ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/78 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
އަAu
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 78/HC-A/2013
0
އިސްތިއުނާފު ކުރި ފަރާތް:
ގަމު ކައުންސިލްގެ އިދާރާ
ވަކީލް: އދ. މުޙައްމަދު ފަރީދު، ރޭވިލާ ފ. ފީއަލި
0
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޢަބްދުﷲ ޢަފީފް
* ދާއިމީ އެޑްރެސް: ތުނޑި. ހިރާ / ލ. ގަން
* އައި.ޑީ.ކާޑު ނަންބަރު: A134736
މިހާރުގެ އެޑްރެސް: ތުނޑި. ހިރާ | ލ. ގަން
ބަދަލުގައި: ޙުސައިން ރަޝީދު، ތުނޑި. ނިއުފުލާވަރ ލ. ގަން
*
*
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 18 ރަބީޢުލްއާޚިރާ 1434
28 ފެބްރުއަރީ 2013
ނިމުނު ތާރީޚް: 20 ރަޖަބު 1435
19 މެއި 2014
• އިސްތިއުނާފް ކުރެވުނު ޤަޟިއްޔާ ނަންބަރު: 2011/O6MC-TS/238
• ނިންމެވި ކޯޓު: ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަން
• ޤަޟިއްޔާގެ ބާވަތް: ރުއްގަހުގެ ބަދަލު ހޯދުން
• ޤަޟިއްޔާ ހުށަހެޅުނު ތާރީޚް: 06 ސެޕްޓެމްބަރ 2011
• ޤަޟިއްޔާ ނިމުނު ތާރީޚް: 04 އޭޕްރީލް 2012
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު.ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރުން ޢަބްދުﷲ ޙަމީދު ފަނޑިޔާރު. ޔޫސުފް ޙުސައިން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު ރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން: 3325029 ، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
89ކުE5ނޭޑު
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
ދަޢުވާގެ ޚުލާޞާ
6
8 *ހ2
އިeyށް
4 /
މިއީ، ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު
2011/O6MC
-
TA/238 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި،
ގަމު ކައުންސިލްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ލ. ގަމު | ތުނޑި ހިރާ ޢަބްދުﷲ ޢަފީފުއެވެ.
0
ފާހަގަކުރެވުނު ނުކުތާ
ނުކުތާތައް:
1. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު 2011/O6MC-TS/238
ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
އެޤަޟިއްޔާ
އިސްތިއުނާފުކޮށްދިނުމަށް އެދި، ލ. ގަމު ކައުންސިލްގެ އިދާރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައި
42
*
ނޫންކަމަށްބުނެ،
¢ ¢ ¢
.
2. ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު 2011/O6MC-TS/238
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، 26 ޑިސެމްބަރ 2004 ވަނަ ދުވަހު
ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ލ. ކަޅައިދޫގެ މީހުން ލ. ގަމަށް ދިރިއުޅުން ބަދަލުކުރުމާގުޅިގެން
. ކަޅައިދޫއަކީ 01 ޖުލައި 2010 ވަނަ ދުވަހުން ފެށިގެން މީހުން ދިރިނޫޅޭ ފަޅުރަށެއް ކަމުގައި ސަރުކާރުން
ހަމަޖައްސަވައި ލ. ކަޅައިދޫގައި މީސްމީހުންގެ ގޯތިން ބޭރު ފުރަބަންޑާރަ ބިމުގައި ހުރި މީސްމީހުންގެ ރުއްގަހުގެ
ބަދަލު ދިނުމަށް ސަރުކާރުން ހަމަޖައްސަވައި އެފަދަ ރުއްގަހަށް ބަދަލު ދިނުމަށް ކުރިން ލ. ގަމު ތުނޑީ އޮފީސް
49
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
މިހާރު ލ. ގަމު ކައުންސިލްގެ އިދާރާ ލ. ގަމު ތުނޑިއަށް ފައިސާ ޖަމާކޮށް ދިނުމުން، ކުރިން ލ. ކަޅައިދޫ
ހިތަށް ފިނިވާގެ މިހާރުގެ ލ. ގަމު | ތުނޑި ހިރާ ޢަބްދުﷲ ޢަފީފު، ލ. ކަޅައިދޫ ގޯތިންބޭރު ފުރަބަންޑާރަބިމުގައި
އިންދައި، ހައްދައި އޭނާގެ ނަމުގައި މިލްކު ސާބިތުކޮށްފައިވާ 132 ދިވެހި ރުކުގެ ބަދަލަށް ސަރުކާރުން ދޫކޮށްފައިވާ
ފައިސާ ލ. ގަމު ކައުންސިލް އިދާރާ ލ. ގަމު ތުނޑީން ނުދީގެންކަމަށް ބުނެ އިސްލާމީ ޝަރީޢަތުން މިފައިސާ
ޢަބްދުﷲ ޢަފީފަށް ހޯދައިދިނުމަށް އެދި ގަމު ކައުންސިލް އިދާރާއަށް ދަޢުވާ ރައްދުވާގޮތަށް ލ.
ގަމު | ތުނޑި
ހިރާ ޢަބްދުﷲ ޢަފީފު ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެއްކަން އެނގެންއޮވެއެވެ.
3. މިމައްސަލައާ ގުޅިގެން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު
2011/O6MC
-
TS/238 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބެލިއިރު އެޤަޟިއްޔާގައި ޙުކުމް
ކުރައްވާފައިވަނީ، "ދެންފަހެ އިސްވެ ބަޔާން ކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއި އެކު ލ.ކަޅައިދޫ
ކޯޓްގެ ނަންބަރ 2006
/
08/05C (05 ސެޕްޓެމްބަރ 2006)މިލްކުވެރިކަން ޘާބިތު ކޮށްދޭ ލިޔުމުގައިވާ
ލ.ކަޅައިދޫ ހިތަށް ފިނިވާގެ ޢަބުދުﷲ ޢަފީފްގެ 132 ދިވެހިރުކުގެ ތެރެއިން އެއްވެސް ރުކަކަށް އަދި މިހައިތަނަށް
ބަދަލު ފައިސާ ލިބިފައި ނުވާތީ މިފައިސާ ޝަރީއަތް މެދުވެރިވެގެން ލިބި ދިނުމަށް އެދި ލ.ގަމު ކައުންސިލް
އިދާރާގެ މައްޗަށް އަބްދުﷲ ޢަފީފް މިކުރި ދަޢުވާއަށް ތިމަންނަވެސް ބޭނުންވަނީ ޢަބްދުﷲ ޢަފީފް މި
ޤަޟިއްޔާގައި ދަޢުވާކުރާ ރުއްތަކަށް ބަދަލުފައިސާ ލިބުންކަމަށް ދަޢުވާލިބޭ ފަރާތުން އިޤުރާރުވެފައިވުމާއި އެކު
ބުނެވިދިއަ 132 ރުކުގެ ތެރެއިން 03 ރުއް ޢަބްދުﷲ އަފީފް ކަނޑައި ބޭނުންކޮށްފައިވާކަމަށް ޢަބްދު
ޢަފީފްގެ ބަޔާނުން އެނގޭތީ މިހާރު ހުރި 129 ރުކުގެ ތެރެއިން މޮޅުރުކުގެ ގޮތުގައި ސާބިތުވި ފޯދުނު 80
ދިވެހި ރުކަށް ރުކަކަށް -/500 (ފައްސަތޭކަ) ރުފިޔާގެ މަގުން -/40000 (ސާޅީސް ހާސް) ރުފިޔާއާއި،
މެދުމިނު ރުއްކަމުގައި ސާބިތުވި ފޯދުނު 26 ރުކަށް ރުކަކަށް -/300 (ތިންސަތޭކަ) ރުފިޔާގެ މަގުން -/7800
(ހަތްހާސް އަށްސަތޭކަ) ރުފިޔާއާއި ފޯދުނު ދެރަ 15 ދިވެހިރުކަށް ރުކަކަށް -/200 (ދުއިސައްތަ) ރުފިޔާގެ
މަގުން -/3000 (ތިންހާސް) ރުފިޔާ އާއި، ކަނދުބުޑުލާ ނުހޯދިހުރި ބޮޑު 08 ދިވެހިރުކަށް ރުކަކަށް -/100
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
(އެއްސަތޭކަ) ރުފިޔާގެ މަގުން -/800 (އައްސަތޭކަ) ރުފިޔާއާއި، އެކު ޖުމްލަ -/51600 (ފަންސާސް
އެއްހާސް ހަސަތޭކަ) ރުފިޔާ ލ.ކަޅައިދޫގައި ހުރި އެންމެހައި ރުއްގަހަށް ބަދަލު ދިނުމަށް ސަރުކާރުން ލ.ގަމު
ކައުންސިލް އިދާރާގެ ބެލުމުދަށުގައި ބަހައްޓާފައިވާ ފައިސާއިން ލ. ގަމު ކައުންސިލް އިދާރާގެ ފަރާތުން ކުރިން
ލ.ކަޅައިދޫ ހިތަށްފިނިވާގެ، މިހާރު ލ.ގަމު ތުނޑި ހިރާ ޢަބްދުﷲ ޢަފީފް އައިޑީކާޑު ނަންބަރ A134736
އަށް ދޭން ޖެހިއްޖެކަމަށް ކަނޑައަޅައި ބުނެވިދިއަ -/51600 (ފަންސާސް އެއްހާސް ހަސަތޭކަ) ރުފިޔާ
ބުނެވިދިއަ ޢަބްދުﷲ އަފީފް އަށް ރައްދުކުރުމަށްޓަކައި މިއަދު 04 އޭޕްރިލް 2012 ދުވަހުން ފެށިގެން 07
(ހަތެއް) ދުވަހުގެ މުއްދަތުގައި ލ.ގަމު ކައުންސިލް އިދާރާގެ ފަރާތުން ލ.ގަމު މެޖިސްޓްރޭޓް ކޯޓު/ ތުނޑީ
އަވަށު ސެކްޝަނާއި (މިސެކްސަން) އާއި ހަވާލުކުރުމަށް ލ.ގަމު ކައުންސިލް އިދާރާއަށް އަންގާ އަމުރުކޮށް
މިގޮތުގެމަތީން ޙުކުމްކޮށް މިޤާޞިއްޔާ ނިންމީމެވެ" މިފަދައިންނެވެ.
.4
ގަމު
ތުނޑީ ސެކްޝަންގެ
ހައްދުންމަތީ މެޖިސްޓްރޭޓް
ނަންބަރު
2011/O6MC-TS/238 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބު
އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުމަށް އެދި ލ. ގަމު ކައުންސިލްގެ އިދާރާގެ ފަރާތުން 03
އެކަންކަމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
2 2 493
هއއ
ފާހަގަކޮށް
ފުރަތަމަ ނުކުތާއަކީ: ރުއްގަހުގެ ބަދަލު ހަމަޖެއްސުމަށްޓަކައި އަގުކޮމެޓީއެއް ނަގާފައިނުވުމާއި
ރުއްގަސް މިހާރު ކުރިން ހުރިގޮތަށް ކަޅައިދޫގައި ހުރިކަން ކަށަވަރުކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
4 239
ކeއވެ.
ދެވަނަ ނުކުތާއަކީ: ހެކިންގެ ހެކިބަހާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހާއި ދިމާނުވިނަމަވެސް
ހެކިބަސް ގަބޫލުކޮށް ރުއްގަހުގެ އަދަދުކޮށްފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އައިކް
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ގުލްސް
2013/HC-A/78
ތިންވަނަ ނުކުތާއަކީ: އިސްތިއުނާފުކުރާ ލ. ގަމު ކައުންސިލްގެ ބަދަލުގައި ކަމަށްބުނެ ޝަރީޢަތަށް
ހާޒިރުވި ފަރާތަކީ އެފަރާތް ތަމްސީލުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ކަމަށް ނުވުމާއެކު އިސްތިއުނާފު
މިކުރެވޭ ދަޢުވާއަށް ޖަވާބުދާރީވުމުގެ ފުރުސަތު ލ.ގަމު ކައުންސިލަށް ލިބިފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ.
ގަމު
میسر
5. ހައްދުންމަތީ މެޖިސްޓްރޭޓް
ސެކްޝަންގެ ނަންބަރު
2011/238
/
06MC
-
TS ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ލ. ގަމު ކައުންސިލްގެ އިދާރާގެ ފަރާތުން
ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅޭގޮތުން، މިމައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ
ނަޒަރަކުން ވިސްނައި ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ފާހަގަކުރެވިފައިވެއެވެ.
8) 8/2
***P
(ހ) ފުރަތަމަ ކަމަކީ، ލ. ގަމު | ތުނޑި ހިރާ ޢަބްދުﷲ ޢަފީފު، ލ. ކަޅައިދޫގައި އިންދައި،
ހައްދައި އޭނާގެ ނަމުގައި މިލްކު ސާބިތުކޮށްފައިވާ 139 ދިވެހިރުކުގެ ބަދަލަށް ސަރުކާރުން ދޫކޮށްފައިވާ
ފައިސާ، ލ. ގަމު ތުނޑި ހިރާ ޢަބްދުﷲ ޢަފީފަށް ލ. ގަމު ކައުންސިލުގެ އިދާރާއިން ނުދީގެންކަމަށް ބުނެ
ލ. ގަމު ކައުންސިލަށް ދަޢުވާ ރައްދުވާގޮތަށް ލ. ގަމު | ތުނޑި ހިރާ ޢަބްދުﷲ ޢަފީފް ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނަށް ހުށަހެޅި މި މައްސަލާގައި ކަންހިގާފައިވާގޮތަށް ބަލާއިރު،
މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ ހައިސިއްޔަތުން މައްސަލާގައި ޖަވާބުދާރީވުމަށް ލ. ގަޅު
ކައުންސިލުގެ ފަރާތުން މީހަކު ހަމަޖައްސައިދިނުމަށް އެދި މައްސަލާގައި ހިމެނޭ ލިޔުންތަކާއެކު ހައްދުންމަތީ
ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ އަވަށު ސެކްޝަނުގެ ނަންބަރު 2011
/
16/06MC
-
TA
ކައުންސިލުގެ އިދާރާއަށް 07 ސެޕްޓެމްބަރ 2011 ވަނަ ދުވަހު ފޮނުއްވާފައިވާކަމާއި،
ހަޓީ ލ. ގަމު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
މިސިޓީއާ ގުޅިގެން، ހައްދުންމަތީ ގަމު ކައުންސިލުގެ އިދާރާގެ ނަންބަރު 2011
/
224/A-399
(19 ސެޕްޓެމްބަރ 2011) "ފެކްސް މެސެޖް، ލ. ގަމު ކައުންސިލުގެ ނައިބުރައީސް އަސްލަމް މުޙައްމަދު
ސޮއިކޮށް، އެމައްސަލާގައި ލ. ގަމު ކައުންސިލުގެ ފަރާތުން ހާޒިރުވާނީ އެކައުންސިލުގެ އިދާރާގެ
މުނިސިޕަލް ސަރވިސް އޮފިސަރ އަލްފާޟިލް ޢަބްދުލް ޣަފޫރު ޢުމަރު ކަމުގައި ބަޔާންކޮށް، އެމެސެޖް
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނަށް ފޮނުވާފައިވާކަމާއި،
އަދި އެމައްސަލައާ ގުޅިގެން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނަށް
ހާޒިރުވެފައިވަނީވެސް އިސްވެދެންނެވުނު މެސެޖުގައިވާ ފަރާތްކަމުގައިވާ ލ. ގަމު ކައުންސިލް އިދާރާގެ
މުނިސިޕަލް ސަރވިސް އޮފިސަރ ޢަބްދުލް ޣަފޫރު ޢުމަރުކަން ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު
ތުނޑީ ސެކްޝަންގެ ނަންބަރު 2011/O6MC-TA/238 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް
ބެލުމުން އެނގެންއޮންނައިރު،
ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު میسر
ނަންބަރު
2011/O6MC-TS/238 ޤަޟިއްޔާ އެކޯޓުގައި ހިންގެވިއިރު، ލ. ގަމު ކައުންސިލު ތަމްސީލުކުރުމަށްކަމަށް
ބުނެ އެކޯޓަށް ހާޒިރުވި ފަރާތަކީ އެކައުންސިލު ތަމްސީލުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި އެކައުންސިލް
ތަމްސީލުކުރުމަށް އެކައުންސިލުން ކަނޑައަޅާފައިވާ ފަރާތެއްނޫންކަމަށާއި، އެހެންކަމުން ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނުގެ ނަންބަރު 2011/O6MC
-
TS/238 ޤަޟިއްޔާގައި އެކައުންސިލަށް
ޖަވާބުދާރީވުމުގެ ފުރުސަތު ލިބިފައިނުވާކަމަށް ލ. ގަމު ކައުންސިލްގެ ފަރާތުން ބުނެ އެކަން ހުށަހަޅާފައިވާކަން
ސެކްޝަނުގެ
4ދ
އެނގޭކަމެވެ.
ހ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު
(ޤާނޫނު ނަންބަރު 7/2010) ގެ 114 ވަނަ މާއްދާގައި، ކައުންސިލްތަކުން އެއްވެސް ކަމެއް ނިންމޭނީ،
އެކައުންސިލެއްގެ މެންބަރުންގެ
ންބަރުންގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މެންބަރުން ހިމެނޭ
މެނޭގޮތުން ބޭއްވޭ ޖަލްސާއަކުން،
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އެބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
އެޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުންކަމަށް ކަނޑައަޅާފައިވާކަން
އެނގެންއޮންނައިރު،
ލ. ގަމު ކައުންސިލުގެ ނައިބު ރައީސް އަސްލަމް މުޙައްމަދު ސޮއިކޮށް، ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނަށް ފޮނުއްވާފައިވާ ނަންބަރު 2011
/
224/A-399 (19 ސެޕްޓެމްބަރ
2011) "ފެކްސް މެސެޖް" ގައި، އެމައްސަލާގައި އެކައުންސިލް ތަމްސީލުކުރާނެ ފަރާތަކީ، މުނިސިޕަލް
ސަރވިސް އޮފިސަރ އަލްފާޟިލް ޢަބްދުލް ޣަފޫރު ޢުމަރު ކަމުގައި ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ 114 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާ، ކައުންސިލްތަކުން ކަންކަން ނިންމުމުގައި ޢަމަލުކުރުމަށް އޮންނަ އުޞޫލާ އެއްގޮތަށް
ކައުންސިލުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ބިނާކޮށްގެންކަން އެނގެން ނެތްކަމާއި، އަދި ކައުންސިލުން
ނިންމާފައިވާ އެފަދަ ނިންމުމެއް އޮތްކަންވެސް އެނގެންނެތްކަމެވެ.
OOCOX
(ނ) ތިންވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ)
ގައި، ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ
އެމީހެއްގެ މައްޗަށް އުފުލުމުގައި، އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށާއި،
އަދި ހަމަ މިމާއްދާގެ (ނ) ގައި، ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގަންވާނީ
ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައިކަމަށް ބަޔާންކޮށްފައިވާކަމާއި،
މީހެއްގެ ޙައްޤަކަށް އުނިކަން ލިބޭފަދަ ގޮތަކަށް ޝަރީޢަތުން ގޮތެއް ކަނޑައެޅިގެންދާއިރު އެޙައްޤުގެ
ވެރިފަރާތަށް ނުވަތަ އެޙައްޤުގެ ވެރިފަރާތްކަމަށް އޭރު ފެންނަން އޮތް ފަރާތަކަށް އެފަރާތެއްގެ ޙައްޤުގެ
ދިފާޢުގައި ބަސްބުނެ ޖަވާބުދާރީވުމަށް ޝަރީޢަތުން ފުރުޞަތުދެވިފައި އޮންނަން
ންނަންވާނެކަމާއި، އެފަރާތަށް
ޖަވާބުދާރީވެ އެފަރާތުގެ ޙައްޤުގެ ދިފާޢުގައި ބަސްބުނުމަށް ފުރުޞަތު ދެވިފައިނުވާނަމަ އެޝަރީޢަތަކީ ޢަދުލުވެރި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
ޝަރީޢަތެއްކަމަށް ނުބެލެވޭނެކަމާއި، މިކަން މިގޮތަށް ދިވެހިރާއްޖެގެ ހައިކޯޓުގެ ނަންބަރު 233/HC-A/2013
ޤަޟިއްޔާގައިވެސް ފާހަގަކުރައްވާފައިވާކަމާއި،
ޤަޟިއްޔާއެއްގައި އެއްވެސް ފަރާތެއްގެ މައްޗަށް ޙުކުމެއްކުރައްވާ
ޙުކުމެއްކުރައްވާނަމަ، އެފަދަ ޙުކުމެއް ކުރައްވަން
و ميترومر
ވާނީ، އެފަރާތަކަށް އެމައްސަލާގައި ޖަވާބުދާރީވުމަށް، ކަނޑައެޅި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާ
މަތިން ފުރުޞަތު ދިނުމަށްފަހުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ
275/HC-A/2011 ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން އެނގެންއޮންނައިރު،
ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ
ޤާނޫނު) ގެ ދަށުން އުފެދިފައިވާ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތަކުން ކަންކަން ނިންމުމަށް
ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް އަދި ޝަރުޢީ ކޯޓުތަކުގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލުތައް
ތަމްސީލުކުރާނެ ފަރާތްތައް ބަލައިގަތުމުގައި ޢާންމުކޮށް ޢަމަލުކުރެވެމުންދާ އުޞޫލާ ޚިލާފަށް، ލ. ގަމު
ކައުންސިލް އިދާރާ ތަމްސީލުކުރުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނުގެ ނަންބަރު
2011/O6MC
-
TS/238 ޤަޟިއްޔާގައި ފުރުޞަތު ދެވިފައިވާ ވުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ
މަތީން . ގަމު ކައުންސިލަށް އެމައްސަލައިގައި ޖަވާބުދާރީވުމަށް ފުރުސަތު ދެވިފައިވާކަމަށް ބެލެވޭނެ ކަމެއް
ނޫންކަން އެނގޭކަމެވެ.
(ނ) ހަތަރުވަނަ ކަމަކީ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ މިކޯޓުގައި
ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައިވަނީ، ކަނޑައެޅި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާ
އެއްގޮތްވާގޮތުގެ މަތިން ލ. ގަމު ކައުންސިލަށް އެމައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައި،
މިމައްސަލަ އަލުން ބައްލަވައި މައްސަލައާމެދު ގޮތެއް ކަނޑައެޅުއްވުމަށް މިމައްސަލަ ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކް ޝަނަށް ތައުވީލުކުރަންޖެހޭ ކަމަށެވެ.
etc
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2013/HC-A/78
ދެންފަހެ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަންގެ ނަންބަރު 2011/O6MC-TS/238 ޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމް ބާޠިލްކޮށް، ކަނޑައެޅި ޢަމަލުކުރެވެމުންދާ ޤަވާއިދުތަކާއި އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ލ. ގަމު
ކައުންސިލަށް އެމައްސަލާގައި ޖަވާބުދާރީވުމަށް ފުރުސަތު ދެއްވައި، މިމައްސަލަ އަލުން ބައްލަވައި ނިންމެވުމަށް،
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 46 ވަނަ މާއްދާގެ (ށ) ގެ ދަށުން މިމައްސަލަ ހައްދުންމަތީ ގަމު
މެޖިސްޓްރޭޓް ކޯޓު ތުނޑީ ސެކްޝަނަށް ތަޙުލީލުކުރުމަށް މިމައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv