ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/295 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/295
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
:މިޚާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 295/HC
-
A/2012
• އިސްތިއުނާފުކުރި ފަރާތް:
* ނަން: އަޙްމަދު ނަޖާޙު
* ދާއިމީ އެޑްރެސް
އައިޑީ ކާޑު ނަންބަރ: A017863 މިހާރުގެ އެޑްރެސް: މއ. ފުނަމާގެއާގެ
މަރަދޫ ބިއުޓީ
އިސްތިއުނާފު ރައްދުވި ފަރާތް:
ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
.މ
0
ހުށަހެޅުނު ތާރީޚް: 16 އޮކްޓޯބަރ 2012
ނިމުނު ތާރީޚް: 24 އޮކްޓޯބަރ 2012
0
އިސްތިއުނާފުކުރެވުނު ކޯޓް އަމުރު ނަންބަރު: 2012
/
8674/J
(
MD-145
• އަމުރު ނެރުނު ކޯޓް: ކްރިމިނަލް ކޯޓު
މައްސަލައިގެ ބާވަތް: މަކަރާއި ހީލަތް
• އަމުރު ނެރުނު ތާރީޚް: 14 އޮކްޓޯބަރ 2012
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް، ފަނޑިޔާރު ޢައްބާސް ޝަރީފް
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A1295
ދަޢުވާގެ ޚުލާޞާ:
މިއީ، ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
8674/(J
(
MD-145 ކޯޓު އަމުރަކީ ޝަރުޢީ ނުވަތަ
ޤާނޫނީ އުސޫލު ތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ، މަރަދޫ ބިއުޓީ އަޙްމަދު ނަޖާޙު
.އަމުރު ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެ.
ބެލި ޤަޟިއްޔާއެކެ
މިޤަޟިއްޔާގައި މިއިސްތިއުނާފް ދަޢުވާ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (ޕްރޮސިކިއުޓަރ ޖެނެރަލްގެ
އޮފީސް) އެވެ.
އާއެކެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
8674/(J
(
MD-145 ކޯޓު އަމުރަކީ، އަޙްމަދު ނަޖާޙު
މަކަރާއި ހީލަތްހަދާ ދިވެހި ދައުލަތުން 24 މިލިއަނަށްވުރެ ގިނަރުފިޔާ ނަގާފައިވާކަމަށް ތުހުމަތުކުރެވޭތީ އަޙްމަދު
ނަޖާޙް ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނާތީ 2012 އޮކްޓޯބަރ 15
ވަނަ ދުވަހުގެ 19:27 އިން 2012 އޮކްޓޯބަރ 30 ވަނަ ދުވަހުގެ 19:26 ގެ ނިޔަލަށް މިނިސްޓްރީ އޮފް
ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ކުރައްވާފައިވާ އަމުރެއްކަން އެނގެން
CCCX
02- ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
8674/(J
(
MD-145 ކޯޓު އަމުރު އިސްތިއުނާފު އަޙްމަދު
ނަޖާޢުގެ ފަރާތުން، ދެ ނުކުތާ ފާހަގަކޮށް އެނުކުތާތަކާއިމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ
ދައްކާފައިވެއެވެ. އެއިގެ ތެރެއިން:
ފުރަތަމަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ ނަންބަރު: 2012
/
8674/(J
(
MD-145 ކޯޓު އަމުރުން
އަޙްމަދު ނަޖާޒު ބަންދުކުރުމަށް ޤާޟީ ކަނޑައަޅުއްވާފައިވަނީ އަދި އެމަޖިލިސް ޤާޟީ
ނިންމަވާފައިވަނީ 14 އޮކްޓޯބަރ 2012 ގެ 20:30 ގައި ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޙްމަދު
ނަޖާޙްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަޖިލީހުގައި އަޙްމަދު ނަޖާޙުއަށްވެސް އަދި އަޙްމަދު ނަޖާޙުގެ
ފަރާތުން އެމަޖިލީހަށް ޙާޟިރުވެހުރި ޤާނޫނީ ވަކީލަށްވެސް އަޙްމަދު ނަޖާހުގެ ދިފާޢުގައި އެއްވެސް
ބުނުމުގެ ފުރުޞަދު ދިނުމަކާއި ނުލައި ކަމުން އެއީ ކުށެއްގެ ތުހުމަތުގައި ބަން
ބަންދުކުރެ
ބޑތ
އެއި
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/295
0
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު” ގެ 6 ވަނަ
މާއްދާގެ (ށ) އާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ: ކްރިމިނަލް ކޯޓުގެ އިސްވެ ދެންނެވުނު ނިންމުން މިގޮތަށް ނިންމާފައިވާތީ،
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުގެ 20 ވަނަ މާއްދާ އާއި
48 ވަނަ މާއްދާގެ (ށ) އާއި އަދި 53 ވަނަ މާއްދާގެ (ހ) އާއި މިނިންމުން ތަޢާރުޟުވެ އަދި
މިދެންނެވި މާއްދާތަކުން އަޙްމަދު ނަޖާހުއަށް ކަށަވަރުކޮށްދޭ ޙައްޤުތައް އެ ހިނދު އަޙްމަދު ނަޖާޙުއަށް
ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8674/J
(
MD-145 ކޯޓު އަމުރަށާއި، އަޙްމަދު ނަޖާހުގެ
ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަ ކުރެވެއެވެ.
(ހ) އަޙްމަދު ނަޖާޙު މަކަރާއި ހީލަތްހަދާ ދިވެހި ދައުލަތުން 24 މިލިއަނަށްވުރެ ގިނަރުފިޔާ
ނަގާފައިވާކަމަށް ތުހުމަތުކުރެވޭތީ އަޙްމަދު ނަޖާޙު ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެދާނެ
ކަމަށް ފެންނާތީ 2012 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 19:27 އިން 2012 އޮކްޓޯބަރ 30 ވަނަ
ދުވަހުގެ 19:26 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8674/(J
(
MD-145 ކޯޓު ދަށުން
އަމުރުކުރައްވާފައިވާކަން އެނގެން އޮވެއެވެ.
(ނ) ޤާނޫނީ ވަކީލެއްގެ އެހީއަށް ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެފަދަ އެހީ ހޯދައި ލިބިގަތުމުގެ
ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިގެންވާ ޙައްޤެއްކަމަށް ޤާނޫނުއަސާސީގެ 53 ވަނަ މާއްދާގެ (ހ) ގައި
ބަޔާންކޮށްފައިވާކަމާއި، ހައްޔަރުކުރެވޭ މީހުންނާއި ބަންދުކުރެވޭ މީހުންނަށް ޤާނޫނުއަސާސީގެ 48 ވަނަ
އަމުރުގެ
COCOU
4 ، 33
AJA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/295
މާއްދާއިން ލިބިފައިވާ ޙައްޤުތަކުގެ ތެރޭގައި، އެމާއްދާގެ (ށ) ގައި، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ
ޙައްޤު ލިބިގެންވާކަން އެމީހަކަށް އަންގަންވާނެކަމަށާއި، އަދި ލަސްކުރުމެއް ނެތި ޤާނޫނީ ވަކީލެއްގެ އެހީތެރިކަން
ހޯދައި، އެމީހަކު އެ ހައްޔަރުކުރެވުނު ނުވަތަ ބަންދު ކުރެވުނު މައްސަލައެއް ނިމެންދެން ޤާނޫނީ ވަކީލުގެ
އެހީތެރިކަން ދެމެހެއްޓުމުގެ ފުރުސަތު އެމީހަކަށް ފަހިކޮށްދޭންވާނެކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން،
އަޙްމަދު ނަޖާހުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ކުށާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން އޭނާ
ހައްޔަރުކުރި ވަގުތުން ފެށިގެން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމާއި، އޭނާ ހައްޔަރުކުރެވުނު މައްސަލަ
ނިމެންދެން ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ޙައްޤު އަޙްމަދު ނަޖާއަށް ލިބެންވާނެކަން އެނގޭކަމާއި،
އެގޮތުން އަޙްމަދު ނަޖާޙު ހައްޔަރު ކުރެވުނު އިރު، ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ފުރުޞަތު
ލިބިގެންވާކަން އަޙްމަދު ނަޖާޙުއަށް އަންގާފައިވާކަން އަޙްމަދު ނަޖާޙު ސޮއިކޮށް އިގިލީގެ ނިޝާން ޖަހާފައިވާ
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު TD045876 "ހައްޔަރުކުރެވޭ މީހާގެ މަޢުލޫމާތު ފޯމް، އިން
ޝަރީޢަތަށް ސާބިތުވާއިރު، އަޙްމަދު ނަޖާޢުގެ ފަރާތުން ޤާނޫނީ ވަކީލަކު ޢައްޔަނުކޮށް އެކަން މޯލްޑިވްސް
ޕޮލިސް ސަރވިސް ބަލައިގަނެފައިވާކަން އަޙްމަދު ނަޖާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު VR007584 ”ޤާނޫނީ ވަކީލުކަން
ޤަބޫލުކުރިކަމުގެ ލިޔުން ބަލައިގަތް ސްލިޕް އިން އެނގެން އޮވެފައިވާ، މިއިސްތިއުނާފުކުރެވޭ ކްރިމިނަލް ކޯޓުގެ
2012
/
8674/(J
(
MD-145 ކޯޓު އަމުރު ނެރުނު މުއްދަތުގެ މަޖިލީހަށް އަޙްމަދު ނަޖާޙު ޙާޟިރުކުރެވުނީ
އަޙްމަދު ނަޖާހުގެ ވަކީލާއެކުކަން ދައުލަތުގެ ފަރާތުންނާއި އަޙްމަދު ނަޖާހުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭކަމާއި، އެހެން ކަމުން އިޝާރާތްކުރެވުނު މުއްދަތުގެ
މަޖިލީހުގައިވެސް އަޙްމަދު ނަޖާޢުގެ ފަރާތުން ވަކީލެއްގެ އެހީތެރިކަން ލިބިގަނެ ދެމެހެއްޓުމުގެ ފުރުޞަތު
ލިބިދެވެންޖެހޭނެ ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުން ދެކެއެވެ.
4 ، 334 3
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/295
(ނ) އަޙްމަދު ނަޖާހުގެ ބަންދާމެދު ގޮތެއް ނިންމާފައިވަނީ އެމަޖިލީހުގައި އަޙްމަދު ނަޖާހުއަށްވެސް އަދި
އަޙްމަދު ނަޖާޢުގެ ފަރާތުން އެމަޖިލީހަށް ޙާޟިރުވެހުރި ޤާނޫނީ ވަކީލަށްވެސް އަޙްމަދު ނަޖާހުގެ ދިފާޢުގައި
އެއްވެސް އެއްޗެއް ބުނުމުގެ ފުރުޞަދު ދިނުމަކާއި ނުލައި ކަމުން އެއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 6 ވަނަ މާއްދާގެ
(ށ) އާ ކަނޑައެޅިގެން ޚިލާފު ނިންމުމެއް ކަމަށް ބުނެ އަޙްމަދު ނަޖާހުގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއަށް
ބަލާއިރު؛
ހައްޔަރާއި ނުވަތަ ބަންދާއިމެދު ގޮތެއް ނިންމާ މަޖިލިހުގައި ހައްޔަރުގައި ނުވަތަ ބަންދުގައިވާ މީހާއަށް
ނުވަތަ އޭނާ ވަކީލަކާއެކު ޙާޟިރުކުރެވިފައިވާނަމަ އޭނާގެ ވަކީލަށް ދިފާޢުގައި ވާހަކަދެއްކުމުގެ ފުރުޞަތު
ދޭންވާނެކަމަށް ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު
ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 6 ވަނަ މާއްދާގެ (ށ) ގެ ސާފު ޢިބާރާތުގައި ބަޔާންކުރެވިފައިވާކަން އެނގެން
އޮވެފައި،
މިއިސްތިއުނާފުކު
ނާފުކުރެވޭ ކްރިނަލް ކޯޓުގެ ނަންބަރު 2012
/
8674/(J
(
MD-145 އަމުރު ނެރުނު
މަޖިލިހުގައި އަޙްމަދު ނަޖާހުގެ ފަރާތުން ދިފާޢުގައި ވާހަކަ ދެއްކުމަށް އަތް މައްޗަށް ނަގާ ފުރުޞަތަކަށް
އެދުމުންވެސް އެފުރުޞަތު ކްރިމިނަލް ކޯޓުގެ މުއްދަތުގެ މަޖިލީހުގައި ޝަރީޢަތުގެ ފަރާތުން ދެއްވާފައި ނުވާކަން
މިމައްސަލައާއި ގުޅިގެން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކުން ޝަރީޢަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުން އަޙްމަދު ނަޖާޒު ބަންދުގައި ބެހެއްޓުމަށް އަމުރު
ނެރުއްވުމުގައި ޢަމަލުކުރައްވާފައިވަނީ ”ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާއިދު” ގެ 06 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ
އިޖުރާތާއި
އެއްގޮތަށް ނޫންކަން އެނގެއެވެ.
AA
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/295
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8674/(J
(
MD-145 ކޯޓު އަމުރަށް ބަދަލު ގެންނަން
ޖެހޭކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ފަނޑިޔާރުން އެއްބަސްވެއެވެ.
ޙުކުމް:
، 4
2 ހއ
هހ284
32 43 4
ހދ29 ހ4 ދ
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތަށް ހުރުމާއެކު،
ސ.މަރަދޫ ބިއުޓީ އަޙްމަދު ނަޖާޙު 2012 އޮކްޓޯބަރ 15 ވަނަ ދުވަހުގެ 19:27 އިން 2012 އޮކްޓޯބަރ
30 ވަނަ ދުވަހުގެ 19:26 ގެ ނިޔަލަށް މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އެކޯޓުގެ ނަންބަރު 2012
/
8674/J
(
MD-145 ކޯޓު އަމުރު
ލުކުރައްވާފައިވަނީ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު ގެ 06 ވަނަ މާއްދާގެ (ށ) ގައި ކަނޑައެޅިފައިވާ
އިޖުރާތާއި ޚިލާފަށްކަން ޝަރީޢަތަށް ސާބިތުވާތީ، ކްރިމިނަލް ކޯޓުގެ ނަންބަރު 2012
/
8674/(J
/
MD-145
ކޯޓު އަމުރު މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން
ބާތިލްކޮށްފީމެވެ.
/
COC
”ކުށެއްގެ
KAއވެ 3
k
ދިޅެރީޓާ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv