ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/365 ޤަޟިއްޔާގެ ޙުކުމް
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރު: 365/HC-A/2015
• އިސްތިއުނާފުކުރި ފަރާތް:
* ނަން: ޙުސައިން ޞަބާޙް
އައިޑީ ކާޑު ނަންބަރު: A060741
* ދާއިމީ އެޑްރެސް: ގ ޕާކަރުހައުސް މާލެ
* މިހާރުގެ އެޑްރެސް: ގ.ޕާކަރުހައުސް މާލެ
*
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޝަރީފު
އައިޑީ ކާޑު ނަންބަރު: A010874
14
ދާއިމީ އެޑްރެސް: ހ. ބެގޯނިޔާ މާލެ
މިހާރުގެ އެޑްރެސް: ހ. ބެގޯނިޔާ/ މާލެ
• ހުށަހެޅުނު ތާރީޚް: 09 ނޮވެމްބަރު 2015
ނިމުނު ތާރީޚް: 29 ފެބުރުވަރީ 2016
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2014/Cv-C/1079
ނިންމެވިކޯޓް: ސިވިލް ކޯޓު
ޤަޟިއްޔާގެ ބާވަތް: ފައިސާހޯދުން
• ހުށަހެޅުނުތާރީޚް: 14 މެއި 2014
ނިމުނު ތާރީޚް: 25 އޯގަސްޓް 2015
4
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަލީ ސަމީރު، ފަނޑިޔާރު ޝުޖާޢު ޢުޘްމާން
z
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/365
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2014/Cv
-
C/1079 ޤަޟިއްޔާ ނިންމަވާފައިވަނީ ޝަރުޢީ އަދި
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށް ބުނެ. ގ.ޕާކަރހައުސް މާލެ ޙުސައިން ޞަބާޙްގެ ފަރާތުން އެޤަޟިއްޔާ
އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލި ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހ.ބެގޯނިޔާ/ މާލެ މުޙައްމަދު ޝަރީފް އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
01- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1079 ޤަޟިއްޔާ އަކީ، ހ.ބެގޯނިޔާ/ މާލެ، މުޙައްމަދު
ޝަރީފް އާއި ގ.ޕާކަރހައުސް މާލެ، ޙުސައިން ޞަބާޙް އާ ދެމެދު 2012 ސެޕްޓެމްބަރު 17 ގައި
މއ.ހަލަވެލި އެވެ ކިޔާ ގޯތީގައި އެނބުމާ ގޯޅިއަށްވާ ގޮތަށް މުޙައްމަދު ޝަރީފް ހަދާފައިވާ ޢިމާރާތް ކުއްޔަށް
ދިނުމަށާއި ކުއްޔަށް ހިފުމަށް ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތީން މުޙައްމަދު ޝަރީފަށް ދޭންޖެހޭ ކުލި
ނުދީ ހިފަހައްޓާފައިވާތީ މީލާދީ މަހަކަށް -/20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން މިހާތަނަށް ކުލި
ނުލިބިއޮތް ތިންމަސް ދުވަސް ކަމުގައިވާ 2014 މާރޗް، އޭޕްރީލް އަދި މެއި މަހުގެ ކުލީގެ ގޮތުގައި ދޭންޖެހޭ
-/60,000ރ. (ފަސްދޮޅަސްހާސް ރުފިޔާ) އާއި މައްސަލަ ނިމޭ ދުވަހާ ހަމައަށް މީލާދީ މަހެއްގެ މައްޗަށް
-/
20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން ކުލި ނަންގަވައި ދެއްވުން އެދި ޙުސައިން ޞަބާޙްގެ މައްޗަށް
މުޙައްމަދު ޝަރީފް ދަޢުވާކުރުމުން ބައްލަވާފައިވާ ޤަޟިއްޔާއެއްކަމާއި؛
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ ”ދެންފަހެ، އިސްވެދިޔަ ބަޔާންތަކަށާއި، ފާހަގަކުރި
ނުކުތާތަކުގެ މައްޗަށް ބެލުމަށްފަހު، 17 ސެޕްޓެމްބަރ 2012 ގައި އއ. ހަލަވެލީގެ އެވެ ކިޔާ ގޯތީގައި
އެނބޫމާ ގޯޅިއަށްވާ ގޮތަށް މުޙައްމަދު ޝަރީފް ހަދާފައިވާ ޢިމާރާތް ކުއްޔަށް ދިނުމަށާއި ކުއްޔަށް ހިފުމަށް
ވެފައިވާ އެއްބަސްވުމުގައިވާ ގޮތުގެމަތީން މުޙައްމަދު ޝަރީފަށް ދޭންޖެހޭ ކުލި ނުދީ ހިފަހައްޓާފައިވާތީ މީލާދީ
މަހަކަށް -/20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން މިހާތަނަށް ކުރި ނުލިބިއޮތް ތިންމަސް ދުވަސް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމް 3 ނަންބަރު ދޮރޯށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/365
ucou
ކަމުގައިވާ 2014 މާރޗް އާއި 2014 އޭޕްރީލް އަދި 2014 މެއި މިތިން މަހުގެ ކުލީގެ ގޮތުގައި ދޭންޖެހޭ
-/60,000ރ. (ފަސްދޮޅަސްހާސް ރުފިޔާ) އާއި މައްސަލަ ނިމޭ ދުވަހާއި ހަމައަށް މީލާދީ މަހެއްގެ މައްޗަށް
-/
20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން ކުލި ނަންގަވައި ދެއްވުން އެދި ދަޢުވާކުރާ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު،
17 ސެޕްޓެމްބަރ 2012 ގައި ދަޢުވާލިބޭ ފަރާތާ ދަޢުވާކުރާ ފަރާތާ ދެމެދު މއ.ހަލަވެލިގެ އެވެ ކިޔާ
ގޯތީގައި އެނބޫމާ ގޯޅިއަށްވާ ގޮތަށް މުޙައްމަދު ޝަރީފް ހަދާފައިވާ އިމާރާތް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް
ވެފައިވާކަން ދެފަރާތުގެ ބަހުން އެނގެން އޮންނަކަމާއި، އިތުރު އެއްބަސްވުމެއް ވެފައިވާކަމަށް ދަޢުވާލިބޭ
ފަރާތުން ބުނެފައި ވީނަމަވެސް އެފަދަ އެއްބަސްވުމެއް ވެފައިވާކަމަށް ދަޢުވާކުރާ ފަރާތުން އިންކާރުކޮށްފައި
ވާއިރު، އެކަން ޘާބިތުކުރެވޭ ވަރަށް ކާފީ ހެކި ޝަރީޢަތަށް ދަޢުވާލިބޭ ފަރާތުން ހުށަހަޅާފައި ނެތްކަމާއި،
މަހުކުލީގެ ގޮތުގައި 2014 މާރޗް، އޭޕްރީލް އަދި މެއި މަހަށް ދޭންޖެހޭ -/60,000ރ. (ފަސްދޮޅަސްހާސް
ރުފިޔާ) އާއި އޭގެ ފަހުން ޙުކުމްކުރާ ދުވަހާ ހަމައަށް (2015 އޮގަސްޓް 25 ވަނަ ދުވަހާ ހަމައަށް) ބުނެވުނު
އެއްބަސްވުމުގެ ދަށުން މަހަކު -/
20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން ކުލި ދަޢުވާކުރާ ފަރާތަށް
ލިބިފައިނުވާކަން، މި މައްސަލައާއެކު ހުށައެޅިފައިވާ ލިޔުންތަކާއި ހެކިތަކާއި ދަޢުވާކުރާ ފަރާތުގެ ބަހުން
އޮންނާތީ، ބުނެވުނު ފައިސާއަކީ ދަޢުވާލިބޭ ފަރާތުން ދަޢުވާކުރާ ފަރާތަށް ދައްކަންޖެހި ނުރައްކާވާ
ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ޝަރީޢަތަށް ޘާބިތުވާކަމަށް ކަނޑައަޅައި،
ބުނެވިދިޔަ މަހުކުލީގެ ގޮތުގައި 2014 މާރޗް، އޭޕްރީލް އަދި މެއި މަހަށްވާ -/60,000ރ.
(ފަސްދޮޅަސްހާސް ރުފިޔާ) އާއި އޭގެ ފަހުން ޙުކުމްކުރާ ދުވަހާ ހަމައަށް (2015 އޮގަސްޓް 25 ވަނަ ދުވަހާ
ހަމައަށް) ބުނެވުނު އެއްބަސްވުމުގެ ދަށުން މަހަކު -/
20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން 14 (ސާދަ)
މަހާއި، 25 (ފަންސަވީސް) ދުވަހުގެ ކުލި ދަޢުވާކުރާ ފަރާތަށް ލިބިދިނުމުގެ ގޮތުން، މިއަދުން (25 އޮގަސްޓް
2015 ން) ފެށިގެން 04 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު ސިވިލް
26
އެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދަޢުވާލިބޭ ޙުސައިން ޞަބާއަށް އަންގައި، ޙުކުމްކޮށްފީމެވެ.“ މިފަދައިންކަން
އެޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.
46
cccet
0
ދެމެދު މއ.
02- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1079 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވަނީ ޝަރުޢީ
އަދި ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ކަމަށްބުނެ، އެޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ޙުސައިން ޞަބާޙްގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2 (ދޭއް) ނުކުތާ ހުށަހަޅައި އެނުކުތާތަކާއިބެހޭ
ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. އޭގެތެރެއިން:-
• ފުރަތަމަ ނުކުތާއަކީ، ހ.ބެގޯނިޔާ މުޙައްމަދު ޝަރީފް އާއި ގ.ޕާކަރ ހައުސް ޙުސައިން ޞަބާޙް އާ
ހަލަވެލި އެވެ ކިޔާ ގޯތީގައިވާ އެނބޫމާ ގޯޅިއަށްވާ ގޮތަށް ހަދާފައިވާ ޢިމާރާތް ކުއްޔަށް ދިނުމަށް
ވެފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ޢިމާރާތް ކުރުމަށް ދިޔަ ޚަރަދަށް ކޮންމެ މަހަކު 5000
(ފަސްހާސް) ރުފިޔާ ކަނޑަންވާނެ ކަމަށް ބަޔާންކޮށްފައިވާއިރު، އެމާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތި
އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ބާރު ކެނޑޭގޮތަށް ފައިސާ ދެއްކުމަށް ޙުކުމް ކުރައްވާފައިވާ ކަމަށް ބުނެ
ހުށަހެޅި ނުކުތާއެވެ.
• ދެވަނަ ނުކުތާއަކީ: ހ.ބެގޯނިޔާ މުޙައްމަދު ޝަރީފް އާއި ގ.ޕާކަރ ހައުސް ޙުސައިން ޞަބާޙް އާ
ދެމެދު މއ. ހަލަވެލި އެވެ ކިޔާ ގޯތީގައިވާ އެނބޫމާ ގޯޅިއަށްވާ ގޮތަށް ހަދާފައިވާ ޢިމާރާތް ކުއްޔަށް ދިނުމަށް
ވެފައިވާ އެއްބަސްވުމުގެ ދަށުން ޢިމާރާތް ހެދުމަށް ޚަރަދުކުރި ފައިސާ ދެއްކުމަށް ޙުކުމްގައި ރިޢާޔަތް
ނުކުރައްވައި ހަމައެކަނި ދަޢުވާކުރާ ފަރާތުގެ ވާހަކަތަކުގެ މައްޗަށް ރިޢާޔަތްކުރައްވައި މައްސަލަ ނިންމަވާފައިވާ
ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
0
03- ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1079 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ޙުސައިން ޞަބާޙްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި،
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
އެނުކުތާތަކާއި ގުޅިގެން މުޙައްމަދު ޝަރީފްގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ
ވާހަކަތަކަށާއި، މައްސަލައާ ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މއ. ހަލަވެލި އެވެ ކިޔާ ގޯތީގައިވާ އެނބޫމާ ގޯޅިއަށްވާ ގޮތަށް ހަދާފައިވާ ޢިމާރާތް ކުއްޔަށް
ދިނުމަށް ގޯނިޔާ މުޙައްމަދު ޝަރީފް އާއި ގ.ޕާކަރ ހައުސް ޙުސައިން ޞަބާޙް އާ ދެމެދު 17
ސެޕްޓެމްބަރ 2012 ގައި އެއްބަސްވުމެއް ވެވިފައިވާކަން މުޙައްމަދު ޝަރީފް އާއި ޙުސައިން ޞަބާޙްގެ ބަހުން
އެނގެން އޮންނައިރު، މި އެއްބަސްވުމުގެ ދަށުން 2014 މާރޗް، އޭޕްރީލް އަދި މެއި މަހުގެ ކުލި ހޯދުމަށް
މުޙައްމަދު ޝަރީފް ސިވިލް ކޯޓުގެ ނަންބަރު 2014/Cv-C/1079 ޤަޟިއްޔާގައި ކޮށްފައިވާ ދަޢުވާއަށް
ޙުސައިން ޞަބާޙް އިންކާރުކޮށްފައިވާކަން އެނގެން އޮވެއެވެ.
ހަލަވެލި އެވެ ކިޔާ ގޯތީގައި އެނބޫމާ ގޯޅިއަށްވާ ގޮތަށް ހަދާފައިވާ ޢިމާރާތް ކުއްޔަށް
ދިނުމަށް މުޙައްމަދު ޝަރީފް އާއި ޙުސައިން ޞަބާޙް އާ ދެމެދު 17 ސެޕްޓެމްބަރ 2012 ގައި ވެފައިވާ
އެއްބަސްވުމަށް ބަލާއިރު، އެއްބަސްވުމުގެ 2 ވަނަ މާއްދާގެ ދަށުން ކުއްޔަށް ދީފައިވަނީ 5 އަހަރު ދުވަހުގެ
މުއްދަތަށް (6 ނޮވެމްބަރު 2012 އިން 6 ނޮވެމްބަރު 2016 އަށް) ކަން އެނގެން އޮންނައިރު ޢިމާރާތުގެ
ކުއްޔަކީ މީލާދީ މަހަކަށް -/
20,000ރ. (ވިހިހާސް ރުފިޔާ) ކަން އެއްބަސްވުމުގެ 5 ވަނަ މާއްދާގައި
ބަޔާންކޮށްފައިވާކަމާއި، ކުލި ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުއްޔަށް ދިންފަރާތަށް ދޭންވާނެ
ކަމަށް އެއްބަސްވުމުގެ 8 ވަނަ މާއްދާގައި
21
0 ދ x ¢ ¢ ¢
ބަޔާންކޮށްފައިއެވައ..
(ނ) 17 ސެޕްޓެމްބަރ 2012 ގައި ދެފަރާތުގެ މެދުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ އިތުރުން،
އަނގަބަހުން ދެފަރާތް ދެމެދު އެއްބަސްވުންތަކެއް ވުމަށްފަހު، 2014 މާރޗް 29 ވަނަ ދުވަހު ޢިމާރާތުގެ ކުލި
ދެއްކުމާ ގުޅޭ ގޮތުން ޢަމަލުކުރާނެ ގޮތެއް ކަނޑައަޅައި ޙުސައިން ޞަބާޙްއާއި ބ.ގޮއިދޫ ކަންމަތީގެ އަޙްމަދު
ނިޝްރީން ނަމަކަށް ކިޔާ މީހަކާއެކު ލިޔުމުން އެއްބަސްވެ އެ އެއްބަސްވުމުގައި ވާގޮތުގެ މަތީން ޢަމަލުކުރުމަށް
އެއްބަސްވެފައިވާތީ، ކުރިން ވެފައިވާ އެއްބަސްވުމުގެ ކުލީގެ މާއްދާއަށް ޢަމަލުކުރަންޖެހޭ ހަމައެއް ނެތް ކަމަށް
ޙުސައިން ޞަބާޙްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުގައި ބުނެފައިވާއިރު،
ހައިކަޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
22. 22
COC
މުޙައްމަދު ޝަރީފް އާއި ޙުސައިން ޞަބާޙްއާ ދެމެދު ލިޔުމުން ވެފައިވަނީ އެންމެ އެއްބަސްވުމެއް ކަމަށާއި،
އެއީ 17 ސެޕްޓެމްބަރ 2012 ގައި ވެފައިވާ އެއްބަސްވުންކަމަށާއި، އެނޫން އެއްވެސް އެއްބަސްވުމެއް
ލިޔުމުން އަދި އަނގަބަހުން ވިޔަސް ވެފައިނުވާނެކަމަށާއި، އަދި އިތުރު އެއްބަސްވުމެއް ހެދުމަށް އެއްވެސް
ފަރާތަކަށް މުޙައްމަދު ޝަރީފް އިޚްތިޔާރު ދީފައިނުވާނެކަމަށް މުޙައްމަދު ޝަރީފް ބުނެފައިވާކަމާއި،
29 މާރޗް 2014 ގެ އެއްބަސްވުމަށް ބަލާއިރު، އެލިޔުމުގައި މުޙައްމަދު ޝަރީފް ހިމެނި
ސޮއިކޮށްފައި ނެތްއިރު އެއެއްބަސްވުމަކީ މުޙައްމަދު ޝަރީފްގެ އިޒުނަ ލިބިގެން ހަދާފައިވާ އެއްބަސްވުމެއް
ނޫންކަމަށް ބ.ގޮއިދޫ ކަންމަތީގެ އަޙްމަދު ނިޝްރީން ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާކަން
އެނގެން އޮންނައިރު، އެ އެއްބަސްވުމަކީ މުޙައްމަދު ޝަރީފަށް އެނގިގެން އެފަރާތުގެ ރުހުމާއެކު ނުވަތަ
އެފަރާތުގެ ޤާނޫނީ ބާރާއި އިޚްތިޔާރު ދީގެން ހަދާފައިވާ އެއްބަސްވުމެއް ކަމަށް ޝަރުޢީ ޤާނޫނީ ގޮތުން ބެލެވެން
ނެތްކަމާއި؛
އެލިޔުމަކީ އިސްތިއުނާކުރެވޭ މިމައްސަލައިގާ ހަދާފައިވާ އެއްބަސްވުމާ އެއްވެސް ގުޅުމެއް ހުރި ލިޔުމެއް
ނޫންކަމަށާއި، އެލިޔުމުގައި ނިންމާފައިވާ ކަންކަން ނިންމުމަށް މުޙައްމަދު ޝަރީފްގެ ފަރާތުން އެއްވެސް
އިޒުނައެއް ދީފައިނުވާކަމަށާއި، އެއީ މުޙައްމަދު ޝަރީފަށް އެނގޭނެ ލިޔުމެއް ނޫންކަމަށާއި، ޢިމާރާތް އޯޕީ
މޯލްޑިވްސް ކިޔާބަޔަކަށް ކުއްޔަށް ދިނީ އަޙްމަދު ނިޝްރީން ކަމަށާއި، އޯޕީ މޯލްޑިވްސްއިން ކުލީގެ ގޮތުގައި
ލިބުނު ފައިސާ މުޙައްމަދު ޝަރީފަށް ދީފައިނުވާނެކަމަށާއި، އޯޕީ މޯލްޑިވްސްއާ އެއްބަސްވުން ހެދިފަހުން 3
މަހުގެ ކުލި ޙަވާލުކުރީ ޙުސައިން ޞަބާޙްއަށް ކަމަށާއި، އޯޕީ މޯލްޑިވްސްއިން މިހާރު ކުލީގެ ފައިސާ ދައްކަނީ
ކޮން ފަރާތަކަށް ކަމެއް ނޭނގޭ ކަމަށް ބުނެފައިވާކަން އަޙްމަދު ނިޝްރީން ސިވިލް ކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް 2010 ސެޕްޓެމްބަރ 01 ވަނަ ދުވަހު ދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި،
ކަމުން، ޙުސައިން ޞަބާޙްއާއި މުޙައްމަދު ޝަރީފްއާ ދެމެދު 17 ސެޕްޓެމްބަރ 2012 ގައި
ސޮއިކުރެވިފައިވާ އެއްބަސްވުން ފިޔަވައި، އިތުރު އެއްބަސްވުމެއް ވެފައިވާކަން ސާބިތުވާ ފަދަ ކާފީ ހެކި
ޙުސައިން ޞަބާޙްގެ ފަރާތުން ޝަރީޢަތަށް ހުށަހެޅިފައި ނުވާކަން އެނގެން އޮންނައިރު، ޙުސައިން ޞަބާޙްގެ
ފަރާތުން ފާހަގަކޮށްފައިވާ 29 މާރޗް 2014 ގެ އެއެއްބަސްވުމުގައި ވާގޮތުގެ މަތީން މުޙައްމަދު ޝަރީފްގެ
ފަރާތުން ޢަމަލުކުރަންޖެހޭ ޝަރުޢީ ޤާނޫނީ އެއްވެސް ހަމައެއް ނެތުމާއެކު މުޙައްމަދު ޝަރީފްގެ މައްޗަށް
.އީރަން ކަމެއް
2
4
2 ހ2 8
ي مرمسرمر
RE
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޭންށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ |
2015/HC-A/365
ލާޒިމްނުކުރެވޭނެކަމާއި، އަދި އެއްވެސް ޒިންމާއެއް އުފުލަންނުޖެހޭނެކަން ޝަރުޢީ ޤާނޫނީ ހަމަތަކުން
އެނގޭކަމާއިގެ
މަހުކުލީގެ ގޮތުގައި 2014 މާރޗް، އޭޕްރީލް އަދި މެއި މަހަށް ދޭންޖެހޭ -/60,000ރ.
(ފަސްދޮޅަސްހާސް ރުފިޔާ) އާއި އޭގެ ފަހުން 2015 އޮގަސްޓް 25 ވަނަ ދުވަހާ ހަމައަށް ބުނެވުނު
އެއްބަސްވުމުގެ ދަށުން މަހަކު -/20,000ރ. (ވިހިހާސް ރުފިޔާ) ގެ މަގުން ކުލި މުޙައްމަދު ޝަރީފަށް
ލިބިފައިނުވާކަން، ޝަރީޢަތަށް ސާބިތުވެއެވެ.
CC3
,ހޗެ2
4ދވ
ކެނޑޭގޮތަށް
(ނ) މުޙައްމަދު ޝަރީފް އާއި ޙުސައިން އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ 12 ވަނަ
މާއްދާގައި ޢިމާރާތް ކުރުމަށް ދިޔަ ޚަރަދަށް ކޮންމެ މަހަކު 5000 (ފަސްހާސް) ރުފިޔާ ކަނޑަންވާނެ ކަމަށް
ބަޔާންކޮށްފައިވާއިރު، އެމާއްދާއަށް ރިޢާޔަތްކުރެއްވުމެއް ނެތި އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ބާރު
ފައިސާ ދެއްކުމަށް ޙުކުމް ކުރައްވާފައިވާކަމަށް ބުނެ ޙުސައިން ޞަބާޙްގެ ފަރާތުން ފާހަގަކޮށްފައިވާ
ނުކުތާއަށް ނަޒަރުކުރާއިރު،
އެއްބަސްވުމުގެ 12 ވަނަ މާއްދާގައި ބުނެފައިވަނީ، ”ކުއް
ހިފިތަން މިހާރަށްވުރެ ފެންވަރު
ރަނގަޅު ކުރުމަށްޓަކައި ޢިމާރާތަށް ބަދަލު ގެނެސް މަރާމާތު ކުރުމުގެ އިޚްތިޔާރު ކުއްޔަށްހިފާ ފަރާތަށް
ލިބިގެންވެއެވެ. މިގޮތުން ކުރެވޭ މަރާމާތަށް ޚަރަދުވާ ފައިސާ ކޮންމެ މަހެއްގެ ކުރިން 5000.00 (ފަސްހާސް)
ރުފިޔާ އުނިކުރަމުން ގޮސް ހަމަކުރާ ގޮތަށް ކުއްޔަށްދިން ފަރާތުން އެއްބަސްވެއެވެ. ނަމަވެސް މަރާމާތުގެ ޚަރަދު
75000.00 (ހަތްދިހަ ފަސްހާސް) ރުފިޔާއަށް ވުރެ އިތުރުވާނަމަ އިތުރުވާ ޢަދަދު ކުލިން އުނިކޮށްގެން
ނުވާނެއެވެ. އެފަދަ ހުރިހާ ޚަރަދެއްގެ ފުރިހަމަ ޒިންމާ ނަގާނީ ކުއްޔަށްހިފާ ފަރާތުންނެވެ.” މިފަދައިން ކަމާއި؛
މިމާއްދާއަށް ބެލުމުން ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ ދަށުން ޙުސައިން ޞަބާޙް
ޢިމާރާތް މަރާމާތު ކުރުމުގެ ގޮތުން ކޮށްފައިވާ ޚަރަދު ކޮންމެ މަހެއްގެ ކުރިން 5000.00 (ފަސްހާސް) ރުފިޔާ
އުނިކުރަމުން 75000.00 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ހަމަޔަށް އުނިކުރެވިދާނެ ކަމާއި، އެހެން ނަމަވެސް
ޢިމާރާތް މަރާމާތުކުރުމަށް ޙުސައިން ޞަބާޙްގެ ފަރާތުން 75000.00 (ހަތްދިހަ ފަސްހާސް) ރުފިޔާއަށްވުރެ
އިތުރަށް ކޮށްފައިވާ ޚަރަދަކީ މުޙައްމަދު ޝަރީފް ޒިންމާކުރުވޭނެ މިންވަރެއް ނޫންކަން
ންކަން އެނގޭކަމާއިގެ
Ccco
CCC
އްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
މަރާމާތުކުރުމަށް
,
UCO
ޙުސައިން ޞަބާޙްގެ ފަރާތުން ދަށުކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު،
އެއްބަސްވުމުގެ ދަށުން ކުއްޔަށްދީފައިވާ ޢިމާރާތަށް ކޮށްފައިވާ ޚަރަދު ކުލިން ކެޑުމުގެ ގޮތުން ކެޑުމަށް
އެއްބަސްވެފައިވާ ޢަދަދަކީ މަހެއްގެ މައްޗަށް 7500.00 (ހަތްހާސްފަސްސަތޭކަ) ރުފިޔާކަމަށް ބުނެފައިވާއިރު،
މިޢަދަދަކީ އިސްތިއުނާފުގެ މަރުޙަލާގައި މިހާރު ޙަވާލާދީފައިވާ އެއްބަސްވުމުގެ 12
ވަނަ މާއްދާގައި
ބަޔާންކުރެވިފައިވާ ޢަދަދެއް ނޫންކަމާއި؛
އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން އުނިކުރެވިދާނެ ކަމަށް ބަޔާންކުރެވިފައިވާ ޢަދަދާމެދު
ދަށުކޯޓުގެ މަރުޙަލާގައި ޙުސައިން ޞަބާޙްގެ ފަރާތުން ވާހަކަ ދައްކާފައިނުވާތީ އެކަމާމެދު މުޙައްމަދު ޝަރީފްގެ
ފަރާތުން ރައްދެއް ދިނުމުގެ ފުރުޞަތު ލިބިފައިނުވާތީ، މިމާއްދާއާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ
ޝަރީޢަތުގެ މަޖިލީހުގެ ފަރާތުން ކޮށްފައިވާ ސުވާލުތަކާ ގުޅިގެން، މިމާއްދާގެ ދަށުން ޢިމާރާތް
ޚަރަދުކުރެވިފައިވާ ފައިސާގެ ތެރެއިން މަހު ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއިން 75000.00 (ހަތްދިހަ
ފަސްހާސް) ރުފިޔާއާ ހަމަޔަށް އުނިކުރެވެންވާނެ ކަމަށް ޙުސައިން ޞަބާޙްގެ ފަރާތުން ބުނެފައިވާއިރު، ހަމަ
އެފަދައިން ޢިމާރާތް މަރާތުކުރުމަށް ޙުސައިން ޞަބާޙް ޚަރަދުކޮށްފައިވާ ފައިސާގެ ތެރެއިން މަހުކުލީގެ ތެރެއިން
75000.00 (ހަތްދިހަ ފަސްހާސް) ރުފިޔާއާ ހަމަޔަށް އުނިކުރެވިދާނެ ކަމަށް މުޙައްމަދު ޝަރީފުގެ
ފަރާތުންވެސް ބުނެފައިވާކަމާއި؛
އެހެންކަމުން، ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުން ދެކެނީ އިސްތިއުނާފު މިކުރެވޭ ސިވިލް
ކޯޓުގެ ނަންބަރު 2014/Cv
-
C/1079 ޤަޟިއްޔާގައި މުޙައްމަދު ޝަރީފަށް ކުލީގެ ގޮތުގައި ޙުސައިން
ޞަބާޙް ކޮންމެ މަހަކު ދައްކަންޖެހޭ ކަމަށް ކަނޑައެޅިފައިވާ މިންވަރުން ކޮންމެ މަހަކު
(ފަސްހާސް) ރުފިޔާ އުނިކުރަމުން ގޮސް 75000.00 (ހަތްދިހަ ފަސްހާސް) ރުފިޔާ ހަމަވަންދެން
އުނިކުރަންޖެހޭ ކަމަށެވެ.
5000.00
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ
ނަންބަރު 2014/Cv-C/1079 ޤަޟިއްޔާގައި މުޙައްމަދު ޝަރީފްއާއި ޙުސައިން ޞަބާޙްއާ ދެމެދު 17
R
، ހައިކޯޓް
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްގ
9 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2015/HC-A/365
coc
ސެޕްޓެމްބަރ 2012 ގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން 2014 މާރޗް، އޭޕްރީލް އަދި މެއި މަހުގެ
ކުއްޔާއި، އަދި އޭގެ ފަހުން 2015 އޮގަސްޓް 25 ވަނަ ދުވަހާ ހަމައަށް ބުނެވުނު އެއްބަސްވުމުގެ ދަށުން
މުޙައްމަދު ޝަރީފަށް ޙުސައިން ޞަބާ ދައްކަންޖެހޭ ކުލި ދައްކާފައިނުވާކަން ޝަރީޢަތަށް ޘާބިތުވާކަމަށް
ކަނޑައަޅުއްވައި ކުރައްވާފައިވާ ޙުކުމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ
އިއްތިފާޤުން ތާއީދުކޮށް، މިފައިސާ މުޙައްމަދު ޝަރީފަށް ލިބިދިނުމުގެ ގޮތުން، 2015 އޮގަސްޓް 25 ވަނަ
ދުވަހުން ފެށިގެން 04 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި ކޮންމެ މަހަކު އެމަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް
ދައްކާ ޚަލާޞްކުރުމުގައި ދެފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ 12 ވަނަ މާއްދާގެ ދަށުން ކުލީގެ
ފައިސާއިން އުނިކުރުމަށް ދެފަރާތުން އެއްބަސްވެފައިވާ މިންވަރު އުނިކުރުމަށްފަހު ބާކީވާ މިންވަރު ދެއްކުމަށް
ޙުސައިން ޞަބާއަށް އަންގައި، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
*
އާޖެ
ދިވެހިރާއްޖޭގެ
ހައިކަ
K
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ޕޯން: 3325029، ފެކްސް 3316471
އީމެއިލް: [email protected] ވެބް ސައިޓް www.highcourt.gov.mv
ދިވެހިއްaގ