ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/57 ޤަޟިއްޔާގެ ޙުކުމް
1
2{14/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހޯކަ
ކޯޓް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 57/HC
-
A/2014
• އިސްތިއުނާފުކުރި ފަރާތް
* ނަން: އިސްމާޢީލް އާތިފް
އައިޑީ ކާޑުނަންބަރު: A008500
ދާއިމީ އެޑްރެސް: އއ.މަތިވެރި ނަދުވާ
ހަރުގެ އެޑްރެސް: އއ.މަތިވެރި ނަދުވާ
*
• އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އާމިނަތު ފާއިޒާ
އައިޑީ ކާޑުނަންބަ
ކާޑުނަންބަރު: A076603
* ދާއި( އެޑްރެސް: ބިއުޓީފުލާވަރ! މ.ނާލާފުށި
މިހާރުގެ އެޑްރެސް: ބިއުޓީފުލާވަރ މ.ނާލާފުށި
• ރަޖިސްޓްރީވި ތާރީޚް: 09 ޖުމާދަލްއޫލާ 1435
10 މާރޗް 2014
ނިމުނު ތާރީޚް: 23 މުޙައްރަމް 1436
16 ނޮވެމްބަރ 2014
• އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2013/K6C;07
• ނިންމެވި ކޯޓް: މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓް
ޤަޟިއްޔާގެ ބާވަތް: ޢާއިލީ އެހެނިހެން މައްސަލަ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
2
2{14/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
• ދަޢުވާގެ ޚުލާޞާ
02 0 0
ވާއަޑު
42
ދި
OX
މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07 ޤަޟިއްޔާ
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން
އެދި އއ.މަތިވެރި، ނަދުވާ އިސްމާޢީލް އާތިފްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ
ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ބިއުޓީފުލާވަރ މ.ނާލާފުށި އާމިނަތު ފާއިޒާއެވެ.
• ފާހަގަކުރެވުނު ނުކުތާތައް:
-01
0
މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07 ޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެޤަޟިއްޔާއަކީ، އއ.މަތިވެރި ނަދުވާ އިސްމާޢީލް އާތިފް،
މ.ނާލާފުށީ! ބިއުޓީފްލާވަރ އާމިނަތު ފާއިޒާއާއި، ދެމީހުން 10 މާރޗް 2010 ގައި ކައިވެނިކޮށްގެން
އުޅުމަށްފަހު ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގައި 20 މާރޗް 2013 ގައި އިސްމާޢީލް އާތިފް،
އާމިނަތު ފާއިޒާ ވަރިކުރުމަށްފަހު މިވަރި 20 މާރޗް 2013 ގައި ފެމިލީ ކޯޓުގައި ސާބިތުކޮށް ވަރިކުރިތާ ތިން
ދުވަސް ފަހުން ދެމީހުން އަމިއްލައަށް ކައިވެނި ރުޖޫޢަކޮށް ޖިމާޢުވުމަށްފަހު އާމިނަތު ފާއިޒާ އޭނާގެ ރަށް
މ.ނާލާފުށްޓަށް އޮޅުވާލައިގެން 25 ޖުލައި 2013 ގައި އާމިނަތު ފާއިޒާ ލ.މާވަށު ހަޒާރުމާގޭ ޢަބްދުލް
ޙަކީމް ޤާސިމާއި، ކައިވެނިކޮށްފައިވާތީ އާމިނަތު ފާއިޒާއާއި، ޢަބްދުލް ޙަކީމް ޤާސިމް 25 ޖުލައި 2013 ގައި
މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ އެކޯޓުގެ ނަންބަރު 2013/K6C/07 ކައިވެންޏަކީ ޞައް
ކައިވެންޏަކަށް ނުވާތީ އެކައިވެނި ބާޠިލްކުރުމުގެ އަމުރެއް ނެރެދިނުމަށާއި، އިސްމާޢީލް އާތިފާއި، އާމިނަތު
ފާއިޒްއާއި ދެމީހުން ކައިވެނި އަމިއްލައަށް ރުޖޫޢަކުރި ކުރުމަކީ ޞައްޙަ ރުޖޫޢަ ކުރުމެއްކަމުގައި ކަނޑައަޅައި
ދެއްވުމަށް އެދި އިސްމާޢީލް އާތިފް އާމިނަތު ފާއިޒާގެ މައްޗަށް ހުށަހެޅުމުން ބެލުނު މައްސަލައެއްކަން
އެނގޭކަމާއި،
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ "ދެންފަހެ، އިސްވެދިޔަ ބަޔާންތަކާ ފާހަގަކުރެވުނު
ނުކުތާތަކަށް ބަލާއިރު އއ.މަތިވެރީ ނަދުވާ އިސްމާޢީލް އާތިފާއި، މ.ނާލާފުށީ ބިއުޓީފްލަވާރ އާމިނަތު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{014/HC-A/57
ފާއިޒާއާއި، ދެމީހުން 10 މާރޗް 2010 ގައި ކައިވެނިކޮށްއުޅުމަށްފަހު ދެމީހުންގެ ދެމެދުގައި ހިނގި
ދެބަސްވުމެއްގައި 20 މާރޗް 2013 ގައި އިސްމާޢީލް އާތިފާއި، އާމިނަތު ފާއިޒާ ވަރި ކުރުމަށްފަހު މިވަރި
20 މާރޗް 2013 ގައި ފެމެލީ ކޯޓުގައި ސާބިތުކޮށް ތިން ދުވަސްފަހުން އިސްމާޢީލް އާތިފާއި، އާމިނަތު
ފާއިޒާއާއި، ދެމީހުން އަމިއްލައަށް ކައިވެނި ރުޖޫޢަކޮށް ޖިމާޢުވުމަށްފަހު އާމިނަތު ފާއިޒާގެ ރަށަށް
މ.ނާލާފުއްޓަށް ގޮސް އިސްމާޢީލް އާތިފަށް އޮޅުވާލައިގެން 25 ޖުލައި 2013 ގައި އާމިނަތު ފާއިޒާ ލ.މާވަށު
ހަޒާރުމާގޭ ޢަބްދުލް ޙަކީމް ޤާސިމާ ކައިވެނި ކޮށްފައިވާތީ، އާމިނަތު ފާއިޒާއާއި، ޢަބްދުލް ޙަކީމް ޤާސިމާއި
ދެމީހުން 25 ޖުލައި 2013 ގައި މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައި ކޮށްފައިވާ އެކޯޓުގެ ނަންބަރު
2013/K6C/07 ކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށްނުވާތީ، އެކައިވެނި ބާޠިލްކުރުމުގެ އަމުރެއް
ނެރެދިނުމަށާއި، އިސްމާޢީލް އާތިފާއި، އާމިނަތު ފާއިޒާއާއި، ދެމީހުންގެ ކައިވެނި އަމިއްލައަށް ރުޖޫޢަކުރުމަކީ
ޞައްޙަ ރުޖޫތެއްކަމަށް ކަނޑައަޅައި ދެއްވުމަށް އެދި އިސްމާޢީލް އާތިފް އާމިނަތު ފާއިޒާގެ މައްޗަށް ހުށަހެޅި
މިދަޢުވާގައި އިސްމާޢީލް އާތިފާއި، އާމިނަތު ފާއިޒާއާއި، ދެމީހުންގެ ކައިވެނި ރުޖޫޢަކޮށްފައިވަނީ ޢާއިލާއާބެހޭ
ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް އިސްމާޢީލް އާތިފްގެ ބަހުންނާއި އާމިނަތު ފާއިޒާގެ
ބަހުން ޝަރީޢަތަށް ސާބިތުވާތީ، 25 ޖުލައި 2013 ގައި އާމިނަތު ފާއިޒާއާއި، ލ.މާވަށު ހަޒާރުމާގޭ ޢަބްދުލް
ޙަކީމް ޤާސިމްއާއި، ދެމީހުން މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ އެކޯޓުގެ ނަންބަރު
2013/K6C/07 ކައިވެންޏަކީ ބާޠިލް ކައިވެންޏެއްކަމަށް ކަނޑައަޅައިދޭނޭ އަމުރެއްނެރެދެވޭނޭ
ތަނެއް
ނެތްކަމަށާއި، އިސްމާޢީލް އާތިފްއާއި، އާމިނަތު ފާއިޒާއާއި، ދެމީހުން 22 މާރޗް 2013 ގައި ކައިވެނި
އަމިއްލައަށް ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫއެއްނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ." މިފަދައިންނެވެ.
-02
2
OXO
މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07
ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށްބުނެ އެޤަޟިއްޔާ އިސްތިއުނާފުކޮށްދިނުން
އެދި އއ.މަތިވެރި ނަދުވާ އިސްމާޢީލް އާތިފްގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެއްކަމާއި،
އެނުކުތާއަކީ، އިސްމާޢީލް އާތިފްއާއި އާމިނަތު ފާއިޒާއާއި ދެމީހުން އަމިއްލައަށް ކައިވެނި ރުޖޫޢަކުރިކަމަށް
ޝަރީޢަތުގެ މަޖިލީހުގައި ދެމީހުން އިޢުތިރާފްވެފައިވާއިރު، އެރުޖޫޢަކީ ޞައްޙަ ރުޖޫއެއް ނޫންކަމަށް
ކަނޑައެޅުމުގައި މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުން އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެ ހުށަހެޅި
ނުކުތާއެވެ"
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{014/HC-A/57
403 މިމައްސަލައާއި ގުޅިގެން މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/K6C/07 ޤަޟިއްޔާ ނިންމަވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ އއ.މަތިވެރި ނަދުވާ
އިސްމާޢީލް އާތިފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާއަށާއި، އެނުކުތާއާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި
ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، އއ.މަތިވެރި ނަދުވާ އިސްމާޢީލް އާތިފް އާއި މ.ނާލާފުށި ބިއުޓީފްލާވަރ
އާމިނަތު ފާއިޒާއާއި ދެމީހުން 10 މާރޗް 2010 މިތާރީޚުގައި ކައިވެނި ކޮށްފައިވާކަމަށާއި، މިދެމީހުން
ކައިވެނިކޮށްގެން
އިކޮށްގެން އުޅެމުން ދަނިކޮށް ދެމީހުންގެ މެދުގައި ހިނގި ދެބަސްވުމަކާ ގުޅިގެން 20 މާރޗް 2013
ގައި އިސްމާޢީލް އާތިފް، އާމިނަތު ފާއިޒާ ވަރިކުރި ކަމަށާއި އަދި މިތާރީޚުގައި އިސްމާޢީލް އާތިފް،
ފެމެލީކޯޓުގައި މިވަރި ސާބިތުކޮށްފައިވާކަން މިދެމީހުންގެ ބަހުން އެނގެން އޮންނަކަމަށް މިމައްސަލަ
ނިންމެވުމުގައި މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުން ފާހަގަ ކުރައްވާފައި އޮންނަކަމާއި،
oxOOL
އިސްމާޢީލް އާތިފް އާއި އާމިނަތު ފާއިޒާގެ މިވަރި 20 މާރޗް 2013 ގައި ސާބިތުކުރުމަށްފަހު،
އެތާރީޚުގެ 3 ދުވަސް ފަހުން މިދެމީހުން އަމިއްލަ އަށް ކައިވެނި ރުޖޫޢަކޮށް އެއްދާންކޮށް ޖިމާޢުވިކަމަށާއި،
އެކަން ކުރީ އާމިނަތު ފާއިޒާގެ ރުހުމުގައި ކަމަށް އިސްމާޢީލް އާތިފް ބުނާއިރު، ވަރިކުރިތާ 3 ދުވަސް ތެރޭގައި
އިސްމާޢީލް އާތިފް އާއެކު ޖިމާޢުވެފައި ނުވާނޭކަމަށާއި، ނަމަވެސް ވަރިކުރުމުގެ ފަހުން (ވަކިތާރީޚެއް ނެތް)
ދުވަހެއްގައި އިސްމާޢީލް އާތިފުއާ އެކު ޖިމާޢުވެފައިވާނޭކަމަށާއި އެކަންކުރީ ކައިވެނި ރުޖޫޢަކުރުމަށް
ދެމީހުންވެސް ރުހި އެއްބަސްވެގެންކަމަށް އާމިނަތު ފާއިޒާ ބުނެފައިވާކަން މިމައްސަލައާއި ގުޅިގެން މިދެފަރާތުން
މުލަކަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ދީފައިވާ ބަޔާނަށް ބެލުމުން އެނގެން
ދ ތ 2
4
އަނކުމެ"
(ނ) ދެވަނަ ކަމަކީ، އިސްމާޢީލް އާތިފްއާއި އާމިނަތު ފާއިޒާގެ ކައިވެނި ރޫޅުމަށްފަހު މިދެމީހުން
ކައިވެނި ރުޖޫޢަކުރުމަށް ރުހި އެއްބަސްވެގެން އެއްދާންކޮށް ޖިމާޢުވެފައިވާކަމަށް މިދެމީހުންމެ އެއްބަސްވެފައިވީ
ނަމަވެސް، ޢިއްދައިގެ މުއްދަތުގެ ތެރޭގައި މިކައިވެނި ރުޖޫޢަކުރުމަށް އިސްމާޢީލް އާތިފްވެސް އަދި އާމިނަތު
ފާއިޒާގެ ފަރާތުންވެސް ކޯޓަށް އެކަން ހުށަހަޅައި މިކައިވެނި ރަޖިސްޓްރީ ކޮށްފައިނުވާކަމާއި،
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
5
2{014/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
<< O
ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާގޮތުން އަމިއްލައަށް ކައިވެނި ރުޖޫޢަކޮށްފައިވެސް ކޯޓުގައި އެކައިވެނި
ރަޖިސްޓްރީ ނުކޮށްފިނަމަ އެކައިވެންޏެއް ރުޖޫޢަވީކަމަށްނުވާނެތީ ވަރިކުރިތާ 4 މަސްފަހުން އާމިނަތު ފާއިޒާ
އެހެން މީހަކާއި ކައިވެނިކުރީ ކަމަށާއި، އެގޮތަށް އާމިނަތު ފާއިޒާގެ ފަރާތުން ޢަމަލުކުރީ ކައިވެނި
ރުޖޫޢަކުރިކަން ކޯޓުގައި ރަޖިސްޓްރީކުރުމަށް އިސްމާޢީލް އާތިފްގެ ގާތުގައި ބުނުމުން އެކި ބަހަނާ ދައްކާ
އެކައިވެނި ކޯޓުގައި ރަޖިސްޓްރީ ކޮށްފައިނުވާތީކަމަށް އާމިނަތު ފާއިޒާ ބުނާއިރު، އިސްމާޢީލް އާތިފްގެ
މަސައްކަތް ހުރިގޮތުން މިކައިވެނި ރަޖިސްޓްރީކުރަން އެއްވެސް ކޯޓަކަށް ހުށަހަޅާފައި ނުވާނޭކަމަށް އިސްމާޢީލް
އާތިފްގެ ފަރާތުންވެސް އެއްބަސްވެފައިވާކަން އެނގެން އޮންނަކަމެ
ކަމެވެ.
(ނ) ތިންވަނަ ކަމަކީ، ޝަރުޢީ އިސްތިލާޙުގައި ކައިވެނި ރުޖޫޢަކުރުމުގެ މާނައަކީ، ރަޖްޢީ ވަރިއަކުން
ވަރިވެފައިވާ އަންހެނާގެ ޢިއްދާގެ ތެރޭގައި އަންބަކަށް ހެދުންކަމާއި،
ރަޖްޢީ ވަރިއަކީ، ތިމާގެ އަނބިމީހާއެކު އެއްދާންވެ ޖިމާޢުވުމަށްފަހު ފުރަތަމަ ނުވަތަ ދެވަނަ ފަހަރު
ކުރާ ވަރިކަމާއި، ކައިވެންޓެއްގެ މަތީގައި ތިބި ދެމީހުން ވަރިވުމަށްފަހު އެދެމީހުންގެ ދެމެދުގައި އޮތް
ދެމަފިރިކަމުގެ ގުޅުން ނިމުމަމަކަށް އަންނާނެކަމަށް ދަންނަބޭކަލުންގެ ތެރެއިން ގިނަ ދަންނަބޭކަލުން ރައުޔު
ފާޅުކުރައްވާފައިވާކަން އެނގޭކަމާއި، އަދި ކައިވެނި ރުޖޫޢަކުރުމެއް ނެތި ދެމަފިރިންހެން އުޅެ އެއްދާންކުރުމަކީ
ޙަރާމްކަމެއްކަމަށް އަލް އިމާމް އަބޫޙަނީފާ ފިޔަވައި އެހެނިހެން ދަންނަބޭކަލުން ވިދާޅުވާކަމާއި، އަދި
އެކައިވެނީގެ ގުޅުން އިތުރަށް ދެމިގެންދާނީ އެދެފަރާތުން އެކައިވެނި އަލުން ރުޖޫޢަކުރުމަށްފަހުގައިކަމަށާއި،
ކައިވެނި ރުޖޫޢަކުރުމުގެ ކުރިއަށް ވަރިކުރި އަންހެންމީހާ ފިރިހެންމީހާގެ މައްޗަށް ހުއްދަނުވާނެކަމާއި، ކައިވެނި
ރުޖޫޢަކުރަން ބޭނުންވެ
ބޭނުންވެއްޖެނަމަ އެކަން ކުރަން ޖެހޭނީ ޢިއްދައިގެ މުއްދަތުގެ
އިކަމަށާއި، ޢިއްދައިގެ
މުއްދަތުގައި ކައިވެނި ރުޖޫޢަކުރަން ބޭނުންވެއްޖެނަމަ
ބޭނުންވެއްޖެނަމަ ދެގޮތަކަށް ކައިވެނި ރުޖޫޢަކުރެވިދާނެކަމަށް ޢިލްމުވެރިންގެ
ބަސްފުޅުތަކުން އެނގެން އޮންނަކަމާއި،
2c2ދ
ޑރއކު2ނ
މީގެ ތެރެއިން ފުރަތަމަ ގޮތަކީ އަނގަބަހުން ކައިވެނި ރުޖޫޢަކުރުންކަމާއި، އޭގެ މިސާލަކީ ކަނބުލޭގެ
ރުޖޫޢަކޮށްފީމެ ފަދަ ގޮތަކަށް ފިރިމީހާ ބުނުންކަމާއި،
42c
މިސާލަކީ ދެމީހުން ކައިވެނި ރުޖޫޢަކުރުމުގެ
ދެވަނަ ގޮތަކީ ޢަމަލުން ރުޖޫޢަކުރުން ކަމާއި،
ނިޔަތުގައި އެއްދާންކުރުން ފަދަ ކަމެއްކުރުންކަމާއި:
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ފުލުސް ރިޕޯޓް
2{014/HC-A/57
xހއ 22
އަޗެނަމަވެސް
އަނގަބަހުން ކައިވެނި ރުޖޫޢަކުރެވިދާނެކަމަށް ގިނަ ޢިލްމުވެރިންގެ މެދުގައި އެއްބަސްވުން
ޢަމަލުން ކައިވެންޏެއް ރުޖޫޢަވުމާ މެދު ދަންނަބޭކަލުންގެ މެދުގައި ޚިލާފުތަކެއްވާކަން އެނގެން
އޮންނަކަމާއި:
މިގޮތުން އިޝާރާތްކުރެވުނު ފަދަ ޢަމަލަކުން ކައިވެނި ރުޖޫޢަވުމާ މެދު ޢިލްމުވެރިންގެ މެދުގައި ހުރި
ޚިލާފުތަކުގެ މައްޗަށް ބަލާއިރު، ޙަނަފީ، މާލިކީ، ޙަންބަލީ މަޒުހަބުގެ ގިނަ ޢިލްމުވެރިން ބުރަވަނީ ކުރާ
ޢަމަލަކުންވެސް ކައިވެންޏެއް ރުޖޫއަކުރެވިދާނެކަމުގައިކަމާއި
އެހެންނަމަވެސް އެޢަމަލެއް ކުރުމުން ކައިވެނި ރުޖޫޢަވާކަމަށް ބުނާ ޢަމަލުތަކަކީ ކޮބައިކަން އަދި
މިޢަމަލުކުރުމުގައި ކައިވެނި ރުޖޫޢަކުރުމުގެ ނިޔަތް އޮންނަން ޖެހޭނެކަން ނުވަތަ ނޫންކަމާ މެދު މިމަޒުހަބުތަކުގެ
މެދުގައިވެސް ޚިލާފު އޮންނަކަމާއި،
މިމަޒުހަބުތަކާއި ޚިލާފަށް ޝާފިޢީ މަޒުހަބާއި އިބްނު ޙަޒްމު ދެކިލައްވާގޮތުގައި ކައިވެނި ރުޖޫޢަކުރުމުގެ
ނިޔަތާއިލައިގެން ނުވަތަ އެނިޔަތުގައި ނޫންކަމަށްވިޔަސް ޢަމަލުން ރުޖޫޢަކުރުން އެއްވެސް
ހުއްދަވެގެންނުވާނެކަމަށާއި،
ދ9
ގެތަކެނޭ
އެފަދައިން ބުނުމުގައި މިރައުޔުގެ ޢިލްމުވެރިންގެ ޙުއްޖަތަކީ، ވަރިކުރުމަކީ ކައިވެންޏެއް ރޫޅޭ
ސަބަބެއްކަމުގައިވެފައި އަދި ވަރިކުރުމުން ކައިވެންޏެއް ނިމުމަކަށް އައުމުން، ވަރިކުރެވޭ އަންހެނާއަކީ
ވަރިކުރިމީހާއަށް ހިލޭ އަންހެނަކަށް ވާވުންކަމަށާއި، މިހެންކަމުން މިޙާލަތުގައި ވަރިކުރިމީހާއާއި އެކު
އެއްދާންކޮށް ޖިމާޢުވުމަކީ ޙަރާމްކަމެއްކަމަށް މިމަޒުހަބުގެ ދަންނަބޭކަލުން ދެކިލައްވާކަމާއި،
މީގެ އިތުރުން ކައިވެނި ރުޖޫޢަކުރުމަށްފަހު އެރުޖޫޢަކުރިކަމުގެ މައްޗަށް ބަޔަކު ދެކިކުރުވުމަކީ
އެރުޖޫޢަކުރި ކުރުން ސައްޙަވުމުގެ ޝަރުތެއްކަމަށް ދަންނަބޭކަލުންގެ ތެރެއިން ވަރަށް ގިނަ ޢިލްމުވެރިންގެ
ރައުޔު ފާޅުކުރައްވާފައިވާކަމާއި، މިފަދައިން ބުނާ ބުނުމުގައި މިބޭކަލުންގެ ޙުއްޖަތަކީ، އައްތަލާޤު ސޫރަތުގެ 2
ވަނަ
އާޔަތްކަމާއި،
އެއާޔަތުގައި މާތް
ވަޙީކުރައްވަނީ"
فإذا بلغن أجله أميگوله بم وفي أو فارقوهن بمعروف وأشهدوا ذوي عدلي منكم وأقيموا الشهادة يلي
A ޓު ކައް” އަ: 6 ލުއި 2، 15 ޖެޅުނީ ޤުޅ ވަا ޝާﷲ ޝާﷲ ޖަލް ޤު 52 ލާ! މާނައަކީ ”ފަހެ، އެކަނބަލުންގެ
هلގ ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކާވެނި
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
7
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{014/HC-A/57
(→ ކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން للވެރި
ދެމީހުން ހެކިކުރާށެވެ! އަދި ﷲއަށްޓަކައި ތިޔަބައިމީހުންގެ ހެކިބަސް އަދާކުރާށެވެ! ﷲ އަށާއި، ޤާފޤުދުވަހަށް
هلވާ މީހުންނަށް هلލޤު ދެއްވާފައިވާ ގޮތަކީ އެއީއެވެ. އަދި ﷲއަށް هޕގވެރިވާމީހާ ދަންނާށެވެ!) އެކަލާނގެ
އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. ކަމާއި،
ހއ 4
2
2
2 -
0x3
މިގޮތުން މިއާޔަތް ތަފްސީރުކޮށްދިނުމުގެ ގޮތުން ޢިލްމުވެރިން ފާޅު ކުރައްވާފައިވާ ރައުޔުތަކަށް
އަލް އިމާމް ޝާފިޢީގެފާނުގެ ރިވާޔަތެއްގައި، ކައިވެނި ރުޖޫޢަކުރުމުގައި ހެކި ކުރުވުމަކީ
ވާޖިބެއްކަމުގައި ބަޔާންކުރައްވާފައިވާކަމާއި، ހަމައެފަދައިން އިމާމް އިބްނު ޙަޒްމް ވިދާޅުވާ ގޮތުގައި އިޝާރާތް
ކުރެވުނު ތަލާޤު ސޫރަތުގެ 2 ވަނަ އެއާޔަތުގައި އަމުރު އައިސްފައިވަނީ ވަރި ކުރާއިރު އަދި ކައިވެނި
ރުޖޫޢަކުރުމުގައިވެސް ދެކިކުރުވުން ވާޖިބުވާ ގޮތަށްކަމަށާއި، މިހެންކަމުން ހެކި ނުކޮށް ޢަމަލުން ކައިވެނި
ރުޖޫޢަކުރާ ކުރުން ސައްޙަ ނުވާނެކަމަށާއި ހަމައެގޮތަށް އަނގަބަހުން ރުޖޫޢަކޮށްފީމޭ ބުނުމަށްފަހު އެކަމަށް
ޢިއްދައިގެ މުއްދަތުގެ ތެރޭގައި ހެކި ނުކޮށްފިނަމަ އެރުޖޫޢަކުރިކުރުން ސައްޙަނުވާނޭކަމަށް މިއާޔަތުން ދަލީލު
ލިބޭކަމަށް އިބުނު ޙަޒްމު ވިދާޅުވާކަމާއި އަދި މިއާޔަތް ތަފްސީރުކުރުމުގައި އިބްނު ޙަޒްމު އިތުރަށް
ވިދާޅުވެފައިވަނީ، މިއާޔަތުގައި އަމުރު އައިސްފައިވާ ހެކިކުރުވުމުގެ ޢިބާރާތް، ކައިވެނި ރުޖޫޢަކުރުމާއި
ވަރިކުރުމުގައި ފަރަޤުނުކުރައްވާކަމަށާއި، މިހެންކަމުން ވަރިކުރުމަށްފަހު އެކަމުގެ މައްޗަށް ޢަދުލުވެރިޔަކު
ހެކިކޮށް ހެކި ނުކުރުވައިފިނަމަ އަދި ރުޖޫޢަކުރުމަށްފަހު އެރުޖޫޢަކުރިކަން ޢަދުލުވެރިޔަކު ހެކިކޮށް
ހެކިނުކުރުވައިފިނަމަ އެކުރެވެނީ މާތް ﷲ އަމުރުކުރައްވާފައިވާ ކަމަކަށް އިންކާރުކުރުންކަމަށާއި، އަދި އެގޮތަށް
ހެކިކުރުވުމުގެ ބޭނުމަކީ ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރުމާއި، ކައިވެނި ރުޖޫޢަވެއްޖެކަމާއި މެދު ދެފަރާތުގެ
ދެމެދުގައި އުފެދިދާނެ ޚިލާފަކުން ސަލާމަތްކޮށްދިނުންކަން އެނގޭކަމަށް ބުނެ މިކަންކަން
ފާހަގަކުރައްވާފައިވާކަމާއި، މީގެ އިތުރުން އަލް އިމާމް ފަޚްރުއްދީން އައްރާޒީ އާއި، އަލް އިމާމް އިބްނު ޖަރީރު
އައްތަބަރީ ފަދަ ބޭކަލުންގެ ރައުޔުގައިވެސް އަދި މިޒަމާނުގެ ބައެއް ދަންނަ ބޭކަލުން ފާޅުކުރައްވާފައިވާ
ރައުޔުތަކުގައިވެސް ކައިވެންޏާއި އެއްފަދައިން ވަރިކުރުމާއި ކައިވެނި ރުޖޫޢަކުރުމުގައި ޢުޒުރެއް އޮވެގެން މެނުވީ
ޢަދުލުވެރިބަޔަކު ހެކިކުރުވުން ވާޖިބުވާނޭކަން އިޝާރާތްކުރެވުނު އާޔަތުން ދަލީލު ކޮށްދޭކަމަށް ވިވާ
ވިދާޅުވާކަމާއި
)
ހަމައެފަދައިން ރުޖޫޢަކުރުމަކީ ކައިވެންޏެއް އަލުން އަނބުރާ އިޢާދަކުރުންކަމުގައިވާއިރު، އެންމެ
ފުރަތަމައިން ކުރެވޭ ކައިވެނި ސައްޙަވުމުގެ ޝަރުތުތަކަށް ރުޖޫޢަކުރާކުރުން ޤިޔާސް ކުރެވިދާނެކަމަށް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ފުލުސް ރިޕޯޓް
2{14/HC-A/57
ދެކޭކަމަށްވެސް މިބޭކަލުންގެ ރައުޔު ފާޅުކުރައްވާފައިވާކަން އެނގޭއިރު، ކައިވެންޏެއް ސައްޙަ ވުމުގެ
ޝަރުތުތަކުގެ ތެރޭގައި އެކައިވެންޏަކަށް ބަޔަކު މީހުން ހެކިކުރުވުން ހިމެނޭކަން އެނގޭކަމާއި،
ކައިވެނި ރުޖޫޢަކުރުމާއި ބެހޭގޮތުން ފެންނަން ހުރި އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ ލިޔުންތަކާއި
އެކަމާ ގުޅޭ ގޮތުން ފެންނަން ހުރި ފޮތްތަކަށް ބެލުމުން އަދި އިޝާރާތްކުރެވުނު ދަންނަ ބޭކަލުންގެ ރައުޔުތަކަށް
ބެލުމުން، ކައިވެނި ރުޖޫޢަކުރެވޭގޮތްތައް އެއީ ޤަތުޙީ ނައްސަކުން އަދި ޤަތުއީ ދަލާލަތަކުން ސާބިތުވެ
ކަނޑައެޅިފައިވާ ގޮތްތަކެއް ނޫންކަން އެނގޭކަމާއި، އިސްވެ އިޝާރާތްކުރެވުނު ފަދައިން ކައިވެނި ރުޖޫޢަކުރެވޭ
ގޮތްތަކަކީ އެގޮތްތަކާއިމެދު ދަންނަބޭކަލުންގެ މެދުގައި ފުޅާދާއިރާއެއްގައި ބަހުސްކުރެވިފައިވާ އަދި އެގޮތްތަކާ
މެދު އެބޭކަލުންގެ މެދުގައި ތަފާތު ރައުޔުތައް ފާޅުކުރެވިފައިވާ އިޖުތިހާދު ކުރުން ހުއްދަ މައްސަލައެއްކަން
އެނގޭކަމެވެ.
(ހ) ހަތަރުވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގައި
ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު
މަސްދަރުކަމަށާއި، ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށް
އޮންނައިރު،
ޤާނޫނުއަސާސީގެ ވަނަ މާއްދާގައި، ފަނޑިޔާރުން ޢަމަލުކުރާނީ
ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައި ނުވާކަންކަން
ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށް
އޮންނަކަމާއި،
ހހ 0
042
19ނގ
142
އިސްލާމްދީނުގެ އަޞްލުކަމުގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ
ކަންކަމުގެ ތެރެއިން، އެކަމެއްގެ ސައްޙަކަމާމެދު ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި މިދެއަޞްލުން
ދޭހަކޮށްދޭ އުޞޫލުތައް
ޞޫލުތައް ކަމަށް ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި އިސްލާމްދީނުގެ އަޞްލުތައް
މާނަކޮށްފައިވާކަމާއި،
ޤާނޫނުއަސާސީގެ މިމާއްދާތައް އެކުއެކީގައި ކިއުމުން ދޭހަކޮށްދޭ ޖުމްލަ މާނައަކީ އިސްލާމްދީނުގެ
އަޞްލުތަކާ ޚިލާފުނުވާގޮތަށް ހެދޭ ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަމެއް ކުރަންޖެހޭ ގޮތް ބަޔާންވެގެންވާނަމަ
ޢަމަލުކުރަންޖެހޭނީ އެގޮތަކަށްކަމާއި، މައްސަލަ ނިންމުމުގައި ފަނޑިޔާރުން އިސްލާމީ ޝަރީޢަތުގައި އެކަމެއް
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
9
2{14/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ފުލުސް ރިޕޯޓް
xތ
އޮތް ގޮތުގެ މައްޗަށް ރިޢާޔަތްކުރަންޖެހޭނީ އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާގޮތަށް ހެދިފައިވާ
ޤާނޫނުތަކާއި ޤަވާޢިދުތަކުގައި އެކަމަކާއި ގުޅޭގޮތުން ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމުގައި ކަމާއި؟
އިސްވެ އިޝާރާތްކުރެވުނު ފަދައިން ކައިވެނި ރުޖޫޢަކުރެވޭ ގޮތްތަކަކީ އެކަން ވަކިގޮތަކަށް
ކުރަންޖެހޭކަމަށް ޤަތުޢީ ނައްސަކުން އަދި ޤަތުޢީ ދަލާލަތަކުންވެސް ސާބިތުވެފައިނެތްކަމެއް ކަމުގައިވާއިރު،
ދިވެހިރާއްޖޭގައި ކައިވެންޏެއްރުޖޫޢަކުރަންވެއްޖެނަމަ އެކަން ކުރުމުގައި ޢަމަލުކުރަންޖެހޭނެ ގޮތް ޤާނޫނު ނަންބަރު
4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގައި ބަޔާންކުރެވިފައިވާކަމާއި؟
ރި 0
cދ
UC O
މިގޮތުން ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި ”ރަޖްޢީ ވަރިއަކުން ވަރިކުރުމަށްފަހު،
ކައިވެނި ރުޖޫޢަކުރަނީ ރާއްޖޭގައި ނަމަ، ކައިވެނި ރުޖޫޢަކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ޝަރުޢީ ހަމަތަކުގެ
މަތިން، ކަމަށް ބަޔާންކޮށްފައިވާއިރު، އެމާއްދާގެ (ށ) ގައި މިމާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތީން
ކައިވެންޏެއް ރުޖޫޢަކުރުމުން، ރުޖޫޢަކުރެވުނު ކައިވެންޏާބެހޭ މަޢުލޫމާތު ކޯޓުން ކައިވެނީގެ ރަޖިސްޓްރާރ އަށް
ފޮނުވަންވާނެކަމަށް އޮންނައިރު، އެޤާނޫނުގެ 69 ވަނަ މާއްދާގައި "އެއްވެސް މީހަކު އޭނާގެ އަނބިމީހާ
ވަރިކުރުމަށްފަހު، މިޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތީން ކައިވެނި ރުޖޫޢަކުރުމެއްނެތި، ދެމަފިރިއަކު ފަދައިން
އުޅެމުންދިއުމަކީ ކުށެއްކަމަށާއި އަދި ފިރިހެނާއާއެކުގައި ދިރިއުޅެމުން ގެންދާ އަންހެނާވެސް އެކުރަނީ
މިކުށުން ކުއްވެރިވެއްޖެ މީހެއްގެ އަދަބަކީ -/1000ރ. (އެއްހާސްރުފިޔާ) އަށްވުރެ ބޮޑުނޫން
ޢަދަދަކުން ޖޫރިމަނާކުރުން ނުވަތަ 06 މަސް ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އަރުވާލުން، ނުވަތަ ގޭގައި
ބަންދުކުރުންކަމަށް އޮންނަކަމާއި، ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގައި ކައިވެނި
ރުޖޫޢަކުރުމާ ގުޅޭ ގޮތުން ހުރި މިމާއްދާތަކުގެ މައްޗަށް ބެލުމުން ދިވެހިރާއްޖޭގައި ކައިވެންޏެއް ރުޖޫޢަކުރަން
ވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކަމާ ގުޅޭ ކޯޓަށް ހުށަހަޅައިގެންކަން އަދި އެނޫން ގޮތަކަށް ކައިވެނި
ރުޖޫޢަނުކޮށް ދެމަފިރިންހެން އުޅުމަކީ އެޤާނޫނުގެ ދަށުން އަދަބުލިބިގެންވާ ކުށެއްކަން އެނގޭކަމެވެ.
މ 04 ހދދު
ނއތނގއ
(.) ފަސްވަނަ ކަމަކީ، އިސްލާމީ ފިޤުހުގެ ޤަވާޢިދުތަކުގެ ތެރޭގައި ހިމެނޭ މތ هللل– ދهلނީ هل ~لا
لهلޓު " ދަރްއުލް މަފާސިދު މުޤައްދަމުން ޢަލާ ޖަލްބުލް މަސާލިޙު" މިޤަވާޢިދަށް ބެލުމުން، މަންފާހުރިކަމެއް
ގެނެސްގަތުމުގައްޔާއި، ގެއްލުންދެނިވިކަމެއް ހުއްޓުވުމުގެ ގޮތުން ނުވަތަ އެފަދަ ކަމެއް ނައްތާލުމުގެ ގޮތުން
ކުރެވޭ އެންމެހައި ކަންކަމަކީ އިސްލާމްދީން ހުއްދަކުރައްވާފައިވާ އަދި އެކަންކަމުގެ މައްޗަށް ބާރު އަޅުއްވާފައިވާ
ކަންތައްތަކެއްކަން އެނގޭކަމާއި؛
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
10
2{014/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
ހ ކ ކހ 04
މަސްލަޙަތެއް
މިގޮތުން ޤަތުޢީ ނައްސަކުން ނުވަތަ ޤަތުޢީ ދަލީލަކުން ވަކިކަމެއް ވަކިގޮތަށް ޢަމަލުކުރުން
ލާޒިމްވެފައިވާ ކަންކަން ފިޔަވައި، އެހެނިހެން ކަންކަމުގައި ފަސާދައެއް ދުރުކޮށް
ގެނަސްގަތުމަށްޓަކައި، އަދި ޖަމާޢަތުގެ މަސްލަޙަތަށްޓަކައި ވަކިގޮތަކަށް ޢަމަލުކުރަން އެންގުމަކީ ޤާނޫނުހަދާ
ފަރާތްތަކުގެ މައްޗަށް ލިބިގެންވާ ބާރެއްކަމާއި، އަދި އެފަދައިން ޢަމަލުކުރަން އެންގުމަކީ ގޮތުން
މަނާކުމެއްކަމުގައި ނުބެލެވޭކަމާއި؛
22 22
ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނުގައިވެސް ކައިވެނި ކުރުމާއި، ވަރިކުރުމާއި ކައިވެނި
ރުޖޫޢަކުރުމަށްޓަކައި ކޯޓަށް ހުށަހަޅައި އެކަން ކޯޓުގައި ރަޖިސްޓްރީކުރުން ޤާނޫނުން ލާޒިމްކޮށްފައިވަނީ
ކުރިމަތިވެދާނެ ފަސާދައަކުން ދުރުކުރުމަށްޓަކައި އަދި އެކަމުގައި މަސްލަޙަތެއް ގެނެސްދިނުމަށްޓަކައި ކަން
އެނގޭކަމާއި،
ހުޅު
މިގޮތުން ބަލާއިރު ކުރެވޭ ކައިވެނިތަކާއި ވަރި އަދި ކައިވެނި ރުޖޫޢަކުރުން ފަދަ ކަންކަން ކޯޓު
ދުވެރިނުކޮށް އަމިއްލަ އަމިއްލައަށް ކުރެވޭނަމަ އެކަމުގެ ސަބަބުން އިޢާދަނުކުރެވޭފަދަ އެތައް އެތައް
ގެއްލުންތަކެއް ލިބިގެން ހިނގައިދާނެކަމާއި، މީގެ ތެރޭގައި ނަސަބު އޮޅިގެން ދިއުމާއި، ޚަރަދުކުރުމުގެ ޒިންމާ
އުފުލާނެ ފަރާތްތަކެއް ނެތް ދަރިންތަކެއް އުފަންވުމާއި، އަނބި ފިރިން ޔަޤީން ނުވުމާއި، ޢިއްދަކަށަވަރުނުވުން
ފަދަ ކަންކަން ހިމެނިގެންވާއިރު، ކޯޓަށް ހުށަނާޅާ އަމިއްލައަށް ކައިވެނި ރުޖޫޢަކުރާނަމަ ކަންކަން އޮޅުން
ބޮޅުންވެ ތަފާތު އިޖުތިމާޢީ މައްސަލަތަކެއް ނިކުމެދާނެކަމަށް ޤަބޫލުކުރެވޭކަމާއި، މިކަން އިސްތިއުނާފު މިކުރެވޭ
މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބެލުމުންވެސް އެނގޭކަމާއި،
2c22
މިގޮތުން އިސްތިއުނާފު މިކުރެވޭ މައްސަލައިގައި ފެންނަން ހުރި ޙަޤީޤަތްތަކުގެ މައްޗަށް ބެލުމުން،
އިސްމާޢީލް އާތިފްއާއި އާމިނަތު ފާއިޒާގެ ކައިވެނި ރޫޅުމަށްފަހު، އެދެމީހުންގެ ކައިވެނި ކޯޓުގައި ރުޖޫޢަކުރުމަށް
ކޯޓަށް ހުށަނުއަޅާ އަމިއްލައަށް މިކައިވެނި ރުޖޫޢަކުރީކަމަށް އިސްމާޢީލް އާތިފު މިހާރު ބުނާއިރު، މިކައިވެނީގެ
ޢިއްދައިގެ މުއްދަތު ހަމަވުމުން އަދި އާމިނަތު ފާއިޒާ އެއްވެސް މީހަކާއި ކައިވެނި ކޮށްގެން އުޅޭކަން ރަސްމީ
ލިޔުންތަކުން ސާބިތުވާން ނެތުމުން އާމިނަތު ފާއިޒާ މިހާރު ދިރިއުޅެމުންދަނީ އެހެން މީހަކާއި ކައިވެނި
ކޮށްގެންކަމާއި، އަދި ފަހުން މިކުރެވުނު ކައިވެންޏަށް ދަރިއަކުވެސް ލިބިފައިވާކަމަށް އާމިނަތު ފާއިޒާގެ ފަރާތުން
ބުނެފައިވާކަމާއި، މިޙާލަތުގައި އާމިނަތު ފާއިޒާގެ ފަހުގެ ކައިވެނި ރޫޅާލައި ކުރީގެ ކައިވެނި އިސްމާޢީލް އާތިފު
މިހާރު ބުނާ ބުނުމެއްގެ މައްޗަށް ރުޖޫޢަކޮށްދީފިނަމަ، މިކަމުގައި ޢާއިލީ އަދި އިޖުތިމާއީ އެތަކެއް މައްސަލަތަކެއް
ނިކުމެގެން ހިނގައިދާނެކަން އެނގޭކަމެވެ.
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ފުލުސް ރިޕޯޓް
2{014/HC-A/57
سد الذريعة
(ޅ) ހަވަނަކަމަކީ، [ هلاهل [y هل هވ هل " މާލާ އަތިއްމުލް ވާޖިބު އިއްވާ ބިހީ ފަހުވަ
ވާޖިބު" އެކަމަކާއި ނުލައި ވާޖިބުކަންތައް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމަކީ ވާޖިބުކަމެވެ އަދި
"ސައްދުއްޒަރީޢާ" ނުވަތަ ނުބައިކަމަކަށް އޮތް ދޮރު ބަންދުކޮށްލުން މިއީ އިސްލާމީ ފިޤުހުގެ ޤަވާޢިދުތަކުގެ
ތެރެއިން ހިމެނޭ ދެޤަވާޢިދުކަމާއި، މިޤަވާޢިދުތަކަށް ބެލުމުން މިޤަވާޢިދުތަކުން ދެނެގަނެވޭ ޖުމްލަ މާނައަކީ،
އިސްލާމްދީނުގައި އެކަމެއްކުރުން މަނާކޮށްފައިނުވާ ޢަމަލެއް ކުރުމުގެ ނަތީޖާއަކީ ފަސާދައަށް ނުވަތަ
ނުބައިކަމަކަށް ދޮރުހުޅުވާލުންކަމުގައިވާނަމަ އެޢަމަލެއް ކުރުން މަނާކުރެވެން ޖެހުންކަމާއި، އަދި އެކަމަކާއި
ނުލައި ވާޖިބެއް ފުރިހަމަ ނުކުރެވޭ ކޮންމެ ކަމެއްވެސް ލާޒިމްކުރެވެން ޖެހުންކަމާއި
މިގޮތުން ދެމަފިރިއެއްގެ ކައިވެންޏެއް ރޫޅުމަށްފަހު އެކައިވެނި ކުރިކަން އިޢުލާނުކުރުމެއްނެތި އަދި
އެކަން ކޯޓުގައި ރަޖިސްޓްރީ ކުރުމެއްނެތި އެދެމީހުން އަމިއްލައަށް ހިންގާ ގުޅުމެއްގެ ސަބަބުން ކައިވެނި
ޖޫޢަކުރެވުނީ ކަމުގައި ކޯޓުތަކުން ބަލައިގަންނަނީ ނަމަ، އެއީ ފަހަރުގައި އެކަމުގެ ސަބަބުން ފަސާދައަށް މަގު
ހުޅުވިގެން ހިނގާދާނެ އަދި އެކަމުގެ ސަބަބުން ނުބައި ނަތީޖާތަކެއް ނިކުމެދާނެކަމެއް ކަމާއި،
04x
މީގެ މިސާލަކަށް މިފަދަ ގުޅުމެއް ހިންގުމަށްފަހު އެކައިވެނި ރުޖޫޢަކުރިކަމުގެ މައްޗަށް ދެމީހުންގެ
ތެރެއިން އެކަކު އިންކާރުކޮށްފިނަމަ އެކައިވެންޏެއް ރުޖޫޢަވިކަން ސާބިތުކުރެވޭނެ ގޮތެއް ނެތުމާއި އަދި މިފަދަ
ޙާލަތުގައި ބަނޑުގައިވާ ދަރިފުޅުގެ ނަސަބު ނަފީވެ، އެދަރިފުޅުގެ ނަސަބު ކަށަވަރުކުރަން ދަތިވުންފަދަ ތަފާތު
އެތައް އެތައް މައްސަލަތަކެއް ކުރިމަތިވެދާނެކަމާއި،
އެކަން
ޢާއިލާއާބެހޭ ޤާނޫނުގައި ކޯޓަށް ހުށަހަޅައިގެން ކައިވެނި ރުޖޫޢަކުރިކުރުމަށާއި،
ރަޖިސްޓްރީކުރުމަށް އަންގާފައިވަނީ މިފަދަ ސަބަބުތައް މިގޮތަށް ހުރުމުންކަމަށް ޤަބޫލުކުރެވޭކަމާއި، މިހެންކަމުން
ކޯޓުގައި ކުރިން ރަޖިސްޓްރީ ކުރުމެއްނެތި ދެމީހުން އަމިއްލައަށް ކައިވެނި ރުޖޫޢަކުރިކަމަށް ބުނެ
އެއްދާންކުރުމަށްފަހު ކޯޓަށް އައުމުން އެކަން ކޯޓުން ބަލައިގަންނަމުން ދަނީ ކަމުގައިވަނީ ނަމަ އެކަމަކީ
ފަސާދައަށް ނުވަތަ ނުބައިކަމަކަށް އަރައިގަތުމަށް އިތުރަށް ލިބިގެންވާ ހިތްވަރެއްކަމުގައި ބެލެވެން ފަށާފާވާނެކަން
އެނގެން އޮތް އިރު، ނަސަބު ސާބިތުކުރުމާއި، ޢާއިލީ ހަމަޖެހުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، މަސްލަޙަތު
އިސްކުރުމާއި، ފަސާދައިން ދުރުވުން ފަދަ ކަންކަމަކީ އެކަންކަމުގެ މައްޗަށް އިސްލާމްދީން ނުހަނު ބާރު
ވާފައިވާކަންކަން ކަމުގައިވާއިރު، މިޒަމާނުގައި ކަން ހިނގަމުންދާ ގޮތުގެ މައްޗަށާއި، ޙާލަތުގެ މައްޗަށް
ރިޢާޔަތްކުރާއިރު، މިކަންކަން ޙާސިލުވާން އޮތީ މިގޮތަށް ދޭދޭ ފަރުދުންގެ ދެމެދުގައި ކުރެވޭ މިފަދަ
ކައިވެނިތަކާއި، ވަރިތައް އަދި ކައިވެނި ރުޖޫޢަކުރުންފަދަ ކަންކަން، މިކަންކަމުގެ ޝަރުޢީ މަޤްސަދުތައް
0 0 0
2020 ތ
އަޅުއފ
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
12
2014/HC-A/57
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
24 2
*ހ2
ޙާސިލުކުރުމުގެ ބޭނުމުގައި އެކަންކަން ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިންކުރުމާއި އަދި ކަމާ
ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވޭ
އެނގެން އޮތުމުން އެކަމަކީ ލާޒިމް
ކުރެވިދާނެކަމެއްކަން އެނގޭކަމާއި،
xމގ ތ ދ ތ
އޮތުމުންކަން
ކައިވެނި ރުޖޫޢަކުރުމާއި ގުޅޭގޮތުން ފެންނަން ހުރި އިސްވެ އިޝާރާތްކުރެވުނު ޤާނޫނުތަކާއި ކައިވެނި
ރުޖޫޢަކުރުމާއި ގުޅޭގޮތުން ޢިލްމްވެރިންގެ މެދުގައި ކުރެވިފައިވާ ބަޙުސްތަކުގެ މައްޗަށާއި ފިޤުހީ ޤަވާޢިދުތަކަށް
ބެލުމުން، ދިވެހިރާއްޖޭގައި ކައިވެންޏެއް ރުޖޫޢަކުރަންވެއްޖެނަމަ އެކަން ކުރަންޖެހޭނީ ކަމާއިބެހޭ ކޯޓަކަށް
ހުށަހަޅައިގެން އެކަން ރަޖިސްޓްރީކުރުމަށްފަހުގައިކަން އަދި އެނޫންގޮތަކަށް ކުރެވޭ ރުޖޫއަކީ ސައްޙަ ރުޖޫޢަކަށް
ބެލެވިގެންނުވާނެކަން ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ) ގައިވާ
ޢިބާރާތަށް ބެލުމުން އަދި އެމާއްދާއިން ޙާސިލްކުރަންބޭނުންވާ މަޤްސަދަށް ބެލުމުން އެނގޭކަމާއި، މިގޮތުން
ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) ގައި "ރަޖްޢީ ވަރިއަކުން ވަރިކުރުމަށްފަހު، ކައިވެނި
ރުޖޫޢަކުރަނީ ރާއްޖޭގައި ނަމަ، ކައިވެނި ރުޖޫޢަކުރަންވާނީ، ކޯޓަށް ހުށަހަޅައިގެން، ޝަރުޢީ ހަމަތަކުގެ މަތިން“
ކަމުގައި ބަޔާންކޮށްފައި އޮތުމުގެ ބޭނުމަކީ އެކަމުން ޝަރުޢީ މަސްލަޙަތުތަކެއް ޙިމާޔަތްކުރުންކަން އެނގޭކަމާއި
އަދި އެއީ ދެފަރާތުގެ ޙައްޤުތައް ރައްކާތެރިކުރެވޭ، ކައިވެނި ރުޖޫޢަވެއްޖެކަމާއި މެދު ދެފަރާތުގެ ދެމެދުގައި
އުފެދިދާނެ ޚިލާފުތަކަކުން ސަލާމަތްތެރިކޮށްދޭ ކަމެއްކަމުގައިވާކަމާއި،
މަސްލަޙަތުތަކެއް
އިސްވެ އިޝާރާތްކުރެވުނު ފަދައިން ކައިވެނި ރުޖޫޢަކުރުމުގެ މައްސަލައަކީ ޚިލާފީ މައްސަލައެއްކަމާއި
މިހެންކަމުން މިފަދަ ޚިލާފީ މައްސަލައެއްގައި އަދި ވަކިން ޚާއްސަކޮށް އެމައްސަލައަކާއިމެދު ވަކިގޮތަކަށް
ޢަމަލުކުރުން ޤަތުޙީ ނައްސަކުން ނުވަތަ ދަލީލަކުން ސާބިތުވާން ނެތްކަންކަމުގައި އެކަމަކުން ޝަރުޢީ
ޙިމާޔަތްކުރުމަށްޓަކައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުނާރާގޮތަށް ހެދޭ ޤާނޫނުތަކާއި
ޤަވާޢިދުތައް ހެދުމުގެ ބާރަކީ ދައުލަތުގެ މައްޗަށް ލިބިގެންވާނެ ބާރެއްކަން އެނގޭކަމާއި އަދި މިފަދަ ޝަރުޢީ
މަސްލަޙަތުތައް ޙިމާޔަތްކުރުމަށްޓަކައި ހެދޭ އެފަދަ ޤާނޫނުތަކާއި ޤަވާޢިދުތަކަކީ އެޤާނޫނުތަކާއި ޤަވާޢިދުތައް
ޝަރުޢީ އަސްލަކާއި ފުށުނާރާހާ ހިނދަކު އެޤާނޫނުތަކާއި ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން ކޮންމެ
ފަރުދެއްގެ މައްޗަށްވެސް ލާޒިމްވެގެންވާ ޤާނޫނުތަކަކާއި ޤަވާޢިދުތަކެއް ކަމާއި، އަދި އެފަދައިން ޢަމަލުކުރުމަކީ
އައްނިސާއު ސޫރަތުގެ 59 ވަނަ އާޔަތުގައިވާ " هللا ޤާهلاهلވ ޘަهلﷲه , هلބޮވީ للهل هلهلل لދު
منكم فإن تنازعتم في شيء فردوه إلى الله والرسول إن كنتم تؤمنون بالله واليوم الآخر ذك خير وأحسن
لهللا( މިއާޔަތުގައި އަމުރުކުރައްވާފައިވާ އިންތަކުގެ ތެރޭގައި ހިމެނޭކަމެއްކަން އެނގޭކަމެވެ.
2
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
13
ޤަޟިއްޔާ ނިމުނު ގޮތުގެ ފުލުސް ރިޕޯޓް
2014/HC-A/57
( ހަތްވަނަކަމަކީ، އިސްތިއުނާފު މިކުރެވޭ މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު
2013/K6C/07 ޤަޟިއްޔާގައި ކަން ހިނގާދިޔަ ގޮތުގެ މައްޗަށް ބަލާއިރު، އެޤަޟިއްޔާގައި އިސްމާޢީލް
އާތިފްގެ ފަރާތުން އެދިފައިވަނީ އއ.މަތިވެރި ނަދުވާ އިސްމާޢީލް އާތިފް، މ.ނާލާފުށީ ބިއުޓީފްލާވަރ އާމިނަތު
ފާއިޒާއާއި، ދެމީހުން 10 މާރޗް 2010 ގައި ކައިވެނިކޮށްގެން އުޅުމަށްފަހު ދެމީހުންގެ މެދުގައި ހިނގި
ދެބަސްވުމެއްގައި 20 މާރޗް 2013 ގައި އިސްމާޢީލް އާތިފް، އާމިނަތު ފާއިޒާ ވަރިކުރުމަށްފަހު މިވަރި 20
މާރޗް 2013 ގައި ފެމިލީ ކޯޓުގައި ސާބިތުކޮށް ވަރިކުރިތާ ތިން ދުވަސް ފަހުން ދެމީހުން އަމިއްލައަށް
ކައިވެނި ރުޖޫޢަކޮށް ޖިމާޢުވުމަށްފަހު އާމިނަތު ފާއިޒާ އޭނާގެ ރަށް މ.ނާލާފުށްޓަށް ގޮސް އޮޅުވާލައިގެން 25
ޖުލައި 2013 ގައި އާމިނަތު ފާއިޒާ ލ.މާވަށު ހަޒާރުމާގޭ ޢަބްދުލް ޙަކީމް ޤާސިމާއި، ކައިވެނިކޮށްފައިވާތީ
އާމިނަތު ފާއިޒާއާއި، ޢަބްދުލް ޙަކީލް ޤާސިމް 25 ޖުލައި 2013 ގައި މ.ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގައި
ކޮށްފައިވާ އެކޯޓުގެ ނަންބަރު 2013/K6C/07 ކައިވެންޏަކީ ޞައްޙަ ކައިވެންޏަކަށް ނުވާތީ އެކައިވެނި
ބާޠިލްކުރުމުގެ އަމުރެއް ނެރެދިނުމަށާއި، އިސްމާޢީލް އާތިފާއި، އާމިނަތު ފާއިޒާއާއި ދެމީހުން ކައިވެނި
އަމިއްލައަށް ރުޖޫޢަކުރި ކުރުމަކީ ޞައްޙަ ރުޖޫޢަ ކުރުމެއްކަމުގައި ކަނޑައަޅައި ދެއްވުމަށް އެދިގެން ކަން
އެނގޭކަމާއި، މިމައްސަލައިގައި ޙުކުމްކުރައްވަމުން، އިސްމާޢީލް އާތިފް އައިމިނަތު ފާއިޒާ ވަރިކުރުމަށްފަހު
އެކައިވެނި ރުޖޫޢަކުރުމަށް ޤާނޫނު ނަންބަރު 4/2000 (ޢާއިލާއާބެހޭ ޤާނޫނު) ގެ 26 ވަނަ މާއްދާގެ (ހ)
ގައިވާ ގޮތުގެ މަތީން ކޯޓަށް ހުށަހަޅާފައިނުވާނޭކަމަށް އިސްމާޢީލް ޢާތިފުގެ ފަރާތުން އިޢުތިރާފްގެ މައްޗަށާއި،
ދިވެހިރާއްޖޭގެ ޢާއިލާއާބެހޭ ޤާނޫނަށް ރިޢާޔަތްކޮށް، އިސްމާޢީލް އާތިފާއި، އާމިނަތު ފާއިޒާއާއި، ދެމީހުންގެ
ކައިވެނި ރުޖޫޢަކޮށްފައިވަނީ ޢާއިލާއާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާގެ (ހ) އާއި ޚިލާފަށްކަމަށް އިސްމާޢީލް
އާތިފްގެ ބަހުންނާއި އާމިނަތު ފާއިޒާގެ ބަހުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، 25 ޖުލައި 2013
ގައި އާމިނަތު ފާއިޒާއާއި ލ.މާވަށު ހަޒާރުމާގޭ ޢަބްދުލް ޙަކީމް ޤާސިމްއާއި، ދެމީހުން މ.ނާލާފުށީ މެޖިސްޓްރޭޓް
ކޯޓުން ކޮށްފައިވާ އެކޯޓުގެ ނަންބަރު 2013/K6C/07 ކައިވެންޏަކީ ބާޠިލް ކައިވެންޏެއްކަމަށް
ކަނޑައަޅައިދޭނޭ އަމުރެއް ނެރެދެވޭނޭ ތަނެއް ނެތްކަމަށާއި، އިސްމާޢީލް އާތިފްއާއި، އާމިނަތު ފާއިޒާއާއި،
ދެމީހުން 22 މާރޗް 2013 ގައި ކައިވެނި އަމިއްލައަށް ރުޖޫޢަކުރިކުރުމަކީ ޞައްޙަ ރުޖޫއެއްނޫންކަމަށް
ކަނޑައެޅި ކަނޑައެޅުމަކީ އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި
ޤަވާޢިދުތަކުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ޚިލާފަށް ނިންމަވާފައިވާ ނިންމުމެއްކަމުގައި ބެލެވެންނެތްކަމާއި،
މިހެންކަމުން މުލަކައަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07 ޤަޟިއްޔާގައި އެކޯޓުން
ކޮށްފައިވާ ޙުކުމް ބާތިލުކުރާނެ ތަނެއް އޮތްކަމުގައި މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ އެއްވެސް
ފަނޑިޔާރަކަށް ނުފެނުނުކަމެވެ.
744
OLC OO
ދިވެހިރާއްޖޭހައިކޯޓް، އާބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 332529، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv
14
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސާ ރިޕޯޓް
2{14/HC-A/57
ޙުކުމް
ވީމާ، އިސްވެފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުން ދެކެނީ، މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07 ޤަޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް އިސްތިއުނާފުކުރުމަށް އެދި، އިސްމާޢީލް އާތިފުގެ ފަރާތުން ހުށަހަޅާފައިވާ
ނުކުތާގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާތިލުކުރަންޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއް ފެންނަންނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އިއްތިފާޤުވެވުނު ހިނދު، މުލަކުއަތޮޅު ނާލާފުށީ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2013/K6C/07
ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅައި
އެގޮތުގެ މަތީން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމް
ކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ:
ޢަބްދުﷲ ޙަމީދު
ޢަލީ ސަމީރު
ފަނޑިޔާރު
ޝުޢައިބު ޙުސައިން ޒަކަރިއްޔާ
ފަނޑިޔާރު
ފަނޑިޔާރު
ދިވެހިރާއްޖޭގެހައިކޯޓް، އުބުރުޒުހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected]ވެބްސައިޓް: www.highcourt.gov.mv