ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/357 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 357/HC-A/2012
• އިސްތިއުނާފުކުރި ފަރާތް:
އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް: ޕޯސްޓް ކޮމްޕްލެކްސް 5 ވަނަ ފުލޯ
މިހާރުގެ އެޑްރެސް: ޕޯސްޓް ކޮމްޕްލެކްސް 5 ވަނަ ފުލޯ
ވަކީލު: . މުޙައްމަދު ޝަހުދީ އަންވަރު
OcOOX
0
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: އާމިނަތު ޝާދިޔާ
އައިޑީ ކާޑު ނަންބަރު: A043941
، ދާއިމީ އެޑްރެސް: މ. ޕިސްތާގެ
މިހާރުގެ އެޑްރެސް: މ. ޕިސްތާގެ
• ހުށަހެޅުނު ތާރީޚް: 27 ޑިސެމްބަރ 2012
ނިމުނު ތާރީޚް:
17 އޮގަސްޓް 2014
އިސްތިއުނާފުކުރެވުނު މައްސަލަ ނަންބަރު: 2017/VTR/71
• ނިންމެވިތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނުތާރީޚް: 23-04-2014
ނިމުނު ތާރީޚް: 06-09-2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/357
ދަޢުވާގެ ޚުލާޞާ
2
28 (4ހ/
8ވެ
އެއެޤީބޮންކަމަށްބުނޭ،
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލަ އެޓްރައިބިއުނަލުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެ ނިންމުން އިސްތިއުނާފު
ކޮށްދިނުމަށްއެދި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ޕިސްތާގެ އާމިނަތު ޝާދިޔާ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A043941) އެވެ.
ccco
ހަގަކުރެވުނު ނުކުތާތައް:
01- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލަ އަކީ އިލެކްޝަންސް
ކޮމިޝަންގައި 2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން ޑިރެކްޓަރ (އީ.
އެކްސް. 1) ގެ މަޤާމުގައި އާމިނަތު ޝާދިޔާ ވަޒީފާ އަދާކުރަމުން ދަނިކޮށް، 2012 ވަނަ އަހަރުގެ އެޕްރީލް
މަހުގެ 19 ވަނަ ދުވަހު އޭނާ އެ މަޤާމުން ވަކިކުރުމަށް 14 ދުވަހުގެ ނޯޓިސް ދިނުމާ ގުޅިގެން އިލެކްޝަންސް
ކޮމިޝަނުގެ ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް
އެދި ހުށަހެޅުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި
އޭނާގެ މުސާރަ
ޏ
އެމައްސަލަ ނިންމަވާފައިވަނީ، ”ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތާއި މައްސަލަ ރައްދުވާ
ފަރާތުން ހުށަހަޅާފައިވާ އެންމެހާ ލިޔެކިޔުންތަކަށާއި، ދެފަރާތުން ފާހަގަކުރި ކަންކަމުގެ މައްޗަށް ނަޒަރުކުރާއިރު،
މައްސަލަ ރައްދުވި އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރގެ މަޤާމުން މައްސަލަ ހުށަހެޅި އާމިނަތު ޝާދިޔާ
ވަކިކޮށްފައިވަނީ، 2012 ވަނަ އަހަރަށް އިލެކްޝަންސް ކޮމިޝަނަށް ކަނޑައާފައިވާ ބަޖެޓުގައި
ހިމެނިފައި
ނުވުމުން
އޭނާ ވަޒީފާގައި ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު
ނަންބަރު 3/2006 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފުކަމެއްކަމަށް
ވުމުންކަމަށް މައްސަލަ ރައްދުވި ފަރާތުން ބުނާއިރު، އާމިނަތު ޝާދިޔާގެ ވަޒީފާ ހަމަޖައްސާފައިވަނީ ދައުލަތުގެ
މާލިއްޔަތާބެހޭ ޤާނޫނާއި ޤަވާޢިދާ ޚިލާފަށްކަން އެނގޭނެ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2012/HC-A/357
2
هދވ
ރިޢާޔަތްކުރުމަކީ ޓްރައިބިއުނަލްގެ ޤާނޫނީ ޒިންމާއެއް ނޫންކަމަށް ނިންމުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ހުށަހަޅާފައި ނުވުމުގެ އިތުރުން 2012 ވަނަ އަހަރުގެ ބަޖެޓުން އާމިނަތު ޝާދިޔާއަށް މުސާރަ ދެވެން ނެތްކަ
ސާބިތުވާ މިންވަރަށް މައްސަލަ ރައްދުވި ފަރާތުން ދަލީލު ހުށަހަޅާފައި ނުވާކަމަށް ބުރަވެވޭތީ، ވަޒީފާއާބެހޭ
ޤާނޫނު 27 ވަނަ މާއްދާއަށް ރިޢާޔަތްކޮށް އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް
ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް، މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅައި،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރަށް ރިޢާޔަތްކޮށް އާމިނަތު ޝާދިޔާ
ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އޭނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން
ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، އޭނާ ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން މިމައްސަލަ
ނިމުނު ދުވަހާ ހަމައަށް، މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބެން ޖެހޭ ފައިސާގެ ތެރެއިން ވަޒީފާއިން
ވަކިކުރިއިރު ނޯޓިހުގެ ގޮތުގައި އޭނާއަށް ދީފައިވާ ފައިސާ އުނިކުރުމަށްފަހު ބާކީ ދޭންޖެހޭ މިންވަރު 2012
ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 06 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ ތެރޭގައި، އާމިނަތު ޝާދިޔާއަށް
އެކީ އެއްފަހަރާ
ޚަލާޞްކުރުމަށްފަހު އެކަން 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭޓްރައިބިއުނަލަށް
ލިޔުމުން އެންގުމަށް، އިލެކްޝަންސް ކޮމިޝަނަށް އަންގާ ކުރަމެވެ.“ މިފައިންކަން އެމައްސަލައިގެ
މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮވެއެވެ.
އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2012/VTR/71 މައްސަލަ ނިންމެވުމުން، އެ މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލު
ތަކާއި ޚިލާފަށް ކަމަށްބުނެ، އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އިސްތިއުނާފު ކުރުމަށް ތިން ނުކުތާއެއް
ފާހަގަކޮށް އެނުކުތާތަކާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: އިލެކްޝަންސް ކޮމިޝަންގެ ޔައުމިއްޔާތަކާއި، މައްސަލައިގައި ހިމެނޭ މަޤާމަށް
ކުރިމަތިލި މީހުންގެ މާކްޝީޓުތަކާއި، އިންޓަރނަލް މެމޯތަކާއި އަދި އެފަދަ އެންމެހާ
އެންމެހާ ލިޔުންތަކުގެ މައްޗަށް
OcOc
4 2 33 34
މެރަކ
CCCX
-02
އަދި 68 ވަނަ މާއްދާއާއި ޚިލާފުކަމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/357
ދެވަނަ ނުކުތާއަކީ: އެނިންމުމަކީ އިލެކްޝަންސް ކޮމިޝަންގެ އެދުމާ އެއްގޮތަށް އިސްތިއުނާފު ރައްދުވާ
ފަރާތް ވަޒީފާއިން ވަކިކުރެވޭނެ ކަމުގައި ނުދެކޭކަން ބަޔާންކޮށް އެކޮމިޝަންގެ ދާޚިލީ ނުވަތަ އިންޓަރނަލް
މެމޯގައި އެނިންމުމާއި މެދު ޚިޔާލު ތަފާތުވުން އެކޮމިޝަންގެ އެތެރެއިން ފެނިފައިވާކަމީ އެނިންމުމުގެ
ޞައްޙަކަމާމެދު ސުވާލު އުފެދޭ ނުވަތަ އެނިންމުމުގެ ފަހަތުގައި އެކަށީގެންވާ ސަބަބު އެކުލެވިގެން ނުވާ ކަމެއް
ކަމަށް ކަމުގައި ބަޔާންކޮށްފައިވުމީ، އެކޮމިޝަންގެ އެތެރޭގެ މުވާޞަލާތަކީ އެކޮމިޝަންގެ ބަސްކަމުގައި
ކަނޑައަޅާ، ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 2 ވަނަ މާއްދާ ބުނާ
އެކޮމިޝަންގެ ޤާނޫނީ ޝަޚްޞިއްޔަތު ނަގާލެވި، އެމާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމަކަށްވުން ކަމަށް
ބުނެ ފާހަގަކުރި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ: އެނިންމުމުގައި ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިފަރާތަށް އަނބުރާ ވަޒީފާ
ދިނުމަށް އެންގުމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ ތަޠުބީޤުކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާ އަދި 68 ވަނަ މާއްދާއާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
(ހ) އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ
2011 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހުން ފެށިގެން އާމިނަތު ޝާދިޔާ އިލެކްޝަންސް
ކޮމިޝަންގެ ޑިރެކްޓަރ (އީ. އެކްސް. 1) ގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، 2012 ވަނަ އަހަރުގެ
އެޕްރީލް މަހުގެ 19 ވަނަ ދުވަހު އޭނާ އެ މަޤާމުން ވަކިކުރުމަށް 14 ދުވަހުގެ ނޯޓިސް ދިނުމާ ގުޅިގެން
އިލެކްޝަންސް ކޮމިޝަނުގެ ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާތީކަން އެނގެން
އޮންނަކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/357
އިލެކްޝަންސް ކޮމިޝަންގެ ޤަވާޢިދާ ޚިލާފަށް ވަޒީފާއިން ވަކިކުރުމަށް ނޯޓިސް ދީފައިވާކަމަށާއި،
ނޯޓިސް ދިން ސަބަބުކަމަށް ޗިޓުގައި ބަޔާންކޮށްފައިވަނީ 2012 ވަނަ އަހަރުގެ ބަޖެޓުގައި އާމިނަތު ޝާދިޔާގެ
މަޤާމަށް މުސާރަ ލިބިފައި ނުވުންކަމަށާއި، އެއީ ޤަބޫލުކުރެވޭ ސަބަބެއް ނޫންކަމަށާއި، 2011 ވަނަ އަހަރުން
ފެށިގެން ފާއިތުވި 06 މަސް ދުވަހު މުސާރަ ދީފައިވާކަމަށާއި، އަދާކުރަމުން ދިޔަ ވަޒީފާއަކީ އިޢުލާންކުރެވި
އެމަޤާމަށް ކުރިމަތިލައި ހޮވިގެން ލިބިފައިވާ ވަޒީފާއެއްކަމަށާއި، 03 މަހުގެ ޕްރޮބޭޝަނަށް ފަހު މަސައްކަތް
ރަނގަޅުވުމުން މަޤާމު ދާއިމީ ކޮށްފައިވާކަމަށާއި، ނޯޓިސްދީފައިވަނީ ޤަވާއިދާ ޚިލާފަށްކަމަށް އިލެކްޝަންސް
ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޝަރީފު ހެކިވާނެ ކަމަށާއި ވަޒީފާއިން ވަކިކުރުމަށް
އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ނިންމި ޖަލްސާގެ ޔައުމިއްޔާ ވަޒީފާއިން ވަކިކުރިއިރު ފާސްކޮށްފައި
ނުވާކަމަށާއި، ނޯޓިސް ދިން ދުވަހާ ހަމައަށްވެސް އެ ޔައުމިއްޔާ ލިޔެފައިވާކަންވެސް އެނގެން ނެތްކަމަށް
މިމައްސަލައިގާ ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލުގައި އާމިނަތު ޝާދިޔާގެ ފަރާތުން ބުނެފައިވާކަން އެނގެން
އޮންނަކަމާއި
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރގެ މަޤާމުން އާމިނަތު ޝާދިޔާ ވަކިކޮށްފައިވަނީ، 2012
ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އާމިނަތު ޝާދިޔާ ހިމެނިފައިނުވާތީ، 2012 ވަނަ އަހަރުގެ ބަޖެޓުން
އާމިނަތު ޝާދިޔާގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އެކަށައަޅާފައި ނުވުމުންކަމަށާއި، ވަކި މާލީ
އަހަރަކާގުޅޭގޮތުން ފާސްކޮށްފައިވާ ބަޖެޓަކުން ހުއްދަކޮށްފައިވާ ފައިސާ ނޫން އެހެން ފައިސާއެއް ޚަރަދުކުރުމަށް
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު ހުއްދަނުކުރާކަމަށާއި، 2012 ވަނަ އަހަރުގެ ބަޖެޓުގައި އާމިނަތު ޝާދިޔާގެ
ވަޒީފާ ހިމެނިފައި ނުވާތީއާއި އެކަމަށް ފައިސާ ކަނޑައަޅާފައިނުވާއިރު، އާމިނަތު ޝާދިޔާ ވަޒީފާގައި
ބެހެއްޓުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ޤާނޫނު ނަންބަރު 3/2006 (ދައުލަތުގެ
މާލިއްޔަތުގެ ޤާނޫނު) އާއި، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ ޚިލާފަށް ކުރެވޭ ކަމެއްކަމަށާއި، އެހެން ކަމުން
އާމިނަތު ޝާދިޔާ ވަޒީފާގައި ބެހެއްޓުމަކީ ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިނިސްޓްރީ އޮފް
ފިނޭންސް އެންޑް ޓްރެޜަރީގެ ނަންބަރު 2011
/
46/B
/
CIR-13 (27 ޑިސެމްބަރު 2011)
ސަރކިއުލަރއިން 2012 ވަނަ އަހަރު އެއްވެސް އޮފީހަކަށް އިތުރު މުވައްޒަފުން ހޯދުމަށް ބަޖެޓްގައި ހިމަނާފައި
ނުވާކަމަށާއި، 2012 ވަނަ އަހަރުގެ ތެރޭގައި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިތުރު މަޤާމު އުފައްދައި
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/357
ނުވަތަ ހުސް މަޤާމުތަކަށް މުވައްޒަފުން ލެއްވުމަކީ ދައުލަތުގެ މާލިއްޔަތާބެހޭ ޤާނޫނާ ޚިލާފު ކަމެއްކަމަށް
ބަޔާންކޮށްފައިވާކަމަށާއި، 2012 ވަނަ އަހަރުގެ ބަޖެޓުގައި އާމިނަތު ޝާދިޔާގެ މުސާރަ ހިމަނާފައި ނުވާއިރު،
އާމިނަތު ޝާދިޔާ ވަޒީފާގައި ބެހެއްޓޭނެ ޤާނޫނީ ހަމައެއް ނެތުމުން އެ ސަބަބުތަކަށްޓަކައި އާމިނަތު ޝާދިޔާ
ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި، ދައުލަތުގެ މާލިއްޔަތާބެހޭ
ޤާނޫނާއި، މާލިއްޔަތު ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ބުނެފައިވާކަން އެނގެން އޮވެއެވެ.
(ނ) ”އިލެކްޝަންސް ކޮމިޝަނުގެ ޔައުމިއްޔާތަކާއި، މައްސަލައިގައި ހިމެނޭ މަޤާމަށް ކުރިމަތިލި
މީހުންގެ މާކްސް ޝީޓުތަކާއި، އިންޓަރނަލް މެމޯތަކާއި އަދި އެފަދަ އެންމެހާ ލިޔުންތަކުގެ މައްޗަށް (އެލިޔުންތައް
ހޯދާފައިވާ ގޮތުގެ މައްޗަށް) ރިޢާޔަތްކުރުމަކީ ޓްރައިބިއުނަލުގެ ޤާނޫނީ ޒިންމާއެއްނޫންކަމަށް ނިންމުމަކީ ޤާނޫނު
އަސާސީގެ 42 ވަނަ މާއްދާއާއި އަދި 68 ވަނަ މާއްދާއާއި ޚިލާފު ނިންމުމެއް، ކަމަށް ބުނެ ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލަ އިސްތިއުނާފުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރުގެ
އިލެކްޝަންސް ކޮމިޝަނުގެ ޔައުމިއްޔާތަކާއި، މައްސަލައިގައި ހިމެނޭ މަޤާމަށް ކުރިމަތިލި މީހުންގެ
މާކް ޝީޓުތަކާއި، އިންޓަރނަލް މެމޯތަކާއި އަދި އެފަދަ އެންމެހާ ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކުރުމާގުޅޭ
ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ، އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބިނާކޮށް ހުށަހަޅާފައިވާ އިލެކްޝަންސް ކޮމިޝަނުގެ ޔައުމިއްޔާތަކާއި،
ކޮމިޝަނުގެ މަޤާމަށް ކުރިމަތިލީ މީހުންގެ މާކްޝީޓްއަކީ އިމްތިޔާޒް ލިބިގެންވާ ލިޔެކިޔުންތަކެއްކަމަށް ވުމުން،
އެލިޔެކިޔުންތަކަށް ބިނާކޮށް އާމިނަތު ޝާދިޔާ ހުށަހެޅި މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅިދާނެކަމަށް
ނުފެންނަކަމަށާއި، އަދި އެ ސަބަބަށްޓަކައި އެ މައްސަލައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ކުރިއަށް ގެންދެވޭނެ
މައްސަލައެއްނޫންކަމަށް ކަނޑައަޅައި ދިނުމަށްއެދި އިސްތިއުނާފު މިކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2012/VTR/71 މައްސަލައާއި ގުޅިގެން 07 ޖޫން 2012 ވަނަ ދުވަހު، އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ހުށަހެޅުމާއި ގުޅިގެން އެޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމެވުމެއްކަން އެންގެން އޮންނަކަމާއި؛
etc
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 7 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
އެލިޔެކިޔުންތަކެއްގެ މައްޗަށް ބިނާކޮށް އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް
ހުށަހެޅި މައްސަލައިގައި ހިމެނޭ، އިލެކްޝަންސް ކޮމިޝަނުގެ ޔައުމިއްޔާތަކާއި، ކޮމިޝަނުގެ މަޤާމަށް
ކުރިމަތިލީ މީހުންގެ މާކް ޝީޓްއަކީ އިމްތިޔާޒް ލިބިގެންވާ ލިޔެކިޔުންތަކެއްކަމަށް ބަލަންޖެހޭ ޤާނޫނީ އެއްވެސް
ނައްސެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެމައްސަލައާގުޅިގެން ބޭއްވިފައިވާ އަޑުއެހުންތަކުގައި
ހާމަކޮށްދެވިފައިވާކަން އެނގެންނެތްކަމާއި، އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކުރެވިފައިވަނީ އިޝާރާތްކުރެވުނު
ލިޔެކިޔުންތަކާ ގުޅިގެން ނޫންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ
ލިޔުންތަކުން ސާފުކޮށް އެނގެން އޮންނައިރު، އެލިޔެކިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމާއި
ހުށަނޭޅުމަކީ، އާމިނަތު ޝާދިޔާ އިލެކްޝަންސް ކޮމިޝަނުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމާއި
ގުޅުންހުރި ސަބަބެއް ނޫންކަމާއި، އިޝާރާތްކުރެވުނު ލިޔެކިޔުންތަކަކީ އިލެކްޝަންސް ކޮމިޝަނުގެ ސީނިއަރ
ސްޓާފުންނަށް ލިބޭ ލިޔެކިޔުންތަކެއްކަން، އާމިނަތު ޝާދިޔާ އިލެކްޝަން ކޮމިޝަނުގައި ވަޒީފާއަދާކުރަމުންދިޔަ
ދުވަސްވަރު އެކޮމިޝަން އިދާރީގޮތުން ހިންގުމާއި ޙަވާލުވެހުރި އެންމެ އިސްފަރާތްކަމުގައިވާ ތ. ތިމަރަފުށި
މާލޭގެ އަޙްމަދު ޝަރީފު މިއިސްތިއުނާފުކުރެވޭ މައްސަލައާގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ
ބަޔާނުން އެނގެން އޮންނަކަމާއިގެ
އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އިލެކްޝަންސް
ކޮމިޝަނުގައި އާމިނަތު ޝާދިޔާ އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްގެން، ވަޒީފާ އަލުން އަނބުރާ
ހޯދުމަށް އެދި ހުށަހެޅި މައްސަލައެއްކަމާއި، ވަޒީފާއާއި ގުޅިގެން ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ބަލައި
ކުރިއަށް ގެންދިއުމަކީ، ޤާނޫނީގޮތުން އެޓްރައިބިއުނަލާއި މަތިކުރެވިފައިވާ ޤާނޫނީ ޒިންމާއެއްކަމަށް ވީހިނދު،
އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ ބަލައިގަނެ އެމައްސަލައިގައި
ހިމެނޭ އިސްވެ އިޝާރާތްކުރެވުނު ލިޔެކިޔުންތަކާއެކު ކުރިއަށް ގެންދަން ނިންމި ނިންމުމަކީ، ޤާނޫނުއަސާސީގެ
42 ވަނަ މާއްދާއާއި އަދި 68 ވަނަ މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށްބެލެވެން ނެތްކަން
¢ ¢ ¢
އެނގެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2012/HC-A/357
(ނ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި، އިލެކްޝަންސް ކޮމިޝަނުގެ އެދުމާއި އެއްގޮތަށް
އިސްތިއުނާފު ރައްދުވާފަރާތް ވަޒީފާއިން ވަކިކުރެވޭނެކަމުގައި ނުދެކޭކަން ބަޔާންކޮށް، އިލެކްޝަންސް
ކޮމިޝަނުގެ ދާޚިލީ ނުވަތަ އިންޓަރޓަނަލް މެމޯގައި އެނިންމުމާމެދު ޚިޔާލު ތަފާތުވުން އެކޮމިޝަނުގެ ތެރެއިން
ފެނިފައިވާކަމީ އެނިންމުމުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ނުވަތަ އެނިންމުމުގެ ފަހަތުގައި އެކަށީގެންވާ
ސަބަބެއް އެކުލެވިގެން ނުވާކަމެއް ކަމުގައި ބަޔާން ކޮށްފައިވުމީ، އިލެކްޝަންސް ކޮމިޝަނުގެ އެތެރޭގެ
މުވާސަލާތަކީ އިލެކްޝަންސް ކޮމިޝަނުގެ ބަސްކަމުގައި ކަނޑައަޅައި ޤާނޫނު ނަންބަރު 8/2008
(އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ބުނާ ޤާނޫނީ ޝަޚްސިއްޔަތު ނަގާލެވި
އެމާއްދާއާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށްބުނެ ފާހަގަކުރި ނުކުތާއަށް ޝަރީޢަތުން
ނަޒަރުކުރިއިރުގެ
ޤާނޫނު ނަންބަރު 8/2008 (އިލެކްޝަންސް ކޮމިޝަންގެ ޤާނޫނު) ގެ 2 ވަނަ މާއްދާއަށް
ބަލާއިރު، އެމާއްދާގައި ބުނެފައިވަނީ ”އިލެކްޝަންސް ކޮމިޝަނަކީ، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢްވާ
ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި
ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޏެކެވެ.؟ މިފަދައިން ކަމާއި
އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 2012
/
217-IN
)
BA (03 އެޕްރީލް 2012) ސިޓީން
އެދިފައިވާ ގޮތަށް އާމިނަތު ޝާދިޔާ ވަކިކުރެވިދާނެކަމާމެދު ސުވާލު އުފެދޭކަން ފާހަގަކޮށް، އިލެކްޝަންސް
ކޮމިޝަނުގެ ނަންބަރު: 2012
/
224-I
(
N
)
AA (04 އެޕްރީލް 2012) ނޯޓުން ކޮމިޝަނަރސް ބިއުރޯއަށް
ހުށަހަޅާފައިވާތީ، އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކުރުމާމެދު އިލެކްޝަންސް ކޮމިޝަނުގެ ތެރޭގައި ޚިލާފުތަކެއް
އޮތްކަން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ
ރިޕޯޓުގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާއިރު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލައިގެ ނިންމުން ބިނާކުރެވިފައިވަނީ، ހަމައެކަނި
އިޝާރާތްކުރެވުނު ނުކުތާގެ މައްޗަށް ނޫންކަން މައްސަލަ ނިމުނުގޮތުގެ މުޅި ރިޕޯޓުން އެނގެން އޮތުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލައިގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ
ފާހަގަ ކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގައި އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކުރުމާމެދު އިލެކްޝަންސް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
.ދިޘް
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
ކޮމިޝަނުގެ ތެރޭގައި ޚިލާފުތަކެއް އޮތްކަން ފާހަގަކުރި ކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ ޤާނޫނުގެ 2 ވަނަ
މާއްދާގައި ބުނާ ޤާނޫނީ ޝަޚްސިއްޔަތު ނަގާލެވި އެމާއްދާއާއި ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށް
ބެލެވޭނެ ހަމައެއް ނެތްކަން އެނގެއެވެ.
(ރ) ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތަށް
އަނބުރާ ވަޒީފާ ދިނުމަށް އެންގުމަށް، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
ތަޠުބީޤުކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 69 ވަނަ މާއްދާއާއި ޚިލާފަށް ކަމަށްބުނެ ފާހަގަކުރި
ނުކުތާއަށް ޝަރީޢަތުން ނަޒަރު ކުރިއިރު؟
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ
ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ފެނިއްޖެ ހިނދެއްގައި ވަޒީފާއިން ވަކިކުރުމުން މުވައްޒަފަށް ލިބިދޭ
ޤާނޫނީ ޙައްލު ބަޔާންކުރާ މާއްދާކަމާއި، އެގޮތުން އެމާއްދާގައި ބަޔާންކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން
ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް ވަޒީފާދިން ފަރާތުގެ މައްޗަށް އަމުރުކުރުން ލާޒިމްކުރާކަން އެމާއްދާގެ
މަންޠޫޤުން އެނގޭކަމާއި،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއަކީ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުމުގެ މައްޗަށް
ކަނޑައެޅިފައިވާ މާއްދާއެއްކަމާއި، އަދި ޤާނޫނުއަސާސީގެ 69 ވަނަ މާއްދާއަކީ ޤާނޫނުއަސާސީގައި
ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނޭފަދަ ޢަމަލެއް ކުރުމާއި، އެފަދަ
ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް ފަރާތަކަށް ލިބޭފަދަ ގޮތަކަށް ޤާނޫނުއަސާސީގެ މާއްދާއެއް
މާނަކޮށް، ތަރުޖަމާކުރުމުން މަނާކޮށްފައިވާ މާއްދާއެއްކަމާއި؛
އާމިނަތު ޝާދިޔާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައަކީ، އިލެކްޝަންސް
ކޮމިޝަނުގައި އާމިނަތު ޝާދިޔާ އަދާކުރަމުން ގެންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ
ޤާނޫނާއި އަދި އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދާ ޚިލާފަށްކަމަށްވާތީ، ވަޒީފާ އަނބުރާ އަލުން ހޯދުމަށް އެދި
ހުށަހެޅި މައްސަލައެއްކަން އެނގެން އޮންނަކަމާއިގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 32 ވަނަ މާއްދާއިން ބާރު ލިބިގެން އެ ކޮމިޝަން
ހިންގުމަށްޓަކައި ”އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު”ގެ ނަމުގައި ގަވާއިދެއް ހަދާފައިވާކަމާއި، އެގަވާއިދުގެ
15 ވަނަ މާއްދާގައި އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ ޢަމަލުކުރަންޖެހޭގޮތް
ސާފުކޮށް ބަޔާންކޮށްފައިވާކަމާއި؛
އެގޮތުން ބަލާއިރު އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެގަވާއިދުގެ
15 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ،
ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން މުވައްޒަފަކު ހުރި ވަޒީފާގެ
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ނުކުޅެދުމާއި؛
މުވައްޒަފުގެ ވާޖިބު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ ކަމެއް، އެކަން ކުރުމަށް ކަނޑައަޅާފައިވާ
އެހެން ގޮތަކަށް ޤަޞްދުގައި ކުރުން، ނުވަތަ ކޮމިޝަނުގެ ޤާނޫނާއި ގަވާއިދާ ޚިލާފުވުމާއި،
0 8+
ޤާނޫނުއަސާސީގައި ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބަކަށް ކުރިމަތިލުމާއިގެ
މުވައްޒަފަކު ވަޒީފާއިން ވަކިވާން އެދުމާއިގެ
މި ހަތަރު ޙާލަތުންކުރެ ޙާލަތެއް މެދުވެރިވެގެންކަން އެނގެން އޮންނައިރު، މުވައްޒަފަކު ވަޒީފާއިން
ވަކިކުރަންޖެހޭ ފަދަ އިޝާރާތްކުރެވުނު ޙާލަތްތަކުން ކުރެ ޙާލަތެއް މެދުވެރިވެއްޖެނަމަ، މުވައްޒަފު ވަޒީފާއިން
ވަކިކުރަންޖެހޭ ސަބަބުތަކުގެ ތަފްޞީލް އެމުވައްޒަފެއްގެ ސްޕަވައިޒަރު، ސެކްރެޓަރީ ޖެނެރަލްގެ ސަމާލުކަމަށް
ގެންނަންވާނެކަމާއި، އަދި ސެކްރެޓަރީ ޖެނެރަލް ހިއުމަން ރިސޯސް ޕެނަލްގެ ލަފާގެ މަތީން އެމައްސަލައެއް
ކޮމިޝަނަށް ހުށަހަޅަންވާނެކަމަށް ”އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދުގެ 15 ވަނަ މާއްދާގެ (ނ) ގައި
ބުނެފައިވާކަމާއިޑް
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު
ވަޒީފާއިން ވަކިކުރަންޖެހިއްޖެ ނަމަ ސެކްރެޓަރީ ޖެނެރަލް އެކަން އިދާރީ ގޮތުން ކޮމިޝަނަށް ހުށަހަޅަންޖެހޭކަން
”އިލެކްޝަންސް ކޮމިޝަނުގެ ގަވާއިދު”ގެ 15 ވަނަ މާއްދާގެ (ބ) އިން އެނގެން އޮންނަކަމާއި؛
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
[012/HC-A/357
މިމައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އާމިނަތު ޝާދިޔާ އިލެކްޝަންސް
ކޮމިޝަނުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކޮމިޝަނުގެ މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާތުގެ ގޮތުގައި އެކޮމިޝަނުގެ ގަވާއިދުގައި ބަޔާންކުރެވިފައިވާ
އިޖުރާއާތުތަކާ އެއްގޮތަށް ކަމަށް ބެލެވެން ނެތްކަމާއި،
އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރގެ މަގާމުން އާމިނަތު ޝާދިޔާ ވަކިކޮށްފައިވަނީ، 2012
ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި އާމިނަތު ޝާދިޔާ ހިމެނިފައިނުވާތީ، 2012 ވަނަ އަހަރުގެ ބަޖެޓުން
އާމިނަތު ޝާދިޔާގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އެކަށައަޅާފައި ނުވުމުން، އާމިނަތު ޝާދިޔާ ވަޒީފާގައި
ބެހެއްޓޭނެ ޤާނޫނީ ހަމައެއް ނެތުމުންކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު، އާމިނަތު
ޝާދިޔާ އަދާކުރަމުންދިޔަ ”ޑިރެކްޓަރ، މަޤާމަކީ އިލެކްޝަންސް ކޮމިޝަންގެ ހިޔުމަން ރިސޯސް މެނޭޖްމަންޓް
ސެކްޝަނަށް، ސެކް ޝަން ހެޑެއް ނެތުމުގެ ސަބަބުން 2011 އޮގަސްޓް 21 ވަނަ ދުވަހު އުފައްދާފައިވާ
މަޤާމެއްކަން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު: 38/2011/13(4) ”މަޤާމު އުފެއްދި ޗިޓު“ން އެނގެން
އޮންނައިރު، އެމަޤާމަށް މީހަކު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު 2011
/
152-A
)
AC} (21
އޮގަސްޓް 2011) އިޢްލާނުން ޢާންމުކޮށް އިޢްލާންކޮށްފައިވާކަމާއި، އެމަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ
ތެރެއިން ތަޢުލީމާއި ފެންވަރާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާއާއި ޙާއްޞަ ހުނަރަށް ބެލުމަށްފަހު ކުރެވުނު
އިންޓަރވިޔުއިން އެންމެ މަތިން މާކްސް ހޯދާފައިވާ ފަރާތަކީ އާމިނަތު ޝާދިޔާ ކަން އެނގެން އޮންނައިރު،
އެމަޤާމަށް ވަގުތީ ގޮތުން އާމިނަތު ޝާދިޔާ ހަމަޖައްސާފައިވާކަން އިލެކްޝަންސް ކޮމިޝަނުގެ ނަންބަރު
38/2011/11(P1) (25 ސެޕްޓެމްބަރު 2011) [ވަޒީފާ ދެއްވި ލިޔުން“ އިން އެނގެން އޮންނަކަމާއި،
އާމިނަތު ޝާދިޔާގެ 3 މަސް ދުވަހުގެ މަސައްކަތަށް ބެލުމަށްފަހު ވަޒީފާ ދާއިމީ ކުރުމަށް
ކޮމިޝަނުން ނިންމާފައިވާތީ، 2011 ޑިސެމްބަރު 25 ވަނަ ދުވަހުން ފެށިގެން އާމިނަތު ޝާދިޔާގެ ވަޒީފާ
ދާއިމީ ކޮށްފައިވާކަން އާމިނަތު ޝާދިޔާއަށް އެޑްރެސްކޮށްފައިވާ އިލެކްޝަންސް ކޮމިޝަންސްގެ ނަންބަރު
2011
/
22-ST
)
AC) (25 ޑިސެމްބަރު 2011) ސިޓީން އެނގެން އޮތުމުގެ އިތުރަށް އެޗް.އާރް. ޓްރޭނިންގ
އެޑްމިނިސްޓްރޭޝަން ސެކްޝަނުގައި އާމިނަތު ޝާދިޔާގެ މަޤާމު ހިމެނިފައިވާކަން 2011 ވަނަ އަހަރު
އެންޑް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
ސެޕްޓެމްބަރު މަހުން ފެށިގެން ޢަމަލުކުރަމުން ގެންދާނެ އޮނިގަނޑުގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުން
ފާސްކޮށްފައިވާ އޮނިގަނޑުން އެނގޭކަމާއި؛
ބަޖެޓް ފާސްކުރާއިރު ބެޖެޓްގައި މުސާރަ ހިމެނޭ ކޯޑުގައި ވަކި މުވައްޒަފަކަށް މުސާރަ ހިމަނާ
އުޞޫލެއް ނެތްކަމާއި، އަދި މުވައްޒަފުންގެ މުސާރައަކީ ލަމްޕްސަމް އެމައުންޓެއްގެ ގޮތުގައި ހިމެނޭ ފައިސާއެއް
ކަން އެނގޭކަމާއި، އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރގެ މަގާމުން އާމިނަތު ޝާދިޔާ ވަކިކޮށްފައިވަނީ،
2012 ވަނަ އަހަރަށް ފާސްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ ބެޖެޓްގައި އާމިނަތު ޝާދިޔާގެ މަޤާމުގެ
މުސާރަ ހިމަނާފައި ނުވާތީ ކަމަށް ބުނެފައިވާއިރު، އާމިނަތު ޝާދިޔާގެ ނަމުގައި މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެޜަރީން މުސާރަ ހިމަނާފައި ނުވާކަން އެނގޭނެ އެއްވެސް ލިޔުމެއް މިމައްސަލައާ ގުޅިގެން
އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާކަން އެނގެން ނެތްއިރު،
2012 މެއި 06 ވަނަ ދުވަހުގެ ނިޔަލަށް އާމިނަތު ޝާދިޔާއަށް މުސާރަ ދީފައިވާކަން އެނގެން އޮތުމުގެ
އިތުރުން، އާމިނަތު ޝާދިޔާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމުގެ ގޮތުން ނޯޓިސް ދިން ފަހުން،
އިލެކްޝަންސް ކޮމިޝަންގެ ބަޖެޓް ފާސްކުރިއިރު ބަޖެޓްގައި ހިމެނިފައިނުވާ ލިވިންގ އެލަވަންސްއެއް އެ
ކޮމިޝަންގެ މުވައްޒަފުންނަށް ދީފައިވާކަމާއި، އަދި އާމިނަތު ޝާދިޔާއަށް ދީފައިވާ ނޯޓިސްގެ މުއްދަތުގައި
އާމިނަތު ޝާދިޔާ ގޭގައި ހުއްޓާ އެމަހުގެ މުސާރައާއެކު އެ ލިވިންގ އެލަވަންސްވެސް ދީފައިވާކަން އެނގެން
އޮންނަކަމާއިގެ
އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކޮށްފައިވަނީ 2012 ވަނަ އަހަރުގެ ބަޖެޓްގައި އާމިނަތު
ޝާދިޔާގެ މުސާރަ ހިމެނިފައިނުވާތީ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ބުނާއިރު، 2012 މެއި 06
ވަނަ ދުވަހުގެ ނިޔަލަށް އާމިނަތު ޝާދިޔާއަށް މުސާރަ ދީފައިވާކަން އެނގެން އޮވެފައި، ބަޖެޓްގައި
މުވައްޒަފެއްގެ މުސާރައަށްވާ ފައިސާ ހިމެނިފައި ނެތިގެން ވަޒީފާއިން ވަކިކުރާނަމަ ބަޖެޓުގައި އެމުވައްޒަފަކަށް
މުސާރައިގެ ފައިސާ ހިމެނިފައި ނުވާކަން އެނގޭ ހިނދުން ފެށިގެން އެމުވައްޒަފެއްގެ ވަޒީފާއާބެހޭ ގޮތުން އެފަދަ
ޙާލަތެއްގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަން ފަށަންޖެހޭނެ ކަމާއި، އާމިނަތު ޝާދިޔާ ވަޒީފާއިން
ވަކިކުރުމުގައި އެފަދަ ގޮތަކަށް ޢަމަލުކޮށްފައިވާކަމަށް ބެލެވެން ނެތްއިރު، ދައުލަތުގެ މާލީ އަހަރު ފެށި، އެ
އަހަރަށް ކަނޑައެޅިފައިވާ ބަޖެޓް ތަންފީޛުކުރާތާ އެތައް މަސްތަކެއް ފާއިތުވުމަށްފަހު ބަޖެޓުގައި ފައިސާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
13 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
ނެތިގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު ވަޒީފާއިން
ވަކިކުރިއިރު ބަޖެޓުގައި ނުހިމެނޭ މުވައްޒަފަކަށް މުސާރަ ދެވެން ނެތްކަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް
ޓްރެ ޜަރީން އަންގާފައިވާކަން އެނގޭނެ ހެއްކެއް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާކަން
އެނގެން ނެތުމާއެކު އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރގެ މަގާމުން އާމިނަތު ޝާދިޔާ ވަކިކޮށްފައިވަނީ،
2012 ވަނަ އަހަރަށް ފާސްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުގެ ބެޖެޓުގައި އާމިނަތު ޝާދިޔާގެ މަޤާމުގެ
މުސާރަ ހިމަނާފައިވާ ނުވާތީކަމަށް ބެލެވެން ނެތްކަމާއި؛
އެކަށީގެންވާ ސަބަބެއްނެތި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިކަން ވަޒީފާއާބެހޭ
ޓްރައިބިއުނަލަށް ސާބިތުވެއްޖެނަމަ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ނުވަތަ ކަންތައްތަކެއް ކުރުމަށް އަމުރު ނެރުމުގެ
އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމާއި، އާމިނަތު ޝާދިޔާ އިލެކްޝަންސް ކޮމިޝަނުގައި
އަދާކުރަމުން ގެންދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ވަޒީފާގެ މަސްއޫލިއްޔަތާއި އަދި މަސައްކަތުގެ އަޚްލާޤީ
މިންގަނޑަށް ތަބާނުވުމުގެ ސަބަބުން ނޫންކަމާއި، އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކުރުމުގައި އެފަރާތުގެ
އެއްވެސް ޒިންމާއެއް ނުވަތަ ކުށެއް ނުވާކަމާއި، އާމިނަތު ޝާދިޔާ ވަޒީފާއިން ވަކިކުރީ އިދާރީގޮތުން
ފުރިހަމަވާންޖެހޭ ކަމެއްކަމުގައިވާ، 2012 ވަނަ އަހަރަށް އިލެކްޝަންސް ކޮމިޝަނަށް ލިބުނު ބަޖެޓްގައި
އާމިނަތު ޝާދިޔާ ހުރި މަޤާމަށް މުސާރައާއި އެލަވަންސް ހަމަޖެހިފައިނުވާތީކަމަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ބުނެފައިވާކަން އެނގެން އޮންނާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާއިބެހޭ ޤާނޫނު) ގެ 29
ވަނަ މާއްދާ ތަޠުބީޤްކޮށް އާމިނަތު ޝާދިޔާ އިލެކްޝަންސް ކޮމިޝަނުގައި އަދާކުރަމުންދިޔަ ވަޒީފާ އަލުން
އަނބުރާ ދިނުމަށް އަންގައި ނިންމާފައިވާ ނިންމުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި 69 ވަނަ
މާއްދާއާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބެލެވެން ނެތްކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލައިގައި ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އެއްވެސް ފަނޑިޔާރަކަށް
ނުފެނުނެވެ.
ސަތެއް
ދ ތ ދވ
އޮތްކަމަކަށް
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
14 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/357
0
ޙުކުމް:
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވިފައިވާ ކަންކަން އެގޮތަށް ހުރުމާއެކު،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2012/VTR/71 މައްސަލަ އިސްތިއުނާފުކުރުމަށް އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެމައްސަލައިގައި ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް
ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި
ޙުކުމްކޮށްފީމެވެ.
ދިވެހިން
ހައިކަ
k
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 9 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv