ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/103 ޤަޟިއްޔާގެ ޙުކުމް
1
ޕޭ —
2012/HC-A/103
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
• ޤަޟިއްޔާ ނަންބަރ: 103/HC
-
A/2012
، އިސްތިއުނާފުކުރި ފަރާތް:
* ނަން: މަރްޔަމް ސަމާޙަތު
އައި. ޑީ. ކާޑު ނަންބަރ: A250457
ދާއިމީ އެޑްރެސް: ނޫރާނީގެ / ތ. ކަނޑޫދޫ
މިހާރުގެ އެޑްރެސް: މ. ކުރޮޅިކޮށީގެ/ މާލެ
:
• އިސްތިއުނާފު ރައްދުވި ފަރާތް:
0
• ހުށަހެޅުނު ތާރީޚް: 04 އޭޕްރީލް 2012
* ނިމުނު ތާރީޚް: 18 އޭޕްރީލް 2012
އިސްތިއުނާފުކުރެވުނު އަމުރު ނަންބަރު: 2012/01
• އަމުރު ނެރުއްވިކޯޓު: ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓު
• އަމުރު ނެރުއްވި ތާރީޚް: 08-03-2012
0
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޔޫސުފު ޙުސައިން، ފަނޑިޔާރު ޢައްބާސް ޝަރީފު
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
2
2{012/HC-A/103
ދަޢުވާގެ ޚުލާޞާ
މިއީ، ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަކީ ޝަރުޢީ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް އެދި
ތ.ކަނޑޫދޫ ނޫރާނީގެ މަރްޔަމް ސަމާޙަތު ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވާ ޤަޟިއްޔާއެކެވެ. .
ފާހަގަކުރެވުނު ނުކުތާތައް:
01- ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަކީ، ކޮޅުމަޑުލު
ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N8MC/05 ޤަޟިއްޔާއާއި ގުޅިގެން ކޮޅުމަޑުލު ކަނޑޫދޫ
ނޫރާނީގެ ޢަލީ ޝަރީފުގެ އަންހެންދަރި ކޮޅުމަޑުލު ކަނޑޫދޫ ނޫރާނީގެ މަރްޔަމް ސަމާޙަތު (އައިޑީކާޑު ނަންބަރު
A250457) މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޢަލީ ޝަރީފު އާއި ޙަވާލުކޮށްފައިވަނިކޮށް 26 މާރޗް
2012 ވަނަ ދުވަހުގެ ރޭ ދަންވަރު 12:30 އާއި 1:50 އާ ދެމެދުގެ ވަގުތެއްގައި ބަޔަކު މީހުން ޢަލީ
ޝަރީފުގެ ދަރިފުޅު މަރްޔަމް ސަމާޙަތު ގެންގޮސްފައިވާތީވެ، ދަރިފުޅު ހުރިތަނަކުން ހޯދައި އެދަރިފުޅުގެ ޝަރުޢީ
ބަލަދުވެރިޔާއާއި ޙަވާލުކޮށްދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަމުރުކޮށް ކޯޓު އަމުރެއް
ނެރެދެއްވުމަށް އެދި ޢަލީ ޝަރީފު ހުށަހަޅާފައިވާ މައްސަލައިގާ، ވީ އެންމެ އަވަހަކަށް ދަރިފުޅުގެ ބައްޕަ
ތ.ކަނޑޫދޫ ނޫރާނީގެ ޢަލީ ޝަރީފްއާއި ޙަވާލުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގަވާ
ކުރައްވާފައިވާ އަމުރެއްކަން އެ އަމުރުން އެގެން އޮވެއެވެ.
02- ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަކީ ޝަރުޢީ
ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބުނެ އެއަމުރު އިސްތިއުނާފުކުރުމަށް މަރްޔަމް
ސަމާޙަތުގެ ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށް އެނުކުތާތަކާ ބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި
ވާހަކަ ދައްކާފައިވެއެވެ.
03- ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަށާއި، އެއަމުރު
އިސްތިއުނާފު ކުރުމަށް މަރްޔަމް ސަމާޙަތުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
3
~
2012/HC-A/103
ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް
ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.
(ހ) މަރްޔަމް ސަމާޙަތަކީ 1991 ޑިސެމްބަރު 01 ވަނަ ދުވަހު އުފަންވެ، ޢުމުރުން 20
ވެފައިވާ، އަމިއްލައަށްކުރާ ކަންކަމުގެ ޒިންމާ ޤާނޫނީގޮތުން އުފުލަންޖެހޭ ޢުމުރު ފުރިހަމަވެފައިވާ މީހެއްކަމަށް
ވީނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކާ ކައިވެނިކޮށްފައިނުވާކަން މިމައްސަލައާއި ގުޅިގެން މަރްޔަމް
ސަމާޙަތު ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
(ށ) މަރްޔަމް ސަމާޙަތުގެ ބައްޕަ ތ. ކަނޑޫދޫ ނޫރާނީގެ ޢަލީ ޝަރީފުގެ ބެލެނިވެރިކަމުން
މަރްޔަމް ސަމާޙަތު ބޭރުގައިވާތީ، ބައްޕަ (ޢަލީ ޝަރީފު) ގެ ބެލެނިވެރިކަމުގެ ދަށަށް ގެނައުމަށް ކޯޓު އަމުރެއް
ނެރެދިނުމަށް އެދި ޢަލީ ޝަރީފުގެ ފަރާތުން ކޮޅުމަޑުލު ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅުމުން އެކޯޓުން
ބައްލަވައި ނިންމަވާފައިވާ އެކޯޓުގެ ނަންބަރު 2012/N8MC/05 ޤަޟިއްޔާގައި ކަނޑޫދޫ ނޫރާނީގެ
މަރްޔަމް ސަމާޙަތު ވީއެންމެ އަވަހަކަށް އޭނަގެ ބައްޕަ ތ. ކަނޑޫދޫ ނޫރާނީގެ ޢަލީ ޝަރީފުގެ ބެލެނިވެރިކަމުގެ
ދަށަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގަވާފައިވާކަން އެޤަޟިއްޔާގެ ޙުކުމުން
އެނގެން އޮތް އިރު، އަދި މިހާތަނަށް އެޤަޟިއްޔާގެ ޙުކުމް އިސްތިއުނާފުކުރެވި އެޙުކުމަށް ބަދަލެއް
އައިސްފައިވާކަން އެނގެން އެޤަޟިއްޔާގެ ޙުކުމް ޞައްޙަކަންމަތީ ދެމިއޮތްކަމަށް
3.4)
އޭގެ
މ 4 · · · ·
ބާލާންޖެހެއެވެ.
ނ) މަރްޔަމް ސަމާޙަތު އަދި މިހާތަނަށް ކައިވެއްޏެއް ކޮށްފައިނުވާކަން މަރްޔަމް ސަމާޙަތުގެ
ބަހުން އެނގެން އޮތްއިރު، އަންހެން ކުއްޖަކު ކައިވެނީގެ ގުޅުމުން ނުގުޅި ހުރިހާ ހިނދެއްގައި އެކުދިންނަށް
ދޭންޖެހޭ ތަޢުލީމާއި ތަރުބިއްޔަތުގެ އިތުރުން އެކުދިންނަށް ބޭނުންވާ އުނު އަންނައުނާއި ދިރިއުޅޭނެ ތަނާއި
ކުރަންޖެހޭ އެންމެހައި ޚަރަދެއް ކޮށް އެކަންކަމުގެ ޒިންމާ ޝަރުއީ ގޮތުން އުފުލަށްޖެހޭ އެންމެ އިސް ފަރާތަކީ
ucu
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ
4
2012/HC-A/103
ބައްޕަކަމާއި، ބައްޕައަކީ އެކުދިންގެ ޝަރުޢީ އެންމެ އިސް ބަލަދުވެރިޔާ އަދި ބެލެނިވެރިޔާކަން އިސްމާލީ
ޝަރުޢީ ހަމަތަކުން އެނގެން އޮވެއެވެ.
(ރ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ފަރުދުންނަށް ލިބިދީފައިވާ އެންމެހައި
ޙައްޤުތަކަކީ އެއްވެސް ޤައިދެއްނެތި މުޠާލަޤު ގޮތެއްގައި ލިބިދީފައިވާ ޙައްޤުތަކެއް ނޫންކަމާއި އެއިން ކޮންމެ
ޙައްޤެއްވެސް އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާނެ ގޮތެއްގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ
ޤާނޫނަކުން ހިފަހައްޓާ ހަނިކުރެވިދާނެކަމާއި، ދިވެހިރާއްޖޭގައި ޙައްޤުތަކާއި މިނިވަންކަން ލިބިދިނުމުގައި
އަސާސެއްގެ ގޮތުގައި ބެލެވޭނީ އިސްލާމްދީނުގެ އަޞްލުތައް ކަމަށްވުމާއެކު، އިސްލާމްދީނުގައި ވަކިކަމެއް
ކުރުން މަނާ ކޮށްފައިވާނަމަ ނުވަތަ ވަކި ކަމެއް ކުރުމަށް އަންގަވާފައިވާނަމަ އެކަމަކީ، ދިވެހިރާއްޖޭގައި އީޖާބީ
ގޮތުން ނުވަތަ ސަލްބީ ގޮތުން އިޖާބަ ދޭންޖެހޭ ކަންތައްތައްކަމާއި، ފާފައަކަށް ނުވާ ކަންކަމުގައި މައިން
ބަފައިންނަށް ކިޔަމަންވުމަ
ންވުމަށް އަމުރުކުރައްވާ އެމީހުނަށް އުރެދުން ނަހީކުރައްވާފައިވާކަން ކީރިތި ޤުރުއާނުގެ
ޞަރީޙަ ނައްޞުންނާއި މާތް ނަބިއްޔާގެ ކިބައިން ޞައްޙަ މަގުން ވާރިދުވެފައިވާ ޙަދީސް ބަސްފުޅުތަކުން
އެނގެން އޮވެއެވެ.
•) ކޮޅުމަޑުލު ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/N8MC/05 ޤަޟިއްޔާއިން
މަރްޔަމް ސަމާޙަތު ވީއެންމެ އަވަހަކަށް އޭނަގެ ބައްޕަ ތ. ކަނޑޫދޫ ނޫރާނީގެ ޢަލީ ޝަރީފުގެ ބެލެނިވެރިކަމުގެ
ދަށަށް ގެނައުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގަވާފައިވާކަން އެނގެން އޮވެފައި،
އިސްތިއުނާފު މިކުރެވޭ ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަކީ
އިޝާރާތް ކުރެވުނު ހިރިލަންދޫ ކޯޓުގެ ޤަޟިއްޔާގެ ޙުކުމުގެ މައްޗަށް ބިނާކުރެވިފައިވާ އަމުރެއްކަން އެނގެން
އޮތުމުގެ އިތުރުން، އިޝާރާތްކުރެވުނު އަމުރު ނެރުއްވާފައިވަނީ މަރްޔަމް ސަމާޙަތުގެ ބައްޕަ ތ. ކަނޑޫދޫ
ނޫރާނީގެ ޢަލީ ޝަރީފު ވަޒީފާ އަދާކުރާ ކޯޓުން ކަމުގައިވީނަމަވެސް އެއަމުރު ނެރުއްވާފައިވަނީ، ޖުޑީޝަލް
ދާއިރާގެ މެޖިސްޓްރޭޓް އިސްމާޢީލް ނިޔާޒު ކަމަށްވާއިރު، އެމީހަކު ވަޒީފާއަދާކުރާ ކޯޓަކަށް އެމީހަކު ދަޢުވާކޮށް،
ނުވަތަ ދަޢުވާލިބޭ ގޮތަށް މައްސަލައެއް ހުށަހެޅުމަކީ އެއްވެސް ޤާނޫނަކުން ނުވަތަ ޤަވާޢިދަކުންވިޔަސް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
5
E
2012/HC-A/103
މަނާކޮށްފައިވާ ކަމެއްކަން އެނގެން ނެތްކަމާއި، ހަމައެކަނި މަނާވަނީ އެމީހެއްގެ މަޞްލަޙަތު ހިމެނޭ
މައްސަލައެއް އެމީހަކު އަމިއްލައަށް ފައިޞަލާކޮށް ޙުކުމް ކުރުންކަމަށްވެފައި، އިސްތިއުނާފުމިކުރެވޭ އަމުރު
ނެރުއްވުމުގައި ޤާނޫނީ ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ކުރައްވާފައިވާ ކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް
ސާބިތުވާފަދަ ހަރުދަނާ ހެއްކެއް މަރްޔަމް ސަމާޙަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިނުވާކަމާއި،
މިއިސްތިއުނާފުކުރެވޭ އަމުރު ނެރުއްވުމުގައި މަރްޔަމް ސަމާޙަތުގެ ބައްޕަ ތ. ކަނޑޫދޫ ނޫރާނީގެ ޢަލީ
ޝަރީފުގެ ނުފޫޒެއް އޮތްކަމަށް މަރްޔަމް ސަމާޙަތު ދެކޭނަމަ އެއީ ވަކި މައްސަލައެއް ކަމާއި، އެކަމަކީ
މިމައްސަލައިގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމެއް ނޫންކަން
އެނގެއެވެ.
ވީމާ، ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރު އެކޯޓުން
ނެރުއްވާފައިވަނީ ރަގަޅަށް ނޫންކަމަށް ބަލާނެ ހަމައެއް ނެތްކަމަށް މިމައްސަލަ ބެލި މަޖިލީހުގެ ހުރިހާ
ފަނޑިޔާރުން ސްވެއެވެ
4 22
އއބސފީފާ
ދެންފަހެ، އިސްވެ ފާހަގަ ކުރެވުނު އެންމެހައި ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން އެގޮތުގެ
މަތީން ހުރުމުން، ކޮޅުމަޑުލު ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 2012/03 ކޯޓު އަމުރަކީ ޝަރުޢީ
ނުވަތަ ޤާނޫނީ އުޞޫލުތަކާއި ޚިލާފަށް ނެރުއްވާފައިވާ އަމުރެއްކަމަށް ބަލާނެ ހަމައެއް ނެތްކަމަށް މިމައްސަލަ
ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމް ކޮށްފީމެވެ.
*
އޭޕްޖީ"
ދިވެހި4
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމްގެ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް 3316471
އީމެއިލް [email protected] ވެބް ސައިޓް www.highcourt.gov.mv
;ޅު، ވެ