ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/44 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/44
با نام رازیم
44 0.4
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ.
ވެއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 44/HC
-
A/2008
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ދިނާޙު މ ބިލާލުގެ
އައިޑީ ކާޑު ނަންބަރ: A000424
މިހާރުގެ އެޑްރެސް: މ. ބިލާލުގެ
ވަކީލު: އޏ. އަޙްމަދު މުރާދު ފެހިވާދީ (A033110)
• އިސްތިއުނާފު ރައްދުވި ފަރާތް:
ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން
މުޙައްމަދު ޒަކީ މއ. ވާދޫގެ (A035650)
ވަކީލު: އގ. ޢަބްދުލްޙަކީމް ރަޝާދު މއ. ކެލާގެއާގެ (A052846)
* ހުށަހެޅުނު ތާރީޚް: 6 ޞަފަރު 1429 ނިމުނު ތާރީޚް: 4 ޖުމާދަލްއާޚިރާ
13 ފެބްރުއަރީ 2008
oec
*
1431
18
2010
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2007/MC/832
ނިންމެވި ފަރާތް: މަދަނީކޯޓް
ބާވަތް: ފައިސާހޯދުން
• ހުށަހެޅި ތާރީޚް: 28 މެއި 2007
މުނުތާރީޚް: 15 ނޮވެމްބަރ 2007
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/44
ދަޢުވާގެ ޚުލާޞާ
މިއީ މަދަނީކޯޓުގެ ނަންބަރު 2007/MC/832 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކުރުމަށް މ.
ބިލާލުގެ އަޙްމަދު
ދިނާޙުގެ ފަރާތުން ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ.
އަހްމަދު ދިނާޙުގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކަކީ ސީގޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީކޯޓުގެ ނަންބަރު 2006/MC/832 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި އިސްތިއުނާފު ކުރުމަށް
އަޙްމަދު ދިރާޙުގެ ފަރާތުން ހުށަހެޅި ނުކުތާތަކަށާއި އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ދެއްކި
ވާހަކައަށާއި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މ. ބިލާލުގެ
1000 އަކަފޫޓުގެ ބިމުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް (ޑިމޮލިޝަން އެންޑް ކްލިއަރިންގ
ޑެބްރިސް ފްރޮމް ސައިޓް އެކްސްކަވޭޝަން އެންޑް ޕާރޓް ފްރޮމް ކޮންކްރީޓް އޮފް ފައުންޑޭޝަން)
މިނަމުގައި ހެދިފައިވާ އިންވޮއިސް ނަންބަރު 1033
/
2005-SGI ގައި -/250000 (ދެލައްކަ
ފަންސާސްހާސް) ރުފިޔާ އޮންނަކަމާއި، މި އިންވޮއިސް އަށް ޙަވާލާދީ ސީގޭޓް ދި
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އާއި މ. ބިލާލުގެ އަޙްމަދު ދިރާޙު 4 ސެޕްޓެމްބަރ 2005
ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، އެއްބަސްވުމުގައިވަނީ "ސީގޭޓް ދި އިންޓަރނޭޝަނަލް
05
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/44
0c4
ޕްރައިވެޓް ލިމިޓެޑްގެ އިންވޮއިސް ނަންބަރު 1033
/
2005-SGI އަކީ މ. ބިލާލުގެ ފައުންޑޭޝަން
އެޅުމުގެ މަސައްކަތަށް ކޮށްފައިވާ ބިލެކެވެ. މި ބިލްގައި ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑުން ފައިސާ ލިބުނުކަމަށް ތައްގަނޑު ޖަހަފައިވަނީ ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް
ކޯޕަރޭޝަނުން ނަގަންޖެހޭ ފައިސާ ނެގުމުގެ ގޮތުން ކަމަށްވުމާއިއެކު މިބިލުގެ ތެރެއިން ސީގޭޓް
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް އަށް ލިބިފައިވަނީ -/80000ރ. (އަށްޑިހަހާސް) ރުފިޔާއެވެ.
މި ބިލުގެ ތެރެއިން ބާކީ ނުދެވި ވާ ފައިސާ -/120000ރ. (އެއްލައްކަ ހަތްދިހަހާސް) ރުފިޔާ
ޢިމާރާތް ހަދަމުންދާއިރު ދީ ޚަލާޞްކުރުމަށް ގޭގެ ވެރިފަރާތުން އެއްބަސްވާތީ މިގޮތް ސީގޭޓް ދި
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުންވެސް ރުހޭތީ (ގޭގެ ވެރިފަރާތާއި ސީގޭޓް ދި
އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް) ތިރީގައިވާ މިގޮތަށް އެއްބަސްވެ ސޮއިކުރަމެވެ."
މިފަދައިންކަން އެލިޔުމަށް ބަލާއިރު އެނގެން އޮންނަކަން،
(ށ) އިސްވެ ބަޔާންކުރެވުނު ލިޔުމުގައި ދިނުމަށް އެއްބަސްވެފައިވާ ފައިސާ -/170000ރ
(އެއްލައްކަ ހަތްދިހަހާސް) ރުފިޔާ ދެވިފައިވާނެކަމަށް އަޙްމަދު ދިނާޙުގެ ފަރާތުން ބުނެފައިވާއިރު
ބިލާލުގެ ޢިމާރާތްކުރުމުގެ މަސައްކަތަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަށް ފައިސާ
އެކިފަހަރުމަތިން ދެވިފައިވާކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނަކަމުގައިވިޔަސް
އެއިންއެއްވެސް ލިޔުމެއްގައި މިފައިސާ އަދާކުރުމަށް ފައިސާދެއްކިކަމަށް ބަޔާންކޮށްފައި ނެތްކަމާއި،
9 ޖުލައި 2008 ދުވަހު އަޙްމަދު ދިރާޙު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ
ބަޔާނުންވެސް ކަނޑައެޅިގެން މިފައިސާ އަދާކުރުމަށް ސީގޭޓް ދި އިންޓަރނޭޝަނަލް ޕްރައިވެޓް
ލިމިޓެޑާއި ފައިސާ ޙަވާލުކޮށްފައިވާކަމަށް ލިޔެވިފައި ނޯންނާނެކަމަށް ބުނެފައިވުމުން ބުނެވުނު
OXO
cu o
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/44
އެއްބަސްވުމުގައިވާ -/
120000ރ. (އެއްލައްކަ ހަތްދިހަހާސް) ރުފިޔާ އަދާކޮށްފައިވާކަމުގެ ހެކި
އަޙްމަދު ދިރާޙުގެ ފަރާތުން ދެއްކިފައިނުވާކަން އެނގެން އޮންނައޮތުން،
(ނ) އަޙްމަދު ދިނާޙުގެ ފަރާތުން ދޭން އެއްބަސްވެ ލިޔެ ސޮއިކޮށްފައިވާ -/
120000ރ.
(އެއްލައްކަ ހަތްދިހަހާސް) ރުފިޔާ އަދާކޮށްފައިވާކަމަށް ބުނާބުނުން ސާބިތުކުރުމަކީ އަޙްމަދު ދިނާޙުގެ
ކިބައިގާއޮތް ކަމެއްކަމާއި، ފައިސާތަކެއް ތަފާތު މަސައްކަތްތަކަށް ދީފައިވާ ލިޔުންތަކަށް ޙަވާލާދީ އޭގެ
-/120000ރ. (އެއްލައްކަ ހަތްދިހަހާސް) ރުފިޔާގެ ފައިސާވެސް އެކިފަހަރުމަތިން
ދެވިފައިވާކަމަށް ބުނުމަކުން ޝަރީޢަތަށް އެކަން ސާބިތުކޮށްދިނުމަށް ނުފުދޭކަމާއި، ލިޔެކިޔުމުން
ސާބިތު ވާންޖެހޭކަމެއް ލިޔެކިޔުމުން ސާބިތުކޮށްދިނުމަކީ އޭގެ އައުލާވެގެންވާގޮތްކަން ޝަރީޢަތުން
ތެރޭގައި މި
ދެކޭކަން،
(ރ) އިސްތިއުނާފު ކުރުމަށް އަޙްމަދު ދިނާޙުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ ނުކުތާގައި
ބުނާ ވާހަކައަށް ބެލިއިރު 17.6.2007 ދުވަހު ޝަރީޢަތަށް އަޙްމަދު ދިނާޙު ދީފައިވާ ބަޔާނުގައި
ޤަޟިއްޔާ ނަންބަރު 2006/MC/770 ޤަޟިއްޔާއަށް އިޝާރާތްކޮށް އެމައްސަލާގައި ހުށަހެޅިފައިވާ
ލިޔުންތަކަށް ރިޢާޔަތްކޮށްދެއްވުމަށް އެދި އެޤަޟިއްޔާގެ ރިޕޯޓް ޝަރީއަތަށް ހުށަހަޅާނެކަމަށް
ބުނެފައިވާކަން އެނގެން އޮތުމުން އެޤަޟިއްޔާއަކީ ޝަރީޢަތަށް ޙަވާލާދީފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤަޟިއްޔާ ދަޢުވާގެ ޖަވާބުގައި ދަޢުވާކުރެވޭ -/120000ރ. (އެއްލައްކަ ހަތްދިހަހާސް)
ރުފިޔާއާއިމެދު ދެކޮޅުހަދާ އިންކާރުކޮށްފައި ނުވާކަން މަދަނީކޯޓުގެ ޙުކުމްގައި އޮތުމަކީ ޙަޤީޤަތާއި
ޚިލާފު ވާހަކައެއްކަމަށް ބެލުމުގެ ފުރުޞަތު އޮތްކަމެއްނޫންކަން ނަންބަރު 2006/MC/770
ޤަޟިއްޔާގެ ލިޔުންތަކަށް ބަލާއިރު އެނގެން އޮންނަކަން،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2008/HC-A/44
(ބ) އިސްވެ ބަޔާންކުރެވުނު ކަންތައްތައް ބަޔާންކުރެވިދިޔަގޮތުގެ މަތިން ހުރުމުން
މަދަނީކޯޓުގެ ނަންބަރު 2007/MC/832 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަކީ ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާއި ޚިލާފަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންނަކަށް ނުފެނުން،
ޙުކުމް
ވީމާ މަދަނީކޯޓުގެ ނަންބަރު 2007/MC/832 ޤަޟިއްޔާ ގައި ކުރައްވާފައިވާ ޙުކުމަކީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް މި މައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ތާއީދުކޮށްފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމްކުރީ:
_A'
Chandud
ޢަލީ ޙަމީދު މުޙައްމަދު
އާދަމް މުޙައްމަދު ޢަބްދު
އަޙްމަދު ޝަރީފު ޢަލީ
ފަނޑިޔާރު
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް WWW.highcourt.gov.mv