ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2007/HC-A/235 ޤަޟިއްޔާގެ ޙުކުމް
,sގެ
1
2007/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
• ޤަޟިއްޔާ ނަންބަރ: 235/HC
-
A/2007
އިސްތިއުނާފުކުރި ފަރާތް:
* ނަން: އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
މިހާރުގެ އެޑްރެސް: އެސްޓީއޯ ޓްރޭޑް ސެންޓަރ، 1 ވަނަ ބުރި
ވަކީލު: އޏ. އަޙްމަދު ފާއިޒު، އޏ. އަޙްމަދު ޝަފީޤް
*
ދާއިމީ އެޑްރެސް:
މިއަ.
ސިސިލްފަރު
• އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: މުޙައްމަދު ޔޫސުފް
* މިހާރުގެ އެޑްރެސް: މއ. ސިސިލްފަރު
ބަދަލުގައި: އގ. ޢަބްދުﷲ ޒުހައިރު،
یہ ہوا کہ مر
ހުށަހެޅުނު ތާރީޚް: 12 ޛުލްޤަޢިދާ 1428
22 ނޮވެމްބަރު 2007
ނިމުނު ތާރީޚް: 05 ޖުމާދަލްއޫލާ 1431
20 އޭޕްރީލް 2010
އިސްތިއުނާފުކުރެވުނު ޤާޟިއްޔާ ނަންބަރު: 2007/MC/282
ނިންމެވިކޯޓް: މަދަނީކޯޓް
ޤަޟިއްޔާގެ ބާވަތް: ފައިސާ ހޯދުން
ހުށަހެޅުނުތާރީޚް: 19-02-2007
ނިމުނު ތާރީޚް: 27-08-2007
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2
2007/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދަޢުވާގެ ޚުލާޞާ
މިއީ، މަދަނީ ކޯޓުގެ ނަންބަރު: 2007/MC/282 ޤަޟިއްޔާ އެކޯޓުން ނިންމަވާފައިވާ ގޮތާއިމެދު
ހިތްހަމަ ނުޖެހިގެން، އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ
ހައިކޯޓަށް އިސްތިއުނާފު ކުރުމުން ބެލި މައްސަލައެކެވެ.
އެޕޯލޯ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރި މި އިސްތިއުނާފް ދަޢުވާ ރައްދުވާ
ފަރާތަކީ ސިސިލްފަރު މުޙައްމަދު ޔޫސުފެވެ.
19
ފާހަގަކުރެވުނު ނުކުތާތައް:
މަދަނީ ކޯޓްގެ ނަންބަރު 2007/MC/282 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ
ރިޕޯޓަށާއި، އެ ޤަޟިއްޔާ ނިމުނުގޮތާމެދު ހިތްހަމަ ނުޖެހޭކަމަށްބުނެ އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ފަރާތުން އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާ ގުޅިގެން
މައްސަލާގައި ހިމެނޭ ފަރާތްތަކުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މިމައްސަލައާ ގުޅޭ ގޮތުން ޝަރީޢަތަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން
ބެލިހިނދު، މިމައްސަލަ ހައިކޯޓުން ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަ ކުރެވިފައިވެއެވެ.
· · 4
(ހ) އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ދަޢުވާގައި ހިމެނޭ މުދަލަކީ މުޙައްމަދު ޔޫސުފު
ނަގާފައިވާ މުދަލެއް ނޫން ކަމަށާއި، އަދި އެފަދަ ޚިދުމަތެއްވެސް މުޙައްމަދު ޔޫސުފުގެ ނަމުގައި ހޯދާފައެއް
ނުވާނެ ކަމަށާއި، އަދި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މުޙައްމަދު ޔޫސުފަށް
ފޮނުވިކަމަށް ބުނާ އިންވޮއިސް ތަކަކީވެސް މުޙައްމަދު ޔޫސުފަށް ލިބިފައިވާ އިންވޮއިސް ތަކެއް
ނޫންކަމަށާއި، އަދި އެފަދަ މުދަލެއް ދޫކުރުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް އެއްވެސް
ލިޔުމެއްވެސް ނުވަތަ ސިޓީއެއްވެސް ފޮނުވާފައެއް ނުވާނެ ކަމަށާއި، އަދި އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް
ލިމިޓެޑްގެ ޑިރެކްޓަރ ދިގަލި، މުޙައްމަދު ވަޙީދުގެ ގާތުގައި ވެސް މުޙައްމަދު ޔޫސުފަށް އެފަދަ މުދަލެއް
ދޫކުރުމަށް އެދިފައެއް ނުވާނެ ކަމަށާއި، މުޙައްމަދު ޔޫސުފު، މުޙައްމަދު ވަޙީދަށް ގުޅާފައި އިބްރާހީމް
ދީދީއަށް މިމުދާ ދޫކުރުމަށް ބުނި ނަމަވެސް އެއީ މުޙައްމަދު ޔޫސުފަށް ދޫކުރި މުދަލުގެ ގޮތުގައި ބެލޭނެ
މުދަލެއް ކަމަށް ނުދެކޭ ކަމަށް މިއިސްތިއުނާފު ކުރެވޭ މަދަނީކޯޓުގެ ނަންބަރު 2007/MC/282
ޤަޟިއްޔާގައި އެކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2007 މެއި 13 ވަނަ ދުވަހު މުޙައްމަދު ޔޫސުފު ދީފައިވާ
ބަޔާނުގައި ބުނެފައިވާއިރު
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
3
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
2007/HC-A/235
ހަމަ އެބަޔާނުގައި ”މިމުދަލުގެ ފައިސާގެ ތެރެއިން ބައެއް މުޙައްމަދު ޔޫސުފުގެ އެކައުންޓުން ނުވަތަ
އެހެން ފަރާތަކުން މުޙައްމަދު ޔޫސުފަށް ދޭންޖެހޭ ފައިސާއިން ދެވިފައި ހުރެދާނެ ކަމަށާއި، އެގޮތުން
-/US
$
30,000 (ތިރީސް ހާސް ޔޫ އެސް ޑޮލަރ) އާއި އަދި އޭގެ އިތުރަށް ދެލައްކަ ތިންލައްކަ އާއި
މިލިއަން ރުފިޔާވެސް ދެވިފައި ހުންނާނެ، ކަމަށް މުޙައްމަދު ޔޫސުފް ބުނެފައިވުމުން، މުޙައްމަދު ޔޫސުފްގެ
އެދުމުގެ މަތީން، މުޙައްމަދު ޔޫސުފް އެދުނު ފަރާތަކަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މުދައު
ދޫކޮށްފައިވާކަން މުޙައްމަދު ޔޫސުފްގެ އަމިއްލަ ބަހުން ޝަރީޢަތަށް ސާބިތުވާއިރު، އެމުދަލުގެ އަގުގެ
ގޮތުގައި ދައްކަން ޖެހުނު ފައިސާގެ ތެރެއިން ބައެއް މުޙައްމަދު ޔޫސުފް ދައްކާފައިވާ ކަން އޭނަގެ އަމިއްލަ
އިޢްތިރާފުން ޝަރީޢަތަށް ސާބިތުވެއެވެ.
(ށ) އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ ދިގުލި، މުޙައްމަދު ވަޙީދު
މިމައްސަލައާއި ގުޅިގެން މަދަނީ ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް 2007 މެއި 13 ވަނަ ދުވަހު ދީފައިވާ
ބަޔާނަށް ބަލާއިރު، އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މުޙައްމަދު ޔޫސުފަށް (މުދާ) ދޫކޮށްފައިވަނީ
މުޙައްމަދު ވަޙީދަށް މުޙައްމަދު ޔޫސުފް ގުޅާފައި މުދާ ދޫކުރުމަށް ބުނުމުން މުޙައްމަދު ވަޙީދު މެދުވެރި
ވެގެން ކަމަށާއި، މިގޮތަށް ނެގި އެތައް މުދަލަކަށް މުޙައްމަދު ޔޫސުފް ވަނީ ފައިސާވެސް ދައްކާފައި
ކަމަށާއި، މިމުދަލަކީ މުބާހް އިބްރާހީމް ދީދީއަށް ދޫކުރި މުދާ ކަމަށް މުޙައްމަދު ޔޫސުފް ބުނި ނަމަވެސް
އަދި އިބްރާހީމް ދީދީ އަކީ މިޕްރޮޖެކްޓްގެ މަސައްކަތްތައް ކުރުމުގައި އިސްކޮށް އުޅުނު ފަރާތް ކަމަށް
ވީނަމަވެސް، އިބްރާހީމް ދީދީއަށް ތަކެތި ދޫނުކުރާނެ ކަމަށް ބުނުމުން މުޙައްމަދު ޔޫސުފް ޒިންމާ
ތަކެތި ދޫކުރެވިފައިވަނީ ކަމަށް މުޙައްމަދު ވަޙީދު ބުނެފައިވެއެވެ.
< xo
ހxވ
میسر گر کر مری
(ނ) މުޙައްމަދު ޔޫސުފްގެ އެދުމުގެ މަތީން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މުދައު
ދޫކޮށްފައިވާކަމާއި، އެމުދަލުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު ފައިސާގެ ތެރެއިން ބައެއް މުޙައްމަދު
ޔޫސުފް ދައްކާފައިވާ ކަން އޭނަގެ އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާއިރު، މިމައްސަލައިގެ ދަޢުވާ
ސާބިތު ކުރުމުގެ ގޮތުން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހަޅާފައިވާ ބިލްތަކާއި މުދާ
ޙަވާލުކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ ލިޔުން ތަކަށް ބަލާއިރު، މުދާ ޙަވާލު ކުރެވިފައިވަނީ ތަފާތު
އެކިފަހަރު މަތީން ތަފާތު ތާރީޚު ތަކެއްގައި ކަން އެނގެން އޮވެފައި، ބިލްތައް ވެސް ހެދިފައިވަނީ ތަފާތު
ތާރީޚުގައި ކަން ސާބިތުވާއިރު،
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
4
2007/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
4 22
މިމައްސަލައިގާ މުޙައްމަދު ޔޫސުފްގެ އަތުން ހޯދުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން
ހުށަހަޅާފައިވާ
14,46,142.00ރ. (ސާދަލައްކަ ސާޅީސް ހަހާސް އެއްސަތޭކަ ސާޅީސް ދެރުފިޔާ) އަކީ
މުޙައްމަދު ޔޫސުފަށް ދޫކުރެވިފައިވާ މުދަލަށް ދައްކަންޖެހި ނުރައްކާވާ ފައިސާތޯ ނުވަތަ ނޫންތޯ ތަފްޞީލު
ގޮތެއްގައި ބެލުމަކީ ދަށުކޯޓުގެ މަރުޙަލާއިން ކުރަންޖެހޭ ކަމެއް ކަމާއި، އެކަމަކީ ދަށު ކޯޓުން ބައްލަވާފައި
ނުވާ ކަމަކަށް ވުމާއެކު، އިސްތިއުނާފުގެ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެނުކުތާއާމެދު ގޮތެއް
ކަނޑައެޅުމަކީ، އިސްތިއުނާފުގެ އުޞޫލުތައް ނިޔާކުރާ ގޮތަކަށް ނުވުމުގެ އިތުރުން، އެކަމަކީ ދެފަރާތުން ކުރެ
ފަރާތަކަށް ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ އެއްމަރުޙަލާ ގެއްލޭނެ ކަމަކަށް ވާތީ، އެނުކުތާއާމެދު
ދަށުކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަން އެނގެއެވެ.
ވީމާ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބުނެވުނު ކަންކަން އެގޮތަށް ހުރުމާއެކު، މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ ފަނޑިޔާރުންނަށް އެއްބަސްވެވުނީ މަދަނީކޯޓުގެ
ނަންބަރު 2007/MC/282 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.
2 20
ޙުކުމް:
ދެންފަހެ، އިސްވެފާހަގަ ކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަމަށް ރިޢާޔަތް ކުރާއިރު،
މުޙައްމަދު ޔޫސުފްގެ އެދުމުގެ މަތީން އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން މުދައު ދޫކޮށްފައިވާކަމާއި،
އެމުދަލުގެ އަގުގެ ގޮތުގައި ދައްކަން ޖެހުނު ފައިސާގެ ތެރެއިން ބައެއް މުޙައްމަދު ޔޫސުފް ދައްކާފައިވާ ކަން
އަމިއްލަ އިޢްތިރާފުން ޝަރީޢަތަށް ސާބިތުވާތީ، މުޙައްމަދު ޔޫސުފަށް ދޫކޮށްފައިވާ މުދަލުގެ
މިންވަރާއި ދައްކަންޖެހޭ ފައިސާގެ ޢަދަދު ދިވެހިރާއްޖޭގެ ހައިކޯޓުން މިމަރުޙަލާގައި ކަނޑައެޅުމަކީ
ދެފަރާތުން ކުރެ ފަރާތަކަށް ލިބިގެންވާ އިސްތިއުނާފު ކުރުމުގެ ޙައްޤަށް އުނިކަމެއް ލިބިދާނެ ކަމަކަށްވާތީ،
މުޙައްމަދު ޔޫސުފަށް ދޫކޮށްފައިވާ މުދަލުގެ މިންވަރާއި ދައްކަންޖެހޭ ފައިސާގެ ޢަދަދާއި މެދު ގޮތެއް
24
4
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އާބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
5
2007/HC-A/235
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކަނޑައެޅުމަށް އެޕޯލޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އަލުން ހުށަހަޅައިފިނަމަ، އެމައްސަލަ
ބެލުމަށް އަންގާ، މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މަޖިލީހުގެ އިއްތިފާޤުން މަދަނީކޯޓުގެ
ނަންބަރު 2007/MC/282 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް ބާޠިލްކޮށްފީމެވެ.
މިޤަޟިއްޔާ ބަލާ ޙުކުމް ކުރީ
އަ:
ﷲ ޙަމީދު
ތަށީ2
ޢަބްދުލްޣަނީ މުޙައްމަދާ
(އިސް ފަނޑިޔާރު)
އާދަމް މުޙައްމަދު ޢަބްދު
(ފަނޑިޔާރު)
(ފަށޑިޔާރު)
ދިވެހިވެއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓު، ތީމުގެ، އަބުރުޒު ހިނގުން، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv