ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-SH/12 ޤަޟިއްޔާގެ ޙުކުމް
1
2009/HC-I-SH/12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
• ޤަޟިއްޔާ ނަންބަރ: 12/HC
-
I
-
SH/2009
• އިންތިޙާބީ ޝަކުވާގެ މައްސަލަ ހުށަހެޅިފަރާތް:
* ނަން: ޢަބްދުﷲ ޤާސިމް
އައިޑީ
ކާޑު ނަންބަރ:
ދާއިމީ އެޑްރެސް: ލ. ގަން މަތިމަރަދޫ ސިލެޓް
މިހާރުގެ އެޑްރެސް: ލ. ގަން މަތިމަރަދޫ ސިލެޓް
އިންތިޙާބީ ޝަކުވާ މައްސަލަ ރައްދުވާފަރާތް
އިލެކްޝަންސް ކޮމިޝަން
ދާއިމީ އެޑްރެސް
މިހާރުގެ އެޑްރެސް
އެތަ7
ށަހެޅުނު ތާރީޚް: 25 ޖުމާދސަލްއޫލާ 1428
މެއި 2009
ނިމުނު ތާރީޚް: 21 ޖުމާދަލްއާޚިރާ 1430
15 މެއި 2009
20
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2009/HC-I-SH/12
ސިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފިހުރިސްތު
ޞަފްޙާ ނަންބަރ: :03-03
01- ދަޢުވާގެ ޚުލާޞާ
02- ފާހަގަކުރެވުނު ނުކުތާތައް:
04-16:
03- ޙުކުމް
16-11:
މަޙްޝަރު ބަޔާންތައް:
04.1 އިންތިޙާބީ ޝަކުވާ ހުށަހެޅި ފަރާތުގެ މަޙުޝަރު ބަޔާންތައް:
ޢަބްދުﷲ ޤާސިމް ސިލެޓް މަތިމަރަދޫ ލ. ގަން
ވަކީލް: އޒް. ޢަބްދުﷲ ހަސީން ގ. މަޚުމާވިލާ
މަޙުޝަރު ނަންބަރ: 14-HC
-
I
-
SH
-
12Mpg01-2009
ވެ
32ޓ ޑ ވ މހގ
ފުރަތަނެއެވ
އެކިވާހަކަތައް.
04.2 އިންތިޙާބީ ޝަކުވާ ރައްދުވި ފަރާތުގެ މަހާސަރު ބަޔާންތައް:
އިލެކްޝަންސް ކޮމިޝަންސްގެ ފަރާތުން:
އޒީ. ޙަސަން މަޢާޒު ޝަރީފު ޝިޕްމަން ގެ ފަރާތުންދެއްކި ވާހަކަތައް:
މަޙުޝަރު ނަންބަރ: 24-HC
-
I
-
SH
-
12Mpg15-2009
149
05- އިންތިޙާބީ ޝަކުވާއާއި ގުޅިގެން ހުށަހެޅުނު ލިޔުންތައް:
1- މިމައްސަލައާ ގުޅިގެން ޢަބްދުﷲ ޤާސިމް ސިލެޓް ލ. ގަން މަތިމަރަދޫ 28/05/2009 ގައި
ހުށަހަޅާފައިވާ ރައްޔިތުންގެ މަޖްލީހުގެ އިންތިޙާބުގައި 2009 ގައި ހައްދުންމަތީގައި ބަހައްޓާ ވޯޓުފޮށިތަކުގައި
ހަރަކާތްތެރިވި އޮފިޝަލުންގެ ލިސްޓް (ޖުމްލަ 6 ޞަފްޙާ)
2- މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޝަރީޢަތަށް ހުށަހެޅި އިލެކްޝަން
ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ނަންބަރު: 03618.NEFA ގެ މައްސަލައިގެ ޖަވާބުގެ ލިއުމާއި
އެލިޔުމާއެކު ހުށަހެޅި ޝަކުވާ ހުށަހަޅާ ފޯމްގެކޮޕީ: (ޖުމްލަ 3 ޞަފްޙާ)
3- މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޝަރީޢަތަށް ހުށަހެޅި އިލެކްޝަން
ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ނަންބަރު: 03619.NBFA ގެ މައްސަލައިގެ ޖަވާބުގެ ލިޔުމާއި
އެލިޔުމާއެކު ހުށަހެޅި ޝަކުވާ ފޯމްގެ ކޮޕީ: (ޖުމްލަ 4 ޞަފްޙާ)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-I-SIH;12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
4- މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ޝަރީޢަތަށް ހުށަހެޅި އިލެކްޝަން
ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅުނު ނަންބަރު: 03620.NBFA ގެ މައްސަލައިގެ ޖަވާބުގެ ލިޔުމާއެކު
ހުށަހެޅި ޝަކުވާ ހުށަހަޅާ ފޯމްގެކޮޕީ: (ޖުމްލަ 3 ޞަފްޙާ)
5- މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އެކޮމިޝަނުގެ ނަންބަރު
2009
/
55-ADF) އިޢުލާނާއި އެއިޢުލާނާއިއެކު ހުށަހެޅިފައި ހުރިލިޔުން. (ޖުމްލަ 49 ޞަފްޙާ)
-6
6- މިއީ މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ
އިންތިޚާބު 2009 ކަންހިނގާދިޔަގޮތުގެ ރިޕޯޓް މިނަމުގައިވާ ލިޔުން. (ޖުމްލަ 12 ޞަފްޙާ)
7- މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އެކޮމިޝަނުގެ ނަންބަރު
2009
/
50-A
)
F) އިޢުލާނާއި، އެއިޢުލާނާއެކު ހުށަހެޅިފައިވާ ލިޔުން. (ޖުމްލަ 05 ޞަފްޙާ)
-8
މިއީ، މިމައްސަލައާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާ އެކޮމިޝަނުގެ ނަންބަރު
196
/
2009
/
11/F-38 ސިޓީއާއި އެސިޓީއާއެކު އެޓޭޗް ކުރެވިފައިވާ ލިޔުން. (ޖުމްލަ 3 ޞަފްޙާ)
06- ރިޕޯޓުގައިވާ ޞަފްޙާގެ ޖުމްލަ ޢަދަދު: 129
• ދަޢުވާގެ ޚުލާޞާ
މިއީ، 09 މެއި 2009 ވަނަދުވަހު ރާއްޖޭގައި ބޭއްވުނު ޢާންމު އިންތިޚާބުގައި ލ. ގަން
ދާއިރާ (O02.2.1) ލ. ކަޅައިދޫގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުމުގައި ކަންތައްތައް ހިނގާފައިވަނީ
ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޢާންމު ޤާނޫނާ ޚިލާފަށް ކަމަށްބުނެ އެޤާނޫނުގެ 65 ވަނަމާއްދާގައިވާ ގޮތުގެ
މަތިން (O02.2.1) ވޯޓުފޮށި ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ޙުކުމްކު
ކުރުމަށްއެދި ލ. ގަން މަތިމަރަދޫ
ސިލެޓް ( ބަނޑޭރިކޮށި 183) ޢަބްދުﷲ ޤާސިމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
މައްސަލައެކެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނޒާން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/l2
*
-1
ފާހަގަކުރެވުނު ނުކުތާތައް
މިއީ، 09 މެއި 2009 ވަނަދުވަހު ރާއްޖޭގައި ބޭއްވުނު ޢާއްމު އިންތިޚާބުގައި ލ. ގަން
ދާއިރާ (O02.2.1) ލ. ކަޅައިދޫގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓުލުމުގައި ކަންތައްތައް ހިނގާފައިވަނީ
ދިވެހިރާއްޖޭގެ އިންތިޚާބާބެހޭ ޢާންމު ޤާނޫނާ ޚިލާފަށް ކަމަށްބުނެ އެޤާނޫނުގެ 65 ވަނަމާއްދާގައިވާ ގޮތުގެ
މަތިން (O02.2.1) ވޯޓުފޮށި ބާޠިލްކޮށް އަލުން އިންތިޚާބު ބޭއްވުމަށް ޙުކުމްކުރުމަށްއެދި ލ. ގަން މަތިމަރަދޫ
ސިލެޓް ( ބަނޑޭރިކޮށި 183) ޢަބްދުﷲ ޤާސިމް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވުނު
މައްސަލައެކެވެ.
2- މިމައްސަލަ ހުށަހަޅާ ސަބަބާއި އޭގެ ތަފްޞީލްގައި 16 (ސޯޅަ) ނުކުތާއެއް ހުށަހަޅާފައި ވެއެވެ.
6 4
2
0
2
92 ·
ބަޔާންކުރވނ
1-
09 މެއި 2009 ދުވަހު ބޭއްވި ޢާއްމު އިންތިޚާބުގައި ލ. ގަމު ދާއިރާގެ (O02.2.1) ފޮށްޓަށް
ތ. ގުރައިދޫ، އިމްރާން އަޙްމަދު މަނިކު ވޯޓްލާފައިވާތީ އެކަން އެނގުމާ ގުޅިގެން މިމައްސަލަ އިލެކްޝަންސް
ކޮމްޕްލެއިންސް ބިއުރޯއަށް ހުށަހަޅައި މިއަދާ ހަމައަށް މައްސަލަ ބެލިފައިނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއާއި
2- ތ. ތިމަރަފުށީ ދާއިރާގެ މީހަކަށް ލ. ގަރުދާއިރާގެ ކެންޑިޑޭޓަކަށް ވޯޓުލާން ފުރުޞަތު
ދެއްވާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައިވާތީއާއި، އަދި ލ. ގަމު ދާއިރާގެ ފޮށިތަކަށް ވޯޓުލުމުގެ ޝަރުތު ހަމަވާ
މީހުންނަށް ވޯޓުނުލެވުނު ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
3- އިންތިޚާބުތަކާ ޢާއްމު ޤާނޫނުގެ 32 ވަނަމާއްދާގެ (ނ) އާއި ޚިލާފަށް ބަޔާންކުރެވި
ވޯޓުފޮށީގެ ކަންތައްތައް ބަލަހައްޓަން ތިބި މީހުންގެ ތެރޭގައި ރަށު އޮފީހުގެ ސެކްރެޓަރީ ކަމުގައިވާ އަޙްމަދު
ފަޒީލް، ލ. ކަޅައިދޫ މީނާޒު ހިމެނޭ ކަމަށާއި، މީނާއަކީ ކަޅައިދޫ އޮފީހުގެ ދެވަނަ ވެރިމީހާ ކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއާއި
4- އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ބުނާގޮތުގައި ވޯޓުނެގު
ކަންތައްތައް ބަލަހައްޓަން ޖެހޭނީ އެކަމަށް ޤާބިލްކަން ހުރި ފަރާތްތައް ކަމަށާއި، ނަމަވެސް ބަޔާންކުރެވޭ
ވޯޓުފޮށި ބަލަހައްޓަން ތިބި މީހުންނަކީ އެކަމަށް ޤާބިލް ބައެއް ނޫންކަމަށާއި، މިކަން ދޭހަކޮށްދެނީ މިދާއިރާގެ
ވޯޓު ލާފައިވާ ގޮތާއިމެދު ކެންޑިޑޭޓުންގެ ފަރާތުން އޮބްޒާވަރުން އެދާއިރާގައި ހުރި އިންތިޚާބާ ބެހޭ ޝަކުވާ
ހުށަހަޅާ ބިއުރޯގައި ޝަކުވާކުރުމުން އެކަމާބެހޭ ގޮތުން ބިއުރޯއަށް ވޯޓުފޮށި ބެލެހެއްޓުމުގެ މަސައްކަތް ކުރި
ނެގުމާއި ބެހޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
906މ 7
5
ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/12
ޢަބްދުﷲ ޝަރީފް، އައްސޭރި/ ލ. ކަޅައިދޫ ދީފައިވާ ބަޔާނުންނާއި ޖުމްހޫރީ ޕާޓީގެ ފަރާތުން އެދާއިރާގައި
ޙަރަކާތްތެރިވި މަންޒަރު ދުށް އިބްރާހީމް ސަމީރު ލ. ކަޅައިދޫ މީރީވިލާ ބުނާ ބުނުމުން ކަމަށްބުނެ
ފާހަގަކޮށްފައިވާ ނުކުތާއާއި
5- އިލެކްޝަން ކޮމިޝަނުން ބަޔާންކުރެވުނު ވޯޓުފޮށްޓާއި ޙަވާލުވެގެން ތިބި އޮފިޝަލުން ވަގުތީ
ނަތީޖާ އިޢުލާން ކޮށްފައިވަނީ ތ. ގުރައިދޫ ހިރަފުސްގެ އިމްރާން އަޙްމަދު މަނިކު ލާފައިވާ ވޯޓު ހިމަނައިގެން
ކަމަށްވާތީ ބަޔާންކޮށްފައިވާ ވޯޓަކީ ޤަވާޢިދާ ޚިލާފަށް ލާފައިވާ ވޯޓެއްކަން އެނގޭއިރު އެވޯޓު ހިމަނައިގެންކަމާ
ލާފައިވާ ބާޠިލް ވޯޓްވެސް ހިމަނައިގެން ކަމަށްވުން ކަމަށްބުނެ ފާހަގަ ކޮށްފައިވާ ނުކުތާއާއި
6- އިންތިޚާބާބެހޭ އާއްމު ޤާނޫނު 34 ވަނަ މާއްދާ ބުނާގޮތުން ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް
ކޮމިޝަންގެ ފަރާތުން ވޯޓު ނެގުމުގެ ކަންތައްތައް ބަލަހައްޓަން ތިބޭ މީހުންނަށް އެމީހުންގެ ޒިންމާ
އަދާކުރާކުރުމަށްޓަކައި ބޭނުންވާ މިންވަރަށް އެމީހުންގެ މަސްއޫލިއްޔާތާ ބެހޭ ތަމްރީނާއި މަޢުލޫމާތާއި އިރުޝާދު
ދޭންޖެހޭނެ ކަމަށް ބުނެފައިވާއިރު ބަޔާންކުރެވުނު ވޯޓުފޮށި ބެލެހެއްޓުމާއި، ވޯޓުގެ ކަންތައްތައް ހިނގާދިޔަގޮތުން
މިމާއްދާގައި ބަޔާންކުރާ ފަދައިން އެކޮމިޝަނުން ޢަމަލުކޮށްފައިވާ ކަމަށް ބެލެވެން
ފާހަގަކޮށްފައިވާ ނުކުތާއާއި
7- އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 40 ވަނަމާއްދާއާއި ޚިލާފަށް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއް
ކަމުގައިވާ ޢަބްދުއްރައޫފު މުސްތަރީގެ، ލ. ކަޅައިދޫ ވޯޓުލާ ސަރަޙައްދުގައި ޙަރަކާތްތެރި ވެފައިވާ ކަމަށްބުނެ
ފާހަގޮށްފައިވާ ނުކުތާއާއި
8- އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ކެންޑިޑޭޓަކު ކަމަށްވާ
ޢަބްދުއްރައޫފު، މުސްތަރީގެ| ލ. ކަޅައިދޫ ވޯޓުލާ ސަރަޙައްދަށް ވޯޓުލަމުން ދިޔައިރު ވަދެފައިވާކަމަށްބުނެ ފާހަގަ
ކޮށްފައިވާ ނުކުތާއާއި
9- އިންތިޚާބާބެހޭ ޢާއްމު ޤާނޫނުގެ 48 ވަނަ މާއްދާގެ (ށ) އާއި ޚިލާފަށް ވޯޓުލާން ފެށުމަށްފަހު
ވޯޓުލުން މެދުކެނޑިފައިވުން ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
94 ހތ 3
4
ނެތުންކަނބުނޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަގސިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/12
10- ބަޔާންކުރެވުނު ވޯޓު ފޮށްޓަށް ވޯޓުލުމުގައި ކަންހިނގާފައިވަނީ އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ
50 ވަނަ މާއްދާގެ (ހ)، (ނ)، (ރ)، (ބ)، (ކ) އާއި ޚިލާފަށް ކަމުގައިވުންކަމަށްބުނެ ފާހަގަކޮށްފައިވާ
44 25
هއައ
0x32 ހވ
ހހ4 83 ހއ 3
4
ކަމަށްވާނެކަމަށްބުނެ
oxy
11- ބަޔާންކުރެވުނު ވޯޓުފޮއްޓަށް ވޯޓުލާފައިވާ އިމްރާން އަޙްމަދު މަނިކު ތ. ގުރައިދޫ ހިރަފުސްގެ
ވޯޓުލާފައިވަނީ އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނުގެ 51 ވަނަމާއްދާގެ (ހ) އާއި ޚިލާފަށް
ފާހަގަކޮށްފައިވާ ނުކުތާއާއި
12- ބަޔާންކުރެވުނު ވޯޓުފޮށީގެ ވޯޓު ގުނުމާއި ވޯޓާއިބެހޭ ކަންކަން 55 ވަނަ މާއްދާގެ (ނ) އާއި
ޚިލާފަށް ކެންޑިޑޭޓުންނާއި އެމީހުންގެ މަންދޫބުންނާ އޮބްޒާވަރުންނަށް އެމަރުކަޒުގައި ކަންހިނގާގޮތް ބެލުމުގެ
ފުރުޞަތު ދީފައިނުވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
13- އިންތިޚާބާ
ބެހޭ ޢާއްމު ޤާނޫނުގެ 56 ވަނަ މާއްދާ(ހ) (ނ) ބަޔާންކޮށްފައިވާ ބާޠިލް ވޯޓު
ހިމަނައިގެން އިންތިޚާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާ އިޢުލާން ކޮށްފައިވުންކަމަށްބުނެ ފާހަގަކޮށްފައިވާ
ނުކުތާއާއި
14- އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 33 ވަނަ މާއްދާގައި ބުނާ
ފަދައިން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ލ. ގަން ދާއިރާ (0.02.2.1) އަށް ވާދަކުރި އެމް.ޑީ.ޕީގެ
ކެންޑިޑޭޓް ޢަބްދުﷲ ޤާސިމަށް އެމާއްދާގައި ބުނާ މަޢުލޫމާތު ފޯރުކޮށްދީފައި ނުވުންކަމަށްބުނެ ފާހަގަކޮށްފައިވާ
44
ންeއއ
15- އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 29 ވަނަ މާއްދާގެ (ނ) އާއި ޚިލާފަށް އެމް.ޑީ.ޕީގެ
ކެންޑިޑޭޓް ޢަބްދުﷲ ޤާސިމާ ބެހޭގޮތުން ލ. ކަޅައިދޫ ސޯސަންގޭ މުޙައްމަދު ރަޝާދާއި ލ. ކަޅައިދޫ ނިޝާން
އަޙްމަދު ޝަރީފް ރައްޔިތުންގެ ގިނަ ޢަދަދެއްގެ ބައެއްގެ ކައިރީގައި އިންތިޚާބީ ޙައްޤަށް އުނިކަން ލިބޭފަދަ ދޮގު
ވާހަކަތައް ދައްކާފައި ވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި
16- އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 65 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި ލ. ގަން
ޒޯން 2 ގެ މުވައްޒަފުން ހިމެނޭ ލ. ގަން މުންޑޫ ކަޅައިދޫގެ މުވައްޒަފުންނަށް ލ. މާންދޫގެ ސީނިއަރ
މުވައްޒަފުން ކަމުގައިވާ އަޙްމަދު ޢަލިދީދީ، ފިނިހިޔާގެ| ލ. ގަން، ފާރޫޤް އިދުރީސް، ރޮކުބީޗް| ލ. ގަން،
ނުފޫޒު ފޯރުވާ ވަޒީފާގެ ބިރު ދައްކާފައިވުންކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއާއި މިސޯޅަނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2(1)9/HC-I-SH/12
44
.
3- މިނުކުތާތައް ޢަބްދުﷲ ޤާސިމްގެ ފަރާތުން ހުށަހެޅުމަށްފަހު ޢަބްދުﷲ ޤާސިމް ބުނެފައިވަނީ
މިކަންކަމުގެ ސަބަބުން:
- އިންތިޚާބާ މެދު އިތުބާރު ގެއްލިފައިވާ ކަމަށާއި
2- ވޯޓުގެ ނަތީޖާއަށް އަސަރު ފޯރާފައިވާ ކަމަށް ބެލެވޭ ކަމަށާއި
3- އިންތިޚާބުގައި 2 ވަނައަށް އެންމެ ގިނަ ވޯޓު ހޯދި ކެންޑިޑޭޓް ޢަބްދުﷲ ޤާސިމް ސިލެޓް، ލ.
ގަން އާއި ކާމިޔާބުކުރި ކެންޑިޑޭޓުގެ ތަފާތަކީ 18 ވޯޓުކަމުގައިވާތީ ބަޔާންކުރެވުނު ކަންތައްތައް ނުހިނގިނަމަ
އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމުގެ އިތުބާރު ލިބިފައިވާ ކަމަށެވެ.
4- ޢަބްދުﷲ ޤާސިމުގެ ވިޝަކުވާއާއި އަދި މިޝަކުވާއާ ގުޅިގެން ފާހަގަކޮށްފައިވާ އިސްވެ އިޝާރާތް
ކުރެވުނު ކަންކަމަށް ޖަވާބުދާރީ ވުމުގެ ގޮތުން މިމައްސަލައިގައި ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ލ. ކަޅައިދޫގައި ބެހެއްޓިފައިވާ ލ. ގަމު އިންތިޚާބީ
ދާއިރާގެ ނަންބަރު o02.2.1 ވޯޓު ފޮށީގެ ނަތީޖާ ބާޠިލްކޮށް އަލުންވޯޓުލުމަށް އެދި ހުށަހަޅާފައިވާ އިންތިޚާބީ
ޝަކުވާގެ ދަޢުވާއަށް އިލެކްޝަންސް ކޮމިޝަނުން އިންކާރު ކުރާ ކަމަށާއި، އިންތިޚާބު ތަކާބެހޭ ޢާއްމު ޤާނޫނު
( ޤާނޫނު ނަންބަރު 11/2008 ) ގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން އެސަރަހައްދުގެ ނަތީޖާ ބާޠިލްކޮށް
އަލުން އިންތިޚާބު ބާއްވަންޖެހޭނޭ ސަބަބެއް މެދުވެރިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނުދެކޭ
ދަޢުވާކުރާފަރާތުން ހުށަހެޅި މައްސަލައިގައި ތަފްޞީލުގެ ވަރަށްގިނަ ނުކުތާތަކެއް އެބަހުރި ކަމަށާއި،
މިނުކުތާތަކަށް ބަލާއިރު 13،11،10،5،2،1 މިނުކުތާތަކަކީ ހަމަ އެއްކަމެއްގެ މައްޗަށް ބިނާކޮށްފައިވާ 6
އެނުކުތާތަކާބެހޭ ގޮތުން ޖުމްލަކޮށް އެއްޗެއް ބުނަން ބޭނުންވާ ކަމަށާއި ފުރަތަމަ ތ. ގުރައިދޫ
ހިރަފުސްގޭ އިމްރާން އަޙްމަދު މަނިކުއަކީ ދަޢުވާކުރާ ފަރާތުންއެބުނާ ގޮތަށް ތިމަރަފުށީ ދާއިރާއަށް ވޯޓުދިނުމުގެ
ޙައްޤު ލިބިގެންވާ ފަރާތެއްކަމަށާއި އެހެންނަމަވެސް ނަންބަރު o02.2.1 ވޯޓު ފޮށީގެ ކަރުދާސް ދޫކުރަން ހުރި
ލ. ކަޅައިދޫ އައްސޭރި ޢަބްދުﷲ ޝަރީފް ބަލަންވާވަރަށް ނުބެލުމުގެ ސަބަބުން ޢިމްރާނު އަޙްމަދު މަނިކަށް
ދޫކުރެވިފައިވަނީ ލ. ގަމު ދާއިރާގެ ވޯޓު ކަރުދާސްކަމަށާއި މިކަން އޮފިޝަލުންނަށް އެގުނީ ޢިމްރާން އަޙްމަދު
މަނިކު ވޯޓުލީފަހުން ކަމަށާއި އަދި މިކަން އެގިގެން ވަގުތުން އިލެކްޝަންސް ކޮމިޝަނުގެ ސަމާލުކަމަށް
ގެނެވުމުން އިލެކްޝަންސް ކޮމިޝަނުން އިރުޝާދު ދީފައިވާނީ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓުގައި އެކަން ބަޔާން
ކުރުމަށް ކަމަށާއި މިގޮތުން މިކަން ހިނގާދިޔަގޮތް، ނަންބަރު O02.2.1 ވޯޓުފޮށީގެ ކަންހިނގާދިޔަ ގޮތުގެ
ކަމަށާއި،
ނުކުތާ ކަމަށާއި
43 45
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން މާލެ، ދިވެހިރާއްޖެ، ފޯން: 332509، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.lin9
8
ޝިޢްޔާ ނިމުނު ގޮތުގެ ރިޕޯޓް
{009/HC-I-SH/12
OXO
އޭނަ
ރިޕޯރޓުގައި ފާހަގަ ކޮށްފައިވާ ކަމަށާއި އެރިޕޯރޓުގެ 8 ވަނަ މާއްދާގައި އާދަޔާއި ޚިލާފު ޙާދިޘާއެއް
ހިނގާފައިވާނަމަ އެޙާދިޘާގެ ތަފްޞީލް ބައިގައި އެކަން ހިނގާދިޔަގޮތް ތަފްޞީލްކޮށް ބަޔާންކޮށްދީފައި އެވަނީ
ހަމައެގޮތަށް އެކަން ހިނގިކަމަށް ކަމަށާއި ދަޢުވާކުރާފަރާތުން މިއަދާ ހަމައަށް އެ މައްސަލަ ބެލިފައި ނުވާކަމަށް
ބުނާވާހަކައަކީ ޙަޤީގަތަށް ދައްކާ ވާހަކަތަކެއްނޫންކަމަށާއި ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން
އެމައްސަލަ ތަޙްޤީގު ކުރެއްވުމަށްފަހު މައްސަލައާއި ގުޅިގެން ޢިމްރާން އަޙްމަދު މަނިކުގެ މައްޗަށާއި، ޢަބްދު
ޝަރީފުގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުއްވާ ދެއްވުމަށްއެދި 20 މެއި
2009 ގައި އިލެކްޝަންސް ކޮމިޝަނަށް މައްސަލަ ފޮނުއްވި ކަމަށާއި އަދި އޭގެ އަނެއްދުވަހު ( 21 މެއި
2009 ގައި) އިލެކްޝަންސް ކޮމިޝަނުންވަނީ އެމައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ
ކަމަށާއި އެކަމުގެ ލިޔުންތައްވެސް ޝަރީޢަތަށް ހުށަހަޅާ ކަމަށާއި ޢިމްރާން އަޙްމަދު މަނިކު ނަންބަރު
.O02.2 ވޯޓުފޮށްޓަށް ޤާނޫނާ ޚިލާފަށް ވޯޓެއްލާފައިވާކަން އެނގުނު ނަމަވެސް އެވޯޓު ފޮށްޓަށް ވޯޓުލާ ފަހުން
ޚިލާފަށްލާފައިވާ ވޯޓުކަރުދާސް ކޮޅަކީ ކޮބައިކަން ބެލޭނެ ގޮތެއްނޯންނާނެ ކަމަށާއި އަދި
ވޯޓުފޮށްޓަކަށް ޤާނޫނާއި ޚިލާފަށް ވޯޓެއްލާފައިވާކަމަށް އެނގުނަސް ދާއިރާގެ ވަގުތީ ނަތީޖާއާއި އަދި ރަސްމީ
ނަތީޖާވެސް އިޢުލާން ކުރުމަކަށް ޤާނޫނީ ހުރަހެއްނެތް ކަމަށާއި މިފަދަ ޙާލަތްތަކުގައި ބަލަންޖެހެނީ ޤާނޫނާ
ޚިލާފަށް ކުރެވިފައިވާ ކަމެއްގެ ސަބަބުން އެދާއިރާއެއްގެ ނަތީޖާއަށް ބަދަލު އަތުވެދާނެތޯ ނުވަތަ ނޫންތޯ ކަމަށާއި
ލ. ގަމު ދާއިރާ (02
O) ގެ ރަސްމީ ނަތީޖާއަށް ބަލާއިރު އެންމެ ގިނަވޯޓު ލިބުނު ޕީޕަލް އެލަޔަންސް
ކެންޑިޑޭޓް ޔޫސުފް ޢަބްދުލް ޣަފޫރަށް ލިބިފައިވަނީ 608 ވޯޓު ކަމަށާއި ދެވަނައަށް އެންމެގިނަ ވޯޓުލިބުނު
ޢަބްދުﷲ ޤާސިމަށް ލިބިފައިވަނީ 589 ވޯޓުކަމަށާއި މިދެމީހުންގެ ދެމެދުގައި 19 ވޯޓުގެ ތަފާތެއް
އެބައޮތްކަމަށާއި އެހެންވީމާ ޢިމްރާން އަޙްމަދު މަނިކު ޤާނޫނާ ޚިލާފަށްލާފައިވާ އެއްވޯޓުގެ ސަބަބުން ނަތީޖާއަށް
ބަދަލުއަންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ނުދެކޭ ކަމަށާއި ދަޢުވާކުރާ ފަރާތުން 3 ވަނަ ނުކުތާއާގުޅޭ
ގޮތުން ދަންނަވާނީ އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަމާއްދާގެ (ށ) ގައި ބުނަނީ ވޯޓު ނެގުމާބެހޭ
ކަންތައްތައް ބަލަހައްޓަން ތިބޭބަޔަކީ ވޯޓުލާ އެމަރުކަޒު ނިސްބަތްވާ އިންތިޚާބީ ދާއިރާގެ އިދާރީ ހިންގުމުގައި
އެއްވެސް އިސްދައުރެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށް ކަމަށާއި ދަޢުވާކުރައްވާ ފަރާތުގެ ބަހުންވެސް
އަޙްމަދު ފަޒީލަކީ ރަށުއޮފީހުގެ ސެކެޓްރީގެ މަޤާމެއްގައި ހުރި ފަރާތެއް ކަންއެނގޭކަމަށާއި ސެކްޓްރީއަކީ އިދާރީ
ހިންގުމުގައި އިސްދައުރެއް އަދާ ކުރެވޭނެ ފަރާތެއްނޫން ކަމަށާއި ރަސްމީ ލިޔުންތަކުގައި ސޮއިކުރެވޭ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 33252029، ފެކްސް: !331647
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{{09/HC-I-SIf/12
ބާރެއްވެސް އޮންނަ ފަރާތެއް ނޫންކަމަށާއި އެހެންވީމާ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަމާއްދާގެ
(ނ) އާއި ޚިލާފު ވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނުދެކޭ ކަމަށާއި ދަޢުވާކުރާ ފަރާތުން ހުށަހެޅި 4
ވަނަ ނުކުތާއާއި 6 ވަނަ ނުކުތާއާއި މިއީވެސް ގުޅޭ ދެނުކުތާކަމަށްވާތީވެ އެދެނުކުތާއަށް ޖުމްލަކޮށް
އިލެކްޝަންސް ކޮމިޝަނުން ދަންނަވާނީ އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ މަރުކަޒުތަކަށް ފޮނުވަނީ
އިލެކްޝަންސަށް ޚާއްޞަ ތަމްރީންތައް އެކަންތައްތައް ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން
ޤަބޫލުކުރާ ޤާބިލްމީހުން ކަމަށާއި ވޯޓުލާ މަރުކަޒުގެ އެއްއޮފިޝަލް ބަލަންވާ ވަރަށް ނުބަލާ ނުވަތަ އޭނާގެ
އިހުމާލުން ކުރެވޭ ގޯސްކަމަކީ އެމަރުކަޒުގައިތިބި އެހެން އޮފިޝަލުންގެ ޤާބިލްކަމާއިމެދު ސުވާލު އުފެދެންވީ
ކަމެއްނޫން ކަމަށާއި އަދި އޮޅިގެން އެހެންދާއިރާ އެއްގެ ވޯޓުކަރުދާސް ދޫކުރެވުނުކަން ފުރަތަމަ
ފާހަގަކުރެވުނީވެސް އެތަނުގައި ތިބި އޮފިޝަލުންނަށް ކަމަށާއި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ކަމެއްކުރެވޭނަމަ
ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމަށާއި އަދި ޢިމްރާން އަޙްމަދު މަނިކަށް
އެހެންދާއިރާގެ ވޯޓުކަރުދާސް ދޫކުރި މައްސަލާގައި ޝާމިލުވާ އޮފިޝަލާއިމެދު ފިޔަވަޅުއެޅުމަށް ޕްރޮސިކިއުޓަރ
ޖެނެރަލް އޮފީހަށް ފޮނުވިފައިވާކަން ކުރިންވެސް ފާހަގަކޮށްފައިވާނެ ކަމަށާއި އިލެކްޝަންސް ކޮމިޝަނުން ވޯޓުލާ
މަރުކަޒުތަކަށް އައްޔަންކުރާ މީހުންނާއި އިލެކްޝަންސްގެ ކަންތައްކުރާމީހުންނަށް ޚާއްޞަ ތަމްރީންތަކެއް
ދެވޭކަމަށާއި އެގޮތުން ދެވޭ ތަމްރީން ތަކުގެތެރޭގައި ވީޑިއޯ ޕްރެޒެންޓޭ
އެންޓޭޝަންގެ އެހީގައި ވޯޓްފޮށި، ވޯޓުލުމަށް
ފުރަތަމަ ހުޅުވާ ހިސާބުން ފެށިގެންގޮސް ވޯޓުލާނިމި ވޯޓުފޮށި ބަންދުކުރުމާއި އަދި ވޯޓު ގުނުމުގައާއި ނަތީޖާ
އިޢުލާންކުރުމުގައި ޢަމަލުކުރަންވީ ގޮތްތައް ރޯލް ޕްލޭއެއްގެ ގޮތުގައި އޮފިޝަލުންނަށް ކިޔާދީފައި ވާނެކަމަށާއި
މިކަމާގުޅޭ އަތްމަތީފޮތް ތައްޔާރުކުރެވި އެފޮތުގެ މަޢުލޫމާތުވެސް އޮފިޝަލުންނަށް ދީފައިވާނެކަމަށާއި އެހެންކަމުން
ދަޢުވާކުރާ ފަރާތުން އެބުނާ ގޮތަށް އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 34 ވަނަމާއްދާގެ ދަށުން އޮފިޝަލުންގެ
ޒިންމާ އަދާކުރުމަށްޓަކައި ބޭނުންވާ ވަރަށް ތަމްރީނާއި މަޢުލޫމާތު އިލެކްޝަންސް ކޮމިޝަނުން ނުދޭ ކަމަށް
އެބުނާ ބުނުމާމެދު އިލެކްޝަންސް ކޮމިޝަނުން އިންކާރު ކުރާކަމަށާއި ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 07
ވަނަނުކުތާއަށް އިލެކްޝަންސް ކޮމިޝަނުންދަންނަވަނީ އެނުކުތާގައި ދަޢުވާ ކުރާފަރާތުން ޙަވާލާދެނީ
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 40 ވަނަ މާއްދާއަށް ކަމަށާއި އެމާއްދާ އަމާޒުވަނީ އިންތިޚާބުގެ
އޮބްޒާވަރުންނަށް ކަމަށްވެފައި ދަޢުވާކުރާ ފަރާތުން
ވަނަ ނަންބަރުގައިބުނާ ޢަބްދުއްރަޖޫފަކީ
ކެންޑިޑޭޓެއްކަމަށްވާތީ މިނުކުތާގައި ދަޢުވާކުރާފަރާތުން ފާހަގަކުރާ ޤާނޫނީބިނާ ސާފުނުވާކަމަށާއި ޢަބްދު
xo
ހއ 2
29
2
1
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
1{
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009}HC-I-SH/12
ޤާސިމްގެ ފަރާތުން މިދާއިރާގެ ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅާފައިވަނީ 03
ޝަކުވާކަމަށާއި އޭގެތެރޭގައި ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 8،7 މިދެނުކުތާގައިބުނާ ޢަބްދުއްރައޫފުއާބެހޭ
އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާކަމަށެވެ.
5- ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 09 ވަނަނުކުތާއާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ބުނެފައިވަނީ O02.2.1 ވޯޓު ފޮއްޓަށް ވޯޓުލާން ފެއްޓުނުފަހުން ވޯޓުލުން މެދުކެނޑިފައި އޮތްކަމަށް
އިލެކްޝަންސް ކޮމިޝަނަށް ފާހަގަނުކުރެވޭ ކަމަށާއި އަދި ވޯޓުލާ މަރުކަޒުގެ ވެރިޔާވެސް އެފަދަކަމެއް
ނުހިގާކަމަށްބުނެފައިވާ ކަމަށާއި ކަންހިނގާދިޔަގޮތުގެ ރިޕޯޓުގައި އެކަހަލަ ކަމެއް ހިނގައިފިނަމަ ބަޔާންކުރަންޖެހޭ
ކަމަށާއި އަދި މިހާތަނަށް އެފަދަކަމެއް ފަހަގަކުރެވިފައި ނުވާކަމަށެވެ.
6- ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 12 ވަނަ ނުކުތާއާ ބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން
ބުނެފައިވަނީ އެނުކުތާގައި ދަޢުވާކުރާ ފަރާތުން ބުނެފައިވާ ވާހަކައަކީ އެއީ އަޞްލެއްނެތް ވާހަކައެއް ކަމަށާއި،
ވޯޓު ގުނިއިރު 9 ނުވަތަ 10 އޮބްޒާވަރުން ވޯޓުގުނާ މޭޒާ އެއްފޫޓް ކައިރީގައި ތިބިކަމަށް މަރުކަޒުގެ ވެރިޔާ
ބުނެފައިވާ ކަމަށާއި، އޭރު ވޯޓުކަރުދާހުގައި ޖަހާ ފާހަގަ ނުފެންނަ ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހެޅިފަ
ނެތްކަމަށާއި އަދި އެމް.ޑީ.ޕީގެ އޮބްޒާވަރަކާއި، ޖުމްހޫރީ ޕާޓީގެ 2 އޮބްޒާވަރުންނާއި، ޕީ.އޭގެ 3
އޮބްޒާވަރުންނާއި، ކޮމަންވެލްތުގެ އޮބްޒާވަރެއް، ޒިޔާރަތްކުރިކަމަށް ކަންހިނގާދިޔަގޮތުގެ ރިޕޯޓުގެ 9
ވަނަނުކުތާގައި ފާހަގަކޮށްފައިވާ ކަމަށާއި ދަޢުވާކުރާ ފަރާތުގެ 12 ވަނަނުކުތާގައި އެބުނާ ވާހަކަތަކަކީ ޙަޤީޤީ
ވާހަކައެއް ނޫންކަމަށާއި އެއީ ދައުވާ ކުރާފަރާތުން އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅި
ވޯޓުކަރުދާސް ކޮޅުގެ ގޮޅީގައި ފާހަގަލާފައިވަނިކޮށް ނުގުނި މައްސަލަ، އިގެ ޝަކުވާގެ ލިޔުން ހައިކޯޓުގެ
ޝަރީޢަތަށް އިލެކްޝަންސް ކޮމިޝަނުން ހުށަހަޅާފައިވާނޭ ކަމަށާއި، ކެންޑިޑޭޓުންނާއި އެމީހުންގެ
މަންދޫބުންނާއި އޮބްޒާވަރުންނަށް މިދާއިރާގެ ކަންކަން ހިނގާގޮތް ބެލުމުގެ ފުރުޞަތު ލިބިފައިނެތްނަމަ ޢަބްދު
ޤާސިމަށް އެޝަކުވާ ހުށަހަޅަން އެނގުނީ ކިހިނެއްތޯ އިލެކްޝަންސް ކޮމިޝަނުން ސުވާލުކުރާ ކަމަ
ކަމަށެވެ.
7- ދައުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 14 ވަނަ ނުކުތާއާ ގުޅޭގޮތުން ދަޢުވާލިބޭ އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ބުނެފައިވަނީ އެނުކުތާގައި ދަޢުވާކުރާފަރާތުން ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް،
އިންތިޚާބުތަކާބެހޭ ޢާއްމުޤާނޫނުގެ 33 ވަނަމާއްދާގައި ވާގޮތުގެ މަތިން ވޯޓުލާމަރުކަޒުގައި ތިބޭމީހުންގެ
ލިސްޓްވަނީ ދަޢުވާކުރާ ފަރާތަށް ފޮނުވިފައި ކަމަށާއި ޢަބްދުﷲ ޤާސިމް ރައްޔިތުންގެ މަޖްލީހުގެ އިންތިޚާބަށް
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ. ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009HC-I-SH/12
20 8
ކުރިމަތި ލުމަށްއެދި ހުށަހަޅާފައިވާ ފޯމްގައި ދީފައިވާ އީމޭލް އެޑްރެހަށްވަނީ އޮފިޝަލުންގެ މަޢުލޫމާތުތައް
ފޮނުވާފަކަމަށާއި، އަދި މިލިސްޓް އިލެކްޝަންސް ކޮމިޝަނުން ލިބޭނެ އިންތިޒާމްވަނީ ހަމަޖެހިފައި ކަމަށާއި
އަދި މިލިސްޓް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭކަމަށެވެ.
8- ދަޢުވާ ކުރާފަރާތުން ފާހަގަކޮށްފައިވާ 15 ވަނަ ނުކުތާއާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ބުނެފައިވަނީ އެނުކުތާގައި އެބުނާ ފަދަ އެއްވެސް ޝަކުވާއެއް ލިޔުމުން ލިބިފައިނުވާ ކަމަށެވެ.
9- ދަޢުވާކުރާ ފަރާތުން ފާހަގަކޮށްފައިވާ 16 ވަނަ ނުކުތާއާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ބުނެފައިވަނީ މިނުކުތާގައި ބުނާފަދަ ޝަކުވާތައްވަނީ އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯއަށް
ހުށަހެޅިފަ ކަމަށާއި އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ދީފައިވާ ޖަވާބުވެސް އިލެކްޝަންސް
ކޮމިޝަނުގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައިވާނެ ކަމަށެވެ.
10- ޢަބްދުﷲ ޤާސިމް ހުށަހަޅާފައިވާ މިމައްސަލައިގެ ސަބަބާއި ތަފްޞީލުގައި ބަޔާންކޮށްފައި
13،11,10,5،2،1 މިނުކުތާތަކުގައި ޢަބްދުﷲ ޤާސިމު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު މިނުކުތާތަކުގައި
ޢަބްދުﷲ ޤާސިމުގެ ފަރާތުން ޝަކުވާ ކޮށްފައިވަނީ އެއްކަމެއްގެ މައްޗަށް ތަފާތު ޢިބާރާތްތަކުންކަމާއި މިގޮތުން
މިނުކުތާތަކުގައި މައިގަނޑު ގޮތެއްގައި ޢަބްދުﷲ ޤާސިމުކޮށްފައިވާ ޝަކުވާއަކީ ލ. ގަމު ދާއިރާގެ ނަންބަރު
(O02.2.1) ވޯޓު ފޮއްޓަށް، އެދާއިރާއަށް ވޯޓުލުމުގެ ޙައްޤު ލިބިގެންނުވާ ތ. ގުރައިދޫ ހިރަފުސްގެ ޢިމްރާން
އަޙްމަދު މަނިކުއަށް ވޯޓު ލުމުގެ ފުރުޞަތު، އިލެކްޝަންސް ކޮމިޝަނުން ލިބިދީ އޭނާއެލީ ބާޠިލްވޯޓު
ހިމަނައިގެން އިންތިޚާބުގެ ވަގުތީ އަދި ދާއިމީ ނަތީޖާ އިޢުލާންކޮށްފައިވާތީ އެވޯޓު ފޮށި ބާޠިލްކޮށް އަލުން
އިންތިޚާބު ބޭއްވުމަށް ޙުކުމްކުރުމަށް އެދިކަން މިނުކުތާތަކުގައި ޢަބްދުﷲ ޤާސިމްގެ ފަރާތުން ދައްކާފައިވާ
ވާހަކަތަކުން އެނގެން އޮންނައިރު މިނުކުތާތަކަށް ޖަވާބު ދެމުން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން ތ. ގުރައިދޫ ހިރަފުސްގެ ޢިމްރާން
އަޙްމަދު މަނިކުއަކީ ލ. ގަމު ދާއިރާއަށް ވޯޓުދިނުމުގެ ޙައްޤުއޮތް މީހެއްނޫންކަމާއި މީނާއަކީ ތ. ތިމަރަފުށީ
ދާއިރާއަށް ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހެއްކަމާއި ނަމަވެސް ލ. ގަމު ދާއިރާގެ ނަންބަރު o02.2.1 ގެ
ވޯޓު ފޮށީގެ ކަރުދާސްދޫކުރަން ހުރި ލ. ކަޅައިދޫ އައްސޭރި ޢަބްދުﷲ ޝަރީފް ބަލަންވާވަރަށް ނުބެލުމުގެ
ސަބަބުން ޢިމްރާން އަޙްމަދު މަނިކަށް ލ. ގަމު ދާއިރާގެ ވޯޓުކަރުދާސް ކޮޅުދޫކުރެވި ޢިމްރާން އަޙްމަދު މަނިކު
ގަމުދާއިރާއަށް ވޯޓުލާފައިވާކަމާއި މިގޮތަށް ޢިމްރާން އަޙްމަދު މަނިކަށް ލ. ގަމު ދާއިރާގެ ނަންބަރު O02.2.1
.8
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ ދިވެހިރާއްޖެ، ފޯން 332529، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
20;}9/HC-I-SFij2
ގެ ވޯޓުފޮއްޓަށް ވޯޓުލެވިފައިވަނީ ޤާނޫނާ ޚިލާފަށް ކަމާއި މިކަންކަން އިލެކްޝަންސް ކޮމިޝަނުގެ ބަހުން
އެނގެން އޮތްކަމުގައިވިޔަސް އިލެކްޝަންސް ކޮމިޝަނުން މިމައްސަލައިގެ ޝަރީޢަތަށް ހުށަހަޅާފައިވާ ލ.
ގަންދާއިރާގެ 02
0 ގެ ރަސްމީ ނަތީޖާ ޝީޓަށްބަލާއިރު އެދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ
ތެރެއިން އެންމެގިނަ ވޯޓުލިބިފައިވަނީ ޕީޕަލްއެލަޔަންސްގެ ކެންޑިޑޭޓް ޔޫސުފް ޢަބްދުލް ޣަފޫރު ވ. ގަން
މަތިމަރަދޫ އިޔާސް އަންކަމާއި އޭނާއަށް ލިބިފައިވާ ވޯޓުގެ ޖުމްލައަކީ 608 ވޯޓްކަމާއި، ދެވަނައަށް އެންމެގިނަ
ވޯޓު ލިބިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ދަށުން ދަޢުވާކުރާ ދިވެހިރައްޔިތުންގެ
ޑިމޮކްރިޓިކްޕާޓީގެ ކެންޑިޑޭޓް ލ. ގަން މަތިމަރަދޫ ސިލެޓް ޢަބްދުﷲ ޤާސިމް ކަމާއި އޭނާއަށް ލިބިފައިވާ ވޯޓުގެ
ޖުމްލައަކީ 589 ވޯޓުކަމާއި މިކަންކަން މިނަތީޖާ ޝީޓަށް ބެލުމުން އެނގެންއޮތުމުން މިދެމީހުންގެ މެދުގައި
އޮތީ 19 ވޯޓުގެ
ތަފާތެއް ކަމަށްވުމުން އިމްރާނު އަޙްމަދު މަނިކު ޤާނޫނާ ޚިލާފަށް އެވޯޓުފޮއްޓަށް
ވޯޓުލާފައިވާތީ އެވޯޓު އުނިކުރެވުނު ނަމަވެސް ޢަބްދުﷲ ޤާސިމަށް ލިބިފައިވާ ވޯޓަށްވުރެ ޔޫސުފް ޢަބްދުލް
ޣަފޫރަށް 18 ވޯޓު ގިނައިން ލިބިފައިވާކަން އެނގެން އޮތުމުން ޢިމްރާން އަޙްމަދު ޤާނޫނާ ޚިލާފަށް ލާފައިވާ
އެއްވޯޓުގެ ސަބަބުން އެދާއިރާގެ ވޯޓުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމުގެ އެއްވެސް އިޙްތިމާލެއް ނެތްކަން
ރަނގަޅަށް އެނގެއެވެ.
11- އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަ މާއްދާގެ (ށ) ގައި ވޯޓުނެގުމާބެހޭ ކަންތައްތައް
ބަލަހައްޓަންތިބޭ ބަޔަކީ ވޯޓުލާ އެމަރުކަޒު ނިޞްބަތްވާ އިންތިޚާބީ ދާއިރާގެ އިދާރީ ހިންގުމުގައި އެއްވެސް
އިސްދައުރެއް އަދާކުރާ ބަޔަކަށް ވެގެންނުވާނެ ކަމަށް ބުނެފައިވާއިރު މިދަޢުވާކުރާ ފަރާތުން ހުށަހެޅި 3
ވަނަނުކުތާގައި ބުނާ އަޙްމަދު ފަޒީލު ލ. ކަޅައިދޫ މީނާޒްއަކީ ރަށުއޮފީހުގެ ސެކްރެޓަރީއެއްގެ މަޤާމުގައި
ހުރިމީހެއްކަ
ހެއްކަން ދަޢުވާކުރާ ފަރާތުގެ ބަހުން އެނގެން އޮތުމުން އަޙްމަދު ފަޒީލަކީ ލ. ގަންދާއިރާގެ އިދާރީ
ހިންގުމުގައި އިސްދައުރެއް އަދާ ކުރާމީހެއްނޫންކަމާއި އެހެނީ ރަށުއޮފީސްތަކުގެ ސެކެރެޓަރީންނަކީ
އެމީހުންނަށްވުރެ އެތަކެއް އިސްމަޤާމުތައް އެތަންތާނގައި ހިމެނޭ ތަންތަންކަން އެނގެން އޮތުމުން ލ.
ގަންދާއިރާގެ ލ. ކަޅައިދޫ ދާއިރާގައި ބެހެއްޓިފައިވާ ވޯޓުފޮށީގެ ކަންތައްތައް ބަލަހައްޓަން ތިބިމީހުންގެ ތެރޭގައި
ރަށުއޮފީހުގެ ސެކެރެޓަރީ ހިމެނިފައިވުމަކީ އިންތިޚާބުތަކާ ބެހޭ ޢާއްމު ޤާނޫނުގެ 32 ވަނަމާއްދާގެ (ށ) އާ
އިލެކްޝަންސް ކޮމިޝަނުން ޚިލާފުވެފައިވާކަމަށް ބެލެވޭނެ
ކަމެއް ނޫންކަން އެނގެންއޮތުމުން
OC
މ 04
02
ތިންއއ#
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
13
ގޮތުގެ ރިޕޯޓް
2(09/HC-I-SH/2
4 4
ޝަކުވާއެއް
* 8 ހއބތ
ކޮން ކމއ#
83
ދަޢުވާކުރާ ފަރާތުން 3 ވަނަ ނަންބަރުގައި ކޮށްފައިވާ ޝަކުވާއަކީ ރަނގަޅު އަސާސެއްގެ މައްޗަށް ކޮށްފައިވާ
ނޫންކަންއެ.
12- ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ 4 ވަނަ ނުކުތާގައި ޢަބްދުﷲ ޤާސިމްގެ ފަރާތުން
ކޮށްފައިވާ ޝަކުވާއަކީ އިންތިޚާބުތަކާ ބެހޭ ޢާއްމުޤާނޫނުގެ 32 ވަނަ މާއްދާގެ (ނ) ގައި ވޯޓުނެގުމާބެހޭ
ކަންތައްތައް ބަލަހައްޓަންޖެހޭނީ އެކަމަށް ޤާބިލްކަންހުރި ފަރާތްތައް ކަމަށްބުނެ ފައިވާއިރު ޢަބްދުﷲ ޤާސިމު
ޝަކުވާކުރާ ވޯޓުފޮށި ބަލަހައްޓަން ތިބިމީހުންނަކީ އެކަމަށް ޤާބިލު ބައެއްނޫން
އެއްނޫންކަމަށްބުނެ ކޮށްފައިވާ ޝަކުވާކަން
އެނުކުތާއަށް ބެލުމުން އެނގެން އޮންނައިރު ޢަބްދުﷲ ޤާސިމުގެ މިވާހަކައަށް އިލެކްޝަންސް ކޮމިޝަނުގެ
ފަރާތުން ކޮށްފައިވަނީ އިންކާރު ކަމަށްވާއިރު ޢަބްދުﷲ ޤާސިމް މިޝަކުވާކުރާ ވޯޓުފޮށި ބަލަހައްޓަން
އިލެކްޝަންސް ކޮމިޝަނުން ހަވާލުކޮށްފައިވާ މީހުންނަކީ އެކަމަށް ޤާބިލުބައެއްނޫންކަން ދަންނާނެ ހެކިންގެ
ގޮތުގައި އެއްވެސް މީހަކު ޢަބްދުﷲ ޤާސިމްގެ ފަރާތުން ހުށަހަޅާފައި ނުވާކަން ޢަބްދުﷲ ޤާސިމް މިމައްސަލަ
ހުށަހެޅުމަށް ފުރި ފޯރމްގެ 5 ވަނަ ނަންބަރުގައި ފާހަގަ ކޮށްފައިވާ 10 ހެކިންނަށް އެނގޭނީ
ޢަބްދުﷲ ޤާސިމާ ޝަރީޢަތުގެ ފަރާތުން ކުރެވުނު ސުވާލުތަކުގެ ޖަވާބުގައި އެމީސްމީހުންނާ
ބެހޭގޮތުން ޢަބްދު
ޤާސިމު ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. އަދި މީގެ އިތުރުން އެވޯޓުފޮށި ބަލަހައްޓަން
ތިބިމީހުންނަކީ އެކަމަށް ޤާބިލު ބައެއްނޫންކަމަށް ޢަބްދުﷲ ޤާސިމް ބުނާއިރު އެޤާބިލުކަންނެތީ އޭގެތެރެއިން
ކަނޑައެޅިގެން ކޮންބައެއްކަމާއި އެމީހުންގެ ނަންތަކަކީ ކޮބައިކަމާއި މިކަންކަން އެނުކުތާގައި ޢަބްދުﷲ ޤާސިމް
ކަނޑައެޅިގެން ބަޔާންކޮށްފާ ނުވާކަން އެނުކުތާއަށް ބެލުމުން އެނގެންއޮތުމުން މިނުކުތާ ޢަބްދުﷲ ޤާސިމް
ހުށަހަޅާފައިވަނީ އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 64 ވަނަ މާއްދާގެ (ނ) ގައި ބުނާ ތަފްޞީލާއެކު
ނޫންކަން ރަނގަޅަށް އެނގެންއޮތުމުން މިއީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި
ނުކުތާއެއްނޫންކަން އެނގެއެވެ.
13- ދަޢުވާކުރާ ފަރާތުން ހުށަހަޅާފައިވާ 6 ވަނަ ނުކުތާގައި އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނުގެ 34
ވަނަމާއްދާއާ ޙަވާލާދީ އެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ދަޢުވާލިބޭ އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވަނީ
އިންކާރުކަމަށްވާއިރު އެމާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އިލެކްޝަންސް ކޮމިޝަނުން ޢަމަލުކޮށްފައިނުވާކަން
ސާބިތުކުރުމަށް ޢަބްދުﷲ ޤާސިމްގެ ފަރާތުން އެއްވެސް ހެއްކެއް ހުށަހެޅިފައިނުވާކަން މިމައްސަލައާ ގުޅިގެން
ހެކިންގެ ގޮތުގައި ޢަބްދުﷲ ޤާސިމްހުށަހެޅި މީހުންނާ ބެހޭގޮތުން ޢަބްދުﷲ ޤާސިމް ޝަރީޢަތުގައި ދައްކާފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ހީކުވާތަކެއްކުން
14
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2{009HC-I-SH/12
ހއ ހތ ކި4~
ކަންތައެތަކެހ
ވާހަކަތަކުން އެނގެން އޮތުމުން މިކަންސާބިތުކުރުމަށް ޢަބްދުﷲ ޤާސިމްގެ ފަރާތުން ހެއްކެއް ދެއްކިފައި
ނުވާކަން އެނގެއެވެ.
14- ޢަބްދުﷲ ޤާސިމްގެ ފަރާތުން ހުށަހެޅި 16,15,8,7 މިނުކުތާތަކުގައި ކޮށްފައިވާ ޝަކުވާތަކަކީ
އިލެކްޝަންސް ކޮމިޝަންނޫން އެހެން ފަރާތްތަކެއް ކުރިކަމަށްބުނާ
އެނުކުތާތަކަށް ބެލުމުން އެނގެން އޮތުމުން ޢަބްދުﷲ ޤާސިމް މިކޯޓަށް ހުށަހެޅި އިންތިޚާބީ ޝަކުވާގެ ދަޢުވާލިބޭ
ފަރާތެއްކަމުގައި ލިޔެފައިވަނީ ހަމައެކަނި އިލެކްޝަންސް ކޮމިޝަން ކަމަށްވުމުން އިލެކްޝަން ކޮމިޝަނަށް
ދަޢުވާލިބޭ ގޮތަށް ޢަބްދުﷲ ޤާސިމް ހުށަހެޅި މިމައްސަލަ ބެލުމުގެ ތެރޭގައި މިނުކުތާތަކުގައި ޢަބްދުﷲ ޤާސިމް
ކޮށްފައިވާ ޝަކުވާތައް ބެލުމުގެ އެއްވެސް ޤާނޫނީ ޙައިޘިއްޔަތެއް ނެތްކަން އެނގެއެވެ.
15- ދަޢުވާކުރާ ޢަބްދުﷲ ޤާސިމް ހުށަހެޅި 9 ވަނަނުކުތާގައި އިންތިޚާބުތަކާބެހޭ ޢާއްމުޤާނޫނުގެ 48
ވަނަ މާއްދާގެ (ށ) އާ ޚިލާފަށް، ވޯޓުލާން ފެށުމަށްފަހު ވޯޓުލުންމެދުކެނޑިފައިވާ ކަމަށްބުނެފައިވާއިރު
އިލެކްޝަންސް ކޮމިޝަނުން، ޢަބްދުﷲ ޤާސިމްގެ މިވާހަކައަށް ޖަވާބުދެމުން o02.2.1 ވޯޓުފޮއްޓަށް ވޯޓުލާން
ފެއްޓުނު ފަހުން ވޯޓުލުން މެދުކެނޑިފައި އޮތްކަމަށް އިލެކްޝަންސް ކޮމިޝަނަށް ފާހަގަނުކުރެވޭ ކަމަށާއި އަދި
ވޯޓުލާ މަރުކަޒުގެ ވެރިޔާވެސް އެފަދަކަމެއް ނުހިނގާކަމަށް ބުނެފައިވާ ކަމަށާއި، ކަންހިނގާދިޔަގޮތުގެ
ރިޕޯޓުގައިވެސް އެފަދަކަމެއް ހިނގާފައިވާކަމަށް ބަޔާންކޮށްފައިނުވާކަމަށްބުނެ ޢަބްދުﷲ ޤާސިމްގެ މިވާހަކައަށް
އިންކާރުކޮށް ލ. ގަމުދާއިރާގެ ނަންބަރު O02.2.1 ގެ ވޯޓުފޮށީގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު
އިލެކްޝަންސް ކޮމިޝަނުން ހައިކޯޓަށް ހުށަހަޅާފައިވާއިރު، ޢަބްދުﷲ ޤާސިމްގެ މިޝަކުވާގައި ބުނާ ފަދަކަމެއް
ވޯޓުލީ ދުވަހު މިވޯޓުފޮއްޓާބެހޭގޮތުން ހިނގާފައިވާކަން އެރިޕޯޓުގައި ފާހަގަކޮށްފައި ނުވާކަން އެރިޕޯޓަށް ބެލުމުން
އެނގެއެވެ. އަދި ޢަބްދުﷲ ޤާސިމް މިމައްސަލައިގެ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ 10 މީހުންކުރެ އެއްވެސް
މީހަކު، ޢަބްދުﷲ ޤާސިމްގެ މިޝަކުވާގައި ބުނެފައިވާކަންތައް ދަންނާނެކަމަށް ބުނެފައި ނުވާކަން މިމީހުންނާ
ބެހޭގޮތުން ޢަބްދުﷲ ޤާސިމު ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން ޢަބްދުﷲ ޤާސިމުގެ
މިޝަކުވާއަކީ ޝަރުޢީ ހަމަތަކުގެ މަތިން ޘާބިތުވާ ޝަކުވާއެއްނޫންކަން އެނގެއެވެ.
16- ދަޢުވާކުރާ ޢަބްދުﷲ ޤާސިމްހުށަހެޅި 12 ވަނަ ނުކުތާގައި ލ. ގަންދާއިރާގެ ނަންބަރު
002.2.1 ގެ ވޯޓުފޮށީގެ ވޯޓުގުނުމާއި ވޯޓާބެހޭ ކަންކަން އިންތިޚާބުތަކާބެހޭ ޢާއްމުޤާނޫނުގެ 55 ވަނަމާއްދާގެ
(ނ) އާ ޚިލާފަށް ކެންޑިޑޭޓުންނާއި އެމީހުންގެ މަންދޫބުންނާއި އޮބްޒާވަރުންނަށް އެމަރުކަޒުގައި ކަންހިނގާ
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
15
2009/HC-I-SH/12
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އޮބްޒާވަރުކުއ)
.4:
fl
ގޮތްބެވުމުގެ ފުރުސަތު ދީފައި ނުވާކަމަށް ބުނެފައިވާއިރު، ޢަބްދުﷲ ޤާސިމްގެ ޚި
ނުކުތާއަށް އިލެކްޝަންސް
ކޮމިޝަނުން ކޮށްފައިވަނީ އިންކާރު ކަމަށްވެފައި މިވޯޓުފޮށީގެ ކަންހިނގާދިޔަ ގޮތުގެ ރިޕޯޓު އިލެކްޝަންސް
ކޮމިޝަނުން ޝަރީޢަތަށް ހުށަހަޅާފައިވާތީ އެރިޕޯޓަށް ބަލާއިރު އެރިޕޯޓުގެ 9 ވަނަ ނަންބަރުގައި އޮބްޒާވަރުންގެ
ގޮތުގައި ޒިޔާރަތްކުރި މީހުން ބަޔާންކޮށްފައިވާ ކަމާއި މިގޮތުން އެމް.ޑީ.ޕީގެ އޮބްޒާވަރަކާއި، ޖުމްހޫރީ ޕާޓީގެ 2
ޕީ.އޭގެ 3 އޮބްޒާވަރަކާއި، ކޮމަންވެލްތުގެ އޮބްޒާވަރަކާއި، މުޅިއެކު 7 އޮބްޒާވަރުން
ޙާޟިރުވެފައިވާކަމާއި އަދި އެމީހުންގެ ނަންތައްވެސް އެރިޕޯޓުގައި ބަޔާންކުރެވިފައި ވާކަން އެނގެންއޮތުމުގެ
އިތުރުން ޢަބްދުﷲ ޤާސިމްގެ މިޝަކުވާއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިމައްސަލައިގެ ޝަރީޢަތަށް
ހުށަހެޅި، އެކޮމިޝަނުގެ އިލެކްޝަންސް ކޮމްޕްލައަންސް ބިއުރޯއަށް ޢަބްދުﷲ ޤާސިމް ހުށަހެޅި ޝަކުވާއެއްކަން
އެނގެން އޮންނަ ލިޔުމަށްބަލާއިރު އެލިޔުމަކީ ވޯޓުކަރުދާސްކޮޅުގެ ގޮޅީގައި ފާހަގަލާފައިވަނިކޮށް ނުގުނި
ކަމަށްބުނެ ސީދާ ޢަބްދުﷲ ޤާސިމް އެބިއުރޯއަށް ހުށަހެޅި މައްސަލައަށް އެބިއުރޯއިން ދީފައިވާ ޖަވާބުގެ
ލިޔުމެއްކަމާއި މިލިޔުމާއެކު މިޝަކުވާ ހުށަހެޅުމަށްޓަކައި ޢަބްދުﷲ ޤާސިމްފުރި ފޯމްވެސް ހިމެނިފައިވާކަމާއި
އެފޯމްގެހުށަހަޅާ ޝަކުވާގެ ތަފްޞީލުގައިވެސްވަނީ: " ގޮޅީގައި ފާހަގަލާފައި ވަނިކޮށް ނުގުނި މައްސަލަ
މިގޮތަށް ކަމަށްވުމުން ކެންޑިޑޭޓުންނާއި އެމީހުންގެ މަންދޫބުންނާއި އޮބްޒާވަރުންނަށް މިދާއިރާގެ ކަންކަން
ހިނގާގޮތް ބެލުމުގެ ފުރުޞަތު ލިބިފައިނެތްނަމަ ޢަބްދުﷲ ޤާސިމަށް އިލެކްޝަންސް ކޮމްޕްލެއިންޓްސް
ބިއުރޯއަށް މިބުނެވުނު ޝަކުވާ ހުށަހަޅަން ނޭނގޭނެކަން އެނގެންއޮތުމުން މިކަންކަމުގެ މައްޗަށް ބަލާއިރު
ޢަބްދުﷲ ޤާސިމްގެ 12 ވަނަނުކުތާގައި ކޮށްފައިވާ ޝަކުވާއަކީ ހަރުދަނާ ރަނގަޅު އަސާސެއްގެ މައްޗަށް
ބިނާކޮށް ކޮށްފައިވާ ޝަކުވާއެއްނޫންކަން ޚުދު ޢަބްދުﷲ ޤާސިމްގެ ބަހުން ސާބިތުވާކަންއެނގެއެވެ.
17- ޢަބްދުﷲ ޤާސިމް ހުށަހެޅި 14 ވަނަނުކުތާގައި އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކާބެހޭ
ޢާއްމު ޤާނޫނުގެ 33 ވަނަމާއްދާގައި ބުނާ ފަދައިން އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ލ. ގަންދާއިރާ
0.02.2.1 އަށްވާދަކުރި އެމް.ޑީ.ޕީގެ ކެންޑިޑޭޓް ޢަބްދުﷲ ޤާސިމަށް އެމާއްދާގައިބުނާ މަޢުލޫމާތު
ފޯރުކޮށްދީފައިނުވާކަމަށް ބުނެފައިވާ ވާހަކަތަކަށް އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވަނީ އިންކާރުކަމަށް ވެފައި
އަދި މިނުކުތާތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ހުށަހެޅި ލިޔުންތަކުގެ ތެރޭގައި 20091519 ގައި
ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ޢަބްދުﷲ ޤާސިމް
އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުގައި ޢަބްދުﷲ ޤާސިމަށް، އިލެކްޝަންސް ކޮމިޝަނުން ފޮނުވަންޖެހޭ
Ox>
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
16
ޤަޟިއްޔާ ނިމުނު ގޮތުގެ
2009/HC-I-SH/l2
ރަސްމީ ލިޔެކިޔުންތައް ފޮނުވުމަށް ލިޔެފައިވާ އީމޭލް އެޑްރެހަށް އިންތިޚާބުތަކާބެހޭ ޢާއްމުޤާނޫނުގެ 33
ވަނަމާއްދާގައިބުނާ ލިޔުންތައް 2009/5/6 ގައި ފޮނުވާފައިވާ ކަމުގެ ލިޔުންތައް ހުށަހަޅާފައިވާއިރު،
އެމާއްދާގައިބުނާ މީހުންގެ ލިސްޓުތައް އިލެކްޝަންސް ކޮމިޝަނުން ޢަބްދުﷲ ޤާސިމަށް ލިބިފައިވާ ކަމަށާއި
ނަމަވެސް އެލިޔުންތައް ލިބުނީ އިންތިޚާބުބޭއްވުނު ފަހުންކަމަށްބުނެ ޢަބްދުﷲ ޤާސިމަށް ލިބިފައިވާ ލިސްޓް
ހައިކޯޓުގެ ޝަރީޢަތަށް ސީދާ ޢަބްދުﷲ ޤާސިމު ހުށަހެޅުމުން އެލިސްޓަށް ބަލާއިރު އެލިސްޓަކީ
އިޝާރާތްކުރެވުނު ޤާނޫނުގެ 33 ވަނަ މާއްދާގައިބުނާފަދަ ލިސްޓެއްކަމަށްވެފައި އެލިސްޓު ޢަބްދުﷲ ޤާސިމަށް
ދޫކޮށްފައިވަނީ އިންތިޚާބުގެ ފަހުންކަން އެލިސްޓުގެ އެއްވެސް ތަނަކުން އެނގެން ނެތުމުން ޢަބްދުﷲ ޤާސިމްގެ
މިނުކުތާގައި ޙަވާލާދޭ ލިސްޓް އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުގެ ތިންދުވަސްކުރިން ޢަބްދުﷲ ޤާސިމަށް
ފޮނުވާފައިނުވާކަމަށްބުނެ ކުރާމިޝަކުވާއަކީވެސް ހަމަޖެހޭ ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކޮށް ޢަބްދު
ޤާސިމް ކުރާޝަކުވާއެއްކަމަށް ނުބެލެވެއެވެ. އަދި މިލިސްޓުތައް ޢަބްދުﷲ ޤާސިމަށް ލިބުނީ އިންތިޚާބުގެ
ފަހުންކަން ޘާބިތުކުރުމަށް ޢަބްދުﷲ ޤާސިމް ހެކިން ހުށަހަޅާފައިނުވާކަން ހެކިންނާ ބެހޭ ގޮތުން ޢަބްދު
ޤާސިމް ދައްކާފައިވާ ވާހަކަ ތަކުން އެނގެއެވެ.
18- އިސްވެ ބަޔާންކުރެވިދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް ބަލާއިރު ލ. ގަމު ދާއިރާގެ
ނަތީޖާއަށް އެކަށީގެންނުވާ އަސަރެއް ފޯރާފައިވާކަން ސާބިތުވާފަދަ ސަބަބާއި ހެކި ޢަބްދުﷲ ޤާސިމަށް
ދެއްކިފައިނުވާކަން އެނގެން އޮންނާތީ އިންތިޚާބުތަކާބެހޭ ޢާއްމުޤާނޫނުގެ 65 ވަނަމާއްދާގެ (ހ) ގެ ދަށުން ލ.
ގަން ދާއިރާގެ ނަތީޖާ ބާޠިލު ކުރެވޭނެ ތަނެއް އޮތްކަމަކަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަބެވި
ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
CCO
އިސްވެދިޔަ ސަބަބުތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް
09 މެއި 2009 ވަނަ ދުވަހު ރާއްޖޭގައި ބޭއްވުނު ޢާއްމު އިންތިޚާބުގައި ލ. ގަން ދާއިރާ
ލ. ކަޅައިދޫގައި ބެހެއްޓިފައިވާ ފޮއްޓަށް ވޯޓްލުމުގައި ކަންތައްތައް ހިނގާފައިވަނީ
( Q02.2.1)
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
2009/HC-I-SH/12
352 353
ދިވެހިރާއްޖޭގެ އިންތިޚާބުތަކާއިބެހޭ ޢާއްމު ޤާނޫނާ ޚިލާފަށް ކަމަށް ބުނެ އެޤާނޫނުގެ 65 ވަނަ މާއްދާގައިވާ
ގޮތުގެ މަތިން O02.2.1 ވޯޓްފޮށި ބާޠިލުކޮށް އަލުން އިންތިޚާބު ބޭއްވުމަށް ޙުކުމްކޮށްދިނުމަށް އެދި
އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ލ. ގަން މަތިމަރަދޫ ސިލެޓް | ބަނޑޭރިކޮނި 183 ޢަބްދުﷲ ޤާސިމް
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މި މައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ހިނދު
ބުނެވުނު އިންތިޚާބުގެ ލ. ގަން ދާއިރާގެ ނަތީޖާއަށް ބަދަލު އަތުވެދާފަދަ ކަމެއް ޢަބްދުﷲ ޤާސިމު
ހުށަހެޅި މި ޝަކުވާއާގުޅިގެން ޝަރީޢަތަށް ޘާބިތުވެފައި ނުވާތީ އެޝަކުވާގެ މައްޗަށް ބިނާކޮށް ޤާނޫނު ނަންބަރު
11/2008 (އިންތިޚާބުތަކާބެހޭ ޢާއްމު ޤާނޫނު) 65 ވަނަ މާއްދާގެ (ހ) ގެ ދަށުން ލ. ގަން ދާއިރާގެ
ނަތީޖާ ބާޠިލު ކުރާނެ ތަނެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ވިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
t&
އާދަމް މުޙައްމަދު ޢަބްދު
ޢަބްދުލްޣަނީ މުޙައްމަދު
(އިސްފަނޑިޔާރު)
(ފަނޑިޔާރު)
އަޙްމަދު ޝަރީފު ޢަލީ
،ފަނޑިޔާރު)
5
ޓައިޕްކުރީ: އައިމިނަތުމުޙައްމަދު
ޗެކްކުރީ ފާޠިމަތު ނީޝާ
0
ދިވެހިރާއްޖޭގެ ހައިކޯޓް، މޫންލައިޓް ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv