޝަރީޢަތަށް ބަޔާނެއްދީފައިވާކަމާއި، އެބަޔާނުގައިވެސް
ދައްކާނެ އިތުރު ވާހަކައެއް ނެތްކަމަށް ބުނެފައިވާކަން އެނގޭކަމާއި،
ހއ ދިeހ2
ކނީ 0އeއ
ހެކިން ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި، އެމީހުންނަށް ފެނި، އެނގުނު
ބަޔާންކޮށްދީފައިވާކަމާއި، ހެކިންގެ ހެކިބަސް ޝަރީޢަތުން ނެގުމުގައި ތަޙުޤީޤު ބަޔާނުގައިވާ ކަންކަން
ކަށަވަރުކުރެވިފައިވާކަމާއި، ހެކިންގެ ހެކިބަހުގެ މައްޗަށް ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުން ބުރަވެފައިވަނީ،
ހެކިން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރައްވައިގެންކަން އެނގޭކަމާއި،
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
مسرور سرسراو
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
އެހެންކަމުން،
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، ޝަރީޢަތުގެ
މަޖިލީހުގައި ހެކިންނާ ސުވާލުކުރުމުގެ ޙައްޤު ޙަސަން ޒަރީރަށް ލިބިފައިނުވާކަމަށް ބަލާނެތަނެއް ނެތްކަން
(ނ) ދެވަނަ ކަމަކީ، ޙަސަން ޒަރީރުއަކީ އުފަންވީއްސުރެ ނަފްސާނީ ބަލިމީހަކަށްވެފައި، އަދި
ދާއިމީކޮށް ޑޮކްޓަރީބޭސް ކާންޖެހޭ މީހެއްކަމަށްވުމާއި، 26 އޯގަސްޓް 2002 ގައި ނަފްސާނީ ބަލިމީހުންގެ
ރަޖިސްޓްރީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު ޤާނޫނު ނަންބަރު 8/2010 (ނުކުޅެދުންތެރިކަން ހުންނަ މީހުންގެ
ޙައްޤުތައް ރައްކާތެރިކުރުމާއި މާލީއެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އިން
ޙައްޤުވާ ރައްކާތެރިކަން ޝަރީޢަތުގެ ފަރާތުން ލިބިދީފައިނުވާކަމަށާއި،
އަދި 2002 ވަނަ އަހަރުން ފެށިގެން ޙަސަން ޒަރީރަކީ ސިކުނޑީގެ ބަލީގައި ބޭސްފަރުވާކުރަމުން
އަންނަ ނަފްސާނީ ބަލިމީހަކަށްވާއިރު، ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 24 ވަނަ
މާއްދާއަށް ރިޢާޔަތްނުކުރައްވައި މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ޙަސަން ޒަރީރުގެ ފަރާތުން ހުށަހެޅި
މެޗަކުވެ
ނPތކގެ
މައްޗަށް
ބަލާއިރު،
އެކަންކަމަކީ ދަށުކޯޓަށް ޙަސަން ޒަރީރުގެ ފަރާތުން ހުށަހެޅުނު ކަންތައްތަކެއް ނޫންކަމާއި، އަދި
ޙަސަން ޒަރީރަކީ އެފަދަ މީހެއްކަމަށް ޙަސަން ޒަރީރު އަދި އޭނާގެ ޢާއިލާގެ ފަރާތުންވިޔަސް ހުށަހެޅިކަން
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، ހުށަހެޅިފައިވާ ލިއުންތަކަށް ބަލާއިރުވެސް އެނގެންނެތްކަމާއި، މިކޯޓުގެ
ނަންބަރު 2012
/
4/MSG
)
95
-
B1
/
E12C) (1 ނޮވެމްބަރު 2012) މެސެޖާ ގުޅިގެން
މެޖިސްޓްރޭޓް ކޯޓުން ފޮނުއްވާފައިވާ އެކޯޓުގެ ނަންބަރު 2012
/
249/E12C (4 ނޮވެމްބަރު 2012)
މެސެޖަށް ބަލާއިރުވެސް އެކޯޓުގައި މިމައްސަލަ ހިނގިއިރު ޙަސަން ޒަރީރުގެ ފަރާތުން މިނުކުތާގައި
.
މަޑުއްވަރީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
2012/HC-A/127
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ބަޔާންކޮށްފައިވާފަދަ އެއްވެސް ވާހަކައެއް ބުނެ ބަޔާން ދީފައިނުވާކަމަށާއި އަދި އެފަދަ ލިއުމެއް،
ސެޓްފިކެޓެއްވިޔަސް ހުށަހަޅާފައިނުވާކަމަށް ބުނެފައިވާކަން އެނގޭކަމާއި،
CUO
ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި
ބަލައިގެންކަމުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާގެ
(ހ) ގައި، ބަޔާންކުރުމަށްފަހު، އެފަދައިން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ
ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާކަމެއްނޫންކަމުގައި އެމާއްދާގެ (ށ) ގައި
ބަޔާންކޮށްފައިވާއިރު،
ޙަސަން ޒަރީރުއަކީ 26 އޮގަސްޓް 2002 ން ފެށިގެން ނަފްސާނީ ބަލިމީހުންގެ ރަޖިސްޓްރީގައި
ރަޖިސްޓްރީވެ ގަވާއިދުން ފަރުވާ ހޯދަމުންދާ މީހަކުކަމަށާއި، އަދި ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ މާއްދާގައި، މީހަކު ޢަމަލެއް ކުރާއިރު، އެކުރެވެނީ ހެއުކަމެއްކަން ނުވަތަ
ޤާނޫނާ ޚިލާފުކަމެއްކަން ނުވިސްނޭފަދަ ޙާލެއްގައި ހުރެ ކުރާ ޢަމަލަކީ ކުށެއްނޫންކަމުގައި ބަޔާންކޮށްފައިވާކަމަށް
ބުނެ، މިކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަށް ކަމާބެހޭ ލިއުންތައް ހުށަހެޅުމުގެ ފުރުސަތު ދަށުކޯޓުގައި
ލިބިފައިނުވާކަމަށާއި، އެކަމަށް ޙަސަން ޒަރީރުގެ ފަރާތުން އެދުމުންވެސް އެފުރުޞަތު ދެއްވާފައިނުވާކަމަށް
ޙަސަން ޒަރީރުގެ ފަރާތުން އޭނާގެ ވަކީލު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، ދައްކާފައިވާ ވާހަކަތަކުގެ
މައްޗަށާއި، މިމައްސަލާގައި އިންސާފު ޤާއިމުކުރުމުގައި މިކަންކަމުގެ މައްޗަށް ބެލުމުގެ މުހިންމުކަމުގެ މައްޗަށް
މިމައްސަލަ ބެލި ފަނޑިޔާރުން ނަޒަރުކޮށް، ޙަސަން ޒަރީރަކީ، ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ މާއްދާގައި ބުނެފައިވާފަދަ، އެމީހަކު ޢަމަލެއް ކުރާއިރު، އެކުރެވެނީ
ހެއުކަމެއްކަން ނުވަތަ ނުވަތަ ޤާނޫނާ ޚިލާފުކަމެއްކަން ނުވިސްނޭފަދަ މީހެއްކަމުގެ ހެކި ހުށަހެޅުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލާގައި ފުރުޞަތު ދެވިފައިވީނަމަވެސް، ޙަސަން ޒަރީރުއަކީ ނަފްސާނީ
ce O
4 0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
ބަލިމީހުންގެ ރަޖިސްޓްރީގައި ހިމެނިފައިވާ މީހެއްކަން އެނގޭ ކާޑުގެ ކޮޕީއާއި، އޭނާ އަކީ ކްރޮނިކް ސީޒަރ
ޑިސްއޯޑަރ (chronic seizure disorder) ހުންނަ މީހަކުކަމާއި އެކަމަށް ދާއިމީކޮށް ފަރުވާ ހޯދަންޖެހޭކަން
ބަޔާންކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން، ޑރ. ފިނާޝިދާ، ސީނިއަރ ރެޖިސްޓްރާ އިން
ސައިކެޓްރީ، 22 މެއި 2002 ގައި ދޫކޮށްފައިވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ނަންބަރު
A5-070244 ލިޔުން ފިޔަވައި ޙަސަން ޒަރީރުއަކީ އެފަދަ މީހެއްކަން އެނގޭފަދަ ހެކި އަދި އޭނާގެ މައްޗަށް
ތުޙުމަތުކުރެވިފައިވާ ކުށުގެ ޢަމަލުކުރީ ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ
މާއްދާގައި ބުނެފައިވާފަދަ ޙާލަތެއްގައި ހުރެކަން އެނގޭނެ ފަދަ ހެކި ހުށަހެޅިފައިނުވާކަން އެނގެން އޮތްކަމާއި،
ކްރޮނިކް ސީޒަރ ޑިސްއޯޑަރ (chronic seizure disorder) ހުންނަ ކޮންމެ މީހަކީ ޖިނާއީ
މަސްއޫލިއްޔަތު އުފުލަން ނުޖެހޭ މީހަކުކަމުގައި ބެލެވިގެން ނުވާނެކަމާއި، ނަމަވެސް އެބަލީގެ ސަބަބުން ދިމާވާ
ޙާލަތެއްގައި އެމީހަކު އެކުރާ ޢަމަލަކީ ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 24 ވަނަ
މާއްދާގައި ބުނެފައިވާފަދައިން ހެއުކަމެއްކަން ނުވަތަ ޤާނޫނާ ޚިލާފުކަމެއްކަން ވިޔަސް ނުވިސްނޭފަދަ ޙާލަތަކަށް
އެމީހާ ގޮސްދާނެކަމާއި، ނަމަވެސް ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހަކީ ކްރޮނިކް ސީޒަރ ޑިސްއޯޑަރ ހުންނަ
އެއްކަމަށްބުނެ އެމީހަކަށް ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 24 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ ދިފާޢުގެ މަންފާ ލިބިގަތުމަށްޓަކައި، އެމީހާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު
އެމީހަކު ކުރިއިރު އެމީހާ ހުރީ އެބަލީގެ ސަބަބުން ދިމާވާ ޙާލަތެއްގައި ( ފިޓްޖެހުމުގެ ސަބަބުން)، އޭނާ ކުރި
ޢަމަލަކީ ކެއުމެއްކަން ނުވަތަ ޤާނޫނާ ޚިލާފު ކަމެއްކަންވިޔަސް ނުވިސްނޭފަދަ ޙާލަތެއްގައިކަން
ޝަރީޢަތަށް ޤަބޫލުކުރެވޭ މިންވަރަށް
44 ދވ
ހއ ޏ ސ ޑ ޏ ސ ޑ ހއ
ފިށް 82ނކޮންދެވެންހންPP
ބުއްދި ހަމަނުޖެހޭ މީހެއްކަމުގެ ދިފާޢު ނުވަތަ Defence of Mental Disorder ގެ
މަފްހޫމަކީ، މީހަކު ކަމެއް ކުރާއިރު، އެމީހާއަށް ދިމާވެފައިވާ ބުއްދި ހަމަނުޖެހުމުގެ (mental disorder)
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
ހާލަތެއްގެ ސަބަބުން އެމީހާއަށް އެކުރެވޭ
ކަމުގެ
ޠަބީޢަތާއި (nature)، އެއީ ކިހާވަރެއްގެ
ކަމެއްކަން (quality} ނުވަތަ އެމީހާ އެކުރާ ކަމަކީ ނުބައިކަމެއްކަން ދަނެނުގަނެވޭފަދަ ޙާލަތެއްގައި ހުރެ ކުރާ
ޢަމަލުގެ ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހުން ކަމާއި،
ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 24 ވަނަ މާއްދާގައި މިމަފްހޫމް މިގޮތަށް ބަޔާންކޮށްފައިވާކަމާއި،
އެމާއްދާގައިވަނީ "މީހަކު ޢަމަލެއް ކުރާއިރު އެކުރެވެނީ ހެއުކަމެއްކަން އަދި ނުވަތަ ޤާނޫނާ ޚިލާފު ކަމެއްކަން
ވިޔަސް ނުވިސްނޭފަދަ ޙާލެއްގައި ހުރެ ކުރާ ޢަމަލަކީ ކުށެއްނޫނެވެ..." މިފަދައިންކަމާއި،
ކުށުގެ ޢަމަލެއް ކުރިކަމުގެ ތުހުމަތުކުރެވިފައިވާ މީހާއަކީ ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ
މީހެއްނޫންކަމަށާއި އޭނާއަކީ ބުއްދި ހަމަނުޖެހޭ މީހެއްކަމުގެ ދިފާޢު ހުށަހަޅައި، އެމައްސަލަ ނަގާ ފަރާތުން
އެކަން ސާބިތުކޮށްދޭންޖެހޭނެކަމާއި، އެހެނީ ކޮންމެމީހަކާމެދުވެސް ދެކެންޖެހޭނީ ބުއްދި ހަމަނުޖެހޭމީހެއް ނޫން
ކަމަށާއި، ޖިނާއީ މަސްއޫލިއްޔަތު އުފުލަން ނުޖެހޭ މީހެއްނޫންކަމުގައިކަމާއި، އެހެންކަމުން، އެކަން އެގޮތަށް،
ބޮޑަށް ބުރަވެވޭގޮތުގެ މިންގަނޑުން (balance of probabilities) ސާބިތު ހިނދަކު
އެމީހާ އެކަން ކުރީ ބުއްދި ހަމަނުޖެހޭ ޙާލަތުގައި ހުރެ ނޫންކަމާއި، ވުމާއެކު ޖިނާއީ
މަސްއޫލިއްޔަތު އުފުލަން ޖެހޭނެކަމުގައެވެ.
*ވ މޑ އ
ޑކޮށްނދވހ
uco
ތިންވަނަ ކަމަކީ، ޙަސަން ޒަރީރުއަކީ ކްރޮނިކް ސީޒަރ ޑިސްއޯޑަރ
(chronic seizure disorder) ހުންނަ މީހަކުކަމާއި އެކަމަށް ދާއިމީކޮށް ފަރުވާ ހޯދަންޖެހޭމީހަކުކަން
އެނގެން އޮތްނަމަވެސް، މިބަލީގެ ޠަބީޢަތަށާއި މިބަލީގެ ނަތީޖާތަކުގެ މައްޗަށް ބަލާއިރު، އަދި މިބައްޔާ
މަޢުލޫމާތު ދިނުމުގެ ގޮތުން ޑރ. އިޙްސާން އަޙްމަދު ސޫމަރު މިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށް ބަލާއިރުވެސް ކްރޮނިކް ސީޒަރ ޑިސްއޯޑަރ (chronic seizure disorder)
89a4 2
ބޮބީޖޭޕީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2012/HC-A/127
ހުރިނަމަވެސް މިހާލަތު ދިމާވާ ގިނަ މީހުންނަކީ (ގާތްގަނޑަކަށް %80 މީހުންނަކީ) ޢާންމު ޙާލަތުގައިވާ
މީހުންކަމާއި، އަދި ބާކީ %30 މީހުންގެ ޙާލަތު ތަފާތުވިނަމަވެސް ފިޓްޖެހޭ ވަގުތާއި އެއް ވިދިގެން އަންނަ
ވަގުތުކޮޅެއްގައި މެނުވީ، އެމީހާއަށް ހެޔޮ، ނުބައި އަދި އެމީހާ ކުރާ ކަންކަމުގެ ނަތީޖާ ވިސްނޭނެކަން
ޙަސަން ޒަރީރުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށުގެ ޢަމަލު އޭނާ ކޮށްފައިވަނީ ޤާނޫނު ނަންބަރު
1/81 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު)ގެ 24 ވަނަ މާއްދާގައި ބުނެފައިވާފަދައިން ހެއުކަމެއްކަން ނުވަތަ
ޤާނޫނާ ޚިލާފުކަމެއްކަން ވިޔަސް ނުވިސްނޭފަދަ ޙާލަތެއްގައި ހުރެގެންކަން ޙަސަން ޒަރީރުގެ ފަރާތުން
ހުށަހަޅައި، މިފަދަ ދިމާއެއް ސާބިތުކޮށްދޭންޖެހޭކަމަށް، އިސްވެ ބަޔާންކުރެވިދިޔަ މިންގަނޑުން
ސާބިތުކޮށްދެވިފައިނުވާކަމާއި،
COX >
ކަންކަމާ
ޙަސަން ޒަރީރުގެ ސިކުނޑިއާއި ވިސްނުމުގެ ޙާލަތު ދެނެގަނެ، ޙަސަން ޒަރީރުއަކީ އޭނާ ކުރާ
ޠަބީޢަތާއި، ރަނގަޅު ނުރަނގަޅާއި، އެކަންކަމުގެ ނަތީޖާ ވިސްނި، އެނގޭފަދަ ޙާލަތެއްގައި ހުރި
މީހެއްކަން ނުވަތަ ނޫންކަން ސާބިތުކޮށްދިނުމަށް ޙަސަން ޒަރީރުއަށް، މިކޯޓުގެ ޝަރީޢަތުން ފުރުޞަތުދީ،
އެފަދަ ރިޕޯޓެއް ހަދައި އެރިޕޯޓު 15 އޭޕްރީލް 2013 ގެ ކުރިން ހުށަހެޅުމަށް ޙަސަން ޒަރީރުގެ ވަކީލަށް
މިކޯޓުގެ ނަންބަރު 2013
/
67/B1
/
INDIV-95 (24 މާރޗް 2013) ސިޓީއިންނާއި، އަދި މިކަމާ
ގުޅޭގޮތުން ޙަސަން ޒަރީރުއަށާއި، ކަމާބެހޭ އެހެން ފަރާތްތަކަށް ކޮޕީކޮށް އިންދިރާ ގާންދީ މެމޯރިއަލް
ހޮސްޕިޓަލަށް ފޮނުވިފައިވާ މިކޯޓުގެ ނަންބަރު B1
/
137
/
2013
/
1-95 (31 ޖެނުއަރީ 2013) ސިޓީއިން
އެންގިފައިވާކަން އެނގެން އޮތް ނަމަވެސް، މިމައްސަލަ ނިންމުމާ ހަމައަށްވެސް ޙަސަން ޒަރީރުގެ ފަރާތުން
އެފަދަ ރިޕޯޓެއް އަދި ލިޔުމެއްވިޔަސް ހުށަހަޅާފައިނުވާކަން ފާހަގަކުރެވޭކަމެވެ.
ޑިހިރާއްޖޭގެ ޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2012/HC-A/127
(ރ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ޙަސަން ޒަރީރުގެ
މައްޗަށް ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން
މަނާކުރުމުގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ނ) ގެ ދަށުން މީހެއްގެ މުދަލާއި، ތަކެއްޗަށް
ތަކެއްޗަށް ގެއްލުންދީފައިވާކަން
ޝަރީޢަތަށް ޘާބިތުވެއްޖެކަމަށް ކަނޑައަޅުއްވައި މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2011/E12MC/08 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ އެއްވެސް
ސަބަބެއް އޮތްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަ
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މާޅޮސްމަޑުލުއުތުރުބުރީ މަޑުއްވަރީ
މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2011/E12MC/08 ޤަޟިއްޔާގައި، ރ. މަޑުއްވަރީ، ލޭކޮކާ ޙަސަން
ޒަރީރުގެ މައްޗަށް ކުށް ސާބިތުވާކަމަށް
ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް އެގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv