ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/54 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/54
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ބޯ
2
ޢަ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
. ޤަޟިއްޔާ ނަންބަރ: 54/HC
-
A/2010
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޢަބްދުﷲ ސަވާދު
އައިޑީ ކާޑު ނަންބަރ: A011480
* ވަކީލު: އގ. އިބްރާހީމް ޢަލީ
ދާއިމީ އެޑްރެސް: މމދ. ދަފްތަރު ނަންބަރު 7469
މިހާރުގެ އެޑްރެސް: މ. ވޭލްސާކް، މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އާމިނަތު ޢަލީ
* އައިޑީ ކާޑު ނަންބަރ: A088274
ވަކީލު: މޒ. ޙުސައިން އިބްރާހީމް
، ދާއިމީ އެޑްރެސް: ގުލްފާމުގެ/ ތ. މަޑިފުށި
:މިހާރުގެ އެޑްރެސް: ހ. ވައިލާކޫލް، މާލެ
ހުށަހެޅުނު ތާރީޚް: 21 ރަބީޢުލްއައްވަލު 1431
07 މާރޗް
* ނިމުނު ތާރީޚް: 20 ޖުމާދަލްއޫލާ 1431
2010
05 މެއި
2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2009/MC/845 * ނިންމެވިކޯޓް: މަދަނީ ކޯޓް
ޤަޟިއްޔާގެ ބާވަތް: ކޯޓް އަމުރަކަށް އެދިގެން
ހުށަހެޅުނުތާރީޚް: 24-03-2009
ނިމުނު ތާރީޚް: 31-01-2010
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާ ބުންޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2
2010/HC-A/54
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/845 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، މިމދ. ދަފްތަރު ނަންބަރު 7469 ޢަބްދުﷲ ސަވާދު އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި ޤަޟިއްޔާއެކެވެ.
ޢަބްދުﷲ ސަވާދު ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ
މަޑިފުށި ގުލްފާމުގެ
އާމިނަތު ޢަލީއެވެ.
:(1,ވ
ފާހަގަކުރެވުނު ނުކުތާ
މަދަނީ ކޯޓުގެ ނަންބަރު 2009/MC/845 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާއިމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ ޢަބްދުﷲ ސަވާދުގެ ފަރާތުން
އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ
ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ރ. ނަންބަރު 1519_V1A އެކްސްކަޓޭޓަރަކީ ތ. މަޑިފުށި/ ގުލްފާމުގެ އާމިނަތު ޢަލީގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަދެއްކަން އެއުޅަނދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް
ކޮމިއުނިކޭޝަނުން، 2008 އޯގަސްޓް 26 ގައި ހަދައިދީފައިވާ އެއްގަމު އުޅަނދުގެ ރަޖިސްޓްރީ“ން
825 ހ2
24 2x 04
އެނގެންއޮވެއެވެ"
ރ. ނަންބަރު 1519
V1A އެކްސްކަޓޭޓަރު ރަޖިސްޓްރީ ކުރެވިފައިވަނީ އާމިނަތު ޢަލީގެ
ނަމުގައި ކަން އެއުޅަނދުގެ ރަޖިސްޓްރީން ޝަރީޢަތަށް ސާބިތުވުމާއިއެކު، ޝަރީޢަތުގެ ހަމަތަކުން
އެއުޅަނދުގެ ޤާނޫނީ މިލްކުވެރިއަކީ އާމިނަތު ޢަލީ ކަމަށް ބަލަންޖެހޭކަން އެނގެއެވެ.
(ނ) އާމިނަތު ޢަލީގެ ފަރާތުން މަދަނީކޯޓަށް ހުށަހަޅާފައިވާ މައްސަލަ އަކީ އާމިނަތު ޢަލީގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އުޅަނދެއް އޭނަގެ ހުއްދަ ނެތި ޢަބްދުﷲ ސަވާދު ގއ. ދާންދޫއަށް
ގެންގޮސް އޭގެ ބޭނުން ކުރަމުންދާތީ، އެކަން ހުއްޓުވައި ދެއްވާ އުޅަނދު އާމިނަތު ޢަލީ އާއި ޙަވާލު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ އާ ބުނުޒު ހިނގުން، ވަދެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
3
2010/HC-A/54
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
03x
02 ތތ
ކޮށްދެއްވުމަށް
އެދިގެން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގެން އޮތް އިރު، އަދި އެއީ މިލްކު ސާބިތު
ކުރުމުގެ މައްސަލައަކަށް ނުވުމާއިއެކު، އެއުޅަނދުގެ އަގު އަދާކޮށްފައިވާނީ ޢަބްދުﷲ ސަވާދު ކަމަށާއި
އެއުޅަނދުގެ މިލްކުވެރިއަކީ ޢަބްދުﷲ ސަވާދުކަމަށް ޢަބްދުﷲ ސަވާދު ޤަބޫލު ކުރާނަމަ އެއީ ވަކި
މައްސަލައެއް ކަމާއި، ރަސްމީ ލިޔުން ތަކުން އެއުޅަނދުގެ ޤާނޫނީ މިލްކުވެރިއަކީ އާމިނަތު ޢަލީކަން
ޝަރީޢަތަށް ސާބިތުވެފައިވުމުން، ޢަބްދުﷲ ސަވާދުގެ އެވާހަކަ ތަކަކީ މިމައްސަލާގައި ޝަރީޢަތުން ރިޢާޔަތް
ކުރެވޭނެ ވާހަކަ ތަނެއް ނޫންކަން އެނގެއެވެ.
ވީމާ، އިސްވެ ފާހަގަ ކުރެވުނު ކަންކަން ފާހަގަ ކުރެވުނު ގޮތަށް ހުރުމާއިއެކު، މަދަނީކޯޓުގެ
ނަންބަރު 2009/MC/845 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަކަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް އެއްބަހެއް ނުވެވުނެވެ.
*
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު ނުކުތާ ތަކުގެ މައްޗަށް ރިޢާޔަތް ކުރާއިރު، ނަންބަރު
1519
V1A އެކްސްކަޓޭޓަރަކީ ތ. މަޑިފުށި/ ގުލްފާމުގެ އާމިނަތު ޢަލީގެ ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ އުޅަދެއްކަން އެއުޅަނދަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަނުން
ހަދައިދީފައިވާ ރަޖިސްޓްރީން އެނގެން އޮތުމުން، އެއުޅަނދުގެ ޤާނޫނީ މިލްކުވެރިއަކީ އާމިނަތު ޢަލީކަން
ޝަރީޢަތަށް ސާބިތުވާތީ، މަދަނީކޯޓުގެ ނަންބަރު 2009/MC/845 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ
ފަނޑިޔާރުންނަށް އިއްތިފާޤު ވެވުނު ހިނދު، އެޤަޟިއްޔާގެ ޙުކުމަށް ތާއީދު ކޮށްފީމެވެ.
2
ޙަމީދު
(ފަނޑިޔާރު)
40
e
&ސާ #2
ޢަބްދުލްޣަނީ މުޙައްމަދު
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އޭ ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv