ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/26 ޤަޟިއްޔާގެ ޙުކުމް
1
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
je
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 26/HC
-
A/2013
• އިސްތިއުނާފުކުރި ފަރާތް:
* ނަން: މާލޭ ސިޓީ ކައުންސިލް
* ރަޖިސްޓްރީ ނަންބަރު:
އެޑްރެސް: ބިއްލޫރިޖެހިގެ
މިހާރުގެ އެޑްރެސް: ގ. ބިއްލޫރިޖެހިގެ
• އިސްތިއުނާފު ރައްދުވި ފަރާތް
* ނަން: މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް)
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
k
*
• ރަޖިސްޓްރީ ތާރީޚް: 18 ރަބީޢުލްއައްވަލު 1434
30 ޖަނަވަރީ
* ނިމުނު ތާރީޚް: 14 ރަބީޢުލްއާޚިރު 1434
24 ފެބްރުއަރީ 2013
2013
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051
• ނިންމެވި ފަރާތް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: ބިން ޙަވާލުކުރުމަށް އަމުރެއް ނެރެދިނުމަށްއެދި
• ހުށަހެޅި ތާރީޚް: 2012-11.06
* ނިމުނު ތާރީޚް: 20.01.2013
• މައްސަލަ ބެއްލެވި ފަނޑިޔާރުން:
ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު ޔޫސުފް ޙުސައިން
ފަނޑިޔާރު އަމީންގެ މިޒަމް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު ޤަޟިއްޔާއެކެވެ. މިމައްސަލައިގައި އިސްތިއުނާފު
ރައްދުވާ ފަރާތަކީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ (ދިވެހި ދައުލަތް) އެވެ.
.. ގތ
22 22 22
(l
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގައި
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި
ޙަވާލުކުރުމުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އިންފްރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު
ވެފައިވާ "މާލޭގެ ބިން މާލޭ ސިޓީ ކައުންސިލާއި ޙަވާލުކުރާ ލިޔުން" މިއެއްބަސްވުމުގެ ދަށުން، ދަރުބާރުގޭ
ދެކުނުން ހިއްކާފައިވާ ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) ސިޓީ ކައުންސިލާއި ޙަވާލުކުރެވިފައި ވަނިކޮށް
ބިން ޙަވާލުކުރުމާއި ގުޅޭ ގަވާއިދާއި ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް މާލޭ ސިޓީ ކައުންސިލުން
އެބިން ބޭނުން ކުރަމުން ދާތީ އެގަވާއިދުގެ 4 ވަނަ މާއްދާގެ (ނ) އާއި އެއްގޮތް ވާގޮތުގެ މަތީން މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަރަންމަންޓްގެ ބެލުމުގެ ދަށަށް އެބިން އަނބުރާ ގެނައުމަށް ބޭނުންވާ އިޖްރާޢަތުތައް
ފުރިހަމަކޮށް އެބިން މިނިސްޓްރީއަށް އަނބުރާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އެންގުމުންވެސް އެބިން
އަނބުރާ ޙަވާލުކޮށްފައިނުވާތީ އެބިން މިނިސްޓްރީއާއި ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަށް އަމުރުކޮށް
ދެއްވުންއެދި ދައުލަތް (މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ)
ސިޓީ
ކައުންސިލްގެ މައްޗަށް ދަޢުވާކުރުމުން ބެލުވުނު މައްސަލައެއްކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
3
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2
7
0
2 ހ7ތ
ބޭންކުރަމުންދި
1977
ހވާލުކުރުމުގެ
އެޤަޟިއްޔާ ނިންމަވާފައިވަނީ "... ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކަށާއި ހުށަހެޅިފައިވާ
ބަޔާންތަކަށާއި ލިޔުންތަކުގެ މައްޗަށް ރިޢާޔަތްކޮށް ބެލިއިރު ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި ޙަވާލުކުރުމުގެ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ)
އަށް ޙަވާލާދީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްންރާސްޓްރަކްޗަރ އާއި މިނިސްޓްރީ އޮފް ފިނޭންސް
އެންޑް ޓްރެ ޗެރީ އާއި މާލޭ ސިޓީ ކައުންސިލާއި ދެމެދު ސޮއިކުރެވިފައިވާ "މާލޭގެ ބިން މާލެ ސިޓީ ކައުންސިލާއި
ޙަވާލުކުރާލިޔުން" މިއެއްބަސްވުމުގެ ދަށުން، މާލޭ ސިޓީ ކައުންސިލާއި ޙަވާލުކުރެވިފައިވާ، ދަރުބާރުގޭ ދެކުނުން
ހިއްކާފައިވާ ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) މާލޭ ސިޓީ ކައުންސިލްގެ ފަރާތުން
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާއި
ޤަވާޢިދާއި، އެބިން ބޭނުންކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލޭންޑް ޔޫސް ޕްލޭނާއި، ބިން
ޙަވާލުކުރިއިރު ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމާއި ޚިލާފަށް، އަދި ސަރުކާރުގެ ސިޔާސަތާއި ދައުލަތުގެ ބިން
ހިމެނޭ ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ތަންފީޒު ކުރުމަށް ހުރަސްއެޅޭ ގޮތަކަށްކަން ހުށަހެޅިފައިވާ ލިޔުންތަކުން
އެނގެން އޮތުމާއިއެކު ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް
ކައުންސިލްތަކާއި ޙަވާލުކުރުމުގެ ޤަވާޢިދުގެ ދަށުން މާލޭ ސިޓީ ކައުންސިލާއި ޙަވާލުކޮށްފައިވާ ބިންތަކުގެ
ދަފްތަރުން ދަރުބާރުގޭ ދެކުނުން ހިއްކާފައިވާ ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) އުނިކޮށް އެބިން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރއާއި ޙަވާލުކުރުމަށް އެމިނިސްޓްރީގެ ފަރާތުން މާލޭ
ސިޓީ ކައުންސިލަށް އަންގާފައިވާ އެންގުމަކީ ޞައްޙަ އެންގުމެއްކަން ޝަރީޢަތަށް ސާބިތުވާތީ، މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރގެ ހުއްދައެއްނެތި އެބިން ބެލެހެއްޓުމާއި އެހެންފަރާތަކުން ބޭނުންކުރުމަށް
ދޫކުރުމުގެ އެއްވެސް ހައިޘިއްޔަތެއް މާލޭ ސިޓީ ކައުންސިލަށް މިހާރު ލިބިގެންނުވާކަމަށް ކަނޑައަޅައި 20
ޖެނުއަރީ 2013 މިދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި މިދަޢުވާގައި ހިމެނޭ ބިން (ދަރުބާރުގޭ
ދެކުނުން ހިއްކާފައިވާ ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) ދައުލަތާއި ޙަވާލުކުރުމުގެގޮތުން މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާންސްޓްރަކްޗަރ އާއި ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިގެމައްޗަށް އަންގައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 36471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
ދިވެހިރާއްޖެ
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2{13/HC-A/26
އަމުރުކޮށް މިގޮތުގެ މައްޗަށް ޙުކުމް ކޮށް" މައްސަލަ ނިންމަވާފައިވާކަން އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ
ރިޕޯޓުން އެނގެން އޮވެއެވެ.
22 2x
(2
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާ، އެކޯޓުން ނިންމެވީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލަކާ ޚިލާފަށްކަމަށް ބުނެ މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު
ކުރަމުން 02 (ދޭއް) ނުކުތާއެއް ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި
ވާހަކަދައްކާފައިވެއެވެ.
ހ2 22
23
4
ކޯޗެ2 ﷲ
04 ތ 0
2
3
4
ہی مومکی
ފުރަތަމަ ނުކުތާއަކީ، ހުށަހެޅި ދަޢުވާގައި މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައިވަނީ ބިން
އަދި ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ބިންތައް
ކައުންސިލްތަކާއި ޙަވާލުކުރުމުގެ ގަވާއިދުގެ ކޮންމާއްދާއަކާއިކަން ސާފުކޮށް ބުނެފައިނެތުމުން މާލޭ ސިޓީ
ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި ދިފާޢުވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދެވަނަ ނުކުތާއަކީ، ހުށަހެޅި ދަޢުވާއަކީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަންމަންޓްއިން ފޮނުވާފައިވާ ނަންބަރު AS11425
/
2012
/
96-138 ސިޓީ ގައި ކޮށްފައިވާ އަމުރަށް
ކިޔަމަން ނުވެގެން އެސިޓީގައިވާ ކަންކަން ތަންފީޛުކުރުމުގެ ޝަރުޢީ އަމުރެއް ހޯދުމަށްކޮށްފައިވާ
ދަޢުވާއެއްކަމަށްވާއިރު، ދަޢުވާގައި ބިން ބޭނުންކުރަމުންދަނީ ގަވާއިދާއި ޚިލާފަށްތޯ ބަލާފައިނުވާކަމާއި އަދި އެކަން
ކަނޑައަޅައިދިނުމަށް އެދިފައިނުވިކަމުގައިވިޔަސް މައްސަލައިގެ ނިންމުމުގައި ބިން ބޭނުންކުރަމުންދަނީ ގަވާއިދާއި
ޚިލާފަށްކަމަށް ކަނޑައަޅައިދީފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
3) މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން
ދައްކާފައިވާ ވާހަކަތަކަށާއި ސިވިލްކޯޓުގެ ނަންބަރު 2012/Cv-C/1051 ޤަޟިއްޔާގެ ޝަރީޢަޓްއްސެމުން 3
هر کی
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
5
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ރިޕޯޓަށާއި، މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ ލިޔެކިއުންތަކަށް ބަލާއިރު،
އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
<< O
(ހ) ފުރަތަމަ ކަމަކީ، 13 ފެބްރުއަރީ 2013 ގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި ބޭއްވުނު
މިމައްސަލައިގެ އަޑުއެހުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު
ފޯމުގައި ހުރި އިސްތިއުނާފު ނުކުތާތައް ހުށަހަޅަމުން އެފޯމުގައި ހިމެނިފައިނުވާ އާ ނުކުތާއެއް ހުށަހެޅުމަށް
އެދުނުކަމާއި،
22
2 ހ
شرنا عمرہ
ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ރ)
އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) ގައި އިސްތިއުނާފުކުރިއިރު ހުށަހެޅި
ފިޔަވައި، އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައި
ވީނަމަވެސް، އެމައްސަލަ ހައިކޯޓުން ބެލުމުގައި ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި
ކަނޑައަޅަންވާނެކަމަށް ބަޔާންކުރެވިފައިވާކަމާއި،
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅީ 22 ޖެނުއަރީ
2013 ގައިކަން އެނގޭކަމާއި، އަދި މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ރަޖިސްޓަރީ ކުރެވުނު ތާރީޚަކީ 30
ޖެނުއަރީ 2013 ގައިކަމުގައިވީހިނދު، މިމައްސަލަ ހުށަހެޅި ރަޖިސްޓަރީ ކުރުމާއި އަދި މިމައްސަލައިގެ އެންމެ
ފުރަތަމަ އަޑުއެހުން ބޭއްވުނު ތާރީޚުކަމުގައިވާ 13 ފެބްރުއަރީ 2013 އާ ދެމެދު މާލޭ ސިޓީ ކައުންސިލްގެ
ފަރާތުން މައްސަލަ އިސްތިއުނާފުކުރާ ފޯމުގައި ހުރި ނުކުތާތައް ފިޔަވައި އާ ނުކުތާއެއް ހުށަހެޅުމަށް ބޭނުންވާކަމަށް
ކޯޓަށް އެދުމުގެ ފުރުޞަތާއި، އަދި އެނުކުތާ ތަޢުނުކުރުމުގެ ފުރުޞަތު މައްސަލައިގެ އަނެއް ފަރާތަށް
ދިނުމަށްޓަކައި އެކަށީގެންވާވަރުގެ މުއްދަތެއް ލިބިފައިއޮތްއިރު، ކުރިން އެކަމަށް މާލޭ ސިޓީ ކައު ޓްރެފަރާތުން
އެދިފައިނުވާކަން ފާހަގަކުރެވޭކަމާއި،
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2:13HC-A/26
އެހެންކަމުން، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ
މާއްދާގެ (ރ) އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަވާއިދު 2011 ގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ
ބެލި ފަނޑިޔާރުންނަށް ލިބިފައިވާ އިޚްތިޔާރުގެ ދަށުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާގެ ބޭއްވުނު
އަޑުއެހުމުގައި މާލޭ ސިޓީ ކައުންސިލުން ހުށަހެޅި އާ ނުކުތާ މައްސަލަބެލި ފަނޑިޔާރުންގެ އިއްތިފާޤުން
22c 0 /
ބަލައިނުގަންނަން ނިންމިކަމެވެ.
(ށ) ދެވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1051
ޤަޟިއްޔާގެ ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅި ފޯމުގައި، ދަރުބާރުގޭ ދެކުނުން ހިއްކާފައިވާ ސަރަޙައްދު މާލޭ ސިޓީ
ކައުންސިލުން ބޭނުންކުރަމުންދަނީ ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ
ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" އާއި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ("މާލޭގެ
ބިން މާލެ ސިޓީ ކައުންސިލާ ޙަވާލުކުރާ ލިޔުން" އާ ޚިލާފަށްކަމަށްވާތީ، "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް
ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ
(ށ) އާ އެއްގޮތްވާ ގޮތުގެމަތިން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެދަށަށް އެބިން
އަނބުރާ ގެނައުމަށް ބޭނުންވާ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަކޮށް، އެބިން މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ
ކައުންސިލަށް އެންގުމުންވެސް، އެބިން އަނބުރާ ޙަވާލުކޮށްފައިނުވާތީ، އެބިން މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ
ސިޓީ ކައުންސިލްގެ މައްޗަށް
އަމުރެއްކޮށްދެއްވުމަށް އެދި ހުށަހެޅި މައްސަލައެއްކަމަށް ބަޔާންކޮށްފައިވާކަން
ފާހަގަކުރެވޭކަމާއި،
އަދި އެފޯމުގައި ދަޢުވާ ނުވަތަ މައްސަލަ ހުށަހެޅި ފަރާތުން އެދޭގޮތް ބަޔާންކުރާ ބައިގައި،
ދައުލަތުން އެދެނީ ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް
ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ މިނިސްޓްރީއާއި މާލޭ ސިޓީ
ކައުންސިލާ ދެމެދު ވެފައިވާ "މާލޭގެ ބިން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރާ ލިޔުން"
2
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކައުންސިލާ ޙަވާލުކުރެވިފައިވާ އުސްފަސްގަނޑު ސަރަޙައްދު އެފަރާތުން ބޭނުންކުރަމުންދަނީ ދެފަރާތު ދެމެދުގައި
ވެވުނު އެއްބަސްވުމާ ޚިލާފަށްކަމަށްވެފައި، އެގަވާއިދުގެ 4 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެމަތިން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެ ދަށަށް އަނބުރާ ގެނައުމަށް ވަޒީރުންގެ
މަޖިލިހުން ނިންމަވައި، އެބިން މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ އެންގުމަށް
މާލޭ ސިޓީ ކައުންސިލުން ފުރިހަމައަށް ޢަމަލުކޮށްފައިނުވާތީ، އެއެންގުމާ އެއްގޮތަށް އެބިން މިނިސްޓްރީއާ
ޙަވާލުކުރުމަށް
ދުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައި ދެއްވައި، އެމޭރުމުން ފައިޞަލް ކުރަނިވި ޙުކުމެއް ނެރުއްވައި
ދެއްވުމަށް ދައުލަތުގެ ފަރާތުން އެދުނުކަން ފާހަގަކުރެވޭކަމެވެ.
ޗެއާ
(ނ) ތިންވަނަ ކަމަކީ، ހުށަހެޅި ދަޢުވާގައި މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައިވަނީ ބިން
ޙަވާލުކުރުމުގެ އެއްބަސްވުމުގެ އަދި "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ
އުންސިލްތަކާއި ޙަވާލުކުރުމުގެ ގަވާއިދު" ގެ ކޮންމާއްދާއަކާކަން ސާފުކޮށް ބުނެފައިނެތުމުން މާލޭ ސިޓީ
ކައުންސިލަށް އެކަށީގެންވާ ގޮތެއްގައި ދިފާޢުވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް
ނަޒަރުކުރިއިރު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1051 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި
14 އޯގަސްޓް 2012 ގައި ދަޢުވާ ލިބުނު ފަރާތްކަމުގައިވާ މާލޭ ސިޓީ ކައުންސިލްގެ ފުރަތަމަ ބަޔާނުގެ 5، 6,
އަދި 7 ވަނަ ނުކުތާގައި މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައިވާ އެއްބަސްވުމުގެ ("މާލޭގެ ބިން މާލޭ
ކައުންސިލާ ޙަވާލުކުރާ ލިޔުން" ގެ) މާއްދާތަކާއި އަދި ޤާނޫނާއި ގަވާއިދުގެ މާއްދާތައް ދައުލަތުން
ތަފްޞީލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އެދިފައިވާކަން
އެނގެން އޮންނަކަމާއި،
މާލޭ ސިޓީ ކައުންސިލްގެ ފަރާތުން، އިސްވެ ފާހަގަކުރެވުނު ނުކުތާ ސިވިލް ކޯޓަށް ހުށަހެޅުމާ
ގުޅިގެން، 2 ސެޕްޓެމްބަރ 2012 ގައި ބޭއްވުނު ސިވިލް ކޯޓުގެ ނަންބަރު 2012/tit
/
Cv
-
C މައިއްޔާގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471)
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
8
2:13HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތުގެ މަޖިލިހުގައި، ދިވެހި ދައުލަތުގެ ފަރާތުން ހުށަހެޅި ފުރަތަމަ ބަޔާނުގެ 5 ވަނަ ނުކުތާގައި "ލޯކަލް
ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ
ގަވާއިދު" ގެ 2 ވަނަ މާއްދާގައިބުނާ މަޤްސަދުތަކާ ޚިލާފަށް ސިޓީ ކައުންސިލުން ޢަމަލުކުރަމުން އަންނަކަމަށް
ބުނެފައިވާކަން ފާހަގަކުރެވޭކަމާއި، އެބަޔާނުގެ 6 ވަނަ ނުކުތާގައި "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ނ) ގެ
(1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރުގައި ބަޔާންކުރެވިފައިވާ ކަންތައްތައް މެދުވެރިވެފައިވާކަން ދައުލަތުގެ
ފަރާތުން ފާހަގަކުރިކަން އެނގެން އޮންނަކަމާއި، އަދި އެބަޔާނުގެ 7 ވަނަ ނުކުތާގައި ދެފަރާތު ދެމެދު ވެވުނު
އެއްބަސްވުމުގެ 4 ވަނަ މާއްދާގައިވާގޮތުން ޤާނޫނާއި ގަވާއިދާ މާލޭ ސިޓީ ކައުންސިލުން ޚިލާފުވެއްޖެނަމަ، މާލޭ
ސިޓީ ކައުންސިލާ ޙަވާލުކުރެވޭ ދައުލަތުގެ ބިންތައް އަނބުރާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަންމަންޓަށް ނުވަތަ ސަރުކާރުން ބިމުގެ ކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާ ވުޒާރާއަކަށް ނެގޭނެކަން
ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގައި
ދައުލަތުގެ
ފަރާތުން ހުށަހެޅި ދަޢުވާގައި މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައިވަނީ ބިން ޙަވާލުކުރުމުގެ އެއްބަސްވުމުގެ އަދި
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ
ޙަވާލުކުރުމުގެ ގަވާއިދު" ގެ ކޮންމާއްދާއަކާކަން ސާފުކޮށް ބުނެފައިނެތުމުން މާލޭ ސިޓީ ކައުންސިލަށް އެކަށީގެންވާ
ގޮތެއްގައި ދިފާޢުވުމުގެ ފުރުޞަތު ގެއްލިފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މިމައްސަލަ
އިސްތިއުނާފުކުރަމުން ބުނެފައިވީނަމަވެސް، އިސްވެ ފާހަގަކުރެވުނު ފަދައިން، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1051 ޤަޟިއްޔާގައި ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބަލާއިރު، ދައުލަތުން
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި މާލޭ ސިޓީ ކައުންސިލުން ޤާނޫނާއި ގަވާއިދާއި އަދި ދެފައްޑު.ދެމެދު ވެވުނު
އެއްބަސްވުމާ ޚިލާފުވާގޮތް ތަފްޞީލުކޮށްދީފައިވާކަން އެނގޭކަމާއި،
xޑތ ތ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
9
2:13HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ވީމާ، މާލޭ ސިޓީ ކައުންސިލްގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މިނުކުތާއަކީ، ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގެ މައްސަލަ
އެކޯޓުން ނިންމަވާފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަލަންޖެހޭފަދަ ނުކުތާއެއް ނުވަތަ ހުއްޖަތެއްނޫންކަމަށް
މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ދައުލަތުގެ ފަރާތުން ހުށަހެޅި ދަޢުވާއަކީ އޭރުގެ މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަޔަރަންމަންޓްއިން ފޮނުވާފައިވާ ނަންބަރު AS1
/
425
/
2012
/
96-138 ސިޓީގައި
ކޮށްފައިވާ އަމުރަށް ކިޔަމަން ނުވެގެން އެސިޓީގައިވާ ކަންކަން ތަންފީޛުކުރުމުގެ ޝަރުޢީ އަމުރެއް ހޯދުމަށް
ކޮށްފައިވާ ދަޢުވާއެއްކަމަށްވާއިރު، ދަޢުވާގައި ބިން ބޭނުންކުރަމުންދަނީ ގަވާއިދާއި ޚިލާފަށްތޯ ބަލާފައިނުވާކަމާއި
އަދި އެކަން ކަނޑައަޅައިދިނުމަށް އެދިފައިނުވިނަމަވެސް، މައްސަލައިގެ ނިންމުމުގައި ބިން ބޭނުންކުރަމުންދަނީ
ގަވާއިދާއި ޚިލާފަށްކަމަށް ކަނޑައަޅުއްވާ ދެއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއަށް ޝަރީޢަތުން ނަޒަރުކުރިއިރު،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 47/HC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ
3 ވަނަ ނުކުތާގެ (ނ) ގައި ޢާއްމު އުޞޫލެއްގެ ގޮތުން ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ މަދަނީ ދަޢުވާތައް
ފައިޞަލާ ކުރުމުގައި ޢަމަލުކުރަމުންދާ ގޮތަކީ، ހުށަހެ:
ހުށަހެޅޭ ދަޢުވާގެ ސީޣާއަށް ބެލުމަށްފަހު، އެހުށަހެޅުނު ދަޢުވާއެއް
ޝަރީޢަތަށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމާއެ ދަޢުވާގައި އެދިފައިވާ ކަންތަކަކީ ކޯޓަށް ސާބިތުވާ
ކަންތައްތަކެއް ކަމުގައިވާނަމަ އެގޮތުގެމަތީން އެދިފައިވާ އެކަންތަކުގެ މައްޗަށް ޙުކުމް ކުރެއްވުންކަމާއި، ހަމަ
އެހެންމެ ދަޢުވާގައި އެދިފައިވާ ކަންކަމަކީ ކޯޓަށް ސާބިތުނުވާ ކަންތައްތަކެއް ކަމުގައި ވެއްޖެނަމަ، ދަޢުވާގައި
އެދިފައިވާ ގޮތަށް ޙުކުމް ކުރެވެން ނެތްކަމަށް ނުވަތަ އެކަންކަން ސާބިތުނުވާކަމަށް ޙުކުމް ކުރެއްވުންކަމާއި،
ސީޣާގައި ނުހިމެނުނު ނަމަވެސް ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާ ވާހަކަތަކުން އެކަމަކީ
ޙުކުމުގައި ހިމަނަންޖެހޭކަމެއް ކަމަށް ޝަރީޢަތަށް ފެނިއްޖެނަމަ އެކަންކުރަނީ އެކަން އެގޮތަށްކުރަން ޖެހުނު
މަސްލަޙަތެއް ނުވަތަ ސަބަބެއް ބަޔާންކުރުމަށްފަހުގައިކަމާއި، ދަޢުވާ ކުރެވިފައިވާ ސީޣާގެ މައްޗަށް ނޫން
މައްޗަށް ޙުކުމް ކުރެވޭނަމަ، އެކަމަކީ ދަޢުވާލިބޭ ފަރާތަށް އެދަޢުވާއިން
ފުރުޞަތު ގެއްލިގެން ހިނގައިދާނެ ސަބަބެއްކަމަށް.." ކަނޑައެޅިފައިވާކަން ފާހަގަކުރެވޭކަމާއި،
މެއެކު
24 2 223/
/34ކރވ
497
AL
2 ތ ލ 204
އަހސކމއޤާ
ދީފައިޓުމެންޓެޝެއި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2:13HC-A/26
2
7
0
2 ހ2
ނނކރ
4ތ ހ 0
22
އެއްބަސްވެ
oxo
0 0
ހުށަހެޅިފައިވާ މައްސަލައިގައި، ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމުގައި ދަޢުވާކުރާ ފަރާތުން
އެދޭގޮތް ބަޔާންކުރާ ބައިގައި، މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރެވިފައިވާ ދަރުބާރުގެ ދެކުނުން ހިއްކާފައިވާ
ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) އެފަރާތުން ރަމުންދަނީ ދެފަރާތު ދެމެދުގައި ވެވުނު
ކަމަށްވެފައި، އަދި "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ
ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ
ގޮތުގެމަތިން އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެ ދަށަށް އަނބުރާ
ގެނައުމަށް ވަޒީރުންގެ މަޖިލިހުން ނިންމައި، އެބިން މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް
އަންގާފައިވާ އެންގުމަށް މާލޭ ސިޓީ ކައުންސިލުން ފުރިހަމައަށް ޢަމަލުކޮށްފައިނުވާތީ، އެއެންގުމާ އެއްގޮތަށް އެބިން
މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައި ދެއްވައި، އެމޭރުމުން ފައިޞަލް ކުރަނިވި
ޙުކުމެއް ނެރުއްވައި ދެއްވުމަށް އެދިފައިވާކަން ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، އިސްވެ ފާހަގަކުރެވިފައިވަ ފަދައިން، ދައުލަތުގެ ފަރާތުން މާލޭ ސިޓީ
ކައުންސިލްގެ މައްޗަށް ސިވިލް ކޯޓަށް ހުށަހެޅި، އިސްތިއުނާފުކުރެވިފައިމިވާ މައްސަލައާ ގުޅިގެން، 13 އޯގަސްޓް
2012 ގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފުރަތަމަ ބަޔާނުގައި މާލޭ ސި
ކައުންސިލުން ޚިލާފުވާ ޤާނޫނާއި ގަވާއިދާއި އަދި ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފުވާ ގޮތް ދައުލަތުގެ
ފަރާތުން ސާފުކޮށް ބުނެދީފައިނުވާކަމަށް ފާހަގަކޮށްފައި އޮތުމުން، ދައުލަތުން ހުށަހެޅި ދަޢުވާ އިރުތަށް
ތަފްޞީލުކުރުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން ޚިލާފުވެފައިވާ ޤާނޫނާއި ގަވާއިދާއި އަދި އެއްބަސްވުމާ
ޚިލާފުވެފައިވާ ގޮތުގެ ތަފްޞީލު ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ދައުލަތުން ސާފުކޮށްދީފައިވާކަން
ފާހަގަކުރެވޭކަމާއި،
އަދި ދައުލަތުގެ ފަރާތުން، އިސްވެ ބުނެވުނު ތަފްޞީލުތައް ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން،
ދައުލަތުގެ ފަރާތުން ހުށަހެޅިކަންކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ޖަވާބުދާރީވެފައިވާކަމާއި، މިގޮތުން 10
އޮކްޓޯބަރ 2012 ގައި "ދަޢުވާގައި ދެފަރާތުން ހުށަހަޅާފައިވާ ބަޔާންތަކަށް ބެ
ގޮތެއްގައި
.
ޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 338471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
11
2:13HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ފާހަގަކުރާކަންކަން" މިސުރުޚީގެ ދަށުން މާލޭ - ކައުންސިލުން ހުށަހެޅި ބަޔާނުގެ 3 ވަނަ ނަންބަރުގެ 1 ވަނަ
ނުކުތާގައި ދަޢުވާގެ ޚުލާސާގަޔާއި، މިކަމާބެހޭގޮތުން މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާގެ
ތަފްޞީލުގައި މާލޭ ސިޓީ ކައުންސިލުން ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، އެޚުލާސާ ބަޔާނުގެ 4 ވަނަ
ނަންބަރުގައި "މި
ނުކުތާއަ
ތާއަށް ޖަވާބު ދެމުން ދަޢުވާކުރާ ފަރާތުން ބުނެފައިވަނީ އެންމެ ކަމެކެވެ. އެއީ ދަޢުވާ ލިބޭ
ފަރާތުން އެއްބަސްވުމާއި ޚިލާފަށް ދަޢުވާގައި ބުނެފައިވާ ބިން ސިޔާސީ ޕާޓީއަކަށް ދީފައިވާކަމަށްބުނެ ފާހަގަކުރި
ނުކުތާއެވެ. އެއިގެ ޖަވާބުގައި ދަޢުވާ ލިބޭ ފަރާތުން ބުނެފައިވަނީ އެއްބަސްވުން ބާޠިލުނުކޮށް ނުވަތަ އެއްބަސްވުން
ބާޠިލުކުރުމަށް ނުއެދި އެއްބަސްވުން ބާޠިލުވެފައިވާކަމަށް ދަޢުވާކުރާ ފަރާތުން ބުނާ ބުނުމެއްގެ މައްޗަށް ބަލައި
މިޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށެވެ. އަދި ދަޢުވާއެއްގައި ފަރުވާ ދެވެންވާނީ ދަޢުވާގައި އެދޭކަންކަމަށް
ކަމަށް ވީހިނދު، މިދަޢުވާގައި އެއްބަސްވުން ބާޠިލުކުރަން އެދިފައިނުވާތީ އެއްބަސްވުން ބާޠިލުވެފައިކަމަށް
މިދަޢުވާގައި ކަނޑައަޅައިނުދެވޭނެކަމަށެވެ" މިހެން ބަޔާންކޮށްފައި އޮންނަކަމާއި، އަދި ދައުލަތުން ތަންފީޛުކުރުމަށް
އެދިފައިވާ އަމުރާ ބެހޭގޮތުން ޝަރުޢީ ނިންމުމެއް ނިންމޭނީވެސް އެމައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް
ރިޢާޔަތްކުރުމަށްފަހުކަން ޚުދު މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސިވިލް ކޯޓުގައި ދައްކާފައިހުރި ވާހަކަތަކުން މާލޭ
ސިޓީ ކައުންސިލުންވެސް އެކަން ޤަބޫލުކުރާކަން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތުމުން،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1051 ޤަޟިއްޔާގެ ދަޢުވާގައި، މާލޭ ސިޓީ
ކައުންސިލްއާ ޙަވާލުކުރެވިފައިވާ "އުސްފަސްގަނޑު ސަރަޙައްދު ބޭނުންކުރަމުންދަނީ ޤާނޫނާއި ގަވާއިދާއި އަދި
ދެފަރާތު ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅުއްވާފައިވަނީ ދައުލަތުންކޮށްފައިވާ ދަޢުވާގެ އިމުގެ
ތެރެއިންކަމަށް ބަލަންޖެހޭކަމާއި، އަދި އެޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމަށްޓަކައި ސިވިލް ކޯޓުން
ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކަކީ އެމޭރުމުން ކަނޑައަޅުއްވާފައިވާ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ
އެއްގޮތް ކަނޑައެޅުއްވުންތަކެއްކަމާއި، މިކަންކަން މިހެން ހުރުމާއެކު، އިސްވެ ބުނެވުނު ޤަޟިއްޔާގެ ޙުކުމަށް
ވާޞިލުވުމަށްޓަކައި ދެފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ދެއްކި ވާހަކަތަކަށް ބިނާކުރައްވަލް)
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
12
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކަކީ ޤާނޫނީ ނުވަތަ
ޝަރުޢީ އުޞޫލުތަކާ ޚިލާފަށް އެކޯޓުން ކަނޑައަޅުއްވާފައިވާ ކަންތައްތަކެއްކަމަށް ބެލެވެން ނެތްކަމެވެ.
9
(ބ) ފަސްވަނަ ކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގެ ދަޢުވާ
ބިނާކޮށްފައިވަނީ 9 މެއި 2012 ގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްއިން
ފޮނުވާފައިވާ ނަންބަރު AS11425
/
2012
/
96-138 ސިޓީއަށް ކަމަށްވާއިރު، އެސިޓީގައި އުސްފަސްގަނޑު
ސަރަޙައްދު މިނިސްޓްރީއަށް ޙަވާލުކުރުމަށް އަންގާފައިވަނީ "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) ގެ
1 ވަނަ ނަންބަރުގެ ދަށުންކަމަށާއި، އަދި އިސްވެ ފާހަގަކުރެވުނު ނަންބަރުގެ ދަށުން ބިން އަނބުރާ ނަގާނަމަ،
ވަޒީރުންގެ މަޖިލިހުން އެކަން ނިންމާފައި އޮންނަންޖެހޭނެކަމަށާއި، އަދި އެނިންމުމެއް ބިނާވާންޖެހޭނީ ސަރުކާރުގެ
ސިޔާސަތުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޤައުމީ ސަލާމަތާއި ގުޅޭ ކަމަކަށް ކަމަށްވީ ހިނދު،
ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގެ ޝަރީޢަތުގައި ދައުލަތުން އިސްވެ ފާހަގަކުރެވުނު
ބީދައިން ނިންމާފައިވާ ވަޒީރުންގެ މަޖިލިހުގެ ނިންމުމެއް ހުށަހަޅާފައިނުވާކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށް ދެއްކި ވާހަކަތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލިހުން ރިޢާޔަތް ކުރިއިރު،
19 ސެޕްޓެމްބަރ 2011 ގައި "މާލޭގެ މާލެ ސިޓީ ކައުންސިލާ ޙަވާލުކުރާ ލިޔުން"
މިސުރުޚީގައި ދެފަރާތު ދެމެދު އެއްބަސްވެވިފައިވާ ގޮތުގެދަށުން، "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ ދަށުން ދައުލަތުގެ
ފަރާތުން މާލޭ ސިޓީ ކައުންސިލަށް ބިން ޙަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަންމަންޓާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިންކަން ފާހަގަކުރެވޭކަމާއި،
ކައުންސިލްއާ ޙަވާލުކުރެވުނު ބިންތައް އެކައުންސިލްއާ ޙަވާލުކުރުމުގައި ކުރެވިފައިވާ
22
22 0
2
40
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
13
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
4 22
20x 04
ہو کر صرف
ކުރެވިފައިވަނީވެސް އެކައުންސިލްއާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްއާ
ދެމެދުކަމާއި،
އަދި، އެބިންތައް މާލޭ ސިޓީ ކައުންސިލްއާ ޙަވާލުކުރުމަށް ފަހުގައިވެސް، އެބިންތަކާ ބެހޭގޮތުން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މާލޭ ސިޓީ ކައުންސިލަށް އުސްފަސްގަނޑު
ސަރައްޙަދުގެ ބޭނުންހިފަމާ ގުޅޭގޮތުން އެތައް ފަހަރެއްގެމަތިން މުޢާމަލާތްކުރެވި
މުޢާމަލާތްކުރެވިފައިވާކަން ފާހަގަކުރެވޭކަމާއި،
އެގޮތުން، 19 މާރޗް 2012 ގައާއި، 28 މާރޗް 2012 ގައާއި، އަދި 18 އޭޕްރިލް 2012 ގައި އޭރުގެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްއިން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ
ސިޓީތަކުގައި، އުސްފަސްގަނޑު ސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭނާ އެއްގޮތަށް އެތަން ބޭނުން ކުރުމަށް ބާރު
އަޅާފައިވާކަމާއި، އަދި ޤާނޫނާ ގަވާއިދާ ގޮތުގެމަތިން ސިޓީ ކައުންސިލުން ޢަމަލުކުރުމަށް ތަކުރާރުކޮށް
އަންގާފައިވާކަން ފާހަގަކުރެވެން އޮންނަކަމާއި،
އެހެންނަމަވެސް މާލޭ ސިޓީ ކައުންސިލްއާ ޙަވާލުކޮށްފައިވާ ބިމުގެ ދަފްތަރުން އުސްފަސްގަނޑު
ސަރަޙައްދު އުނިކޮށްފައިވާކަމަށް އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން އެންގީ
އެމިނިސްޓްރީން 9 މެއި 2012 ގައި މާލޭ ސިޓީ ކައުންސިލަށް ފޮނުވި ނަންބަރު AS11425
/
2012
/
96-138
ސިޓީންކަން އެނގެން އޮންނަކަމާއި، އަދި އެސިޓީގައި އުސްފަސްގަނޑު ސަރަޙައްދު އެމިނިސްޓްރީގެ ބެލުމުގެ
ދަށަށް އަނބުރާ ގެންނަން ނިންމި ސަބަބުކަމަށް ބަޔާންކޮށްފައިވަނީ "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) ގެ
1 ވަނަ ނަންބަރުގެ ދަށުން މިނިސްޓްރީގެ ބެލުމުގެ ދަށަށް އެބިން ގެނައުމަށް ވަޒީރުންގެ މަޖިލިހުން 8 މެއި
2012 ގައި ނިންމާފައިވާތީކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އިސްވެ ޙަވާލާދެވުނު ވަޒީރުންގެ މަޖިލިހުގެ ނިންމުން، އެސިޓީ ފޮނުވިއިރު، އޭރުގެ މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިނުވާކަމަށް މާލޭ ސިޓީ
ކައުންސިލްގެ ފަރާތުން ބުނެފައިވާއިރު، އިސްވެފާހަގަކުރެވުނު ފަދައިން، "މާލޭގެ
ކައުންސިލާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: A71/:33)
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
4ންވެ59ނ
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2:13HC-A/26
ޙަވާލުކުރާ ލިޔުން" މިސުރުޚީގައި ދެފަރާތު ދެމެދު އެއްބަސްވެވިފައިވާ ގޮތުގެދަށުން، ދައުލަތުގެ ފަރާތުން މާލޭ
ސިޓީ ކައުންސިލަށް ބިން ޙަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓާއި
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއިންކަމަށް ވެފައި، އަދި ފާހަގަކުރެވުނު އެއްބަސްވުމުގެ ދަށުން
ޙަވާލުކުރެވިފައިވާ ބިންތަކާ ގުޅޭގޮތުން ދައުލަތުގެ ފަރާތުން މާލޭ ސިޓީ ކައުންސިލާ މުޢާމަލާތްކޮށްފައިވަނީވެސް
އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުންކަން އެނގެން އޮތްއިރު، އަދި 8 މެއި 2012
ގައި ބޭއްވުނު ވަޒީރުންގެ މަޖިލިހުން ނިންމާފައިވަނީ މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ބިންތަކުގެ
ދަފްތަރުން ދަރުބާރުގެ ދެކުނުން ހިއްކާފައި އޮތް ސަރަޙައްދު (އުސްފަސްގަނޑު ސަރަޙައްދު) އުނިކޮށް އެތަން
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓްގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ބަޔާންކޮށް، 9 މެއި
2012 ގައި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މާލޭ ސިޓީ ކައުންސިލަށް
ފޮނުވާފައިވާ ނަންބަރު AS1
/
425
/
2012
/
96-138 ސިޓީއަކީ ސަރުކާރުގެ ތައްގަނޑު ޖަހައި، އެމިނިސްޓްރީގެ
ވަޒީރު ސޮއިކޮށް ފޮނުވާފައިވާ ސިޓީއެއްކަމަށްވީހިނދު، އަދި ދައުލަތުން އެމައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ
ކުރިން، ވަޒީރުންގެ މަޖިލިހުން އެފަދަ ނިންމުމެއް ނިންމާފައިވާކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް މާލޭ ސިޓީ
ކައުންސިލުން ލިޔެގެން ސާފުކުރަން އުޅުނުކަން މާލޭ ސިޓީ ކައުންސިލަށް ސާބިތުކޮށްދެވިފައިނުވާއިރު، އޭރުގެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން 9 މެއި 2012 ގައި މާލޭ ސިޓީ ކައުންސިލަށް ފޮނުވި
ނަންބަރު AS1
/
425
/
2012
/
96-138 ސިޓީގައި ވަޒީރުންގެ މަޖިލިހުން އެސިޓީގައި ބަޔާންކޮށްފައިވާ ފަދަ
ނިންމުމެއް ނިންމާފައިވާކަން އެންގުމުން، އެއެންގުމަކީ ދައުލަތުގެ ރަސްމީ ފަރާތަކުން އަންގާފައިވާ
މާލޭ ސިޓީ ކައުންސިލުން ބަލައިގަންނަންޖެހޭނެކަމާއި، އަދި މިފަދަ އެންގުންތައް އަންގާއިރު، އެސީޓީއާ އެކު
ވަޒީރުންގެ މަޖިލިހުގެ ނިންމުމުގެ ކޮޕީއެއް މިނިސްޓްރީން ފޮނުވަންޖެހޭނެކަމަށް ޤާނޫނީ ނުވަތަކެއްބޭކާރުޢީ 7
ލާޒިމްކުރާ ހުއްޖަތްތަކެއް މާލޭ ސިޓީ ކައުންސިލަށް ދެއްކިފައިނުވާކަމާއި،
އަދި، މިމައްސަލާގައި ހިމެނޭ، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް
ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" އަށް ބަލާއިރު، އެ ގަވާއިދާ އެއްގޮތްވާ
40x3
2&
2.
9ވ
ގޮތުން
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
6 0-
E
15
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2:13HC-A/26
ގޮތުގެމަތިން ކައުންސިލްތަކަށް ދޫކުރެވިފައިވާ ބިންތައް އަނބުރާ ނެގޭނެ ޙާލަތުތައް އެގަވާއިދުގެ 4 ވަނަ މާއްދާގެ
(ށ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެއިންކަމެއް މެދުވެރިވެއްޖެނަމަ، އެގަވާއިދުގެ ދަށުން ކައުންސިލާ
ޙަވާލުކުރެވިފައިވާ ބިމެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭނެކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާއިރު، އަދި
މާލޭ ލޭ ސިޓީ ކައުންސިލްއާ ޙަވާލުކުރެވޭ ބިމާ ބެހޭގޮތުން ޤާނޫނާ ގަވާއިދާ އެކައުންސިލުން ޚިލާފުވެއްޖެނަމަ، މާލޭ
ސިޓީ ކައުންސިލާ ޙަވާލުކުރެވޭ ދައުލަތުގެ ބިންތައް އަންބުރާ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
އެންވަޔަރަންމަންޓުގެ ނުވަތަ ސަރުކާރުން އެކަންތައްތައް ބެލެހެއްޓުމަށް ކަނޑައަޅާ ވުޒާރާއަކަށް ނެގޭނެކަމަށް
"މާލޭގެ ބިން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރާ ލިޔުން" ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަން
ފާހަގަ
ހަގަކުރެވޭކަމާއި،
މިގޮތުން ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ
ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) އަށް ބަލާއިރު، 5 (ފަހެއް)
ޙާލަތެއްގައި، ސިޓީ ކައުންސިލްތަކަށް ދޫކޮށްފައިވާ ދައުލަތުގެ ބިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިދާނެކަން
ފާހަގަކުރެވޭކަމާއި، އެއީ:
ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އިޤްތިޞާދީ، އިޖްތިމާޢީ އަދި ޤައުމީ
ސަލާމަތާގުޅޭ ކަމަކަށް ދައުލަތުގެ ބިން އަދި/ނުވަތަ ދައުލަތުގެ ބިން ހިމެނޭ ސަރަޙައްދު
ބޭނުންވާކަމަށް ވަޒީރުންގެ މަޖިލިހުން ނިންމުން، އަދި
2. ކައުންސިލްތަކަށް ޙަވާލުކުރެވޭ ދައުލަތުގެ ބިމާ ގުޅޭގޮތުން ސަރުކާރަށް އަދާކުރަންޖެހޭ
1. ސަރުކާރުގެ
ފީއެއް، ކުއްޔެއް، ޓެކުހެއް އަދި މިނޫންވެސް ފައިސާއެއް އަދާނުކުރުން؛ އަދި
3. ދައުލަތުގެ ބިމުގެ ބޭނުން ޤާނޫނާ ގަވާއިދާ ޚިލާފަށް ކުރުން، އަދި
oeco
4. ސަރުކާރުގެ ސިޔާސަތާއި، ދައުލަތުގެ ބިން ހިމެނޭ ސަރަޙައްދުގެ ލޭންޑް ޔޫސް
ނުކުރެވޭނޭ ގޮތަށް ކައުންސިލުން ޢަމަލުކުރުން، އަދި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
16
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދި
ބަޔާންކޮށް، މިކަ
5. ދައުލަތުގެ ބިން ހިމެނޭ ސަރަޙައްދުގައި ހިންގާ ސަރުކާރުގެ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި
ތަރައްޤީގެ އެކިއެކި ޕްރޮގްރާމްތަކަށް ކައުންސިލުން ރިޢާޔަތް ނުކުރުން:
ކަމާއި، އަދި ބުނެވުނު ޙާލަތުންކުރެ ޙާލަތެއް އޮތްނަމަ ކައުންސިލުން ބިން ވަކިކުރެވޭނީ ޝަރީޢަތް
މެދުވެރިކޮށްކަމަށް "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް
ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގައިވެސް އަދި "މާލޭގެ ބިން މާލޭ ސިޓީ ކައުންސިލާ ޙަވާލުކުރާ ލިޔުން"
ގައިވެސް ބަޔާންކޮށްފައިނުވުމާއެކު، އިސްވެފާހަގަކުރެވިފައިވާ ޙާލަތެއް އޮތްކަމަށް، ދައުލަތަށް ފެނިއްޖެނަމަ، އެކަމެއް
މިނިސްޓްރީން ކައުންސިލަށް އަންގާ އެންގުމަކުން، "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ ދަށުން އެބިމެއް
ކައުންސިލުން ވަކިކޮށް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭނެކަމަށް ޤަބޫލުކުރެވޭކަމާއި، އަދި މީގެއިތުރުން،
އެގަވާއިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 1 ފިޔަވާ ދެންހުރި ނަންބަރުތަކުގެ ތެރެއިން ނަންބަރެއްގެ ދަށުން
ކައުންސިލަށް ދޫކޮށްފައިވާ ބިމެއް ދައުލަތަށް އަނބުރާ ނެގުމުގައި، ވަޒީރުންގެ މަޖިލިހުގެ ނިންމުމެއް
ނެތްނަމަވެސް، އެއަކުރުތަކުގައި ބަޔާންކޮށްފައިވާ ޙާލަތުތަކުގައި، ކައުންސިލްތަކާ ޙަވާލުކުރެވިފައިވާ ބިންތައް
ބެލުމުގެ ދަށަށް ގެނައުމުގެ ބާރު އެގަވާއިދުގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާކަން
ފާހަގަކުރެވޭކަމާއި،
އެހެންނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ
ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ
ދަށުން، ކައުންސިލްތަކާ ޙަވާލުކުރެވިފައިވާ ބިމެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭނީ، އެބިމެއް ސަރުކާރަށް
ނަގަން ނިންމާފައިވަނީ، އެ ނަންބަރުގައި ބަޔާންކޮށްފައިވާ ވަކި ޚާއްސަ ސަބަބެއް ނުވަތަ ސަބަބުތަކެއް
އޮވެގެންކަމަށް ވީއިރު، ދައުލަތުގެ ފަރާތުން އެފަދަ އެންގުމެއް، "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ
ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4
މިނިސްޓްރީގެ
2
ގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
17
2:13HC-A/26
އެންވަޔަރަންމަންޓްގެ
oc
ފާހަގަކޮށްފައި ވީނަމަވެސް، ސިވިލް ކޯޓުން ވަޒީރުންގެ މަޖިލިހުގެ އެނިންމުން ހޯއްދަވާފައިނުވޭބާޓް ހައިކޯހާ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
(1) ވަނަ ނަންބަރުގެ ދަށުން އަންގާއިރު، އެނަންބަރުގައި ބުނާ ސަބަބުތަކުގެ ތެރެއިން ވަޒީރުންގެ މަޖިލިހުން
އެބިން ނަގަން ނިންމި ސަބަބު ނުވަތަ ސަބަބުތައް ސާފުކޮށް އެސިޓީގައި ބަޔާންކުރެވިފައި އޮންނަން ޖެހޭނެކަ ،
އަދި ދައުލަތުގެ ފަރާތުން އެޤަޟިއްޔާގައިކޮށްފައިވާ ދަޢުވާގައި މާލޭ ސިޓީ ކައުންސިލްގެ
ފަރާތުންކޮށްފައިވާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ފާހަގަކޮށްފައިވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1051 ޤަޟިއްޔާގެ ދަޢުވާ ނުވަތަ މައްސަލަ ހުށަހަޅާ ފޯމުގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ،
އުސްފަސްގަނޑު ސަރަޙައްދު މާލޭ ސިޓީ ކައުންސިލުން ބޭނުންކުރަމު
ކުރަމުންދަނީ ދެފަރާތު ދެމެދުގައި ވެވުނު
އެއްބަސްވުމާ ޚިލާފަށްކަމަށްވެފައި، "ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ
ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ
ގަވާއިދު" ގެ
4 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ
ގޮތުގެމަތިން އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
ބެލުމުގެ ދަށަށް އަނބުރާ
ގެނައުމަށް ވަޒީރުންގެ މަޖިލިހުން ނިންމަވައި، އެބިން މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް
އަންގާފައިވާ .ގުމަށް މާލޭ ސިޓީ ކައުންސިލުން ފުރިހަމައަށް ޢަމަލުކޮށްފައިނުވާތީ، އެއެންގުމާ އެއްގޮތަށް އެބިން
މިނިސްޓްރީއާ ޙަވާލުކުރުމަށް މާލޭ ސިޓީ ކައުންސިލަށް އަންގަވައިދެއްވުންކަމަށް
މަށްވީ ހިނދު، އަދި ދައުލަތުގެ
ފަރާތުން މަދަނީ ކޯޓުގައި އެދިފައިވާ ގޮތުގައި ބަޔާންކޮށްފައިވާ "އަންގާފައިވާ އެންގުން" މާލޭ ސިޓީ ކައުންސިލަށް
އަންގާފައިވަނީ އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަ
ޔަރަންމަންޓުން މާލޭ ސިޓީ ކައުންސިލަށް
ފޮނުވާފައިވާ ނަންބަރު AS1
/
42512012196-138 ސިޓީއިންކަމަށް ވީހިނދު، އަދި ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1051 ޤަޟިއްޔާގެ ޝަރީޢަތް ފެށުމުން، އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް
ކުރަންމަންޓުން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ނަންބަރު AS1
/
425
/
2012
/
96-138 ސިޓީ
އެނިންމުމެއްގެ މައްޗަށް ބިނާކޮށްފައިވާ، 8 މެއި 2012 ގެ ވަޒީރުންގެ މަޖިލިހުގެ ނިންމުމަށް މައުލޫޢީގޮތުން
ރިޢާޔަތް ކުރަންޖެހޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބުނެވުނު ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
އޮންނަކަމާއި،
22 2ދ
އނ23ނ
ދި 2c
0 ފ ދ ތ ތ 8
,19ރ
ގެން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
18
2:13HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
042
އަދި، ސިވިލް ކޯޓުން އެމައްސަލަ ނިންމަވައިދެއްވުމުގައި ދައުލަތުން އެދޭގޮތުގެ އަސާސަކީ 9
މެއި 2012 ގައި ފޮނުވުނު ނަންބަރު A1
/
425
/
2012
/
96-138 ސިޓީގައިވާ އަމުރު ތަންފީޛުކުރުންކަން
އެނގޭއިރު، އަދި އެސިޓީ އެނިންމުމެއްގެ މައްޗަށް ބިނާކޮށްފައިވާ، ވަޒީރުންގެ މަޖިލިހުގެ ނިންމުމަށް މައުލޫޢީގޮތުން
ރިޢާޔަތް ކުރަންޖެހޭނެކަމަށް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ބުނެވުނު ޤާޟިއްޔާގެ ޝަރީޢަތުގެ މަޖިލިހުގައި
ފާހަގަކޮށްފައިވާއިރު، ދައުލަތުން އެދިފައިވާގޮތަށް އެއެންގުން ތަންފީޛުކުރުމަށްޓަކައި ކޯޓުން އަމުރެއް ނެރުއްވުމުގެ
ކުރިން ނުވަތަ އެމޭރުމުން ޙުކުމެއް ކުރެއްވުމުގެ ކުރިން، މާލޭ ސިޓީ ކައުންސިލުން ސިވިލް ކޯޓުގައި ފާހަގަކުރި
ބައެއް ނުކުތާތަކާ ގުޅިގެން، ވަޒީރުންގެ މަޖިލިހުގެ އެނިންމުމާމެދު މައުލޫޢީގޮތުން ވާހަކަ ދެއްކުމަށް މައްސަލައިގެ
ދެޚަޞްމުންނަށް އެކަށީގެންވާ ފުރުޞަތެއް ލިބިދެވެންޖެހޭނެކަމާއި،
އަދި، ދައުލަތުންކޮށްފައިވާ ދަޢުވާގައި އިޝާރާތްކޮށްފައިވަނީ ޖުމްލަކޮށް "ލޯކަލް ކައުންސިލްތަކުގެ
އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4
ވަނަ މާއްދާގެ (ށ) އަށް ކަމަށްވީނަމަވެސް، އަދި އެމާއްދާގެ ދަށުން ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުންތަކަކީ ދަޢުވާގެ ސީޝޯގައިވާގޮތަށް ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުންތަކެއް ކަމުގައި ވީނަމަވެސް،
އެމައްސަލަ ނިންމެވުމަށް ދައުލަތުން އެދިފައިވާގޮތުގައި، 9 މެއި 2012 ގައި އޭރުގެ
މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ފޮނުވި ނަންބަރު AS1
/
425
/
2012
/
96-138 ސިޓީއަށް ޙަވާލާދީ
އެދަޢުވާގެ ސީޕޯއަށްވުރެ ދައުލަތުން އެދޭގޮތް ހަނިކޮށްފައިވާއިރު، އަދި ފާހަގަކުރެވުނު ސިޓީގައި މާލޭ ސިޓީ
ކައުންސިލްގެ ބިމުގެ ދަފްތަރުން އުސްފަސްގަނޑު ސަރަޙައްދު ވަކިކޮށްފައިވަނީ ލޯކަލް ކައުންސިލްތަކުގެ
އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4
ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުންކަން އެނގެން އޮންނައިރު، އަދި އެމާއްދާގައި ގައި ކައުންސިލްތަކާ
ޙަވާލުކުރެވޭ ދައުލަތުގެ ބިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެއުމަށް ނިންމޭނެ ވަކި ޙާއްސަ ސަބަބުތަކެއް
ބަޔާންކުރެވިފައިވާއިރު، އެމާއްދާގެ ދަށުން ވަޒީރުންގެ މަޖިލިހުން ބިމެއް ނެގުމަށް ނިންމައިފިނަމަ، އެނިންމުން
ބިނާވާންޖެހޭނީ އެއިން ސަބަބެއްގެ މައްޗަށްކަމާއި، މިގޮތުން އެ މައްދާގެ ދަށުން ނިންމާ
އިއް:8 ޚަ
4 0x
2 4 2 2 0.
ދޫކޮށްފައެވެ
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;
19
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
2:13HC-A/26
4 224 0
ބިނާވާންޖެހޭނީ އިޤްތިޞާދީ، އިޖްތިމާޢީ ނުވަތަ ޤައުމީ ސަލާމަތާގުޅޭ ސަބަބެއްގެ މައްޗަށްކަން އެނގެން
އޮންނަކަމާއި،
އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1051 ޤަޟިއްޔާގައި ދައުލަތުން
އެދިފައިވާގޮތަށް އަމުރެއް ނެރެއް
ހެއްދެވުމުގައި ނުވަތަ އެމޭރުމުން ޙުކުމެއް ކުރެއްވުމުގައި، ސިވިލް ކޯޓުން އެމައްސަލަ
ނިންމެވުމުގެ ކުރިން، ވަޒީރުންގެ މަޖިލިހުގެ އެނިންމުމަށް ރިޢާޔަތް ކުރައްވަން ޖެހިވަޑައިގަންނަވާކަމަށް
މިމައްސަލަބެލި ފަނޑިޔާރުންނަށް އިއްތިފާޤުވެވުނުކަމާއި، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1051
ޤަޟިއްޔާގައި ޤާނޫނާއި ގަވާއިދާ ޚިލާފަށް އަދި މާލޭ ސިޓީ ކައުންސިލާއި އޭރުގެ މިނިސްޓްރީ އޮފް ހައުސިންގ
އެންޑް އެންވަޔަރަންމަންޓާ ދެމެދު ވެވުނު އެއްބަސްވުމާ ޚިލާފަށް މާލޭ ސިޓީ ކައުންސިލުން ކުޅު ޢަމަލުތައް
ކަނޑައަޅުއްވާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށްކަމަށް ވީނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު
2012/Cv-C/1051 ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ދައުލަތުގެ ފަރާތުން އެދިފައިވަނީ އޭރުގެ މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ފޮނުވި ނަންބަރު 1425/2012/96
AS1-138 ސިޓީގައި
އެމިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ އެންގުން ތަންފީޛުކުރުމުގެ އަމުރަކަށް ނުވަތަ ޙުކުމަކަށް
ވީއިރު، އަދި އެސިޓީން މާލޭ ސިޓީ ކައުންސިލުން ވަކިކުރިކަމަށް އެކައުންސިލަށް އެންގި ބިން ވަކިކޮށްފައިވަނީ
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ
ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުންކަމަށްވީއިރު، އަދި އިސްވެ ފާހަގަކުރެވުނު
ފަދައިން އެމާއްދާގެ ދަށުން، ކައުންސިލަކަށް ދައުލަތުން ދޫކޮށްފައިވާ ބިމެއް އެކައުންސިލަކުން ވަކިކުރެވޭނީ ވަކި
ޙާއްސަ ސަބަބުތަކެއް ވުޖޫދުގައިވާނަމަކަމަށްވީނަމަވެސް، އެސިޓީން މާލޭ ސިޓީ ކައުންސިލުން ވަކިކުރިކަމަށް
އެކައުންސިލަށް އެންގި ބިން ވަކިކޮށްފައިވަނީ އެމާއްދާގައި ބަޔާންކުރާ ސަބަބެއް އޮވެގެންތޯ ކަށަވަރުކުރުމަށްޓަކައި،
އެސިޓީ އޭގެމައްޗަށް ބިނާވެފައިވާ، 8 މެއި 2012 ގެ ވަޒީރުންގެ މަޖިލިހުގެ ނިންމުމަށް އެކޯޓުން ރިޢާޔަތް
ނުކުރައްވައި، ދައުލަތުން އެދިފައިވާ ގޮތަށް އަމުރެއް ނެރެދެއްވާފައިވަނީ ނުވަތަ އެމޭރުމުން ޙުކުމް ކުރައްވާފައިވަނީ
މިމައްސަލަ ބެލުމުގައި ޝަރީޢަތުން ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
20
2013/HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ހުރިހާ ފަނޑިޔާރުންނަށް އެއްބަސްވެވުމުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1051 ޤަޟިއްޔާގައި ދިވެހި ދައުލަތުންކޮށްފައިވާ ދަޢުވާގައިވާގޮތަށް އަދި އެމައްސަލައިގެ
ޚަޞްމުން ޝަރީޢަތުގެ މަޖިލިހުގައި ދެއްކިވާހަކަތަކަށް ބިނާކުރައްވައި ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވާ
ކަނޑައެޅުއްވުންތަކަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ނިންމަވާފައިވާ ރަނގަޅު ނިންމެވުންތަކެއް
ކަމުގައި ވީނަމަވެސް، ދިވެހި ދައުލަތުން އެމައްސަލަ ނިންމަވައިދެއްވުމަށް އެދިފައިވާ ގޮތަކީ ދިވެހި
ދައުލަތުންކޮށްފައިވާ ދަޢުވާއަށް ވުރެ ހަނިކުރެވިފައިވާ، 9 މެއި 2012 ގައި ފޮނުވުނު ނަންބަރު
AS1
/
425
/
2012
/
96-138 ސިޓީގައިވާ އަމުރު ތަންފީޛުކުރުންކަމުގައިވާއިރު، އަދި އެސިޓީން މާލޭ ސިޓީ
ކައުންސިލުން ވަކިކުރިކަމަށް އެކައުންސިލަށް އެންގި ބިން ވަކިކޮށްފައިވަނީ "ލޯކަލް ކައުންސިލްތަކުގެ
އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ޙަވާލުކުރުމުގެ ގަވާއިދު" ގެ 4
ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުންކަމަށްވީއިރު، އަދި ކައުންސިލަކަށް ދައުލަތުން ދޫކޮށްފައިވާ ބިމެއް،
ލޯކަލް ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަޙައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ
ޙަވާލުކުރުމުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން، އެކައުންސިލަކުން ވަކިކުރެވޭނީ ވަކި
ޙާއްސަ ސަބަބުތަކެއް ވުޖޫދުގައިވާނަމަކަމަށް ވީނަމަވެސް، އެސިޓީން މާލޭ ސިޓީ ކައުންސިލުން ވަކިކުރިކަމަށް
އެކައުންސިލަށް އެންގި ބިން ވަކިކޮށްފައިވަނީ އެމާއްދާގައި ބަޔާންކުރާ ސަބަބެއް
ކަށަވަރުކުރުމަށްޓަކައި، އެސިޓީގައި ޙަވާލާދެވިފައިވާ 9 މެއި 2012 ގެ ވަޒީރުންގެ
ޝަރީޢަތުގެ މަޖިލިހުން ރިޢާޔަތްކުރައްވައި މައުޟޫޢީގޮތުން ބައްލަވާފައިނުވާތީ، އަދި އެމައްސަލައިގަ
2x
2 ބ2
33ނތް
ތ9
1
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް www.highcourt.gov.mv
21
2:13HC-A/26
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
އެދުނުގޮތަށް މައްސަލަ ނިންމެވުމުގެ ކުރިން، އިސްވެ ފާހަގަކުރެވުނު ލިޔުމާގުޅޭ ގޮތުން މައްސަލައިގެ
ދެޚަޞްމުންގެ ބަހެއް ހޯއްދަވާފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1051 ޤަޟިއްޔާގައި
ކުރައްވާފައިވާ ޙުކުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ އެއްގޮތަށް ކުރައްވާފައިވާ ޙުކުމެއްކަމަށް ނުފެންނާތީ،
އެޙުކުމް ބާޠިލުކަމަށް މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބްސައިޓް: www.highcourt.gov.mv
;