ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/85 ޤަޟިއްޔާގެ ޙުކުމް
1
2010/HC-A/85
ޤަޟިއްޔާ ނިމުނު ގޮތު
އި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 85/HC
-
A/2010
އިސްތިއުނާފު ކުރިފަރާތް:
ނަން: މުޙައްމަދު ނިޘާމް
އައިޑީ ކާޑު ނަންބަރު: A036081
*
2
* ދާއިމީ އެޑްރެސް: ހަނދުވަރީގެ ޤުއއ.ރެފިދޫ
އިސްތިއުނާފު ރައްދުވި ފަރާތް:
ނަން: ސިވިލް ސަރވިސް ކޮމިޝަން
ރަޖިސްޓްރީ ނަންބަރު:
* ދާއިމީ އެޑްރެސް:
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 ރަބީޢުލްއައްވަލް 1431
ނިމުނު ތާރީޚް: 06 ރަބީޢުލްއާޚިރް 1433
28 ފެބްރުއަރީ 2012
4 މާޗް 2010
• އިސްތިއުނާފުކުރެވުނު މައްސަލައިގެ ނަންބަރު: 2009/VTR/150
މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން
ނިންމެވި ޓްރައިބިއުނަލް: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ހުށަހެޅުނު ތާރީޚް: 5 ނޮވެމްބަރ 2009 ނިމުނު ތާރީޚް: 7 ޖެނުއަރީ 2010
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު
ޢައްބާސް ޝަރީފް، ފަނޑިޔާރު
22
އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢަލީ ސަމީރު
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު
އީމެއިލް [email protected]
ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 331647
ވެބް ސައިޓް: WWW.highcourt.gov.mv
2
2{10/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156 މައްސަލަ
އެޓްރައިބިއުނަލުން ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެ ނިންމުން
އިސްތިއުނާފު ކޮށްދިނުމަށްއެދި މުޙައްމަދު ނިޘާމް، ހަނދުވަރީގެ އއ. ފެރިދޫ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A036081) ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ
ޤަޟިއްޔާއެކެވެ. ލިޤުޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަން އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
8 0 4 6
1. އިސްތިއުނާފުކުރެވިފައިމިވާ
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
2009/VTR/150 މައްސަލައަށް ބަލާއިރު، އެމައްސަލައަކީ، މުޙައްމަދު ނިޘާމް، ހަނދުވަރީގެ އއ. ފެރިދޫ،
17 މެއި 2001 އިން ފެށިގެން ފެރިދޫ އޮފީހުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ
ވަޒީފާ އަދާކުރަމުން ދަނިކޮށް ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓާ އޭނާ ޚިލާފުވެފައިވާކަމަށްބުނެ، އޭނާ
ވަޒީފާއިން ވަކިކުރުމަކީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާ، ޤަވާޢިދުގެ ރޫޚާ ޚިލާފުކަމެއްކަމަށް
ކަނޑައަޅައި، އޭނާ ހުރި ވަޒީފާ މެދުނުކެނޑޭ ގޮތަށް އަނބުރާ ހޯދުމަށާއި، ވަޒީފާއިން ވަކިކުރުމުން ލިބުނު
މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް، ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް، މުޙައްމަދު ނިޝާމް ހުށަހެޅުމުން
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާ ނިންމާފައިވާ މައްސަލައެއްކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން އެމައްސަލަ ނިންމާފައިވަނީ، "މުޙައްމަދު ނިޘާމް
ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤަވާޢިދާއި، ކޯޑް އޮފް ކޮންޑަކްޓާ
ޚިލާފުވެގެން ވަޒީފާއާބެހޭ ޤާނޫނުގެ 19 ވަނަ މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 34 ވަނަ
މާއްދާއާއި، ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދުގެ 39 ވަނަ މާއްދާގައިވާ ގޮތުގެމަތިން އިސްލާޙީ ފިޔަވަޅު
އެޅުމަށްފަހުގައިވެސް އިސްލާޙުވެފައި ނުވާތީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ނ)
ގެ 3 ވަނަ ނަންބަރުގެ ދަށުންކަމަށް ސާބިތުވާތީ، މައްސަލަ ހުށަހެޅި ފަރާތުން އެދިފައިވާގޮތަށް
ވަޒީފާއިން ވަކިކޮށްފައިވާ ދުވަސްތައް މެދުނުކެނޑޭ ގޮތަށް އަނބުރާ އޭނާއަށް އެވަޒީފާ ލިބިދިނުމަށާއި، އަދި
އެދުވަސްތަކަށްވާ މުސާރަ އޭނާއަށް ލިބިދިނުމަށް ސިވިލް ސަރވިސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނޭ
ތަނެއް ނެތްކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުގެ އިއްތިފާޤުން ކަނޑައަޅައި" އެގޮތުގެމަތިންކަން
އެމައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އިން އެގެން އޮވެއެވެ.
ދިވެހިރާއްޖޭގެ
ހައިކޯޓް
$
ދީވެހިން؟
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33251029، ފެކްސް: 48471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
2{010/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
150/VTR/2009
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު
މައްސަލަ
އެޓްރައިބިއުނަލުން ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށް ބުނެ މުޙައްމަދު
ނިޘާމްގެ ފަރާތުން އެމައްސަލަ އިސްތިއުނާފުކުރަމުން، އަންނަނިވި 3 (ތިނެއް) ނުކުތާ ފާހަގަކޮށް،
.ނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
• ފުރަތަމަ ނުކުތާއަކީ، ތަފާތު ތިން ވެރިޔަކު މުޙައްމަދު ނިޘާމްއާމެދު ފިޔަވަޅު
އަޅާފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނެފައިވީނަމަވެސް، މުޙައްމަދު ނިޘާމްގެ ރެކޯޑު ފައިލުން
ފެންނަން އޮތީ،
އއ. މަތިވެރި ކަތީބު އާދަމް އަރީފް މުޙައްމަދު ނިޘާމަށް ހަފްތާގެ ދެކޮޅު ދީފައިވާ ނަސޭޙަތް
އެކަނިކަމަށްވާއިރު، އެވިދާޅުވި ނަސޭޙަތްތަކާއި އިންޒާރުތަކަކީ ކޮންތަނެއްގައި ހުރި އެއްޗެއްތޯއާއި،
އެނަސޭޙަތާއި އިންޒާރަކީ މުޙައްމަދު ނިޘާމަށް ދައްކާފައިނުވާ، އަދި އިއްވާފައިވެސް ނުވާ އެއްޗަކަށް ވާއިރު،
އެއީ ދެވިފައިވާ ނަސޭޙަތެއްކަމަށް މުޙައްމަދު ނިޘާމް ޤަބޫލުނުކުރާތީއާއި، އެނަސޭޙަތާއި އިންޒާރުގެ ލިޔުންތައް
އެންމެ ފުރަތަމަ ފެނިފައިވަނީވެސް މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިންގި ދުވަސްވަރުގައި
ކަމަށްވާތީ، އެލިޔުންތަކުގެ އަސްލު ބަލަން ބޭނުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވަނިކޮށް
އެކަމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ
ވާ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ، 16 އެޕްރީލް 2006 ގައި ޙަވާލުކުރި ވަޒީފާގެ ބަޔާންކަމަށްބުނާ
ލިޔުމަކީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އޮތް އެއްޗެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ޤަބޫލުކުރުމާ
އެކުވެސް އޭގެ މައްޗަށް ބުރަވެ، ޤާނޫނާ އެއްގޮތަށް ވަޒީފާގެ ބަޔާން ޙަވާލުކޮށްފައިވާކަމަށް ބެލިބެލުމަކީ
ވަޒީފާއާބެހޭ ޤާނޫނުގެ
ވަނަ މާއްދާއާ ޙިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
ނިންމުމެއްކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
15
• ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ޤަމޫދުގައި ވަކިމުއްދަތެއް ނެތް ވަޒީފާއެއްގައި
ހުރި ފަރާތަކަށް، އެޤާނޫނުގައި ބުނާ ނޯޓިސް ދީފައިނެތްއިރު، އެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156
މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށާއި، އެމައްސަލަ އިސްތިއުނާފު ކުރަމުން މުޙައްމަދު
ނިޘާމްގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ ރައްދުވާ ސިވިލް
ސަރވިސް ކޮމިޝަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 23/16471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2{10/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
cu o
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލާއިރު، މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންގެ މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ec
އއ•
I>
(ހ) ފުރިހަމަ ކަމަކީ، ތަފާތު ތިން ވެރިޔަކު މުޙައްމަދު ނިޘާމްއާމެދު ފިޔަވަޅު
އަޅާފައިވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބުނެފައިވީނަމަވެސް، މުޙައްމަދު ނިޘާމްގެ ރެކޯޑު ފައިލުން
ފެންނަން އޮތީ،
މަތިވެރި ކަތީބު އާދަމް އަރީފް މުޙައްމަދު ނިޘާމަށް ހަފްތާގެ ދެކޮޅު ދީފައިވާ ނަސޭޙަތް
އެކަނިކަމަށްވާއިރު، އެވިދާޅުވި ނަސޭޙަތްތަކާއި އިންޒާރުތަކަކީ ކޮންތަނެއްގައި ހުރި އެއްޗެއްތޯއާއި،
އެނަސޭޙަތާއި އިންޒާރަކީ މުޙައްމަދު ނިޘާމަށް ދައްކާފައިނުވާ، އަދި އިއްވާފައިވެސް ނުވާ އެއްޗަކަށް ވާއިރު،
އެއީ ދެވިފައިވާ ނަސޭޙަތެއްކަމަށް މުޙައްމަދު ނިޘާމް ޤަބޫލުނުކުރާތީއާއި، އެނަސޭޙަތާއި އިންޒާރުގެ ލިޔުންތައް
އެންމެ ފުރަތަމަ ފެނިފައިވަނީވެސް މިމައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިންގި ދުވަސްވަރުގައި
ކަމަށްވާތީ، އެލިޔުންތަކުގެ އަސްލު ބަލަން ބޭނުންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވަނިކޮށް
އެކަމަށް ރިޢާޔަތްކުރުމެއްނެތި މައްސަލަ ނިންމާފައިވާ ކަމަށްބުނެ މުޙައްމަދު ނިޘާމްގެ ފަރާތުން ދިވެހިރާއްޖޭގެ
ހައިކޯޓަށް ހުށަހަޅާފައިވާ ނުކުތާއަށް ބަލާއިރު،
އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/150
މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" ގައި ހިމެނިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، އަރިއަތޮޅު
އުތުރުބުރީ ފެރިދޫ އޮފީހުން މުޙައްމަދު ނިޘާމްއާ ޙަވާލުކޮށްފައިވާ މަސައްކަތް ކުރުމުގައި ފަރުވާކުޑަކުރުމުގެ
ސަބަބުން އެއޮފީހުގެ ބީ-ސެކްޝަންގެ މުޙިއްމު ބައެއް މަސައްކަތް މުއްދަތަށް ރެވެމުންނުދާކަމަށް ފާހަގަކޮށް،
9 ޖުލައި 2007 ގެ ތާރީޚުގައާއި، 11 ޖުލައި 2007 ގެ ތާރީޚުގައާއި 4 ނޮވެމްބަރ 2008 ގެ
ތާރީޚުގައި މުޙައްމަދު ނިޘާމަށް ލިޔުމުން ނަސޭހަތްތެރިވެފައިވާކަމާއި، އަދި އިސްވެ ދެންނެވިފައިވާ ނަސޭޙަތާ
އެއްގޮތްވާ ގޮތުގެމަތިން މުޙައްމަދު ނިޝާމް ޢަމަލުކޮށްފައިނުވާތީ، 16 ނޮވެމްބަރ 2008 ގެ 14:30 ގެ
ކުރިން ފައިސާއާބެހޭ ދުވަހުފޮތާއި، އައިޓަމްބާކީ ފޮތާއި އަދި ތިޖޫރިބާކީ ފޮތް ނުނިންމައިފިނަމަ މުޙައްމަދު
ނިޡަމް ވަޒީފާއިން ވަކިކުރެވިދާނޭކަން، 10 ނޮވެމްބަރ 2008 ގެ ތާރީޚުގައި މުޙައްމަދު ނިޡާމަށް ލިޔުމުން
އަންގައި އިންޒާރުދީފައިވާކަމާއި، އަދި އެއިންޒާރަށްފަހުވެސް މުޙައްމަދު ނިޘާމްގެ ފަރާތުން ރަނގަޅުކުރަންޖެހޭ
ރަނގަޅުކޮށްފައިނުވާތީ، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން މުޙައްމަދު
ނިޘާމް ވަޒީފާއިން ވަކިކުރުމަށް ހުށަހަޅާނެކަމަށް 22 އެޕްރީލް 2009 ގައި ލިޔުމުން މުޙައްމަދު ނިޘާމަށް
އަންގާފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެދެންނެވިފައިވާ ލިޔުންތަކުގެ ތެރެއިން 9 ޖުލައި 2007 ގެ ތާރީޚުގައާއި،
11 ޖުލައި 2007 ގެ ތާރީޚުގައި މުޙައްމަދު ނިޘާމަށް ދީފައިވާ ނަސޭހަތް ހިމެނޭ ދެލިޔުމަށް ބަލާއިރު،
OX
ކަންތައeއ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 316471(*
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2{10/HC-A/85
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
, , ތ ދ 3
4
ހހންކަމުން
އެލިޔުންތަކުގައި، ނަސޭޙަތް ދިން ފަރާތްކަމަށްވާ އަރިއަތޮޅު އޮތުރުބުރީ ފެރިދޫ ކަތީބު ޙަސަން މުޙައްމަދުއާއި،
ނަސޭހަތްދެވުނު އަޑު އެހި ހެކިންގެ ގޮތުގައި ކުޑަކަތީބު ޝިޔާމާ ނަސީރުއާއި ރާއްޖެތެރޭގެ ޚާއްސަ އެހީތެރިޔާ
މުޙައްމަދު ޝާކިރު ސޮއިކޮށްފައިވާކަމާއި، ނަމަވެސް މުޙައްމަދު ނިޘާމް ސޮއިކޮށްފައިއޮތްކަން އެނގެން
ނެތްކަމާއި، މިއާ ޚިލާފަށް، އިސްވެދެންނެވިފައިވާ 4 ނޮވެމްބަރ 2008 ގައި މުޙައްމަދު ނިޘާމަށް ދީފައިވާ
ނަސޭހަތް ހިމެނޭ ލިޔުމުގައާއި 10 ނޮވެމްބަރ 2008 ގައި މުޙައްމަދު ނިޘާމަށް ދީފައިވާ އިންޒާރު ހިމެނޭ
ލިޔުމުގައާއި، މުޙައްމަދު ނިޝާމް ވަޒީފާއިން ވަކިކުރުމަށް ހުށަހަޅާނެކަމަށް 22 އެޕްރީލް 2009 ގައި
މުޙައްމަދު ނިޘާމަށް އަންގާފައިވާ އެންގުމުގައި، އެއެންގުންތައް އެންގިފިރާތާއި، އަޑުއެހި ދެފަރާތުގެ
އިތުރުން މުޙައްމަދު ނިޘާމްވެސް ސޮއިކޮށްފައިވާކަން އެނގެން އޮންނަކަމާއި،
އިސްވެ ދެންނެވިފައިވާ، 9 ޖުލައި 2007 ގެ ތާރީޚުގައާއި،
11 ޖުލައި
2007 ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ދެލިޔުމުގެ އަސްލު މިހާރު ފެންނަން ނެތުމުންނާއި، އެލިޔުންތަކުގެ
ކޮޕީގައި މުޙައްމަދު ނިޘާމް ސޮއިކޮށްފައިވާކަން އެނގެން ނެތުމުން، އެ ދެ ލިޔުމުގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން، އެތާރީޚުތަކުގައި މުޙައްމަދު ނިޘާމަށް ނަސޭޙަތްދީފައިނުވާކަމަށް ޝަރީޢަތުން ބެލި (assume)
ކަމުގައިވީނަމަވެސް، އެތާރީޚުތަކުގެ ފަހުން 4 ނޮވެމްބަރ 2008 ގައި މުޙައްމަދު ނިޘާމަށް ދީފައިވާ
ނަސޭހަތް ހިމެނޭ ލިޔުމުގައާއި 10 ނޮވެމްބަރ 2008 ގައި މުޙައްމަދު ނިޘާމަށް ދީފައިވާ އިންޒާރު ހިމެނޭ
ލިޔުމުގައި މުޙައްމަދު ނިޘާމް ސޮއިކޮށްފައިވުމާއި، އެލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މުޙައްމަދު
ނިޘާމަށް ނަސޭޙަތް
ވެޙަތްތެރިވެ އިންޒާރުދީފައިވާކަމަށް މުޙައްމަދު ނިޘާމުވެސް ބުނެފައިވުމާއި، މުޙައްމަދު ނިޘާމް
ވަޒީފާއިން ވަކިކުރުމަށް ހުށަހަޅާނެކަމަށް 22 އެޕްރީލް 2009 ގައި މުޙައްމަދު ނިޘާމަށް އަންގާފައިވާ
އެންގުމުގައި މުޙައްމަދު ނިޘާމް ސޮއިކޮށްފައިވުމާއެކު، 9 ޖުލައި 2007 ތާރީޚުގައާއި، 11 ޖުލައި 2007
ގެ ތާރީޚުގައި ތައްޔާރުކޮށްފައިވާ ދެ ލިޔުމާއި 22 އެޕްރީލް 2009 ގައި މުޙައްމަދު ނިޘާމަށް އަންގާފައިވާ
އެންގުން، މުޙައްމަދު ނިޘާމްގެ ރެކޯޑް ފައިލުގައި ނެތުމަކީ، ނުވަތަ އެ ލިޔުންތަކުގެ އަސްލު މިހާރު ފެންނަން
ނެތުމަކީ، ހަމައެކަނި އެކަމަށްބަލާ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރަންޖެހޭ ވަރުގެ ޝަރުޢީ
ނުވަތަ ޤާނޫނީ ސަބަބެއްކަމަށް ޝަރީޢަތަށް ޤަބޫލުނުކުރެވޭކަމެވެ.
(ނ) ދެވަނަ ކަމަކީ، 16 އެޕްރީލް 2006 ގައި މުޙައްމަދު ނިޘާމްއާ ޙަވާލުކުރި ވަޒީފާގެ
ބަޔާންކަމަށްބުނާ ލިޔުމަކީ، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އޮތް އެއްޗެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން
ޤަބޫލުކުރުމާ އެކުވެސް އޭގެ މައްޗަށް ބުރަވެ، ޤާނޫނާ އެއްގޮތަށް ވަޒީފާގެ ބަޔާން ޙަވާލުކޮށްފައިވާކަމަށް
ބެލިބެލުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާއާ ޙިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ
*
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
6
2{10/HC-A/5
33 / ދ ތ
eއށް
OXO
ހ 33 / 3
އ9އ3
،
އެނއ
Oxuc 3d
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނިންމުމެއްކަމަށްބުނެ މުޙައްމަދު ނިޘާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ބަލާއިރު،
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ހ) ގައި،
އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ޙާލަތުގައި މެނުވީ، ވަޒީފާދޭ ކޮންމެ ފަރާތަކުންވެސް، އެވަޒީފާގައި
އަދާކުރަންޖެހޭ ކަންތައްތައް ހިމެނޭ ވަޒީފާ ބަޔާނެއް، ކޮންމެ މުވައްޒަފަކަށް، ލިޔުމަކުން ދޭންވާނެކަމަށް
ބަޔާންކޮށްފައިވާކަމާއި، އަދި، އެމާއްދާގެ ދަށުން ދެވޭ ވަޒީފާ ބަޔާން ހިމެނޭ ލިޔުމުގައި ހިމަނަންޖެހޭ
މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމާއި، މުޙައްމަދު ނިޘާމް ވަޒީފާއިން ވަކިކުރެވުނުއިރު،
އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަކީ ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ރ) ގައި
ބަޔާންކޮށްފައިވާފަދަ
ވަޒީފާއެއް ނޫންކަމާއި، އެހެންކަމުން ވަޒީފާއާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، އެޤާނޫނުގެ 15 ވަނަ
މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، މުޙައްމަދު ނިޘާމްގެ ވަޒީފާގެ ބަޔާނުގެ ލިޔުން ތައްޔާރުކޮށް
ޙަވާލުކުރަންޖެހޭނެކަމާއި،
އެހެންނަމަވެސް، އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
2009/VTR/150 މައްސަލަގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" ގައި ހިމެނިފައިވާ ލިޔެކިޔުންތަކަށް
ބަލާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އެކުލެވޭގޮތަށް
ތައްޔާރުކޮށް މުޙައްމަދު ނިޝާމްއާ ޙަވާލުކުރެވިފައިވާ ވަޒީފާ ބަޔާނެއް ސިވިލް ސަރވިސް ކޮމިޝަނުގެ
ފަރާތުން ހުށަހަޅާފައި ނުވާކަމާއި، އޭގެ ބަދަލުގައި އެކޮމިޝަނުން ހުށަހަޅާފައިވަނީ، އަރިއަތޮޅު އުތުރުބުރީ
ފެރިދޫ އޮފީހުގައި މުޙައްމަދު ނިޝާމް އަދަކުރާ ވަޒީފާގެ ޙައިސިއްޔަތުން ޙަވާލުކުރެވިފައިވާ
މަސައްކަތްތަކުގެ ލިސްޓެއްކަމާއި، މިލިސްޓުގައި ތަފާތު 29 (އޮނަތިރީސް) މަސައްކަތެއް ހިމެނިފައިވާކަމާއި،
އަދި މިލިސްޓުގައިވާ މަސައްކަތް، އޮފީސް ހިންގަވާ ވެރިއެއްގެ މަޝްވަރާގެ މަތިން ކުރުމަށް މުޙައްމަދު
ނިޝާމް އެއްބަސްވެ ސޮއިކޮށްފައިވުމުން، ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ
ގޮތުގެމަތިން، އެމާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ވަޒީފާ
ބަޔާނެއް ނެތްނަމަ
ނަމަވެސް، މުޙައްމަދު ނިޘާމްގެ ވަޒީފާގެ ޙައިސިއްޔަތުން އޭނާ ކުރަންޖެހޭ މަސައްކަތް ވަރަށް
ސާފުކޮށް އެނާއަށް އެންގިފައިވާކަމާއި، އަދި އެމަސައްކަތް ކުރުމަށް އޭނާ އެއްބަސްވެފައިވާކަން އެނގޭކާއި،
އެހެންކަމުން، ވަޒީފާއާބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން،
އެމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ މަޢުލޫމާތު އެކުލެވޭގޮތަށް ތައްޔާރުކޮށްފައިވާ ވަޒީފާ ބަޔާނެއް ނެތް
ޙާލަތުގައި، މިމައްސަލަ ނިންމުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން، އަރިއަތޮޅު އުތުރުބުރީ ފެރިދޫ އޮފީހުގައި
މުޙައްމަދު ނިޝާމް އަދަކުރާ ވަޒީފާގެ ޙައިސިއްޔަތުން އޭނާއާ ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓަށް
ރިޢާޔަތްކޮށްފައިވުމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކު
ވޭނޭކަމެއް ނޫންކަމެވެ.
އެނައު
coc
Oxucs.
¢
33 ¢ 2
¢ދ 64
ލިކރވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 13316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
7
201{}}HC-A/85
ޤަޟިއްޔާ ނިމުނު ގޮތު
ދީ / &2
ތިންވަނަ ކަމަކީ، މުޙައްމަދު ނިޘާމަކީ، ވަޒީފާއާބެހޭ ޤާނޫނުގައި
ބަޔާންކޮށްފައިވާފަދަ، ވަކިމުއްދަތެއް ނެތް ވަޒީފާއެއްގައި ހުރި ފަރާތަކަށްވެފައި، އޭނާއަށް އެޤާނޫނުގައި ބުނާ
ނޯޓިސް ދީފައިނެތްއިރު،
އެކަމަށް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްނުކޮށް މައްސަލަ
ނިންމާފައިވާކަމަށްބުނެ މުޙައްމަދު ނިޘާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
3
2 ދه
ތައއ
ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ
ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނޭ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް
ނުފެންނަ ޙާލަތެއްގައި ނޯޓިހެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެކަމަށް ވަޒީފާއާބެހޭ
ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާކަމާއި، ވަޒީފާއަދާކުރާ ފަރާތެއްގެ މަސައްކަތުގެ
އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލެވޭނީ އެމުވައްޒަފަކު އިތުރަށް ވަޒީފާގައި ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް
ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެންނަނަމަ ނުވަތަ މުވައްޒަފަކު
ޚިޔާނާތްތެރިވެފައިވާނަމަ ކަމަށް އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި،
އިސްތިއުނާފުކުރެވިފައިމިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156
މައްސަލައިގެ "މައްސަލަ ނިމުނުގޮތުގެ ރިޕޯޓު" އަށް ބަލާއިރު، މުޙައްމަދު ނިޘާމް ވަޒީފާއިން
ވަކިކޮށްފައިވަނީ، އިސްވެދެންނެވުނު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށް، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގައި މިމައްސަލަ ބެލި އެޓްރައިބިއުނަލްގެ މެންބަރުން ކަނޑައަޅާފައިވާކަން އެނގޭކަމާއި،
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މިނިންމުމަކީ ޝަރުޢީ ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފަށް ނިންމާފައިވާ
ނިންމުމެއްކަމަށް މުޙައްމަދު ނިޘާމްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދީފައިވާ
ބަޔާންތަކުން ނުވަތަ ހުށަހެޅިފައިވާ ލިޔެކިޔުންތަކުންވެސް ސާބިތުކޮށްދެވިފައި ނުވާކަމާއި، އެހެންކަމުން،
މުޙައްމަދު ނިޘާމްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައިގައި، ވަޒީފާއާބެހޭ ޤާނޫނުގެ
22 ވަނަ މާއްދާ ނުވަތަ 25 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމަށް ސިވިލް ސަރވިސް ކޮމިޝަނުން
ނޯޓިސް ދީފައިނުވުމަކީ އެކަމަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުންވެސް
ރިޢާޔަތްކުރަންޖެހޭ
6 ދ * *
ކަ(އެނަން ކަމެވެ.
ވީމާ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތަށް ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ
ނަންބަރު 2009/VTR/156 މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ނިޘާމްގެ ފަރާތުން ހުށަހަޅާފައިވާ
އައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
8
2f310/HC-A/85
ކތްތަކަށް
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ތަކަށް ބިނާކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156 މައްސަލާގައި
އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ ބަދަލު ގެންނަންޖެހޭ ނިންމުމެއްކަމަށް މިމައްސަލަ ބެލުމުގައި
ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކަށް ނުފެނުނެވެ.
3 4 23 3
/9Fއކީ
150/VTR/2009
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން ބަޔާންކުރެވުނު
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު
މައްސަލަ
އިސްތިއުނާފުކުރުމަށް މުޙައްމަދު ނިޘާމްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ބިނާކޮށް، ވަޒީފާއާބެހޭ
ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156 މައްސަލައިގައި އެޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް
ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެންނަޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިއަސް ހަމައެއް އޮތްކަމަށް
ނުފެންނަކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އިއްތިފާޤުވެވުނު
ހިނދު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 2009/VTR/156 މައްސަލައިގައި އެޓްރައިބިއުނަލުން
ނިންމާފައިވާ ނިންމުމަށް ތާޢީދުކޮށް، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމްކުރީ
ޢައްބާސް ޝަރީފް
(ފަނޑިޔާރު)
އަޒްމިރާލްދާ ޒާހިރު
ފަނޑިޔާރު)
ޢަލީ ސަމީރު
(ފަނޑިޔާރު)
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv