ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/10 ޤަޟިއްޔާގެ ޙުކުމް
ދިވެހީ1845 އިކް
1
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 10/HC
-
A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މަހުދީ މަޢުޞޫމް
އައިޑީ ކާޑު ނަންބަރު: A299171
ދާއިމީ އެޑްރެސް: ޓެކްސާސް | ގދ. ރަތަފަންދޫ
މިހާރުގެ އެޑްރެސް:ހުޅުމާލެ ފުލެޓް 08-1-12 1ކ. މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް.
2
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑުނަން
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް
*
.ބ 31
އައިޑީ
• ރަޖިސްޓްރީ ތާރީޚް: 20 ރަބީޢުލްއައްވަލް 1436"
ނިމުނު ތާރީޚް: 29 ޝަޢުބާން 1436
ޖޫން
11
4 22
ޖެނުއަރީ
16
2015
2015
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2013/Cr
-
C/754
• ނިންމެވި ކޯޓު: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: ކެނަބިސް ޓްރެފިކްކުރުން
ހުށަހެޅި ތާރީޚް: 20.06.2013
ނިމުނު ތާރީޚް: 19.08.2014
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
2
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/754 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގދ. ރަތަފަންދޫ | ޓެކްސާސް، މަހުދީ މަޢުޞޫމްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
1) އިސްތިއުނާފު ކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/754 ޤަޟިއްޔާއަކީ،
ގދ. ރަތަފަންދޫ | ޓެކްސާސް، މަހުދީ މަޢުޞޫމްގެ މައްޗަށް ދައުލަތުން ދަޢުވާކުރާ ކެނަބިސް ޓްރެފިކްކުރުމުގެ
ކުށުގެ މައްސަލައެއްކަމާއި،
މި ދަޢުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ބުނެފައިވަނީ، ގދ. ރަތަފަންދޫ | ޓެކްސާސް، މަހުދީ
މަޢުޞޫމް، 2012 ފެބްރުއަރީ 10 ދުވަހު 17:20 އެހައިކަންހައިއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ
އެމް.ޓީ.ސީ.ސީ އެކްސްޕްރެސް ލޯންޗުގައި މީނާ މަސްތުވާތަކެތި ހިފައިގެން މާލެއިން ހުޅުމާލެއަށް ދާކަމުގެ
މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން، ފުލުހުން ހުޅުމާލެ ލަކުޑި ޖެޓީ ކައިރިއަށްގޮސް ތިއްބާ މީނާ ލޯންޗުން
ފޭބި ވަގުތު މީނާއަށް ފުލުހުން ފެނިގެން މީނާގެ ވައަތުން ޖެޓީމައްޗަށް ވައްޓާލި ފިލްމު ހުސްކުރި ދަޅުގައި
30.4036 ގްރާމް ކެނަބިސް ހުރިކަމަށް އޭގެ ތަޙްލީލް ރިޕޯޓުން ދައްކާތީ، ޤާނޫނު ނަންބަރު 17/2011
(މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ނ) ގެ ދަށުން، މަހުދީ
މަޢުޞޫމްގެ މައްޗަށް ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާކުރާކަމަށާ
މަށާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދައުލަތުން ގދ. ރަތަފަންދޫ | ޓެކްސާސް، މަހުދީ މަޢުޞޫމްގެ
މައްޗަށް ކުޅަ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލިބެލުމުން، 10 ފެބްރުއަރީ 2012
ދުވަހު 17:20 އެހައިކަންހައިއިރު، މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އެމް.ޓީ. އެކްސްޕްރެސް ލޯންޗްގައި
މީހަކު މަސްތުވާތަކެތި ހިފައިގެން މާލެއިން ހުޅުމާލެއަށް އަންނަކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން،
ފުލުހުން ހުޅުމާލެ ލަކުޑި ޖެޓީ ކައިރިއަށްގޮސް ތިއްބާ މަހުދީ މަޢުޞޫމް ލޯންޗުން ފޭބި ވަގުތު މަހުދީ މަޢުޞޫމްއަށް ހި
ފުލުހުން ފެނިގެން މަހުދީ މަޢުޞޫމްގެ އަތުން ފިލްމު ހުސްކުރި ދަޅެއް ޖެޓީ މައްޗަށް ވައްޓާލިކަން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
04 0 2 7 2
;
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/10
22
2 ހ ކތ
(ރވއޖހމެނޭ
ހެކިބަހުން އެނގެންއޮންނާތީއާއި، ބުނެވިދިޔަ ދަޅުގައި ހުރި ތަކެތި ތަޙްލީލުކުރިއިރު 30.4036 ގްރާމް ކެނެބިސް
ހުރިކަން އެ ތަކެތީގެ ތަޙްލީލު ރިޕޯޓުން އެނގެންއޮންނާތީ ހެކިންގެ ހެކިބަހުންނާއި ގުޅިފައިވާ ޤާރީނާތަކުގެ މައްޗަށް
ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު) ގެ 106 ވަނަ މާއްދާގެ (ހ) ގެ
ދަށުން ކެނެބިސް ޓްރެފިކްކުރުމުގެ ކުށުން މަހުދީ މަޢުޞޫމް ކުއްވެރި
ކަނޑައަޅައި މި
ކުށުގެ
ޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ އިސްވެބަޔާންވެދިޔަ މާއްދާގެ (ނ) ގެ ދަށުން މަހުދީ މަޢުޞޫމް އުމުރަށް
ޖަލަށްލުމާއެކު -/100000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކޮށް މި ފައިސާ މިއަދުން ފެށިގެން 01 (އެކެއް)
މަސްދުވަހުގެ ތެރޭގައި މި ކޯޓަށް ދެއްކުމަށް މަހުދީ މަޢުޞޫމަށް އަންގައި މި ގޮތުގެ މަތިން ޙުކުމްކޮށް...'
މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
2) ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/754 ޤަޟިއްޔާ، އެ ކޯޓުން ނިންމަވާފައިވަނީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ގދ. ރަތަފަންދޫ | ޓެކްސާސް، މަހުދީ މަޢުޞޫމްގެ
ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފުކުރަމުން 03 (ތިނެއް)
ފާހަގަކޮށް،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ވާހަކަދައްކާފައިވެއެވެ.
02
(މި ޚި2(
متر ملی فراتر
• ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
އާ ޚިލާފަށް މައްސަލަ ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
. ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 276/HC
-
A/2013 ޤަޟިއްޔާއާއި
ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޝަރީޢަތުގައި ހެކިވެރިންދޭ ހެކިބަހަށް
ބުރަދަން ދޭންޖެހޭ އުޞޫލާއި ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
<<
ތިންވަނަ ނުކުތާއަކީ، ޖިނާއީ ދަޢުވާއެއް ސާބިތުވާކަމަށް ކޯޓުން ކުރައްވާ ޙުކުމް އަބަދުވެސް
ބިނާވާންޖެހޭނީ ސައްޙަ ދަލީލުތަކާއި ޤަރީނާތަކުގެ މައްޗަށްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
01/SC
-
A/2012 ޤަޟިއްޔާގެ 3 ވަނަ އަދި 4 ވަނަ ނުކުތާއާއި އެ ދެ ނުކުތާގައި ފާހަގަކުރައްވާފައިވާ
އުޞޫލާއި ޚިލާފަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
;
4
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެ ފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr
-
C/754 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު
ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް
ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ނަންބަރު 2013/Cr-C/754
ޤަޟިއްޔާގައި ގދ.ރަތަފަ
ފަތަފަންދޫ | ޓެކްސާސް މަހުދީ މަޢުޞޫމްގެ މައްޗަށް ދައުލަތުން ކުޅަ ކެނެބިސް
ޓްރެފިކްކުރުމުގެ ދަޢުވާ ސާބިތުވާކަމަށް އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ މި މައްސަލާގައި ހެކިބަސް ދީފައިވާ
ހެކިންގެ ހެކިބަހަށް ރިޢާޔަތް ކުރެއްވުމަށްފަހުކަމާއި
މި ދަޢުވާ ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ހުށަހެޅި ސީނަށް ދިޔަކަމަށް ބުނާ ހެކިންނަކީ،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލާންސް ކޯޕްރަލް ޢަބްދުﷲ ހިޝާން މުޙައްމަދު އާއި، މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ލާންސް ކޯޕްރަލް ޢިނާދު ޢަފީފު އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މުޙައްމަދު
ދީޝާން ހާދީ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް މޫސާ ޚަލީލު ކަމާއި،
ޢަބްދުﷲ ހިޝާން މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި 2012 ވަނަ
އަހަރުގެ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ކާކުކަން ނޭނގޭ މީހަކު މަސްތުވާތަކެތި ހުޅުމާލެއަށް އެތެރެކުރަން
އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއި ގުޅިގެން ހުޅުމާލެ ލަކުނޑި ޖެޓީ އެކްސްޕްރެސް ލޯންޗު އޮންނަ ތަނަށް
ދިޔަކަމަށާއި، މަހުދީ މަޢުޞޫމް އެތަނަށް އައީ ކޮން ވަގުތެއްގެ ކޮން ގަޑިއެއްގައިކަން ހަނދާނެއް ނެތްކަމަށާއި، އެ
ޖެޓީން މަހުދީ މަޢުޞޫމްއާ ދިމާވިކަމަށާއި، ދިމާވިއިރު އެއީ މަހުދީ މަޢުޞޫމްކަން ނޭނގޭކަމަށާއި، ނަމަވެސް
ބަޔާން ނެގި ފަހުން އެއީ މަހުދީ މަޢުޞޫމްކަން އެނގުނުކަމަށާއި، އޭރު މަހުދީ މަޢުޞޫމް ލައިގެން ހުރީ ކޮންކަހަލަ
ހެދުމެއްކަން ހަނދާނެއް ނެތްކަމަށާއި، ލޯންޗު ކައިރިކުރުމުގެ ކުރިން ފުލުހުން ތިބޭނީ އެތަނުގައިކަމަށާއި،
ދުރުމިނުގައި ގާތްގަނޑަކަށް ހުންނާނީ ފަސް ވަރަކަށް ފޫޓުކަމަށާއި، ލޯންޗުން ފޭބި ގަޑީގައި ތޮށި މައްޗަށް އަރާ
ކަނާތުން އެއްޗެއް ވައްޓާލިތަން ދުށްކަމަށާއި، ވައްޓާލީ ކުޑަ ދަޅެއްކަމަށާއި، ހަނދާންވަނީ އެއީ ފިލްމު ހުސްކުރި
ހުދުކުލައިގެ ދަޅެއްކަމަށާއި، އެކްސްޕްރެސް ލޯންޗުން އިތުރު މީހުންވެސްއައިކަމަށާއި، އެ ދަޅު ނެގީ ކާކުކަމެއް
ހަނދާނެއް ނެތްކަމަށާއި، އެ ދަޅު ނެގުމަށް ފަހު ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށްކަމަށް ޢަބްދު
ހިޝާން މުޙައްމަދު ބުނެފައިވާކަން ފާހަގަކުރެވޭކަޤާއި،
ޖެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/10
04 0ހ
011ގ
/02 މހ2
ދެއްކުމަށާއި،
92 ހ2ތ
» 22 ހއ
ޗކ ކކާ ނިންޤަހ2ނ
ޢިނާދު ޢަފީފު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ހުޅުމާލޭ އެކްސްޕްރެސް ލޯންޗުން
މީހަކު ކެނަބިސް ގެންނަ މަޢުލޫމާތު ލިބިގެން އެތަނަށް ދިޔަ ކަމަށާއި، އެއީ ކޮން ދުވަހެއްކަން ހަނދާނެއް
ނެތްކަމަށާއި، މަހުދީ މަޢުޞޫމް އެއްޗެއް ވައްޓާލިތަން ދުށްކަމަށާއި، އެއީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ
ހުރި ތެޔޮ ދަޅެއްކަމަށާއި، ހަނދާންވާގޮތުން އެއީ ފިލްމު ހުސްކުރި ވައްތަރުގެ ކަމަށާއި
ވައްޓާލުމުން އެ ދަޅު ގޮސް ޖެހުނީ ލަކުނޑި ޖެޓީގައި ކަމަށާއި، ހަމަ އެތަނުން އެ ދަޅު ނަގާފައިވާނެކަމަށާއި،
ހަނދާންވަނީ އެއީ ދުވާލުގެ ވަގުތުކަމަށާއި، މަހުދީ މަޢުޞޫމް ލައިގެން ހުރި އެއްޗެއް މިހާރު ހަނދާނެއް
ނެތްކަމަށާއި، މި ސީންގައި ބައިވެރިވީ ހަނދާންވާގޮތުން 3 ނުވަތަ 4 މީހުންކަމަށާއި، ލޯންޗުން މީހުން ފޭބި
ގަޑީގައި ފުލުހުން ތިބޭނީ އެތަނުގެ ކައިރީގައިކަމަށާއި، ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު ކައިރީގައިކަމަށާއި،
ހަނދާންވަނީ ލޯންޗް ކައިރިކުރުމުން އެތަނަށް ދިޔައީކަމަށާއި، މަހުދީ މަޢުޞޫމް އެއްޗެއް ވައްޓާލިތަން ސީދާ
ޢިނާދު ޢަފީފު ދުށްކަމަށާއި، މަހުދީ މަޢުޞޫމް ވައްޓާލި އެއްޗެއްކަން ޔަޤީންވީ އެ ގޮތަށް ފެނުނީމަކަމަށާއި،
ފުލުހުން މަހުދީ މަޢުޞޫމް ހުރި ތަނަށް ދާން ފެށުމުން އެތަނުގައި ހުރެފައި އެ ދަޅު ވައްޓާލީކަމަށާއި، ހީވަނީ އެއީ
ހުދުކުލައިގެ ދަޅެއްކަމަށާއި، އެ ދަޅު ނެގީ ކާކުކަމެއް، އަދި މަހުދީ މަޢުޞޫމް ޗެކްކުރީ
ޢިނާދު ޢަފީފު ބުނެފައިވާކަން ފާހަގަކުރެވޭކަމާއި،
މުޙައްމަދު ދީޝާން ހާދީ ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި މަސްތުވާތަކެތީގެ
މަޢުލޫމާތު ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ލިބުމާއި ގުޅިގެން އެތަނަށް ލޯންޗު އަންނާތީ ފުލުހުން ތިބީ ލަކުޑި
ޖެޓީގައިކަމަށާއި، ފުލުހުން ޖެޓީ މައްޗަށް އެރިއިރު ލޯންޗުން މީހުން ފައިބާން ނުފަށާކަމަށާއި، ފުލުހުން
ދުވެފައިގޮސް ލަކުނޑި ޖެޓީއަށް އެރި ވަގުތު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދަޅެއް
ބިންމައްޗަށް ވެއްޓުނުކަމަށާއި، އެއީ ފިލްމު ހުސްކުރި ވައްތަރުގެ ދަޅެއްކަމަށާއި، އެ ދަޅު ސީދާ މަހުދީ މަޢުޞޫމް
އަތުގައި އޮއްވާ ނުދެކޭކަމަށާއި، މަހުދީ މަޢުޞޫމް ފާހަގަކުރެވެނީ އޭނާއަކީ ވަރަށް ގިނައިން އެކިއެކި
މައްސަލަތަކުގައި ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށް ޙާޟިރުކޮށްފައިވާ ފަރާތަކަށްވާތީކަމަށާއި، މި މައްސަލައާ ގުޅިގެން
އިތުރު މީހަކު ހުއްޓުވައި ސުވާލުކޮށްފައިނުވާނެކަމަށާއި، ޗެކްކުރީ ހީވާގޮތުން މުޙައްމަދު ދީޝާން ކަމަށާއި، އެކަމަކު
މިހާރު އެހާރަނގަޅަށް ހަނދާނެއް ނެތްކަމަށާ، އެ ދަޅު ހުޅުވާ އޭގެ ތެރޭގައި ހުރި އެއްޗެހި މަހުދީ މަޢުޞޫމްއަށް
ދައްކާ ސުވާލުކުރުމުން، އެއީ އޭނާގެ އެއްޗެއްނޫންކަމަށް ބުނެފައިވާކަމަށް މުޙައްމަދު ދީޝާން ހާދީ ކްރިމިނަލް
ކޯޓުގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގޭކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
6
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މޫސާ ޚަލީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނަށް ބަލާއިރު، އެއީ ހަވީރުގެ
ވަގުތެއްކަމަށާއި، ލޯންޗު ކައިރިކުރިއިރު، ފުލުހުން ތިބީ ދުރުގައިކަމަށާއި، އެކަމަކު ލޯންޗުން މީހުން ފައިބާން
ފެށުމުން ފުލުހުން ޖެޓީއަށް އަރައި ލޯންޗް ކައިރިއަށް ދިޔައީކަމަށާއި، ސީނަށް ޙާޟިރުވިއިރު ފެރީކައިރިވި ވަގުތު
މަހުދީ މަޢުޞޫމް އެއްޗެއް ލަކުނޑި ޖެޓީ މައްޗަށް ވައްޓާލިކަމަށާއި، ވައްޓާލިތަން މޫސާ ޚަލީލު ދުށްކަމަށާއި، އެއީ
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތެޔޮ ފާޑުގެ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއްކަމަށާއި، ދަޅު ނެގީ ދަޅު
ވައްޓާލިތަނުން، މަހުދީ މަޢުޞޫމްގެ ކައިރިންކަމަށާއި، އެ ދަޅު ނެގި މީހެއް މިހާރު ހަނދާނެއްނެތް ކަމަށާއި، އެއާ
މަހުދީ މަޢުޞޫމްއާ ސުވާލުކުރުމުން އެއީ
މަހުދީ މަޢުޞޫމް ބުނެފައިވާކަމަށް
މޫސާ ޚަލީލު ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނަށް ބެލުމުން އެނގެންއޮންނަ
ނަކަމެވެ.
02x244
2 / ~
22 ދ ތތ
އޭނަގެ އެއްއް ނޫންކަމަށް
202
و مر کر مرس
2& 4 «
(ނ) ދެވަނަ ކަމަކީ، ޤ މައްސަލަ ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
276/HC
-
A/2013 ޤަޟިއްޔާއާއި ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި ކަނޑައަޅާފައިވާ
ޝަރީޢަތުގައި ހެކިވެރިންދޭ ހެކިބަހަށް ބުރަދަން ދޭންޖެހޭ އުޞޫލާއި ޚިލާފަށްކަމަށް ބުނެ މަހުދީ މަޢުޞޫމްގެ
ފަރާތުން ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި، ކޯޓަށް ދީފައިވާ ހެކި
ބަހުގައި ތަޙްޤީޤު ބަޔާނަށް ޙަވާލާދީ ހެކިބަސް ދީފައިވާ ގޮތަކީ ޝަރީޢަތަށް ކަމެއް ސާބިތުކުރުމަށް ޝަރީޢަތުގެ
މަޖިލިހުގައި އެކަމެއް ކުރަނިކޮށް ދެކުނުގޮތަށް އެކަން ކުރި ބައެއް އެކަން ސިފަކޮށްދޭންޖެހޭ އުޞޫލުން
ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގެ މަޤްޞަދު ޙާޞިލުވާގޮތަށް ދީފައިވާ ހެކިބަހެއް ނޫންކަމަށާއި، އަދި
އެ ހެކިބަހަކީ އެއާމެދު ޝަރީޢަތުގައި ސުވާލުކުރެވި ސާފުކޮށް ޝަރީޢަތަށް ކަންވެފައިވާގޮތް ހާމަކުރެވެންޖެހޭ،
ޝަރީޢަތުގައި ދެވޭ ހެކިބަހެއްކަމަށް ބަޔާންކޮށްފައިވާކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި މައްސަލާގައި
ކަންހިނގާދިޔަގޮތް، އެ ފަރާތްތައް ތަފްޞީލުކޮށް ކިޔާދީފައިވާކަން ދަށު ކޯޓަށް ދީފައިވާ ބަޔާންތަކުން އެނގެން
އޮންނަކަމާއި، އަދި އެ ހެއްކާއި ގުޅިގެން މަހުދީ މަޢުޞޫމްގެ ފަރާތުން ސުވާލުކުރުމުގެ ފުރުޞަތު ޝަރީޢަތުން
ފަހިކޮށްދީފައިވާކަން މައްސަލާގެ ބަޔާންތަކުން އެނގެން އޮތުމުން، މި މައްސަލާގައި ހެކިންގެ ހެކިބަސް ދީފައިވަނީ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 171/HC
-
A/2008 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާ ފަދައިން ހަމައެކަނި
އެ ފަރާތްތަކުން ތަޙްޤީޤަށް ދީފައިވާ ބަޔާނަށް ޙަވާލާދީފައިކަން ބެލެވެންނެތުމުން، ދައުލަތުން ހުށަހެޅި ހެކިން އި |
0
<< O
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
7
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
މައްސަލާގައި ދީފައިވާ ހެކިބަހަކީ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ށ) ގައި ބުނާ މަޤްޞަދު
ޙާޞިލުނުވާގޮތަށް ދީފައިވާ ހެކިބަހެއްކަމަށް ބެލެވެން ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްތިއުނާފު ކުރެވޭ މައްސަލާގެ ޝަރީޢަތުގައި ދައުލަތުން ހުށަހެޅި
ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ މަހުދީ މަޢުޞޫމްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ
ތެރޭގައި، އެ ހެކިންގެ ހެކިބަހުން މަހުދީ މަޢުޞޫމް ވައްޓާލިކަމަށް ބުނާ ފިލްމު ހުސްކުރި ދަޅު ވައްޓާލީ
ކޮންއަތަކުންކަމާއި، އަދި އެ ދަޅު ނެގީ ކާކުކަން ބުނުމުގައި ޚިލާފު އުފެދިފައިވާކަމަށް ފާހަގަކޮށްފައިވާކަމާއި،
ޢަބްދުﷲ ހިޝާން މުޙައްމަދު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި، މަހުދީ
މަޢުޞޫމް ލޯންޗުން ފޭބި ގަޑީގައި ތޮށި މައްޗަށް އަރާ ކަނާތުން އެއްޗެއް ވައްޓާލިތަން ދުށްކަމަށާއި، ވައްޓާލީ
ފިލްމު ހުސްކުރި ހުދުކުލައިގެ ކުޑަދަޅެއްކަމަށާއި، އެ ދަޅު ނެގީ ކާކުކަމެއް ހަނދާނެއް ނެތްކަމަށާއި، އެ ދަޅު
ނެގުމަށް ފަހު ގެންދިޔައީ ހުޅުމާލޭ ޕޮލިސް ސްޓޭޝަނަށްކަމަށް ޢަބްދުﷲ ހިޝާން މުޙައްމަދު ބުނެފައިވާކަން
ފާހަގަކުރެވޭކަމާއި، ޢިނާދު ޢަފީފު ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި ފުލުހުން މަހުދީ މަޢުޞޫމް
ހުރި ތަނަށް ދާން ފެނުމުން އެތަނުގައި ހުރެފައި އެ ދަޅު ވައްޓާލީކަމަށާއި، ހީވަނީ އެއީ ހުދުކުލައިގެ
ދަޅެއްކަމަށާއި، އެ ދަޅު ނެގީ ކާކުކަމެއް، އަދި މަހުދީ މަޢުޞޫމް ޗެކްކުރީ ކާކުކަމެއް ނޭނގޭކަމަށް ޢިނާދު ޢަފީފު
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، މޫސާ ޚަލީލް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދީފައިވާ ބަޔާނުގައި،
ދަޅު ނެގީ ދަޅު ވައްޓާލިތަނުން، މަހުދީ މަޢުޞޫމްގެ ކައިރިންކަމަށާއި، އެ ދަޅު ނެގި މީހެއް މިހާރު ހަނދާނެއްނެތް
ކަމަށާއި، މުޙައްމަދު ދިޟާން ހާދީ ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ދީފައިވާ ބަޔާނުގައި އެ ދަޅު ސީދާ މަހުދީ
މަޢުޞޫމް އަތުގައި އޮއްވާ ނުދެކޭކަމަށް ބުނެފައިވާކަން ފާހަގަކުރެވެންއޮތުމުން،
މި މައްސަލާގައި ހެކިބަސް ދިން ހެކިންގެ ތެރެއިން މަހުދީ މަޢުޞޫމް އެ ދަޅު ވައްޓާލީ ކޮން
ބުނެފައިވަނީ ހަމައެކަނި ޢަބްދުﷲ ހިޝާން މުޙައްމަދުކަމާއި، އެހެންނަމަވެސް، ޢަބްދުﷲ ޙިޝާން
މުޙައްމަދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާނުގައި، ފުލުހުން ފެނުމުން މަހުދީ
މަޢުޞޫމްގެ ވައަތު މުށުތެރޭގައި އޮތް ފިލްމު ހުސްކުރި ދަޅެއް ވައްޓާލިކަމަށް ބުނެފައިވާކަން ފާހަގަކުރެވެން
ޢަބްދުﷲ ހިޝާން މުޙައްމަދު ޝަރީޢަތަށާއި ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައި ފުށުއެރުންތަކެއްވާކަން
ފާހަގަކުރެވޭކަމާއި،
.ހ2 ތ ދ ތ
އެތަކެނެކަނީ
0 3 9»
އިޓމްން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2015/HC-A/10
މީގެ އިތުރުން، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސްދިން އެއްވެސް ހެއްކެއްގެ
ހެކިބަހުން އެ ދަޅު ނެގީ ކާކުކަން ބުނެދޭން ނޭނގޭކަމަށް ބުނެފައިވީނަމަވެސް، މި މައްސަލައާ ގުޅިގެން ދައުލަތުގެ
ފަރާތުން ހުށަހެޅި ހެކިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ ބަޔާންތަކުގައިވެސް ސީދާ އެ ދަޅު
ނެގީ ކާކުކަން ބުނެފައިނުވާކަން ފާހަގަކުރެވޭކަމާއި،
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޔުނިޓް | ސްޓޭޝަން ނަންބަރު S1205310015 "ކުށުގެ
ވެށިން ގެނެވޭ މީހުންނާއި ތަކެތީގެ މަޢުލޫމާތު ފޯމް" ގައި، ކުށުގެ ވެށިން ނެގުނު ތަކެތީގެ ތަފްޞީލުގައި، އެ
ތަކެތި ނެގުނު ތަންކަމަށް ބަޔާންކޮށްފައި އޮތީ، "ހުޅު
ހުޅުމާލެ ލަކުޑި ޖެޓީ މަތިން (މަހުދީ މަޢުޞޫމް ވާއަތު މުށުތެރޭން
ވައްޓާލި)" މިގޮތަށްކަން ފާހަގަކުރެވޭކަމާއި، އަދި ޗެއިން އޮފް ކަސްޓަޑީ ފޯމްގައި ތަކެތި ނެގި ފަރާތްކަމުގައި
ބަޔާންކޮށްފައިވަނީ ޢިމާދު ޢަފީފްކަން އެނގޭކަމާއި،
އިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ ޤަޟިއްޔާގައި ދައުލަތުން ހުށަހެޅި ހެކިންގެ ބަޔާންތަކުން،
ކާކުކަން ނޭނގޭ މީހަކު މަސްތުވާތަކެތި ހުޅުމާލެއަށް އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން
ހުޅުމާލެ ލަކުޑި ޖެޓީއަށް ދިޔަކަން އެނގޭކަމާއި، މަހުދީ މަޢުޞޫމް ހުޅުމާލެއަށް ލޯންޗެއްގައި ދިޔަކަމާއި، ފިލްމު
ހުސްކުރި ވައްތަރުގެ ދަޅެއް މީހުން ލޯންޗުން ފޭބި ވަގުތު ޖެޓީ މައްޗަށް ވައްޓާލިކަމާއި، އަދި އެވަގުތު އެތަނުގައި
އެ ލޯންޗުން އައި އެހެން މީހުންވެސް ތިބިކަން، މި މައްސަލާގައި ހެކިބަސް ދީފައިވާ ހުރިހާ ހެކިންގެ ހެކިބަހުން
އެނގެން އޮންނައިރު، ޢަބްދުﷲ ހިޝާން މުޙައްމަދު އާއި ޢިނާދު ޢަފީފުއާއި އަދި މޫސާ ޚަލީލްގެ ހެކިބަހުގައި
ފިލްމު ހުސްކުރި ދަޅު ވައްޓާލީ މަހުދީ މަޢުޞޫމްކަމަށް ބުނާ ބުނުމަށް އިތުރަށް ބުރަދަން ދިނުމުގެ ގޮތުން އެ
ދަޅުން ފިންގަރޕްރިންޓް ނެގުނުކަން އެނގޭކަމާއި، އެގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯޓް ނަންބަރު
2012
/
486/E2c
/
FTEF "ފޮރެންސިކް ތަޙުލީލަށް ގެނެވޭ އެވިޑެންސްތަކުން ލިފްޓްކުރެވޭ ލޭޓަންޓް
ޕްރިންޓްގެ ތަފްޞީލް" އަށް ބެލުމުން، ދަޅުން އެއްވެސް ލޭޓަންޓް ޕްރިންޓެއް ލިފްޓްކުރެވިފައިނުވާކަން
އެނގޭކަމާއި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC
-
A/2012 ޤަޟިއްޔާގެ ފާހަގަކުރެއްވުނު
ނުކުތާތަކުގެ 3 ވަނަ ނުކުތާގައި ޖިނާއީ މައްސަލަތައް ސާބިތުކުރުމަށްޓަކައި ހުށަހެޅޭ ހެކިތަކާއި ދަލީލުތައް
މައްސަލަ ބަލާ ފަނޑިޔާރު ތަޤްލީމް (evaluate) ކޮށް ވަޒަންކުރުމަށް ފަހު، އެ ފަނޑިޔާރަށް ޤަބޫލުކުރެ
ހެކިތަކާއި ދަލީލުތަކުން ނިކުންނަ ނަތީޖާތަކުގެ މައްޗަށް ބުރަވެ ހުރެ، ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިނާޢު
(convince) ވެގެން މެނުވީ ކުށެއް ސާބިތުވެއްޖެކަމަށް ޖިނާއީ މައްސަލައެއްގައި ޙުކުމްކޮށްގެން ނުވާނެކަމުގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޤަދީނަތުލް ބަރާއާ (presumption of innocence) ގެ ޢާންމު ޤާނޫނީ މަބްދަޢުގެ އެންމެ މުހިންމު އެއް
ޚާއްޞިއްޔަތުކަމަށް ބަޔާންކުރައްވާފައިވާކަމާއި،
އެތައް ބަޔަކު ޙާޟިރުވެތިބި، ޢާންމު ތަނަކުން މަސްތުވާތަކެތި ފެންނަ ހިނދު، އަދި
ވިޔަފާރިކުރުމަށް އަތުގައި ބެހެއްޓިކަމަށް ބެލެވޭ މިންވަރަށް މަސްތުވާތަކެތި ގެންގުޅުމުގެ އަދަބަކީ ޖިނާއީ ކުށްކުށަށް
ދެވޭ އަދަބުތަކުގެ ތެރެއިން ދެވޭނެ އެންމެ ހަރުކަށި އެއް އަދަބުކަމުގައިވާއިރު، ކުށުގެ އަދަބަށް ބަލާއިރު މިފަދަ
ޙައްސާސްކަން ބޮޑު މައްސަލައެއްގައި އިޙްތިމާލުން ދުރުވުމުގެ ގޮތުން، ކުށުގެ ވެއްޓާއި ޙާލަތަށް ބަލައި،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-A/2012 ޤަޟިއްޔާގައިވާ އުޞޫލު ތަޠްބީޤްކުރާނަމަ،
މުއްތަހަމާއި ކުށާއި ގުޅުވައިދޭ އިތުރު ހަރުދަނާ ދަލީލު ހުރެގެން މެނުވީ، މުއްތަހަމުގެ މައްޗަށް ކުށް
ސާބިތުވާކަމަށް ޔަޤީނާ ގާތްކުރާ މިންވަރަށް އިޤްތިޞާޢު ނުވެވޭނެކަމާއި، އަދި ލިބިފައިވާ އެފަދަ ދަލީލުތަކަކީ
ހެކިންގެ ހެކިބަހަށް އިތުރަށް ބުރަދަންދޭ ދަލީލުތަކަކަށް ވާންޖެހޭކަމާއި،
އެގޮތުން، ހުށަހެޅިފައިމިވާ މައްސަލާގައި، މަހުދީ މަޢުޞޫމް ހުޅުމާލެ ދިޔަ ލޯންޗުން އިތުރު
އެހެންމީހުންވެސް ހުޅުމާލެ
މާލެއަށް ދިޔަކަން އެނގެން އޮންނައިރު، އަދި މަސްތުވާތަކެތި ހުރި ދަޅު ފެނުނީ އެ
ލޯންޗުން މީހުން ފޭބި ވަގުތުގައިކަން ދައުލަތުގެ ފަރާތުން ހުށަހެޅި ހެކިންގެ ހެކިބަހުން އެނގެން އޮންނައިރު، އަދި
މަހުދީ މަޢުޞޫމް އެ ލޯންޗުން ފައިބާފައިވަނީ އެންމެން އެ ލޯންޗުން ފައިބަމުން ދިޔަ ވަގުތުގައިކަން މަހުދީ
މަޢުޞޫމްގެ ފަރާތުން ކްރިމިނަލް ކޯޓުގެ ޝަރީޢަތަށް ހުށަހެޅި ހެކީގެ ހެކިބަހުންވެސް އެނގެން އޮންނައިރު،
ހާދިސާ ހިނގި ތަނަށް ދިޔަ ތިން ފުލުހެއްގެ ހެކި ބަހުން މަހުދީ މަޢުޞޫމް ފިލްމު ހުސްކުރި
ދަޅެއް ވައްޓާލިތަން ދުށްކަމަށް ބުނެފައިވާއިރު، އެކަމަށް މަހުދީ މަޢުޞޫމް އިންކާރުކޮށްފައިވާކަން އެނގޭކަމާއި،
ތިބި ތަނަކުން އެ ދަޅަކީ ޙަޤީޤަތުގައިވެސް މަހުދީ މަޢުޞޫމް އެއްލާލި ދަޅެއްކަން
ކަށަވަރުކުރުމަށްޓަކައި ނެގުނު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރިޕޯޓް ނަންބަރު 2012
:
486!E2
(
c
)
/
FTEF
"ފޮރެންސިކް ތަޙުލީލަށް ގެނެވޭ އެވިޑެންސްތަކުން ލިޕްޓްކުރެވޭ ލޭޓަންޓް ޕްރިންޓްގެ ތަފްޞީލް" އަށް ބަލާއިރު،
މަހުދީ މަޢުޞޫމް އެއްލާލިކަމަށް ބުނާ ދަޅުން އެއްވެސް ފިންގަރޕްރިންޓެއް ލިފްޓްކުރެވިފައިނުވާކަން ނުވަތަ
ފެނިފައިނުވާކަން ޙަވާލާދެވުނު ތަޙްލީލު ރިޕޯޓުން އެނގެން އޮންނަކަމާއި، އަދި މަހުދީ މަޢުޞޫމް އެ ދަޅު
އެއްލާލިތަން ދުށްކަމަށް ތިން ހެއްކެއް ބުނާއިރު، މަހުދީ މަޢުޞޫމް އެއްލާލިކަމަށް ބުނާ ދަޅުން އޭނާގެ
ފިންގަރޕްރިންޓެއް ނުފެނުނު ސަބަބެއް ދައުލަތަށް ބުނެދެވިފައިނުވާކަން ފާހަގަކުރެވޭކަމާއި،
· ބބ
ބަޔަކު
އެއްވެސް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
10
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންކަމުން، ބުނެވިދިޔަ ރިޕޯޓުގެ އަލީގައި، މަހުދީ މަޢުޞޫމް މަސްތުވާތަކެތި އަޅާފައިހުރި ދަޅެއް
އެއްލާލިތަން ދުށްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތިން ފުލުހެއް ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ހެކިބަސް ދީފައިވާއިރު، މަހުދީ މަޢުޞޫމް އެ ދަޅު އެއްލާލި އަތް ސިފަކޮށްދިނުމުގައި ޢަބްދު
ޙިޝާން މުޙައްމަދުގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި
ތަކާއި، އެ ދަޅުން އެއްވެސް ފިންގަރޕްރިންޓެއް
ފެނިފައިނުވާއިރު، އެ ދަޅު ނެގީ ކާކުކަންވެސް އެއްވެސް ފަރާތަކަށް (އޭގެ ތެރޭގައި އެ ދަޅު ނެގިކަމަށް ފޯމުގައި
ސޮއިކޮށްފައިވާ ފަރާތަށްވެސް ބުނެދެވިފައި ނެތުމުން، މި ހުރިހާ ކަންކަމަށް ރިޢާޔަތްކޮށް، ޖުމްލަކޮށް ދައުލަތުގެ
ފަރާތުން މަހުދީ މަޢުޞޫމްއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކި ބަލިކަށިކަން ފާހަގަކުރެވޭކަމާއި، އެހެންކަ
އެހެންކަމުން،
މި
މައްސަލާގައި ފެނުނު މަސްތުވާތަކެތި އަޅާފައި ހުރި ދަޅަކީ، މަހުދީ މަޢުޞޫމްގެ ދަޅެއްކަމަށް އެކަށީގެންވާ
ޝައްކެއް ނެތް މިންވަރަށް ސާބިތުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި
އެއްވެސް ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެ ގޮތަށް ހުރުމާއެކު ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/754 ޤަޟިއްޔާގައި ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން މަހުދީ މަޢުޞޫމް ކުށްވެރިވެއްޖެކަމަށް
ކަނޑައަޅުއްވައި، ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ
ބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
11
2015/HC-A/10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޙުކުމް
ܕ
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ކްރިމިނަލް ކޯޓުގެ ނަންބަރު
2013/Cr
-
C/754 ޤަޟިއްޔާގައި ގދ. ރަތަފަންދޫ | ޓެކްސާސް މަހުދީ މަޢުޞޫމްގެ މައްޗަށް ކެނަބިސް
ޓްރެފިކްކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ދިވެހިރާއްޖޭގެ
ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށް، އެ ގޮތުގެ މަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv