ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/402 ޤަޟިއްޔާގެ ޙުކުމް
ޗެޕްޒީރާއް
1
ޤަޟިއްޔާ
ނިމުނު ގޮތު
2016/HC-A/402
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
کرنے کے کا
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ:402/HC
-
A/2016
• އިސްތިއުނާފުކުރި ފަރާތްތައް:
ދާއިމީ އެޑްރެސް: ނިއުޔޯރކްހައުސް މާލެ
މިހާރުގެ އެޑްރެސް: މއ. ނިއުޔޯރކްހައުސް މާލެ
ނަން: މުޙައްމަދު ރިޔާޝް
އައިޑީ ކާޑު ނަންބަރު: A048573
، އިސްތިއުނާފު ރައްދުވި ފަރާތްތައް:
* ނަން: އިބްރާހީމް މުޙައްމަދު
އައިޑީ ކާޑު ނަންބަރު: A077745
* ނަން: މުޙައްމަދު ޒިލާލް
އައިޑީ ކާޑު ނަންބަރު: A074673
ދާއިމީ އެޑްރެސް: ދަފްތަރު ނަންބަރު 3370
މިހާރުގެ އެޑްރެސް: ފ. ލައިޓްރޯސް/ މާލެ
އެޑްރެސް: ލ. ޖަޒީމާ މާލެ
މިހާރުގެ އެޑްރެސް: ލ. ޖަޒީމާ މާލެ
6
• ރަޖިސްޓްރީ ކުރެވުނު ތާރީޚް: 05 ޛުލްޙިއްޖާ 1437
06 ސެޕްޓެމްބަރު 2016
•ނިމުނު ތާރީޚް: 02 ރަބީޢުލްއައްވަލް 1438
ސެމްބަރު 2016
01
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2016
/
236/B5
-
CR
-
3
/
CA
ނިންމެވި ކޯޓު: ސިވިލް 2
( ކޯޓު
• ޤަޟިއްޔާގެ ބާވަތް: ކޯޓު އަމުރު
ހުށަހެޅުނު ތާރީޚް: 14 އޯގަސްޓް 2016
ނިމުނު ތާރީޚް: 14 އޯގަސްޓް 2016
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު މޒ. ޢަލީ ސަމީރު، އިސްފަނޑިޔާރު ޢަބްދުﷲދީދީ، ފަނޑިޔާރު ޢަބްދުއްރައޫފު އިބް
އަޏ"
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
ޤަޟިއްޔާ
2{16/HC-A/402
سے ان کی عمری
• ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތަށްނޫން ކަމަށްބުނެ އެކޯޓުއަމުރު އިސްތިއުނާފު
ކޮށްދިނުމަށް އެދި މއ.ނިއުޔޯރކްހައުސް މުޙައްމަދު ރިޔާޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް
ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.
މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ، ދަފްތަރު ނަންބަރު 3370! އިބްރާހީމް
މުޙައްމަދު އާއި މ.ޖަޒީމާ މުޙައްމަދު ޒިލާލްއެވެ.
ދެވުނު ނުކުތާތައް:
1. ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރު، އެކޯޓުން
ނެރެފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި އެއްގޮތްނޫން ކަމަށްބުނެ އެކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް ލއ.ނިއުޔޯރކްހައުސް މުޙައްމަދު ރިޔާޝްގެ ފަރާތުން ހުށަހަޅާފައިވެއެވެ.
2.ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރަށް ބަލާއިރު އެކޯޓު
އަމުރު ނެރެފައިވަނީ،
އެކޯޓުގެ ނަންބަރު 2015/Cv
-
C/1588 ޤަޟިއްޔާގެ ޙުކުމާއިއެއްގޮތަށް
މއ.މަލަމަތި އެވެކިޔާ ގޯތީގެ 06 ވަނަ ފްލޯރ ގައި ތިބިނަމަ ތިބި ބަޔަކާއި އެތަނުގައި ހުރި ނަމަ ހުރި
އުފުލޭ މުދަލެއް އެތަނުންނެރެ، ތަންހުސްކޮށް މިއަދު، 14 އޯގަސްޓް 2016 އިން ފެށިގެން 30 (ތިރީސް)
ދުވަހުގެ ތެރޭގައި ބުނެވިދިޔަ މއ.މަލަމަތި އެވެކިޔާ ގޯތީގެ 06 ވަނަ ފްލޯރ، ދަފްތަރު ނަންބަރު 3370/
މާލެ، އިބްރާހީމް މުޙައްމަދުއާއި މ.ޖަޒީމާ މާލެ، މުޙައްމަދު ޒިލާލް އާއި ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް
ސަރވިސްގެ މައްޗަށް މިއަމުރު ތަންފީޒް ކުރެވުމާއެކު އެކަން ސިވިލް ކޯޓަށް އެންގުމަށް
މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އަމުރުކޮށް، އަދި ތަންހުސްކުރާކުރުމުގައި ތަނުގައި ހުރިނަމަ
މުދަލަކަށް ލިބޭ އެއްވެސް ގެއްލުމަކަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޒިންމާވާން
ނުޖެހޭނެކަމުގައި އަންގައިކަން މިއަމުރަށް ބެލުމުން އެނގެން އޮވެއެވެ.
އަމުރަކަށް،
ދިވެހިރާއް
އި
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
2{016/HC-A/402
ޤަޟިއްޔާ ނިމުނު ގޮތު
3.ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރު ޝަރުޢީ އަދި
ޤާނޫނީ ހަމަތަކާ އެއްގޮތްނޫންކަމަށްބުނެ އެއަމުރު އިސްތިއުނާފް ކުރުމަށް މއ.ނިއުޔޯރކްހައުސް މުޙައްމަދު
ރިޔާޝްގެ ފަރާތުން 02 (ދޭއް) ނުކުތާ ފާހަގަކޮށް އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖްލީހުގައި ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ހުށަހަޅާފައިވާ؟
• ފުރަތަމަ ނުކުތާއަކީ، މއ. މަލަމަތި އެވެ ކިޔާ ގޯތީގެ ވެރިފަރާތްކަމުގައިވާ މއ.
މަލަމަތި/މާލެ، އަމީނާ އަޙްމަދު (އައިޑީކާޑު ނަންބަރު A054862) 17 ޑިސެމްބަރު 2015 ގައި
ނިޔާވެފައިވާތީ، މަރުޙުމުގެ ވާރިޘުން ކަނޑައެޅުމުގެ ކުރިން، އަދި އެމައްސަލަ ފެމިލީ ކޯޓަށް
ހުށަހަޅާފައިވާކަން ސިވިލް ކޯޓުގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނިކޮށް އަމުރު
ނެރުއްވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ،
މަލަމަތި އަމީނާ އަޙްމަދުއާއި މއ.ނިއުޔޯރކްހައުސް މުޙައްމަދު
ރިޔާޝްއާއެކު ދަފްތަރު ނަންބަރު 3370/ މާލެ، އިބްރާހީމް މުޙައްމަދުއާއި މ.ޖަޒީމާ މާލެ، މުޙައްމަދު
ޒިލާލް ވެވުނު އެއްބަސްވުމުގެ 9.2 ގައި ވަނީ ޢިމާރާތުގެ 6 ވަނަ ފަންގިފިލާ ނުދެއްވިއްޖެނަމަ، 4 ވަނަ
ފަންގިފިލާ ކުއްޔަށް ދިނުމަކަށްކަމަށްވާއިރު
މިމަކަށްކަމަށްވާއިރު އާއި އަދި ސިވިލް ކޯޓުގެ ނަންބަރު 2015/Cv-C/1588
ޤަޟިއްޔާގައިވަނީ
އެގޮތަށް ކަމަށްވާއިރުވެސް، ސިވިލް ކޯޓުގެ ނަންބަރު
2016
/
236/CR3
/
CA ކޯޓު އަމުރު ނެރުނުއިރު، މިއިން އެއްވެސް ކަމަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް
ބުނެ ހުށަހެޅި
B5-
ނިކުޏވެ"
4. ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރު އިސްތިއުނާފު
ކުރުމަށް މއ.ނިއުޔޯރކްހައުސް މުޙައްމަދު ރިޔާޝްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހަށް ހުށަހެޅި ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި މައްސަލާގައި ހިމެނޭ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ
މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނާ ބަލާއިރު، މިމައްސަލަ ބެލުމުގައި ބައިވެރިވި
ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
3
44
ޤަޟިއްޔާ ނިމު.
2016/HC-A/402
22
4
02
x
.އއެއެގެތަށް،
(ހ) ފުރަތަމަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރަށް
ބަލާއިރު އެކޯޓު އަމުރަކީ ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/1588 ޤަޟިއްޔާގެ ޙުކުމާއިގެ
އެޙުކުމް ރައްދުވާ ފަރާތްތަކުން ޢަމަލުކޮށްފައިނުވާތީ، ސިވިލްކޯޓުގެ އިޝާރާތްކުރެވުނު ޤާޟިއްޔާގައި
އެކޯޓުން ކުރައްވާފައިވާ ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އެކޯޓުން ނެރުއްވާފައިވާ އަމުރެއްކަމާއި،
ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/1588 ޤަޟިއްޔާގައި އެކޯޓުން ކުރައްވާފައިވާ ޙުކުމަކީ އެއްވެސް
ފަރާތަކުން އެޙުކުމް މިހާތަނަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް އެޙުކުމަށް ބަދަލު އައިސްފައިވާ
ޙުކުމެއް ނޫންކަން އެނގެން އޮތުމުން އެޙުކުމަކީ އެޙުކުމުގެ ބާރު ދެމިއޮތް ނިހާއީ ޙުކުމެއްކަން އެނގެން
4 22
at
8 ގދ 4 ·
އޮންނަކަމެވެ.
مورا جمع کر
/8382 ހއ
(ނ) ދެވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2015/Cv-C/1588 ޤަޟިއްޔާގެ މައުޟޫއަށާއި
އެޤަޟިއްޔާގައި ކަންހިނގާ ގޮސްފައިވާ ގޮތަށާއި އެޤަޟިއްޔާގައި ކުރައްވާފައިވާ އުކުމަށް ބެލުމުން،
ފިލްކޯޓުގެ ނަންބަރު 2015/Cv-C/1588 ޤަޟިއްޔާއަކީ، އެކޯޓުގައި ރަޖިސްޓަރީކޮށްފައިވާ ނަންބަރު
482
/
2012-Cv
-
C
/
C އެގްރީމެންޓެއްގެ ދަށުން އއ.މަލަމަތި/މާލެ އެވެ ކިޔާގޯތީގެ 06 ވަނަ ފްލޯރ
ކުއްޔަށްދިނުމަށްޓަކައި އެއްފަރާތުން އަމީނާ އަޙުމަދު އަނެއްފަރާތުން ދަފްތަރު 3370 އިބްރާހިމް އަޙުމަދު
އާއި މ.ޖަޒީމާ މުޙައްމަދު ޒިލާލް އާދެމެދު 30 ސެޕްޓެމްބަރ 2012 ދުވަހުވެފައިވާ އެއްބަސްވުމާއި
ކުއްޔަށް ދޫކުރާފަރާތުން ޚިލާފުވެފައިވާކަމަށާއި، އެއްބަސްވުމުގެ 7.3 ވަނަ މާއްދާއާއި، 9.2 ވަނަ
މާއްދާއަށް ޢަމަލުކޮށްފައިނުވާކަމަށާއި، އެހެންކަމުން
އެއްބަސްވުމާއި ކުއްޔަށް ދޫކުރިފަރާތުން
ޚިލާފުވެފައިވާކަމަށް ކަނޑައަޅައިދިނުމަށާއި، އެއްބަސްވުމުގެ
ހިފި
ފްލޯރ ޙަވާލުކުރުމަށް
ރުކޮށްދިނުމަށާއި، ޙަވާލުނުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުހޯދުމަށް އަމީނާ އަޙުމަދުގެ
މައްޗަށް ރައްދުވާގޮތަށް އިބްރާހިމް އަޙުމަދާއި މުޙައްމަދު ޒިލާލުގެ ފަރާތުން ދަޢުވާކުރުމުން ބެލުނު
މައްސަލައެއްކަން އެނގެން އޮންނަކަމާއި، އިޝާރާތްކުރެވުނު ސިވިލްކޯޓުގެ އެއްބަސްވުމުގައި
ޢިމާރާތްކުއްޔަށްދިނުމުގެ އެއްބަސްވުމުގައި، ޢިމާރާތްކުއްޔަށްދޭ ފަރާތެއްގެ ގޮތުގައި އަމީނާ އަޙުމަދުގެ ޕަވަރ
އޮފް އެޓާރނީ ލިބިގެން ސޮއިކޮށްފައިވަނީ މއ. ނިއުޔޯރކްހައުސް މުޙައްމަދު ރިޔާޟްކަން އެނގޭކަމާއި،
މިހެންކަމުން މުޙައްމަދު ރިޔާޝްއަކީ މިއެއްބަސްވުމުގެ ބޭނުމަށް ކުއްޔަށްދޭ ފަރާތުގެ ގޮތުގައި
ބަލަންޖެހޭފަރާތެއްކަން އެނގެން އޮންނައިރު، މިކަމުގެ މައްޗަށް ރިޢާޔަތްކޮށް ދަޢުވާކުރާފަރާތްތަކުގެ އެދުމުގެ
މަތިން މުޙައްމަދު ރިޔާޝް މިމައްސަލައިގެ ތެރެއަށް ސިވިލްކޯޓުން ތަދައްޚުލުކުރުވާފައިވާކަން އެނގެން
އޮންނަކަމާއި، މިމައްސަލަ ހިންގުމަށްޓަކައި އަމީނާ އަޙުމަދަށްވެސް އަދި
91ޗތ
OXO
3 ދތ ވ 2
މުޙައްމަދު
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2016/HC-A/402
کی مرگی
=32
5 ޤަޟިއްޔާ ނިމުނު ގޮ
ސިވިލްކޯޓުން، ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކުރުމަށް މަސައްކަތްކުރުމުން އެއަމުރުތަކާއި
އެފަރާތްތަކުން ޙަވާލުވުމަށް ކަނޑައެޅިގެން އިންކާރު ކުރަމުން ގޮސްފައިވާކަން މިމައްސަލަ ނިންމެވުމުގައި
ސިވިލްކޯޓުން ފާހަގަކުރައްވާފައިވާ ނުކުތާތަކުގައި ބަޔާންވެގެން އޮންނައިރު، މިފަދައިން މިފަރާތްތަކުގެ
ޢަމަލުތައް ހުރުމުގެ ސަބަބުން މިމައްސަލަ ހިންގާފައިވަނީ އެފަރާތްތަކުގެ ޣައިރު ޙާޟިރުގައިކަމަށް
މިމައްސަލަ ނިންމަވަމުން ސިވިލްކޯޓުން ފާހަގަކުރައްވާފައިވާކަމާއި،
ސިވިލްކޯޓުގެ އިޝާރާތްކުރެވުނު ޤާޟިއްޔާގައި ޖަވާބުދާރީވުމަށް އަމީނާ އަޙުމަދާއި މުޙައްމަދު
ރިޔާޝްގެ ފަރާތުން އިންކާރުކޮށްފައިވާތީ މިމައްސަލައިގައި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކޮށް އަދި
ހެކިންގެ ހެކިބަހުގެ މައްޗަށް ބަލައި މިމައްސަލައިގައި ޙުކުމްކުރައްވާފައިވަނީ، އެއްބަސްވުމުގައި
ބަޔާންކޮށްފައިވާތަން އަމީނާ އަޙުމަދާއި މުޙައްމަދު ރިޔާޝްގެ ފަރާތުން އިބްރާހީމް މުޙައްމަދާއި މުޙައްމަދު
ޒިލާލުއަށް 21 ޑިސެމްބަރ 2015 ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށާއި، -/626,400 ރ.
(ހަލައްކަ ސައްބީސްހާސް ހަތަރުސަތޭކަ ރުފިޔާ) އިބްރާހިމް މުޙައްމަދާއި، މުޙައްމަދު ޒިލާލުއަށް
ލިބިދިނުމަށްޓަކައި 24 ޑިސެމްބަރ 2015 ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް އެފައިސާ ދައްކާ
ޚަލާސްކުރުމަށް އަމީނާ އަޙުމަދާއި މުޙައްމަދު ރިޔާޝްގެ މައްޗަށް އަންގައި އެފަދައިންކަން އެނގެން
އޮންނަކަމެވެ.
84 ތތ
پر ہی کرفري
(ނ) ތިންވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ މުޙައްމަދު ރިޔާޝްއަކީ، ސިވިލްކޯޓުގެ ނަންބަރު
2015/Cv
-
C/1588 ޤަޟިއްޔާގައި ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި ހިމެނޭ އަދި އެފަރާތުގެ މައްޗަށް
އެމައްސަލައިގެ ޙުކުމް ރައްދުވާ ފަރާތެއްކަން އެނގެން އޮންނައިރު، ސިވިލްކޯޓުގެ އެޙުކުމާއި
މުޙައްމަދު ރިޔާޝުގެ ފަރާތުން ޢަމަލުކޮށްފައިވާކަން އެނގެން ނެތްކަމާއި، މިމައްސަލައިގައި ސިވިލްކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބެލުމުން އެޙުކުމް ރައްދުވާފަރާތްތަކުގެ ތެރެއިން އެއްފަރާތެއް ނިޔައުވެފައިވުމަކީ
މުޙައްމަދު ރިޔާޝުގެ ފަރާތުން އެޙުކުމް ތަންފީޛުކުރުމަށް ހުރަސް އަޅާ ސަބަބެއް ނޫންކަން އެނގޭކަމާއި،
މިހެންކަމުން އަމީނާ އަޙުމަދުގެ ވާރިސުން ކަނޑައަޅަން މުޙައްމަދު ރިޔާޟުގެ ފަރާތުން ފެމިލީކޯޓަށް
މައްސަލައެއް ހުށަހެޅުމަކީ ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/1588 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ
ޙުކުމް ތަންފީޛުކުރުމުގެ ގޮތުން އަމުރެއް އެކޯޓުން ނެރުމަށް އޮތް ހުރަހެއް ނޫންކަން
4ދ 24
އެނގޭ ކަމެވެ
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
6
ޤަޟިއްޔާ
2016/HC-A/402
کی عمری
OXO
ނިމުނު ގޮތު
(ރ) ހަތަރުވަނަކަމަކީ، ސިވިލްކޯޓުގެ ނަންބަރު 2015/Cv
-
C/1588 ޤަޟިއްޔާގައި އެކޯޓުން
ކުރައްވާފައިވާ ޙުކުމަށް ބަލާއިރު، އެޙުކުމުގައި ބުނެފައިވަނީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ތަން އަމީނާ
އަޙުމަދާއި މުޙައްމަދު ރިޔާޝްގެ ފަރާތުން އިބްރާހިމް މުޙައްމަދާއި މުޙައްމަދު ޒިލާލުއަށް 21 ޑިސެމްބަރ
2015 ފެށިގެން 15 ދުވަހުގެ ތެރޭގައި ޙަވާލުކުރުމަށްކަމާއި، މިދެފަރާތުގެ ދެމެދުގައި ވެފައިވާ
އެއްބަސްވުމަށް ބަލާއިރު، މުޅި މި އެއްބަސްވުމަކީވެސް މއ.މަލަމަތިމާލެ އެވެ ކިޔާގޯތީގެ 06 ވަނަ ފްލޯރ
ކުއްޔަށްދިނުމަށްޓަކައި ވެވޭ އެއްބަސްވުމެއްކަން އެނގެން އޮތުމުން، މިއެއްބަސްވުމުގެ ދަށުން ކުއްޔަށްދިނުން
ލާޒިމްވާނީވެސް އެފްލޯރކަން އެނގޭކަމާއި، އެއްބަސްވުމުގެ 9.2 ވަނަ މާއްދާއަކީ އެއްބަސްވުމުގެ ދަށުން
ދޭން އެއްބަސްވި 06 ވަނަ ފްލޯރ މުއްދަތުގައި ޙަވާލުނުކުރެވިއްޖެނަމަ އިސްތިސްނާގޮތެއްގައި އެ
ޢިމާރާތުގެ 04 ވަނަ ފްލޯރ ދިނުން ލާޒިމްކުރާ މާއްދާއެއްކަން އެނގޭއިރު، އެއްބަސްވުމުގެ ދަށުން ދިނުން
ލާޒިމްކުރާ 06 ވަނަ ފްލޯރ ދީފައިވާކަން އެޙުކުމަށް ބެލުމުން އެނގެން ނެތްއިރު، އެފްލޯރ އެމުއްދަތުގައި
ޙަވާލުނުކުރެވިއްޖެނަމަ ދެން ދިނުން ލާޒިމްކުރާ 04 ވަނަ ފްލޯރވެސް އެއްބަސްވުމުގައި ބުނާ މުއްދަތުގައި
ޙަވާލުކޮށްފައިވާކަން އެނގެން ނެތުމުން ދެން އިބްރާހިމް މުޙައްމަދާއި މުޙައްމަދު ޒިލާލުގެ ފަރާތުން ލުޔެއް
ނުދޭ ހިނދަކު ޙަވާލުކުރަން ޖެހޭނީ އެއްބަސްވުމުގެ ދަށުން ދިނުން ލާޒިމްވާ 06 ވަނަ ފްލޯރކަމާއި،
މިހެންކަމުން ސިވިލް ކޯޓުގެނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު ނެރުއްވިއިރު،
ދޭއްބަސްވުމުގެ 9.2 ވަނަ މާއްދާއަށް ރިޢާޔަތްނުކޮށްވާކަމުގައި ބެލެވެން
އަމުރުނެރެ
2
4
2 ބ 42 ވ 42
ބިލިވަންނަޗކެމެވެ"
ބ) ފަސްވަނަކަމަކީ، ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA ކޯޓު
އަމުރު އިސްތިއުނާފް ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުނު މިޤަޟިއްޔާގައި އިސްތިއުނާފް ރައްދުވާ
ފަރާތެއް ކަމުގައިވާ މ.ޖަޒީމާ މުޙައްމަދު ޒިލާލު، މިކޯޓުގެ އެންގުމާއި ޚިލާފަށް މިކޯޓަށް ނާންގާ ރާއްޖެއިން
ބޭރަށް ފުރާފާވާތީ، މިމައްސަލައިގެ ޝަރީޢަތް ހިންގާ ޙުކުމް ކުރެވިފައިމިވަނީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
<< O
ވީމާ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން މިމައްސަލަބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ
ފަނޑިޔާރުންދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2016
/
236/B5
-
CR
-
3
/
CA
ކޯޓު އަމުރު
އިސްތިއުނާފުކުރުމަށް މުޙައްމަދު ރިޔާޝުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެއަމުރަށް
ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ވިޔަސް ސަބަބެއް
/22 (2 ދވހ 2
އެންވާކަމުގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2{16/HC-A/402
ޤަޟިއްޔާ ނިމުނު
ނިމުނު ގޮތުގެ
ދެލި
B5-CR-3/CA/2016/236
ދެންފަހެ، އިސްވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު
ކޯޓު އަމުރު އިސްތިއުނާފުކުރުމަށް މުޙައްމަދު ރިޔާޝްގެ ފަރާތުން
ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބަލައި އެއަމުރަށް ބަދަލުގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ
ވިޔަސް ސަބަބެއްނެތްކަމަށް މިޤަޟިއްޔާބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން
ކަނޑައަޅައި، އެގޮތުގެ މަތިން މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން، މ.ޖަޒީމާ
މުޙައްމަދު ޒިލާލްގެ ޣައިރު ހާޟިރުގައި، ޙުކުމްކޮށްފީމެވެ.
ދިވެހިރާއްa
ދިވެހިރާއްޖޭގެ ހައިކޯޓް، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv