ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/239 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު
ންބަރު: 239/HC-A/2012
އިސްތިއުނާފް ކުރިފަރާތް:
ނަން: އިޙްސާން ޝަރީފް
އައިޑީ ކާޑު ނަންބަރ: A046336
ދާއިމީ އެޑްރެސް: ބ. އޯކިޑް
އެޑްރެސް: ފ. ތްރީލައިޓްސް
• އިސްތިއުނާފް ރައްދުވި ފަރާތް:
* ނަން: ބުޗާގޭ ދޮންމަނިކު
އައިޑީ ކާޑު ނަންބަރ: A024900
*
* ދާއިމީ އެޑްރެސް: މ. އޯޝަންރީޑް
މިހާރުގެ އެޑްރެސް: މ. އޯޝަންރީޑް
ހުށަހެޅުނު ތާރީޚް: 08 އޯގަސްޓް 2012
* ނިމުނު ތާރީޚް: 27 ނޮވެމްބަރ 2012
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2010/Cv-C/1469
ނިންމެވިކާޓް: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ހިބައިން ދިނުން
0
، މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދު ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1469 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހ. އޯކިޑް، އިޙްސާން
ޝަރީފުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މ. އޯޝަންރީޑް ބުޗާގޭ ދޮންމަނިކެވެ.
cu o
1/
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1469 ޤަޟިއްޔާއަކީ، މ. އޯޝަންރީޑް ބުޗާގޭ
ދޮންމަނިކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އޯކިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި
ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން، ބުޗާގޭ ދޮންމަނިކުގެ ތިބި 22 ކުދިންނާއި 02 އަނބީންގެ ތެރެއިން 07
(ހަތެއް) ކުދީން ކަމުގައިވާ ސައްޔިދު އިބްރާހީމް، އިބްތިޝާމް އާދަމް، އިރުތިޝާމް އާދަމް، އިކްލީލް
ޝަރީފް، އިޙްސާން ޝަރީފް އިޢުތިޞާމް އާދަމް، އިޞްލާޙް ޝަރީފް އާއި 02) އަނބިންގެ ތެރެއިން ދޮށީ
އަނބި ޚަދީޖާ އަޙްމަދަށް ހަމަހަމަވާ ގޮތަށް ހިބައިން ދިނުމަށްއެދި ބުޗާގޭ ދޮންމަނިކު ޝަރީޢަތަށް
ހުށަހެޅުމުން ބައްލަވާފައިވާ ޤަޟިއްޔާއެއް ކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ [ދެންފަހެ، މއ. އޯޝަންރީޑް ބުޗާގޭދޮންމަނިކުގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ، އޯކިޑް އެވެކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި
ވަޅުފަދަ ތަންތަން، ބުޗާގޭ ދޮންމަނިކުގެ ތިބި 12 ކުދިންނާއި 02 އަނބީންގެ ތެރެއިން، 07 ކުދީން
ކަމުގައިވާ ސައްޔިދު އިބްރާހީމް، އިބްތިޝާމް އާދަމް، އިރުތިޝާމް އާދަމް، އިކްލީލް ޝަރީފް، އިޙްސާން
ޝަރީފް، އިޢުތިޞާމް އާދަމް، އިޞްލާޙް ޝަރީފް އާއި، 02 އަނބީންގެ ތެރެއިން ދޮށީ އަނބި ޚަދީޖާ
އަޙްމަދަށް ހަމަހަމަވާ ގޮތަށް ހިބައިން ދިނުމަށް އެދި ބުޗާގޭ ދޮންމަނިކު ޝަރީޢަތަށް ހުށަހަޅާފައިވާ
މައްސަލާގައި، ދެންތިބި 15 ކުދީންގެ ތެރެއިން، 04 ކުދީން ކަމުގައިވާ، މުޙައްމަދު ޝާހީނު، މަރްޔަމް
ޝީތާ، އާމިނަތު ޝިމްލާ އާދަމް އާއި، ފާތިމަތު ސޫނިޔާ އާދަމްގެ ނަމުގައި ގޯއްޗެއް ނުވަތަ ގޯއްޗަކުން
ބައެއް ވިޔަސް ރަޖިސްޓްރީކޮށްފައިނުވާކަމަށްބުނެ، މިމީހުން ނުހިމަނާ މިހިބަ ދިނުމާއިމެދު އިއުތިރާޟް ކުރާ
ކަމަށްބުނެ، މިމީހުން ޝަރީޢަތުގެ މަޖިލީހުގައި ބަޔާންދީ އެބަޔާނުގައި ސޮއިކޮށްފައިވާތީ، ދިވެހިރާއްޖޭގެ
.1
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ފެބް ސައިޓް www.highcourt.gov.mv
3
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
Occc
ބިމާއިބެހޭ ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) އަށް ރިޢާޔަތްކޮށް، މިމައްސަލަ ޝަރީޢަތުން ކުރިއަށް
ގެންދެވެން ނެތްކަމަށް ކަނޑައަޅައި ޙުކުމްކޮށް މައްސަލަ ނިންމީއެވެ.؟ މިފަދައިންކަން އެޤަޟިއްޔާގެ
ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
UCO
02- އިސްވެ ބަޔާންކުރެވުނު ގޮތުގެމަތީން ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1469
ޤަޟިއްޔާގައި ޙުކުމް ކުރެއްވުމުން، އިޙްސާން ޝަރީފްގެ ފަރާތުން އެ ޤަޟިއްޔާ އިސްތިއުނާފު ކުރަމުން،
ދެ ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާމެދު ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ. އެއިގެ
ތެރެއިން:
• ފުރަތަމަ ނުކުތާއަކީ: މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ މައްސަލަ ކުރިއަށް ގެންދަންޖެހޭ
އިޖުރާއާތުތަކާއި ޚިލާފަށް ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: މައްސަލަ ރައްދުވާ ފަރާތްތަކުން ޝަރީޢަތުގެ މަޖިލީހުގައި، މައުޟޫޢީ ގޮތުން
ދައްކާފައިވާ ވާހަކަތަކަށް ޝަރީޢަތުން މިންވަރަކަށް ރިޢާޔަތްކުރައްވާ ނުވާކަމަށް ބުނެ ފާހަގަ ކުރި
ނުކުތާއެވެ.
03- ސިވިލް ކޯޓުގެ ނަންބަރު 2010/Cv
-
C/1469 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ
އިޙްސާން ޝަރީފްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ޝަރުޢީ އަދި ޤާނޫނީ ނައްޞުތަކަށާއި، ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް
ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި
ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
14
(ހ) ބުޗާގޭ ދޮންމަނިކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އޯކިޑް އެވެކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން ބުޗާގޭ ދޮންމަނިކުގެ 22 ކުދިންނާއި 02 އަނބީންގެ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
4
ޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
ތެރެއިން 07 ކުދިން ކަމުގައިވާ ސައްޔިދު އިބްރާހީމް އާއި، އިބްތިޝާމް އާދަމް އާއި، އިރުތިޝާމް އާދަމް
އާއި، އިކްލީލް ޝަރީފް އާއި، އިޙްސާން ޝަރީފް އާއި، އިޢުތިޞާމް އާދަމް އާއި، އިޞްލާޙް ޝަރީފް އާއި
ދޮށީ އަނބި ޚަދީޖާ އަޙްމަދަށް ހަމަހަމަވާ ގޮތަށް ހިބައިން ދިނުމަށް ބުޗާގޭ ދޮންމަނިކު ހުށަހަޅާފައިވާކަމާއިގެ
ބުޗާގޭ ދޮންމަނިކުގެ ދަރިންގެ ތެރެއިން ގ. އޯޝަންމީޑް މުޙައްމަދު ޝާހީން އާއި، ހ، އޯކިޑް
މަރްޔަމް ޝީދާ އާއި، މ. އޯޝަންރީޑް އާމިނަތު ޝިމްލާ އާދަމް އާއި، މ. އޯޝަންރީޑް ފާޠިމަތު ސޫނިޔާ
އާދަމްގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ނުވާތީ، އެހިބަ އެގޮތަށް
ދިނުމާމެދު އިޢްރާޝްކޮށްފައިވާކަން ސިވިލްކޯޓުގެ ނަންބަރު 2010/Cv
-
C/1469 ޤަޟިއްޔާގެ ޝަރީޢަތް
ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
cu o
cu o
(ނ) ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި
ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް ލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި
ގޯއްޗާބެހޭ އެންމެހައި މުޢާމަލާތު ކުރަންވާނީ ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީންކަމަށް
ކަނޑައެޅި ބަޔާންވެފައިވާކަން އެނގެން އޮވެއެވެ.
cut o
4 4
(ނ) ޤާނޫނު ނަންބަރު 1/2004 (ދިވެހިރާއްޖޭގެ ބިމާއި
ބެހޭ ޤާނޫނަށް ފުރަތަމަ އިޞްލާޙް
ގެނައުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާއަކީ ދިރިއުޅުމަށް ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއްގައިވާ ޢިމާރާތެއް
ނުވަތަ ޢިމާރާތުން ބައެއް، ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމުގައި ޢަމަލު ކުރަންވީގޮތް ބަޔާންކޮށް
އެކަމުގެ މައްޗަށް ޚާއްޞަކުރެވި އެކަން ބަޔާންކޮށްފައިވާ މާއްދާކަން އެނގެން އޮންނާތީ، އެމާއްދާއަށާއި،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު)ގެ ދަށުން ހެދިފައިވާ، ”ހިބައިން ނުވަތަ
ވަޞިއްޔަތުން ދިނުމާބެހޭ ޤަވާޢިދު އަށް ބެލިބެލުމުން،
ހިބައިން ނުވަތަ ވަޞިއްޔަތުން ލިބޭފަރާތަކީ، ހިބައިން ނުވަތަ ވަޞިއްޔަތުން ދޭ މީހާގެ
އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ ދަރިއެއް ނުވަތަ އެމީހާގެ މަންމަ ނުވަތަ ބައްޕަ ނުވަތަ އެމީހާގެ
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
ޤާޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
މަރުވެފައިވާ ދަރިއެއްގެ އުފަންދަރިއަކަށް ވާންވާނެކަމަށް އިޝާރާތް ކުރެވުނު ޤާނޫނުގެ 17 ވަނަ މާއްދާގެ
(ހ) އާއި، އިޝާރާތްކުރެވުނު ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރެވިފައިވާއިރު،
ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) އާއި ޤަވާޢިދުގެ 2 ވަނަ ނަންބަރުގެ (ހ) ގައި ބުނެފައިވާ
ފަރާތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ނުވަތަ ފަރާތްތަކަށް ހިބައިން ނުވަތަ ވަޞިއްޔަތުން ދެވޭނި ހިބަ
ނުވަތަ ވަޞިއްޔަތުގައި ނުހިމެނޭ ފަރާތްތަކުގެ ބިމުގެ ތަނަވަސްކަންހުރިނަމަކަމަށާއި، ހިބަ ނުވަތަ
ވަޞިއްޔަތުގައި ނުހިމެނޭ އުފަންދަރިންގެ ބިމުގެ ތަނަވަސްކަން ނެތްނަމަވެސް އެއިން އެއްވެސް ފަރާތަކުން
އެފަރާތްތައް ނުހިމަނާ ހިބައިން ނުވަތަ ވަޞިއްޔަތުން ދިނުމަށް އިޢުތިރާޟް ނުކުރާނަމަ އެދަރިން ނުހިނަމާ
ހިބައިން ނުވަތަ ވަޞިއްޔަތުން ދެވިދާނެކަން ޤާނޫނުގެ 17 ވަނަ މާއްދާގެ (ރ) އާއި ޤަވާޢިދުގެ 6 ވަނަ
ނަންބަރާއި 7 ވަނަ ނަންބަރުން އެނގެން އޮވެއެވެ.
CCCX
(ރ) ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ”ހިބައިން ނުވަތަ ވަޞިއްޔަތުން
ދިނުމާބެހޭ ޤަވާޢިދު“ ގެ 16 ވަނަ ނަންބަރުގައި އެ ޤަވާއިދުގެ ބޭނުމަށްޓަކައި ބިމުގެ ތަނަވަސްކަން ހުރި
ކަމަށް ބަލާނީ، އެމީހެއްގެ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަނޫން ބިމެއް ނުވަތަ ފްލެޓެއް
ރަޖިސްޓްރީކުރެވިފައިވާނަމަ ކަމަށް ބަޔާންކުރެވިފައިވާކަން އެނގެން އޮވެއެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު އެންމެހައި ކަންކަމަށް ބަލާއިރު، ބުޗާގެ ދޮންމަނިކުގެ ނަމުގައި
ރަޖިސްޓްރީކޮށްފައިވާ ހ. އޯކިޑް އެވެ ކިޔާ ބަންޑާރަ ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން
ބުޗާގޭ ދޮންމަނިކުގެ ތިބި 22 އުފަންދަރިންނާއި 2 އަނބިންގެ ތެރެއިން 7 ދަރިންނަށާއި ދޮށީ
އަނބިމީހާއަށް ހަމަހަމަވާ ގޮތަށް ހިބައިން ދިނުމަށް ހުށަހަޅާފައިވާއިރު، އެކިބައިގާ ނުހިމެނޭ އުފަންދަރިންގެ
ތެރެއިން 4 ދަރިއަކު އެ ހިބަ ދިނުމާ މެދު އިޢުތިރާޝްކޮށްފައިވާކަމާއި،
ހިބަ ދިނުމާމެދު އިޢުތިރާޟްކުރާ 4 ކުދިންގެ މަންމަ ނިޔާވެފައިވުމާއެކު އެމަރުޙޫމާގެ
ތަރިކައިގައި ހިމެނޭ އޯޝަންމީޑް އެވެކިޔާ ބަންޑާރަ ގޯތިން ކޮންމެ މީހަކަށް 600 އަކަފޫޓަށްވުރެ ބޮޑު
ބިމެއް ލިބެން އޮތްކަމަށް މިމައްސަލައިގާ އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، އެ 4 ކުދިންގެ
ނަމުގައި އެއްވެސް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއް ރަޖިސްޓްރީކުރެވިފަ ނުވާކަން އިސްތިއުނާފުކުރާ
13
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2012/HC-A/239
ފަރާތުގެ ބަހުން އެނގެންއޮތުމުން، އެފަރާތްތަކަކީ ބިމުގެ ތަނަވަސްކަން ލިބިފައިވާ ބައެއްކަމަށް ޤާނޫނީ
ގޮތުން ބެލެވެން ނެތުމާއެކު، އެ ފަރާތްތަކުގެ އިޢްތިރާޟާކީ ޞައްޙަ އިޢްތިރާޅެއްގެ ގޮތުގައި ބެލެވޭ
ކަމަށްޓަކައި، ސިވިލް ކޯޓުގެ 2010/Cv-C/1469 ނަންބަރު ޤަޟިއްޔާގެ ދަށުން ހިންގާފައިވާ ހިބަ
ޤާނޫނީ ގޮތުން ޞައްޙަ ހިބައެއްގެ ގޮތުގައި ކަނޑައެޅެން ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން
ބެލި މަޖިލީހުގެ ފަނޑިޔާރުން އިއްތިފާޤުވެއެވެ.
cu.
1)
ދެންފަހެ، ސިވިލް ކޯޓުގެ ނަންބަރު 2010/Cv-C/1469 ޤަޟިއްޔާގެ ދަށުން މ.
އޯޝަންރީޑް ބުޗާގޭ ދޮންމަނިކުގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ އޯކިޑް އެވެކިޔާ ބަންޑާރަ
ގޯތީގައިވާ އެންމެހައި ޢިމާރާތްތަކާއި ވަޅުފަދަ ތަންތަން، ބުޗާގޭ ދޮންމަނިކުގެ ތިބި 22 ކުދިންނާއި 02
އަނބީންގެ ތެރެއިން، 07 (ހަތެއް) ކުދީން ކަމުގައިވާ ސައްޔިދު އިބްރާހީމް އާއި، އިބްތިޝާމް އާދަމް
އާއި، އިރުތިޝާމް އާދަމް އާއި، އިކްލީލް ޝަރީފް އާއި، އިޙްސާން ޝަރީފް އާއި، އިޢުތިޞާމް އާދަމް އާއި،
އިޞްލާޙް ޝަރީފް އާއި، ދޮށީ އަނބި ޚަދީޖާ އަޙްމަދަށް ހަމަހަމަވާ ގޮތަށް ހިބައިން ދިނުމަށް ބުޗާގޭ
ދޮންމަނިކު ހުށަހަޅާފައިވާ މައްސަލައިގާ އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ފާހަގަކުރެވުނު ކަންކަމަށް
ރިޢާޔަތް ކުރުމުން، އެ ހިބައަކީ ޤާނޫނީ ގޮތުން ޞައްޙަ ހިބައެއް ކަމުގައި ކަނޑައެޅެން ނެތްކަމަށް
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
cc
ދިވެހީ
a-
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv