ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/68 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާސް
2015/HC-A/68
އަلA
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ރާއްޖެ"
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 68/HC-A/2015
. އިސްތިއުނާފު ކުރި ފަރާތް:
ނަން: މުޙައްމަދު ފަޟީލް
* ދާއިމީ އެޑްރެސް: ޑޭޒީމާގެ/ ދ. ކުޑަހުވަދޫ
އައި.ޑީ.ކާޑު ނަންބަރު: A059159 * މިހާރުގެ އެޑްރެސް: މއ. ސެވަން ޒީރޯ މާލެ
ބަދަލުގައި: އދ. އިބްރާހީމް ރިފްއަތު،
އިބްރާހީމް ރިފްޢަތު، ވ. ނަޖުހިޔާ މާލެ
T:
0
އިސްތިއުނާފު ރައްދުވި ފަރާތް:
*
ނަން: އާމިނަތު ޝަހުމާ
އައި.ޑީ.ކާޑު ނަންބަރު: A075941
ބަދަލުގައި: އދ. ޙަސަން ފަލާޙް، މާދަޑު. ސިތާނާ
އެޑްރެސް: ހުޅުމާލެ. 10525/ މާލެ
މިހާރުގެ އެޑްރެސް: ހުޅުމާލެ. 10525/ މާލެ
ޏ. ފުވައްމުލައް
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 26 ރަބީޢުލްއާޚިރު 1436 ' ނިމުނު ތާރީޚް: 23 ޖުމާދަލްއާޚިރާ 1436
16 ފެބްރުއަރީ 2015
12 އެޕްރީލް 2015
އިސްތިއުނާފު ކުރެވުނު އަމުރު ނަންބަރު: 2015
/
02/B
-
CR
-
9
/
VA
ނިންމެވި ކޯޓު: ސިވިލް ކޯޓު
• ޤަޟިއްޔާގެ ބާވަތް: ވަގުތީ އަމުރު
އަމުރު ނެރުއްވި ތާރީޚް: 29 ޖަނަވަރީ 2015
• މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު:ޝުޢައިބު ޙުސައިން ޒަކަރިއްޔާ ފަނޑިޔާރު:
ފަނޑިޔާރު: ޢަލީ ސަމީރު
ޢައްބާސް ޝަރީފް
ދިވެހިރާއްޖޭގެ
ޣައިކު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
'2
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
ދަޢުވާގެ ޚުލާޞާ
އެއްގޮތަށް
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ
ނޫންކަމަށްބުނެ، އެއަމުރު
އިސްތިއުނާފުކޮށްދިނުމަށް އެދި، ދ. ކުޑަހުވަދޫ ޑޭޒީމާގެ މުޙައްމަދު ފަޟީލުގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ހުޅުމާލެ 10525/ މާލެ އާމިނަތު ޝަހުމާއެވެ.
0
ފާހަގަކުރެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ދ. ކުޑަހުވަދޫ ޑޭޒީމާގެ މުޙައްމަދު ފަޟީލުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވެއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރަށް ބަލާއިރު، އެ އަމުރަކީ،
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/300 ޤަޟިއްޔާއިން އެކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން
ހުޅުމާލެ | މާލެ 10525 އާމިނަތު ޝަހުމާގެ ފަރާތުން އެދުމުން ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
އެއަމުރުގައި ވަނީ، "... 18 އޯގަސްޓް 2013 ވަނަ ދުވަހު ހުޅުމާލެ 10525/ މާލެ އާމިނަތު
ޝަހުމާ (ދރކީ ނަންބަރު A075941) އާއި މުނިސިޕަލްޓީ ދަފްތަރު 5315 މުޙައްމަދު ފަޒީލު (ތރކ
ނަންބަރު A059159) އާއި ދެމެދުވެފައިވާ "ހުޅުމާލެ ލޮޓް ނަންބަރު 10525 ވިއްކުމުގެ އެގްރިމަންޓް
ނަންބަރު 07
/
589/HDC
/
LDS އިން ލިބިފައިވާ އެންމެހާ ޙައްޤުތައް ބަދަލު ކުރުމުގެ އެގްރިމަންޓް" އަކީ
ދިވެހިރާއްޖޭގެ
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
4e
(ޤާނޫނު ނަންބަރު 4/91) ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 03 ވަނަ މާއްދާއާއި ޚިލާފަށްވެފައިވާ
އެއްބަސްވުމެއްކަމާއި އަދި މި އެއްބަސްވުމަކީ (ޤާނޫނު ނަންބަރު 4/91) ދިވެހިރާއްޖޭގެ ކޮންޓްރެކްޓާބެހޭ
ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލް
އެއްބަސްވުމެއްކަން ކަނޑައަޅައިދެ
ޅައިދެއްވުމަށާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ މުޙައްމަދު ފަޒީލާއި ދެމެދު 18 އޯގަސްޓް 2013 ގައި ވެފައިވާ
އެއްބަސްވުމަކީ، ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންކުރިއާލައި ހުއްދަ ހޯދައިގެން ވެފައިވާ އެއްބަސްވުމެއް
ކަމަށް ނުވާތީ، މިކަމަކީ، ހުޅުމާލޭ ލޮޓް ނަންބަރު 10525 ބިން އާމިނަތު ޝަހުމާއަށް ވިއްކުމަށްޓަކައި،
ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، އާމިނަތު ޝަހުމާއާއި ދެމެދު ވެފައިވާ އެއްބަސްވުން މީގެ ފަހުން
"މައި އެއްބަސްވުން") އާއި ޚިލާފްކަމެއް ކަމަށްވާތީ، މިނުކުތާގެ އަލީގައި ދަޢުވާކުރާ ފަރާތާއި، މުޙައްމަދު
ފަޒީލްއާއި ދެމެދު ވެފައިވާ އެއްބަސްވުމަކީ ބާޠިލް އެއްބަސްވުމެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި،
ދަޢުވާކުރާ ފަރާތާއި ދަޢުވާލިބޭ މުޙައްމަދު ފަޒީލާއި ދެމެދު 18 އޯގަސްޓް 2013 ގައި ގޯތި
ވިއްކުމަށް އެއްބަސްވެފައިވާއިރު، އާމިނަތު ޝަހުމާ ޝަރުޢީ ގޮތުން ބަލަންޖެހޭ 3 އަހަރުގެ ދަރިއަކު ހުރިއިރު،
އަދި އާމިނަތު ޝަހުމާ ދިރިއުޅުމަށްޓަކައި އިތުރު ބިމެއް ނެތް އިރު، ވިއްކާލާފައިވާ ބިމަކީ، ބިމާބެހޭ ޤާނޫނުގެ
ދަށުން، އާމިނަތު ޝަހުމާއާއި އެދަރިފުޅުގެވެސް ޙައްޤު އެކުލެވިގެންވާ ބިމެއްކަމަށް ވީހިނދު، ޝަރުޢީގޮތުން
ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އިތުރު ބިމެއް ނެތުމުގެ ސަބަބުން ބިން ވިއްކުމުގެ މުޢާމަލާތަކީ ބާޠިލް
މުޢާމަލާތެއް ކަމަށް ކަނޑައަޅުއްވައި ދެއްވުމަށާއި،
ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއި ބިމާބެހޭ ޤާނޫނުގެ ދަށުން
ހަދާފައިވާ ޤަވާޢިދުތަކުގެ ދަށުން، ބިމާބެހޭ ޙައްޤުތައް ބަދަލުކުރަންވާނީ، ޝަރުއީ މަރުޙަލާގެ ތެރެއިން
ކަމަށްވާއިރު، 18 އޯގަސްޓް 2013 ގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން، ހުޅުމާލެ
ލޮޓް ނަންބަރު 10525 ގޯތީގެ ޙައްޤުތައް ބަދަލުކޮށްފައިވަނީ، ބިމާބެހޭ ޤާނޫނުގެ މަފްހޫމްތަކާ ޚިލާފަށްކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް އެދި މުޙައްމަދު ފަޒީލް އާއި ޢަލީ ސިރާޖު އާއި ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަންގެ މައްޗަށް ހުޅުމާލެ 10525 | މާލެ އާމިނަތު ޝަހުމާ (ދރ. ކާޑު ނަންބަރު A075941)
ހައިކޯ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
4
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
ކޮށްފައިވާ މިޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން، ހުޅުމާލެ ލޮޓް ނަންބަރު 10525
ގޯތީގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވަނީ، ދަޢުވާކުރާ ފަރާތަށާއި ދަޢުވާކުރާ ފަރާތުން ބަހައްޓާފައި ތިބި
ފަރާތްތަކަށް ކަމަށާއި، ދަޢުވާކުރާ ފަރާތުން ތަނުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ،
ފެނާއި ކަރަންޓުގެ ޚިދުމަތްތައްފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، މިކަމުގެ އެއްވެސް ހުރަހެއް ކުރިމަތި
ވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް، ދަޢުވާލިބޭ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި
މުއައްސަސާތަކާއި އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މިކަމުގައި ޝާމިލްވާ އެންމެހައި
ފަރާތްތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިކަން އެނގެން އޮތްކަމާއި،
މިއަމުރަކީ ކޯޓުން ނެރެވިދާނެ އަމުރެއްތޯ ޝަރީޢަތުން ބެލިއިރު، މިމައްސަލައަކީ ހުޅުމާލެ ލޮޓް
ނަންބަރު 10525 ވިއްކުމުގެ ނަންބަރު 07
/
589/HDC
/
LDS އެގްރިމަންޓް އިން ލިބިފައިވާ އެންމެހާ
ޙައްޤުތައް ބަދަލު ކުރުމުގެ އެގްރިމަންޓުގެ ޞައްޙަކަމާއިމެދު ހުށަހެޅިފައިވާ ދަޢުވާއަކަށްވާތީ އާއި،
މިއެގްރިމަންޓް ކުރެވުނު އިރު، ހުޅުމާލެ ލޮޓް ނަންބަރު 10525 އަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން
ދަޢުވާކުރާފަރާތާއި ޙަވާލުކޮށްފައިވާ ގޯއްޗަކަށްވާތީ، ހުށަހެޅިފައިވާ ދަޢުވާއާއި މެދު ޝަރީޢަތުން ގޮތެއް
ނިންމުމުގެ ކުރިން ހުޅުމާލެ ލޮޓް ނަންބަރު 10525 ދިރިއުޅުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށާއި ދަޢުވާކުރާ
ފަރާތުން ބަހައްޓާފައި ތިބި ފަރާތްތަކަށް ލިބިގެންވާކަމަށް ޝަރީޢަތުންދެކޭކަމާއި، ކަރަންޓާއި ފެނުގެ ޚިދުމަތަކީ
އަސާސީ ޚިދުމަތަކަށްވެފައި، ކަރަންޓާއި ފެނުގެ ޚިދުމަތް ނެތި ހުޅުމާލެ ލޮޓް ނަންބަރު 10525
އުޅެންޖެހުމަކީ، ވަގުތީ ފަރުވާއެއް ދެވިފައި އޮންނަންޖެހޭ މައްސަލައެއްކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ،
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/300 ޤަޟިއްޔާގައި ޙުކުމްކުރަންދެން ނުވަތަ ކޯޓުން
ވަކިގޮތަކަށް އަންގަންދެން، ހުޅުމާލެ ލޮޓް ނަންބަރު 10525 ގޯތީގައި ދިރިއުޅުމުގެ ޙައްޤު ދަޢުވާކުރާ
ފަރާތަށާއި ދަޢުވާކުރާ ފަރާތުން ބަހައްޓާފައި ތިބި ފަރާތްތަކަށް ލިބިގެންވާކަމަށާއި، ދަޢުވާކުރާ ފަރާތުން ތަނުގައި
ދިރިއުޅުމަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ، ފެނާއި ކަރަންޓުގެ ޚިދުމަތްތައް ފަދަ ޚިދުމަތްތައް
ފޯރުކޮށްދިނުމަށާއި، މިކަމުގެ އެއްވެސް ހުރަހެއް ކުރިމަތި ވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް، ދަޢުވާލިބޭ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
5
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ އެންމެހައި މުއައްސަސާތަކާއި އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ
ފަރާތްތަކާއި، މިކަމުގައި ޝާމިލުވާ އެންމެހައި ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށް، މިއަމުރުން
ދަޢުވާލިބޭފަރާތްތަކަށް އަންގާފައިވާ ފަދައިން ޢަމަލުނުކޮށްފިނަމަ، މިއަމުރުގައިވާ ފަދައިން ދަޢުވާލިބޭފަރާތްތައް
ޢަމަލުކުރުން ކަށަވަރުކުރުމާއެކު، ތަނުގެ މަޞްލަޙަތު ހިފަހައްޓައި، އަމަން ބެލެހެއްޓުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްއަށް އަމުރު ކޮށްފީމެވެ" މިފަދައިންނެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު އެކޯޓުން ނެރުއްވާފައިވަނީ
ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެއަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި،
ދ. ކުޑަހުވަދޫ ޑޭޒީމާގެ މުޙައްމަދު ފަޟީލުގެ ފަރާތުން 04 (ހަތަރެއް) ނުކުތާއެއް ފާހަގަކޮށް އެކަންކަމާ
ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ.
03=4
.cc
ބޮދޭޤީeން
• ފުރަތަމަ ނުކުތާއަކީ: އިސްތިއުނާފް މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި
މައްސަލައިގެ މައުޟޫޢު ސީދާ ގުޅިފައިވަނީ ހުޅުމާލޭގައި އޮތް ނުއުފުލޭ މުދަލަކަށް ވެފައި، ރަށެއްގެ ބިމާއި
ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބެލެވޭނީ އެރަށެއްގެ
ކޯޓުން ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ 3 ވަނަ
ނަންބަރުގައި ބަޔާންކޮށްފައިވާހިނދު، އެމާއްދާއާ ޚިލާފުވާ ގޮތަށް ސިވިލް ކޯޓުން މައްސަލަ ބައްލަވައި، ވަގުތީ
އަމުރެއް ނެރުއްވާފައިވާކަމަށް
މިއީވާފައިވާކަމަށް ބުނެ ހުށަހެޅި
3 މ އ ސ ޑ
ންކުeއވެ.
• ދެވަނަ ނުކުތާއަކީ: އިސްތިއުނާފް މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
އަޞްލު މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރުއްވައި ދެއްވާފައިވާހިނދު، އެފަދަ އަމުރެއް ކޯޓުން
ނެރުއްވައި ދެއްވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 21/SC
-
A/2012 ޤަޟިއްޔާއިން
ހައިކޯޑު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
ޤާއިމުކޮށްފައިވާ އިޖުރާއީ ޢާންމު އުޞޫލުތަކުގެ ދަށުން ފުރިހަމަވާކަމަށް ޝަރީޢަތުން ބައްލަވަންޖެހޭ ޢާންމު
ޝަރުތުތައް އެކަމަށް ކަނޑައެޅި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތަށް އިސްތިއުނާފް މައްސަލަ ރައްދުވާ
ފަރާތުން ފުރިހަމަކޮށްފައި
ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ތިންވަނަ ނުކުތާއަކީ: ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި،
އަޞްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް
ފުވަތަ އެޙައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަޤުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށްވާހިނދު،
ސިވިލް ކޯޓުން ނެރުއްވާފައިވާ ވަޤުތީ އަމުރު ގެ ނަތީޖާއަކީ، އެކޯޓަށް ހުށަހެޅިފައިވާ މައްސަލަ މައުޟޫޢީ
ގޮތުން ބެއްލެވުމުގެ ކުރިން، އެމައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް ދާއިމީ
ޙިމާޔަތް ކުރިއާލައި ދެއްވުންކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
• ހަތަރުވަނަ ނުކުތާއަކީ: އިސްތިއުނާފް މައްސަލަ ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ
މައްސަލައާ ގުޅިގެން ކަންހިނގާފައިވާ ގޮތް ކަށަވަރުކޮށްދީފައިވާ ގޮތާއި، މައްސަލާގައި ހިމެނޭ ބައެއް
ޙަޤީޤަތްތަކާމެދު ރަނގަޅަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތް ކުރެއްވުމަކާ ނުލައި ސިވިލް ކޯޓުން މައްސަލަ
ބައްލަވައި، ވަޤުތީ އަމުރެއް ނެރުއްވާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
4. މިމައްސަލައާ ގުޅިގެން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ހުށަހެޅިފައިވާ
ލިޔުންތަކަށާއި، ސިވިލް ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު ނެރުއްވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްނޫންކަމަށް ބުނެ، ދ. ކުޑަހުވަދޫ ޑޭޒީމާގެ މުޙައްމަދު ފަޟީލުގެ ފަރާތުން
ހުށަހަޅާފައިވާ ސަބަބުތަކުގެ މައްޗަށް ބެލިއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
(ހ) ފުރަތަމަ ކަމަކީ، އިސްތިއުނާފް މައްސަލަ ރައްދުވާ އާމިނަތު ޝަހުމާގެ ފަރާތުން ސިވިލް
ކޯޓަށް ހުށަހެޅި މައްސަލައިގެ މައުޟޫޢު ސީދާ ގުޅިފައިވަނީ ހުޅުމާލޭގައި އޮތް ނުއުފުލޭ މުދަލަކަށްކަމަށް ވެފައި،
ރަށެއްގެ ބިމާއި ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބެލެވޭނީ
އެރަށެއްގެ ކޯޓުން ކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ ޖަދުވަލު 5 ގެ
3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާހިނދު، އެމާއްދާއާ ޚިލާފުވާ ގޮތަށް ސިވިލް ކޯޓުން މައްސަލަ ބައްލަވައި،
ވަގުތީ އަމުރެއް ނެރުއްވާފައިވާކަމަށް ބުނެ މުޙައްމަދު ފަޝީލުގެ ފަރާތުން ހުށަހަޅާފައިވާއިރު،
މި ނުކުތާއަކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ، މިވަގުތީ އަމުރު ނެރެވުނު އަޞްލު މައްސަލަ ސިވިލް
ކޯޓުން ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަން ބަޔާންކޮށް އެއަސާސުގެ މައްޗަށް ބިނާކޮށްފައިވާ
ނުކުތާއަކަށްވާއިރު،
އެ އިޖްރާއީ އިޢުތިރާޟާކީ ސިވިލް ކޯޓަށް ހުށަހެޅިފައިވާ މައްސަލާގައި ހުށަހަޅައިގެން ގޮތެއް
ނިންމަންޖެހޭ ނުކުތާއެއްކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2014
/
01 (24 އޯގަސްޓް
2014) ސަރކިއުލަރ އަށް ބަލާއިރުވެސް، މިފަދަ އިޖްރާއީ ނުކުތާތަކާ ގުޅިގެން ކަނޑައަޅުއްވާ
އެޅުއްވުންތައް ޢާންމު އުޞޫލެއްގެ ގޮތުން އިސްތިއުނާފުކުރެވޭނީ އެމައްސަލައެއް އޮތް ކޯޓަކުން
އެމައްސަލައެއް ބަލައި، ފައިޞަލާކުރަނިވި ޙުކުމެއް އިއްވުމުން، އެޙުކުމެއް އިސްތިއުނާފުކުރެވޭ ޙާލަތުގައި
ޙާލަތުގައިކަމާއި،
އެއިން އިސްތިސްނާކުރެވިފައިވަނީ، މައްސަލަ ހުށަހެޅިފައިވާ ކޯޓަށް އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް
ނެތްކަމަށް ކަނޑައަޅުއްވައި އެ މައްސަލަ އެ ކޯޓުން ނުބެލޭނެކަމަށް ނިންމަވާ ޙާލަތުގައި އެ ނިންމެވުންކަން
އެނގެން އޮންނަކަމާއި،
އެހެންކަމުން، މުޙައްމަދު ފަޟީލުގެ ފަރާތުން ހުށަހަޅާފައިވާ މިނުކުތާއަކީ ސިވިލް ކޯޓުގެ ނަންބަރު
2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މި މައްސަލާގައި
ބަލައިގަނެވެން އޮތް ނުކުތާއެއް ނޫންކަމަށް މިމައްސަލަ ބެލި ފަނޑިޔާރުން ކަނޑައަޅުއްވާފައިވާކަމެވެ.
cca
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
8
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
448,
އަދި އެ
(ށ) ދެވަނަ ކަމަކީ، އިސްތިއުނާފުކުރެވިފައި
މިވާ، ސިވިލް ކޯޓުގެ ނަންބަރު
2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރަކީ، ހުޅުމާލެ ލޮޓް ނަންބަރު 10525 އާމިނަތު ޝަހުމާގެ ފަރާތުން
ސިވިލް ކޯޓަށް ހުށަހަޅާފައިވާ، ނަންބަރު 2015/Cv-C/300 ޤަޟިއްޔާއާ ގުޅިގެން އާމިނަތު ޝަހުމާގެ
ފަރާތުން އެދުމުން ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/300 ޤަޟިއްޔާއަކީ، ހުޅުމާލެ ލޮޓް ނަންބަރު 10525
ވިއްކުމުގެ އެގްރީމަންޓް ނަންބަރު 07
/
589/HDC
/
LDS (22 އޯގަސްޓް 2007) އިން އާމިނަތު
ޝަހުމާއަށް ލިބިފައިވާ އެންމެހައި ޙައްޤުތައް މުޙައްމަދު ފަޟީލު ނުވަތަ މުޙައްމަދު ފަޟީލު ކަނޑައަޅާ
ފަރާތަކަށް ބަދަލު ކުރުމަށް އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު 18 އޯގަސްޓް 2013 ވަނަ
ދުވަހު ވެވިފައިވާ އެގްރިމަންޓަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 03 ވަނަ މާއްދާއާއި
ޚިލާފަށްވެފައިވާ، އަދި އެ ޤާނޫނުގެ 13 ވަނަ މާއްދާގެ ދަށުން ބާޠިލް އެއްބަސްވުމެއްކަމަށާ
އިއްބަސްވުމަކީ، ހުޅުމާލޭ ލޮޓް ނަންބަރު 10525 ބިން އާމިނަތު ޝަހުމާއަށް ވިއްކުމަށް، ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، އާމިނަތު ޝަހުމާއާއި ދެމެދު ވެފައިވާ އެއްބަސްވުމާ ޚިލާފަށް ހުޅުމާލެ
ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރިއާލައި ހުއްދަ ހޯދުމަކާ ނުލައި ވެފައިވާ އެއްބަސްވުމެއް ކަމަށާއި، އަދި އެ
އެއްބަސްވުމަކީ އާމިނަތު ޝަހުމާ ޝަރުޢީ ގޮތުން ބަލަންޖެހޭ 3 އަހަރުގެ ދަރިއަކު ހުރިއިރު، އާމިނަތު ޝަހުމާ
ދިރިއުޅުމަށްޓަކައި އިތުރު ބިމެއް ނެތުމުންނާއި، އެގޯތީގެ ޙައްޤުތައް ބަދަލުކޮށްފައިވަނީ، ބިމާބެހޭ ޤާނޫނުގެ
މަފްހޫމްތަކާ ޚިލާފަށްކަމަށާއި، އެހެންކަމުން އެ ބިން ވިއްކުމުގެ މުޢާމަލާތަކީ ބާޠިލް މުޢާމަލާތެއް ކަމަށް
ކަނޑައަޅުއްވައި ދެއްވުމަށް އެދި މުޙައްމަދު ފަޟީލާއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މައްޗަށް
ދަޢުވާ ރައްދުވާގޮތަށް އާމިނަތު ޝަހުމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްކަމާއި،
އިސްތިއުނާފުކުރެވިފައި މިވާ ވަގުތީ އަމުރަކީ، ސިވިލް ކޯޓަށް އާމިނަތު ޝަހުމާގެ ފަރާތުން
ހުށަހަޅާފައިވާ ބަޔާންކުރެވިދިޔަ ޤަޟިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން، ހުޅުމާލެ ލޮޓް
ނަންބަރު 10525 ގޯތީގައި ދިރިއުޅުމުގެ ޙައްޤު ލިބިގެންވަނީ، އާމިނަތު ޝަހުމާއަށާއި އާމިނަތު ޝަހުމާގެ
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
9
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
ފަރާތުން އެތަނުގައި ތިބި ފަރާތްތަކަށް ކަމަށާއި، ދަޢުވާކުރާ ފަރާތުން ތަނުގައި ދިރިއުޅުމަށް ބޭނުންވާ އަސާސީ
ޚިދުމަތްތައް ކަމަށްވާ، ފެނާއި ކަރަންޓުގެ ޚިދުމަތްތައްފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި، މިކަމުގެ އެއްވެސް
ހުރަހެއް ކުރިމަތި ވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް، ދަޢުވާލިބޭ ފަރާތްތަކަށާއި ދައުލަތުގެ ކަމާބެހޭ
އެންމެހައި މުއައްސަސާތަކާއި އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މިކަމުގައި ޝާމިލްވާ
އެންމެހައި ފަރާތްތަކުގެ މައްޗަށް އަމުރުކޮށް ވަގުތީ އަމުރަކަށް އާމިނަތު ޝަހުމާގެ ފަރާތުން އެދި ހުށަހެޅުމުން،
ސިވިލް ކޯޓުން ނެރުއްވާފައިވާ ވަގުތީ އަމުރެއްކަމާއި،
މި ވަގުތީ އަމުރަށް ބަލާއިރު، މިވަގުތީ އަމުރު ނެރުއްވުމަށް ނިންމެވި ސަބަބު ބިނާކުރައްވާފައިވާ
އަސާސަކީ، އާމިނަތު ޝަހުމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ހުޅުމާލެ ލޮޓް ނަންބަރު
10525 ވިއްކުމުގެ ނަންބަރު 07
/
589/HDC
/
LDS އެގްރިމަންޓުން އާމިނަތު ޝަހުމާއަށް ލިބިފައިވާ
އެންމެހައި ޙައްޤުތައް ބަދަލުކުރުމަށް އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު 18 އޯގަސްޓް 2013
ވަނަ ދުވަހު ވެވިފައިވާ އެގްރިމަންޓުގެ ޞައްޙަކަމާއިމެދު ހުށަހެޅިފައިވާ ދަޢުވާއަކަށްވާތީއާއި، މިއެގްރިމަންޓް
ކުރެވުނުއިރު، ހުޅުމާލެ ލޮޓް ނަންބަރު 10525 އަކީ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ދަޢުވާކުރާފަރާތާއި
ޙަވާލުކޮށްފައިވާ ގޯއްޗަކަށްވާތީ، ހުށަހެޅިފައިވާ ދަޢުވާއާއި މެދު ޝަރީޢަތުން ގޮތެއް ނިންމުމުގެ ކުރިން ހުޅުމާލެ
ލޮޓް ނަންބަރު 10525 ގައި ދިރިއުޅުމުގެ ޙައްޤު އާމިނަތު ޝަހުމާއަށާއި އާމިނަތު ޝަހުމާގެ ފަރާތުން
އެތަނުގައި ތިބި
ފަރާތްތަކަށް ލިބިގެންވާކަމަށް ޝަރީޢަތުންދެކޭކަމަށް ބަޔާންކުރައްވައި ފާހަގަކުރެއްވި
އަސާސްކަން އެނގެން އޮންނައިރު،
ހުޅުމާލެ ލޮޓް ނަންބަރު 10525 ވިއްކުމަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އާމިނަތު
ޝަހުމާއާއި ދެމެދު ކުރެވުނު އެގްރިމަންޓް ނަންބަރު 07
/
589/HDC
/
LDS (22 އޯގަސްޓް 2007) އިން
އާމިނަތު ޝަހުމާއަށް ލިބިފައިވާ އެންމެހައި ޙައްޤުތައް މުޙައްމަދު ފަޟީލު ނުވަތަ މުޙައްމަދު ފަޟީލު
ކަނޑައަޅާ ފަރާތަކަށް ބަދަލު ކުރުމަށް އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު 18 އޯގަސްޓް
2013 ވަނަ ދުވަހު އެއްބަސްވެ، ހެދިފައިވާ އެގްރިމަންޓުގައި މިދެފަރާތުން ސޮއިކުރުމަށްފަހު، އާމިނަތު
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
10
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
04 2 2 4 8
ޝަހުމާއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު، ހުޅުމާލެ ލޮޓް ނަންބަރު 10525 އާމިނަތު
ޝަހުމާއަށް ވިއްކުމުގެ އެގްރިމަންޓް ނަންބަރު 07
/
589/HDC
/
LDS (22 އޯގަސްޓް 2007) އިން
އާމިނަތު ޝަހުމާއަށް ލިބިފައިވާ އެންމެހައި ޙައްޤުތަކާއި އަދި ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް
ހުރާ
ރީޙާއްޞަބާ މަރްޔަމް އާމިރާގެ ނަމަށް ބަދަލުކޮށްދިނުމަށް އާމިނަތު ޝަހުމާގެ ފަރާތުން ހުޅުމާލެ ޑިވެލޮޕްމަންޓް
ކޯޕަރޭޝަނަށް ހުށަހެޅުމުން، މި ތިން ފަރާތުގެ މެދުގައި 03 އޮކްޓޯބަރު 2013 ގައި ވެފައިވާ އެއްބަސްވުމަށް
ފުރަތަމަ ނަޒަރަކުން (prima facie) ބަލާއިރު، އާމިނަތު ޝަހުމާއާއި ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ
ދެމެދު ސޮއިކުރެވިފައިވާ، ހުޅުމާލެ ލޮޓް ނަންބަރު 10525 އާމިނަތު ޝަހުމާއަށް ވިއްކުމުގެ އެގްރިމަންޓް
ނަންބަރު 07
/
589/HDC
/
LDS (22 އޯގަސްޓް 2007) އިން އާމިނަތު ޝަހުމާއަށް ލިބިފައިވާ އެންމެހައި
ޙައްޤުތަކާއި އަދި ޒިންމާތަކާއި މަސްއޫލިއްޔަތުތައް ތިންވަނަ ފަރާތަކަށް ބަދަލުވެފައިވާކަމާއި، އެހެންކަމުން،
ސިވިލް ކޯޓަށް އާމިނަތު ޝަހުމާގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާމެދު ޝަރީޢަތުން ގޮތެއް ނިންމުމުގެ
ކުރިން ހުޅުމާލެ ލޮޓް ނަންބަރު 10525 ގައި ދިރިއުޅުމުގެ ޙައްޤު އާމިނަތު ޝަހުމާއަށާއި އާމިނަތު ޝަހުމާގެ
ފަރާތުން އެތަނުގައި ތިބި ފަރާތްތަކަށް ލިބިގެންވާކަމަށް ބެލެވިދާނެ ފަދަ ކަމެއް ނުވަތަ ކަންތައްތަކެއް
ފެންނަންނެތްކަމާއި، އަދި އާމިނަތު ޝަހުމާގެ ފަރާތުން ހުށަހެޅިފައިވާ މައްސަލައާމެދު ޝަރީޢަތުން ގޮތެއް
ނިންމަވަންދެން އެގޯތީގައި ތިބުމުގެ ވަގުތީ އަމުރަކަށް އެދުމުގެ ހައިސިއްޔަތާއި ޞިފަކުވެސް އާމިނަތު
ޝަހުމާއަށް ލިބިގެންވާކަމަށް ބަލަންޖެހޭފަދަ ހަރުދަނާ އަސާސެއް، މިމައްސަލާގައި ކުރެވިފައިވާ މުޢާމަލާތްތަކުގެ
މައްޗަށާއި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ފުރަތަމަ ނަޒަރަކުން (prima facie) ބަލާއިރު ފެންނަން
ނެތްކަމެވެ.
(ނ) ތިންވަނަ ކަމަކީ، އާމިނަތު ޝަހުމާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ
ލޮޓް ނަންބަރު 10525 ވިއްކުމުގެ ނަންބަރު 07
/
589/HDC
/
LDS އެގްރިމަންޓް އިން އާމިނަތު
ޝަހުމާއަށް ލިބިފައިވާ އެންމެހާ ޙައްޤުތައް ބަދަލު ކުރުމަށް އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން 3325029 ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
11
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
2013
ވަނަ
18 އޯގަސްޓް
ދުވަހު ވެވިފައިވާ އެގްރިމަންޓުގެ ޞައްޙަކަމާއިމެދު ހުށަހެޅިފައިވާ
ދަޢުވާއަކަށްވާއިރު،
އެ އެއްބަސްވުން ބާޠިލްކުރުމަށް ނުވަތަ ބާޠިލްކަމަށް ކަނޑައަޅުއްވައިދެއްވުން އެދި އާމިނަތު
ޝަހުމާގެ ފަރާތުން ހުށަހަޅާފައިވަނީ އެއްބަސްވުމުގެ ދަށުން މުޙައްމަދު ފަޟީލުގެ ފަރާތުން އަދާކުރަންޖެހޭ
ޒިންމާއެއް އަދާނުކޮށްގެންކަމަށް އާމިނަތު ޝަހުމާގެ ފަރާތުން ބުނެފައިނުވާކަމާއި،
މި އެގްރިމަންޓުގައި މިދެފަރާތުން ރުހި، އެއްބަސްވެ ސޮއިކޮށްފައިވާ ކަންތައްތަކުގެ މައްޗަށް
ބަލާއިރު، އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު މި އެއްބަސްވުން ވެވުނު ތާރީޚުކަމުގައިވާ 18
އޯގަސްޓް 2013 ވަނަ ދުވަހުން ފެށިގެން 30 އޯގަސްޓް 2014 ގެ ނިޔަލަށް އެތަނުގައި އާމިނަތު ޝަހުމާ
ބަޔަކު ތިބުމުގެ ޙައްޤު އާމިނަތު ޝަހުމާއަށް ލިބިދީފައިވާކަމާއި، ނަމަވެސް އެތާރީޚުގެ ފަހުން
އެތަނުގައި ތިބުމުގެ ޙައްޤު އާމިނަތު ޝަހުމާއާއި އާމިނަތު ޝަހުމާ ބޭނުންވާ ބަޔަކަށް ލިބިގެން ނުވާކަން އެ
އެގްރީމަންޓުގެ ގެ 05 ވަނަ މާއްދާއިން އެނގެން އޮންނަކަމެވެ.
434
ބނުންވާ
(ށ) ހަތަރުވަނަ ކަމަކީ، އިސްވެ ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުން ދެކެނީ، ހުޅުމާލެ ލޮޓް ނަންބަރު 10525 ވިއްކުމުގެ ނަންބަރު
07
/
589/HDC
/
LDS އެގްރިމަންޓުން އާމިނަތު ޝަހުމާއަށް ލިބިފައިވާ އެންމެހާ ޙައްޤުތައް ބަދަލު ކުރުމަށް
އާމިނަތު ޝަހުމާއާއި މުޙައްމަދު ފަޟީލާއާ ދެމެދު 18 އޯގަސްޓް 2013 ވަނަ ދުވަހު ވެވިފައިވާ
އެގްރިމަންޓުގެ ޞައްޙަކަމާއިމެދު ހުށަހެޅިފައިވާ ދަޢުވާ ބައްލަވައި ޝަރީޢަތުން ވަކިގޮތަކަށް ނިންމަވަންދެން،
ހުޅުމާލެ ލޮޓް ނަންބަރު 10525 ގޯތީގައި ދިރިއުޅުމުގެ ޙައްޤު ދަޢުވާކުރާ ފަރާތަށާއި ދަޢުވާކުރާ ފަރާތުން
އެތަނުގައި ބައިތިއްބާފައި ތިބި ފަރާތްތަކަށް ލިބިގެންވާކަމަށާއި، ދަޢުވާކުރާ ފަރާތުން ތަނުގައި ދިރިއުޅުމަށް
ބޭނުންވާ އަސާސީ ޚިދުމަތްތައް ކަމަށްވާ، ފެނާއި ކަރަންޓުގެ ޚިދުމަތްތައް ފަދަ ޚިދުމަތްތައް ފޯރުކޮށްދިނުމަށާއި،
މިކަމުގެ އެއްވެސް ހުރަހެއް ކުރިމަތި ވެދާނެފަދަ އެއްވެސް ކަމެއް ނުކުރުމަށް، ކަމާބެހޭ އެންމެހައި
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ޕޯން 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv
12
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލްސް
2015/HC-A/68
މުއައްސަސާތަކާއި އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މިކަމުގައި ޝާމިލުވާ އެންމެހައި
ފަރާތްތަކުގެ މައްޗަށް އަންގައި އަމުރުކޮށް، ސިވިލް ކޯޓުން ނެރުއްވާފައިވާ، އިސްތިއުނާފުކުރެވިފައިމިވާ ވަގުތީ
އަމުރަކީ، ރަނގަޅު އަސާސެއްގެ މައްޗަށް ބިނާކުރައްވައި ނެރުއްވާފައިވާ އަމުރެއްނޫންކަމުގައެވެ.
• ޙުކުމް:-
ދެންފަހެ، ބަޔާންކުރެވިދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފުކުރެވިފައި މިވާ ސިވިލް
ކޯޓުގެ ނަންބަރު 2015
/
02/B
-
CR
-
9
/
VA ވަގުތީ އަމުރު، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި
ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލްކޮށް އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބު އުޒުހިނގުން، މާލެ! ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
އީމެއިލް: [email protected] ވެބްސައިޓް www.highcourt.gov.mv