ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/218 ޤަޟިއްޔާގެ ޙުކުމް
1
2012/HC-A/218
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޖެހި
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 218/HC
-
A/2012
އިސްތިއުނާފް ކުރިފަރާތް:
* ނަން: މުޙައްމަދު ޢާރިފް
އައިޑީ ކާޑު ނަންބަރު: A032837
ދާއިމީ އެޑްރެސް: ރެޑްބަރޑް ސ. ހިތަދޫ
އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: އަޙްމަދު މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A024581
*
ދާއިމީ އެޑްރެސް:
ޖަސްތުގެމާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 14 ރަމަޟާން 1433
02 އޯގަސްޓް 2012
ނިމުނު ތާރީޚް: 21 ރަމަޟާން 1433
09 އޯގަސްޓް 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1270
ޤަޟިއްޔާގެ ބާވަތް: ޙައްޤުތަކާއި އިޚްތިޔާރުތައް ކަނޑައެޅުން
ނިންމެވި ކޯޓް: ސިވިލް ކޯޓު
* ހުށަހެޅުނު ތާރީޚް: 11 ޖުލައި 2012
ނިމުނު ތާރީޚް: 15 ޖުލައި 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، އިސްފަނޑިޔާރު އަޙްމަދު ޝަރީފް، ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް
ދިވެހިރާއްޖޭގެ
ހައިކޯ
3
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 71 :
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2012/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1270 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު ޢާރިފް، ރެޑްބަރޑް1ސ. ހިތަދޫ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު
A032837) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ.
މިޤަޟިއްޔާގައި، މައްސަލަ ރައްދުވާ ފަރާތަކީ އަޙްމަދު މުޙައްމަދު، ގ. ޖަސްތުގެ/މާލެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A024581) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
.1
ޤާ"
/ 2 0 2
އެންމެ(
އިސްތިއުނާފުކުރެވޭ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1270 ޤަޟިއްޔާއަށް
ބަލާއިރު، އެޤަޟިއްޔާއަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބާއްވާ ހިންގާ
ޚަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކާއި، އަދި އެހެނިހެން ކަންކަމުގައާއި، އަދި އެފް.އޭ.އެމް. ގެ ހުރިހާ
އިންތިޚާބުތަކުގައި ކުލަބުގެ މަންދޫބެއްގެ ޙައިސިއްޔަތުން ކްލަބު ތަމްސީލުކުރާނީ މަސްތުގެ އަޙްމަދު
މުޙައްމަދު ކަމާއި، ކުލަބުގެ ފަރާތުން ދައްކަންޖެހޭ ވާހަކައެއް ދައްކާނީ އަޙްމަދު މުޙައްމަދު ކަމާއި، އަދި
ކްލަބުގެ ފަރާތުން ނިންމަންޖެހޭ ނިންމުމެއް ނިންމުމުގެ އިޚްތިޔާރު އަޙްމަދު މުޙައްމަދަށް
ދީފައިވާކަމާއި،
އި، ކުލަބުގެ ފަރާތުން އަޙްމަދު މުޙައްމަދަށް ދީފައިވާ އެންމެހާ ޙައްޤުތައް ބާޠިލުނުކުރާހާ ހިނދަކު
ނުވަތަ ބަދަލު ނުކުރާހާ ހިނދަކު އެޙައްޤުތަކާއި ދީފައިވާ އިޚްތިޔާރުތައް އެގޮތުގެމަތީން އަޙްމަދު މުޙައްމަދަށް
ލިބިގެ ކަނޑައަޅައި ދިނުމަށް އެދި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް އަޙްމަދު މުޙައްމަދު ފަރާތުން
ދަޢުވާކުރުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަމާއި،
އެޤާ ޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ފުޓްބޯޅަ އެސޯސިއޭޝަން އޮފް
މޯލްޑިވްސް (އެފް.އޭ.އެމް) އިން ބާއްވާ ހިންގާ ޙަރަކާތްތަކާއި ކުޅިވަރު މުބާރާތްތަކާއި އަދި އެހެނިހެން
ކަންކަމުގައާއި، އަދި އެފް.އޭ.އެމް ގެ ހުރިހާ އިންތިޚާބުތަކުގައި ކްލަބުގެ މަންދޫބެއްގެ ޙައިޘިއްޔަތުން ކްލަބް
ތަމްސީލް ކުރާނީ ޖަސްތުގެ އަޙްމަދު މުޙައްމަދުކަމާއި، ކުލަބުގެ ފަރާތުން ދައްކަންޖެހޭ ވާހަކައެއް
ދައްކާނީ އަޙްމަދު މުޙައްމަދު ކަމާއި، އަދި ކްލަބުގެ ފަރާތުން ނިންމަޖެހޭ އެންމެހައި ނިންމުމެއް ނިންމުމުގެ
އަޙްމަދު މުޙައްމަދަށް ދީފައިވާކަމާއި، ކްލަބުގެ ފަރާތުން އަޙްމަދު މުޙައްމަދަށް ދީފައިވާ އެންމެހައި
2
8 ދ ތތ
9 93ކ9ނ
0474
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{)12HC-A/218
ޙައްޤުތައް ބަޠިލް ނުކުރާހާ ހިނދަކު ނުވަތަ ބަދަލު ނުކުރާހާ ހިދަކު އެޙައްޤުތަކާއި ދީފައިވާ އިޚްތިޔާރުތައް
އެގޮތުގެމަތީން އަޙްމަދު މުޙައްމަދަށް ލިބިގެންވާކަމަށް ކަނޑައަޅާދިނުމަށް އެދި ޔުނައިޓެޑް ވިކްޓްރީގެ މައްޗަށް
ޖަސްތުގެ އަޙްމަދު މުޙައްމަދު ކުގަ މިދަޢުވާގައި ހުށަހެޅިފައިވާ ބަޔާންތަކާއި ލިޔުންތަކުގެ މައްޗަށް
ރިޢާޔަތްކޮށް ބަލާއިރު، އަޙްމަދު މުޙައްމަދުގެ މިދަޢުވާގައިވާ ފަދައިން އެޙައްޤުތައް އަޙްމަދު މުޙައްމަދަށް
ލިބިދިނުމަށް ޔުނައިޓެޑް ވިކްޓްރީގެ ހިންގާ ކޮމެޓީން ނިންމާފައިވާ ކަމަށާއި، ޔުނައިޓެޑް ވިކްޓްރީން އެދޭގޮތަކީ
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) ގެ 2012 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި
ޔުނައިޓެޑް ވިކްޓްރީގެ މަންދޫބެއްގެ ޙައިޘިއްޔަތުން ކްލަބު ތަމްސީލްކުރުމުގެ ޙައްޤު ލިބިގެންވަނީ ގ. މަސްތުގެ
އަޙްމަދު މުޙައްމަދަށްކަމުގައި ކަނޑައަޅާ ދިނުންކަން ދަޢުވާ ލިބޭ ފަރަތުގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް
ކަނޑައަޅާ ބުނެވިދިޔަ ގޮތުގެ މައްޗަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން
ހިންގާ ޙަރަކާތްތަކާއި، ކުޅިވަރު މުބާރާތްތަކާއި، އަދި އެހެނިހެން ކަންކަމުގައާއި، އަދި އެފް.އޭ.އެމް ގެ
2012 ވަނަ އަހަރުގެ އާއްމު އިންތިޚާބުގައި ކްލަބުގެ މަންދޫބެއްގެ ޙައިޘިއްޔަތުން ކްލަބް ތަމްސީލް ކުރާނީ
ގ. މަސްތުގެ އަޙްމަދު މުޙައްމަދުކަމަށާއި، މިކަމުގައި ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން ދައްކަންޖެހޭ ވާހަކަ
ދައްކައި، ނިންމަންޖެހޭ އެންމެހައި ނިންމުންތައް ނިންމުމުގެ އިޚްތިޔާރު ޖަސްތުގެ އަޙްމަދު މުޙައްމަދަށް
ދީފައިވާކަމަށާއި، ކްލަބުގެ ފަރާތުން ގ. ޖަސްތުގެ އަޙްމަދު މުޙައްމަދަށް ދީފައިވާ އެންމެހައި ޙައްޤުތަ
ބާޠިލް ނުކުރާހާ ހިނދަކު ނުވަތަ ބަދަލު ނުކުރާހާ ހިނދަކު އެޙައްޤުތަކާއި ދީފައިވާ އިޚްތިޔާރުތައް
އެގޮތުގެމަތީން އަޙްމަދު މުޙައްމަދަށް ލިބިގެންވާކަމަށް ކަނޑައަޅާ" އެގޮތުގެމަތިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެގެން އޮންނަކަމެވެ.
349
ހއ ޤާ.eއ
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1270 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ
ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު ޢާރިފްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފުކުރަމުން، އަންނަނިވި 2 (ދޭއް) ނުކުތާ ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ޔުނައިޓެޑް ވިކްޓްރީގެ ހިންގާ ޤަވާޢިދާއި ޚިލާފަށް
ނިންމަވާފައިވާ ނިންމުމެއް އެއީ ޞައްޙަ ނިންމުމެއްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާ
متر مرہم
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 9,33256329
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{)12HC-A/218
ދެވަނަ ނުކުތާއަކީ، އެފް.އޭ.އެމް އިން ނިންމާ ނިންމުންތައް އެ އެސޯސިއޭޝަންގެ
ހިންގާ ޤަވާޢިދުގައިވާ ގޮތުގެމަތިން ޝަރީޢަތަށް ހުށަ ނޭޅޭކަމަށް އެފް.އޭ.އެމް ގެ ހިންގާ ޤަވާޢިދާއި،
ހައިކޯޓުގެ ނަންބަރު 306/HC-A/2008 ޤަޟިއްޔާގައި ސާފުކޮށް ބަޔާންކޮށް، އެމައްސަލަ ޝަރީޢަތަށް
އިޚްތިޔާރު ނެތީސް، އަޙްމަދު މުޙައްމަދު ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ
ބައްލަވަފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
2 ށ 32
3
4
ހޅުގ
ރި 0
02
2
4
.3
މައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1270
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފު ކުރަމުން މުޙައްމަދު ޢާރިފްގެ
ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު
2012/Cv
-
C/1270 ޤަޟިއްޔާގައި ހިމެނޭ މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، އެފް.އޭ.އެމް. ގައި
ރަޖިސްޓްރީކޮށްފައިވާ ކްލަބެއްކަމަށްވާ ޔުނައިޓެ ވިކްޓްރީގެ ހިންގާ ކޮމިޓީގައި ހިމެނޭ އެކުލަބުގެ މެންބަރުންގެ
މެދުގައި އުފެދިފައިވާ މައްސަލައަކާ ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއްކަމާއި، ސިވިލް
ކޯޓުގެ ނަންބަރު 2012/Cv
-
C/1270 ޤަޟިއްޔާގައި ހިމެނޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި
އިސްތިއުނާފުކޮށްފައިމިވާ، ހިތަދޫ ރެޑްބަރޑް، މުޙައްމަދު ޢާރިފަކީ ޔުނައިޓަޑް ވިކްޓްރީގެ
ނައިބުރައީސްގެ ޙައިސިއްޔަތުން މިމައްސަލައާ ގުޅުންހުރި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ
53 ވަނަ މާއްދާގެ ދަށުން މިމައްސަލަ އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤު ލިބިފައިވާ ފަރާތެއްކަމާއި،
މިމައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ،
އެފް.އޭ.އެމް. ގެ ހިންގާ ޤަވާޢިދަށް ބަލާއިރު، އެ އެސޯސިއޭޝަންއަކީ ދިވެހިރާއްޖޭގައި ރަޖިސްޓްރީ
ކުރެވިފައިވާ ޖަމްޢިއްޔާއަކަށްވިއަސް، އެ އެސޯސިއޭޝަންއަކީ ކުޅިވަރުގެ މައިދާނުގައި ބައިނަލްއަޤްވާމީގޮތުން
ޙަރަކާތްތެރިވާ، ފެޑަރޭޝަން އިންޓަރނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ) އާއި، އޭޝިއަން
ފުޓްބޯލް ކޮންފެޑެރޭޝަން (އޭ.އެފް.ސީ.) ގެ މެންބަރަކަށް ވުމާއެކު، އެފް.އޭ.އެމް. ހިނގަމުންދަނީ އެ
އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ އިތުރުން ފީފާއާއި އޭ.އެފް.ސީ. ގެ ޤަވާޢިދުތަކާ އުޞޫލުތަކާ އެއްގޮތްވާ
ގޮތުގެމަތިންކަން އެނގޭކަމާއި،
oxo
.ހައި
3
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސްA647
]
M
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{12/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
20 2 0 2 0
4 22
4 44 2 4 4
eރއޤ
ފީފާއާއި އޭ.އެފް.ސީ. އާއި އެފް.އޭ.އެމް. ގެ ޤަވާޢިދުތަކަށާއި،
ގެ ޤަވާޢިދުތަކަށާއި، އުޞޫލުތަކަށާއި
އަމުރުތަކަށް އިޚްތިރާމުކުރުމާއެކު، އެފަދަ ޤަވާޢިދުތަކާއި، އުޞޫލުތަކާއި އަމުރުތަކާއި ޚިލާފަށް ކަންތައްކުރުން
ހުއްޓުވުމާއި ކުޅިވަރުގެ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށްހިތުމާއެކު އެފް.އޭ.އެމް. ގެ މެންބަރުންވެސް އެ
ޤަވާޢިދުތަކަށާއި އުޞޫލުތަކަށާއި، އަމުރުތަކަށް ޙުރުމަތްތެރިކޮށް ހިތާތޯ ބަލައި ހެދުމަކީވެސް އެފް.އޭ.އެމް. ގެ
މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން އެފް.އޭ.އެމް. ގެ ހިންގާ ޤަވާޢިދުގެ 2 ވަނަ މާއްދާގެ (ބ) އަށް
ބެލުމުން އެނގޭކަމާއި، އަދި އެފް.އޭ.އެމް. ގެ ދަށުގައިވާ ކްލަބް ޖަމްޢިއްޔާތަކާއި، ކުޅިވަރާބެހޭ އިދާރާތަކާއި،
އޮފިޝަލުން، ފީފް އާއި އޭ.އެފް.ސީ އާއި އެފް.އޭ.އެމް. ގެ ޤަވާޢިދުތަކަށާއި، އެންގުންތަކަށާއި،
ނިންމުންތަކަށާއި ސުލޫކީ މިންގަނޑަށް ޢަމަލުކުރަން ޖެހޭނެކަން އެފް.އޭ.އެމް. ގެ ޤަވާޢިދުގެ 7 ވަނަ
މާއްދާއަށް ބެލުމުން އެނގޭކަމާއި،
މީގެއިތުރުން، އެފް.އޭ.އެމް.
ޙައިސިއްޔަތުން، އެފް.އޭ.އެމް. އާއި، ފީފާ
އާއި، އޭ.އެފް.ސީ ގެ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި، ނިންމުންތަކަށް އަބަދުވެސް ކިޔަމަންތެރިވެ
އިޚްތިރާމްކުރުމަށާއި، ކުޅިވަރުކުޅުމަށް އެފް.އޭ.އެމް. އާއި، ފީފާ އާއި އޭ.އެފް.ސީ. އިން އެވަގުތަކު ކަނޑައަޅާ
އަމަލުކުރެވޭ އެންމެހާ ކުޅިވަރު ޤަވާޢިދުތަކަށް ޢަމަލުކުރުމަށް އެކުލަބާއި އެ ކުލަބުގެ އެންމެހާ
ކުޅުންތެރިންނާއި އޮފިޝަލުންނާއި، މެންބަރުން ރުހި ޤަބޫލުވެ އެއްބަސްވެފައިވާކަމާއި، އަދި ފީފާގެ ކޯޓް އޮފް
އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީ.އޭ.އެމް.)، އެކުލަބާއި އެ ކުލަބުގެ އެންމެހާ ކުޅުންތެރިންނާއި
އޮފިޝަލުންނާއި، މެންބަރުން ޤަބޫލުކޮށްފައިވާކަން، 4 ޖުލައި 2010 ގައި ޔުނައިޓެޑް ވިކްޓްރީގެ ފަރާތުން
އެކުލަބުގެ ރައީސް ސޮއިކޮށް އެފް.އޭ.އެމް އަށް ފޮނުވާފައިވާ "އެފް.އޭ.އެމް ގެ މެންބަރުންގެ އިޤްރާރު" އަށް
ބެލުމުން އެނގޭކަމާއި،
އެފް.އޭ.އެމް. ގެ ހިންގާ ޤަވާޢިދުގައި ނުވަތަ ފީފާގެ ޤަވާޢިދުގައި ކަނޑައަޅާ
ބަޔާންކޮށްފައިވާ ޙާލަތެއްގައި މެނުވީ، އެފް.އޭ.އެމް. ގެ މެންބަރަކުވެސް، ނުވަތަ ކުޅުންތެރިއަކުވެސް ނުވަތަ
އޮފިޝަލަކުވެސް ނުވަތަ މެޗެއްގެ ކުޅުންތެރިއަކުވެސް، އެމީހުންގެ މެދުގައި ދިމާވާ މައްސަލައެއް ޙައްލު
ކުރުމަށްޓަކައި ނުވަތަ އެފަދަ މައްސަލައެއްގެ ޙައްލު ހޯދުމަށްޓަކައި ޝަރުޢީ ކޯޓަކަށް ހުށަހަޅާއިގެން
ނުވާނެކަމަށާއި، އެފް.އޭ.އެމް. ގެ ދާއިރާގެ ތެރޭގައި ހިމެނޭ، އިސްވެދެންނެވިފައިވާ ފަރާތްތަކުގެ މެދުގައި
އުފެދޭ ކޮންމެ ދެބަސްވުމެއްވެސް ޙައްލުކުރުމަށްޓަކައި ހުށަހަޅަންވާނީ ފީފާގެ ނުވަތަ އޭ.އެފް.ސީ. ގެ ނުވަތަ
އެފް.އޭ.އެމް. ގެ ބާރުގެ ދާއިރާގެ ތަނަކަށްކަމަށް، އެފް.އޭ.އެމް. ގެ ހިންގާ ޤަވާޢިދުގެ 57 ވަނަ މާއްދާގެ
(1) ގައި ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ހިމެނޭ ޔުނައިޓަޑް
ޑިހިރާއްޖޭގެ ބިޓްރީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ދެބަސްވުމަކީ، އެކަން ޙައްލުކުރުމަށް ޝަރުޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
.،
6
2{12/HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކޯޓަކަށް ހުށަހެޅިދާނެ ބާވަތެއް މައްސަލައެއްކަމަށް އެފް.އޭ.އެމް. ގެ ހިންގާ ޤަވާޢިދުގައި ނުވަތަ ފީފާގެ
ޤަވާޢިދުގައި ކަނޑައަޅާ ބަޔާންކޮށްފައި ނުވާކަމާއި، އަދި މިފަދަ ދެބަސްވުންތަކުގައި އިންޞާފު ލިބިދިނުމަށް
ގޮތްތަކެއް، އެފް.އޭ.އެމް. އާއި ފީފާގެ ގިއުގަނޑުގެ ތެރޭގައި ފަހިކޮށްދީފައިވާކަން އެފް.އޭ.އެމް. ގެ ހިންގާ
ޤަވާޢިދުގެ 52 ވަނަ މާއްދާގެ (ހ) އަށާއި، 54 ވަނަ މާއްދާއަށާއި، 56 ވަނަ މާއްދާއަށާއި، 57 ވަނަ
މާއްދާއަށާއި، 58 ވަނަ މާއްދާއަށް ބެލުމުން އެނގޭކަމާއި،
އެފް.އޭ.އެމް. ގެ ދާއިރާގައި ހިމެނޭ ފަރާތްތަކުގެ މެދުގައި އުފެދޭ މައްސަލަތައް ބަލައި
ޙައްލު ހޯދައިދިނުމަށް އެ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ އިސްވެދެންނެވުނު މާއްދާތަކުން
އެކުލަވާލާފައިވާ އޮނިގަނޑު އެގޮތަށް އޮތުމުން، އެފް.އޭ.އެމް. ގެ މެންބަރަކުވެސް، ނުވަތަ ކުޅުންތެރިއަކުވެސް
ނުވަތަ އޮފިޝަލަކުވެސް ނުވަތަ މެޗެއްގެ ކުޅުންތެރިއަކުވެސް، އެމީހުންގެ މެދުގައި ދިމާވާ މައްސަލައެއް
ޙައްލު ކުރުމަށްޓަކައި ނުވަތަ އެފަދަ މައްސަލައެއްގެ ޙައްލު ހޯދުމަށްޓަކައި ޝަރުޢީ ކޯޓަކަށް ހުށަހަޅައިގެން
ނުވާނެކަމަށް އެޤަވާޢިދުގައި ބަޔާންކޮށްފައި އޮތްއޮތުމުގެ ސަބަބުން އެޤަވާއިދަކީ ޢަދުލް އިންޞާފަށް ހުރަސް
އަޅާ ޤަވާޢިދެއްކަމަށް ނުބެލެވޭނެކަމާއި، މިކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 306/HC
-
A/2008
ޤަޟިއްޔާގައިވެސް ކަނޑައެޅި ބަޔާންވެގެންވާކަމެއްކަމާއި،
އެފް.އޭ.އެމް. މެންބަރަކަށް ވެވެނީ، އެކްލަބެއްގެ އަމިއްލަ އިޚްތިޔާރާއި ރުހުމުގައި،
އެފް.އޭ.އެމް. އާއި، ފީފާ އަދި އޭ.އެފް.ސީ. ގެ ޤަވާޢިދުތަކަށް އިޚްތިރާމުކޮށް އެޤަވާޢިދުތައް ޤަބޫލުކުރުމާއި،
އެޤަވާޢިދުތަކުގެ މައްޗަށް ޢަމަލުކުރުމުގެ ޝަރުޠުގެ މަތިންކަމަށްވެފައި، އަދި، އިސްވެދެންނެވިފައިވާ
ފަދައިން، ޔުނައިޓަޑް ވިކްޓްރީ އެފް.އޭ.އެމް. ގެ މެންބަރަކަށް ވުމުގައި، އެފް.އޭ.އެމް. ގެ މެންބަރެއްގެ
ޙައިސިއްޔަތުން، އެފް.އޭ.އެމް. އާއި، ފީފާ އާއި، އޭ.އެފް.ސީ. ގެ އެންމެހާ ޤާނޫނުތަކާއި، ޤަވާޢިދުތަކާއި،
ނިންމުންތަކަށް އަބަދުވެސް ކިޔުންތެރިވެ އިޚްތިރާމްކުރުމަށާއި، ކުޅިވަރުކުޅުމަށް އެފް.އޭ.އެމް. އާއި، ފީފާ އާއި
އޭ.އެފް.ސީ. އިން އެވަގުތަކު ކަނޑައަޅާ ޢަމަލުކުރެވޭ އެންމެހާ ކުޅިވަރު ޤަވާޢިދުތަކަށް ޢަމަލުކުރުމަށް
އެކުލަބާއި އެ ކުލަބުގެ އެންމެހާ ކުޅުންތެރިންނާއި އޮފިޝަލުންނާއި، މެންބަރުން ރުހި ޤަބޫލުވެ
އެއްބަސްވެފައިވުމުންނާއި، އަދި ފީފާގެ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ސީ.އޭ.އެމް.) އެކުލަބާއި
އެ ކުލަބުގެ އެންމެހާ ކުޅުންތެރިންނާއި އޮފިޝަލުންނާއި، މެންބަރުން ޤަބޫލުކޮށްފައިވުމުން، ޔުނައިޓަޑް
ވިކްޓްރީގެ ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި އުފެދިފައިމިވާ މައްސަލައަކީ އެކުލަބުގެ މެންބަރެއްކަމަށްވާ
ގ. ޖަސްތުގެ، އަޙްމަދު މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމެވެ.
24 04
3
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ވެހިއްޖެދަސް332929، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2{)12HC-A/218
<< O
2 22c
Occ
(ނ) ދެވަނަ ކަމަކީ، މިމައްސަލައަކީ، 11 އޯގަސްޓް 2012 ގައި ފުޓްބޯޅަ
އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބޭއްވުމަށް ހަމަޖެހިފައިވާ އެ އެސޯސިއޭޝަންގެ
އިންތިޚާބާ ގުޅުންހުރި މައްސައެއްކަމަށް ވުމާއެކު، އެ ތާރީޚުގެ ކުރިން އެމައްސަލައިގައި ދިވެހިރާއްޖޭގެ
ހައިކޯޓުން ގޮތެއް ނިންމައިދިނުމަށް، މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ މުޙައްމަދު
ޢާރިފްގެ ފަރާތުން އެދިފައިވުމާއި، މިމައްސަލައަކީ އަވަހަށް ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ފެންނާތީ، މިމައްސަލައިގެ
ފުރަތަމަ އަޑުއެހުން 7 އޯގަސްޓް 2012 ވަނަ ދުވަހުގެ 12:00 ގައި ބޭއްވުމަށް ނިންމައި، މައްސަލައިގައި
އިސްތިއުނާފު ރައްދުވާ އަޙްމަދު މުޙައްމަދު، ގ. ޖަސްތުގެ މާލެ އަށް، މައްސަލައާ ގުޅިގެން ކޯޓުން
އަންގަންޖެހޭ އެންގުންތައް އެނގުމަށާއި، މައްސަލައިގެ ލިޔުންތައް ޙަވާލުކުރުމަށާއި، މައްސަލައިގެ
އަޑުއެހުމަށް ހާޒިރުވުމަށް އަންގާ ދިވެހިރާއްޖޭގެ ހައިކޯޓުން ނެރެފައިވާ އަމުރުތައް އޭނާއަށް ރައްދުކުރުމަށް
އެތައްފަހަރެއްގެ މަތިން މަސައްކަތްކުރުމުންވެސް އެއިން އެއްވެސް އަމުރަކާ ފަރާތުން
ޙަވާލުވެފައިނުވުމުން މިމައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވިފައިވަނީ އަޙްމަދު މުޙައްމަދު ގެ ޣައިރު
ޙާޒިރުގައިކަމާއި،
މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށް ފަހުވެސް، މައްސަލައިގައި ޖަވާބުދާރީވުމުގެ
ފުރުޞަތު އަޙްމަދު މުޙައްމަދަށް ދިނުމުގެ ގޮތުން، މައްސަލައިގެ ދެވަނަ އަޑުއެހުމެއް
ތާވަލުކުރެވި، އެ
އަޑުއެހުމަށް އަޙްމަދު މުޙައްމަދު ޙާޒިރުވުމަށާއި، އެއަޑުއެހުމަށް އަޙްމަދު މުޙައްމަދު ހާޒިރުނުވެއްޖެނަމަ،
މައްސަލަ އަޙްމަދު މުޙައްމަދުގެ ޣައިރު ޙާޒިރުގައި ހިންގައި ޙުކުމްކުރެވޭނެކަމަށް އަންގައި، 7 އޯގަސްޓް
2012 ގައި އާންމުކޮށް އިޢުލާނުކޮށް، އަދި މައްސަލައިގެ ދެވަނަ އަޑުއެހުމަށް އަޙްމަދު މުޙައްމަދު ކޯޓަށް
ޙާޒިރުވުމަށް އަންގައި މިކޯޓުން ނެރެފައިވާ އަމުރު އޭނާއަށް ރައްދުކުރުމަށް އެތައްފަހަރެއްގެ މަތިން
މަސައްކަތްކުރެވިފައިވާ ކަމާއި، އެހެންނަމަވެސް އިސްވެދެންނެވުނު ކޯޓަށް ޙާޒިރުވުމުގެ އަމުރާވެސް އޭނާގެ
ފަރާތުން ޙަވާލުވެފައި ނުވާކަމާއި، އަދި މައްސަލައިގެ ދެވަނަ އަޑުއެހުމަށްވެސް އޭނާ ހާޒިރުވެފައި
ނުވާކަމާއި،
އެހެންކަމުން، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގި، ޙުކުމް ކުރެވިފައިމިވަނީ
މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަޙްމަދު މުޙައްމަދު، ޖަސްތުގެ މާލެ ގެ ޣައިރު ޙާޒިރުގައިކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ޖަސްތުގެ، އަޙްމަދު
މުޙައްމަދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން ބައްލަވައި ނިޔާ ކަނޑައަޅުއްވާފައިވާ، އެކޯޓުގެ
ދިވެހިރާއްa
މިހާރާޚްގެ ފޯން: 29}3325، ފެކްސް 3316471
ދިވެހިރާއްޖޭގެ ހައިކޯޓް، ޢާބުރުޒު ހިނގުން، ތީމުގޭ 3 ނަން *ގެ
އީމެއިލް
by [email protected]
WWW.highcourt.gov.my
8
2{)12HC-A/218
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަންބަރު 2012/Cv
-
C/1270 ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ، އެފް.އޭ.އެމް. ގައި ރަޖިސްޓްރީވެ
ހިނގަމުންދާ ކްލަބްތަކާއި، އެކްލަބުތަކުގެ މެންބަރުންނާ ދެމެދު އުފެދޭ މައްސަލަތައް ޙައްލުކުރުމަށް
ކްލަބްތަކުން އިޤްރާރުވެފައިވާ އުޞޫލުތަކާއި އިޖްރާޢަތުތަކާ ޚިލާފަށް ޖަސްތުގެ، އަޙްމަދު މުޙައްމަދު
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭތީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1270
ޤަޟިއްޔާގައި ހިމެނޭ މައްސަލައަކީ އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ މައްސަލައެއްކަމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ޤަބޫލުކުރެވެއެވެ.
2 2
• ޙުކުމް
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ގޮތަށް ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1270 ޤަޟިއްޔާއަކީ، އެފް.އޭ.އެމް. ގެ ހިންގާ
ޤަވާޢިދުގައި އަދި ފީފާގެ ޤަވާޢިދުގައި އެފް.އޭ.އެމް. ގެ މެންބަރުން، ނުވަތަ ކުޅުންތެރިން ނުވަތަ އޮފިޝަލުން
ނުވަތަ މެޗެއްގެ ކުޅުންތެރިންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލު ކުރުމަށްޓަކައި ނުވަތަ އެފަދަ
މައްސަލައެއްގެ ޙައްލު ހޯދުމަށްޓަކައި ކަނޑައާފައިވާ އުޞޫލުތަކާއި އިޖްރާޢަތުތަކާ ޚިލާފަށް ސިވިލް ކޯޓަށް
ހުށަހަޅާފައިވާ ޤަޟިއްޔާއެއްކަމަށާއި، އަދި އެމައްސަލައަކީ އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިފައިނުވާ
މައްސަލައެއްކަމަށް މި
މައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، ސިވިލް ކޯޓުގެ ނަންބަރު 2012/Cv-C/1270 ބާޠިލުކޮށް
އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ޤަޟިއްޔާ
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ.
ޢައްބާސް ޝަރީފް
އަޙްމަދު ޝަރީފު
(އިސްފަނޑިޔާރު)
ޢަބްދުއްރައޫފު އިބްރާހީމް
(ފަނޑިޔާރު)
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމް
އީމެއިލް
މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
ވެބް ސައިޓް www.highcourt.gov.mv
[email protected]