ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/98 ޤަޟިއްޔާގެ ޙުކުމް
1
2
8
7 ޖެ
میلی متر
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތު
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 98/HC-A/2014
އިސްތިއުނާފުކުރި ފަރާތް:
* ނަން. އަޙްމަދު ޙަމީދު
އައިޑީ ކާޑު ނަންބަރ: A054508
* ދާއިމީ އެޑްރެސް: މއ.ހިއުސްޓަންކ.މާލެ
މިހާރުގެ އެޑްރެސް: މ.ކުރިނބީލޮޖް (ކ.މާލެ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ޒީނަތު ސަލީމް
އައިޑީ ކާޑުނަންބަރު: A055729
*
، ދާއިމީ އެޑްރެސް: ގ.ކެމްލޮކް (ކ.މާލެ
މިހާރުގެ އެޑްރެސް: ގ.ކެމްލޮކް ކ.މާލެ
0
ރަޖިސްޓްރީކުރެވުނު ތާރީޚް: 06 ޖުމާދަލްއާޚިރާ 1435
06 އޭޕްރީލް 2014
ނިމުނު ތާރީޚް: 25 ޛުލްޙިއްޖާ 1435
19 އޮކްޓޯބަރު 2014
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1139
ނިންމެވިކްޓް: ސިވިލް ކޯޓު
މައްސަލައިގެ ބާވަތް: މަދަނީ މައްސަލަ
ހުށަހެޅި ތާރީޚް: 2012-06-21 * ނިމުނު ތާރީޚް: 2017-11-26
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރުން ޢަބްދުލްޣަނީ މުޙައްމަދު ފަނޑިޔާރު.ޢަބްދުﷲ ޙަމީދު ފަނޑިޔާރު: އަލީ ސަމީރު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
z
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
• ދަޢުވާގެ ޚުލާޞާ:
މިއީ، ސިވިލް ކޯޓްގެ ނަންބަރު: 2012/Cv
-
C/1139 ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ބުނެ، މއ.ހިއުސްޓަން/މާލެ އަޙްމަދު ޙަމީދު
(ދ.ރ.ކާޑް ނަންބަރު:.A054508) ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރުމުން ބަލާފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތީއުނާފު ރައްދުވާ ފަރާތަކީ ގ.ކެމްލޮކް މާލެ ޒީނަތު ސަލީމް
(ދ.ރ.ކާޑް ނަންބަރު:A055729) އެވެ.
ގެ
CCC.
އަ#F+4
އެގޮތަށް އެކަން ނުކުރުމަށާއި
01 އިސްތިއުނާފް މިކުރެވޭ ސިވިލް ކޯޓްގެ ނަންބަރު: 2012/Cv
-
C/1139 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ ގ.ހެބްލޮކް ޒީނަތު ސަލީމް ގެ ގެއެއް ކަމުގައިވާ
ގ.ކެމްލޮކްގައި ހަދާފައިހުރި ދެކޮޓަރީގެ އެޕާޓްމަންޓެއް މއ.ހިއުސްޓަން އަޙުމަދު ޙަމީދު އަށް 07 އަހަރު
ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި 13 މެއި 2008 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ
ދަށުން އަޙްމަދު ޙަމީދު އެތަން ކުއްޔަށް ހިފައިގެން އުޅެނިކޮށް އަޙްމަދު ޙަމީދު އެތަނުގައި ބައިތިއްބާފައި ތިބި
މީހުންނަށް ޒީނަތު ސަލީމް އުނދަގޫކޮށް ޒީނަތު ސަލީމް އެތަން އަތުލަން އުޅޭތީ،
އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ޒީނަތު ސަލީމްއަށް ކޯޓުން އަންގައި ދިނުމަށް އެދިގެންނާއި،
އެއްބަސްވުމުގެ މުއްދަތަށް އިތުރު ދެ އަހަރު އިތުރުކުރުމަށް ދެފަރާތުން ފޯނުން ވާހަކަ ދައްކައި އެއްބަސްވެ އޭގެ
މައްޗަށް ލިޔުމެއްލިޔެ އަޙުމަދު ޙަމީދުގެ އަތުން ޒީނަތު ސަލީމް -/50000ރ. (ފަންސާސްހާސް ރުފިޔާ)
ނަގާފައިވާތީ، އެއްބަސްވުމަށް އިތުރު ދެ އަހަރު އިތުރުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅައިދިނުމަށް އެދި
ޒީނަތު ސަލީމްގެ މައްޗަށް އަޙްމަދު ޙަމީދު ދަޢުވާކުރުމުން ބަލާފައިވާ ޤަޟިއްޔާއެއް ކަމާއި،
އެޤަޟިއްޔާ ބައްލަވައި ކުރައްވާފައިވާ ޙުކުމުގައި "ދެންފަހެ، ގ.ކެމްލޭކް)މާވެ ޒީނަތު ސަލީމް
(A055729) ގެ މައްޗަށް މއ.ހިއުސްޓަން މާލެ އަޙުމަދު ޙަމީދު (A054508) ކޮށްފައިވާ މިދަޢުވާ
ހައިކޯ؟
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2jl4/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ޝަރީޢަތުން ބެލިއިރު، ޒީނަތު ސަލީމް ގެ ގެއެއް ކަމުގައިވާ ގ.ކެމްލޮކްގައި ހަދާފައިހުރި ދެކޮޓަރީގެ
އެޕާޓްމަންޓެއް އަޙުމަދު ޙަމީދު އަށް 37 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި 13 މެއި 2008
ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޙުމަދު ޙަމީދު އެތަން ކުއްޔަށް ހިފައިގެން އުޅެނިކޮށް
އަޙްމަދު ޙަމީދު އެތަނުގައި ބައިތިއްބާފައި ތިބި މީހުންނަށް ޒީނަތު ސަލީމް އުނދަގޫކޮށް ޒީނަތު ސަލީމް އެތަން
އަތުލަން އުޅޭތީ، އެގޮތަށް އެކަން ނުކުރުމަށާއި އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ޒީނަތު ސަލީމްއަށް
ކޯޓުން އަންގައި ދިނުމަށާއި، އެއްބަސްވުމުގެ މުއްދަތަށް އިތުރު ދެ އަހަރު އިތުރުކުރުމަށް ދެފަރާތުން ފޯނުން
ވާހަކަ ދައްކައި އަނގަބަހުން އެއްބަސްވެގެން އޭގެ ބަދަލުގައި އަޙުމަދު ޙަމީދުގެ އަތުން ޒީނަތު ސަލީމް
50,000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައިވާތީ، އެއްބަސްވުމަށް އިތުރު ދެ އަހަރު އިތުރުވެފައިވާކަމަށް
ޝަރީޢަތުން ކަނޑައަޅައިދިނުމަށް އަޙުމަދު ޙަމީދު މިދަޢުވާގައި އެދިފައިވާއިރު،
ދަޢުވާގައި ބުނެފައިވާ -/50,000 (ފަންސާސްހާސް ރުފިޔާ) އަކީ ކުރިން ކަނޑާގޮތަށް
ނެގިފައިސާ ކަމަށާއި، އެއްބަސްވުމަށް ދެ އަހަރު އިތުރުކުރުމަށް އެއްބަސްވެފައި ނުވާނެކަމަށް ޒީނަތު ސަލީމްގެ
ފަރާތުން ބުނެފައިވުމާއި، ލިޔުމުން އޮތް އެއްބަސްވުމަކަށް އިސްލާހެއް ގެނެވޭނީ ލިޔުމުންކަމަށްވާއިރު،
13 މެއި 2008 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސްވުމަށް ލިޔުމުން އިސްލާހެއް ގެނެސްފައިވާކަން
އެނގެން ނެތުމުން ބުނެވިދިޔަ އެއްބަސްވުމުގައިވާ މުއްދަތަށް ދެ އަހަރުދުވަސް އިތުރުވެފައިވާ ކަމަށް
ޝަރީއަތުން ކަނޑައެޅޭނެ ހަމައެއްނެތުމާއި،
އެއްބަސްވުމާއި އެއްގޮތަށް ޢަމަލްކުރުމަށް ޒީނަތު ސަލީމްއަށް ކޯޓުން އަންގައިދިނުމަށް އަޙްމަދު
އަމީދު އެދިފައިވާއިރު، ކުއްޔަށް ދީފައިވާ ދެކޮޓަރީގެ އެޕާޓްމަންޓްގެ މަތީގައި ޒީނަތު ސަލީމްގެ ހުއްދަނެތި
އަޙުމަދު ޙަމީދު ޑެކެއް އަޅައިގެން ދައުލަތުގެ ކަމާބެހޭ އިދާރާގެ ހުއްދަނުހޯދައި އިތުރު ބުރިއެއް ހަދާފައިވާ
ކަމަށާއި، އެކަމަކީ އެއްބަސްވުމާއި، ޚިލާފުކަމެއް ކަމަށްވާތީ އެއްބަސްވުން ދެމެހެއްޓޭނެ ތަނެއް ނެތްކަމަށް
ޒީނަތު ސަލީމްގެ ފަރާތުން ބުނެފައިވާއިރު،
ގެ ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުއްޔަށް ހިފާ ފަރާތުގެ ބޭނުމަށް އެކަށީގެންވާ ފެންވަރަށް ކުއްޔަށްދޭތަން
ވެރިފަރާތުން އިޢުތިރާޟުކުރާ ކަމެއް ނޫންކަމަށް އެއްބަސްވުމުގެ 04 ވަނަ މާއްދާގައި ދާންވެގެންވުމާއި،
ތަނަށް ގެނެސްފައިވާ ބަދަލަކީ ޒީނަތު ސަލީމްގެ ފެނުމާއި، އެގުމުގެ ތެރެއިން ހިނގާފައިވާ ކަމެއްކަން
ދެފަރާތުގެ ބަހުން އެނގެން އޮތުމާއި، އަޙުމަދު ޙަމީދު އެތަނަށް ބަދަލުތަކެއް ގެނައިތާ 4 އަހަރަށްވުރެ ދިގު
މުއްދަތެއް ފާއިތުވެ ދިޔައިރު، ޒީނަތު ސަލީމް ޝަކުވާއެއް ކޮށްފައިނުވުމުން އެބަދަލު ގެނައުމުގައި ޒީނަތު
ސަލީމްގެ ރުހުން އޮތްކަމަށް ބަލަންޖެހޭތީއާއި، އަޙްމަދު ޙަމީދު އެތަނަށް ބަދަލު ގެނެސްފައިވުމަކީ
އެއްބަސްވުމާއި ޚިލާފުވުން ކަމަށް ބެލެވޭނެތަނެއް ނެތުމާއި، އަޙްމަދު ޙަމީދު އެއްބަސްވުމާއި، ޚިލާފުވެފައިވާކަން
އެނގެން ނެތުމުން، އެއްބަސްވުމާއި އެއްގޮތަށް ޢަމަލުކުރުމަށް ޒީނަތު ސަލީމަށް އަންގައި ޙުކުމްކޮށްފީމެވެ"
މިފަދައިން ބަޔާންކޮށްފައިވާކަން އެމައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
ސިވިލް ކޯޓްގެ
-02
ބޭންކު ރޮފާން
ގޮތުގެ
ނަންބަރު:2012/Cv
-
C/1139 ޤަޟިއްޔާގައި ޙުކުމްކުރުމާ ގުޅިގެން އަޙްމަދު ޙަމީދުގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރަމުން، އަންނަނިވި ނުކުތާތައް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
* ފުރަތަމަ ނުކުތާއަކީ ކޮންޓްރެކްޓާއި ބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގައި ކޮންޓްރެކްޓަކީ
ވަކިގޮތަކަށް އޮތުން ލާޒިމު އެއްޗެއްނޫން ކަމަށާއި އަދި އެޤާނޫނުގެ 20 ވަނަ މާއްދާގެ (ހ) ގައި އެއްފަރާތުން
އަނެއްފަރާތަށް އެއްބަސްވުމުގައި ބުނެފައިވާ ގޮތްނޫންގޮތަކަށް ލުއިދީ އެއްބަސްވުމަށް ބަދަލު ގެނެސްފައިވާކަން
8x ހ ކ ވ
eeތއ
ލިޔެކިޔުމުން ފެންނަން ހުރިއިރު، އަދި އެއްބަސްވުމުގައި ބަދަލު ގެނައުމަށް ވަކިޚާއްޞަ ގޮތެއް ނުވަތަ
ލާޒިމުކޮށްފައި ނުވާއިރު ޝަރީޢަތުން މައްސަލަ ނިންމެވުމުގައި އެއްބަސްވުމަށް ބަދަލުގެނެވޭނީ
ލިޔުމުން ދެފަރާތުން އްބަސްވެގެން ކަމަށް ކަނޑައަޅާ އަޙްމަދު ޙަމީދު ހުށަހެޅި މައްސަލާގެ އެއްބައި ސާބިތު
ނުވާކަމަށް ނިންމާފައިވަނީ ރަނގަޅަށްކަމަށް ނުފެންނަކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
* ދެވަނަ ނުކުތާއަކީ: މި މައްސަލާގައި ޒީނަތު ސަލީމާއި، އަޙުމަދު ޙަމިދާ ދެމެދު
13 މެއި 2008 ގައި ވެފައިވާ އެއްބަސްވުމުގެ މުއްދަތަށް ބަދަލު ގެނައުމުގެ ގޮތުން ޒީނަތު ސަލީމު އެދިގެން
އަޙްމަދު ޙަމީދުގެ އަތުން -/50،000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައިވާކަމާއި، މިފައިސާ ނެގިކަން ޒީނަތު
ސަލީމްގެ ބަހުންނާއި ހެކިންގެ ހެކިބަހުންނާއި އަދި މިފައިސާ ދޫކުރުމަށް ހަދާފައިވާ ލިޔުމުގައި އެއްބަސްވުމުގެ
މުއްދަތު އިތުރު 12 އަހަރަށް އިތުރުކުރުމަށް ޒީނަތު ސަލީމް ބުނެގެން ލިޔެފައިވާ ލިޔުމުގައި ޒީނަތު ސަލީމްގެ
ފަރާތުން މިފައިސާއާއި ޙަވާލުވި މުޙައްމަދު މުބާރިކު މޫސާ އެލިޔުން ބަލާހަދައި އަދި ކިޔުމަށްފަހު
ސޮއިކުރިކަމަށާއި، އެލިޔުން ހަދާފައިވަނީ އޭނާއަށް އެނގިފައިވާ ގޮތުގައި ޒީނަތުއާއި އަޙުމަދު ޙަމީދުއް ދެމީހުން
ފޯނުން ވާހަކަދެއްކި ގޮތުގެ މައްޗަށްކަން އިނގޭކަމަށް ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސްދީފައިވާއިރު
ޝަރީޢަތުން މުޙައްމަދު މުބާރިކު މޫސާ ގެ ހެކިބަހަށާއި އަދި އެއްބަސްވުމުގެ މުއްދަތަށް އިތުރު 02 އަހަރު
ދުވަސް އިތުރުކުރުމަށް ލިޔެފައިވާ ލިޔުމަށް ނުބައްލަވައި ޝަރީޢަތުން މިމައްސަލަ ސާބިތުނުވާކަމަށް
ކަނޑައަޅާފައިވަނީ ރަނގަޅަށްކަމަށް ނުފެންނަކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާއާއި ގުޅިގެން ސިވިލް ކޯޓްގެ
ނަންބަރު:2012/Cv
-
C/1139 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފްކުރުމަށް
އަޙްމަދު ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކައަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށާއި
ހެކީންގެ ހެކިބަހަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
l.3- ފުރަތަމަ ކަމަކީ: ސިވިލް ކޯޓްގެ ނަންބަރު: 2012/Cv-C/1139 ޤަޟިއްޔާގައި
އަޙްމަދު ޙަމީދު ކޮށްފައިވާ ދަޢުވާގައި ހިމެނިފައިވަނީ ދެބައެއްކަމާއި؛
- ފުރަތަމަ ބަޔަކީ 13 މެއި 2008 ގައި އަޙްމަދު ޙަމީދު އާއި ގ.ކެމްލޮކް ޒީނަތު ސަލީމް
އާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމާއި އެއްގޮތްވާގޮތުގެ މަތިން "ގ.ކެމްލޮކް" އެވެ ކިޔާ ގެއިން 07
(ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް އަޙްމަދު ޙަމީދު ކުއްޔަށް ހިފާފައިވާ ބައިގައި، ދިރިއުޅެމުންދާ މީހުންނަށްހެއްޖޭގެ
-03
OXOC
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިރާއްޖެ
6
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
8
އެއެey
ޒީނަތު ސަލީމް އުނދަގޫކޮށް ޒީނަތު ސަލީމް އެތަން އަތުލަން އުޅޭކަމަށްބުނެ، އެގޮތަށް އެކަން ނުކުރުމަށާއި
އެއްބަސްވުމާއި ޢަމަލުކުރުމަށް ޒީނަތު ސަލީމްއަށް ކޯޓުން އަންގައި ދިނުމަށް އެދި ކޮށްފައިވާ
ދަޢުވާކަމާއި،
- ދެވަނަ ބަޔަކީ؛ ބަޔާންކުރެވުނު ކުލީގެ އެއްބަސްވުމުގެ މުއްދަތަށް އިތުރު ދެ އަހަރު
އިތުރުކުރުމަށް ދެފަރާތުން ފޯނުން ވާހަކަ ދައްކައި އެއްބަސްވެ އޭގެ މައްޗަށް ލިޔުމެއްލިޔެ އަޙުމަދު ޙަމީދުގެ
އަތުން ޒީނަތު ސަލީމް -/
501000ރ. (ފަންސާސްހާސް ރުފިޔާ) ނަގާފައިވާތީ، އެއްބަސްވުމަށް އިތުރު ދެ
އަހަރު އިތުރުވެފައިވާކަމަށް ޝަރީޢަތުން ކަނޑައަޅައިދިނުމަށް އެދި ކޮށްފައިވާ ދަޢުވާކަމާއި،
ސިވިލް ކޯޓްގެ ނަންބަރު: 2012/Cv
-
C/1139 ޤަޟިއްޔާ ބައްލަވައި، މީގެ ތެރެއިން
ފުރަތަމަ ބައި އަޙްމަދު ޙަމީދު ހުށަހެޅިގޮތަށް ސާބިތުވާކަމަށް ކަނޑައަޅުއްވައި، އަޙްމަދު ޙަމީދު އެދުނު ފަދައިން
އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ޒީނަތު ސަލީމްގެ މައްޗަށް އަމުރު ކުރައްވާފައިވާކަމާއި،
އަދި ދެވަނަ ބައިގައި ހިމެނޭ -/50000ރ. (ފަންސާސްހާސް ރުފިޔާ) އަޙްމަދު ޙަމީދު އަތުން
ޒީނަތު ސަލީމް ނަގާފައިވާކަން ސާބިތުވިޔަސް، އެފައިސާ ނަގާފައިވަނީ ކުލީގެ އެއްބަސްވުމަށް އިތުރު 02
(ދެއެއް) އަހަރު ދުވަސް އިތުރުކޮށްދިނުމަށް އެއްބަސްވެގެންކަން ސާބިތުނުވާކަމަށް ކަނޑައަޅުއްވާފައިވާކަމާއި،
އެހެންކަމުން އަޙްމަދު ޙަމީދުގެ އިސްތިއުނާފު ބިނާވެފައިވަނީ ހަމައެކަނީ އެ -/50،000ރ. (ފަންސާސްހާސް
ރުފިޔާ) އާއި ގުޅިގެން ކުލީގެ އެއްބަސްވުމަށް އިތުރު 02 (ދެއެއް) އަހަރު އިތުރުކުރުމާ
އެޤަޟިއްޔާގައި ނިންމެވި ނިންމެވުމާ މެދުގައިކަން ފާހަގަކުރެވެއެވެ.
3.2- ދެވަނަ ކަމަކީ: 13 މެއި 2008 ގައި އަޙްމަދު ޙަމީދު އާއި ޒީނަތު ސަލީމް އާއި
ދެމެދު ވެފައިވާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތާއި ޚިލާފަށް، ކުރިން ކަނޑާގޮތަށް އެކިފަހަރު މަތިން
އަޙްމަދު ޙަމީދު އަތުން ފައިސާ ނަގަމުން އައިސްފައިވާކަމަށް އަޙްމަދު ޙަމީދު ބުނާ ބުނުމާމެދު ޒީނަތު ސަލީމް
އެއްބަސްވެފައިވާކަމާއި، އަދި ހަމައެފަދައިން 14 ފެބްރުއަރީ 2010 ގައި އަޙްމަދު ޙަމީދު އަތުން ޒީނަތު
ޑޖ3 0
ބެހޭގޮތުން
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
7
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ސަލީމް -/
501000ރ. (ފަންސާސް ހާސް) ރުފިޔާ ނަގާފައިވާކަމަށް އަޙްމަދު ޙަމީދު ބުނާ ބުނުމާ މެދުވެސް
ޒީނަތު ސަލީމް އެއްބަސްވެފައިވާކަމާއި،
ޒީނަތު ސަލީމް އާއި އަޙްމަދު ޙަމީދު އާއި ދެމެދު ޚިލާފު އުފެދިފައިވާ ނުކުތާއަކީ،
14 ފެބްރުއަރީ 2010 ގައި އަޙްމަދު ޙަމީދު އަތުން ޒީނަތު ސަލީމް ނަގާފައިވާ -/000'50ރ. (ފަންސާސް
ހާސް) ރުފިޔާ ނަގާފައިވަނީ، އެދެފަރާތުގެ ދެމެދުގައި 13 މެއި 2008 ގައި ސޮއިކޮށްފައިވާ ކުލީގެ
އެއްބަސްވުމަށް އިތުރު ދެ އަހަރު ދުވަހުގެ މުއްދަތު އިތުރުކޮށްދިނުމަށް ޒީނަތު ސަލީމް އެއްބަސްވެގެން ކަމަށް
އަޙްމަދު ޙަމީދު ބުނާ ބުނުމަށްކަން ފާހަގަކުރެވޭތީ، އެ ފައިސާ ޙަވާލުކުރުމުގެ ގޮތުން ލިޔެފައިވާ ލިޔުމަށް
ބެލިއިރު،
އެލިޔުމަކީ،
އެޑްވާންސް ފައިސާ ޙަވާލުކުރުން" މިސުރުޚީގެ ދަށުން ލިޔެފައިވާ
ލިޔުމެއްކަމާއި، އެލިޔުމުގައި، "މިލިއުމަކީ 13 މެއި 2008 ގައި މ.ކުރިނބީލޮޖް އަޙްމަދު ޙަމީދު
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A054508 އާއި ގ.ކެމްލޮކް ޒީނަތު ސަލީމް
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A055729 އާ ދެމެދު ޒީނަތު ސަލީމުގެ ގެ ކަމުގައިވާ
ގ.ކެމްލޮކް ގެ ދެކޮޓަރީގެ އެޕާރޓްމަންޓް ކުއްޔަށް ދޫކުރުމާއި، ކުއްޔަށް ހިފުމަށް މިދެފަރާތުގެ ދެމެދު ވެފައިވާ
އެއްބަސްވުމުގެ މުއްދަތު ހަމަވުމުން އެ އެއްބަސްވުމާ އެއްގޮތަށް ހަމަ އެކުއްޔަށް 2 (ދެއެއް) އަހަރު ދުވަހުގެ
މި
މުއްދަތު އިތުރުކުރުމަށް ދެފަރާތް ދެމެދު ފޯނުން ވާހަކަ ދެކެވި އެއްބަސްވެފައިވަނީ -/50000ރ
(ފަންސާސް ހާސް ރުފިޔާ) ޒީނަތު ސަލީމް ރާއްޖޭން ބޭރުގައި ކިޔަވާވިދާޅުވާން ހުންނަންޖެހިފައިވާތީވެ،
މިފައިސާ މުޙައްމަދު މުބާރިކު މޫސާ ދަފްތަރު ނަންބަރު 5099 އައިޑީ ކާޑް ނަންބަރު A105447 "ޒީނަތު
ފިރިކަލުންގެ ބައްޕަ" އާއި ޙަވާލުކުރުމަށް ޒީނަތު އެދިފައިވާތީވެ މިފައިސާ މ.ކުރިނބީލޮޖް އަޙްމަދު ޙަމީދުގެ
ފަރާތުން ޒީނަތު ސަލީމު އާއި ޙަވާލުކުރުމަށް ޗެކް ނަންބަރު 00 އިން -/D 5ރ. (ފަންސާސް ހާސް
ރުފިޔާ) އަޅުގަޑަށް ހަމައަށް ލިބިއްޖެއެވެ." މިފަދައިން ކަމާއި، އެލިޔުމުގައި ފައިސާ ޙަވާލުވި ފަރާތް
ސޮއިކުރުމަށް ހަމަޖެހިފައިވާ ތަނުގައި، ޒީނަތު ސަލީމުގެ ބަދަލުގައި މުޙައްމަދު މުބާރިކު މޫސާ ސޮއިކޮށްވީޓީގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
8
3
4
3
. ގތުގެ ޚުލާސާ
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތު
އިނގިލީގެ ނިޝާން ޖަހާފައިވާކަމާއި، އަދި އަޙްމަދު ޙަމީދު އާއި އިތުރު ދެ ހެކީން އެލިޔުމުގައި
ސޮއިކޮށްފައިވާކަން ފާހަގަކުރެވެއެވެ
އ.
3.3- ތިންވަނަ ކަމަކީ 14 ފެބްރުއަރީ 2010 ގައި އަޙްމަދު ޙަމީދު އަތުން ޒީނަތު ސަލީމް
ނަގާފައިވާ -/
50000ރ.(ފަންސާސް ހާސް) ރުފިޔާ ނަގާފައިވަނީ އަޙްމަދު ޙަމީދު ބުނެފައިވާ ގޮތަށްކަން
ޝަރީޢަތަށް ސާބިތުކޮށް ދިނުމަށްޓަކައި އަޙްމަދު ޙަމީދުގެ ފަރާތުން ހުށަހަޅާފައިވާ ހެކިންނަކީ، އެފައިސާ
ޙަވާލުކުރުމުގެ ގޮތުން ލިޔެފައިވާ ލިޔުމާއި، އެލިޔުމުގައި ހެކީންގެ ގޮތުގައި ސޮއިކޮށްފައިވާ އިމްތިޔާޒް ޞާދިޤް
(ދރ.ކާޑް ނަންބަރުA080044) އާއި، އަޙްމަދު ނިމާލް (ދރ.ކާޑް ނަންބަރުA132124) ކަން އެނގެން
އޮންނައިރު، އެ ދެމީހުން ސިވިލް ކޯޓުގައި ހެކިބަސް ދެމުން، އެ -/50،000ރ. (ފަންސާސް ހާސް ރުފިޔާ)
އާއި މުޙައްމަދު މުބާރިކު މޫސާ ޙަވާލުވެފައިވަނީ އަޙްމަދު ޙަމީދުގެ ފަރާތުން ޝަރީޢަތަށް ހުށަހަޅާފައިވާ ލިޔުން
ރަގަޅަށް އަމިއްލައަށް ކިޔާފައި، އެލިޔުމުގައި ސޮއިކުރަނީ ޒީނަތު ސަލީމްގެ ބަދަލުގައި ކަމަށް ބުނެފައި
ކަމަށާއި، އެލިޔުމުގައިވާ އެއްވެސް ކަމަކާމެދު އޭރު މުޙައްމަދު މުބާރިކު މޫސާ ސުވާލު އުފައްދާފައި ނުވާކަމަށް
ބުނެފައިވާކަން އެނގޭއިރު،
ޒީނަތު ސަލީމް ފޮނުވައިގެން އެފައިސާއާއި ޙަވާލުވި މުޙައްމަދު މުބާރިކު މޫސާ ސިވިލް ކޯޓުގައި
ހެކިބަސް ދެމުން އަޙްމަދު ޙަމީދުގެ ފަރާތުން ހުށަހަޅާފައި އެވާ ލިޔުމުގައި ސޮއިކޮށް، އިގިލީގެ ނިޝާން
ޖަހާފައިވަނީ އޭނާ ކަމަށާއި، އަދި އެފަދައިން ޢަމަލުކުރުމުގެ ކުރިން އެލިޔުން ރަގަޅަށް ކިޔާފައިވެސް
ވާކަމަށާއި، އެލިޔުން ލިޔެފައިވަނީ އަޙްމަދު ޙަމީދާއި ޒީނަތު ސަލީމާއި ދެމެދު ވާހަކަ ދެކެވުނު ގޮތަށް ކަމަށާއި،
އެލިޔުމުގައި ބަޔާންކުރާ ފައިސާގެ ޗެކާއި އޭނާ ޙަވާލުވެ އެފައިސާ ޒީނަތު ސަލީމު އާއި ޙަވާލުކޮށްފައިވާކަމަށް
މުޙައްމަދު މުބާރިކު މޫސާ ބުނެފައިވާކަން ފާހަގަކުރެވެއެވެ.
3.4- ހަތަރުވަނަ ކަމަކީ: ބަޔާންކުރެވުނު -/000'50ރ.(ފަންސާސް ހާސް) ރުފިޔާ ޒީނަތު
ސަލީމް ނަގާފައިވަނީ، މި ދެމީހުންގެ ދެމެދުގައި ކުރެވިފައިވާ ކުލީގެ އެއްބަސްވުމުގެ
ވުމުގެ މުއްދަތު ހަމަވުމުން އެ
އެއްބަސްވުމުގެ ޝަރުޠު ތަކާއި އެއްގޮތްވާގޮތުގެ މަތިން އިތުރު 02 އަހަރު ދުވަހުގެ މުއްދަތު އިތުރުކީއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
،ދިވެހިރާއްޖެ
9
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކޮށްދިނުމަށް އެއްބަސްވެގެންކަމަށް އަޙްމަދު ޙަމީދު ބުނެފައިވާ ބުނުން އިސްތިއުނާފު މިކުރެވޭ ސިވިލް ކޯޓްގެ
ނަންބަރު: 2012/Cv-C/1139 ޤަޟިއްޔާގައި ސާބިތުވެފައިނުވާކަމަށް ކަނޑައަޅުއްވާފައިވަނީ ދެ ސަބަބަކާއި
ހުރެ ކަމާއި،
އޭގެ ތެރެއިން ފުރަތަމަ ސަބަބަކީ، އެލިޔުމުގައި ސޮއިކޮށްފައިވާ ދެ ހެކީންނަކީ އަޙްމަދު
ޙަމީދުގެ މުވައްޒަފުން ކަމުގައިވާތީ، އެމުވައްޒަފުން އަޙްމަދު ޙަމީދުއާއި އެއްކޮޅަށް ދީފައިވާ އެ ހެކިބަހަށް
ޝަރުޢީ ހަމަތަކުގެ މަތީން ބުރަދަން ދެވެން ނެތުން ކަމަށް ބަޔާންކުރައްވާފައިވާ ކަމާއި،
ދެވަނަ ސަބަބަކީ، ލިޔުމުން އޮތް އެއްބަސްވުމަކަށް އިޞްލާޙެއް ގެނެވޭނީ ލިޔުމުން
ކަމަށްވާއިރު،
13 މެއި 2008 ގައި ދެފަރާތް ދެމެދު ވެފައިވާ އެއްބަސް
.ބަސްވުމަށް ލިޔުމުން އިޞްލާޙެއް ގެނެސްފައިވާކަން
އެގެން ނެތުން
ނެތުން ކަމަށް އެޤަޟިއްޔާގެ ޙުކުމުގައި ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވޭއިރު،
ތެރެއިން ފުރަތަމަ ސަބަބުގެ މައްޗަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބެލިއިރު، ޒީނަތު
ސަލީމްގެ ފަރާތުން ހުށަހެޅި ހެކި ކަމުގައިވާ މުޙައްމަދު މުބާރިކު މޫސާ ގެ ބަހުން އެ ލިޔުމަކީ ޒީނަތު ސަލީމު
އާއި އަޙްމަދު ޙަމީދު އާއި ދެމެދު ފޯނުން ވާހަކަ ދެކެވުނު ގޮތަށް ލިޔެފައިވާ ލިޔުމެއްކަން އެނގެން
އޮންނާތީއާއި، އެލިޔުމުގައި މުޙައްމަދު މުބާރިކު މޫސާ ސޮއިކޮށް އެފައިސާގެ ޗެކާއި ޙަވާލުވެފައިވަނީ ޒީނަތު
ސަލީމް ގެ ހުއްދައާ އެކުގައި ކަން އެނގެން އޮންނާތީއާއި، އެފައިސާ ޒީނަތު ސަލީމަށް ލިބިފައިވާކަން ޒީނަތު
ސަލީމްގެ ބަހުން އެނގެން އޮންނަ ކަމަށްޓަކައި، ބަޔާންކުރެވުނު ލިޔުމުގައި ސޮއިކޮށްފައިވާ ދެ ހެކީން
ދައްކާފައިވާ ވާހަކާގެ ތެދުކަމުގެ މައްޗަށް މުޙައްމަދު މުބާރިކު މޫސާ ގެ ބަހުންނާއި ޒީނަތު ސަލީމްގެ ބަހުން
ބާރުލިބިފައިވާތީ، އެހިނދުން ފެށިން އެދެހެކީންގެ ބަހަށް ޝަރުއީ ގޮތުން ބުރަދަން ނުދެވެންވީ
އޭގެ
ސަބަބެއް
ނެތްކާއި،
އަދި ދެވަނަ ސަބަބުގެ މައްޗަށް ބަލާއިރު، މަދަނީ މައްސަލަތަކުގައި ޘާބިތުކުރުމަކީ އެއިން
ޤާނޫނީ ނަތީޖާތަކެއް ޙާޞިލްކޮށްދޭ ޤާނޫނީ ވާޤިޢާއެއް އޮތްކަމުގެ މައްޗަށް ޝަރީޢަތުގެ ކުރިމަތީގައި ޤާނޫނުގައި
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިންގެ
20 4 6 822
10
2014/HC-A/98
.ގތުގެ ޚުލާސާ
ޤަޟިއްޔާ ނިމުނު ގެ
42 4ޑ
29 3ވ
3
ކަނޑައެޅިފައިވާ ވަސީލަތްތަކުން ދަލީލު ޤާއިމްކުރުން ކަމުގައިވީހިނދު، މަދަނީ ޙައްޤުތައް ޘާބިތުކުރުމަށް
ހުއްދަކުރާ ޘާބިތުކުރުމުގެ އެންމެހައި ވަސީލަތްތަކަކީ ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބުނެފައިވާ ޙާލަތުގައި ރިޢާޔަތްކުރަންވާނެ
ވަސީލަތްތަކެއްކަން އެނގެން އޮންނަކަމަށާއި، އިސްލާމީ ޝަރީޢަތުގެ އަޞްލަކާ ތަޢާރުޟުނުވާ އަދި ދިމިޤް
ދިމިޤްރާޠީ
މުޖްތަމަޢުތަކުގެ ތަފާތު ޖުރިސްޑިކްޝަން ތަކުން ޤަބޫލުކުރާ ޘާބިތުކުރުމުގެ ޤާނޫނީ ޢާންމު މަޞްދަރުތަކަށްވެސް
ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ
ނަންބަރު 02/SC-A/2010 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓް" ގެ (ށ) ގައި
ބަޔާންކޮށްފައިވާކަން ފާހަގަކުރެވޭކަމާއި،
އަދި އެރިޕޯޓުގެ (ޅ) ގައި، ޚަޞްމުންގެ މެދުގައި މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކައި
ލަވާލެވޭ ޚާއްޞަ ކިތާބީ މުސްތަނަދަކީ ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ ކިތާބީ ދަލީލު
(documentary evidence) ތަކުގެ ތެރޭގައި ހިމެނޭ ދަލީލެއް ކަމާއި، ޢާންމު އުޞޫލެއްގެ ގޮތުން އެފަދަ
ކިތާބީ ދަލީލަކުން ޘާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ޘާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި
އޮންނަ އޮތުމަކީ އިސްތިސްނާއެއް ނެތި އޮންނަ އުޞޫލެއް ނޫންކަމާއި މިގޮތުން އެ ޚަޞްމެއްގެ މައްޗަށް
ދަލީލު ޤާއިމްކުރަން ބޭނުންވާ ޚަޞްމުގެ އަމިއްލަ އަތުން ލިޔެފައިވާ، ޘާބިތުކުރުމަށް ބޭނުންވާ މައްސަލައާއި
ގުޅޭ ލިޔުމަކީ (ޘާބިތުކުރުމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ މުސްތަނަދަކަށް ނުވާނަމަ އޭގެ ޒާތުގައި ފުރިހަމަ
ކިތާބީ ދަލީލެއް ކަމުގައި ނުވިޔަސް، އެފަދަ ލިޔުމަކުން ދަޢުވާގެ ޚަޞްމަކު ޘާބިތުކުރަން ބޭނުންވާ ކަމެއް
ޘާބިތުވުމުގެ އިޙުތިމާލު އޮންނާތީ، އެފަދަ ފުރިހަމަ ނޫން ކިތާބީ ދަލީލަކީ ހެކީންގެ ހެކިބަހުންނާއި ޤަރީނާއިން
ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން، މަދަނީ މައްސަލަތައް ޘާބިތުކުރުމުގައި، ކުރިއަރާފައިވާ ޖުރިސްޑިކްޝަން
ތަކުން ޢަމަލުކުރާ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމަށް ބަޔާންކުރައްވާ
ބަޔާންކުރައްވާފައިވާކަމާއި،
ދިވެހިން
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
11
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
اليمين
الشاهد
ހަމައެފަދައިން އެރިޕޯޓުގެ (ހ) ގައި، އިސްލާމީ ފިޤްހުގައި "އަލް ބައްޔިނާ" للޖާ އަކީ،
ޙައްޤު ބަޔާންކޮށް ކަޝްފު ކޮށްދޭ އިސްލާމީ ޝަރީޢަތް ޤަބޫލުކުރާ ކޮންމެ ވަޞީލަތެއް ކަމަށާއި، އެގޮތުން
ކިތާބީ ދަލީލުތަކާއި، ހެކީންގެ ހެކިބަހާއި، ފާޅުކަންބޮޑު ޤަރީނާ ފަދަ އިސްލާމީ ޝަރީޢަތުގައި ޘާބިތުކުރުމުގައި
ބޭނުންކުރެވޭ ހުއްދަ އެންމެހައި ވަޞީލަތްތަކަކީ "އަލްބައްޔިނާ" لهلﷲ ގެ ޢާންމު މަފްހޫމްގެ ތެރޭގައި ހިމެނޭ
ދަލީލުތައް ކަމާއި އަދި ހެކީންގެ ހެކިބަހުން ޘާބިތުކުރުމަށް ބޭނުންވާ ޙައްޤުގެ ބާވަތަށް ބަލައި ހެކިބަހުގެ
ނިޞާބު އިސްލާމީ ފިޤްހުގައި ތަފާތުވާކަމާއި، އަފްރާދުންގެ މެދުގައި ހިނގާ މާލީ މުޢާމަލާތްތަކުގައި ހެކީންގެ
ހެކިބަހުން ޘާބިތުކުރުމުގެ ނިޞާބަކީ ދެ ފިރިހެނުންގެ ނުވަތަ ފިރިހެނަކާއި ދެ އަންހެނުންގެ ހެކިބަސް ކަމާއި،
އެފަދަ މުޢާމަލާތްތައް ޘާބިތުކުރުމުގައި އެއް ފިރިހެނެއްގެ ހެކިބަސް ނޫން އެހެން ދަލީލެއް ހުށަހެޅުމަށް
ދަޢުވާކުރާ ޚަޞްމު ނުކުޅެދިގެންވާ ޙާލު، އަދި އަނެއް ޚަޞްމު އެދަޢުވާއަށް އިޤްރާރު ނުވާ ޙާލު، އިސްލާމީ
ފިޤްހުގެ ޖުމްހޫރުންގެ އަރިހުގައި ބުނެވިދިޔަ އެކެއްގެ ހެކިބަހަ
ގެ އަސާސްގެ
ދަށުން، ދަޢުވާކުރާ ޚަޞްމުގެ ހުވާޔާއެކު ފުރިހަމަކުރެވިދާނެ ދަލީލެއްކަމާއި،
އަސާސްގެ މައްޗަށް ޤިޔާސްކުރާ
ހިނދު އުނި ދަލީލެއް ފުރިހަމަ ކުރުވަނިވި ހުވާ ނުވަތަ "އަލްޔަމީނުލް މުތައްމިމާ" للهل لللهلا
(suppletory oath) އަކީ ތަފާތު ޖުރިސްޑިކްޝަން ތަކުން ޤަބޫލުކުރާ ޘާބިތު ކުރުމުގެ ޤާނޫނީ
ވަޞީލަތެއްކަމާއި، އެގޮތުން ދަޢުވާއެއްގައި ޚަޞްމަކު ހުށަހަޅާ ދަލީލަކީ ދަޢުވާ ޘާބިތުކުރުމަށް ކާފީ ދަލީލެއް
ނޫންކަމަށް ކޯޓަށް ފެނިއްޖެނަމަ އެދަލީލު ހުށަހެޅި ޚަޞްމުގެ ހުވަޔާ އެކު އެ ދަލީލު ފުރިހަމަކުރުމުގެ އިޚްތިޔާރު
އެކޯޓަކަށް ލިބިގެންވާކަމަށް ބަޔާންކުރައްވާފައިވާކަން ފާހަގަކުރެވެއެވެ.
3.5- ފަސްވަނަ ކަމަކީ: ގ.ކެމްލޮކް ގެ ދެކޮޓަރި އެޕާރޓްމަންޓް ކުއްޔަށްދިނުމުގެ
އެއްބަސްވުން" މިނަމުގައި، ގ.ކެމްލޮކް ޒީނަތު ސަލީމް އާއި މއ.ހިއުސްޓަން އަޙްމަދު ޙަމީދު އާ ދެމެދު
މެއި 2008 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމާއި، އެ އެއްބަސްވުމަށް
ވުމަށް ބަލާއިރު، އެއީ
01 ޖުލައި 2008 ދުވަހުން ފެށިގެން 07 (ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ވެފައިވާ
02 ވަނަ މާއްދާއިން އެނގޭކަމާއި، އެއްބަސްވުމުގެ މުއްދަތުގައި ކުއްޔަށްހިފި ތަނުގެ
3
4
2 ހ2
އެއްބަސްވުމެއްކަން،
އެ
05ހ32$ޑ
އެއބަސް32
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ވެރީޓްގެ
ބަ2 4
12
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ކުއްޔަކީ މަހަކު
ހ2 24
3 ތތ ހ3
@0ރކޮށްފި
8 0 4 6 s
ޑ 4
2 ހ23
އިހެންކަމުން
-/
10000ރ. (ދިހަހާސް ރުފިޔާ) ކަމަށް އެއްބަސްވުމުގެ 03 ވަނަ މާއްދާގައި
-/
600000ރ. (ފަސްދޮޅަސްހާސް ރުފިޔާ) ދޭންވާނެކަމަށާއި، އެފައިސާ އަޙްމަދު ޙަމީދަށް އަނބުރާ ދައްކާ
ހަމަކުރުމަށްޓަކައި
ކޮންމެ މަހެއްގެ މަހު ކުލިން -/750ރ. (ހަތްސަތޭކަ ފަންސާސް ރުފިޔާ) އުނިކުރެވޭނެ
ކަމަށާއި، އެހެންކަމުން އެ -/605000 ރ. (ފަސްދޮޅަސްހާސް ރުފިޔާ) ދައްކާ ހަމަވަންދެން އެއްބަސްވުމުގެ
ދަށުން ކުލީގެ ގޮތުގައި އަޙްމަދު ޙަމީދު ދައްކަންޖެހޭނީ ކޮންމެ މަހަކުވެސް -/9،250ރ. (ނުވަހާސް ދުއިސައްތަ
ފަންސާސް) ރުފިޔާ ކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާވުމުން ކުއްޔާއި އެޑްވާންސް ފައިއާއި
ބެހޭގޮތުން އެ ދެފަރާތުގެ ދެމެދުގައި ވެވުނު ކުލީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންވަރު ސާފުކޮށް
ފެންނަން އެބައޮތް ކަމާއި،
ކުލި ދެއްކުމުގައާއި، އެޑްވާންސް ފައިސާ، ކުރިން ކަނޑާ ހަމަކުރުމާ ބެހޭގޮތުން
އެއްބަސްވުމުގައިވާ
މުގައިވާ ގޮތަށް ދެފަރާތުން ޢަމަލުކުރިނަމަ، ހަމައެކަނި ކުލީ އެއްބަސްވުމުގެ ދަށުން އެޑްވާންސްކޮށް
ޒީނަތު ސަލީމް ނަގާފައިވާ -/60000ރ.(ފަސްދޮޅަސްހާސް) ރުފިޔާ ކަނޑާ ހަމަކުރެވޭނީވެސް، އެއްބަސްވުމަށް
ޢަމަލުކުރަން ފެށި ތާރީޚުން ފެށިގެން 06 އަހަރާއި 07 މަސް ދުވަހުންކަމާއި، އެއީ 2015 ވަނަ އަހަރުގެ
ފެބްރުއަރީ މަހުގެ ނިޔަލަށްކަމާއި، އެހާތަނުން ފެށިގެން އެއްބަސްވުމުގައިވާ ކުރީގެ މުއްދަތުން ބާކީ އޮންނާނީ
އެންމެ 04 މަސް ދުވަހުގެ މުއްދަތު ކަމާމެދަކު އޮޅުމެއް ނެތްކަމާއި، އެހެންކަމުން ކުލީގެ އެއްބަސްވުމުގައި
ބަޔާންކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް އެކިފަހަރު މަތިން ތަކުރާރުކޮށް އެޑްވާންސަށް އަޙްމަދު ޙަމީދު
އަތުން ފައިސާ ނަގާފައިވުމުންނާއި، އަދި އެފައިސާ ކުރިން ކަނޑާ ހަމަކުރުމުގައިވެސް އެއްބަސްވުމުގައި
ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް (މަހަކު -/3000ރ. ކެނޑުމަށްވެސް ބައެއް ފަހަރު އެއްބަސްވެފައި)
ދެފަރާތުން ރުހިގެން ޢަމަލުކޮށްފައި އޮތުމުން، ލިޔުމުން ވެފައިވާ އެއްބަސްވުމުގައި އެއްބަސްވުމަށް ބަދަލު
ގެނައުމުގައި ޢަމަލުކުރުމަށް ވަކި ގޮތެއް ބަޔާންކޮށްފައިނުވާއިރު، އެއްބަސްވުމުގައި ބަޔާންކޮށްފައިނުވާ ޙާލަތްތައް
ދިމާވުމުން ދެފަރާތުން ރުހިގެން ޢަމަލުކޮށްފައިވާގޮތާމެދު ދެފަރާތުންކުރެ ފަރާތަކުން އިންކާރު ކޮށްފައިނުވާކަމާއި،
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިތެއް
13
2014/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
639
އަދި އެއްބަސްވުމުގެ ބޭރުން އަޙްމަދު ޙަމީދު އަތުން ޒީނަތު ސަލީމް ފައިސާ ނަގާފައިވާ ކޮންމެ
ފަހަރަކު އެފައިސާއާއި ޙަވާލުވެފައިވަނީ ޒީނަތު ސަލީމް އަމިއްލައަށް ނޫންކަމާއި، އެކަން ޒީނަތު ސަލީމް
11 ޖެނުއަރީ 2010 ގައި އަޙްމަދު ޙަމީދު އަތުން ނަގާފައިވާ -/
10000ރ.(ދިހަހާސް) ރުފިޔާ ނެގުމުގެ
ގޮތުން ލިޔެފައިވާ ލިޔުމުން އެނގޭކަމާއި، އަދި އެފައިސާ ނެގިއިރުވެސް ޒީނަތު ސަލީމް ހުރީ ރާއްޖޭގައި
ނޫންކަންވެސް އެލިޔުމުން އެނގޭކަމާއި، އެހެންކަމުން މިހާރު ވާހަކަ މިދެކެވޭ -/000'50ރ.(ފަންސާސް ހާސް)
ރުފިޔާ ނެގުމުގައި ޒީނަތު ސަލީމް އަމަލުކޮށްފައިވާ ގޮތަކީ (ޒީނަތު ސަލީމް ރާއްޖެއިން ބޭރުގައި ހުރެފައި،
އަޙްމަދު ޙަމީދު އާއި ފޯނުން ވާހަކަ ދެއްކުމަށްފަހު އެހެން ފަރާތަކުން ފައިސާއާ ޙަވާލުވުމަށް ފޮނުވުން) އޭގެ
ކުރީ ފަހަރު ތަކުގައިވެސް ފައިސާ ނެގުމުގައި ޢަމަލުކުރަމުން އައިސްފައިވާ ގޮތެއްކަން އެނގޭކަމާއި،
ޚަޞްމުންގެ މެދުގައި މުޢާމަލާތްތައް ޘާބިތުކުރުމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ ކިތާބީ
މުސްތަނަދަކީ ދުނިޔޭގެ އެންމެހައި ޖުރިސްޑިކްޝަން ތަކުން ޤަބޫލުކުރާ ކިތާބީ ދަލީލު documentary)
(evidence ތަކުގެ ތެރޭގައި ހިމެނޭ ދަލީލެއް ކަމާއި، ޢާންމު އުޞޫލެއްގެ ގޮތުން އެފަދަ ކިތާބީ ދަލީލަކުން
ޘާބިތުވާ ކަމަކާއި ޚިލާފަށް ކަމެއް ޘާބިތުކުރެވޭނީ ހަމަ އެފަދަ ކިތާބީ ދަލީލަކުން ކަމުގައި އޮންނަ އޮތުމަކީ
އިސްތިސްނާއެއް ނެތި އޮންނަ އުޞޫލެއް ނޫންކަމަށް ބަޔާންކުރެވު
ނޫންކަމަށް ބަޔާންކުރެވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
02/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވުމުން އަޙްމަދު ޙަމީދު އާއި ޒީނަތު ސަލީމް އާއި ދެމެދުގައި
ވެފައިވާ ކުލީގެ އެއްބަސްވުމަށް ޢަމަލުކުރުމުގައި ދެފަރާތުން ރުހިގެން ޢަމަލުކޮށްފައިވާގޮތުން އެއްބަސްވުމަށް
ބަދަލު އައިސްފައިވާކަމަށް ނުބެލެވެންވީ ސަބަބެއް ނެތްކަމާއި،
އަދި ފައިސާއާއި ޙަވާލުވުމުގެ ގޮތުން މުޙައްމަދު މުބާރިކު މޫސާ ސޮއިކޮށްފައިވާ ލިޔުމުގައި
ކުލީގެ އެއްބަސްވުމަށް އިތުރު 02 (ދެއެއް) އަހަރު ދުވަހުގެ މުއްދަތު އިތުރުކުރަން އެއްބަސްވެފައި އޮތް
އޮތުމަކީ ޒީނަތު ސަލީމް އޭނާއަށް ދީފައިވާ އިޚްތިޔާރެއް ނޫންކަމަށް ޒީނަތު ސަލީމް ބުނެފައިވާއިރު، ޒީނަތު
ސަލީމުގެ ފަރާތުން ހުށަހެޅި ހެއްކެއްކަމުގައިވާ މުޙައްމަދު މުބާރިކު މޫސާ ގެ ހެކިބަހުގައި، އެ ލިޔުމަކީ ޒީނަތު
ސަލީމް އާއި އަޙްމަދު ޙަމީދު އާއި ދެމެދު އެއްބަސްވިގޮތަށް ލިޔެފައިވާ ލިޔުމެއްކަމަށާއި، އެލިޔުމުގައި ސޮއިކޮށް
15 3
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
14
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
و سرسرور
އިގިލީގެ ނިޝާން ޖަހާފައިވަނީ މުޙައްމަދު މުބާރިކު މޫސާ ކަމަށް ބުނެފައިވާ ބުނުމުން، އެލިޔުމުގައި
ސޮއިކޮށްފައިވާ ދެހެކީންގެ ހެކިބަހަށް ބާރުލިބި، އެދެހެކީންގެ ހެކިބަހަށް ޝަރުޢީ ހަމަތަކުގެ މަތިން
ރިޢާޔަތްކުރުމަށް ހުރަހެއް ނެތަތީއާއި، އެއް ޚަޞްމުގެ މައްޗަށް ދަލީލު ޤާއިމްކުރަން އަނެއް ޚަސްމު
އަމިއްލައަށް ލިޔެފައިވާ، ޘާބިތުކުރުމަށް ބޭނުންވާ މައްސަލައާއި ގުޅުންހުރި ލިޔުމަކީ އޭގެ ޒާތުގައި ފުރިހަމަ
ކިތާބީ ދަލީލެއް ކަމުގައި ނުވިޔަސް، އެފަދަ ލިޔުމަކުން ދަޢުވާގެ ޚަޞްމަކު ޘާބިތުކުރަން ބޭނުންވާ ކަމެއް
ޘާބިތުވުމުގެ އިޙުތިމާލު އޮންނާތީ، އެފަދަ ފުރިހަމަ ނޫން ކިތާބީ ދަލީލަކީ ހެކީންގެ ހެކިބަހުންނާއި ޤަރީނާއިން
ފުރިހަމަ ކުރެވިދާނެ ދަލީލެއްކަން މަދަނީ މައްސަލަތައް ޘާބިތުކުރުމުގައި ކުރިއަރާފައިވާ ޖުރިސްޑިކްޝަން ތަކުން
ޢަމަލުކުރާ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު
02/SC-A/2010 ޤަޟިއްޔާގައި ބަޔާންކުރައްވާފައިވުމުންނާއި ކުލީގެ އެއްބަސްވުމުގައި ސޮއިކުރެވުނު ފަހުން
އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ދެފަރާތުގެ ރުހުމުގައި ޢަމަލުކޮށް، އެއްބަސްވުމުގައި ނުވާ
އެތަށް ފައިސާއެއް އެތަށް ފަހަރަކު ނަގާ، އެފައިސާ ކުރިން ކަނޑާ ހަމަކުރުމުގައި އެއްބަސްވުމުގެ ބޭރުން
ދެފަރާތުން ރުހިގެން މުޢާމަލާތް ހިންގާފައިވާތީއާއި -/50،000ރ.(ފަންސާސް ހާސް) ރުފިޔާ ދިނުމުގެ ގޮތުން
ލިޔެފައިވާ ލިޔުމުގައި މުޙައްމަދު މުބާރިކު މޫސާ ސޮއިކުރީ އެލިޔުން ރަގަޅަށް ކިޔުމަށްފަހު، ޒީނަތު ސަލީމްގެ
ބަދަލުގައި ކަމަށް އެލިޔުމުގައި ސޮއިކޮށްފައިވާ ހެކީން ބުނެފައިވާއިރު، އެހެކީންގެ ހެކިބަހަށް ބާރުލިބޭގޮތަށް
އަޙްމަދު ޙަމީދު އެލިޔުން ލިޔެފައިވަނީ ޒީނަތު ސަލީމް އާއި އަޙްމަދު ޙަމީދު ފޯނުން ވާހަކަ ދެކެވި
އެއްބަސްވިގޮތަށް ކަމަށް މުޙައްމަދު މުބާރިކު މޫސާ ބުނެފައިވާ ބުނުމުންނާއި، މުޙައްމަދު މުބާރިކު މޫސާ
ޙަވާލުވި އެފައިސާ ޒީނަތު ސަލީމަށް ލިބިފައިވާކަމަށް ޒީނަތު ސަލީމް އެއްބަސްވެފައިވާތީއާއި،
-/000'50ރ.(ފަންސާސް ހާސް) ރުފިޔާ ދިނުމަށް އަޙްމަދު ޙަމީދު އެއްބަސްވީ ކުލީގެ އެއްބަސްވުމުގެ
ބަސްވުމުގެ މުއްދަތު
އިތުރުކޮށްދޭން ޒީނަތު ސަލީމް އެއްބަސްވުމުންކަން، ޒީނަތު ސަލީމްގެ އާދިލް ސަލީމް އަށް އެނގޭނެކަމަށް
އަޙްމަދު ޙަމީދު ސިވިލްކޯޓަށް ހުށަހެޅި ބަޔާންތަކުގައި ތަކުރާރުކޮށް ބުނެފައިވާއިރު، ޒީނަތު ސަލީމްގެ ފަރާތުން
އެކަމާއި އިންކާރުކޮށް އެކަމަށް ރައްދުދީފައި ނުވާތީއާއި، ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ މަގު ކުތީ
24
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
15
2014/HC-A/38
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
o OXO
ބޭރުން މުޤާބަލެއްނެތި ބޮޑު ޢަދަދެއްގެ ފައިސާ ޒީނަތު ސަލީމަށް ދިނުމުގެ އެއްވެސް އިލްތިޒާމެއް އަޙްމަދު
ޙަމީދުގެ މައްޗަށް އޮތްކަން އެނގެން ނެތަތީ އާއި، އަދި އެލިއުމުގައި ޒީނަތު ސަލީމު ފޮނުވި ފަރާތުން ސޮއިކޮށް
ފައިސާ ނަގައި އެފައިސާ ޒީނަތު ސަލީމަށް ދީފައިވާއިރު، އޭގެ ފަހުން އެތައް ދުވަހެއް ވެގެން ދިޔައިރުވެސް
އެލިއުމުގައި ބަޔާންކުރެވިފައިވާ ކަމަކާމެދު އިންކާރުކޮށް ކަމާބެހޭ ފަރާތަކަށް ޒީނަތު ސަލީމުގެ ފަރާތުން
މައްސަލައެއް ޖައްސާފައިނުވާތީއާއި، މިއެންމެހައި ކަންތައްތަކުން ލިބޭ ހެތްކާއި ޤަރީނާއަށް ރިޢާޔަތްކޮށް،
"އަލްޔަމީނުލް މުތައްމިމާ" لللهل هلދޘް (suppletory oath) ގެ ހުވާ އަޙްމަދު ޙަމީދަށް ދިނުމަށާއި،
އެވާ އަޙްމަދު ޙަމީދު ކޮށްފިނަމަ، އަޙުމަދު ހަމީދުގެ ފަރާތުން ހުށަހެޅި ފަދައިން، މިމައްސަލާގައި
ބަޔާންކޮށްފައިވާ -/
50000ރ (ފަންސާސް ހާސް) ރުފިޔާ އަޙުމަދު ޙަމީދުގެ ފަރާތުން ޒީނަތު ސަލީމަށް
ދީފައިވަނީ، ޒީނަތު ސަލީމު އަތުން އަޙުމަދު ޙަމީދު ކުއްޔަށް ހިފާފައިވާ ތަނުގެ ކުލީގެ މުއްދަތު އިތުރު 2
(ދޭއް) އަހަރު ދުވަހުގެ މުއްދަތަކަށް އިތުރުކޮށްދިނުމަށް ދެފަރާތުން އެއްބަސްވެގެން ކަމަށް އަޙްމަދު ޙަމީދު
ބުނާބުނުން ސާބިތުވާނެކަމާއި، އަދި އަޙްމަދު ޙަމީދު އެ ހުވާ ކޮށްފިނަމަ، އަޙްމަދު ޙަމީދު އެދިފައިވާ ފަދައިން
ކުލީގެ އެއްބަސްވުމުގެ މުއްދަތަށް އިތުރު 2 (ދެއެއް) އަހަރު އިތުރުކުރެވިފައިވާކަން ސާބިތުވާނެކަމުގައި
މިޤަޟިއްޔާ
ބެލި ފަނޑިޔާރުންނަށް އެއްބަސްވެވިފައި ވެއެވެ.
"والله العظيم އަހުރެން މއ.ހިއުސްޓަން/މާލެ އަޙްމަދު ޙަމީދު (ދރ.ކާޑް
ނަންބަރުA054508) އަތުން 14 ފެބްރުއަރީ 2010 ގައި ގ.ކެމްލޮކް މާލެ ޒީނަތު ސަލީމް (ދރ.ކާޑް
ނަންބަރު:A055729} -/50،000ރ.(ފަންސާސް ހާސް) ރުފިޔާ ނަގާފައިވަނީ، އަހުރެމެން ދެމީހުންގެ
ދެމެދުގައި 13 މެއި 2008 ގައި ސޮއިކޮށްފައިވާ ކުލީގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އެ
އެއްބަސްވުމުގައިވާ ޝަރުތުތަކާއި އެއްގޮތަށް އަދި ހަމަ އެ އެއްބަސްވުމުގައިވާ ކުއްޔަށް އިތުރު 02 (ދެއެއް)
އަހަރު ދުވަހުގެ މުއްދަތަށް އެ ޢިމާރާތް އަހުރެނަށް ކުއްޔަށް ދިނުމަށް ޒީނަތު ސަލީމް އެއްބަސްވެގެންކަމަށް
އަހުރެން މިބުނާ ބުނުމުގައި އަހުރެންނަކީ ތެދުވެރިއެއްކަމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ." ޢިބާރާތުން
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
ފަންޓް99
16
ه3
4
3 ¢ ¢
2014/HC-A/98
.ގތުގެ ހަސް
ޤަޟިއްޔާ ނިމުނު ގޮ
CU O
އެހެން
ހއ 2
3
34
3
ނކރވާން
ހއ ހއ ހ2
ކެންcއ#އ
އަޙްމަދު ޙަމީދު ދިވެހިރާއްޖޭގެ
ޖޭގެ ހައިކޯޓުގެ މިޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ހުވާކޮށް އެހުވާގެ
ޢިބާރާތުގައި ސޮއިކޮށްފައިވާކަން ފާހަގަކުރެވެއެވެ.
ހެންކަމުން އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގައި
އެފަދައިން ހުރުމުން، ސިވިލް ކޯޓްގެ ނަންބަރު: 2012/Cv-C/1139 ޤަޟިއްޔާގައި ގ.ކެމްލޮކް ޒީނަތު
ސަލީމް އާއި މއ.ހިއުސްޓަން އަޙްމަދު ޙަމީދު ދެމެދު ގ.ކެމްލޮކް ގެ ދެކޮޓަރި އެޕާރޓްމަންޓް
ކުއްޔަށްދިނުމުގެ އެއްބަސްވުން މިނަމުގައި، 13 މެއި 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު
އެއްބަސްވުމުގައިވާ
ޝަރުތުތަކާއި
މަތިން އަދި އެ އެއްބަސްވުމުގައި
ބަޔާންވެގެންވާ ކުއްޔަށް، އެއްބަސްވުމުގެ މުއްދަތަށް އިތުރު 02 (ދެއެއް) އަހަރުދުވަސް އިތުރުވެފައިވާ ކަމަށް
ޝަރީއަތުން
ކަނޑައެޅޭނެ
ނިންމަވާފައިވާ ނިންމެވުމަށް ބަދަލު ގެންނަންޖެހޭކަމަށް
ދިވެހިރާއްޖޭގެ ހައިކޯޓުގެ މިޤަޟިއްޔާ ބެލި ފަނޑިޔާރުންނަށް އިއްތިފާޤު ވެވިފައިވެއެވެ.
އެއްގޮތްވާގޮތުގެ
ޙުކުމް:
ދެންފަހެ، ގ.ކެމްލޮކް މާލެ، ޒީނަތު ސަލީމް (ދ.ރ.ކާޑް ނަންބަރު:A055729) ގެ މައްޗަށް
އއ.ހިއުސްޓަން/މާލެ، އަޙުމަދު ޙަމީދު (ދ.ރ.ކާޑް ނަންބަރު: A054508) ސިވިލް ކޯޓްގެ ނަންބަރު:
2012/Cv-C/1139 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާ ބައްލަވައި، ޒީނަތު ސަލީމް ގެ ގެ ކަމުގައިވާ
ގ.ކެމްލޮކްގައި ހަދާފައިހުރި ދެކޮޓަރީގެ އެޕާޓްމަންޓެއް މއ.ހިއުސްޓަން/މާލެ، އަޙުމަދު ޙަމީދު އަށް 07
(ހަތެއް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށްޓަކައި 13 މެއި 2008 ގައި ދެފަރާތް ދެމެދު ވެފައިވާ
ދަށުން އަޙްމަދު ޙަމީދު އެތަން ކުއްޔަށް ހިފައިގެން އުޅެނިކޮށް، 14 ފެބްރުއަރީ 2010 ގައި
އަޙްމަދު ޙަމީދު އަތުން ޒީނަތު ސަލީމް ނަގާފައިވާ -/000'50ރ.(ފަންސާސް ހާސް) ރުފިޔާ ނަގާފައިވަނީ،
13 މެއި 2008 ގައި މިދެމީހުންގެ ދެމެދުގައި ސޮއިކޮށްފައިވާ ކުރީގެ އެއްބަސްވުމުގެ މުއްދަތު ނިމުމުން، އެ
ޝަރުތުތަކާއި އެއްގޮތަށް، އަދި އެ އެއްބަސްވުމުގައިވާ ކުއްޔަށް އިތުރު 02 (ދެއެއް) އަހަރު
އެއްބަސްވުމެޑި
އެއްބަސްމު
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
17
jl4/HC-A/98
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ
ދުވަހުގެ މުއްދަތަށް އެތަން ކުއްޔަށްދިނުމަށް ޒީނަތު ސަލީމް އެއްބަސްވެގެންކަން ހުށަހެޅިފައިވާ ހެއްކާއި
ޤަރީނާގެ އިތުރުން ޝަރުޢީ ހަމަތަކުގެ މަތިން އަޙްމަދު ޙަމީދު ކޮށްފައިވާ ހުވައިން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅައި، 13 މެއި 2008 ގައި އަޙްމަދު ޙަމީދު އާއި ޒީނަތު ސަލީމް ސޮއިކޮށްފައިވާ ކުލީގެ
އެއްބަސްވުމުގެ މުއްދަތުކަމުގައިވާ 01 ޖުލައި 2008 އިން ފެށިގެން 07 (ހަތެއް) އަހަރު ދުވަސް ނިމުމުން،
އެ އެއްބަސްވުމާއި އެއްގޮތަށް އަދި އެއްބަސްވުމުގައި ބަޔާންވެފައިވާ ކުއްޔަށް، އިތުރު 02 (ދެއެއް) އަހަރު
ދުވަހުގެ މުއްދަތަށް އެ އެއްބަސްވުމުގެ މުއްދަތު އިތުރުވެފައިވާތީ، އެމުއްދަތަށް އެތަނުގެ މަންފާ ޙާޞިލުކުރުމުގެ
ފުރިހަމަ އަޙްމަދު ޙަމީދަށް ލިބިގެންވާކަމަށް ކަނޑައަޅައި، ސިވިލްކޯޓުގެ ނަންބަރު:
2012/Cv-C/1139 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި ހިމެނޭ، 13 މެއި 2008 ގައި ދެފަރާތް
ދެމެދު ވެފައިވާ އެއްބަސްވުމަށް ލިޔުމުން އިސްލާހެއް ގެނެސްފައިވާކަން އެނގެން ނެތުމުން ބުނެވިދިޔަ
އެއްބަސްވުމުގައިވާ މުއްދަތަށް ދެ އަހަރުދުވަސް
ވެފައިވާކަމަށް ޝަރީޢަތުން ކަނޑައެޅޭނެ ހަމައެއް
ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށް، އެގޮތުގެ މަތިން ޙުކުމްކޮށް މިޤަޟިއްޔާ ނިންމީއެވެ.
Fe
20ށ
ދިވެހިރާއްޖޭގެ
ހައިކޯ*
ދިވެހިރާއްޖޭގެ ހައިކޯޓް އެބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ ޕޯން: 3325029 ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv