ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/120 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/120
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 120/HC-A/2013
• އިސްތިއުނާފު ކުރި ފަރާތް:
ނަން: ޢަލީ ރިމާޒު
ދާއިމީ އެޑްރެސް: ދުންތަރި
* އައި.ޑީ.ކާޑު ނަންބަރު: A308573 * މިހާރުގެ އެޑްރެސް: ދުންތަރި
ވަކީލް: އދ. ޙިސާން ޙުސައިން، މ. ނޫހިރި
އދ. އިބްރާހީމް ރިފްއަތު، ވ. ނަޖުހިޔާ
ހިތަދޫ
14
• އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ވަކީލް: އ. ޕަބްލިކް ޕްރޮސިކިއުޓަރ އދ. އާއިޝަތު ރީޝާ
:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 23 ޖުމާދަލްއޫލާ 1434
04 އޭޕްރީލް 2013
ހިމުނު ތާރީޚް: 18 ޖުމާދަލްއާޚިރާ 1434
28 އޭޕްރީލް 2013
6
އިސްތިއުނާފް ކުރެވުނު އަމުރު ނަންބަރު: 2013
/
300/MD
-
S2C
• ނިންމެވި ކޯޓު: އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުނު ތާރީޚް: 28 މާރޗް 2013
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު: ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު: ޢަބްދުﷲ ޙަމީދު ފަނޑިޔާރު:ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވީ،
'2
2013/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ދައުވާގެ ޚުލާޞާ
އީ،
އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށްއެދި، ހިތަދޫ ދުންތަރި ޢަލީ ރިމާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
ގާކުރެވުނު ނުކުތާތައް:
1. އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރު
އެކޯޓުން ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ، އެ ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށްއެދި، ސ. ހިތަދޫ ދުންތަރި ޢަލީ ރިމާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
co
2. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރަށް
ބަލާއިރު، އެކޯޓު އަމުރަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވޭ
މައްސަލައެއްގައި، ޢަލީ ރިމާޒު ދޫކޮށްލައިފިނަމަ މީނާގެ ފަރާތުން މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށް ބެލެވޭތީއާއި ހެކިބަސްދޭން ހުރިމީހަކަށް ނުފޫޒެއް ފޯރުވަފާނެކަމަށް ބެލެވޭތީކަމަށް ވިދާޅުވެ،
2013 މާރޗް 29 ވަނަ ދުވަހުގެ 11:42 އިން ފެށިގެން 2013 އޭޕްރީލް 07 ވަނަ ދުވަހުގެ 11:42 ގެ
4
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/12
ނިޔަލަށް، 10 (ދިހައެއް) ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ޢަލީ
ރިމާޒު ބަންދުކޮށްފައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެންއޮވެއެވެ.
CCCXOC
3. އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރު
އޭނާކުeeއހެ3
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ ސ. ހިތަދޫ ދުންތަރި ޢަލީ ރިމާޒުގެ
ފަރާތުން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި މިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ.
(ހ) ފުރަތަމަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ހ)
(ށ) އަދި (ބ) އިން ލިބިދޭ ޙައްޤުތަށް ނިގުޅައިގަނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
19/HC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްދީފައިވާ ގޮތަށް އެޙައްޤުތައް ޢަލީ ރިމާޒަށް ލިބިދީފައިނުވާކަމަށް
ބުނެ ހުށަހެޅިނުކުތާއެވެ.
(ށ) ދެވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ އުޞޫލުތަކާ ޚިލާފަށް، ޢަލީ ރިމާޒު 10 ދުވަހުގެ މުއްދަތަށް ބަންދުގެ މުއްދަތު އިތުރު
ކުރައްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
(ބ) ތިންވަނަ ނުކުތާއަކީ: ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އާ ޚިލާފަށް ޢަލީ ރިމާޒު ބަންދުގައި ބަހައްޓާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
82
9 ހ3
އީއެޑްއިe
މައްސަލައާ ގުޅިގެން
ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013
/
300/MD
-
S2C ކޯޓު އަމުރު އިސްތިއުނާފު ކުރުމަށް ހިތަދޫ ދުންތަރި ޢަލީ ރިމާޒުގެ ފަރާތުން
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު،
އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/120
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފު ކުރެވިފައިމިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ
ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރަކީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް
ހުރަސްއެޅިކަމުގެ ތުހުމަތުގައި ހައްޔަރުކުރެވު.
ދެވުނު
ހިތަދޫ ދުންތަރި ޢަލީ ރިމާޒު، 28 މާރޗް 2013 ވަނަ
ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ނުވަތަ ހައްޔަރުކޮށްފައި ބެހެއްޓުމުގެ މުއްދަތު
އިތުރުކޮށްދިނުން އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD051622 "ކުށެއްގެ ތުހުމަތުގައި
ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމަށްޗަށް ޙާޟިރުކޮށް މައްސަލަ
ހުށަހަޅާ ފޯރމް" އިން ހުށަހެޅުމުން އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން
އެނގެން އޮންނަކަމެވެ.
37
(ނ) ދެވަނަ ކަމަކީ، ހައްޔަރު ނުވަތަ ބަންދުކުރެވޭ ހިނދު، ހައްޔަރު ނުވަތަ ބަންދުކުރެވިފައިވާ
މީހާއަށް ލިބިގެންވާ ޙައްޤުތައް ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި، މިގޮތުން
މިމާއްދާގައި ބަޔާންކޮށްފައިވާ ޙައްޤުތަކުގެ ތެރޭގައި، މިމާއްދާގެ (ހ) ގައި އެމީހަކު ހައްޔަރުކުރެވުނު ސަބަބު
އެ މީހަކަށް އަންގައި، ގިނަވެގެން ސައުވީސް ގަޑިއިރުގެތެރޭގައި ހައްޔަރުކުރެވުނު ސަބަބު ލިޔުމުން އެ
މީހަކަށް ދޭންވާނެކަމާއި، މިމާއްދާގެ (ށ) ގައި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ޙައްޤު ލިބިގެންވާކަން
އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއްނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު އެ
ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ
ފުރުޞަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އަދި މިމާއްދާގެ (ނ) ގައި ތިމާއަކީ
ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މަޢުލޫމާތެއް ނުދީ ހަނުހުރުމުގެ ޙައްޤު އެމީހަކަށް
ލިބިގެންވާކަމަށް އަންގައި، އެޙައްޤު ލިބިގަތުމުގެ ފުރުޞަތު އެމީހަކަށް ދޭންވާނެކަމަށް ބަޔާންކޮށްފައިވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ވެ. ދިވެހިރާއްޖެ
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/120
ޢަލީ ރިމާޒު، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅިކަމަށް ތުހުމަތުކުރެވިގެން
ހައްޔަރުކުރުމަށް ފަހު، ހައްޔަރުކުރެވުނު ސަބަބާއި، ހަނުހުރުމުގެ ޙައްޤު ލިބިގެންވާކަމާއި، ޤާނޫނީ ވަކީލެއްގެ އެހީ
ހޯދުމުގެ ފުރުޞަތު ލިބިގެންވާކަމާއި، ޢަލީ ރިމާޒު ގެންދެވޭތަން ޢަލީ ރިމާޒަށް އެންގިފައިވާކަން މޯލްޑިވްސް
ޕޮލިސް ސަރވިސްގެ ނަންބަރު TD051622 "ހައްޔަރު ކުރެވޭ މީހާގެ މަޢުލޫމާތު ފޯމް" އަށް ބެލުމުން
އެނގެން އޮންނަކަމާއި، މިފޯމުގައި ޢަލީ ރިމާޒު ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި، އަދި
މިޙައްޤުތައް މިގޮތަށް ލިބިގެންވާކަން ޢަލީ ރިމާޒަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އަންގައި،
މިފޯމުގެ ކޮޕީއެއް ޢަލީ ރިމާޒަށް ދީފައިވާކަމަށް ޢަލީ ރިމާޒުވެސް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވާކަމެވެ.
މަޙްރޫމްކޮށްފައިވާކަމަށް ބުނޭ
އ
(ނ) ތިންވަނަ ކަމަކީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ން ކަށަވަރުކޮށް
ކަށަވަރުކޮށްދީފައިވާ
ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް
ނިމެންދެން ޤާނޫނީ ވަކީލުގެ އެހީތެރިކަން ދެމެހެއްޓުމުގެ ޙައްޤުން ޢަލީ ރިމާޒު
ޢަލީ ރިމާޒުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލިއިރު،
ޤާނޫނީ ވަކީލެއްގެ އެހީ ހޯދުމުގެ ފުރުސަތު ޢަލީ ރިމާޒަށް ލިބިގެންވާކަން ޢަލީ ރިމާޒަށް
އެންގިފައިވާކަމަށާއި، އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD051622 "ހައްޔަރު ކުރެވޭ
މީހާގެ މަޢުލޫމާތު ފޯމް" އިން ވެސް އެނގެން އޮތްކަމަށާއި، އެފުރުސަތު އޮތްކަން ޢަލީ ރިމާޒަށް އެންގުމުން
އޭނާގެ ފަރާތުން ޤާނޫނީ ވަކީލެއް ހުށަހެޅިކަމަށާއި، ނަމަވެސް އެފަރާތަކީ ޢަލީ ރިމާޒު ފުލުހުންގެ އަމުރަށް
ނުކިޔަމަންތެރިވުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވުނު އިރު، އެ ހާދިޘާ ހިނގިތަނުގައި ހުރި، އަދި
މިމައްސަލާގައި ބަޔާންނަގަންޖެހިދާނެ ފަރާތެއްކަމަށާއި، އެހެންކަމުން މިމައްސަލާގައި ޢަލީ ރިމާޒުގެ ވަކީލެއްގެ
ގޮތުގައި އެފަރާތް ބަލައިގަނެވެން ނެތްކަމަށް ޢަލީ ރިމާޒަށް ފުލުހުންގެ ފަރާތުން އެންގިފަހުން ޢަލީ ރިމާޒުގެ
ފަރާތުން ވަކީލެއް ހަމަޖައްސައި، ހުށަހަޅާފައިނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުންނާއި ޢަލީ
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
2013/HC-A/12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ރިމާޒުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮތުމުން، ޢަލީ ރިމާޒު
ހުށަހެޅިފަދައިން މިޙައްޤުން އިމްކޮށްފައިވާކަމަށް
ބެލެވޭނެތަނެއް ނެތްކަމެވެ.
ހ4 425
25 ތ 8 އ ދވ
OC cucu
އޭނާ މަޙްރޫވެސް
etc.
(ނ) ހަތަރުވަނަ ކަމަކީ، މައްސަލައެއް ތަޙްޤީޤުކުރެވެމުން ދާއިރުވެސް އަދި ޝަރީޢަތަށް
ހުށަހެޅިފައިވާ މަރުޙަލާގައިވެސް، ތަޙްޤީޤުކުރެވޭ ނުވަތަ ދަޢުވާލިބޭ މީހާއަކީ އެމީހެއްގެ މައްޗަށް ކުށް
ސާބިތުވެފައިވާ މީހެއް ނޫންކަމާއި، އެމީހާއަކީ ކުށެއްގެ ތުހުމަތުގައި ހުރި މީހަކަށްވާއިރު، ކުށެއްގެ
ތުހުމަތުގައިވާ މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމުގައި ފަނޑިޔާރު ބަލަންޖެހޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ 5
ސަބަބުންކުރާ ސަބަބެއް އެމީހެއްގެ ކިބާގައި ފުރިހަމަވެފައި ވޭތޯކަމާއި، އެއިން ސަބަބެއް ފު،
ފުރިހަމަވެފައިވާކަން
ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމުގެ ބާރު ލިބިދީފައިވަނީ ފަނޑިޔާރަށްކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) އަށާއި 49 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނައިރު،
ބަންދުގެ މައްސަލަތަކާ ގުޅިގެން ހުށަހެޅޭ ހެކިތައް ވަޒަންކޮށް، ކުށުގެ ތުހުމަތުގައިވާ
މީހެއްގެ ކިބައިގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދުގެ 7 ވަނަ މާއްދާގެ (ހ)
ގައި ބަޔާންކޮށްފައިވާ ސަބަބުތަކުން ކުރި ސަބަބެއް އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަކީ ބަންދުގެ
މައްސަލަ ބައްލަވާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
93/HC-A/2012 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާ
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC
-
A/2010 ޤަޟިއްޔާގެ ފާހަގަކުރެވުނު
ނުކުތާތަކުގެ 9 ވަނަ ނަންބަރުގައި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތީން މީހަކު
ދުކުރުމުގައި،
ކުށުގެ ނުރައްކާތެރިކަން އޮތް މިންވަރަށާއި، އަދި އެޙާދިސާ
cu o
ޖުމުه
و
e226ކރ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/120
ތަޙްޤީޤުކުރުމުގައި ހުރީ ކިހާމިންވަރެއްގެ ގޮންޖެހުން ތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ އަދަދަކީ
ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑު މިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާފާނެ ކަމުގެ ބިރުއޮތީ ކިހާވަރަކަށް ކަމާއި،
ހެކިތަކާކުޅު ހެކިތައް ނައްތާލުމުގެ ބިރު އޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ބަޔާންކޮށްފައިވާކަމާއި،
ޢަލީ ރިމާޒުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ބާވަތަށް ބަލާއިރު، މީނާގެ މައްޗަށް
ތުހުމަތުކުރެވިފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުގެ ކުށުގެ ތުހުމަތުކަން
އިސްތިއުނާފު ކުރެވިފައި މިވާ އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C
ކޯޓު އަމުރަށް ބެލުމުން އެނގެންއޮންނައިރު،
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމަކީ އެކަމުގެ ސަބަބުން
އަމަން އަމާންކަން ގެއްލިދާފަދަ ކަމެއްކަމާއި، އަދި މިކަން މިގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
ނަންބަރު 213/HC-A/2012 ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަން އެނގެންއޮންނަކަމެވެ.
ހއc9
حرکت می کا
ސަލާމަތަށް
ނާރާއެކުވެ*
(ށ) ފަސްވަނަ ކަމަކީ، ދިވެހިރާ
ހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ)
އާ ޚިލާފަށް ޢަލީ ރިމާޒު ބަންދުގައި ބަހައްޓާފައިވާކަމަށްބުނެ ޢަލީ ރިމާޒުގެ ފަރާތުން، ހުށަހެޅި ނުކުތާއަށް
ބެލިއިރު،
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ވަނީ "ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހާ
ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންތޯ ކަނޑައެޅުމަށް، އެ މީހަކު ހައްޔަރުކުރެވުނުތާ ގިނަވެގެން
ސައުވީސް ގަޑިއިރުގެ ތެރޭގައި، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރާން ވާނެއެވެ. އަދި ޝަރުޠަކާއެކު ނުވަތަ
ޝަރުޠަކާ ނުލައި އެ މީހަކު ދޫކޮށްލުމަށް، ނުވަތަ ބަންދުގައި ބެހެއްޓުމަށް އަމުރެއް ނެރުމުގެ ބާރު އެ
ފަނޑިޔާރަކަށް ލިބިގެންވެއެވެ" މިފަދައިންކަމަށްވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/120
ޢަލީ ރިޔާޒު ފުލުހުންގެ ވާޖިބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި، 27 މާރޗް 2013 ވަނަ
ދުވަހުގެ 22:47 ހާއިރު ހައްޔަރުކުރުމަށްފަހު، 28 މާރޗް 2013 ވަނަ ދުވަހުގެ 11:31 ގައި،
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ވާގޮތުގެމަތީން ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވި،
ބަންދާމެދު ގޮތެއް ކަނޑައަޅުއްވާފައިވާކަމާއި،
10 ދުވަހުގެ މުއްދަތައް ޢަލީ ރިމާޒު ބަންދުގައި ބެހެއްޓުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް
ކޯޓުން އަމުރުކުރައްވާފައިވާއިރު، ބަންދުގެ މުއްދަތު ފެށޭ ތާރީޚެއްގެ ގޮތުގައި 29 މާރޗް 2013 ވަނަ ދުވަސް
ޖެހިފައިވަނީ އޮޅުމަކުންކަމަށް ޤަބޫލުކުރަން ޖެހޭކަމާއި، އެހެނީ 29 މާރޗް 2013 ވަނަ ދުވަހުގެ 11:42
އިން 07 އޭޕްރީލް 2013 ވަނަ ދުވަހުގެ 11:42 އަށް 10 ދުވަސް ހަމަނުވާއިރު، ޢަލީ ރިމާޒުގެ ބަންދުގެ
މުއްދަތާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެސަރވިސްގެ ނަންބަރު
TD051622 "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭމީހުން ބަންދުކުރިތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ
ކުރިމައްޗަށް ޙާޟިރުކޮށް މައްސަލަ ހުށަހަޅާ ފޯރމް" އިން އެދިފައިވަނީވެސް 28 މާރޗް 2013 ދުވަހުން
ފެށިގެން ބަންދުގެ މުއްދަތު އިތުރުކޮށްދިނުމަށްކަން އެފޯމަށް ބެލުމުން އެނގެންއޮންނައިރު، މުޖުތަމަޢުގެ
ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް ބެލެވިގެން ޢަލީ ރިމާޒު ބަންދުގައި ބެހެއްޓުމަށް އައްޑުއަތޮޅު
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުއްވާފައިވާ އަމުރުގައި އެއަމުރު ނެރުއްވި ތާރީޚެއްކަމުގައި
ޖައްސަވާފައިވަނީވެސް 28 މާރޗް 2013 ކަން އެނގެންއޮންނަކަމުން، 10 ދުވަހުގެ މުއްދަތަށް ޢަލީ ރިމާޒު
ބަންދުކުރުމަށް އަމުރުކުރައްވައި ނެރުއްވާފައިވާ އަމުރުގައި، ބަންދުގެ މުއްދަތު ފެށޭތާރީޚެއްގެ ގޮތުގައި 28
މާރޗް 2013 ގެ ބަދަލުގައި 29 މާރޗް 2013 ޖެހިފައިވަނީ އޮޅުމަކުންކަ
މަކުންކަން، އިސްވެދެންނެވުނު ކަން
ބެލުމުން އެނގެން އޮތްއިރު،
ބަންދާ ގުޅޭ މިފަދަ އަމުރުތަކާއި، ކޯޓުތަކުގެ ނިންމުންތަކަކީ، މިފަދަ އޮޅުންތައް ނުހިމެނޭގޮތުން،
ފަރުވާތެރިކަމާއެކު އަދި ވަރަށް ރަނގަޅަށް ބެލެވި، ޗެކްކުރެވިފައި ހުންނަންވާނެ ނިންމުންތަކެއްކަމަ
އެކަމަށް
ކަންކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/120
ޤަބޫލުކުރެވޭކަމާއި، އަދި މިފަދަ ކުށެއް ޖެހިފައިވާކަން އެނގޭ ހާލަތުގައިވެސް ވީހާ އަވަހަކަށް އެފަދަ ކުށްތައް
އިޞްލާހުކުރުމަށް އޮންނަ އުޞޫލަކުން އެފަދަ ކުށްތައް އިޞްލާހުކުރަންވާނެކަމާއި،
ނަމަވެސް، ޢަލީ ރިމާޒު ބަންދުގައި ބެހެއްޓުމަށް އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން
ނެރުއްވާފައިވާ އަމުރުގައި ބަންދުގެ މުއްދަތު ފެށޭ ތާރީޚަކީ 29 މާރޗް 2013 ކަމުގައި ބަޔާންކުރެވިފައިވުމަކީ
ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ރ) ގައި ވާފަދައިން، ޢަލީ ރިމާޒު ބަންދުކޮށްފައިވަނީ ޤާނޫނީ ހަމަތަކުގެ
މަތިންތޯ ކަނޑައެޅުމަށް ޢަލީ ރިމާޒު ހައްޔަރުކުރެވުނުތާ ގިނަވެގެން ސައުވީސް ގަޑިއިރުތެރޭގައި،
ފަނޑިޔާރެއްގެ ކުރިމައްޗަށް ޢަލީ ރިމާޒު ހާޟިރުނުކުރާކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމާއި، އަދި އެއީ
ޤާނޫނުއަސާސީގެ ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ޢަލީ ރިޔާޒުގެ ބަންދުގެ މުއްދަތު
އިތުރުކުރުންކަމުގައިވެސް ބެލެވެންނެތްކަމާއި، އަދި އެއަމުރުގައި އެގޮތަށް ބަޔާންކޮށްފައިވުން އެއީ އެސަބަބުގެ
މައްޗަށް އެކަނި ބަލައި އެއަމުރަކީ ބާޠިލް އަމުރެއްކަމުގައި ކަނޑައެޅޭނެ ސަބަބެއްވެސް ނޫންކަން އެނގޭކަމެވެ.
48
(ބ) ހަވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ކަންކަން އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުން ދެކެނީ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު
އަމުރަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރެފައިވާ އަމުރެއްކަމުގައި ބަލާނެތަނެއް
ނެތްކަމުގައެވެ.
053
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިޤަޟިއްޔާގައި އިސްތިއުނާފުކުރެވިފައި
މިވާ، އައްޑުއަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013
/
300/MD
-
S2C ކޯޓު އަމުރަކީ ޝަރުޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
2013/HC-A/120
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
ނުވަތަ ޤާނޫނީ އުޞޫލަކާވިޔަސް ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމުގައި ބަލާނެ ތަނެއް ނެތްކަމަށް މިމައްސަލަ
މިކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv