ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/132 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ
2013/HC-A/132
ދެލި
#
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އިކާޓް
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 132/HC
-
A/2013
އިސްތިއުނާފް ކުރިފަރާތް:
* ނަން: ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ވަލީކު: އަލްއުސްތާޛާ ޙާފިޒާ ޢަބްދުއްސައްތާރު
ދާއިމީ އެޑްރެސް: ވެލާނާގެ 87 ވަނަ ފަންގިފިލާ
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޖަމީލާ ޢަބްދު
އައިޑީ ކާޑު ނަންބަރު: A134562
ދާއިމީ އެޑްރެސް: ތުނޑި، ފެއަރީ ގާރޑަންاލ. ގަން
0
• ރަޖިސްޓްރީކުރެވުނު ތާރީޚް: 4 ޖުމާދަ
4 ޖުމާދަލްއާޚިރާ 1434
14 އެޕްރީލް 2013
ނިމުނު ތާރީޚް: 10 ރަބީޢުލްއާޚިރު 1435
10 ފެބްރުއަރީ 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު
ނަންބަރު: 2011/265
/
06MC
-
TS
ޤަޟިއްޔާގެ ބާވަތް: ސުނާމީ ބޯހިޔާވަހިކަން ހޯދުން (އިތުރު ގެއެއް ހޯދުން)
ނިންމެވި ކޯޓް: ލ. ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ އަވަށު ސެކްޝަން
ހުށަހެޅުނު ތާރީޚް: 30 އޮކްޓޫބަރު 2011 ނިމުނު ތާރީޚް: 20 ޖޫން 2012
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ، ފަނޑިޔާރު
އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/132
2 ޤަޟިއްޔާ ނިމުނު "
و جری معلمي مب
ދަޢުވާގެ ޚުލާޞާ
02 0 0
މިއީ،
ގަމު މެޖިސްޓްރޭޓް ކޯޓު/ތުނޑީ ސެކްޝަންގެ ނަންބަރު
2011
/
265/06MC
-
TS ޤަޟިއްޔާ އެކޯޓުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު ކޮށްދިނުންއެދި ދައުލަތް (އެޓަރނީ ޖެނެރަލްގެ އޮފީސް)
ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި،
މައްސަލަ ރައްދުވާ ފަރާތަކީ ޖަމީލާ ޢަބްދުﷲ، ލ. ގަން ތުނޑި، ފެއަރީ ގާރޑަން (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A134562) އެވެ. އަދި މިމައްސަލާގައި ތަދައްޚުލްވުމުގެ ފުރުސަތު، ލ. ގަމު
މެޖިސްޓްރޭޓް ކޯޓު(ތުނޑީ ސެކްޝަންގެ ނަންބަރު 2011
/
265/O6MC
-
TS) ޤަޟިއްޔާގައި
ދަޢުވާލިބުނު ހައްދުންމަތީ އަތޮޅު ކައުންސިލަށް، ދިވެހިރާއްޖޭގެ ހައިކޯޓުން ދިނުމުން އެކައުންސިލުގެ
ފަރާތުން ވަނީ މިމައްސަލާގައި ތަދައްޚުލްވެފައެވެ.
.....
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ލ. ގަމު މެޖިސްޓްރޭޓު ކޯޓު ތުނޑީ ސެކްޝަންގެ
ނަންބަރު 2011
/
265/26MC
-
TS ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ، 26 ޑިސެމްބަރު 2004
ދުވަހުގެ ސުނާމީ ކާރިޘާއާ ގުޅިގެން ލ. މުންޑޫއާއި ލ. ކަޅައިދޫން ލ. ގަމަށް ދިރިއުޅުން ބަދަލުކުރަން
އެދޭ ފަރާތްތަކަށް ކުރިއަށްވުރެ ރަގަޅު ބޯހިޔާވަހިކަމެއް ހޯދައިދިނުމަށްޓަކައި ފްރެންޗް ރެޑްކްރޮސްއާއި
ސަރުކާރާއި ގުޅިގެން ލ. ގަމުގައި އަލަށް އާބާދުވާ ސަރަޙައްދުގެ ނަމުގައި ތަނެއް ހަދައި އެތަނުގައި
އިމާރާތްކުރި 240 ގެ، ގަމަށް ދިރިއުޅުން ބަދަލުކުރި އައިލާތަކަށް ބަލާ 1 (އެކެއް) ގެ
އާއިލާތަކަށް 1(އެކެއް) ގެ 2 (ދޭއް) ގެ ދޫކުރާވަރުގެ އާއިލާތަކަށް ދެ ގެ ދޫކުރުމަށް ވަކި މިންގަޑެ
2232 ދ
ترا ترور کر
ދިވެހިރާއްޖެ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/132
گمرکی
ދެވެ
3 ޤަޟިއްޔާ ނިމުނު "
ކަނޑައަޅާ އެ މިންގަޑަށް ފެތޭ ފަރާތްތަކަށް (އާއިލަތަކަށް) ގެ ދޫކުރިއިރު، އެއިރުވެސް ލ. މުންޑޫ
2
ރީތިގަސްދޮށުގޭ އާއިލާއަކީ 2 (ދޭއް) ގެ ދޫކުރުމުގައި ބަލާ މިންގަޑުގެ ތެރެއަށް ފެތޭ އެކަމަކު 2 (ދޭއް) ގެ
ދޫނުކޮށް، އާއިލާއެއް ކަމަށްބުނެ 2 (ދޭއް) ވަނަ ގެ ދޫނުކޮށްވާ ސަބަބު އިސްލާމީ ޝަރީޢަތުން
ބަލައިދެއްވުމަށްފަހު 2 (ދޭއް) ވަނަ ގެ ޝަރީޢަތް މެދުވެރިވެގެން ލިބޭނެގޮތް ހަދައިދިނުމަށްއެދި، ކުރިން
ލ. އަތޮޅު އޮފީސް މިހާރު ލ. އަތޮޅު ކައުންސިލް އިދާރާގެ މައްޗަށް ޖަމީލާ ޢަބްދުﷲ ލ. ގަން(ތުނޑި،
ފެއަރީ ގާރޑަން) ގެ ފަރާތުން ދަޢުވާކުރުމުން ލ. ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްޝަނުން ބައްލަވާ
ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
OU OO
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "26 ޑިސެމްބަރ 2004 ދުވަހުގެ ސުނާމީ
ކާރިޘާގައި ހާލުގައި ޖެހުނު ފަރާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހި ސަރުކާރުން
ފްރެންޗް ރެޑްކްރޮސްގެ އެޙީގައި ހައްދުންމަތީ ގަމުގައި ޢިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން ލ. މުންޑޫ
ރީތިގަސްދޮށުގޭ އައިލާއަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ރީތިގަސްދޮށުގޭ ނަމުގައި މިހާރު ދީފައިވާ ގޭގެ
އިތުރުން އައި 1 (އެކެއް) ގެ ދޭންޖެހޭނެކަން ޝަރުޢީ އަދި ޤާނޫނީ ހަމަތަކުން ބަލާއިރު ޝަރީއަތަށް
ޘާބިތުވަތީ 26 ޑިސެމްބަރ 2004 ސުނާމީ ކާރިޘާގައި ހާލުގައިޖެހުނު ފަރާތްތަކަށް ބޯހިޔާވަހިކަން
ފޯރުކޮށް ދިނުމުގެގޮތުން ދިވެހި ސަރުކާރުން ފްރެންޗް ރެޑްކްރޮސްގެ އެހީގައި ހައްދުންމަތީ ގަމުގައި
އިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން މިހާރު ދޫނުކޮށްހުރި ގެތަކުން އަދި 01 (އެކެއް) ގެ
ރީތިގަސްދޮށުގޭ އާއިލައަށް ބޮހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ދޭންޖެހިއްޖެކަމަށް ކަނޑައަޅައި އިސްވެ
ބަޔާންކުރެވުނު ލ. މުންޑޫ ރީތިގަސްދޮށުގޭގެ މިލްކުވެރި ފަރާތްކަމަށްވާ އެގޭ އަބްދުއްސަމަދު ޙުސައިން
މިހާރު ނިޔާވެފައިވުމާއެކު އަލްމަރުޙޫމް ޢަބްދުއްސަމަދު ޙުސައިން ނިޔާވިއިރު ދުނިޔޭގައިހުރި ހަމައެކަނި
އަނބި އަދި މިރީތިގަސްދޮށުގެއިން ބޯހިޔާވަހިކަން ލިބެންޖެހޭ އަލްމަރުޙޫމް ޢަބްދުއްސަމަދު އާއި މި ޖަމީލާ
ޢަބްދުﷲ އާއި ދެމީހުންގެ 10 (ދިހައެއް) ދަރިންގެ މަންނަ މީޤާޟިއްޔާގައި ދަޢުވާކުރާ ކުރިން ލ. މުންޑޫ
20
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.lhighcourt.gov.mv
4 ޤަޟިއްޔާ ނިމުނު 1
2013/HC-A/132
مری متميم ب
ރީތިގަސްދޮށުގޭ މިހާރު ލ. ގަމު ތުނޑީ ފެއަރީ ގާރޑަން ޖަމީލާ ޢަބްދުﷲ (ޖަމީލާ) އައިޑީ. ކާޑް
ނަންބަރު A134562 އާއި 20 ޖޫން 2012 ދުވަހުން ފެށިގެން 07 ދުވަހުގެ މުއްދަތުގައި
އިސްވެބަޔާންކުރެވުނު ގެ ބުނެވެދިޔަ ޖަމީލާ ޢަބްދުﷲ އާއި ހަވާލުކޮށް ނިންމުމަކާއި ގެ ހަވާލުކުރެވޭއިރު
ގެއިން ހަލާކުވެފައިވާ ތަނެއް ވާނަމަ އެކަށީގެންވާ އަވަސް މުއްދަތެއްގައި އެތަނެއް ހަދައިދިނުމަށާއި، ގެ
ހަދާނިމުނުއިރު، ގޭގައި ނުވަތަ ގެއާއި ގުޅިފައިވާއެއްޗެއް މަދުވެފައިވާނަމަ އެކަށީގެންވާ އަވަސް
މުއްދަތެއްގައި އެއެއްޗެއްވެސް ހޯދައި ގެއާއިގުޅައިދީ މިގޭ ދިރިއުޅުމަށްޓަކައި ބޭނުންކުރަންޖެހޭ ފެނާއި
ފާހާނައާއި، ކަރަންޓްފަދަ ޒަރޫރީ ބޭނުންތައް މިގޭގައި ދިރިއުޅޭ މީހުންނަށް ލިބިގަނެވޭނެ ގޮތްވެސް
ހަމަޖައްސައިދިނުމަށް މިގެތަކުގެ ވެރިފަރާތާއި މިގެތައް ދޫކުރުމާއި ހަވާލުވެފައިވާ ފަރާތާއި މިއެންމެހައި
ފަރާތްތަކަށް އަންގާ އަމުރުކޮށް މިގޮތުގެމަތީން ޙުކުމްކޮށް" ގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
ہی کرتی
2. ފ.
ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު
2011
/
265/O6MC
-
TS ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ
އެއްގޮތްނުވާކަމަށް ބުނެ ދައުލަތުގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް)
ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަދައްކާފައިވެއެވެ. އެގޮތުން ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ:
، ފުރަތަމަ ނުކުތާއަކީ، ސުނާމީ ކާރިޘާއާ ގުޅިގެން ލ. ގަމުގައި ފްރެންޗް
ރެޑްކްރޮސްއިން ޢިމާރާތް ކޮށްދީފައިވާ ގެތައް ދޫކުރުމުގެ މަސްއޫލިއްޔަތަކީ މިހާރު މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޒިންމާއެއްކަމުގައި ވާއިރު، އެ މިނިސްޓްރީގެ ބަހެއްނެތި،
ޓެސްޓްގެ ޚައީ
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4 * * *
5 ޤަޟި
ޤަޟިއްޔާ ނިމުނު
2013/HC-A/132
ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބި، މައްސަލާގައި ޙުކުމް ކުރައްވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ މަފްހޫމަށް
ބަލާއިރު، ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކިތާބީ ހެއްކާއި، ޝަފަހީ
ހެކިކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ކިތާބީ ހެކި ވުޖޫދުގައިވާއިރު، ފަނޑިޔާރަށް ލިބިލެއްވި
މަޢުލޫމާތެއްގެ މައްޗަށް ބައްލަވާ މައްސަލާގެ ޙުކުމްކުރެއްވުމަކީ، ހެކިބަހުން ނުވަތަ ކިތާބީ ހެކިން ކަމެއް
ސާބިތުވެގެން ޙުކުމް ކުރުމަށްވުރެ މާ ޔަޤީންކަން ބޮޑު ހަރުދަނާ ގޮތެއް ކަމަށް ފާހަގަކުރައްވައި، ކިތާބީ
ހެއްކަށް
ރިޢާޔަތްކު
ޔަތްކުރެއްވުމެއްނެތި މައްސަލާގައި ގޮތެއް ކަނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނާ
ޚިލާފަށްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ލ. ގަމު މެޖިސްޓްރޭޓު ކޯޓް/ތުނޑީ ޝަންގެ
ނަންބަރު 2011
/
265/06MC
-
TS ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލަ ރައްދުވާ ޖަމީލާ ޢަބްދުﷲގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން
ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަހަމަ ކަމަކީ، ގަމު މެޖިސްޓްރޭޓު ކޯޓް ތުނޑީ ސެކްޝަންގެ ނަންބަރު
2011
/
265/06MC
-
TS ޤަޟިއްޔާގައި ހިމެނޭ މައްސަލަ އިސްތިއުނާފުކުރަމުން، ސުނާމީ ކާރިޘާއާ
ގުޅިގެން ލ. ގަމުގައި ފްރެންޗް ރެޑްކްރޮސްއިން ޢިމާރާތް ކޮށްދީފައިވާ ގެތައް ދޫކުރުމުގެ
މަސްއޫލިއްޔަތަކީ މިހާރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޒިންމާއެއްކަމުގައި
ދިވެހިރާއްޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
ޤަޟިއްޔާ ނިމުނު
2013/HC-A/132
ދީ
22 0 0
ވާއިރު، އެ މިނިސްޓްރީގެ ބަހެއްނެތި، ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބި، މައްސަލާގައި ޙުކުމް
ކުރައްވާފައިވާކަމަށްބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ
އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ ލ. ގަމު މެޖިސްޓްރޭޓު ކޯޓް!ތުނޑީ ސެކްޝަންގެ
ނަންބަރު 2011
/
265/06MC
-
TS ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، ސުނާމީ ކާރިޘާއާ ގުޅިގެން
ފްރެންޗް ރެޑްކްރޮސްއާއި ސަރުކާރާއި ގުޅިގެން ލ. ގަމުގައި އަލަށް އިމާރާތްކުރި 240 (ދުއިސައްތަ
ސާޅިސް) ގޭގެ ތެރެއިން 2 (ދޭއް) ވަނަ ގެއެއް ޝަރީޢަތް މެދުވެރިވެގެން ލިބޭނެގޮތް ހަދައިދިނުމަށްއެދި
ލ. އަތޮޅު ކައުންސިލް އިދާރާގެ މައްޗަށް، ލ. ގަން/ތުނޑި، ފެއަރީ ގާރޑަން، ޖަމީލާ ޢަބްދުﷲ ގެ
ފަރާތުން ދަޢުވާކުރުމުން ލ. ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްޝަނުން ބައްލަވާ ޙުކުމް ކުރައްވާފައިވާ
މައްސަލައެއްކަމާއި،
އެމައްސަލަ ކޯޓަށް ހުށަހެޅުމާ ގުޅިގެން އެމައްސަލާގައި ކައުންސިލް ތަމްސީލުކުރާނެ
ފަރާތެއް ޢައްޔަންކޮށް އަންގައިދިނުމަށް އެދި ލ. ގަމު މެޖިސްޓްރޭޓް ކޯޓް/ތުނޑީ ސެކްޝަނުން
ކައުންސިލުގައި އެދުމާ ގުޅިގެން، ސުނާމީ ކާރިޘާއާ ގުޅިގެން ލ. ގަމުގައި ފްރެންޗް ރެޑްކްރޮސްގެ
ފަރާތުން ޢިމާރާތްކޮށްފައިވާ ގެތައް ޙަވާލުކުރުމަކީ އެއްވެސް އިރެއްގައި ސީދާ އެކައުންސިލުން ކުރިއަށް
ގެންގޮސްފައިވާ މަސައްކަތެއް ނޫންކަމަށްވާތީ އެގެތަކާ ބެހޭގޮތުން ކޯޓަށް ހުށަހެޅެމުންދާ މައްސަލަތަކުގައި
އެކައުންސިލްގެ ފަރާތުން ޖަވާބުދާރީވުމަކީ ދަތިކަމެއްކަމުގައާއި ސުނާމީ ކާރިޘާއާ ގުޅިގެން ލ. ގަމުގައި
ފްރެންޗް ރެޑްކްރޮސްގެ ފަރާތުން ޢިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން ބާކީ ހުރި 22 (ބާވީސް) ގެއަކީ
ފްރެންޗް ރެޑްކްރޮސްއަށް ފައިސާ ދެއްކުމަށްފަހު ދިވެހި ސަރުކާރުން ގަނެފައިވާ ގެތަކެއްކަމަށާއި، އަދި
ބެލެހެއްޓުމަށް ޙަވާލުވެފައިވާ އިސްފަރާތަކީ ދިވެހިސަރުކާރުގެ ގެދޮރާބެހޭ ވުޒާރާ (އޭރުގެ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ) ކަމަށް ލ. ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ
ސެކްޝަނަށް އަންގާފައިވާކަން، މިމައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ
0444
OL OO
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު
¢ ¢ ¢3 3 3
92
2013/HC-A/132
کی مرگی
22
22 ތތ
ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ ހައްދުންމަތީ އަތޮޅު ކައުންސިލްގެ
އިދާރާގެ
ނަންބަރު
2011
/
1025/D-240 (29 ނޮވެމްބަރު 2011) މެސެޖުންނާއި މެދު ދެކުނު ސަރަޙައްދުގެ ޤައުމީ
އިދާރާގެ ނަންބަރު 209
/
2011
/
160-E (25 ޑިސެމްބަރު 2011) ނޯޓުސިޓީ އަށް ބެލުމުން އެނގެން
އޮތްއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ލ. ގަމު މެޖިސްޓްރޭޓް ކޯޓް ތުނޑީ ސެކްޝަނުގައި
ހިންގެވިއިރު އެމައްސަލައާ ގުޅިގެން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބަހެއް
އެދެވުމަށް އެކޯޓުން އެއްވެސް މަސައްކަތެއް ކުރައްވާފައިވާކަން އެނގެން ނެތްކަމާއި،
ސުނާމީ ކާރިޘާއާ ގުޅިގެން ލ. ގަމުގައި ފްރެންޗް ރެޑްކްރޮސްގެ ފަރާތުން
ޢިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން ބާކީ ހުރި ގެތަކާބެހޭ އެންމެހާ ކަންތަތަކެއް ޙަވާލުވެފައިވާ ފަރާތަކީ
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ކަން، މިމައްސަލައާ ގުޅިގެން ދައުލަތުގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ މިނިސްޓްރީ އޮފް
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު 209
/
2010
/
11/HS-138 (16 ފެބްރުއަރީ
2010) ސިޓީގެ ކޮޕީއަށާއި، ނަންބަރު 161
/
2010
/
33/IS-138 (6 އެޕްރީލް 2010) ސިޓީގެ
ކޮޕީއަށާއި، ނަންބަރު 209
/
2011
/
36/ES-138 (13 އެޕްރީލް 2011) ސިޓީގެ ކޮޕީއަށާއި، ނަންބަރު
2012/58;
DS1240-138 (11 ޑިސެމްބަރު 2012) ސިޓީގެ ކޮޕީއަށާއި، ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ނަންބަރު 138
/
2010
/
39/ޕީއޯއޯ(އެމް)-1 (4 މާޗް 2010) ސިޓީގެ ކޮޕީއަށާއި، މިނިސްޓްރީ
އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގެތައް ލިބުނު ފަރާތްތަކާއެކު ކުރެވިފައިވާ
ކޮޕީއަށާއި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެގެތައް
މަރާމާތުކުރުމަށް ޚަރަދުކޮށްފައިވާ ލިޔުމުގެ ކޮޕީއަށް ބެލުމުން އެނގެން އޮންނަކަމާއި،
އިސްވެމިދެންނެވުނު ކަންކަން އެހެންހުރުމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ލ.
ގަމު މެޖިސްޓްރޭޓު ކޯޓް ތުނޑީ ސެކްޝަންގެ ނަންބަރު 2011
/
265/O6MC
-
TS ޤަޟިއްޔާގައި
ހިމެނޭ މައްސަލަ އެކޯޓަށް ހުށަހެޅުނުއިރު އެމައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ ހައްދުންމަތީ އަތޮޅު
2ތ ދ ތ 22
2
0944
ޓްރާއްޖޭގެ ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
8 ޤަޟިއްޔާ ނިމުނު 1
2013/HC-A/132
ދެވެ
44
ކައުންސިލްގެ އިދާރާކަމަށް އެމައްސަލަ ޝަރީޢަތަށް ހުށަހެޅި ފޯމުގައި ދަޢުވާކުރާ ފަރާތުން ބަޔާންކޮށްފައި
ވީނަމަވެސް އެމައްސަލަ ނިންމެވުމުގައި، ސުނާމީ ކާރިޘާއާ ގުޅިގެން ލ. ގަމުގައި ފްރެންޗް ރެޑްކްރޮސްގެ
ފަރާތުން ޢިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން ބާކީ ހުރި ގެތަކާބެހޭ އެންމެހާ ކަންތައްތަކެއް ރަސްމީކޮށް
ޙަވާލުވެފައިވާ ފަރާތްކަމަށްވާ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބަހެއް
އެކޯޓުން ހޯއްދަވަންޖެހޭނޭކަން އެނގޭކަމެވެ.
(ނ) ދެވަނަ ކަމަކީ، ޤާނޫނު ނަންބަރު 24/76 (ހެއްކާބެހޭ ޤާނޫނު) ގެ މަފްހޫމަށް
ބަލާއިރު، ޝަރީޢަތުގެ މަޖިލީހަށް ހެއްކެއްގެ ގޮތުގައި ބަލައިގަންނަންޖެހޭނީ ކިތާބީ ހެއްކާއި، ޝަފަހީ
ހެކިކަމަށް ބަޔާންކޮށްފައިވާއިރު، އެފަދަ ކިތާބީ ހެކި ވުޖޫދުގައިވާއިރު، ފަނޑިޔާރަށް ލިބިލެއްވި
މަޢުލޫމާތެއްގެ މައްޗަށް ބައްލަވާ މައްސަލާގެ ޙުކުމްކުރެއްވުމަކީ، ހެކިބަހުން ނުވަތަ ކިތާބީ ހެކިން ކަމެއް
ސާބިތުވެގެން ޙުކުމް ކުރުމަށްވުރެ މާ ޔަޤީންކަން ބޮޑު ހަރުދަނާ ގޮތެއް ކަމަށް ފާހަގަކުރައްވައި، ކިތާބީ
ހެއްކަށް ރިޢާޔަތްކުރެއްވުމެއްނެތި މައްސަލާގައި ގޮތެއް ކަނޑައަޅުއްވާފައިވަނީ ހެއްކާބެހޭ ޤާނޫނާ
ޚިލާފަށްކަމަށްބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއަށާއި ޤާނޫނަށް ކަމަށާއި، އިސްލާމީ
ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރު ރިޢާޔަތްކުރާނީ ޤާނޫނުއަސާސީ އާއި
ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަމުގައިކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫ
ނޫނުއަސާސީގެ
މީގެ 142 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގެ ކޯޓުތަކަށް
ހުށަހެޅޭނެ ހެއްކާބެހޭ ޤާނޫނަކަށް މިހާރު ޢަމަލުކުރެވުމުންދާކަމާއި، އެއީ ޤާނޫނު ނަންބަރު 24/76
(ހެއްކާބެހޭ ޤާނޫނު) ކަމާއި، އެޤާނޫނަށް ޖުމްލަގޮތެއްގައި ބަލާއިރު ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅޭނީ
ދެބާވަތެއްގެ ހެކިކަމަށް އެޤާނޫނުގައި ބަޔާންކޮށްފައިވާކަމާއި، އެއީ ޝަފަހީ ހެއްކާއި ކިތާބީ ހެކިކަމާއި،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
9 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/132
مجری معلم ممب
.އއކރުންވަނީ
202c
އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމުމުގައި މައްސަލަ ބަލާ ފަނޑިޔާރު ރިއާޔަތްކުރަން
އެމައްސަލައަކާ ގުޅިގެން ކޯޓަށް ހުށަހެޅޭ މިދެބާވަތުގެ ހެއްކަށްކަން އެޤާނޫނަށް ބެލުމުން އެނގޭކަމާއި،
މީގެ އިތުރުން މައްސަލައެއް ބަލާ ފަނޑިޔާރަކަށް އެމައްސަލައެއްގެ ޝަރީޢަތްކުރާ
މަޖިލީހުގެ ބޭރުން ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމައްސަލައެއްގައި ޙުކުމްކުރެވިދާނެކަމާމެދު
އިސްލާމީ ޝަރީޢަތުގައި ޤާއިމުވެފައިވާ ޝަރީޢަތް ކުރުމުގެ އުސޫލުތަކަށް ބަލާއިރު، ގިނަ ފިޤްހު
ޢިލްމުވެރިންގެ ރަޢުޔުގައި މިކަމުގައި އެންމެ ރާޖިޙް ރައުޔަކީ، ޝަރީޢަތަށް ހުށަހެޅިފައިވާ މައްސަލައެއް
ބަލާ ފަނޑިޔާރަކަށް އެމައްސަލައެއްގެ ޝަރީޢަތްކުރާ މަޖިލީހުގެ ބޭރުން އެމައްސަލައަކާ ގުޅޭގޮތުން
ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމައްސަލައެއްގައި ޙުކުމްކުރުން ހުއްދަވެގެން ނުވާނޭކަމާއި،
އެހެންކަމުން ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައެއްވެސް ބަލާ ޙުކުމް ކުރަންވާނީ އެމައްސަލައަކާ
ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ، ޤާނޫނު ހުއްދަކުރާ ހެކިތަކާއި ޤަރީނާތަކުގެ މައްޗަށް ބިނާކޮށްކަމާއި،
މައްސަލައަކާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ، ޤާނޫނު ހުއްދަކުރާ ހެކިތަކާއި ޤަރީނާތަކުން ސާބިތުވާ
ކަމަކާ ޚިލާފަށް، އެމައްސަލައެއްގެ ޝަރީޢަތުގެ ބޭރުން، ފަނޑިޔާރަކަށް މައްސަލަތަކާމެދު ފުރިހަމަ
ޔަޤީންކޮށް ލިބިފައިވާނަމަ އެމަޢުލޫމާތެއް އެމައްސަލާގައި ދެއްވޭނީ
ހައިސިއްޔަތުންކަމާއި، އެގޮތަށް ފަނޑިޔާރަކު ހެކިބަސް ދޭންޖެހޭ މައްސަލައެއް އެފަނޑިޔާރަކަށް
ނުބެއްލެވޭނެކަމާއި،
މިކަންކަމުގެ މައްޗަށް ޖުމްލަގޮތެއްގައި ބަލާއިރު، އިސްތިއުނާފަށް ހުށަހެޅިފައިމިވާ
މައްސަލާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 2 ވަނަ ނަންބަރުގެ (ބ)
ގައި ބަޔާންކޮށްފައިވާ ފަދައިން "ފަނޑިޔާރަށް ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާ އެމައްސަލައިގެ
ޙުކުމްކުރުމީ ހެކިބަހުން ނުވަތަ ކިތާބީ ހެކިން ކަމެއް ޘާބިތުވެގެން ޙުކުމްކުރުމަށްވުރެ މާ ޔަޤީންކަން ބޮޑު
ކަމަށްބަލާ މައްސަލާގެ ޝަރީޢަތުގެ ބޭރުން މައްސަލައާ ބެހޭގޮތުން މައްސަލަ ބަލާ
ފަނޑިޔާރަށް ލިބިފައިވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އެމައްސަލައެއްގައި ގޮތެއް ނިންމުމަކީ
22 2297/
0820
02
LOC
2 0 2 0 2
ހއnގ
eތ 1
ހަރުދަނާ ގޮތެއް"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
10 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/132
گمرکی
3,2
ފަނޑިޔާރަށް ހުއްދަވެގެންވާނޭ ކަމެއް ނޫންކަމާއި، އެއީ މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ
ހެއްކާބެހޭ ޤާނޫނާވެސް ފުށުއަރާނޭ ކަމެއްކަމާއި، އަދި މީގެއިތުރުން އެގޮތުގެމަތިން ނިންމާ މައްސަލަތަކަކީ
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ (ނ) ގައިވާ ގޮތުގެމަތިން ޢަދުލުވެރިކަމާއެކު ހިންގިފައިވާ
ޝަރީޢަތަކުން ނިންމިފައިވާ މައްސަލައެއްކަމަށްވެސް ނުބެލެވޭނޭކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވިފައިވާ ކަންކަން އެހެން ހުރުމާއެކު، މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ ލ. ގަމު
މެޖިސްޓްރޭޓު ކޯޓްހތުނޑީ ސެކްޝަންގެ ނަންބަރު 2011
/
265/O6MC
-
TA ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭކަމަށާއި، އަދި އެމައްސަލައަކީ، އިސްވެމިދެންނެވުނު ޤާނޫނީ
އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ސުނާމީ ކާރިޘާއާ ގުޅިގެން ގަމުގައި ފްރެންޗް ރެޑްކްރޮސްގެ
ފަރާތުން ޢިމާރާތްކޮށްފައިވާ ގެތަކުގެ ތެރެއިން ބާކީ ހުރި ތަކާބެހޭ އެންމެހާ ކަންތައްތަކެއް ރަސްމީކޮށް
ޙަވާލުވެފައިވާ ސަރުކާރުގެ ވުޒާރާއެއްގެ ބަސް ހިމަނުއްވައިގެން، އަދި ބަޔާންކުރެވިދިޔަ ހަމަތަކާ
އެއްގޮތަށް އެކޯޓުން އަލުން ބައްލަވާ ފައިސަލާކުރަނިވި ޙުކުމެއް ކުރައްވަން ޖެހޭ މައްސަލައެއް ކަމުގައެވެ.
• ޙުކުމް
249 20 24 0
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ލ. ގަމު މެޖިސްޓްރޭޓު ކޯޓް/ތުނޑީ ސެކްޝަންގެ ނަންބަރު
2011
/
265/06MC
-
TS ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމް ބާޠިލުކޮށް، މިޤަޟިއްޔާގައި
ބަޔާންކޮށްފައިވާ ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން، ލ. ގަމު މެޖިސްޓްރޭޓު ކޯޓް/ތުނޑީ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/132
کی عمری
ވެ
11 ޤަޟިއްޔާ ނިމުނު ގޮ
ސެކްޝަންގެ ނަންބަރު 2011
/
265/06MC
-
TS ޤަޟިއްޔާގައި ހިމެނޭ މައްސަލަ، ގަމު
މެޖިސްޓްރޭޓު ކޯޓް ތުނޑީ ސެކްޝަނުން އަލުން ބައްލަވާ ފައިސަލާކުރަނިވި ޙުކުމެއް ކުރެއްވުމަށް،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން، ލ. ގަމު މެޖިސްޓްރޭޓު
ކޯޓް ތުނޑީ ސެކްޝަނަށް ތައުވީލުކުރުމަށް، މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި،
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv