ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/51 ޤަޟިއްޔާގެ ޙުކުމް
1
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާސާ
، ޤަޟިއްޔާ ނަންބަރ: 51/HC
-
A/2011
• އިސްތިއުނާފު ކުރިފަރާތް:
* ނަން: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ރަޖިސްޓްރީ ނަންބަރު:
ދާއިމީ އެޑްރެސް:
މިހާރުގެ އެޑްރެސް:
:
*
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އިބްރާހިމް ޝަހުމް އާދަމް
* އައި.ޑީ.ކާޑް ނަންބަރު: A345721
ދާއިމީ އެޑްރެސް: ގ. ކޯޒީ
މިހާރުގެ އެޑްރެސް:
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 21 ރަބީޢުލްއައްވަލް 1432
24 ފެބްރުއަރީ
ނިމުނު ތާރީޚް: 07 ޝަޢުބާން 1433
ޖޫން 2012
2011
27
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2011
/
1258/145-5MD
ނިންމެވި ފަރާތް: ކްރިމިނަލް ކޯޓު
• އަމުރުގެ ބާވަތް: ކޯޓު އަމުރު
• އަމުރު ނެރުނު ތާރީޚް: 17 ފެބްރުއަރީ 2011
0
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
އިސް ފަނޑިޔާރު އަޙްމަދު ޝަރީފު ފަނޑިޔާރު ޔޫސުފް ޙުސައިން ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހިމް
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދަޢުވާގެ ޚުލާޞާ
މިއީ، ކްރިމިނަލް ނަންބަރު 2011
/
1258/J
/
MD-145 ކޯޓު އަމުރު އެކޯޓުން ނެރެފައިވަނީ ޝަރުޢީ
އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށްނޫން
އެއްގޮތަށްނޫން ކަމަށްބުނެ، އެކޯޓު އަމުރު އިސްތިއުނާފު ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ
ޖެނެރަލް އޮފީހުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
ޤަޟިއްޔާގައި، ދަޢުވާ ރައްދުވާ ފަރާތަކީ މ. ކޯޒީ | އިބްރާހިމް ޝަހުމް އާދަމްއެވެ.
ޚި
• ފާހަގަކުރެވުނު ނުކުތާތައް:
01- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/J
/
MD-145 ކޯޓު އަމުރު ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށްކަމަށްބުނެ އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ
ޖެނެރަލްގެ އޮފީހުގެ ފަރާތުން ހުށަހަޅާފައިވެއެވެ.
02- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/J
/
MD-145 ކޯޓު އަމުރަށް ބަލާއިރު، އެކޯޓު
އަމުރަކީ، ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމް ތޫނު ހަތިޔާރާއިއެކު މާރާމާރީ ހިންގުމާއި ގުޅިގެން މީހަކު މެރުމުގެ
ކުށުގެ ތުހުމަތުގައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށް، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް
ކްރިމިނަލްކޯޓަށް ފަހެޅުމުން، އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މަރުގެ މައްސަލައާއި
ގުޅިގެން ހޯދަންޖެހޭ މެޑިކޯލީގަލް ރިޕޯޓު ހޯދުމަށް އެދިފައިވާތާ 06 (ހައެއް) މަސްދުވަހުގެ މުއްދަތެއް ފާއިތުވެ
ދިޔައިރުވެސް ރިޕޯޓު ލިބިފައިނުވާތީ އާއި މިރިޕޯޓު ލިބޭނެ ދުވަހެއް އެނގެންނެތުމާއި، ކުށުގެ ތުހުމަތުގައި
ހައްޔަރުކުރެވިފައިވާ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކަށް އުނިކަން އަންނަމުންދާތީ،
މައްސަލައާއި ގުޅިގެން އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީކަމަށް ބަޔާން ކުރައްވައި 17 ފެބްރުއަރީ
2011 ދުވަހުގެ 11:50 ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމް ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވައި،
ކްރިމިނަލް ކޯޓުން ނެރުއްވާފައިވާ އަމުރެއްކަން އެނގެން އޮންނަކަމެވެ.
03- ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/J
/
MD-145 ކޯޓު އަމުރުން ނިމިފައިވާގޮތް
ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނުވާކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން 06
ދޭހައެއް) ނުކުތާއެއް ހުށައަޅާ އެނުކުތާތަކާއި ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
ވާހަކަ ދައްކާފައިވެއެވެ.
ޑް
CUO
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ހ) ފުރަތަމަ ނުކުތާއަކީ: އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތު ކުރެވޭ ޤަސްދުގައި މީހަކު
މަރާލުމުގެ ކުށުގެ މައްސަލައިގައި މިހާތަނަށް ހޯދިފައިވާހެކިންގެ ބަޔާނުން މީނާ، 30 ޖުލައި 2010 ދުވަހު
ސޯޝަލް އެޑިއުކޭޝަން ސެންޓަރު ކައިރީގައި އޮންނަ ދަނޑު ސަރަޙައްދުގައި މާރާމާރީ ހިނގިއިރު މީނާ
އެތަނުގައި ހުރިކަމަށާއި އަދި މާރާމާރީ ހިންގުމުގެ ތެރޭގައި މީނާގެ އަތުގައި ވަޅިއެއް އޮތްކަމަށާއި އަދި މީނާ
އަތުގައި އޮތް ވަޅިންބިންމައްޗަށް ލޭ ފައިބަމުން ދަނިކޮށް މީހުން ދުށްކަމުގައިވާއިރު، މީނާ، މިމާރާމާރީގައި
ބައިވެރިވެފައިވާކަމަށް ޤަބޫލުކުރެވޭފަދަ ސަބަބުތަކެއް ހުރިކަމަށްވާތީއާއި، މިމައްސަލައިގެ ހައްޔަރުގެ މުއްދަތު
އިތުރުކުރުމަށް 15 ފެބުރުއަރީ 2011 ދުވަހު ކްރިމިނަލްކޯޓަށް މީނާ ޙާޟިރުކުރުމުން، ކްރިމިނަލްކޯޓުގެ
ނަންބަރު 2011
/
1221/J
/
MD-145 އަމުރުން، މީނާއަކީ މީނާގެ މައްޗަށް ޤަޞްދުގައި މީހަކު މަރާލި
މީހެއްކަމަށް ތުހުމަތު ކުރެވޭތީ، މީނާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވާނެކަމަށް
ކްރިމިނަލް ކޯޓަށް ފެނިވަޑައިގެން، މީނާގެ ހައްޔަރުގެ މުއްދަތު 02 މާރޗް 2011 ދުވަހުގެ ނިޔަލަށް، ޖުމްލަ
15 ދުވަސް މުއްދަތު އިތުރު ކުރައްވާފައިވަނިކޮށް، މީނާގެ ނުރައްކާތެރިކަމަށް ނުވަތަ، މީނާ 15 ފެބުރުއަރީ
2011 ދުވަހު މުއްދަތު އިތުރު ކުރެވުނު ދުވަހާއި މީނާ ހައްޔަރުން ދޫކޮށްލުމާދެމެދު މީނާ ބަންދުގައި
ހުންނަންޖެހޭ ޙާލަތަށް ބަދަލެއް އައުމަކާނުލައި، މީނާ ހައްޔަރުން ދޫކޮށްލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާއަކީ: 2008 ވަނަ އަހަރު ތަޞްދީޤު ކުރެވުނު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ޤާނޫނުއަސާސީގެ ތަޞައްވުރަކީ ތަޙްޤީޤުގެ ބޭނުމަށާއި ހެއްކާއި ޤަރީނާއާއި ލިޔެކިޔުން ހަމަކުރުމުގެ ބޭނުމަށް
މީހުން ބަންދު ނުކުރުންކަމަށްވާތީއާއި، މީހުން ހައްޔަރުގައި ނުވަތަ ބަންދުގައި ބަހައްޓަންޖެހޭ ސަބަބުތަކަކީ
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސަބަބުތައްކަމަށްވާއިރު، އިބްރާހިމް ޝަހުމް އާދަމްގެ
މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލައަކީ ޤަޞްދުގައި މީހަކު މަރާލިކަމަށް ތުހުމަތުކުރެވޭ
މައްސަލައަކަށްވެފައި، މީނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ސަބަބު ހުރުމާއި މީނާގެ މައްޗަށް ތުހުމަތު
ކުރެވޭ މައްސަލައިގެ ބާވަތަށް ބަލައި މީނާއަކީ މުޖުތަމަޢަށް ނުރައްކާތެރި މީހެއްކަމަށް ބެލެވޭއިރު އެކަމަށް
ރިޢާޔަތް ކުރުމަކާނުލައި، މުޖުތަމަޢުގެ ޙައްޤުގެ މައްޗަށް ފަރުދީ ޙައްޤެއް އިސްކޮށްފައިވާކަމަށް ބުނެ ހުށަހެޅި
ނުކުތާ
.
(ނ) ތިންވަނަ ނުކުތާއަކީ: އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަޢާޓްޖޭގެ
ޙާދިޘާ ހިނގާފައިވަނީ 30 ޖުލައި 2010 ދުވަހު ކަމަށްވާއިރު، މީނާ ހައްޔަރުކުރެވުނީ 24 އޯގަސްޓް M0
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
4
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ދުވަހު ކަމަށާއި އަދި މީނާ އުޅުނީ ފުލުހުންނަށް ފިލައިގެންކަމަށްވާއިރު، މިކަންކަމުގެ މައްޗަށް ރިޢާޔަތް
ކުރުމަކާއިނުލައި މީނާ ހައްޔަރުން ދޫކޮށްލުމަށް ނިންމަވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ނ) ހަތަރުވަނަ ނުކުތާއަކީ: އިބްރާހިމް ޝަހުމް އާދަމަކީ ކުށުގެ ރެކޯޑް އޮތްމީހަކަށްވެފައި، އެކަމުގެ
މައްޗަށް ރިޢާޔަތް ކުރެއްވުމަކާއިނުލައި މީނާ ހައްޔަރުން ދޫކޮށްލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
(ބ) ފަސްވަނަ ނުކުތާއަކީ: އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތުކުރެވޭ ޤަޞްދުގައި މީހަކު
މަރާލުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
003/J-145 (15 ފެބުރުއަރީ
2011) އަމުރުން 17 ފެބުރުއަރީ 2011 ދުވަހުގެ 10:00 އަށް މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ
އާމިނަތު ޖަމީލް ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމަށް އަމުރުކުރައްވައި، 15 ފެބުރުއަރީ 2011 ދުވަހު
ކްރިމިނަލްކޯޓުން އިބްރާހިމް ޝަހުމް އާދަމްގެ ހައްޔަރުގެ މުއްދަތު 15 ދުވަހަށް އިތުރު ކުރައްވާފައިވަނިކޮށް،
އްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާއި، "ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ
މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމުގެ ޤަވާއިދު" ގެ ތަޞައްވުރުން
ބޭރުން، މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ އާމިނަތު ޖަމީލްއަކީ، މައްސަލައިގެ ޚަޞްމަކަށް ނުވަތަ
މައްސަލާގައި ކުރެވިދާނެ ޖިނާއީ ދަޢުވާއަކާ ގުޅުންހުރި ފަރާތަކަށްނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
248/HC-A/2009 (19 އޯގަސްޓް 2009) ގެ ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލާއި ޚިލާފަށް، 17
ފެބުރުއަރީ 2011 ދުވަހު 10:00 ޖަހާއިރަށް މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ އާމިނަތު ޖަމީލު
ޙާޟިރުވުމަށް އަމުރު ކުރައްވައި، 15 ފެބުރުއަރީ 2011 ދުވަހު އިބްރާހީމް ޝަހީމް އާދަމްގެ ބަންދުގެ މުއްދަތު
އިތުރު ކޮށްފައިވާ ސަބަބާއި ޙާލަތަށް ބަދަލެއް އައިސްފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުއްވުމަކާނުލައި، އަދި
އިބްރާހިމް ޝަހުމް އާދަމްގެ ކިބައިން 15 ފެބުރުއަރީ 2011 ދުވަހު މުޖުތަމަޢަތް އޮތް ނުރައްކާ ފިލާދިޔަކަން
ނުވަތަ ނޫންކަން ބެއްލެވުމަކާނުލައި، މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ޑރ. އައިމިނަތު ޖަމީލް
ޙާޟިރުވެވަޑައިނުގަތުމުން، އެކަންމަތިކޮށް، ޤާނޫނުއަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެއްވެސް
ނުކުތާއަކަށް ބެއްލެވުމެއްނެތި، ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް އިބްރާހިމް ޝަހުމް އާދަމް
ށްލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
2=ތ ދ ތ ދދވ
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
5
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
(ޅ) ހަވަނަ ނުކުތާއަކީ، ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް އިބްރާހީމް ޝަހުމް އާދަމް
ދޫކޮށްލާފައިވާކަމަށް
ބުނެ ހުށަހެޅި
497
04- މިމައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/J
/
MD-145 ކޯޓު
އަމުރު އެކޯޓުން ނެރުއްވާފައިވާ ގޮތާއިމެދު ހިތްހަމަ ނުޖެހޭ ކަމަށްބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ
ފަރާތުން އިސްތިޢުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން ދެފަރާތުން ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު
އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 49 މާއްދާގައި ޝަރީޢަތުން މީހެއްގެ މައްޗަށް
ޙުކުމެއް ކުރުމުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓޭނޭ ޙާލަތްތަކަކީ ކޮބައިކަން ބަޔާންކޮށްފައިވާ ކަމާއި އެޙާލަތް
ތަކަކީ، މީހަކާއި މެދު ތުހުމަތުކުރެވޭ މައްސަލާގައި ހެކި ފޮރުވުމަށް ނުވަތަ ހެކިބަސް ދޭން ހުރިމީހަކަށް
ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެކަމަށްޓަ
ށްޓަކައި، ނުވަތަ ކޯޓަށް ޙާޟިރު ނުވެދާނެކަމަށްޓަކައި، ނުވަތަ
ފިލާފާނެކަމަށްޓަކައި، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް
ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް އެމާއްދާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން.
ވަނަ
ދީ 8
4
2
މުދައއި
(ނ) ޤާނޫނުއަސާސީގެ 49
ކުށެއްގެ
ތުހުމަތުގައި ބަންދުކުރެވޭ މީހުން
ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދު" ގެ 7 ވަނަ މާއްދާގެ (ހ)
އަށް ބަލާއިރު، އެމީހަކާމެދު ތުހުމަތުކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި
މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކޮށްފާނެކަމަށް، ނުވަތަ ކޯޓަށް ހާޒިރު ނުވެދާނެކަމަށް، ނުވަތަ
ފިލާފާނެކަމަށް، ނުވަތަ ބަންދުން ދޫކޮށްލައިފިނަމަ މުޖްތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށް
ފަނޑިޔާރަށް ފެނިއްޖެނަމަ، އެމީހަކު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރުމުގެ ބާރު ފަނޑިޔާރަށް
ލިބިގެންވާކަން އެނގެން އޮންނަކަމާއި،
އިބްރާހިމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގެ ޙާދިސާ ހިނގާފައިވަނީ 30
ޖުލައި 2010 ގައި ކަމާއި އެހެން ނަމަވެސް އިބްރާހިމް ޝަހުމް އާދަމް ޙައްޔަރުކުރެވުނީ 24 އޯގަސްޓްގެ ނައި
2010 ގައިކަން އެނގެން އޮންނަ ކަމާއި ހައްޔަރުކުރުމަށް މިހާ ވަގުތު ނަގާފައިވަނީ ފުލުހުންނަށް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
އުޅެފައިވާތީ އާއި އިބްރާހިމް ޝަހުމް އާދަމް ހައްޔަރުކުރި އިރުވެސް އުޅެމުން ގޮސްފައިވަނީ ފިލައިގެންކަން
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ދީފައިވާ ބަޔާނުން
އެނގެން އޮންނަކަން.
(ނ) ކުށެއްގެ ތުހުމަތުގައި ބަންދުގައި ބެހެއްޓުމަށް ފަނޑިޔާރު އަމުރު ނެރެވޭނެ ސަބަބުތައް
"ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް ޙާޟިރުކޮށް ބަންދާމެދު ގޮތެއް
ނިންމުމުގެ ޤަވާއިދު" ގެ 7 ވަނަ މާއްދާގެ (ހ) ބަޔާންކޮށްފައިވާ ކަމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްގެ
"ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ނަންބަރު 050923/MF ފޯމުން އިބްރާހިމް ޝަހުމް
އާދަމްގެ ބަންދުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެދިފައިވާކަމާއި، ބަންދުގެ މުއްދަތު އިތުރުކުރުމަށް އެދިފައިވާ
ސަބަބުކަމުގައި އެފޯމުގައި ބަޔާންކޮށްފައިވަނީ އެމައްސަލައަކީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން އެއްވެ އުޅޭ
ސަރަޙައްދެއްގައި މުޖުތަމަޢުގެ ސަލާމަތާއި އަމާންކަން ގެއްލިގެން ގޮސް ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން
އުފެދޭފަދަ ނުރައްކާތެރި އަދި އެހާމެ އަނިޔާވެރިގޮތަކަށް އެކިއެކި ތޫނު ހަތިޔާރާއި ލަކުޑިބުރި ފަދަ ތަކެތިން
ހިންގާފައިވާ މާރާމާރިއަކަށް ވީހިނދު މިމާރާމާރީގައި އަނިޔާލިބުނު 17 އަހަރުގެ ކުއްޖަކު ނިޔާވެފައިވުމާއި، އަދި
މިމައްސަލައަކީ ތަޙްޤީޤް ކުރިޔަށްދާ މައްސަލައަކަށްވެފައި އިބްރާހިމް ޝަހުމް އާދަމް ބަންދުން ދޫކޮށްފިނަމަ
މައްސަލައިގެ ހެކި ފޮރުވުމަށާއި އަދި ހެކިންނަށް ނުފޫޒު ފޮރުވުމަށް މަސައްކަތްކޮށްފާނެކަމަށް ފެންނާތީއާއި،
މިމައްސަލައިގެ ބާވަތަށާއި ކަން ހިނގާފައިވާގޮތަށް ބަލާއިރު ތަޙްޤީޤުކުރިއަށްދާ އިރު އިބްރާހިމް ޝަހުމް އާދަމް
ދޫކޮށްފައި ބެހެއްޓުމަކީ އެކަމުގެ ސަބަބުން މުޖުތަމަޢުގެ ސަލާމަތާއި ރައްކާރެތިކަން ގެއްލި އެކަމުގެ ސަބަބުން
މިފަދަ އިތުރު މާރާމާރިތަކެއް ހިނގާފާނެ ކަމެއްކަމަށް ފެންނާތީވެއާއި އަދި އިބްރާހިމް ޝަހުމް އާދަމްގެ
ސަލާމާތާއި ރައްކާތެރިކަމަށްޓަކައި މީނާ ބަންދުގައި ބެހެއްޓުމަކީ އިބްރާހިމް ޝަހުމް އާދަމަށް އެންމެ
ސަލާމަތްތެރި ގޮތްކަމަށް ފެންނާތީވެ އާއި މައްސަލައިގައި ހޯދަން ބޭނުންވާ އިތުރު ފަރާތްތައް މިހާތަނަށް
ހޯދާނުފެނިފައިވާތީކަމަށް އެނގޭކަމާއި، މިކަންކަމުގެ މައްޗަށް ބައްލަވާ މޯލްޑިވްސް ޕޮލިސް ސާރވިސްގެ
ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ނަންބަރު 050923/MF ފޯމަށް ޙަވާލާދެއްވާ ކްރިމިނަލް
ކޯޓުން 15 ފެބްރުއަރީ 2011 ވަނަ ދުވަހުގެ ރޭ އިބްރާހީމް ޝަހުމް އާދަމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް
އިތުރުކޮށްފައިވާކަން ކްރިމިނަލް ކޯޓުގެނަންބަރު 2011
/
1221/(J
(
MD-145 ކޯޓު އަމުރުން އެ=
0 ހދ8
އަންނަކަން.
ދިވެހިރާއްޖޭގެ ހައިކޯޓް، ބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
7
2011/HC-A/51
"15
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފެބްރުއަރީ 2011ވަނަ ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގެ ނަންބަރު
2011
/
1258/(J
(
MD-145 ކޯޓު އަމުރުން އިބްރާހީމް ޝަހުމް އާދަމްގެ ބަންދުގެ މުއްދަތު 15 ދުވަހަށް
އިތުރުކޮށްފައިވަނިކޮށް ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/(J
(
MD-145 ކޯޓު އަމުރުން، މޯލްޑިވްސް
ޕޮލިސް ސާރވިސްގެ "ބަންދުގެ މުއްދަތު އިތުރުކުރުމަށް ހުށަހަޅާ ފޯމް" ނަންބަރު 050923/MF ފޯމަށް
ޙަވާލާދެއްވާ 17 ފެބްރުއަރީ 2011 ވަނަ ދުވަހު އިބްރާހީމް ޝަހުމް އާދަމް ބަންދުން ދޫކޮށްލާފައިވާކަމާއި،
ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ އިބްރާހީމް ޝަހީމް އާދަމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަރުގެ
މައްސަލައާއި ގުޅިގެން ހޯދަންޖެހޭ މެޑިކޯލީގަލް ރިޕޯޓު ހޯދުމަށް އެދިފައިވާތާ 06 (ހައެއް) މަސްދުވަހުގެ
މުއްދަތެއް ފާއިތުވެ ދިޔައިރުވެސް ރިޕޯޓު ލިބިފައި ނުވާތީ އާއި މިރިޕޯޓު ލިބޭނެ ދުވަހެއް އެނގެން ނެތުމާއި،
ކުށުގެ ތުހުމަތުގައި ހައްޔަރުކުރެވިފައިވާ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ އަސާސީ ޙައްޤަކަށް އުނިކަން
އަންނަމުން ދާކަމަށްބުނެ އެސަބަބު މަތިކޮށްކަން އެއަމުރުން އެނގެން އޮންނައިރު،
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއާ އެއްގޮތަށް މީހަކު ބަންދުކުރުމުގައި ތުހުމަތުކުރެވޭ ކުށް
ސާބިތުކުރުމަށް ކާފީ ހެކިތަކެއް ނެތްކަމުގައި ވިޔަސް، ޝައްކުކުރެވޭ ކުށުގެ ނުރައްކާތެރިކަމަކީ ކޮބައިކަމާއި،
އަދި އެކުށް ތަޙުޤީޤުކުރުމުގައި ހުރީ ކިހާ މިންވަރެއްގެ އުނދަގޫތަކެއްތޯއާއި، އެކަމުގައި ހިމެނޭ މީހުންގެ
އަދަދަކީ ކޮބައިކަމާއި، ކުށުގެ ޠަބީޢަތަކީ ކޮބައިކަމާއި، ކުށުގެ ކުޑަބޮޑުމިނަކީ ކޮބައިކަމާއި، އެކުށަށް ޤާނޫނުގައި
ކަނޑައެޅިފައިވާ އަދަބަކީ ކޮބައިކަމާއި، ޝައްކުކުރެވޭ މީހާ ފިލާ ރައްކާވުމުގެ ބިރުއޮތީ ކިހާ މިންވަ
އަދި ހެކިތަކާއި ކުޅޭ ހެކިތައް ނައްތާލުމުގެ ބިރުއޮތީ ކިހާ ވަރަކަށްކަން ފަނޑިޔާރު ވަޒަންކުރަންޖެހޭނެކަމަށް
ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަން.
ކޮންއކމއި،
(ބ) 15 ފެބްރުއަރީ 2011 ދުވަހު އިބްރާހީމް ޝަހުމް އާދަމްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް
ކްރިމިނަލް ކޯޓަށް ހާޟިރުކުރުމުން އިބްރާހީމް ޝަހުމް އާދަމްގެ މައްޗަށް ތުހުމަތުކުރެވިފައިވާ މަރުގެ
މައްސަލައިގެ ތަޙްޤީޤް ނުނިމި ލަސްވަނީ ކީއްވެތޯ ފަނޑިޔާރު ސުވާލުކުރެއްވުމަކާއި، އެމައްސަލައިގައި
ކުރަންހުރި ހުރިހާކަމެއް ނިމިފައިވާކަމާއި، މައްސަލަ ލަސްވަމުންދަނީ ނިޔާވެފައިވާ މުޙައްމަދު ޙުސައިންގެ
ޑެތުސަމަރީ އަދި މެޑިކޯލީގަލް ރިޕޯޓު ލިބިފައި ނުވާތީކަމަށް މައްސަލަ ތަޙްޤީޤްކުރާ ފަރާތުން ބުނެފައިވާކަން
އެނގޭކަމާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއިން ނިޔާވެފައިވާ މުޙައްމަދު ޙުސައިންގެ ޑެތުސަމަރީ އަދި
މެޑިކޯލީގަލް ރިޕޯޓު ހޯދުމަށް ހެލްތް މިނިސްޓްރީއަށް ލިޔެފައިވާ ސިޓީއަށް 06 މަސްދުވަހަށްވުރެ ދިގުމުއްމަޖެއް
ހައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2011/HC-A/51
ޤާނޫނުއަސާސީގެ
8 0 4
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ފާއިތުވެ ގޮސްފައިވާއިރު އެސިޓީއަށް ޖަވާބުދިނުން ލަސްވާ ސަބަބެއް އޮޅުން ފިލުވުމަށްޓަކައި 15 ފެބްރުއަރީ
2011 ވަނަ ދުވަހު ކްރިމިނަލް ކޯޓު ނަންބަރު 2011
/
003/J-145 ކޯޓު އަމުރުން މިނިސްޓަރ އޮފް ހެލްތް
އެންޑް ފެމިލީ ޑރ.އައިމިނަތު ޖަމީލު 17 ފެބްރުއަރީ 2011 ވަނަ ދުވަހުގެ 10:00 އަށް ކްރިމިނަލް ކޯޓަށް
ޙާޟިރުވުމަށް އަމުރުކޮށްފައިވާކަން އެކޯޓުގެ ނަންބަރު 2011
/
003/J-145 ކޯޓު އަމުރުން އެނގެން
އޮންނަކަމާއި،
މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑރ.އައިމިނަތު ޖަމީލަކީ، އެޤަޟިއްޔާގެ ދަޢުވާ އާއި
ގުޅުންހުރި ފަރާތެއް ނޫންކަން އެނގޭކަމާއި، އިސްވެ އިޝާރާތް ކުރެވުނު އަމުރުގައި ބަޔާންކުރައްވާފައިވާ
އެކޯޓުގެ ޤަޟިއްޔާގެ ޚާޞްމުން އެކޯޓަށް ޙާޟިރުކޮށް ދިނުމުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ
ސީގެ 141 ވަނަ މާއްދާގެ (ރ) ގައިވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން މިނިސްޓަރ އޮފް
ހެލްތް އެންޑް ފެމިލީ ޑރ.އައިމިނަތު ޖަމީލު ކްރިމިނަލް ކޯޓަށާއި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް
އެއްބާރުލުން ދީފައިނުވާކަމަށް ކްރިމިނަލް ކޯޓަށް ފާހަގަ ކުރެވިއްޖެ ޙާލަތެއްގައިވެސް، މިނިސްޓަރ އޮފް ހެލްތް
ފެމިލީ ޑރ.އައިމިނަތު ޖަމީލަކީ، އެއަމުރުގައި ބަޔާންކުރައްވާފައިވާ ގ.ކޯޒީ އިބްރާހިމް ޝަހުމް އާދަމްގެ
މައްޗަށް ތުހުމަތުކުރެވިފައިވާ ތޫނު ހަތިޔާރުން ހަމަލާދިނުމުގެ ސަބަބުން މީހަކު މަރުވެފައިވާ މައްސަލަ އާއި
ސީދާގޮތުން ގުޅުމެއް ހުރި ފަރާތެއްކަމަށް ނުވުމުން މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ ޙައިޘިއްޔަތުން
ޑރ.އައިމިނަތު ޖަމީލު ޙާޟިރުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ޙައިޘިއްޔަތެއް ނެތްކަން، ހައިކޯޓުގެ ނަންބަރު
248/HC-A/2009 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ އުޞޫލުން އެނގެން އޮންނަކަމާއި،
އިބްރާހިމް ޝަހުމް އާދަމްގެ ބަންދުގެ މުއްދަތު 15 ފެބްރުއަރީ 2011 އިން 02 މާރޗް 2011
އާއި ހަމައަށް އިތުރުކޮށްފައިވަނިކޮށް 17 ފެބްރުއަރީ 2011 ގައި އިބްރާހިމް ޝަހުމް އާދަމް ދޫކޮށްލައިފައިވަނީ
ހެލްތް މިނިސްޓްރީގެ އިޙްމާލުގެ ސަބަބުން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށް އުނިކަން
ޢަމަލުކުރެވޭނެކަމަށް ނުފެންނާތީކަމަށް ކްރިމިނަލް ކޯޓުގެ ނޫސް ބަޔާނުން އެނގެން
އޮންނަކަމާއި، އިބްރާހިމް ޝަހުމް އާދަމްއަކީ ކުށުގެ ރެކޯޑް އޮތްމީހަކަށްވެފައި ތުހުމަތު ކުރެވިފައިވާ މަރުގެ
މައްސަލައެއްގައި އިބްރާހިމް ޝަހުމް އާދަމް ހައްޔަރުކުރެވުނީ ގިނަ ދުވަސްތަކެއްވަންދެން ފިލައިގެން
އުޅެނިކޮށްކަން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުން
އެނގެން އޮންނަކަން.
އިޑް
އަންނަގޮތަކަށް
ހައިކޯޓް
s
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
9
2011/HC-A/51
ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓް
ވީމާ، ކްރިމިނަލް ކޯޓުގެ ނަންބަރު 2011
/
1258/J
/
MD-145 ކޯޓު އަމުރު ނެރުމުގައި
ޤާނޫނުއަސާސީގެ 49 ވަނަ މާއްދާ އާއި ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހުން ފަނޑިޔާރެއްގެ ކުރިމައްޗަށް
ޙާޟިރުކޮށް ބަންދާމެދު ގޮތެއް ނިންމުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ޙާލަތްތަކާއި
ސަބަބުތަކުގެ މައްޗަށް ރިޢާޔަތްކޮށްފައި ނުވާތީ އެއަމުރަކީ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރެފައިވާ ބާޠިލް
އަމުރެއްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv