ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-I-SH/01 ޤަޟިއްޔާގެ ޙުކުމް
1
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ގޮތުގައި
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 01/HC
-
I
-
SH/2010
އިންތިޚާބީ ޝަކުވާ ހުށަހެޅި ފަރާތް:
* ނަން: ޢަލީ ނިޝާން
ދާއިމީ އެޑްރެސް: މ.މުލަކު މާކޯނި
* މިހާރުގެ އެޑްރެސް: ގ.އާސާނީ / މާލެ
A 101097
އިންތިޚާބީ ޝަކުވާ ރައްދުވިފަރާތް:
* ނަން: އިލެކްޝަންސް ކޮމިޝަން
* މިހާރުގެ އެޑްރެސް: ޕޯރޓްސް ކޮމްޕްލެކްސް)މާލެ
0
ހުށަހެޅުނު ތާރީޚް: 16 މުޙައްރަމް 1432
ޑިސެމްބަރ 2010
، ނިމުނު ތާރީޚް: 20 މުޙައްރަމް 1432
26 ޑިސެމްބަރ 2010
22
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
އިސްފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފް ޙުސައިން
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ދިވެހިރާއްޖީ
ކަނެeއހޤކރވއވެ.
2
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ބޭއްވުމަށް
ހަމަޖެހިފައިވާ ލޯކަލް
ކައުންސިލްތަކުގެ އިންތިޚާބުގައި، މ. މުލަކު ދާއިރާއިން މ. މުލަކު ދާއިރާއިން މ.އަތޮޅު ކައުންސިލަށް
ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގެމަތިން، ޢަލީ ނިޝާން ގ.އާސާނީ
(ދ.ރ.ކ. ނަންބަރ: A101097)، 08 ޑިސެމްބަރ 2010 ގައި މ.އަތޮޅު އިލެކްޝަންސް ކޮމިޓީއަށް
ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް އެކޮމެޓީން ބަލައިގަނެ، ޢަލީ
ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ބަލައި، އޭނާގެ
ހުށަހެޅުން ޤަބޫލުކުރިކަމުގެ ލިއުން، އިންތިޚާ
ންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 21 ވަނަމާއްދާގެ (ހ) ގައިވާ
ގޮތުގެމަތިން، އޭނާއަށް ދޫކުރުމަށްފަހު، އެޤާނޫނުގެ އަކުރުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ 48
ގަޑިއިރުގެ މުއްދަތު ފާއިތުވެ 02 ދުވަސްވީފަހުން، ޢަލީ ނިޝާން ހުށަހެޅި ހުށަހެޅުން ބާޠިލްކޮށްފައިވާކަމަށް
ލ.އަތޮޅު އިލެކްޝަންސް ކޮމިޓީން ޢަލީ ނިޝާނަށް އަންގާފައިވާކަމަށާއި، އަދި އެކޮމެޓީން އެފަދައިން
އެންގެވުމާއި ގުޅިގެން އެމައްސަލަ ބަލައިދިނުމަށް އެދި ޢަލީ ނިޝާންގެ ފަރާތުން ހުށަހެޅުމުން، ޤައުމީ
އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން އެމައްސަލަ ބައްލަވައި، ލ. އަތޮޅު އިލެކްޝަންސް ކޮމިޓީން
ނިންމަވާފައިވާ އިސްވެ ބަޔާން ކުރެވުނު ނިންމެވުމަކީ ރަގަޅު ނިންމެވުމެއްކަމަށް ޤައުމީ އިލެކްޝަންސް
ކޮމްޕްލެއިންޓްސް ބިއުރޯއިން ނިންމަވާފައިވާތީ، އެކަން ބައްލަވައި ދެއްވުން އެދި، ޢަލީ ނިޝާން
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
coox
22 /
ފާހަގަކުރެވުނު ނުކުތާތައް.
މިމައްސަލައާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި،
މައްސަލައާއި ގުޅިގެން ހުށަހެޅިފައިވާ ލިޔުންތަކަށާއި، ޤާނޫނު ނަންބަރ:10/2010 (ލޯކަލް ކައުންސިލް
ތަކުގެ އިންތިޚާބުގެ ޤާނޫނު) އަށާއި، އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރ: 5-R/2010
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާޢިދު) އަށާއި، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ
ޢާންމު ޤާނޫނު) އަށާއި، މައްސަލާގެ ވަށައިގެންވާ ކަންތައްތަކަށް ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
44 4422 4 2
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ދިވެހިރާއްޖީ
3
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ހ) ޤާނޫނު ނަންބަރ:10/2010 ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު) ގެ ދަށުން
ވަންޖެހޭ ލޯކަލް ކައުންސިލްތަކުގެ ފުރަތަމަ އިންތިޚާބު 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 05 ވާ
ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ކުރައްވާފައިވާ ނަންބަރ:2010
/
74-
A
)
CA) އިޢުލާނަށް ބަލާއިރު، އެކޮމިޝަނުން
2010 އޮކްޓޯބަރ 24 ވީ އާދިއްތަ ދުވަހު ކުރައްވާފައިވާ ނަންބަރ:2010
/
69-
A
)
CA) އިޢުލާނާއި،
2010 އޮކްޓޯބަރ 27
ވީ ބުދަދުވަހު ކުރައްވާފައިވާ ނަންބަރ:2010
/
73-
A
)
CA) އިޢުލާނުގައިވާ
ކައުންސިލްތަކަށް، އެއިޢުލާނުން ކަނޑައަޅާފައިވާ ގޮތުގެ މަތީން، މެމްބަރުން އިންތިޚާބު ކުރުމަށް ބޭއްވުމަށް
ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތި ލުމަށް އެދޭ މީހުނަށް، 2010 ނޮވެމްބަރ
25 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2010 ޑިސެމްބަރ 8 ވާ ބުދަ ދުވަހުގެ
ހަވީރު 3:00 އާ ހަމައަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ފުރުޞަތު ހުޅުވާ ލުމާއި ގުޅިގެން،
މިމައްސަލަ ހައިކޯޓަށް ހުށަހެޅިފަރާތް ކަމުގައިވާ ގ.އާސާނީ (ދ.ރ.ކ. ނަންބަރ: A101097)، ޢަލީ
ނިޝާން ގެ ފަރާތުން މ.މުލަކު ދާއިރާއިން މ.އަތޮޅު ކައުންސިލަށް ކުރިމަތި ލުމަށްއެދި މ.އަތޮޅު
އިލެކްޝަންސް ކޮމެޓީއަށް ""ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" އާއި
އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާފައިވާކަމާއި، ޢަލީ ނިޝާންގެ ފަރާތުން ހުށަހެޅި އިސްވެ މިބަޔާން
ކުރެވުނު ތަކެތި އެކޮމެޓީގެ ފަރާތުން 08 ޑިސެމްބަރ 2010 ދުވަހުގެ 11:10 ގައި ބަލައިގަނެ، ޢަލީ
ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުތު ހަމަވާ މީހެއްކަމުގައިބަލައި، އެހުށަހެޅުން ޤަބޫލު
ކުރިކަމުގެ ލިޔުން މ.އަތޮޅު އިލެކްޝަންސް ކޮމެޓީން ދީފައިވާކަމަށް މިމައްސަލަ ހުށަހެޅި ޢަލީ ނިޝާންގެ
ފަރާތުން ބުނެފައިވާ ބުނުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ށ) އިސްވެ ބަޔާން ކުރެވުނު ފަދައިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި
ޢަލީ ނިޝާން ހުށަހެޅި ފޯމާއި ތަކެތި މ.އަތޮޅު އިލެކްޝަންސް ކޮމެޓީ ގެ ފަރާތުން ބަލައިގަނެ، އަދި ޢަލީ
ނިޝާނަކީ އެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ މީހެއްކަމުގެ ލިޔުން އެކޮމެޓީން ދޫކުރެއްވުމަށްފަހު، 14
ޑިސެމްބަރ 2010 ގައި ޢަލީ ނިޝާންގެ ހެޅުން ބާޠިލް ކުރިކަން އަންގަވައި، އޭނާއަށް އެކަމުގެ
ލިޔުން މ.އަތޮޅު އިލެކްޝަންސް ކޮމެޓީން ދޫކޮށްފައިވާކަމާއި،
22ތ 22
0
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ދިވެހިރާއްޖީ
4
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2 220 22
ޢަލީ ނިޝާންގެ އެހުށަހެޅުން ބާޠިލް ކުރި ސަބަބަކީ، "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް
ކުރިމަތިލުމަށް އެދޭ ފޯމް" އާއެކު ޢަލީ ނިޝާން ހުށަހެޅި އޭނާގެ އައި.ޑީ.ކާޑުގެ ފޮޓޯ ކޮޕީއަކީ މުއްދަތު
ހަމަވެފައިވާ އައި.ޑީ.ކާޑެއްގެ ފޮޓޯ ކޮޕީ ކަމަށް ވާތީކަމަށް ޢަލީ ނިޝާންގެ ފަރާތުން ބުނެފައިވާ
ބުނުމާމެދުވެސް އިލެކްޝަން ކޮމިޝަނުގެ ފަރާތުން އެއްބަސްވެފައިވާކަން ފާހަގަކުރެވެއެވެ.
(ނ) ޤާނޫނު ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާއަށް
ބަލާއިރު، އެ މާއްދާގެ (ހ) ގައި، އެޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އިންތިޚާބަށް ކުރިމަތި
ލުމަށް އެދޭ މީހާ އެކަން ބަޔާންކޮށް ހުށަހަޅާ ލިޔުން އިލެކްޝަންސް ކޮމިޝަނަށް ލިބޭތާ ގިނަވެގެން 48
ގަޑި އިރުގެ ތެރޭގައި، އެމީހެއްގެ ހުށަހެޅުން ޤަބޫލު ކުރިކަން ނުވަތަ ޤަބޫލު ނުކުރާކަން، އެކޮމިޝަނުން
އެމީހަކަށް ލިޔުމުން އަންގަންވާނެ ކަމަށް ބަޔާން ކުރުމަށްފަހު،
އެ މާއްދާގެ (ނ) ގައި، އިންތިޚާބަށް ކުރިމަތި ލުމަށް އެދޭ މީހާ ހުށަހަޅާ ހުށަހެޅުން އިލެކްޝަންސް
ކޮމިޝަނުން ޤަބޫލު ކުރިކަން ނުވަތަ ނުކުރާކަން އެމީހަކަށް އެންގުމުގެ ކުރިން، އިންތިޚާބަށް ކުރިމަތި
ލުމަށް އެދޭމީހާ އެޤާނޫނުގެ 16 ވަނަ މާއްދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަން ކޮމިޝަނަށް
ހުށަހަޅަންޖެހޭ މަޢުލޫމާތާއި ތަކެތި ހަމައަށް ހުރިތޯ އެކޮމިޝަނުން ޔަޤީން ކުރަންވާނެ ކަމަށް ބަޔާން
ކޮށްފައިވާކަން އެނގެން އޮންނާތީ،
ޢަލީ ނިޝާން
ފަރާތުން "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް"
އާއި ތަކެތި ހުށަހެޅުމުން އެތަކެތި ބަލައިގަނެ، އަލީ ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް
ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ބަލައި، އޭނާގެ ހުށަހެޅުން ޤަބޫލު ކުރިކަމުގެ ލިޔުން ދޫކުރި ސަބަބާއި،
އަދި އޭގެ ފަހުން ޢަލީ ނިޝާންގެ އެ ހުށަހެޅުން ބާޠިލް ކުރި ސަބަބާއި މެދު ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި އިލެކްޝަންސް ކޮމިޝަނާއި ކުރެވުނު ސުވާލު ތަކުގެ ޖަވާބުގައި،
ޢަލީ ނިޝާން ގެ ފަރާތުން "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް"
އާއި ތަކެތި ހުށަހެޅުމުން އެތަކެތި ބަލައިގަނެ، އަލީ ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް
ޝަރުޠު ފުރިހަމަވާ މީހެއްކަމުގައި ބަލައި، އޭނާގެ ހުށަހެޅުން ޤަބޫލު ކުރިކަމުގެ ލިޔުން ދޫކޮށްފައިވަނީ،
އެހުށަހެޅުމުގައި ޢަލީ ނިޝާން ވެފައިވާ އިޤްރާރުގެ މައްޗަށް ބިނާކޮށް، ޢަލީ ނިޝާން ހުށަހެޅި އެންމެހައި
އްޖޭގެ
ލިޔުންތަކަކީ ޞައްޙަ ލިޔުންތަކެއް ކަމުގައި އެކޮމިޝަނުގެ ފަރާތުން އެކަމުގައި މަސްއޫލު
OX
2
ސްލެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
5
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
އަނކޮށް
ފަރާތްތަކަށް ޤަބޫލު ކުރެވިގެންކަމާއި، ނަމަވެސް ޢަލީ ނިޝާން ހުށަހެޅި ލިޔުންތަކުގެ ތެރޭގައިވާ އޭނާގެ
އައި.ޑީ.ކާޑުގެ ފޮޓޯ ކޮޕީއަށް ބެލުމުން އެފޮޓޯ ކޮޕީއަކީ މުއްދަތު ހަމަވެފައިވާ އައި.ޑީ.ކާޑެއްގެ ފޮޓޯ ކޮޕީއެއް
ކަން ފާހަގަކުރެވިފައިވާތީއާއި، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ ދަށުން
ހުށަހަޅަންޖެހޭ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމަކީ، އެ ލިޔުމުގެ މުއްދަތު ހަމަވެފައިނުވާ ލިޔުމަކަށް
ވާންޖެހޭތީއާއި، ޢަލީ ނިޝާން ހުށަހަޅާފައިވަނީ މުއްދަތު ހަމަވެފައިވާ އައި.ޑީ.ކާޑެއްގެ ފޮޓޯ ކޮޕީއަކަށްވާތީ
އެއީ ޤާނޫނީ ގޮތުން ޞައްޙަ ލިޔުމެއް ކަމަށް ނުބެލެވޭނެތީ، އެސަބަބަށްޓަކައި ޢަލީ ނިޝާންގެ ހުށަހެޅުން
ބާތިލް ކުރެވިފައިވަނީ ކަމަށާއި، އެކޮމިޝަނުގެ ފަރާތުން ޢަލީ ނިޝާންގެ ހުށަހެޅުން އެންމެ ފުރަތަމަވެސް
ޤަބޫލު ކޮށްފައިވަނީ، ޢަލީ ނިޝާންގެ އިޤްރާރުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީ، އޭނާގެ އިޤްރާރާއި
ޚިލާފް ލިޔުމެއް ހިމެނިފައި އޮތުމުގެ ސަބަބުން ޢަލީ ނިޝާންގެ ހުށަހެޅުން ބާޠިލްވުމުގެ ސަބަބުން
އިލެކްޝަން ކޮމިޝަން ގެ ފަރާތުން އެކަމުގައި އުފުލަން ޖެހޭނެ އެއްވެސް ޒިންމާއެއް
ނުދެކޭކަމަށް އެކޮމިޝަނުގެ ފަރާތުން ބުނެފައިވެއެވެ.
(ބ) މ.އަތޮޅު ކައުންސިލަށް ކުރިމަތި ލުމަށްއެދި ޢަލީ ނިޝާން ހުށަހެޅި ފޯމާއި ތަކެތި ބަލައިގަނެ،
ޢަލީ ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ މީހެއް ކަމުގައިބަލައި، އޭނާގެ
ހުށަހެޅުން ޤަބޫލު ކުރިކަން އިލެކްޝަން ކޮމިޝަންގެ ފަރާތުން ޢަލީ ނިޝާނަށް އަންގާފައިވަނީ ޢަލީ
ނިޝާންގެ އިޤްރާރަށް ބަރޯސާވެގެންކަމަށް އެކޮމިޝަނުގެ ފަރާތުން ބުނެފައިވާއިރު، ޤާނޫނު
ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ނ) ގައި، "އިންތިޚާބަށް
ކުރިމަތިލުމަށް އެދޭމީހާ ހުށަހަޅާ ހުށަހެޅުން މި މާއްދާގެ (ހ) ގެ ދަށުން ޤަބޫލު ކުރިކަން ނުވަތަ ޤަބޫލު
ނުކުރާކަން އިލެކްޝަން ކޮމިޝަނުން އެމީހަކަށް އެންގުމުގެ ކުރީން، އިންތިޚާބަށް ކުރިމަތި ލުމަށް އެދޭމީހާ
މިޤާނޫނުގެ 16 ވަނަ މާއްދާއާ
ދާއާއި 17 ވަނަ މާއްދާގެ ދަށުން އިލެކްޝަން ކޮމިޝަނަށް ހުށަހަޅަންޖެހޭ
މަޢުލޫމާތާއި ތަކެތި ހަމައަށްހުރިތޯ އިލެކްޝަން ކޮމިޝަނުން ޔަޤީން ކުރަންވާނެ" ކަމަށް ބަޔާން ކޮށްފައި
އިންތިޚާބަށް ކުރިމަތި ލުމަށް އެދޭމީހާ ހުށަހަޅާ މަޢުލޫމާތާއި ތަކެތި ޤާނޫނާއި ޤަވާޢިދުގައި
ބުނެފައިވާ ގޮތުގެ މަތީން ފުރިހަމަ ކޮށްފައިވޭތޯ ރަގަޅަށް ބަލާ ޗެކްކޮށް އެކަން ޔަޤީން ކުރުމަކީ، ސީދާ
އިލެކްޝަން ކޮމިޝަންގެ ފަރާތުން އެކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ މަސްއޫލިއްޔަތެއްކަމާއި
އިންތިޚާބަށް ކުރިމަތި ލުމަށްއެދޭ ފަރާތުން ހުށަހެޅި ތަކެތި ބަލައިގަނެ އެފަރާތަކީ އިންތިޚާބަށް
2 22x
Puc
ތަދު"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471 |
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ދިވެހިރާއްޖީ
6
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޒ 2
0
2 ދ ތ
ބޭނުންވާނަމަ،
ހދ މަޖްދީދީ
ފުރިހަމަވާ ފަރާތެއް ކަމަށް ނުވަތަ ޝަރުޠު ފުރިހަމަނުވާ ފަރާތެއް ކަމަށް ކަނޑައަޅައި، ވަގުތުން ވަގުތަށް
އެ ހުށަހެޅުން ޤަބޫލު ކުރިކަމުގެ ލިޔުން ދޫކުރުމަށް އިލެކްޝަން ކޮމިޝަނުގެ މައްޗަށް އެއްވެސް ޤާނޫނެއް
ނުވަތަ ޤަވާޢިދަކުން ލާޒިމްވެފައި ނުވާކަމާއި، އެފަދަ ލިޔުންތަކާއި ތަކެތި ބަލައިގަތުމުގައި އިދާރީ ގޮތުން
އެކަން ހަރުދަނާ ގޮތެއްގައި ކުރުމުގެ ބޭނުމުގައި އެވަގުތުން ވަގުތަށް ލިޔުމެއް ދޫކުރުމަށް
ހުށަހެޅި ތަކެތީގެ ޗެކްލިސްޓެއް ހަދާ، އެތަކެތި ލިބުނު ކަމުގެ ލިޔުމެއް ދޫކުރެވިދާނެކަމާއި،
އެފަދަ ހުށަހެޅުންތަކާއި ލިޔުންތައް ރަގަޅަށް ބަލައި ޗެކްކޮށް، އޭގައި ހިމެނިފައިވާ މަޢުލޫމާތާއި
ތަކެއްޗަކީ ޞައްޙަ
މަޢުލޫމާތާއި ތަކެތިކަން ޔަޤީން ކުރުމަށްޓަކައި 48 ގަޑިއިރުގެ މުއްދަތެއް
އިލެކްޝަންސް ކޮމިޝަނަށް ޤާނޫނުން ލިބިދީފައިވާކަމާއި، އެ 48 ގަޑިއިރުގެ ތެރޭގައި އެފަދަ
ހުށަހެޅުންތައް ރަގަޅަށް ބަލާއި އެހުށަހެޅުމާއެކު ލިބިފައިވާ އެންމެހައި މަޢުލޫމާތާއި ތަކެއްޗަކީ ޤާނޫނުގައި
ކަނޑައަޅާފައިވާ ގޮތުގެ މަތީން ޞައްޙަ މަޢުލޫމާތާއި ތަކެތިކަން ޔަޤީންކުރުމަކީ އިލެކްޝަންސް ކޮމިޝަންގެ
މައްޗަށް އޮތް ޤާނޫނީ ޒިންމާއެއް ކަމާއި، އިންސާނީ ބާރު ނުފޯރާ ސަބަބެއް މެދުވެރިވެގެން މެނުވީ
ޤާނޫނުގައި ކަނޑައަޅާފައިވާ އެ 48 ގަޑިއިރުގެ މުއްދަތު އިތުރަށް ފުޅާކޮށް ތަނަވަސްކޮށް އިތުރު ކުރުމުގެ
އިޚްތިޔާރު އެއްވެސް ފަރާތަކަށް ލިބިގެން ނުވާކަމާއި، އަދި އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި
މުއްދަތުގައި އިންތިޚާބަށް ކުރިމަތިލުމަށްއެދި ހުށަހެޅި ފަރާތެއްގެ ފޯމާއި ލިޔުންތަކާއިމެދު އެ 48 ގަޑިއިރުގެ
ފަހުން އިލެކްޝަންސް ކޮމިޝަންގެ ފަރާތުން އެމީހެއްގެ މަޞްލަޙަތާއި ޚިލާފު ގޮތަކަށް ނިންމާ އެއްވެސް
ނިންމުމަކީ، ޤާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެންވާ ނިންމުމެއް ކަމުގައި ނުވާނެކަން ފާހަގަކުރެވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންތައްތަކަށް ރިޢާޔަތްކޮށް ބަލާއިރު، 2011 ވަނަ
އަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގައި، މ. މުލަކު ދާއިރާއިން މ.އަތޮޅު ކައުންސިލް ގެ މެމްބަރ ކަމަށް ކުރިމަތިލުމަށްޓަކައި،
އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގެމަތިން، ޢަލީ ނިޝާން ގ.އާސާނީ (ދ.ރ.ކ. ނަންބަރ:
A101097)، 08 ޑިސެމްބަރ 2010 ގައި މ.އަތޮޅު އިލެކްޝަންސް ކޮމިޓީއަށް ހުށަހެޅި "ލޯކަލް
ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" އެކޮމެޓީން ބަލައިގަނެ، އަލްފާޟިލް ޢަލީ
ނިޝާންގެ ހުށަހެޅުން ޤަބޫލުކުރިކަމުގެ ލިއުން، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 21 ވަނަމާއްދާގެ (ހ)
އްޖޭގެ
ގައިވާ ގޮތުގެމަތިން، އޭނާއަށް ދޫކުރުމަށްފަހު، އެޤާނޫނުގެ އަކުރުގައި ކަނޑައަޅައި ބަޔާން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
7
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
48 ގަޑިއިރުގެ މުއްދަތު ފާއިތުވެ 02 ދުވަސްވީފަހުން، ޢަލީ ނިޝާން ހުށަހެޅި ހުށަހެޅުން
ބާޠިލްކޮށްފައިވާކަމަށް ލ.އަތޮޅު އިލެކްޝަންސް ކޮމިޓީން އަލްފާޟިލް ޢަލީ ނިޝާނަށް އަންގަވާފައިވާ
އެންގެވުމަކީ، ޤާނޫނު ނަންބަރ:10/2010 (ލޯކަލް ކައުންސިލް ތަކުގެ އިންތިޚާބުގެ ޤާނޫނު) އާއި،
އެޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދު ނަންބަރ: 5-R/2010 (ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ
ޤަވާޢިދު) އާއި، ޤާނޫނު ނަންބަރ:11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ ދަށުން،
އިލެކްޝަންސް ކޮމިޝަނަށް ލިބިފައިވާ ބާރުގެ ދަށުން ނިންމަވާފައިވާ ނިންމެވުމެއް ކަމަކަށް މިމައްސަލަބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ބުރައެއް ނުވެވުނެވެ.
ޙުކުމް
19
ދެންފަހެ 2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 05 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި،
މުލަކު ދާއިރާއިން މިއަތޮޅު ކައުންސިލަށް
ކުރިމަތިލުމަށްޓަކައި، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ގޮތުގެމަތިން، ޢަލީ ނިޝާން ގ.އާސާނީ
(ދ.ރ.ކ. ނަންބަރ: A101097)، 08 ޑިސެމްބަރ 2010 ގައި މ.އަތޮޅު އިލެކްޝަންސް ކޮމިޓީއަށް
ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް" އެކޮމެޓީން ބަލައިގަނެ، ޢަލީ
ނިޝާނަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ މީހެއްކަމަށް ކަނޑައަޅުއްވައި، ޢަލީ
ނިޝާނުގެ ހުށަހެޅުން ޤަބޫލުކުރިކަމުގެ ލިއުން، އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 21 ވަނަމާއްދާގެ (ހ)
ގައިވާ ގޮތުގެމަތިން، އޭނާއަށް ދޫކުރުމަށްފަހު، އެޤާނޫނުގެ އެ އަކުރުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ
48 ގަޑިއިރުގެ މުއްދަތު ފާއިތުވެ 02 ދުވަސްވީފަހުން، ޢަލީ ނިޝާން ހުށަހެޅި ހުށަހެޅުން އަތޮޅު
އިލެކްޝަންސް ކޮމެޓީން ބާޠިލް ކޮށްފައިވާކަމަށްބުނެ ޢަލީ ނިޝާން ހުށަހެޅި މައްސަލައާއި ގުޅިގެން
ބެލިބެލުމުން، ޢަލީ ނިޝާން އެހުށަހެޅުން ހުށަހެޅި ވަގުތުވެސް މުއްދަތު ހަމަނުވާ އައި.ޑީ.ކާޑެއް
ފަރާތުން ހައްދައިދީފައިވާކަމާއި، ޢަލީ ނިޝާންގެ ހުށަހެޅުން ބަލައިގެނެފައިވާ ފަރާތުން،
ޤާނޫނުގައިވާ ގޮތުގެ މަތީން ޒިންމާދާރު ކަމާއެކު އެމަސްއޫލިއްޔަތު އަދާކޮށް ޢަލީ ނިޝާން ހުށަހެޅި ތަކެތި
ޤާނޫނުގައި ބުނެފައިވާ ގޮތަށް ބަލައި އެތަކެއްޗަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން ސައްހަޓްގެ
2 / ހވ
22
2ބހ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
8
2010/HC-I-SH/01
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
lu
ތަކެތިތޯ ބަލައި ޔަޤީން ކުރިނަމަ، ޢަލީ ނިޝާން ގެ މުއްދަތު ހަމަވެފައިވާ އައި.ޑީ.ކާޑުގެ ކޮޕީގެ ބަދަލުގައި
މުއްދަތު ހަމަނުވާ އައި.ޑީ.ކާޑުގެ ކޮޕީ އެލިޔުންތަކުގެ ތެރޭގައި ހިމެނުމުގެ ފުރުޞަތު ލިބިގެންދިޔައީސް
ކަމާއި، އެފުރުޞަތު އޭނާއަށް ގެއްލިގެން ގޮސްފައިވަނީ، ޢަލީ ނިޝާން ގެ ފަރާތުން ހުށަހެޅި ލިޔުންތައް
ބަލައިގެނެފައިވާ ފަރާތުން ޤާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން ޢަލީ ނިޝާންގެ ފަރާތުން ހުށަހެޅި
ހުށަހެޅުމުގައި ހިމެނިފައިވާ އެންމެހައި ލިޔުންތަކާއި މަޢުލޫމާތު ތަކަކީ ޞައްޙަ މަޢުލޫމާތާއި ތަކެތިކަން
ޔަޤީން ނުކުރުމުގެ ސަބަބުންކަމަށް މިމައްސަލަ ބެލި ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވާތީ،
ޢަލީ ނިޝާން ގ.އާސާނީ (ދ.ރ.ކ. ނަންބަރ: A101097)، 08 ޑިސެމްބަރ 2010 ގައި މ.އަތޮޅު
އިލެކްޝަންސް ކޮމިޓީއަށް ހުށަހެޅި "ލޯކަލް ކައުންސިލްތަކުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް"
އެކޮމެޓީން ބަލައިގަނެ، ޢަލީ ނިޝާނަކީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ
މީހެއްކަމަށް ކަނޑައަޅުއްވައި، ޢަލީ ނިޝާނުގެ ހުށަހެޅުން ޤަބޫލުކުރިކަމުގެ ލިއުން، އިންތިޚާބުތަކާބެހޭ
ޢާއްމު ޤާނޫނުގެ 21 ވަނަމާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، އޭނާއަށް ދޫކުރުމަށްފަހު، އެޤާނޫނުގެ އެ
އަކުރުގައި ކަނޑައަޅައި ބަޔާން ކޮށްފައިވާ 48 ގަޑިއިރުގެ މުއްދަތު ފާއިތުވީފަހުން ޢަލީ ނިޝާން ހުށަހެޅި
ހުށަހެޅުން އަތޮޅު އިލެކްޝަންސް ކޮމެޓީން ބާޠިލްކޮށްފައިވަނީ ޤާނޫނީ އިމުގެ ތެރެއިންކަމަށް މިމައްސަލަ
ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފެންނަކަމަށް ކަނޑައަޅައި، 08 ޑިސެމްބަރ
2010 ދުވަހުގެ 11:00 ގައި ޢަލީ ނިޝާނަށް މ.އަތޮޅު އިލެކްޝަންސް ކޮމެޓީން ދޫކޮށްފައިވާ ލިޔުމުގައި
ކަނޑައަޅާފައިވާ ގޮތުގެ މަތީން ޢަލީ ނިޝާނަކީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ޝަރުޠު ފުރިހަމަވާ
މީހެއް ކަމުގައި ބެލުމަށާއި، ޢަލީ ނިޝާން ކުރިމަތިލާފައިވާ ދާއިރާގެ އިންތިޚާބު ކުރިއަށް ގެންދިއުމުގައި،
އޭނާއަކީ އެދާއިރާއަށް ކުރިމަތިލާފައިވާ ޝަރުޠު ފުރިހަމަވާ ކެންޑިޑޭޓެއް ކަމުގައި ބެލުމަށް އިލެކްޝަންސް
ކޮމިޝަނަށް އަންގައި އަމުރު ކޮށްފީމެވެ.
oxo
i
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް:
www.highcourt.gov.my iemes
ދިވެހިރާއްޖީ