ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-I-SH/16 ޤަޟިއްޔާގެ ޙުކުމް
2011/HC-I-SH/16
1 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރ: 16/HC
-
I
-
SH/2011
އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅި ފަރާތް:
* ނަން: މުޙައްމަދު އަސްރާރު
އައިޑީ ކާޑު ނަންބަރ: A032317
އެޑްރެސް: ހަނދުވަރުމަތީގެ/ ބ. ތުޅާދޫ
ރިއަރވިއު
އެޑްރެސް: މއ.
އިންތިޚާބީ ޝަކުވާގެ މައްސަލަ ރައްދުވި ފަރާތް:
*ނަން: އިލެކްޝަންސް ކޮމިޝަން
ހުށަހެޅުނު ތާރީޚް: 16 މާޗް 2011
ނިމުނު ތާރީޚް: 17 މާޗް 2011
• ޤަޟިއްޔާގެ ބާވަތް: އިންތިޚާބީ ޝަކުވާ
• މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ފަނޑިޔާރު ޔޫސުފު ޙުސައިން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/16
2 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
UCO
ouc
9
ދަޢުވާގެ ޚުލާޞާ
މިއީ، 2011 ފެބުރުއަރީ 5 ވީ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ
އިންތިޚާބުގައި ތުޅާދޫ ދާއިރާގެ އަތޮޅު ކައުންސިލަރު ކަމަށް ވާދަކުރި ބ. ގޮއިދޫ ނޫރާނީވިލާ
ޢަބްދުލްމުޙްސިން ޢަލީއަކީ، އިންތިޚާބުގައި ޝަރުތު ހަމަވާ މީހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ކަނޑައަޅުއްވާފައިވާއިރު، ދެންނެވުނު އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ވޯޓުލުމަށް ހަމަޖެހިފައިވާ ބައެއް
މަރުކަޒުތަކުގައި ވޯޓުލީ މީހުންގެ އަތަށް ވޯޓުކަރުދާސްކޮޅު ދިންއިރު، ބައެއް ކަރުދާސްތަކުން ޢަބްދުލްމުޙްސިން
ޢަލީގެ ނަން ކަނޑާފައި ނެތުމުންނާއި، ބ. ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.01 ވޯޓު ފޮށީގައި
ހުރި އަތޮޅު ކައުންސިލްގެ ވޯޓު ކަރުދާސް ގުނުމުގެ ތެރޭގައި ބައެއް ވޯޓު ކަރުދާހަށް އުނި އިތުރު
ގެނެސްފައިވާތީ އާއި، ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.02 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
ހެދުމުގައި ހިސާބުކުރުން އޮޅުވާލާފައިވާތީ އާއި، ހދ. ކުޅުދުއްފުށީގައި ބެހެއްޓުނު ނަންބަރު: B04.09.01
ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ޝީޓް އިލެކްޝަންސް ކޮމިޝަނުގައި ނެތީސް، ނަތީޖާ އިޢްލާން ކޮށްފައިވާތީ
އާއި، ކުރަމަތި އައިލެންޑް ރިސޯޓުގައި ބެހެއްޓުނު ނަންބަރު: Z201.01 ވޯޓު ފޮށްޓާއި، އއ.
ތޮއްޑޫގައި
ބެހެއްޓުނު ނަންބަރު: U02.01.2 ވޯޓު ފޮށްޓާއި، އިންޑިޔާގެ ޓްރިވެންޑްރަމްގައި ބެހެއްޓުނު ނަންބަރު:
P01.1.1 ވޯޓު ފޮށްޓާއި، ރަސްދޫގައި ބެހެއްޓުނު ނަންބަރު: U02.02.1 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
ހެދިއިރު، ގޮއިދޫ ނޫރާނީވިލާ ޢަބްދުލްމުޙްސިން ޢަލީގެ ނަން ހިމަނައިގެން ދީފައިވާ ވޯޓް ކަރުދާސް
ގުނާފައިވާތީ، ވޯޓުގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭތީ އާއި، މިކަންކަމުގެ ސަބަބުން އިންތިޚާބުގެ އަޞްލީ
ނަތީޖާއަށް ހުރަސްތަކެއް ކުރިމަތިވެ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އިންތިޚާބުގައި ވޯޓު ދިން
ފަރާތްތަކުގެ ޙައްޤަށް އުނިކަން ލިބިފައިވާތީ އާއި، ދެންނެވުނު އިންތިޚާބުގެ ނަތީޖާއަކީ ފުރިހަމަ ޞައްޙަ
ނަތީޖާއަކަށް ނުވާ ކަމަށްބުނެ، ތުޅާދޫ ދާއިރާގައި އިންތިޚާބު އަލުން ބާއްވާ ދިނުމަށް އިލެކްޝަންސް
ކޮމިޝަނުގެ މައްޗަށް
އަމުރުކޮށްދެއްވުން އެދި، ތުޅާދޫ/ ހަނދުވަރުމަތީގެ މުޙައްމަދު އަސްރާރު
ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ.
އއ
8
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/16
3 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ފާހަގަކުރެވުނު ނުކުތާތައް:
ބައެއް
*2
މިމައްސަލައާއި ގުޅިގެން މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށާއި،
އެސަބަބުތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި،
މައްސަލައާއި ގުޅުންހުރި ލިޔެކިޔުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވެއެވެ.
(ހ) މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާއަށް ބަލާއިރު، މުޙައްމަދު އަސްރާރުގެ
ޝަކުވާގައި ހިމެނެނީ މައިގަޑު ފަސް ނުކުތާ ކަމާއި އެއީ،
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ވޯޓުލުމަށް ހަމަޖެހިފައިވާ
މަރުކަޒުތަކުގައި ވޯޓުލީ މީހުންގެ އަތަށް ވޯޓުކަރުދާސްކޮޅު ދިންއިރު، އިންތިޚާބަށް ކުރިމަތި ލުމުގެ ޝަރުތު
ހަމަވާ މީހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ މީހެއްގެ ނަން ބައެއް
ކަރުދާސްތަކުން ކަނޑާފައި ނެތުމާއިގެ
ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.01 ވޯޓު ފޮށީގައި ހުރި އަތޮޅު ކައުންސިލްގެ ވޯޓު
ކަރުދާސް ގުނުމުގެ ތެރޭގައި ބައެއް ވޯޓު ކަރުދާހަށް އުނި އިތުރު ގެނެސްފައިވުމާއި؛
ބެހެއްޓުނު ނަންބަރު: F01.09.02 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ހެދުމުގައި
ހިސާބުކުރުން އޮޅުވާލާފައިވުމާއި؛
ހދ. ކުޅުދުއްފުށީގައި ބެހެއްޓުނު ނަންބަރު: B04.09.01 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ޝީޓް
އިލެކްޝަންސް ކޮމިޝަނުގައި ނެތީސް، ނަތީޖާ އިޢުލާން ކޮށްފައިވުމާއިގެ
ކުރަމަތި އައިލެންޑް ރިސޯޓުގައި ބެހެއްޓުނު ނަންބަރު: Z201.01 ވޯޓު ފޮށްޓާއި،
ތޮއްޑޫގައި
ބެހެއްޓުނު ނަންބަރު: U02.01.2 ވޯޓު ފޮށްޓާއި، އިންޑިޔާގެ ޓްރިވެންޑްރަމްގައި ބެހެއްޓުނު ނަންބަރު:
W01.1.1 ވޯޓު ފޮށްޓާއި، ރަސްދޫގައި ބެހެއްޓުނު ނަންބަރު: U02.02.1 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
ހެދިއިރު، އިންތިޚާބަށް ކުރިމަތި ލުމުގެ ޝަރުތު ހަމަނުވާ މީހެއް ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ކަނޑައަޅާފައިވާ ބ. ގޮއިދޫ ނޫރާނީވިލާ ޢަބްދުލްމުޙްސިން ޢަލީގެ ނަން ހިމަނައިގެން ދީފައިވާ ވޯޓް ކަރުދާސް
ގުނާފައިވުމާއި، މިފަސް ނުކުތާކަން މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާ ފޯމުން ނާއި
މުޙައްމަދު އަސްރާރުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން
ތުޅާދޫގައި
14
4 2 4w
191
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/16
ބުރާސްފަތި
2c / ތތ
4 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(.) މިމައްސަލައާއި ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ
މަޖިލީހުގައި ބުނެފައިވަނީ، ބ. ގޮއިދޫ ނޫރާނީވިލާ ޢަބްދުލްމުޙްސިން ޢަލީގެ ކެންޑިޑޭޓުކަން ދިވެހިރާއްޖޭގެ
ސުޕްރީމް ކޯޓުން ޤަޟިއްޔާ ނަންބަރު 20/SC
-
C/2017 ގެ ދަށުން 3 ފެބުރުއަރީ 2011 ވީ
ދުވަހުގެ ރޭ 10:35 ގައި ބާތިލު ކުރައްވާފައިވާ ކަމަށާއި، އެޙުކުމާއި ގުޅިގެން 4 ފެބުރުއަރީ އިރާކޮޅުގެ
އިޢްލާން ކުރެވިފައިވާނެ ކަމަށާއި، އެއީ 2011
/
44-ACA ނަންބަރު އިޢުލާނު ކަމަށާއި، އެއިޢުލާނުގައި
އިލެކްޝަންސް ކޮމިޝަނުން ވޯޓު ކަރުދާސް ޗާޕްކޮށް ވޯޓުލާ މަރުކަޒުތަކަށް ފޮނުވިއިރު، ކެންޑިޑޭސީ ބާތިލު
ކުރި މީހުންގެ ނަންވެސް ވޯޓު ކަރުދާހުގައި ހިމެނިފައިވާ ކަމަށާއި، އެހެން ކަމުން މިއިންތިޚާބުގައި
ކެންޑިޑޭޓުންގެ ގޮތުގައި ބައިވެރިވުމުގެ ޙައްޤު ލިބިގެންނުވާ މީހުންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން
ކަނޑައަޅުއްވާފައިވާ މީހުންނަށްދޭ ވޯޓު އިލެކްޝަންސް ކޮމިޝަނުން ގުނާނީ ބާތިލު ވޯޓުގެ ގޮތުގައި ކަމަށާއި؟
އަދި ހަމައެހެންމެ ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން އިތުރު އިޢްލާނެއް 4 ފެބުރުއަރީ 2011
ގައި ކުރި ކަމަށާއި، އެއިޢްލާނުގައި ވޯޓުލާން އަންނަ މީހާ ވޯޓުލުމުގެ ކުރިން އޭނަގެ ހާޒިރުގައި
ދައްކައިގެން ވޯޓުލާމަރުކަޒުގެ ވެރިޔާ އެނަން ވޯޓު ކަރުދާހުން ކަނޑާނެ ކަމަށް ބަޔާން ކޮށްފައިވާނެ ކަމަށާއި،
އިންތިޚާބުތަކާ ބެހޭ އެއްވެސް ޤާނޫނެއްގައި މިޙާލަތުގައި ވޯޓު ކަރުދާސް ޗާޕްކުރާ ފަހުން ކެންޑިޑޭޓެއްގެ
ކެނޑިޑޭސީ ބާތިލުވެއްޖެނަމަ ދެން ޢަމަލު ކުރާނެ ގޮތެއް ކަނޑައަޅުއްވާ ބަޔާން ކުރައްވާފައި ނުވާކަމަށާއި،
އެހެންވީމާ އިލެކްޝަންސް ކޮމިޝަނުން އެޙާލަތުގައި ޢަމަލު ކުރަން ހަމަޖެއްސިގޮތް
އިޢްލާންކޮށްފައިވާނެ ކަމަށާއި، އެ އިޢްލާނުން އެކަން ސާފުވާނެ ކަމަށާއި،
ކެންޑިޑޭސީ ބާތިލު ކުރި މީހެއްގެ ނަން ވޯޓު ކަރުދާސްކޮޅުން އުނި ނުކޮށް ހުރުމަކީ މައްސަލައެއް
ކަމަށާއި، އަދި އެއީ ޤާނޫނާ ޚިލާފު ކަމެއް ނޫންކަމަށާއި،
ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.01 ވޯޓު ފޮށީގައި ކެންޑިޑޭސީ ބާތިލުކޮށްފައިވާ
ޢަބްދުލްމުޙްސިން ޢަލީގެ ނަމާދިމާލުގައި ރޮނގު ނުދަމާ 10 ވޯޓު ކަރުދާސްކޮޅު އޮތް އިރު، ޢަބްދުލްމުޙްސިން
ޢަލީގެ ނަމާ ދިމާލުގައި ފާހަގަ ޖަހާފައި އޮތީ އެންމެ ވޯޓު ކަރުދާސްކޮޅެއްގައި ކަމަށާއި، އެހެންކަމުން އެ ވޯޓު
ބާތިލު ކުރެއްވި ކަމަށާއިޑް
ވަގުތު ކުޑަތަން ވެފައިވަނިކޮށް ކެންޑިޑޭޓެއްގެ ކެނޑިޑޭސީ ބާތިލުވުމާއި ގުޅިގެން
ރަށުކައުންސިލުގައި ހިމެނުނު 18 ކެނޑިޑޭޓުންގެ ދިގު ލިސްޓުން ވޯޓު ބާތިލުވި ޢަދަދަށްވުރެ އެންމެ 3
2& 4
/ ބ 0x3
24ކށް
ނޫން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/16
074
5 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ކެނޑިޑޭޓުން ވާދަކުރި ތުޅާދޫ ދާއިރާގެ ބާތިލުވޯޓު ގިނަކަމަށް ދަޢުވާ ކުރާ މުޙައްމަދު އަސްރާރުގެ ފަރާތުން
ބުނެފައިވާ ވާހަކައަކީ ރަގަޅު ވާހަކައެއް ނޫންކަމަށާއި؟
268 ވޯޓު ބާތިލު ވޯޓުގެ ގޮތުގައި އޮތްކަން ރަސްމީ ނަތީޖާއިން އެނގޭ ކަމަށާއި، އެހެން ނަމަވެސް
ޢަބްދުލްމުޙްސިން ޢަލީގެ ނަމުގައި ފާގަހަ ޖެހިފައި އޮވެގެން ބާތިލުވެފައިވަނީ 4 ވޯޓު ކަރުދާސްކޮޅު ކަމަށާއި،
އެހެންކަމުން ވޯޓު ބާތިލު ވެފައިވަނީ އެސަބަބާ ހުރެ ނޫން ކަމަށާއި، އަދި އެކަންތައްތަކަށް ބަލާއިރު،
އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަދަލު އަންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށާއި؟
ބައެއް ވަގުތީ ނަތީޖާ ޝީޓުގައި އަދި ޢަބްދުލްމުޙްސިން ޢަލީގެ ނަމުގައި ވަގުތީ ނަތީޖާ ޝީޓު
ތައްޔާރު ކުރެވިފައި އޮތަސް އެރަސްމީ ނަތީޖާ އިޢުލާން ކުރެވުނު އިރުގައި އެބައި އެއީ ބާތިލު ވޯޓު ތަކެއް
ކަމުގައި ގުނޭނެ ކަމަށާއި، އެކަމުންވެސް ރަސްމީ ނަތީޖާގައި މައްސަލައެއް ނޫޅޭކަން އިނގޭ ކަމަށެވެ.
(ނ) ޤާނޫނު ނަންބަރު 11/2008 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 65 ވަނަ މާއްދާގެ (ހ)
ގައި، އިންތިޚާބެއްގެ ރަސްމީ ނަތީޖާ މި ޤާނޫނުގައި ގޮތުގެ މަތިން އިޢުލާންކޮށްފައިވަނިކޮށް މި ޤާނޫނުގެ 64
ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެ މަތިން ޝަރީޢަތަށް ހުށަހަޅާ މައްސަލައެއްގައި އިންތިޚާބުގެ ތެރޭގައި
އެކަށީގެންނުވާ ނުފޫޒެއް ފޯރުވައިގެން ނުވަތަ އިންތިޚާބީ ޙައްޤެއްގެ ފައިދާ، ވަކި މީހަކަށް ނުވަތަ ވަކި
ބަޔަކަށް ލެންބުމަށްޓަކައި ރިޝްވަތު ދީގެން ނުވަތަ މިޤާނޫނާއި ނުވަތަ މިޤާނޫނުގެ ދަށުން ހަދާ ގަވާއިދާ
ނުވަތަ އެ އިންތިޚާބަކާބެހޭ ޚާއްޞަ ޤާނޫނާއި ނުވަތަ އެޤާނޫނުގެ ދަށުން ހަދާ ގަވާއިދާ ޚިލާފަށް ޢަމަލެއް
ކޮށްގެން، ވޯޓުލާ ސަރަޙައްދެއްގެ އިންތިޚާބުގެ ނަތީޖާއަށް އެކަށީގެން ނުވާ އަސަރެއް ފޯރާފައިވާކަމަށް
ޝަރީޢަތަށް ސާބިތުވެ، އަދި އެކަމުގެ ސަބަބުން އިންތިޚާބުގެ ނަތީޖާއަށް ބަދަލު އަތުވެދާނެ ކަމަށް
ޝަރީޢަތުން ކަނޑައަޅައިފިނަމަ އެސަރަޙައްދެއްގެ އިންތިޚާބު ބާތިލުކޮށް އަލުން އިންތިޚާބު ބާއްވާނެ ކަމަށް
ބަޔާންކޮށްފައިވާކަން އެނގެން އޮވެފައި،
މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ ޝަކުވާގައި، އިސްވެ އިޝާރާތް ކުރެވުނު މާއްދާގައި
އިންތިޚާބެއް ބާތިލު ކުރުމަށްޓަކައި ފުރިހަމަ ވާންޖެހޭ ކަންތައްތަކެއް ކަމަށް ބަޔާން ކޮށްފައިވާ ކަންކަމުގެ
ތެރެއިން އެއްވެސް ކަމެއް ހިނގާފައިވާ ކަމަށް ބަޔާންކޮށްފައި ނުވާކަން މުޙައްމަދު އަސްރާރުގެ ފަރާތުން
ހުށަހަޅާފައިވާ ދަޢުވާ ފޯމުންނާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެން އޮވެއެވެ.
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv
2011/HC-I-SH/16
F2
2x2
2
*2
އަތޮޅު
6 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
(ރ) ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2011 ގެ އަތޮޅު ކައުންސިލުގެ ތުޅާދޫ ދާއިރާގެ
ރަސްމީ ނަތީޖާއަށް ބަލާއިރު، އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެއްވަނައަށް ހޮވިފައިވާ
އިބްރާހީމް ރަޝީދު ޔޫސުފަށް ލިބިފައިވަނީ 1890 (އެއްހާސް އަށްސަތޭކަ ނުވަދިހަ) ވޯޓު ކަމާއި، ދެވަނަ
އަށް ހޮވިފައިވާ މުޙައްމަދު ޢާދިލަށް ލިބިފައިވަނީ 1296 (އެއްހާސް ދުއިސައްތަ ނުވަދިހަ ހައެއް) ވޯޓު
ކަމާއި އަދި ތިންވަނައަށް ގޮސްފައިވާ މިމައްސަލައިގާ ދަޢުވާކުރާ މުޙައްމަދު އަސްރާރަށް ލިބިފައިވަނީ 1150
(އެއްހާސް އެއްސަތަކޭ ފަންސާސް) ވޯޓު ކަން އެނގެން އޮތް އިރު،
ތުޅާދޫ ދާއިރާއިން
ކައުންސިލަށް ހޮވުމަށް ކަނޑައެޅިފައިވަނީ ދެ ކެނޑިޑޭޓުން ކަމާއި، އެއީ އެދާއިރާގެ ވޯޓުން އެންމެ ގިނަ ވޯޓު
ލިބޭ ދެ ކެނޑިޑޭޓުން ކަމާއި، ބ. ތުޅާދޫ ދާއިރާއިން އަތޮޅު ކައުންސިލަށް ހޮވިފައިވާކަމަށް ރަސްމީ
ނަތީޖާއިން ދައްކާ ދެކެނޑިޑޭޓުންގެ ތެރެއިން ދެވަނައަށް ހޮވިފައިވާ މުޙައްމަދު އާދިލަށް ލިބިފައިވާ ވޯޓާއި،
ތިންވަނައަށް ވޯޓު ލިބިފައިވާ މުޙައްމަދު އަސްރާރަށް ލިބިފައިވާ ވޯޓާއި ދެމެދު 146 (އެއްސަތޭކަ ސާޅީސް
ހައެއް) ވޯޓު ތަފާތެއް އޮތްކަން އެނގެން އޮވެފައި،
އިންތިޚާބަށް ކުރިމަތިލީ މީހުންގެ ތެރެއިން ކެނޑިޑޭސީ ބާތިލުވެފައިވާ ޢަބްދުލްމުޙްސިން ޢަލީއަށް ވޯޓު
ދިނުމުގެ ސަބަބުން ބާތިލުވެފައިވަނީ 4 ވޯޓު ކަރުދާސްކޮޅުކަން އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން
ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގެން އޮތް އިރު، އިޝާރާތްކުރެވުނު ސަބަބާ
ހުރެ ބާތިލު ކުރެވުނު ވޯޓު ކަރުދާހުގައި ދީފައިވާ ވޯޓަކީ މުޙައްމަދު އަސްރާރަށް ލިބިފައިވާ ވޯޓުތަކެއް ކަމުގައި
ބެލިނަމަވެސް ދެވަނައަށް ހޮވިފައިވާ ކެނޑިޑޭޓާއި ތިންވަނަ ލިބިފައިވާ މުޙައްމަދު އަސްރާރަށް ލިބިފައިވާ
ވޯޓުގެ ތަފާތު ބޮޑު ވުމާއިއެކު އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަދަލެއް އަންނާނެ ކަމަށް ބެލެވެން
ނެތްކަމާއި؛
ލޯކަލްކައުންސިލް އިންތިޚާބު 2011 ގެ ދާއިމީ ނަތީޖާ އިޢްލާން ކުރި (17 ފެބުރުއަރީ 2011)
ދުވަހާ ހަމައަށް ތުޅާދޫ ދާއިރާގެ B04.09.01 ހދ. ކުޅުދުއްފުށި-1 ގެ ވަގުތީ ނަތީޖާ ޝީޓު ނެތި،
ކޮށްފައިވާ ދާއިމީ ނަތީޖާގެ ޞައްޙަ ކަމާމެދު ސުވާލު އުފެދޭ ކަމަށް މުޙައްމަދު އަސްރާރުގެ ފަރާތުން
ބުނެފައިވާ ވާހަކައަށް ބަލާއިރު، އެވޯޓު ފޮށްޓަށް ވޯޓުލައިފާ ވަނީ އެންމެ މީހަކަށްވާއިރު، އެވޯޓު ފޮށިން
މުޙައްމަދު އަސްރާރަކް އެއްވޯޓު ލިބިފައިވާ ކަމާއި، އެހެން ކަމުން އެވޯޓު ފޮށީގެ ވަގުތީ ނަތީޖާ ޝީޓު
އޮތުމަކުން ނުވަތަ ނެތުމަކުން މުޙައްމަދު އަސްރާރުގެ މަސްލަޙަތަކަށް އުނިކަމެއް އަތުވެދާނެ ކަމަށް ބެލެވެން
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/16
7 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ނެތުމާއިއެކު އެކަމަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާއަށް ބަދަލު އަތުވެދާ ފަދަ ކަމެއްކަމަށް ބެލެވެން ނެތް
ކަން އެނގެއެވެ.
8
2
•) މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ މުޙައްމަދު އަސްރާރުގެ ފަރާތުން ހެކިންގެ ގޮތުގައި
ދަޢުވާފޯމުގައި ދެމީހުންގެ ނަން ހިމަނާފައިވީނަމަވެސް، އެދެމީހުންގެ ތެރެއިން ޝަރީޢަތުގެ މަޖިލީހަށް
ހާޒިރުކޮށްފައިވަނީ ތުޅާދޫ ފަނާރު، ޙުސައިން ޙަސަން ކަމާއި، ދެން އޭގެ އިތުރުން ހެއްކެއްގެ ގޮތުގައި
ހުށަހަޅާފައިވާ ތުޅާދޫ ރަންހަދާގެ ސަޢުދު އަޙްމަދު، މުޙައްމަދު އަސްރާރުގެ ފަރާތުން ހާޒިރުކޮށްފައިނުވާ
ކަމާއި އެހެންނަމަވެސް އޭނަގެ ބަޔާނެއް ޝަރީޢަތަށް ހުށަހަޅާފައިވާކަމާއި،
ހެއްކެއްގެ ގޮތުގައި ހާޒިރު
ކުރެވުނު ތުޅާދޫ ފަނާރު، ޙުސައިން ޙަސަން އާ ޝަރީޢަތުގެ
ފަރާތުން ކުރެވުނު ސުވާލު ތަކުގެ ޖަވާބުގައި ބުނެފައިވަނީ، ޙުސައިން ޙަސަން ވޯޓުލީ ތުޅާދޫ ސްކޫލުގައި
އިރުމަތީ ފަރާތުގައި ހުރި 01 ނަންބަރު ފޮށްޓަށް ކަމަށާއި، އެދުވަހު ވޯޓުލާ ނިމިގެން ވޯޓު ގުނި އިރު
ޙުސައިން ޙަސަން ހުރީ ވޯޓު ފޮށި ފެންނަ ހިސާބުގައި ސްކޫލް ހޯލުން ބޭރު، ހަރިއްމަ ފާރުން ބޭރުގައި
ކަމަށާއި،
އެއްވެސް ވޯޓު ކަރުދާހަކުން އެއްވެސް މީހެއްގެ ނަން އުނި ނުކޮށްވާ ތަން ނުވަތަ ވޯޓުލާ މަރުކަޒު
ތެރޭގައި އެއްވެސް މީހަކު އެއްވެސް ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުން އުނިކުރިތަން ޙުސައިން ޙަސަނަށް
ފެނިފައިވޭތޯ؟“ ދަޢުވާ ކުރާ މުޙައްމަދު އަސްރާރުގެ ފަރާތުން ކުރި ސުވާލުގެ ޖަވާބުގައި ޙުސައިން ޙަސަން
ބުނެފައިވަނީ ޙުސައިން ޙަސަނަށް އެވާހަކަ އެގުނީ އެހެން މީހެއް ފަރާތުން ކަމަށެވެ. ކުރިކަން ދީފައިވާ
ހެކިބަހަށް ބަލާއިރު؛
އަދި މުޙައްމަދު އަސްރާރުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ސައުދު އަޙްމަދުގެ ބަޔާނެއް
ކަމަށް ބުނެ މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގައި، މުހުސިނުގެ ނަން ކަނޑާނުލާ ވޯޓު
ލާފައިކަން ސައުދު އަޙްމަދަށް އެނގުނީ ޑީ.އާރު.ޕީގެ ތުޅާދޫ ގޮފީގެ ނާއިބު ރައީސް ތުޅާދޫ ފަނާރު،
ޙުސައިން ޙަސަނަށް އެނގިގެން އެކަމާ މައްސަލަ ޖައްސާ ސައުދު އަޙްމަދު ކައިރީ އެވާހަކަ ބުނުމުން ކަން
ސައުދު އަހްމަދުގެ ބަޔާނުން އެނގެން އޮވެއެވެ.
(ޅ) މިމައްސަލައާއި ގުޅިގެން ދަޢުވާކުރާ މުޙައްމަދު އަސްރާރުގެ ފަރާތުން ހެކިންގެ ގޮތުގައި
ޝަރީޢަތުގެ މަޖިލީހަށް ހާޒިރުކުރި، ޙުސައިން ޙަސަންގެ ހެކިބަހަށް ބަލާއިރު، ލޯކަލްކައުންސިލް އިންތިޚާބުގެ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2011/HC-I-SH/16
8 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
ވޯޓުލީ ދުވަހު ޙުސައިން ޙަސަން ހުރީ ބ. ތުޅާދޫގައި ކަމާއި، އަދި ވޯޓު ގުނި ވަގުތު ހުރީ ވޯޓުލާ މަރުކަޒުގެ
ހަނިއްމަ ފާރުން ބޭރުގައި ކަން ޙުސައިން ޙަސަންގެ ހެކިބަހުން އެނގެން އޮތުމުން، މުޙައްމަދު އަސްރާރުގެ
ދަޢުވާގައި ބުނެފައިވާ ކަންކަމުގެ މައްޗަށް ޝަރުޢީ ހަމަތަކުން ކަމެއް ސާބިތުވާ މިންވަރަށް ހެކިބަސް ލިބިފައި
ނުވާކަމާއި،
ހަމަ އެހެންމެ މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހެޅި ސައުދު އަޙްމަދުގެ ބަޔާނުގައި އޭނައަށް
އެނގުނު ކަމެއް އެނގިފައިވަނީ އެހެން މީހަކު ބުނުމުން ކަމަށް ބުނެފައިވުމުން، ބުނި ބުނި ވާހަކަ ތަކެއްގެ
މައްޗަށް ޝަރީޢަތުގައި ކަމެއް ސާބިތުވާނީ އެވާހަކައެއް މުތަވާތިރު މަގުން ގިނަ ބަޔަކުގެ ފަރާތުން
އައިސްގެން ކަމުން ސައުދު އަޙްމަދުގެ ބަޔާނުން ޝަރީޢަތަށް ހެކިބަހެއް ލިބިފައިނުވާކަމާއި،
މިމައްސަލައަކީ މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާގެ
މައްސަލައަކަށްވެފައި މުޙައްމަދު އަސްރާރުގެ ފަރާތުން ހުށަހެޅި ޝަކުވާ ސާބިތު ކުރުމުގެ ގޮތުން ޝަރުޢީ
މިންގަނޑުން ހެކި ހުށަހަޅަންޖެހޭ ފަރާތަކީ މުޙައްމަދު އަސްރާރު ކަމަށްވާއިރު، އިސްވެ އިޝާރާތް ކުރެވުނު
ދެ ހެކިންގެ ބަހުން ކަމެއް ސާބިތު ކުރުމަށްޓަކައި ބޭނުންވާ ކާފީ ހެކި ލިބިފައި ނުވާކަން އެނގެއެވެ.
ހތދތ
OLC
5
*2
ދެންފަހެ، އިސްވެ ފާހަގަކުރެވުނު އެންމެހައި ނުކުތާތަކުގެ މައްޗަށް ރިޢާޔަތް ކުރުމުން، 2011
ފެބުރުއަރީ 5 ވީ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ބ. ތުޅާދޫ
ދާއިރާގެ އަތޮޅު ކައުންސިލަރު ކަމަށް ވާދަކުރި ބ. ގޮއިދޫ ނޫރާނީވިލާ ޢަބްދުލްމުޙްސިން ޢަލީއަކީ،
އިންތިޚާބުގައި ޝަރުތު ހަމަވާ މީހެއް ނޫންކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާއިރު،
ދެންނެވުނު އިންތިޚާބުގައި ތުޅާދޫ ދާއިރާއަށް ވޯޓުލުމަށް ހަމަޖެހިފައިވާ ބައެއް މަރުކަޒުތަކުގައި ވޯޓުލީ
މީހުންގެ އަތަށް ވޯޓުކަރުދާސްކޮޅު ދިންއިރު، ބައެއް ކަރުދާސްތަކުން ޢަބްދުލްމުޙްސިން ޢަލީގެ ނަން
ކަނޑާފައި ނެތުމުންނާއި، ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.01 ވޯޓު ފޮށީގައި ހުރި އަތޮޅު
ކައުންސިލްގެ ވޯޓު ކަރުދާސް ގުނުމުގެ ތެރޭގައި ބައެއް ވޯޓު ކަރުދާހަށް އުނި އިތުރު ގެނެސްފައިވާތީ އާއި،
ތުޅާދޫގައި ބެހެއްޓުނު ނަންބަރު: F01.09.02 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ހެދުމުގައި ހިސާބުކުރުން
އޮޅުވާލާފައިވާތީ އާއި، ހދ. ކުޅުދުއްފުށީގައި ބެހެއްޓުނު ނަންބަރު: B04.09.01 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
9
ޤަޟިއްޔާ . ނިމުނު ގޮތުގެ ޚުލާޞާ
2011/HC-I-SH/16
ޝީޓް އިލެކްޝަންސް ކޮމިޝަނުގައި ނެތީސް، ނަތީޖާ އިޢުލާން ކޮށްފައިވާތީ އާއި، ކުރަމަތި އައިލެންޑް
ރިސޯޓުގައި ބެހެއްޓުނު ނަންބަރު: Z201.01 ވޯޓު ފޮށްޓާއި، ތޮއްޑޫގައި ބެހެއްޓުނު ނަންބަރު:
U02.01.2 ވޯޓު ފޮށްޓާއި، އިންޑިޔާގެ ޓްރިވެންޑްރަމްގައި ބެހެއްޓުނު ނަންބަރު: W01.1.1 ވޯޓު
ފޮށްޓާއި، ރަސްދޫގައި ބެހެއްޓުނު ނަންބަރު: U02.02.1 ވޯޓު ފޮށީގެ ވަގުތީ ނަތީޖާ ހެދިއިރު،
ގޮއިދޫ ނޫރާނީވިލާ ޢަބްދުލްމުޙްސިން ޢަލީގެ ނަން ހިމަނައިގެން ދީފައިވާ ވޯޓް ކަރުދާސް ގުނާފައިވާތީ، ވޯޓުގެ
ޞައްޙަ ކަމާމެދު ސުވާލު އުފެދޭތީ އާއި، މިކަންކަމުގެ ސަބަބުން އިންތިޚާބުގެ އަޞްލީ ނަތީޖާއަށް
ހުރަސްތަކެއް ކުރިމަތިވެ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި، އިންތިޚާބުގައި ވޯޓު ދިން ފަރާތްތަކުގެ
ޙައްޤަށް އުނިކަން ލިބިފައިވާތީ އާއި، ދެންނެވުނު އިންތިޚާބުގެ ނަތީޖާއަކީ ފުރިހަމަ ޞައްޙަ ނަތީޖާއަކަށް
ނުވާ ކަމަށްބުނެ، . ތުޅާދޫ ދާއިރާގައި އިންތިޚާބު އަލުން ބާއްވާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ
ފިކޮށްދެއްވުން އެދި،
.. ތުޅާދޫ ހަނދުވަރުމަތީގެ މުޙައްމަދު އަސްރާރުގެ ފަރާތުން
ހުށަހަޅާފައިވާ އިންތިޚާބީ ޝަކުވާ ސާބިތުކުރުގެ ގޮތުން ކާޕީ ހެކި ދެއްކިފައިނުވާތީ، ބ. ތުޅާދޫ ދާއިރާގައި
އިންތިޚާބު އަލުން ބާއްވާ ދިނުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާނެ ޝަރުޢީ ނުވަތަ
ޤާނޫނީ ހަމައެއް ނެތް ކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި ފަނޑިޔާރުންގެ މަޖިލީހުގެ
އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.
މައްޗަށް
ހ2 0x2
02
*
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގެ 3 ނަންބަރު ދޮރާނީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް WWW highcourt.gov.mv