ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/137 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
އެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 137/HC
-
A/2011
އިސްތިއުނާފު ކުރިފަރާތް:
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް ލިމިޓެޑް
* ވަކީލު: އަލްއުސްތާޛު ޙުސައިން އިބްރާހީމް
ދާއިމީ އެޑްރެސް: އެމް.ޓީ.ސީ.ސީ. ޓަވަރ މާލެ
• އިސްތިއުނާފު ރައްދުވި ފަރާތް:
• ނަން: އަޙްމަދު ޙަސަން
އައިޑީ ކާޑު ނަންބަރު: A317905
ދާއިމީ އެޑްރެސް: ތުނިޔަ1ރ. ކަނދޮޅުދޫ
ޓްރީކުރެވުނު
09
ޖުމާދުލްއާޚިރާ 1432
7 ޖޫން 2011
ނިމުނު ތާރީޚް: 12 ރަބީޢުލްއައްވަލް 1433
30 ޖެނުއަރީ 2012
އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2010/VTR/217
• ޤަޟިއްޔާގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ކޯޓް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
* ހުށަހެޅުނު ތާރީޚް: 27 ސެޕްޓެމްބަރު 2010 ނިމުނު ތާރީޚް: 15 މާޗް 2011
:
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޔޫސުފް ޙުސައިން، ފަނޑިޔާރު
ޢަބްދުއްރައޫފު އިބްރާހީމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 6316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/217 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕަބްލިކް
ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު 680) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ، ތުނިޔަ ރ. ކަނދޮޅުދޫ، އަޙްމަދު ޙަސަން
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ނަންބަރު A317905) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވޭ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/217
މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، އަޙްމަދު ޙަސަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް
ކޮންޓްރެކްޓިންގ ކޮމްޕެނީ ޕޮލިކް (އެމް.ޓީ.ސީ.ސީ) ގެ ސެކިއުރިޓީ އެސިސްޓަންޓެއްގެ ވަޒީފާގައިހުރެ،
އެކުންފުނީގެ ބަސްކޮންޑަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދަނިކޮށް، އޭގެކުރިން އެއްވެސް ނަސޭޙަތެއް
އިންޒާރެއްދިނުމަކާނުލާ 15 ސެޕްޓެމްބަރު 2010 ގައި ވަޒީފާއިން ވަކިކުރުމުގެ ލިޔުން ޙަވާލުކޮށްފައިވާތީ،
އެއްވެސް އިޝާރާތެއްނެތި ވަޒީފާއިން ވަކިކުރުމުން ލިބުނު ގެއްލުމާއި، ވައްކަމުގެ ބަދުނާމު ބޮލުގައި
އަޅުވާފައި ވަޒީފާއިން ވަކިކުރުމުން ލިބުނު ބަދުނާމުގެ ބަދަލު އަދި އެއްވެސް އެންގުމަކާނުލައި ވަޒީފާއިން
ވަކިކުރުމުން އެވަޒީފާ އަނބުރާ ހޯދުމަށް އެދި، އަޙްމަދު ޙަސަންގެ ފަރާތުން ހުށަހެޅުމުން ވަޒީފާއާބެހޭ
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލައެއްކަމާއި،
އެމައްސަލަ ނިންމަވާފައިވަނީ، "... އަޙްމަދު ޙަސަން، މޯލްޑިވްސް ޓްރާންސްޕޯޓް
އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ، ހުޅުމާލެ ބަސް ސާރވިސް ޔުނިޓްގެ ބަސްކޮންޑަކްޓަރެއްގެ މަޤާމުން
15 ސެޕްޓެމްބަރު 2010 ވަނަދުވަހު ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން މޯލްޑިވްސް
ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަށް ސާބިތުކޮށްދެވިފައި ނުވާތީ، މައްސަލަ
ހުށަހެޅި އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ
ޤާނޫނުގެ 27 ވަނަ މާއްދާ ވަނަ މާއްދާގައި ލާޒިމުކުރާފަދަ އެކަށީގެންވާ ސަބަބެއް ނެތިކަން މައްސަލަބެލި
މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ
މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން، އޭނާ ހުރި ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެމާއްދާގެއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
ދިވެހިންގެ
3
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
217VTR2010
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން މައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، އަޙްމަދު ޙަސަން ޓްރައިބިއުނަލަށް ހުށަހެޅުމުން
ޓްރައިބިއުނަލުން ބައްލަވައި ނިންމަވާފައިވާ މައްސަލާގައި ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާ
ންތަކަށާއި، މައްސަލާގައި ޙާޟިރުކުރެވުނު ހެކީންގެ ހެކިބަހަށް އެއްވެސް ގޮތަކަށް
ކުރުމެއްނެތި މައްސަލަ ބައްލަވަންވީވަރަށް ނުބައްލަވައި ނިންމަވާފައިވާކަމަށްބުނެ ހުށަހަޅާފައިވާ
3 ހތރު
ލިޔެކިޔުންތތނއ،
/ ތތ 2
3
04
4
/14ދތކރއއ
2 4 2 2 3
ނެކެ26ވ
• ދެވަނަ ނުކުތާއަކީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމަށް ކުންފުނީން
ނިންމަވާފައިވާ ނިންމެވުމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނުގެ) 21 ވަނަ މާއްދާ
ނުވަތަ 23 މާއްދާއާ ޚިލާފު ކަމެއްކަމަށް ޓްރައިބިއުނަލްއިން ކަނޑައެޅުއްވި ޝަރުޢީ އަދި ޤާނޫނީ
ހަމައެއް ބަޔާންކުރައްވާފައި ނުވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
4
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ
އެތައްހާސް
ތިންވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އާއި އެކުންފުނީގެ
ޙިއްސާދާރުންގެ މަސްލަޙަތަށް އެވެސްގޮތަކަށް ރިޢާޔަތް ކުރެއްވުމެއްނެތި އެކަނިފަރުދަކަށް އޭނާގެ
ވަޒީފާއިން ވަކިކުރުމުން ލިބިދާނެ ގެއްލުމަކަށް ހަމައެކަނި ބައްލަވައި މައްސަލަ ނިންމަވާފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްސާވާ ވިޔަފާރި ކުންފުންޏަކަށްވާ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށް
ކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
އިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްސާދާރުންގެ ޙައްޤުތައް
ރައްކައުތެރި ކޮށްދިނުމަކީ، ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓާރސް އަށް ލިބިގެންވާ ޙައްޤަކަށްވެފައި
އެޙައްޤުގެ ބޭނުންހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
އަމިއްކަމުގައިވާ
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2010/VTR/217 މައްސަލައިގެ މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށާއި، މައްސަލަ އިސްތިއުނާފު ކުރަމުން
އެމް.ޓީ.ސީ.ސީ. ގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، އެވާހަކަތަކާ
ގުޅިގެން މައްސަލަ ރައްދުވާ އަޙްމަދު ޙަސަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ
ގުޅިގެން ހުށަހެޅިފައިވާ ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މި މައްސަލަ ބެލި
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރިހަމަ ކަމަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ޕިލކ (އެމް.ޓީ.ސީ.ސީ.) ގެ ސެކިއުރިޓީ އެސިސްޓަންޓެއްގެ ވަޒީފާގައިހުރެ، އެކުންފުނީގެ
ބަސްކޮންޑަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުންދިޔަ ރ. ކަނދޮޅުދޫތުނިޔަ އަޙްމަދު ޙަސަން، 15
ސެޕްޓެމްބަރު 2010 އިން ފެށިގެން އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އެމް.ޓީ.ސީ.ސީ.
އިން ހުޅުމާލޭގައި ދެމުން ގެންދިޔަ ބަހުގެ ޚިތުމަތުގައި ބޭނުންކުރަމުން ދިޔަ ބަސްތަކުގެ ކޮންޑަކްޓަރެއްގެ
ވަޒީފާ، އަޙްމަދު ޙަސަން އަދާކުރަމުން ދަނިކޮށް، އެބަސްތަކުން ދަތުރުކުރާ މީހުންގެ އަތުން ފައިސާ
ނެގުމަށްފަހު ޓިކެޓު ނުދޭކަމުގެ ގިނަ ޝަކުވާތަކެއް އަންނަމުންދާތީ، އެމައްސަލަ ބެލިބެލުމުގައި އަޙްމަދު
ޙަސަން މިކަމުގައި އިހްމާލުވާކަމަށް އެމް.ޓީ.ސީ.ސީ. އަށް ފެނިގެން، އަޙްމަދު ޙަސަން ކުންފުންޏަ
ހައި
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 1316477*
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
5
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
މާއްދާގެ
އެމް.ޓީ.ސީ.ސީ. ގެ ނަންބަރު 2010
/
635/MTCC
-
HR
/
MIS ސިޓީ އަޙްމަދު
ޙަސަންއަށްލިބުމާގުޅިގެން އެކަމުގެ ޝަކުވާ، 16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ
ގްރީވަންސް ކޮމިޓީއަށް އަޙްމަދު ޙަސަން ހުށަހަޅާފައިވާކަމާއި،
16 ސެޕްޓެމްބަރ 2010 ގައި އެމް.ޓީ.ސީ.ސީ. ގެ ގްރީވަންސް ކޮމިޓީއަށް އަޙްމަދު
ޙަސަން ފޮނުވި ސިޓީއާގުޅިގެން، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރެވިފައިވާ ގޮތާމެދު އެމް.ޓީ.ސީ.ސީ.
އިން ދެވަނަ ވިސްނުމަކަށް ދިއުމަށްފަހު، މިހާރު ނިންމާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ
(ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް އަޙްމަދު ޙަސަންއަށް ދިނުންކަމަށް،
އެމް.ޓީ.ސީ.ސީ. އިން އަޙްމަދު ޙަސަންއަށް އެޑްރެސްކޮށް 26 ސެޕްޓެމްބަރ 2010 ވަނަ ދުވަހުގެ
ތާރީޚުގައި ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
661/MTCC
-
HR
/
MIS ސިޓީގައި
ޔާންކޮށްފައިވާކަމާއި،
އެހެންކަމުން، އަޙްމަދު ޙަސަން އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން ވަކިކުރެވިފައިވަނީ،
ކުންފުނީގެ ވަޒީފާގައި އަޙްމަދު ޙަސަން އިތުރަށް ބެހެއްޓުމަކީ، ކުންފުންޏަށް އިތުރު ގެއްލުން
ކުރިމަތި ވެދާނެކަމެއްކަމަށް ފެންނާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް
ދިނުމަކާނުލައިކަމަށް، އެމް.ޓީ.ސީ.ސީ. އިން މިހާރު ބުނިކަމުގައި ވީނަމަވެސް، މިމައްސަލާގައި
ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އަޙްމަދު ޙަސަން
ވަޒީފާއިން ވަކިކުރުމަށް އެމް.ޓީ.ސީ.ސީ. އިން ނިންމާފައިވާ ނިންމުން، އަޙްމަދު ޙަސަންގެ އެދުމަކަށް،
އަލުން މުރާޖަޢާ ކުރުމަށްފަހު، އެނިންމުން ބަދަލުކޮށް އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގެ ދަށުން 1 (އެކެއް) މަސްދުވަހުގެ ނޯޓިސް
ދިނުމަށްފަހުގައިކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއަށް ބަލާއިރު، އެމާއްދާއަކީ ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގައިވާ ޙާލަތު ފިޔަވާ އެހެން ޙާލަތުތަކުގައި، އެޤާނޫނާ އެއްގޮތްވާގޮ
ޤުގޮތުގެމަތިން،
އެޤާނޫނު ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ، ވަކިމުއްދަތެއް ކަނޑައެޅިފައިނުވާ ވަޒީފާގެ
2
0
0 ދ 64
ގއތކއް
ޕީޕަރ
އެހިރާއްޖޭގެ
ޢަޢީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
6
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2x. 22 99
(ނ) ދެވަނަ ކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަޒީފާއިން
ވަކިކުރުމުގެ ކުރިން، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރިކުރުމަކީ ޢަދުލުވެރިކަމާއެކު ކުރެވޭކަމެއްކަން
ށަވަރުކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ޢަމަލުކުރަންޖެހޭ ގޮތްތަކެއް ނުވަތަ އަޅަންޖެހޭ ފިޔަވަޅުތަކެއް
ހުންނަކަމާއި، މިގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ،
ނިއުޒިލޭންޑް އަދި ކެނެޑާ ފަދަ ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުން
ބަލައިގަނެ، އެޤައުމުތަކުގެ
ޤާނޫނުތަކުގައި ހިމަނާފައިވާ އުޞޫލުތަކަށް ބަލާއިރު، ޢާންމު އުޞޫލެއްގެގޮތުން މުވައްޒަފަކު ވަޒީފާއިން
ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން
(substantive fairness) އާއި އިޖްރާޢީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމަށް
ފަހުގައިކަމާއި، މިއުޞޫލަކީ އިންޓަނޭޓަނަލް ލޭބަރ އޮގަނިޒޭޝަން (އައި.އެމް.އޯ.) ގެ ޓަރމިނޭޝަން އޮފް
އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) އާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް
ރެކޮމެންޑޭޝަން 1982 (ނަންބަރު 166) ގައިވެސް އެކުލެވިފައިވާ އުސޫލެއްކަމާއި،
އަދި މީގެއިތުރުން، ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ މުވައްޒަފުންގެ ޙައްޤުތައް
ހިމާޔަތްކުރުމަށްޓަކައި ހެދިފައިވާ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އަށް ބަލާއިރު،
އިސްވެދެންނެވުނު އުޞޫލަކީ އެޤާނޫނުގައިވެސް އެކުލެވިފައިވާ އުޞޫލެއްކަމާއި، އެހެންކަމުން، އެ ޤާނޫނު
ހިންގޭނެ ދާއިރާގެ ތެރޭގައި ހިމެނޭ މުވައްޒަފަކުވެސް ވަޒީފާއިން ވަކިކުރެވޭނީ، އެމުވައްޒަފަކު ވަޒީފާއިން
UCO
4 20 0
24
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
7
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނުވަތަ އެމުވައްޒަ
1
4 22
2 /
މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ ޢަދުލުވެރި
ނުވަތަ އެކަށީގެންވާ ސަބަބެއްކަމަށް ވުންކަމާއި، މިގޮތުންބަލާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ
މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ، މުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅުނުވުމަކީ
އެމުވައްޒަފެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ ޤާބިލުކަން އެމުވައްޒަފެއްގެ ކިބައިގައި ނެތުމަކީ
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ކަނޑައެޅުމުގައި ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްކަމަށް
ބެލެވޭކަމާއި، އަދި، އެމާއްދާގެ (ށ) ގެ (1) އިން (7) އަށް ބަޔާންކޮށްފައިވާ ސަބަބުތަކުގެ ތެރޭގަ
ހިމެނޭ ސަބަބަކަށްޓަކައި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިނަމަ، އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް
ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ނުބެލެވޭނެކަމާއި،
އިޖްރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖްރާއާތަކީ ޢަދުލުވެރި އިޖްރާއާތަކަށް ވުންކަމާއި،
މިގޮތުން، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ވަޒީފާދޭ
ފަރާތަކުން ނިންމުމުގައި، އިޖްރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅޭނީ، ވަޒީފާދޭ
ފަރާތުން، އެންމެ ކުޑަމިނުން އަންނަނިވި ގޮތުގެމަތިން ޢަމަލުކޮށްފައިވާނަމަކަމާއި، އެއީ، އެމުވައްޒަފަކު
ވަޒީފާއިން ވަކިކުރުމުގެ ކުރިން
1. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ނޫންކަމަށް ވަޒީފާދޭފަރާތަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ހުރިހާ
ތަފްސީލަކާއެކު) ވަޒީފާދޭ ފަރާތުން އެމުވައްޒަފަކަށް އަންގައި، އެކަންކަމާމެދު
ޖަވާބުދާރީވުމުގެ ފުރުޞަތު އެމުވައްޒަފަކަށް ދިނުމަށްފަހު؟
2. އެމުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅު
ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ ނުވަތަ އެޅިދާނެ ފިޔަވަޅުތަކަކީ
ކޮބައިކަން
ކަން އެމުވައްޒަފަކަށް އެންގުމަށްފަހު،
3. އެކަންކަން ރަނގަޅުކުރުމަށް އެމުވައްޒަފަކަށް ދެވޭނެ މުއްދަތެއް ކަނޑައަޅައި،
އެކަނޑައެޅި މުއްދަތަކާއި، އެމުއްދަތުގެ ތެރޭގައި އެކަމެއް ރަނގަޅުނުކޮށްފިނަމަ،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ފުރުޞަތު އޮތްކަން
4 ތތ ހތދތ
އެމުވައްޒަފަކަށް
04 9ތ4 74
އެންގުމަށްފަހ:
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
8
2011/HC-A/137
ޤަޟިއްޔާ ނިމުނު ގޮތުގެ
OXO
4. އެމުވައްޒަފަކު ރަނގަޅުކުރަންޖެހޭކަމަށް ވަޒީފާދޭފަރާތުން އެމުވައްޒަފަކަށް އެންގުނު
ކަންތައްތައް، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރަނގަޅުކޮށްފައިނުވާނަމަ، އެ
ކަމާމެދު ޖަވާބުދާރީވުމުގެ އިތުރު ފުރުޞަތެއް އެމުވައްޒަފަކަށް ދިނުމަށްފަހު؟
5. އެމުވައްޒަފަކު ދޭ ޖަވާބަކަށް ރިޢާޔަތްކޮށް، އެމުވައްޒަފަކާމެދު އަޅާނެ ފިޔަވަޅެއް
ނިންމުމަށްފަހު
6. އެމުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެމުވައްޒަފަކު ވަކިކޮށްފައިވާކަން،
ވަކިކުރި ސަބަބުތަކާއެކު އެމުވައްޒަފަކަށް އަންގާފައިވުން.
ކަމާއި، އަދި، އެމުވައްޒަފަކަށް ޖަވާބުދާރީވުމަށް ދެވޭ ފުރުސަތުތަކުގައި، އެމުވައްޒަފަކު އެދިއްޖެނަމަ،
އެމުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތުވެސް އެމުވައްޒަފަކަށް
ދެވިފައިވާނަމަކަމާއި، މިއީ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖްތަމާއުތަކުގައިވެސް މިބާވަތުގެ މައްސަލަތަކުގައި
ޢަމަލުކުރެވެމުންދާ ޢާންމު އުޞޫލުކަން، އިސްވެދެންނެވިފައިވާ ޤައުމުތަކުގެ ވަޒީފާއާބެހޭ ޤާނޫނުތަކަށާއި،
އައި.އެމް.އޯ. ގެ ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ކޮންވެންޝަން 1982 (ނަންބަރު 158) ގެ
އާޓިކަލް 7 އަށާއި ޓަރމިނޭޝަން އޮފް އެމްޕްލޮއިމަންޓް ރެކޮމެންޑޭ
މެންޑޭޝަން 1982 (ނަންބަރު 166) ގެ
ނަންބަރު 7، 8، އަދި 9 އަށް ބެލުމުން އެނގޭކަމާއި،
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާގުޅިގެން، އެމުވައްޒަފަކު ހުށަހަޅާފައިވާ ޝަކުވާއެއް
ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ
ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާކަން ސާބިތުކޮށްދިނުމަކީ، އެޤާނޫނުގެ 29 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތު ފިޔަވައި، އެހެން ޙާލަތުތަކުގައި ވަޒީފާދޭފަރާތުގެ ޒިންމާއެއްކަމާއި،
އެމުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަމުގައި ވަޒީފާދޭ ފަރާތަށް
ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތިކަމުގައި ބެލެވޭނެކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައިވާ ގޮތުގެމަތިން މުވައްޒަފަކު ވަޒީފާއިން
ވަކިކުރުމަށް ނިންމާ ނިންމުންތަކުގެ ތެރެއިން، އެނިންމުމެއްގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާޢީ
ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ކޮންމެ ނިންމުމަކީ އޭގެ ސަބަބުން ވަޒީފާއިން ވަކިކުރެވުނު
މުވައްޒަފަށް ޤާނޫނީ ޙައްލެއް ޙައްޤުވާނެ ނިންމުމެއްކަމާއި، މިގޮތުންބަލާއިރު، މިޙާލަތުގައިވާ
މުވައްޒަފުންނަށް ލިބިދެވޭނެ ޤާނޫނީ ޙައްލު ވަޒީފާއާބެހޭ
ޤާނޫނުގެ ވަނަ
ބަޔާންކޮށްފައިވާކަމެވެ.
29
2ދ
ހިރާއްޖެ
ތިބޭތީޑްގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
9
2011/HC-A/137
کرفس
ތތ ހ 04
2
މުވައްޒައެﷲ
ޤަޟިއްޔާ ނިމުނު ގޮތުގެ
(ނ) ތިންވަނަ ކަމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާ ފަރުމާކުރެވިފައިވާ
ތުން، އެމާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ޝަރުތެއް ފުރިހަމަވެގެންކަ އެއީ
މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުނޫންކަމަށް ވަޒީފާދޭ ފަރާތަށް
ޤަބޫލުކުރެވޭ ޙާލަތުގައި؛
1. އެ
މަސައްކަތުގެ ފެންވަރު ނުވަތަ އަޚްލާޤީ މިންގަނޑު
ރަނގަޅުކުރުމަށް ފިޔަވަޅުއެޅުން، އަދި
2. އެ ފިޔަވަޅު އެޅުމުންވެސް އެމުވައްޒަފެއްގެ މަސައްކަތުގެ އަޚްލާޤު ނުވަތަ އޭނާ
ވަޒީފާ އަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ
އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބެއް އޮތުން
ކަން އެނގޭކަމާއި، މުވައްޒަފުން ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ މިންގަނޑުތަކަށް ތަބާނުވާނަމަ
އެމުއްވައްޒަފަކާމެދު އެޅޭނެ އިސްލާޙީ ފިޔަވަޅުތައް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގައި
ޔާންކޮށްފައިވާކަމާއި، މިގޮތުން ބަލާއިރު، މުވައްޒަފަކު ތަބާވާންޖެހޭ މަސައްކަތުގެ އަޚްލާޤީ
މިންގަނޑުތަކަށް ތަބާނުވާނަމަ، އެމާއްދާގައި ބަޔާންކޮށްފައިވާ ފިޔަވަޅުތަކުގެ ތެރެއިން އެމުވައްޒަފަކާމެދު
އަޅަން ފެންނަ އެކަށިގެންވާ އިޞްލާޙީ ފިޔަވަޅެއް އެޅުމުގެ ބާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް
ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެމާއްދާގެ ދަށުން
އިސްލާޙީ ފިޔަވަޅުތަކުގެ ތެރޭގައި، ނަސޭހަތްދިނުމާއި، ލިޔުމުން އިންޒާރު ދިނުމާއި، ވަޒީފާގެ
މަސައްކަތަށް ނިކުތުން 14 (ސާދަ) ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ހުއްޓުވުމާއި، އަދި
ހުރިމަޤާމަށްވުރެ ދަށްމަޤާމަކަށް ބަދަލުކުރުން ހިމެނޭކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ)
ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށްބަލާއިރު،
އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އަޙްމަދު ޙަސަން ވަކިކުރެވުނުއިރު އޭނާ އަދާކުރަމުންދިޔަ ވަޒީފާއިން
ވަކިކޮށްފައިވަނީ އޭނާގެ މަސައްކަތުގެ ފެންވަރު ދަށްވެގެންކަމެއް ނުވަތަ މަސައްކަތުގެ އަޚްލާޤީ
މިންގަނޑު ރަނގަޅު ނުވެގެންކަމެއް، 26 ސެޕްޓެމްބަރ 2010 ގެ ތާރީޚުގައި އެމް.ޓީ.ސީ.ސީ. އިން
އަޙްމަދު ޙަސަންއަށް ފޮނުވާފައިވާ އެކުންފުނީގެ ނަންބަރު 2010
/
661/MTCC
-
HR
/
MIS ސިޓީއަށް
ބެލުމުން ސާފުކޮށް އެނގެން ނެތްކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން
އަޙްމަދު ޙަސަން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިންކަން ޤާއިމުކުރެވިފައިވާކަން
އެނގެންނެތްކަމާއި،
4 24 2
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
10
2011/HC-A/137
0
44
2 ހދ
ދިއްޤުތަކެއް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނަމަވެސް އިސްތިއުނާފުކުރެވިފައިމިވާ މައްސަލައިގައި ޢަދުލުވެރި ނިންމުމަކަށް
ވާސިލުވުމަށްޓަކައި، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އަޙްމަދު ޙަސަން ވަކިކޮށްފައިވަނީ އޭނާގެ
މަސައްކަތުގެ ފެންވަރު
ނުވަތަ މަސައްކަތުގެ އަޚްލާޤީ މިންގަނޑު ރަނގަޅު
ނުވެގެންކަމަށް ޝަރީޢަތުން ބެލި (assume) ކަމުގައިވިއަސް، މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ
ޓްރައިބިއުނަލްއަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށާއި،
ދެކެވިފައިވާ ވާހަކަތަކަށް ނަޒަރުކުރާއިރު، އަޙްމަދު ޙަސަންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް
ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް އެމް.ޓީ.ސީ.ސީ. ގެ ފަރާތުން
އަޅާފައިވާކަން އެންގެން ނެތްކަމާއި، އަދި، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ
އިޖްރާޢީ ޢަދުލުވެރިކަން ޤާއިމުކުރުމުގެގޮތުން، އިސްވެދެންނެވިފައިވާފަދަ އެއްވެސް ފިޔަވަޅެއް
އެމް.ޓީ.ސީ.ސީ. އިން އަޅާފައިވާކަން އެނގެން ނެތްކަމާއި،
އެހެންކަމުން، އެމް.ޓީ.ސީ.ސީ. ގެ ވަޒީފާއިން އަޙްމަދު ޙަސަން ވަކިކޮށްފައިވަނީ،
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި
ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖްރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމެވެ.
ޢަމަލެ
2 22
(ރ) ހަތަރުވަނަ ކަމަކީ، އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު
ރައްޔިތުން ޙިއްޞާވާ ވިޔަފާރި ކުންފުންޏަކަށްވީ ހިނދު، އެފަދަ ކުންފުންޏެއްގައި މަސައްކަތް ކުރާ
މުވައްޒަފެއް ނުވަތަ މުވަޒަފުންތަކެއް ކުރާ ނުވަތަ ނުކޮށްދޫކޮށްލާ ޢަމަލެއްގެ ސަބަބަބުން ކުންފުންޏަށް
ކަނޑައެޅިގެން ގެއްލުމެއް ވަމުންދާނަމަ ނުވަތަ އެޢަމަލަކީ ޚިޔާނާތުގެ ޢަމަލުކަމަށް ބެލެވޭފަދަ
މަލެއްކަމުގައިވާނަމަ، އެފަދަ ބަޔަކު އެކަމުން ވަކިކޮށް ކުންފުނީގެ ޙިއްޞާދާރުންގެ ޙައްޤުތައް
ރައްކާތެރި ކޮށްދިނުމަކީ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ލިބިގެންވާ ޙައްޤަކަށްވެފައި އެޙައްޤުގެ
ރެހިފުން މަނާކުރާ ޤާނޫނީ ހަމައެއްނެތްކަމަށްބުނެ އެމް.ޓީ.ސީ.ސީ. ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ނަޒަރުކުރާއިރު،
އެމް.ޓީ.ސީ.ސީ. އަކީ ސަރުކާރުގެ އިތުރުން ޢާންމު ރައްޔިތުން ޙިއްޞާވާ ވިޔަފާރި
ކުންފުންޏެއް ކަމުގައިވީނަމަވެސް، އެކުންފުނީގައި މަސައްކަތްކުރާ އެކުންފުނީގެ މުވައްޒަފުންގެ ތެރެއިން
ވަޒީފާއާބެހޭ ޤާނޫނުގެ ތަރަހައިގެ ތެރޭގައި ހިމެނޭ މުވައްޒަފުންނާ ދޭތެރޭގައި އެކުންފުނިންވެސް
ޢަމަލުކުރަންޖެހޭނީ އެޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމާއި، މިގޮތުން ބަލާއިރު، ވަޒީފާއާބެހޭ
ޤާނޫނުގެ 34 ވަނަ މާއްދާއިން ކަނޑައެޅިގެން އިސްތިސްނާކޮށްފައިވާ މުވައްޒަފުން ފިޔަވާ އެކުން
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2011/HC-A/137
11 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވަޒީފާއާ
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން،
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/217 މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
0މ
ޙުކުމް
2 3 4 2 0 20
@
ހ2 0
2
24
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި
ކަންކަން
ންކުރެވުނު ގޮތަށް ހުރުމާއެކު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/217
މައްސަލާގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން
މުދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް ނުފެންނަކަމަކަށް މިމައްސަލަ
ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު ހިނދު، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2010/VTR/217 މައްސަލަގައި އެޓްރައިބިއުނަލުން ނިންމަވާފައިވާ
ނިންމެވުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދު
ވިޤަޟިއްޔާ ބަލާ ޙުކުމްކުރީގެ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
ޔޫސުފް ޙުސައިން
ޢަބްދުއްރައޫފު އިބްރާހިމް
(ފަނޑިޔާރު)
ޢަޠީa
ދިވެހިރާއްޖޭގެ ހައިކޯޓް، ޢަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv