ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/316 ޤަޟިއްޔާގެ ޙުކުމް
2009/HC-A/316
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟީއްޔާ ނަންބަރ: 316/HC
-
A/2009
އިސްތިއުނާފުކުރި ފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ކާޑު ނަންބަރު:
ދާއިމީ އެޑްރެސް: -
މިހާރުގެ އެޑްރެސް:
#
އިސްތިއުނާފު ރައްދުވި ފަރާތް:
1- * ނަން: މުޙައްމަދު ޒިޔާދު
އައިޑީ ކާޑުނަންބަރު: A011383
ދާއިމީ އެޑްރެސް: ގދ. ގައްދޫ | ޗަނބޭލީގެ
* މިހާރުގެ އެޑްރެސް: މއ. އަސްޓްރަލް
2- * ނަން: އަޙުމަދު ރަޝީދު
އައިޑީ ކާޑުނަންބަރު: A013419
ދާއިމީ އެޑްރެސް: ސ. މީދޫ / އަބްލަޤީވާދީ
މިހާރުގެ އެޑްރެސް: މއ. ސްކައިވިލާ
ރަޖިސްޓްރީކުރެވުނު ތާރީޚް: 07 ޛުލްޤައިދާ 1430
25 އޮކްޓޫބަރ 2009
ނިމުނު ތާރީޚް: 30 ޝައްވާލު 1432
28 ސެޕްޓެމްބަރ 2011
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2009/MC/585
• ނިންމެވި ފަރާތް: މަދަނީކޯޓުގެ
• ބާވަތް: ފައިސާ ހޯދުމުގެ މައްސަލަ
ހުށަހެޅި ތާރީޚް: 03.03.2009
* ނިމުނުތާރީޚް: 11.08.2009
މައްސަލަ ބެއްލެވި ފަނޑިޔާރުން
އަޙުމަދު ޝަރީފު
އިސް ފަނޑިޔާރު
ޢަބްދުﷲ ޙަމީދު
ފަނޑިޔާރު
ޔޫސުފް ޙުސައިން
ފަނޑިޔާރު
ރާއްޖޭގެ
ޢާއި
2
2009/HC-A/316
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2009/MC/585 ޤަޟިއްޔާ އެކޯޓުން ނިންމާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމެވުމެއް ނޫންކަމަށްބުނެ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން
އިސްތިޢުނާފުކުރުމަށް ހުށަހެޅުމުން ބެލުނު ޤަޟިއްޔާއެވެ. މިޤަޟިއްޔާގައި އިސްތިޢުނާފް ރައްދުވާފަރާތަކީ
ގދ.ގައްދޫ ޗަނބޭލީގެ މުޙައްމަދު ޒިޔާދާއި، ސ.މީދޫ / އަބްލަޤީވާދީ އަޙްމަދު ރަޝީދުއެވެ.
ގަކުރެވުނު ނުކު
ންކުތާތައެ.
1. މަދަނީކޯޓުގެ ނަންބަރު 2009/MC/585 ޤަޟިއްޔާ އެކޯޓުން ބައްލަވައި ނިންމަވާފައިވާ
ނިންމެވުމަކީ އިންސާފުވެރި ނިންމުމެއް ނޫންކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި
ގދ.ގައްދޫ ޗަނބޭލީގެ މުޙައްމަދު ޒިޔާދާއި، ސ.މީދޫ / އަބްލަޤީވާދީ އަޙްމަދު ރަޝީދުގެ މައްޗަށް
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2. މަދަނީކޯޓުގެ ނަންބަރު: 2009/MC/585 ޤަޟިއްޔާއަށް ބެލިއިރު އެޤަޟިއްޔާއަކީ ޕޮލިސް
ކޮންސްޓަބަލް އަޙްމަދު ރަޝީދަށާއި، ޕޮލިސް ކޮންސްޓަބަލް މުޙައްމަދު ޒިޔާދަށް 12 ފެބްރުއަރީ 2009
ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވަޒީފާއިން ވަކިކުރިކަމަށް އަންގާ ލިޔުން ފޮނުވާފައިވާތީ،
އެލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބަކީ މިދެފަރާތުގެ މައްޗަށް "ތުހުމަތުކުރެވި ތަޙުޤީޤަށް ޘާބިތުވި
މައްސަލަ" އަކާއި ގުޅިގެން ކަމުގައި ބަޔާންކޮށްފައިވީނަމަވެސް، މިދެފަރާތުގެ މިފަދަ މައްސަލައެއް
ޝަރީޢަތަށް ހުށަހަޅާފައިވާކަމެއް ނުވަތަ އެމައްސަލައެއް ޝަރީޢަތުގައި ޘާބިތުވެފައިވާކަމެއްވެސް
އަންގާފައިނުވާކަމަށާއި މިފަދައިން ވަޒީފާއިން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު
އަސާސީއާއި ފުލުހުންގެ ޤާނޫނާ ޚިލާފަށް ކޮށްފައިވާކަމެއްކަމަށްބުނެ، މިދެންނެވުނު "ވަޒީފާއިން
ވަކިކުރެވުނު ކަމުގެ ލިޔުން" ބާޠިލްކޮށްދިނުމަށް އެދި ސ.މީދޫ / އަބްލަޤީވާދީ އަހްމަދު ރަޝީދު،
440
ދިވެހިންJ
14
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޖުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2009/HC-A/316
0533434
ގދ.ގައްދޫ ޗަނބޭލީގެ މުޙައްމަދު ޒިޔާދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ދައުވާކުރުމުން
ބެލުނު މައްސަލައެއްކަމާއި އެމައްސަލައިގެ ޙުކުމްގައިވަނީ،
ސ.މީދޫ އަބްލަޤީވާދީ އަޙްމަދު ރަޝީދު ( ދ.ރ.ކާޑު: A013419 އެމް.ޕީ.އެސް ގެ
ސ.ނަންބަރު 2947) އާއި ގދ.ގައްދޫ | ޗަނބޭލީގެ މުޙައްދު ޒިޔާދު ( ދ.ރ.ކާޑު: A011383
އެމް.ޕީ.އެސް ގެ ސ.ނަންބަރު 2957) ދެފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޕޮލިސް
ންސްޓަބަލް"ގެ ވަޒީފާގައި ވަނިކޮށް، 12 ފެބްރުއަރީ 2009 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން
"ތުހުމަތުކުރެވި ތަޙުޤީޤަށް ސާބިތުވި މައްސަލަ" އަކާއި ގުޅިގެން ވަޒީފާއިން ވަކިކުރިކަމަށް އަންގައި
ލިޔުންފޮނުވާފައިވާތީ އާއި، އަޙްމަދު ރަޝީދާއި މުޙައްމަދު ޒިޔާދަށް މިފަދަ މައްސަލައެއް ޝަރީޢަތަށް
ހުށަހަޅާފައިވާކަމެއް ނުވަތަ އެމައްސަލައެއް ޝަރީޢަތުގައި ޘާބިތުވެފައިވާކަމެއް އަންގާފައިނުވާ ހިނދު،
މިފަދައިން ވަޒިފާއިން ވަކިކުރުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި، ފުލުހުންގެ
ޤާނޫނު (ޤާނޫނު ނަންބަރު5/2008) އާއި ޚިލާފަށް ކޮށްފައިވާކަމެއްކަމުގައި ބުނެ، އަޙްމަދު ރަޝީދު
އާއި މުޙައްމަދު ޒިޔާދަށް ވަޒީފާއިން ވަކިކުރިކަމަށް އަންގާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން
އަންގަވާފައިވާ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން ބާޠިލްކޮށް ދެއްވުން އެދި އަޙްމަދު ރަޝީދުއާއި
މުޙައްމަދު ޒިޔާދުގެ ފަރާތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަށް
ބެލިއިރު،
12 ފެބްރުއަރީ 2009 ދުވަހު އަޙްމަދު ރަޝީދުއާއި މުޙައްމަދު ޒިޔާދަށް، މޯލްޑިވްސް ޕޮލިސް
ސަރވިސްއިން ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ އެންގުންތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ
ވަޒީފާ އާއި ބެހޭ ޤަވައިދުގެ 24 ވަނަ މާއްދާގެ (ށ)އަށް ޙަވާލާދީ، އަންގަވާފައިވާ އެންގުންތަކެއްކަމާއި،
މިއެންގުންތަކަކީ 30 އެޕްރީލް 2008 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އިސްކަންދަރު ކޮށީގައި ހުންނަ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ގުދަނުން ވައްކަން
ކުރިކަމަށް ތުހުމަތުކުރެވިގެން ކުރެވުނު ތަހްޤީޤުން އެކަން ސާބިތުވެފައި ވާކަމަށް ބެލިގެން
އަންގާފައިވާ އެންގުންތަކެއްކަމުގައި އެނގެން އޮންނަ ހިނދު،
40.
f
j
ހިރާއް"
+
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected]
www.highcourt.gov.my
4
2009/HC-A/316
249
ފުލުހުންގެ ޤާނޫނު ( ޤާނޫނު ނަންބަރ 5/2008 ) ތަޞްދީޤު ކުރެވިފައިވަނީ 05 އޯގަސްޓް
2008 ދުވަހުގައިކަމާއި، ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރ 5/2008) އަށް ޢަމަލުކުރަން
ފަށާފައިވަނީ، އެޤާނޫނުގެ 77 ވަނަ މާއްދާގައިވާ ފަދައިން އެޤާނޫނު ތަޞްދީޤުކޮށް ދިވެހި ސަރުކާރުގެ
ގެޒެޓުގައި ޝާއިޢުކުރި ދުވަހުން ފެށިގެންކަމާއި، އެޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ (4) ވަނަ
ނަންބަރުގެ ދަށުން (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒިފާ އާބެހޭ ޤަވައިދު ފާސްކޮށްފައިވަނީ 02
ޖެނުއަރީ 2009 ދުވަހުގައިކަން އެނގޭކަމާއި،
ޤާނޫނީ އަދި ޝަރުއީ އުޞޫލުތަކަށާއި މަސްދަރުތަކަށް ރިޢާޔަތްކުރާއިރު ކަމެއް ނުވަތަ ހާދިޘާއެއް
ހިނގާފަހުން ޢަމަލުކުރަންފެށޭ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ދަށުން، އޭގެކުރިން ހިނގާފައިވާ ކަމަކާއި،
ނުވަތަ ޙާދިޘާއަކާއި މެދު ފިޔަވަޅު ނުއެޅޭނެކަން އެނގެން އޮންނަކަމާއި، މިޢުޞޫލު ދިވެހިރާއްޖޭގެ
މިއްޔާގެ ޤާނޫނު އަސާސީގެ ދެވަނަ ބާބު (އަސާސީ ޙައްޤުތަކާއި މިނިވަންކަން) ގެ 59 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމަށްޓަކައި،
12 ފެބްރުއަރީ 2009 ދުވަހު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒިފާ އާ ބެހޭ ޤަވާއިދުގެ 24
ވަނަ މާއްދާގެ (ށ) އަށް ޙަވާލާދީ، އަޙްމަދު ރަޝީދާއި، މުޙައްމަދު ޒިޔާދަށް ވަޒީފާއިން ވަކިކުރިކަން
އަންގާފައިވާ (ނަންބަރު: 2009
/
19/VKL/171 އަދި ނަންބަރު: 2009
/
20/VKL/171)
މޯލްޑިވްސް ޕޮލިސް ސާރވިސްގެ އެންގުންތަކަކީ ޞައްޙަ އެންގުންތަކެއް ކަމުގައި ބެލެވޭނެ ތަނެއް
ނެތްކަމުގައި ކަނޑައަޅައި،
މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަޙްމަދު ރަޝީދާއި، މުޙައްމަދު ޒިޔާދު 12 ފެބްރުއަރީ
2009 ދުވަހު ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް 11 އޯގަސްޓް 2009 ދުވަހުން
ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އަނބުރާ ރުޖޫއަކުރުމަށާއި، އަޙްމަދު ރަޝީދާއި މުޙައްމަދު
ޒިޔާދަށް ވަޒީފާއިން ވަކިކުރި ދުވަހުން (08 ފެބްރުއަރީ 2009) ފެށިގެން އަޙްމަދު ރަޝީދާއި،
މުޙައްމަދު ޒިޔާދަށް ވަޒީފާ އަނބުރާ ލިބިދިނުމާއި ހަމައަށް، އެފަރާތަށް ވަޒީފާގައި ދެމިތިބިނަމަ ދޭންޖެހޭ
މުސާރަ އާއި އެހެނިހެން ޢިނާޔަތްތަކަށްވާ ފައިސާ އަޙްމަދު ރަޝީދާއި، މުޙައްމަދު ޒިޔާދަށް
ރައްދުކުރުމަށްޓަކައި 11 އޯގަސްޓް 2009 ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މަދަނީ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީޅުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
2009/HC-A/16
ކޯޓަށް ދައްކައި ޚަލާސްކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި، ޙުކުމްކޮށްފީމެވެ."
މިފަދައިންކަމާއި މިކަންކަން އެޤަޟިއްޔާގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު އެނގެންއޮވެއެވެ.
3. އިސްވެ ބަޔާންކުރެވުނު ގޮތުގެމަތިން މަދަނީކޯޓުން ޙުކުމް ކުރެއްވުމުން އެޤަޟިއްޔާ
އިސްތިޢުނާފު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ތިން ނުކުތާއެއް ހުށަހަޅާ އެއާއި
ބެހޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ: 12 ފެބުރުއަރީ 2009 ދުވަހު އަޙުމަދު ރަޝީދާއި މުޙައްމަދު ޒިޔާދު،
މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ އެންގުންތަކަކީ
އިސްކަންދަރުކޮށީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމެންޓް
ޑިޕާޓްމަންޓުގެ ގުދަނުން ވައްކަންކުރި ކަމަށް ތުޙުމަތު ކުރެވިގެން ކުރެވުނު ތަޙުޤީޤުން އެކަން
ސާބިތުވެފައިވާކަމަށް ބެލިގެން އަންގާފައިވާ އެންގުމެއްކަމަށް އެނގެން އޮތްއިރު އަދި ތަޙްޤީޤުކުރެވުނު
މައްސަލައަކީ ހިނގާފައިވާ ޙާދިސާއެއްކަން ދައުލަތުން ހުށަހެޅި ލިޔުންތަކުންނާއި، ތަޙްޤީޤަށް އަޙްމަދު
ރަޝީދުއާއި، މުޙައްމަދު ޒިޔާދު ދީފައިވާ ބަޔާންތަކުން އެނގެން އޮތް ހިނދު މިފަދަ އަމަލުތައް ހިންގާ
ފަރާތްތައް ފުލުހުންގެ މުއައްސަސާގައި ބައިތިއްބައިފިނަމަ އެމުއައްސަސާއަކާމެދު ރައްޔިތުންގެ އިތުބާރު
ގެއްލި ފުލުހުންގެ މުއައްސަސާގެ އެތެރޭގެ ހަމަނުޖެހުންތައް
ހަމަނުޖެހުންތައް އިތުރުވަމުން ދާނެކަމަށްވާތީ، އެނުކުތާއަށް
ރިޢާޔަތް ކުރުމެއްނެތި މައްސަލަ ނިންމަވާވާކަމަށްބުނެ ހުށަހެޅިނުކުތާ،
ދެވަނަ ނުކުތާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 59 ވަނަ މާއްދާގައިވަނީ
ވަކިކަމެއްކުރުން ނުވަތަ ވަކިކަމެއްނުކޮށް ދޫކޮށްލުން އެއީ ކުށެއްކަމުގައި އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައި ނެތަސް އެކަމެއް ކުރި މީހަކަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަކާ
ގުޅުވައިގެން އަދަބު ދީގެން ނުވާނެކަމަށްވުމާއެކު، އިސްތިއުނާފުކުރެވޭ މައްސަލާގައި ތަޙްޤީޤަށް
ސާބިތުވި ކުނަކީ އިސްލާމީ ޝަރީޢަތުގައި، އަދި ޤާނޫނު ނަންބަރު 1/81 (ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
ނޮވެ
2009/HC-A/316
1235
ން 94 ދވތ 4
/24ނވަތަ
131ވަނަ މާއްދާގައި ޞަރީޙަކޮށް ބަޔާންވެފައިވާ ކުށެއްކަ ،
ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 59 ވަނަ މާއްދާގައި ބުނާ ފަދަ އިސްލާމީ ޝަރީޢަތުގައި
ނުވަތަ ޤާނޫނުގައި ބަޔާންކޮށްފައިނެތް ކުށެއްކަމަށް ވައްކަމުގެ ކުށް ނުވަތަ އެ ޢަމަލު ނުހިމެނޭކަމަށްބުނެ
ހުށަހެޅި ނުކުތާ.
444 2
ތިންވަނަ ނުކުތާއަކީ އަޙްމަދު ރަޝީދުއާ، މުޙައްމަދު ޒިޔާދު ވަޒީފާއިން ވަކިކުރިކަން އަންގާ
ޗިޓްގައި ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސަސްގެ ވަޒީފާއާއިބެހޭ ޤަވާޢިދުގެ
24ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ކަމަށްއެވަނީ، މިފަރާތްތައް ވަޒީފާއިން ވަކިކުރިއިރު
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއާބެހޭ ޤަވާޢިދު ވުޖޫދަށް އައިސްފައިވާތީއެވެ.
އަދި ހަމަ އެހެންމެ އެޤަވާޢިދުގައިވަނީ ކުރިންވެސް ޢަމަލުކުރަމުން އައިސްފައިވާ އިޖުރާޢީ
ކަންތައްތައް ހިމަނައިގެންކަމަށްވާތީ، ވައްކަމުގެ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތުގެ
ވަނަ މާއްދާއާއި، އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެން ބަޔާންވެފައިވާ ކުށެއްކަމަށްވާއިރު، އަދި
އެފަދަ ޢަމަލެއް ހިންގިކަމަށް ތަޙްޤީޤަށް ސާބިތުވެފައިވާއިރު، އެޢަމަލަކީ ފުލުހުންގެ މުވައްޒިފުންނާބެހޭ
ޤަވާޢިދު ޢައުމުގެ ކުރިން ހިންގި އަމަލެއް ކަމުގައިވިޔަސް އެއީ ވަޒީފާއިން ވަކިނުކުރެވޭނެ ޢަމަލެއް
ހުށަހެޅިނުކުތާ.
131
ހދ438
ކ5ނ
4. މަދަނީ ކޯޓުގެ ނަންބަރު: 2009/MC/585 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށާއި
އިސްތިއުނާފު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ހުށަހެވި ނުކުތާތަކަށާއި އަޙްމަދު
ރަޝީދުއާއި، މުޙައްމަދު ޒިޔާދުގެ ފަރާތުން ދެއްކި ވާހަކައަށާއި މައްސަލައާއި ގުޅުންހުރި ލިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރުން ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
· 4
ޖެހިނެއް؟
.ދިވެހިމް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުދުޠުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2009/HC-A/316
(ހ) 30 އެޕްރީލް 2008 ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އިސްކަންދަރު ކޮށީގައި ހުންނަ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ގުދަނުން ވައްކަން
ކުރިކަމަށް ތުހުމަތުކުރެވިގެން ކުރެވުނު ތަހްޤީޤުން އަޙުމަދު ރަޝީދު ސ.މީދޫ | ޢަބްލަޤީވާދީ،
މުޙައްމަދު ޒިޔާދު ގދ.ގައްދޫ / ޗަނބޭލީގެ މައްޗަށް ކުށް ސާބިތު" ވެފައިވާކަމަށް ތަޙްޤީޤުން އެނގެން
އޮންނަކަމަށްބުނެ އެމައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ޖިނާއީ ކޯޓަށް ހުށަހެޅި، އަޙުމަދު
ރަޝީދު ސ.މީދޫ | ޢަބްލަޤީވާދީ، މުޙައްމަދު ޒިޔާދު ގދ.ގައްދޫ ޗަނބޭލީގެ މައްޗަށް ކުޅަ
ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވާވަރުގެ ކާފީހެކި ލިބިފައި ނުވަތީ އަޙުމަދު ރަޝީދު ސ.މީދޫ {
ޢަބްވަޤީވާދީ، މުޙައްމަދު ޒިޔާދު ގދ.ގައްދޫ ޗަނބޭލީގެ މައްޗަށް ކުޅު ޚިޔާނާތްތެރިވުމުގެ ކުށް
ސާބިތުނުވާކަމަށް ޖިނާއީ ކޯޓުގެ ނަންބަރު: 2009/JC/1649 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުން
އެނގެން އޮންނަކަމާއި، ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައިވަނީ "އެމީހެއްގެ މައްޗަށް
ކުށެއް ސާބިތުނުވާ ކޮންމެ މީހަކީ، ކުށެއްނެތް މީހެކެވެ." މިފަދައިން ބަޔާންކޮށްފައި އޮތުމުން އަޙްމަދު
ރަޝީދު އަދި މުހައްމަދު ޒިޔާދުއަކީ ކުށްވެރިންކަމުގައި ބަލާނެ ޤާނޫނީ ހަމައެއްނެތްކަން.
(ށ) އަޙުމަދު ރަޝީދު އާއި މުޙައްމަދު ޒިޔާދު، 30 އެޕްރީލް 2008 ދުވަހުގެ ރޭގަނޑުގެ
ވަގުތެއްގައި އިސްކަންދަރު ކޮށީގައި ހުންނަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންފްރާސްޓްރަކްޗަރ
ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ގުދަނުން ވައްކަން ކުރިކަމަށާއި އަދި ދައުލަތުގެ މުދަލަށް
ޚިޔާނާތްތެރިވެފައިވާކަމަށް ތަޙުޤީޤަށް ސާބިތު" ވެފައިވާކަމަށް ބުނެ އަޙުމަދު ރަޝީދު އާއި މުޙައްމަދު
ޒިޔާދު ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ އާއި ބެހޭ ޤަވާއިދުގެ 24
ވަނަ މާއްދާގެ (ށ) ގެ ދަށުންކަން އެނގެން އޮންނަކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާ
އާއި ބެހޭ ޤަވައިދު ހެދިފައިވަނީ ފުލުހުންގެ ޤާނޫނު (ޤާނޫނު ނަންބަރު:05/2008)ގެ 17ވަނަ މާއްދާގެ
(ނ) އިން ބާރު ލިބިގެންކަމާއި، އިސްވެބުނެވުނު ޤާނޫނު (ޤާނޫނު ނަންބަރު:05/2008)
ތަޞްދީޤުކުރެވިފައިވަނީ 05 އޯގަސްޓް 2008 ދުވަހުކަމާއި، އެޤާނޫނަށް ޢަމަލުކުރަން ފަށާފައިވުނީ،
އެޤާނުނުގެ 77 ވަނަ މާއްދާގައިވާ ފަދައިން އެޤާނޫނު ތަޞްދީޤްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި
ބާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2009/HC-A/316
4 22
OXO
ޝާއިޢުކުރި ދުވަހުން ފެށިގެންކަމާއި، އެޤާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ (2) ވަނަ ނަންބަރުގެ
ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒިފާ އާބެހޭ ޤަވައިދު ފާސްކޮށްފައިވަނީ 02 ޖެނުއަރީ
2009 ދުވަހުގައިކަން އެނގެން އޮންނަކަމާއި، މިކަންކަން މިގޮތަށް ހުރުމުން މޯލްޑިވްސް ޕޮލިސް
ސަރވިސްގެ ވަޒީފާއާބެހޭ ޤަވައިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޙުމަދު ރަޝީދު އާއި
މުޙައްމަދު ޒިޔާދު ވަޒީފާއިން ވަކިކުރުމަކީ ފަހުން ހެދޭ ޤަވާއިދެއްގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމާއި،
ފަހުން ހެދޭ ޤާނޫނެއް ނުވަތަ ޤަވައިދެއް ކުރީގެ ޙާދިޘާއެއްގެ މައްޗަށް ހިނގާނީ ޤާނޫނުގައި
ކަނޑައެޅިފައި އޮވެގެން ވަކި އިސްތިސްނާއީ ޙާލަތްތަކުގައިކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލަށް
ބަލާއިރު އެނގެން އޮންނަކަން.
04
ވީމާ، މަދަނީކޯޓުގެ ނަންބަރު:2009/MC/585 ޤަޟިއްޔާ އެކޯޓުން ބައްލަވާ ނިންމަވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލާއި ޚިލާފަށްކަމަށް ބަލާނެ ތަނެއް އޮތްކަމަށް މިމައްސަލަ ބެލި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް ނުފެންނަކަމަށްޓަކައި އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް
ތާއީދުކޮށްފީމެވެ.
4
.ގ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، ތީމުގެ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: Www.highcourt.gov.mv