ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/196 ޤަޟިއްޔާގެ ޙުކުމް
1
ޤަޟިއްޔާ ނިމުނު ގޮތު
2013/HC-A/196
کی عمری
ދެލި
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
-
ރާއްޖޭގެ
ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ
0
ޤަޟިއްޔާ ނަންބަރު: 196/HC
-
A/2013
އިސްތިއުނާފު ކުރިފަރާތް:
މުޙައްމަދު ރިޔާޝް އަބޫބަކުރު
ކާޑު ނަންބަރު: A057220
.1
+
ދާއިމީ އެޑްރެސް: މ. ވައިޓްލައިން ކ. މާލެ
.2
ނަން: އާއިޝަތު ވަޙީދާ
އައިޑީ ކާޑު ނަންބަރު: A064580
ދާއިމީ އެޑްރެސް:
ބްލޫމޫން(ކ. މާލެ
.3
* ނަން: ތަހުމީނާ އަބޫބަކުރު
އައިޑީ ކާޑު ނަންބަރު: A051140
ދާއިމީ އެޑްރެސް: މ. ވައިޓްލައިން ކ. މާލެ
4. * ނަން: ޙަފްސާ އަބޫބަކުރު
އައިޑީ ކާޑު ނަންބަރު: A057146
ދާއިމީ އެޑްރެސް:
މ. ބްލޫމޫން(ކ. މާލެ
· · 4
.5
* ނަން: އާމިނަތު ނަޢީމާ
އައިޑީ ކާޑު ނަންބަރު: A040570
* ދާއިމީ އެޑްރެސް:
19
ބްލޫމޫން(ކ. މާލެ
.6
* ނަން: މަރްޔަމް ޒީނިޔާ
އައިޑީ ކާޑު ނަންބަރު: A053298
9
ދާއިމީ އެޑްރެސް:
މ. ބްލޫމޫން(ކ. މާލެ
ס כגכג 8
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2 ޤަޟިއްޔާ ނިމުނު ގޮ
2013/HC-A/196
کی عمری
އިސްތިއުނާފު ރައްދުވި ފަރާތް:
* ނަން: އަބޫބަކުރު ޙަސަން.
އައިޑީ ކާޑު ނަންބަރު: A053892
އެޑްރެސް: މ.
ވައިޓްލައިން|ކ. މާލެ
ރަޖިސްޓްރީކުރެވުނު ތާރީޚް: 27 ރަޖަބް 1434
06 ޖޫން 2013
، ނިމުނު ތާރީޚް: 7 ޝައްވާލް 1434
14 އޯގަސްޓް 2013
0
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ ނަންބަރު: 2012/Cv-C/1702
ޤަޟިއްޔާގެ ބާވަތް: މއ. ހާބް އޭކިޔާ ގޯތި ވިއްކުން
ނިންމެވި ކޯޓް: ސިވިލް ކޯޓް
* ހުށަހެޅުނު ތާރީޚް: 08 އޮކްޓޯބަރ 2012 ނިމުނު ތާރީޚް: 15 ޖެނުއަރީ 2013
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޢައްބާސް ޝަރީފް، ފަނޑިޔާރު ޢަބްދުﷲ ޙަމީދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/196
3 ޤަޟިއްޔާ ނިމުނު "
کمر مترمربع
ދަޢުވާގެ ޚުލާޞާ
މިއީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702 ޤަޟިއްޔާ އެކޯޓުން
ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ، އެނިންމުން އިސްތިއުނާފު
ކޮށްދިނުންއެދި މުޙައްމަދު ރިޔާޝް އަބޫބަކުރު، މ. ވައިޓްލައިންކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު A057220) އާއި، އާއިޝަތު ވަޙީދާ، މ. ބްލޫމޫން|ކ. މާލެ (ދިވެހިރައްޔިތެއްކަން
އަންގައިދޭ ކާޑު ނަންބަރު A064580) އާއި، ތަހުމީނާ އަބޫބަކުރު، ވައިޓްލައިންކ. މާލެ
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A051140) އާއި، ޙަފްސާ އަބޫބަކުރު،
ބްލޫމޫން|ކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A057126) އާއި، އާމިނަތު ނަޢީމާ،
މ. ބްލޫމޫން ކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A040570) އާއި، މަރްޔަމް
މ. ބްލޫމޫންދކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A053298) ގެ
ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި، މައްސަލަ
ރައްދުވާ ފަރާތަކީ އަބޫބަކުރު ޙަސަން، މ. ވައިޓްލައިން ކ. މާލެ (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު
*2
ޒީނިޔާ،
ނަންބަރު A053892) އެވެ.
ފާހަގަކުރެވުނު ނުކުތާތައް:
1. އިސްތިއުނާފުކުރެވިފައިމިވާ ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702
ޤަޟިއްޔާއަށް ބަލާއިރު، އެޤަޟިއްޔާއަކީ ، ވައިޓްލައިން/ކ. މާލެ، އަބޫބަކުރު ޙަސަންގެ ނަމުގައި
ރަޖިސްޓްރީކުރެވިފައިވާ މއ. ދަހާބް (ރަޖިސްޓްރީ ނަންބަރު: އ. 4754) އޭކިޔާ ގޯތީގެ 845
(އަށްސަތޭކަ ސާޅީސް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ
ދަފްތަރު. ނަންބަރު ރސ 3094/މާލެ، މުޙައްމަދު ޕަރުވީޒް ނާޞިރާއި، ދަފްތަރު. ނަންބަރު ރސ
2ދ؟
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/196
4 ޤަޟިއްޔާ ނިމުނު ގޮ
کی عمری
8869/މާލެ، އާއިޝަތު ޝިރާނީ ނާޞިރާއި، ދަފްތަރު. ނަންބަރު ރސ 8985/މާލެ، އާމިނަތު ޝަނޫނާ
ނާޞިރަށް ހަމަހަމައަށް
އަށް މިލްކުވާގޮތަށް -/1,000,000 (އެއްމިލިޔަން) ރުފިޔާގެ އަގަށް ވިއްކުމަށް އެދި
އަބޫބަކުރު ޙަސަން ހުށަހެޅުމުން ސިވިލް ކޯޓުން ބައްލަވައި ނިންމަވާފައިވާ ޤަޟިއްޔާއެއްކަ
އެކަމާއިގެ
އެޤަޟިއްޔާގައި ޙުކުމް ކުރައްވާފައިވަނީ، "ދެންފަހެ، އިސްވެ ފާހަގަކުރެވުނު
ނުކުތާތަކަށާއި، މިމައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ޝަރީޢަތުން ރިޢާޔަތްކުރާއިރު، މ.
ވައިޓްލައިން ކ. މާލެ އަބޫބަކުރު ޙަސަންގެ (އައި.ޑީ.ކާޑް ނަންބަރު A053892) ނަމުގައި ރަޖިސްޓްރީ
ކުރެވިފައިވާ މއ. ދަހާބް (ރަޖިސްޓްރީ ނަންބަރު: އ. 4754) އެވެކިޔާ ގޯތީގެ 845 (އަށްސަތޭކަ
ސާޅީސް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ
ދަފްތަރު ނަންބަރު ރސ 3094/މާލެ، މުޙައްމަދު ޕަރުވީޒް ނާޞިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ
ކާޑު ނަންބަރު: A072098)އާއި، ދަފްތަރު ނަންބަރު ރސ 8869/މާލެ، އާއިޝަތު ޝިރާނީ ނާޞިރު
(ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A072099) އާއި، ދަފްތަރު ނަންބަރު
8985/މާލެ، އާމިނަތު ޝަނޫނާ ނާޞިރު (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: A072097)
އަށް ހަމަހަމައަށް މިލްކުވާގޮތަށް -/1,000,000ރ. (އެއްމިލިޔަން ރުފިޔާ) ގެ އަގަށް ވިއްކުމުން،
މިއަގަށް މިބިމާއި، މިބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ މިބުނެވުނު މުޙައްމަދު ޕަރިވީޒް
ނާޞިރު އާއި، އާއިޝަތު ޝިރާނީ ނާޞިރު އާއި އާމިނަތު ޝަނޫނާ ނާޞިރު ގަނެ، މިވިޔަފާރި
އަޤުދުކޮށް، މިވިޔަފާރީގެ އަގު ޚަލާސްކޮށްފައިވާތީ، މިވިޔަފާރި ޞައްޙަކަމަށާއި، މިވިޔަފާރީގެ ސަބަބުން
ދަހާބް (ރަޖިސްޓްރީ ނަންބަރު: އ. 4754) އެވެކިޔާ ގޯތީގެ 845 (އަށްސަތޭކަ ސާޅީސް ފަހެއް)
އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާތައް މުޙައްމަދު ޕަރިވީޒް
ނާޞިރު އާއި، އާއިޝަތު ޝިރާނީ ނާޞިރު އާއި އާމިނަތު ޝަނޫނާ ނާޞިރު އަށް ހަމަހަމައަށް
މިލްކުވެގެންވާކަމަށް ކަނޑައަޅައި، މިގޯތީގައިވާ ޢިމާރާތުގެ 04 (ހަތަރެއް، ފަންގިފިލާއަކީ އެކިފަރާތްތަކަށް
ކުއްޔަށް ދެވިފައިވާ ބައިތަކެއް ކަމަށްވާތީ، އެފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކަށް އިޙްތިރާމްކުރުމަށް
19
ދިވެހިރާއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/196
کی عمری
5 ޤަޟިއްޔާ ނިމުނު ގޮތު
ދަފްތަރު. ނަންބަރު ރސ 13094މާލެ، މުޙައްމަދު ޕަރުވީޒް ނާޞިރު އާއި، ދަފްތަރު. ނަންބަރު ރސ
8869/މާލެ، އާއިޝަތު ޝިރާނީ ނާޞިރު އާއި ދަފްތަރު. ނަންބަރު ރސ 8985/މާލެ، އާމިނަތު
ޝަރޫނާ ނާޞިރު އަށް އަންގައި، އެގޮތުގެމަތިންކަން އެޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން
އެނގެން އޮވެއެވެ.
0
<< O
2. ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702 ޤަޟިއްޔާ އެކޯޓުން
ނިންމަވާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްނުވާކަމަށްބުނެ މުޙައްމަދު ރިޔާޝް
އަބޫބަކުރާއި، އާއިޝަތު ވަޙީދާއާއި، ތަހުމީނާ އަބޫބަކުރާއި، އަފްސާ އަބޫބަކުރާއި، އާމިނަތު ނަޢީމާއާއި،
މަރްޔަމް ޒީނިޔާގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފުކުރަމުން، އަންނަނިވި 4 (ހަތަރެއް) ނުކުތާ
ފާހަގަކޮށް، އެނުކުތާތަކާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކާފައިވެއެވެ.
އަދި އެނުކުތާތަކުގެ ތެރެއިން ދެވަނައަށް ހުށަހަޅާފައިވާ ނުކުތާގައިވެސް އަދި އެނުކުތާގެ
ތަފްސީލުގައިވެސް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ މަދަނީ ކޯޓުން ނިންމެވުމުގައި ޝަރުޢީ
ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވެފައިވާގޮތެއް ބަޔާންކޮށްދެވިފައިނުވުމާއެކު އެނުކުތް ބަލައިނުގަތުމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުން ނިންމައި، އެކަން މައްސަލާގައި ހިމެނޭ
ފަރާތްތަކަށް އެންގިފައިވެއެވެ.
444
• ފުރަތަމަ ނުކުތާއަކީ، ޤާނޫނު ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާއިބެހޭ
ޤާނޫނު) ގެ 2 ވަނަ މާއްދާއާއި 18 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ (ހ) އާއި އެޤާނޫނުގެ ދަށުން
ހެދިފައިވާ "ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާއިބެހޭ ޤަވާއިދު" ގެ 17 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ
ޝަރީޢަތުން ނިންމާފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/196
کی عمری
ދެވެ
"
6 ޤަޟިއްޔާ ނިމުނު 1
• ދެވަނަ ނުކުތާއަކީ،
ވައިޓްލައިން/މާލެ، އަބޫބަކުރު ޙަސަންގެ ޢުމުރުން 74
އަހަރު ވެފައިވަނިކޮށް، އުފަން 06 ދަރިންގެ ޙައްޤަށް ނުބަލައި މާލޭގެ ބިންތަކުގެ އަގު ނުހަނު ބޮޑުކޮށް
ހުއްޓައި، ވަރަށް ކުޑަ އަގަކަށް ބިމާއި ޢިމާރާތް ވިއްކާފައިވުމުން، ހަމަ ބުއްދި ހުރެ އަމިއްލަ
އިޚްތިޔާރުގައި ކޮށްފައިވާ މުޢާމަލާތެއް ކަމާމެދު ވަރަށް ބޮޑަށް ސުވާލު އުފެދިފައިވާކަމަށްބުނެ
ހުށަހަޅާފައިވާ ނުކުތާއެވެ. (އިސްވެދެންނެވިފައިވާ ފަދައިން، މިނުކުތާގައިވެސް އަދި މިނުކުތާގެ
ތަފްސީލުގައިވެސް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ މަދަނީ ކޯޓުން ނިންމެވުމުގައި ޝަރުއީ
ނުވަތަ ޤާނޫނީ އުސޫލަކާ ޚިލާފުވެފައިވާގޮތެއް ބަޔާންކޮށްދެވިފައިނުވުމާއެކު މިނުކުތާ ބަލައިނުގަތުމަށް
މިމައްސަލަ ބެލުމުގައި ބައިވެރިވި ފަނޑިޔާރުންގެ މަޖިލީހުން ނިންމައި، އެކަން މައްސަލާގައި ހިމެނޭ
ފަރާތްތަކަށް އެންގިފައިވެއެވެ.)
8
ތިންވަނަ ނުކުތާއަކީ، ވައިޓްލައިން/މާލެ، އަބޫބަކުރު ޙަސަނަށް އެއްވެސް
ފައިސާއެއް ލިބިފައިނެތަސް ފައިސާ ލިބިއްޖެކަމަށް ޝަރީޢަތުގައި ބުނެ، ބަޔަކަށް މއ. ހާބް އޭކިޔާ
ގޯތި ވިއްކުމުގެ ނަމުގައި ޝަރީޢަތަށް އޮޅުވާލައިގެން އެގޯތި އެމީހުންނަށް ދީފައިވާކަމަށްބުނެ ހުށަހަޅާފައިވާ
24 222
ނުކުތާއެވެ.
:
• ހަތަރުވަނަ ނުކުތާއަކީ،
ވައިޓްލައިން/މާލެ، އަބޫބަކުރު ޙަސަންގެ 6 (ހައެއް)
އުފަން ދަރިންގެ ތެރެއިން އެއްވެސް ދަރިއަކު ޝަރީޢަތަށް ޙާޟިރުކޮށް، އެފަދަ އަގުބޮޑު މުދަލެއްގެ
މުޢާމަލާތް ހިންގިއިރު އެކަމާމެދު ދެކޭގޮތް ސާފުކޮށްފައިނުވުމުގެ ސަބަބުން ޤާނޫނުއަސާސީގެ 42 ވަނަ
މާއްދާގެ (ނ) އާއި ޚިލާފަށް ޝަރީޢަތްކޮށްފައިވާކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
3. މިމައްސަލައާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702
ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށާއި، އެޤަޟިއްޔާ އިސްތިއުނާފުކުރަމުން މުޙައްމަދު ރިޔާޝް
ދިވެހިރާމްa
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
7
2013/HC-A/196
ޤަޟިއްޔާ ނިމުނު "
އަބޫބަކުރާއި، އާއިޝަތު ވަޙީދާއާއި، ތަހުމީނާ އަބޫބަކުރާއި، ޙަފްސާ އަބޫބަކުރާއި، އާމިނަތު ނަޢީމާއާއި،
މަރްޔަމް ޒީނިޔާގެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާތަކަށާއި، ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލަ
ރައްދުވާ އަބޫބަކުރު ޙަސަންގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ
ލިޔެކިއުންތަކަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބެލިއިރު، މި މައްސަލަ ބެލި ފަނޑިޔާރުންގެ
މަޖިލީހަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ދިވެހިރާއްޖޭގެ ބިމާއި ގޯތި ދޫކޮށް، ލިބިގަނެ، މިލްކުކޮށް،
ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއިގޯއްޗާ ބެހޭ އެންމެހާ މުޢާމަލާތް ކުރަންވާނީ ޤާނޫނު
ނަންބަރު 1/2002 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) އާއެއްގޮތްވާ ގޮތުގެމަ
ގގެމަތިންކަމަށް އެޤާނޫނުގެ 2 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު
އަމިއްލަކުރާ ބިންބިމާއި ގޯތިގޯތި ވިއްކަންވާނީ އެޤާނޫނުގެ 18 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން
އަދި އެމާއްދާގައި ބަޔާންކޮށްފައިވާ ޝަރުތުތަކުގެ މަތިންކަމަށް ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 24
ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަމާއި،
ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ
ފަރާތުން ދިވެހިރާއްޖޭގެ
ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގަތުމަށްފަހު
އެހެންފަރާތަކަށް ވިއްކުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތަކަކީ އަދި ލާޒިމްކުރާ ޝަރުތުތަކަކީ
ކޮބައިކަން ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގައި (ޤާނޫނު ނަންބަރު 1/2002
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް 2 ވަނަ އިސްލާޙު ގެނައުމުގެ ޤާނޫނު 4/2008 ގައި ބަޔާންވެފައި
އޮންނަކަމާއި، މިގޮތުން އެމާއްދާގެ (ހ) ގައި ގޯތި ވިއްކަން އެދޭ މީހާ އާއި އެމީހަކު ޝަރުޢީ ގޮތުން
ބަލަންޖެހޭ މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި އެމާއްދާގެ
(ށ) ގައި ގޯތި ގަންނަ ފަރާތަކީ ދިވެހި ރައްޔިތެއްކަމުގައިވުން ޝަރުތުކޮށްފައިވާކަމާއި، އަދި ގޯތި
22 /
ދިވެހިރާއްޖޭގެ
އައިކޯޑް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
،
¢ ¢ ¢3»
=32
2013/HC-A/196
8 ޤަޟިއްޔާ ނިމުނު ގޮ
އެއްވެސް
ގަންނަ ފަރާތަކީ ކުންފުންޏެއް ކަމުގައިވާނަމަ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެކުންފުންޏެއްގެ
ސަތޭކަ އިންސައްތަ ޙިއްސާދާރުންނަކީ ދިވެހިންކަމުގައި ހިމެނޭ ކުންފުންޏަކަށް ނުވަތަ ކޯޕަރޭޓިވް
ސޮސައިޓީއަކަށްވުން، ނުވަތަ ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސަތޭކަ އިންސައްތަ ދިވެހިންގެ
ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއް ކަމުގައިވުން ޝަރުތުކޮށްފައިވާކަމާއި އަދި އެމާއްދާގެ (ރ) ގައި
ގޯއްޗެއް ނުވަތަ ބިމެއް ވިއްކާނަމަ، އެގޯތި ނުވަތަ ބިން ވިއްކާ އަގުގެ %15 (ފަނަރަ
އިންސައްތަ) ޓެކްސްގެ ގޮތުގައި އެގޯއްޗެއް ނުވަތަ ބިމެއް ވިއްކާ ފަރާތުން ސަރުކާރަށް ދެއްކުންވެސް
ޝަރުތުކޮށްފައިވާކަމާއި، އަދި ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ގޯތި އަމިއްލަކުރުމާއި
ގަނެވިއްކުމާބެހޭ ޤަވާއިދު" ގެ 9 ވަނަ މާއްދާގައި އަމިއްލަ ގޯއްޗެއް ނުވަތަ ދިރިއުޅުމަށް ދޫކޮށްފައިވާ
ބަންޑާރަ ގޯއްޗެއްގެ ބިން އަމިއްލަ ކުރުމަށްފަހުވިޔަސް ވިއްކާނަމަ އެވިއްކުމުގެ މުޢާމަލާތް ހިންގަންވާނީ
ޝަރީޢަތް މެދުވެރިކޮށްކަމަށް ކަނޑައަޅާ ބަޔާންކޮށްފައިވާކަން އެނގެން އޮންނަކަމެވެ.
49
(ށ) ދެވަނަ ކަމަކީ، މާލެ ސިޓީ ކައުންސިލުން މއ. ދަހާބް މާލެ އޭކިޔާ ގޯއްޗަށް
ހަދާދީފައިވާ ނަންބަރު އ.4754 ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީއަށް ބެލުމުން އެއީ އަމިއްލަބަންޑާރަ
ގޯއްޗެއްކަމާއި، އެގޯތީގައިވާ އެންމެހާ ޢިމާރާތްތަކާއި ވަޅުފަދަތަންތަނާއި، އަމިއްލަ ބިމުގެ ވެރިފަރާތަކީ
އަބޫބަކުރު ޙަސަންކަން އެނގެން އޮންނަކަމާއި،
އަދި، ދަހާބް އޭކިޔާ ގޯތީގައިވާ 845 (އަށްސަތޭކަ ސާޅިސް ފަހެއް) އަކަފޫޓުގެ
އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދާ ވިއްކާލުމަށް އެދިގެން އަބޫބަކުރު
ޙަސަންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމާ ގުޅިގެން، ދަހާބް އޭކިޔާ ގޯތީގައިވާ 845
(އަށްސަތޭކަ ސާޅިސް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ
މުދަލުގެ މިލްކުވެރިކަމާމެދު ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް، 11 އޮކްޓޯބަރު 2012 ގެ ތާރީޚުގައި
(ސިވިލް ކޯޓުގެ ނަންބަރު 5
/
2012
/
641-B
-
CR-144 އިޢުލާނު) ސިވިލް ކޯޓުން އިޢުލާނު
19
ދިވެހިރާއް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
38 3
¢ ¢3
2013/HC-A/196
9 ޤަޟިއްޔާ ނިމުނު
34
2 22
بر ہی رہے گی
20 22
26
ކޮށްފައިވާކަމާއި، އަދި ސިވިލް ކޯޓުގެ މިދެންނެވުނު އިޢުލާނާ ގުޅިގެން، އެގޯތީގެ އަމިއްލަ ބިމާއި
އެބިމުގައިވާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަމުގައި އެހެން ފަރާތެއްގެ ޙައްޤެއް ނުވަތަ
ބައެއްވިޔަސް ހިމެނިފައިވާނެކަމަށްބުނެ އެއްވެސް ފަރާތަކުން ދަޢުވާއެއް ނުވަތަ
ޝަކުވާއެއްވިޔަސް އެކޯޓަށް ހުށަހަޅާފައިނުވާކަމާއި، އެހެންކަމުން، އަބޫބަކުރު ޙަސަންގެ ފަރާތުން
ވިއްކާލުމަށް މަދަނީ ކޯޓަށް ހުށަހެޅި މއ. ދަހާބް އޭކިޔާ ގޯތީގައިވާ އަމިއްލަ ބިމާއި ޢިމާރާތްތަކާއި
ނުއުފުލޭ މުދަލުގެ މިލްކުވެރިކަމުގައި އެހެން ފަރާތެއް ހިމެނިގެންނުވާކަމަށް ސިވިލް ކޯޓުން
ބައްލަވާފައިވާކަމާއި، މީގެއިތުރުން ޤާނޫނު ނަންބަރު 28/76 (ސަރުކާރުގައި ރަޖިސްޓްރީ ކޮށްފައިހުންނަ
މީހުންގެ އަމިއްލަ ތަކެތި ދީ ނުވަތަ ވިއްކުމާބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާފަދަ ދަރަންޏެއް
އަބޫބަކުރު
ޙަސަންގެ މައްޗަށް ސާބިތުވެފައި
އޮއްތޯ ބެއްލެވުމަށް ފަހު އެފަދަ ދަރަންޏެއް އަބޫބަކުރު ޙަސަންގެ މައްޗަށް
ސާބިތުވެފައި ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702 ގަޟިއްޔާގެ ޝަރީޢަތް
ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރައްވާފައިވާކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، ގއ. ދަހާބް އޭކިޔާ ގޯތްޗާއި އެގޯތީގައި ހަދާފައިހުރި ޢިމާރާތް
ވިއްކާލުމަށް އަބޫބަކުރު ޙަސަންގެ ފަރާތުން ހުށަހަޅާފައިވާ އަގަކީ -/1،000،000 (އެއްމިލިޔަން ރުފިޔާ
ކަމާއި، އަދި ބިމުގެ އަގުގެ %15 ޓެކްސްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ
-/91,260 (ނުވަދިހަ އެއްހާސް ދުއިސައްތަ ފަސްދޮޅަސް) ރުފިޔާ، އަބޫބަކުރު ޙަސަންގެ ފަރާތުން
ދައުލަތަށް ދައްކާ ޚަލާސްކޮށްފައިވާކަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ނަންބަރު 4792/13
(14 ޖެނުއަރީ 2013) ގެ ފައިސާގެ ރަސީދުން އެނގެން އޮންނަކަމާއި،
މއ. ދަހާބް އޭކިޔާ ގޯތީގެ 845 (އަށްސަތޭކަ ސާޅީސް ފަހެއް) އަކަފޫޓުގެ އަމިއްލަ
ބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއިނުއުފުލޭ މުދާ -/1،000،000 (އެއްމިލިޔަން) ރުފިޔާއަށް
ވިއްކުމުގެ މިވިޔަފާރި އަޤުދުކުރުމަށްޓަކައި، އަބޫބަކުރު ޙަސަން އެގޯތި އެއަގަށް މުޙައްމަދު ޕަރުވީޒް
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް WWW.highcourt.gov.mv
2013/HC-A/196
10 ޤަޟިއްޔާ ނިމުނު "
کمر متر مربع
ޑހހވ
ނާޞިރާއި، އާއިޝަތު ޝިރާނީ ނާޞިރާއި، އާމިނަތު ޝަނޫނާ ނާޞިރަށް ވިއްކާފައިވާކަމަށާއި އަދި
އެބިމާއި، އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއިނުއުފުލޭ މުދަލުގެ އަގެއްގެ ގޮތުގައި އަބޫބަކުރު ޙަސަން
ކަނޑައަޅާފައިވާ -/1،000،000 (އެއްމިލިޔަން) ރުފިޔާ ލިބިފައިވާކަމަށް 15 ޖެނުއަރީ 2013
ގައި ސިވިލް ކޯޓަށް އޭނާދީފައިވާ ބަޔާނުގައި ބުނެފައިވާކަމާއި، ހަމައެފަދައިން މއ. ދަހާބް އޭކިޔާ ގޯތީގެ
845 (އަށްސަތޭކަ ސާޅީސް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހާ
ޢިމާރާތްތަކާއިނުއުފުލޭ މުދާ -/000,1،000 (އެއްމިލިޔަން ރުފިޔާއަށް ގަނެ، އެވިޔަފާރީގެ އަގު
އަބޫބަކުރު ޙަސަންއަށް ދައްކާ ޚަލާސްކޮށްފައިވާކަމަށް، އެގޯތި ގަތް ފަރާތްތައްކަމަށްވާ މުޙައްމަދު ޕަރުވީޒް
ނާޞިރާއި، އާއިޝަތު ޝިރާނީ ނާޞިރާއި، އާމިނަތު ޝަނޫނާ ނާޞިރު 15 ޖެނުއަރީ 2013 ގައި
ސިވިލް ކޯޓަށް ދީފައިވާ ބަޔާނުގައި ބުނެފައިވާކަން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގެ
ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮންނަކަމާއި،
އަދި، މިމައްސަލާގައި ހިމެނޭ ވިޔަފާރީގެ މުޢާމަލާތުގެ އަގަށްވާ ފައިސާ، ގޯތި ގަތް
ފަރާތްތަކުން އަބޫބަކުރު ޙަސަންއަށް ދައްކާފައިނުވާކަމަށް މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ
ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް، އެނުކުތާއަކީ މިމައްސަލަ އިސްތިއުނާފުކުރާ
ފަރާތްތަކުން ދަށުކޯޓަށް ހުށަހަޅާފައިވާ ނުކުތާއެއް ނޫންކަމާއި، އަދި އެމީހުންގެ ފަރާތުން ދަށު ކޯޓަށް
އެނުކުތާ ހުށަހެޅިފައިނުވަނީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ އެކޯޓުގައި ހިނގާފައިވާކަން
އެމީހުންނަށް އެނގިފައިނުވާތީ އޭރު އެމީހުންނަށް އެފުރުސަތު ލިބިފައިނުވާތީކަމަށް އެމީހުންގެ ފަރާތުން
ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވީނަމަވެސް، މިބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ޢަމަލުކުރަމުންދާ
އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ދަހާބް އޭކިޔާ ގޯތީގައިވާ 845 (އަށްސަތޭކަ ސާޅިސް ފަހެއް)
އަކަފޫޓުގެ އަމިއްލަ ބިމާއި އެބިމުގައިވާ އެންމެހާ ޢިމާރާތްތަކާއި ނުއުފުލޭ މުދަލުގެ މިލްކުވެރިކަމާމެދު
ދަޢުވާކުރާ ފަރާތެއްވޭތޯ ބެލުމަށް، 11 އޮކްޓޯބަރު 2012 ގެ ތާރީޚުގައި ސިވިލް ކޯޓުން
އިޢުލާނުކޮށްފައިވުމުން، މއ. ދަހާބް އޭކިޔާ ގޯތީގައިވާ 845 (އަށްސަތޭކަ ސާޅިސް ފަހެއް) އަކަފޫޓުގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/196
11 ޤަޟިއްޔާ ނިމުނު "
ދެވެ
މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާފަދަ ފަރާތްތަކަށް އެފުރުސަތު ސިވިލް
ކޯޓުން ހުޅުވާލާފައިވާކަމާއި، އާންމު އުސޫލެއްގެ ގޮތުން، އެފުރުސަތުގައި ޝަރީޢަތަށް ހުށަހަޅާފައިނުވާ
ނުކުތާއެއް އެމައްސަލައެއްގެ އިސްތިއުނާފު މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމަށް ފުރުސަތު
ލިބިދިނުމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާ މައްސަލަތައް ބަލާނީ ދަށުކޯޓުގައި ހުށަހެޅި ހެކިތަކާއި
ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންކަމަށް ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ
ޤާނޫނު) ގެ 32 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފުވާނޭކަމެއްކަމާއި،
މީގެއިތުރުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ ފައިސާ
އަބޫބަކުރު ޙަސަންއަށް ލިބިފައިނުވާކަމަށާއި، އެމައްސަލާގެ ތެރެއިން އަބޫބަކުރު ޙަސަން ހިންގާފައިވަނީ
ގަނެ ވިއްކުމުގެ މުޢާމަލާތެއް ނޫންކަމަށާއި އެއީ އަބޫބަކުރު ޙަސަނުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ
ދަހާބް އޭކިޔާ ގޯތި އެހެންބަޔަކަށް ދިނުމަށްޓަކައި ހިންގާފައިވާ މައްސަލައެއްކަމަށް
ސާބިތުކުރުމަށްކަމަށްބުނެ އެމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައިވާ
ފަރާތްތަކުން ހެއްކެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ބޭނުންކަމަށްބުނެފައިވާ ވީޑިއޯ
ރެކޯޑިންގއަށް ބަލާއިރު، އެރެކޯޑިންގއަކީ އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ ސިވިލް ކޯޓުން ބަލާ
ނިމުނު ފަހުން، މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ބަޔަކު
ސިއްރުން އުފައްދާފައިވާ ވީޑިއޯއެއްކަން އެނގެން އޮތްއިރު، އިސްވެދެންނެވިފައިވާ ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށާއި، މިބާވަތުގެ "ހެކި" ތަކާގުޅިގެން ޝަރީޢަތުން
ޢަމަލުކުރަންޖެހޭ އުސޫލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 182/HC
-
A/2012 ޤަޟިއްޔާގައި
ބަޔާންކޮށްފައިވާ އުސޫލަށް ބަލާއިރު، އެވީޑިއޯއަކީ މިމައްސަލާގެ ތެރޭގައި ދިވެހިރާއްޖޭގެ ހައިކޯޓަށް
ބަލައިގަނެވޭނެ އެއްޗެއް ނޫންކަމާއި، އަދި އެވީޑިއޯއަކީ ޝަރީޢަތަށް ބަލައިގަނެވޭނެ އެއްޗެއްކަމަށް،
ބަހުސްގެ
ހުސްގެ ބޭނުމަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި (assume) ކަމުގައިވީނަމަވެސް، މިމައްސަލާގައި
.42
ދިވެހިރާއްޖޭ)
ދިވެހިރާއްޖޭގެ ހައިކޯޓު، އަބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
4 3 2
2013/HC-A/196
12 ޤަޟިއްޔާ ނިމުނު "
و مرد متمي ب
4 20 22
ހިމެނޭ މުޢާމަލާތަކީ ގަނެ ވިއްކުމުގެ ވިޔަފާރީގެ މުޢާމަލާތެއް ނޫންކަމަށް ނުވަތަ މިމައްސަލާގައި ހިމެނޭ
އަގަށްވާ ފައިސާ
އަބޫބަކުރު ޙަސަންއަށް ލިބިފައިނުވާކަން ސާބިތުވާވަރުގެ އެއްވެސް ވާހަކައެއް
އެވީޑިއޯގައި ހުރިކަމަށް މިމައްސަލަ ބެލުމުގައި ބައިވެރިވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް
ޤަބޫލުނުކުރެވޭކަމާއި،
އެހެންކަމުން، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ހިމެނޭ
ދަހާބް
އޭކިޔާ ގޯތީގެ 845 (އަށްސަތޭކަ ސާޅީސް ފަހެއް) އަކަފޫޓުގެ އަމިއްލަ ބިމާއި، އެބިމުގައިވާ އެންމެހާ
ޢިމާރާތްތަކާއިނުއުފުލޭ މުދާ ގަނެ ވިއްކުމުގެ ވިޔަފާރީގެ ޢަޤުދުގެ އީޖާބާއި ޤަބޫލު ޝަރީޢަތުގެ ޞައްޙަ
މަގުން ހިނގާފައިވާކަމަށް ޝަރީޢަތުން ބަލަންޖެހޭކަމެވެ.
2 ދތ ވ މ 04
4
އެމައްސަލައެއްގެ
އއ ލބ މހ8
ކަންތައްތަކަށް
22 ކތ ދ
(ރ) ހަތަރުވަނަ ކަމަކީ، ގޯއްޗެއް ވިއްކޭނީ، ގޯތި ވިއްކަން އެދޭ މީހާއާއި އެމީހަކު
ޝަރުޢީގޮތުން ބަލަންޖެހޭ މީހުންނަށް ދިރިއުޅެވޭނެ އެހެންތަނެއް ހަމަޖެހިފައިވާނަމަކަމަށް ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމާއި، އަދި އެޤާނޫނުގެ ދަށުން
ހެދިފައިވާ ގޯތި އަމިއްލަކުރުމާއި، ގަނެވިއްކުމާބެހޭ ގަވާއިދު" ގެ 17 ވަނަ މާއްދާއަށް ބަލާއިރު،
އެގަވާއިދުގެ ބޭނުމަށްޓަކައި ދިރިއުޅޭނެ އެހެންތަނެއް އޮތްކަމަށް ކަނޑައަޅާނީ، ކޮންމެ މައްސަލައަކަށް
ވަކިން
ވަށައިގެންވާ
ޝަރީޢަތުންކަމަށް
ބަޔާންކޮށްފައިވާކަމާއި، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ވިއްކާލުމަށް އެދިފައިވާ
ދަހާބް އޭކިޔާ އަމިއްލަ ގޯތި ވިއްކާލާއިރު، އެގޯތީގެ ވެރިފަރާތްކަމަށްވާ އަބޫބަކުރު ޙަސަނާއި އޭނާ
ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތްތައް ދިރިއުޅޭނެ އެހެން ތަނެއް އޮތްތޯ ބަލާއިރު، އަބޫބަކުރު ޙަސަންގެ
ނަމުގައި ވައިޓްލައިން/މާލެ އޭކިޔާ 850 (އަށްސަތޭކަ ފަންސާސް) އަކަފޫޓުގެ ގޯއްޗަކާއި،
ހުދުރޮގު|ލ. ގަމު އޭކިޔާ 4000 (ހަތަރުހާސް) އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮންނަކަމާއި، އެހެންކަމުން
އަބޫބަކުރު ޙަސަންގެ ނަމުގައި ރަޖިސްޓްރީކުރެވިފައިވާ ދަހާބް އޭކިޔާ އަމިއްލަ ގޯތި
2
22
.
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 3325.029، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: www.highcourt.gov.mv
2013/HC-A/196
13 ޤަޟިއްޔާ ނިމުނު ގޮތު
گمرک متي مو
24 0 2
22
ވިއްކާލެވުނުކަމުގައި ވީނަމަވެސް، އަބޫބަކުރު ޙަސަނާއި އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ
ފަރާތްތަކަށް ދިރިއުޅެވޭނެ އެހެންތަންތަން ހަމަޖެހިފައިވާކަން އެނގެން އޮންނަކަމެވެ.
(.) ފަސްވަނަ ކަމަކީ، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލާގައި ސިވިލް ކޯޓުން
ކޮށްފައިވާ ޙުކުމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން
ކަށަވަރުކޮށްދީފައިވާ ޙައްޤު، މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާ ފަރާތްތަކުގެ ކިބައިން
ނިގުޅައިގަނެވޭ ގޮތަށް ކޮށްފައިވާ ޙުކުމެއްކަމަށް ބުނެ، އިސްތިއުނާފުކުރާ ފަރާތްތަކުން ހުށަހެޅި ނުކުތާގެ
ތަފްސީލުގައި މައިގަނޑުގޮތެއްގައި ފާހަގަކޮށްފައިވާ ވައިޓްލައިން އަބޫބަކުރު ޙަސަންގެ 6 (ހައެއް)
ދަރިންގެ ތެރެއިން އެއްވެސް ދަރިއަކު ޝަރީޢަތަށް ހާޟިރުކުރުމެއް ނެތި، އެ 6 (ހައެއް) ކުދިންގެ
ޙައްޤު ގެއްލެމުން ދިޔައިރު ޤާނޫނުގައިވާ ގޮތަށް މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް
ޢަދުލުވެރިކަމާއެކު ރިޢާޔަތްނުކޮށް، އިސްތިއުނާފަށް ހުށަހެޅިފައިމިވާ މައްސަލަ
މައްސަލަ ޝަރީޢަތުން
ނިންމާފައިވާކަމަށްބުނެ އެފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ޝަރުޢީ އަދި
ޤާނޫނީ ނަޒަރަކުން ބަލާއިރު،
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން ކަށަވަރުކޮށްދީފައިވާ އަސާސީ
ޙައްޤަކީ، ދިވެހިރާއްޖޭގައި ހިނގާ އެންމެހާ ޝަރީޢަތްތައް ހިންގަންވާނީ ޢަދުލުވެރިކަމާއެކު، ވަކިފަރާތަކަށް
ނުޖެހި، ހާމަކަމާއެކުގައި ކަމަށްވުމުގެ ޙައްޤުކަމަށްވާއިރު، ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި،
ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށްކަމަށާއި، އިސްލާމީ ޝަރީޢަތުގައި އެކަމެއް
ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތެއް
ކަނޑައެޅިފައިނުވާ ކަންކަން ނިންމުމުގައިކަން އެނގެން އޮންނަކަމާއި، ދިވެހިރާއްޖޭގައި ހުންނަ ބިމާއި
ގޯތި ދޫކޮށްލިބިގަނެ، މިލްކުކޮށް، ވިއްކައި، ކުއްޔަށްދީ، ބޭނުންކޮށް، ގެންގުޅެ، ބިމާއި ގޯއްޗާބެހޭ އެންމެހާ
މުޢާމަލާތްތަކެއް ކުރާނެ ގޮތްތައް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި (ޤާނޫނު ނަންބަރު
ދިވެހިރާއްޖޭގެ
ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓު، އާބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށީ، މާލެ، ދިވެހިރާއްޖެ، ފޯން: 33256329، ފެކްސް: 3316471
އީމެއިލް [email protected] ވެބް ސައިޓް: WWW.highcourt.gov.mv
2013/HC-A/196
14 ޤަޟިއްޔާ ނިމުނު "
کیم محترمب
22 20
1/2002 (ދިވެހިރާއްޖޭގެ
ބިމާބެހޭ ޤާނޫނު)) ކަނޑައަޅާ ބަޔާންކޮށްފައި އޮންނަކަމާއި، އަދި އެޤާނޫނުގެ
ދަށުން ހެދިފައިވާ ގަވާއިދުގައި ގޯއްޗެއް ވިއްކާލުމުގެ ކުރިން ޢަމަލުކުރަންޖެހޭ އިޖްރާއާތުތަކަކީ އަދި
ލާޒިމްކުރާ ޝަރުތުތަކަކީ ކޮބައިކަންވެސް ކަނޑައަޅައި ބަޔާންކޮށްފައި އޮންނަކަމާއި، މިގޮތުން،
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 141/HC
-
A/2011 ޤަޟިއްޔާގައިވެސް ކަނޑައަޅުއްވާފައިވާ
ފަދައިން، ދިރިއުޅުމަށްޓަކައި ދޫކޮށްފައިވާ ބިމެއް ނުވަތަ ގޯއްޗެއް، އެގޯއްޗެއް ދޫކޮށްފައިވާ ފަރާތަކުން،
ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ގަތުމަށްފަހު އެހެން ފަރާތަކަށް
ވިއްކުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކަށްބަލާއިރު، ގޯތި ވިއްކަންއެދޭ މީހާ ޝަރުޢީ ގޮތުން
ބަލަންޖެހޭ މީހުންނަށް ނުވަތަ އެމީހެއްގެ ދަރިންގެ ތެރެއިން ބަޔަކަށް ގޯތި ވިއްކުމާމެދު
އިޢުތިރާޟްކުރެވޭނީ ހަމައެކަނި ގޯތި ވިއްކަން އެދޭމީހާ އާއި އެމީހަކު ޝަރުޢީގޮތުން ބަލަންޖެހޭ
މީހުންނަށް ދިރިއުޅޭނެ އެހެންތަނެއް ހަމަޖެހިފައިނެތް ޙާލަތެއްގައި އެކަނިކަމާއި، އަބޫބަކުރު ޙަސަންގެ
ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މާލެގައި އޮންނަ މ. ވައިޓްލައިން އޭކިޔާ ގޯއްޗާއި، ލ. ގަމުގައި
އޮންނަ ހުދުރޮގު އޭކިޔާ ގޯތީގައި އަބޫބަކުރު ޙަސަނާއި، އޭނާ ޝަރުޢީގޮތުން ބަލަންޖެހޭ އެންމެހާ
ފަރާތްތަކަށް ދިރިއުޅެވޭނެކަން އެނގެން އޮތުމުން، މިޙާލަތުގައި ގޯތި ވިއްކުމަށް އަބޫބަކުރު ޙަސަން
ނިންމި ނިންމުމާމެދު އިޢުތިރާޝްކުރުމުގެ އެއްވެސް ޙައްޤެއް އަބޫބަކުރު ޙަސަންގެ އެއްވެސް ދަރިއަކަށް
ޤާނޫނީ ގޮތުން ލިބިގެންވާކަން އެނގޭނޭ އެއްވެސް ޤާނޫނީ ނައްސެއް ނުވާކަން އެނގޭކަމާއި،
އަބޫބަކުރު ޙަސަންގެ މިލްކުގައިވާ
އޭކިޔާ ގޯތި
ވިއްކުމުގައި އަބޫބަކުރު ޙަސަންގެ ދަރިން އިޢުތިރާޟްކުރޭތޯ ނުވަތަ ނޫންތޯ ޝަރީޢަތުގެ ފަރާތުން
ބައްލަވާފައި ނެތުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ށ) އިން، މިމައްސަލަ
އިސްތިއުނާފުކޮށްފައިވާ ފަރާތްތަކުންކުރެ ފަރާތަކަށް ލިބިދީފައިވާ ޙައްޤުން އެއިން މީހަކު މަޚްރޫމުވާގޮތަށް
ސިވިލް ކޯޓުން ކުރައްވާފައިވާކަމެއްކަމަށް ނުބެލެވޭކަމެވެ.
2
4
2 ހ03
އެހެންކަމުން،
މިކްއްޖޭގެ
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv
2013/HC-A/196
15 ޤަޟިއްޔާ ނިމުނު ގޮ
کی عمری
4 22
ވީމާ، އިސްވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމުން މިމައްސަލަ ބެލި ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުން ދެކެނީ، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702 ގަޟިއްޔާ
އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެޤަޟިއްޔާގައި ކުރައްވާފައިވާ
ޙުކުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލެއް ގެންނަންޖެހޭނެ ތަނެއްނެތް ކަމަށެވެ.
ހ22 ހ2 22
އަބޫ ބަކުރެއއ،
ދެންފަހެ، އިސްވެފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ކަންކަން
ބަޔާންކުރެވުނު ގޮތަށް ހުރުމާއެކު، ވައިޓްލައިން/މާލެ، މުޙައްމަދު ރިޔާޝް އަބޫބަކުރާއި، ހަމަ އެގޭ
ތަހުމީނާ ބަކުރުއާއި، ބްލޫމޫން/މާލެ، އާއިޝަތު ވަޙީދާއާއި، ހަމަ އެގޭ ހަފްޞާ އަބޫބަކުރާއި،
އާމިނަތު ނަޢީމާއާއި، މަރްޔަމް ޒީނިޔާގެ ފަރާތުން، ސިވިލް ކޯޓުގެ ނަންބަރު 2012/Cv
-
C/1702
ގަޟިއްޔާގައި ކުރައްވާފައިވާ ޙުކުމް އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ
ނުކުތާތަކުގެ މައްޗަށް ބަލައި، އެޤަޟިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ޙުކުމަށް ބަދަލު
ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި
ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، އެގޮތުގެމަތިން ޙުކުމްކޮށްފީމެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު، އުބުރުޒު ހިނގުން، ތީމުގޭ 3 ނަންބަރު ދޮރާށި، މާލެ، ދިވެހިރާއްޖެ، ފޯން: 3325029، ފެކްސް: [331647
އީމެއިލް [email protected] ވެބް ސައިޓް: www.lhighcourt.gov.mv