ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/41 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4)
ކެން
« e
ހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 41/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ތިލަދުންމަތި އުތުރުބުރީ ހޯރަފުށި ކައުންސިލްގެ އިދާރާ * ދާއިމީ އެޑްރެސް: ހއ.ހޯރަފުށި
ކައުންސިލްގެ އިދާރާ
* އައިޑީ ކާޑުނަންބަރު.
* މިހާރުގެ އެޑްރެސް: ހއ.ހޯރަފުށި
ކައުންސިލްގެ އިދާރާގެ
އިސްތިއުނާފު ރައްދުވި ފަރާތް
ނަން: ޢަލީ ޢާރިފް
* ދާއިމީ އެޑްރެސް: ކަނީރުމާގެ 1 ހއ. ހޯރަފުށި
* އައިޑީ ކާޑުނަންބަރު: A140604
މިހާރުގެ އެޑްރެސް: ޒިކުރާ | ހއ.
• ރަޖިސްޓްރީ ތާރީޚް: 17 ރަބީޢުލްއާޚިރު 1435 ނިމުނު ތާރީޚް: 16 ރަޖަބު 1436
19 ފެބްރުއަރީ 2014
29 އެޕްރީލް 2015
• އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/A6C/52 ޤަޟިއްޔާ
• ނިންމެވި ކޯޓު: ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓު
• މައްސަލައިގެ ބާވަތް: ޤާނޫނާއި ޤަވާއިދާ ޚިލާފަށް ބިންދޫކުރުން
ހުށަހެޅި ތާރީޚް: 06.08.2012
ނިމުނު ތާރީޚް: 26.05.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ
ހޯރަފުށި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/41
ދަޢުވާގެ ޚުލާޞާ
މިއީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/A6C/52
ޤަޟިއްޔާ، އެ ކޯޓުން ނިންމެވީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ ހއ. ހޯރަފުށި
ކަނީރުމާގެ ޢަލީ ޢާރިފްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މި މައްސަލާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ތިލަދުންމަތީ
އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
1) އިސްތިއުނާފުކުރެވޭ ތިލަދުންމަތި އުތުރުބުރީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/A6C/52 ޤަޟިއްޔާގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު
ޤާނޫނު ނަންބަރު 7/2010 ން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލަށް ލިބިދީފައިވާ ބާރުތަކާއި
ޚިލާފަށް، އަދި މި ޤާނޫނުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލަށް މަތިކުރެވިފައިވާ
މަސްއޫލިއްޔަތުތަކާއި، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައްކަމަށް އިސްވެދެންނެވުނު ޤާނޫނުގައި ބަޔާންކުރާ
ކަންތައްތަކުން ބޭރުން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ އިރުމަތީ ފަރާތުގެ ބަނދަރު ސަރަޙައްދުން،
ޤާނޫނާއި ޤަވާއިދާ ޚިލާފަށް، ހއ. ހޯރަފުށީ ކަށިމާގެ، ޢަބްދުލްޙަކީމް މުޙައްމަދުއަށް، ފިނި މައިޒާނެއް އެޅުމަށް
ބިން ދޫކޮށްފައިވާތީއާއި، މި ކަމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު 12002 އާއި، ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނާ ތަޢާރަޟްވާގޮތަށް، އެއްވެސް ކަހަލަ އެއްބަސްވުމެއްނެތި ކޮށްފައިވާކަމެއްކަމުން،
މި ކަމަކީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި، ބިމާބެހޭ ޤަވާޢިދާއި، ހޯރަފުށިން ބިން ދޫކުރުމާބެހޭ އުޞޫލުތަކާ
ޚިލާފަށް އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާއި، ޤަވާޢިދާ ޚިލާފަށް
ހޯރަފުށި ކައުންސިލުން ނިންމާފައިވާ ޞައްޙަނޫން ބާޠިލު ނިންމުމެއްކަމަށް ކަނޑައަޅައި ދިނުމަށާއި
ދިވެހިރާއްa
ޙައި29
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޚި
ބަދަލެއް ނެތް ގޮތުގައި އެ ބިން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާއާ ޙަވާލުކުރަންޖެހޭމީގެ ހައި
ހޯރަފުށި، ކަށިމާގެ ޢަބްދުލްޙަކީމް މުޙައްމަދަށް ފިނިމައިޒާނެއް އެޅުމަށްޓަކައި ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ ކައުންސިލުން ދޫކޮށްފައިވާ ބިމުގައި މިހާރު ކުރިއަށްގެންދާ ފިނިމައިޒާން އެޅުމުގެ މަސައްކަތާއި
ގުޅުންހުރި އެންމެހާ މުޢާމަލާތްތައްކުރުން ހުއްޓުވައިދިނުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ
މައްޗަށް އަމުރުކޮށްދިނުން އެދި ހއ. ހޯރަފުށީ ކަނީރުމާގެ ޢަލީ ޢާރިފް ހުށަހެޅުމުން ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ބެއްލެވި މައްސަލައެއްކަމާއި،
އެ ޤަޟިއްޔާ ނިންމަވާފައިވަނީ "ދެންފަހެ، މައްސަލައާ ގުޅިގެން ލިބިފައިވާ
ބަޔާންތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށާއި، ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކުރުމަށްފަހު،
ހއ.ހޯރަފުށި، ޢަލީ ޢާރިފް ހުށަހަޅާފައިވާ މި މައްސަލައިގައިވާ ފަދައިން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ
އިރުމަތީ ފަރާތު ބަނދަރު ސަރަޙައްދުން، ހއ.ހޯރަފުށީ، ކަށިމާގެ ޢަބްދުލްޙަކީމް މުޙައްމަދަށް، އެއްބަސްވުމެއް
ނެތި، ފިނިމައިޒާނެއް އެޅުމަށްޓަކައި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ކައުންސިލުން ބިމެއް ދޫކޮށްފައިވާކަން
ޝަރީޢަތަށް ސާބިތުނުވާކަމާއި، މި މައްސަލައިގައި ޢަލީ ޢާރިފް އިޝާރާތްކޮށްފައިވާ ބިމަކީ، ތިލަދުންމަތީ
އުތުރުބުރީ ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭނުގައި، "ރަށުއޮފީސް އަޅާބިން" މި ގޮތަށް ފާހަގަކޮށްފައިވާ ބިމުގެ،
އިރު ދެކުނު ކަންމަތީގައި ވަގުތީގޮތުން ފިނި މައިޒާނެއް އެޅުމުގެ ހުއްދައަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީގެ
ރައްޔިތުން ތެރެއިން ހއ. ހޯރަފުށި ކަށިމާގެ، ޢަބްދުލް ޙަކީމް މުޙައްމަދު އިސްކޮށްހުރެގެން، އިތުރު 45
މީހުންގެ ސޮޔާއެކު، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލަށް ހުށަހެޅި ހުށަހެޅުމަކާ ގުޅިގެން، އެ
ކައުންސިލްގެ 36 ވަނަ ކުއްލި ޖަލްސާގައި އެކަމާބެހޭގޮތުން މަޝްވަރާކުރުމަށްފަހު، ވޯޓުދިނުމުގައި ބައިވެރިވި
ބަރުންގެ ވަރަށް ބޮޑު އަޣުލަބިއްޔަތުން ނިންމާފައިވާ ގޮތުގެމަތިން، ތިލަދުންމަތީ އުތުރުބުރީ އަތޮޅު
ކައުންސިލަށް އެކަން ހުށަހަޅައި، އަތޮޅު ކައުންސިލުން ދީފައިވާ ހުއްދައިގައިވާ ގޮތުގެ މަތިން، އެ ކަމަށް
އެދިފައިވާ މީހުންގެ ތެރެއިން 10 މީހުން، އެ ކަމުގައި ފުރިހަމައަށް ޒިންމާވާގޮތުގައި، ތިލަދުންމަތީ ހޯރަފުށި
ކައުންސިލާއި، ސަރުކާރުން މުހިއްމު ބޭނުމަކަށްބޭނުންވެއްޖެ ކޮންމެ ހިނދެއްގައި، އެއްވެސް ޝަކުވާއެއް އަދި
އެ
މެނިބ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4ތ ﷲ 0
042
2
އެއްބަސްވަމުއޤާ
ހަދާފައިވާ
ދަށުން، ދޫކޮށްފައިވާ ބިމެއްކަމާއި، އެ ބިމާބެހޭ ގޮތުން ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ ކައުންސިލުން ނިންމާފައިވާގޮތް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ ފަރާތުން،
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ދީފައިވާކަމާއި، އަދި ބިމުގެ ބަޖެޓަށް އެ ބިން
އިތުރުކޮށްދިނުމަށްވެސް އެ މިނިސްޓްރީގައި އެދިފައިވާކަން، މި މައްސަލައާ ގުޅޭ ދެފަރާތުގެ ބަހުންނާއި،
ހުށަހެޅިފައިވާ ލިޔުންތަކުން އެނގެންއޮންނާތީ، ޤާނޫނު ނަންބަރު 12002 (ދިވެހިރާއްޖޭ ބިމާބެހޭ ޤާނޫނު)
އަށާއި، އެ ޤާނޫނުގެ ދަށުން ހަދާފައިވާ "ދިރރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި، އެހެނިހެން
ބޭނުންތަކަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކަށްބިން ދޫކުރުމާއިބެހޭ ޤަވާޢިދު" އަށާއި، ޤާނޫނު ނަންބަރު
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން، ރަށު
ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ސިޓީ ކައުންސިލްތައް އިންތިޚާބުކޮށް، ލާމަރުކަޒީ އުޞޫލުން
އިދާރީ ދާއިރާތައް ހިންގުމުގެ ބޭނުމަށާއި، އެ ޤާނޫނުގެ ދަށުން އެ ކައުންސިލްތަކުން އަދާކުރަންޖެހޭ
މަސްއޫލިއްޔަތުތަކަށާއި، އެ ކައުންސިލްތަކަށް ލިބިގެންވާ ބާރުތަކަށް ބަލާއިރު، ދިވެހިރާއްޖޭގެ ބިމާބެހޭ
ވުޒާރާއިން، އެ ބިމާބެހޭ ގޮތުން އެހެންގޮތަކަށް ޢަމަލުކުރުމަށް ކަނޑަނާޅާހާހިނދަކު، އެ ބިމާމެދު
ޢަމަލުކުރުމަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލުން މިހާރު ނިންމާފައިވާ ނިންމުމަކީ، ޞައްޙަނޫން
ބާތިލް ނިންމުމެއްކަމަށް ޝަރީޢަތުން ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް" މައްސަލަ
ނިންމަވާފައިވާ އެ މައްސަލާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
<< O
2) ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/A6C/52
ޤަޟިއްޔާ،
އެ ކޯޓުން ނިންމެވީ
ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ
ހޯރަފުށި / ކަނީރުމާގެ ޢަލީ ޢާރިފްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން 05 (ފަހެއް)
ނުކުތާއެއް
ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
ދި ހދxތ
ށް)
އެ
ދިވެހިރާއްޖޭގެ
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ދިވެހިންގެ
5
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ފުރަތަމަ ނުކުތާއަކީ، މައްސަލައިގެ އަޑުއެހުންތަކަށް ޙާޟިރުވެ ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ ކައުންސިލްގެ ފަރާތުން ވަކާލާތުކުރާނެ ފަރާތެއް ކައުންސިލުން ކަނޑައަޅާފައިނުވަނީސް، މައްސަލައިގެ
ފުރަތަމަ އަޑުއެހުމަށް ޙާޟިރުވެ ކައުންސިލްގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް، ހއ. ހޯރަފުށި | މުރިނގު ޢަލީ ރިޔާޝްއަށް
ދެއްވައި ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
22 4 2
• ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖެއަކީ ޔުނިޓަރީ ދަޢުލަތެއްކަމަށް ބަޔާންކޮށްފައިވާއިރު ޤާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ
ދައުލަތުގެ ސިފަ ގެއްލޭގޮތަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބާރުތައް ލިބިދީފައިވާކަން ދޭހަވާގޮތަށާއި،
ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ރޫހާ ޚިލާފަށް، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާއިދުތަކަށް އިސްލާޙް ގެނެސްގެން ނޫން ގޮތަކަށް މެނުވީ
ޢަމަލު ނުކުރެވޭނެކަން ދޭހަވާ މޭރުމަކުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްގައި
ފާހަގަކުރައްވާފައިވުމާއި މުސްތަޤިއްލު މުއައްސަސާތަކުން ހަދަންޖެހޭ ޤަވާޢިދުތައް ނުހެދި ހުރުން އެއީ ޤާނޫނާ
ޚިލާފުވުމަށް އޮތް ހުއްޖަތެއްކަމުގައި ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
44
• ތިންވަނަ ނުކުތާއަކީ، ހޯރަފުށީ އިރުމަތީ ފަރާތު ބަނދަރު ސަރަޙައްދުން ފިނި
މައިޒާނެއް އެޅުމަށްޓަކައި ބިމެއް (މީގެ ފަހުން ބިން ދޫކުރަން ނިންމި ނިންމުން، ހއ.ހޯރަފުށީ ކައުންސިލުން
ވުޒާރާއަށް ފޮނުވައިވީ ނަމަވެސް އެ ހުށަހެޅުމާ އެއްގޮތަށް އެކަން ފާސްކޮށް ބިމުގެ ބަޖެޓުގައި
ހިމަނާފައިވާކަން ބިމާބެހޭ ވުޒާރާއިން އަންގާފައިނުވާކަމާއި، ނަމަވެސް، ބިމާ ބެހޭ ވުޒާރާއަށް ކައުންސިލުން
ހުށަހެޅުމުން ބިމުގެ ބަޖެޓްގައި ހިމެނުމަށް ފާސްކުރެވުނީކަމަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް
ކޯޓުން ޙުކުމްކުރުމުގައި ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ހައިކޯ*
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OU OO
ހަތަރުވަނަ ނުކުތާއަކީ،
ހޯރަފުށީ ކައުންސިލުން ބިން ދޫކުރުމަށް ނިންމާފައިވަނީ
އަތޮޅު ކައުންސިލްގެ ލަފާގެ މަތިންކަމަށާއި، ބިން ދޫކުރެވުނު ފަރާތާއި ހޯރަފުށީ ކައުންސިލްއާ ދެމެދު
ވެފައިވާ އެއްބަސްވުމެއްގެ ދަށުންކަމަށް ތިލަދުންމަތީ އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުގައި ބުނެފައިވާއިރު،
އަތޮޅު ކައުންސިލްގެ ބަހެއް ހޯދުމަށް ފޮނުވާފައިވަނީ ބިން ދޫކުރުމަށް ކައުންސިލުން ނިންމުމަށް ފަހުގައިކަން
ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ހެކިތަކުން ފެންނަން އޮތްއިރު އެ ކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް
ބުނެ ހުށަހެޅި ނުކުތާ.
2x
• ފަސްވަނަ ނުކުތާއަކީ، ބިމުގެ މައްސަލަ، ކައުންސިލްތަކުގެ ބެލެނިވެރިފަރާތް ކަމުގައިވާ
ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވީނަމަވެސް އެ އޮތޯރިޓީއިން ބިން ދޫކޮށްފައިވާގޮތާމެދު
އިންކާރުކޮށްފައިނުވުމަކީ، އެ ބިން ދޫކޮށްފައިވަނީ ރަނގަޅަށްކަމަށް ދޭހަކޮށްދޭ ހެއްކެއްކަމަށް ތިލަދުންމަތީ
އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރުމުގައި ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
02 0 0
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/A6C;52
ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށާއި، މި މައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ
މިމައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
2 20
(ހ) ފުރަތަމަ ކަމަކީ، ހުށަހެޅިފައިމިވާ މައްސަލާގައި ކަންހިގާދިޔަ ގޮތަށް ބެލިއިރު،
ހޯރަފުށި | ކަށިމާގެ، ޢަބްދުލް ޙަކީމް މުޙައްމަދު ހިމެނޭ ގޮތަށް 45 ފަރާތެއް، ހއ. ހޯރަފުށީ ބަނދަރު
ސަރަޙައްދުގައި ހުރި ނިކަގަސް ކައިރިން މައިޒާނެއް އެޅުމަށްޓަކައި ބިމެއް ހޯދުމަށް އެދި، 29 ޖުލައި 2012
ގައި ޕެޓިޝަނެއް ހުށަހެޅިކަމާއި، އެ ސަރަޙައްދުން ވަގުތީ މައިޒާނެއް އެޅުމަށް ބިން ދޫކުރުމަށް ކައުންސިލްގެ
ކަމާއިބެހޭ ސެކްޝަނުން އެ ބިން ބެލުމަށްފަހު އެތަނުން އެންމެ އެކަށޭނެ ތަނެއް ފާހަގަކޮށް އެފަރާތަށް
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދޫކުރުމަށާއި، އަދި އެކަން ކުރުމުގެ ކުރިން ޤާނޫނީ ގޮތުން ހޯދަންޖެހޭ ލަފާ އަތޮޅު ކައުންސިލުން ހޯދުމަށްފަހު،
ބިން ދޫކުރެވޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ، ބިން ދޫކުރާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި
ރަނގަޅު ފެންވަރެއްގެ މައިޒާން އެޅުމަށާއި، އެ މައިޒާން 6 މަސް ދުވަހުގެ ތެރޭގައި ނޭޅިއްޖެނަމަ
ކައުންސިލަށް އެބިން އަނބުރާ ނެގޭގޮތަށާއި، އަދި ރަށު ކައުންސިލުންނާއި ސަރުކާރުން ބޭނުންވެއްޖެ ކޮންމެ
ހިނދެއްގައި އެއްވެސް ބަދަލު ދިނުމެއްނެތި އަނބުރާ ނެގޭނެ ގޮތަށް އެބިން ދޫކުރުމަށް ފެންނަކަމަށް، 1
އޮގަސްޓް 2012 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ 85 ވަނަ ޢާއްމު ޖަލްސާއިން
ފާސްކޮށްފައިވާކަން އެނގޭކަމާއި،
އެހެންނަމަވެސް، 2 އޮގަސްޓް 2012 ގައި ބޭއްވުނު ހއ. ހޯރަފުށީ ކައުންސިލްގެ 36 ވަނަ
ކުއްލި ޖަލްސާގައި، އިސްވެ އިޝާރާތްކުރެވުނު ހޯރަފުށީ ކައުންސިލްގެ 85 ވަނަ ޢާއްމު ޖަލްސާގައި
ނިންމާފައިވާ ގޮތާއި ގުޅިގެން ގިނަ ރައްޔިތުން ޝަކުވާ ކުރާތީވެ، ބަނދަރު ސަރަޙައްދުގައި ފިނި މައިޒާން
އެޅުމާއި ގުޅޭގޮތުން އެވަގުތުން އެވަގުތަށް އެކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އެޖެންޑާ
ކުރެވުނުކަމާއި، އަދި އެގޮތުން، ހޯރަފުށީ ކައުންސިލްގެ 36 ވަނަ ކުއްލި ޖަލްސާގައި ނިމުނުގޮތަކީ، އެ
ކައުންސިލްގެ 85 ވަނަ ޢާއްމު ޖަލްސާއިން ނިންމި ނިންމުން ބާޠިލުކޮށް، އޭގެ ކުރިން ހޯރަފުށީ އޮފީހުން
ރަށުގެ އެހެން ފަރާތްތަކަށް މައިޒާން އެޅުމަށް ބިން ދޫކޮށްފައިވާ އުޞޫލުން، މައިޒާނެއް އެޅުމަށް އެވަގުން
އެވަގުތަށް ބިން ދޫކުރުމަށާއި، އެކަން ކުރާއިރު ކައުންސިލަރ އިބްރާހިމް ޝާކިރުގެ ސީދާ ބެލުމުގެ ދަށުން
އެކަން ކުރުމަށާއި، އަދި ސަރުކާރު ހުޅުވުމުން 5 އޮގަސްޓް 2012 ވާ އާދިއްތަ ދުވަހު އެކަމުގެ މަޢުލޫމާތު
އަތޮޅު ކައުންސިލަށް ދިނުމަށާއި، ބަނދަރު ސަރަޙައްދުގައި ފިނި މައިޒާނެއް އެޅުމަށް ހއ. . ހޯރަފުށި
ޙަކީމް މުޙައްމަދު އިސްކޮށް ހުރެގެން ކުރާ މަސައްކަތް 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި ނިންމާ
ރައްޔިތުނަށް ޚިދުމަތް ފޯރުކޮށްދިނުމަށާއި، ރަށު ކައުންސިލުންނާއި ސަރުކާރުން ބޭނުންވެއްޖެ ކޮންމެ
ހިނދެއްގައި އެއްވެސް ޝަކުވާއެއް އަދި ބަދަލެއް ނެތް ގޮތުގައި އެ ބިން ނެގޭނެކަމަށާއި، އަދި ކައުންސިލާއި
އެފަރާތާއި މެދު އެއްބަސް
ހަދައި ސޮއިކޮށް 3 (ތިނެއް) މަސް ދުވަހުގެ ތެރޭގައި އެ ބިމުގެ މަސައްކަތް
ތ4 43
ޢަބުދު
2ތ ދ ތ 2 2ތ
އެއްބަސްވުމާ
ދިވެހިރާއްޖޭގެ
އައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނުކުރެވިއްޖެނަމަ ކައުންސިލަށް އެ ބިން ނަގައި ދެވަނަ ފަހަރަށް އެފަރާތަށް ބިމެއް ނުދެވޭނެކަމަށް އެންގުމަށް
އެ ޖަލްސާއަށް ޙާޟިރުވެތިބި ކައުންސިލަރުންގެ އަޣުލަބިއްޔަތުން ފާސްކުރެވުނުކަމާއި،
ޢަބްދުލް ޙަކީމް މުޙައްމަދު އިސްކޮށްހުރެ، 20 ޖުލައި 2012 ގައި ހުށަހެޅި ޕެޓިޝަނުގައި
ހިމެނޭ 10 ފަރާތެއް ޒިންމާވާ ގޮތަށް، އެފަރާތްތަކާއި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާ ދެމެދު
ހޯރަފުށީ ބަނދަރު ސަރަޙައްދު (ބޮޑު ނިކަގަސް) ގައި ފިނި މައިޒާން އެޅުމަށް ބިން ދޫކުރި އެގްރިމަންޓް"
ގައި 5 އޯގަސްޓް 2012 ގައި ސޮއި ކުރެވުނުކަމާއި، އެ އެގްރިމެންޓްގައި ފިނި މައިޒާން ހެދުމަށް ދޫކުރި ބިން
ދޫކޮށްފައިވަނީ ވަގުތީ ގޮތުންކަމުން، އެ ބިމުގައި ތަނެއް ހަދާނަމަ ހަދަންވާނީ ކައުންސިލާއި ސަރުކާރުން ނުވަތަ
އެނޫންވެސް ގޮތަކުން ބިން ވަކިކުރަން ޖެހިއްޖެނަމަ، ރޫޅާލައިގެން ގެންދެވޭ ގޮތަށް ކަމަށާއި، އަދި އެފަދަ
ޙާލަތްތަކުގައި ޙަވާލުކުރެވޭ ބިން ހޯރަފުށީ ކައުންސިލް އިދާރާއާއި ޙަވާލުކުރަންވާނީ އެއްވެސް ބަދަލެއް ނުލިބޭ
ގޮތަށް އެ ބިން ރަނގަޅަށް ސާފުކުރުމަށްފަހުގައި ކަމަށާއި، އަދި އެގޮތަށް ދޫކުރެވޭ ބިން ބިމުގައި ޢިމާރާތްތަކެއް
ހަދަންވާނީ އެއީ ބަދަލު ނުލިބޭނެ ފަދަ ތަންތަންކަމަށް ބަލައިގެން ކަމަށް އެ އެގްރިމެންޓްގެ
ފެޓްގެ 1 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ފިނި މައިޒާނެއް އެޅުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް 3
(ތިނެއް) މަސް ދުވަހުގެ މުހުލަތެއް އެ އެއްބަސްވުމުގެ ދަށުން ދީފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެ ބިން
ރަށު ކައުންސިލާއި ސަރުކާރުން މުހިންމު ބޭނުމަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެއްވެސް ޝަކުވާއެއް
އަދި ބަދަލެއް ނެތް ގޮތުގައި އެ ބިން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ހޯރަފުށީ ކައުންސިލް އިދާރާއާ
ޙަވާލުކުރަންވާނެކަމަށް އެ އެގްރިމެންޓްގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، އަދި އެ އެގްރިމެންޓްގެ 6
ވަނަ މާއްދާގައި، މައިޒާން އެޅުމަށް ދޫކުރެވުނު ބިމުގައި ވަކި ފަރުދެއްގެ ނުވަތަ ކުންފުންޏެއްގެ
ންފުންޏެއްގެ ނުވަތަ ބައެއްގެ
އަމިއްލަ ފައިދާއަށް އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް ބަޔާންކުރެވިފައިވާކަން
ފާހަގަކުރެވޭކަމާއި،
ހޯރަފުށީ ކައުންސިލްގެ 36 ވަނަ ކުއްލި ޖަލްސާގައި ނިންމާފައިވާ ނިންމުން
ހއ.އަތޮޅު ކައުންސިލް އިދާރާގެ ލަފަޔަކަށް އެދި 05 އޯގަސްޓް 2012 ގައި ހއ.އަތޮޅު ކައުންސިލްގެ
ފ ) *0
ބަޔާންކޮށް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/41
އިދާރާއަށް ހޯރަފުށީ ކައުންސިލުން ސިޓީއެއް ފޮނުވާފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިސްވެ ބުނެވުނު
ސިޓީގެ ޖަވާބުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ނަންބަރު
338238, $i = = = =2 => (MSG)225-AHRI/247/2012/54
އެއްގޮތަށް އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ލަފާ ދީފައިވާކަން ފާހަގަކުރެވޭކަމާއި، އަދި ޕެޓިޝަންގައި
ސޮއިކޮށްފައިވާ މީހުންގެ ތެރެއިން 10 މީހުން އެ މަސައްކަތާއި ޒިންމާކުރުމަށްފަހު އެ ހުއްދަ ދިނުމަށް
ފެންނަކަމަށް 6 އޮގަސްޓް 2012 ގައި ހޯރަފުށީ ކައުންސިލަށް އަންގާފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި 6 އޮގަސްޓް 2012 ގައި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާގެ
ނަންބަރު 138
/
2012
/
584/E-247 ސިޓީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް
ފޮނުވުނުކަމާއި، އެ ސިޓީގައި، 2012 ވަނަ އަހަރުގެ ބަޖެޓްގައި އެ ބިން ހިމަނާފައިނުވާތީ އެ ބިން ލޭންޑް
ޔޫސް ޕްލޭނުގައި ހިމަނައިދިނުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
8 އޮގަސްޓް 2012 ގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ ކައުންސިލްގެ އިދާރާއަށް ރަށުގެ ލޭންޑް ޔޫސް ޕްލޭނާ ޚިލާފަށް، ރަށުގެ ބަނދަރު ސަރަޙައްދުން ބިން
ދޫކޮށްފައިވާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ހުށަހެޅިފައިވާކަމަށް ބުނެ
އޮތޯރިޓީގެ ނަންބަރު
247
/
2012
/
4/LS-221 ސިޓީ ފޮނުވާފައިވާކަމާއި، ބުނެވުނު ސިޓީގައި 14 އޮގަސްޓް 2012 ގެ 13:00
ގެ ކުރިން، މިކަމުގައި ކަންހިނގާފައިވާ ގޮތް އަންގައިދިނުމަށާއި، ރަށުގެ އެއްވެސް ސަރަޙައްދަކުން އެއްވެސް
ފަރާތަކަށް ބިން ދޫކުރެވިފައިވާނަމަ، އެ ބިންތަކުގެ މަޢުލޫމާތާއި، އެ ބިން ބޭނުންކުރުމަށް ހައުސިންގ
މިނިސްޓްރީއިން ދޫކޮށްފައިވާ ހުއްދައާއި އެކަމާ ގުޅުންހުރި މަޢުލޫމާތު ފޮނުވައިދިނުމަށް އެދިފައިވާއިރު،
އެއްވެސް ބޭނުމަކަށް ރަށުގެ އެއްވެސް ސަރަޙައްދަކުން ބިން ބޭނުންކުރުމުގެ ކުރިން ކަންތައްތަކެއް
ފުރިހަމަކުރަންޖެހޭކަމަށް ފާހަގަކޮށްފައިވާކަމާއި، އެގޮތުން، ރަށް ތަރައްޤީގެ ޕްލޭނެއް އޮންނަންވާނެކަމަށާއި، ރަށު
ތަރައްޤީ ޕްލޭނާ އެއްގޮތަށް ތަރައްޤީގެ ހަރަކާތްތައް ހިންގުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް
ފާސްކުރެވިފައިވާ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން ކައުންސިލަ
ޏ 7
2
އެންވަޔަރަމަންޓަށް ތައްޔާރުކޮށް
ހައިކޯ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބޭނުންވާ ބިމުގެ ބަޖެޓް ހަދައި، އެ ބަޖެޓާއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އެންވަޔަރަމަންޓަށް ހުށަހަޅާ ފާސްކުރަންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި،
ޢަބްދުލް ޙަކީމް މުޙައްމަދު އިސްކޮށްހުރެގެން ހުށަހަޅާފައިވާ ޕެޓިޝަނާއި ގުޅިގެން،
ހއ.ހޯރަފުށީ ބަނދަރު ސަރަޙައްދުގައި ފިނިމައިޒާނެއް އެޅުމަށް ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ
އިދާރާއިން ފިނިމައިޒާނެއް އެޅުމަށް ހޯރަފުށީ ބަނދަރު ސަރަޙައްދުން ދޫކޮށްފައިވާ ބިމަކީ "ރަށު އޮފީސް އަޅާ
ބިން" ކަމަށް ހޯރަފުށީ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަކޮށްފައިވާކަން އެނގެން
2
0
0 ދ ތ 4
އެންއޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، މައްސަލައިގެ އަޑުއެހުންތަކަށް ޙާޟިރުވެ ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ ކައުންސިލްގެ ފަރާތުން ވަކާލާތުކުރާނެ ފަރާތެއް ކައުންސިލުން ކަނޑައަޅާފައިނުވަނީސް، މައްސަލައިގެ
ފުރަތަމަ އަޑުއެހުމަށް ޙާޟިރުވެ ކައުންސިލްގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ ނައިބު ރައީސް، ހއ. ހޯރަފުށި!މުރިނގު ޢަލީ ރިޔާޟްއަށް
ދެއްވައި ޝަރީޢަތުގެ މަޖިލިސް ކުރިއަށް ގެންދަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
އިސްތިއުނާފުކުރެވޭ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/A6C/52 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި "އިތުރު ބަޔާން" މި ސުރުޚީގެ ދަށުން،
ހޯރަފުށީ ކައުންސިލްގެ ފަރާތުން އެ މައްސަލާގައި ޖަވާބުދާރީވާނެ ފަރާތެއް ހަމަޖެއްސުމަށް އެންގުމުން، އެ
ކައުންސިލްގެ އިދާރާގެ ނަންބަރު 2012
/
893/E
/
A6MC.247 ސިޓީން ހޯރަފުށީ ކައުންސިލްގެ
ނައިބުރައީސް، ހއ.ހޯރަފުށި ; މުރިނގު، ޢަލީ ރިޔާޝް ހަމަޖައްސާފައިވާކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި، އަދި ކައުންސިލްގެ ފަރާތުން ހުރިހާ ޝަރީޢަތަކަށްވެސް ޙާޟިރުވެފައިވަނީ ޢަލީ ރިޔާޝްކަން
އިސްވެ ބުނެވުނު މައްސަލާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަމާއި،
ޢަލީ ރިޔާޝް އިސްތިއުނާފުކުރެވޭ މައްސަލާގެ
އެންމެ ފުރަތަމަ
ޙާޟިރުވެފައިވަނީ، ހޯރަފުށީ ކައުންސިލްގެ ފަރާތުން ޢަލީ ރިޔާޝް އެ ކައުންސިލް ތަމްސީލުކުރުމަށް
ޢައްޔަންކުރުމުގެ ކުރިންކަމަށް އިސްތިއުނާފުކުރާ ޢަލީ އާރިފް ބުނާ ބުނުމުގެ މައްޗަށް ބަލާއިރު،
* އދއށް
ދިވެހިރާއްޅޭ
މައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އިސްތިއުނާފުކުރެވޭ ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2012/A6C/52 ޤަޟިއްޔާގެ އެންމެ ފުރަތަމަ އަޑުއެހުން ބާއްވާފައިވަނީ 8 އޮގަސްޓް 2012 ގައިކަން
ފާހަގަކުރެވޭކަމާއި، އަދި އެ ތާރީޚުގައި ޢަލީ ރިޔާޝް ޝަރީޢަތަށް ބަޔާނެއް ދީފައިވާކަންވެސް
ފާހަގަކުރެވޭކަމާއި، އެހެންނަމަވެސް ދަށު ކޯޓުގައި މި މައްސަލާގައި ހޯރަފުށި ކައުންސިލް ތަމްސީލުކުރާނެ
ފަރާތެއް އެ ކައުންސިލުން ކަނޑައަޅައި ފާސްކޮށްފައިވަނީ 5 ޑިސެމްބަރު 2012 ގައިކަން ހއ. ހޯރަފުށީ
ކައުންސިލްގެ 102 ވަނަ ޢާއްމު ޖަލްސާގެ ޔައުމިއްޔާއިން އެނގެން އޮންނަކަމާއި، އެ ޖަލްސާގައި
ޝަރީޢަތުގައި ހޯރަފުށީ ކައުންސިލް ތަމްސީލުކުރާނެ ފަރާތަކީ ޢަލީ ރިޔާޝްކަމަށް ކަނޑައެޅުނުކަމާއި،
އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ދެވަނަ އަޑުއެހުން ބާއްވާފައިވަނީ 10 ފެބްރުއަރީ 2013 ގައި ކަމާއި، އެ
އަޑުއެހުމުގައި އެ މައްސަލާގެ ފުރަތަމަ އަޑުއެހުމުގައި ދައްކާފައިހުރި ވާހަކަތައް ތަކުރާރު ކުރުމުގެ ބަދަލުގައި
އިތުރަށް ދައްކަން ބޭނުންވާ ވާހަކަތައް ހުރިނަމަ، އެ ވާހަކަތައް ދެއްކުމަށާއި، އަދި އިތުރު ވާހަކައެއް ނެތްނަމަ،
މައްސަލާގައި ޚުލާސާގޮތަށް ހުރި ވާހަކަތައް ހުށަހެޅުމަށް ޝަރީޢަތުން ޢަލީ ރިޔާޝްއަށް ފުރުޞަތު ދެއްވިކަން،
10 ފެބްރުއަރީ 2013 ގައި ޢަލީ ރިޔާޝް ޝަރީޢަތަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން އޮންނަކަމާއި،
އަދި އެ ފުރުޞަތުގައި، އެންމެ ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި ޢަލީ ރިޔާޝް ދައްކާފައިވާ ވާހަކަތައް
ޚުލާޞާކޮށް ހުށަހަޅާފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންކަމުން، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުގެ
ކޯޓުގެ ނަންބަރު
2012/A6C/52 ޤަޟިއްޔާގެ އެންމެ ފުރަތަމަ އަޑުއެހުމަށް ޢަލީ ރިޔާޝް ޙާޟިރުވެފައިވަނީ ހޯރަފުށީ
ކައުންސިލް ތަމްސީލުކުރާނެ ހައިސިއްޔަތު ނެތިކަމުގައި ވީނަމަވެސް،
ފަހުން ބޭއްވުނު އަޑުއެހުންތަކަށް
ޢަލީ ރިޔާޝް ޙާޟިރުވެފައިވަނީ ކައުންސިލުން ޢަލީ ރިޔާޝް ޢައްޔަންކުރުމު ކަން އެނގޭކަމާއި، އަދި އެންމެ
ފުރަތަމަ އަޑުއެހުމުގައި ދައްކާފައިހުރި ވާހަކަތަކަކީ ޢަލީ ރިޔާޝް ހޯރަފުށީ ކައުންސިލުން ޢައްޔަން
ކުރުމަށްފަހުވެސް އެ ކައުންސިލްގެ ފަރާތުން ދައްކަން ބޭނުންވާ ވާހަކަތައްކަމަށް ޢަލީ ރިޔާޝް 10 ފެބްރުއަރީ
2013 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނުން އެނގެން އޮތުމުން، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގެ އެންމެ
44
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
*
12
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
OU OO
ފުރަތަމަ އަޑުއެހުން ކުރިއަށް ގޮސްފައިވަނީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން އިޖުރާއީ ގޮތުން ފުރިހަމަ ކުރައްވަން
ޖެހިވަޑައިގަންނަވާ ކަންތައްތައް ފުރިހަމަ ނުކުރައްވާކަމުގައި ވީނަމަވެސް، އޭގެ ފަހުން ބޭއްވުނު ޝަރީޢަތުގެ
މަޖިލިސްތަކަށް ހޯރަފުށީ ކައުންސިލްގެ ފަރާތުން ޢަލީ ރިޔާޝް ޙާޟިރުވެފައިވަނީ އެ ކައުންސިލްގެ
ޖަލްސާއަކުން ޢަލީ ރިޔާޝް ޢައްޔަންކުރުމުން ކަމުގައިވާތީ، އަދި ފުރަތަމަ އަޑުއެހުމުގައި ދައްކާފައި ހުރި
ވާހަކަތަކަށް ދެވަނަ އަޑުއެހުމުގައި ޢަލީ ރިޔާޝް ޙަވާލާ ދީފައިވާތީ، އެކަންކަމަށް ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ރިޢާޔަތް ކުރައްވާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށްކަމަށް
ou oo
ކަނޑައަޅާނެ ތަނެއް ނެތްކަމެވެ.
2 2x 2 2x 22
(ނ) ތިންވަނަ ކަމަކީ، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަ
ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (އ) ގައި ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި
އެހެނިހެން ޤާނޫނުތަކާއި އެއްގޮތްވާގޮތުގެ މަތިން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ
ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި މިލްކުކުރުމާއި އަދި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް
ދޫކުރުމާއި އަދި މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި މިފަދަ އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި
މިލްކުކުރުމުގެ ބާރު ރަށު ކައުންސިލަށް ލިބިގެންވާކަމަށް ބަޔާންކުރެވިފައިވާކަމާއި، އަދި ހަމަ އެ މާއްދާގެ (ށ)
ގައި އަތޮޅު ކައުންސިލްގެ ލަފަޔާއި އިރުޝާދުގެ މަތިން އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި ރަށުގެ ލޭންޑް
ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިން، ސަރުކާރުގެ ބިމާބެހޭ ޤައުމީ އިދާރާއިން ރަށު ކައުންސިލާ ޙަވާލުކޮށްފައިވާ
ފަޅާއި ބިން، އެކި ބޭނުމަށް ކުއްޔަށް ދޫކުރުމާއި ދިނުމުގެ ބާރު ރަށު ކައުންސިލަށް ލިބިގެންވާކަމަށް
ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން އޮތުމުން، އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތިން
ސީދާ ރަށު ކައުންސިލަށް ބިން ބިން ކުއްޔަށް ދޫކުރުމާއި ދިނުމުގެ ބާރު ލިބިގެންވާކަން އެ މާއްދާގެ ޞަރީޙަ
ނައްޞުން އެނގެން އޮންނަކަމާއި،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ
މާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ
"ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ޓްކްގެ މައިގަ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދޫކުރުމާބެހޭ ޤަވާޢިދު" ގެ 3 ވަނަ މާއްދާގެ (ހ) ގައި، ތަފާތު ބޭނުންތަކަށް އެރަށަކުން ދޫކުރާނެ ބިންތައް
ކަނޑައަޅާނީ އެ ގަވާއިދުގައިވާގޮތުގެ މަތިން އެ ރަށެއްގެ ރަށްކުރިއަރުވާ ކޮމިޓީގެ މަޝްވަރާއާ އެކު، އެ
އަތޮޅެއްގެ އަތޮޅުވެރިޔާކަމަށް ބަޔާންކޮށްފައިވާކަމާއި، އެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގައި އަމިއްލަ
ފަރާތްތަކަށް ބިން ދޫކުރަންވާނީ އެއިން ޙަވާލުކުރެވޭ ފަރާތާއި އެ އަތޮޅެއްގެ އަތޮޅު އޮފީހާއި ދެމެދުދެވޭ
އެއްބަސްވުމެއްގެ ދަށުންކަމަށް ބަޔާން ކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އިޖްތިމާޢީ ބޭނުންތަކަށް އަމިއްލަ
ފަރާތްތަކަށް ދޫކުރާ ބިން އިޢުލާންކުރުމަކާއި ނުލައި އެ ފަރާތްތަކަށް ދޫކުރެވިދާނެކަން އެ ގަވާއިދުގެ 3 ވަނަ
މާއްދާގެ (ށ) ގެ (ii) ވަނަ ނަންބަރަށް ބެލުމުން އެނގޭކަމާއި،
ޙަވާލާދެވުނު ގަވާއިދުގެ 8 ވަނަ މާއްދާގެ (ށ) ގައި 6000 އަކަ ފޫޓަށްވުރެ ކުޑަ ބިމެއް
ދޫކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނާއި ނުވަތަ ބިން ބޭނުންކުރާނެ ގޮތުގެ
ޕްލޭން ހެދިފައިނުވާ ރަށްރަށުގެ ބިން ހިމެނޭ ސަރަހައްދުގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭނާއި، އެބިން ހިމެނޭ
ސަރަހައްދުގެ ޗާޓާއި، އެބިމުގެ ވަށައިގެންވާ ބިންތަކުގައި ކުރާ މަސައްކަތްތަކާއި، އަދި ބަންޑާރަ ގޯތި ފިޔަވާ
އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމުގެ ހުއްދަ ދިނުމަށް ބޭނުންވާ މަޢުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، ރަށު
އޮފީސްތަކުން އަތޮޅު އޮފީސްތަކަށް ހުށަހަޅަންވާނެކަމަށާއި، މިފަދަ ބިންތައް ދޫކުރުމުގެ ހުއްދަ ދޭންވާނީ އެ
ށަހެޅުމުގައިވާ މަޢުލޫމާތުތަކަށް ބެލުމަށްފަހުގައިކަމަށާއި، 6000 އަކަފޫޓަށްވުރެ ކުޑަބިމެއް ދޫކުރުމަށްފަހު 30
ދުވަހުގެ ތެރޭގައި އެބިމާއިބެހޭ ހުރިހާ މަޢުލޫމާތެއް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން
ންކުރެވިފައިވާކަމާއި،
"ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ
ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދު" ގެ 13 ވަނަ މާއްދާގެ (ހ) ގައި ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭން
ހަދާފައިވާ ރަށްރަށުގައި ވަކި ޒޯންތަކަށް ކަނޑައަޅާފައިވާ ކޮށިތަކުން އެ ޒޯންތަކުގައި ކުރަން ކަނޑައެޅިފައިވާ
މައިގަނޑު ބޭނުމާއި ޚިލާފުނުވާ ގޮތަށް އެކިކަންކަމަށް އެކޮށީގެ ބިން ބައިކޮށް އެކިއެކި ފަރާތްތަކަށް ބިން
ދޫކުރުމުގެ ކަންތައް ބަލަހައްޓާނީ އެއަތޮޅެއްގެ އަތޮޅުވެރިޔާކަމަށާއި، މިގޮތަށް ޒޯންކޮށްފައިވާ ކޮށިތަކުން ބިން
4 22
x4ތ ﷲ 0
0
4
ހ.މިއީ ހއ ހދ * 2
0
0
2
2 ދ ތތ ތރު 2
2
2
ޑިވެލޮޕްމަންޓްގެ މަޢުލޫމާތަށްޓަކައި ފޮނުވަންވާނެކަމަށް ބަޔާނެކެރެވިފައިވާކަ
ދިވެހިރާއްޖޭގެ
އި
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2ތ xތށ ދ ތތ
ہے کہ میر مادر
ou o
ބޭނުންކުރަނީ
7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 23 ވަނަ މާއްޒާޤް 77
ބައިކުރުމުގެ ކަންތައް ގެންދާނީ އެ ގަވާއިދުގެ 2 ވަނަ މާއްދާގައި ބުނެފައިވާ މިންގަނޑުތަކާއި
ބުނެފައިވާއިރު، އެ ގަވާއިދުގެ 2 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ އެ ގަވާއިދުގެ ދަށުން ތަފާތު
ބޭނުންތަކަށް ބިން ދޫކުރުމުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުން ބިން އެކަށައެޅުމުގައި ބަލަންޖެހޭ
މިންގަނޑުތަކަށް ބަލަންވާނެކަމަށާއި، އަދި އެ މިންގަނޑުތަކަކީ ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި
ހިންގުމުގެ ގަވާއިދުގެ އެނެކްސް 1 ގައި ހިމެނޭ މިންގަނޑުތައްކަމަށާއި،
އަދި އެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ނ) ގައި، ބިން
ދެކުރާނެ ގޮތުގެ ޕްލޭން
ހަދާފައިވާ ރަށްރަށުން އެ ޕްލޭންގައި ޒޯންކުރެވިފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ބިމެއް
ދޫކުރަންޖެހިއްޖެނަމަ އެބިމެއް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދަންވާނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް
އެބަދަލު ގެނައުމަށް ކަމާބެހޭ މިނިސްޓްރީއަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް)
ހުށަހަޅާ އެބަދަލު ގެނައުމަށްފަހު ޕްލޭން ފާސްކުރުމަށްފަހުކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެން
އޮންނަކަމެވެ.
(ށ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއްކަމަށް ބަޔާންކޮށްފައިވާއިރު ޤާނޫނުއަސާސީގައި ބުނެފައިވާ ޔުނިޓަރީ
ދައުލަތުގެ ސިފަ ގެއްލޭގޮތަށް ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބާރުތައް ލިބިދީފައިވާކަން ދޭހަވާގޮތަށާއި،
ޤާނޫނުއަސާސީގެ 233 ވަނަ މާއްދާގެ ރޫހާ ޚިލާފަށް، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް އިސްލާޙް ގެނެސްގެން ނޫން ގޮތަކަށް މެނުވީ
ޢަމަލު ނުކުރެވޭނެކަން ދޭހަވާ މޭރުމަކުން ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމްގައި
ފާހަގަކުރައްވާފައިވުމާއި މުސްތަޤިއްލު މުއައްސަސާތަކުން ހަދަންޖެހޭ ގަވާއިދުތައް ނުހެދި ހުރުން އެއީ ޤާނޫނާ
ޚިލާފުވުމަށް އޮތް ހުއްޖަތެއްކަމުގައި ބައްލަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތްކުރިއިރު،
މި ނުކުތާގައި ޢަލީ އާރިފްގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ޤާނޫނު ނަންބަރު
104
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
15
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދިވެހިރާއްޖޭގެ ހައި9)
(ބ) ގެ ދަށުން އިޤްތިޞާދީ އަދި އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅުތައް
ހޯދައި މިލްކުކޮށް އެހެން ފަރާތްތަކަށް ކުއްޔަށް ދެވޭނީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ
ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައި ވާ ގޮތުގެ މަތިން ކަމަށާއި، އަދި އެ
ގަވާއިދުތަކަކީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނު) ވުޖޫދަށް އައުމުގެ މާކުރިން ހެދިފައިވާ ގަވާއިދުތަކެއް ކަމުގައި ވީނަމަވެސް، އެ ގަވާއިދުތަކަކީ މިހާރަށް
ނުފެތޭ އަދި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ރޫޙާ އެއްގޮތަށް
ޢަމަލުކުރުމަށް ހުރަސްއެޅޭ ގަވާއިދުތަކެއްގެ ގޮތަށް ބެލުމުގެ ފުރުޞަތު ނެތްކަމަށާއި، އަދި ސަރުކާރުގެ
ވުޒާރާތަކުންނާއި މުސްތަޤިއްލު އިދާރާތަކުން ހަދަންޖެހޭ އުޞޫލުތަކާއި ގަވާއިދުތައް ނުހެދި ހުރިކަމަށް ހޯރަފުށީ
މެޖިސްޓްރޭޓް ކޯޓުން ފާހަގަކުރައްވައި، އޭގެ ސަބަބުން ކައުންސިލުން ބޭނުންގޮތަކަށް ޢަމަލުކުރެވިދާނެކަމަށް
ދޭހަވާ މޭރުމުން އެ ކޯޓުން ޙުކުމް ކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވާކަމާއި،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ
ދަށުން ބާރުލިބިގެން ހަދާފައިވާ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް
ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދު" ގައި އެކި ބޭނުމަށް ބިން ދޫކުރެވޭނެ
އުޞޫލުތައް ކަނޑައަޅާފައިވާކަމަށާއި، އެގޮތުން، ކައުންސިލްތަކާ ޙަވާލުކުރެވޭ ބިން އެކި ފަރާތްތަކަށް
ދޫކުރެވޭނީ ރަށުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ރަށުގެ ލޭންޑް ޔޫސް ޕްލޭންގައި
ޒޯން ކުރެވިފައިވާ ބޭނުން ނޫން އެހެން ބޭނުމަކަށް ބިމެއް ދޫކުރަންޖެހިއްޖެނަމަ އެބިމެއް ދޫކުރުމުގެ ކަންކަން
ކުރިއަށް ގެންދަންވާނީ ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނަށް އެބަދަލު ގެނައުމަށް މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އިންފްރާސްޓްރަކްޗަރއަށް ހުށަހަޅާ އެބަދަލު ގެނައުމަށްފަހު ޕްލޭން ފާސްކުރުމަށްފަހުކަމަށް ޢަލީ އާރިފްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަމާއި،
4 22
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2014/HC-A/41
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން
ހިންގުމުގެ ޤާނޫނު) ގެ ދަށުން ރަށު ކައުންސިލްތަކަށް ލިބިދޭ ބާރުތަކަށް ބަލާއިރު، މި ޤާނޫނު ވުޖޫދުވުމުގެ
ކުރިން އޮތް ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ ދަށުން ހަދާފައިވާ "ދިރިއުޅުމަށް
ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ
ޤަވާޢިދު" ގައިވާ ގޮތާއި ޚިލާފަށް، ރަށްރަށުން އެކިކަންކަމަށް ބިން ދޫކުރުމުގެ ބާރު ބިމާއިބެހޭ ޤާނޫނާއި
އެހެނިހެން ޤާނޫނުތަކުގައިވާ ގޮތުގެ މަތިން ސީދާ ރަށު ކައުންސިލަށް ލިބިގެންވާކަން އެނގޭކަމާއި، އިސްވެ
ޙަވާލާދެވުނު ގަވާއިދަކީ އަދިވެސް ޢަމަލުކުރެވެމުން އަންނަ ގަވާއިދެއް ކަމުގައި ވީނަމަވެސް، އެ ގަވާއިދަށް
ޢަމަލުކުރުމުގައި، އެހެން ޤާނޫނެއްގެ ދަށުން ލިބިދެވިފައިވާ ބާރުތައް ހަނިވާފަދަ ގޮތަކަށް ގަވާއިދެއްގެ ބާރު ދެމި
ދާނެކަމާއި، އެހެންނަމަވެސް، އެ ގަވާއިދަށް ޢަމަލުކުރުމުގައި، ޤާނޫނުން ވަކި ފަރާތްތަކަކަށް ލިބިދެވިފައިވާ
ބާރުތައް ހަނިނުވާފަދަ ގޮތަކަށް އެ ގަވާއިދަށް ޢަމަލުކުރެވެންޖެހޭނެކަމާއި،
އެގޮތުން، ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުޞޫލުން ހިންގުމުގެ ޤާނޫނު) އާއި "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް
ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދު" އަށް ބެލުމުން، ބިންބިމާއިބެހޭ ކަންކަމުގައި އެ
ރަށެއްގެ ލޭންޑް
ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތްވާގޮތުގެ މަތިން ރަށު ކައުންސިލުން ޢަމަލުކުރަންޖެހޭނެކަން އެނގެން
އޮންނަކަމާއި،
ހުށަހެޅިފައިމިވާ މައްސަލާގައި، ހޯރަފުށީގެ ލޭންޑް
ހުށަހެޅިފައިވާ ލިޔެކިއުންތަކުން އެނގެން އޮންނަކަމާއި، ހޯރަފުށީ ބަނދަރު ސަރަޙައްދުގައި ފިނި މައިޒާނެއް
އެޅުމަށް ދޫކުރެވިފައިވާ ބިމަކީ "ރަށު އޮފީސް" ނުވަތަ މިހާރުގެ ގޮތުން ނަމަ ރަށު ކައުންސިލް ހެދުމަށް
އެކަށައަޅާފައިވާ ބިމުގެ ތަންކޮޅެއްކަން އެ ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ބެލުމުން އެނގެންއޮންނަކަމާއި،
ޢަބްދުލް ޙަކީމް މުޙައްމަދު ހިމެނޭގޮތަށް އެ ރަށުގެ 10 މީހެއް ޒިންމާ އުފުލާގޮތަށް ހޯރަފުށީ
ންސިލްއާއި އިސްވެ ބުނެވުނު ފަރާތްތަކާއި ދެމެދު ވެވުނު "ހޯރަފުށީ ބަނދަރު ސަރަޙައްދު (ބޮޑު ނިކަގަސް)
04 20 0
03x ދ ތތ
3 34
އެސް.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
ވެ
17
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ގައި ފިނިމައިޒާން އެޅުމަށް ބިން ދޫކުރި އެގްރިމަންޓް" އަށް ބަލާއިރު، އެ އެގްރިމެންޓުގެ ދަށުން
ދޫކުރެވިފައިވަނީ ރަށު އޮފީސް އަޅާބިންކަމަށް ބުނެފައިވާ ބިމުގެ ތެރެއިން 880 އަކަފޫޓުގެ ބިމެއްކަން އެނގެން
އޮންނަކަމާއި، އަދި މި ބިމަކީ ވަގުތީ ގޮތުން ދޫކުރެވިފައިވާ ބިމެއްކަން އެ އެގްރިމެންޓުގައި ސާފުކޮށް
ބަޔާންކޮށްފައިވާކަމާއި، މީގެ އިތުރުން އެ ބިމުގައި ފިނި މައިޒާން ހަދައި ނިންމައި ރަށުގެ ރައްޔިތުންނަށް
ޚިދުމަތް ފޯރުކޮށްދިނުމަށް 3 (ތިނެއް) މަސް ދުވަހުގެ މުހުލަތެއް ދެވިފައިވާއިރު، އެ ބިން ރަށު ކައުންސިލާއި
ސަރުކާރުގެ މުހިންމު ބޭނުމަކަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެއްވެސް ޝަކުވާއެއް އަދި ބަދަލެއް
ނެތްގޮތުގައި އެ ބިން ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ހޯރަފުށީ ކައުންސިލްގެ އިދާރާއާ ޙަވާލުކުރަން އެ
ބިމާއި ޙަވާލުވި ފަރާތްތަކުން އެއްބަސްވެފައިވާކަން ފާހަގަކުރެވޭކަމާއި، އަދި އެ ބިމުގައި ވަކި ފަރުދެއްގެ ނުވަތަ
ކުންފުންޏެއްގެ ނުވަތަ ބައެއްގެ ފައިދާއަށް އާމްދަނީ ލިބޭ އެއްވެސް މަސައްކަތެއް ކޮށްގެން ނުވާނެކަމަށް އެ
ބިމާއި ޙަވާލުވެފައިވާ ފަރާތްތަކުން އެއްބަސްވެފައިވާކަމާއި، އަދި އެ އެބިމަކީ ވަކި މުއްދަތެއް ނެތި
ދޫކުރެވިފައިވާ ބިމެއްކަމުގައި ވީނަމަވެސް، އެ ބިމުގައި ތަނެއް ހަދާނަމަ އެތަނެއް ހަދަންވާނީ ކައުންސިލާއި،
ސަރުކާރުން ނުވަތަ އެނޫންވެސް ގޮތަކަށް ބިން ވަކިކުރަން ޖެހިއްޖެނަމަ، ރޫޅާއިގެން ގެންދެވޭނެ ގޮތަށްކަމަށާއި،
އަދި އެފަދަ ޙާލަތްތަކުގައި އެ ބިން ހޯރަފުށީ ކައުންސިލްގެ އިދާރާއާއި ޙަވާލުކުރަންވާނީ އެއްވެސް ބަދަލެއް
ނުލިބޭ ގޮތަށް އެ ބިން ރަނގަޅަށް ސާފުކުރުމަށްފަހުގައި ކަމަށާއި، އަދި އެގޮތަށް ދޫކުރެވޭ ވަގުތީ ބިންބިމުގައި
ޢިމާރާތް ހަދަންވާނީ އެއީ ބަދަލު ނުލިބޭނެ ފަދަ ތަންތަންކަމަށް ބަލައިގެންކަމަށް އެ ބިން ޙަވާލުކުރެވުނު
އެއްބައި
އެގްރިމެންޓަށް
ޑަށް ބެލުމުން އެނގޭކަމާއި،
މީގެ އިތުރުން، އެ ބިމަށް ހޯރަފުށީ ކައުންސިލްގެ އިދާރާއިން އެއްވެސް ޚަރަދެއް
ކޮށްފައިނުވާނެކަމަށާއި، އަދި އެ ބިން ދޫކުރެވިފައިވާ ފަރާތްތަކުންވެސް ހޯރަފުށީ ކައުންސިލަށް އެއްވެސް
ފައިސާއެއް ނުދައްކާކަމަށާއި، އެތަނުގައި ވަކި ފަރާތަކަށް ފައިދާވާނެ ފަދަ ގޮތަކަށް އެއްވެސް ވިޔަފާރިއެއް
ނުކުރާކަމަށާއި އަދި ވަކި ފަރާތަކަށް ފައިދާވާ ގޮތަކަށް އެނޫންވެސް އެއްވެސް ހަރަކާތެއް ނުހިންގާކަމަށާއި،
އެތަން ބޭނުންކުރަމުން ދަނީ އެތަނުގައި ޖޯލި ފަތި ބަހައްޓައިގެން، ތާސް ކުޅެ، ރާޒުވާ ކުޅެ، އަދި ޓީވީ ބެލޭނެ
ހ 2
0
00 !20 ހއ
روع ہو کر مرسی
ދިވެހިރާއްa.
މައިކް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
18
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
އިންތިޒާމް ހަމަޖެހިގެންކަމަށް ހޯރަފުށީ ކައުންސިލް އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލިހުގައި ބުނެފައިވާއިރު،
ހޯރަފުށީ ކައުންސިލްގެ 36 ވަނަ ކުއްލި ޖަލްސާގައި ފިނި މައިޒާން ހެދުމާއި ގުޅޭ ގޮތުން
ނިންމާފައިވާ ނިންމުން ބަޔާންކޮށް، ހއ.އަތޮޅު ކައުންސިލް އިދާރާގެ ލަފަޔަކަށް އެދި 5 އޯގަސްޓް 2012 ގައި
ސިޓީއެއް ފޮނުވިކަން އެނގޭކަމާއި، އަދި 6 އޮގަސްޓް 2012 ގައި، ހއ. އަތޮޅު ކައުންސިލުން އިސްވެ
ފާހަގަކުރެވުނު ސިޓީއަށް ފޮނުވި ޖަވާބުގައި، ހޯރަފުށީ ކައުންސިލުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެކަން
އެގޮތަށް ކުރިއަށް ގެންދިއުމަށް ލަފާ ދީފައިވާކަން އެނގެންއޮންނަކަމާއި،
ރަށު އޮފީސް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ތަންކޮޅެއް
ފިނި މައިޒާން ހެދުމަށް 10
ފަރާތަކުން ޒިންމާވާ ގޮތަށް އެ ބިން އެ ފަރާތްތަކާއި ޙަވާލުކުރީ ވަގުތީ ގޮތުންކަމުގައި ވާއިރު، ހޯރަފުށީގެ
ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް އެދި، 6 އޮގަސްޓް 2012 ގައި ހޯރަފުށީ ކައުންސިލްގެ އިދާރާއިން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ސިޓީ ފޮނުވާފައިވާކަން އެނގޭކަމާއި،
ރަށު ކައުންސިލަށް އިޖްތިމާޢީ ކަންކަމަށް ބިން ދޫކުރުމުގެ ބާރު ލިބިފައިވާކަން ޤާނޫނު
ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް ބެލުމުން
އެނގެން އޮންނައިރު، އިސްވެ ބުނެވުނު ޤާނޫނުގެ ދަށުންވެސް އަދި ދިވެހިރާއްޖޭގެ ބިމާއިބެހޭ ޤާނޫނާއި އެ
ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުންވެސް، ބިން ދޫކުރެވޭނީ ލޭންޑް ޔޫސް ޕްލޭނެއް ހެދިފައި އޮތް
0
<< O
ރަށެއްނަމަ، އެ ރަށެއްގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށްކަން އެނގޭކަމާ
އެހެންނަމަވެސް، ރަށެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލެއް ގެންނަން ބޭނުންވާ ޙާލަތްތަކުގައި،
އެފަދަ ބަދަލެއް ކަމާއިބެހޭ ފަރާތްތަކުގެ ލަފަޔާއި އެއްގޮތްވާގޮތުގެ މަތިން، އަދި ޤާނޫނުތަކާއި ގަވާއިދުތަކުގައި
ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ގެނެވެންދެން، ވަގުތީ ގޮތުން، ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށްޓަކައި، ވަކި
ފަރާތްތަކަކަށް ފައިދާނުވާ ގޮތެއްގެ މަތިން، އަދި ތަނުގައި ޢިމާރާތް ކުރެވޭނަމަ، އެފަދަ ޢިމާރާތަކަށް ބަދަލު
ނުދެވޭނެކަން ޝަރުޠުކޮށް، އަދި ކައުންސިލުން ނުވަތަ ސަރުކާރުން އެ ބިން ބޭނުންވެއްޖެ ހިނދެއްގައި
6
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
19
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2ތ xތ 2
2x
2
برای گرم کر کر
ހަމަޖެހިފައިވާ އުޞޫލާއި
މަތިން ޙަވާލުކުރުން ޝަރުތުކޮށް އެފަދަ ބިން ދޫކުރުން އިސްވެ
ބުނެވުނު އެއްވެސް ޤާނޫނަކުންވެސް، އަދި ގަވާއިދެއްގެ ދަށުންވެސް، މަނާ ކުރެވިފައިނުވާކަން
ފާހަގަކުރެވޭކަމާއި،
އެއާއި ޚިލާފަށް، މި މައްސަލާގައި ހިމެނޭ ބިން 10 ފަރާތަކާއި ޙަވާލުކުރެވުނީ ދާއިމީ
ސިފައެއްގައިކަމަށް ބެލެވެން އޮތްނަމަ، ނުވަތަ ވަގުތީ ގޮތުން ޙަވާލުކުރެވުނު ބިމުންވެސް ވަކި މީހަކަށް، ނުވަތަ
ބަޔަކަށް ނުވަތަ ކުންފުންނަކަށް އޭގެން ފައިދާ ލިބޭނެ ފަދަ ހަރަކާތްތަކެއް އެތަނުގައި ހިންގަމުންގެންދާނަމަ،
ހޯރަފުށީ ކައުންސިލުން ޢަމަލުކޮށްފައިވަނީ "ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން
ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާޢިދު" އާއި ޚިލާފަށްކަމަށް ކަނޑައެޅުމުގެ
އިޙްތިމާލު އޮވެދާނެކަމާއި،
އެހެންކަމުން، ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގައި ލާމަރުކަޒީ އިދާރާތަކުން ހަދާ
ގަވާއިދުތަކާއި ނިންމާ ނިންމުންތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާއި، އެ ޤާނޫނުތަކުގެ ދަށުން
ހެދޭ އެހެނިހެން ގަވާއިދުތަކުގެ އިމުން ބޭރުވެގެން ނުވާނެކަމަށް އޮތް އޮތުމާއި، ހުށަހެޅިފައިވާ މައްސަލާގައި
ހޯރަފުށީ ކައުންސިލުން ރައްޔިތުން ހިތްފަސޭހަ ކޮށްލުމަށްޓަކައި ވަގުތީ ގޮތުން ފިނިމައިޒާނެއް ހެދުމަށް "ރަށު
އޮފީސް އެޅުމަށް" އޮތް ބިމުގެ ކުޑަ ތަންކޮޅެއް އެ ރަށުގެ 10 ފަރާތަކާއި ޙަވާލުކޮށްފައިވަނީ، އިސްވެ ބުނެވުނު
މާއްދާއާ ޚިލާފަށްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ހޯރަފުށީ އިރުމަތީ ފަރާތު ބަނދަރު ސަރަޙައްދުން
މައިޒާނެއް އެޅުމަށްޓަކައި ބިމެއް ދޫކުރަން ނިންމި ނިންމުން، ހއ.ހޯރަފުށީ ކައުންސިލުން ބިމާ ބެހޭ ވުޒާރާއަށް
ފޮނުވައިވީ ނަމަވެސް އެ ހުށަހެޅުމާ އެއްގޮތަށް އެކަން ފާސްކޮށް ބިމުގެ ބަޖެޓުގައި ހިމަނާފައިވާކަން ބިމާބެހޭ
ވުޒާރާއިން އަންގާފައިނުވާކަމާއި، ނަމަވެސް، ބިމާ ބެހޭ ވުޒާރާއަށް ކައުންސިލުން ހުށަހެޅުމުން ބިމުގެ ބަޖެޓްގައި
ހިމެނުމަށް ފާސްކުރެވުނީކަމަށް، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކުރުމުގައި
ބައްލަވާފައިވާކަމަށާއި އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ބިން ދޫކޮށްފައިވާ ގޮތާއި މެދު އިންކާރުކޮށްފައިޖޭގެ ފައި
2x
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
20
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2x
ނެތުމަކީ އެ ބިން ދޫކޮށްފައިވަނީ ރަނގަޅަށްކަން ދޭހަކޮށްދޭ ހެއްކެއްކަމަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި
ބައްލަވާފައިވަނީ ރަނގަޅަށް ނޫންކަމަށް ޢަލީ އާރިފް ބުނެ ހުށަހެޅި ނުކުތާއަށް ރިޢާޔަތް ކުރިއިރު،
އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި، ހޯރަފުށީ ކައުންސިލުން ނިންމާފައިވާ ގޮތް މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް އަންގާފައިވާކަން ފާހަގަކުރައްވާފައިވާކަމާއި، އަދި މި ބިން
ދޫކުރުމާއިބެހޭ ޝަކުވާއެއް ލޯކަލް ގަވަރމަންޓް އޮތޯތިރިޓީއަށްވެސް ހުށަހެޅުނުކަން މި މައްސަލާގައި ހިމެނޭ
ލިޔެކިއުންތަކުން އެނގެން އޮންނަކަމަށް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި، އެގޮތުން، އިސްވެ
އިޝާރާތް ކުރެވުނު ދެ ފަރާތަށްވެސް މި މައްސަލާގައި ކަންހިނގާފައިވާ ގޮތް އެނގޭކަމަށް ބެލެވެން އޮތް
ޙާލަތު، އެ ކަމަށް މިނިސްޓްރީންވެސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީންވެސް އިންކާރު ކޮށްފައިވާކަން،
ނުވަތަ އެ ނިންމުން ބާޠިލުކުރުމަށް، ނުވަތަ އިސްލާޙު ކުރުމަށް ނުވަތަ އެ ނިންމުމަށް ބަދަލެއް ގެނައުމަށް
އަންގާފައިވާކަން އެނގެން ނެތްކަމަށް އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަމާއި،
ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ފިނި މައިޒާން ހެދުމަށް ދޫކުރެވުނު ބިމަކީ ވަގުތީ ގޮތުން
ދޫކުރެވުނު ބިމެއްކަން އެނގެން އޮންނައިރު، އަދި އެ ބިމަކީ ހޯރަފުށީ ކައުންސިލުން ހއ. އަތޮޅު ކައުންސިލްގެ
ލަފަޔާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްފައިވާ ބިމެއް ކަމުގައިވާއިރު، މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ އަށް ހޯރަފުށީ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމަށް އެދި އެ ބިން 2012 ވަނަ
އަހަރުގެ ބަޖެޓުގައި ހިމަނައި ދިނުމަށް ހޯރަފުށީ ކައުންސިލުން އެ މިނިސްޓްރީގައި އެދިފައިވާ އެދުމަކީ، ހަމަ
އެކަނި އެކަމުގެ މައްޗަށް ބިނާކޮށް، އެ މިނިސްޓްރީން އެ ބިން ބަޖެޓުގައި ހިމަނާދީފައި އޮތީ ކަމުގައި
ސަބަބެއް ނޫންކަމާއި، އިސްތިއުނާފު ކުރާ ޤަޟިއްޔާގައިވެސް މޭރުމުން އެކަން
ފާހަގަކުރައްވާފައި ނުވާކަމާއި، އެހެންނަމަވެސް، ވަގުތީ ގޮތުން ޙަވާލުކުރެވުނު ބިމެއްގައި ކުރާ ބޭނުން
ދާއިމީކޮށް ލޭންޑް ޔޫސް ޕްލޭނުގައި ހިމެނުމަށް ހޯރަފުށީ ކައުންސިލުން އެދިފައިވާއިރު، އެގޮތަށް ބަދަލު
ނުކުރެވޭނެކަމަށް، ނުވަތަ އެކަން ހުއްޓުވުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
އިންވެސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީންވެސް އަންގާފައިވާކަން އެނގެން ނެތް ހިނދު، ވަގުތީ ގޮތުން އެ
24 0 2 22
8ފޅުންeހ
ހު
2x
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
21
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ބިން ރައްޔިތުންގެ ހިތްފަސޭހަ ކޮށްލުމަށްޓަކައި ފިނި މައިޒާނެއްގެ ގޮތަށް ބޭނުން ކުރުމުގެ ހުރަހެއް އޮތްކަމަށް
ބެލެވެން ނެތްކަމެވެ.
04 ﷲ 0
2
204
އަބސވމއޤާ
އަތޮޅު
(ޅ) ހަވަނަ ކަމަކީ، ހޯރަފުށީ ކައުންސިލުން ބިން ދޫކުރުމަށް ނިންމާފައިވަނީ އަތޮޅު
ކައުންސިލްގެ ލަފާގެ މަތިންކަމަށާއި، ބިން ދޫކުރެވުނު ފަރާތާއި ހޯރަފުށީ ކައުންސިލްއާ ދެމެދު ވެފައިވާ
ދަށުންކަމަށް ތިލަދުންމަތީ އުތުރުބުރީ މެޖިސްޓްރޭޓް ކޯޓުގެ ޙުކުމުގައި ބުނެފައިވާއިރު، އަތޮ
ކައުންސިލްގެ ބަހެއް ހޯދުމަށް ފޮނުވާފައިވަނީ ބިން ދޫކުރުމަށް ކައުންސިލުން ނިންމުމަށް ފަހުގައިކަން
ހުށަހަޅާފައިވާ ލިޔެކިޔުންތަކުންނާއި ހެކިތަކުން ފެންނަން އޮތްއިރު އެ ކަންކަމަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް
ބުނެ ޢަލީ އާރިފްގެ ފަރާތުން ހުށަހެޅި ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު،
ޢަލީ އާރިފް ފާހަގަކޮށްފައިވާ ފަދައިން ޢަބްދުލް ޙަކީމް މުޙައްމަދު އިސްކޮށްހުރެ، 10 ފަރާތެއް
ޒިންމާވާ ގޮތަށް، އެފަރާތްތަކާއި ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލާ ދެމެދު "ހޯރަފުށީ ބަނދަރު
ސަރަޙައްދު (ބޮޑު ނިކަގަސް) ގައި ފިނި މައިޒާން އެޅުމަށް ބިން ދޫކުރި އެގްރިމަންޓް" ގައި ސޮއިކުރީ 5
އޮގަސްޓް 2012 ގައި ކަމަށް އެ އެގްރިމެންޓްގައި ބަޔާންކޮށްފައިވާކަމާއި،
ފިނިމައިޒާނާއި މެދު ހޯރަފުށީ ކައުންސިލުން ނިންމި ނިންމުން ތިލަދުންމަތީ އުތުރުބުރީ އަތޮޅު
ކައުންސިލަށް އަންގާފައިވަނީ 5 އޮގަސްޓް 2012 ގައިކަން އެނގެން އޮންނައިރު، ހޯރަފުށީ ކައުންސިލުން
ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެކަން އެގޮތަށް ކުރިއަށް ގެންދިއުމަށް ތިލަދުންމަތީ އުތުރުބުރީ އަތޮޅު
ކައުންސިލުން ހޯރަފުށީ ކައުންސިލަށް ލަފާ ދީފައިވަނީ 6 އޮގަސްޓް 2012 ގައި ތިލަދުންމަތީ އުތުރުބުރީ
855 85 86 (MSG)225-AHRI/247/2012/54 282 283 28ả 3
އޮންނަކަމާއި، އަދި އެ މެސެޖުގައި، މި މައްސަލާގައި އިޝާރާތްކުރެވޭ ޕެޓިޝަންގައި ސޮއިކޮށްފައިވާ މީހުންގެ
ތެރެއިން 10 މީހުން އެ މަސައްކަތާއި ޒިންމާކުރުމަށްފަހު އެ ހުއްދަ ދިނުމަށް ފެންނަކަމަށް ތިލަދުންމަތީ
އުތުރުބުރީ އަތޮޅު ކައުންސިލުން ހޯރަފުށީ ކައުންސިލަށް އަންގާފައިވާކަން އެނގެން އޮންނަކަމާއި،
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
22
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެހެންނަމަވެސް، ފިނި މައިޒާން ހެދުމަށް ބިން ދޫކުރި އެގްރިމެންޓްގެ 7 ވަނަ މާއްދާއަށް
ބަލާއިރު، އިސްވެ އިޝާރާތްކުރެވުނު ހއ. އަތޮޅު ކައުންސިލްގެ ނިންމުމަށް ޙަވާލާދީފައިވާކަމާއި، އަދި އެ
ނިންމުމުގައި ހއ. އަތޮޅު ކައުންސިލުން ދީފައިވާ ލަފާގެ ތަފްޞީލުވެސް އެގްރިމެންޓްގެ 7 ވަނަ މާއްދާގައި
ބަޔާންކޮށްފައި އޮތުމުން،
އެގްރިމެންޓްގެ ތާރީޚުކަމަށް 5 އޮގަސްޓް 2012 ކަމަށް ލިޔެފައި އޮތްނަމަވެސް، ހޯރަފުށީ
ކައުންސިލުން ފިނި މައިޒާން ހެދުމަށް ބިން ދޫކުރުމުގެ އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ 6 އޮގަސްޓް 2012
ގައި ހއ.
މ. އަތޮޅު ކައުންސިލްގެ ލަފާ ލިބުމަށްފަހުކަން ފާހަގަކުރެވެން އޮންނަކަމެވެ.
ވީމާ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތަށް ހުރުމާއި އެކު، ތިލަދުންމަތީ އުތުރުބުރީ
ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/A6C/52 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ފަދަ ޤާނޫނީ ނުވަތަ ޝަރުޢީ ހުއްޖަތެއް މި މައްސަލަ އިސްތިއުނާފުކުރާ ޢަލީ އާރިފްއަށް
ދެއްކިފައިނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
23
2014/HC-A/41
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
94
ދެންފަހެ،
އިސްވެފާހަގަކުރެވުނު
ކަންކަން
އެގޮތުގެ
މަތިން ހުރުމާއިއެކު،
OU OO
ހއ. ހޯރަފުށި ( ކަނީރުމާގެ ޢަލީ ޢާރިފްގެ ފަރާތުން ތިލަދުންމަތި އުތުރުބުރީ ހޯރަފުށި މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2012/A6C/52 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ
ނުވަތަ ޝަރުޢީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ.
<< O
އައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv