ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/143 ޤަޟިއްޔާގެ ޙުކުމް
1
2014/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
(
29
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 143/HC
-
A/2014
• އިސްތިއުނާފު ކުރި ފަރާތް:
* ނަން: މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
* ދާއިމީ އެޑްރެސް: ޓީ.ބިލްޑިންގް
* މިހާރުގެ އެޑްރެސް ޓީ.ބިލްޑިންގެ
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް
ރަޖިސްޓްރީ ނަންބަރު: 0007
/
2010-FC
ދާއިމީ އެޑްރެސް: ކްލަބް މެޑް ކަނިފިނޮޅު
މިހާރުގެ އެޑްރެސް: ކްލަބް މެޑް ކަނިފިނޮޅު
*
*
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 ރަޖަބު 1435
26 މެއި 2014
ނިމުނު ތާރީޚް: 27 ޛުލްޤަޢިދާ 1435
22 ސެޕްޓެމްބަރ 2014
އިސްތިއުނާފު ކުރެވުނު ނިންމުން ނަންބަރު: ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާއި ގުޅިގެން
37) އެޕްރީލް 2014 ގައި އިޖުރާއީ ގޮތުން ޓްރައިބިއުނަލުން ނިންމެވި ނިންމެވުން.
ނިންމެވި ތަން: ޓެކްސް އެޕީލް ޓްރައިބިއުނަލް
• ޤަޟިއްޔާގެ ބާވަތް: އިޖުރާއީ ނިންމުން.
ނިންމުން ނިންމެވި ތާރީޚް: 07 އެޕްރީލް 2014
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު،
ފަނޑިޔާރު ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2014/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދައުވާގެ ޚުލާޞާ
މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ
ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާ
OXO
ގުޅިގެން 07 އެޕްރީލް 2014 ގައި އިޖުރާއީ ގޮތުން އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން ، ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާ އެއްގޮތް ނޫންކަމަށްބުނެ، އެނިންމެވުން އިސްތިއުނާފު ކޮށްދިނުމަށް އެދި މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ.
މިޤާޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް (އެމް.
އެޗް. ޑީ. އެލް) އެވެ.
• ފާހަގަކުރެވުނު ނުކު
ނުކުތާތައް
[. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާ ގުޅިގެން
07 އެޕްރީލް 2014 ގައި އިޖުރާއީ ގޮތުން އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން، ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތް ނޫންކަމަށްބުނެ، އެނިންމެވުން އިސްތިއުނާފު ކޮށްދިނުމަށް އެދި މޯލްޑިވްސް އިންލަންޑް
ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
OXO<
2. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާ
ގުޅިގެން 07 އެޕްރީލް 2014 ގައި އިޖުރާއީ ގޮތުން އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުމަށް ބަލާއިރު،
އެނިންމެވުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ނަންބަރު 2012
/
09/AO-220
ނިންމުން އިސްތިޢުނާފު ކުރުމަށް އެދި މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް (އެމް. އެޗް. ވީ.
އެލް) ގެ ފަރާތުން 21 އެޕްރީލް 2013 ގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ (މީރާ) ގެ
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
2{14/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
މައްޗަށް ހުށަހެޅި ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައިގާ މޯލްޑިވްސް އިންލަންޑް ރެވެނިއު
އޮތޯރިޓީ (މީރާ) ގެ ފަރާތުން ނެގި އިޖުރާޢީ ނުކުތާތަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުން
ނިންމަވާފައިވާ ނިންމެވުމެއްކަމާއި،
އެނިންމެވުމުގައި ވަނީ، ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތައް އެގޮތަށް ހުރުމުން
މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް (އެމް. އެޗް. ޑީ. އެލް) ފަރާތުން 21 އޭޕްރީލް 2013 ގައި
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މި މައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުން ބެލޭ އަދި ކުރިއަށް
ގެންދެވިދާނެ މައްސަލައެއް ކަމުގައި، މިމައްސަލަ ބެލި ފަސް މެންބަރުންގެ އިއްތިފާޤުން ނިންމައިފީމެވެ."
މިފަދައިންނެވެ.
3. ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާ ގުޅިގެން
07 އެޕްރީލް 2014 ގައި އިޖުރާއީ ގޮތުން، އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން، ޝަރުޢީ އަދި ޤާނޫނީ
އުޞޫލުތަކާ އެއްގޮތް ނޫންކަމަށްބުނެ، އެނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް
އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން 03 ( ތިނެއް) ނުކުތާއެއް
ހުށަހަޅުއްވާފައިވާ ކަމާއި، އެނުކުތާތަކަކީ:-
2x
• ފުރަތަމަ ނުކުތާއަކީ، ޓެކްސް އެޕީލް ޓްރައިބިއުނަލުގެ ނަންބަރު 2013
/
005/TAT
-
CA
-
G
މައްސަލަ އިޖުރާޢީ ގޮތުން ނިންމަވާފައިވާ ގޮތުން ޤާނޫނު ނަންބަރު 3/2010 (ޓެކްސް ނެގުމާބެހޭ
ޤާނޫނު) ގެ 44 ވަނަ މާއްދާ ޓެކްސް އެޕީލް ޓްރައިބިއުނަލުން މާނަކުރައްވާފައިވަނީ ރަނގަޅަށްނޫން ކަމާއި
ޓެކްސް އެޕީލް ޓްރައިބިއުނަލުން މާނަ ކުރައްވާފައިވާ ގޮތުން އެމާއްދާގެ ބާރު ކެނޑިގެން ދާކަމަށް ބުނެ
ހުށަހެޅި ނުކުތާ.
ދ ޏ އ މ
• ދެވަނަ ނުކުތާއަކީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގައި
"...އެފަރާތަކުން އެއްވެސް ޓެކްސް ޤާނޫނު
ޤާނޫނެއްގެ ދަށުން އެ ހިނދަށް ދައްކަންޖެހޭ އެންމެހައި ފައިސާ
2 22 22
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
2{14/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ފުރިހަމައަށް ދައްކާފައިނުވާހާ ހިނދަކު، ޓެކްސް ދައްކާ ފަރާތަށް އިސްތިޢުނާފުކުރުމަށް ލިބިދޭ ޙައްޤު އެއީ
އުފަންވެއްޖެ ޙައްޤު ކަމުގައެއް ނުބެލެވޭނެއެވެ. މިފަދައިން ބަޔާންކޮށްފައި އޮތް ނަމަވެސް، މައްސަލަ ޓެކްސް
އެޕީލް ޓްރައިބިއުނަލަށް އިސްތިއުނާފުކުރި އިރު މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް (އެމް. އެޗް. ވީ.
އެލް) އިން ނުދައްކައިވާ ފައިސާ ވީނަމަވެސް ، ޤާނޫނުގެ 44 ވަނަ މާއްދާގެ ދަށުން އިސްތިއުނާފުކުރުމަށް
ލިބޭ 30 ދުވަހުގެ ފަހުން އެފައިސާ ދެއްކުމުން މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އެމާއްދާއަށް
ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
ތިންވަނަ ނުކުތާއަކީ: ޓެކްސް އެޕީލް ޓްރައިބިއުނަލުން ޤަނޫނުއަސާސީގެ 42 ވަނަ މާއްދާއަށް
ރިޢާޔަތްކޮށް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ 44 ވަނަ މާއްދާގެ މާނަ ފުޅާކޮށްފައިވުން ކަމަށް ބުނެ
ހުށަހެޅި ނުކުތާ.
.4
ހ2 3
22
2
18ކރިން
ޓެކްސް އެޕީލް ޓްރައިބިއުނަލުގެ އިސްވެ ންކުރެވުނު އިޖްރާއީ ނިންމެވުން އިސްތިއުނާފު
ކުރުމަށް އެދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހަޅާފައިވާއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
<< O
އަޅެއެވެ
(ހ) މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވަނިކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް
ކޯޓުގެ ނަންބަރު SC/2014
/
01 (24 އޮގަސްޓް 2014) ސަރކިއުލަރ އިން، ޝަރުޢީ ކޯޓުތަކަށް ހުށަހެޅޭ
މަދަނީ އަދި ޖިނާއީ މައްސަލަތަކުގައި ނެގޭ އިޖްރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅު
ކަނޑައެޅުއްވުންތަކަކީ، ހުށަހެޅިފައިވާ މައްސަލައަށް މައުޟޫޢީގޮތުން ފައިސަލާކުރުމަކާނުލާ ކަނޑައަޅުއްވާ
ކަނޑައެޅުންވަންތަކަކަށްވާތީ އާއި، ޝަރުޢީ ކޯޓުތަކުގައި ނެގޭ އިޖްރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅުއްވާ
ކަނޑައެޅުއްވުންތައް
ޢާއްމު
އިސްތިއުނާފުކުރެވޭނީ އެ މައްސަލައެއް އޮތް ކޯޓަކުން
މައުޟޫޢީގޮތުން އެ މައްސަލައެއް ބައްލަވައި، ފައިސަލާކުރަނިވި ޙުކުމެއް އިއްވެވުމުން، އެ ޙުކުމެއް
02x2 22 22 2
ہو کر کمرسری
އީމެއިދާ
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{014/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
24
އިސްތިއުނާފު ކުރެވޭ ޙާލަތުގައިކަމަށް ބަޔާންކުރައްވައި، މިއުޞޫލުން އިސްތިސްނާވަނީ ހަމައެކަނި މައްސަލަ
ހުށަހެޅިފައިވާ ކޯޓަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ކަނޑައަޅުއްވައި، އެ
މައްސަލަ އެކޯޓަކަށް މިބެލޭނެ ނިންމަވާ އިޖުރާއީ ނިންމެވުންތައް
ކަމަށް ކަނޑައަޅުއްވައި
ބަޔާންކުރައްވާފައިވާއިރު،
47
2
4 ދ ތތ
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަކީ
ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ނެގުނު އިޖުރާއީ ނުކުތާއަކާ ގުޅިގެން އެޓްރައިބިއުނަލުން ނިންމެވި އިޖުރާއީ
ނިންމެވުމެއް އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައެއްކަން އެނގޭކަމާއި، ޓެކްސް އެޕީލް
ޓްރައިބިއުނަލުން ނިންމެވި ނިންމެވުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް
ރައްދުވާ ގޮތަށް މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް (އެމް. އެޗް. ޑީ. އެލް) އިން ހުށަހެޅި މައްސަލަ
އެޓްރައިބިއުނަލުން ބެލޭނެ މައްސަލައެއް ކަމަށް ނިންމަވާފައި ވާއިރު،
ޤާނޫނު ނަންބަރު 4/2011 ( މާނަކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ޤާނޫނު) ގެ 4 ވަނަ
މާއްދާގައި" ހައްލު ހޯދައި ދިނުމުގެ އުސޫލު މިސުރުޚީގެ ދަށުން އެމާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގައި
ބަޔާން ކުރެވިފައިވާ އުސޫލަށާއި އަދި އެޤާނޫނުގެ 6 ވަނަ މައްދާގައި މަޤްޞަދަށް ބެލުމުގެ އުޞޫލު"
މިސުރުޚީގެ ދަށުން އެމާއްދާގެ (ހ) ގައި ބަޔާން ކުރެވިފައިވާ އުޞޫލަށް ބަލާއިރު،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2014
/
01 (24 އޮގަސްޓް 2014) ސަރކިއުލަރ
އިން ލިބިދެއްވާފައިވާ ހައްލަށާއި އަދި ސަރކިއުލާގެ މަޤްޞަދަށް ނަޒަރުކޮށް ބެލުމުން އެސަރކިއުލާގައި
ކަނޑައަޅުއްވާ ފައިވާ އުސޫލު ތަޠްބީޤްކުރެވޭނީ ހަމައެކަނި ކޯޓުތަކުން ނިންމަވާ އިޖްރާއީ ނިންމެވުންތަކުގެ
މައްޗަށް ނޫންކަމާއި، ސުޕްރީމް ކޯޓުގެ އެސަރކިއުލަރގައި ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠްބީޤްކުރެވޭނީ
ހަމައެކަނި ކޯޓުތަކުން ނިންމަވާ އިޖްރާއީ ނިންމެވުންތަކުގެ މައްޗަށް ކަމަށް ބެލުމަކީ، އެސަރކިއުލަރގެ ޖުމްލަ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
2{14/HC-A/143
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2 22 22
މަޤްޞަދު ޙާޞިލުނުވެދާނެ ކަމެއްކަމާއި، އަދި އެސަރކިއުލާރއިން ތަނަވަސްކޮށްދީފައިވާ ހައްލު
ނުލިބިދާނެކަމެއްކަން އެނގޭކަމާއި،
އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2014
/
01 (24 އޮގަސްޓް 2014)
ސަރކިއުލަރގައި ކަނޑައަޅުއްވާފައިވާ އުޞޫލު އިސްތިއުނާފު ކުރެވިފައިމިވާ ޓެކްސް އެޕީލްޓްރައިބިއުނަލްގެ
އިޖުރާއީ ނިންމެވުމަށް ތަޠްބީޤް ކުރެވޭނެ ކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ޤަބޫލުކުރެވިފައިވުމާއެކު،
މިމައްސަލަ އަކީ މިހިނދަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫން
ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހަށް އެއްބަސް ވެވިފައިވެއެވެ.
ކުޖ
ޙުކުމް:
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތީން ހުރުމުން ޓެކްސް އެޕީލް
ޓްރައިބިއުނަލުގެ ނަންބަރު 2013
/
005/TAT
-
CA
-
G މައްސަލައާއި ގުޅިގެން 07 އެޕްރީލް 2014 ގައި އިޖުރާއީ
ގޮތުން އެ ޓްރައިބިއުނަލުން ނިންމެވި ނިންމެވުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް މޯލްޑިވްސް
އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަކީ ޓެކްސް އެޕީލް
ޓްރައިބިއުނަލު ގައި ނެގުނު އިޖުރާއީ ނުކުތާއަކާ ގުޅިގެން އެޓްރައިބިއުނަލުން ނިންމެވި އިޖުރާއީ ނިންމެވުމެއް
އިސްތިއުނާފު ކުރުމަށް ހުށަހެޅި މައްސަލައެއްކަން އެނގޭއިރު، ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިންމެވި އިޖުރާއީ
ނިންމެވުމުގައި ކަނޑައަޅުއްވާފައިވަނީ މިމައްސަލައަކީ ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ބައްލަވައި ކުރިއަށް
ގެންދެވިދާނެ މައްސަލައެއްކަމުގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ
ނަންބަރު SC/2014
/
01 (24 އޮގަސްޓް 2014) ސަރކިއުލަރއަށް ބަޔާންކުރެވިދިޔަ ހަމަތަކުގެ އަލީގައި
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން : 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{014/HC-A/143
ރިޢާޔަތްކޮށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ފަރާތުން ހުށަހަޅާފައިވާ މިމައްސަލައަކީ
މިހިނދަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބަލައި ކުރިއަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި އެގޮތުގެ މަތީން މައްސަލަ ނިންމީއެވެ.
ހައިކޯޓް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
t